Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 4ވަނަބައި

Xiroo Thihthi Level 210 Stories
August 17, 2017 6 Mins Read
17 Comments

          އަނެއްކާވެސް ވައި ބާރުވެ ކަނޑު ގަދަވާންފެށިއެވެ. އެހާހިސާބުން ދިރިތިބި މީހުންގެ ހިތުގާ ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. އެކަމަކު ދާއިން ހިތް ބުނަމުން ދިޔައީ ރަށުން އެހީތެރިކަމެއް ލިބޭނެކަމަށެވެ. އެހެން ނަމަވެސް ބައެއްގެ ހިލަމެއް ނުވެ ލަސްވަމުންދާތީ ދާއިންގެ ހިތް ނުތަނަވަސް ވާންފެށިއެވެ. މިނުތަވަސްކަމުގާ ދާއިން އޮށްވާ ކުއްލިއަކަށް ދުރުން ހުދު އައްޔެއް  ފެނުނެވެ. ނަމަވެސް އެއަލި ފެނުމާއެކުހެން ގެއްލުނެވެ. ދާއިން ވަށައިގެން ބަލާލިއެވެ. އެވަގުތު ގެގަނޑު މަތީގައި ތިބި މަދު މީހުންކޮޅު ހަލަބޮލިވީ އަނެއްފަރާތުން އަށްޏެއް ފެނިގެންނެވެ. ނަމަވެސް ބައެއްފަހަރު އެއަލި ވެސް ފެނިފަ ގެއްލެނީއެވެ. ދާއިން މާޔޫސްކަމުގާ އަނެއްކާ ވެސް ކުރިން އަލިކޮޅު ފެނުންދިމާއަށް ބަލާލި ވަގުތު އެއަލިކޮޅު ދެވަނަފަހަރަށް ފެނުނީ ކުރިޔަށް ވުރެއް އަލި ގަދަކޮށެވެ. އެވަގުތު ބޭއިހުތިޔާރު ގައި ދާއިންއަށް ހަޅޭލަވައި ގަނެވުނެވެ. ސަލާމަތަށް އެދިއެވެ. އަނެއްފަރާތުން ފެންނަމުން ދިޔަ އަލިކޮޅު ވެސް ފަހަރެއް ފަހަރަކަށްވުރެ އަލި ގަދަވަމުން ދިޔައެވެ.

           ދޯނީގެ ސަލާމަތުން ހުރީހަމައެކަނި ގެގަނޑު އެކަށްޏެވެ. ނަމަވެސް ގެގަނޑު ވެސް ހީވަނީ ދެކޮޅަށް ހެލިހެލި ހުރި ފަންޖިފުޑި ގަނޑެއްހެނެވެ. ދާއިން ގެގަނޑުގެ މަތީގައި އަތްއަޅުވައިގެން އޮތްއިރު ނާޖީ އޮތީ ދާއިންގެ ކަރުގާ ބައްދައިގެންނެވެ. އިންތިހާއަށް ހީކަރުވާފައެވެ. ޒުހާން ވަރަށް މަސައްކަތުން ހައްވަ ގެގަނޑު މައްޗަށް އެރުވިއެވެ. ނާޖީގެ ހާލަށްވުރެއް ހައްވެގެ ހާލު މާދެރަހެން ހީވެއެވެ. ދާއިން ނާޖީ ގޮވައިގެން އެހެން އޮވެއޮވެ ދެއަތްވަނީ އައްސިވެފައެވެ. އޭރުވެސް ބޮޑެތި ރާޅު ދޯންޏަށް ހަމަލާދެމުން ދިޔައެވެ. ރަށުން ފުރައިގެން އައި ދޯއްޏާ، އަނެއްފަރާތުން އައި ކޯސްޓް ގާޑް އެމީހުންނާ ވަރަށް ކައިރިއަށް އައިތަނާ ވަރަށް ބޮޑު ރާޅެއް ދޯނީގެ ސަލާމަތުން ހުރި ހަމައެކަނި ގެގަނޑަށް ބިއްދާލިއެވެ. އެއާއެކު ދާއިންގެ އަތް ގެގަނޑުން ނެއްޓުނެވެ. އަދި އެބާރު އޮއިވަރާއެކު ނާޖީގެ އަތް ދާއިންގެ ކަރުންދޫވިއެވެ. ގެގަނޑުމަތީގައި ތިބި މީހުންވެސް އޮއިވަރާއެކު އެތަންމިތަނަށް ދިޔައެވެ. އެރާޅާއެކު ދޯނި އެއްކޮށްހެން ހަލާކުވެގެން ދޯނީގެ ވަކަރުތައް ފެންމަތިވިއެވެ. ދެންވީގޮތެއް ނޭންގުނެވެ.

