މަލާކް… 25ވަނަބައި
ހިޝާމް ގޮސް ދޮރުހުޅުވާލުމާއެކު ޕޮލިހުން ގޭތެރެއަށް ވަނެވެ. “ކޮބާތޯ ޖަޒްލާން އަކީ.. އަދި ޝަމާލްއަކީ.. އަޅުގަނޑުމެންނަށް ކޮށްފައިވާ ރިޕޯޓެއްގެ ސަބަބުން އެދެމީހުން ހައްޔަރުކުރުމުގެ އަމުރުމިއޮތީ..” ޕޮލިހުންގެ ތެރޭގައި އިސްކޮށް ހުރި އޮފިސަރު ވާހަކަދެއްކިއެވެ. އެވަގުތު އެތެރެއަށް ވަންނަން އައި އަރޫންވެސް އިނީ ވަމުންދާގޮތްނޭންގި އެތެރެއަށް އިތުރަށް އެންމެފިޔަވަޅެއްވެސް އަޅާލަން ނުކެރިފައެވެ. އެއްވެސް ގަދަހެދުމަކާނުލައި ޖަޒްލާން އާއި ޝަމާލް ޕޮލިހުންނާއިއެކުގައި ނިކުތީ އެމީހުން ކުށެއްނުކުރާކަމަށް ބުނުމަށްފަހުގައެވެ. ގުޑާލަން ނޭންގިފައި އިން އަރޫން އަށް ހޭވެރިކަންވީ ފޯނުރިންގްވާން ފެށުމުންނެވެ. އޭރު ޕޮލިސްޖިޕްވެސް ގޮސް އޮބާލާނީއެވެ. އަވަހަށް ފޯނުނަގާ ގުޅަނީ ކާކުތޯ ބަލާލިއެވެ.
ގޭތެރޭގައި އެންމެންވެސް ތިބީ ހަމަހިމޭންވެފައެެެ. ހާއްސަކޮށް ބިންޔާއާއި މިޝާތިބީ ޖަހާފަތިބި ދެމުޑިހެން ގުޑާވެސް ނުލައެވެ. އެހާވަރުން ޖަޒްލާންއަށްޓަކާ ބިންޔާ އެއައީ އޭނަގެ މަންމަ އެންމެނުރުހޭނެހެން ބުރުގާވެސް އަޅައިގެންނެވެ. ނަމަވެސް މިއަދުމިވީގޮތުން އެފަކީރުގެ ހިތް ޝަކުވާއިން ފުރިންޖެއެވެ. ހުރިހާދުވަހު އެހާލޯބިންއުޅެފައި އެފަދަ ކަމެއްކުރަންވީ ކީއްވެކަމެއް ބިންޔާގެ ސިކުނޑިއަކަށްނައެވެ. މިޝާގެ ހާލަކީވެސް ހަމަ މިއެވެ. ޝަމާލްގެ ކުށަކީ ކޮބައިބާއެވެ. އެފަދަ ދަށުދަރަޖައަކަށް ޝަމާލް ވެއްޓެންވީ ކީއްވެހެއްޔެވެ.
ގޭތެރޭގެ ހަމަހިމޭންކަން ނަގާލީ ބޭރުން އައިސްވަތް އަރޫން އެވެ. ކަންތަން ވީގޮތުން އެގޭގައި މީހުން އުޅޭކަން އިނގޭތީ އަރޫން އެތެރެއަަށް ވަނީ ބުންޔާވެސް ހުރެދާނެ ކަމަކަށްނޫނެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ގޮސް ބިންޔާގައި ބައްދާލުމަށް ފަހު ހަމަޖެހުމަށް ބުނެ މިޝާވެސް އެހަށް އިށީދެލުމަށް އެދުނެވެ. ” ހުރިހާމީހުން ހަމަޖެހިލާ.. އެދެމީހުން ވެސް ވަރަށް އަވަހަށް ދޫކޮށްލާނެ.. އެގެންދިޔައީ ހަމައެކަނި ބަޔާނެއްނަގަންވެގެން.. ” މާހިލްގުޅާފައި ބުނިއެއްޗަކަށް ރިޔާއަތް ކޮށް އަރޫން ބޭނުންވީ ހުރިހާމީހުން ވެސް އެހަށް ހަމަޔަކަށް އެޅުވުމަށްފަހު ހަގީގަތާއި ކުރިމަތިލާށެވެ. ” ބިންކޮ.. ޖަޒްލާން ނޫޅޭ ކުށެއްގަ ބެދިގެން.. ދޮންބެ މިދަނީ އެދިމާއަށް ދާން މިރޭ ކިތަންމެ ދަންވިޔަސް ދޮންބެގެއަށްދާނީ އެމީހުންގެ ހަބަރު އޮޅުންފިލުވާފަ.. ދެންވެސް ހަމަޖެހިލާ އިނގޭ” ބިންޔާގެ ދެކޮންޑުގައި ހިފާލާފައި ސާބިތުކަމާއެކު އަރޫން އެހެން ބުނެފައި ނިކުމެ އަވަހަށް މިސްރާބު ޖެހީ ޕޮލިސް ސްޓޭޝަނާދިމާއަށެވެ. މާހިލްބުނިގޮތުންވީޔާ މިހާރު ޔާސީންވެސް ހުންނާނީ އެތާންގައެވެ. ނޫރާގުޅާފައި މާހިލްއަށް ހުރިހާވާހަކައެއް އޮޅުންފިލުވާދިނުންވީ އަރޫންއަށްވެސް ކުރިއަށްދާން ކޮށުނުއިތުރުމަގަކަށެވެ.
އެތެރެއަށް ވަންއިރު ދެކޮޅުދެކޮޅަށް ހިނގާލަ ހިނަގާލަހުރި ޔާސީން އަރޫން ފެނުމާއެކު ހުއްޓުނެވެ. އަދި ނުރުހުމުގެ ލޮލަކުން ބަލާލުމަށް ފަހު ފުރަގަސްދިނީ ދައްކާނެ ވާހަކައެއްނެތޭ ބުނާފަދައަކުންނެވެ ނަމަވެސް ހިތްވަރުކޮށްލާފައި އަރޫން ޔާސީން އާއި ކުރިމަތިލިއެވެ. ހުރިހާކަމެއް އޮޅުން ފިލުމާއެކު ޔާސީންއަށް ހުރެވުނީ ބަސްހުއްޓިފައެވެ. ” ކީއްވެ ތިވަރުކަމެއްހިނގައިގެން ރިޕޯޓްނުކުރީ.. ކީއްވެ އެކަމުގަ އަހަރެންކައިރީގަ ނުބުނީ.. ތިހީކުރާހާ ގޯސްމީހެއްނޫން މީ އަރޫން މި ބައްޕަވެސް ބޭނުމެއްނުވާނެ އެއްވެސް ދަރިއަކަށް އަނިޔާއެއްވާކަށް.. ” އެތަށް އިރަކު އަނގައިން ނުބުނެވިފައި ހުރެފައި ޔާސީން ވާހަކަދެއްކީ އަރޫންވެސް އެންމެ ބޭނުންވި ގޮތަށެވެ. ” އަދިމިކަމުގައި އޮޅުންފިލަންޖެހޭ އެތަށް ކަމެއްއެބަހުރި.. އެހަށް އެދެމީހުނަށް ގޮތެއްހަދާދީ އެދެމީހުންގެ އެއްވެސް ކުށެއްނެތް.. ” ވަގުތިގެ ބޭނުންހިފާ އަރޫންވެސް ބޭނުންވާގޮތް ހާމަކުރިއެވެ.
އަވަސްފިޔަވަޅުތަކަކާއެކު ޔާސީން ގޮސް ޖަޒްލާން އަދި ޝަމާލްކައިރީގައި ހުއްޓިލިއެވެ. އެއީ ބަޔާންނެގުމަށް އޮފިސަރުވެސް އައިވަގުތުކަމުން ޔާސީން އޭނަ ކުރިދައުވާ އަނބުރާގެންދަން ބޭނުންވާ ކަމަށް އެނގިއެވެ. އަދި ވީއެންމެ އަވަހަކަށް އެމީހުން ދޫކޮށްލުމަށް އެދުނެވެ. ޖަޒްލާން އާއި ޝަމާލްއަށް އެކީގަހެން އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނީ މިވާނުވާ އެއްގޮތަކަަށްވެސް ނޭންގުމުންނެވެ.
ގޭތެރޭގައި ލެވިފައިވާ ހަމަހިމޭންކަމާއި ހިތާމައިގެ ސައިލުގެ ތެރޭގައި އެންމެންވެސް ވަނީ ހަނުހުރުމަށް ނިންމާފައި ކަހަލައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އެހާވަރުން އެދެމީހުނަށް ސަޕްރައިޒް އެއްދިނުމަށް ނިންމާ ހުރިހާކަމެއްނިމިފައި ވަނިކޮށް ކުއްލިއަކަށް އެހެނަ ދިމާވުމުން އަނގައިން ބުނާނެހާ ހިތްވަރުވެސް އެއްވެސް މީހެއްގައިގަަ ނެތީއެވެ. ނަމަވެސް މީރާން ހިތްވަރުކޮށްލާފައި ހިޝާމް ކައިރީގައި ބޭރަށް ނިކުމެލުމަށް އެދުނެވެ. ” ބައްޕާ.. މިރޭ އަރޫންދިޔަ މާހިލްއާއި ބައްދަލުކުރަން މިކަމުގައި ވާނުވާ މާހިލްއަށްވެސް އަރޫންއަށްވެސް ރަނގަޅަށް އިނގޭނެހެން އަޅުގަނޑަށްހީވަނީ.. ” މީރާން އޭނައަށް މިރޭ އެނގިފައިވާ މިންވަރު ހާމަކޮށްލިއެވެ. “އެހެންވީމަ އަރޫންގެ ހަބަރެއްވަންދެން މަޑުކުރަން ބައްޕަ އަށް ފެންނަނީ.. ހަމަޔަޤީނުންވެސް ބިންޔާއަށް އަރޫންބަލާނެކަން ބައްޕައިނގޭ.. އަނެއްކޮޅުން ޝަމާލް އަކީ އޭނަގެ އެންމެ ގާތް އެކުވެެރިޔާ ވީއިރު އެއިންމީހަކަށް ދެރައެއްދޭން އަރޫންވެސް ނުވިސްނާނެ.. ” ހިޝާމް ޔަޤީންކަމާއެކު އެހެންބުނީ މިހުރިހާދުވަހު އަރޫންގެ ކިބައިން ގޯސްކަމެއް އޭނާއަށް ފެނިފައިނުވާތީއެވެ. ހަމައެގޮތަށް ސަމީހު ހިއްސާ ކޮށްފައިވާ ވާހަކަތަކުންވެސް އަރޫންއަކީ އެކަހަލަަ ކުއްޖެއްނޫންކަން ޔަޤީން ވާތީއެވެ.
ރިޒޯޓްއިން އައިގޮތަށް ފެންވަރާލައިގެން ހަމަޖެހިލައިގެން ނޫސްބަލަން އިން ބަލްޤިސްގެ މޫނުމަތީގައިވަނީ ވިހަ ހިނިތުން ވުމެކެވެ. މާހިލް ގެ އުނދަގުލުން ސަލާމަތް ވުމުގެ އިތުރުން އަރޫންގެ އެކްސިޑެންޓްގެ މައްސަލަވެސް ހިންދާލެވުމުން ދުވަހަކުވެސް އޭނައަށް ނުލިބޭފަދަ އުފަލެއް ލިބިފައިވާ ކަހަލައެވެ. ކުއްލިއަކަށް ކޮޓަރީ ދޮރުހުޅުވާލާފައި ނިކުތް ސަމީހުއަށް ބަލްޤިސްނުވެސް ފެންނަފަދައެވެ. ” މިހާރުމިދަނީއޭ” ބުނުމާއެކު އަވަސް އަވަހަށް ނިކުމެގެން ދިޔައިރު އެމޫނުމަތީގައިވާ ހާސްކަން ބަލްޤިސްގެ ހިތަށް އުނދަގޫކުރުވިއެވެ. ނަމަވެސް ލިބިފައިވާ ކާމިޔާބީގެ އުފާ ހާސިލްކުރުން އެއީ އިސްކަމކަށް ހެދުމަށް ފަހު އެކަމަށް ނުވިސްނާ ޓީވީ އަށް ނަޒަރު ހުއްޓަލިއެވެ.
ހިޝާމް ގުޅުމުން ސަމީހުއަވަހަށް އެގެއަށް އައިނަމަވެސް ވެގެން އުޅޭގޮތެއް ނޭންގެއެވެ. ވީގޮތް އޮޅުންފިލުމާއެކު ހިޝާމްކައިރީ ކެތްތެރިވުމަށް ބުނެފައި އަރޫންއަށް އަވަހަށް ސަމީހު ގުޅާލީ އެންމެ އަވަހަށް ހައްލެއްލިބޭނީ އޭރުންކަމަށް އޭނާގެ ސިކުނޑި ބުނުމުންނެވެ.
ކުޑަހިނދުކޮޅެއްގެ ތެރޭގައި ޔާސީން ނިކުތީ އަރޫން ގެ އިތުރުން ޖަޒްލާން އާއި ޝަމާލް ވެސް ގޮވައިގެން ޕޮލިސްސްޓެޝަން އިންނެވެ. ޔާސީން އަށް މިހާރު ހުރިހަ ކަމެއް އޮޅުންފިލައިފިއެވެ. ނަމަވެސް ނޫރާ އާއި މާހިލްގެ ގުޅުންފިޔަވައެވެ. އެވާހަކަ އަރޫން ނުބުނީ އަދި އެހަށް މަސްލަހަތަށްޓަކައެވެ. “މިރޭ އެހަށް އަޅުގަނޑުމެން މިދަނީ މާދަމާ އިންޝާ ﷲ ތިގެއަށް އަޅުގަނޑުމެންދާނަން.. އަދިވެސް އެއްފަހު ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑުގެ ދެރަހުމަތްތެރިންނަށް ވެދިން އިހްސާންތެރިކަމަށް.. ” އަރޫން ސައިކަލަށް އަރާ ހަމަޖެހިލަމުން ވާބަކަ ދެއްކިއެވެ. ” އަރޫން އަށް ދެވިދާނެ ސައިކަލުގަ އެކަމަކު އެމީހުން ކިހިނެއްދާނީ.. އަހަރެން ދެކުދިން ގެންގޮސްދޭދަން އަރޫން ދާތާކަށް .. ދެން މިއަދަށް ފަހު ތި ތިންކުދިންނަކީ އަހަރެންގެވެސް ދަރިންކަމުގަ އަހަރެންބަލާނީ.. މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގަ ތިކުދިން ތިދެއްކި ނަމޫނާ އަހަންނަށް ވަރަށްކަމުދޭ..” ޝަމާލްމެންނަށް ކާރަށް އަރަން އިޝާރާތް ކޮށްލަމުން ޔާސީން އަރޫން އަށް ހިނިތުން ވުމެއް ހަދިޔާކޮށްލިއެވެ.
