Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ދިހަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
August 20, 2017 8 Mins Read
16 Comments

ރަޔާހީން އަތުން އޭނާގެ އިއްޒަތާއި އަބުރު ގެއްލިގެން ވެސް ދިޔައީ ވިކްޔަން އާއި އެކުގައި މިކަހަލަ ރެއެއްގައި އެކަނި ވަނިކޮށެވެ. އެކަހަލަ ކަމެއް ތަކުރާރު ވާކަށް ވިކްޔަން ބޭނުމެއް ނޫނެވެ. އޭރާއި މިހާރު ހާލަތު ވެސް ތަފާތެވެ. އޭރުގައި ރަޔާހީނަކީ އޭނާގެ މުޅިޖާން ވިޔަސް މިހާރު ރަޔާހީނަކީ އޭނާގެ ދޮންބޭބެގެ އަންހެނުންނެވެ. ކުރެވުނު ކަންތަކުން ވިކްޔަން ލަދުގަތެވެ. އޭނާ ކާރުގެ ކުރިއަށް އެރުމަށްފަހު ކުރިއަށް ދުއްވާލީ ވާރޭ ކުރިއަށް ވުރެ ވެސް ތުނިކޮށް އެހެން އުޅަނދުތައް ވެސް އެ އެއްޗެއްގެ މަންޒިލަށް ދިޔުމަށް ދަތުރުފެށިތަން ފެނުމުންނެވެ.

 

ގެއާއި ކައިރިވުމުން ވިކްޔަން މައިސަރާ އަށް ގުޅުމަށްފަހު ބޭރަށް ނެރުނެވެ. އަދި މައިސަރާ އަށް ވީގޮތް ކިޔާދިނުމަށްފަހު ކާރުން ރަޔާހީން ނެރެން މައިސަރާ އަށް އެހީވެދިނެވެ.  މައިސަރާ ރަޔާހީން ގަޔާ ލައްކޮށްލައިގެން އެތެރެއަށް ވަތް މަންޒަރު ބަލަން ކާރު ކައިރީގައި ވިކްޔަން މަޑުކޮށްލައިގެން ހުއްޓެވެ. ރަޔާހީންގެ ހަޤީޤަތް އެނގުނު ފަހުން މައިސަރާ ހިތުގައި ފޫހިކަމެއް އުފެދިފައި ވިޔަސް މީ އެކަހަލަ ކަންތައް ހިތުއަޅައިގެން ހުންނަންވީ ވަގުތު ނޫންކަމުގައި އޭނާގެ އަމިއްލަ ހިތް ވިސްނާދިނީއެވެ.

 

“ދޫނީ… މިހާރު ކިހިނެއް؟ އިރުފާން އޮތީ ރަޔާހީން ދެލޯ ހުޅުވާތޯ ބަލަބަލައެވެ. ގައިމަތީގައި އޮތް ކުއިލްޓް ދުރަށް ލުމުން ރަޔާހީނަށް ޝޮކެއް ލިބުނެވެ. އޭނާ ލައިގެން އޮތީ ދުވަހަކުވެސް ރަންމުތް ގެއަށް އައިފަހުން ނުލާ ކަހަލަ ކުރު ސޯޓް ކޮޅަކާއި އެކު ގަޔަށް ބާރު ޓީޝާޓް ކޮޅެކެވެ. އޭނާގެ އަޑިން ވެސް ފޭރާމެއް ނެތް ކަން އިހުސާސްވިއެވެ. ރަޔާހީން ދެލޯ ބޮޑުވެ ކަރުއެލުވާލިއެވެ. އިސާހިތަކު ރޭގެ މަންޒަރުތައް އޭނާގެ ޚިޔާލަށް އަންނަން ފެށިއެވެ. މާކިލްގެ ބަހުގެ ހަމަލާތަކެވެ. މާކިލްގެ އަތްދަށުން ސަލާމަތްވާން ކުރި މަސައްކަތެވެ. މާކިލް އާއި ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުކޮށް ދުއްވައިގަތް މަންޒަރެވެ. ހަށިގަނޑުން ހަކަތަ ހުސްވެ ވެއްޓުނު މަންޒަރެވެ. އޭނާ އިރުފާނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“ދޫނީ… އަދިވެސް ބަލިތަ؟ ރޭގައި ކިރިޔާ ހިތްގަނޑު އަނގައަށް ނައީ… ހާދަ ވަރެއް ވެފައޭ ދޫނީ އޮތީ…. މުޅި މީހާ އޮތީ ފިނިވެފައި” ރަޔާހީން އިރުފާނަށް ބަލަން އިނީ އަދިވެސް އިރުފާންގެ ފަރާތުން އޭނާ ބޭނުންވެގެން އުޅޭ ސުވާލުގެ ޖަވާބު ނުލިބޭތީއެވެ.

“ކިހިނެއްވީ؟” އިރުފާން ރަޔާހީންގެ މޫނުގައި އެއްއަތުން ހިފަހައްޓާލަމުން ސުވާލު ކޮށްލިއެވެ.

“ކާކު އަހަރެން ގެއަށް ގެނައީ… އެންޑް ކާކު މީތި ލެއްވީ” ލައިގެން ހުރި ޓީޝާޓަށް އިޝާރާތް ކޮށްލަމުން ރަޔާހީން ސުވާލުކުރިއެވެ. އެހާ އިރު ފަހުން ރަޔާހީން ވާހަކަދައްކާ އަޑު އިވުމުން  އިރުފާން ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. އަދި ރަޔާހީންގެ މައުސޫމް ކަން ހިތަށް އަރާ ހެވުނެވެ.

