Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތޭރަވަނަ ބައި)

ކައި ނިމިގެން އެންމެން ތިބީ މަޖާވާހަކައެއްގައެވެ. އޭރު ގަޑިން ފަސްގަޑި ބަޔަށްވުރެ ބޮޑު ވެއްޖެއެވެ. އުޑުމަތިން ރަތްވިލާގެ ނިޝާންތައްވެސް ފެންނަމުންދިޔައެވެ. ހިނގާލަން އައިސް އުޅޭ މީހުންތައްވެސް ގެޔަށް ދިއުމަށް މިސްރާބުޖަހާފައިވާތީ ފެނެއެވެ.ފުޓްބޯޅަ ކުޅެން ތިބި ބައިގަނޑުވެސް، ނިންމާލާފައި އެތަނުން ހިނގައްޖެއެވެ. ޝައުންވެސް ކުޅެ ނިމުމުން ޒިކާންމެންނާއި ބައިވެރިވިއެވެ. އެވަގުތު އިޔާޒް ކިޔައިދިން ޖޯކަކުން އެންމެނަށްވެސް ނުހީއެއް ނުތިބެވުނެވެ. ހެމުން އުނގުގައި ބޯއަޅާލި ޔަލްވީ، އެންމެން ހުނުން ހުއްޓާލުމުންވެސް އެގޮތަށް ބޯއަޅައިގެން އިނެވެ. ކައިރީގައި އިން އަޔާނީ އޭނާގެ ގައިގައި ކޮއްޓާލަމުން، އަދިވެސް ހެނީތޯ އަހާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދީ ޔަލްވީ އިންގޮތަށް އިނީއެވެ. ގިނައިރުވާން ފެށުމުން ކަމެއް ގޯސްވެއްޖެކަން އެންމެނަށްވެސް ނަގައިގަނެވުނެވެ. މިޝްޔާއާއި، ޝިއުރީ، ޔަލްވީގެ ދެކޮނޑުގައި ހިފާ އުފުލާލިވަގުތު އަޔާނީއަށް ހަޅޭލަވައިގަނެވުނީ ޔަލްވީގެ މޫނާއި، އަނގަމަތި ފެނުމުންނެވެ.


 

ދެލޯ މެރިފައިވާއިރު ޔަލްވީގެ އަނގައިން ބޮރިލައިގެންގޮސް ފޮނު ނުކުންނަނީއެވެ. އޭނާ އޮތީ ހޭނެތިފައެވެ. އެންމެން ހާސްވެގެން ތެޅި ފޮޅެން ފެށިއެވެ. ޔަލްވީ ހޭއަރާތޯ މިޝްޔާ ގޮވަމުންދިޔައެވެ. ނަހީކް ފެންފުޅިއެއް ދިއްކޮލުމުން މިޝްޔާ ޔަލްވީގެ މޫނަށް ފެންވިއްސާލިއެވެ. ދެތިންފަހަރު އެގޮތަށް ކަންތައް ކުރުމުންވެސް އޭނާ ހޭއަރާގޮތެއް ނުވިއެވެ. ހާސްވެފައި ޔަލްވީއަށް ބަލަން ހުރި މިޝަލް، މަސައްކަތްކުރީ އެމްބިއުލާންސަށް ގުޅޭތޯއެވެ. ޝިއުރީ، ނޫރައިންއަށް ގުޅާފައި ކުރުގޮތަކަށް ކަންވީގޮތް ކިޔައިދިނުމަށްފަހު، ޔަލްވީ ހަސްފަތާލަށް ގެންދާ ވާހަކަ ބުނެލިއެވެ. އަނގަމަތީ އަތްއެޅި ގޮތަށް، އަތް ނަގަން ނޭނގިފައި އަޔާނީ ހުރީ ހަދާނެގޮތެއް ނުވިސްނިފައެވެ. ޔަލްވީގެ އަނގަމަތީގައި ހުރި ފޮނުތައް ފޮހޭވަރުން ނުކުންނަމުން ދެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. މާގިނައިރެއް ނުވެ އެމްބިއުލާންސް އައުމުން ޔަލްވީ އެއަށް އެރުވިއެވެ. އަދި އެހީތެރިންގެ ގޮތުގައި މިޝްޔާއާއި ޝިއުރީގެ އިތުރުން ނަހީކާއި މިޝަލްވެސް އެރިއެވެ. އަޔާނީއަށް އެއަށް އަރަން ނުކެރުމުން އޭނާ ދިޔައީ ޒިކާނާއިއެކު ސައިކަލްގައެވެ.

 

ސައިރެން އަޅަމުން ބާރު ދުވެލީގައި ދުއްވާފައި ދިޔަ އެމްބިއުލާންސް މަޑުކޮށްލީ ހަސްފަތާލު ދޮރުމަތީގައެވެ. އޭރު މަސައްކަތު ދެމީހަކާއި ނަރުސްކުއްޖެއްގެ އިތުރުން ޑަކްޓަރުވެސް އެތާ މަޑުކޮށްލައިގެން ތިއްބެވެ. އެމްބިއުލާންސުން ޔަލްވީ ބޭލުމާއިއެކު، މަސައްކަތު ދެމީހުން އަވަސްވެގަތީ ބަލިމީހުން ބެލުމަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް ޔަލްވީ ވެއްދުމަށެވެ. ނަހީކާއި މިޝަލްވެސް އެމީހުނަށް އެހީވުމުގައި އުޅުނެވެ. މިޝްޔާމެންބޭރުގައި މަޑުކުރީ އަޔާނީމެން އަންނަންދެނެވެ.

 

ބަލިމީހުން ބެލުމަށް ޚާއްސަކުރެވިފައިވާ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ހުރިހާ ކުދިން ތިއްބެވެ. ޔަލްވީ ހެޔޮ ޙާލުގައި ލެއްވުމަށް އެދި، އެއިން ކޮންމެ ކުއްޖަކުވެސް، މާތްﷲ ގެ ޙަޟްރަތަށް ހިތާ ހިތުން ދުޢާކޮށްލިއެވެ.

ކުޑަކޮށް ދުވަމުންކަހަލަ ގޮތަކަށް ހަސްފަތާލަށް ވަދެގެން އައި ނޫރައިންއަށް މިޝްޔާމެން ފެނުމުން އެދިމާއަށް މިސްރާބުޖެހިއެވެ. އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ނޫރައިންގެ މައިންބަފައިންވެސް އެމީހުންނަށް ހިނގޭ އެންމެ ބާރުމިނެއްގައި އޭނާގެ ފަހަތުން ހިނގާފައި ދިޔައެވެ.

