ބީހުން….(16)
“އައްސަލާމް އަލައިކުމް” އީސަބެ ފޯނުނެގުމުން ސަލީމު ސަލާން ގޮވައިލިއެވެ. “ސަލީމު ހާދަ ދުވަހެއް ކޮއްލައިފަ ތިގުޅާލީ، ކިހިނެއް ވީތޯ؟!، އަނެއްކާ ކަމެއް ދިމާވީތޯ؟!” އީސަބެ އެއް ނޭވަޔަކުން އަހައިލިއެވެ. “މިގުޅާލީ ފާޑެއްގެ ކަމެއް ދިމާވެގެން، އީސަބެއަށް މާލެ ޖައްސާލެވިދާނެތޯ؟” ސަލީމު ފުރަތަމަ ސަބަބު ބުނެ މާލެ އާދެވޭނެތޯ އަހައިލިއެވެ. “އެހެންތަ؟ ކުޑަގޮތަކަށް ކިޔާދީބަލަ އޭރުންތާ އިގޭނީ، ފަހަރެއްގައި ތިކޮޅަށް ނުގޮސްވެސް ހަމަޖެހިދާނެއް ނޫން” އީސަބެއަށް މާލެ ދިއުން އެހާ ފަސޭހަކަމަކަށް ނުވާތީ ރަށުގަހުރެގެން ކުރެވޭ ވަރުގެ ކަމެއްތޯ ބަލަން ވެގެން އަހާލިއެވެ. އީސަބެ އެސުވާލް ކުރުމުން ވެގެން އުޅޭގޮތް ސަލީމު ކިޔާދިނެވެ. “ނާތީހަމަ ތެދެއްތަ؟؟!” އީސަބެ ގަބޫލް ނުކުރެވި ހައިރާންވެގެން އަހަލިއެވެ. ” އާއޭ! މީހަމަތެދު ” ސަލީމް ޔަގީން ކޮއްދޭން ބުނެލިއެވެ. “އެހެންދޯ، އެހެންވީމަ އީސަބެ ނުގޮހެއް ނުވާނެ ތިޔަކަމެއް، މިއަދު މެންދުރު އެބައޮއް ފެރީއެއް އޭގެން އީސަބެ ދާނަން ހީވަނީ ތިނެއްގެކުރިން މާލެދެވޭނެހެން، އެކަމަކު އީސަބެ ދިއުމުގެ ކުރިން އެއްޗެއް ބަލާލާނަން، އެދެމައިންގެ ފުރިހަމަ ނަން މެސެޖު ކޮއްލަދީބަލަ، އޭރުން އީސަބެއަށް ވެސް ކުރިއަށް ގެންދަން ފަސޭހަވާނެ” އީސަބެ ބަނދިވަރެއް ހެންކިޔުމުން އެންމެ ރަނގަޅޭ ކިޔާ ސަލީމް ފޯނު ބޭއްވިއެވެ.
“އަމީނާ އަމީނާ! ކޮބައިތަ ރާބިއާ؟ އެކަކުވެސް ނުއުޅެނީތަ.؟!” ސަލީމް ބޭރުން އައިގޮތަށް ގޮވަމުން ދިޔައެވެ. އެކަކުވެސް ފެންނަން ނެތުމުން ސަލީމް ހުރީ ހައިރާން ވެފައެވެ.” ކިހިނެއްތޯވީ ބައްޕާ؟ މަންމަމެން ދިޔައީ ބޭރަށް” އީތަން ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. “އެހެންތަ ދަރިފުޅާ؟ އާދެބަލަ މިތާ އިށީންނަން” ސަލީމް އެހެން ބުނުމުން އީތަން އައިސް ސޯފައިގަ އިށީދެއްޖެވެ. “ދަރިފުޅާ މެންދުރު ފެރީން އީސަބެ އެބައާދޭ، ހީވަނީ ތިނެއްޖަހާކައްހާ އިރު އާދެވޭނެހެން” އީސަބެ އަންނަކަން އޮޅުން ފިލުވައިދެމުން ސަލީމް ބުނެލިއެވެ.” އެހެންތޯ؟!، އަޅުގަނޑުވެސް ތިގަޑީގައި ގޭގަ ހުންނާނަން” މާޒިންއަށް ވެސް އަންގަންވާނެދޯ އޭ ކިޔާ ތެދުވެގެން އީތަން ދިޔައީ ކޮޓަރިއަށެވެ. އީތަން ކޮޓަރިއަށް ވަންއިރު މާއިލް އާ ސަކަރާށް ޖަހަން ޒޫމީ ހުއްޓާ އޭނަޔަށް އެހަބަރު ދިނެވެ.
