Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދިހައެއް ( ސަތާރަވަނަ ބައި )

Ushe Level 110 Stories
August 19, 2017 7 Mins Read
6 Comments

ފަޒާތެރޭގައި ތެތްފިނިކަމެއް ހިފާލާފައި ހުރި އިރު ރިޒުވީން ނިދަންވެގެން އޮށޯވެ އޮތީ އޭނާގެ ގައި މަތީ ރަޖާގަނޑެއް އަޅައިގެންނެވެ. އެ ރޭގެ މޫސުމުގެ ފިނިކަމުގެ ސަބަބުން ރިޒުވީން އޮތީ ހީކަރުވައިގަނެފައެވެ. ޖަލުގެ ގޮޅީގެ ތެރޭގައި ހުރި ލަކުޑި އެނދެއްގައި އޭނާ އޮތް އިރު، ވިދާ، ގުގުރާ، ވާރޭ ވެހެމުންދާ އަޑު އިވެމުން ދިޔައެވެ. އިރުކޮޅެއް ފަހުން ޖަލުގެ ތޭރީގައި މީހަކު ދަގަނޑު ބުރިއަކުން ތަޅާ އަޑު އިވެން ފެށިއެވެ. އެ އަޑު އިވިފައި ރިޒުވީން އެ ފަރާތަށް ބަލާލިއެވެ. އެ ތަނުގައި ހުރީ ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު ނުޢުމާނެވެ. “ހެލޯ މިސްޓަރ ނުޢުމާން.. ކުޅުދުއްފުއްޓަށް ދުރުވެ ތިޔަ އުޅުއްވަނީ ކޮން ކަމަކު ތޯ.؟” ނުޢުމާން ފެނުމުން ރިޒުވީން ބުންޏެވެ. ނުޢުމާނާއި ޑރ.ހެންރީއާ ދެމެދު ގާތް ގުޅުމެއް ވާކަން އަޝްރަފުގެ އެހީގައި ރިޒުވީނަށް ވަނީ ކުރިން ވެސް އެނގިފައެވެ. “އައިސް މި އުޅެނީ މި ރަށުގައި ކުށްތައް ގިނަވަމުންދާތީ..” އެއް ލޯ މަރާލަމުން ނުޢުމާން ބުންޏެވެ. “އަސްތާ.. ޤައުމާއި މި ރަށް ދެކެ ތިޔަވާ ލޯބި ފެނި އާޝޯޚުވޭ..” ޖަލުގެ ތޭރިއެއްގައި ހިފަމުން ރިޒުވީން ބުންޏެވެ. “އެހެން ވިޔަސް ވަރަށް ދެރަކޮށް ހިނގި ކަމެއް.. ކާމިޔާބު މީހެއްގެ ދިރިއުޅުމެއް ފެށުނުތާ މާ ގިނަ އިރުތަކެއް ނުވެ މިވީ ކިހިނެއް..؟ މުޅި ކެރިއަރު ފުނޑުނީ.. ދިރިއުޅުން ހަފުސްވީނު ދޯ.؟” މަލާމާތުގެ ރާގަކުން ނުޢުމާން ބުންޏެވެ. “އަހަރެންގެ މައްޗަކަށް އަދި ކުށެއް ސާބިތެއް ނުވޭ.. އަހަރެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މާ ގިނަ ހެކިތަކެއް ނުހުންނާނެ..” ރިޒުވީން މިހެން ބުނުމުން ނުޢުމާން ހޭން ފެށިއެވެ. “ރިޒުވީނަކަށް ނޭނގޭތަ.؟ ތިއީ ކުރީގަ ޝަރީޢަތް ކުރާ ގޮތް.. މިހާރުގެ ފަނޑިޔާރުން ޑިމާންޑް ކުރަނީ އެވިޑެންސްއެއް ނޫން.. އެ މީހުން ޑެމާންޑް ކުރަނީ ޕޭމެންޓާއި ޖޮބު ސެކިއުރިޓީ.. އެ މީހުންނަށް ރަނގަޅަށް އެނގޭނެ ރިޒުވީނަށް ޙުކުމް ނުކޮށްފިނަމަ ވާނޭގޮތް.. ރިޒުވީނަށް ޙުކުމްކޮށްގެން އެ މީހުންގެ ވަޒީފާގައި ދެމިހުރެވޭ ގޮތްވެފައި އަހަރެން ދޭ ބޯނަސް ފައިސާކޮޅު ވެސް ލިބޭނީ..” ރިޒުވީނަށް ޙުކުމުން ބަރީއަ ނުވެވޭނެކަމުގެ އިންޒާރު ދީފައި ނުޢުމާން އެ ތަނުން ގޮސްފިއެވެ.