 

“ކޮ ބާ  ޔާ ލް…..” ބާރަށް ހިނގާފައި އައުމުގެ ސަބަބުން މާނޭވާލެވެމުންދާތީ، ނޫރައިންއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. އޭނާގެ ދެލޯ ބޮޑުވެފައިވާއިރު ކަރުނައިގެ އަސަރު އެދެލޮލުން ފާޅުވާން ހުއްޓެވެ. އޭނާގެ މައިންބަފައިންގެ ޙާލަކީވެސް އެއީއެވެ. ޑަކުޓަރު އަދިވެސް ޔަލްވީ ބަލަނީކަމުގައި ބުނެ، ނޫރައިން އިށީންނަން ޝިއުރީ ތަންދެއްކިއެވެ. ނަމަވެސް އޭނާ އިށީންނަ ޚިޔާލެއް ނުކުރިއެވެ. ލޯބިވާ ދަރިފުޅުގެ ޙާލު އެހާ ނާޒުކުއިރު އޭނާ ހަމަޖެހިގެން އިށީންނާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ.؟ މިޝަލް ޔަލްވީގެ މާމައާއި ކާފަ ގޮނޑިބަރީގައި ބޭންދިއެވެ. ނޫރައިން ހުރީ ފާރުގައި ލެނގިލައިގެންނެވެ. އޭނާގެ ދެ ލޮލުން ކަރުނަ ފައިބާތަން ފެނުމުން ޝިއުރީމެންގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރިއެވެ. ދަރިއަކަށް ދެރައެއް ލިބުމުން އެކަމުގެ ވޭން އެންމެ ބޮޑަށް ތަޙައްމަލް ކުރަނީ މައިންނެވެ. ދަރިންނާއި މައިންގެ ދެމެދުގައިވާ ގުޅުމަކީ މި ދުނިޔެމަތީގައިވާ އެންމެ މާތް ގުޅުމެވެ. ޔަލްވީއަށް އެހެންވުމުން ނޫރައިން ދެރަވާނެވަރު އެކުދިންނަށް އަންދާޒާވެސް ނުކުރެވޭނެއެވެ. ނޫރައިންގެ ކޮނޑުގައި އަތް ބާއްވާލަމުން ޝިއުރީ އޭނާއަށް ހިތްވަރުލައިދިނެވެ. ޔަލްވީގެ ޚަބަރެއްވާނެ އިރަކަށް އިންތިޒާރުކުރަމުން އޭނާވެސް ފާރުގައި ލެނގިލިއެވެ.

 

ޑަކުޓަރު ބެލުމަށްފަހު، ޔަލްވީ ވޯޑަށް ނެރުނީ ހަދަން ބޭނުންވާ ޓެސްޓުތައް ހެދުމަށް ލޭ ނެގުމަށްފަހުއެވެ. އޭރުވެސް ޔަލްވީ ހެއެއް ނާރައެވެ. ނަމަވެސް ހުއްޓުމެއްނެތި އަނގައިން ފޮނުއަންނަމުން ދިޔައެވެ. އެދުވަސްކޮޅަކީ ބަލިތައް މަދު ދުވަސްކޮޅެއްކަމުން، ވޯޑުގައި ޔަލްވީ ފިޔަވައި އިތުރު ބަލިމީހަކު ނެތެވެ. ޔަލްވީގެ ޢާއިލާމީހުންގެ އިތުރުން ޝިއުރީމެންވެސް އޭނާގެ ގާތުގައި މަޑުކޮށްލައިގެން ތިއްބެވެ. މިޝަލްމެން ތިބީ ބޭރު ގޮނޑިބަރީގައެވެ.

 

“ޝިއުމެން ދެން ގެއަށް ދާންވީނު…… މިހާރު އިރުއޮއްސި މަޣްރިބް ނަމާދަށް ބަންގި ގޮވަނީ އެ…. ޔާލްއަށް ވާނުވާ ދައްތަ އަންގާލާނަން…..” މަޣްރިބް ނަމާދަށް ބަންގި ގޮވާއަޑު އިވުމުން މިޝްޔާގެ އަތުގައި ހިފާލައިގެންހުރެ، އަޔާނީއަށާއި ޝިއުރީއަށް ބަލާލަމުން ނޫރައިން ބުނެލިއެވެ. ނޫރައިންއަށް ހިތްވަރުދިނުމުގެ ގޮތުން ދެ ތިން ބަހެއް ބުނެލުމަށްފަހު، ތިން ކުދިން އެކުއެކީގައި ދާން ހިނގައިގަތެވެ.

 

ޝިއުރީމެނަށް ވޯޑުގެ ދޮރުން ނުނުކުމެވި އުޅެނިކޮށް އިވިގެން ދިޔަ ބާރު ހަޅޭކުގެ އަޑާއިއެކު ތިންކުދިންނަށް އެއްފަހަރާ ފަހަތް ބަލައިލެވުނެވެ. އެތެރެއިން ފެނުނު މަންޒަރުން، ޝިއުރީ ހައިރާންވެފައި ބަލަން ހުރިއިރު، އަޔާނީ އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. މިޝްޔާވެސް ހުރީ އަނގަމަތީ އަތްއަޅާލިގޮތަށް ދެލޯ ބޮޑުވެފައެވެ.

 

އޭރު ގަދަހަދާލާފައި އެނދުން ފައިބަން އުޅުނު ޔަލްވީ ހިފެހެއްޓޭތޯ ނޫރައިންގެ އިތުރުން އޭނާގެ މަންމައާއި ބައްޕަވެސް މަސައްކަތްކުރަމުން ދިޔައެވެ. ކަރުބުޑުން ހަޅޭލަވަމުންދިޔަ ޔަލްވީއަށް ހީވަނީ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާހެންނެވެ. އޭނާގެ ވާތުގައި ހިފަހައްޓައިގެން ހުރި ނޫރައިންގެ އަތް ފޮޅުވާލީ ރުޅިވެރި ދެލޮލުން ނޫރައިންއަށް ކަޅިއަޅާލަމުންނެވެ. ހަށިގަނޑު ހިފަހައްޓާނުލެވުމުގެ ސަބަބުން ފަހަތަށް ޖެހުނު ނޫރައިން ވެއްޓުނީ ޖެހިގެން އޮތް އެނދު މައްޗަށެވެ. ދެފައިގައި ހިފަހައްޓަން މަސައްކަތްކުރި ހަލީމާގެ ގައިގައި ކޮޅުފައިން ޖަހައި ކޮށްޕާލުމުން އޭނާ ވެއްޓުނީ ތަށިމުށިތައް މައްޗަށެވެ. ޖެހުނުގޮތުން ފޫކޮޅަށާއި އަރިކަށްޓަށް ތަދުވީވަރުން އަރިކަށީގައި އަތްއަޅާލަމުން ހަލީމާއަށް “އައްދޯއި” އޭ ބުނެލެވުނެވެ. ޝިއުރީ ދުވެފައި ގޮސް ހަލީމާ އެތަނުން ނެގިއެވެ. ޔަލްވީގެ ކަނާތުގައި ހިފަހައްޓައިގެން ހުރި ފަހުމީއަށް އޭނާ ހިފަހައްޓާލެވެނީ ހަމަ ކިރިޔަ ކިރިޔާއެވެ. އޭރު މިޝްޔާއާއި އަޔާނީގޮސް ނޫރައިންގެ ގާތުގައި މަޑުކޮށްލަނީއެވެ. އެންމެންގެ މޫނުމަތިންވެސް ހާސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ.

