Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް…32 ވަނަ ބައި

writer Level 310 Stories100 Comments
August 18, 2017 6 Mins Read
19 Comments

 

ކިޔާރާއަށް ނަކީލް ދެއްކި ވާހަކަތަށް އަޑުއިވުމުން ލިބުނީ ސިހުމެކެވެ. މާޔާ އެއީ ނަކީލްގެ އަންހެނުން ތާއެވެ. އެހެން ނަމަވެސް ކިޔާރާއަށް މާޔާއޭ ކިޔައި ގޮވަންވީ ކީއްވެ ހެއްޔެވެ.އަނެއްކާ ކިޔާރާއަކީ މާޔާ ބާވައެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ. ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ.

……………………………………………………………………………..

ދުވަސްތަށް ފާއިތުވަަމުންގޮސް މިއަދަކީ ކައިލް އަންނަން ހަމަޖެހިފައިވި ދުވަހެވެ. ވޭތުވެދިޔަ ދުވަސް ތަކުގެ ތެރޭގައި ކިޔާރާއާއި ނަކީލްގެ މެދުގައިވަނީ ބޯފާރެެއްލެވިފައެވެ. ކިޔާރާ ފެންނަ ހިސާބަކަށްވެސް ނައިސް ވޭތޯ ނަކީލް މަސައްކަތްކުރަމުންދިޔަ އިރު ކިޔާރާގެ ހާލަކީ ކޮބައިތޯއެވެ. ނަކީލް ކުއްލިއަކަށް ބަހައްޓަން ފެށި ދުރުކަމުގެ ސަބަބުން އެހިތަށް އިތުރަށް ތަދުވުން ނޫންކަމެއް ނުވެއެވެ.ނަކީލް ބީވެ ދާނެ ކަމުގެ ބިރުވެސް ހީވާން ފެށީ އިންތިހާއަށެެވެ. އެހެންވެގެނެއް ނުވާނެތާއެވެ. މާޔާ ނަކީލް ދޫކޮށްފައި ދިޔަކަން ކިޔާރަށް ވަނީ ކައިލްގެ އާއި ދެކެވުނު ވާހަކައަކުން އެނގިފައެވެ. އެއީ އެރެއަށްފަހު ކައިލްއާއި ވާހަކަ ދެއްކި ދުވަހެއްގައި ހިތުގައި އޮތް ޝައުގެއްގެ ބޮޑުކަމުން އެމައުލޫއަށް ވާހަކަ ދެކެވުނީއެވެ. އެހެން ކަމުން ކިޔާރާ ބޭނުންވީ ވީހާވެސް އަވަހަކަށް ނަކީލްއަށް ހިތުގެ ހާލަތު ބަޔާން ކޮށްދޭށެވެ. އެހެން ނޫނީ ނަކީލް އެކީ ބީވެދާނެއޭ ހިތްބުނަނީ އެވެ. މާޔާ އައުމުގެ ކުރިން ކިޔާރާ ނަކީލްގެ މީހަކަށް ވާން ބޭނުމެވެ. ނަކީލްގެ ލޯބީގައި ދީވަނާވެފައިވާ ފަދައެވެ. ކޮންމެ ފަހަރަކު ނަކީލް އާއި ވާހަކަ ދެއްކުމަށް ކުރާ މަސައްކަތް ވަނީ ބޭކާރެއެވެ. ނަކީލް އަގައިން ބުނެލަނީވެސް ކޮންމެހެން ބޭނުންވާ އެއްޗެއް އެކަންޏެވެ. އަމިއްލަ ނަފްސު ބޭޒާރުވެދާނެތީ ކަންނޭނގެއެވެ.

………………………………………………………………………………

” ހަލޯ… ނަކީ… ވަރަށް އަވަހަށް ޓެރަހަށް އާދެބަ…”  ނަކީލް ނުނަގަން ހުރެފަވެސް ފޯނު ނަގައި ކަންފަތުގައި ޖެއްސީ ކިޔާރާ ގުޅާނީ މުހިއްމު ކަމަކު އޭ ހިތައެވެ.

