Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 1 ވަނަ ބައި

Xiroo Thihthi Level 210 Stories
August 19, 2017 5 Mins Read
15 Comments

އުޑުމަތި ސާފު ނަލަ ދުވަހެކެވެ. ކަނޑުމަޑެވެ. ޖެހެމުންދަނީ ހިތްގައިމު ވައިރޯޅިތަކެކެވެ. މިހިތްގައިމު ދުވަހުގެ ހުރިހާ ވަގުތެއް ފާއިތުވެގެން ގޮސް ހަވީރު ވެއްޖެއެވެ. ހަނާ ތައްޔާރުވަމުން އެދަނީ އާދައިގެ މަތިން އިރުއޮއްސޭ މަންޒަރުބަލަން ދާށެވެ. ތުޑީކޮޅާދިމާ އަތިރިމައްޗަށެވެ. ހަނާ އަވަސް ހިގުމެއްގައި އެދިމާ އަތިމައްޗަށް ފޭބިއެވެ. އަދި އެހެންޏާވެސް އިށީންނަ ބުޑުކައިރީ ފައިވާން ބަހައްޓާފައި ވެލިގަނޑުމިތީ ހުސްފައި އަޅާލިއެވެ. ބުޑުމަތީއިށީގެ ހަމަޖެހިލުމައްފަހު އަތުކުރީގައިވާ ގަޑިއަށް ބަލާލިއެވެ. އޭރުގަޑިން ހަވީރު 5 ޖެހީއެވެ. އެއްފަހު ކެއްމަދުވެފަވާ ނަޒަރަކުން އޮއްސެންދާ އިރާ ދިމާއަށް ބަލާލިއެވެ.
ވަށައިގެންވާ މާހައުލަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ހަނާ ފިޔަވާ އެއްވެސް މީހަކު އެހިސާބުން ފެންނާކަށްނެތެވެ. ބިންމަތީއޮތް ދަޑިކޮޅެއްނަގައިގެން އެއަބުރާލަ އަބުރާލާ އިން ހަނާ ސިއްސައިގެން ދިޔައީ ކުރިމަތީގައިވާ ގަސްގަނޑު ތެރެއިން ހިފައިވާ ފަތްތަކުގެ މަތިން މީހަކު ދުއްވައިގަތް އިވިގެންނެވެ. މީއާކަމެއް ނޫނެވެ. ކޮންމެދުވަހެއްގެ ވެސް އާދައެވެ. މީގެ ކުރިން އެއްވެސް ދުވަހެއްގަ އެއީކިހިނެއް ވާ ކަމެއްތޯބަލާކަށް ހަނާ ނޫޅެއެވެ. އެކަމަކު މިއަދު އެއީކިހިނެއް ވާކަމެއްތޯ ހަނާ ބަލާހިތްވިއެވެ. އެހެންވެ އަވަހަށް ތެދުވެން ގޮސް ގަސްގަނޑުތެރެއަށް ވަނެވެ. އެއްވެސް އެއްޗެއް ހަނާއަކަށް ނުފެނުނެވެ. އަޅާވެސް ނުލާ ހަނާ އައިސް އިށީނެވެ. އިރުކޮޅެއްވީތަނާ އަނެއްކާވެސް ހަމަ އެގަސްގަނޑު ތެރެއިން ކުރިން އިވުން އަޑުއިވުނެވެ. ހަނާ ވަރަށް ވިސްނައިގެން ހުރުމުން އަޑުއިވޭ އިރަށް ހުށިޔާރު ކަމާއެކު ދުވެފަ ގޮސް ގަސްގަނޑުތެރެއަށް ވަނެވެ. އެވަގުތު އޭނަ އަށް ފެނުނީ ވަރަށް ހައިރާން ކުރުވާފަދަ މަންޒަރެކެވެ. ފިރިހެން ކުއްޖަކު ދުވެފަދިޔަ މަންޒަރެވެ. ހަނާހިތުގާ ސުވާލު ތަކެއް އުފެދުނެވެ. ކާކުކަން ނޭންގޭ އެޒުވާނާ ހަނާ އަށް އުދަގޫ ކުރަނީ ކީއްވެބާއޭ ހަނާގެ ހިތަށްއެރިއެވެ. އެކުއްޖާ ދުވަމުންގޮސް ހުއްޓުނީ އެހިސާބުގައި ހެދިފަހުރި ބޮޑު ނިކަގަހާ ހިސާބުގައެވެ.” ކީއްވެގެންތަ ކުރިމައްޗަށް އަންނަން ނުކެރިގެން ތިއުޅެނީ!! ހިތްވަރެއްހުރިޔާ ކުރިމައްޗަށް ނިކަން އާދެބަލަ!!!” ހަނާގެ އަޑުގާވަނީ ރުޅިވެރިކަމެވެ. ހަނާ ބޭނުންވީ އެހެންބުނެގެންވެސް އެއީ ކާކުތޯ ބަލާށެވެ. ގަސްތަކުގެ ތެރެއިން ނިކުމެގެން އައިސް ހަނާ ބުޑުކައިރީއިން ފައިވާނަށްއަރައިގެން ހިގައިގަތީ އަތިރިމައްޗަށެވެ. އިރުކޮޅަކު އަތިރިމަތި ހުރެފަ ގެއަށް ދިޔުމަށް ހަނާ އެއްގަމަށް ހިގައިގަތެވެ. ތަންކޮޅަކަށް ހިގާލުމައްފަހު ހަނާ ހިގުންހުއްޓާލިއެވެ. ހަނާގެ ކުރިމަތީ ހުރީ މިހުރިހާ ދުވަހު ނުފެނި ފާރަލަމުންދިޔަ މީހާއެވެ. ހައިރާންކަމާއެކު ހަނާ ބަލަންހުއްޓެވެ. މީގެ ކުރިން ދެކެފަނުވާ މީހަކަށްވުމުންނެވެ. އިރުކޮޅަކު ބަލަންހުރެފަ ހަނާ މަޑުހިގުމެއްގަ އައިސް އެމީހާގެ ކުރިމަތީމަޑުކުރިއެވެ. އެވަގުތު އެމީހާ އިސްޖަހާލިއެވެ. ހަނާ ހިގައިގަތީ އެއްވެސް އެއްޗެއްނުބުނެ ދާށެވެ. އެވަގުތު އެމީހާ އިސްއުފުލާލާ އެއްޗެއްބުނަން އަގަހުޅުވާލި ވަގުތު ވަރަށްހުށިޔާރުކަމާއެކު އަތުގެ އިސާރާތުން މަޑުކުރުމަށް ބުންޏެވެ. އަދި އޭނާއަށް ފުރަގަސްދިނެވެ.
” މިފަހަރު ވާހަކަ ދައްކާނީ އަހަރެން..!!! މިހުރިހާ ދުވަހު ކަލޭ އަހަރެންގެ ފަހަތުން ފާރަލަމުން، އުދަގޫކުރަމުން ތިދަނީ ކީއްވެގެންތަ؟. އަހަރެން ކަލޭއަށް އުދަގޫކުރިންތަ؟ .ފަހަތުން ދުވިންތަ؟….. ނުދުވަމެއްނުދޯ…. ދެންކީއްވެގެން ކަލޭ އަންނަންވީ!!!!…” ހިތްހަމަ ނުޖެހިފާ ހުރެ ހަނާ އެއްފައްޗަކަށް އަމުނާލިއެވެ. އެންމެ ފަހަރަކުވެސް އެމީހާ އެއްޗެއް ބުނެލާނެ ފުރުސަތެއް ހަނާ ނުދިނެވެ.
އެމީހާއަށް ކުރިމަތި ލަމުން ހަނާ އޭނާއާދިމާއަށް ބަލާލުމަންފަހު ހިގައިގަތެވެ. އެވަގުތު އޭނާ ހަނާއަށް ގޮވާލިއެވެ.ނަމަވެސް އަޑެއްބޭރެއްނުވިއެވެ. ހަނާ ފަސްއެބުރި ބަލާވެސްނުލާ ދިޔަ މަންޒަރުބަލަން އޭނާ ހުއްޓެވެ.
ހަނާއަށް ގެއަށް ދެވުން އިރުވަނީ މޫނު އަދިރިޖެހިފައެވެ. ހަނާ ކޮޓަރިއަށްވަދެ ހެދުން ބަދަލުކުރުމައްފަހު ފާޚާނާއަށް ވަދެ ވުޞޫކޮށްލައިގެން ނިކުމެ ނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިމިގެން ހަނާ އެނދުގައި އިށީދެލިއެވެ. މޫނުމަތިން ހާސްކަންފާޅުވަމުން ދިޔައެވެ.” އެއީ ކާކުތަ؟. އަހަރެން މީގެ ކުރިން އެމީހަކު ނުދެކެން މިރަށަކުން. ކޮންމެ މީހަކަށްވިޔަސް އަހަރެންގެ ގެ ފަހަތުން އަންނަށްވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުން…” އެކަނި އިދެގެން ހަނާ ކިޔަމުން ދިޔައެވެ. ހަނާ ފޯނު ނަގާ ނަންބަރުތަކަން ފިތާ ޑައިލް ކޮށްލިއެވެ. “ހަލޯ… ޒިދޫ.. ކީއްކުރަނީތަ؟” ހަނާގެ އެންމެގާތް ރަހުމަތްތެރިޔާއަށް ގުޅާ އަހާލިއެވެ. “ކަމެއްނުކުރަން. ކިހިނެއްވީތަ ހަނާ.” ޒިދުނާވެސް ކުރީ ސުވާލެކެވެ. “މާބޮޑު ކަމެއްނުވޭ… އާދެވިދާނެތަ މިގެއަށް.” ހަނާ ބުންޏެވެ. އާއެކޭ ބުނެ ޒިދުނާ ފޯނު ކަޑާލީ ހަނާ އަންނާށޭ ބުނީ ކީއްކުރަންކަން ނޭގިހުރެއެވެ. ޒިދުނާ ފޯނު ބޭންވުމުން ހަނާ އެނދުގަ އޮށޯވެލިއެވެ. ކުޑައިރުކޮޅެއްވީތަނާ ދޮރުގައި މިހަކު ޓަކިދިން އަޑުއިވުނެވެ. ” ހުޅުވާފަ…..” ޓަކިދިން އަޑާއެކު ހަނާ ބުނެލިއެވެ. ދޮރުހުޅުވާލާފަ އެތެރެއަށް ވަނީ ޒިދުނާއެވެ. ޒިދުނާ ފެނުމުން އޮށޯވެގެން އޮތް ހަނާ ތެދުވެ ދެފައި ވައްކޮށް އެނދުމަތީ އިށީނެވެ. ޒިދުނާ ވެސް އައިސް ހަނާ ގާތުގައި އިށީނެވެ.” ކިހިނެއްވީތަ ހަނާ. އަނެއްކާ ކަމެއް ގޯސްވީތަ؟” ހަނާ އިންގޮތުން ޒިދުނާ އަހާލިއެވެ.”މާބޮޑުކަމެއްނުވޭ.” ހޭވިފަވާ ބޮލުގެ އިސްތަށިތައް ރީތިކޮށްލަމުން ހަނާ ބުނެލިއެވެ. “ބޮޑުކަމެއް ނުވަންޏާވެސް ދެންތިވެގެން އުޅޭ ކުޑަކަމެއްވެސް ބުނަންވީނުދޯ..!! އޭރުންނެއްނު އަހަރެންނަށް ވެސް އެގޭނީ.” ސަމާސާ ގޮތަކަށް ޒިދުނާ ބުނެލިއެވެ. ” ވެގެން އުޅޭގޮތަކީ ތަންކޮޅެއްކުރިން އަހަރެން ބުނީމެއްނުދޯ އަހަރެންނަށް ކޮންމެވެސް މީހަކު ފާރަލައޭ..” “ދެންކިހިނެއްވީ..!!! ހަނާ އަށް އެމީހަކު ފެނުނީތަ؟” ހަނާގެ ވާހަކަ ނުނިމެނީސް ޒިދުނާއަށް ނުއިދެވިގެން ވާހަކަ ދައްކަންފެށިއެވެ. “އާނ… ފެނިއްޖެ. އެކަމަކު އެއީ ކާކު ކަމެއް އަހަރެންނަކަށް ނޭންގެ. މީގެކުރިން އަހަރެން އެމީހަކު މިރަށަކުން ނުދެކެން.” ހަނާބުންޏެވެ. “އެންހެންތަ؟. އަނެއްކާ ކާކުބާ ހަނާގެ ފަހަތުން އެއުޅެނީ. ވެދާނެ ދޯ ކޮންމެވެސް އެހެން ރަށެއްގެ މީހެއްކަމަށްވެސް” ޒިދުނާ ދޯ ދިނީ ހަނާއަށެވެ. “ވެދާނެ ތިހެންވެސް…އެކަމަކު އަހަރެންނަށް ފާރަލާންވީ ކީއްވެގެންތަ؟” މިހެން ހަނާ ބުނާއިރަށް ޒިދުނާ ހޭންފެށިއެވެ. “އަޖައިބެއް މީހަކު ނުވާނެތަ؟. ހަނާ ފަހަތުން ފިރިހެން ކުއްޖަކު ފާރަލަމުން ހިގާނީ ކީއްކުރަން ކަމެއްހަމަ ނޭންގޭތަ؟. އެކަމަކު ހަނާ…..” ޒިދުނާ ހެމުން