 

އެތެރޭގައި އަޑުގަދަވެގެން ބޭރު ގޮނޑިބަރީގައި މަޑުކޮށްލައިގެން ތިބި މިޝަލްމެންވެސް އެތެރެއަށް ބޯ ދިއްކޮށްލިއެވެ. އެއާއިއެކު، ފެނުނު މަންޒަރުން ހައިރާންވީ ނަމަވެސް އެމީހުން އަވަސްވެގަތީ ފަހުމީއަށް އެހީވުމަށެވެ. ޔަލްވީގެ ޙާލު ބަލައިލާން އައި ޝައުނަށާއި އިޔާޒަށްވެސް އާދެވުނީ އެވަގުތުކަމުން އެމީހުންވެސް މިޝަލްމެންގެ ފަހަތުން ދިޔައެވެ. އޭރު ފަހުމީގެ އަތުން ރެކިގަނެގެން ޔަލްވީ ދުއްވައިގަންނަނީއެވެ. މިޝަލްމެންނަށް އޭނާ ހިފަހައްޓާލެވުނީ ކިރިޔާއެވެ. ފަސް ފިރިހެނުންވެގެން ޔަލްވީ ގެނެސް އެނދުގައި ބޭއްވުމުން ފަހުމީ އަވަސްވެގަތީ ފެން ކިޔަވާ ސުލައިމާނުބޭ ބަލާ ދިއުމަށެވެ. ޔަލްވީ ހިފަހައްޓަން އުޅުމުގެ ތެރެއިން އުނަގަނޑަށް އެރި ތަދު ނުފިލާ ހުރުމުން އުނަގަނޑުގައި އަތް އަޅައިގެން ހުރެ ފަހުމީ ހިނގައިގަތެވެ.

 

ޔަލްވީގެ އެތެރެހަށީގައިވަނީ އާދަޔާ ޚިލާފު ބާރެއްކަމުން، އެއްވަރުގެ ބާރުގަދަ ފަސް ފިރިހެނުންނަށް އޭނާ ހިފަހައްޓާލެވެނީ ހަމަ ކިރިޔާއެވެ. އޭރުވެސް ހަޅޭލަވަމުން ޔަލްވީ މަސައްކަތް ކުރީ އެނދުން ފައިބާށެވެ. ހަސްފަތާލުގައި މަސައްކަތްކުރާ އެކި މީހުންވެސް އެވަގުތު އެތަނަށް އެއްވެ ތިއްބެވެ. އޭގެ ތެރޭގައި ޑަކުޓަރާއި ނަރުހުންވެސް ތިއްބެވެ. ޔަލްވީއަށް ވާގޮތް ބަލަން އެމީހުނަށް ތިބެވުނީ އެއީ ޑަކުޓަރީ ފަރުވާއަކުން ރަނގަޅު ކުރެވޭނެ ބައްޔެއް ނޫންކަން އޭނާގެ ޙަރަކާތްތަކުން އެނގުމުންނެވެ.

 

މާ ގިނަ އިރެއްނުވެ ފަހުމީ ވޯޑަށް ވަދެގެން އައީ ސުލައިމާނުބޭ ގޮވައިގެންނެވެ. ސުލައިމާނުބެ އައުމުން އެތަނަށް އެއްވެ ތިބި މީހުންތަށް އެއްފަރާތްވެލިއެވެ. ޔަލްވީގެ ގާތުގައި މަޑުކޮށްލަމުން ސުލައިމާނުބެ އެދުނީ ފެންތަށްޓެއް ގެނެސްދިނުމަށެވެ. މަސައްކަތު މީހަކު ފެންތަށްޓެއް ގެނެސްދިނުމުން ކިޔެވުމަށްފަހު، އެއަށް ފުމެލިއެވެ. އަދި އެފެންތަށިން ފެންފޮދެއް ނަގާ ތިން ފަހަރުމަތިން ޔަލްވީގެ މޫނަށާއި، ގަޔަށް ވިއްސާލުމުން އޭނާ މައިތިރިވިއެވެ. ސުލައިމާނުބޭގެ އިޝާރާތަށް ޔަލްވީގެ ގައިގައި ހިފަހައްޓައިގެން ތިބި މިޝަލްމެން އަތް ދޫކޮށްލި ނަމަވެސް އެމީހުން ތިބީ ހުޝިޔާރުވެގެންނެވެ.

 

ދެންމެ ހަޅޭލަވާ ގަދަހަދަމުންދިޔަ ޔަލްވީ މައިތިރިވިއެވެ. އެނދުމަތީ ދެފައި ވަށްކޮށްލައިގެން އިންއިރު އޭނާގެ ތުންފަތަށް ލާނެއް ހިތުންވުމެއް ވެރިވެފައިވެއެވެ. ކަނާތުގެ ކުޑަވާއިނގިލި އަނގަޔަށް ލައިގެން ދެފަރާތަށް ހެލިލަ ހެލިލާ އިނދެ، ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. ޔަލްވީގެ ޙަރަކާތްތައް ހުރިގޮތުން އަދިވެސް އޭނާ ރަނގަޅު ނުވާކަން އެތަނަށް އެއްވެ ތިބި އެންމެނަށް ޔަޤީންވެއެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރަކީ ޝިއުރީމެންނަށް އައު މަންޒަރެއް ނަމަވެސް އެއީ ނޫރައިންއަށް އަލަށް ފެނުނު މަންޒަރެއް ނޫނެވެ. ޔަލްވީ އެޙާލުގައި ތެޅިފޮޅޭތަން ފެންނަ ކޮންމެ ފަހަރަކު އޭނާގެ މައިލަގޮނޑިއަށް ކެތްނުވާ ވަރަށް އަސަރު ކުރެއެވެ. ބައެއްފަހަރު ހިތްދަތިވެގެން ގޮސް ހިތް ފަޅިފަޅިވެގެން ހިނގައިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ.

 

ފާރުގައި ލެނގިލައިގެންހުރެ ލޯބިވާ ދަރިފުޅަށް ބަލަން ނޫރައިން ހުރީ ފެންކަޅިވެފައެވެ. އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ހަލީމާ އޭނާގެ ކޮނޑުމަތީގައި އަތްބާއްވާލި ނަމަވެސް ހަލީމާއަށްވެސް ވަނީ ޔަލްވީގެ ޙާލު ފެނުމުން ފުން އަސަރުތަކެއް ކޮށްފައެވެ.

 

“މީ މި މަންޖެއަށް ކުރިންވެސް ވާގޮތެއްތަ…..؟؟؟؟ ނޫނީ މިއަދު އަލަށް ވީކަމެއްތަ…..؟؟؟؟؟” ސުލައިމާނުބޭ ސުވާލުކޮށްލީ ފަހުމީއަށް ބަލާލަމުންނެވެ. ފަހުމީ ނޫރައިނަށް ބަލާލުމުން ނޫރައިން ފަހުމީގެ ގާތަށް ޖެހިލިއެވެ.

