” ދަރިފުޅާ ! ބައްޕަ ނުހަނު އޯގާތެރިކަމާއިއެކު ބުނަންފެށިއެވެ. ބައްޕަ މެން އެދެނީ ދަރިފުޅާ ލޫތު އާއި ދެކުދިން ކައިވެނިކުރަން. ޒިޔާއަށް ލޫތުއާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު ލޫތުވެސް އިސްއުފުލާ ޒިޔާއާއި ދިމާލަށް ބަލާލިއެވެ. ޒިޔާ ގާތަށް ހިނިއަންނަން އުޅުނެވެ. ” ލޫތު އޭ ! އަހަރެން ދެކެނީ އެއީ ހަމައެއްބަނޑު އެއްބަފާ ބޭބެއެއްކަމަށް. ޒިޔާ ބުނެލިއެވެ. ” ކޮންމެ ގޮތެއްވިޔަސް ތިއީ ހަމަ ކައިވެނި ހެޔޮވާ ދެކުދިންނެއްނު.” ޒިޔާގެ ދޮންމަންމަ ބުނެލިއެވެ. ކަމުގެ ހަގީގަތް ޒިޔާގެ […]
މާދަމާ އަހަރެން ޒިޔާއާއި މިވާހަކަ ދައްކާނަން… އަހަރެން ޔަޤީން ކުރަން ލޫތު މިކަމާއި ދެކޮޅު ހަދަން ޒިޔާ އަށް ހިތްވަރު ނުދޭނެކަމަށް… ދޮންބައްޕަ މިހެން ބުނެފައި ތެދުވަމުން ބުނެލިއެވެ. ލޫތުވެސް އެގަޑީގައި ގޭގައި ހުންނާނެ ކަމަށް އުއްމިދު ކުރަން. ………………………….. ލޫތު ވިސްނާލިއެވެ. ދެންހަދަންވީ ގޮތަކާއިމެދު އެވެ. އޭނާގެ ލޯބި ޤުރުބާން ކުރަންވީ ބާވައެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާ އަށް ހޮވަން މިޖެހުނީ އެއްބަނޑު އެއްބަފާ ކޮއްކޮ އެއްފަދަ ޒިޔާ ހެއްޔެވެ. ޒިޔާ އާއި ދިމާލަށް އަންބެއްގެ […]
އޭނާ އެންމެ ލޯބިވީ ފަރާތާއި މުޅިއުމުރަށް ވަކިވެވިދާނެ ހެއްޔެވެ ؟ މަލްހާގެ އެއްވެސް ކުށެއްނެތި އޭނާގެ ހިތުގައި ޖެއްސުމަކީ ލޫތުއަށްކުރެވިދާނެ ކަމެއްބާވައެވެ؟ މިއީ އިންސާފެއް ހެއްޔެވެ. ؟ ފަތިސް ނަމާދު ބަންގީގެ އަޑާއިއެކު ލޫތުއަށް ހޭލެވުނެވެ. އަބަދުވެސް ފަތިސްނަމާދަށް ހޭލަން އާދަވެފައިވާ ލޫތު އަށް މިއަދުވެސް ހަމަ އެގަޑިއަށް ހޭލެވުނީއެވެ. ކުޑައިރުކޮޅަކަށްނަމަވެސް ރޭގައިވި އެއްވެސް ކަމެއް ހަނދާނެތްވެސް ނެތް ކަހަލައެވެ. ލޫތު ފެންވަރާލާ ތާޒާވެލައިގެން މިސްރާބުޖެހީ މިސްކިތާއި ދިމާއަށެވެ. ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަކީ އަބަދުވެސް ލޫތު […]
ތިޔެއް އެނގިދާނެ ! އަހަރެން ހުންނާނަން ޒިޔާ ކުއްޖަކާ ރައްޓެހިވެގެން އުޅޭގޮތް ބަލަން ..! ލޫތު އެނދުން ތެދުވަމުން ބުންޏެވެ. މަލާމާތްކޮށް ލާނަން އެދުވަހަކުން.. ހަނދާންކުރާތި..! އެރޭ ގެ އިރު އޮއްސުނުވަގުތެވެ. ޒިޔާވެސް އެހެންއުޅެފައި ގެއަށް ދިޔަތާ އެތަށް އިރެއްވެއްޖެއެވެ. ލޫތު ކުޅެ ނިންމާލުމަށްފަހު ގެއަށް އެއައީ ހަމަދެންމެއެވެ. އޭނާ އަށް ފެންވަރާލާ ހަދާލައިގެން ނުކުމެވުނު އިރު ހުރީ އިޝާނަމާދަށް ގޮވަން ކައިރިވެފައެވެ. އެހެން ކަމުން ވަރަށްއަވަސް އަވަސް ކޮއްލައިގެން ނަމާދަށް ދިއުމަށް ޓަކާ ލޫތު ގެއިން […]
