ބީހުން….(17 ފަހުބައި)

“އެކޮއެ މިސޮރު ގޮވައިގެން ސިޓިން ރޫމަށް ހިގާ، މިތާ ބާއްވައިގެންނެއް މިކަމެއް ނުވާނެ” ރައޫފްބެ އެހެން ކިޔާ މާއިލް އަތަށް ނަގައިގެން ނިކުތީ ބޭރަށެވެ. އޭރުވެސް މާއިލް އޮތީ ދެލޯ މެރިފައެވެ. ހަގީގަތުގައި ރައޫފްބެ ކިޔަވަން ފެށުމުން މާއިލް އޮތީ ހޭނެތިފައެވެ. ރައޫފްބެ މާއިލް ގޮވައިގެން ނިކުތުމުން ޒޫމީވެސް ފަހަތުން ނިކުތެވެ. އޭރުވެސް ޒޫމީ ހުރީ ރޮއެ ރޮއެއެވެ. މަލަކާ ދެވުނު ހިތްވަރެއް ޒޫމީއަށް ދެމުން ދިޔައެވެ. އިސާހިތަކު އެވަގުތަކީ ސަލީމުމެން ވެސް އައިސް ވަން ވަގުތެވެ. އެމީހުން އައީ ބޭނުންވާ އެއްޗިއްސާ ކިޔަވަން ބޭނުން މީހުން ގޮވައިގެންނެވެ. އަމީނާ ހަބަރު ދިނުމުން ސަލީމުއަށް އޮތީ ހުރީހާ ކަމެއް ސާފުވެފައެވެ. އެހެންވެ އޭނާ އައީ ހުރިހާ އެއްޗެއްވެސް ހަމަ ކޮއްގެންނެވެ. “ކޮންމެވެސް ކުއްޖެއް މިނާށި ކޮޅު އަންދާލައިފައި އަނގުރު ކޮޅު ގެނެސްދީބަލަ” ރައޫފްބެ އެހެން ބުނުމުން އަމީނާ ފުއްމާފަ ތެދުވެގެން ދިޔައީ އެކަން ކުރާށެވެ. އޭރުވެސް އަމީނާ ދިޔައީ ހިތުން ރޮމުންނެވެ. ވާނީ އެހެން ނޫން ހެއްޔެވެ. އީތަންގެ ހާލެއް އެގެނީކީ ނޫނެވެ. މާއިލް ފަކީރުއޮތް ހާލު އެއޮތީ ލޯމަތިން ފެންނާށެވެ. ހިތަށް އަސަރު ނުކޮށް ހުންނާނީ ކާކު ހެއްޔެވެ. އެތައް ހިޔާލެއްގައި ހުރެފަ އަތްމަތި އަވަސް ކޮއްލައިގެން އަމީނާ ދުވެއައެވެ. “ކޮބާ! ހުރިހާ ކުދިން ކިޔަވަން ފަށްޓާ، ޖިންނި ސޫރަތް ކިޔަވާނީ ހުއްޓައިގެން ނުވާނެ” ރައޫފްބެ ފެށުމުގެ ކުރިން ކަންތައް ކުރަންވީ ގޮތް ބުނެލިއެވެ. ޒޫމީ ރޯވަރުން ހީވަނީ އެހެން ކަމެއްހެންނެވެ. މަލަކާ އޭރުވެސް ހުއްޓުމެއް ނެތި ޒޫމީއަށް ހިތްވަރު ދެމުން ދިޔައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ލޯބާވާ ފިރިމީހާ އޮތީ ކޮންފަދަ ހާލެއްގައި ކަން ވެސް ނޭނގެއެވެ. ދަރިފުޅު އެއޮތީ ދުނިޔޭގައި ހިނގާ އެއްވެސް ކަމެއް ނޭނގޭ ހާލުގައެވެ. މިވަގުތު ޒޫމީގެ ހާލު އިހުސާސް ކޮށްލައްވާށެވެ. އަޅުގަނޑު ބުނާކަށް ނެތީމެވެ. ކިޔަވަން ފެށިތާ އިރުކޮޅެއް ނުވަނީސް މާއިލް ވާހަކަ ދައްކަން ފަށައިފިއެވެ. “ބޭބޭ، ކީއްކުރަންތަ މަމިތަނަށް ތިގެނައީ؟!”
މާއިލްގެ އަނގައިން ވާހަކަ ދައްކަން ފެށިއެވެ. އެއަޑަށް އެންމެން ސިއްސައިގެން ގޮސް ބަލަން ފެށުނީ މާއިލްގެ މޫނަށެވެ. “މަށާ ދިމާލަށް ބޭބެ ކިޔަން ތިއީކާކު؟” ރައޫފްބެ އެގިހުރެވެސް އަހައިލިއެވެ. “މަށައް ކިޔަނީ ބަލްގިސް، އަހަރެންނަށް ވުރެ ބޮޑު މީހެއްވީމަ ބޭބެކީ” ބަލްގިސް އަމިއްލަޔަށް ތައާރަފު ވަމުން ބުނެލިއެވެ. “އެހެންދޯ، އެންމެރަގަޅު ތިމާޔަށް ވުރެ ބޮޑެތި މީހުންނަށް ޖެހޭނީ ބޭބެ ދައްތަކިޔަން” ބަލްގިސްއަކީ ކުޑަ ކުއްޖެއްކަން އިނގޭތީ ރައޫފްބެ ބުނެލިއެވެ. “ބަލްގިސް ކީއްވެތަ މާއިލްއަށް އުނދަގޫ ކުރަނީ؟” ރައޫފްބެ މާއިލްގެ މޫނަށް ބަލަމުން އަހައިލިއެވެ. “އަހަރެން މާއިލް އަކަށް އުނދަގުލެއް ނުކުރަން” ބަލްގިސް ޖަވާބުދިނެވެ. ” އުނދަގުލެއް ނުކުރަމޭ؟! ދެން ކީއްވެތަ މާއިލް ރޮއްވާ ހެއްވާ މައްޗަށް އަރުވާ ހަަދަނީ؟ ގައިމު އެޔަކީ އޭނަޔަށް އެކަނި ވާނެ ކަމެއްނޫން ނޫން” ރައޫފްބެ އަނެއްކާވެސް އަހައިލިއެވެ. “އެއީ އުނދަގޫ ކުރަނީކީނޫން، އެއީ މާއިލް ދެކެ ލޯބިވާތީ” ބަލްގިސް ޖަވާބުދިނެވެ. “ކަލޭތީ އިންސާނެއް ނޫން ދެންކީއްވެ ކަލޭ އޭނަދެކެ ލޯބިވާންވީ؟!” ރައޫފްބެ އަނެއްސުވާލް ކޮއްލިއެވެ. “އަހަރެން މާއިލް ދެކެ ލޯބިވަނީ ކީއްވެކަން މިތާމިތިބަ އެންމެންނަށް އިނގޭނެ!!” ބަލްގިސް ރުންކުރުވި ޖަވާބެއް ދިނެވެ. “ކީއްވެ އެމީހުންނަށް އެމީހުންނަށް އިނގެންވީ؟ އެމީހުން ކައިރިއަކު ނޫނެންނޫން މިއެހީކީވެސް!” ރައޫފްބެވެސް އެކަހަލަ ރުންކުރުވި ސުވާލެއް ކޮއްލިއެވެ. “އަހަރެން މާއިލް ދެކެ ލޯބިވަނީ އެއީ އަހަރެންގެ ކޮއްކޮއަށް ވީތީ “ބަލްގިސް ތެދުބަހުން ޖަވާބުދިނެވެ. ބަލްގިސް އެހެން ބުނުމުން އެންމެން އެއްފަހަރާ އެދިމާޔަށް ބަލަން ފެށިއެވެ. “މާއިލް އަކީ އިންސާނެއް، ތިއީ ޖިންނިއެއް، ތިދެން ކިހިނެއް ވާނެކަމެއް؟!” ރައޫފްބެ އަހައިލިއެވެ. “އަހަރެންނަކީވެސް ހަމަ އިންސާނެއްގެ ބަނޑުން އުފަންވެފަ ހުރި ކޮއްޖެއް އެހެން ވީމަ އަހަރެންނަށް ވެސް އިންސާނުން ދެކެ ލޯބިވުމުގެ ހައްގު އޮންނާނެ” ބަލްގިސް ޖެހިލުމެއް ނެތި ޖަވާބުދިނެވެ. އެންމެ ރަނގަޅު، ބަލްގިސްގެ މަންމަ އަކީ ކާކު؟، ބައްޕައަކީ ކާކު؟” ރައޫފްބެ ވަރުގަދަ ސުވާލެއް ކޮއްލިއެވެ. ހަގީގަތުގައި ރައޫފްބެ އެސުވާލް ކުރީ ނޭނގިގެންނެއް ނޫނެވެ. އެއީ ބަލްގިސް ތެދު ހަދާވަރެއް ބަލަން ވެގެންނެވެ. “އަހަރެންގެ މަންމަ ތިހިރީ ކުރިމަތީ ފެންނަން!!” ބަލްގިސް ޒުުމީއާ ދިމާލަށް އިނގިލިދިތް ކުރަމުން ބުނެލިވެ. އެމަންޒަރު ފެނުމުން އެންމެން ތިބީ ބިރުން އަވަދި ވާވަރުވެފައެވެ. “ތިއީހަމަ ޔަގީން ވާހަކައެއްތަ؟
ބަލްގިސްގެ ބައްޕަ ކޮބައި މިހާރު؟ ބަލްގިސް އަކީ މުސްލިމެއްތަ؟” ރައޫފްބެ ސުވާލް ގޯންޏެއް އޮއްސާލިއެވެ. ” އަހަރެންނަކީ މުސްލިމެއް، އަހަރެންގެ ބައްޕަ މަންމަދެކެ ވީލޯބިން، މަންމަގެ އާއިލާއިން ބައްޕަ މަރައިލައިފި، އެއްވެސް ރަހުމެއްނެތި” ބަލްގިސް ކުރަކި އަޑަކުން ބުނެލިއެވެ. “އެހުރީހާތަނެއް ބަލަން އަހަރެން ހުރިން، ނުވިތާކަށް އަހަރެންވެސް މަރާލަން އުޅުނީ އެކަމަކު އަހަރެން ކުނޑަވީމަ އަހަރެން މަރުނުވެ ސަލާމަތްވީ، އެންމެ ފަހުވަގުތުވެސް ބައްޕަ އަހަރެން ކައިރީގައި ބުނަމުން ދިޔައީ މަންމައަށް ދެރަ ގޮތެއް ނަހަދާށޭ، ބައްޕަ ވަރަށް ލޯބިވެޔޯ މަންމަދެކެ” ބަލްގިސް ރުމުން ކިޔާދެމުން ދިޔައެވެ. “އެކަމަކު ބޭބެއަށް އިނގޭތަ؟، މިހާރު މަންމަންގެ އާއިލާޔަށް ފެންނަމުން އެދަނީ އޭގެހިތި” ބަލްގިސް ކިޔާދެމުން ދިޔައެވެ. ރައޫފްބެ ހުރީ އަޑުއަހާށެވެ. “ބޭބެއަށް އިނގޭތަ، މިއީއެއްވެސް ރަހުމެއް ނެތްބައެއް، އެއްވެސް ރަހުމެއް ނެތި އަހަރެންގެ ބައްޕަޔާ އަހަރެން ވަކިކުރުވީ، ނުވިތާކަށް މަންމަގެ ލޯބިންވެސް މަހުރޫމު ކުރުވީ” ބަލްގިސް ރުމުން ވާހަކަ ދެއްކިއެވެ. “އެންމެ ރަނގަޅު ބަލްގިސް ތިބުނީ ނޫން މިއާއިލާޔަށް އޭގެ ހިތި ފެންނަމުން ދާވާހަކަ؟! އެބުނި ބަހުގެ މުރާދަކީ ކޮބައި؟” ރައޫފްބެ މުހިންމު ސުވާލެއް ކޮއްލިއެވެ. “އާނ ބޭބޭ، އީސަބެވެސް މަރައިލީ އަހަރެން މާއިލްގެ ބައްޕަވެސް އެކްސިޑެންޓު ކުރުވީ އަހަރެން” ބަލްގިސް ޖެހިލުމެއްނެތި ޖަވާބުދިނެވެ. ބަލްގިސް އެހެން ބުނުމުން އެންމެން ދިޔައީ ހައިރާންވެގެންނެވެ. “ތިބުނީކީކޭ؟!” ރައޫފްބެ ހައިރާން ވެގެން އަހައިލިއެވެ. “އަނޑުއަހާ ބޭބެ، އީސަބެ މާލެ އަންނަން ވެގެން ދަތުރު ކުރި ފެރީ ބަންޑުން ޖެހީ އަހަރެން، މާއިލް ބައްޕަ އެކްސިޓެންޓު ކުރީވެސް އަހަރެން، މިއަދު ކުރި ވިއްސާރަޔަކީ ވެސް އަހަރެންގެ ބާރުގަ ކުރިކަމެއް” ބަލްގިސް އެއްވެސް ޖެހިލުމެއްނެތި ކިޔައިދިނެވެ. “މާއިލް ދެކެ އެހާ ލޯބި ވާއިރު ކީއްވެ އެހެން ހެދީ؟؟” ރައޫފުބެ އަހައިލިއެވެ. ” އަހަރެންގެ ބައްޕަ މަރާލި ގޮތަށް މަރާލާނެތީ ބިރުން، އެހެންވެ އެކަން ކުރީ” ބަލްގިސް ބުނެލިއެވެ.