“ތޭންކް ގޯޑް…. އަހަރެން ހީކުރީ ދޫނި ދެން ވާހަކަނުދައްކާނެ ކަމަށް” އިރުފާން އަދިވެސް ރަޔާހީން ކުރި ސުވާލަށް ޖަވާބުދޭން ނޫޅުމުން ރަޔާހީން ރުޅި އަންނަ ގޮތް ވިއެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވާ ދެކަކުލުގައި ބޯއަޅާލިއެވެ.

“ނަސީބެއް ހީން ވެއްޓިފައިއޮށްވާ ވިކްޔަން އަށް ފެނުނު ކަން. އެހެންމީހަކަށް ފެނުނުނަމަ ނޭނގެ ހަދާނެ ގޮތެއް ވެސް” އިރުފާން އެބުނި އެއްޗަކުން ރަޔާހީން ސިހިފައި އިރުފާންގެ މޫނަށް ބަލާލިއެވެ. އޭނާ ގެއަށް ގެނައީ ކޭވީ ހެއްޔެވެ؟ އެކަމަކު ކޭވީ އަށް ފެނުނީ ކިހިނެއް ހެއްޔެވެ؟ ނޫނީ އެއީ އިއްތިފާޤަކީ ހެއްޔެވެ؟ ރަޔާހީން މޫނުމައްޗަށް އެރި ކުލަވަރު އިރުފާނަށް އެނގުނަ ނުދިނުމަށްޓަކައި އިސްޖަހާލިއެވެ.

“ދެން މީތި ލެއްވީ ކާކު. މީ އަހަރެން މިގެއަށް އައި ފަހުން ލާ އުޅޭ އެއްޗެއް ނޫން… ވަރަށް އުނދަގުވޭ މީތި ގަޔަށް ބާރުވީމަ” ރަޔާހީން މަޑުމައިތިރި ކަމާއެކު އަހާލިއެވެ.

“ދެން ދޫނި ވެސް ކުރާ ސުވާލު ދޯ… ދޫނި މިގޭ ކާކާ އިނދެގެން އުޅެނީ… ދެން މަ ނޫނީ ކާކު ތިކަހަލަ ކަމެއް ކުރަން މިގޭގައި އުޅޭނީ… ރޭގަ ހީންގެ ހަށިގަނޑު ފެނުނު ވަގުތު ކިރިޔާ…… އަސްލު ބަލިކޮށް އޮތީމަ ވަރަށް ދެރަވި” އިރުފާންގެ ވާހަތަކުން ރަޔާހީންގެ ބޮލުގައި ހީވީ މީހަކު އެތިފަހަރެއް އަޅުވާލި ހެންނެވެ. އެއީ އޭނާގެ ފިރިމީހާ އަށް ވިޔަސް އެދެއްކި ވާހަކަތަކުން އޭނާ އަށް އުނދަގު ވެއްޖެއެވެ.

ކޮޓަރީގެ ޓަކި ޖަހާލި އަޑަށް ރަޔާހީން ކުއިލްޓް މުޅި ހަށިގަނޑުގައި އޮޅާލިއެވެ. އިރުފާން ދޮރު ހުޅުވަން ދާން އުޅުނު ވަގުތު މަޑުޖެހުނީ ރަޔާހީން ވާހަކަދެއްކުމުންނެވެ.

“އަހަރެން ބޭނުން ޗޭންޖް ކުރަން” އިރުފާން ހީލާފާއި ބޯޖަހާލުމުން ރަޔާހީން އަލަމާރިން އޭނާ ލާނޭ އަތްދިގު ޓީޝާޓަކާއި ހަރުވާޅެއް ނަގައިގެން ފާޚާނާ އަށް ގޮސް ވަނެވެ. އިރުފާން ދޮރު ހުޅުވީރު ކުރިމަތީގައި ފީރޯޒާ ހުރީ އާވިއަރައަރާ ހުރި ސޫޕް ތައްޓެއް ހިފައިގެންނެވެ. ފަހަތުގައި މާކިލް ވެސް އާސިރު ވެސް ހުއްޓެވެ.

“ކޮބާ ހީން؟ މިހާރު ރަނގަޅުތަ؟ ފީރޯޒާ އެތެރެއަށް ވަންނަމުން އިރުފާން ކައިރިން އަހާލިއެވެ.

“މިހާރު ރަނގަޅު. ފެންވަރަނީ” އިރުފާން ޖަވާބުދީފައި އެނދުގައި އިށީނުމުން ބާކީ ތިބީ މީހުން ވެސް ސޯފާ ގޮނޑީގައި އިށީނެވެ.

“މަންމަ ހިތަށް އަރަނީ ހީން ކީއްވެބާއޭ ޓެކްސީ އަކަށް ނޭރީ… ނޫނީ ކީއްވެގެންބާއޭ ދަރިފުޅަށް ނުގުޅީ” ފީރޯޒާ ކަންބޮޑުވެފައި އަހާލިއެވެ. އެވަގުތު ފާހާނާގެ ތަންޑު ނައްޓުވާލުމަށްފަހު ކޮޓަރި ތެރެއަށް ރަޔާހީން ނިކުތެވެ.  އާސިރުގެ ފަހަތުގައި ހުއްޓިހުރި މާކިލް ފެނި ރަޔާހީންގެ މުޅި ދުވަސް ހަރާބުވިއެވެ. އޭނާ އެންމެ ރުޅި އައީ މާކިލް އޭނާ އަށް ބަލާލުމުން އެއްލޯ ކުޑަ ކޮށްލި ގޮތުންނެވެ. މީއްޗަކު އަދިވެސް މައިތިރިވާން ނުވޭ ހެއްޔެވެ؟

“ދަރިފުޅާ އާދެބަލަ މިތާ އިށީންނަން” ފިރޯޒާ ލޯތްބާއެކު ރަޔާހީނަށް ގޮވާލުމުން ރަޔާހީން އޭނާގެ ތުވާލި ހަރުގައި އަޅުވާލުމަށްފަހު ފީރޯޒާ ކައިރީގައި އެނދުގައި އިށީނެވެ.

