Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ…

Rau Level 210 Stories100 Comments100 Login
August 18, 2017 2 Mins Read
13 Comments

(ނުވަވަނަ ބައި)

ހަތްްއަހަރު ފާއިތުވެގެން ދިޔަލެއް އަވަހެވެ. އަލަތު ކައިވެންޏަށް ފަރިކޮށް ނަލަކޮށްފައިވާ ދުލްހަން އެއް ފަދައިން އައްސޭރިވިލާ ކުލަބޮކި ތަކުން ދިއްލާ އަޅައިފައިވެއެވެ. އިނާޒާގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ގޭގެ ބަގީޗާތެރެއަށް ޖަމާވެފައިވާ މެހެމާނުންނަށް އޭނާ މަރުހަބާ ކިޔަމުން ދިޔައީ ނިކަން ފުޅާ ހިނިތުންވުމަކާއެކުއެވެ. ގަޔަށްބާރު ދިގު ހެދުމަކާއެކު އަޅާފައިވާ ރަނުގެ ގަހަނާތަކުން އޭނާގެ ޢުމުރު ހަގު ކަމަށް ދައްކައެވެ.  އެންމެ ގާތުން އަނުމްގެ މަންމަ އިނާޝާވެސް އެކި ކަންކަމުގައި އިނާޒާގެ އަތް ގާތް ކޮށް ދިނުމުގައި އަވަދިނެތިވެ އުޅުނެވެ. މަންމައާއި އިނާޒާގެ މިގާތްކަން ފެނި އެންމެ އުފަލުން އިނީ އަނުމްއެވެ. ބަލްޚާ އެކި ކަންކަން ހަމަޖައްސަމުން މެހެމާނުން ކެއުމުގެ ކަންކަން އިންތިޒާމުކުރުމުގައި ގޭގެ އެހެން ނޯކަރުންނާއެކު އަވަދިނެތިވެ އުޅުނެވެ. މި މަންޒަރު ފެނި އެންމެ ދެރަވެފައި އިނީ، އިމީއެވެ. އެވަގުތު ދޮންބެ އެތަނުގައި ހުރި ނަމައޭ އޭނަގެ ހިތަށް އެރިއެވެ. ބަލްޚާ އެގެއަށް ގެނައީ މެހެމާނެއް ކަމުގައި ދެކިގެން ނަމަވެސް އެގޮތުގައި އޭނާއަށް ދެމި ހުރެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ބަލްޚާގެ ހާލަތާމެދު ކިތައްމެ ދެރަވިޔަސް އެކަމުގައި އިމީއަށް އެއްވެސް ކަމެއް ނުކޮށްދެވުނެވެ. ގޭތެރޭގެ ޝަކުވާތަށް ބޮލަށްލައިގެން އެކަންކަން ހައްލުކޮށްދެވޭ ވަރަށްވުރެ ޠައްޔިބުވެސް އުޅެނީ އޮފީސް ކަންކަމުގައި އަވަދިނެތިވެއެވެ. މިވީ ހަތް އަހަރު ތެރޭގައި  ވިޔަފާރީގައި އޭނާގެ އެންމެ ގާތް ބައިވެރިން އޭނާ ދޫކޮށްލީ ކުއްލިއަކަށެވެ. އެކަމުގެ ސަބަބުން އަޑިއަޅާލި، އޭނާގެ ވިޔަފާރި ނަގާ ކޮޅަށްޖެހުމަށް ރޭދުވާ ވަކި ނުކޮށް އޭނާއަށް ޖެހުނީ މަސައްކަތް ކުރާށެވެ. މީހާގެ ތަބީޢަތު ގޯސްވެ ހަށިގަނޑު އަރާމަކަށް އެދި ގޮވިޔަސް އެއްވެސް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ.

