Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސާދަވަނަ ބައި)

“އަހަރެންވެސް ޒީކްމަތިން ވަރަށް ހަނދާންވާނެ…. ނޭނގެ ކީއްވެގެންކަމެއް….. މިފަހަރު ޒީކް ދާތީ އަހަރެން މާބޮޑަށް ދެރަވޭ…. ކިތަންމެ ފަހަރަކުވެސް ހިތަށް އެރި ނުދާށޭ ބުނެފާނަމޭ……” ޒިކާންގެ ދެލޮލަށް ބަލަންހުރެ މިޝްޔާ ބުނެލީ ސަމާސާގޮތްގަނޑު ކަނޑުވާލަމުންނެވެ. ޒިކާން ކުޑަކޮށް ގުދުވެލަމުން މިޝްޔާގެ ކަންފަތްދޮށުގައި ބުނެލި އެއްޗަކުން މިޝްޔާގެ ތުންފަތަށް ރަކި ހިނތުންވުމެއް ވެރިވިއެވެ. އިސާހިތަކު އޭނާގެ ދޮންމޫނަށް ފިނިފެންޖަންބުކުލަ ފާއްދާލިއެވެ. ރަކިވީވަރުން މިޝްޔާއަށް އިސްޖަހާލެވުނެވެ.


 

“އޯކޭތަ….؟؟؟؟” މިޝްޔާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން ޒިކާން އަހާލިއެވެ. އުފާވެރި ހިނިތުންވުމަކާއިއެކު މިޝްޔާ ބޯޖަހާލިއެވެ. އެވަގުތު ވާޓަރުމަތީހުރި މިޝަލް ގޮވާލުމުން، ލޯންޗަށް އަރަންވީވަގުތު އައިސް ޖެހިއްޖެކަން އެނގުހިނދު، ދެކުދިންގެ ހިތުގެ ތެޅުންވެސް އަވަސްވެލިއެވެ. ބޭނުން ނުވިނަމަވެސް މިޝްޔާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލައި،މޫނުމަތި މަލެއްހެން މިލާ މޯޅިވިއެވެ. ދެކުދިން، އެކަކު އަނެކަކަށް ވަފާތެރިކަންމަތީ އިންތިޒާރުކުރުމަށް ވަޢުދުތަކާއި އަހުދުތައްވަމުން ވަދާޢުގެ ސަލާމްކޮށްލިއެވެ.

“ދެން އަންނަފަހަރަކުން ތިހާ ހިކިކޮށް ނުހުންނައްޗޭ….. ޒީކްއާއި ގުޅެނީ ކަސްރަތީ ހަށިގަނޑެއް…. ކުރިން ހުންނަ ކަހަލަ” މާހައުލަށް އުފާވެރިކަން ގެނައުމަށްޓަކައި ހަމަޖެހޭގޮތް ދައްކާލަމުން މިޝްޔާ މިހެން ބުނުމުން ޒިކާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒިކާން މިފަހަރު އައިއިރު މާބޮޑަށް ހިކިފައި ހުރުމުން، އެކަމާ މިޝްޔާ ވަރަށް ޝަކުވާ ކުރިއެވެ. ވާނީވެސް އެހެންތާއެވެ. ޒިކާނަކީ ކުރިން ކަސްރަތީ ހަށިގަނޑެއްގެ ވެރިއެއް ނަމަވެސް ހަށިގަނޑަށް ނުބަލާ، ކެއިންބުއިމަށް ފަރުވާކުޑަކޮށްލެވުމުން މީހާ ހުރީ ހިކި އަނަރޫފަވެފައެވެ. ޒިކާން ބޯޖަހާލަމުން މިޝްޔާގެ ބަހަށް އެއްބަސްވިއެވެ.

 

އެކުވެރިންނާއި ސަލާމްކުރުމަށްފަހު، ދަތުރުގެ އެހެން ބައިވެރިންނާއިއެކީ ޒިކާންވެސް ލޯންޗަށް އަރާ ހަމަޖެހިލިއެވެ. އެންމެން އަރާ ހަމަވުމުން ލޯންޗްގައި، އެމީހުންގެ މަންޒިލަށް ވާސިލްވުމަށްޓަކައި ދަތުރަށްފެށިއެވެ. ލޯންޗްގޮސް ލޮލުކޮޅަށް ގެއްލުމުން މިޝްޔާމެން ހިނގައިގަތީ އެއްގަމަށެވެ. ނަމަވެސް މިޝަލްމެން އެތާގައި މަޑުކޮށްލައިގެން ތިބީއެވެ. އޭރު އިރުގެ ދޯދިތަކުން ރަށުތެރެއަށް އަލިކަން ފެތުރިފައިވެއެވެ.

 

“ޔާލްމެންގެއަށް ގޮސްފައި ދޯ ދާނީ…..” ރަށުތެރެއާއި ވީ ދިމާއަށް ހިނގައިގަންނަމުން ޝިއުރީ މިހެން ބުނުމުން މިޝްޔާ ބޯޖަހާލިއެވެ. އަޔާނީގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ޝިއުރީ އޭނާއަށް ގޮވާލިއެވެ.

“އަހަރެން… އަހަންނަށް މިއަދަކު ނެތް ދެވޭކަށް…. ކުޑަކަމެއް ކޮށްލަން އެބަޖެހޭ….” ހާސްވެފައި ހުރިވަރުން އަޔާނީއަށް ވާހަކަ ދެއްކުނީ އަޅައިގަންނަމުންނެވެ.އޭރު ބާރު ބާރަށް އަޔާނީގެ ހިތްތެޅެމުން ދެއެވެ. ނަމަވެސް، އެކަން ފޮރުވުމަށްޓަކައި އަޔާނީ ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެނަސް، އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ޝިއުރީގެ ވިސްނުންތޫނު ސިކުނޑިއަށް، ވަމުންދާގޮތް ރޭކާލުމުން ވަގުތުން ފިޔަވަޅުތައް މަޑުޖައްސާލިއެވެ. ޝިއުރީ ހުއްޓުމުން އެކުވެރީންވެސް ހުއްޓުނެވެ.