ކިޔަމުންދިޔައެވެ. “ނޭންގުނޭ. ނުހީބުނެބަލަ.” ހަނާ ބުންޏެވެ. “މީދަ މޮޔަޔާ…އެއީ ލޯބިވާތިއޭ…” “އައްޗީ… ދެންމި ޒިދޫ ދައްކާވާހަކަ ދޯ” މިހެންބުނެ ހަނާ ޒިދުނާގެ ގައިގާ ބާލީހަކުންޖެހިއެވެ. “ކިހިނެއްވީ ހަނާ ދެންތިބުނަނީ ހަނާއެއްވެސް މިހަކު ދެކެ ލޯބިނުވާނަމޭތަ؟” ޒިދޫ ބުންޏެވެ. ” އެހެނެއްނޫން މިބުނީ. ރަގަޅު ކުއްޖަކު ފެނިއްޖެނަމަ ދެންއެގޭނީ…” ހަނާ ޖަވާބު ދިނީ ވަރަށް ވިސްނާފައެވެ. ” ދެން ތިއެއްނޫން. ހަނާއަށް އެނގޭނެތަ ތިބުނާ ކުއްޖާ ފެނިއްޖެނަމަ ފާހަގަ ކުރަން. އަހަރެން ބޭނުން ތިމީހަކީ ކާކުތޯ ބަލާލަން. ” ޒިދޫ ބޭނުންވީ އެއީކާކުކަން ހޯދާށެވެ. ” އެގޭނެ. ފެނިއްޖިއްޔާ ބުނާނަށް އިގޭ. ” ހަނާ ވެސް އުންމީދާއެކު ބުނެލިއެވެ. ފޯން އަށް ބަލާލަމުން ޒިދޫ ދަނީއޭ ބުނެ ތެދުވިއެވެ. ޒިދޫ ދިޔުމުން އަނެއްކާވެސް ހަނާ އެނދުގައި ޖައްސާލިއެވެ. ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅުނިކޮށް ހަނާގެ މަންމަ ޒުހުރާ ގޮވާލިއަޑު އިވުނެވެ. ކަންނެއް ގޮތަކަން ހަނާ އައިސް ދޮރުހުޅުވާލިއެވެ. “ހިގާ ކާންދާން.މަންމަ މިއައީ ކާން ހަދާފަ.” ޒުހުރާ ބުންޏެވެ. “ނެތްކާހިތެއް. މަންމަ ގޮސް ކާލާ. އަހަރެން ބަޑުހައި ވެއްޖިއްޔާ އައިސް ކާނަން.” މިހެންބުނެ ހަނާ ވަނީ ކޮޓަރިއަށެވެ. ކުރާނެ ކަމެއްނެތީމަ ހަނާ އަނެއްކާވެސް ގޮސް އޮށޯތެވެ. އޭގެ އިރުކޮޅެއްފަހުން ހަނާގެ ފޯން ރިންގުވާންފެށިއެވެ. ހަނާ އެކޯލްއަށް ޖަވާބު ދިނުމައްފަހު ފޯން ބޭންވިއެވެ. އެބުރެމުންދާ ފަންކާއަށް ހަނާގެ ނަޒަރުހުއްޓިފަ ވާއިރު މޫނުމަތިން ވަރުމަބަލިކަންް ހާމަވަމުންދިޔައެވެ. ދެލޮލުން ނިދީގެ އަސަރު ވެސް ފެންނަށް ހުއްޓެވެ. އިރުކޮޅަކު އޮށޯވެގެން އޮތުމަށްފަހު ތެދުވެ ގަޑިއަށް ބަލާލަމުން ފާޚާނާއަށް ވަނުމަށް ތުވާލިނެގިއެވެ.
ނިސާދު ނިއްކުރިމަތީ އަތްބާންވާލައިގެން މަގުމަތީހިރި ޖޯލިފަތީގައި އޮށޯވެލައިގެން އޮތެވެ. ހީވަނީ ކޮންމެވެސް ކަމަކާ ވިސްނާހެންނެވެ. އާއެކެވެ. ނިސާދު ވިސްނަމުން އެދަނީ ހަނާއާ މެދުގައެވެ. އެންމެފުރަތަމަ ނިސާދުއަށް ހަނާފެނުން ދުވަހުވެސް ނިސާދުގެ ހިތް ހަނާއަށް އެދިގޮވަންފެށިއެވެ. ލޯބީގެ ބާނިތައް ހިތުތެރޭގަ އުފެދެންފެށިއެވެ. “ދައްތާ.