ޒޫމާއި ޢާދިލް ސަރ ތިބީ ކުޅުދުއްފުށީގައި ހުންނަ ‘މެކްޑޮނާލްޑް’ ގެ ރެސްޓޯރެންޓެއްގައެވެ. އެ ދެ މީހުން ރާއްޖެ އައިސް އުޅޭކަން މީހަކަށް އެނގިދާނެތީ ދެ މީހުން ވެސް ތިބީ ސިފަ ބަދަލުކޮށްގެންނެވެ. އެއީ އިރާނުގެ މަރުވެފައިވާ ނަމަވެސް އެކަން ދުނިޔެއަށް ނޭނގޭ ދެ މީހެއްގެ މޫނުގެ މާސްކެއް އަޅައިގެންނެވެ. ރާއްޖެ އައީ ވެސް އެ ދެ މީހުންގެ ފޭކު ޕާސްޕޯޓެއް ހަދައިގެންނެވެ. “މާ ލަހުންނޭ މި އާދެވުނީ.. މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމަށް ނުވަ މަހަށް ރިޒުވީނަށް ޙުކުމްކޮށްފި.. އެ ރޮބޯޓު ސޮރު ވެސް އަތުވީހެން ހީވަނީ.. ރޭގެ ވަގުތެއްގަ އަލްޖީރިއާގެ ހިސާބުތަކަށް ޓެރަރިޒަމް ހަމަލާތަކެއް ވެސް ދިން ކަމަށްވޭ..” ޒޫމް ބުންޏެވެ. “އާނ.. ރިޒުވީނަށް ޙުކުމްކޮށްފި.. އެކަމަކު އަހަންނަކަށް ހީނުވޭ އެ ރޮބޯޓު ސޮރު އަދި އޭނާއަށް ލިބުނުހެން..” ޢާދިލް ސަރ ބުންޏެވެ. “ކީއްވެ..؟” ޒޫމް އެހިއެވެ. “އެއީ ޑޮކްޓަރު ހެންރީ އަދިވެސް ޢާދިލަށް ވެގެން މި ކޮޅުގަ އުޅޭތީ..” ޢާދިލް ސަރ ބުންޏެވެ. ރެސްޓޯރެންޓުގައި މަސައްކަތްކުރާ ވެއިޓަރަކު އައިސް، ޒޫމާއި ޢާދިލް ސަރ އޯޑަރުކުރި ދެ ހޮޓުޑޯގާއި ދެ އައިސްމައިލޯ އަދި ކުޑަ ފެން ފުޅިއެއް ގެނެސް އެ މީހުން ތިބި މޭޒުމަތީގައި ބަހައްޓައިދިނެވެ. ބަހައްޓައި ދިނުމަށް ފަހު ވެއިޓަރު އެ ތަނުން ގޮސްފިއެވެ. “ސަމީރާ މާ ބޮޑަށް ކަމުދިޔައީ ކަން ނޭނގެ..” ޒޫމް ހިނިގަނޑެއް ޖަހައިލިއެވެ. “އަދި އަލްޖީރިއާއަށް ދިން ހަމަލާގައި ބޭނުންކުރި ހަތިޔާރުތަކާއި އެކަމުގައި ބައިވެރިވާ ސުލީޕިން ސެލް ބައިވެރިން އެ ތަނުގެ ފުލުހުން އަތުލައި ވެސް ގަނެފި.. ރޮބޯޓުގެ އެހީގައި ދޭ ހަމަލާއެއްނަމަ މިއިން އެއްވެސް އެއްޗެއް ބޭނުމެއް ނުވީސް..” ޢާދިލް ސަރ ބުންޏެވެ. “އަހަރެން މި އައީ އަނޫރާގެ އަނގޮޓީގައި ކުޑަ ކެމެރާއެއް ހަރުކޮށްގެން..” ޢާދިލް ސަރ އޭނާގެ ޖީބުން ފޯނެއް ނަގަމުން ބުންޏެވެ. އެއަށް ފަހުގައި އެ ބުނާ ކުޑަ ކެމެރާއިން ދައްކާ މަންޒަރުތައް ފޯނުން ބަލަން ފެށިއެވެ.