“ޔާނީ ބިރުން ދޯ ޔާލްގާތަށް ނުދާން ތިއުޅެނީ….” ޖާސުސީއެއް ފަދައިން ޝިއުރީ، އަޔާނީއަށް ބަލާލީ ދެލޯ ހަނިކޮށްލަމުންނެވެ. އެއާއިއެކު، އަޔާނީ އިސްޖަހާލިގޮތުން މިޝްޔާއަށްވެސް ވެގެން އުޅޭގޮތް ދެނެގަންނާކަށް ލަސްތަކެއް ނުވިއެވެ.

“އަހަރެން ރޭގަ ބިރުން އެކަނި ނިދަން ނުކެރިގެން ނިދީވެސް މަންމަ ގޮވައިގެން….. އަހަންނަކަށް ނުކެރޭނެ އެގެއަށް ދާކަށް…. އަހަރެން ވަރަށް ބިރުގަނޭ…..” އަޔާނީ ދެރަވެލާފައި އެހުރިގޮތަށް ހުރެ ބުނެލިއެވެ. އަޔާނީގެ ވާހަކަ އަޑުއަހާފައި ޝިއުރީ ދެފަރާތަށް ބޯހޫރާލިއެވެ.

“އެކަމަކު އަހަރެމެން ނޫނީ އޭނާގެ ގާތް އެކުވެރިންނެއްވެސް ތިބީކީ ނޫން…. އަހަރެމެން އޭނާގެ ހާލުބަލާލަން ނުދިޔައިއްޔާ ވަކި އެހެން ކާކު ދާނީ….” ޝިއުރީ މަސައްކަތްކުރީ އަޔާނީއަށް ވިސްނައިދެވޭތޯއެވެ.

“ތިކަން އެނގޭ….. ދާންވެސް ބޭނުން…. އެކަމަކު ބިރުގަންނާތީ…..” އަޔާނީގެ ވާހަކައިންވެސް އޭނާ ދާންބޭނުންވާކަން ދޭހަވެއެވެ.

“ބިރުގަންނަ މީހަކު ނުދާން ހުރޭ….ބިރުގަތަސް އެކުވެރިޔާ އެހާލުގައި އޮއްވާ އަހަންނެއް ނުހުންނާނަން ނުގޮހެއް… މާތްރަސްކަލާނގެއާއި ވަކީލު…… ޔާނީ ނުދަންޏާހުރޭ….. އަހަރެމެން މިދަނީ….” ޝިއުރީ ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. އެހެންކަމުންމިޝްޔާގެ އަތުގައި ހިފައިގެން އޭނާ ހިނގައިގަތެވެ. އަޔާނީ އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ދުވެފައިގޮސް ޝިއުރީމެންގެ ކުރިމައްޗަށް އަރާ ހުއްޓުނެވެ.

“ބިރުގަތަސް ތިފަދަ އެކުވެރިންތަކަކަށްޓަކައި އަހަރެން ކޮންމެފަދަ ޤުރުބާނީއެއްވާންވެސް ހަމަ ތައްޔާރު…. އެކުވެރިންނަށް ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއްގައި އަހަރެން ބައިވެރިވާނަން…. އަހަރެންގެ ހިތުގައި އުފެދޭ ބިރުވެރިކަމަށްވުރެ، މިހިތުގައި ބިންވަޅުނެގިފައިވާ އެކުވެރިކަން މާވަރުގަދަ….. އެބިރުވެރިކަމަކަށްވެސް އަހަރެމެންގެ އެކުވެރިކަން ފުނޑުފުނޑެއް ނުކޮށްލެވޭނެ….. އަހަރެންވެސް ދާނަން…. މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެމެންނަށް ދެރަގޮތެއް ނުވާނެ…..”

ދެފަހަރު ދެކުދިންގެ މޫނަށް ބަލާލަމުން،އަޔާނީ ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ. އުފާވީވަރުން މިޝްޔާ އޭނާގެ ގައިގައި ބައްދާލިއެވެ. ހިތްހަމަނުޖެހިފައި ހުރި ޝިއުރީގެ މޫނުމަތިވެސް އުޖާލާވެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“މާތް ﷲ އިރާދަ ކުރެއްވިއްޔާ ޔާލް ވަރަށް އަވަހަށް ރަނގަޅުވާނެ……” އަޔާނީގެ ގައިގައި ބައްދާލައިގެން ހުރެ މިޝްޔާ މިހެން ބުނުމުން މިޝްޔާގެ ބަހަށް ތާއީދުކުރަމުން ޝިއުރީވެސް އެމީހުންގެ ގައިގައި ބައްދާލިއެވެ. “ޔާﷲ އަޅަމެންގެ މިއެކުވެރިކަން ފަހުނޭވާއާއި ޖެހެންދެންވެސް މިގޮތުގައި ދަމަހައްޓަވާނދޭވެ…..” އެކުވެރިންގެ ގައިގައި ބައްދާލައިގެން ހުރެ ލޯމަރާލަމުން ޝިއުރީ ހިތާހިތުން ދުޢާކޮށްލިއެވެ.

 

“އައްދޭ ހާދަވަރަކަށް ބައްދަނީ….. ކޮންކަމަކާ އުފާ ފާޅުކުރަނީތި….؟؟؟ ނިކަން އަހަރެންވެސް ބައިވެރިކޮށްބަލަ…..؟؟؟؟” ޝައުނާއި، މިޝަލާއިއެކު މިޝްޔާމެންގެ ގާތަށް އައިސް ހުއްޓުނު އިޔާޒް، އެމީހުން ތިބިގޮތުން ދިމާކޮށްލިއެވެ. ނަމަވެސް އެއިން އެކަކުވެސް އަނގަޔަކުން ނުބުނެއެވެ.އެހެންޏާ ރައްދުދޭން ވިއްދާލާފައި ހުންނަ އަޔާނީވެސް ޚިޔާރުކުރީ ހިމޭންކަމެވެ.

“ކިހިނެއްވީ ކަމެއް ގޯސްވީތަ…..؟؟؟” ވަކިވަކިން ތިން ކުދިންގެ މޫނަށް ބަލާލަމުން މިޝަލަށްވެސް އެހެން އަހާލެވުނީ އެމީހުނަށް ކަމެއްވެފައި ތިބިހެން ހީވުމުންނެވެ. މިޝަލް މިހެން އަހާލުމުން ތިން ކުދިން ބޯހޫރާލަމުން ހިނިތުންވެލިއެވެ.

