Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަލާކް… 23ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
August 18, 2017 5 Mins Read
32 Comments

“އެރޭ މާހިލްއަަށް ހަމަލާދިންމީހުން ދުއްވި ސައިކަލްގެ ނަންބަރު އިނގޭތަ.. ” ކުއްލިއަކަށް އެއްޗެެއް ހަނދާންވާ ފަދައަކުން އަރޫން އަހާލިއެވެ. “ނޫރާމެންގޭ ބޭރުގަ އިން ކެމެރާއަށް ހަމަގައިމުވެސް އަރާނެއްނު.. ” އެއްބުމައަރުވާލަމުން ޖަޒްލާން އޭނައަށް އައިމޮޅުހިޔާލު ހުށައަޅާލިއެވެ. ” ޔެސް .. ތިބުނީ ހަމަރަނގަޅަށް ..” އަރޫންއަށް ޖަޒްލާންގެ އެހިޔާލުވަރަށް ކަމުދިޔައެވެ. ” މަށަށްމިހާރު އެއްޗެއްޝައްކު.. ޖަޒްލާންތީ އަނެއްކާ ޑޮކްޓަރެއްކަމާމެދު.. އާއެހެންޏާފަހެ.. ނުބުނާނެތަމިހެން.. ހީވަނީ ހަމަ ސްޕެޝަލްފޯސްގެ ހުނަރުވެރި އޮފިޝަލެއްހެންވީޔާ.. ” ޝަމާލް މިހެންބުނުމާއެކު ތިންމީހުނަށް އެކީ ހޭންފެށިއެވެ. “އަސްލުވީ ގޮތަކީ ކިޔަވަންހުރި ވަރަށް ގިނަކަންތަކާދިމާވި، އޭރު އެކީގަ ރޫމްޝެއަރކުރި ކުއްޖާއެއީ ވަރަށްކުޅަދާނަ ކުއްޖެއް.. އައިޓީ، އިންވެސްޓިގޭޝަންްސް އަދި ބަސްމޮޅުންތެިކަންވެސް.. މިހެންގޮސްކިޔާނެކަމެއް ނެތް.. އޯލްއިން ވަން އެއް ހަމަ.. އޭނަ އޭރު އަހަންނަށް ވަރަށްގިނަ ކަންކަން ދަސްކޮށްދިން..އެކަމަކު މިހާދުވަސްވީއިރު ދަސްކުރިއެއްވެސް ކަމެއްގެބޭނުންހިފާކަށް ނުޖެހޭވިއްޔާ.. އެހެންވީމަ ނޭންގޭނުދޯ.. ” ބޯކަހާލާފައި ޖަޒްލާން މިހެން ބުނުމުން ” އެހެންވީމަތިވީ މާރަނގަޅަކަށްނު މިހާރު މިއޮތީ ދަސްކުރި ކަންތައްތައް ތަޖުރިބާކޮށްލަން ލިބިފައެއްނޫންހޭ..” އަރޫން ބުނެލިއެވެ. ތިންމީހުން އެކީގައި ކޮފީނިންމާލާފައި މާހިލްއަށް ޒިޔާރަތްކުރުމަށްފަހު ހޮސްޕިޓަލުން ނިކުތީ އެތަކެއް ކަމެއްރޭވުމަށްފަހުގައެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް މަލާކްމެން ރާއްޖެ އަންނަން ދެދުވަހަށް ވުމާއެކު ހުރިހާމީހޖންވެސް އަވަދިނެތިއުޅުނީ ދަތުރަށް ތައްޔާރުވުމުގައެވެ. އެއްބަޔަކު ބާޒާރުކުރާއިރު އަނެއްބަޔަކު ގަނެފައިހުރި އެއްޗެހި ޕެކްކުރަނީއެވެ. އޭގެތެރެއިންވެސް މީރާންގެ މަންމަގެ ހިންގުންތެރިކަން ފާހަގަވެއެވެ. އެހާދުވަސްކޮށްފައި އަމިއްލަގެ ދޫކޮށްފައި ދާންވުމުން ހާދިމުންލައްވާ މުޅިގެ އެއްކޮށް ސާފުކުރުވާ ހެދިއެވެ. އަދި ހަމައެގޮތަށް ކުރިއަށް އޮތް ދެދުވަހު ގޭގައި ނުކައްކާގޮތަށް ހަމަޖައްސާ ކައިރީގައި ރެސްޓޯރަންޓްއަށް ގުޅައިގެން އެކަން ހަމަޖެއްސިއެވެ. އެމީހުން އެނބުރި އަންނަންދެން ދާންބޭނުން ވާ ހާދިމުން ތިބިނަމަ އެމީހުން ފޮނުވައިދީ ވެސް ހެދިއެވެ. ހުރިހާ ހާދިމުންވެސް މީރާންގެ މަންމައަށް ގަދަރުކޮށް އިހްތިރާމްކުރަނީ އެހާހިތްހެޔޮވެފައި ރަނގަޅުވީމައެވެ.
ނޫރާއަށް ކޮންމެދުވަހަކު ހޮޑުލެވެންފެށުމުން މިހާރު ކޮޓަރިންވެސް ނިކުތުންވަނީ ބޮޑުކަމަކަށެވެ. އެކަން ޔާސީންއާއި ރާމިޒާއަށްވެސް ފާހަގަވިއެވެ. ކާގަޑިތަކުގައިވެސް މިހާރު އެހާކެއުމާވެސް ދުރުވެއްޖެއެވެ. އެކަމާސުވާލުކުރުމުން ލިބެނީ އެންމެ ޖަވާބެކެވެ. ޑައިޓްކުރާތީ ކެއުމާދުރީކަމުގައެވެ. ހަމައެގޮތަށް މިހާރު އަރޫންވެސް އެހާގިނައިން އެގެއަށް ދެއެވެ. ބައެއްފަހަރު އެކަންޏެވެ. އަނެއްބައިފަހަރު ދެއެކުވެރިންނާއެކުގައެވެ. އެހެންވުމުން ޖަޒްލާން އާއި ޝަމާލް އާއިވެސް ޔާސީންވަނީ ރަނގަޅުގުޅުމެއް އުފެދިފައެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފާ ޖަޒްލާންދިޔައީ އެގޭތެރެ ރަނގަޅަށްބަލާ ފާސްކުރަމުންނެވެ.
ހިޝާމް މެން އަންނަ ވާހަކަ އެއްވެސްމީހަކަށް އަންގާވެސްނުލައެވެ. ނަމަވެސް ސަމީހު އެދުވަހު ރައްޓެއްސަކުފުރުވަން އެއަރޕޯޓަށް ދެވުނީ އިއްތިފާގުންނެވެ. އެހެންވެ ހިޝާމްގެ އާއިލާއާއި ބައްދަލުވުމުން ވަރަށް އުފާކުރިއެވެ. އަދި ސަމީހުގެ ލާންޗުގައި އެމީހުން މާލެގެނެސްދީވެސް ހެދިއެވެ. ނަމަވެސް އެއްވެސްމީހަކަށް އެމީހުން އައިކަން ނާންގާ މަޑުކޮށްލީ ހިޝާމްގެ އެދުމުގެ މަތީންނެވެ.
ކުއްލިއަކަށް ވައިބާރއިން ޝަމާލްގެ ފޯނަށް ކޯލްއެއްއައުމުން އަރޫންމެން ަައިރީގައި ހުރެފައި އެއްފަރާތްވެލިއެވެ. ގުޅަނީ މިޝާއަށްވުމުންނެވެ. އޭރުވެސް އެމީހުންތިބީ ޔާސީންމެންގޭގައެވެ. އެވަގުތު ޖަޒްލާން ފާހާނާއަށް ކަމަށްބުނެ ދިޔައެވެ. އަވަސްހިނގުމުގައި ގޮސް ސްޓޯރޫމަށް ވަދެވުމާއެކު އަވަހަށް ތަޅުލިއެވެ. އެގޭގެ ސެކިއުރިޓީހުރީ އެތާންގައި ކަމުން ޖަޒްލާން ވަރަށް ފަރުވާޔެރިކަމާއެކު ސިސްޓަމްތަކާކުޅެމުން ގެންދިޔައެވެ. އެވަގުތުއެތާންގައި ހުރިކެމެރާވެސް އޮފްކޮށްލުމަށްފަހު އަވަހަށް އޭގައިވާ އޭނަގެ ބައި ފުހެލިއެވެ. ފަސްވަރަކަށް މިނެޓްގެ މަސައްކަތުން ޖަޒްލާންއަށް އޭނަބޭނުންވާ ފުޓޭޖްލިބުނެވެ. އަވަހަށް އޭނަގެނައި ޕެންޑްރައިވްއަށް އޭތި ކޮޕީކޮށްލިަމަވެސް އެވަގުތު ސްޓޯރޫމްގެ ދޮރުހުޅުވިގެން ދިޔަ އަޑުއިވުނެވެ.