“ދަރިފުޅު ކީއްވެތަ ޓެކްސީ އަކަށް ނޭރީ… އަޅެ އިރުފާނަށް ގުލާލިނަމަ… ނޫނީ މާކިލް ވެސް ދިޔައީސް ދަރިފުޅު ބަލާ… އިރުފާން އެންމެފަހުން ދަރިފުޅު ބަލާ އެގޭ ދޮަށަށް ދިޔަ ވަގުތު ސަރާކޮއްކޮ ދަރިފުޅު ގޮވައިގެން އައީ… މަންމަ އުޅުނިން މާކިލް ފޮނުވަން… މަންމަ އަށް ހަމަ ޔަޤީން މާކިލް ދަރިފުޅު ސަލާމަތުން މިގެއަށް ގެނައީސް ކަން. ބަލާބަލަ އޭނާ އެހުރީ ވަރަށް ދެރަވެފަ ދަރިފުޅަށް ވީ ގޮތުން” ފީރޯޒާ ވާހަކަދެއްކުމުން ރަޔާހީން ފާރުގައި އެއްފައި ވިއްދާލައިގެން ހުއްޓިހުރި މާކިލް އަށް ބަލާލިއެވެ.

“މަންމާ! ނިކަން ޖަވާބުދީބަލަ. ބުޅަލެއް ފެނުމުން މަންމަ އަށް ހީވޭތަ އެބުޅަލަކީ އިންސާނެއް ނޮޅާ ކާލެވޭ ވަރުގެ ބާރެއް ލިބިފައިވާ އެއްޗެކޭ. ނޫނީ އެއީ ބިރުވެރި ސިންގާއެކޭ…. ނޫނެއްނު. އެކަމު މަންމަ އަށް އެނގޭތަ ބައެއް ފަހަރު ބުޅަލަކީ ސިންގާއަކަށް ވުރެ ވެސް ނުރައްކާތެރި އެއްޗެއް…. އިންސާނާ ނުވިސްނާ ހުއްޓާ ކިތަންމެ ހަމަލާއެއް ވެސް ދީފާނެ” ރަޔާހީން ދެއްކި ވާހަކަތަކުން އެންމެންގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ.

“ތިބުނީ؟ ނުވިސްނުނު …” ފީރޯޒާ ދެލޯ ކުޑަކުރަމުން އަހާލިއެވެ. ރަޔާހީން ކައިރިއަށް ހިނިއައެވެ. ފީރޯޒާ އިނީ ވާނުވާ ނޭނގިފައެވެ.

“މަންމާ! އެއީ އެއްވެސް މާނައެއް އެކުލެވޭ ވާހަކައެއް ނޫން. އެއީ ފޮތަކުން ނެގި ވާހަކަތަކެއް ގުޅުވާލާފައި. އަސްލު މަންމަމެންގެ ތި ކަންބޮޑުވުން ފިލުވާލީ މި…. މާކިލް ގެ ވާހަކަދެއްކީމަ…. ބަލާބާ މާކިލްގެ މޫނު… ހީވަނީ….. ވަގަކު ކަމެއް ކުރަން އުޅުނީމަ އެކަން ފަޅާއަރާ ވަގުތު ކުށްވެރިޔާ މޫނުން ފެންނާނެ ކުލަތައް މިވަގުތު މާކިލްގެ މޫނުން ފެންނަނީ…” ރަޔާހީން މަޖާވެގެން އުޅުމުން ފީރޯޒާ އާއި އާސިރު އަދި އިރުފާނަށް ވެސް ހެވުނެވެ. ނަމަވެސް ރަޔާހީންގެ އެ ސަމާސާގެ ސަބަބުން މާކިލް އަށް ވެގެން ދިޔަ ގޮތް ދެނެވޮޑިގެންވާނީ އެހެން ފަރާތެކެވެ. މާކިލް ރަޔާހީނަށް ބަލާލީ ރުޅިވެރި ލޮލަކުންނެވެ. ރަޔާހީން އެއުޅެނީ ކީކޭ ކިޔާނަމޭ ހިތާ ހެއްޔެވެ؟ އަހަރެންގެ ވާހަކަ މިގޭ މީހަކު ކައިރީގައި ދައްކާނެހާ ހިތްވަރެއް އޭނާ އަށް ލިބިފައެއް ނުވާނެއެވެ. ވީއިރު އެވަނީ ކޮން ފޮންޏެއް ހެއްޔެވެ؟

“މާމާ! އަޅުގަނޑު މިދަނީ ބޭރަށް ދާން…. އަޅުގަނޑުގެ މަމް ގެ ހާލު ރަނގަޅެއްނު..” މަލާމާތުގެ ފާޑަކަށް ރަޔާހީނަށް ބަލާލުމަށްފަހު މާކިލް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ރަޔާހީން އެންމެ ހިނިއައީ މާކިލް ކޮރެއް ޖަހަމުން ހިނގަން ފެށުމުންނެވެ. އެވަގުތު ރަޔާހީން ހިތަށް ސިފަވީ އޭނާގެ ބޫޓުން މާކިލް އަށް ހަމަލާ ދިން ގޮތެވެ. އެވަގުތު އޭނާގެ އެ ބޫޓަށް ވެސް އޭނާ ޝުކުރުވެރިވިއެވެ. އެހެނީ ރޭގައި އެ އަނިޔާވެރިޔާގެ އަތް ދަށުން އޭނާ ސަލާމަތްކޮށްދިނީ އޭނާގެ އެ އާރެއް ބާރެއް ނެތް ބޫޓެވެ.

“މަންމާ! މާކިލް ގެ ފައި ކިހިނެއްވެފަ އެހެރީ… ކީއްވެތަ ކޮރެއް ޖަހަނީ އެ…” އިރުފާނަށް ނޭނގިފައި އޮތް އެއްޗެއް އޭނާ ފީރޯޒާ ކައިރިން އަހާލިއެވެ.