“ޔާލް ގާތަށް ނުދަންތަ…..؟؟؟؟ އަހަރެމެން މިދަނީ އޭނާގެ ހާލު ބަލާލަން…..” މިޝްޔާ މިހެން ބުނުމުން އެމީހުންވެސް އެދަނީ އެގެއާއި ދިމާއަށްކަމަށް މިޝަލް ބުނުމުން އެންމެން އެކީ ޔަލްވީމެންގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

 

ދިޔަ މަގުމަތީގައި އިޔާޒްގެސަކަ މިޒާޖާއިހުރެ، ދައްކަމުންދިޔަ މަޖާ ވާހަކަތަކުން އަޔާނީގެ ހާސްކަން ފިލާ، ކުރިއަށްވުރެ ބޮޑަށް މީހާ ހަމައަކަށް އެޅުނެވެ.

 

އެކި ވާހަކަތައް ދައްކަމުން ގޮސް ޔަލްވީމެން ގެއާއި ހަމައަށް ދެވުމުން އަޔާނީގެ ހިތް އަނެއްކާވެސް ބާރު ބާރަށް ތެޅެންފެށިއެވެ. ހާސްވީވަރުން ނިއްކުރިން ދާހިލިފައިވާއިރު، ފިނިވެފައިވާ ދެއަތްދެއަތާ މޮޑެން ފެށުނެވެ. އެކުވެރިންނަށް އޭނާގެ ޙާލު ރޭކާލާފާނެތީ ގަދަކަމުން ހިނިތުންވެލި ނަމަވެސް ދަތްތައް ފިއްތާ ބާރުކޮށްލައިގެން ހުރިވަރުން ހީވަނީ ދެންމެ ދެންމެ ދަތްތައް ފުނޑުފުނޑު ވެދާނެހެންނެވެ. އެކުވެރިންނަށް ނާންގަން އަޔާނީ ކިތަންމެ މަސައްކަތް ކުރިކަމުގައިވީނަމަވެސް ގާތުގައި ހުރި ޝިއުރީއަށް އަޔާނީއަށް ވަމުންދާގޮތް ސިއްރެއް ނުވިއެވެ. ނަމަވެސް އޭނާ އެނގޭކަމަށް ހަދާނުލާ ހުރީއެވެ.އެގެއަށް ވަނުމަށް އަޔާނީ ފަސްޖެހިދާނެތީއެވެ.

 

ކުދިބަޔަކު ސަލާމް ގޮވާއަޑަށް،ބަނބުކެޔޮ ގަސްދޮށުގައި ހުރި ޖޯލީގައި، އޮށޯވެލައިގެން އޮތް ފަހުމީ ގޭގެ ބޮޑުދޮރާއި ދިމާއަށް ބަލާލިއެވެ. ދޮރުމަތީގައި ހުރި މިޝަލްމެން ފެނުމުން އިސާހިތަކު އޭނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ސަލާމް ބަލައިގަންނަމުން އޭނާ އަވަސްވެގަތީ އެވެރިންނާ ދިމާއަށް ދިއުމަށެވެ.

“އަނހަ…. ކޮއްކޮމެން މިހާ ހެނދުނާ ކޮންދަތުރެއް….؟؟؟؟ އަވަހަށް އާދޭ އެތެރެއަށް…… ހަލީމާ.. ނިކަން މިފަރާތަށް އައިސްބަލަ….. މިތިބީ ޔަލްވީގެ އެކުވެރި ކުދިންކޮޅު އައިސް……” މިޝަލްގެ އަތުގައި ހިފައިގެން ހުރެ ޖޯލިފައްޗާއި ދިމާއަށް ހިނގައިގަންނަމުން ފަހުމީ އޭނާގެ އަނބި، ހަލީމާއަށް ގޮވާލިއެވެ. އެމީހުންގެ ފަހަތުން ޝިއުރީމެންވެސް ގޯތިތެރެއަށް ވަނެވެ. ހަ ޖޯލިހުންނަ ޖޯލިފަތީގައި މިޝަލްމެން އިށީނުމުން، ފަހުމީ އިށީނީ ބަނބުކެޔޮ ގަހުގައި އެލުވައިފައި ހުރި އުނދޯލީގައެވެ.

 

“މިއައީ ޔާލްގެ ހާލު ބަލާލަން…. ކޮބާ އޭނަ….؟؟؟ މިހާރު ރަނގަޅުތަ…..؟؟؟؟” އެންމެން ޖޯލިތަކުގައި އިށީނދެ ހަމަޖެހިލުމުން މިޝަލް އައި ބޭނުން ހާމަކޮށްލިއެވެ. އެވަގުތު ހަލީމާވެސް އެތަނަށް އައިސް މަޑުކޮށްލަނީއެވެ. މިޝަލްގެ ސުވާލުތަކާއިއެކު ފަހުމީގެ ދެމަފިރިންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެދެމަފިރިންގެ މޫނުމަތިން ފެންނަމުންދިޔަ މާޔޫސީގެ އަސަރުތަކުން ޔަލްވީގެ ހާލު ރަނގަޅު ނޫންކަން އެތާތިބި އެންމެނަށްވެސް ނަގައިގަންނާކަށް ގިނަ އިރުތަކެއް ނުނެގިއެވެ. އެވަގުތު ނޫރައިންވެސް އެތަނަށް އައެވެ.

“ކޮއްކޮމެންނޭ ޔަލްވީ އޮތީ ހަމައެފަދަ ހާލެއްގަ…. ރަނގަޅެއްނުވެ….. ދެންމެ ސުލައިމާނުބޭވެސް އައިސްފައި އެދިޔައީ…. ވަރަށް ދެރަގޮތެއް ވަނީ….. ސުލައިމާނުބޭ ބުނި ރުޤްޔާ ކިޔަވާ މީހާވީ ރާއްޖޭން ބޭރަށް ގޮހޯ…. އޭނާ ރާއްޖެ އައީމައޯ ޔަލްވީއަށް ރުޤްޔާ ކިޔަވަން ފެށޭނީ…. އެކަމަކުވެސް ސުލައިމާނުބޭ ބުނި އެހެންމީހަކު ނަމަވެސް ވޭތޯ ބަލައިދޭނަމޭ…..” މާޔޫސްކަމާއިއެކު ފަހުމީ ކިޔައިދިނެވެ.