“ކީކޭ ޒޫ؟” ފޯނުނަގަމުން މަލަކާ އަހައިލިއެވެ. “މިގުޅީކުޑަ ކަމަކު، މާޒިންބެ ކޮބައިތަ؟ ގުޅައި ގުޅައި ފޯނެއްނުނަގާ، އިއްޔެ މާލް އުޅުނެންނޫން ގޮތެއް؟ ބައްޕަ ބުނީ އެވާގޮތެއް ބަލަން މީހަކު އެބަ ގެންނަމޯ، ތިނެއްޖަހާކައްހާ އިރު އެމީހާ އަންނާނެ، މަލާމެން ހަދާންކޮށް އެގަނޑިއަށް އަންނައްޗޭ” ޒޫމީ ގުޅި ސަބަބު ފަތި ފައްޗަށް އަމުނަމުން ބުނެލިއެވެ. “ހުވާތަ؟! އަސްލުވެސް މާލް ރަނގަޅެއް ނޫންދޯ އެހެންވީމަ!؟” މަލަކާ ހައިރާންވެގެން އަހައިލިއެވެ. “އާއޭ މަލާ، ރަނގެޅެއްނުނޭ ރޭގަ ވީގޮތެއް އިނގޭތަ؟ މަށަށް ދަންވަރު، ހޭލެވުނު އިރު މާލް ސީލިންގު މަތިން ތިރިއަށް އަންނަނީ އިތުރު މީހަކުވެސް ނެތް ފެންނާކަށް، އެކަމަކު މާލް ހީހީފަ ހީވަނީ އެހެން ކަމެއްހެން، މަބިރުން ކިރީޔާ ހަލާކު ނުވީ، ގައިމު އެއަކީ މާލްއަށް އެކަނި ކުރެވޭނެ ކަންތަކެއް ނޫން” ޒޫމީ ރޭގެ ހާދިސާ މަލަކާޔެށް ކިޔާދިނެވެ.
” އަސްލުތަ؟ އަޅެހާދަދެރައޭ، ކޮބައިތަ މިހާރު މާލް!؟” މަލަކާ ހައިރާން ވެގެން އަހައިލިއެވެ. “އެބައޮތް ނިދާފަ، ހަނދާންކޮށް އަންނައްޗޭ” ޒޫމީ ދެވަނަ ފަރަށް ހަނދާން ކޮއްދިނުމުން ދާނަމޭ ކިޔާ މަލަކާ ފޯނު ބޭއްވިއެވެ. ޒޫމީ ހުރީ އޭރުވެސް ހިތްތެޅޭ ވަރުން ކުރާނެ ކަމެއް ނޭނގިފައެވެ.
“ކިރިޔާ މަންމައަށް ރޯނުގަ ހުރި އެއްޗެހި ނެގުނީ، އެހެން ނޫންނަމަ ހުރިހާ އެއްޗެއް ތެމޭނެ” ރާބިއާ ރޯނުގައި ހުރި އެއްޗެހި ހިފައިގެން އެތެރެއަށް ވަންނަމުން ބުނެލިއެވެ. “އެހާރީތިކޮށް އޮވެފަ ޓަސްލާފަދޯ، އެވެހިގަތީ؟!” ކުޑަދޮރު ކައިރިއަށް ގޮސް ބޭރުބަލަމުން ޒޫމީ ބުނެލިއެވެ. އެވަގުތު ސަލީމް ފޯނުނަގާ އީސަބެއަށް ގުޅަން ފަށައިފިއެވެ. އީސަބެ އާދެވޭނެ ކަމަށް ބުނި ގަނޑި ޖެހިއްޖެއެވެ. އެހެންވެ ލަސްވާ ސަބަބު ބަލަން ސަލީމު ގުޅީއެވެ. “ކޮބައި ކިހާ ހިސާބެއްގަތޯ؟” އީސަބެ ފޯނުނެގުމުން ސަލީމް އަހައިލިއެވެ. ” ކަނޑުމަތީގަ އަދިވެސް ވަރަށް ކަނޑު ގަދަ، ވަރަށް ރީތިކޮށް އޮވެފަ ޓަސްލާފަ ވައިގަދަވެ ވިއްސާރަވީ” އީސަބެ ހުރިތަނާ ހާލަތު ބުންޏެވެ. “އެހެންދޯ، މިކޮޅަށް ވެސް ވަރަށް ވިއްސާރަ” މާލޭގެ ހާލަތުވެސް ސަލީމް އޮޅުން ފިލުވައި ދިނެވެ. “ހެހެ އެހެންދޯ؟ ހީވަނީ، ގަނޑިއެއްހާ އިރުތެރޭ ފޯރާނެހެން، ބަލާނަޔަސް އެންމެ ރަނގަޅު ވާނެ، އީސަބެ މާލެ ފައިބައި ގޮތަށް ދާނަން ތިކޮޅަށް” އީސާބެ އެހެން ބުނުމުން ސަލީމް އެންމެ ރަނގަޅޭ ކިޔާ ފޯނުބޭއްވިއެވެ. “އީސަބެއަށް މިގުޅީ ބުނީ، ވަރަށް ކަނޑު ގަދަޔޯ ގަނޑިއެއްހާ އިރުތެރޭ އާދެވޭނެހެންނޯ ހީވަނީ” ސަލީމު ފޯނު ކަނޑައިލައިފަ ބުނެލިއަވެ. އޭރު ގޭ އެންމެން ތިބީ އީސަބެ އަންނަން ބުނި ގަނޑި ޖެހުނީތީ އޭނަގެ އިންތިޒާރުގައެވެ. އެވަގުތަށް ޓަކައި މާޒިންގެ ދެމަފިރިން ވެސް ވެހޭ ވާރެއާ ތެމެމުން އައިސް ތިއްބެވެ. އޭރު ވެސް ޒޫމީގެ ހިތް ބާރުބާރަށް ނެގި ޖެހެމުން ދިޔައެވެ. އޭނަގެ ހިތް ބުނާ ގޮތުން ވިއްޔާ މިކުރާ ވިއްސާރައަކީ ކޮންމެވެސް ނުބައެއް ކަމުގައެވެ. ނަމަވެސް ވާގޮތާ ހާލަތުގެ ގޮތުން ޒޫމީ ހުރީ އެއްވެސް އެއްޗެއް ނުބުނެއެވެ. އެންމެން އެކި ވާހަކައިގައި ތިއްބާ އެންމެންގެ ލޯ ގޮސް ހުއްޓުނީ ޓީވީގެ ތިރިއަށް އަރަމުން ދިޔަ އަވަސް ހަބަރަށެވެ. ކާފް ހުރާއިން ފުރައިގެން މާލެ އައި ދޯންޏެއް ބަންޑުން ޖަހައިލައި، ދޯނި އަޑިއަށް ދިޔަ ވާހަކައެވެ. އެއްވެސް މީހަކު ސަލާމަތް ނުވި ވާހަކައެވެ. ސަލީމް ހުރީ ކަޅި ވެސް ޖަހައިނުލާ ޓީވީ އާ ދިމާލަށް ބެލި ގޮތަށް ހުއްޓުން އަރާފައެވެ. “ބައްޕާ ދެން ކިހިނެއްތޯ ހަދާނީ؟” އީތަންއަށް އެނާޒުކު ވަގުތުގައި ވެސް އަނގަ މަޑުލައިގެން ހުންނަން ކެތްނުވެގެން އަހައިލިއެވެ. އެއަޑަށް ސަލީމު ދިޔައީ ސިއްސައިގެންނެވެ. “ދަރިފުޅާ ކީކޭތަ ދެން ވަކި ބައްޕަ ބުނާނީ؟” މިހުރިހާ ކަމަކީވެސް ކުޅަދުން ވަންތަކަށް، ދެން އިތުރު ކޯއްޗެއް ބައްޕަ ބުނަން އޮތީ؟” ސަލީމް ފެންކަޅިވެފަ ބުނެލިއެވެ. ސަލީމް އެހެން ބުނުމުން އިތުރު އެއްޗެއް އެކަކުވެސް ނުބުނެއެވެ. އެކަމާ ވިސްނާލަަން ތިބެވުނީއެވެ. “ދަރިފުޅުމެން ހާސްނުވޭ، ބައްޕަ އަދިވެސް ބަލާނަން އެހެން ގޮތެއް ވޭތޯ، އިރާދަ ކުރެއްވިއްޔާ ހުރިހާ ފަހަރަކު ބަދުނަސީބެއް ނުވާނެ، ކޮންމެވެސް އެއްފަހަރަކު ނަސީބު ވެސް އަތުގަ ހިފާނެ” ސަލީމް ޒޫމީމެންނަށް ހިތްވަރު ދެމުން ބުނެލިއެވެ. ހަގީގަތުގަވެދިޔަ ކަންތަކާ ސަލީމް ހުރީ ވަރަށް ދެރަވެފައެވެ. އީސަބެ އަކީ އެމީހުންގެ ވަރަށް ގާތް ރައްޓެއްސަކަށް ވީތާ މިހާރު ކިތަންމެދުވަހެއް ވިއްޔާއެވެ. އެފަދަ ގާތް ރަހުމަތް ތެރިއަކު އެކަހަލަ ގޮތަކަށްދުނިޔެ ދޫކުރީތީ ސަލީމުއަށް ހުރީ ވަރަށް އަސަރު ކޮއްފައެވެ. ކުރާނެ ކަމެއް ނެތެވެ. ދެން އީސަބެއަށް ޓަކައި ކޮއްދެވޭނެހާ ވެސް ކަމަކީ އެމައްޔިތާއަށް ހެޔޮ ދުވާ ކުރުމެވެ. ގޭ އެންމެން އެހާ ހާސްވެ ތިބިއިރު ވެސް މާއިލް ހުރީ އޭނަގެ ދުނިޔޭގައި ދެއަށް ޖަހާ ކުޅެ ހަދާށެވެ. އެކުއްޖާ އަށް އިގޭނީ ކޯއްޗެއްހެއްޔެވެ. އެއީ ކުޑަ ކުޑަ ކުއްޖެއް ވިއްޔާއެވެ. އޮނޑު ބޮލަށް ވެއްޓުނަސް އެކުއްޖާޔަކަށް ނޭގެނެވެ. އެވަގުތު އިތުރު ހިތްވަރެއްލާ ސަލީމްގެ ފޯނުނަގައި މީހަކަށް ގުޅިއެވެ. ” އައްސަލާމް އަލައިކުމް ކީކޭތޯ ސާރ!؟” މަސީހު ފޯނުނަގަމުން އަހައިލިއެވެ. “މިގުޅީ ވަރަށް ބޮޑު ކަމެއްދިމާވެގެން” ސަލީމް ވަގޮތުން ބުނެލިއެވެ. “ކޮންކަމެއްތޯ؟! އަވަހަށް ވިދާޅުވޭ” މަސީހު ހައިރާންވެފަ އަހައިލިއެވެ. ” ތަންކޮޅެއް ކުރިން މަސީހު ބުނީމެއްންނޫން، ފަންޑިތަ ހަދާމީހެއްގެ ވާހަކަ ކޮބައިތަ އޭނަ؟” ސަލީމް ވަގުތު ބޭކާރު ނުކޮށް އަހައިލިއެވެ. “އަޅުގަނޑު ޖެހޭނީ ބަލާލަން، އުއީ މާލޭގައި އުޅޭ މީހެއް ނޫން ދޭތެރެއަކުން އޭނަ މާލެ އަންނަނީ، އޭނަ ކޮބައިތޯ ބަލައިފަ އަޅުގަނޑު ހަބަރެއް އެބަކުރަން، ވިއްސާރަކަމުން ތަނަކަށް ވެސް ދެވޭވަރެއް ނޫން، ސާރ އަނެއްކާ މާބޮޑު ކަމެއް ދިމާވީތޯ؟ “މަސީހު އޮޅުންފިލުވައި ދެމުން އަހައިލިއެވެ. ވެގެން އުޅޭ ގޮތް ކިޔާދީ އަވަހަށް ހަބަރެއް ވާން ބުނެފަ ސަލީމް ފޯނު ބޭއްވިއެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މާޒިންމެންވެސް ތިބީ ކޮޅެއްގަ ނުޖެހެނީސް ގެޔަށް ނުދާންވެގެންނެވެ. “ވިއްސާރަކަމުން މިރޭ މިޖެހުނީ ގެޔަށް ނަމާދުކުރަން މިވަރަކުން މިސްކިތަކަށް ނުދެވޭނެ” އެހެން ކިޔާ ސަލީމު ވަނީ މަޤުރިބު ނަމާދު ކުރާށެވެ. އަމީނާމެން ވެސް އަވަހަށް ދިޔައީ ނަމާދު ކޮޓަރިއަށް އެންމެން އެއްކޮއް ނަމާދު ކުރާށެވެ. ނަމާދު ކޮށްނިމިގެން އަމީނާމެން ބޮޑުކޮޓަރިއަށް ނިކުތް އިރުވެސް ސަލީމު ނުނިކުމެއެވެ. އެންމެން ސަލީމުގެ އިންތިޒާރުގައި ތިއްބާ ސަލީމް ކޮޓަރިން ނިކުތް ގޮތަށް ގޮސް ބޮޑު ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. “މަސީހު ހާދަ ރަނގަޅޭ، ވަނދޭ އަވަހަށް “ސަލީމު އެހެން ބުނުމުން މަސީހު އެތެރެއަށް ވަނދެ އިށީނުމުން އޭނާގެ ފަހަތުން އެހެން މީހަކު ވެސް ވަނދެ އިށީދެއްޖެވެ. ސަލީމް ނަމާދު ކޮއް ނިމުނުތަނާ މަސީހު ގުޅައިފަ ބޭރުގައި ހުރިވާހަކަ ބުނުމުން ސަލީމު އަވަހަށް ދޮރު ހުޅުވިއެވެ. “ސާރ މިއީ އަޅުގަނޑު ބުނި މީހަކީ، ރައޫފުބެ ކިޔަނީ” މަސީހު އެމީހާޔަށް ކިޔާ ނަން