ބަލްޤިސް ގެ އެދުމުގެމަތީން މާހިލްއަށް ހަމަލާދިން ދެމީހުން ބަލްޤިސްއާއި ބައްދަލްކުރީ އޭގެ ފަހުން ހަފްތާއެއް ވާން ކައިރިވެފައި ވަނިކޮށް ރިޒޯޓްއިންނެވެ. ” ކަލޭމެންގެ އުޖޫރަމިއޮތީ..” ދަބަހެއްދިއްކޮށްލަމުން ބަލްޤިސް ބުނެލިއެވެ. އެއާއެކު އެދެމީހުންއެކީގަހެން ދަބަހުގައި ހިފައި ޒިބުދަމާލިއެވެ. އޭގައިހުރި ފައިސާފެނިފައި ދެމީހުންވެސް ބަލްޤިސްއަށް ޝުކުރުއަދާކުރުމަށްފަހު ފުރަންދިޔައެވެ. ” ދެންމިހާރު އެކުއްޖާގަނޑުކިބައިންވެސް ސަލާމަތްވީ.. އޭނަޖެހޭތަ ހަމަ ނޫރާއާއި ގާތްވާން.. އެންމެ ފުރަތަމަދުވަހުވެސް އަހަރެންބުނިހެން އަރޫން އާއި އެ ނާސި އަންހެނާ ދުރުކޮށްދީފަ ދިޔާމަވީނު.. އެއްފަހަރު ބޮނޑިދިނީމަވެސް އަނެއްކާވެސް އިނގުނީ އަހަރެންގެ ދަރީގެ ވާންއުޅޭ އަނބިމީހާޔާވިއްޔާ ކައިރިވާން.. ” ބަލްޤިސް އެމީހުން ދިއުމުން އަމިއްލަ ނަފްސާއި ވާހަކަދައްކަން ފެށިއެވެ. އޭނަ ހީކޮށްގެންހުރީ މާހިލް އަށް ދެން ސަލާމަތް ނުވެވޭނެ ވަރުކޮށްފައިވާކަމަށެވެ. ނަމަވެސް މިހާރު މާހިލްވަނީ ފަރުވާކުރުމަށްފަހު ގޭގައި ރެސްޓްކުރުމަށް ދޫކޮށްލާފައެވެ.
ސްޓޯރޫމްގެ ދޮރުހުޅުވާލާފައި ރާމިޒާ އެތެރެއަށް ވަނީ އެދިމާއިން ހިޔަންޏެއްވީހެން ހީވެގެން އެތައްއިރަކު ހުރުމަށްފަހު ތަޅުދަނޑިހިފައިގެން އައިސްއެވެ. އެތެރެއަށް ވަދެ ބަލާލިއިރު އެއްވެސް އެއްޗަކަށް ނުވަތަ ތަނަވެސް ބަދަލެއް އައިސްފައި ނުވުމުން ހީވި ހީވުމަށް ނިންމުމަށްފަހު ނިކުމެގެން ރާމިޒާދިޔައީ ނޫރާގެ ކޮޓަރިއަށެވެ. އޭރު ނޭވާހިފާއްޓާލައިގެން ޖަޒްލާން އިނީ ހުރިހާ ސިސްޓަމްތަކެއްގެ ބިއްދޮށުގައި ދާހިއްލާ ފޯވެފައެވެ. އަވަހަށް ނޭވަ ހަމަޔަކަށް އަޅުވާލުމަށްފަހު އެތަނުން ނިކުމެގެން ފާހާނަޔަށްވަދެ މޫނުދޮވެލައިގެން އަރޫންމެން ކައިރިއަށް އައިރު ޝަމާލްވެސް ފޯނު ނިންމާލާފައި އައިސް އިށީންނަނީއެވެ. “ހާދައިރެކޭދޯ.. ފާހާނައިގަ..” ޔާސީން ޖަޒްލާންފެނުމާއެކު ލާނެތްގޮތަކަށް އަހާލިއެވެ. އެއީމިހާރު އާދައެވެ. ޖަޒްލާންގެ މަޖާމިޒާޖްގެ ސަބަބުން