ފާޚާނާއަށް ވަނުމަށް ފަހު އަޅައިގެން ހުރި އަނގޮޓި ނަގައި އެ ތަނުގައި ހުރި ސިންކު މަތީގައި ބޭއްވިއެވެ. އެއަށް ފަހުގައި ލައިގެން ހުރި ހެދުން ބޭލިއެވެ. ދެން ފާޚާނާގައި ހުރި ފެންމާގަނޑު ދޫކޮށްލީ ވަރުބަލިވެފައި ހުރުމުން ހަށިގަނޑު ތާޒާކޮށްލަން ފެންވަރާލާށެވެ. އަނޫރާ ފެންވަރާ ނިމުމުން ހެދުން އަޅުވައި ބުޅިގަނޑުގައި އަޅުވައިފައި އޮތް ތުވާލި ނަގައި ހަށިގަނޑުގައި އެ ތުވާލި އަނެވެ. އެ ވަގުތު ޑރ.ހެންރީ ވެސް ފާޚާނާއަށް ވަނީއެވެ. ޑރ.ހެންރީ ފެނުމާއެކު އަނޫރާ ގޮސް އޭނާއާ ބައްދާލިއެވެ. ދެން އޭނާގެ ގަމީހުގެ ގޮށްތައް ނައްޓަން ފެށުމުން ޑރ.ހެންރީ، އަނޫރާގެ އަތުގަ ހިފައި ހުއްޓުވިއެވެ. “އައި އޭމް ނޮޓް އިން ދަ މޫޑު ނައު.. އެ ރިޒުވީނަށް އެ ވަރަށް ހާނިކަ ކުރީމަ ވެސް އެ ސޮރު ހުރި ތަނެއް ނުބުނެދިން.. އަދި އެހެން ގޮތެއް އެބަ ވިސްނަންޖެހޭ..” ޑރ.ހެންރީ ބުންޏެވެ. “އޯ މައި ލަވް.. ހާދަ ދެރަވެފަޔޭ ތިޔަ ހުރީ..” ތުއިވެލާފައި އަނޫރާ ބުންޏެވެ. “ދެރަ ނުވާންވީ ކީއްވެ.؟ އެ ސޮރު ހޯދަން އުޅޭތާ ފަސް އަހަރު ވަނީ.. އަދި އެ ސޮރު އަތުވާ ގޮތް ނުވޭ..” ޑރ.ހެންރީ ބުންޏެވެ. “ބީ ކޫލް.. ނުވަ މަސް ވަންދެން އޭނާއަށް އަނިޔާކުރޭ.. އެ ސޮރު ހުރި ތަނެއް ބުނަންދެން..” ޑރ.ހެންރީގެ ކޮލުގައި ދޮނެއް ދެމުން އަނޫރާ ބުންޏެވެ. “އޭނާގެ ޖަލު ޙުކުމް ހަމަވުމުން އޭނާ މިނިވަންކުރަން ޖެހޭނެ.. ނުޢުމާން ބުނީ އުމުރު ދުވަހު ޖަލުގަ ނުބެހެއްޓޭނެއޭ.. ނުވަ މަސް ދުވަސް ވަންދެން އޭނާ ނުބުނެ ހުރިއްޔާ ހަދާނީ ކިހިނެއް.؟” އުދާސްކަމާއެކު ޑރ.ހެންރީ ބުންޏެވެ. “މައި ލަވް.. ޓްރަސްޓް މީ.. އައި ހޭވް އަ ޕްލޭން ބީ.. ހެންރީއަށް އެ ސޮރު ހޯދައި ދޭނަން..” އަނޫރާ މިހެން ބުނުމުން ޑރ.ހެންރީ ހިނިތުންވިއެވެ. ދެން އަނޫރާ އުރާލައިފައި ފާޚާނާއިން ނުކުތެވެ.