“ކަލޭތިއީހާދަ ލަދު ހަޔާތް ކުޑަމީހެކޭ، ކަލޭ މާއިލް ދެކެ ލޯބިވާނަމަ ތީގެ އެއްވެސް ކަމެއް ނުކުރާނެ” ޒޫމީއަށް ކެތްނުވެގެން ބުނެލިއެވެ. ޒޫމީ އިނީ ރުޅި އައިސް ރަތް ވެފައެވެ. އެހެން ބުނެވުނު އިރުވެސް ޒޫމީ ތުރު ތުރު ލައެވެ. “އަހަރެން ލަދު ހަޔާތް ވެސް ކެނޑުވީ ތިމަންމަ، އަހަރެންނަށް އެ ހުރިހާ ކަމެއް ކުރަން މަޖުބޫރު ވެސް ކުރުވީ ތިމަންމަ، މަންމަ އެންމެފަހަރަކު ވެސް ވިސްނާލިންތަ ބައްޕަ މަރައިލިއިރު އަހަރެން އެކަނިވެރި ވާނެވަރު؟ މަންމަޔަށް ރަނގަޅަށް އިނގޭނެ މަޔަކާ ބަފަޔަކާ ނުލާ ކުޑަ ކުޑަ ކޮއްޖަކު މިއޮތް ބޮޑު ދުނިޔޭގަ އުޅޭނެހާލު، އެކަމަކު މަންމަޔަށް އޭގެ އެއްވެސް ކަމެއް އިހުސާސްވިތަ؟ މަންމަޔަށް އިނގޭތަ؟ އަހަރެންގެ ކުރިމަތީގަ މަންމަ މާއިލް ކޮއްކޮ ލޯބިން ގެންގުޅޭ ތަން ފެނުނީމަ އަހަރެން ހާދަ ދެރަވެޔޭ، މަންމާ އަހަރެންނަކީ ވެސް ކުޑަ ކުއްޖެކޭ” އެހިސާބަށް ބުނެވުނުތަނާ ބަލްގިސް ރުއިން ގަދަވިއެވެ. އަނެއްކާވެސް ހިތްވަރު ކޮއްފަ ބަލްގިސް ވާހަކަ ދައްކަން ފެށިއެވެ. “އެކަމަކު މަންމަޔަށް އިގޭތަ؟، މަންމަ ކޮންމެ ގޮތަކަށް ކަންތަށް ކުރިޔަސް އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ، ދުވަހަކު ވެސް ނީންނާނެ މަންމަޔަށް ދެރައެއްދީފަ، ނުވެސް ދޭނަން، އެއީކީއްވެކަން މަންމަޔަށް އިނގޭތަ؟ ތިއީ އަހަރެންގެ މަންމަޔަށް ވީތީ އަދި އަހަރެން ލޯބިވާތީ” ބަލްގިސް ރުމުން ވާހަކަ ދައްކަމުން ދިޔައެވެ. މިފަހަރުވެސް އޭނަ ވާހަކަ ދެއްކުން ހުއްޓާލީ އެ ކުޑަ ކުޑަ މައުސޫމް ހިތަށް ކުރާ އަސަރުން ކެތް ނުވެގެންނެވެ. ޒޫމީ ހުރީ ކަނުލާ އަހާށެވެ. އޭރު ވެސް ޒޫމީގެ ހިތަށް އަސަރެއް ނުކުރާކަހަލައެވެ. ބަލްގިސް އަނެއްކާވެސް ހިތްވަރު ކޮއްފަ ވާހަކަ ދައްކަން ފެށިއެވެ. “މަންމަޔަށް އެންމެ ފަހަރަކުވެސް އިހުސާސްވިތަ؟ބދަރިޔަކު މަޔަކަށް އެދޭނެ ވަރު، ދެން ތިބުނަނީ މާއިލް ކޮއްކޮއަށް ބިރު ގަންނަވަނީއޭ، ރޮއްވަނީއޭ، އިނގޭތަ މަންމަޔަށް؟ އެހުރިހާކަމެއް ވެސް އަހަރެން ކުރަނީ އޭނަ ދެކެ ލޯބިވާތީ، ދުވަހަކުވެސް މާއިލް ކޮއްކޮޔަށް އަނިޔައެއް ނުކުރަން ނުވެސް ކުރާނަން އަހަރެންނާއި އެކު ލޯބިން އުޅޭހާ މީހަކީވެސް އެއީ ދެން އަހަރެން ކިހިނެއް އޭނަޔަށް އަނިޔާ ކުރާނީ؟” ބަލްގިސް އަޑުން އަޑުނަގާ ފެށީ ރޯށެވެ. ދަރިއެއް ހުރި ކަމަށް ގަބޫލް ކުރަން ކިތަންމެ ވަރަކަށް ބޭނުން ނުވިޔަސް ޒޫމީ ހުރީ ކަނުލާ އަޑު އަހާށެވެ. ފަހަރެއްގައި އޭނާގެ ހިތަށް އަސަރު ކުރީ ކަމަށް ވެސް ވެދާނެއެވެ. “މަންމަޔަށް އިނގޭތަ؟ މަންމަ މާއިލް ކޮއްކޮ ލޯބިން ގެން ގުޅޭތަން ފެނުނީމަ އަހަރެން ހާދަ ރޮމޭ، މަންމަޔަށް އިނގޭތަ އެކީއްވެކަމެއް؟ އަހަރެން ވެސް އެހެން އުޅެން ބޭނުން ވާތީ، މަންމާ މަންމާ ހެޔޮނުވާނެ އެންމެ ފަހަރަކު ވިޔަސް އަހަރެންނަށް ދަރިފުޅާއޭ ކިޔާފަ ގޮވައިލަބަލަ، އޭރުން އަހަރެން ހާދަ އުފާވާނެޔޭ، މަންމަޔަށް އިނގޭތަ؟ އޭރުން އަހަރެންނަށް މިދުނިޔެ ލިބުންފަދަ” ބަލްގިސް އެތައް ޝަކުވާއެއް އޭނާގެ މަންމަޔާ ކުރަމުން ދިޔައެވެ. ރައޫފްބެ ވެސް އަނގައިން ނުބުނެހުރީ ބަލްގިސްއަށް ވާހަކަ ދައްކަން ފުރުސަތު ދޭން ވެގެންނެވެ. އެތާތިބި އެންމެން ތިބީ ބަލްގިސް ގެ ވާހަކަ އަޑުއަހާ ފެންކަޅިވެފައެވެ. “މަންމާ އާދޭސް މިކުރީ އެންމެފަހަރަކުވެސް އަހަރެންގެ ގައިގަ ބައްދާލަބަަަަލަ، މާއިލް ކޮއްކޮ ގައިގަ ބެއްދީމަ އަހަރެންގެ ގައިގަވެސް ބެއްދޭނެ، އާދޭސް މިކުރީ މަންމާ ” ބަލްގިސް މަންމަގެ ލޯތްބަށް އެދި ސަލާން ޖަހަމުން ދިޔައެވެ. ޖިއްނިއެއް ވިޔަސް ވަލު ޖަނަވާރުންނަށް ވިޔަސް މައިވަންތަ ކަމުގެ ލޯބި ބޭނުންވާނެތާއެވެ. “ބަލްގިސް ތިބުނީ މާއިލްދެކެ ލޯބިވެޔޭ، ދެން ކީއްވެ މާއިލްގެ ބައްޕަޔަށް އެވަރު އަނިޔާއެއް ތިދިނީ!؟ މާއިލް ކިހާދެރަވާނެ އޭނަގެ ބައްޕަޔަށް އެވަރު އަނިޔާއެއްވީމަ” ބަލްގިސްގެ ވާހަކަ މެދު ކަނޑަމުން ރައޫފްބެ ސުވާލް ކޮއްލިއެވެ. “ބޭބޭ މާއިލް ކޮއްކޮ ދެކެ ލޯބިނުވާތީއެއް ނޫން އެހެން ހެދީކީ، އަހަރެންގެ ބައްޕަ ގޮތަށް އަހަރެންވެސް މަރާލަފާނެތީ އެކަން ހުއްޓުވަން ވެގެން، އެކަމަކު މާއިލް ކޮއްކޮގެ ބައްޕަޔަކަށް އަަހަރެން އަނިޔާއެއް ނުދޭނަން، މިވަގުތު މާއިލް ބައްޕަ ހޮސްޕިޓަލުގަ އޮތަސް ހޭއަރާއިރު ނުހުންނާނެ އެއްވެސް ކަމެއް ވެފަ ހުރިހާ ކަމެއްވެސް ހުންނާނީ ރަނގަޅުވެފަ، އަހަރެން ދައްކާ ވާހަކަޔަށް ބަރޯސާ ނުވަންނާ ބަލަން ތިބޭ އިރުކޮޅެއް ފަހުން މާއިލް ބައްޕަގެ ހާލުގެ ހަބަރު ލިބޭނެ” ބަލްގިސް ޔަގީން ކަމާއިއެކު ބުނެލިއެވެ. އޭރު އެތާތިބި މީހުން އެކަކު އަނެކަކު ވާހަކަތަކެއް ދައްކާ ތުން ތަޅުވަމުން ދިޔައެވެ. ” އެންމެ ރަނގަޅު ބޭބެ ކުރާ ސުވާލަކަށް ބަލްގިސް ތެދު ބަހުން ޖަވާބު ދޭނަންތަ؟” ރައޫފްބެ އަހައިލިއެވެ. ” ބޭބެ ކުރާ ކޮންމެ ސުވާލަކަށް އަހަރެން ދޭނީ ތެދު ޖަވާބު، އަހަރެންނަށް އިނގޭ މިތާމިތިބީ އަހަރެންނަށްވުރެ ބޮޑެތި މީހުންކަން” ބަލްގިސްގެ ކުޑަ ކުޑަ އަތުން ކަރުނަފުހެމުން ބުނެލިއެވެ. ” އެންމެ ރަނގަޅު ބަލްގިސް ބޭނުން ވަނީ ކޮންކަމެއް މިއާއިލާ މީހުންގެ ފަރާތުން؟ ނުވަތަ ބައްޕަ މަރާލީތީ ބަދަލް ހިފަންތަ؟!” ރައޫފްބެ ވިސްނުން ތެރިކަމާއިއެކު އަހާލިއެވެ. “އަހަރެން ބޭނުމެން ނޫން ބަދަލް ހިފާކަށް ތިކަހަލަ ނިޔަތެއްވެސް ނެތް، އަހަރެންނަށް އިނގޭ އިސްލާމްދީނުގައި ބަދަލް ހިފުމަކީ ހަރާންކަމެއްކަން، އެހެން ވީމަ އެވަރުގެ ފާފައެއް ކުރާކަށް އަހަރެން ބޭނުމެން ނޫން” ބަލްގިސް ސާފު ތެދުބަހުން ބުނެލިއެވެ. “ދެން ކޮންކަމެއް ބަލްގިސް ބޭނުންވަނީ؟” ރައޫފްބެ އަނެއްކާވެސް ތަކުރާރު ކޮއްލިއެވެ. ” އަހަރެން ބޭނުންވަނީ މަންމަގެ ލޯތްބާ އަޅާލުން، ދެން އަހަރެންގެ ކޮއްކޮ އާއެކު ލޯބިން އުޅެން ” ބަލްގިސް ޖަވާބު ދިނެވެ.