ޒިޔާދާ މަންޒިލްގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. ރޮއެ ރޮއެ ވަރުބަލިވުމުން ބިންޔާއާއި މިޝާއަށްވެސް ނިދުނީއެވެ. ނަމަވެސް ހިޝާމް އާއި ސަމީހު އެވަރަށް ކިއުމުން ކުޑަކޮށް ކައިގެންނެވެ. ހަމަ އެގޮތަށް މަލާކް އަށް ވެސް އެހާދުވަސްކޮށްފައި އަރޫން ފެނުމުން ހިތަށްލިބުނު އުފަލާއެކު ނިދުނީ ބަސްބުނާހާ ވަގުތުކޮޅެއްގެ ތެރޭގައެވެ. މައިޝާ އާއި މީރާންގެ މަންމަ އަދި މީރާން އާއި ހިޝާމްގެ އިތުރުން ސަމީހުވެސް ސިޓިންގްރޫމްގެ ސޯފާގައި ތިބީ އަރޫން ގުޅާފައި ދާވާހަކަބުނުމުން އޭނަގެ އިންތިޒާރުގައެވެ.
ޔާސީންގެ ކާރު އައިސް މަޑުކޮށްލިއިރު އަރޫންހުރީ އެމީހުންގެ އިންތިޒާރުގައެވެ. ޖަޒްލާން އާއި ޝަމާލް ފޭބުމުން ރޭގަނޑުގެ ސަލާމްކޮށްލުމަށްފަހު ޔާސީން އޭނާގެ މަންޒިލަށް ދިއުމަށް މިސްރާބުޖެހިއެވެ. ހަމަ އެގޮތަށް ތިންމީހުން އެތެރެއަށް ވަނުމަށް ދިޔައެވެ. ތިންމީހުން އެކީގަހެން އައިސް ވަނުމުން ގޭތެރޭގަ ތިބި އެންމެނަށްވެސްލިބުނީ ކުއްލިޝޮކެކެވެ. އަރޫން ގުޅާފައި އެންމެ ފަހަރަކުވެސް އެމީހުން ގޮވައިގެން އަަަންނަ ވާހަކައެއް ނުބުނެއެވެ. “ދަރިފުޅުމެން .. ކިހިނެއްތަ މިވަނީ ” ހިޝާމްއަށް ކެތްނުވެގެން އެނމެފަހުން އައިސް ތިންމީހުން ގައިގަ އެކީގަހެން ބައްދާލުމަށް ފަހު އަހާލިއެވެ. ” ބައްޕާ .. ހަމަޖެހިލައްވާ އެމީހުން މިހާރުތިބޭނީ ވަރަށް ބަނޑުހައިވެސް ވެފައެއްނު .. މިހާރު އެހެރަގެން އެގާރަގަޑު ބައިވަނީވިއްޔާ.. އިހަށް އެމީހުނާއެކު ކާންހިނގާ އެއަށްފަހު ވާހަކަ ދައްކާނީ.. މައި ދޭބަލަ ތައްޔާރުކޮށްލަން.. ” މީރާން އެހެންބުނުމާއެކު މައިޝާގެ އިތުރުން މީރާންގ މަންމަވެސް މައިޝާއަށް އެހީތެރިވެދިނުމަށް ދިޔައެވެ. މައިޝާމެން ކައިގެން ތިބީ ފިރިހެނުން ކާނީ އެމީހުންގެ ހަބަރެއްވީމައޭބުނުމުންނެވެ. ހިޝާމް އާއި ސަމީހު އަދި މީރާންގެ އިތުރުން އަރޫންމެން ތިންމީހުންވެސް އެއްސުފުރާއެއްގައި ކައިނިމުން އިރު އެކަކު އަނެކަކަށް ވާހަކައެއްނުދައްކައެވެ. ބަނޑުހައިވެފައިވާލެއް ބޮޑުކަމުންނާއި ހަމަޖެހިގެން ނޫނީ ދެއްކޭނެ ވާހަކައަކަށް ނުވުމުންނެވެ. އެމީހުން ކައިގެން ބޭރު ގަސްދޮށުގައިވާ ވަށްމޭޒުކައިރިއަށް ދިއުމުން މައިޝާ އަވަހަށް ބަދިގޭ ކަންކަން ނިންމާލުމަށްފަހު އެމީހުނަށް ކޮފީގެންގޮސްދީފައި ނިދާލަން ދަނީ ކަމުގައި ބުންޏެވެ.
“ކިހިނެއްތަމިވީ.. ކީއްވެ ތަ މިކުުދިން ޕޮލިހަށްގެންދިޔައީ.. ” ހިޝާމް އަށް އެންމެފަހުން ކެތްނުވުމުން ހިތުގައިވާ ސުވާލު ކޮށްލިއެވެ. ” ބޭބޭ އެއީ ވަރަށް ދިގުވާހަކައެއް.. އަޅުގަނޑުމިރޭ ހުރިހާކަމެއްވެސް އޮޅުންފިލުވަދޭނަން.. އަޑުއަހާ.. ” އަރޫން އޭނައަށް މާހިލްކިޔާދިން ހުރިހާ ވަހަކައެއް އެއްވެސް ބަދަލެއްނުގެނެސް ކިޔާދިނެވެ. ނޫރާގެ ވާހަކަތަކަށްވެސް އެއްވެސް ވަރަކަށް ބަދަލެއްނުގެނެއެވެ. އަދި މިރޭ ކަންތަށް ހިނގާދިޔަގޮތްވެސް އޮޅުން ފިލުވާދިނެވެ.އަރޫންގެ ވާހަކަ އަޑުއަހަން ތިބި މީހުން ތިބީ ކިޔާނެ އެއްޗެއްވެސް ނޭންގި ތަލިން ކުޅުހިކިފައެވެ. ސަމީހުގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއްނެތެވެ. ހުރިހާދުވަހު އިނދެގެން އުޅުނުމީހާ އަކީ ނުބައި މީހެއްކަން އެނގެއެވެ. އެކަމަކު އެހާ ދަށުދަރަޖައަކަށް ވެއްޓޭނެކަމަކަށް އޭނަ ހުވަފެނުގައިވެސް ދެކެފައެއްނުވެއެވެ. އަމިއްލަދަރިއަށްވެސް އެހާހާލު އެޖެހެނީ އޭނާގެ ސަބަބުންނެވެ.