” މިއުޅެނީ ކިޔާ ވެއްޓިގެން…. ފަޔަށް ތަދެއް އަރައިގެން … ކިޔާއަށް އަށް ތިރިއަށް ފައިބަން ހެލްޕް…” ނަކީލް އަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދެންވެސް އިވުނީ ކިޔާރާ ވާހަކަ ދައްކަން ފެށި އަޑެވެ. އެެހެން ބުނެ ފޯނު ކެނޑުމުން ނަކީލް ފޯނު ކަންފަތާއި ދުރުކޮށް ބަލައިލީ އަޖައިބޭކޭ ބުނާފަދައިންނެވެ. މާޔާގެ މި ފަރާތް ނަކީލްއަށް ފެނިފައިނުވަނީއެވެ. އެހެންކަމުން ހިނިތުންވުމެއް ވެރިކޮށްލީ އެ ލޯބި މޫނު ފެންނާނެތީއެވެ. ހިލަ ހިތަކަށް ހަދައިގެން ހުއްޓެއް ކަމަކު އެހިތް އެދެނީ އަބަދުވެސް މާޔާ ފެންނަ ހިސާބުގައި ވުމަށެވެ. ދުރުގައި ހުންނަން މަޖްބޫރޫކުރަނީ ހާލަތެވެ. އެބަސްނާހާ ހިތް ބޭޒާރުވެދާނެތީއެވެ.

ރެއަކީ ފިނި ރެއަކަށްވުމުން ނަކީލްވެސް ޖެކެޓް ގަޔަށް ހެޔޮވަރުކޮށްލަމުން ބޭރަށް ނިކުތީ  ޓެރަހަށް އެރުމަށެވެ. މިއޮތް ފިނީ ގައި ގިނައިރު އިންނަން ވިއްޔާ ބަލިވެދާނެތާއެވެ.

ޓެރަހަށް އަރައި އުދޯލި ބަހައްޓާފައި ހުރި ދިމާލަށް ދެވުނީ އެތަނުން އަލިކަމެއް ފެންނަން ހުރުމުންނެވެ. މުޅި ޓެރަސް މިހާ އަދިރިކޮށްލައިގެން ކިޔާރާ އެކަނިމާއެކަނި ހުރީތީ ކުދިކިޔަމުންނެވެ. އުދޯލި ހުރި ދިމާާއާއި ކައިރި ވެވެމުން ދިަޔަ ވަރަކަށް ނަކީލްގެ ފިޔަވަޅުތަކަށް ލަސްވަމުން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ.  ނެވީ ބްލޫ ކުލައިގެ މެކްސީ ދިގު ހެދުމެއްގައި ހުރި ކިޔާރާ ފެނުމުން ތަލިން ކުޅުހިކޭވަރުވިއެވެ. އެހެދުން ގަޔަށް އެހާ ބާރު ނޫނެއްކަމަކު އެ ރީތި ބައްޓަން ސިއްރެެއް ނުވެއެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް އެރީތި ފަން އިސްތަށިގަނޑު ނިވާކޮށްފައިވަނީ ޝިފޯން ފޮތީގެ ރަން ބުރުގާއަކުންނެވެ. ނަކީލްއަށް ކިޔާރާ ފެނުނު ދުވަހުން ފެށިގެންވެސް ކިޔާރާ ބުރުގާ ނާޅާކަން ފާހަކަވިއެވެ. މާޔާއަކީ ކުރިން ބުރުގާ އަޅައި އިސްލާމީ ރީތި އަބަޔާ ހެދުމުން ނިވާވެގެން ހުންނަ މީހެއްކަމުން އެއީ މާޔާކަން އެގުންވުމަށް ފަހު ކިޔާރާކައިރީ ބުރުގާއެޅުމަށް ބުނާ ހިތްވިއެވެ. އޭގެ ބާރު ފުރިހަމަ އަށް ނަކީލްއަށް ލިބިގެން ވިޔަސް އެއީ ކިޔާރާ ގޮތުގައި ހުރިހާ ހިދަކު އެހެން ދިމާލަަށް ބުނަން ކެރޭނެ ހެއްޔެވެ. އެހެން ނަމަވެސް މިރޭކުރިމަތިން ފެންނަން އެހެރީ އެހިތުގެ ރާނީއެވެ. އެެންމެ ކަމުދާ ސިފައިގައެވެ.މޫނުގައި ނޫޑް މޭކަޕެއްކުރެވިފައިވީ އިރު އެ ހިނިތުންވުމުން ވެސް ނަކީލްގެ ހިތާއި ކުޅެލަން ކާމިޔާބު ކޮށްފިއެވެ.  ނަކީލް އަށް އެދިމާލަށް ނޭނގޭކަހަލަ ދަމާބާރަކުން ގެންދާކަހަލައެވެ. ކިޔާރާކައިރިއަށް އައިސް ހުއްޓިލީ ވަގުތު ކިޔާރާއާއި ނަކީލް ހުއްޓިގެން ހުރިތަން ވަށައި ބިންމަތިން ހިތެއްގެ ބައްޓަމަށް އަލިވެގެން ދިޔައީ އާޝޯހުކުރުވާ ފަދަ ގޮތަކަށެވެ. ނަކީލްއަށް ކިޔާރާގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. އެ ލޮލުގެ ތެރޭ ފީނައިގަތުމަށް ހިތްއެގޮވަމުން ދިޔައީ އެހެންނެއް ބަލާފައެއް ނޫނެވެ. ނަކީލް ކިޔާރާ އާއި ކައިރިވެލާ އެ ތުންފަތުގައި ބޮސްދިނީ ކެތްތެރިކަން ކޮޅުންލާ އަތަށް ދިޔުމުންނެވެ. ކިޔާރާވެސް ނަކީލްގެ އެއަމަލުގައި ފުރިހަމައަށް ބައިވެރީވީ ނަކީލްއަށް އެދޭހާލުގައެވެ.