“މިސާލަކަށް ތީގެ އެއްވެސް ކަމެއް ވާންނެތިއްޔާ ކިހިނެއްހަދާނީ؟!” ރައޫފްބެ އެއްބުމަ އަރުވާލަމުން އަހައިލިއެވެ. “އޭގެ އެއްވެސް ކަމެއް ވާން ނެތިއްޔާ ކުރާނެ ކަމެއް ނެތް ކުރެވޭނެ ކަމެއްވެސް ނެތް އޭގެ މާނައަކީ އަހަރެން ދެކެ ލޯބިވާ އެކަކުވެސް ނެތީއޭ، އަހަރެންނަކީ ބޭކާރު މީހެކޭ” ބަލްގިސް ވޭނީ އަޑަކުން ރޮމުން ބުނެލިއެވެ. “ބަލްގިސް އަށް ހުރެވޭނެތަ؟ މިއާއިލާ އެކަކަށް ވެސް އުނދަގޫ ނުކޮށް އޭގެ އެއްވެސް މީހަކު ފެންނަ ހިސާބަށް ނައިސް؟” ރައޫފްބެ އަހައިލިއެވެ. “ބޭބޭ ތިނޫންކަމަކު ބުނޭ، ބުނި ކޮންމެ ކަމެއް ކޮއްފާނަން އެކަމަކު މަންމަޔާ ކޮއްކޮއާ ނުފެންނަ ހިސާބަކު ނުހުރެވޭނެ” ބަލްގިސް ރޮމުން ބުނެލިއެވެ. ބަލްގިސްގެ ކުޑަ ކުޑަ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެވަރަށް ވަނީ އެހިތަށް އަސަރު ކޮއްފައެވެ. “މިސާލަކަށް ބަލްގިސްއަށް އިތުބާރު ކޮއްފަ އަހަރެން މިއަދު ބަލްގިސް ދޫކޮއްލަނީ، ދުވަސް ކޮޅެއް ފަހުން އަބުރައި އައިސް އުނދަގޫ ކުރަން ފަށައިފިއްޔާ ކިހިނެއް ހަދާނީ؟ ރައޫފްބެ ކަށަވަރު ކުރަންވެގެން އަހައިލިއެވެ.”ބޭބޭ އަހަރެން ވައުދުވަން، އަހަރެންގެ ފަރާތުން މަންމަޔަށް ވެސް ކޮއްކޮއަށް ވެސް އަދި މަންމަގެ އާއިލާ މީހަކައްވެސް އަހަރެންގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބޭނެކަން އަހަރެންނަށް އެމީހުން ގެއްލޭނެވަރުގެ އެއްވެސް ކަމެއް ނުކުރާތި އާދޭސްމިކުރީ ބޭބޭ އަހަރެން އަބަދުވެސް އެމީހުންނަށް އެހީވާނަން، އަދި ހިމާޔަތް ވެސް ދޭނަން، އަަހަރެންނަކީ އިންސާނެއް ކަމުގައި ނުވިނަމަވެސް އަހަރެންގެ ދުލުން ކުރާ ހުވައެއްމީ، އަދި އެވައުދު ފުއްދަންވެސް ފުއްދާނަން” ބަލްގިސް ސަލާން ޖަހައި ހާލުގައި އާދޭސް ކުރަމުނު ގެންދިޔައެވެ. އެވަގުތު އީތަންއާ މާޒިންވެސް އައިސް ވަނެވެ. އެތަން ފެނުމުން ޒޫމީ ދުވެގޮސް އީތަން ގައިގައި އެލިގަތެވެ. “ވަރަށް ތަދުވޭތެ؟ ކީއްވެ އެކުސިޑެންޓުވީ؟” ޒޫމީ މޮޔައެއްހެން އީތަންގެ އެކި ތަންތާ އަތްލާ ބަލަމުން ދިޔައެވެ. “އައެމް ފައިން މިހިރީނޫން، ނެތެންނޫން އެއްވެސް ކަމެއް ވެފަ، ހަމައެކަނި އަތުން ތަންކޮޅެއް މަށައިގަނެގެން ދިއައީ” އީތަން އަތުގައި ބޭސް އަޅައިފަ ހުރިތަން ދައްކަމުން ބުނެލިއެވެ. ހަގީގަތުގައި ވެސް އީތަން އަކަށް އަނިޔައެއް ނުވެއެވެ. “މަންމާ އަޅުގަނޑު ބުނީމެންނޫން މާއިލް ކޮއްކޮގެ ބައްޕަޔަށް އެއްވެސް ކަމެއް ނުވާނެޔޭ” ބަލްގިސް އެހެން ބުނި އަޑަށް އެންމެން ހޭވެރިކަންވެ އެދިމާލަށް އެބުރުނެވެ. އޭރު އީތަން ހުރީ ހައިރާންވެގެން އެދިމާލަށް ބަލައިގެންނެވެ. މާޒިންއަށް ވެސް ވީ ހަމަ އެވަރެވެ. އެމީހުން ބޭރުން އައިމަ ތިބީ ވާނުވާ ނޭގިފައެވެ. “އެންމެ ރަނގަޅު ބަލްގިސްގެ އެވާހަކަޔަށް އިތުބާރު ކުރެއްވިއްޖެ، އެކަމަކު، އަހަރެންގެ ހިތެއްނުބުނޭ، މިއާއިލާޔަކުން، އެކަކުވެސް ބަލްގިސް މިއާއިލާޔާ އެއްކޮށް އުޅޭކަށް ގަބޫލް ވާނޭހެނެއް” ރައޫފްބެ އެންމެންގެ މޫނަށް ވަކި ވަކިން ބަލަމުން ބުނެލިއެވެ. އޭރު ރައޫފްބެ ވެސް އެމީހުންނާ އެސުވާލް ކުރާ ފަދަ ގޮތަކަށް ބަލަމުން ދިޔައެވެ. “ބޭބޭ ތިހެން ނުބުނޭ އަހަރެންނާ ދޭތެރޭ ކޮންމެވެސް ރަހުމެއް ކުރޭ، އަހަރެން ހަމަ ހުވާ ކޮއްފަ މިބުނީ އަހަރެންގެ ފަރާތުން ދުވަހަކުވެސް އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުވާނެ، އާދޭސް މިކުރީ ބޭބޭ އަހަރެން އުޅެނީ ވަރަށް އެކަނި ވެރިކޮށް، އަހަރެންގެ އާއިލާ އެކަކުވެސް ނެތް މިދުނިޔެއަކު، އެނއމެން ވަނީ އަނދައިގެން ގޮސްސަ، ދެން ތިބިހާ ބަޔަކީ މަންމަޔާއި ކޮއްކޮ، ބޭބޭ އަހަރެން ބޭބެގެ އަޅެއް ގޮތުގަވެސް އުޅެފާނަން އަހަރެންނަށް ތިހެން ނަހަދާ، އަހަރެންގެ މަންމެންނާ ވަކި ނުކުރޭ އަހަރެން ވަރަށް ލޯބިވޭ އެމީހުން ދެކެ” ދެފައިމައްޗަށް ވެއްޓޭ ހާލުގައި ބަލްގިސް ކަރުނަ އަޅާ ރުމުން ބުނަމުން ދިޔައެވެ. ” ބޭބެއަކަށް އެއްވެސް ގޮތަކަށް ނުނިންމޭނެ ގޮތް ނިންމާނީ މިގޭ މީހުން “ރައޫފްބެ ކަން އޮތް ގޮތަށް ބުނެލިއެވެ. ހަގީގަތުގައި ރުއޫފްބެ ވެސް ހުރީ އެހެން ބުނަން ވީމަވެސް ދެރަވެފައެވެ. ނަމަވެސް ރުއޫފްބެ ބުނިހެން ގޮތް ނިންމޭނީ އެމީހުންނަށެވެ. “ބޭބޭ އަހަރެން މަރާނުލާތި، ބޭބެ ހެޔޮ ނިޔަތުގައި ކުރާ ކޮންމެ ކަމެއްގައި އަހަރެން އެހީތެރި ވާނަން،، ބޭބެ އަހަރެންނަށް އިނގޭ މުސްލިމުން ދޮގުހެދީމަ ވާގޮތް އަދި ލިބޭ ފާފަވެސް” ބަލްގިސް ރުމުން އާދޭސް ކުރަމުން ދިޔައެވެ. ހަމަ އެވަގުތު، އިންސާނެއްގެ ސިފަޔަށް ބަދަލުވެ އެންމެންގެ ކުރިމައްޗަށް ބަލްގިސް ފާޅުވިއެވެ. އެތަންފެނި އެއްމެންތިބީ ބިރުން ކުރު ގެޅިގެންނެވެ.
” މަންމާ އާދޭސް މިކުރީ އަހަރެންނަށް ތިހެންނަހަދާ އަހަރެންނަށް ރަހުމު ކުރޭ، މަންމާ މިއީވެސް ހަމަ ތި މަންމަގެ ބަނޑުން އުފަން ކުރި ދަރިއެކޭ” ބަލްގިސް ޒޫމީގެ ދެފައި މައްޗަށް ވެއްޓި ސަލާން ޖަހުމުން ދިޔައެވެ. ހަމަ ގައިމު ވެސް ބަލްގިސް އެކުރާ އާދޭހަށް ހިތް ތިރި ނުވާނެ މައެއް ނުުހުންނާނެވެ. އެކަމަކު ޒޫމީގެ ވިސްނުމަކީ ކޮބައިކަން އަހަރެންނަކަށް ނޭގެއެވެ. ބަލްގިސް އިންސާނެއްގެ ސިފަ ޖެހިގެން ހުރިއިރު އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭނާ އަސަރު ކިތަންމެ ރީއްޗަށް ވެސް ފާޅުވާން ހުއްޓެވެ. “ކާފާ އާދޭސް މިކުރީ އަހަރެންނަށް ތިހެން ނަހަދާ އަހަރެން ކާފަ ދެކެވެސް މާމަ ދެކެވެސް ވަރަށް ލޯބިވޭ، އަހަރެން ދުވަހަކުވެސް އެއްވެސް މީހަކަށް ދެރައެއް ނުދޭނަން” ބަލްގިސް ފަހަރަކު މީހެއް ކައިރިޔަށް ގޮސް އާދޭސް ކުރަމުން ދިޔައެވެ. ހަގީގަތުގައި އެއީ ޖިއްނިއެއް ކަމަކު އެމަންޖެ ރޯތަން ފެނި ނުރޮވޭ އެކަކުވެސް ނެތެވެ. އެވަގުތު އެންމެން ވެސް ވިސްނަމުން ދިޔައީ ދެންހަދާނީ ކިހިނެއް ކަމެއް ނޭގިގެން އެކަމާއެވެ. “އަޅެ މަންމަ ބުނެބަލަ މަންމަ ކުޑަކޮށްވެސް އަހަރެންދެކެ ލޯތްބެއް ނުވޭތަ؟ މަންމަ ވެސް މަންމަގެ މަންމަމެން ދެކެ ލޯބި ވަމެންނޫން؟ އެގޮތަށް އަހަރެންވެސް މަންމަ ދެކެ ލޯބި ވަމޭ، މަންމާ މަންމައަށް ވެސް މަންމައެއްގެ މުހިންމުކަން އިނގޭނީ މަންމަގެ މަންމަމެން ނެތްނަމަ މަންމާ އަހަރެން ތެދެއް މިބުނީ އަހަރެން މަންމަ ދެކެވެސް މަންމަގެ އާއިލާ ދެކެވެސް ވަރަށް ލޯބިވޭ” ބަލްގިސް އަނެއްކާވެސް ޒޫމީގެ ދެފައި ދަށަށް ތިރިވެ އާދޭސް ކުރަމުން ދިޔައެވެ. ޒޫމީ ހުރީބުނާނެ އެއްޗެއް ނޭގި ފެންކަޅިވެފައެވެ. އޭރު ރައޫފްބެއާ ސަލީމުމެން ކޮންމެވެސް ވާހަކަ ތަކެއް ދައްކަމުން ދިޔައެވެ. “ބަލްގިސް ތިދެއްކި ހުރިހާ ވާހަކްޔަކަށް ބިނާކޮށް އަދި ތިދެއްކީ ތެދު ވާހަކަ ކަމުގައި ވަނީނަމަ ބަލްގިސް އެދޭ ފަދައިން ނުމަރާ ދޫކުރާނަން، އެކަމަކު ތިހުރިހާ ކަމަކަށް އެއްބަސްވެ މި ޙަތިމުގައި އަތްލައި ހުވާކުރޭ، މިއާއިލާ އެކަކަށްވެސް އަދި އެއްވެސް އިންސާނަކަށް ވެސް އެއްވެސް އުނދަގުލެއް ނުކުރާނެ ކަމަށާއި އަދި މުސްލިމެއްގެ ގޮތުގައި ހުންނާނެ ކަމަށާ، ފަރުލު ކުރެއްވި ފަސް ނަމާދު ކުރާނެ ކަމަށާ، އަދި