“މިހެންވާތާ ދެ އަހަރު ވެދާނެ….. އެކަމަކު މިރަށަށް އައި ފަހުން އަދި މިނޫނީ މިކަހަލަ ކަމެއް ދިމައެއް ނުވޭ….” ނޫރައިން އޮޅުންފިލުވައިދިނެވެ. ނޫރައިންގެ ޖަވާބުން އެތާ ތިބި އެންމެނަށްވެސް ސިހުން ގެނުވިއެވެ. މިޝްޔާމެން ހައިރާންވެ ތިބެ އެކަކު އަނެކަކަށް ބަލާލެވުނީ މީގެ ކުރިން އެކަހަލަ އެއްވެސް ވާހަކައެއް ޔަލްވީ ދައްކާފައިނުވާތީއެވެ.

“ވަރަށް ގިނައިން ފަންޑިތަވެސް ހެދިން…. އެކަމަކު ރަނގަޅުވާ ގޮތެއް ނުވި……” ދެރަވެލާފައި ނޫރައިން މިހެން ބުނުމުން ފަހުމީ ނޫރައިންގެ ކޮނޑުގައި އަތްބާއްވާލިއެވެ.

“މީނާ އަދި މުޅިއަކުން ރަނގަޅެއް ނުވެ…. ފަންޑިތަ ހެދުން އެއީ ރަނގަޅު ކަމެއް ނޫން….. މީ ބޭބެ މި ކިޔަވާކަހަލަ އާދައިގެ ފެންތަށްޓެއް ކިޔަވައިގެން ރަނގަޅު ކުރެވޭނެކަމެއްވެސް ނޫން…. މިކަމަށް ޖެހޭނީ ރުޤްޔާ ކިޔަވަން…… ” ސުލައިމާނުބޭ މިހެން ބުނެލީ އެއްފަހަރު ޔަލްވީއަށް އަދި އަނެއްފަހަރު ނޫރައިންއަށް ބަލާލަމުންނެވެ.

“ބޭބެ ދަންނަން ރުޤްޔާ ކިޔަވަން ވަރަށް ރަނގަޅު މީހެއް…. އެމީހާއާއި ވާހަކަ ދައްކާލާފައި ޚަބަރެއް ވެލާނަން…..  މިމަންޖެ މިތާ ނުބާއްވާ ގެއަށް ގެންދޭ….. މިތަނުން މިމަންޖެއަށް ދެވޭނެ ފަރުވާއެއް ނޯންނާނެ…..” މަޣްރިބް ނަމާދަށް މިސްކިތަށް ދާން ތެދުވެފައި ސުލައިމާނުބޭ ބުނެލިއެވެ.

 

“އަދި ބުނަން…. ދެނަމާދުދޭތެރޭ ކޮންމެވެސް މި މަންޖެ ބޭރަށް ނުނެރޭތި….. އިޝާ ނަމާދަށް ބަންގި ގޮވީމަ ގެއަށް ގެންދާނީ…..” ވަކި ހިސާބަކަށް ގޮސްފައި މަޑުކޮށްލަމުން ސުލައިމާނުބޭ މިހެން ބުނުމުން ފަހުމީ ބޯޖަހާލިއެވެ.

***********************

 

އަޔާނީ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ކޮޓަރިތެރެއިން އޭނާއަށް މަރުހަބާކީ ކަނު އަނދިރިކަމާއި ހަމަހިމޭންކަމެވެ. އަޔާނީ، ބޭރުގައި ހުރެފައި ދޮރުކައިރީގައި ހުރި ސްވިޗްތަކަށް އޮބާލަމުން،  ކޮޓަރީގައި ހުރި ދެހޮޅިބުރި އެކީ ޖައްސާލިއެވެ. ހިންދިރުވާލަމުން ކޮޓަރިއަށް ނަޒަރު ހިންގާލެވުނީ ޔަލްވީގެ ޙަރަކާތްތަކުން ހިތުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެތެރެއަށް ވަދެ ދޮރުލައްޕާލިއިރު ހިތް ނެގިނެގިފައި ޖެހެނީއެވެ. އެއްލި ކަޅިއަކުން ބެލްކަނީގެ ދޮރު ހުޅުވާފައި ހުރިތަން ފެނުމުން އިތުރަށް ހިތްބިރުގަންނަ ގޮތްވިއެވެ. ދާން ނުދާން ހުރެފައި އެދިމާއަށް ހިނގައިގަތީ ޖެހިލުންވެފައި ހުރެއެވެ. އޭރު ދުނިޔެމައްޗަށްވަނީ އަނދިރިކަން ވެރިވެފައެވެ. ފަންކާ ނުޖަހާ ހުރުމުގެ ސަބަބުން ކޮޓަރިތެރެއަށް ހިމޭންކަން ވެރިވެފައިވެއެވެ. އެހިމޭންކަމުގައި އިވެމުންދިޔަ ފަނިފަކުސާގެ އަޑުވެސް އަޔާނީއަށް އިވުނީ ބިރުވެރިއަޑެއް އިވޭހެންނެވެ. އިރުއިރުކޮޅާ ހިންދިރުވާލެވެނީ އެހެންވެއެވެ. އަޔާނީ އަވަހަށް ބެލްކަނީގެ ދޮރު ލައްޕާލިއެވެ. އެއަށްފަހު ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ މަޣްރިބް ނަމާދު ކޮށް ޤުރްއާން ކިޔަވާލިއެވެ. ކިޔަވާ ނިމުންއިރު އޭނާ ހުރީ ފެންބޮވައިގެންފައެވެ. ފެން ބޯން ބަލާލިއިރު ފެންފުޅި ހުސްވެފައި ހުރުމުން އޭނާ ދިޔައީ ފުޅިއަށް ފެންއަޅާށެވެ.

ފުޅިއަށް ފެންއަޅައިގެން އައި އަޔާނީ، ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އޭނާގެ މޫނުގައި ބޮސްދިނީ ފިނިފިނި ވައިރޯޅިއެކެވެ. އެހެނަސް އެވައިރޯޅީގެ ސަބަބުން އަޔާނީގެ ހިތަށް ފިނިކަން ލިބުމުގެ ބަދަލުގައި ހިތް ނުތަނަވަސްވިއެވެ. ބެލްކަނީގެ ދޮރުހުޅުވިފައިވާތަން ފެނުމުން އޭނާއަސް ދެލޯ ބޮޑުކޮށްލެވުނެވެ. އަތުގައި އޮތް ފެންފުޅިވެސް ނުވެއްޓުނީ ކިރިޔާއެވެ. މޫނުމަތީ ދާތިކިތަށް ވިދަން ފެށީ ހާސްވީވަރުންނެވެ. އެ ދޮރަކީ ބައެއް ފަހަރު މައްސަލަޖެހޭ ދޮރެއްކަމުން އޭނާއަށް ރަނގަޅަށް ނުލެއްޕެނީކަމަށް ހީކޮށް ބިރުގެންފައި ހުރިނަމަވެސް އަޔާނީ ދިޔައީ ދޮރުލައްޕާށެވެ.