“ދައްތާ……އަޅުގަނޑު ސުވާލެއް ކޮށްލަންތަ….؟؟؟” ފަހުމީގެ ވާހަކަ ކަނުލާ އަޑުއަހަން އިން ޝިއުރީ ނޫރައިންގެ ގާތުގައި އަހާލިއެވެ.  ނޫރައިން ފަނޑު ހިނިތުންވުމަކާއިއެކު ސުވާލުކުރުމުގެ އިޒުނަދިނެވެ.

“ކިހިނެއް ޔާލްއަށް އެހެންވީ….؟؟؟” އެސުވާލަކީ މިވަގުތު އެތާތިބި ހުރިހާ ކުދިންގެ ހިތުގައިވެސް އުފެދިފައިވާ ސުވާލެކެވެ. ނަމަވެސް އެސުވާލު ދުލާއި ހަމައަށް ގެންނަން ކެރުނު ހަމައެކަނި ކުއްޖަކަށްވީ ޝިއުރީއެވެ.އޭގެ ޖަވާބު އަޑުއަހާލުމަށް އެކުދިންގެ ކަންފަތްތައް ހުޅުވާލައިގެން ތިބީ ކެތްތެރިކަން ކުޑަވެފައެވެ. ޝިއުރީގެ ސުވާލު އިވިފައި ނޫރައިން ހަލީމާއަށް ބަލާލިއެވެ. އަދި ފުން ނޭވާއެއް ބޭރުކޮށްލަމުން ޔަލްވީއަށް އެހެންވާން ދިމާވި ސަބަބު ކިޔައިދޭންފެށިއެވެ.

 

“ޔާލްއަށް އެހެންވީ އޭނާގެ ބައްޕަގެ ރަށުގައި އުޅެނިކޮށް އެއްދުވަހަކު ސްކޫލްގައި އޮތް އިތުރު ޙަރަކާތަކަށް ގޮސް ހުއްޓާ…. ސްޓޭޖަށް އަރަން ދާން އުޅެނިކޮށް އެދުވަހުވެސް ފުރަތަމަ ހޭނެތިގެން ވެއްޓުނީ…….. ވެއްޓުންގޮތަކުން ސިޑީގައި ބޯޖެހިގެން ބޯވެސް ފަޅައިގެން ދިޔަ….. އެދުވަހުވެސް އަނގައިން ހުއްޓުމެއްނެތި ފޮނު އައި… ދެން އަވަހަށް ގެންދިޔައީ އެރަށު ޞިއްޙީމަރުކަޒަށް…. އޭރު ނޭނގެ އެއީ އެކަހަލަ ކަމެއް ކަމެއް…. ޑަކްޓަރު ބަލަމުން ދަނިކޮށް ކުއްލިއަކަށް ހޭއެރީ…. ފުރަތަމަވެސް ދެލޯ ބޮޑުކޮށްލާފައި ހިފީ ޑަކްޓަރުގެ ކަރުގައި….. ވަރަށް އުނދަގުލުން ޔާލްގެ އަތް ޑަކްޓަރުގެ ކަރުން ނައްޓުވާލެވުނީ….. ޔާލް ވާހަކަ ދެއްކި ރާގުންނާއި، އޭނާގެ ޙަރަކާތްތަކުން އެނގުނު އެއީ އާދައިގެ ކަމެއް ނޫންކަން….. އެހެންވެ ގެއަސް ގެންގޮސް ދެން ގެނައީ ފަންޑިތަ ހަދާ މީހަކު…. އޭރުޔާލްވަރަށް ވަރުއަރުވާ….. ހިފަހައްޓާ ނުލެވޭތީ އައްސާފައި ބާއްވަންވެސް ޖެހުނީ…. އެވަރުންވެސް ކިރިޔާ މައިތިރިކޮށްލެވެނީ….. އެމީހާ ފަންޑިތަ ހަދާފައި ބުނީ ސިހުރު ހަދާފައިވާ އެއްޗެއް ޔަލްވީއަށް ކާންދީފައިވާކަމަށް…. ސިހުރު ހެދުމަކީ އެރަށުގައި ވަރަށް އާއްމުކަމެއް…. ކުއްޖަކު މޮޅަށް ކިޔަވަންޏާ އެކުއްޖަކު ވައްޓާލަން އެކަހަލަ ކަންތައް ކުރަން އެރަށުގެ ބައެއް މީހުން ފަހަކަށް ނުޖެހޭނެ…. އެދުވަހުން ފެށިގެން އެކި ފަންޑިތަ ހަދާ މީހުންނަށް ދައްކައިގެންވެސް ޔާލް ރަނގަޅުކުރެވޭތޯ ވަރަށް މަސައްކަތްކުރިން…. އެކަމަކު އެއްކޮށް ރަނގަޅެއް ނުވެ… ދޭތެރެއަކުން ރަނގަޅުވެލާފައި އަނެއްކާވެސް ގޯސްވެދާނެ…. އެކަހަލަ ގޮތަކަށް އެކުއްޖާފަކީރު އުޅެމުން އައީ…. އެހެން އުޅެފައި ޔާލްގެ ބައްޕަ އަހަރެން ވަރިކުރީމަ މިރަށަށް ބަދަލުވީ…. މިރަށަށް އައި ފަހުން އެކަހަލަ އެއްވެސް އުނދަގުލެއް ނުވާތީ، އެއީ އެރަށުގައި އުޅުނަ ނުދޭން ހަދާފައި ހުރި ސިހުރެއްކަމަށް ހީކޮށް އަހަރެމެން މިތިބީ އޭނަ ރަނގަޅުވީކަމަށް ނިންމައިގެން…..” އެވާހަކަ ކިޔައިދީ ނިމުންއިރު ނޫރައިން ހުރީ ފެންކަޅިވެފައެވެ. އެއީ އޭނާއަށް ކިޔައިދޭން މާ ފަސޭހަ ވާހަކައެއް ނޫންކަންވެސް ޝިއުރީމެންނަށް އެނގެއެވެ. ނޫރައިންގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން ޝިއުރީ އިންތަނުން ތެދުވެގެން ގޮސް ނޫރައިންގެ ކޮނޑުގައި އަތް ބާއްވާލަމުން އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ދެތިން ބަސް ބުނެލިއެވެ.

“އެހާބޮޑުކަމެއް ދިމާވެފައި އޮތްއިރުވެސް،ޔާލް އަހަރެމެން ގާތު އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަ…. އެހެންވެތަ ޔާލް ފުރަތަމަ ދަތުރު ނުދާން އުޅުނީ….؟؟؟” ނޫރައިން ކިޔައިދިން ވަހަކަތަކާއިމެދު ވިސްނާލަމުން މިޝްޔާއަށް އަހާލެވުނެވެ.

“ޔާލްއުޅުނީ ވަރަށް ދަތުރު ދާހިތުން…. ޔާލްއަށް އެހެންވާތީ އަހަރެން ހުއްދަ ނުދިނީމަ ފުރަތަމަ ނުދާނަމޭ އެބުނީ…. އެކަމަކު އޭނާ ދެރަކޮށްލަން ނުކެރިގެން ފަހުން އަހަރެން އެއްބަސްވީ…. ވަރަށް ބިރުންހުރެ އެއްބަސްވީވެސް….. ދައްތަ އުޅުނިން ތިކުދިންނަށް މިވާހަކަ ކިޔައިދޭން….. ދައްތައަށް އެނގޭ އޭރުން ތިކުދިން ޔާލްއަށް ރަނގަޅަށް ބަލާނެކަން…. އެކަމަކު ޔާލް ބޭނުންވީ ތިކުދިންނަށް އެކަން ސިއްރުކުރަން….. އޭނަ ބޭނުމެއް ނުވާނެ އެވާހަކަ މީހުންނަށް އެނގޭކަން ޚާއްސަކޮށް ޝިއުމެންނަށް….. އެނގޭތަ ކީއްވެގެންކަން….؟؟؟؟” ނޫރައިން މިހެން އަހާލުމުން ޝިއުރީމެން އެކަކު އަނެކަކަށް ބަލާލަމުން ބޯހޫރާލިއެވެ.

“އެއީ ތިކުދިން އޭނާއާއި ދުރަށް ގޮސްދާނެތީ…. ތިކުދިން ގެއްލެން ބޭނުން ނުވާތީ….. އެރަށުގައި ޔާލްއަށް އެހެންވީމަ އޭނާގެ އެކުވެރިން އޭނާއާއި ވަރަށް ދުރުވި…. ބައެއް ކުދިން ވާހަކަ ދެއްކުންވެސް ހުއްޓާލި…. ސްކޫލަށް ގޮއްސަވެސް ކްލާހުގައި އޭނަ އިންނަން ޖެހެނީ އެކަހެރިކޮށް…. ޔާލްގެ ގާތުގައި އިށީންނާކަށް އެއްވެސް ކުއްޖަކު ބޭނުމެއް ނުވާނެ….. ޔާލްގެ މިބަލީގައި ދިމާވި އެންމެ ބޮޑު އެއްގޮންޖެހުމަކީ އެއީ….. އަސްލު ދައްތަ ހީކުރީ އިއްޔެ ތިކުދިންނަށްވެސް ޔާލްގެ ޙަޤީގަތް އެނގުނީމަ ދެން ޔާލްގެ ގާތަށް ނާންނާނެކަމަށް…. އެކަމަކު މިއަދު ތިކުދިން މިގެއަށް އައީމަ ދައްތަ ވަރަށް އުފާވެއްޖެ….. ޔާލް ރަނގަޅުވީމަ އޭނަވެސް ވަރަށް އުފާވާނެ….. އަހަރެންގެ ޔާލް ވަރަށް ނަސީބުގަދަ….. ތިފަދަ ރަނގަޅު ރަޙްމަތްތެރިންތަކެއް މިދުނިޔެމަތީ ލިބޭނީ ވަރަށް މަދުބަޔަކަށް…..” ޝިއުރީގެ ބޮލުގައި ފިރުމާލަމުން ނޫރައިން މިހެން ބުނެލުމުން ޝިއުރީ ހިނިތުންވެލިއެވެ.

 

“ޔާލް ގެ ގާތަށް ވަދެވޭނެތަ….؟؟؟ އަޅުގަނޑުމެން ބޭނުން ޔާލްދެކިލަން…..” ޝިއުރީ މިހެން އަހާލުމުން ނޫރައިން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

 

“ޔާލް އިނީ އަނގަ ގަދަވެފައި…. ތިކުދިން ވަނީމަ ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ…. އޭނާއަށް ހިތްބުރަ ނުކުރާތި…” ޔަލްވީގެ ކޮޓަރިއަށް ޝިއުރީމެން ގެންގޮސްދިނުމަށްޓަކައި ހިނގައިގަންނަމުންނޫރައިން ޔަލްވީގެ ޙާލަތު ބަޔާންކޮށްދިނެވެ. އެންމެން ޖޯލިތަކުން ތެދުވުމުން އަޔާނީވެސް ޖޯލިން ތެދުވިއެވެ. އަދި އެމީހުންގެ ފަހަތުން ހިނގައިގަންނަމުން ޝިއުރީގެ އަތުގައި ހިފާލަމުން ބާރުކޮށްލިއެވެ. ޝިއުރީ އަޔާނީއަށް ބަލާލިއެވެ. އޭރު އަޔާނީވެސް ހުރީ ޝިއުރީއަށް ބަލަހައްޓައިގެންނެވެ. ޝިއުރީ ލޮލުން “އަހަރެން މިހުރީނޫންހޭ” ބުނާފަދަ ގޮތަކަށް އިޝާރާތްކޮށްލުމުން އަޔާނީ ބޯޖަހާލަމުން ހިންދިރުވާލިއެވެ.

 

ގޭތެރެއަށް ވަދެގެން ދިޔަ ނޫރައިން މިސްރާބު ޖަހާފައިވަނީ ޔަލްވީގެ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ޝިއުރީމެންނަށް ވަންނަން ތަންދެއްކުމުން ހަކުދިން ކޮޓަރިއަށް ވަނެވެ. އެކުދިންގެ ފަހަތުން ނޫރައިންވެސް، ކޮޓަރިއަށްވަދެ ފާރުގައި ލެނގިލައިގެން ހުއްޓެވެ.