ރޯދަ ހިފުމަށާ، ހުރިހާ މުސްލިމުންނަށް ފަރުލު ކުރެއްވި ހުރިހާ ކަމެއް ކުރާނެ ކަމަށް، އަދި އެއްވާހަކަ ބަލްގިސް އަކީ އިންސާނީ ނަސްލު ހިއްސާކުރާ މީހެއް ކަމުގައި ވިޔަސް މިއާއިލާ މީހުނާ އެކު އެމީހުން އުޅޭހެން ބަލްގިސް އަކަށް ނުއުޅެވޭނެ އެހެންވީމަ އެކަން ގަބޫލްކޮށް ހުވާ ކުރަންވީ އެކަމަކު ބަލްގިސް ބޭނުން އިރަކު މި އާއިލާ މީހުންނާ ބައްދަލް ކުރެވޭނެ، އެކަމަކު އެއީ އެއްވެސް ސިފައެއްގަ އެމީހުންނަށް ނުފެނި، އެގޮތަށް އެއްބަސްތަ!؟” ރައޫފްބެ އެންމެންނާ ވާހަކަ ދައްކާފަ އެންމެންވެސް ނިއްމި ގޮތަށް ވީތީ އެވާހަކަ އިއުލާން ކޮއްލިއެވެ. އެވަގޮތު ބަލްގިސް އޮަފަލުން އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އަދި އެވަގަތު ހެއްދެވި ފަރާތައް ޝުކުރުކޮށް ޝުކުރުގެ ސަޖިދައެއް ވެސް ޖެހިއެވެ. ރައޫފްބެ އެހެން ބުނުމުން ބަލްގިސްއަށް ހީވީ އެތަށް ހާސް އުފަލެއް އެއްފަހަރާ ލިބުނު ހެންނެވެ. “ޝުކުރިއްޔާ ބޭބޭ، އަހަރެން ތިހުރިހާ ކަމަކަށްވެސް އެއްބަސް، އިރާދަ ކުރެއްވިއްޔާ އެންމަންނަށް ވެސް ދައްކާނަން އަހަރެންނަކީ ޖިންނިއެއް ކަމުގައި ވިޔަސް އަހަރެންނަކީ ވެސް ބުނާ ބަހުގެ އިތުބާރު އޮންނަ މީހެއްކަން، އަދި ވައުދެއް ވެއްޖެނަމަ އެވައުދެއް ވެސް ފުއްދާ މީހެއްކަން، އަދި ވައުދު ފުއްދެނީ އިންސާނުންނަށް އެކަންޏެއް ވެސް ނޫންކަން އަހަރެމެން ޖިންނިންނަކީ ވެސް ވައުދު ފުއްދާ ބައެއްކަން އަދި އަހަރެމެންގެ ވެސް އިހުސާސްތަކެއް ވެސް ވާކަން” ބަލްގިސްއަށް އެހިސާބަށް ބުނެވުނު ތަނާ ބަޑި ފަޅައިގެން ހިގައްޖެއެވެ. އަޑުވެސް ކުރަކި ވެއްޖެއެވެ. ބަލްގިސް ރޯތަން ފެނުމުން އެތާ ތިބި އެނއމެންވެސް ރުޔެވެ. އެކަމަކު އެއްވެސް މީހަކު އެއްޗެއް ނުބުނެއެވެ. “ބޭބޭ ގެނޭ ޙަތިމު އަހަރެން ހުވާ ކޮއްފާނަން އަހަރެން ބިރެއް ނުގަނޭ ހުވާ ކުރާކަށް އަހަރެންނަށް ޔަގީންކަން އޮވޭ އަހަރެން ވައުދެއް ވެއްޖެނަމަ އެވައުދެއް ފުއްދޭނެކަން” ބަލްގިސް އެހެން ކިޔާ ޙަތިމު އަތުލައި ރައޫފްބެ ބުނި ގޮތަށް އެއްބަސްވެ ހުވާކުރިއެވެ. އަދި ޙަތިމުގައި ބޮސްދީ ރޯންފެށިއެވެ، ބަލްގިސް ރޯން ފެށުމުން ރައޫފްބެ ހަތިމު އަތުލާ ބަލްގިސްއަށް ހިތްވަރު ދިނެވެ. ރައޫފްބެ ޙަތިމް އަތުުލުމުން ބަލްގިސް ގޮސް ހުއްޓުނީ އަމީނާ ކުރިމަތީގައެވެ. އަމީނާ ބިރުން ޖެހުނީ ފަހަތަށެވެ. “މާމާ ބިރުނުގަނޭ، އަހަރެން މާމަޔަކަށް އެއްވެސް ކަމެއް ނުކުރާނަން، އަހަރެން މާމަ ކައިރީގައި ވާހަކައެއް ބުނަން ވެގެން މިއުޅެނީ” ބަލްގިސް އެހެން ބުނުމުނު އެންމެނު އެބުނާ އެއްޗަކަށް ސަމާލުވިއެވެ. “މާމާ، މާމަ އަވަހަށް ޑޮކްޓަރަށް ދައްކަން އުޅޭ މާމައަށް ނޭގުނަސް މާމަ ތިހިރީ ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެފަ މިހާރު އުޅެފިނަމަ ރަނގަޅު ވާނެ މާމަޔަށް ގަބޫލް ނުކުރެވެންޏާ މިހާރު ވެސް ދޭ ހޮސްޕިޓަލަށް، މާމަޔަށް ހުރީ ބްލަޑް ކެންސަރު ޖެހިފަ!!” ބަލްގިސް އެހެން ބުނުމުން އެންމެން ދިޔައީ ސިއްސައިގެންނެވެ. އޭރު އަމީނާ ހުރީ އެބުނި އެއްޗަކަށް ވިސްނާށެވެ. “އެހެންވެތަ އެނެއްކާ އަހަރެން އަބަދު ވަރުބަލި މިކުރަނީ” އަމީނާ ހިތާ ހިތާ ވާހަކަ ދައްކަމުން ދިޔައެވެ. އަމީނާ ފުން ވިސްނުމެއްގަ ހުއްޓާ ސިއްސައިގެން ދިޔައީ އަނެއްކާވެސް ބަލްގިސް ވާހަކަ ދައްކަން ފެށުމުންނެވެ. “މާމާ މިއީ ދޮގެން ނޫން މިއީ ހަމަ މިކަން ހުރި ގޮތް، އަހަރެން ދޮގެއް ނަހަދާނަން” ބަލްގިސް ކަރުނަ ފޮހެމުން ބުނެލިއެވެ. އެންމެން