ދޮރު އަތްގަނޑުގައި ހިފާލި ވަގުތު ކަޅުފޮއި އަނދިރީގެތެރެއިން ބެލްކަނީގެ ރެއިލިންގައި ހިފަހައްޓައިގެން މީހަކު ހުރިތަން ފެނުމުން އަޔާނީގެ އަތުގައި އޮތް ފެންފުޅި ވެއްޓުނެވެ. އަޑުގެ ކޮޅަށް ހަޅޭލަވަން ކުރި މަސައްކަތް ވީ ބޭކާރެވެ. މާބޮޑަށް ބިރުގަތުމުން އަޑު ބޭރުވާގޮތް ނުވީއެވެ. ފެންފުޅި ވެއްޓުން އަޑަށް ރެއިލިންގައި ހިފަހައްޓާލައިގެން ހުރި އިޔާޒް ފަސްއެނބުރި ބަލާލިއެވެ. ބެލްކަނި ދޮރުކައިރީ މޫނުގައި ދެއަތް އަޅާލައިގެން ހުރި އަޔާނީ ފެނުމުން ދެބުމަ ގޮށްޖަހާލެވުނީ އޭނާ ހުރިގޮތް ފެނުމުންނެވެ. ހިތުގައި ސުވާލު އުފެދުނު ނަމަވެސް އަޔާނީއާއި ގާތްވެލާ އޭނާގެ ކޮނޑުގައި އަތްބާއްވާލަމުން ގޮވާލިއެވެ. ބިރުގެންފައި ހުރި އަޔާނީއަށް އިޔާޒްގެ އަޑު އިވުނީ ބިރުވެރިކޮށެވެ. އިޔާޒަށް ބަލާލުމެއްވެސް ނެތި ކޮނޑުމަތީ އޮތް އޭނާގެ އަތް ފޮޅާލުމަށްފަހު ގައިގައި ހުރި ބާރެއްލާފައި ދުއްވައިގަތީ ކޮޓަރީން ނުކުންނާށެވެ. އެހެނަސް އޭގެ ކުރިން އިޔާޒްގޮސް އަޔާނީ ހުއްޓުވަމުން އެއީ އޭނާކަމުގައި ބުނެލިއެވެ. އަޔާނީގެ ފިޔަވަޅުތައް މަޑުޖެހުނުނަމަވެސް އޭނާގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުންދިޔައެވެ. ބިރުގެންފައިވާ ދެލޮލުން އިޔާޒަށް ބަލަމުން ދިޔައީ އެއީ އިޔާޒްކަން ޔަޤީންކުރަން ބޭނުންވެފައި ހުރެއެވެ.

“އަހަންނަށް ކިހިނެއް އެނގެނީ ތީ އިޔާކަމެއް….؟؟؟ އިޔާ ސިފައިގައި ހުރި ޖިންނިއަކަށްވެސް ވެދާނެ…. ޝަހާދަތް ކިޔާ އޭރުން އަހަރެން ޤަބޫލުކުރާނީ….؟؟؟؟” އިޔާޒާއި ދުރަށް ޖެހިލަމުން އަޔާނީ ބުނެލިއެވެ. އޭރުވެސް އޭނާގެ ބޮޑު ދެލޮލުން ބިރުގެންފައިވާކަމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. އެވާހަކަތަކުން އިޔާޒަށް ޗޮކެއް ކަނޑާލެވުނެވެ.

“އަޖައިބު ހީވެދާނެ…. އަޅެ އަހަރެން އެންމެ ތުއްތުއިރުން ފެށިގެން މިހާވަރު ވަންދެން އުލެ ބޮޑުވީ ސިސީއާއިއެކީ އެއްނޫންތަ….، އެކަމަކު މިރޭ ކުއްލިއަކަށް މީ އަހަރެންކަން ޔަޤީންކުރަން ޝަހާދަތް ކިޔަން ތި ޖެއްސީ…..” އަޔާނީގެ ވާހަކަ ހުރިގޮތުން އިޔާޒްހުރީ ހިތްހަމަ ނުޖެހިފައެވެ. އެހެނަސް އަޔާނީގެ ހިތަށް ތަސައްލީ ހޯދައިދިނުމަށްޓަކައި އޭނާ ޝަހާދަތްވެސް ކިޔާލިއެވެ. އަޔާނީ ފުން ނޭވާއެއް ބޭރުކޮށްލީ ހިތަށް ލިބިފައިވާ ބިރުވެރިކަން ކުޑަވުމުންނެވެ.

“އެކަމް އިޔާ ކޮން އިރަކުތަ ބެލްކަންޏަށް ވަނީ…..؟؟” އަނެއްކާވެސް އަޔާނީގެ ހިތަށް ބިރުވެރި ޚިޔާލްތައް ވެރިވާން ފެށިއެވެ. އިޔާޒާއި ދުރަށް ޖެހިލަމުން އޭނާ ބަލަން ހުރީ ފާޑަކަށްށެވެ. އަޔާނީގެ ބަސްމަގާއި ޢަމަލުތައް ހުރި ގޮތުން އިޔާޒްގެ ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ.

“މީގެ ކުޑައިރުކޮޅެއް ކުރިން އަހަރެން އައީ…. އޭރު ސިސީ ނެތް ކޮޓަރިއަކު….. އެހެންވެ ސިސީ އަންނަންދެން އަހަރެން އެތާ މަޑުކޮށްލީ…. ކިހިނެއްވެގެންތަ މިރޭ މާ ފާޑެއްގެ ސުވާލުތަކެއް ތިކުރަނީ…..؟؟؟” ދެއުކުޅުގައި އަތްވިއްދާލަމުން ދެބުމަ ގޮށްޖަހާލައިގެން ހުރެ އިޔާޒް އަހާލިއެވެ. އަޔާނީ، ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. މޫނުމައްޗަށް ޖަމާވެފައިހުރި ދާތިކިތައް އަތުގެ ނުފުށުން ފުހެލަމުން ގޮސް ކޮޓަރީގައި ހުރި ސޯފާގައި އިށީނެވެ. އިޔާޒްގެ ސުވާލުތަކަށް ޖަވާބު ދޭކަށް އޭނާ ނޫޅެއެވެ. އަޔާނީގެ ޙަރަކާތްތަކަށް އިރުކޮޅަކު ބަލަން ހުރެފައި އިޔާޒް ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި ލަސްފިޔަވަޅުތަކެއް އަޅަމުންގޮސް އަޔާނީގެ ގާތުގައި އިށީނެވެ.