ނިސާދު ކޮބާ؟” ގޭތެރޭ ސޯފާގައިން ނިސާދުގެ މަންމަ ހަފުސާ ކުރެން ޒިޔާދު އަހާލިއެވެ. “ހީވަނީ ބޭރުޖޯލީގަހެން.” ހަފުސާ ޒިޔާދު ކައިރީބުންޏެވެ. މިހެންބުނުމުން ޒިޔާދު ބޭރަށްނުކުތެވެ. ހަފުސާ ބުނި ޖޯލީގައި ނިސާދު އޮތެވެ. “އޭ…ނިސާދު” ނިސާދުއަށް ގޮވަލަމުން ޒިޔާދު އިށީނެވެ. ނިސާދު އެއްޗެއް ނުބުނުމުން އަޑުނީވެނީކަން ޒިޔާދުއަށް އެގުނެވެ. ދެވަނަފަހަރަށްވެސް ޒިޔާދު ގޮވާލިއެވެ. މިފަހަރު ޒިޔާދު ގޮވާލީ ނިސާދުގެ ފައިމަތިގައި އަތުން ޖަހާލުމަށްފަހުއެވެ.             ” ތަދުވެއްޖެއޭ!! ” ސިހިފައި ނިސާދު ފައިމަތީއުގުޅާލަމުން ބުނެލިއެވެ. “ތަދުވީމަ ތަދުވި ވާހަކަ ބުނަންދޯ އެގުނީ. މިހާރު ކޮންއިރެއްތަ ގޮވާތާ. އަދިކިރިޔާ އަޑުއިވޭ ވަރުތިވީ. ކިހިނެއްވެފަ ތިއޮތީ. ކާކުގެ ހިޔާލަކަށް ގެއްލިފަތަ؟ ޒިޔާދުބުންޏެވެ. “ކަމެއްނުވޭ”ހަމަ އޮތީ.. އެއްވެސް ހިޔާލެއްގަ އެއްނޫން.” ނިސާދު ފޮރުވަން މަސަކަތް ހުރިއެވެ. “ހިޔާލެއްގަ ނޫންކަން އެބައެގޭ ބަލާލީމަ ވެސް. އެންމެ ރަގަޅޭ ނުބުންޏަސް. ދެން އަހަރެންމީ ކާކުދޯ ބުނަން.” ޒިޔާދު ރާގާ ބަހުރުވަ ބަދަލު ކޮށްލިއެވެ. “ފެށީދޯ އަނެއްނާވެސް ޒިޔާ. ބުނެފީމެއްނު ކަމެއްނުވެ އޭ. ދެން ޖޮބެއްވެސް ނެތީމަ މިހެން އޮވެވޭނެދޯ.” ނިސާދު ބުންޏެވެ.”ހިގާބަލަ ހިގާލަންދާން. ވަރަށް ފޫހިވެގެން މިއުޅެނީ. އަދި އެބައޮތް ވާހަކައެއްވެސް ބުނަންވެފަ” ޒިޔާ ބުންޏެވެ. “އާނ! ހިގާދަމާ. ދެންތިބުނަން އުޅޭ ވާހަކައެއްވެސް ބުނެބަލަ. “ނިސާދު ޖޯލިން ތެދުވަމުން ބުނެލިއެވެ. “މިރަށު އޮފީހުގަ އެބަ އޮތް ޖޮބެއް. އެޕްލައި ކުރަންވީނު.” ހިގަމުން ޒިޔާ ބުންޏެވެ. “އަސްލުވެސްތަ؟ކޮންމަގާމެއްތަ؟” ޖޮބެއް ބޭނުންވެފަ ހުރި ނިސާދު އަވަސް އަވަހަށް އަހާލެވުނެވެ.” ކޮންމަގާމެއްކަމެއް ނޭންގެ ބުނާކަށް މިހާރަކު. އޮފީހު ނޯޓިސް ބޯޑުގަ އޮތް އިޢުލާނެއް އަހަރެންނަށް ވެސް ފެނުނީ. ހިގާބަލަ ބަލާލަން. އޭރުން އެގިދާނެއްނު.” ޒިޔާއަށް ފެންނަ ގޮތްހާމަ ކުރިއެވެ. ދެމީހުން އެކުގައި އޮފީސް ދޮށަށް މިސްރާބުޖެހިއެވެ.
ހަނާ ފާޚާނާއިން ނިކުމެގެން އައިސް ޑުރެސިންގް ޓޭބަލް ކައިރީ ހުއްޓުނެވެ. އަދި ބޮލުގައި އޮލާފައިން ތުވާލި ނައްޓާލާ،ބޮލުގެ ތެރެއަށް އަތްލާ ރީތިކޮށް އިސްތަށިގަނޑު ހާވާލިއެވެ.ކުޑަގޮތަކަށް ރީތިވެލައިގެން ހަނާ އޮފީހަށް ދާންތަޔާރުވިއެވެ. އަޅާފައިވާ ދޯޕައްޓާ ރީތިކޮށްލަމުން ޒުހުރާއަށް ގޮވާލިއެވެ. “މަންމަ މިހުރީ ކާގޭގަ.