Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ބާރަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
August 22, 2017 8 Mins Read
22 Comments

 

“ފް….ފް…ފަ..ފަރުހީން…” ކުރަކިވެފައިވާ އަޑަކުން އަންހެންމީހާ ރަޔާހީނަށް މުހާތަބް ކުރިއެވެ. ރަޔާހީން ސިހި ދެލޯ ބޮޑުވިއެވެ. ނިތްކުރި މަތީގައި ޖެހިގެން ދިޔައީ ސުވާލު މާކެކެވެ.

 

އެމީހާ ބަލަން އޮތީ ދުޅަވެ މަޑުލާފައިވާ ދެލޮލުންނެވެ. ރަތްއަރާފައިވާ ދެލޯ ފެނި ރަޔާހީންގެ ލޮލަށް ވެސް އުނދަގުވިއެވެ. އޭނާގެ މާފަލަ ނޫން ހަށިގަނޑު ހިއްލާލެވޭތޯ އެ އަންހެންމީހާ މަސައްކަތް ކުރަން އުޅޭހެން ހީވުމުން ރަޔާހީން ތެދުވެ އަންހެންމީހާގެ ބޯދަށަށް އަތް ލައްވާލިއެވެ. އެމީހާ ދެލޯ މަރާ ބާރުކޮށްލީ ހަށިގަނޑުގެ ކޮންމެސް ހިސާބަކުން އިހުސާސްވި ވޭނަކުންނެވެ. ރަޔާހީން އެމީހާގެ ފައިގާ އައްސާފައިވާ ރޯނުގަނޑު ވަރަށް މަސަތްކަތުން ނައްޓުވާލިއެވެ. އެހިނދު އެމީހާ ދެލޯ ކަރުނުން ފުރިގެން އައެވެ. ރަޔާހީން އަވަސް ހަރަކާތަކާއި އެކު އެމީހާގެ ދެއަތުގައިވާ ފޮތިގަނޑު ވެސް މޮހެލިއެވެ. އެމީހާ އަށް އޭނާގެ ދެއަތާއި ދެފައި މިނިވަންވެއްޖެ ކަން އެނގުމާއެކު ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާ މަޑުމަޑުން ދެއަތާއި ދެފައި ތަޅުވާލިއެވެ. އެހިނދު ދެއަތާއި ދެފަޔަށް ބާރުވެފައި ހުރުމުން އޭނާ އަށް މާތް ކަލާނގެ އިސްމުފުޅު ދުލު ކުރިއަށް ގެނެވުނެވެ.

ބަޔަކު މީހުން އެއްވެސް ކުށެއްނެތި އޭނާ ވަރަށް ނިކަމެތި ހާލުގައި ތަޅުވައިފިއެވެ. މިއަދު ފުރިހަމަ ހަމަސްދުވަސް ފަހުން އޭނާ އަށް ހަމަޖެހުމެގެ ނޭވައެއް ލެވުނީ އޭނާގެ ހަތަރެސް ފައި ހަރަކާތްކުރާ މަންޒަރު އޭނާގެ ދެލޮލުން ފެންނަން ފެށުމުންނެވެ. އޭނާ އޭނާގެ ދެއަތާއި ދެފަޔަށް ބަލަން އިން ގޮތް ފެނުނަސް ބަލާ މީހެއްގެ ހިތަށް އަސަރު ކުރާނެކަން ކަށަވަރެވެ.

“ދައްތަ އަށް ކިޔަނީ ކޮންކަމެއް؟ ދައްތަ އެއްވެސް ތަނަކަށް ތަދުވޭތަ؟ ރަޔާހީން ދެސުވާލު އެއްފަހަރާ ކޮށްލުމާއެކު އެމީހާ އަށް ކައިރީގައި މީހަކު ހުރިކަން އިހުސާސްވެ ރަޔާހީނަށް ބަލާލިއެވެ.

“ފް…ފަރުހީން…..” އެމީހާ ދެވަނަ ފަހަރަށް ރަޔާހީނަށް ބަލާލަމުން ބުންޏެވެ. އަދި އޭނާގެ ތުރުތުރުއަޅާ އަތް ރަޔާހީންގެ މޫނުގައި ޖައްސާލިއެވެ.

“ދައްތަ ކިހިނެއް ފަރުހީން ދަންނަނީ.. އަޅުގަނޑަށް ކިޔަނީ ފަރުހީނެއް ނޫން… ރަޔާހީން… މިގޭ އިރުފާންގެ އަނބިމީހާ”  ރަޔާހީން ލަސްލަހުން ބުނެލިއެވެ. އެހިނދު އެމީހާގެ ނިތަށް ރޫ ގިނަވެ ބިރުން ފަހަތަށް ޖެހެން ފެށިއެވެ. ރަޔާހީން އެމީހާ ގައިގާ ހިފަހައްޓާލީ އެމީހާ ކަންތައް ކުރަންފެށި ގޮތަކުންނެވެ.

“ނިކުމޭ… ހަމަ މިހާރު ނިކުމޭ މިތަނުން…. އަހަރެން ކަލޭމެން ބުނި ގޮތެއް ހަދައިގެން މިކޮޓަރީ އެބައުޅެމެއްނު. ކުރިއަށް އޮތް ތަނުގައި ވެސް އުޅޭނަން…. ދޭ…. ދޭ މިތަނުން. މިހާލުގައި ވެސް އަހަރެން ދުނިޔޭގައި އުޅެން ބޭނުން….. އަހަރެން ކަލޭމެންގެ ވާހަކަ އިތުރު އެއްވެސް މީހެއް ކައިރީގައި ނުދައްކާނަން…. މިހާތަނަށް ދައްކާފައެއް ވެސް ނޯންނާނެ… ދައްކާނީ ވެސް ދެއްކޭނެ ގޮތެއް މެދުވެރިވެގެނެއްނު. އަހަރެން ލޮލަށް ފެނުނު މަންޒަރެއްގެ ސަބަބުން ކަލޭމެން އަހަރެން މިކޮޓަރީގައި ހައްޔަރުކޮށްގެން އުޅޭތާ މިވަނީ ތިންއަހަރު” އެމީހާ ރޮއެރޮއެފަ ދައްކަންފެށި ވާހަކަތަކުން ރަޔާހީންގެ އެއްވެސް ކަމެއް އޮޅުންފިލާ ގޮތެއް ނުވިއެވެ. ނަމަވެސް އެވާހަކަތަކަށް އޭނާ އަށް ވަރަށް ބޮޑަށް ސަމާލުކަން ދެވިއްޖެއެވެ.