” ބަލް… އަޅޭ ދެން ދޭބަލަ ރެޑީވެގެން އަންނަން…” އިމީއަށް ނުހުރެވިގެން އެންމެފަހުން ބަލްޚާގެ ގާތަށް ޖެހިލަމުން މަޑުމަޑުން ބުނެލިއެވެ. ބަލްޚާ އިނާޒާއަށް ބަލައިލިއެވެ. އެ އަންހެންމީހާ އޭނާއަށް ކުރާ ނަފްރަތު ހިތަށް އެރިޔަސް އޭނާ ބިރުން ރޫރޫއަޅައި ގަނެއެވެ. މި ހަތް އަހަރުތެރޭ ކޮންމެވެސް އެހެން ތަނަކަށް ދާން އޭނާ ކިތައްމެ ފަހަރަކު މަސައްކަތް ކުރިއެވެ. ކޮންމެ ފަހަރަކުވެސް އިމީގެ އާދޭހާއި، ޠާއްޔިބުގެ އެދުމާއެކު އޭނާ އެގޭގައި މަޑުކުރަނީއެވެ.

“ބައި ދަ ވޭ…  އިމީ ކިހިނެތްތަ؟” ބަލްޚާގެ ކުރިމައްޗަށް ހުއްޓިލަމުން އިމީ ނިކަން ހެވިފައި އަހާލިއެވެ. ބަލްޚާ އިމީއަށް ނިކަން ފުން ނަޒަރަކުން ބަލައިލިއެވެ. އިމީ ކުޑަކުއްޖަކުން ނޫންކަށި ޒުވާނަކަށް ވާތަން ނިކަން ގާތުން އޭނާ ދުށްޓެވެ. މި ޒުވާނާއަކީ ކާއިނާތުގައިވާ ހުރިހާ ރީތި ކަމެއް އެކުވެގެން އުފައްދަވާފައިވާ ރީތި ހުސްކުރި ފަތްމިންޏެކެވެ. ޢުމުރާއެކު އިމީގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި ހަށިގަނޑަށްވެސް ބޮޑު ބަދަލެއް އައިސްފައިވެއެވެ. ހަގީގީ އަންހެން ކުއްޖެއްގެ ހުރިހާ ސިފައެއް މިހާރު އޭނާއަށް ލިބިފައިވެއެވެ. މިރޭ އިމީ ލައިގެން ހުރި ކަޅުކުލައިގެ މަހުމާ ފޮތީގެ އިވްނިންގ ގައުންގައި އޭނާ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އިސްތަށިގަނޑު އެއް ފަރާތަކަށް  ވާގޮތަށް ގެނެސް ކޮނޑުމަތިން މޭމައްޗާ ހަމައަށް ވައްޓާލާފައިވާއިރު އެ ދޮން ކަނދުރާގެ ބޮޑު ބައެއް ހާމަވެފައިވެއެވެ.

ކުއްލިއަކަށް މުޅިތަން އަނދިރިވުމާއެކު ބަލްޚާއަށް ތެޅިގަނެވުނެވެ. ގަދަވެގެން ދިޔަ، މެހެމާނުންގެ “ސިމިސިމި” ލެއްވުމުގެ އަޑާއެކު ދިއްލުނު ސްޕޮޓްލައިޓްގެ އަލި އެޅިފައިވާ ދިމާއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ކަޅު ޓަކްސިޑޯއެއްގައި ހުރި ޖައިޝް ފެނުމުން ބަލްޚާ ހުރި ތަނަށް ގަނޑުވާގޮތްވިއެވެ.  ޖައިޝްގެ ފިރިހެންވަންތަ ބިޔަ ހަށިގަނޑާއި، ތުނިކޮށް ބާލާފައިވާ ތުނބުޅި މަތިމަހުގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުކޮށްދީފައިވެއެވެ. މި ހަތް އަހަރުތެރޭ ޖައިޝްއަށް އައިސްފައިވާ ބަދަލު ފެނިފައި ހައިރާންވީ ހަމައެކަނި ބަލްޚާއެއްނޫނެވެ. އެތަނުގައި އެވަގު ތިބި ކިތައްމެ ޒުވާން އަންހެން ކުއްޖަކު، ޖައިޝް ފެނުމާއެކު ހިތާ ދިމާލުން މޭގައި އަތް އަޅާލިއެވެ. އެވަގުތު އަވަސް ފިޔަވަޅުތަކެއްގައި ދުވަމުން ކަހަލަ ގޮތަކަށް ގޮސްް އަނުމް ޖައިޝްގެ މުލައްދަނޑީގައި އަތް އަޅުވާލިއެވެ.