“ރޭގައި ހީން ހޯދަން ގޮސް އުޅެނިކޮށް ކުޑަ އެކްސިޑެއްޓެއްވިޔޯ” ފީރޯޒާގެ ޖަވާބުން ހީންގެ ހިނގަނޑު ފަޅައިގެންދާން އުޅުނެވެ. ނަމަވެސް ކުރިމަތީގައި ހީލައިގެންއިން އާސިރު ފެނި ހިނގަނޑު އެތެރެއަށް ހިންދާލިއެވެ.

“މަންމާ! ބުޅަލެއް ވެސް އިންސާނަކަށް ނުބައި ހަމަލާއެއްދޭން އުޅޭ ވަގުތު އެސޮރަށް ވެސް ލައްކަ އަނިޔާވެފަ ހުރޭ… އެކަހަލަ ލަނޑެއް ކަންނޭނގެ އަޅުގަނޑުމެންގެ މާކިލް އަށް ލިބިފައި އެވަނީ…” ރަޔާހީން ހީލަމުން ބުންޏެވެ.

“މަންމަ އަށް ވެސް ހީވަނީ ތިހެން…. ހޫނ… ދެން ތިމަޖާ ގަނޑު ނިންމާލަން އުޅޭ… އެހެރަ ސޫޕްތަށި ހިހޫ ނުވަނީސް ބޯލާ…. ދަރިފުޅު ބޭސްކައިގެން އަރާމުކޮށްލާ… މަންމަ ހަވީރު ސައި ފޮނުވާނަން” ފީރޯޒާ އެނދުން ތެދުވެ ހިނގައިގަތެވެ. ފަހަތުން އާސިރު ވެސް ނިކުތީ ރަޔާހީންގެ ބޮލުގައި ފިރުމާލުމަށްފަހުއެވެ.

“ހިތަށް މިއަރަނީ ހީން މިއަދު ހަމަ ބާއޭ… ކުރިން ދުވަހަކު ވެސް ތިހާ މަޖައެއް ނުކުރޭ ވިއްޔާ… ވަރަށް އުފާވޭ ހީން ތިހެން އުޅޭތީ…” އިރުފާން ވާހަކަދައްކަން ފެށުމާއެކު ރަޔާހީން ސީރިޔަސް ވިއެވެ. އިރުފާން ރޭގައި އޭނާ ހެދުން ބަދަލުކުރިކަން ހަނދާންވުމުން މޫޑް އޮފްވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ކައިވެނީގެ ފަހުން އޭނާގެ ހަށިގަނޑުން ފޮރުވިފައިވާ ހިސާބުތަކުން ތަންފުކެއްހާ މިންވަރު ވެސް އިރުފާނަށް ފެނިފައިނުވާނެކަން އެނގެނީ އެކަނި އޭނައަށެވެ.

“ހީން ހޯދަން ތިގެއަށް ދިޔައިރު ހުރީ ތަޅުލާފައި. ދެން އެނގިއްޖެ ހީން ގެއަށް އައުމަށް ނިކުމެއްޖެކަން… ގެއަށް އައިރު މިތާ އެނދުގައި ވަރަށް ލޯބިކޮށް އޮތީ ނިދާލާފައި” އިރުފާންގެ ވާހަކަތައް އަހާފައި ރަޔާހީން އިރުފާނަށް ބަލާލިއެވެ.

“އެކަމު ބުނީމެއްނު އިރޭ އޭ ހެދުން ބަދަލުކުރުވީ….” ރަޔާހީން އަހާލީ ޔަޤީން ނުވެފައެވެ. އެތެރެ އެތެރެއިން އޭނާ އަށް ހެވެން ފެށުނެވެ.

“ހޫމް… މިހާރު އެނގިއްޖެ ދޫނި ދެރަވީ ދޯ… އަސްލު ތިހެދުން ބަދަލުކުރުވީ މަންމަ އާއި ރާނޯ ވެގެން. ސޮރީ އެނގޭ… ދެވަނަ ފަހަރަކުން ތިހަށިގަނޑު މިގޭ އެހެންމީހަކަށް ފެންނާކަށް ނުކެރޭނެ. އައި ޕްރޮމިސް” ރަޔާހީން ގެނެސް އިރުފާން އޭނާގެ މޭގައި ލައްކޮށްލަމުން ބުންޏެވެ. ރަޔާހީންގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.

 

މާސިންގާ ބޮޑު ކަނޑުގައި ވަޔާ ދެކޮޅަށް ދަތުރުކުރަމުން ދިޔަ ކުޑަ އޮޑީގައި ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯ އިރުފާން މަސައްކަތްކުރަމުން ދިޔައެވެ. ދެއަތުން ހުއްޓާނުލާ ފަލި ޖަހަމުން ދިޔައިރު އޭނާ އަށް މާނޭވާ ލެވޭއެވެ. ގަޑިން މެންދުރު ދެގަޑިތިރީސް ވީ ވަގުތު މުޅި ދުނިޔެއަށް ރަތް އަލިން އިންސާނުންގެ ހަންގަނޑު ވިރުވަމުން ދިޔައިރު ވެސް އިރުފާނަށް ދުނިޔެމަތި އަނދިރިކޮށް މިފެންނަނީ ކީއްވެ ހެއްޔެވެ؟ އެ އަވިން އޭނާގެ ދެއަތާއި މޫނުގެ ހަންގަނޑު ފިހެން ފަށައިފިއެވެ. ކުއްލިއަކަށް އިރުފާންގެ ދެފަރާތުން އޮޑީގައި ކުޑަކުޑަ ދެއަތަކުން ހިފެހެއްޓިއެވެ. އިރުފާނަށް ސިހުމެއް ލިބި ދެއަތުން ފަލި ދޫކޮށްލެވުނެވެ.