އެމީހާ އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ ފަރުހީން ދަންނަނީ ކިހިނެއް ހެއްޔެވެ؟ މިގޭ މީހުން އޭނާ ހައްޔަރުކޮށްގެން އުޅެންވީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟ އޭނާ ލޮލަށް ފެނުނީ އެފަދަ ކޮން މަންޒަރެއް ހެއްޔެވެ؟ ހަޤީޤަތަކީ ކޮބާ ހެއްޔެވެ؟ އެމީހާ މަސައްކަތްކުރީ އެނދުން ކޮޅަށް ތެދުވެވޭތޯއެވެ. ނަމަވެސް ދިގު މުއްދަތެއް ވަންދެއް އޮތްތަނުން ނުތެދުވެ އޮތުމުގެ ސަބަބުން އޭނާ އަށް އެކަންވީ ކުރަން އުނދަގޫ ކަމަކަށެވެ. އޭނާ އަތުގައި ހިފާ ރަޔާހީން ކޮޅަށް ނެގިއެވެ. އަދި ރޮމުންދިޔަ އެމީހާގެ ދެލޯ ކައިރި ރަޔާހީން ލައިގެން ހުރި ޓީޝާޓް އޭނާ ބަނޑުކޮޅު ފެންނަ ވަރަށް ހިއްލާލުމަށްފަހު ފޮހެލަދިނެވެ. ރަޔާހީންގެ އެ އަމަލުން އޭނާ އަކީ ރަންމުތްގޭގައި ދިރިއުޅޭ އެހެން މީހުން ފަދަ ރަހުމްކުޑަ މީހެއް ނޫންކަން އެމީހާ އަށް ވިސްނުނެވެ. އެހެންކަމުން އޭނާ ރަޔާހީންގެ ކޮނޑުމަތީގައި ބޯއަޅާލުމަށްފަހު ހިތް ފުރޭ ވަރަށް ރުޔެވެ. އެމީހާ ބުރަކަށީގައި ފިރުމަމުން ދިޔަ ރަޔާހީނަށް ވެސް އެމީހާގެ އެ ގިސްލުމުގެ އަޑުން އަސަރު ކުރުވަމުން ދިޔައެވެ. އޭނާ ހިތްފުރޭ ވަރަށް ރޯލުމަށްފަހު ރަޔާހީނަށް ފުން ނަޒަރަކުން ބަލާލިއެވެ.

“ވަރަށް ވައްތަރު…. ފަރުހީނާއި ވަރަށް ވައްތަރު…. ތީ ކޮން އާއިލާއެއްގެ ކުއްޖެއް” އެމީހާ ރަޔާހީނަށް ބަލާލަމުން ސުވާލު ކުރިއެވެ.

“ދައްތަގެ ތިހުރިހާ ސުވާލުތަކެއްގެ ޖަވާބު އަޅުގަނޑު ދޭނަން.. އިހަށް ބުނެބަލަ ދައްތަ ފަރުހީން ދަންނަނީ ކިހިނެއް؟ އަދި އަޅުގަނޑަށް ދައްތަގެ ނަމެއް ވެސް ނޭނގޭ” ރަޔާހީން އެމީހާގެ ދެއަތުގައި ހިފާލަމުން އަހާލިއެވެ. އޭނާގެ ދެލޮލަށް ބަލާލުމުން ވެސް އޭނާ އެސުވާލުތަކުގެ ޖަވާބު ބޭނުންވެފައިވާ މިންވަރު ހާމަވާން ހުއްޓެވެ. އެމީހާ ރަޔާހީންގެ ދެލޮލަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ.

“ދައްތަ އަށް ކިޔަނީ ރަމްލާ. އެކޮއި ދައްތަ އަށް ހެޔޮ އެދެންޏާ މި ޖަލެއް ކަހަލަ ތަނުން ދައްތަ ސަލާމަތްކޮށްދީ… ކޮއްކޮގެ ތިދެލޯ ވެސް ހެކިދޭ ކޮއްކޮގެ ހިތުގައި ވަރަށް ބައިވަރު ސުވާލު އުފެދިފައިވާކަން. އެހުރިހާ ސުވާލު ތަކުގެ ޖަވާބު ދައްތަގެ އަތުގައި އެބަވޭ. އެކަމަކު އެހުރިހާ ވާހަކަތަކެއް ދައްކަން މީ ރަނގަޅު ގަޑިއެއް ނޫން. ނޭނގެ މިހާރު ވެސް އެނުލަފާ ފީރޯޒާ އާއި އޭނާގެ ފިރިމީހާ އާއި އެމީހުންގެ އެރަހުމެއްނެތް ފިރިހެން ދަރި ނާންނާނެ ކަމެއް……..” ބަސްބުނެ ނިންމާލުމަށްފަހު ރަމްލާ ރަޔާހީނަށް ބަލާލީ ކަންބޮޑުވެފައެވެ.