ބުނެލަދިނެވެ. ފެންނަ ފެނުމަށް ރައޫފްބެއަކީ އުމުރުން ފަސްތޮޅޮހުގެ އަހަރަތުކއށް ގުނަމުން ދާމީހެކެވެ. “އަސްލުވެސް ހީނުކުރަން މަސީހު ތިހާ އަވަހަށް މިކަން ކުރާނެކަމަކަށް ވެސް” ސަލީމު ހައިރާންވެގެން ބުނެލިއެވެ. މަސީހު އެއްވެސް އެއްޗެއް ނުބުނެ ބަދަލުގައި ހިނިއައިސްސަ ހުރިއެވެ. ސަލީމްއާ ކަންތަކާ ޖެހުނީމަ މަސީހު ކޮއްނުދީ ހުންނާނީ ކިހިނެއް ހެއްޔެވެ. އޭނަގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު ކަންތައް ވަނީ ސަލީމު ކޮއްދީފައެވެ. އޭނަގެ ދަރިފުޅު ކެންސަރު ޖެހިގެން އިންޑިއާގައި ބަހަށްޓައިގެން ސަލީމް ވަނީ ހުރިހާ ހަރަދެއްކޮއްފައެވެ. އެވަރު ބޮޑު ކަމެއް ކޮއްދިން މީހަކަށް މަސީހު ގަބޫލް ކުރާ ގޮތުގައި މިއީ އަދި އެއްވެސް ކަމެއް ނޫނެވެ. އިރާދަ ކުރެއްވީތީ ސަލީމްގެ އެހީތެރި ކަމާއިއެކު އޭނާގެ ދަރިފުޅު ވަނީ އެހެން އިންސާނުންނެކޭ އެއްފަދައިން ދުނިޔޭގައި އުޅެވޭ ވަރު ވެފައެވެ.
” އާނ ކިހިނެއްތޯ ވެގެން މިއުޅެނީ؟ މަސީހު ކުޑަކޮށް ކިޔާދިން ވެގެން އުޅޭގޮތް” ރައޫފު އެންމެންގެ މޫނަށް ވަކި ވަކިން ބަލަމުން އަހައިލިއެވެ. ސަލީމް ޒޫމީ ކައިރީގަ ކިޔާދޭން ބުނުމުން، ފެށިގެން ގޮސް މިއަދާ ހަމަޔަށް ފެންނަ މަންޒަރާ ވަމުން ދާގޮތް ޒޫމީ ކީޔައިދިނެވެ. “އެހެންދޯ ޖެހޭނީ ތިވާގޮތެއް ބަލަން ބޮޑަށް ހީވަނީ ރޫހާނީ ކަމެއްހެން އަޅުގަނޑަށް ގެނެސް ދީފާނަންތޯ؟ ފޮތަކާ ގަލަމަކާ” ރައޫފްބެއަށް އެހެން ބުނެ ނުނިމެނީސް ޒޫމީ ދުވެ ގޮސް ގަލަމަކާއި ފޮތެއް ގެނެސް ދީފިއެވެ. “ކުއްޖާގެ ނަމަކީ ކޮބައިތޯ؟ މަންމަގެ ނަމަކީ ކޮބައިތޯ؟” ރައޫފްބެ އެއްބުމަ އަރުވަމުން އަހައިލިއެވެ. ޒޫމީ އަވަހަށް ދެމައިންގެ ނަން ބުނެދީފިއެވެ. އޭރު ރައޫފްބެ ގެންގުޅުނު ދަބަހުން ކޮންމެވެސް ފޮތެއްނަގައި ނަންބަރުތަކެއް ޖަހަން ފެށިއެވެ. އެންމެން ތިބީ ރައޫފްބެ އެކުރާކަމެއް ކޮއްފަ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. “ކޮއްކޯ ބޭބެ ކުރާސުވާލަށް ތެދުބަހުން ޖަވާބު ދެއްޗޭ!” ޒޫމީގެ މޫނަށް ބަލަމުން ރައޫފުބެ ބުނެލިއެވެ. ޒޫމީ އާއޭކިޔާ ބޯޖަހައިލިއެވެ. “ކޮއްކޮއަށް އެއްވެސް އިރެއްގަ ޝައިތާނެއްގެ އުދަގުލެއް ޖެހުނުތަ؟” ޒޫމީގެ މޫނަށް ބަލައިގެން ހުރެ ރައޫފްބެ އަހައިލިއެވެ. އެއަޑަށް އެންމެން ދިޔައީ ސިއްސައިގެންނެވެ. “ލައްބަ އެމަންޖެއަށް މީގެ އަހަރުތަކެއް ކުރިން