ޔާސީންވެސް ޖަޒްލާންއާއި ސަމާސަކުރުން ވަނީ މަޖާކަމަކަށެވެ. “އަސްލު ފާހާނާއަށް ދިޔަބޭނުމަށްވުރެ ބޮޑަށް ފާހާނައިގެ ބޭނުންކުރަންޖެހުނީ އެހެންވީމަ ދެންއިނގޭނެނޫންތޯ.. ” ޖަޒްލާން މަޖާވެލަމުން އެހެންބުނެލީ އަރޫންމެންނަށް ޕެންޑްރައިވް ދައްކާލަމުންނެވެ. ނަމަވެސް އެއިން ކަމެއް ޔާސީން އަކަށް ރޭކާނުލައެވެ.
ރާމިޒާ ކޮޓަރިއަށް ވަންއިރު ނޫރާއުޅެނީ ފާހާނައިގައެވެ. އެހެންވެ ގިވާލާފައި ނިކުތީ ފެންވަރަނީ ކަމުގައި ނިންމާފައެވެ. އެވަގުތު މާހިލް ނޫރާގެ ފޯނަށް ގުޅިއެވެ. ނަމަވެސް ސައިލެންޓަގައި އޮތުމުން ރާމިޒާއަށް އެކަމުގެ ހިލަމެއްނުވީއެވެ.
“ތިއެއްނޫނޭ.. ދެންމެ އެގުޅީމިޝާ .. ބައްޕަމެން މިރޭ އަންނާނެޔޯ ދަންވަރު.. އެހެންވެ ކުޑަކޮށް ގޭތެރެފޮޅާލަދެވިދާނެހޯ.. އަށެއްޖަހާއިރަށް ދާށޭބުނީ.. އޭރުން ބައްޕަގެ ރައްޓެހިމީހާ ދާނެޔޯ ތަޅުދަނޑިހިފައިގެން.. ” ޝަމާލް އަވަހަށް މިޝާގެ މެސެޖް އެމީހުނަށް ފޯރުކޮށްދިނެވެ. ” ހަމަޖެހޭ.. އެހެންވީމަ ތިންކުދިން ސައިބޮއެގެން ދޯދާނީ.. ” ހަވީރުވެފައިވާތީ ޔާސީން ބޭނުންވީ އެމީހުނަށް ސައިދީފަ ނޫނީ ނުފޮނުވުމަށެވެ. އެެެންވެ އެކަން ރާމިޒާއަށް ގޮވާލާފައި އަންގާލިއެވެ.
މިޝާ ފޯން ނިންމާލުމަށް ފަހު އަވަހަށް މައިޝާމެންނާއި އެކު ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރުމުގައި އުޅެން ފެށިއެވެ. މާލެ އާދެވުމާއެކު މަލާކްއަށް އަނެއްކާވެސް އަރޫންގެ ހަނދާންތަށް އުނދަގޫކުރަން ފެށުމުން އެންމެނަށްވުރެ ބިޒީކޮށް އޭނަ އުޅެމުންދިޔައެވެ. ހިޝާމްވެސް މީރާންގެ މަންމަގޮވައިގެން ގޭތެރޭގެ ކަންކަން ހުންނާގޮތް ކިޔައިދިނުމުގައި އުޅެމުން ދިޔައިރު މީރާން ދިޔައީ މާހިލްގެ ހަބަރެއްބަލާލުމަށް އެގެއަށެވެ.
ސައިތައްޔާރުވުމާއެކު އަރޫންމެން ޔާސީންއާއި އެކުގައި ސަޔަށް އިންސާފުކުރުމަށްދިޔައެވެ. އެވަގުތުނޫރާވެސް އައިސް ވަނީ މާގިނައިން މިއަދު ހޮޑުލެވުމުގެ ސަބަބުން އެއްޗެއްކާލާށެވެ. “އަހަށް ދަރިފުޅު .. ހާދަފާޑަކަަސް މިހާރު ތިހުންނަނީ.. ބަލީތަ އަޅެ ނޫނީ ހަމަ ޑައިޓްތަ.. އާދެބަލަނިކަން ބައްޕަމެންނާއެކު ސައިބޯން.. އަރޫންވެސް މިހާރު މިގޭގަ ގިނައިން އެއުޅެނީ އެހެންވީމަ ދަރިފުޅުވެސް ވާނު ވަގުތުދޭން.. ” ޔާސީންގެ އެދުމަށް ފުރަގަސްދޭން