 

ޔަލްވީގެ ކޮޓަރިއަށް ވަދެވުމާއިއެކު ހައިރާންވީވަރުން ޝިއުރީމެންނަށް ތިބެވުނީ ގުޑިލާންވެސް ނޭނގިފައެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރުން ނޫރައިންގެ މޫނުމަތިންވެސް މާޔޫސީގެ އަސަރު ފާޅުވިއެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން، ފަނޑުވާކަށް މަދު ސިކުންތުކޮޅެއްވެސް ނުނަގައެވެ.

ތުވާއްޔާއި ބާލީސްތައް ތަޅުންމައްޗަށް އުކާލާފައި ހުރިއިރު އެނދުމަތީގައި އަޅާފައި އޮތް ބެޑުޝީޓުވެސް އޮތީ ގޮދަނޑިން ވަކިކޮށްލާފައެވެ. އެނދުމައްޗަށް ކޮޅަށް އަރާހުރި ޔަލްވީ ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ. ފަންދިގު އިސްތަށިގަނޑު ދެފަރާތުންވާގޮތަށް ކޮނޑުމައްޗަށް ވައްޓާލާފައިވާއިރު ފުނާ ނާޅާ ހުރުމުގެ ސަބަބުން އިސްތަށިގަނޑުގެ ތަރުތީބުވަނީ ގެއްލިފައެވެ. ނުފޯރާ ކުދި އިސްތަށިތައް ނިއްމައްޗަށް ވެއްޓިފައިވާއިރު ދެލޯ ފެންނަނީ ކިރިޔާއެވެ. އެހެން ހުންނައިރު އޭނާއަށް އުނދަގޫވާހެންވެސް ހީނުވެއެވެ. ދެން ފެނުނީ އިރުކޮޅެއް ނުވެ “ޔޭ” އޭ ކިޔާ އެހުރި ގޮތަށް ހުރެ އެނދުމަތީގައި ފުންމަމުން ދިޔަތަނެވެ. އޭނާގެ ޙަރަކާތްތަކަށް ބަލަން އެތާ ބަޔަކު ތިބިހެންވެސް އޭނާއަށް ހީނުވެއެވެ. ނޫނީ ނުފެންނަނީކަމެއްވެސް ނޭނގެއެވެ. އެގޮތަށް ފުންމަ ފުންމާފައި ހުއްޓުމަށްފަހު ދެންފެނުނީ ހިނިތުންވެ ހުރެ ވައިގެ ތެރެއަށް އަތް ހޫރާލި ތަނެވެ. ހީވީ ކޮންމެވެސް މީހަކާ އަތްޖަހާލީ ހެންނެވެ. އެއަށްފަހު ދެންފެށީ ބާރަށް ހޭށެވެ. ނަމަވެސް އެތަނުން އިތުރު މީހަކު ޝިއުރީމެންނަކަށް ނުފެނެއެވެ. ޔަލްވީގެ ޙަރަކާތްތައް ހުރިގޮތުން ބުނާނެ ބަހެއް ނޭނގިފައި، އެކުދިންނަށް ބަލަން ތިބެވުނީއެވެ. އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލެވުނީ ހައިރާންވީވަރުންނެވެ. ޝިއުރީގެ އަތަށް އިނގިލިތަކުގެ ނިޝާން އަރާހާ ބާރަށް ހިފަހައްޓާލައިގެން ހުރި އަޔާނީއަށް ފަރާތް ފަރާތް ބެލުނީ ދެންމެ ދެންމެ އެތަނުން ރޫހާނީ އެއްޗެއް ފެނިދާނެހެން ހީވާތީއެވެ. ބިރުން ހުރިވަރުން އަވަސް އަވަހަށް ހިންދިރުވާލެވެއެވެ.

“ތުތީ އަވަހަށް ގުނަން ފަށާ….. އަހަރެމެން ފިލާނަން…..” ޔަލްވީ ކުޑަކުއްޖެއްހެން ދެއަތް ދެއަތާ ޖަހަމުން ބުނެލީ ޅަގޮތަކަށެވެ. ދެން ފެނުނީ ގޮދަޑިއާއި ވަކިކޮށްލާފައި އޮތް ބެޑްޝީޓް ނަގައި ގައިގައި ވަށާލަމުން އެނދުގެ ކަނެއްގައި އިށީންތަނެވެ. ސިކުންތުކޮޅެއްވެސް ނުވަނީސް ބާރު ބާރަށް ހެމުން ގައިގައި އަޅާފައި އޮތް ބެޑްޝީޓް ނަގައި ހޫރާލަމުން އެނދުމައްޗަށް ކޮޅަށް ތެދުވިއެވެ. އަނގަމަތީ ކަނާތްއަޅައިގެން ހުރެ އަނެއް އަތުން ތަޅުން މައްޗަށް އިނގިލި ދިއްކޮށްފައި ހެމުން ދިޔައިރު، މީހާއަށް ރަނގަޅަށް ކޮޅަށްވެސް ނުހުރެވެއެވެ. ހީ ހީ ލޮލުން ފެންވެސް އައެވެ. ޔަލްވީ ތަޅުންމައްޗަށް އިޝާރާތްކޮށް އެވަރަށް ހެވެން ފެށުމުން ޝިއުރީމެންނަށްވެސް ތަޅުން މައްޗަށް ބަލާލެވުނެވެ. ނަމަވެސް އެމީހުނަށް އެތަނުން ހިނިއަންނަފަދަ މަންޒަރެއް ނުފެނުނެވެ.

ޔަލްވީ ހުނުން މައިތިރިކޮށްލަމުން އެހުރިގޮތަށްހުރެ ތަޅުންމައްޗަށް ފުންމާލިއެވެ. އެއަށްފަހު ތަޅުންމަތިން ހުސްއަތް ނަގާ އެނދުމައްޗަށް ލިއެވެ. ހީވީ ތަޅުންމަތީ ވެއްޓިފައި އޮތް ކުއްޖަކު ނަގާ އެނދުމައްޗަށް އެރުވީހެންނެވެ. އޭރުވެސް އޭނާއަށް ހެވެމުން ދިޔައެވެ. ޔަލްވީގެ އެހަރަކާތުން އިޔާޒަށް ކޮންޓްރޯލް ނުވެގެން ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެންމެން އެއްފަހަރާ އިޔާޒަށް ބަލާލުމުން، ވަގުތުން ހުނުން ހުއްޓާލުމަށްފަހު، ބޮލުގެ ފުށްކިބައިގައި އަތް ހިންގާލިއެވެ.