“މާފްކުރައްވާ. އެއީ އެކޮއިގެ ފިރިމީހާ އަށް ވިޔަސް އެފިރިހެނާ އަށް ދައްތަގެ މި ހިތް ދުވަހަކު ވެސް ހެވެއް ނުވާނެ. ދައްތަގެ ކަށްވަޅަށްދާން ޖެހުނަސް މި އާއިލާއަކަށް ދައްތަ މާފެއް ނުކުރާނަން” ރަޔާހީނަށް ފުރަގަސްދެމުން ރަމްލާ ދަތްކުނޑި ވިކާލިއެވެ.

“އަޅުގަނޑަށް އެނގޭ ދައްތަ އަށް ދިމާވެފައިތިވާ ކަންތަކަކީ އާދައިގެ ކަމެއް ނޫންކަން…. އެކަމަކު……” ކުއްލިއަކަށް ރަޔާހީން މަޑުޖެހުނީ އޭނާގެ ކަންފަތްކައިރީގައިވާ އިސްތަށިތައް ތެޅިލާ އިވެންފެށި އަޑަކުންނެވެ. ނުރައްކަލެއް ކުރިމަތިވުމުގެ ކުރިން އޭނާގެ ހަށިފާރަވެރިޔާ އެކަން އޭނާ އަށް އަންގާދީފިއެވެ.

“ދައްތާ… ހީވަނީ ކޮންމެސް މީހަކު މިތަނަށް އަންނަން އުޅޭހެން. އަޅުގަނޑު ވަރަށް އަވަހަށް މިތަނުން ދައްތަ ސަލާމަތް ކޮށްދޭނަން… ހިތްހަމަޖައްސާލާ. އަޅުގަނޑު ވަރަށް އަވަހަށް ދައްތަ އާއި ބައްދަލުކުރާނަން… ދަނީ….” ރަމްލާގެ ހަށިގަނޑުގައި ދެއަތްވަށާލާ އަދި ރަމްލާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އެކޮޓަރީގެ ބޮޑު ދޮރާއި ދިމާލަށް ދުއްވައިގަތެވެ. ކޮޓަރިން ބޭރަށް ނިކުތް ގޮތަށް އޭނާ ބަލާލީ މީހަކު ފެންނަން ހުރިތޯއެވެ. ނަމަވެސް ދެން ވީ ގޮތެއް ނޭނގި އޭނާ އަށް ދެލޯ ހުޅުވާލެވުނު އިރު ހުރެވުނީ އަމިއްލަ ކޮޓަރި ތެރޭގައެވެ.

“އޯއެމްޖީ… ކިހިނެއް މިހެންމިވީ….” ރަޔާހީން އަމިއްލަ އަށް އޭނާގެ ނަފްސަށް ބުނެލިއެވެ.

“ފަޅާއެރުމުގެ ކުރިން ސަލާމަތްކޮށްދިނީ…” އަޑު އައީ ރަޔާހީން ހުއްޓިހުރި ދިމާލުންނެވެ. އެވަގުތު ފާރު ތެރެއިން ފުރޭނިގެން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓުނީ ބީހާލް އެވެ.

“ޝުކުރިއްޔާ… އަސްލު ކިހިނެއްވީ” ރަޔާހީން ބީހާލް އާއި ސުވާލުކުރިއެވެ.

“މިގޭ މީހުން އަތުވެއްޖެ….އެމީހުން ވެއްޖެ ބަދިގޭގައި. ހީވަނީ ކޮފީ ބޮނީހެން….” ބީހާލް ހަށަން ބަނދެލަމުން ހުއްޓުނީ ރަޔާހީންގެ ކުރިމަތީގައެވެ. ރަޔާހީން އަނގަމަތީގައި އަތް އަޅާލިއެވެ. ބީހާލް ނެތްނަމަ މިރޭ ވާނެ ގޮތެއް ވެސް ނޭނގޭއެވެ.

“އެކަމަކު މިހެން ވާނީ ކިހިނެއް؟ އެމީހުން ބުނީ ހެނދުނުންނޭ އާދެވޭނީ… ކީއްވެބާ އެހާ އަވަހަށް އެ އައީ… އެހެންވިއްޔާ މިހާރު އިރުފާން ވެސް އަންނާނެ ދޯ ކޮޓަރިއަށް” ރަޔާހީން އެނދުގައި އިށީނދެލަމުން ބުންޏެވެ.

“ހެހެހެ… ގަޑި ބަލާލަބަލަ…. ބީހާލް ހުރި ފިޔަވަޅުމަތީގައި ހުރެ ބުނެލިއެވެ. އެވަގުތު ހެޑްބޯޑްމަތީގައި އޮތް އޭނާގެ ފޯނުގެ ފިތަކަށް އޮބާލުމަށްފަހު ގަޑި ބަލާލިއެވެ.

“ހައް…. ފަތިސްވަނީ… ހަމަ އެހާ އިރުވިތަ އަހަރެން އެކޮޓަރީގަ” ރަޔާހީން އަނގަމަތީގައި އަތް އަޅާލަމުން ބުނެލިއެވެ.

“ހޫމް….” ބީހާލް ބޯޖަހާލިއެވެ.

“ބީ އަށް އެނގޭތަ… އެތެރޭގައި އޮތް ދައްތަ….. ދައްތަ ބުނީ މީ ފަރުހީން ހޯ”

“އެނގޭ… ހުރިހާ އެއްޗެއް އެނގޭ.. ހީންގެ ހުރިހާ ސުވާލުތަކުގެ ޖަވާބު އެނގޭ… އެކަމަކު އެނގުނީ މިރޭ… ކުރިން ހޯދަން ވެސް ނޫޅުނީ..” ބީހާލް ބުނި އެއްޗަކުން ރަޔާހީން ތެދުވެގެން އައިސް ބީހާލްގެ ކުރިމަތީގައި ހުއްޓުނެވެ.
“ބީ އަށް އެނގޭއިރު ކީއްވެތަ އަހަރެން އެކޮޓަރިއަށް ވަންނަން ދެން ހުރީ” ރަޔާހީން ސުވާލު ކުރިއެވެ.