ނުކެރުމުން ނޫރާއައިސް އެމީހުނާ ބައިވެރިވިއެވެ. ނަމަވެސް ކެވުނީ ކުޑައެތިކޮޅެކެވެ. ހޮޑުލަވާހެން ހީވުމުން އަވަހަށް ތެދުވެގެންދިިޔައީއެވެ. މިމަންޒަރުފެނި އަރޫންވެސް ނޫރާގެ ފަހަތުން ދިޔައެވެ. ހޮޑުލައި ނިމުމުން އަނގަޔާއި މޫނުވެސް ދޮވެލައިގެން ނިކުތް ނޫރާ ސިހުނީ ކުރިމަތީގައި ހުރި އަރޫން ފެނުމުންނެވެ. ” ނޫރާ.. ބަލީތަ.. ” އެހެންބުނުމާއެކު ނޫރާގެ ނިއްކުރީގައި އަރޫން އަތްޖައްސާލިއެވެ. ” ހުންވެސް އައިސްފައެއްނު ތިހުރީ.. ހިނގާ ދާން ޑޮކްޓަރަށް ދައްކަންދާން.. ” އަރޫން ބޭނުންވީ ނޫރާއަށް އެވަނީ ކިހިނެއްތޯ ކޮންމެހެންވެސް ބަލާށެވެ. މާހިލްގެ ފޯނުން ފެނިފައިވާ މެސެޖްތަކުން މާހިލްއާއި ނޫރާގެ ގުޅުން ރައްޓެހިވެގެން އުޅޭދެމީހުނަށްވުރެވެސް ގާތްވެފައިވާކަން އަރޫންއަށް ވަނީ އެނގިފައެވެ. ދެމީހުންގެ ދެމެދުގައި ފިޒިކަލީ ގުޅުންތަކެއް ނުވާނަމަ އެގޮތަށް މެސެޖްތަކުގައި ނުވާނެކަން އަރޫން ގަބޫލުކުރެއެވެ. “ނޫން ނުދާނަން.. ބޭސްކާލަނިކޮށް ރަނގަޅުވެދާނެ.. ” ހިތަށްވެރިވެފައިވާ ނުތަނަވަސްކަމުގެ ބޮޑުކަމުން ނޫރާ އަރޫންއާއެކު ދާން ދެކޮޅުހެދިއެވެ. ” ނޫނޭ ދަރިފުޅާ.. އަރޫން އެބުނީ ރަނގަޅަށް .. ދޭބަލަ ތައްޔާރުވެލަން.. މަންމަޔަށްވެސް ފެންނަނީ ޑޮކްޓަރަށް ދައްކާލަން.. ” އެވަގުތު އެތަނަށް ވަދެގެން އައި ރާމިޒާ އެހެން ބުނުމާއެކު ނޫރާގެ މޫނު ކުނިކޮށްލިއެވެ. ނަމަވެސް ދެން އިތުރު ގޮތެއްނޯންނާނެ ކަން ޔަގީންވުމުން ” ތައްޔާރުވެގެން މިނިކުންނަނީއޭބުނެ ” ފާހާނާއަށް ވަނެވެ. އަރޫން އާއި ރާމިޒާ ވެސް ކޮޓަރިން ނިކުތީ ނޫރާ ނިކުންނާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ. ” ޝަމާލް ތިމީހުން މިރޭގޮސްލަންވީނުދޯ.. އަހަރެން އެބަޖހޭ ނޫރާ ގޮވައިގެން ހޮސްޕިޓަލަށް ގޮސްލަން.. އެންމެރަނގަޅުތަ..” އަރޫން ސިޓިންރޫމަށް އައި އިރު އެތާންގައި ޝަމާލްއާއި ޖަޒްލާން ތިބުމުން ބުނެލިއެވެ. ” އޯކޭ .. އެއީ އެވަރުކަމެއްނޫން.. ރަނގަޅަށް ފަހަރިއަށް ބަލާތި. ” ލާނެތްފާޑަކަށް އެހެން ބުނެފައި ޖަޒްލާން ތެދުވުމުން “ދަނީ.. ” އޭބުނެ ޝަމާލްވެސް ތެދުވިއެވެ.