           ދާއިން ހޭއެރިއިރު އޮތީ ރަށު ހޮސްޕިޓަލްގައެވެ. މަޑުމަޑުން ބޯހިއްލާލާ ބަލި ގޮތަކަށް  ދެ ކޮޅުބަލާލިއެވެ. ގެބިގެން މާސިންގާ ކަނޑުގައި މަރުވިމީހުންނާއި، އެކިވަރުގެ އަނިޔާ ލިބުނު މީހުންތަކުން މުޅި ވޯޑް ވަނީ ފުރިފައެވެ. ޒުހާން އާއި ޒަރީނާ ދާއިން ބާއްވާފަ އޮތް އެދުކައިރީ ކޮޅަށް ތިއްބެވެ. ޒުހާންއަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ. ކަނާތުލޮލާ ދިމާލުން ނިއްކުރީގައި ބޭސް އަލާފަ ހުއްޓެވެ. ދޯނި ހަލާކުވި ވަގުތު ދޯނީގެ ވަކަރުތައް ހޭކުމުގެ ސަބަބުން ދާއިންގެ ގައިގެ އެތަން މިތަން ހުރީ ހަންމެށިފައެވެ. ބޮލުގެވެސް ވަށައިގެން ވަނީ ބެންޑޭޖް ކޮށްފައެވެ. ޒުހާންގެ މޫނުމަތިން އިންތިހާއަށް ހިތާމައިގެ އަސަރު ފެންނަމުން ދިޔައެވެ. ” ޒުހާން މީ…..!! ” ދާއިން ދެކޮޅު ބަލުމަށްފަހު ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެވަގުތު ޒުހާންގެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތެވެ. އަދި އިސްދަށަށް ޖަހާލެވުނެވެ. ޒުހާން އިސްޖަހާލުމުން ދާއިން އެނދުން ފައިބައިގެން ދާން އުޅުނެވެ. ނަމަވެސް ޒުހާން އާއި ޒަރީނާ ދާއިން ހިފެހެއްޓިއެވެ. ” ކޮބާ ނާޖީ…؟؟؟ ” ދާއިން ނާޖީ ކޮބާއިތޯ ސުވާލުކޮށްލިއެވެ. ނަމަވެސް ޒުހާން މިއަދު ދާއިންއަށް ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ” ކޮބާތަ ނާޖީ. ކީއްވެތަ އެއްޗެއް ނުބުނެ ތިހުރީ. އަޅެ މަންމާ!!! ކޮބާތަ ނާޖީ ” ދާއިން ތަކުރާރު ކޮށް ސުވާލުކުރަމުން ދިޔައެވެ. ޒަރީނާ ދާއިންއަށް ޖަވާބެއް ނުދީ ދާއިން ހަމައަކަށް އެޅުވޭތޯ އުޅުނެވެ. ނަމަވެސް އެކަން ނާކާމިޔާބު ނުވިއެވެ. ” އަހަރެން ކިކޭ ބުނާނީ. އެއްވެސް މީހަކަށް އެއަކު ނުހިފޭންޓޭނެ ” ޒުހާން ބުނެލިއެވެ. ” ސާފްސާފްކޮށް ބުނެބަލަ ” ޒުހާން ބުނި އެއްޗެއް ދާއިންއަށް ނޭންގުމުން ދާއިން ބުނެލިއެވެ. ” ނާޖީ އެއް މިދުނިޔެއަކު ނެތް. އެ ފުރާނައި ގެ ހައްގު ފަރާތަށް އެފުރާނަ…..! ” ޒުހާންއަށް ކެއްތެރިކަމާއެކު ބުނެވުނީ މިވަރަށެވެ. ” ނުވާނެ ތިހެނެއް. ނާޖީ އަހަރެންނާ ވަތްކެއް ނުވާނެ.. ” ދާއިން އެދުފައިބައިގެން ވޯޑުން ނިކުންނަށް ދިޔައެވެ. ޒުހާން ދާއިން ދިޔަ ނުދޭން ހިފެހެއްޓުމުން ޒުހާންގެ އަތް ފޮޅުވާލާފަ ދާއިން ވޯޑުން ނިކުމެގެން ދުއްވައިގަތެވެ. ހޮސްޕިޓަލްގެ ބޭރަށް ނިކުތުމުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ފެނުންނަމަވެސް އެމީހުންނަށް ސަމާލުކަމެއްނުދީ ދުވަމުން ނާޖީގެއަށް ދާއިން ހިގައްޖެއެވެ. ނާޖީގެ ފުރާނަ ނެތްމަސްގަނޑާ، އަދި ހައްވަގެ ފުރާނަ ނެތް މަސްގަނޑު ހިނެވުމަށްފަހު މޭޒެއްގެ މަތީގައި ކައިރި ކައިރީގައި ބާއްވާފަ އޮތެވެ. ދާއިންއަށް އެދެ ގަބުރު ފެނުމުން މަޑުޖެހިލެވުނެވެ. އަދި ވަކިވަކިން އެ ދެމައިންގެ މޫނަށް ބަލާލެވުނެވެ. ” ނާޖީ ކީއްވެ އަހަރެން ދޫކޮށްލާފަ ތިދިޔައީ. ބުނީމެއްނު ނުދާނަމޭ. އަހަރެންނާއެކު އަބަދުވެސް ވާނަމޭ. ދެންކީއްވެ….!! ” ދާއިން ނާޖީގެ މޫނަށް ބަލަންހުރެ ވޭނާ ހިތްދަތިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ. މޮޔައަކު ފަދައިންނެވެ. ނަމަވެސް މިއަދު ނާޖީއަށް އެއަޑު ނީވޭނެއެވެ. ނާޖީ ވަނީ އެއާދޭސްތަކާއި، އެއަސަރުގަދަ ބަސްތައް އަޑު އިވޭ ހިސާބެއްގައެއް ނޫނެވެ. ދާއިންއަށް ގިސްލާ ރޯންފެށުނެވެ. އެވަގުތު ހަމީދު އައިސް ދާއިންގެ ކޮޑުމަތީ އަތް އަޅާލުމުން ދާއިން ބަލާލުމަށްފަހު ހަމީދުގެ ގައިގާ އޮޅުލައިގަތެވެ. ” ދާއިން ކެއްކުރަންވާނެ. މިއަދު ކެއްކުރުން ނޫން އެހެން ގޮތެއް ނެތް. އަހަރެން ވެސް ކިހާދެރަވާނެ. އަހަރެންގެ މަންމައާ އަހަރެންގެ ލޯބިވާ ކޮއްކޮ ވިއްޔާ އެއީ….. ” އެކަމަކު މިއަދު ކެއްކުރުން ނޫން އެހެންގޮތެއް ނެތް. ތަގުދީރަކާ ދެކޮޅެއް ނުހެދޭނެ ” ހަމީދުގެ ލޮލުންވެސް ކަރުނަ އޮހިގަތެވެ. އެވަގުތު ޒުހާން އައިސް ދާއިން އެތަނުން ނެރުނެވެ. ދާއިން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެހުވަފެންތައް ވިއްސިވިހާލިވީއެވެ. އެކީއެއްތަނެއްގައި ވީވަޢުދުތަކާއި، އަހުދުތައް ވެއްޔާ މޮޑެވިގެން ދިޔައީއެވެ. ބިނާކުރަމުން ދިޔަ ގަޑުވަރު ފުރިހަމަ ނުވެގެން އުޅެނިކޮށް އެގަނޑުވަރު ވެއްޔާ ބިމާ ހަމަވީއެވެ. މާޔޫސްކަމާއި، ހިތްދަތިކަން ދާއިން ވަށާލިއެވެ.