ފޯނުން މަންޒަރު ބަލަން އިން ޢާދިލް ސަރ އޭނާގެ ފޯން ބޭއްވިއެވެ. އޭނާއާއެކު ޒޫމް ވެސް އެ ތަނުގައި އިށީނދެލައިގެން އިނެވެ. “ހީކުރި ވަރަށް ވުރެ ރިޒުވީންގެ ކެތްގަދަ..” ޒޫމް ބުންޏެވެ. “ހުންނާނީ ހަމަ ޢުޝާމްގެ ލޭ ދޯ.. ޢުޝާމްގެ ސަބަބުން މިވީ ފަސް އަހަރު ތެރޭ ވެސް ހެންރީއަށް އެ ރޮބޯޓު ނުހޯދުނީ.. ރިޒުވީން ވެސް އޭނާއަށް ވީ ވަރެއް ކުރާނެ.. އެ ނުލަފާ މީހާގެ އަތަށް އެ ރޮބޯޓު ނާރާވޭތޯ..” ޢާދިލް ސަރ ބުންޏެވެ. “ތިޔަ ރޮބޯޓެއް މި މީހުން ފޮރުވައިގެން އެ އުޅެނީ ކޮން ތަނަކު ބާ.؟” ޒޫމް އެހިއެވެ. “އެއްގޮތަކަށް ވެސް ނޭނގެ.. އަހަރެމެން އެކަކު ވެސް ސިކުނޑިއަށް ނަގައި ނުގަނެވޭ ވަރުގެ ތަނެއްކަން ޔަޤީން..” ޢާދިލް ސަރ ބުންޏެވެ.

ނުވަ މަސް ދުވަހުގެ ޖަލު ހުކުމެއް އަދާކޮށްފައި ރިޒުވީން މިނިވަންވީ 2027ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޖަލުން މިނިވަންވެގެން ރިޒުވީން ނުކުންނަން ދެން ނަބީޙާއި ޝަޙާ ރިޒުވީންގެ އިންތިޒާރުގައި ހުއްޓެވެ. ހދ.ކުނބުރުދޫ ޖަލުން ރިޒުވީން ނުކުތްއިރު ނަބީޙާއި ޝަޙާ އެ ތަނުގައި ހުއްޓާ ރިޒުވީނަށް ފެނުނެވެ. ނުވަ މަސް ކުރިން ރިޒުވީން ހުރި ގޮތާ އެއިރު ހުރި ގޮތާ ވަރަށް ތަފާތެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ކޮނޑާ ހަމައަށް ދިގުވެފައެވެ. މަތިމަސް ދިގުކަމުން އޭނާގެ ތުންފަތް ރަނގަޅަކަށް ނުފެނެއެވެ. މަތިމަސް ތުނބުޅިއާ ގުޅިފައިވީއިރު ތުނބުޅި ވެސް ހުރީ ދިގުވެފައެވެ. ހަމުގެ ކުލަ ވަނީ ކަޅުދެއްޔަށް ވެފައެވެ. ހަށިގަނޑު ހިކިއްޖެއެވެ. ރިޒުވީން ހެން ވެސް ހީނުވެއެވެ. ރިޒުވީން ފެނިފައި ނަބީޙާއި ޝަޙާއަށް ރޮވެން ފެށުނެވެ. “އަހަރެން މިނިވަންވެގެން އައީއޭ.. މިއީ އުފާ ކުރަންވީ ވަގުތު..” ރިޒުވީން ބުންޏެވެ. “އަޝްރަފު ކޮބައިތަ.؟” ޝަޙާ އެހިއެވެ. އެއިރު ވެސް އެ ދެ ކުދިން ތިބެގެން ރޮނީއެވެ. “އަޝްރަފު ހުރީ ސަލާމަތުން.. ދެން ރުއިން ހުއްޓާލާ..” ރިޒުވީން ބުންޏެވެ. އެއަށް ފަހުގައި ތިން ކުދިން ގޮސް އެ ރަށު ބަނދަރުގައި އޮތް ލޯންޗަކަށް އެރީ ކުޅުދުއްފުއްޓަށް އައުމަށެވެ.