” ނުވެސް ގުޅޭ ދޯ؟!.. އަނުމް ހީވާނީ ދޮންބެ ގައިގަ ތަތްލަވާފަ ހުންނަ އައްޓަ މަހެއްހެން! ވަރަށް ފޫހިވޭ! އަދި ބަލާބަލަ ލާފަ ހުރި ހެދުމެއް! ހީވަނީ ހަތަރެސްކަން ފޮއްޓަކަށް ބެލޫނެއް އަރުވާފަ ހުންނަހެން!” އަނުމްދެކެ ފޫހިވެފައި ހުރެ، އިމީ ކުދި ކިޔަން ފެށުމުން ނުހޭން ހުއްޓަސް ބަލްޚާއަށް ހެވުނެވެ.

” ބަޓް ޝީ އިޒް ނޮޓް ދެޓް ބޭޑް ދޯ! އެހެން ނޫނަސް މީހެއްގެ ފިގާ ހުންނަ ގޮތާމެދު އެހާ އޯވަކްރިޓިކަލް ވާކަށް ނުވާނެ ދޫނީ!” އިމީއަށް ވިސްނައިދޭ ރާގެއްގައި އެހެން ބުނަމުން ބަލްޚާ އިމީގެ ކޮލުގައި ހިފާލިއެވެ.

އެވަގުތު ޖައިޝްއާއި އަނުމްގެ ފަހަތުން އައިސް، ދެ ފަރާތުގެ މައިންބަފައިން ދެކުދިން ގެ ކައިރިއަށް ހުއްޓިލިއެވެ. އެއާއެކު، މައިކް ހޯދައިގެން  އެއްވެފައިވާ މެހެމާނުންނާ މުޚާޠަބުކޮށް  މިރޭގެ މިހަފްލާއަކީ ވަރަށް ހާއްސަ ދެކަމެއްގެ ސަބަބުން ބާއްވާ ހަފްލާއެއްކަމަށް އިނާޒާ އިޢުލާނުކޮށްލީ ފަހުރުވެރިކަމާއެކުގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދަރިން އެންމެ ކުޑައިރުން ސުރެ އިނާޒާގެ ހުވަފެނަކީ ދެކުދިންވެސް ޑޮކްޓަރުންނަށް ހެދުމެވެ. ލިބިފައިވާ ތަނަވަސް ކަމުގެެ ސަބަބުން އެ ހުވަފެނުގައި ކުލަޖެއްސުމަކީ މާ އުނދަގޫކަމަކަށް އެމީހުންނަކަށް ނުވިއެވެ. ޖައިޝް ޑޮކްޓަރުކަން ކިޔަވާ ނިންމާލުމަށްފަހު ހަތް އަހަރަށްފަހު އެނބުރި ގައުމަށް އައުމުން އިނާޒާ ހުރީ އުފަލުންނެވެ. ނަމަވެސް މި ފާއިތުވި ހަތް އަހަރުތެރޭ އެންމެ ފަހަރަކުވެސް ޖައިޝް ރާއްޖެ ނައިސް ހުރީވެސް އިނާޒާގެ ސަބަބުންނެވެ. އެހެން މީހަކަށް ނޭނގުނަސް ޖައިޝްއާއި ބަލްޚާގެ ގާތް ވަމުން ދިޔަ ގުޅުން އެންމެ އަވަހަށް ދެނެގަތީ އިނާޒާއެވެ. ބަލްޚާ އެގެއަށް އައިތާ ހަމަސްތެރޭ ކޯސް ހޯދުމަށްފަހު ޖައިޝް ކިޔަވަން ރާއްޖެއިން ބޭރަށް ފޮނުވާލީވެސް ފައްކާ ވަމުންދިޔަ އެގުޅުން އެންމެ ފަސޭހައިން ނިންމާލެވޭނެ ގޮތަކީ އެއީ ކަމުގައި ދެކިގެންނެވެ. އޭނާގެ ހިތުގައި ރޭވިގޮތަށް ކާމިޔާބު ވެފައި ނުވަނީ ހަމައެކަނި ބަލްޚާ އެގެއިން ބޭރުކުރުމެވެ.