           މިހާދިސާގެ ސަބަބުންނާއި، ނާޖީ މިދުނިޔެ ދޫކުރުމުގެ ސަބަބުން ދާއިން ވަނީ ފާޑަކަށް މޮޔަ ވެފައެވެ. ކަނޑުފެނުމުންނާއި، ގަދަ ދުވަސް ދުވަހު ކަނޑުން ބިޔަ ރާޅު ނާގާތަން ފެނުމުން ދާއިން ބިރުގަނެއެވެ. އެހެން ކަމުން ދާއިން އަމިއްލައަށް ގަބޫލްކުރަނީ ދާއިންއަކީ އެކަނިވެރިއެއްގެ ގޮތުގައެވެ. ނަސީބުގެ ކުލަވަރުތައްފެނި އެނަސީބުން މަހްރޫމްވީ ބަދުނަސީބު ވެރިއެއްގެ ގޮތުގައެވެ. ” ދަރިފުޅާ ދާއިން ” ޒަރީނާ ގޮވާލިއެވެ. ނަމަވެސް ދާއިން ބަލައެއް ނުލައެވެ. ” ދަރިފުޅާ ހިނގާ ގެއަށްދާން. މަންމަ މިއައީ ދަރިފުޅު ނުފެނިގެން ވަރަށް ގިނަތަންތަން ބަލާފަ ” ޒަރީނާ އާދޭހާއެކު ބުނެލިއެވެ. އެހާދިސާގެ ފަހުން ދާއިން ތަނެއްގަ އިންދާ ގެއަށް ގެންދިޔުން ޒަރީނާއަށް ވަނީ ބޮޑުކަމަކަށެވެ. ޒަރީނާ ކިތައްމެ ވަރަކަށް ކިޔަސް ދާއިން ގެއަށް ދާހިޔާލު ނުކުރުމުން ދެން ޒަރީނާ ޒުހާން މެދުވެރިކޮށް ދާއިން ގެއަށް ގެންނަނީއެވެ. ” އަހަރެން ކީއްކުރަންތަ ގެއަށް ދަނީ. އަހަރެންނަކީ ހަށިނޑުގައި ފުރާނަ ހުރީތީ ދިރިހުރި މީހެއް ” ތުޑީގެ ވެލިގަނޑުމަތީ އިށީދެގެންއިން ދާއިން ބުންޏެވެ. އޭނާގެ އަޑުން އަދިވެސް އެހިތާމައިގެ އަސަރުތައް ފިލާނުދެއެވެ. ” ތިޔަކަހަލަ ވާހަކަ ނުދައްކާބަލަ. މީ މާތްﷲ އަހަރުމެން ކުރައްވާ އިމްތިހާނެއް. މި އިމްތިހާނުންވެސް ފާސްވޭތޯ ބަލަންވާނެ. މަންމަ ދަރިފުޅު ބަލާ މިއައީ ދަރިފުޅާ ބައްދަލުކުރަން ވެގެން ބަޔަކު އައިސްތިބީމަ. އެމީހުންގެ ގާތުގައި ޒުހާން ވެސް އެބައިން. އެމީހުން ބޭނުންވަނީ ދަރިފުޅަށް އެހީވާން. ދެންހިނގާދާން ” މިހެންބުނެ ޒަރީނާ ދާއިންގެ އަތުގާ ހިފުމުން ދާއިން ތެދުވެގެން ހިގައިގަތެވެ.

            ދާއިން ގޭދޮރުމައްޗަށް އެރުމުން ޒުހާން އައިސް ދާއިން ގޭތެރެއަށް ވެއްދިއެވެ. ގޭތެރޭގައި ތިބީ ދާއިން އާއި ދިމާއަށް އެއްޗެހިކިޔާ، އިންޒާރުންދިން މީހުންނެވެ. ދާއިން އެއިން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ” ދާއިން!!! އަހަރުމެންނަށް މާފްކުރޭ….! އެރޭ އަހަރުމެން ދާއިންއަށް އިންޒާރުދިނީ ކަމެއްކުރާކަށް ނޫން. އެކަމަކު ދާއިންގެ ރަގަނޅުކަން އެގި ފަހުން އަހަރުމެން ވަރަށް ދެރަވި. މާފަށްއެދެން ކުރިންވެސް އުޅުނިން. އެކަމަކު ދާއިންއާ ކުރިމަތިލާން ނުކެރުނީ ” އެމީހުންގެ ތެރެއިން އެއްމެ އިސްކޮށް ހުރިމީހާ ދާއިންގެ ކިބައިން މާފަށްއެދުނެވެ.އެންމެންގެ ނަމުގައެވެ. ” އަހަރެން ކަލޭމެން އެއްމެންނަށް މާފުކޮށްފިން. މީ މިންވަރުގާ އަހަރެންނަށް ހުރި ގޮތް. އަހަރެން ޖެހޭނެ މިންވަރަށް އީމާންވާން. ތަގުދީރުގާ މިހެން ކަންތައްވާން ހަމަޖެހިފައި އޮތީމަ މިހެން ކަންތައްވެ ނިމުނީ. އެރޭގައި ކަލޭމެން ދިން އިންޒާރަކާ މެދު އަހަރެން ކުޑަކޮށްވެސް ނުވިސްނަން. އެހެންވީމާ އަހަރެން ކަލޭމެންގެ މައްޗަށް ހިތްބަރެއް ނުކުރަން. އަހަރެންގެ ހިތް އެއްމެންނަށް ވެސް ސާފު…. ” ދާއިން ވާހަކަ ދައްކާ ނިމުންއިރު ވަނީރޮވިފައެވެ. އެއްމެން ދާއިންއަށް ހިތްވަރު ދެމުން ދިޔައީ އެހަނދާންތަކާ ދުރަށް ގޮސް އަނެއްކާ ވެސް ދިރިއުޅެން މަސައްކުރުމަށެވެ.