އަރޫން އޭނަގެ ބައްޕަ ހަމަޔަކަށްއަޅުވަން މަސައްކަތްކުރިއެވެ. އެތާންގައި ތިބި އެހެންމީހުނާހިލާފަށް ހިޝާމްއަށް އަރޫންއާއި މަލާކްގެ ގުޅުން އެނގުމުން މިހުރިހާދުވަހު ކަންތަށް ވަމުންދިޔަގޮތް ކުލަވާން
ފެށިއެވެ. ފުރަން އޮތްދުވަހު މަލާކް އެވަރަށް ރުއީކީއްވެކަން މިއަދު ހިޝާމްއަަށް އޮޅުންފިލައިފިއެވެ. ” ދެން ކިހިނެއްތަ ހަދާނީވެސް.. އަހަރެންބޭނުމެއްނޫން ލޯބިނުވަ މީހަކާ އަހަރެންގެ ދަރިފުޅިދެވާކަށް.. ” ސަމީހު ރުއިމުގެތެރޭން ބުނެލިއެވެ. ” ބައްޕާ ހަމަޖެހިލައްވާ .. އަޅުގަނޑު އެއްއިރެއްގަވެސް ނުވިސްނަން ނުރާޔާ އިންނަން.. އަދި ނުވެސް އިންނާނަން.. ” އަރޫން އެހެން ބުނުމާއެކު ސަމީހުގެ އިތުރުން ހިޝާމް އާއި މީރާންވެސް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެހުރިހާދުވަހު އަރޫން ކަންތަށް ކުރަމުން ދިތަގޮތް ޖަޒްލާން ކިޔާދޭން ފެށިއެވެ. ” އެރޭ އަޅުގަނޑު ބިން އަށްގުޅާފަ ބުނީ މަލްކޮގެ ނަމުގަ މާހިލް އާއި ވާހަކަދައްކަން.. ހުރިހާ އެއްޗެއް އޮޅުންފިލުވާދީފަ.. އަހަރުމެން ހީކުރިވަރަށްވުރެވެސް އަވަހަށް އެހެންހެދުމުން ހޯދަންބޭނުންވި ހަޤީޤަތް ހާމަވެގެންދިޔަ.. އެކަަމަކު އަދި މަލްކޮއަށްވެސް ނޫރާއަށްވެސް އަދި އެއާއިލާއަށްވެސް މިއިންކަމެއް ނޭންގޭނެ…”
“މަލްކޮއަށް އަންގާނެކަމެއްވެސްނެތް.. ” ހިޝާމް ގެ އަޑަަށް މުޅިތަން ހިމޭންވިއެވެ. ” މިހެންމިބުނީ މަލްކޮ އަދި ކިޔަވާތީ.. އަނެއްކާ ވަރަށް އަވަހަށް ފުރާނެ.. އެހެންވީމަ ހުރިހާ ކަމެއްއެނގުނީމަ މަލްކޮ ކިޔެވުމަށް ބުރޫއަރާނީ.. ދެކުދިންގެ ގުޅުމަށް ނުރުހެނީކީ ނޫން.. އަރޫންއަށްވުރެ މަލްކޮއަށް ރަނގަޅުމީހަކު ނުވެސްލިބޭނެ.. ” ހިޝާމް އޭނަގެ ވާހަކަ ފުރިހަމަކޮށްލިއެވެ. އެއާއެކު ހުރިހާމީހުންގެ މޫނުމަތިވެސް އުޖާލާވެގެން ދިޔައެވެ.
ބާރަޖެހި އިރުވެސް އަރޫން އާއި ސަމީހުގެ ހަބަރެއްނުވާތީ ބަލްޤިސް ފުރަތަމަ ފަހަރަަށް ކަންބޮޑުވާންފެށިއެވެ. ކޮންމެވެސްކަމެއް ގޯސްވާން އުޅޭހެންވެސް މިހާރު ހީވާކަހަލައެވެ. ބިންޔާވެސް މިހާރު ގުޅާވެސް ނުލާތީ އެކަމަށްވެސް މިރޭ އިހްތިޔާރަކާއި ނުލައި ވިސްނާލެވިއްޖެއެވެ. މާލޭގައި ބިންޔާ ހުރިކަން ބަލްޤިސްއަށް އަންގަން ހުދު ބިންޔާބޭނުން ނުވުމުން އެވާހަކަ ސަމީހުވެސް ނުބުނެއެވެ. އެއްގަޑި ބައިވާން އުޅެނިކޮށް ދެބަފައިން އެކީގަހެން ވަދެގެން އައިރު ބަލްޤިސްހުރީ އެމީހުންގެ ކިބައިން އެއްވެސް ތަފާތެއްފެނޭތޯ ސިއްރުން ބަލާށެވެ. ނަމަވެސް އެއްވެސް ތަފާތެއްނުފެނުމުން މާޔޫސްވެފައި ގޮސް ކޮޓަރިއަށް ވަންއިރު ސަމީހުވެސް ފާހާނައިން ނިކުމެގެން އައިސް އޮށޯންނަނީއެވެ. އިތުރުގޮތެއްނެތޭހިދާ ބަލްޤިސްވެސް އޮށޯވެލީ ކުރިމަތިވާން އުޅޭ ތޫފާނުގެ އެއްވެސް ހިލަމެއްނުވާ ހާލުގައެވެ.
އާދުވަހަކަށް އިރުއަރައިގެން އައިރު މަލާކްނޫން ޒިޔާދާ މަންޒިލްގައި ތިބިއެންމެނަށްވެސް ހުރިހާކަމެއް އޮޅުންފިލިއެވެ. މަލާކް އަށް އެއިންކަމެއް ނޭންގީ ހިޝާމްގެ އެދުމުގެ މަތީންނެވެ. ހެދުނުގެ ނާސްތާގައި ޖަޒްލާންގެ އިތުރުން ޝަމާލްވެސް ބައިވެރިވީ އުފަލާއެކުގައެވެ. ” މަލްކޮ ހާދަ ކުޑަކޮށް ތިކަނީ.. މިހާރުޖެހޭނެ ގިނައިން ކާން.. އޭރުންދޯ ރަނގަޅަށްކިޔެވޭނީ.. ” ޖަޒްލާން އާދައިގެ މަތީން މަލާކްއަށް އުނދަގޫކޮށްލަމުން ބުނެލިއެވެ. “ދެން ތުއްތޮންބެ.. ބައްޕާ.. އަބަދު ތުއްތޮންބެ މަލްކޮއަށް އުނދަގުކުރާނެ.. އެކަހަލައެއްޗެހިކިޔާފަ.. ” މަލާކް ތުން އޫކޮށްލާފައި އެހެންބުނުމުން “މީއަޅެފަހެ ބޭބީއެއްހޭ.. ” ކިޔާ އަނެއްކާވެސް ޖަޒްލާން ދިމާކޮށްލިއެވެ. ހެނދުނުގެ ނާސްތާނިމިގެންދިޔައީ އެދެމީހުންގެ ކޯޅުންގަނޑުގެ ތެރެއިންނެވެ.
އަރޫން ގުޅުމާއެކު ޝަމާލް އާއި ޖަޒްލާންގެ އިތުރުން ހިޝާމްވެސް ދިޔައީ ރޭގައި އެމީހުން ނިންމިގޮތަށް ޔާސީން އާއި ބައްދަލުކުރުމަށެވެ. އޭރު ސަމީހުއާއި އަރޫން ބޭރުގައި އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.