ހޮސްޕިޓަލަށް ވަނީއްސުރެ ނޫރާ ގެ ހިތްތެޅޭލެއްދިޔައީ ފަހަރަކަށް ވުރެ ފަހަރަކު ބާރުވަމުންނެވެ. މާހިލް އަށް ކިތަންމެ ގުޅަން ބޭނުން ނަމަވެސް އަރޫން ކައިރީގައި ހުރުމުން އެކަންވެސް ވާކަށް ނެތެވެ. ނަންބަރުނަގައިގެން ގޮނޑީގައި އިން އިރުވެސް ދެއަތްދެއަތާއި މޮޑުން ފިޔަވާ އެހެންކަމެއް ނޫރާއަކަށް ނުވެއެވެ. އަރޫންއަަސް މިހުރިހާ މަންޒަރެއްވެސް ފެންނަމުން ދިޔަނަމަވެސް އެއްޗެއްނުބުނެއެވެ. “އެޖެހުނީ ނަންބަރު.. ” ހާސްވެފައިން ނޫރާ ސިހުނީ އަރޫންގެ އަޑަށެވެ. ހިންދިރުވާލާފައި އަވަހަށް އެތެރެއަށް ވަނީ އެއްވެސް ކަމެއް ގޯސްނުވުމަށްއެދި ހިތާހިތުން ދުއާކުރަމުންނެވެ.
އެތައްފަހަރަކު ބެލުމަށް ފަހު ޑޮކްޓަރު ހީލާފައި ނޫރާއަށް ބަލާލުމުން ނޫރާގެ ހިތް ވިރިގެންދިޔަފަދައެވެ. އަރޫންވެސް އިނީ ޑޮކްޓަރުބުނާނީ ކީކޭބާއޭ ހިތާ ނޭވާ ހިފާއްޓާލައިގެންނެވެ. ” އަނެއްހެން ނެތް މާބޮޑުމައްސަލައެއް.. މާބޮޑަށް ކެއުމާއި ދުރުވެފައި ކަންކަމާއި މާބޮޑަށް ވިސްނުމުގެ ސަބަބުން ވާގޮތެއްތީ.. އަދި ވަރަށް ބޮޑަށް ގޭސްޓްރިކްވެފަ ހުރީ.. އެހެންވީމަ މިބޭސް ގަވައިދުން ބޭނުންކޮށްލާ.. އަދި ބުނަން.. މިދުވަސްކޮޅު ކުޅި އަދި ތެޔޮއެއްޗެހި ބޭނުން ނުކުރުން ބުއްދިވެރި..” ޑޮކްޓަރުގެ ވާހަކަ އަޑުއިވުމާއެކު ނޫރާއަށް ހަމަނޭވާލެވުންފަދައެވެ. މިއިންދުވަހަކުވެސް އެމޫނުމައިން ނުފެންނަހާ އުފާވެރިކަން ފެނިގެން ދިޔައެވެ. އަރޫންއަށްވެސް ދާދިއެއްކަހަލަގޮތެކެވެ. ހީކުރިގޮތާއި ހިލާފަށް ކަންތައްވުމުން ހިތްހަމަޖެހިގެން ދިޔައެވެ.
ޝަމާލް އާއި ޖަޒްލާން އެދިޔަގޮތަށް އަވަހަށް ދިޔައީ ޖަޒްލާންމެންގެއަށެވެ. ޕެންޑްރައިވްގައިވާ ވީޑިއޯ މިހާރު އެމީހުނަށް ބެލުން އަދަދެއްވެސް ނޭންގުނެވެ. ނަންބަރުލިބުންނަމަވެސް މޫނު ނިވާކޮށްފައިވުމުން ކޮންބައެއްކަން ދެނެގަނެވޭގޮތްނުވަނީއެވެ.
އަރޫން އަވަހަށް ބޭސްނަގައިގެން ނޫރާގޮވައިގެން ގެއަށްގޮސް ކަންތައްވީގޮތް ނޫރާގެ މައިންބަފައިންނަށް އޮޅުންފިލުވާދިނެވެ. އަދި ގަޑިން ގަޑިއަށް ރަނގަޅަށް ކައިގެން ބޭސްކެއުމަށް ނޫރާގާތުގައި އެދުނެވެ. ” ތިހުރިގޮތްވެސް ހަމަރަނގަޅު.. ޑައިޓްނުކުރިޔަސް ހަމަރީއްޗޭ.. ” ބުނެލާފައި އަރޫން ނިކުތީ “އެހަށް ގޮސްލަނީ” ކަމުގައި ބުނެފައެވެ. އެގެއިން ނިކުމެވުމާއެކު އަރޫން އަވަހަށް ޝަމާލްމެންނަށް ގުޅާ އެމީހުން ތިބިތަން އޮޅުންފިލުވާލިއެވެ.