“ފުރަތަމަ ކަމަކީ ހީން އަށް އެތަނަށް ވަދެވުނީމަ ދޯ ތި އެނގުނީ އެތާ އަހަަރެމެންގެ ތެރެއިން ކޮންމެ މީހެއްގެ ވެސް އެހީތެރިކަމަށް ބޭނުންވެފައިވާ މީހެއް އޮތްކަން. ހީން ބޭނުމެއް ނުވޭތަ އެމީހާ އެތަނުން ސަލާމަތްކޮށްދޭކަށް…” ބީހާލް ބުނި އެއްޗަކަށް ރަޔހީން ވިސްނާލިއެވެ. ތެދެކެވެ. އެމީހާ އަކީ ރަޔާހީނަށްޓަކައި ނަސީބެއް ކަމުގައި ވެސް ވެދާނެއެވެ.

“ބީ އަށް ހުރިހާ ކަމެއް އެނގެންޏާ އަޅެ ކިޔާދީބަލަ” ކެތްމަދުވެފައި ހުރެ ރަޔާހީނަށް ބުނެލެވުނެވެ.

“ނޫން. އެސުވާލުތަކު ޖަވާބު އެދައްތަ ކައިރިން ހޯދީމަ ހީން އަށް އެންމެ ރަނގަޅުވާނީ…. އެކައްޗެއް ބުނެދީފާނަން. އެއީ ފަރޫގެ މަންމަ އާއި ވަރަށް ގުޅުން އޮތް މީހެއް” ބީހާލް އެވަރަށް ބުނެދިނުމުން އެވަގުތަށް ރަޔާހީނަށް ފުދުނެވެ.

“މިރޭ އަދި ނުނިދައެއްނުން ތިއުޅެނީ… ހީންގެ ފިރިކަލުން އެބަ އާދޭ…. އޭނާ މިތަނަށް ވަންނައިރު ހީން ދެލޯ މަރައިގެން އޮތީމައެއްނުން އޭނާ އަށް ހީވާނީ ހީން އޮތީ ނިދާފައޭ… އަވަހަށް ނިދާލާ އެނގޭ… ބައްދަލުކުރާނަން ފަހުން”  ހީންގެ ކުރިމަތީގައި ހާމައަށް ހުރި ފާރަށް ބީހާލްގެ ހަށިގަނޑު އެއްކޮށް ވަދެ ގެއްލުމާއެކު ރަޔާހީން އެނދަށް އެރިއެވެ.

އަތުކުރީގައި ގަޑިއަޅަމުން ސިޑިން ފައިބަމުން އައި ވިކްޔަން އަށް ސިޓިންގރޫމުގައި މަހާގެ ކައިރީގައި އިން                         ރަޔާހީން ފެނި ފިޔަވަޅުތަކަށް ހުއްޓުމެއް އަައެވެ. އޭރު ރަޔާހީނަށް ވިކްޔަން އެއް ނުފެނެއެވެ. ރަޔާހީން މަގުމައްޗަށް ވެއްޓުނު ރޭގައި އޭނާގެ ދަބަސް ތެރެއިން ފެނުނު އެދެމީހުން ފޮޓޯ މަތިން ވިކްޔަން ހަނދާންވިއެވެ. އެވަގުތު ހިނދުކޮޅަކަށް ނަމަވެސް ރަޔާހީންގެ މައުސޫމް މޫނަށް ވިކްޔަން އަށް ބަލަން ހުރެވުނެވެ.   އޭނާ އަށް ހަމަހޭވެރިކަމެއްވީ ބަދިގެ ތެރެއިން މައިސަރާ ގޮވާލުމުންނެވެ.

“ދަރިފުޅާ ބަލައިގެން އުޅެއްޗެ. ދެވުނީމަ މަންމަ އަށް ގުޅައްޗެ” އެއީ މައިސަރާގެ އަބަދުގެވެސް އާދައެވެ. ވިކްޔަން ދަތރުރަށް ތައްޔާރުވަންޏާ އަބަދުވެސް މައިސަރާ އޭނާގެ ދަރިފުޅަށް ނަޞޭޙަތްެދެއެވެ. ދެދަރިން ކުޑައިރު ކުދިންގެ ބައްޕަ މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށެއްގައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއްގައެވެ. އެހާ ދުވަހުން ފެށިގެން އެކުދިންގެ ކަންތަކުގައި މައިސަރާ އުޅުނީ ހިތަށް ނުގެނެވޭހާ ވެސް ބުރަކޮށެވެ. ދޭތެރެއަކުން ފިރިމީހާ އާއި ބައްދަލުކުރުމަށްޓަކައި މާފުށްޓަށް ދިޔުން ވެފައި ވަނީ އެދެމަފިރިންގެ ލޯބި އާލާވާ ކަމަކަށެވެ. މަހާ އަދި ވިކްޔަން ވެސް ދެބެންގެ ބައްޕަ އާއި ޤަވަޢިދުން ބައްދަލު ކުރާތީ އެދެމެދުގައި ބީރައްޓެހި ކަމެއް އުފެދިފައެއް ނުވޭއެވެ.

“ދަރިފުޅާ ކޮންވިސްނުމެއްގައި” ޚިޔާލަކަށް ގެއްލިފައި އިން ވިކްޔަން ސިހުނީ މައިސަރާ ވާހަކަދެއްކި އަޑަށެވެ. އޭރު މައިސަރާ ވިކްޔަން ކުރިމަތީގައި ކޮފީތަށި ބަހައްޓަނީއެވެ.