ކުއްލިއަކަށް ނަކީލް ކިޔާރާއާއި ދުރަށްޖެހިލީ ލޯކުރިމަތިން މާޔާގެ ސޫރަ ސިފަވުމުންވެ.އެ ލޯބި އަޑުން ކީލްއޭ ގޮވާލިގޮތުން ހިތުގެ ހިގުން ހަމައަކަށް އެޅުނު ކަހަލައެވެ. ކުރެވުނު ކަންތައް ވިސްނި  ކިޔާރާ ދުރުކޮށްލެވުނީ އެހެންވެގެންނެވެ. ޤަބޫލުކުރަން ދަތިވެފައި އެއްފަހަރު ކިޔާރާއަށް އަނެއްފަހަރު ބިންމަތީ އަލިން ކުރެހިފައިވީ ހިތަށް ބަލައިލީ އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލުގައެވެ.

” ނަކީ… އިޓްސް އޯކޭ އޭ…” ކިޔާރާ ނަކީލް ކައިރިއަށް ޖެހިލާ ކޮޑުގައި އަތްބާއްވާލިއެވެ.

” ނޯ އިޓްސް ނޮޓް..” ނަކީލް ކިޔާރާގެ އަތް ފޮޅުވާލަމުން އެތަނުން ދާން ކުރިއަށް އެޅި ފިޔަވަޅުވެސް ހުއްޓުނީ ކިޔާރާ ނަކީލްގެ އަތުގައި ހިފުމުންނެވެ.

” ނަކީލް…. އައި ލަވް ޔޫ… އައި ލަވް ޔޫ އަލޮޓް… އެނގޭ ކީލް ލޯބިވަނީ މާޔާ ދެކެކަން.. އެކަމްވެސް ނަކީ އެންމެ ޗާންސެއް ދީ… އައި ވިލް ގިވް ޔޫ އިނަފް ލަވް ޓު ފޮގެޓް ހާ… ” ކިޔާރާ ހިތުގެ ހާލު ބަޔާންކުރީ ޖެހިލުންވެ ހުރެއެވެ.