ތިބީ ބުނާނެ އެއްޗެއް ނޭނގި ގަބޫލް ކުރަން ދަތި ވެފައެވެ. “މަންމާ، އަހަރެން ދެން ދަނީ އަހަރެން ނާންނާނަން މަންމަމެންނަކަށް އުނދަގޫ ކުރާކަށް އެކަމަކު އަހަރެން އަބަދުވެސް މަންމަމެންނާއިއެކު ވާނަން، އަދި މަންމަ ދެކެ އަބަދު ވެސް ލޯބި ވާނަން، އަދި މަންމަމެންނަށް ދެރައެއް ދޭން އުޅޭ ކޮންމެ މީހެއްގެ ހުރަހަކަށް އަހަރެން ވާނަން، އަހަރެން ވަރަށް އުފާ ވެއްޖެ ބައްޕަ މަރާލި ގޮތަށް އަހަރެން ނުމަރާ ދޫކޮއްދިނީތީ، އެކަމާ އަބަދުވެސް ޝުކުރު ވެރި ވާނަން، ތިޔަ ހެޔޮކަން އުމުރަށް ވެސް ބަލާނަން، ބައްޕަ މަރާލި ކަމުގައި ވިޔަސް އަހަރެން އެކަމަށް ވެސް މާފު ކޮއްފިން، މިއަދު އަހަރެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ، ދުނިޔޭގައި އުޅޭއިރު ދިމާވާ ކަންތަކުގައި ހިތްވަރާއިއެކު ކުރިމަތި ލާން އަހަރެންނަށް ކުރެވުން ބޮޑު ފާފަޔަށް އަަހަރެން ތައުބާވެސް ވާނަން އުއްމީދު ކުރަން އީތަންބޭބެ ވެސް މާފް ކޮއްދޭނެކަމަށް” ބަލްގިސް ރޮމުން ހެމުން ވާހަކަ ދައްކަމުން ދިޔައެވެ. އެންމެން އަގައިން ނުބުނެ ތިބީ އެކުރާ ހިތްވަރަށް ތައުރީފް ކުރާ ހާލުގައެވެ. “މަންމާ އެންމެ ފަހަރަކު ވިޔަސް އަހަރެންގެ ގައި ބައްދާލަބަލަ އެވަގުތަކަށް ޓަކައި އަހަރެން އުއްމީދު ކުރާތާ ހާދަ ދުވަހެއް ވެއްޖެޔޭ، އާދޭސް މިކުރަނީ މަންމާ” ބަލްގިސް ޒޫމީއާ ދިމާލަށް ދެއަތް ދިއްކޮއްގެން ހުރެ ބުނެލިއެވެ. އެވަގުތު ރައޫފްބެ ވެސް ޒޫމީއާ ދިމާލަށް ކުރާށޭ ބުނާ ފަދަ ގޮތަކަށް ބޯޖަހަލުއިމުން ބިރުން ހުރެވެސް ބަލްގިސް ގައިގައި ބައްދާލިއެވެ. “ޝުކުރިއްޔާ މަންމާ މިއީ އަހަރެންގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ވަގުތު، އަހަރެން މިކަމަށް އެދޭތާ ލައްކަ ދުވަސް ވެއްޖެ، ވަރަށް ލޯބިވޭ މަންމާ، މަންމާ އަވަހަށް މާމަ ޑޮކުޓަރަށް ދައްކަން އުޅޭ، އެހެން ނޫނީ މާމަ ދުނިޔެއަކު ނުހުންނާނެ!” ބަލްގިސް ޒޫމީގެ ކޮޑުގައި ބޯއަޅައިގެން އޮވެ ބުނެލިއެވެ. ޒޫމީވެސް އާއޭ ކިޔާ ބޯ ޖަހައިލިއެވެ. މިއަދަކީ ބަލްގިސްއަށް މުޅި ދޮނިޔެ ލިބުންފަދަ ދޮވަހެކެވެ. ބަލްގިސް އެއްމެންނާ ސަލާމް ކުރުމަށް ފަހު ވިދާލި ވިދުވަރަކާ އެކު ގެއްލިއްޖެއެވެ. އެވަގުތު ޒޫމީއަށް ބާރަށް ރޮއެ ގަނެވުނެވެ. ޒޫމީއަށް ކޮންމެވެސް އެއްޗެއް އިހުސާސް ވީކަންނޭގެއެވެ. “އިރާދަ ކުރެއްވީތީ މިކަން ވެސް މިނުމުނީ ދެން އެއްވެސް ބިރެއް ނެތް” ރައޫފްބެ ދެއަތް ފޮޅައިލަމުން ބުނެލިއެވެ. ރައޫފްބެ ކޮންމެވެސް ކަމެއް ކުރުމުން މާއިލް ވެސް ފުއްމާފަ ތެދު ވެއްޖެއެވެ. މާއިލް ތެދުވި ގޮތަށް ހިނިގަނޑަކާއިއަކު ގޮސް އެރީ ޒޫމީގެ އުގަށެވެ. ބަލްގިސް ހުރީ އެމީހުންނަށް ނުފެންނަހެން ދުރުގަ މަންޒަރު ބަލައިގެން ހިނިތުން ވެފައެވެ. އޭނާ އުއްމީދު ކުރި ހުރިހާ ކަމެއް ހާސިލްވީއެވެ. އިތުރު ވަގުތު ނުނަގާ އެންމެން ދިޔައީ އަމީނާ ގޮވައިގެން ހޮސްޕިތަލަށެވެ. ޓެސްޓްތައް ވެސް ހެދިއެވެ. ގަނޑިއެއްގެ ތެރޭ ނަތީޖާ ލިބުމުން ޒޫމީ އާއި މަލަކާ އެ ރިޕޯޓު ބަލައިފަ ދިޔައީ ދެލޯ ބޮޑުވެގެންނެވެ. ބަލްގިސް ބުނީ ތެދެކެވެ. އަމީނާ ހުރީ ލޭގެ ކެންސަރު ޖެހިފައެވެ. ފަސްޓު ސުޓޭޖުގައަވެ. އެމަންޒަރު ބަލަން ވެސް ބަލްގިސް އެތާ ރޮވިފަ ހުއްޓެވެ. އެވަގުތު ޒޫމީ އެކި ދިމަ ދިމާލަށް ކަޅި އުކަމުން ދިޔައަވެ. ހީވާ ހީވުމަށް ހީވަނީ އޭނާ އެހޯދަނީ ބަލްގިސް ހެންނެވެ. އޭގެ އަނެއް ދުވަހު މާޒިން އާއި މަލަކާ އަމީނާ ގޮވައިގެން ލަންކާއަށް ފުރިއެވެ.