ކުޅުދުއްފުށީ ފަޅުތެރެޔަށް ލޯންޗު ވަދެގެން ދިޔައިރު ރަށާ ދިމާލަށް ރިޒުވީން ބަލަހައްޓައިގެން ހުރީ ފެންކަޅިވެފައި ހުރެގެންނެވެ. ނުވަ މަސް ދުވަހަށް ފަހު ތިމާގެ އުފަންރަށް ފެނުމުން ކުރެވުނީ އެހެން ކަހަލަ އިހުސާސްތަކެކެވެ. ބޮލުގައި އެޅިގެން ދިޔަ ބުހުތާން ދޮގު ތުހުމަތުގެ ސަބަބުން އެ ރަށު ރައްޔިތުން ރިޒުވީނަށް ކުރަމުން އައި ލޯތްބާއި އިޙުތިރާމު ގެއްލުނީއެވެ. ރަށު ރައްޔިތުން ދެކޭނީ ރިޒުވީނަކީ ނުލަފާ ވިޔާނުދާ މީހެއްގެ ގޮތުގައެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ކުށް ރިޒުވީންގެ މައްޗަށް ސާބިތުވުމުން އޭނާގެ ވަޒީފާ ވެސް ވަނީ ގެއްލިފައެވެ. ނުވަ މަސް ދުވަހު، ޖަލު ތެރޭގައި ލިބުނު ނުޙައްޤު އަނިޔާތަކަށް ވުރެ ކުޅުދުއްފުށީ ރައްޔިތުންގެ ބަދު ބަސްތައް އަޑުއަހަން ޖެހުމަކީ ރިޒުވީން މާ ބޮޑަށް ހިތާމަކުރާނެ ކަމެކެވެ. އެހެން ނަމަވެސް ރަށަށް އެރުމަށް ފަހު އެ އަޑުތަކާ ކުރިމަތިލާން ޖެހޭނެކަން ރިޒުވީން ދަނެއެވެ. ހިތާމަކޮށްގެން ވާނެ ފައިދާއެއް ވެސް ނޯންނާނެކަން ރިޒުވީނަށް އެނގެއެވެ. އާ ހިތްވަރަކާއެކު އާ ޞަފުޙާއެއްގައި އާ ފެށުމަކުން ވާހަކަ އުފާވެރި މިސްރާބަކަށް ގެންދާން ރިޒުވީން ހުރީ ތައްޔާރަށެވެ.

ރިޒުވީން އޭނާ އުޅުނު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ހީކުރި ގޮތާ ޚިލާފަށް ކޮޓަރިތެރެ އޮތީ ވަރަށް ސާފުކޮށެވެ. ކޮޓަރީގެ ތަރުތީބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކޮންމެ އެއްޗެއް ވެސް ބަހައްޓާފައި ހުރީ ކުރިން ވެސް ރިޒުވީން އެ އެއްޗެއް ބަހައްޓާ އުޅުނު ތަނުގައެވެ. ރިޒުވީން ކުނބުރުދޫ ޖަލަށް ދިޔަ ފަހުން، ނަބީޙު ކޮޓަރިތެރެ ބަލާ ފޮޅާ ސާފުކޮށް ހަދާކަން ކޮޓަރި ތެރެއަށް ބަލާލުމުން އެނގެއެވެ. ރިޒުވީން ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި ލޯގަނޑު ކުރިމައްޗަށް އަރާ ހުއްޓުނެވެ. ދެން ލައިގެން ހުރި ގަމީސް ބޭލުމަށް ފަހު އެ ލޯގަނޑުން ރިޒުވީން އޭނާގެ ހަށިގަނޑާ ދިމާލަށް ރަނގަޅަށް ބަލާލިއެވެ. އަޝްރަފު ވީ ތަނެއް އެ މީހުނަށް ރިޒުވީން ކިޔާނުދިނުމުން އޭނާގެ ހަށިގަނޑަށް އެކި ޒާތްޒާތުގެ އަނިޔާ ދީފައި ހުއްޓެވެ. ހިނދުކޮޅަކު ލޯގަނޑާ ދިމާލަށް ބަލަން ހުރުމަށް ފަހު މޭޒުމަތީގައި ބަހައްޓާފައި އޮތް ޓުރިމަރާއި ކަތުރު ރިޒުވީން ނެގިއެވެ. ދެން ހެދުން އަޅުވައި ބުޅިގަނޑުގައި އަޅުވައިފައި އިން ތުވާލި ނެގުމަށް ފަހު ރިޒުވީން ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަނުމަށްފަހު އެ ތަނުގެ ތެރޭގައި ހުރި ލޯގަނޑަށް ބަލަމުން ރިޒުވީންގެ ދިގު އިސްތަށިގަނޑު ޓުރިމަރުން ކޮށާލިއެވެ. ދެން މަތިމަސް ރީތިވަރަކަށް ހުންނަ ވަރަށް ކަތުރުން ކޮށާލިއެވެ. ތުނބުޅި ވެސް ކިރިޔާ ހުންނަ ވަރަށް ޓުރިމަރުގެ އެކަކުން ޖައްސާ ކޮށާލިއެވެ. އެއަށް ފަހުގައި ރީތިކޮށް ފެންވަރާލިއެވެ. ފެންވަރާ ނިމުމުން ފާޚާނާއިން ނުކުމެފައި ކޮޓަރީގައި ހުންނަ ރިޒުވީންގެ އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަލަމާރީގައި ރިޒުވީން ކުރިން ނުލާ އާ ގަމީސްތަކެއް އަޅުވައިފައި ހުއްޓެވެ. އެ ވާނީ ރިޒުވީން އަންނަންވާ އިރަށް އޭނާ ލާނެ އާ ހެދުން ނަބީޙު ގަނެފައި އަޅުވައިފައި ހުރީކަމަށެވެ. އަލަމާރިން ސުކިނީއަކާއި ގަމީހެއް ނެގުމަށް ފަހު، އަލަމާރީގެ ދޮރު ލެއްޕިއެވެ. ދެން ސުކިނީއާއި ގަމީސް ލީއެވެ. އެއަށް ފަހުގައި އަޞްރު ނަމާދުކުރަން ފެށިއެވެ. އަޞްރުނަމާދުކޮށް ނިންމައި ސަލާންދިނުމަށް ފަހު ކޮޓަރީގެ ދޮރާ ދިމާލަށް ރިޒުވީން ބަލާލިއިރު ދޮރު ކައިރީގައި ސޯފީ ހުއްޓެވެ. ސޯފީ ފެނުމާއެކު ރިޒުވީން ގޮސް ސޯފީ ގައިގައި ބައްދާގަތެވެ. “އައި މިސްޑް ޔޫ ސޯފީ ދައްތަ..” ރިޒުވީންގެ އަޑުގައި ކުރެހުމެއް ހުއްޓެވެ. “މިސްޑް ޔޫ ޓޫ ރިޒުވީ..” ސޯފީއަށް ރޮވެން ފެށުނެވެ. “ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފަށަންވީނު..؟” ރުއިން ހުއްޓާލައިފައި ސޯފީ ބުންޏެވެ. “ނޯ.. ވީ ކޭން ފައިނޭންސް ފުރޮމް ބިޒިނަސް މަނީ.. އަހަރެން ފުރަތަމަ ބޭނުމީ ޝަޙާއާ ބައްދަލުކުރަން.. އައި ވޯންޓު ޓެލް ހާ ހައު އައި ފީލް އެބައުޓް ހާ..” ރިޒުވީން ބުންޏެވެ. “ހޫނ.. މާ ލަސް ނުވަނީސް ގޮސް ބުނޭ.. ނޫނީ ތެޔޮ ނާށި ކާޅު ޖަހައި ގަނެދާނެ..” ސަމާސާ ރާގަކުން ސޯފީ ބުންޏެވެ.