“ލުކް ކިޔާރާ… އަހަރެން ދުވަހަކުވެސް މާޔާ މަތިން ހަދާން ނައްތާލަން ބޭނުންމެއްނޫން…. އަހަރެން ލޯބިވަނީ މާޔާ ދެކެ… ރަގަޅުވާނީ ތިކުއްހީ ކިޔާރާ ހިތުން ނެރެލިއްޔާ… ކިޔާރާގެ ފައި ތިހިރީ ސަލާމަތުން ރަގަޅަށް އެހެންވީމަ އެހެން މީހެއްގެ އެހީއަކާއި ނުލައިވެސް ކިޔާއަށް ފައިބޭނެ ކަމަށް އުއްމީދުކުރަން…” ނަކީލް ކިޔާރާގެ އަތް އެއަތުން ނެއްޓުމަށް ފަހު ހިގަން ގަތީ ކިޔާރާށް ފުރަގަސްދެމުންނެވެ. އެހިތުގައި އަޅަމުންދާ ހާލު ދެނެވޮޑިގެންވާނީ މާތް ރަސްކަލާންގެއެވެ.  ކިޔާރާއަށް ފުރަގަސް ދީގެން މިހުރިހާ އިރަކު ހުރެވުނު ކަން ނަސީބެކެވެ. އެހެން ނޫނަަމަ އެ ލޮލުތެރޭ ފޮރުވަން މަަސައްކަތްކުރަމުންދާ ކަރުނަތަށް ފެނުނީސްކަން ގައިމެވެ.

” މޮޔަ ގަނޑާ… ކިހިނެތް މައި މަތިން ހަދާން ނައްތާލެވޭ ވަރަށް ލޯބިދެވޭނީ… ނޭގުނަސް ތިއީ ހުދު އެފަރާތް… މާފްކުރާތި މިގޮތަށް ހިތުގައި ޖައްސާލެވޭތީ… ހާޓްކުރެވޭތީ… އެކަމަކު މިއީ ހަމަ މައި އަށް ރަގަޅަކަށް…މައި ހަދާންވާ ދުވަހަކުން ކީލް އެހެން މީހަކު ދެކެ ލޯބިވިއޭ ކިޔާ ޝަކުވާއެއް އުފެދުމުގެ ފުރުސަތުދޭކަށް ނެތިން…ތިހިތުގައި އެކޫރުން އަޅުވާކަން ނެތިން… މިއަދު ކެތްކޮށްލާ… އެނގޭ ވަރަށް ދެރަވާނެ ކަން… ވަރަށް ރޯނެކަން…އެކަމަކުވެސް މިނޫން ގޮތެއް ނެތް ކީލްއަކަށް.. ފޮގިވް މީ ފޮ ނައު މައި ލަވް… ތީ ކިޔާރާގެ ގޮތުގައި ހުރިހާ ހިދަކު ކީލް ހުންނާނީ ދުރުގައި… ދުރުގައިވިޔަސް މިހިތުގައި ވަނީ ހަމައެކަނީ ތި ލޯބި ކުއްޖާގެ ނަން..”  ނަކީލް އަދި އެއްފަހަރު ކިޔާރާއަށް ބަލާލަމުން ލޯ ފޮހެލައި ސިޑިން ފައިބަން ދިޔައީ ހިތް ރޮމުންދާހާލުގައެވެ.

ނަކީލް ދިޔަ މަންޒަރު ކިޔާރާއަށް ފެނުނީ ފުސްކޮށެވެ. ލޮލަށް ކަރުނަތަށް ފުރިބާރުވާ ވަރަށް ޖަމާވަމުން ދިޔައީ ހިތްކުދިކުދިވެފައިވާ ހާލުގައެވެ. ނަކީލް ކިޔާރާގެ ލޯތްބަށް އިންކާރުކޮށްފާނެއޭ ކުޑަކޮށްވެސް ހީކުރެވިފައި ނެތުމުންނެވެ. ކިޔާރާ ބިންމައްޗަށް ތިރިވެ އިށީންނީ ހަކަތަ ހުސްވެފައިވީ މީހަކު ފަދައިންނެވެ.