” ދެވަނަ ކަމަކަށް މިއޮތީ ވަރަށްވެސް މުހިންމުކަމެއް… އާދެ! ޖައިޝްއާ އި އަނުމްގެ ކައިވެނި…..”  އިނާޒާ އެހެން ބުނެލުމުން، ތަނަށްވެރިވި އަލިކަމާއެކު، އަތްތިލަ ބަޑީގެ ހޫނު ތަރުހީބަކުން މުޅި މާހަވްލު ގުގުމާލިއެވެ. ބަސްހުއްޓިފައި ހުރި ޖައިޝް ހަދާނެގޮތެއް ނޭނގި ހުރެ ޠައްޔިބުގެ މޫނަށް ބަލާލިއެވެ. އެއާއެކު ހިނިތުންވެފައިވާ މޫނަކާއެކު އާއެކޭ ބުނާފަދަ ގޮތަކަށް ޠައްޔިބު ބޯޖަހާލިއެވެ. އިސްޖަހާލައިގެން ހުރި ބަލްޚާ ޖައިޝްއަށް ފެނުނީ އެވަގުތުއެވެ. އެ މައުސޫމް މޫނުވަނީ މިލާ މޯޅިވެފައެވެ. އެރީތި ހަށިގަނޑު ހިކި އަނަރޫފަވެ، ގިނަ ދުވަސްތަކެއް ވައްދެން ބަލިވެ އުޅެފައިވާހެން ހީވެއެވެ. ބަލްޚާ މިގެއަށް ގެނެސް ގެން އޭނާއަށް ހެދުނީ ގޯހެއް ބާވައޭ އެވަގުތު ޖައިޝްގެ ހިތަށް އެރުމުން އޭނާ ދެރަވިއެވެެ. މި ފާއިތުވީ ހަތް އަހަރުތެރޭ ބަލްޚާއާ ގުޅަން އޭޏާ ނުކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟ ބަލްޚާގެ މޮބައިލްއަށް ގުޅިއެވެ. އެނަންބަރު އަބަދު ނިވާލާފައި އޮންނާތީ، އީމެއިލް ކުރިއެވެ. އެއީމެއިލްތަކަށް ޖަވާބުނުދޭތީ، ގޭގަ އިންނަ ފޯނު ލައިންއަށް ގުޅިއެވެ. އެނަންބަރުަށް ގުޅައިފިނަމަ، ފޯނު ނަގަނީ އިނާޒާއެވެ. އެހުރިހާ ކަމެއް ހަނދާންވުމުން ޖައިޝް އިތުރަށް ދެރަވިއެވެ. އިސް އުފުލާލައި އެންމެ ފަހަރަކުވިޔަސް ޖައިޝްއާ ދިމާއަށް ބަލްޚާ ބަލައިލިނަމަ، އޭނާގެ އެ އިހްސާސްތައް ބަލްޚާއަށް އޮޅުން ފިލީހެވެ. ނަމަވެސް، ބަލްޚާ އެހެން ހުރި އިރު އެންމެ ފަހަރަކުވެސް ޖައިޝްއާ ދިމާއަށް ބަލައިވެސް ނުލައެވެ. ޖައިޝްއަށް ނޭނގުނަސް، ބަލްޚާވެސް ޖައިޝްއަށް އިންތިޒާރުކުރިއެވެ. ޖައިޝް ފުރި ފަހުން ބަލްޚާގެ މޮބައިލް ފޯނު ގެއްލުނ ހަމަ ކުއްލިއަކަށެވެ. އޭގެ ފަހުން މީހަކާ ގުޅޭނެ އެއްވެސް ގޮތެއް ނެތެވެ. މެއިލް ޗެކް ކުރާނެ ގޮތެއްވެސް ނެތެވެ. ކުރިން އުޅުނު ގެއިން އޭނާ ކުރާ މަސައްކަތަށް ފައިސާ ލިބުނަސް، މިގެއިން އޭނާއަށް ފައިސާ ލިބޭނެ ގޮތެއްނެތެވެ. ކޮންމެހެން ގަންނަން ބޭނުންވާއެއްޗެހި އިމީއަށް ލިބޭ ޕޮކެޓްމަނީއިން އިމީ ގަނެދެއެވެ. ލާނެ ހެދުން ބާވެގެން ލާނެ ހެދުމެއް ވަރުވެސް ހޯދަދެނީ އިމީއެވެ. އެފަކީރަށް ލިބޭ މަދު ލާރިކޮޅުން އެއަށްވުރެ ބޮޑު ވަރު ނުކުރެވޭނެކަން ބަލްޚާއަށްވެސް އެނގެއެވެ.