“ކަމެއްނުވޭ މަންމާ… އެއްކަލަ ސިޓީ ނިމިފަތަ އޮންނާނީ”  އޭނާގެ ސިކުނޑި ތެރޭގައި ހިނގާ އެއްެވެސް ކަމެއް މިވަގުތު މަންމަ އާއި ޙިއްސާ ކުރަން ބޭނުންނުވާތީ ވިކްޔަން ދޮގުހެދިއެވެ. އެއީ ފަސޭހަކަމެއް ނޫންކަން އެނގޭއިރު ވެސް އޭނާގެ ސަބަބުން މަންމަ އެއްވެސް ކަމަކާއި ވިސްނަން ބޭނުންނުވީއެވެ.

“އާނ… ދަރިފުޅު ނެތަސް އާސިރުބޭބެ ލައްވާ މަންމަ އެކަންތައް ކޮށްލާނަން. އިރާދަކުރެއްވިއްޔާ މިފަހަރު ބައްޕަ ސަލާމަތްވެގެން މިގޭގައި އުޅެން އަންނާނެ. ހަނދާންކުރައްޗެ މާދަމާ ނޫން އަނެއް ދުވަސް އެއީ އާއިލީ ބައްދަލުވުން އޮތް ދުވަސް” ބަދިގެ ތެރޭގައި ހަލުވި ކަމާއެކު އެއްމަސައްކަތަށް ފަހު އަނެއް މަސައްކަތެއް ކޮށްކޮށް ހުރި މައިސަރާ ވިކްޔަން އާއި ވާހަކަދައްކަމުން ދިޔައެވެ.

“އާނ މަންމާ… މަންމާ ދެން ދަނީ.. މަންމާ! ނިދުމުގެ ކުރިން ބަލާލައްޗެ މާއްކޮ ހޯމްވޯކްތައް ނިންމިތޯ” މޭޒުކައިރިން ތެދުވަމުން ވިކްޔަން ބުނެލިއެވެ.

“އާނ އަދި ހަނދާންނެތިފަ މަންމަ މިހުރީ… މާއްކޮ ހަމަ ބޮޑާހާކަނީ. ބުނީ ކިޔަވަން ބޭނުމީ ހީންދައްތަ ކައިރިންނޯ..  އެންމެފަހުން މަންމަ ރަޔާހީން މިގެއަށް ގެނެއްސަ އޭނީ” މައިސަރާ ވިކްޔަން ކައިރިއަށް އައިސް ވިކްޔަންގެ އަތުގައި ހިފާލަމުން ބުންޏެވެ. ވިކްޔަން އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މަހާ ގެ އުފަލަކަށް އޭނާ ނޫނެކޭ ބުނާނީ ވެސް ކިހިނެއް ހެއްޔެވެ؟

“ދަރިފުޅާ ސޮރީ… މަންމަ އަށް އެނގޭ ދަރިފުޅު ކައިރީ ނުބުނެ މަންމަ މިކަންތައް ކޮށްގެން ނުވާނެކަން. އަދި ރަޔާހީން އެގޮތަށް ފެންނަންޏާ……:

“ނޫން… މަންމަ އަށް އަދި ތިހީކުރެވުނީ ރަނގަޅަކަށް ނޫން. އަޅުގަނޑު ހިތަށް ހަމަ އެކައްޗެއްވެސް ނާރާ އޭނަ ފެނުނަސް. އިރެއްގައި މިހިތުގައި ވިޔަސް މިއަދު ރަޔާހީނަށްޓަކައި ހަމަ އެއްވެސް އިޙުޞާސެއް ނެތް. އޮތީ އެންމެ ގުޅުމެއް. އެއީ ފަހަރި ގުޅުން. ވަރަށް އަވަހަށް މަންމަ އާއި ކުއްޖަކާއި ބައްދަލުކޮށްދޭނަން” ވިކްޔަން އޭނާގެ މަންމަގެ ދެކޮނޑުގައި ހިފާލައިގެން ހުރެ ހިނިތުންވުމަކާއިއެކު ވާހަކަދެއްކިއެވެ. މައިސަރާ އާއި ހަތަރުކަޅި ހަމަނުކުރަން އޭނާ ކުރި މަސައްކަތް ކިތަންމެހާ ވެސް ފުރިހަމައަށް ކާމިޔާބު ވިއެވެ.

“ތިކުއްޖަކަށް މަންމަ އިންތިޒާރުކުރާނަން….” ރޮވިފައި ހުއްޓަސް ހިނިތުންވުމަކާއި އެކު މައިސަރާ ބުންޏެވެ. ވިކްޔަން ވެސް މައިސަރާ އޭނާގެ މޭގައި ޖައްސާލަމުން ނިތުގައި ބޮސްދިނުމަށްފަހު ބަދިގެއިން ނިކުތް އިރު އޭނާގެ މޫނުމަތީ ވަނީ ހިނިތުންވުމެކެވެ. ނަމަވެސް އޭނާގެ އެތެރެހަށީގައިވާ ހިތް ރޮމުންދިޔަ އިރު ހުއްޓުވާނޭ ބާރެއް ވެސް އޭނާގެ ނަފްސުގައި ނެތެވެ. އޭނާގެ ހިތް އެރޯ ރުއިމަށް އިޖާބަދޭން އޭނާ ބޭނުންނުވަނީއެވެ. ބަލާމީހަކަށް ހީވާނީ އޭނާ އަކީ ވަރަށް އުފަލުން ހުންނަ މީހެއް ހެންނެވެ. ނަމަވެސް އުފާވެރި މޫނެއްގެ ފަހަތުގައި ފޮރުވިފައިވާ ވޭނާއި ކެކުޅުން އިޙުޞާސް ވާނީ އޭނާ ފަދައިން އެފަދަ ވޭނެއް ތަޙައްމަލު ކުރަމުންދާ  ދެވަނަ އިންސާނަކަށް ނޫން ހެއްޔެވެ؟