އޭނާ ހަޅެއްލަވަން ބޭނުންވިޔަސް އެކަމެއް ނުވިއެވެ. ދިމަދިމާލަށް ބަލަން ފެށުނީ އެހީއަކަށް އެދިއެވެ. އިސާހިތަކު ބަރަހަނާ ހާލުގައި ތިބިި ކުޑަ ދެއަންހެންކުދިން އިރުފާންގެ އުނގަށް އެރިއެވެ. އެއްކުއްޖެއްގެ މޫނު އެއް ފަރާތް ލެއިން ޗަސް ވެފައިވާ އިރު އަނެއް ކުއްޖާގެ ބޯ ޗަސްވެ ބަނޑު ވެސް ފަޅައިގެން ގޮސް ހުރި ތަނަކުން ގޮހޮރު ބޭރުވެފައިވެއެވެ. އެކުދިންގެ ހަށިގަނޑުން އޭރު ވެސް ފައިބަމުންދާ ލެއިން އިރުފާންގެ ހަށިގަނޑަށް ތޫނު ދިލައެއް ނަގަމުން ދިޔައެވެ.

އެވަގުތު އިރުފާނުގެ ހިތަށް އޭނާގެ ފަހު ވަގުތުކޮޅޭ ވެސް ހީވަމުން ދިޔައެވެ. ކުއްލިއަކަށް އޮޑީގެ ދިރުނބާ ކޮޅުން އަންހެނެއްގެ ވޭނީ ގިސްލުމުގެ އަޑު އިވުމުން އިރުފާން ސިހިފައި ބަލާލިއެވެ. ހުދުކުލައިގެ ކައިވެނީގެ ބޮޑު ހެދުމުގައި އޭނާ އަށް އެފެންނަނީ އޭނާގެ ދެވަނަ އަނބިމީހާ ނޫން ދެވަނަ މީހެއް ނޫނެވެ. އެހެން ފަހަރު ތަކެކޭ ޚިލާފަށް މިފަހަރު އެމޫނުގައި ލޭތިއްކެއްހާ ހިސާބު ވެސް ފެންނާކަަށް ނެތެވެ. އެމޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. ފެންކަޅިވެފައިވާ ދެލޮލުން އިރުފާނަށް ބަލަމުން ދިޔައިރު އެދެލޮލު ތެރެއިން އިރުފާނަށް ފެންނަމުން ދިޔައީ ކަރުނައެއް ނޫނެވެ. ނަމަވެސް ނިމުމެއްނުވާ ޝަކުވާއެވެ.

“ކީއްވެ؟ ކީއްވެ އިރޫ؟ އެންމެފަހަރަކު ވެސް އަހާލިނަމަ އަހަރެން ބޭނުންވަނީ ކޮން ގޮތެއްތޯ. ކީއްވެ އަހަރެން މަރާލީ… ކޮބާތަ އަހަރެންގެ ކުށަކީ. އަހަރެމެންގެ ލޯބީގެ ނިޝާން ދެކުދިންގެ ކުށަކީ ކޮބާ؟ ބުނެބަލަ އިރޫ…. އިރޫ އަށް މިހާރު ފެންނަމުން ތިދަނީ ކުރި ކުށުގެ ޝަޒާ… އަހަރެން ކިހިނެއް އިރޫ އަށް މާފުކުރާނީ. އިރޫ ތިހާލުގައި ތެޅޭތަން ބަލާކަށް އަހަންނަކަށް ކުޅަދާނައެއް ނުވޭ. އެކަމަކު އެދެކުދިން ބޭނުންވަނީ ކުށެއް ނެތް އެދެކުދިންގެ މަރުގެ ބަދަލު ހިފަން. އެކުދިންގެ ކުށެއް ނެތް މަންމަގެ މަރުގެ ބަދަލު. އެކުދިން ބޭނުމެއްނުވޭ އަނިޔާވެރި ބައްޕައެއް މިދުނިޔޭގައި ބަހައްޓާކަށް. އިރުފާން އަށް ދުވަހަކު ވެސް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެ. ނުލިބޭނެ……” އިރުފާނަށް އިނދެވުނީ ބަސްހުއްޓިފައެވެ. އަންހެންކުއްޖާގެ އެވޭނީ ގިސްލުމުގެ އަޑުން މިއަދު ފުރަތަމަ ފަހަރަށް އިރުފާންގެ ހިތަށް އަސަރެއް ކޮށްފިއެވެ.

ކުރިމަތިން އަންހެންކުއްޖާ ވިދުވަރެއްހާ ހަލުވި މިނުގައި ގެއްލިގެން ދިޔުމުން އިރުފާނު ސިހުނެވެ. ކޮބާތޯ ބަލަން ދެފަރާތް ބަލާލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ސިހުމެއް ލިބުނީ ދެކަންފަތްދަށުން އިވިިގެން ދިޔަ ބާރު ހުނުމުގެ އަޑުންނެވެ. އިރުފާނުގެ ދެލޯ ބޮޑުވެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. އެ ބޮޑު ކަނޑުގެ ބޮޑެތި ރާޅުތަކުގެ ތެރޭގައި އޮޑި އެގޮތް މިގޮތަށް ބެހެމުން ދިޔައިރު އޭނާގެ ދެފައިމަތީގައި ތިބި ކުޑަދެކުދިން އެކި ގޮތްގޮތަށް އޭނާގެ ނަފްސަށް އަނިޔާ ދެމުން ދިޔައެވެ. ބާރު ހުނުމަކާއި އެކު ދެކުދިން ކަނޑުގެ ބޮޑެތި ރާޅުތަކުގެ ތެރެއަށް ފުންމާލުމާއެކު އިރުފާން ތެޅިގަތެވެ. ކުރިމަތިން ވައިގެ ތެރޭގައި  ވެލައެއް ފާޑުގެ ބޮޑު އެއްޗެއް އަނގަ ހުޅުވައިގެން އިރުފާނަށް ބަލަން އޮތެވެ. އޭތީގެ މުޅި ހަށިގަނޑުގައި މުށި ކުލައެއް ހުރިއިރު މަތިން ހުރި ހުޅުނބު ފާޑެއްގެ އެއްޗެއް ޖަހާފައެވެ.  އޭނާ އެންމެ ބިރުގަތީ އެވެލާ އެއްވެސް ތަނެއްގައި ނުޖެހި އޮތުމުންނެވެ. މީ ކޮންފަދަ ކަމެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ކުއްލިއަކަށް އެވެލާ ބޮޑު މިޔަރަކަށް ބަދަލުވެ ތޫނު ދަތްތައް އިރުފާނަށް ދައްކާލިއެވެ. އޭނާ އަށް ރޮއެގަނެވުނީ އެވަގުތުއެވެ. އެތައް ފަހަރަކު އޭނާގެ ދެވަނަ އަނބީގެ ނަމުން ގޮވާ ވެސް ލެވުުނެވެ. އިރުފާން ބަލަބަލާ ހުއްޓާ މިޔަރު ބޮޑު ކަނޑުގެރިއަކަށް ބަދަލުވެ ޗަސް ކިޔާ ކަނޑުގެ ލޮނުގަނޑުގައި ޖެހނު އަޑު އިވުނެވެ.