އަރޫންއަށް އެގެއަށް ދެވުން އިރު އެދެމީހުން ވެސް ތިބީ އިންތިޒާރުގައެވެ. “ކޮބާ އެއްޗެއް އެނގުންތަ.. ” އަރޫން އެބްމެ ފުރަތަމަވެސް އައިސް ސުވާލުކޮށްލިއެވެ. “ސައިކަލްގެ ނަންބަރު މިއޮތީ.. ދެން ސައިކަލުގެ ވެރިމީހާގެ މައުލޫމާތުވެސް .. ” އަތުގައިވާ ކަރުދާސްގަނޑު ދިއްކޮށްލަމުން ޖަޒްލަާންބުނެލިއެވެ. އެމީހުނަށް އެމައުލޫމާތު ލިބުނީ ޝަމާލްގެ ރައްޓެއްސަކު ސައިކަލް ވިއްކާތަނުގައި މަަސައްކަތް ކުރާތީ އޭނައަށް ގުޅާ އޮޅުންފިލުވުމުނެނެވެ. ” ބަލަ ވަގުތެއްވެސްނެތެއްނު.. ހިނގާދޯ އެގެއާދިމާލަށްވެސްދާން.. ބަފައިބެ އަންނައިރުވާނެއްނު އަހަރުމެންނަށްވެސް ވީވަރެއްކުރަން.. ” ޝަމާލްތެދުވެ ޖަޒްލާންގެ ކޮންޑުގައި ޖަހާލަމުން ބުންޏެވެ. އެވަގުތު އަރޫންގެ ފޯނުރިންގްވާންފެށިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އެހެންވެ ނަގަން ނުނަގަންހުއްޓައި ފޯނުކެނޑުނީއެވެ. އަނެއްކާވެސް ހަމަ އެނަންބަރުން ގުޅުމުން މިފަހަރު ފޯނުނެގުމަށް ޖަޒްލަާން އަތަށް ދިނެވެ. ” ހެލޯ.. ” ފޯނުނެގުމާއެކު އެކޮޅުން ވާހަކަދެއްކިއެވެ. ޖަޒްލާން ލައުޑުސްޕީކާއަށް ލިއެވެ. އެކޮޅުން އިވުނީ ފިރިހެން އަޑެކެވެ. “ހެލޯ.. ” އަނެއްކާވެސް އެމީހާ ވާހަކަދެއްކިއެވެ. “އަރޫން.. ވާހަކަ ދައްކަފާނަންތަ.. މީ މާހިލް.. ” ދެންވެސް އިވުނީ އެކޮޅުގެ އަޑެވެ. ނަމަވެސް އެބުނިއެއްޗަކުން މިފަހަރު އަރޫންވެސް ޖަވާބުދިނެވެ. “ކިހިނެއްވީ.. މާހިލް އަހަރެންހޯދަން ތިގުޅީ..” “އަރޫން ހަމަޖެހިބަލަ.. އަހަރެންބޭނުން އަރޫން އާއި ބައްދަލްކޮށްލަން.. އެކަމަކު.. ބޭރަށް ދެވޭކަށްވެސް ނެތް.. މިދުވަސްކޮޅުގޭގައި ހުރެގެން ނޫނީ އަހަންނަށް ނެތް ރަނގަޅުގޮތެއްވެސް.. ހެޔޮނުވާނެ މިގެއަށް އައިސްދީބަލަ.. ” އެހެންބުނުމާއެކު މާހިލް ފޯނުކަނޑާލިއެވެ. މާހިލްގެ ވާހަކަތައް އަޑުއިވިފައި ތިންމީހުނަށްވެސް ތިބެވުނީ ސުވާލުމާކް އެއްގެ ތެރެއަށް ގެއްލިފައެެވެ. ދެން ހަދަންވީ ކިހިނެއްކަމެއްނޭންގިފައެވެ. މާހިލް އާއި ބައްދަލްކުރަންވެސް އެބޭނުންވެއެވެ. ނަމަވެސް އޭނަގެ ފަރާތުން މީގެ ކުރިންފެނިފައިވަ ކަންތައްތަކުން އިތުބާރުކުރެވޭކަށްވެސް ނެތެވެ. އެތައްއިރަކު ވިސްނުމަށްފަހު އަރޫން ގޮތެއްނިންމިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ދުރުގައިވިޔަސް…32 ވަނަ ބައި