            ދާއިން ބަލިވެ އުޅޭތާ ދުވަސްކޮޅެއްވިއެވެ. އެއްދުވަހަކު ދާއިން ބަލިވެ އުޅޭތީ ޒުހާން އައިސް ދާއިންގެ ގާތުގައި އިނެވެ. ” އަހަރެން ޒުހާންގެ ގާތުގައި ވާހަކައެއް ބުނަންވެފަ އެބައޮތް. މި ވާހަކަ މިއަދާހަމައަށް ވެސް ވާނީ ސިއްރުކޮށްފަ ” ޒުހާން ގެ ގާތުގައި ދާއިން ބުންޏެވެ. ދާއިންގެ އެވާހަކައިން ޒުހާންގެ ސައުގުވެރިކަން ބޮޑުވެގެން ދިޔައެވެ. ” އެއްރެއަކު އަހަރެން ނިދާފަ އޮށްވާ ހޭލެވުނީ ހުވަފެނެއް ފެނިގެން. އެހުފެނުގާ އަހަރެންނާ އެކު ނާޖީ ވެސް ފެނޭ. އަދި ވަރަށް ގިނަ މީހުންވެސް ފެނޭ. އެކަމަކު އެއްވެސް މިހެއްގެ މޫނު އެގޭވަރެއް ނޫން. ހަމައެކަނި އަހަރެންނަށް ސާފުކޮށްފެންނަނީ ނާޖީގެ މޫނު. ފެންބޮޑުވެގެން އުޅެނިކޮށްވެސް ފެނުން. އެފެންގަނޑުގައި ވަރަށް ގިނަ މީހުންނާއި، ނާޖީ އޮޔާ ދާތަންވެސް ފެނުން. އަހަރެން ވަރަށް މަސައްކަތް ކުރިން ނާޖީ ސަލާމަތް ކުރަންވެސް އެކަމަކު…..” ދާއިންގެ އަޑު ބެދޭގޮތްވިއެވެ. ” އެހެންވީމާ ތިހުވަފެނާ، މިހާދިސާ އާއި ވަރަށް ގުޅުން އެބަހުރި ތާދޯ ” ވިސްނަން އިނުމަށްފަހު ޒުހާން ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ދާއިން ބޯޖަހާލިއެވެ. ” ކީއްވެ ކުރިން ތިވާހަކަ ދާއިން އަހަރެންނަށް ކިޔާނުދިނީ ” ޒުހާން ސުވާލުކޮށްލިއެވެ. ” ހުވަފެނެއްވީމަ އަހަރެން އަޅާނުލީ. އަހަރެންނަށް ކިހިނެއްއެގެނީ މިހެންވާނެކަމެއް ” ދާއިންގެ އަޑު ތުރުތުރުލާންފެށިއެވެ. ” އޯކޭ ދެން. އެކަމާ ނުވިސްނާ. އަރާމުކޮށްލާ ” މިހެންބުނެފަ ޒުހާން ކޮޓަރިން ނިކުމެގެން ދިޔައެވެ.