“ސޮރީ މަންމާ!!! މަންމައާ ބައްޕައަށްޓަކައިވެސް އަހަންނަކަށް ތިކަމެއްް ނުކޮށްދެވޭނެ! އަހަރެން ކައިވެނި ކުރާނެ ކުއްޖާ މާކުރިންވެސް އަހަރެން ހުންނާނީ ހޯދާފަ!” ކުށްވެރިއަކު ފަދައިން އިނާޒާގެ ކުރިމަތީގައި ހުރެ އިސްޖަހާލަމުން ޖައިޝް ބުނެލިއެވެ. އެއާއެކު އަނުމް ރޮއިގަންނަމުން އިނާޝާގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު ބާރު ހިނގުމެއްގައި އެންމެންގެ ކުރިމަތިން ބަލްޚާގެ އަތުގައި ހިފައިގެން ޖައިޝް ނިކަން ބާރަށްގޮސް އެތަނުން ނުކުތެވެ. ގަތް ލަދާއެކު އެ މަންޒަރު ބަލަން އިނާޒާހުރ،ީ ރުޅިގަދަވެފައެވެ.

“ޖައިޝް ޕްލީޒް…. އަހަރެންގެ އަތުން ދޫކުރޭ…! އެންމެން ހީކުރާނީ ކީކޭ؟!” ޖައިޝްގެ އަތް ފޮޅުވާލެވޭތޯ ބަލަމުން ބަލްޚާ އާދޭސް ކުރިއެވެ.