ޔާސީންގެ ފަރާތުން އެމީހުނަށް ލިބުނީ ވަރަށްވެސް ފުރިހަމަ މެހެމާންދާރީއެކެވެ. އެއާއެކު ސަމީހުއާއި ހިޝާމް ކަންކަން ހިނގާފައިވާގޮތް ޔާސީންއަށް އޮޅުންފިލުވާދިނެވެ. ބަލްޤިސްގެ ނުބައިރޭވުންގަނޑެވެ. ނޫރާ ލޯބިވާ މީހަކުވެސް ހުރިކަމެވެ. ނަމަވެސް އެދެމެދުގައި ހިނގައިދިޔަ ކަންކަން އެމީހުންވެސް ހާމަނުކުރީ ބައްޕައަކަށްވެ އެފަދަ ވާހަކަތަކުން ކުރާނޭ އަސަރު އެނގޭތީއެވެ. އަދި އެކުދިންނަށް ތަޢުބާވޭނެ މަގުދެއްކުމަށްވެސް ފަސޭހަވާނީ ކުރެވުނުކުއް ބޭޒާރުވިޔަނުދީ ހިފޭއްޓުމުން ކަމުގައި ވާތީއެވެ. “އޭރުވެސް އަޅުގަނޑު ހިތަށްއެރި ނޫރާގެ ލޯބިވެރިޔަކުހުރެޔޭ.. އެކަމަކު ކުރިން ނޫރާވެސް އަރޫން އާއިހެދި އުޅުނުގޮތްވެސް އަޅުގަނޑަށްއެނގިފައިވާތީ އެހާވަރުން މިކައިވެންނަށް އެދެވުނީވެސް.. އެކަމަކު އެކުއްޖެއްގެ ހަޔާތަށް ބައިވެރިޔަކު ހޮވުމުގެ ފުރިހަމަ އިހްތިޔާރު އަބަދުވެސް އަހަރެންދޭނަން.. ފައިސާއަށް ޓަކައި ދަރިންވިއްކުމުން ވާގޮތް ދާދިފަހުން އަހަންނަށްވެސް ފެނިއްޖެ.. އަހަރެންގެ ރަހުމަތްތެރި އާއިލާއެއްގެ ފަރާތުން.. ” ޔާސީން އޭނަގެ ހިތުގައިވާއެއްޗެއް ހާމަކޮށްލި ހިނދު އަރޫންމެންނަށް ފުންނޭވައެއްދޫކޮށްލެވުނެވެ. ” އެކަމަކު މިހާރު ކަންތަށް ވެފަތިއޮތްގޮތުން އަހަރެން ބޭނުން މުޖުރިމުންނަށް އޭގެ ހައްގުއަދަބުލިބެން.. ތިކޭސް ކާމިޔާބުކުރުމަށް ހެކިވެސް އެބަހުއްޓެއްނު.. ” ޔާސީން އެހެންބުނުމުން ސަމީހު ހިތަށް އުނދަގޫވިނަމަވެސް އެކަމަށް އެއްބަސްވީ އަޅާނުލާހުއްޓާ އެއަށްވުރެ ނުރައްކާތެރިކަމެއް ދިމާވެދާނެކަމަށް ހިޝާމްވެސް ބުނުމުންނެވެ. ” އެހެންވީމަ މައްސަ ކުރިޔަށް ގެންދިއުމަށް އަހަރެން އުޅޭނަން.. އެކަމަކު އަރޫން.. ތިބުނާ މާހިލް އަކާއި ބޭބެވެސް ބޭނުން ބައްދަލްކޮށްލަން.. ބޭބެގެ ދަރިފުޅު ހަވާލުކުރެވޭނީ މާހިލް ވެސް ބޭބެމެންނަށް ރަނގަޅަށް ދަސްވީމައެއްނު.. ” ޔާސީން ގެ އެދުމަށް މާހިލް އަށް އަރޫންގުޅާލިއެވެ. ނަމަވެސް އޭރު މާހިލް އަށް ކިރިޔާ ތެދުވެ އުޅެވޭވަރު ވާތީ އާދެވެން ނެތްކަމަށް އަރޫން ބުނުމުން ޔާސީން ނިންމީ ހުދު އޭނާ މާހިލް އާއި ބައްދަލްކުރުމަށް ދިއުމަށެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް މަލާކް ފުރަން އެއްދުވަހަށް ވީއެވެ. ކިތަންމެ މަޖާކޮށް ގޭތެރޭގައި އެންމެނާއެކު އުޅުންނަމަވެސް އެކަނިވާ ކޮންމެ ވަގުތެއްގައި މަލާކްގެ ލޯ ކަރުނުން ފުރިގެން ދެއެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އެންމެ ލޯބިވާމީހާ އެހެންމީހަކާއި އިންނަން ތައްޔާރުވަމުން ދާއިރު ހިތަށް ވަނީ ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބިފައެވެ. ނަމަވެސް އެއްވެސްމީހަކަށް ރޭކާނުލާނެހެން ހިތުގައި ގަލެއްބާއްވާލައިގެން އުޅެނީ އެހެންމީހަކަށް އެކަން އަންގަން ބޭނުން ނުވާތީއެވެ. މިފަހަރު މަލާކް އާއި އެކު ކުޑަދުވަސްކޮޅަކަށް އެކޮޅިގައި ހުރުމަށް ހިޝާމްވެސް ދާގޮތަށް ނިންމީ، މީރާންގެ މަންމަވެސް ހުރިހާކަމެއް އެނގުމުން އެގޮތަށް ކަންތަށް ކުރުމަށް ހިޝާމްކައިރީގައި އެދުމުންމެވެ. ބިންޔާމެންގެ ކިޔެވުން މެދުކެނޑިފައިވުމާއެކު އެމީހުން ޗުއްޓީ ނުނިމެނީސް އަދި ދާކަށް ހިޔާލެއްނުކުރެއެވެ. އަރޫންވެސް އެކްސިޑެންޓަށްފަހު ކިޔެވުމަށް ދެންދާނީ އާއަހަރުގައި ކަމަށްނިންމާ މަޑުކުރީއެވެ. ނަމަވެސް މަލާކް ފުރިވަން ސިއްރުން ގޮސް ހުރި ްިރު ރަނގަޅަށް ކިޔަވައިގެން މޮޅުކުއްޖަކަށްވެގެން އެނބުރި އަުމަށްއެދި ވައިބާ އިން މެސެޖް ކޮށްލިއެވެ. އެއީ އެކްސިޑެންޓަފަހު މަލާކްއަށް އަރޫންގެ ހަބަރެއްވީ ފުރަތަމަ ފަހަރުކަމުން މަލާކް އަށް ލިބިފައި ހިތްދަތިކަން ވަގުތުން ފިލާދިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ލޮލުން ކަރުނަ ހިލުނީ އަރޫން ގެ މީހަކަށް ވެވެން ނެތްކަން ހިތަށް އެރުމުންނެވެ.
ހަމަސްފަސް…
ބަލްޤިސް އަށް ނޭގި ހުރިހާކަމެއް ޔާސީން ކުރީ ދުރާލާވިސްނާފައެވެ. އެހެންވުމުން ސައިއްޓެމެންވެސް ފަސޭހަކަމާއެކު އަތުލައިގަނެވި ބަލްޤިސްގެ މައްޗަށް ދައުވާއުފުލުން ހިދު އެކަމަށް އިންކާރުކުރަން ކިތަންމެ ބޭނުން ނަމަވެސް މާހިލް އާއި ރިޔާޒް ގެ ވާހަކަތަކުން އެއްބަސްވުން ނޫގޮތެއް ވެސް ނެތުނެވެ. މައްސަލަނިމިގެންދިޔައީ ބަލްޤިސްގެ އިތުރުން ސައިއްޓެމެންނަށް ވެސް އިއްވި ޖަލުހުކުމުންނެވެ. 25 އަހަރުގެ ޖަލުހުކުމާއެކު އެމީހުންގެ މައްސަލަނިމުން އިރު ރިޔާޒް އަށްވެސް އޭނަކުރި ކުށުގެ އަދަބުލިބިގެން ދިޔައެވެ.