            މެންދަމުގެ ހަމަހިމޭން ވަގުތެވެ. ޒުހާން އާއި ޒަރީނާގެ ކުރިމަތީ ހިނިތުންވެވޭތޯ ދާއިން މަސައްކުރިޔަސް އެކަނިވުމުން ރޮވެއެވެ. ނާޖީ މަތިން ހަނދާންވެފައެވެ. މިދަންވަރު ވަގުތުވެސް ދާއިންގެ ލޮލުން ކަރުނަ ނުހިކެއެވެ. ރޮއި ރޮއި ދެލޯވަނީ ރަތްވެފައެވެ. ހިތްދަތިކަމާއި، މާޔޫސްކަން ފިޔަވާ އެހެން އެއްޗެއް ދާއިންގެ މިހާރު ނުވާހަކަލައެވެ. އުފާވެރިކަމަކީ ހިތި ޒަހަރަކަށް ވިއެވެ. ވޭންދެނިވި އެއްޗަކަށް ވިއެވެ. މިފަދަ ހާލެއްގާއޮށްވާ ދާއިންގެ ވާތްފަރާތުން ހިތާދިމާލަށް ތަދުވާންފެށިއެވެ. މިތަދާއެކު ދާއިންއަށް ނޭވާލުމަށްވެސް އުދަގޫވާންފެށިއެވެ. ހިތާދިމާލު އަތްއަޅައިގެން އޮވެ ޒަރީނާއަށް ގޮވަން ދާއިން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ކޮޓަރީގެ ދޮރުން ބެރަކަށް ދާއިންގެ އަޑެއް ބޭރެއް ނުވިއެވެ. ދާއިން ތެޅިފޮޅެމުން ދިޔައިރު އެމަންޒަރު ބެލުމަށް އެއްވެސް އިންސާނަކަށް ކެއްނުވާނެކަން ޔަގީނެވެ. އެހާލުގާ އުޅެމުން ވެސް ދާއިން މަސައްކަތް ކުރަމުން ދިޔައީ ތެދުވެވޭތޯއެވެ. ވަރަށް މަސައްކަތުން ދާއިންއަށް ތެދުވެވުމާއެކުހެން މާގިނައިރުތަކެއް ނުވަނީސް ދާއިންގެ ހަށިގަނޑުން ވަރުދޫވަންފެށިއެވެ. ހަމައެވަގުތު ދެއަނގަ ރަވައިން ލޭފައިބާން ފެށިއެވެ. ބޮކިބޮކި ޖަހާފައެވެ. ދާއިންގެ ހަށިގަނޑުން އެއްކޮށް ބާރު ހުސްވެގެން އެނދުމައްޗަށް ވެއްޓުނެވެ.