“އަދިވެސް އެހެން މީހުން ހިތަށް އަރާ އެއްޗެހިތަ ބަލަންވީ؟!… ބަލްޚާއަށް އެނގޭތަ މިއޮއްހާ ދުވަހު އަހަރެން އުޅުނުގޮތް؟! ބަލްޚާ ދުނިޔޭގަ ހުރިކަމެއްވެސް ނެތް ކަމެއްވެސް އެނގެނީއެއްނޫން… ފޯނު އޮންނަނީ އަބަދު ނިއްވާލާފަ… މެއިލްތަކަށް ޖަވާބު ދެނީއެއްނޫން… ނޭނގޭތަ އަހަރެން ބަލްޚާ ދެކެެ ލޯބިވާ ވަރެއް………؟!!” ގޭގެ ދޮރާށިން އެތެރެއަށް ވަންނައިރު ދެފަރާތުން ހައްދާފައިވާ ހުސްނުހީނާ ގަސްތަކުގެ ކައިރިއަށް ޖެހިލަމުން، ބަލްޚާ، އޭނާގެ ނޭވާ އެޅޭހާ ކައިރިއަށް ދަމައިގަންނަމުން ކެތްތެރިކަން ކުޑަވެފައި، ޖައިޝްގެ ހިތުގެ ހުރިހާ ޝަކުވާއެއް އެއްފަހަރާ ބަންޑުން ކޮށްލިއެވެ. އެހިނދު އެދެމެދަށް ވެރިވީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ދެ ޒުވާނުންގެ ހިއްސުތައްވެސް ގަނޑުވި ފަދައެވެ. ހިނދުކޮޅަކަށް ނަމަވެސް ދުނިޔެއާމެދު ގާފިލުވެވުނެވެ. އެހިނދު ދެޖިސްމު އެކުވެލިއެވެ. ވާނެ ކަމެއް ވާން ދޫ ކޮށްލައިގެން، ޖައިޝްގެ މޫނުމައްޗަށް އައި ކުއްލި ހަރަކާތާއެކު، އޭނާ ކޮށްލި ކުޑަކުޑަ އެހެނަސް ފޮނި ފޮނި ހަރަކާތުގައި ބަލްޚާއަށްވެސް ބައިވެރިވެވުނެވެ. އެއީ އެ ދެ ޒުވާނުންނަށްވެސް މުޅިން އައު ތަޖުރިބާއެކެވެ. އެގޮތުގައި އެދެޒުވާނުން ތިބިއިރު ދެ މީހުންގެ ފަހަތުގައި ހިތް ހަލާކުވެފައި އެހެން މީހަކު ބަލަން ހުރިކަމެއް އެމީހުންނަށް ރޭކާވެސް ނުލިއެވެ. ބަލްޚާއަށް މިކުރެވުނީ ކީއްކަން އެނގުމުން ކުއްލިއަކަށް ޖައިޝްއާ ދުރަށްޖެހިލިއެވެ. ލަދުން އެ ރީތި ދޮންމޫނަށްވަނީ ޖަންބުކުލަވެރިވެފައެވެ.

“ކާކު؟!!!…..” އެވަގުތު، އެހިސާބަށް އައިސް ހުއްޓެމުން ޠައްޔިބު އެހެން ބުނެލިއަޑަށް ސިހިފައި ޖައިޝްއާއި ބަލްޚާއަށްވެސް ބަލައިލެވުނެވެ. ޠާއްޔިބުގެ ނަޒަރު ހުއްޓިފައިވަނީ ގޭގެ ދޮރާށި ކައިރީގައި ހުރި މީހާއަށެވެ. ދޮރުއަށިކައިރިން ދެފަރާތުގައި ހަރުކޮށްފައިވާ ބޮކި އެވަގުތު ނިވި،މުޅިތަނަށް އަނދިރިކަން ވެރިވެފައިވާތީ، އެއީ ކާކުކަން ދެނެއެއް ނުގަނެވުނެވެ. ގޭގެ ސިޓިންރޫމުން އަލި ނުކުމެފައިވާ ހިސާބަށް އެވަގުތުއެމީހާނުކުތެވެ.