އޭގެ ފަހުން ނޫރާ އާއި މާހިލްގެ ގުޅުމަށް ޔާސީންވެސް އެއްބަސްވީ އޭނާވެސް ކުރިން ވިސްނިގޮތް އެއްކޮށް ބަދަލުކުރުމަށްފަހު އެއްވެސް އަމިއްލައެދުމަކާއި ނުލައެވެ. ހަމައެގޮތަށް ކުރިން ކުރެވިފައިވާ ކުއްތަކަށް ތައުބާވެ މާހިލް އަދި ނޫރާވެސް ކައިވެނީގެ ގޮތުން ގުޅުން އިރު ނޫރާހުރީ ހިޖާބްގެ ނިވަލުގައި ރައްކާތެރިވެގެންނެވެ. ރަތާއި ރަންކުލައިން ނޫރާ ހެދުން އެޅިއިރު މާހިލް ހުރީ ހުދުގަމީހަކާއި އެކު ކަޅުކުލައިގެ ސޫޓެއްލާފައި ރަތްކުލައި ބޯޓައީ އެއްއެކުލެވޭގޮތަށް ހެދުން އަޅާފައެވެ. ދެކުދިންގެ ކައިވެންޏަށް އަރޫން އަށް ދިއުމަށް ފުރިސަތުލިބުނީ އޭރު މަންމަގެ ބިޒްނަސް އާއި ހަވާލުވެގެން ހުރުމުން ނާއި އިތުރަށް ކިޔަވަންފެށީ އޮންލައިކޮށް ކަމަށްވާތީއެވެ.
ދުވަސްތަށް މާޒީއާއި އެކުވެގެންދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ. ޖަޒްލާން އާއި ބިންޔާވެސް އެމީހުންގެ ކިޔެވުން ނިންމާފައި އައިރު ޝާމާލްވެސް އެންމެ ފުރިހަމަޔަށް ކިޔެވުން ނިންމާލާފައި އައެވެ. އަލުން އެނބުރި އައުމާއެކު ޖަޒްލާންމެންނަށް ވަޒީފާ ވެސް އަލުން ލިބިގެން ދިޔަނަމަވެސް ޝަމާލް އަށް ވަޒީފާ ހަމަޖެހުނީ ރާއްޖެ އައިތާ ތިންމަސް ފަހުންނެވެ. ނަމަވެސް ހުރިހާކުދިންވެސް ވަޒީފާ އަދާކުރަމުން ދިޔައީ އޭ.ޑީ.ކޭ ގައި ކަމުގައި ވުމުން އަބަދުވެސް ދިމާވެއެެވެ.
މަލާކްވެސް ކިޔެވުމުގެ އެންމެ ފަހު އަހަރަށް ވުމުން އިތުރަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ކޯހުން އެއްވަނަ ހޯދުން އެއީ މަލާކް ގެހުވަފެނެވެ. ކޮންމެ މަހަކު ކުރިންވެސް ލިބޭގޮތަށް ޖަޒްލާންގެ ފަރާތުން ޕޮކެޓްމަނީ ހުއްޓުމެއްނެތިލިބެމުން ދިޔުމުން މިހާރު މަލާކްގެ އެކައުންޓަގައިވެސް ބޭނުންވަރަކަށް ހަރަދުކުރުމަށް ފައިސާ ރައްކާކުރެވިފައި ހުއްޓެވެ. އެހެން ނަމަވެސް މަލާކް އަކީ އެކަހަލަ ކުއްޖަކަށް ނުވުމުން އެކަހަލަ ހިޔާލެއްވެސް ނާންނަނީއެވެ. ނަމަވެސް މިހުރިހާދުވަސްވީއިރުވެސް އަރޫންގެ ހަނދާންތަށް ހިތުގައި ބިންވަޅުނެގިފައި އެހުރިގޮތަށް ހުއްޓެވެ.
އެއަހަރުގެ ޑިސެމްބަރުގައި ކައިވެނިކުރުމަށް ޖަޒްލާން ބޭނުންވުމުން އެކަން ބިންޔާ އޭނަގެ ބައްޕައާއި ދޮންބެއަށް ހިއްސާކުރީ އުފަލުން ފޮޅިފައިހުރެގެންނެވެ. ހަމައެގޮތަށް ޝަމާލްވެސް ބޭނުންވީ ދެމީހުން އެކީގައި ކައިވެނިކުރާށެވެ. އެހެންވެ ހިޝާމް އާއި ސަމޯހު ބައްދަލްކޮށް ގޮތެއްނިންމިއެވެ. އެއިރަށް މަލާކްވެސް އަންނާނެއެވެ. ވީއިރު މަލާކް ގަބޫލުނަމަ އަރޫން އާއި މަލާކްގެ ކައިވެނިވެސް ކުރަން އެއްތާރީހެއްގައި ލިޔެވުނެވެ.
އެންމެ ފަހު ޓެެސްޓު ނިމުމާއެކުހެން މާލަކްއަށް ހީވީ ބޯމަތީގައި އޮތް ހިލައެއް ނެގުންހެންނެވެ. ހަމަޖެހިލައިގެން މިޝާމެންނަށް ގުޅާ ކައިވެންޏަށް ދެވޭނެ ވާހަކަ ބުނެލީ އުފަލާއެކުގައެވެ. މަލާކްއަށް އެހަބަރުލިބުނީ ޖަޒްލާންގެ ފަރާތުންނެވެ. އޭރަށް ގްރެޖްއޭޝަން އަދި ނުނިމުނަސް ރިޒަލްޓް ލިބޭނެތީ މަލާކް ހުރީ ވަރަށް އުފާވެފައެވެ. ރިޒަލްޓް އޮންލައިިންކޮށް މާލޭގަ ހުއްޓަސް ބަލާލެވޭނެއެވެ. އެހެންވެ ޓެސްޓްނިމުންތާ ތިންދުވަހުގެ ތެރޭގައި މީރާންގެ މަންމަ އާއިއެކުގައި ރާއްޖެ އައުމުގެ ކަންކަން ހަމަޖައްސާ ނިންމާލީ މައިޝާގެ އެހީތެރިކަމާއެކުގައެވެ.