             ހެނދުނުގެ ވަގުތެވެ. ދާއިން ނުތެދުވެ ލަސްވުމުން ޒަރީނާ ގޮވަންފެށިއެވެ. ކޮޓަރިތެރެއިން ޖަވާބެއް ލިބޭތޯ ޒަރީނާ މަޑުވެސް ކުރިއެވެ. ނަމަވެސް ޖަވާބެއް ނުލިބުމުން ޒަރީނާ ކޮޓަރިގެ ދޮރުގެ ތަޅުގާހިފާ އަނބުރާ ދޮރުހުޅުވާލިއެވެ. ކޮޓަރިތެރެ ފެނުމުން ޒަރީނާގެ ދެލޯބޮޑުވެގެން ދިޔައެވެ. ހަދާނެ ގޮތް ހުސްވިކަހަލައެވެ. ހަމަ އެވަގުތު ދަރިފުޅާއޭ ކިޔާ ހަޅޭލަވައިގަތެވެ. ޒަރީނާ ދުއްވައިގަތި ބޭރަށެވެ. މީހަކު ފެނޭތޯއެވެ. ޒަރީނާ މޮޔަ މީހެއްފަދައިން ރޮމުން ހަޅޭލަވަމުން ދާއިންއަށް ގޮވަމުން މަގުމަތީގައި ދުވަން ފެށިއެވެ. އިރުކޮޅެއްވީތަނާ ޒަރީނާ އަނބުރައި ގަނެގެން ބިއްމައްޗަށް ވެއްޓުނެވެ. އިސާހިތަކު އެތަނަށް މީހުން އެއްވެއްޖެއެވެ. ޒަރީނާގެ އެއްވެސް ހަރަކާތެއްނެތެވެ. ޒަރީނާގެ ގޭތެރެވެސް މީހުންތަކުން ފުރުނެވެ. ދާއިންގެ ކޮޓަރި އާއި ދިމާލުން އަންނަ ކޮންމެ މީހަކު ވެސް އަންނަނީ ކަރުނަ ފޮހެމުންނެވެ. ދާއިންގެ އެނދުގައި އަޅާފައިވާ ބެޑުސީޓް ލެއިން ތަތްތެޅިގެން އެލޭތައްވަނީ އެނދުމަތިން މުށިތައްމައްޗަށް ފައިބާފައެވެ. ދާއިން އޮތީ އެހެންއޮވެ މަރުވުމުގެ ސަބަބުން ހަރުއަރާފައެވެ. ލޭތައްވަނީ ހިކިފައެވެ. ” މުނީރާ…! ދާއިން މަރުވެއްޖެ ” އާދަމްފުޅު އައިސް މުނީރާގެ ގާތުގައި ބުންޏެވެ. ” އިއްނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން ” މުނީރާއަށް ބުނެވުނެވެ. އެވަގުތަކީ ޒުހާން ކޮޓަރިން ބޭރަށް ނިކުތްވަގުތެވެ. ” ދަރިފުޅާ ދާއިން މަރުވެގެން އެބައުޅޭ ” ޒުހާން ފެނުމުން މުނީރާ ބުނެލިއެވެ. ” ދާއިން މަރުވީއްޔޭ….؟ ކޮންއިރަކު؟ ” ގަބޫލް ނުކުރޭ ފާޑަކަށް ޒުހާން އަހާލިއެވެ. ” މަރުވި އިރެއް ނޭންގެ. އޮތީ އަނގައިން ވަރަށް ބައިވަރު ލޭއައިސްފަ ” އާދަމްފުޅު މިހެން ބުނުމުން ޒުހާން އެދިމާއަށް ދުއްވައިގަތެވެ. ދިޔަމަގުމަތީ އާރިފްއާ ވެސް ޒުހާންއަށް ދިމާވިއެވެ. ދާއިންގެ ފުރާނަ ނެތްމަސްގަނޑު ފެންނަ ކޮންމެ މީހަކު ވެސް ދަނީ ދާއިންއަށް ހެޔޮދުޢާ ކުރަމުންނެވެ. ޒުހާންވެސް އާރިފް ވެސް ހަމަމިގޮތެވެ. މިއަދު ދިރިތިމީހުންނަށް ކޮށްދެވޭނީ ހެޔޮދުޢާއެކެވެ. ދާއިންގެ މަރާއެކު ޒަރީނާ ވަނީ މޮޔައިންގެ ލިސްޓަށް އަރާފައެވެ. ކީއްކުރާނީހެއްޔެވެ؟ މީދުނިޔޭގެ ގާނޫނެވެ. ދެލޯފަދައިން ލޯބިވީ ލޯބިވެރިޔާވެސް މި އިންސާފެއްނެތް ދުނިޔެ ދޫކޮށްދިޔައީއެވެ. ދެމީހުންގެ ލޯބީގެ ބަގީޗާގައި ފޮޅެމުންދިޔަ ހުރިހާ މާތައް މޯޅިވީ ދެން ދުވަހަކުވެސް އެމާތަކަށް އާރޯކަމެއް ނާންނާނެ ގޮތަށެވެ.