“ސިސީ…. ސިސީއަށް އެނގޭތަ ޔާލްއަށް ކުރިން އެހެން ވާކަން…. މިބުނީ ޔާލްގެ އެ ޑާކް ސީކްރެޓްގެ ވާހަކަ ސިސީމެންނަށް ކިޔައިދިންހޭ…؟؟؟؟” ސޯފާގެ ލެނގޭބައިގައި ލެނގިލަމުން އިޔާޒް ސުވާލުކޮށްލިއެވެ. ޔަލްވީގެ ފަރާތުން ފެނިގެންދިޔަ އާދަޔާ ޚިލާފް ކަންތަކުން، ގެއަށް އައީއްސުރެވެސް އޭނާއަށް އެކަމާ ވިސްނެނީއެވެ. އެހެންކަމުން އަޔާނީގެ ކޮޓަރިއަށް އޭނާ ދިޔައީ އެކަމާ ބެހޭގޮތުން އަޔާނީގެ ގާތުން އިތުރަށް އޮޅުންފިލުވުމުގެ ބޭނުމުގައެވެ. ޔަލްވީއަށް އެހެންވާން ދިމާވި ސަބަބު އެނގެން ބޭނުންވެފައި ހުރެއެވެ.

“ޔާލް އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަ….” ބޯހޫރާލަމުން އަޔާނީ ބުނެލިއެވެ.

“ވެދާނެ ދޯ ބުނަން ނުކެރުނީ ކަމަށްވެސް……” ވިސްނަން އިނދެފައި އިޔާޒް މިހެން ބުނުމުން އަޔާނީ ބޯޖަހާލިއެވެ.

“އަހަންނަށް އެކަހަލަ މަންޒަރެއް މިފެނުނީ އަދި އަލަށް…. މިރަށު ކުއްޖަކަށް އެކަހަލަ ކަމެއް ނުވޭ ދޯ…..” އަޔާނީ ބޯޖަހާލިއެވެ. އެ ރަށަކީ އެކަހަލަ ކަމެއް ހިނގާފައިވާ ރަށަކަށް ނުވުމުން އޭނާއަށްވެސް އެކަހަލަ މަންޒަރެއް އެ ފެނުނީ އަދި ފުރަތަމަ ފަހަރަށެވެ. އެހާ ބޮޑަށް ހިތް ބިރުގަތީވެސް އެހެންވެއެވެ.

“ސިސީ ދެން އެހާ ބޮޑަށް އެކަމާ ނުވިސްނާ… މާތް ﷲ އިރާދަ ކުރެއްވިއްޔާ ޔާލް ވަރަށް އަވަހަށް ރަނގަޅުވެދާނެ…..” އަޔާނީގެ މޫނުމަތިން ހާސްވެފައިވާކަމުގެ އަސަރުތައް ފެންނާން ހުރުމުން، އޭނާގެ ހިތްހަމަ ޖައްސާލަދިނުމަށްޓަކައި އިޔާޒް ބުނެލިއެވެ. އަޔާނީ ހިނިތުންވާން މަސައްކަތް ކުރަމުން ބޯޖަހާލިއެވެ. އިޝާ ނަމާދު ބަންގި ގޮވަން ފެށުމުން ނަމާދަށް ދަނީކަމަށްބުނެ އިޔާޒް ތެދުވުމުން އަޔާނީވެސް ނަމާދުކުރުމަށް ތައްޔާރުވެލިއެވެ.

********************

 

އެކިދިމަދިމާއިން ބަނދަރަށް މީހުންތައް ޖަމާވަމުން ދެއެވެ. ފުރަން އަންނަ މީހުންނާއި އެމީހުން ފުރުވަން އަންނަ މީހުންނެވެ. ފަތިހުގެ ފިނިފިނި ވައިރޯޅިން ހަށިގަނޑު ރޫރޫއަޅަންފެށުމުން މިޝްޔާ އޭނާގެ ކަރުގައި އޮޅާފައިވާ ފެހިކުލައިގެ ދޯޕައްޓާ ނަގާ ގައިގައި އޮޅާލިއެވެ. ބަނދަރުގައި ހުރި ރުކެއްގެ ކައިރީ އަޔާނީއާއި ޝިއުރީގެ ގާތުގައި މަޑުކޮށްލައިގެން ހުރިއިރު އޭނާގެ ނަޒަރު ސީދާވެފައިވަނީ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އެކުވެރިންނާއި ވާހަކަ ދައްކަން ހުރި ޒިކާނަށެވެ. ޒިކާން ހުރީ ކޮނޑުގައި ދަބަހެއް އަޅުވާލައިގެންނެވެ. އެކުވެރިންނާއި ވާހަކަ ދައްކަން ހުރި ނަމަވެސް އިރުއިރުކޮޅާ ޒިކާން މިޝްޔާއަށް ބަލާލައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވާ ކޮންމެ ފަހަރަކު ހިނިތުންވުމެއް ބަދަލުކޮށްލައެވެ. ޝިއުރީއަށް މިތަން ފެނުމުން އަޔާނީގެ ގައިގައި ކޮށްޓާލަމުން އެމަންޒަރު ދައްކާލިއެވެ.

“ތިހާވަރުވަންޏާ ދުރުގަ ނުހުރެ ނިކަން ގާތަށް ދޭބަލަ…..” މިޝްޔާގެ ކޮނޑުގައި ޖެހިގަންނަމުން އަޔާނީ ބުނެލިއެވެ. އެއާއިއެކު ޝިއުރީ ހޭންފެށުމުން އަޔާނީވެސް އޭނާގެ ހުނުމުގައި ބައިވެރިވިއެވެ. މިޝްޔާ ދެމީހުނަށް ލޯއަޅާލަމުން ތުންކޮޅު އަނބުރާލިއެވެ.

“އޭނަޔާ އެކުވެރިންނާ ދުރުކުރާކަށް، އަހަރެން މީ އެހާ އަމިއްލަ އެދުން ބޮޑު މީހެއްނޫނޭ….. އަހަންނަށް އަހަރެންގެ އެކުވެރިން މުހިންމުހެން އޭނައަށް އޭނަގެ އެކުވެރިންވެސް މުހިއްމުވާނެކަން އަހަރެން ދަންނަމޭ…..” ދެފަރާތުގައި ތިބި ދެއެކުވެރިންގެ އަތުގައިހިފާލަމުން މިޝްޔާ ބުނެލިއެވެ.

“އެހެން ނޫނަސް މިއަދު ހިތްފުރޭންދެން ބަލާލަން ބޭނުމީ….. ދެން އަނެއްކާވެސް ފެންނާނީ އެހާ ގިނަ ދުވަސް ކޮށްލާފައި…..” މިފަހަރު މިޝްޔާގެ އަޑު އައީ ކުރެހިގެންނެވެ. އެކުވެރިން ބަލާލުމުން ގަދަކަމުން ހިނިތުންވެލިއެވެ. ނުބުނިކަމުގައިވިޔަސް ޒިކާން ދާތީ މިޝްޔާ ދެރަވެފައިހުރިކަން ޝިއުރީމެނަށް އެނގެއެވެ. އެހެންކަމުން އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން އެމީހުންވެސް ހިނިތުންވެލަމުން ޒިކާން ނެތްކަމުގެ އިޙްސާސްވިޔަކަ ނުދޭނަމޭ ބުނެލިއެވެ.