މީރާން އާއި މައިޝާގެ އިތުރުން ހިޝާމް އާއި ސަމީހުވެސް އެއަރ ޕޯޓުގައި ކެތްތެެރިކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ މަލާކްމެން ނިކުންނާނެ އިރަކަށެވެ. ފަނަރަވަރަކަށް މިނެޓްފަހުން ކަޅުކުލައިގެ ޖިލްބާބް ހެދުމުގައި ލޮލަށް ހެޔޮވަރު އަވިއައިނެއް އަޅާލައިގެން ކަނޑުނޫކުލައިގެ ފޮށި އެއްއަތުން ދަމަމުން ނިކުތް މަލާކް އަށް ހުއްޓެވުނީ ކުރިމަތީގަި އައިސް މީހަކު ހުއްޓިލުމުންނެވެ. ކުޑަކަކޫމައްޗަށް ތިރިވެލާފައި އަތުގައި އޮތް ކުޑަކުޑަފޮށި މަލާކް އަށް ދިއްކޮށްލުމާއެކު ” ވިލްޔޫ ބީ މައިވައިފް.. ” އޭ އަރޫން ބުނެލީ ނުހަނުލޯތްބާއެކުގައެވެ. މަލާކްއަށަ ހުރެވުނީ ގުޑިލާންވެސް ނޭންގިފައެވެ. އަނެއްކޮޅުން ހިޝަމް މެންވެސް ތިބީ ސަޕްރައިޒްވެފައެވެ. އަރޫން އެއިން އެއްވެސް މީހަކަށް އަންގާނުލާ މިހުރިހާކަމަކަށް ތައްޔާރުވީ ޝަމާލް އާއި ޖަޒްލާންގެ އެހީތެރިކަމާއެކުގައެވެ. މަލާކް އަށް ލިބުނު އުފަލާއެކު ރޮވުނީ ހުރިހާ ދުވަހު އޭނަކުރި ހިތާމަ ތަށްވެސް ހަނދާން ނެތިފައެވެ. ” ޔެސް ޔެސް.. ” އޭބުނެ އަތްދިއްކޮށްލެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ނަމަވެސް ކުއްލިއަކަށް އަރޫންގެ ކައިވެނި މަތިން ހަނދާންވުމުން އަވަހަށް އަތް ދަމައިގަތީ އަރޫން އަށް އެ އަނގޮޓި އަޅުވާވެސް ނުލެވެނީސްއެވެ. އެއާއެކު މީރާންގެ މަންމަ ފަހަތުން އައިސް މަލާކްގެ އަތް ނަގާ އަރޫންގެ އަތުތެރެއަށް ލައިދީފައި ހަމަޖެހުމަށް މަލާކް ކައިރީގައި އެދުނެވެ. ނަމަވެސް މަލާކް އަދިވެސް އެސުވާލުގެ ޖަވާބުބޭނުންވާކަން އަރޫން އަށް ވިސްނުމާއެކު މާހިލް އާއި ނޫރާއަށް ގޮވާލިއެވެ. އެދެމީހުން އައުމުން އަރޫން އެއީ އަރޫން އިންނަން އުޅުން ކުއްޖާ ކަމާއި މިހާރު އެއީ ދެމަފިރިން ކަމުގައި އޮޅުންފިލުވާދިނެވެ. އަދި މިހުރިހާދުވަހު އަރޫން މިހުރީ މަލާކްގެ އިންތިޒާރުގައި ކަމަށް ބުންޏެވެ. އެއާއެކު މަލާކް އަށް މުޅިދުނިޔެ މިލްވީ ކަހަލައެވެ. ވީ އުފަލުން ހުރެވުން ތަންވެސް ހަނދާންނެތި އަރޫން ގައި ބައްދާލިއެވެ. އެވަގުތު ހިޝާމް އައިސް ދަރިފުޅާއޭ ކިޔާ ގޮވާލުމުން މަލާކްއަށް ހަމަބިމަށް އާދެވުނެވެ. އަރޫން ކައިރިން ދުރަށް ޖެހިލީ ބިރުވެރިއެއްޗެއް ފެނިގެން ދާހެންނެވެ. އެންމެނަށް ހީގަނެވުނީ މަލާކް އަށް ވީގޮތް ފެނިފައެވެ.
މާލެދާން ލާންޗް އަށް އެރިއިރު މަލަާކް އަށް ހުރިހާ.ކަމެއް އޮޅުންފިލިއެވެ. މަލާކްވެސް ބޭނުންވީ އެމީހުނާއެކު ކައިވެނި ކުރަން ކަމަށް ބުނުމުން އެކަމާ އެންމެ އުފާވީ ހިޝާމް އެެވެ. އޭރު ކައިވެންޏަށް އެންމެ މަހަކަށް ވެފައިވީނަމަވެސް މަލާކްގެ ތައްޔާރީތަށް ފިޔަވާ އެެެން ހުރިހާ ކަމެއްވަނީ ހިޝާމް އާއި ސަމީހުގެ ބެލުމުގެ ދަށުން ކޮށް ނިމިފައެވެ.
20 ޑިސެމްބަރ…
މާފަންނޫ ތުޅާގިރި ގެއަށް ވަނީ ބަހާރުމޫސުން ލައިގެންފައެވެ. އެގޭގެ ޓެރަހުގގއި މިރޭ ބާއްވަން ހަމަޖެހިފައިވާ ޕާޓީއަށް ހުރިހާ ކަމެއްވެސް އެންމެ ފުރިހަމަޔަށް ތައްޔާރުކުރުމަށް ސަމީހުގެ ކުންފުނީގެ ފަރާތުން ވަނީ އެތަށް ބަޔަކު ގެނެއްސައެވެ. ހަމައެގޮތަށް ތިންކުދީން ތައްޔާރުކުރުމަށްވެސް ބިއުޓީޝަނުންވެސް އަވަދި ނެތި އުޅެމުންދެއެވެ. ތިންކުދިންގެ ވެސް ޕާޓީ ބާއްވަން ހަމަޖެހުނީ ޓެރަހުގަނަމަވެސް ކައިވެނިކުރަނީ ގޭތެރޭގައެވެ.
މިޝާ ބޭނުންވީ އަރަބި ޖިލްބާބް ހެދުމެއްކަމުން އޭނާގެ މޭކަޕްވެސް ހުރީ އެގޮތަށް ކޮށްފައެވެ. ހަމައެގޮތަށް ބިންޔާވެސް ބޭނުންވީ ލުއިމޭކަޕް އަކާއި އެކު އަބަޔާ ވެޑިންއެކެވެ. ނަމަވެސް މަލާކް ހުރީ ހުދުކުލައިގެ ބޮޑު ވެޑިންގް ޑްްރެސް އެއްގައެވެ. އެއީ އަރޫންގެ ޗޮއިޒްއެވެ. ބޮލުގައި ފްލާވާ ކްރައުން އަކާއެކު ކޮށްފައިވާ މޭކަޕް އިން މާލަކްގެ ރީތިކަން ދެގުނައަށް ޖެހިލާފައިވިއެެވެ.
ކައިވެނީގެ ވަގުތުޖެހުން އިރު ޤާޒީން އައިސްފައިވުމުން ތިންކުދިން ތައްޔާރުވެގެން ނިކުތުމާއެކު އެނމެންގެ ލޯތަށް އެކުދިންނަށް އަމާޒްވެެެން ދިޔައެވެ. އަރޫންމެންވެސް ގޮނޑީގައި ތިބެފައި ތެދުވެވުނީ ވާންއުޅޭ އަނބިމީހާގެ ރީތިކަމުން ބަސްހުއްޓިފައި ތިބެގެންނެވެ. ތިންކުދިމްގެ ކައިވެނިވެސް ކުރެވުނީއެކީގައި ކަމުން ” އަނބިގަބޫލުކޮށްފިން.. ” މިޖުމްލައާއި އެކު އެއްކުއްޖަކު އަނެއްކުއްޖެ މޫނަށް ބަލާލީ ލިބިފައިވާ އުފަލުން ކަރުނަ ހިލިފައިވާ ހާލުގައެވެ.