ކިހިނެއްވީތަ؟” ޒުހުރާ މިހެން ގޮވާލުމުން ހަނާ ކާގެއާ ދިމާއަށް ހިގައިގަތެވެ. އަހަރެން މިދަނީ އޮފީހަށް.” ހަނާ ބުންޏެވެ. “ކިހާއިރަކުން ގެއަށް އަންނާނީ.” އަތުގެ ނުފުށުން ބުރުގާ ރީތިކޮށްލަމުން ޒުހުރާ އަހާލިއެވެ. “އޮފީހުގަ އޮތް ބައްދަލު ވުމަކަށް މިދަނީ. ނިމުނުހާ އަވަހަކަށް އަންނާނަން.” މިހެންބުނެ ހަނާ ގެއިން ނިކުންނަން ހިގައިގަތެވެ.
އޮފީހާ ވަރަށް ކައިރިވެފަ ވަނިކޮށް ނިސާދުގެ ހިގުން ހުއްޓުނެވެ. ހީވީ މީހަކުފަހަތުން ނިސާދުގެ ގައިގާ ހިފެހެއްޓިހެންނެވެ. ޒިޔާ ފަސްއެބުރި ބަލާލިއެވެ. ނިސާދު ހުރިގޮތުން ޒިޔާ ގާތަށް ހިނިއައެވެ. އެވަގުތަކީ ހަނާ އޮފީހަށް ވަންނަންވެގެން ކުރިމަތީއޮތް މަގުން ހުރަސްކުރިވަގުތެވެ. “އޭ…ނިސާދު!!! ކިހިނެއްވީތަ؟. ދެފައި ތަތްލީތަ؟” ހެމުން ޒިޔާ ބުނެލިއެވެ.ޒިޔާ ގޮސް ނިސާދު ކުރިމަތީ ހުއްޓިހުރެ މަގުގެ އަނެއްކޮޅު ބަލާލިއެވެ. ނިސާދުގެ ހިގުންހުއްޓޭވަރުގެ މަންޒަރެއް ޒިޔާއަށް ނުފެނުނެވެ. “ކިހިނެއްވެފަތަ ތިހުރީ” ތައްކޮޅެއްބާރަށް ޒިޔާ ބުނެލިއެވެ.”އާނ…އާނ…ކި..ކީކޭ؟” އާގަންނަމުން ނިސާދުއަށް ބުނެވުނެވެ. “ކަމެއްނުވޭ.” ނިސާދު ބުންޏެވެ. “ނުވާނެ އެހެނެއް. ކޮންމެވެސް ކަމެއްވެއްޖެ. ނުބުނަން ތިއުޅެނީ.” ޒިޔާ ދިމާކުރާ ފާޑަކަށްބުނެލިއެވެ. “ޒިޔާ.އަހަރެންނަކަށް ކަމެއްނުވެއޭ” ޒިޔާ ގަބޫލް ނުކުރުމުން ނިސާދު ބުންޏެވެ. “އޯކޭ ދެން. އަޅާނުލާ. ހިގާ އަވަހަށް ބޯޑު ބަލާލާފަ ގެއަށްދާން.” މިހެންބުނެ ނިސާދު ކޮޑަށް އަތްއެއްލައިގެން ހިގައިގަތެވެ. ގެއާހަމައަށް ދިޔައިރު ހަފުސާ ހުރީ ގޭ ދޮރުމަތީގައެވެ. “މަންމަ މި އައީ ކާންހަދާފަ. ހިގާ ދެކުދިން ކާންދާން. “މިހެންބުނެ ހަފުސާ ގޭތެރެއަށް ވަންނަން ހިގައިގަތެވެ. “އަހަރެން ކާންދާނީ ގެއަށް. މަންމަ މިހާރު ހުންނާނީ އަހަރެން ނާންނާތީ ނުކައި ކަންނޭންގެ. “ޒިޔާ ބުނެލިއެވެ. “ނޫން ޒިޔާ ތިހެން ހެދީމަ އަހަރެންގެ މަންމަ ކީކޭތަ ހީކުރާނީ” ނިސާދު އެވަރަށް ކިޔަންފެށުމުން އޭނާޔާ އެއްތަށިމަތީ ކޮންމެވެސް ވަރަކަށް ކައިގެން ގެއަށްދިޔައެވެ.