” ވައި…ވައި..” މަޑުމަޑުން އެހެން ބުނެލީ ހިތުގައިވީ ޝަކުވާއަކުންނެވެ. މާޔާއަށް ވުރެ ކުރިން ނަކީލްގެ ހަޔާތަށް ކިޔާރާއަށް ދެވުނު ނަމައޭ އެތަށް ފަހަރަކު ހިތަށް އެރިއެވެ.  އެހެން ނޫންނަމަ ނަކީލްގެ ލޯބި ލިބުނީސް ކަން ޔަޤީނެވެ. އެތަށް އިރަކު އެގޮތަށް އިނދެ ކިޔާރާ ރޮމުން ދިޔައީ ހިތުގައި ޖެހުނު ވަރުންނެވެ. ނަކީލް އެ ދިޔައީ އެ ހިތް ފިސްފިސް ކޮށްލާފައެވެ. ހަށިގަނޑުން އެއްބައި މަދުވި ހެން ހީވަމުން ދިޔައީ އެ ލޯބި ބީވީތީއެވެ.  ކިޔާރާ ދެއަތުން ބޮލުގައި ހިފެހެއްޓީ ބޮލަށް ތަދުވާން ފެށުމުންނެވެ. އަވަސް އަވަހަށް އެތަނުން ތެދުވެގެން ކޮޓަރިއަށް ދިޔުމަށް ހިނގައިގަތީ ބޮޑުވަރު ނުވަނީސް ބޭސް ކެއުމަށެވެ.  ކިޔާރާ ކޮޓަރިއަށް ގޮސް ހަމަޖެހިލާ އެދުގައި އިށީދެވުނީ ކިރިޔާއެވެ. ކުރިއަށް ވުރެ ވެސް ބޮޑަށް ބޮލުގައި ރިހެން ފެށިގޮތުން ހީވަނީ މީހަކު މަރުތޭލަކުން ޖަހާ ހެންނެވެ. ލޯމަތިން ސިފަވާންވެފީ ކުރިންވެސް ފެންނަމުން ދިޔަ މަންޒަރުތަކެވެ. ކުލަ ފަޑު މަންޒަރުތަކެވެ. ނަކީލް ކުއްޖަކަށް ލޯބި ހުށަހެޅި ދުވަހެވެ.  ފުރިހަމަ އަށް ޒީނަތްތެރިކުރެވިފައިވާ ބަގީޗާ ތެރޭގައެވެ. އެެހެން ނަމަވެސް އެކުއްޖާ ނަކީލްއަށް ފަސްދީ ދިޔައީ އެލޯބި ކަފުން ކުރަން އަންގަމުންނެވެ. އެއީ ކާކު ބާވައެވެ.  ދެންވެސް ފެންނަން ފެށީ އެފަދަ އެހެން މަންޒަރެކެވެ.

” ކީލް… ޕްލީޒް… މައި ކިޔާ އެއްޗެއް އަޑު އަހާބަ.. ޓްރަސްޓް މީ… އައި ޑިޑިންޓް ޓޫ އެނީތިންގް…ޕްލީޒް ކީލް…. ޑޯންޓް ލީވް މީ…” އެކުއްޖާ އާދޭސްކުރަމުން ގެންދިޔައީ ނަކީލް ކައިރީ އިތުބާރުކުރުމަށެވެ. އެހެން ނަމަވެސް އެއަށް އެއްވެސް އިޖާބައެއް ނުދީ އެއަންހެން ކުއްޖާ ވަރިކޮށް ގެއިން ބޭރުކޮށްލިތަނެވެ.  އެކުއްޖާގެ މޫނު ސިފަވިހިނދު ކިޔާރާގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. އެދުން ތެދުވެގެން ބޭސް ބަހައްޓާފައި ހުރި ކަބަޑް ކައިރިއަށް ދެވޭތޯ މަސައްކަތް ކުރީ މީހާ ވަރުބަލި ވަމުން ދާތީއެވެ. މިފެންނަނީ ކޮން ކަހަލަ މަންޒަރުތަކެއް ހެއްޔެވެ.   ފަސްޓް އެއިޑް ފޮށީގެ ތެރެއިން ކިޔާރާ ކާން ޖެހޭ ބޭސް ހޯދަމުން ދިޔާއީ އަތްތުރުތުރު އަޅާ ހާލުގައެވެ. ބޭސް ފޮށި އަތުން ދޫވީ ދެވަނަ ފަހަރަށް ވެސް ބޮލަށް އެ ތޫނު ތަދު އިހްސާސްކުރެވުމުންނެވެ. ކަބަޑުގައި އަތްވިއްދާލައި ތިރީގައި އިށީންދެލީ މުޅިތަން އެނބުރޭހެން ހީވުމުންނެވެ. އެވަގުތުވެސް ސިފަވާން ފެށީ ހަމަ އެފަދަ މަންޒަރުތަކެކެވެ. ނަކީލް ގަޔަށް ބަޑި އަމާޒުކޮށްގެން ހުރިތަން ފެނުމުން ވަޒަން ޖެހި ވަގުތު ނަކީލް ދުރަށް ކޮށްޕާލިތަނެވެ. އޭގެ އަމާޒަކަށްވީ ހުދު އެއަންހެން ކުއްޖާއެވެ. ވަޒަން ގޮސް އެކުއްޖާގެ ބަޑަށް އެރުމާއައި އެކު  ކިޔާރާއަށް ވެސް ބަނޑުގައި އަތް އަޅާލެވުނީ ތޫނު ތަދެއް ބަނޑުން އިހްސާސްކުރެވުމުންނެވެ. ” މާޔާ..” އޭ ކިޔައީ ނަކީލް ގޮވާލި އަޑު ހީވީ ދާދި ގާތުން އިވުނު ހެންނެވެ.   ކިޔާރާ ގެ ބަނޑުގައި އެއިންނަ ލަކުނަކީ ކިހިނެތް ލި ލަކުނެއްތޯ އެތަށް ފަހަރަކުކުރިން ސުވާލު އުފެދުނެެވެ. އެހެން ކަމުން އެއީ އެދުވަހު ވަޒަން އެރުމުގެ ސަބަބުން ހުރި ލަކުނެއްތާއެވެ.  ” އައި އޭމް މާޔާ….” ކިޔާރާއަށް އެހެން ބުނެލެވުނީ ގަބޫލުކުރަން ދަތިގޮތަކަށެވެ.