އެވަގުތު މުޅި ދުނިޔެ އަނދިރިވެ އިރުފާނުގެ ހަށިގަނޑަށް ނަގަމުން ދިޔަ ދިލަވެސް ކެނޑިގެން ދިޔައެވެ. އޭގެ ބަދަލުގައި ހަށިގަނޑަށް ތެތްފިނި ކަމެއް އިހުސާސް ކުރެވެން ފެށިއެވެ. ނޭވާ އުފުރި އަރަން ފެށުމުން ހަށިގަނޑު ތެޅެން ފެށިއެވެ. ގޮހޮރު ފުރި ފަޅައިގެންދާ ކަހަލަ އިހުސާސެއް ވެސް ކުރެވެމުން ދިޔައެވެ. އޭނާ އަށް ކަމެއް ރޭކާލީރު އޭނާ އަށް މިއޮވެވުނީ ކަނޑުގެ އެންމެ ފުނުގައެވެ. ލޮނުބޮވި އޭނާގެ ހަށިގަނޑު ލޮޑުވެ ދެލޯ މެރެމުން ދިޔައެވެ. ނޭވާ ހާސްވެ ފުށްޕާމޭ ފަޅާލާފައި އަނގައާއި ނޭފަތުން އަންނަން ފެށި ލޭ ލޮނުތަކާއި އެކުވަމުން ދިޔައެވެ. އޭނާ އަށް އިހުޞާޞް ކުރެވުނު އިރު ހަށިގަނޑުގައި ވާހާ ހަންތަކާއި ބައެއް ކަށިތައް އޭނާގެ ކުރިމަތިން އޭނާ އަށް ހަނާއަޅަމުން އޮޔާދާން ފެށިއެވެ. އޭނާގެ ފައިގެ ފަހަރަކު ކަށިގަނޑެއް ބިނދެން ފެށިއެވެ. ނުވަތަ ބަޔަކު ބިންދަނީއެވެ. އޭރުވެސް އޭނާގެ ހަށިގަނޑުގައި ހޭހުރީތީ އޭނާ ހައިރާންވިއެވެ. މީހަކު އޭނާގެ ބޮލުގެ ނާށިގަނޑުގައި ހިފާ ދަމައިގަތުމާއެކު އޭނާގެ މުޅި ވިންދު ހުއްޓުނު ކަހަލައެވެ. ގޯންޏެއްކަހަލަ އެއްޗެއްގެ ތެރެއަށް އޭނާގެ ބޯ ވަދެގެން ދިޔައީ ބަސްބުނާހާ ހަލުވި ކަމާއެކުގައެވެ. އެއާއެކު އޭގެ ތުންބނދެވިގެން ދިޔުމާއެކު އޭނާ މަރަށް ތެޅެންފެށިއެވެ.
“އަހަރެން ސަލާމަތްކުރޭ… މަންމާ!……..”

ކަންފަތަށް އިވުނު ބާރު ހަޅޭކެއްގެ އަޑާއެކު ނިދާފައި އޮތް ރަޔާހީން ސިއްސައިގެން ގޮސް ދެލޯ ހުޅުވާލިއެވެ. ނިދިބަރުވެ  ފައިވާ އޭނާގެ ދެލޯ މެރުނު ނުދިނުމަށްޓަކައި ކުޑަ އިރުކޮޅަކު މަސައްކަތް ކޮށްލުމަށްފަހު އޭނާ ބެޑްލައިޓް ޖައްސާލިއެވެ. ކައިރީގައި އޮތް އިރުފާން ނިދީ ތެރޭގައި ތެޅެމުން ދިޔައީ ރޯމަހެއް ތެޅޭހެންނެވެ. ރަޔާހީން ދެފަހަރަކު އޭނާ އަށް ގޮވާލުމުން ވެސް އިރުފާން ދެލޯ ނުހުޅުވިއެވެ. ރަޔާހީން އެނދުން ތެދުވެ އިރުފާން ކައިރީގައި ދެފައި ވަށްކޮށްގެން އިނދެ އިރުފާންގެ ކޮނޑުގައި ހިފާ ބާރަކަށް ތަޅުވައިގަތެވެ. މެންދަމުގެ އެ ހިމޭން ވަގުތުގައި ޖައްސާފައި ހުރި އޭސީގެ އަޑު ނޫން އެއްވެސް އަޑެއް ބޭރަކަށް ނުއިވެއެވެ. އިރުފާން ދެލޯ ހުޅުވާލީ ހަމަ ކުއްލިއަކަށެވެ. އޭނާ އެ ފެނުނީ ބިރުވެރި ހުވަފެނެއްކަން އެނގުނު ހިނދު ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ނަފްސު އަދި ވެސް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެހުވަފެނުގެ ކޮންމެ މަންޒަރެއް މިހާރު ވެސް އޭނާ އަށް ފެންނަ ކަހަލައެވެ.