ހަނާއަށް ގެއަށްއާދެވުން އިރުހުރީ ގަޑިން 11 ޖަހަންވެފައެވެ. ގެއަށްވަދެގެން އައި އިރު ޒުހުރާ އިނީ އުދޯލީގައި ދުފާލައިގެން ހަނާގެ އިންތިޒާރުގައެވެ. ހަނާވެސް އައިސް ޒުހުރާގެ ގާތުގައި އިށީދެލިއެވެ. “މަންމަ ކައިފިންތަ؟” ހަނާ އަހާލިއެވެ. “އާނ…ކައިފިން. މިހާރު އެހެރަ 11 ޖަހަން އުޅެނީވިއްޔާ.” އުދޯލީގެ އެއްފަރާތު ފާރުގައި ހަރުކޮށްފަހުރި ގަޑިއަށް ބަލާލަމުން ޒުހުރާ ބުންޏެވެ. “ދަރިފުޅު ނުކަންތަ؟” ޒުހުރާ ހަނާ ކުރެންއަހާލިއެވެ. “ނޫން…ކާނަން… އެބައަށްނަން ހެދުން ބަދަލުކޮށްގެން. “މިހެންބުނެ ހަނާ ކޮޓަރިއަށް ދިޔުމަށް އުދޯލިންތެދުވިއެވެ. ހަނާ ދިޔުމުން ޒުހުރާ ކާގެއަށް ދިޔައެވެ. ހަނާ އަށްނަން ވާއިރަށް މޭޒުމައްޗަށް އެއްޗެހިނަގާ ތައްޔާރުކުރުމައްޓަކައެވެ.
ކައިގެންއައިސް ހަނާ އެނދަށްއަރާ އޮށޯވެލިއެވެ. ހަނާގެ ހިޔާލުގާވަނީ އޭނާއަށް ފާރަލަމުންދާ ޒުވާނާގެ ހިޔާލެވެ. އެގޮތައް ފާރަލަމުން ހިގަންވީ ކީއްވެބާއޭ ހަނާގެ ހިތާ ސުވާލުކުރަމުން ދިޔާއެވެ. ބައެއްފަހަރު ޒިދުނާ ބުނި ވާހަކަވެސް ހަނާގެ ހަނދާނައްއާދެއެވެ. މިކަހަލަ ހިޔާލު ތަކެއްގަ ވަނިކޮށް ހަނާއަށް ނިދިއްޖެއެވެ. ނިދީގެ އަރާމުކަން ހަނާއަށް ލިބެމުންދާއިރު، ނިސާދު އެއަރާމުން މަހުރޫމްވެފާ އެނދުގެ ހުރަހަށް ވާގޮތައް އޮށޯވެގެން އޮތެވެ. އޭނާގެ ލޮލުން ނިދީގެ އެއްވެސް އަސަރެއްފެންނާކަށްނެތެވެ. ހީވަނީ އެއްވެސް ވަރަކަށް ނިދަންބޭނުން ނުވާހެންނެވެ. ހަނާގެ ހިޔާލުގަ ވަގުތު ހޭދަކުރުން އުފަލަކަށްވެއްޖެއެވެ. މިހާލެއްގަ ނިސާދު ވަނިކޮށް ފަތިސްނަމާދު ބަންގި ގޮވާ އަޑު އިވެންފެށިއެވެ. “ދަރިފުޅާ ނިސާދު… ފަތިސްނަމާދު ބަންގި ގޮވަނީ” ހަފުސާގެ އަޑާއެކު ނިސާދު ދޮރާދިމާއަށް ބަލާލިއެވެ. “މަންމާ އަހަރެން ހޭލާމި އޮތީ” ނިސާދު ބުންޏެވެ. “އަވަހަށް ތެދުވެގެން ނަމާދަށްދޭ..” ހަފުސާ މިހެންބުނެފަ ހިގައްޖެވެ. ފާޚާނާއަށް ވަދެ ދަތްއުގުޅާ މޫނުދޮވެ، ވުޞޫކޮށްގެން މިސްކިތައް ދިޔުމައް ގެއިންނިކުތެވެ. ނަމާދު ކޮށްލައިގެން ފަތިހު ފިންޏަށް ރަށުތެރޭ ހިގާލަން ނިސާދު ދިޔައެވެ. ނިސާދުގެ މިސްރާބު ހުރީ ހޮޅުއައްޓާ ދިމާލަށެވެ. މަގުތަކުގެ މަތިންވެސް މުސްކުޅި ފުރައިގެ މީހުން ނޫނީ ނުފެނެއެވެ. ހޮޅުއަށީގައިވެސް ތިބީ މުސްކުޅިފުރައިގެ ދެތިންމީހެކެވެ. ނިސާދު ގޮސްއިށީނީ އެމީހުންނާ ތަންކޮޅެއްދުރުގައެވެ. ވަށައިގެންވާ ހިސާބުގަނޑަށް ނަޒަރު ހިންގާލިއެވެ. ފަތިހުގެ ހިމޭން ވަގުތަކީ ކިހާ ހިތްގައިމު ވަގުތެއް ހެއްޔެވެ؟ ހަމަހިމޭންކަމައް ލޯބިކުރާ މީހަކަށް މިވަގުތަކީ ކިހާ މުހިންމު ވަގުތުކޮޅެއް ހެއްޔެވެ؟