އިޔާޒްގެ ހުނުމުގެ އަޑަށް އެހެންމީހުންނެކޭ އެއްފަދައިން ޔަލްވީގެ ސަމާލުކަންވެސްއިޔާޒަށް ހުއްޓުނެވެ. އޭނާގެ ހުނުމުގައި އިޔާޒް ބައިވެރިވުމުން ދެއަތް ޖަހަމުން އަނެއްކާވެސް ޔަލްވީ ބާރު ބާރަށް ހޭންފެށިއެވެ.

“ތުތީ އޮންނާނީ އަބަދު ފޮޅި އަޅާފަ….” ހެމުން ހެމުން ޔަލްވީ މިހެން ބުނެލީ އިޔާޒަށެވެ.

 

“ދަރިފުޅާ ނިކަން ބަލާބަލަ… މިތިބީ ދަރިފުޅުގެ އެކުވެރިން އައިސް…..” އިރުކޮޅަކު ޔަލްވީގެ ޙަރަކާތްތަކަށް ބަލަން ހުރެފައި ނޫރައިން ޔަލްވީއާއި ގާތްވެލަމުން މިހެން ބުނުމުން،ޔަލްވީ ވަކިވަކިން އެންމެންގެ މޫނަށް ބަލާލަމުން އެނދުމަތީގައި އިށީނެވެ. އަދި އަޔާނީއަށް ބަލާލަމުން އަތުން ހަނާއަޅާލީ އޭނާގެ ގާތަށް އަންނާށޭ ބުނާފަދައިންނެވެ. އެންމެން ތިއްބާވެސް ޔަލްވީ އަޔާނީއަށް ގޮވުމުން އޭނާ ބޭރަށް ލާން އުޅުން ނޭވާވެސް ހީވީ އެތެރޭގައި ތާށިވީހެންނެވެ. އުނދަގޫ ގޮތަކަށް ހިންދިރުވާލެވުނުއިރު، ޝިއުރީގެ އަތަށް އިތުރަށް ބާރުކޮށްލެވުނެވެ. ޝިއުރީއަށް ތަދުވެސް ވިއެވެ. ނަމަވެސް އޭނާ ކެތްކޮށްލައިގެން “އުފް”ވެސް ބުނެނުލާ ހުރީއެވެ. ޔަލްވީ ދެވަނަ ފަހަރަށް ހަނާއަޅާލުމުން، އަޔާނީ ޖެހިލީ ޝިއުރީގެ ފުރަގަހަށެވެ. އޭރު އެންމެންވެސް ތިބީ އަޔާނީއަށް ބަލަހައްޓައިގެންނެވެ. އަޔާނީއަށް އެދިމާއަށް ދާން ނުކެރޭނެކަން ޔަޤީންވުމުން، ޝިއުރީ، އަޔާނީގެ އަތް އޭނާގެ އަތުން ނައްޓާލުމަށްފަހު ޔަލްވީއާއި ދިމާއަށް ހިނގައިގަތެވެ.

“އަހަރެން މިގޮވަނީ ޝިއު އަކަށް ނޫން….. ޔާނީއަށް…..ޔާނީ އާދެބަ……” ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ފާޑަކަށް ހީގަނެގެން އިނދެ ޔަލްވީ މިހެން ބުނުމުންނެވެ. ޙަމްދަރުދީވާހާލު، އޭނާއަށް ބަލާލެވުނީ މިޝްޔާގެ އަތުގައި ހިފަހައްޓާލައިގެން ބިރުގެންފައި ހުރި އަޔާނީއަށެވެ.

ނުނިމޭ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (54)

  1. Eemyaa

    Hei All 🙂
    mi part ves kamudhaane kamah ummeedhu kuran
    faahaga kurevey kuhthah bunelaidhinun edhen
    Have a good nyt 🙂

  2. Song joong ki... KOREAN

    Yeyyy hama balan hutta up thi khlee!! Kiyaalaafa comment khlaanan my dearest eeeem 🙂 🙂

    1. Song joong ki... KOREAN
      Song joong ki... KOREAN

      Vvv salhi n yaal ulhunugoih sifa khdheefa hurigoih hama habeys. V majaa dhw yaal ulheygoih. 🙂 but yaal avahah rangalhu vaanama!! I feel so bad for her. 🙁 well, this part is just fantastic. Welldone. Eeeem keehtha vaany surprise ehgothah all readers ah next part vvv avahaa up khladhiniyya? 🙂 🙂 🙂 🙂 🙂 hehe. Aslu mee vvv kiyaa hithun kiyaa levey story eh.. Waiting for the n t part. 🙂

    2. Eemyaa
      Song joong ki... KOREAN

      Thanks Song ☺
      Hehe asluves v maja ey dw ?
      Hahaaa surprise eh dw … Thikama visnaalaanan ingey ?
      Bt surprise eh dhevunas dheveyny Eid ge fahun kanne.. kuriah mi oiy dhuvaskolhu v bxy vaane..
      Eem v happy vey thihaa gayaa vegen mi story kiyaathee ? Thanks a lot dear ???

    3. song joong ki..KOREAN
      Song joong ki... KOREAN

      hama eem rply kureythw balan iny. 😉 heheh. ohh. eid ge fahun viyax surprise eh dheefiyyaa ok vaanu hama 😀 n yeah!! i’m reading this story with lots of interest bcx this is a story which is one of my fav. n mikahala gina frnds in ulhey story vv kiyaa hiyyvey, 🙂 thanks to you dear again n WC 🙂 😀

    4. Eemyaa
      Song joong ki... KOREAN

      Hehe ☺
      Ehn viyya Song bunythyves Eid ge fahun surprise eh dheynan In Sha Allah ?
      Wc dear ☺

    5. song joong ki..KOREAN
      Song joong ki... KOREAN

      thanks very very veryyyyy much for accepting my request so honestly 🙂 😀 insha allah i’ll wait for that moment 🙂 n be a fan of u forever!!! 😀 🙂 ly

    6. Eemyaa
      Song joong ki... KOREAN

      U r most welcome dear ?
      Happy to knw tht ?
      Ly too ???

  3. shahoo

    wow varah salhi maasha allah wen nxt part? v majaa mi part ekani birun indhefa vs heveny. hheheh

    1. Eemyaa
      shahoo

      Thanks shahoo ☺
      Next part on Sunday ?
      Hehe ?