“ޕރިްނސަސް ދޮންބެ ދިޔައީ އޭ… ހުރިހާ ފޮތްތަކެއް މަންމަ އަށް ދައްކައްޗެ” ސޯފާ ގޮނޑީގައި ރަޔާހީން ކިޔާދިން ފިލާވަޅެއް އަމިއްލަ އަށް ނިންމޭތޯ މަސައްކަތް ކުރަމުން ދިޔަ މަހާ ގެ ބޮލަށް ބޮސްދެމުން ވިކްޔަން ދިޔައި ކައިރީގައި މީހަކު އިންކަން ވެސް ނޭނގޭ ހާލުގައެވެ. ބޯކިރުކޮޅެއް ފަދަ ހުދު ޔުނީފޯމުގައި ވިކްޔަން އޭނާ ފަސްދީ ދާ މަންޒަރު ބަލަން ރަޔާހީން އިނީ ހިތްފަޅައިގެންދާ ހާލުގައެވެ. އެންމެފަހަރަކު ވެސް ވިކްޔަން އޭނާ އަށް ބަލާނުލިއެވެ. މަހާ އަށް ތަނެއް އޮޅުން އެރުމުން ދެފަހަރަކު ރަޔާހީނަށް ގޮވާލުމުން ވެސް ޖަވާބެއް ނައުމުން ބަލާލިއިރު ރަޔާހީން އަދިވެސް އިނީ ވިކްޔަން އޭނާގެ ހިތަށް ތަދުކޮށްލުމަށްފަހު ފަސްދީ ނިކުތް ދޮރާއި ދިމާލަށް ބަލަން ގެއްލިފައެވެ. ދެލޮލުން ވެއްޓެން ތައްޔާރުވެފައިވީ ކަރުނަތިކި ވަރަށް ރީއްޗަށް މަހާ އަށް ފެނުންނެވެ. އެހާލުގައި ރަޔާހީން އިން މަންޒަރު ފެނުމުން މަހާ އެއްފަހަރު ދޮރަށް ބަލާލުމަށްފަހު އަނެއް ފަހަރު ރަޔާހީނަށް ބަލާލީ އެކުޑަ ހިތަށް ވެސް އަސަރެއް ކޮށްގެންކަން ޔަޤީނެވެ.

 

އަރައިގެން އައި އިރާއެކު ރަންމުތް ގޭގައި ހީވީ ބޮމެއް ގޮވައިގެން އުޅުނު ހެންނެވެ. ގޭގައި ގެންގުޅޭ ދެނޯކަރުން ސިޓިންރޫމް މެދުގައި ތިބިއިރު ފީރޯޒާ އާސިރު އަދި އިރުފާން އެމީހުންގެ ކުރިމަތީގައި ގޮނޑިތަކުގައި ތިއްބެވެ. ދެއަތް ކުރިމައްޗަށް ގެނެސް ގުޅުވާލައިގެން އިސްޖަހާލައިގެން ދެނޯކަރުން ތިބިއިރު ހީވަނީ ކޮށިގަނޑަށް ދެކުށްވެރިން ހާޒިރުކޮށްފައި ތިބިހެންނެވެ.

“ދައްތާ ނޭނގޭ ކިހިނެއްވީ ކަމެއްކަން. ހީންކޮއްކޮ އެކޮޓަރިއަށް ނުވަންނަކަން ހަމަ ޔަޤީން. ރޭގައި ކާންވެސް ކެއި އެމީހާ” ފީރޯޒާގެ އެންމެ ވަފާތެރި ނޯކަރު ރާނޯ އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ.

“ދެން އެހެންވިއްޔާ ތިބުނީ އޭނާ ހުރި ދިމާ އަޑިއަށް ދިޔައީއޭތަ. ނޫނީ ފުރާޅު ފޫއަޅުވާލާފަ އުދިހިގެން މައްޗަށް ދިޔައީއޭތަ….” ފީރޯޒާ އަޑަށް ބާރުލާ ރުޅިވެރިކަމާއެކު ބުންޏެވެ. ފީރޯޒާގެ އެއަޑަށް އޯލާ އަށް ރޮވުނެވެ.

“ރޯޒާ… މަގޭ ހިތެއް ނުބުނޭ މިދެމީހުން ދޮހު ހަދާފަނެއޭ.. ވިސްނާލަބަލަ. މިހާ ދުވަހު މިމީހުން މިގޭގައި މަސައްކަތްކުރިއިރު އަހަރެމެން ހިތްހަމަނުޖެހޭ ކަމެއް ނުވަތަ ބަދުނާމުވާ ފަދަ ކަމެއް ކޮށްފަ އެބަހުރިތަ” އާސިރުގެ ވާހަކަތައް ފީރޯޒާ އަށް ޤަބޫލު ކުރެވުނަސް އޭނާގެ ރުޅި މައިތިރިވާގޮތެއް ނުވޭއެވެ.

“ތެދެއް މަންމާ.. އެކޮަޓަރީގެ ބޭރަށް ހުންނަ ކުޑަދޮރު ހުރީ ތަންޑު ހަލާކުކޮށްފަ. ފަހަރެއްގައި އޭނާ އެބެޗީ އެތަނުން ކަމަށް ވެސް ވެދާނެއްނު” އިރުފާން ވެސް އޭނާ އަށް ފެންނަ ގޮތް ހާމަކުރިއެވެ.

“އެކަމަކު އަހަރެންގެ ހިތެއް ނުބުނޭ އެދޮރުން އޭނާ ބޭރުވާނެހާ ޕަވަރު އޭނާގެ ހުންނާނެއޭ…. ދެން ކީކޭ ބުނާނީ….” ފީރޯޒާ އޭނާގެ ބޮލުގައި އަތްހާކާލީ އޭނާ ވިސްނާ ވިސްނާ ބޮލުގައި ރިހެން ފެށުމުންނެވެ.  އާސިރު ދެނޯކަރުން ފޮނުވާލުމަށްފަހު ފީރޯޒާ ގެނެސް އޭނާ ގަޔާ ކައިރިކޮށްލިއެވެ.