“ކިހިނެއްވީ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ؟ ރަޔާހީން ސުވާލުކުރީ އިރުފާން އެނދުގެ ހެޑްބޯޑުގައި ލެގިލާ އުނގުމައްޗަށް ކުޝަން ލުމުންނެވެ.

“ވާހަކަދައްކަބަލަ. އަނ. ފެންފޮދެއް ބޯލާ” ރަޔާހީން ދިން ފެންތަށިން ކޯވަރެއް ބޯލުމަށްފަހު އިރުފާން އެމޫނަށް ބަލާލިއެވެ. ރަޔާހީން އޭނާއާއި މެދު ކަންބޮޑުވެފައިވީތަން ފެނި އިރުފާން ހަމަޖެހެން މަސައްކަތްކުރިއެވެ.

“ކިހާއިރެއްވީ ގަޑިން” އިރުފާން ސުވާލުކޮށްލިއެވެ.

“ދެގަޑި ސާޅީސްފަހެއް.” ރަޔާހީން ޖަވާބުދިނެވެ. އިރުފާން ފުންނޭވައެއް ލުމަށްފަހު ރަޔާހީން ގެ އުނގުގައި ބޯއަޅާލިއެވެ.

“ބިރުގަންނާނެއްނު. ހުވަފެނުގަ އެފެނުނީ ދުވަހަކު ވެސް ވުމަށްނޭދޭ ކަމެއް ވިއްޔާ. ހީން މަ ދޫކޮށްދަނީ… އެހެން ހަދާފާނަންތަ” އިރުފާން ސުވާލުކޮށްިއެވެ. ހަޤީޤަަތް ހާމަކޮށްގެން ރަޔާހީންގެ ހިތް ނުތަނަވަސް ކުރަން އޭނާ ބޭނުންނުވީއެވެ.

“އަހަރެން އެވަރުގެ ފިޔަވަޅެއް އަޅާނީ އިރޭ ކޮންމެސް ކަމެއް ކޮށްެގެންދޯ. އެކަމެއް އަހަންނަށް ބަރުދާސްތު ނުކުރެވުނީމަ ކަންނޭނގެ ދިރިއުޅުން ދޫކޮށްލާނީ….. ބުނެބަލަ އެވަރުގެ ކަމެއް އިރޭ ކުރިންތަ؟ ނޫނީ ކޮށްފާވާނެތަ؟ ރަޔާހީންގެ ސުވާލުން އިރުފާނަށް ޖަވާބެއްދޭން ނޭނގުނެވެ. އޭނާ އަކީ ކުށްވެރިއެކޭ ބުނަންވީ ހެއްޔެވެ؟ ދެވަނަ ސިކުންތުގައި އޭނާގެ ކުށްވެރިވެފައިވާ ނަފްސު ސަލާމަތްކުރިއެވެ. އަހަރެން ކުރި ކަމެއް ކުރީ ހީން ލޯތްބަށްޓަކައޭ ބުނަންވީ ހެއްޔެވެ؟ އެމީހަކު ލޯބިވާ މީހާ ހޯދުމަށްޓަކައި ޖާނާއިމާލު ޤުރުބާން ކުރާ މީހުން ވެސް އުޅޭއެވެ. އަދި އެހެންމީހެއްގެ ފުރާނާ ދުއްވާލަން ވެސް ބައެއް މީހުން ތައްޔާރުވޭއެވެ. ވީއިރު އެފަދަ ކަމެއް އަހަންނަށް ކުރެވިފައި ވިޔަސް އެއީ އެވަރުގެ ކަމެއް ހެއްޔެވެ؟ އިރުފާންގެ ހިތަށް އެރިއެވެ.

“އިރޭ…ކީއްވެ އެއްޗެއް ނުބުނީ” އިރުފާންގެ ހަބަރެއް ނުވުމުން ރަޔާހީން ގޮވާލިއެވެ.

“ކީކޭ ބުނާނީ.. މަށަށް އެނގޭ އެއްޗަކީ މާޒީގައި ވެފައި އޮތް ކަމެއް މާޒީއަށް ދޫކޮށްލާށޭ.. އެކަންތައް އެގޮތަށް ދޫކޮށްލުމުން ދޯ މިއަދު އަހަރެމެން ދެމީހުންނަށް ދެމަފިރިންނަށް ވެވިފަ މިތިބީ. ކުރިއަށް އޮތްތަނުގައި ހީންގެ ހިތްނުރުހޭ އެއްވެސް ކަމެއް ނުކުރާނަން. އެއީ ހަމަ ޔަޤީން ކަމެއް” އިރުފާން ރަޔާހީންގެ އަތްތިލަ އަށް ފިތާލިއެވެ. ރަޔާހީންގެ ތުންފަތްމަތިން ފެނުނު ހިނިތުންވުން އޭނާގެ ވާހަކަތައް ކުރިއަށް ގެންދަން ފަސޭހައަކަށް ވިއެވެ.

“ހީން! އަހަރެން ވާހަކައެއް އަހާލަންތަ؟ އިރުފާން އަހާލިއެވެ.

“ހޫމް… ޖަވާބުދެވޭ ވަރުގެ ސުވާލެއްވިއްޔާ ޖަވާބުދޭނަން” ރަޔާހީން ވެސް ބުނެލިއެވެ.