މޫނު މައްޗަށް ފަޑު ހިނިތުންވުމެއް ވެރިވީ ކީއްވެ ކަމެއް ނޭނގެއެވެ. ކައިލް ކިޔާރާއަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީ ހަދާއިރުވެސް ދިރިއުޅުމުގައި ހުސްކަމެއް ވާހެން ހީވަނީ މިހެންވެ ތާއެވެ. އެއީ ކިޔާރާއެއް ނޫނެވެ. މާޔާއެވެ. ނަކީލްގެ މާޔާއެވެ.

ބިންމަތީ އޮތް ބޭސް ކާޑު ނަގައި ހިތްވަރުކޮށްފައި ތެދުވެ ބޭސް ގުޅާ ކާލީ ބޮލުގެ ރިހުން ލުއިވޭތޯއެވެ. ބޮލުގައި އެއް އަތުން ހިފަހައްޓައިގެން ހުރެ މަޑުމަޑުން ހިގާފާއި ގޮސް އެދަށް އަރާ އޮށޯތީ އަރާމްކޮށްލެވޭތޯއވެ. މަޑުމަޑުން ހުރިހާ ކަމެއް ހަދާންވަމުން ދިޔައެއް ކަމަކު ހިތުގައި ވަނީ ޖަވާބު ނުލިބޭ ބައިވަރު ސުވާލުތަކެއް އުފެދިފައެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށީ ހިތަށް އެރި އެއްޗަކުންނެވެ. “ކީލް ކީއްވެ މައި ވަަރިކުރީ…. އެވަރަށް އާދޭސް ކުރީމަވެސް… ކީއްވެ ދެން މިހާރު މައި އަށް އިންތިޒާރު ކުރަނީ އޭ ކިޔާނީ… ކީއްވެ ކީލް…. އޯ އިޒް އިޓް ސަމް ވަން އެލްސް އިން ޔުއަރ ލައިފް…” ގިސްލެވެން ފެށުނީ ނަކީލް އެހެން މީހެއްގެ ހައްޤަކަށް ވީއޭ ހިތަށް އެރުމުންނެވެ. ނަކީލް އެކީ ބީވެ ދިޔައީއެވެ. އެހެން ނޫންނަމަ މާޔާ ފެނުމުންވެސް ދުރަށް ދާން މަސައްކަތް ނުކުރީހެވެ. މިރޭވެސް އެކަނި ކޮށް ބާކީ ކޮށްނުލީހެވެ.

“ކީއްވެ ކީލް… މައި ދެކެ ހަމަ އެހާވެސް ރުޅި އަންނަނީތަ… މައި އަށް އެކަށްޗެއް ހަދާން ނުވިޔަސް ކީލްއަށް އެނގޭނެ އެއްނު… ދެން ކީއްވެ ނޫޅުނީ… ކީއްވެ ދުރަށް ދިޔައީ…” މާޔާ ރޮމުން ދިޔައީ ކުޑަކުއްޖަކު ފަދައިންނެވެ. މިހާ ހިތި ހަދާންތަކަކަށް ވާނަމަ ދުވަހަކުވެސް ހަދާންތަށް ނައި ނަމައެެވެ. ލޯބީގައި އެއްވެސް އަގެއް ނެތީތާއެވެ. މިވޭނުގައި ނިމިދިޔުންވެސް މާރަގަޅެވެ.