“ހިޝާން؟!… ކޮން އިރަކުއައީ؟!” ޖައިޝް އަށާއި ބަލްޚާއަށްވެސް އެހެން ބުނެވުނީ އެކުއެކީގައެވެ. އެހިނދު ދެންމެ ވީކަންތައް ހިޝާންއަށް ފެންނާނެބާއޭ ހިތަށް އެރުމުން ބަލްޚާ ބިރުގަންނަ ގޮތްވިއެވެ. ހިޝާންއަށް އޭނާ ކުރި ވަޢުދުގެ މަތިން އެވަގުތު އޭނާ ހަނދާންވިއެވެ. ހިޝާން ބަލްޚާގެ މޫނަށް ބަލައި ލުމެއްނެތި ޠައްޔިބުއަށް އޭނާ އަމިއްލައަށް ތަޢާރަފްވެލަމުން އެއީ ޖައިޝްގެ ރައްޓެއްސެއްކަމުގައި ބުނެލިއެވެ. އެވަގުތު ޠާއްޔިބުގެ ފަހަތުގައި ހުރި އިމީ ސިއްރުވެރި ބެލުމަކުން ހިޝާންއަށް ބަލަމުން ދިޔައެވެ. އިސްކޮޅުންދިގު، ރީތި މިޒުވާނާއަށް ފުރަތަމަ ނަޒަރުންވެސް އިމީގެ ހިތް ހަދިޔާކުރެވިއްޖެއެވެ.  ކަނދުރާއާ ހަމައަށް ދިގުކޮށް ފަހަތަށް ވާގޮތަށް އޮމާންކޮށްފައިވާ ފަން އިސްތަށިކޮޅުން ނިންމަށްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުގައި އަތް ހިންގާލަމުން ޠައްޔިބާއެކު އިމީއާވެސް ހިޝާން ސަލާމްކޮށްލިއެވެ. ހިޝަންގެ އަތުން ދޫކޮށްނުލައި އިރުކޮޅެއް ވަންދެން އިމީއަށް އެއަތުގައި ހިފާލައިގެން ހުރެވުނެވެ.

ޠައްޔިބުގެ އެދުމަށް ބަލްޚާއާއި ޖައިޝް އަދި ހިޝާންވެސް ގޭތެރެއަށްވަނެވެ. އެންމެން އެތެރެއަށް ވަނުމުން އިމީވެސް ފަހަތުންގޮސް ގޭތެރެއަށްވަނެވެ. ޖައިޝްއާއި ބަލްޚާއާ ދެމެދުގައި ގުޅުމެއް އުފެދިފައިވާކަން ޠައްޔިބުއަށް ފުރަތަމަފަހަރަށް ރޭކާލީ މިރެއެވެ. އެގުޅުމާ ދޭތެރޭ އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަން އޭނާ ހާމަކުރީ ހިޝާންވެސް އިންދައެވެ. ޠައްޔިބު ދެކޭ ގޮތުގައި ޖަވާޒީ ޙަޔާތާމެދު ގޮތް ނިންމުމަކީ މައިން ބަފައިންގެ ހައްގެއްނޫނެވެ. އެހައްގު ލިބެންޖެހޭނީ ދިރި އުޅުމުގެ އެ ދިގު ދަތުރަށް ފަށާ ދެކުދިންނަށް ކަމުގައި ޠައްޔިބު ދުއްޓެވެ. ޖައިޝް ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. އިނާޒާ އެތަނަށް އައިސްވަނީ އެވަގުތުއެވެ. އެމޫނު މަތިން ފެނުނީ ހަމަ އިހަށްވެސް ފެނުނު ނަފްރަތެވެ. އިނާޒާގެ ބަހަކަށް އިންތިޒާރުކުރުމެއްނެތި، ޖައިޝްއާއި ބަލްޚާގެ ކައިވެންޏާށް ރުހޭކަން ޠާއްޔިބު އިޢުލާންކުރިއެވެ. ޠާއްޔިބު އެހުރިހާ ވާހަކައެއް ދެއްކިއިރު، ހިޝާން އިނީ އިސްޖަހާލައިގެންނެވެ. ބަލްޚާ އަށް އެކަން ފާހަގަކުރެވުނެވެ. އޭނާ ދެރަވިއެވެ. މީހެއްގެ އުއްމީދުަތައް ވިއްސިވިހާލި ކޮށްލެވުނީތީއެވެ. އެގޮތުގައި ހިޝަންއަށް ކެތްކުރެވުނީ އިރުކޮޅަކުއެވެ. ގެއަށް ދާންޖެހޭ ކަމަށްބުނެ އެގެއިން ނުކުންނަން އޭނާ ހިނގައިގަތެވެ. ހިޗާންގެ މި ކުއްލި ހަރަކާތުން ބަލްޚާ ނޫން އެންމެންނަށް ހައިރާންކަން ލިބުނެވެ. އެވަގުތު ބައްޕަގެ އެދުމަށް އިމީވެސް ތެދުވެ ހިޝާންއާއެކު ބޭރަށް ނުކުތެވެ.