“އަހަރެންގެ މާޒީގައި ކޮންމެފަދަ ކަމެއް ހިނގާފައި ހުއްޓަސް އަހަރެން މާފަށް އެދިއްޖެ ހިނދެއްގައި މާފްކުރާނަންތަ؟ ދުވަހެއްގައި ވެސް އަހަރެން ދޫކޮށްލާފައި ހިނގައިދާނަންތަ؟ މި ސުވާލަކީ އެތައްދުވަހަކުން ފަށައިގެން ރަޔާހީނާއި ކުރަން އިރުފާން ހިތުއަޅައިގެން އުޅޭ ސުވާލެކެވެ. ރަޔާހީންގެ ފަރާތުން ލިބުނު އެއްބާރުލުމެއްގެ ސަބަބުން މިއަދު އޭނާ އެވަނީ ރަޔާހީނުގެ ކަންފަތަށް އެސުވާލު ވައްދާދީފައެވެ.

“އިރޭ އެއްނު ބުނީ މާޒީގައި ހިނގާފައި އޮތް ކަމެއް މާޒިއަށް ދޫކޮށްލާށޭ… އަހަރެންގެ ވެސް މާޒީއެއް އޮވޭ… އިރޭ އަށް ނޭނގިފައި އޮވެދާނެ އިރޭ އާއި އިނުމުގެ ކުރިން އަހަންނަކީ ވެސް އެހެންމީހެއްގެ ހިތެއް. އަހަރެން އިރޭގެ އަންބަކަށްވީ އެމީހަކުގެ ހިތް މައްޗަށް ފައިންއަރާ ޗިސްކޮށްލާފައި” ވިކްޔަންގެ ހަނދާންތައް ރަޔާހީން ވުމާއެކު ދެލޯ ފުރިގެން އައެވެ. ނަމަވެސް އޭނާ ކަރުނަތައް ހިންދާލިއެވެ.

“އެހެންވީމަ އެކަކު ވެސް މާޒީގެ ވާހަކަ ނުދައްކަމާ…. އަހަރެންގެ މާފެއް ހަމައެކަނި ނުލިބޭނެ މީހަކީ މީހުން މަރާ މީހުންނަށް. އެކަހަލަ މީހުން ދެކެ އަހަރެން ވަރަށް ފޫހިވޭ. އެކަހަލަ މީހުން މިދުނިޔޭގައި ހިތި ގޮތަކަށް ތަޅުވަން އަހަރެން ބޭނުމީ…” ރަޔާހީންގެ ވާހަކަތަކުން އިރުފާނަށް ޝޮކެއް ލިބުނެވެ. ރަޔާހީންގެ އުނގުން ބޯހިއްލާލެވުނީ ހަމަ ކުއްލިއަކަށެވެ.

“ކިހިނެއްވީ” އިރުފާން ތެދުވި ގޮތުން ރަޔާހީން ހާސްވެފައި އަހާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ދިހައެއް ( ސަތާރަވަނަ ބައި )

Next

ބިނާކުރުވަދޭ އެތިކޮޅުތައް – ތަޢާރަފް

Next
August 20, 2017

ބިނާކުރުވަދޭ އެތިކޮޅުތައް – ތަޢާރަފް

Previews
August 19, 2017

ދިހައެއް ( ސަތާރަވަނަ ބައި )

16 Comments!

  1. Ushaali says:
    August 20, 2017 at 12:16 am

    assalam alaikum and alhamdhulillah…. kihineh huriha kudhin? mi bi ves huriha kudhin hiyhamajehilaigen kiyaalane kamah heekuran. 🙂 mi bai kudakoh lasvi kamahttakai maafah edhen 🙁 good niht n swtdrems 🙂 🙂

  2. reader says:
    August 20, 2017 at 12:46 am

    yeyyy i am first..ure story is awsome baby

    1. Ushaali says:
      August 20, 2017 at 1:55 am

      thankyou reader baby 🙂

  3. §ama? says:
    August 20, 2017 at 12:46 am

    Reethi

    1. Ushaali says:
      August 20, 2017 at 1:58 am

      thanks sama 🙂

  4. khajja says:
    August 20, 2017 at 1:00 am

    Wow masha allah v rythi v furihama when nxt prt avaskollachchey plx plx plx gud nyt ly????❤❤??

    1. Ushaali says:
      August 20, 2017 at 2:07 am

      thankyou khajja 🙂 varah avahah. insha allah 🙂

  5. nuxu says:
    August 20, 2017 at 5:20 am

    wow v furihama mi partvess well done dear????????????next part avass kohlahchey btw irey innaane mihaaru moya hithah araafa kurevunu kanthakun??????but vaguthu faaithu v hahahaa

    1. Ushaali says:
      August 20, 2017 at 6:16 am

      aan dhw nuxu…. thankyou so much dear 🙂

  6. yahibi says:
    August 20, 2017 at 7:32 am

    Mi sotryge 1-7 ah neeennaneetha??? Or nufennnaneetha??plz do reply

    1. Anonymous says:
      August 20, 2017 at 5:21 pm

      Liyuntheriya ah dhaany. Innaane 2 ushaali ge name. Ethanun konmes eh ushaali eh open kuryma fennaane

  7. maaz says:
    August 20, 2017 at 8:59 am

    vara kiyaahithu huta kome faharu ves mi nimenee?avaha vahaka up kodheeba.

  8. Shii says:
    August 20, 2017 at 10:47 am

    V salhi

  9. NEES says:
    August 20, 2017 at 12:10 pm

    V V V V V V V V V V V V V V V V V NICE DHW

  10. aimy says:
    August 20, 2017 at 12:50 pm

    Ushaali is the best.. varah reethi mi part ves.. Ma sha Allah..

  11. Neera says:
    August 21, 2017 at 9:06 pm

    Kobaatha mi vaahakaige 1 to 7… Plx kiyey goiyy hadhaadhyba ushali??

Comments are closed.

Next Episode02:30 އެގާރަވަނަ ބައި←


All Right Reserved!