“މިހެން ތިބެވޭކަށެއް ނެތެއްނު. މުޅި މާލެ ވެސް މިހާރުން މިހާރަށް ހޯދަންވީ… އެހެންނޫނީ ކުރިއަށް މިއޮތް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަހަރެމެން ތިބެންޖެހޭނީ ޖަލުގެ ތޭރިތަކުގެ ބިތްދަށު” ފީރޯޒާ އިނީ ރޮވެން ކައިރިވެފައެވެ. މިހުރިހާ ދުވަހު އޭނާ ސިއްރުކޮށްގެން ހުރި ކަންތައް މިކަހަލަ ގޮތަކަށް ނިމިގެންދާނެ ކަމަށް އަދިވެސް އޭނާ އަށް ޤަބޫލު ނުކުރެވެނީއެވެ. އޭނާގެ ގޭގެ ޢިއްޒަތާއި އަބުރަށްޓަކައި އެނާ ކުރި ކަންތައް އެގޮތަށް އަތުން ދޫވާން ނޭދޭތީ އޭނާ އާސިރު އާއިއެކު ކާރުގައި މާލެވަށާ ހޯދަން ބޭނުންވިއެވެ. ހުރިހާ ދިމާލެއްބަލާ ނުފޮރޮޅާ އެންމެ ގަލެއް ވެސް ބާއްވަން ބޭނުމެއް ނުވިއެވެ.

ބޭރުން އައިސް މާކިލް ވަނީ އެމީހުން އެހެން ތިއްބައެވެ. މަންޒަރު ލޮލަށް ފެނުނު ގޮތުން ކަމެއް ގޯސްކަން މާކިލް އަށް ދެވަނަ ވިސްނުމަކަށް ނުގޮސް އެނގުނެވެ. ފީރޯޒާގެ ކޮނޑުގައި އާސިރު ކޮށްޓާލުމާއެކު ސިހިފައި އާސިރުގެ މޫނަށް ބަލާލިއެވެ. ލޮލުގެ އިޝާރާތުން ފީރޯޒާ އަށް ދައްކާލީ ދޮރުން ވަދެގެން އެމީހުން ތިބި ހިސާބަށް އަންނަމުންދިޔަ މާކިލް އެވެ. އެހިނދު ފީރޯޒާ އޭނާގެ މާޔޫސްވެފައިވާ މޫނުމަތި ހަމައަކަށް އަޅުވާލަމުން މާމަ ދަރިފުޅަށް ހިނިތުންވުމެއް ދެވޭތޯ ބެލިއެވެ.

“މާމާ..ކާފާ… ކިހިނެއްވީ؟ ކަމެއް ގޯސްވީތަ” މާކިލް އެސުވާލު ކުރާނެކަން އެނގޭއިރު ވެސް ފީރޯޒާ އާއި އާސިރު އަށް އެއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

“ބައްޕާ ބުނެބަލަ” ކޮނޑުގައި އޮތް ދަބަސް ސޯފާގޮނޑިއަށް ވައްޓާލުމަށްފަހު މާކިލް އޭނާގެ ބައްޕަ ކައިރިއަށް ޖެހިލިއެވެ.

“އާނ ދަރިފުޅާ ވަރަށް ބޮޑު ކަމެއްވެއްޖެ. ރާނޯ އާއި އޯލާގެ މަންމަ ގެއިން ފިލައިގެން ޤައުމަށް ގޮށްސި” އިރުފާން ބުނެލިއެވެ. ދުރުގައި ތިބި ރާނޯ އާއި އޯލާ އާއި ދިމާލަށް މާކިލް ބަލާލިއެވެ. އެދެމީހުންގެ މޫނުމަތިން ފެނުނު ކުލަވަރުން އެކަން ޤަބޫލުކުރަން އޭނާގެ ސިކުނޑި ބާރު އެޅިއެވެ. މާކިލް އަށް އެނގިފައިވާ ގޮތުން ރާނޯ އާއި އޯލާ އަކީ އެއްބަނޑު އެއްބަފާ ދެބޭންނެވެ. މާކިލް ކުޑައިރު އެގޭގައި ކައްކަން އުޅުނީ އިންޑިޔާ ދެމަފިރިންނެވެ. ކައިރި ކައިރީގައި ދެދަރިން ލިބުނުތަނާ ފިރިމީހާ މަރުވުމުން އެއަންހެންމީހާ އަށް އެހީވީ ފީރޯޒާ ގެ ދެމަފިރިން ކަމުގައެވެ. ނަމަވެސް ފަހުން އަންހެންމީހާ ބަލިވުމުން އެގޭގައި މަސައްކަތްކުރަމުން އައީ އޭނާގެ ދެދަރިން ކަމުގައެވެ.

“އަޅާނުލާ މާމާ… އޭނަ އެހާ ބަލިއިރުގަވެސް އެގޮތަށް ދާނީ އުޅޭނެގޮތެއް ފެނުނީމައެއްނު… ޗިލް ކާފާ….” އާސިރުގެ އަތުގައި ޖަހާލަމުން މާކިލް ބުނެލިއެވެ. އެވަގުތު މާކިލްގެ ފޯން ރިންގްވާން ފެށުމުން ޖަވާބު ދިނުމަށް ދުރަށް ޖެހިލިއެވެ. އިރުފާނާއި އޭނާގެ މަންމަ އާއި ބައްޕަ ދުރުގައި ހުރި މާކިލް އަށް ބަލަމުން ދިޔައެވެ. މީގެ ތިންއަހަރު ކުރިން ރަންމުތްގޭ ހަތަރުފާރުން އެތެރޭގައި ހިނގާ ދިޔަ ޙާދިސާ މާކިލް އަށް އެނގިއްޖެނަމަ ދެން ވާނެ ގޮތަކާއި މެދު ވިސްނަނީ ކަންނޭނގެއެވެ. އެހެނީ އެމީހުން އޭރުގައި ކުރި ކަމެއްވިއްޔާ ކޮށްފައިވަނީ މާކިލް ތަޢުލީމް ހާޞިލް ކުރުމަށް ރާއްޖޭން ބޭރުގައި ހޭދަކުރި ދުވަސްތަކުގައެވެ.