ގޭ ދޮރުގެ ރަނގަބީލުގެ އަޑު އިވިގެން ޝަޙާ ގޮސް ދޮރު ހުޅުވިއެވެ. ބޭރުގައި ހުރީ ރިޒުވީނެވެ. އެތެރެއަށް ވަންނަން ރިޒުވީން ގާތުގައި ބުނުމަށް ފަހު ޝަޙާ އެރީ މައްޗަށެވެ. ރިޒުވީން ގޮސް ސިޓިން ރޫމުގެ ސޯފާއެއްގައި އިށީނެވެ. އައިސްކޮފީ ތަށްޓެއް ހިފައިގެން ޝަޙާ އައިސް ކޮފީ ތަށި ރިޒުވީނަށް ދިނެވެ. “މިރޭ ޝަޙާ ބިޒީތަ.؟” ކޮފީ ތަށީގައި ރިޒުވީން ހިފަމުން އެހިއެވެ. ކޮފީ ތަށި ދިނުމަށް ފަހު ރިޒުވީން ކައިރީގައި ސޯފާގައި ޝަޙާ އިށީނެވެ. “ނޫން.. ބިޒީއެއް ނޫން.. ކިހިނެއް ވީ.؟” ޝަޙާ ބުންޏެވެ. “އެހެންވިއްޔާ މިރޭ އަހަރެމެން ގެއަށް އާދެވިދާނެތަ.؟” ކޮފީ ތަށިން އެތި ފޮދެއް ބޯލަމުން ރިޒުވީން ބުންޏެވެ. “ހޫނ.. އޯކޭ.. ކިހާ އިރަކުން ދާންވީ..؟” ޝަޙާ އެހިއެވެ. “މިރޭ ނުވައެއް ޖަހާއިރު..” އައިސްކޮފީ ތަށި ހުސްކޮށްލުމަށް ފަހު ރިޒުވީން ގޮސްފިއެވެ. ރިޒުވީން ނުކުމެގެން ދިޔަތާ މާ ގިނައިރުތަކެއް ނުވެ އަނެއްކާ ވެސް ދޮރުގެ ރަނގަބީލުގެ އަޑު އިވުނެވެ. “ރިޒުވީ.. މިރޭ ދާނަމޭ..” ޝަޙާ ހީކުރީ އަނެއްކާ ވެސް ރިޒުވީން އައީ ކަމަށެވެ. އެހެން ނަމަވެސް ދޮރު ހުޅުވާލިއިރު ދޮރު ކުރިމަތީ ހުރީ އެހެން މީހެކެވެ. އެ މީހަކު ހުރީ ކަޅު ކުލައިގެ ހޫޑީއެއް ލައިގެންނެވެ. މޫނުމަތިން ފެންނަނީ ހަމައެކަނި އޭނާގެ ދެ ލޮލެވެ. ނޭފަތާއި އަނގަމަތި ކަޅު ކުލައިގެ ފޮތިގަނޑަކުން ނިވާކޮށްފައި ހުރުމުން އެއީ ކާކުކަމެއް ޝަޙާއަށް އެނގޭ ގޮތެއް ނުވިއެވެ. “ތިއީ ކާކުތަ.؟” ޝަޙާ އެހިއެވެ.