 

ބަނދަރުގައި އަޅާފައި އޮތް ލޯންޗަށް ފަޅުވެރިން އެރުމުން މީހުންތައް ފޮށިތަކާއި، ފޮށިގަނޑުތައް އެއަށް އެރުވުމަށްޓަކައި އެދިމާއަށް ދާންފެށިއެވެ. މިޝަލްމެންވެސް ޒިކާންގެ ސަމާނުތައް ހިފައިފެން ލޯންޗަށް އަރުވަން ހިނގައިގަތުމުން ޒިކާން މިސްރާބުޖެހީ މިޝްޔާމެން ތިބި ދިމާއަށެވެ. ދެލޯބިވެރިންނަށް ވަގުތުކޮޅެއް ދިނުމަށްޓަކައި ޝިއުރީއާއި އަޔާނީ އެއްފަރާތަށް ޖެހިލިއެވެ.

 

ޒިކާން އައިސް މަޑުކޮށްލުމުން މިޝްޔާ ޒިކާނަށް ބަލާލަމުން ހިނިތުންވެލިއެވެ. ޒިކާން މިޝްޔާގެ މަޑު އަތްތިލާގައި ހިފާލަމުން އެއަތަށް ފިތާލިއެވެ. ވަކިވާންވީ ވަގުތު އައިސް ޖެހިއްޖެކަން އެނގުމުން ދެރަވީ ވަރުން މިޝްޔާ އިސްޖަހާލީ ދެލޯ ފެންކަޅިވާން ފެށުމުންނެވެ. އޭނާ ޒިކާނަށް އަލްވަދާއު ކިޔަން ބޭނުމީ ދެރަވެ ހުރެގެންނެއް ނޫނެވެ. އުފަލުން ހުރެއެވެ. އެހެންކަމުން ތިރީތުންފަތުގައި ދަތްއަޅާލަމުން ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދާލިއެވެ. އަދި ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން އަނެއްކާވެސް ޒިކާނަށް ބަލާލިއެވެ. ޒިކާން ހުރީ ފަރުވާތެރިކަމާއިއެކު، މިޝްޔާގެ ޙަރަކާތްތަކަށް ބަލާށެވެ. މިޝްޔާ ދެރަވެފައިހުރިވަރު ޒިކާނަށް ސިއްރެއް ނުވެއެވެ. ނަމަވެސް އޭނާއަށް އެނގޭކަމަކަށް ނަހަދައެވެ. މިޝްޔާހެން، އޭނާވެސް ބޭނުމީ ދިއުމުގެ ކުރިން ދެމީހުން އެކުގައި ހޭދަކުރާ ވަގުތުކޮޅަކީ އުފާވެރި ވަގުތުކޮޅަކަށް ހަދާށެވެ. އެވާހަކަ ދައްކައިގެން މިޝްޔާ އިތުރަށް ދެރަކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

“ހާދަ ވަރަކަށް ތިހެނީ…. އަހަރެން ދާތީ އުފާ ފާޅުކުރަނީ ދޯ……” ބޯއަރިކޮށްލަމުން  ސަމާސާ ރާގަކަށް ޒިކާން މިހެން ބުނުމުން މިޝްޔާ ލޯއަޅާލަމުން ތުންދަމާލިއެވެ. މިޝްޔާގެ މިއަދާއިން ޒިކާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ވަރަށް މިސްވާނެ މިޝީމަތިން…… ސްޕެޝަލީ ތިހިރަ ބޭބީ ގޮތްގަނޑުމަތިން…..” މިޝްޔާގެ ކޮލުގައި ހިފާލަމުން މިހެން ބުނުމުން މިޝްޔާއަށްވެސް ނުހީއެއް ނުހުރެވުނެވެ.

“އަހަރެންވެސް ޒީކްމަތިން ވަރަށް ހަނދާންވާނެ…. ނޭނގެ ކީއްވެގެންކަމެއް….. މިފަހަރު ޒީކް ދާތީ އަހަރެން މާބޮޑަށް ދެރަވޭ…. ކިތަންމެ ފަހަރަކުވެސް ހިތަށް އެރި ނުދާށޭ ބުނެފާނަމޭ……” ޒިކާންގެ ދެލޮލަށް ބަލަންހުރެ މިޝްޔާ ބުނެލީ ސަމާސާގޮތްގަނޑު ކަނޑާލަމުންނެވެ. ޒިކާން ކުޑަކޮށް ގުދުވެލަމުން މިޝްޔާގެ ކަންފަތްދޮށުގައި ބުނެލި އެއްޗަކުން މިޝްޔާގެ ތުންފަތަށް ރަކި ހިނތުންވުމެއް ވެރިވިއެވެ. އިސާހިތަކު އޭނާގެ ދޮންމޫނަށް ފިނިފެންޖަންބުކުލަ ފާއްދާލިއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (58)

  1. Eemyaa

    Assalaam Alaikum 🙂
    Hurihaa kudhin, v bodah sorry 🙁
    Thankolheh las vejje dw mi part
    Anyway heekuran mi part ves thiya kiyuntherinnah kamudhaane kamah
    kuhthah faahaga kohalidhinun edhen 🙂
    Have a good night
    TGC 🙂

    1. ???
      Eemyaa

      its owk eemyaa☺?
      story is very nice??

    2. Eemyaa
      Eemyaa

      Thanks dear ☺

    3. ???
      Eemyaa

      Your welcome eemyaa☺?

  2. ???

    yeyy…finally…me first dho?☺??

    1. Eemyaa
      ???

      Yes u r ☝ hehe ?

    2. ???
      ???

      yeyy…this is the first time i commented in this storie☺?
      so happy cause I got first☺?

    3. Eemyaa
      ???

      V happy vejje comment kohlyma ☺

  3. Yaal

    Thanks eemyaa. Ingey eemyaa ah ehaa faseyha nuvaane kan. Iraadha kurehviyya dhen eheneh nuvaane dhw.

    1. Eemyaa
      Yaal

      Wc yaal n thanks for understanding ?
      In Sha Allah i’ll try my best to upload it asap ☺

  4. Zish

    Eem…mi ee biruveri vaahaka ehtha??biruveri vaahaka kiyan zish vvvv foohivey..ekam ves mi story kiyaanan…mihaa reethi story eh nukiya dhookosheh nuleveynu dhww….hihihihiihihi………

    1. Eemyaa
      Zish

      Nuney Zish mee biruveri vaahaka eh nun.. bt mi part ga yaal ah v goi bunedheefa in gothah storyga knmes varakah eyge haadhisaa annaane bt its nt tht scary ?
      Hehe v happy vejje biruveri vaahaka kiyan foohivaa kujjaku mi vaahaka kiyaanamey bunyma ☺☺
      Thanks dear, tht means a lot ?