ކުއްލިއަކަށް ތިން މީހުންގެ ނަޒަރު ގޮސް ހުއްޓުނީ ހުޅުވާލާފައި ހުރި ދޮރުމައްޗަށް އައިސް ހުއްޓުނު ފުލުހުންގެ ދެމީހުންނަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

މަންމަގެ ހައްޤުގައި

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސޯޅަވަނަ ބައި)

Next
August 22, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސޯޅަވަނަ ބައި)

Previews
August 22, 2017

މަންމަގެ ހައްޤުގައި

22 Comments!

  1. ??? says:
    August 22, 2017 at 4:52 pm

    Yey me first dhw mi part bes vrh reeti❤❤

    1. Ushaali says:
      August 22, 2017 at 5:01 pm

      yes…. thanks dear 🙂

  2. Ushaali says:
    August 22, 2017 at 5:03 pm

    Assalam alikum and alhamdhulillah… huriha kudhinnah mi bai ves kamudhaane kamah heekuran. next part maadhama morning ga genesdheynan. insha allah 🙂 🙂 🙂

  3. Coco says:
    August 22, 2017 at 5:20 pm

    Mi story ga innany kitha parts

    1. Ushaali says:
      August 22, 2017 at 5:37 pm

      mi story mihaaru ves liyevemun dhany. ehen v ma kithah part kan bunan varah dhathi. yagynun ves vahaiga shauguverikan gelley varah dhigeh nukuraanan. insha allah 🙂

  4. Petite says:
    August 22, 2017 at 5:22 pm

    V v v reeethi ??? my first comment to this story.. ehn part thakah comment nukuriyas knmme part evves hama up vaa irah kiyaalan.. i love this story.. ❤ ❤ n your previous stories too..❤ kureege stories ves fattaigen ethah faharaku kiyaalevey.. ?keep it up ❤❤ u are a awsome writer ?? waiting for next part ?

    1. Ushaali says:
      August 22, 2017 at 5:39 pm

      thankyou so much petite 🙂 kuriah huri part thah ves insha allah varah reethi vaane.

  5. ROMAN REGINS says:
    August 22, 2017 at 5:34 pm

    Wow when next part

    1. Ushaali says:
      August 22, 2017 at 5:40 pm

      thanks ROMAN REGINS 🙂 next part maadhama. insha allah

  6. Juvey says:
    August 22, 2017 at 5:49 pm

    Vvv reethi. V happy kon me dhuvahaku vaahaka genes dheythyy. .ur the best loves ? ? ? ?

    1. Ushaali says:
      August 22, 2017 at 8:16 pm

      thankyou juvey 🙂

  7. Shaa says:
    August 22, 2017 at 5:51 pm

    Thanks dhigukoh genes dhineema

    1. Ushaali says:
      August 22, 2017 at 8:17 pm

      thanks shaa 🙂

  8. alifbaa says:
    August 22, 2017 at 6:16 pm

    dhen otby fahu part tha

    1. Ushaali says:
      August 22, 2017 at 8:18 pm

      nooney alifbaa. adhi noolhey nimen 🙂

  9. Reet says:
    August 22, 2017 at 7:01 pm

    Vv reethi vaahaka eh vaahaka ah English bass beynun nukoh kuriyah dhaankamah vaney nama v furihama vaane

    1. Ushaali says:
      August 22, 2017 at 8:22 pm

      thanks reet 🙂 balaanan english bas v haa ves beynun nukoh veytho. mi vahakaiga varah nuhunnaanehen heevany

  10. Rose says:
    August 22, 2017 at 7:44 pm

    Vvv reethi . I love this stories

    1. Ushaali says:
      August 22, 2017 at 8:23 pm

      thankyou rose 🙂

  11. khajja says:
    August 22, 2017 at 7:47 pm

    Ohhh wow ?? masha allah v rythi v furihama alhey bee dhw ramlaa salaamaiy koh dhiny adhi ramlaa safe koh dhiny ohhh woww?? dhen emyhunge kanthah falhaa araanethaa eyrun maakil ah vaany kihineiy dhw? Eyrun vikyan avves kommes eh chevvisneynethaa ekam hyn irufaan aa marry kury kyvvebaa dhw? Stry v habeys I luv this stry ushaali thanks 4 the luvly stry when nxt prt avahah kiyaalan libeyvaru kolla dhechchey plx plx ly keep it up u r the best writter
    Ushaali ????❤❤??????????????

    1. Ushaali says:
      August 22, 2017 at 8:25 pm

      awwwwwww thankyou loabivaa khajja… 🙂 kuriah huri baithakun balama dhw vaa goi goi…. 🙂 🙂 🙂 maadham hendhunu kiyaalan libeyne. insha allah

  12. reader says:
    August 22, 2017 at 9:01 pm

    Alhe someone please tell me mi story ga B introduce kuraa episode because I must’ve missed that part and esfiya site ga faharaku ehcheh load kurumakee varah undhagoo kameh so please tell me ingei kujjaku

Comments are closed.

Next Episode02:30 ތޭރަވަނަ ބައި←


All Right Reserved!