ގަޑިން ނުވައެއް ޖެހުމާއެކު ރިޒުވީން ތައްޔާރުވެގެން ތިރިއަށް ފޭބިއެވެ. އޭނާ ހުރީ ހުދުކުލައިގެ އަތް ދިގު ގަމީހެއް ލައިފައި މުށިކުލައިގެ ފަޓުލޫނެއް ލައިގެންނެވެ. ޝަޙާ ދޮރު ހުޅުވާލުމާއެކު ރިޒުވީން ކުޑަކަކޫޖެހިއެވެ. ޝަޙާ ހުރީ އެތެރެއިން ހުދު ކުލައިގެ އަތް ދިގު ބޮޑީ ސޫޓެއް ލައިފައި އޭގެ މަތިން އަތް ކުރު ރަތް ކުލައިގެ ‘ބޯލް ގައުން’ ހެދުމެއް ލައިގެންނެވެ. އެ ރޭ ޝަޙާގެ އިސްތަށިގަނޑުގެ މުށި ކުލަ މަޑުވެފައި އިސްތަށިގަނޑުގެ ބައެއް ހިސާބުތައް ކަޅު ކުލައިގައި ހުރިކަން ފާހަގަކުރެވެއެވެ. ދެން ރިޒުވީން އަޅައިގެން ހުރި ސުމާޓު ގަޑިން އައްޔެއް އެޅުމަށް ފަހު ރިޒުވީންގެ ފުރަގަހުން ބޮޑު ސުކްރީނެއް ހުޅުވުނެވެ. ސުކްރީނުން ރިޒުވީނާއި ޝަޙާ އެކުގައި ހޭދަކޮށްފައިވާ ވަގުތުތަކުގެ މަންޒަރުތައް ދައްކަމުން ދިޔައީ މަޑުމައިތިރި ‘ސޮފްޓް ރޮމޭންޓިކް’ ރާގަކާއެކުއެވެ. ޝަޙާ ރިޒުވީނާ ގާތްވެލުމާއެކު ރިޒުވީން އޭނާގެ ޖީބުން ރިހި އަނގޮޓިއެއް ނެގިއެވެ. “ޝަޙާ.. އައި ލަވް ޔޫ.. ވިލް ޔޫ ބީ މައި ގާލްފުރެންޑް..؟” ޝަޙާއަށް އަނގޮޓި ދިއްކޮށްލަމުން ރިޒުވީން ބުންޏެވެ.