ހުސްނުހީނާގަހުގައި ފޮޅިފައިވާ މާމެލާމެލިން ދުވާ މީހުވަހުން މުޅިތަން އެއްވަސް ކުރުވާފައިވެއެވެ. މަޑުވައިރޯޅިއެއް އައިސް ގައިގައި ބީހިލުމާއެކު އިމީގެ ގައިން ހީބިހި ނަގާގޮތްވިއެވެ. މިރޭގެ ޖައްވާއި ޖެހެމުންދާ ވައިރޯޅިވެސް އިހުނާ ތަފާތުހެން އިމީއަށް ހީވިއެވެ.

 

‘އިމީ…..” ދޮރާއްޓާ ހަމައަށް އާދެވުމާއެކު ހިޝާންއާ ހަތަރު ކަޅި ހަމަކޮށްލައި އިމީގެ އަތް ހިޝާންއާ ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ.

(ނުނިމޭ)

 

 

 

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ސަތާރަ ވަނަ ބައި)

Next

ބީހުން….(17 ފަހުބައި)

Next
August 18, 2017

ބީހުން….(17 ފަހުބައި)

Previews
August 17, 2017

ހިތުގެ މިލްކުވެރިޔާ (ސަތާރަ ވަނަ ބައި)

13 Comments!

  1. Aki says:
    August 18, 2017 at 12:37 am

    v reethi mi part ves ekamu thankolhe kuree

    1. ރައު says:
      August 18, 2017 at 8:52 am

      Thnx Aki dear
      Vaahaka kurutha?
      😉

  2. Flower says:
    August 18, 2017 at 6:39 am

    Varan avas aruvaalafa mi story niman ulheykan fahaga vey.eakamu varan loabi story

    1. ރައު says:
      August 18, 2017 at 8:50 am

      Flower dear
      Adhi mi story ehaa avahah nimmaakah noolhen ingey…
      Adhi thikudhinnah engenjehey v Gina kanthah than kuriah ebahuri.
      Keep reading dear….
      Lots of love

  3. ރައު says:
    August 18, 2017 at 8:44 am

    Salaam
    Hurihaa kudhinnahves hukuru dhuvahuge ufaaverikamah edhen.
    Pls comment evves kameh faahaga kohlan noony vaahaka kuriah dhaa gothaa medhu ehcheh bunan beynun vaanama…
    Ithurah rangalhu kohlan huri kanthah thahves faahaga kohla dhinun edhen
    Love u all 😉

  4. Kitty ❤️ says:
    August 18, 2017 at 12:13 pm

    Kobaa storyge 8 vana baii??

    1. ރައު says:
      August 18, 2017 at 12:44 pm

      http://www.esfiya.com/33869/

  5. Adha? says:
    August 18, 2017 at 1:08 pm

    Alhey.. varah reethi mi part ves.. balkha ❤ jaish nd imee❤hishan.. varah gulhey.. hehe
    Waitingss ?

    1. ރައު says:
      August 18, 2017 at 3:20 pm

      Thanx adha for being such a loyal reader of this story… Liyan hivvaru libeny adhaa menkahala kudhinge sababun.
      Thanx 😉

  6. khajja says:
    August 18, 2017 at 6:14 pm

    Masha allah v rythi?? hishaan n imy dhen gulhuvaa balkhaa❤ jaish v gulhey migothah gulhuvabala plx stry v loabi ?? when nxt prt thankolhen avahah up kolladhybala plx????❤❤???????????

    1. ރައު says:
      August 18, 2017 at 8:25 pm

      Thanx khajja
      U r a sweetheart.
      Luv u 🙂

  7. Kitty ❤️ says:
    August 18, 2017 at 10:54 pm

    Vrh reethi vaahaka ❤️

    1. ރައު says:
      August 19, 2017 at 7:02 pm

      Thanx dear 😉

Comments are closed.


All Right Reserved!