  5. m

    wowww….. v nice

    1. Eemyaa
      m

      Thanks m ☺

  6. shahoo

    alhey yaal;[ mirey birun nukeryne kanneynge faahaana ah dhaakah vs:D

    1. Eemyaa
      shahoo

      Alhe shahoo biru nugannaathi ingey
      Aharemen biruvethi vaan jeheyny hama ekani hehdhevi faraai dheke
      Ekan hithaa sikundin gabool kuranyaa In Sha Allah biru kendidhaane

  7. ???

    Vvvvv rythi ekam ehaa biruveri baii nulahchey mivaahaka ah ???

    1. Eemyaa
      ???

      Thanks dear ☺
      Yeah, dnt worry abt it ?

  8. Coco

    OMG yaal ge story ei ny coco ge story hen wait do u know me by any chance I mean like yaal ge hurihaa kameh ves coco ge life aa ehaa vatharu veema

    1. Eemyaa
      Coco

      Coco eem keekey bunaaneeves dw.. ?bunelan othy yaal ge story coco ge life aa ehaa bodah gulhun a e coincidence ekey.. ?
      N i dnt knw u dear
      Yaal ge storyga mi hingaa kanthah a e eem ah adu ivifa huri real life ge baeh haadhisaa thakuge mahchah binaakoh eemge khiyaalah ai gothah genesfa in story eh..
      Does my story make u uncomfortable?
      If yes, thn m really sorry dear

  9. khajja

    Ohhh wow masha allah stry v rythi v habeys?? yaal ah dheragothevviyanudhechchey yaal ekamun salaamaiy kohdhechchey plx plx plx when nxt prt v waitin gud nyt ly????❤❤❤?????????????

    1. Eemyaa
      khajja

      Thanks khajja ☺
      Lets hope for the best dw ?
      Next part on Friday
      In Sha Allah ☺
      Good nyt ly too ???

  10. someone

    Wow wow so beautiful.When next part????

    1. Eemyaa
      someone

      Thanks someone ☺
      Next part on Friday In Sha Allah ☺?

  11. zail

    wow hama habeys v reethi mi part vex waiting for next part?

    1. Eemyaa
      zail

      Thanks Zail ☺
      Next part on Friday In Sha Allah ?
      Keep waiting ?

  12. Cher

    yaal ge story haadha unexpected gothakashey e dhiaee..i thought hama aadhaige bayyeh kamah..but..alheyyy poor yaal..nxt part kon irakun??
    btw mi part vx vrh salhi thankolheh kuru hn hiivey ekm ?????????????

    1. Eemyaa
      Cher

      Ehentha hehe ☺ Eem bunymennu heenukuraa gothah baeh kanthah vaaney mi storyga dw ?
      Next part on Friday, In Sha Allah ?
      Thanks a lot dear ☺☺☺
      Hehe kurutha alhe? mi around 2000 words ?

  13. Sidhu

    Reyga story kiyaalin v salhi….ekamaku biruvex gai kudakoh. …..group hadhaigen story kiyan sidhu mn thiby v majaa thibba meehaku ais poh gohvaali biruveri hisaabun. ..enmennan birun halhey lavaa ganevuny. …v salhi eam mi story gendhaa goi

    1. Eemyaa
      Sidhu

      Thanks Sidhu ☺
      Hehe sidhu ah landeh libuny dho ?
      Thanks a lot ???

  14. Aif

    Biruveri thankolheh aeema varah reethi. Hope yalvy gets ok soon. Eyrun dhw shaun ves libeyny? waiting for next part ⏳⏳⏳⏳

    1. Eemyaa
      Aif

      Thanks Aif ☺
      Yeah dw ?

  15. Adha?

    Woooooow! Hama superb dear?…. “mishya ge mi adha in” hehe varah salhi sentence eh dw?.. alhugandu ge name?.. dhen yaal avahah ekamun rangalhu kodhyba eem.. varah dheravey yaal ah ehen veema…
    Waiting for next part ❤❤❤❤

    1. Eemyaa
      Adha?

      Thanks Adha ☺
      Haan dw Adha ge name dw a iny e sentence ga hihi ?

  16. Song joong ki... KOREAN

    Alhey v lahun dhw mi comment khlevuny. 🙁 🙁 anyways vv habeysss mi part vx. Yaal ah ehn nuhadhaa. Kurinvx heevi thikahala gothekey vaany. Eeeem. Now this story becoming more n more n more etc…. INTERESTING 🙂 🙂 🙂 WAITING FOR NEXT PART!!

    1. Eemyaa
      Song joong ki... KOREAN

      Lahun comment kurevunas a e massala eh nuney song ☺
      Thanks dear ??
      Hehe

  17. Xidhan

    Hmmm… mihaaru varah intresting vehjje vaahaka…??
    Varah bodah heevey yaal kudairu egothah falhu rasakah gos ulhenikoh dhimaavi kameh hen( just a guess)
    ??

    1. Eemyaa
      Xidhan

      Thanks Xidhan ☺
      Hehe vee gotheh balama dw ?

  18. ???

    thats because they are upgrading their servers…I also cannot open that page dear…?keep waiting until its upgraded…☺?

  19. Eemyaa

    Thanks aalaa ☺

  20. click a shot ?

    Alhey..yaal ah dheragotheh nahadhachey….pure girl…she’s facing so much problems in her life..
    Btw minpart ves varah salhi

    1. Eemyaa
      click a shot ?

      Haan thedhekey dw.. ?
      Thanks click ☺☺☺

  21. Coco

    It’s not uncomfy indeed I feel really happy to read a story about me thanks a lot eem

    1. Eemyaa
      Coco

      It’s such a relief dear.. ☺
      Hehe u r most welcome Coco ???

  22. aloo

    wowwww…waiting 4 the next part…. 🙂 🙂

    1. Eemyaa
      aloo

      Thanks aloo ☺

  23. aalaa

    Thank ???
    N WC eem

  24. Eemyaa

    ???

  25. song joong ki..KOREAN

    when nxt part dear ???
    🙂 😀

    1. Eemyaa
      song joong ki..KOREAN

      Song mihaaru up kohlaafa innaany ☺

  26. Someone

    Friday ge knvaguthaku kan bunedhyfaanantha??? Plx plx..

    1. Eemyaa
      Someone

      Dear, mihaaru up kohlaafa innaany ☺ sorry lahun reply kohlevunyma

  27. maayaa

    Haadha ryhchey. .Miadhu adhi kiyaan mi fehty.miahvure rythi vaahakaeh maayaa eh nukiyan. Really v v v nice….

    1. Eemyaa
      maayaa

      Thanks maayaa ☺ oww asluvestha? V happy vejje maayaa ah mi vaahaka kamudhiya eema ??
      Thanks a lot dear ???

  28. Cher

    when nxt part eem…m gettong really curious…??????????

    1. Eemyaa
      Cher

      Cher mihaar up kohlaafa innaany ☺

  29. Amm

    Wow??????

    1. Eemyaa
      Amm

      Thanks Amm ☺

Comments are closed.