“މިހާރު ފޫހިވެއްޖެ.. ދެން ހިނގާ ބޭރަށް ޖައްސާލަން..” ޝާއިން ބުންޏެވެ. ޝަޙާގެ ދޮންބެ ޝާއިނާއި ނަބީޙު ތިބީ ޝާއިންމެން ގޭގައި ‘ޕީއެސް6’ ކުން ‘ޕެސް2027’ ގެ ވީޑިއޯ ގޭމް ކުޅޭށެވެ. އެ ރޭ ޝަޙާއަށް ރިޒުވީން ލޯބި ހުށަހަޅަން އުޅޭކަން އެނގޭތީ އެ ދެ ކުދިންނަށް ރިޒުވީންމެންގެ ގެ ހުހަށް ދީފައި ނަބީޙު އައިސް އިނީއެވެ. “ފޫހިވާނެކަން އެނގޭ.. އަދި ކުޅުނު އެންމެ މެޗަކުން ވެސް ޝާއިން މޮޅެއް ނުވޭ ވިއްޔާ..” ގޭމުން ޝާއިން ބަލިވަމުންދާތީ ނަބީޙު ދިމާކޮށްލިއެވެ. “އާނ.. ނަބީ ހެން މޮޅެއް ނޫނޭ.. އެހެންވިޔަސް ފޫހިވެއްޖެ ގޭމް ކުޅެން.. ހިނގާބަލަ ބޭރަށް ގޮސްލަން..” ޝާއިން ބޭރަށް ދާން އެދުމުން ނާބީޙު އޭނާއާއެކު ބޭރަށް ނުކުތީއެވެ. އެ ދެ ކުދިން ހިނގާފައި ދިޔައީ ފުލެޓުބަރީގެ އިރުމައްޗަށް އޮތް ހުސް ބިމާ ދިމާލަށެވެ. ހިނގާފައި ދަމުން ގޮސް ނަބީޙުގެ ފައި ވަޅުގަނޑަކަށް އެރުނެވެ. އެ ވަޅުގަނޑުން ފައި ނަގައި ބެލިއިރު ނަބީޙު އަރައިގެން ހުރި ބޫޓުގައި ލޭ ކޭއްތިފައި ހުއްޓާ އެ ދެ ކުދިންނަށް ފެނުނެވެ. “އާ ޔޫ ތިންކިން ވަޓް އައި އޭމް ތިންކިން.؟” ޝާއިންނާ ދިމާލަށް ދެ ލޯ ކުޑަކޮށްލާފައި ނަބީޙު ބަލާލިއެވެ. “ޔެސް.. އަހަރެން އެބަ އަންނަން ކޮންނަން ދެ އުނދުޅި ހިފައިގެން..” ދެން ޝާއިން އޭނާގެ ގެއަށް ގޮސްފައި ގެއިން އައީ ދެ އުނދުޅި ހިފައިގެންނެވެ. އެއަށް ފަހުގައި ދެ ކުދިން ވެސް އެ ތަން ކޮންނަމުން ދަނިކޮށް ސަންދޯކެއްގައި އުނދުޅި ޖެހުނެވެ. ޝާއިން އެ ސަންދޯއް ބޭރަށް ނަގައި އޭތީގެ ދޮރު ހުޅުވިއެވެ. ސަންދޯކުގައި އޮތް މަރުވެފައިވާ ހަށިގަނޑު ފެނިފައި ދެ ކުދިން ވެސް ސިއްސައިގެން ދިޔައެވެ. “މިހެން ވާންވީ ކިހިނެއް.؟ ޝަޙާ ކޮއްކޮ ރީތިވެގެން ރަތް ހެދުމެއް ލައިގެން ރިޒުވީމެން ގެއަށް ދާން ނުކުތީ ހަމަ ދެންމެއަކު ނޫންތަ.؟” ހައިރާންވެ ހުރެ ޝާއިން އެހިއެވެ. ސަންދޯކުގައި އޮތީ ޝަޙާގެ މަރުވެފައިވާ ހަށިގަނޑެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushe

Level 110 Stories

Other Articles

Previous

އަގެއްނެތްލޯބި 1 ވަނަ ބައި

Next

02:30 ދިހަވަނަ ބައި

Next
August 20, 2017

02:30 ދިހަވަނަ ބައި

Previews
August 19, 2017

އަގެއްނެތްލޯބި 1 ވަނަ ބައި

6 Comments!

  1. Reen says:
    August 19, 2017 at 6:01 pm

    Omg its awsm

  2. NAAZ says:
    August 19, 2017 at 6:15 pm

    Alhey haadha avahahnimunee..vvv reethi rizvee athun ashraf gehleneetha….?

  3. YAl says:
    August 19, 2017 at 8:57 pm

    Udhulhitha noony udhalitha?undhalin dho valhu konnaany

  4. kim soo says:
    August 19, 2017 at 10:06 pm

    heii!! undhulhin tha konnany? i think its udheli. right? btw, hope u’ll notify that point 🙂 v reethi mi partvx. shahaa alhey maraaleetha?? haadha dheraeyy.

  5. Kamana says:
    August 20, 2017 at 12:29 pm

    V salhi mi part ves. Next part avas beynun..

  6. Hafeez says:
    August 20, 2017 at 11:16 pm

    Shahaa maruveetha

Comments are closed.

Next Episodeދިހައެއް ( އަށާރަވަނަ ބައި )←


All Right Reserved!