  4. Coco

    Story is awsooommmeee yaany ah e govany kyve?

    1. Eemyaa
      Coco

      Thanks Coco ☺
      Hehe.. thi suvaal ge javaab hoadhan next part ah inthizaar kohlan jehey coco
      Adhi enme birun ulhey kujjaa ah shey e govy ves dw ?

    2. Coco
      Coco

      Hahaha aan dhw can’t wait for the next part eem ge huriha stories ehves v intresting

    3. Eemyaa
      Coco

      Hehe thanks Coco ???

  5. Zish

    Vvvvv reethi…..miadhu hama ipad athu jehey iru mi site balaaleveny…eem enme intersting hisaabunney thi nimaaly…..mee mihaaru enme kiyaa hiy vaa story….vvv reethi…ehaa avahah ninmaa nulachchey ingey eem dhooni gandaa…ly lots..

    1. Eemyaa
      Zish

      Thanks Zish ☺
      Hehe In Sha Allah ehaa avahakah nuninmaanan ??
      V ufaavey Zish ah mivaahaka thihaa kamudhaathy
      Thanks a lot dear ???
      Ly too ?

  6. Sidhu

    Alhey v salhi

    1. Eemyaa
      Sidhu

      Thanks Sidhu ☺☺

  7. ???

    ???? vvvv rythi v majaa mibaii hama heveniii mibaii kiyaafa maa avahah thi minn maalii kiyaa hithunn huhtaa ?????

    1. Eemyaa
      ???

      Hehe.. Thanks ☺☺☺

  8. Navya

    Vv reethi mi part ves. .

    1. Eemyaa
      Navya

      Thanks Navya ☺

  9. Yaal

    Yaal aa mi vaahakai ga ulhey yaal aa varah eh vahtharu

    1. Eemyaa
      Yaal

      Asluvestha ?

  10. Aif

    This part is so nice. Poor yalvy. Avahah ok vaane nama… ?Waiting for the next part?

    1. Eemyaa
      Aif

      Thanks Aif ☺
      Keep waiting dear ?

  11. Adha?

    Gadha dw yaal jinni thakaa eku kulheny..??.. yaany ah e govany maa birun hunnaathy kanneynge dw..?… varah gadha frnds thakeh mi storyga ulheny.. bffs for ever❤❤.. eeem! Story is becoming more and more interesting…?
    Nd “inthixaarey othy hiy edheythy” for next ep?❤❤

    1. Eemyaa
      Adha?

      Haha yaal a e gadha kujjekey ?
      Haan Adhaa, vedhaane dw ehn kamah ves ?
      Ekuveri kamuge namoonaa eh dw ??
      Hehe Thanks a lot Adhaa ☺☺☺

  12. Ahana

    Yaal anekka yaanee ah kihineh hadhanbaa e ulheny…

    1. Eemyaa
      Ahana

      Hehe yaal kanthah kuraa goi next part ga
      Ingeyne ??
      Keep waiting for next part ??

  13. Azu

    Ma sha allah….vvv reethi vaahaka??sifa kurun vv salhi…yaal ulhunu goiy kurimathin fenunuhen heevee hama…..aneh bai ge inthizaaruga hurin….mee eemya ge vaahaka yakah azu kuraa furathama comment…hama reethi veema nuhurevigen kuree mi…hehe

    1. Eemyaa
      Azu

      Thanks Azu ☺
      Alhamdhu lillahi v ufaavejje Azu ah vaahakain vaa goi kurimathin fenna hen heevanyaa eemge beynun haasil v e.. ☺
      Hehe thanks a lot dear ??
      Keep waiting ?

  14. Xidhan

    yaal haadha dherayeh vaaney eyna ge kuri ekuverin e gothah kanthah kurima… ?
    I know it because im also kinda lonely person ☺
    Dhen annan oh bayah inthizaaru kuran vaahaka varah salhi mihaaru ??

    1. Eemyaa
      Xidhan

      Asluves v dhera vaane ?
      Thanks a lot dear ☺☺

  15. khajja

    Masha allah v rythi when nxt prt avahah up kurachchey gud nyt ly????❤❤??????????????

    1. Eemyaa
      khajja

      Thanks khajja ☺
      Next part on Sunday ?
      Ly too ???

  16. ???

    Eemyaa alhe dhenn geness dhey baii thann kolheh dhigu koh geness dhehchey plxplx???

    1. Eemyaa
      ???

      Dear eem ah vaa varun eem mi genesdheny
      Like i said life ga kanthah hunna gothun eem ah mikamah maa gina vagutheh nudhevey
      Jobah dhamun life ga dhn hunna kanthakaa ulhemun dhn e libey vaguthukolhu mikamah hus kureveny
      Hope u’ll understand

  17. ????

    Wow ??? I love this story. ???Ehen u r the best. Avahah up kohdhehche . I’m so curious to read this??????

    1. Eemyaa
      ????

      Thanks dear ?
      Maadhan next part up kohla dheynan In Sha Allah ☺

  18. ????

    ??????????

    1. Eemyaa
      ????

      Thanks ?

  19. aloo

    vvvv..reeethi…waiting for the next part… 🙂 🙂

    1. Eemyaa
      aloo

      Thanks aloo ☺☺

  20. Jummii

    Wowww. Superb .story is fabulous .i luv it. ?

    1. Eemyaa
      Jummii

      Thanks Jummii ☺☺

  21. ???

    storie varah salhi…eem thanks mihaa reethi storie eh genes dheythy☺?love you dear eem?❤

    1. Eemyaa
      ???

      Thanks dear ☺☺
      Ly too ?

  22. Shafu

    Wow…??waiting for next part…..??????

    1. Eemyaa
      Shafu

      Thanks Shafu ☺☺

  23. click a shot ?

    Varah loabi mi part ves ?…Varah faun mi comment kurevuny…?keehkuraany I’m so buxy with my studies…alhey yaal ah ehen nahadhaba…I feel sad for her… ?

    1. Eemyaa
      click a shot ?

      Thanks click ☺ fahun comment kurevunas a e massala eh nuney ?
      Rangalhah kiyavahchey
      Good luck ?

  24. m

    eem…next part

    1. Eemyaa
      m

      Next part nw up kohlaifin dear ☺

Comments are closed.