                                 ނިމުނީ

ތިޔަބޭފުޅުންގެ ފާޑުކިޔުމަކީ އަޅުގަނޑުގެ ކުރިއެރުން……

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

2:30 ނުވަވަނަ ބައި

Next

ދިހައެއް ( ސޯޅަވަނަ ބައި )

Next
August 17, 2017

ދިހައެއް ( ސޯޅަވަނަ ބައި )

Previews
August 17, 2017

2:30 ނުވަވަނަ ބައި

17 Comments!

  1. ތިއްތި says:
    January 17, 2014 at 1:54 am

    ދެން ކުރިއަށް އޮތީ އަގެއްނެތްލޯބި ގެނެސްދިނުން…. ދެއްވި ހިޔާލަށް ޝުކުރިއްޔާ…

  2. Xxxx says:
    August 17, 2017 at 7:45 pm

    Good work dear..v.touching n nice ….??keep it up…happy ending eh noonas vaahaka hama reethi?

    1. Thihthi says:
      August 18, 2017 at 1:17 am

      Hurihaa fahareh ga happy ves nuvedhaane dhw… Dhehvi hiyaalah shukuriyaa

  3. azeen says:
    August 17, 2017 at 8:43 pm

    vvv reethi hama rohvaly dhw thee.

    1. Thihthi says:
      August 18, 2017 at 1:20 am

      Thanx. Rovunu kamah vanyaa a ee Aharen nah nah vaahaka husa alhaadhevufavaa goiy ragalhu v kamuge hehkeh… Dhehvi hiyaalah shukuriya azeen

  4. poohbear says:
    August 17, 2017 at 8:47 pm

    copy kohfa

    1. Thihthi says:
      August 18, 2017 at 1:23 am

      Mee copy vaahaka eh nun…. Fahareh ga kiyamun dhiyairu copy ey heevedhaane. Ehen nama ves mee copy eh nun….

  5. khajja says:
    August 17, 2017 at 10:36 pm

    Masha allah v rythi v habeys dhen kon irakun new stry eh kiyaalan libeyny?

    1. Thihthi says:
      August 18, 2017 at 1:32 am

      Thanx khajja.
      Varah avahah kurin konmeves varakah up load kohfavaa vaahaka eh kamahvaa ” ageh neh loabi ” kiyaaleven hunnaane

  6. Farey says:
    August 17, 2017 at 11:34 pm

    V salhi

    1. Thihthi says:
      August 18, 2017 at 1:34 am

      Thanx farey

  7. Aliya says:
    August 18, 2017 at 5:54 am

    V v hadi mi vaaahaka

  8. Sidhu says:
    August 18, 2017 at 8:45 am

    V salhi kiyamun dhiya iru v hadhaanvi enamaa boat ge hithaama veri haadhisàa mathin. …..v touching. …and obi story eh. …really nice….

    1. Xiroo thihthi says:
      August 18, 2017 at 11:20 pm

      Thanx sidhu…. vaahaka kiyamun dhiyairu enamaa boat ge feeling vumaky ithifaagekey buneveyny…. faharehga ves vaahaka binaakury enamaa ge haadhisaa akah nun… dhehvi hiyaalah shukuriya

  9. Shaa says:
    August 18, 2017 at 11:09 am

    V salhi

  10. Dhimu says:
    August 18, 2017 at 5:29 pm

    Nolhivaramun furaigen kulhudhuhfuhtah dhevey 20 minetun..
    Ekam mivaahakaiga 10 jahaairu furaigen 1 jahan v iru …
    Vaahaka liyaa iru buhdhi gaboolu kurevey mauloomaath liyan jeheyne..

  11. Thuthi says:
    August 20, 2017 at 11:40 am

    Heyy.. Vaahaka nice.. I love it.. BT olhun araa thankolhakee dhaain hiyaaly dhuniyeyge thereah gehlunu thanun story feshuny.. BT fahun dhaain maru mivy.. Eyna hiyaaly dhuniyeyn nukuiy goiyy ves onnan vaane nu ..

Comments are closed.



All Right Reserved!