މީހަކު ދޮރުގައި ޓަކި ޖެހި އަޑުއިވުމުން މާޔާ އެދިމާލަށް ބަލާލީ ވަރުބަލި ވެފައިވާ ގޮތަކަށެވެ. ރޮއެރޮއެ އެދެލޯވަނީ ރަތްވެފައެވެ. ތަޅުގައި ހިފި އަޑުއިވުމުން ލޯމަރާއި ނިދާކަމަށް ހެދުނީ އެއްވެސް މީހަކާއި މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވުމުންނެވެ.  ކައިލް އައިސް ކިޔާރާގެ މަގަތުގައި އިށީނީ ކޮޓަރި ތެރެއަށް ނަޒަރު ހިންގަމުންނެވެ. ނިދާފައި އޮތް ކިޔާރާ ފެނިފައި މަޑުމަޑުން ބޮލުގައި ފިރުމައިލީ ލޯތްބާއި އެކުގައެވެ. ބޭބެއަކު ކޮއްކޮއަކު ދެކެވާ ލޯބި ކައިލް ކިޔާރާ ދެކެ ވެއެވެ. ” އައި އޭމް ބެކް ޕްރިންސަސް..”  މާޔާ ލޯހުޅުވައިލީ އެއަޑު ޖެހުމުންނެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ކައިލްއަށް ހިނިތުންވުމެއް ރައްދުކޮށްލީ ހިތުގައިވާ ޝަކުވާތަށް އެއްފަރާތް ކުރަމުންނެވެ. ކައިލްވެސް މާޔާއަށް އޮޅުވައިލީއެވެ. އެހެން ނަމަވެސް އޭގައި ކައިލް ކުށްވެރިކުރެވޭކަށް ނެތެވެ. މިހުރިހާ ދުވަހު ބޭބެއެއްގެ ލޯބިދީ އޯގާތެރިކޮށް ހިތީ ހުދު ކައިލްއެވެ. މާޔާ ތެދުވެ ކައިލް ގައިގައި ކުޑަކޮށް ބައްދައިލީ އެ ހިމާޔާތަށް ބޭނުން ވާ ފަދައަކުންނެވެ. ” ކިޔާ ވަރަށް މިސް ވި…” މާޔާ އެހެން ބުނެލީ ލޮލުން ކަރުނަތަށް މިނިވަންކުރަމުންނެވެ. ކައިލް މާޔާ ދުރުކޮށްލާއި ދެލޯ ފޮހެދިނީ ނުރޯށޭ ބުނާފަދައަކުންނެވެ.

” ހަމަ އެހާވެސް މިސް ވިތަ… ޔަޤީން ތިއުޅެނީ ކޮންމެވެސް ކަމަކު ކަން… ބުނޭ އަވަހަށް..” ކައިލް ޖެއްސުން ކޮށްލީ ކިޔާރާ ރުޅި އެރުވުމަށެވެ. އެެހެން ރޯތަން ބެލުމަކީ އުދަނގޫ ކަމަށް ވުމާއި އެކުވެސް މެއެވެ.

“އެއްވެސް އެއްޗެއް ބޭނުމެއް ނޫން ކިޔާ… ކިޔާ ބޭނުމީ ނިދާލަން… ދޮންބެ އާ ހުރެ ހޭލެވިއްޖެ..” މަޔާ ބޭނުންވީ ކައިލް އަަވަހަށް އެތަނުން ފޮނުވުމަށެވެ.  ގުޑްނައިޓް ބުނުމަށްފަހު ކައިލް ކޮޓަރިން ނިކުތީ ދޮރު ތަޅުލުމަށް ފަހުގައެވެ. ކިޔާރާއަށް ކޮންމެވެސް ކަމެއް ވެއްޖެއޭ ހިތް ބުނާކަހަލައެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

މަލާކް… 22ވަނަބައި

Next

މަލާކް… 23ވަނަބައި

Next
August 18, 2017

މަލާކް… 23ވަނަބައި

Previews
August 18, 2017

މަލާކް… 22ވަނަބައި

19 Comments!

  1. writer says:
    August 18, 2017 at 4:43 pm

    dear readers…. comment thakah reply nukurevuneh kamaku hurihaa comment eh ves kiyan… writer kithamme haa ves beynun avahah vaahak liye nimaalan hama ehenme avahah upload kohdheyn ves… ekam athah injury eh vegen ulheythy kithamme liyaa hiy viyas nuliyevey mihaaraku… liyevunu varakun upload mikohdheny… mihen bunyma aslu kiyuntherinah visneyne kamah ummedhukuran writer beynun vaa haa avahah upload eh nukoh dheveyne kan… sorry…

  2. kutti says:
    August 18, 2017 at 5:02 pm

    Wooow.. v nice… when next part…

    1. writer says:
      August 18, 2017 at 8:46 pm

      Liyevunu ha avahakah

  3. Yaal says:
    August 18, 2017 at 5:03 pm

    Its okay writer. I’ve understand your feelings

  4. ??? says:
    August 18, 2017 at 5:37 pm

    Vvvvvv rythi??????

  5. Xxxx says:
    August 18, 2017 at 6:32 pm

    Woooooowww ?????????????? story haadha reehchey ??get well soon dear…take all ur time..inthizaaru kuraanan?..

  6. Xaan says:
    August 18, 2017 at 6:42 pm

    Vaahaka v salhi koniraku next part?❤?

  7. Nern says:
    August 18, 2017 at 8:13 pm

    haadha lasvee thankolheh avas mivaahaka reethikamun varah kiyaa hihvey ekam maa las kuraathee varah foohi

    1. writer says:
      August 18, 2017 at 8:48 pm

      Liyevunu ha avahakah upload kohdheny as writers we have our own personal life and responsibilities too… same way u guys have… fain type kureveynama kohfa upload kohdhy mi vaahaka mihaaru nimaaleemus… sorry dear… foohi viyas there is nothing i can do about it

  8. Adha? says:
    August 18, 2017 at 8:20 pm

    Its superb dear
    Waiting for next part ❤❤

  9. Amoo says:
    August 18, 2017 at 9:38 pm

    I love this story a lot. All day I wait for this story..

  10. ??? says:
    August 18, 2017 at 9:43 pm

    Vvvvvvv rythi???

  11. khajja says:
    August 19, 2017 at 12:42 am

    Wow masha allah v rythi mi stry n i luv this stry??? v waitin when nxt prt avahah up kolla dhybala gud nut ly?????❤❤❤?????

  12. Shafu says:
    August 19, 2017 at 2:44 pm

    Awsome…. vee emme avaheh kohdheyne kan ingey…ekam ves avaskohdheythi….???ahahha….v much waiting… ??

    1. writer says:
      August 19, 2017 at 4:34 pm

      Hehe… i ll try… thank you haadha understanding ey kudhin

  13. click a shot ? says:
    August 19, 2017 at 9:59 pm

    Varah salhi mi part ves..avahah keel and maaya gulhuvaa…???

  14. ???? says:
    August 19, 2017 at 11:31 pm

    Alhey avahah nereba aneh baiiii hama kiyaa hith vaniii

  15. Cherry says:
    August 20, 2017 at 12:06 pm

    Alhey cherry hithah araa haadha loabi ehh writer. Aslu myhaa hama akah elhilyma publish kuriyas ok ennu.
    Vaahaka v v v rythi Vefa v interesting. Hithah araa thihaa pain ga kihineh baa ey mivarah visnany. Hehehe
    Dhn aslu GWS igehh love. Tvgc
    Midhuvaskolhu ge gothun gina faharah comment nukurevunas baraabarah vaahaka kiyan igey☺
    ??????

  16. naz nax says:
    August 21, 2017 at 9:36 am

    Maashaa Allah. Vv reethi mivaahaka. Coment nukuriyas hurihaa part thah ves vv reethi… ekamu liyumuga kuh hunnaathee v undhagoo kiyan. Typing mistake rangalhu kohleema ithurah furihama vaane.

Comments are closed.


All Right Reserved!