މި އަދު މާކެޓިން މެނޭޖަރ އެއްގެ މަގާމްގައި އެބައްޕަގެ އަިމއްލަ ވިޔަފާރި ކުންފުނީ ގައި ވަޒީފާ އަދާ ކުރަމުން މިދާ ޒުވާން ބިޒްނަސް މޭން އަކީ ލޫތު އެވެ. އޭނާގެ މި ހިތްވަރާއި މިންނެތް މަސައްކަތަށް ޒިޔާ ގެ ބައްޕަ ޝުކުރުވެރިވެއެވެ. ލޫތު އޭނާ ގެ ދޮންބައްޕަ އެރޭ ހޮސްޕިޓަލުގައި އޮވެއެގެން ދެއްކި ވާހަތަކާއިމެދު އިތުރަކަށް ނުވިސްނައެވެ. ދޮންބައްޕަ ނެތް ދުނިޔެއެއްގައި ޒިޔާ އާއި އެނާގެ އެއްބަނޑު ކޮއްކޮ ޒީވާ ބެލުމުގެ މަސްއޫލއްޔަތަކީ ލޫތުގެ ކޮނޑުގައި […]
ކުރީގެ އަދަދާއި ގުޅޭ……ބައްޕަ ބަލިއަޑަކުން ވާހަކަދެއްކިއެވެ. ކޮބާ ޒިޔާ ؟ ލޫތު ބައްޕަ ގެ ބޯ ދަށަށް އަތް ލެއްވުމަށްފަހު ކުޑަކޮށް އުފުލާލަމުން ފެން ބޯން ބައްޕައަށް އެހީތެރިވެދިނެއެވެ. އަދި ފެންބޮއި ނިމުމުން އެނދުގެ ބާލީސްތަށް ރަނގަޅު ކޮށްލުމަށްފަހު ބައްޕަ އަށް ފަސޭހަވާނެހެން ބާއްވާލަދިނެވެ. އެއާއިއެކު ބައްޕަ ގެ ސުވާލަށް ޖަވާބުދިނެވެ.” މިއީ ޒިޔާ ގެ ޓެސްޓް ދުވަސް ވަރު، އެހެންވެ އަޅުގަނޑު ޒިޔާ ގެއަށް ގެއަށްލާފަ މިއައީ.” ލޫތު ދޮންބައްޕަގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާ […]
އެއާއެކު ލޫތު އަށް ފެނުނީ ލޫތުައާއި ދާދި ގާތުން އޭނާގެ ހިތުގެ މަލިކާ ކޮންމެވެސް އެހެންޒުވަާނެއްގެ އަތުގައި ހިފައިގެން ނުކުމެގެން ދިޔަ ތަނެވެ. މި ނުދަންނަ ޒުވާނައާއި މަލްހާ އާއި ދެމެދުވާ ގުޅުން މަލްހާ ގެ ހަނދެއްފަދަ މޫނު މަތިން މިފެނުނުނު ކުލަވަރު ތަކުން ބަލާމީހަކަށް ސާފު ކޮށް އެގެއެވ. މަލްހާ ގެ އުފަލުންފޮޅިފައިވި މޫނު ކިތަންމެހާވެސް ރިތިކޮށް ލޫތު އަށް ފެނުނެވެ. ލޫތު ކެޔޮ ގަހުގެ ފަތަކާއި ނިވާވެލިއެވެ . ލޫތު އަށް މިފެނުނު މަންޒަރަކުން […]
”ޒިޔާ ނުރޯތި ! ލޫތު މަޑުމަޑުން ބުނެލިއެވެ. ޒިޔާ ރޯތަން ފެނުނީމަ ބައްޕަ މާކަންބޮޑުވެލައްވާނެ.” ޒިޔާ ގެ ކަންފަތްދޮށުގައި ލޫތު ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޒިޔާ ބޯޖަހަލިއެވެ. ލޯފޮހެލަމުން ލޫތުގެ މޫނަށް ބަލާލިއެވެ. ލޫތުއަކީ ޒިޔާ ގެ އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޮތުގައި ދެކެމުން އަންނަ އޭނާގެ އެންމެ ގާތް އެކަކެވެ. ޒިޔާގެ މޫނުމަތިން ފެންނަން ހުރި މޮޅިވެރިކަން ފެނިފައި ޒިޔާ އެއިހްސާސް ކުރަމުން ދަނީ ކޮންކަހަލަ އިހްސާސްތަކެއް ކަން ދަނެގަންނާކަށް ލޫތު އަކަށް މާދަތިކަމަކަށް […]
ކުރީގެ އަދަދާއި ގުޅޭ: އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ބޮޑު ދޮރާށިން ވަދެވުމާއެކު ލޫތުގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ” ލޫތު އަޅެބުނެބަލަ. ބައްޕައަށް ކިހިނެތްވީ؟” ނޭގެ! ، ލޫތު މަޑުމަޑުން ބުނެލިއެވެ. ހޮސްޕިޓަލުގެ ތެރޭ ގައި މީހުން ހޭލަމޭލައަކަށް އުޅެމުން ދެއެވެ. އެއްބަޔަކު އުފަލުން ފޮޅިފައިވާ މޫނުތަކާ އެކު ތުއްތު ކުދިން ގޮވައިގެން ނުކުންނައިރު ، އަނެއްބަޔަކު ކަންބޮޑުވެ ރޮވިފައިވާ ހާލު މުސްކުޅި މައިންނާއި ބަފައިން ގޮވައިގެން ފުރޮޅުލީ ގޮނޑި ދަމަމުން ދެކޮޅަކަށް ހިގާލާ މަންޒަރު ފެނެއެވެ. […]