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ޒިޔާ…(7)

Next

ދިހައެއް ( ސަތާރަވަނަ ބައި )

Next
August 19, 2017

ދިހައެއް ( ސަތާރަވަނަ ބައި )

Previews
August 18, 2017

ޒިޔާ…(7)

15 Comments!

  1. Saam says:
    August 12, 2017 at 6:06 pm

    salhi

  2. Reet says:
    August 19, 2017 at 6:00 am

    V reethi

    1. Thihthi says:
      August 21, 2017 at 12:37 am

      Thanx

  3. ?shi? says:
    August 19, 2017 at 7:58 am

    miee kurinves kee vaahakaehge feshun hama… kihineh mivany.. hurihaa vaahakaeh ehgothakah mivany

  4. Navya says:
    August 19, 2017 at 10:33 am

    Reethi feshumeh.. up kurahchey avahah. ..

    1. Thihthi says:
      August 21, 2017 at 12:39 am

      Varah avahah anehbai up kuraanan… Thanx navya

  5. Al says:
    August 19, 2017 at 10:51 am

    Start is bang… Waiting for next part

  6. Aish says:
    August 19, 2017 at 2:12 pm

    Kurin keen mivaahaka hama misitun

  7. Xxxxxx says:
    August 19, 2017 at 2:47 pm

    Xxxxxx ge comment jahaalaakah nukerunu dho

    1. Thihthi says:
      August 21, 2017 at 12:40 am

      Kobaa xxxxx Ge commentaky….

  8. nnnmmmji says:
    August 19, 2017 at 8:08 pm

    abadhu nukevigen dhw miulheni… hyvey reethi vaanehen…

  9. khajja says:
    August 20, 2017 at 8:12 am

    Masha allah feshun v rythi ?? hybey v rythi vaane hen ummydhukuran stry nimendhen up koh kiyaalan libeyne kamah gud luck????❤❤????????

    1. Thihthi says:
      August 21, 2017 at 12:43 am

      Thank khajja… Ummedhu kurany vaahaka reethi gothakah genes dhevifa vaane kamah

  10. Izaa says:
    August 20, 2017 at 11:57 pm

    Mivaahaka nuliyaa saiteh nehkanneyge dhuvahaku ves nunimey vaahakayeh mee 20 vana part aa hamayah liyefa huteny. Mivaahaka ninman neygenyaa nuliyaa

  11. Thihthi says:
    August 21, 2017 at 12:46 am

    Mivaahaka eafiya ah 20 vana episode aa hamayah up kurithanaa loging vumuga mahsala eh jehigen up kurun huhtuny…. Mivaahakai Ge hurihaa episodes eh vaany liye nimifa. Iraadhu kurehviyaa mifaharu hurihaa episodeh up kuraanan…

Comments are closed.


All Right Reserved!