ދިމާވި ތިކަހަލަކަމެއް ” ޒޫމީ އެއްޗެއް ނުބުނެ ހުރުމުން ސަލީމް ބުނެލިއެވެ. ސަލީމް ފޮރުވަން ބޭނުންނުވާތީ ތެދުތެދަށް ބުނެލިއެވެ. “އަޅުގަނޑަށް ނޭގޭތީއެއް ނޫން މިއެހީކީ، އެއްވެސް ކަމެއް ހަނދާން ހުރިތޯ ބަލަން ވެގެން، އަހަރެން ބެލިބެލުމަށް ދައްކާގޮތުން ވިއްޔާ އެސޮރަށް ދިމާވެގެން މިއުޅެނީ ޒޫމީއަށް ދިމާވި ކަންތަކުގެ ނިޝާނެއް، ބުނަން މިއުޅޭ އެއްޗަކީ، އެއީ ޒޫމީއާ ދިމާކޮއްގެން އުޅުނު ޝައިތާނާގެ ދަރިއެއް، އެ ޖިންނި އަކީ އިންސާނީ ނަސްލުވެސް ހިއްސާ ކުރާ އެއްޗެއް، އޭގެ މާނައއކީ އެއީ ޒޫމީއާ އެ ޝައިތާނާގެ ދަރިއެއް” ރައޫފުބެ އޭނަ ބެލިބެލުމަށް އައި އެއްޗެއް ބުންޏެވެ. އެންމެން ތިބީ ބުނާނެ އެއްޗެއް ނޭގި ތަލިން ކުޅުހިކި ބަސް ހުއްޓިފައެވެ. “ދެން ކިހިނެއްތޯ ހަދާނީ؟” މައިމީހާޔަށް ވީތީ މައިލަގޮޑިއަށް ކެތްނުވެގެން ޒޫމީ އަހައިިލިއެވެ. “ކުރެވޭނެކަންތައް އެބަހުރި، އެކަމަކު އެކޮއެއަށް ކެއްކުރެވޭނެތަ؟” ޒޫމީގެ ސުވާލަށް ޖަވާބުދެމުން، ރައޫފްބެ ވެސް ކޮއްލީ ސުވާލެކެވެ. “އަޅުގަނޑުގެ ދަރިފޮޅަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން މިހިރީ ތައްޔާރަށް، އަވަހަށް ވިދާޅުވޭ” ޒޫމީ ޖެހިލުމެއް ނެތި ފެންކަޅިވެފަ ހުރެ ބުނެލިއެވެ. އޭރު އީތަން ވެސް ޒޫމީގެ ބުރަކަށީގައި ފިރުމަމުން ހިތްވަރު ދެމުން ދިޔައެވެ.”އެންމެ ރަނގަޅު މިރޭންމިރެޔަށް ނާށްޓާ، ކުންނާރު ކަށްޓާ، ގުރުއާން ކިޔެވޭނެ މީހުން ހޯދޭނެތަ؟” އެންމެންގެ މޫނަށް ވަކިވަކިން ބަލައިލަމުން ރައޫފުބެ އަހައިލިއެވެ. “މިހުރިހާ އެއްޗެއް ހަމަވެއްޖެނަމަ، މިރެއިން މެރެއަށް ވެސް ފައްޓަންވީ، އަހަރެން މިކަން ކުރިޔަސް، އެސޮރަށް ދިމާވެގެން މިއުޅޭ ކަންތަކަކީ އެހާފަސޭހަ ކަމެއްނޫން އިރާދަ ކުރެއްވީތީ އަހަރެންގެ މަސަތްކަތުން، އެސޮރު ރަނގަޅު ވެއްޖެނަމަ ޝުކުރު ކުރަން ޖެހޭނީ ހެއްދެވި ފަރާތަށް، ކޮންމެ ކަމެއްވެސް ހިތްމަވާ ދެއްވާނީ އެފަރާތުން ޝުކުރު ކުރުމަކީ އަހަރެމެން މުސްލިމުންގެ މައްޗަށް ވާޖިބެއް” ރައޫފުބެ ނަސޭހަތަކާއި އެއްކޮށް ބުނެލިއެވެ. އެންމެން ތިބީ ރައޫފްބެގެ ވާހަކަ ކަނުލާ އަހާށެވެ. “އެންމެ ރަނގަޅު ކުރަން މިއުޅޭ ކަންތަކުން އަޅުގަނޑުގެ ދަރިފުޅަށް ރަނގަޅު ވަނީނަމަ، އަޅުގަނޑު ތައްޔާރު” އެންމެންގެ މޫނަށް ބަލަމުން އީތަން މޭފުއްޕާފަ ބުނެލިއެވެ. “ހެހެ ތިވާހަކަނޫންތޯ ދެއްމެވެސްދައްކާ މިނިންމާލީ، އަދިވެސް ބުނަން އޮތީ އެެހެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެފަރާތުން ޝިފާ ދެއްވީމައޭ ލިބޭނީ، ހަމަ ޔަގީނުންވެސް އަހަރެންނަށް މިކަން ކުރެވުނު އެންމެ ރަނގަޅަކަށް ކޮއްދޭނަން” ރައޫފްބެ އަނެއްކާވެސް ތަކުރާރުކޮށް ހަނދާން ކޮއްދިނެވެ . ރައޫފްބެ ދެއްކީ ރަނގަޅު ވާހަކައެއް ކަން އެންމެން ވެސް ގަބޫލް ކުރިއެވެ. “އީތަން މިހެން އަނގަތަޅަން ތިއްބަކަސް މިކަމެއް ނުވާނެ، ހިނގާ އަވަހަށް އެބުނި އެއްޗެހި ގަންނަން ދޮންތަބެމެން ދޭ ކިޔަވާމީހުން ހޯދަން” މާޒިން އެހެން ބުނެފަ އީތަން އަތުގައި ހިފައި ދަމަމުން ނިކުތީ ބޭރަށެވެ. އެންމެ ރަނގަޅޭ ކިޔާ ސަލީމުއާއި މަސީހު ދިޔައީ އެމީހުންނާ ހަވާލު ކުރި ކަންތަކާއިގެންނެވެ. އެވަގުތު ރާބިއާ ކޮފީއާ ބިސްކޯދް ގެނެސް ރައޫފްބެއަށް ދިނެވެ. “އެމީހުން އަންނަން ވާއިރަށް އެއްޗެއް ބޯލަން ވާނެންނޫންދޯ” ރާބިއާ ހީލަމުން ތަބަށް ބަހައްޓަމުން ބުނެލިއެވެ. ރައޫފްބެވެސް ބަދަލުގައި ހިނިތުންވަމުން ކޮފީ ބޯން ފެށިއެވެ. އެވަގުތު މާއިލް ރޮއެގަތް އަޑަށް އެންމެން ދުވެ ވަނީ އެކޮޓަރިއަށެވެ. އާއާ… އެއްފަހަރާ އެންމެން ހަޅޭއްލަވާގަތް އަޑަށް ކޮފީ ބޯން ހުރެފަ ރައޫފްބެވެސް އޭނަޔަށް ހިނގުނު އެންމެ ބާރަކަށް ގޮސް އެ ކޮޓަރިީގެ ދޮރު މައްޗަށް ހުއްޓުނެވެ. އެވަގުތު ފެނުނު މަންޒަރުން ރައޫފްބެވެސް ދިޔައީ ފިތް ކަނޑައިގެންނެވެ. ބަލާކަށް ނުހުރެ އެންމެން ދުރު ކުރަމުން ރައޫފްބެ އެތެރެއަށް ދެމިގަތެވެ. ވަން ގޮތަށް ރައޫފްބެ ފެށީ ތުންތަޅުވާށެވެ. ޒޫމީ އަޑުގެ ކޮޅަށް ދިޔައީ ރޮމުންނެވެ. އޭރުވެސް މަލަކާ ދިޔައީ ޒޫމީއަށް ހިތްވަރު ދެމުންނެވެ. އެވަގުތު މަލަކާގެ ފޯނު ރިންގުވާން ފެށުމުން އެއްފަރާތަކަށް ޖެހި ފޯނުނެގިއެވެ. “ކީކޭ އެކުސިޑެންޓުުވީއޭ! ކީއްވެތަ އެކުސިޑެންޓު ވާންވީ؟ ވަރަށް ބޮޑުވަރު ވެއްޖެތަ؟؟!” މަލަކާ ހައިރާން ވެގެން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. މަލަކާ ފޯނު ނިއްމާލައިފަ ވެގެން އުޅޭގޮތް އޮޅުން ފިލުވާދެމުންދިޔައެވެ. “އީތަން އެކުސިޑެންޓު ވެއްޖެޔޯ!!” މަލަކާޔަށް އެހިސާބަށް ބުނެވުނުތަނާ ޒޫމީދިޔައީ އިތުރަށް ފަޅައިގެންނެވެ. “އެކޮސިޑެންޓުވީއޭ؟ ކިހިނެތްތަވީ؟ ކީއްވެ އެކްސިޑެންޓު ވާންވީ؟؟!” ރާބިއާ ވެސް މޮޔައެއްހެން ސުވާލް ކުރަމުން ދިޔައެވެ. “މާޒު ބުނީ އެމީހުން ދިވެހިބޭސް ވިއްކާ ފިހާރަޔަށް ވަންނަން ވެގެން ސައިކަލް މަގުގެ އަނެއް ފަރާތުގައި ބަހައްޓައިފަ ދިޔަތަނާ އަޑެއް އިވިގެން ފަހަތައް ބެލިއިރު ފަހަތުން އައި ލޮރީއެއްގަ ޖެހިފަ އެކްސިޑެންޓުވީއޭ، އީތަން ހުރީ ތިމަންނަގެ ފަހަތުގަޔޯ” މަލަކާ މާޒިން ބުނިގޮތަށް ބުނެފިއެވެ. “މަގޭ އީތަން އަކަށް ނުވާނެ އެއްވެސް ކަމެއް ބުނޭ އޭނަ އެކޮސިޑެންޓެއް ނުވެޔޭ” މަލަކާގެ ގައިގައި އެލި ގަންނަމުން މޮޔައެއް ފަދައިން ހަޅޭލަވަމުން ޒޫމީ ދިޔައެވެ. އޭރުވެސް ރައޫފްބެ ޗުސް ޗުސް ލައްވަމުން ދިޔައެވެ. މާއިލްގެ ދެލޯ ހީވަނީ ރަތް އަނގުރު ގަނދެއްހެންނެވެ. އަމީނާ ވަގުތުން ސަލީމުއަށް ގުޅާ ވެގެނެ އުޅޭގޮތް ކިޔައިދިނެވެ.
އީތަން ހޮސްޕިޓަލަށް ގެންދިޔަގޮތަށް އެމެޖެންސީގައި ދިޔައީ ފަރުވާ ދެމުންނެވެ. “ހަލޯ ހަލޯ މަލާ ދޮންތަމެން ކައިރީގަ ބުނޭ ކުރަން އުޅޭ ކަންކަން ނުުހުއްޓާށޭ، އެކަންތައް ކުރިއަށް ގެންދާށޭ ޒޫ ކައިރީގަ ބުނޭ އީތަން އޯކޭޔޭ އެވަރަށް އެކަމާ ނުވިސްނާށޭ ” މަލަކާ ފޯނު ކަނޑައިލާ އެހަބަރު އެންމެންނަށް ދިނެވެ. ހަގީގަތުގައި އީތަންގެ ހާލު ރަނގަޅެއް ނޫނެވެ. އޭނާގެ ހާލު ސީރިއަަސްސެވެ. އަދިވެސް ހޭނައަރައެވެ. އެކަމަކު ވަގުތުގެ ނާޒުކު ކަމުން ދޮގުހަދަން މާޒިންއަށް މަޖުބޫރުވިއެވެ. މާއިލް އަވަހަށް ރަނގަޅު ވާން ކޮންމެ ގޮތެއް ވިޔަސް ބޭނުން ވާތީ އެވެ. މާޒިންއަށް ޔަގީން ވާކަމަކާ އީތަންގެ އަސްލު ހާލު ބުނެފިނަމަ އެންމެން އައިސް ހޮސްޕިޓަލުގައި ރޯތަން ބަލާކަށް މާޒިން ބޭނުމެއް ނޫނެވެ.
.
….ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Ummeedhu kuran mi part ves kamu dhaane kamaj
Wowwwww
Thanks reen
Maa shaa ALLAH v reethi
Thanks sama
Alhey wow masha allah v rythi v furohama ?? ekam eethan dhw ?? eethan ah dheragothennuhadhachchey plx when nxt prt v hiy thelhey aba alhe avaskolldhechchey nxt prt plx plx gud nyt ly?????❤❤❤?????????
Thanks khajja eethan ah nuvaane dhera gotheh
Varan nice story.. just love it ❣
Vvv rythi eethan ah dhera gotheh nahadhahchey
It’s amazing.. I just loved it.. Good luck. ???
Masha Allah. V rythi mi part. Alhe Adam.. Eethan n zoomy n maail ah dhera gotheh nuhadhahchey