ެދެއަހަރު ފަސް

. ކުރިއެކޭ އެއްގޮތަށް ޒޫމީވެސް ދިރިއުޅުން އިއާދަ ވެއްޖެއެވެ. މާޒިންއާއި މަލަކާ ވެސް ނުހަނު ލޯބިން އުޅެމުން ދިޔައެވެ. އެދެމީ ހުންނަށް ވެސް ލޯބި އަންހެން ކުއްޖެ ލިބުނެވެ. ނިމާގެ ނަމުން ނަން ދިނެވެ. އަމީނާވެސް ކެންސަރުގެ ނުރައްކާތެރި ވަކި ތަކުން ސަލާމަތް ވިއެވެ. އެ ބަލިން ސަލާމަތްވެގެން އޭނާވެސް ދިޔައީ އޭނާގެ އާއިލާއާއި އެއްކޮށް އުފާވެރި ދިރި އުޅުމެއްގައި ދިރި އުޅެމުންނެވެ. ޒޫމީއަށް ނޭގުނަސް ޒޫމީ ނިދައިފައި އޮންނައިރު ބަލްގިސް އޭނާގެ މޫނަށް ދޮންދީ ބައްދާ މަންމައެއްގެ ލޯބި ހޯދަމުން ދިޔައެވެ. އަދި އެއާއިލާ އެންމެންނާއި އެކު އުޅެމުން ދިޔައެވެ. އެކަމަކު އޭނާ އެއްބަސް ވީ ގޮތަށް އެމީހުންނަށް ސިއްރުންނެވެ.

……ނިމުނީ……

You may also like...

17 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. >>وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقَ<>kill not anyone whom Allah has forbidden, except for a just cause (according to Islamic law)<<

    Sura Al-An'am, Ayah 151

    ⚠Report!
  2. Some People thinks that it’s not a sin to kill a Jinn. Killing a Jinn is as sinful as killing a Human.

    ⚠Report!
  3. Balgis😭😭😭😭😭😭😭 rovvaalafi!!!! Nuvaaane ehen hadhan e kujja ah!!! V dhera! Adhi zoomy care nukuryma v dhera vehje😠😠

    ⚠Report!
  4. Ohhh woww😍😍😢😢 masha allah v rythi hama rovvaalaifi ehaaves asru gadha rythi stry eh ohhh balgis ly may god bless u😚😚😍😍 amaazing dear thanks 4 the luvly stry 😚😙😚😙❤❤❤💖💖💖💖💖💕💕💕💕💕💕

    ⚠Report!
  5. Varah reethi vaahakaeh..Adam ge ehen stry eh kiyaalan libeynebkamah umeedhu kuran…abadhuves kiyan comment nukuriyas..busy vyma comment nukureveny 🙂😀

    ⚠Report!

Leave a Reply

Your email address will not be published.