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސާދަވަނަ ބައި)

Next
August 18, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސާދަވަނަ ބައި)

Previews
August 18, 2017

ދުރުގައިވިޔަސް…32 ވަނަ ބައި

32 Comments!

  1. Layaa says:
    August 18, 2017 at 7:07 pm

    Assalaam alaikum.. ? baakee in dhevaivess insha allah v avahah genessdheynan.. hurihaaa frnds ah vess mibai kamudhaanekamah unmeedhukuran.. ly .. all.. ??❤

  2. maayaa says:
    August 18, 2017 at 7:25 pm

    V v v nice….

    1. Layaa says:
      August 18, 2017 at 8:47 pm

      Thank you my dear maayaa? ? ❤

  3. Juvey says:
    August 18, 2017 at 7:43 pm

    Vvvvv nice .layaa you are great ❤

    1. Layaa says:
      August 18, 2017 at 8:49 pm

      Awwn ❤ thank you so much my dear juvey??

  4. Navya says:
    August 18, 2017 at 7:44 pm

    Vv reethi mi part ves ? v kiyaahithun indha a nimuny… hehe. Tc layaa

    1. Layaa says:
      August 18, 2017 at 8:51 pm

      Hehe thank you my dear.. ❤ Tgc ur self Navya ??

  5. Yaal says:
    August 18, 2017 at 7:48 pm

    Baakee dhebai tha layaa

    1. Layaa says:
      August 18, 2017 at 8:52 pm

      Yes my dear Yaal??

  6. Yaal says:
    August 18, 2017 at 7:51 pm

    Balgis bust kohfa ninmaa laathi

    1. Layaa says:
      August 18, 2017 at 8:57 pm

      Hehe .. hurihaakamehvess engigen vaahaka nimeynee insha allah

  7. Xxxx says:
    August 18, 2017 at 8:37 pm

    Wooooww..v.nice thank u dear??????

    1. Layaa says:
      August 18, 2017 at 8:58 pm

      Awwn thank you my dear Xxxx ??

  8. Adha? says:
    August 18, 2017 at 9:29 pm

    Varah reethi mi part ves layaa…❤❤
    Waitingss ?

    1. Layaa says:
      August 19, 2017 at 11:46 am

      Thank you my dear adha .. ? ❤ ly ??

  9. m says:
    August 18, 2017 at 10:30 pm

    nice

    1. Layaa says:
      August 19, 2017 at 11:49 am

      Thank you dear m ??

  10. khajja says:
    August 19, 2017 at 12:25 am

    Masha allah v rythi ??? when nxt prt hurihaakamevves bust vegen nimmaalaathi aroon ah eynage loabives libeynethaa dhw?? ohhh woww gud nyt ly????❤❤??????????????

    1. Layaa says:
      August 19, 2017 at 11:51 am

      Thank you so much my dear khajja ?? ly ??❤

  11. Almaa says:
    August 19, 2017 at 4:26 am

    Thanks Layaa.v salhiey mi part vx

    1. Layaa says:
      August 19, 2017 at 11:48 am

      Ur wc my dear almaa btw thank you ??

  12. Robin says:
    August 19, 2017 at 6:49 am

    Varah salhi hama mi partves❤❤?

    1. Layaa says:
      August 19, 2017 at 11:47 am

      Ehentha ? thank you my dear robin ??❤

  13. aloo says:
    August 19, 2017 at 11:28 am

    v lowbi mi bai vs…waiting..<3 🙂 🙂

    1. Layaa says:
      August 19, 2017 at 11:46 am

      Thank you my dear aloo ??

  14. Navya says:
    August 19, 2017 at 2:24 pm

    Whn nxt part dear

  15. ??? says:
    August 19, 2017 at 2:29 pm

    layaa…vaahaka haadha reehchey…all thanks to you layaa…vaahaka ves nimeny…hope to see you soon…☺?

  16. leen says:
    August 19, 2017 at 2:49 pm

    layaa haadha avahakah story nimmalanyy… Vaahaka varah varah salhi..

  17. click a shot ? says:
    August 19, 2017 at 9:55 pm

    Layaa thihaa bxy koh ulhemunves up kohdheythi varah ufaavey…? Your one of the best writer…mi part ves varah salhi?

  18. ??? says:
    August 19, 2017 at 11:33 pm

    Mibaii vess rythi Avasss anehbaii nereba kiyaa hith vanii ???

  19. ?Mysha? says:
    August 20, 2017 at 3:33 pm

    Thihaa fast koh part thah up kuraathi vvv ufaave???…
    Alhugadu ummeedhu kuraa gotha mi stry end vaane kamah ummedhukuran…
    Luv u ?…..

  20. Layaa says:
    August 20, 2017 at 6:32 pm

    Insha allah mirey 24 vana bai up kohladheynan

Comments are closed.

Next Episodeމަލާކް… 24ވަނަބައި←


All Right Reserved!