ނުވައެއްޖެހުމާއެކު ޕާޓީ ފެށި މީހުންތަށް އަންނަން ފެށިއެވެ. އެންމެ ފުރަތަމަ އަރޫން އާއި މަލާކް އެެވެ. އެއަށް ފަހު ޝަމާލް އާއި މިޝާ އެެވެ. ދެން ޖަޒްލާން އާއި ބިންޔާއެވެ. ހުރިހާކުދިންނަށްވެސް މެހެމާނުންގެ ފަރާތުން ލިބެމުންދިޔައީ ތައުރީފާ އި ހެޔޮދުއާއެވެ. އެތަށް އިރަކު ކޮޅަށްތިބުމަށް ފަހު ތަނެއްގައި އެކުދިންނަށް އިށީންދެލެވުނީ އެގާރަޖެހުމާއެކުގައެވެ. އޭރު އެތާންގައި ތިބީ މެހެމާނުންތައްވެސް މަދުވަމުންގޮސް ތިންއާއިލާގެ މެންބަރުން އެކަންޏެވެ. ކައިވެނި ވެވުން މީހުނަށް މޭޒް ތައްޔާރުވުމާއެކު އަވަހަށް ކެއުމާއިގެން ކުރިޔަށްދިޔައީ ފޮޓޯނެގުން އަދި ކުރިޔަށް އޮތުމުންނެވެ. އާއިލާތަށް އެކީގައާއި އާއި ކަޕްލްސް ވަކިވަކިންވެސް އެތަކެއް ފޮޓޮއެއް ނެގުމަށްފަހު އަލަތު ކައިވެނީގެ ތިން ޖޯޑުވެސް ތިރިއަށް ފޭބުމާއެކު ތިންކާރު އައިސް މަޑުކޮށްލިއެވެެ. ވާނުވާ ނޭންގިފައި ތިއްބާ ޔާސީން ހިނިތުންވުމާއެކު އައިސް އަވަހަށް އެއަށް އެރުމަށް އެދުނެެވެ. ތިންކާރުވެސް އެކީގައިހެން ގޮސް މަޑުކޮށްލީ ހަނަންބަރު ޖެޓީއަށެވެ. އޭރު ފަޅުވެރިންނާއެކު ލާންޗެއް ތައްޔާރުކޮށްފައި އޮތެވެ. އެތަނަށް ފޭބުމާއެކު ޔާސީންވެސް އައިސް ކާރުވައި މަޑުކޮށްލުމަށްފަހު “މިއީ ތިކުދިންނަށްބޭބޭ ދޭ ހަދިޔާއެއް.. ” ބުނެ އަވަހަށް ލާންޗަށް އެރުމަށް އެދުނެވެ. ލާންޗަށްއެމީހުން އެރުމާއެކު ދަތުރުފެށިގެންދިޔައެވެ. ފަނަރަމިނެޓްގެ ދަތުރަކަށްފަހު އެމީހުނަށް ދެވުނީ އެންމެ ފަހުން ޔާސީން ހުޅުވި ލަގްޒަރީ ރިޒޯޓަށެވެ. ދެވުމާއެކުހެން ތިން މީހަކު އައިސް އެކުދިންނަށް ޓުއަރ ކޮށްދިނުމަށް ހަވާލުވެލިއެވެ. އަރޫން އާއި ޖަޒްލަާން އަދި ޝަމާލް އަށްވެސް ކޮޓަރި ހަމަޖައްސާފައިވަނީ ތިންދިމާ އަކުންނެވެ. ކޮންމެ ކުއްޖެއްގެ ރޫމްގައިވެސް ބޭނުންކުރާނެ ހުރިހާ ސާމާނެއްވަނީ ޔާސީންގެ ބެލުމުގެ ދަށުން ހަމަޖައްސާފައެވެ. ވުމާއެކު ނިދަންލާނެ އެއްޗެއްނެތިގެން ހާސްވާކަށް ނުޖެހުނެވެ.
ކޮޓަރިއަށް ވަދެވުމާއެކު އަރޫން މަލާކް އަތްދަނޑިމަތީގައި ގެނެސް އެނދުގައި ބާއްވައިލީ ނުހަނު ލޯތްބާއެކުގައެވެ. އެވަގުތު މަލާކްގެ މޫނުކޮޅު ރަތްވެގެން ދިޔަކަން އަރޫންއަށް ފާހަގަވިއެވެ. ” އަޅެ ވައިފީ.. ހާދަލަދުވެސް ގަންނަކުއްޖެކޭ.. މީ.. އެހާ އަވަހަށް ތި ބްލަޝްވީ.. ” އެހެންބުނުމާއެކު މަލާކް މޫނުގައި އަތްއަޅާލީ އަނެއްކާވެސް އެހެންވާނެކަން އިނގޭތީ އެތަން އަރޫން އަށް ނުދައްކަން ވެގެންނެވެ. ” ދެން ތިހެން ނުފޮރުވަބަލަ.. މިރޭ މަލާ އާ މިގަތްވަނީ ފުރިހަމަ އަށް ހުއްދަލިބިގެންނޭ.. ” އަރޫން ގެ މަސްތުވެފައިވާ އަޑުން މަލާކްގެ ހަށިގަނޑުގެ އެންމެ ހިމަނާރަށްވެސް އެނގުންވެލިއެވެ. އެއާއެކު އަރޫންގެ އެދުމަށް އިޖާބަދިނީ ރުހުމާއެކު އަރޫންގެ އަތްބެއްގެ ގޮތުގައި ވާކަމަށްބުނަމުންނެވެ. .. ” އަބަދުވެސް މަލާ އަށް ތިހާލޯބިދެއްޗޭ..” އަރޫންގެ އަތުތެރޭގައި އޮތް މަލާކް އެހެން ބުނެލުމާއެކު.. ” ހުރިހާ ދުވަހު މަލާކުރި އިންތިޒާރުގެ ފޮކަން މިރޭ ހޯދަދޭނަ” މޭ ބުނުމާއެކު އަރޫންގެ އަތުތެރޭގައި މަލާކް ގައިދުކޮށްލީ މިއިން ދުވަހަކުވެސް މަލާކް އަށް ލިބިފިނުވާހާ އުފަލާ އަރާމެއް ހޯދައިދެމުންނެވެ. …
(ނިމުނީ)
20 Comments
Comments are closed.
Salaam.. type kuranyaa lassveema asslu mihaalassvee.. btw sry dear all frnds.. unmeedhukuran layaage furathama vaahaka skew thihurihaa frnds ah vess reethivi vaahka makah vaanekamah… thihurihaa frnds ge faraathun libun hiyaalah fahfashun shukuriyaa.. ly .. all ???
wow stry v lobii feshigen nimendhen … lovely ending ..layaa gud job waiting next stry love u ♥♥
next sory eh dhen in sha allah fesheynee anna aharu .. miah vure rangalhah reethikoh genessdheveythw balaanan 🙂 <3
Wow!! V v salhi….❤
V v reethi mi part vx nimun vx hama salhiey thanks Layaa dhn kihaathaaku Layaa story eh kiyaalan libeynee
ehmen ge kaiveni ekyga eh nueh kureveyne… ethan ragalhu kohlan jehey thankolhakah faahaga v… btw stry hama v habbu.. bas huttijje… masha allah….eoh surprise eh dhww.. arron va haadha kereye..heheheh
Woooooowww… good work dear?????????????????????????????????????????? will miss u..take good care?
vvvvv..furihama…v kiyaahithun kiyaalevunu vaahaka eh miy.. 🙂
Ninmunn vess vvv rythi
Wow ..v v salhi vaahaka nimunugoiy vx ..adhi vx layaa ge vaahaka eh kiyaalan v avahah libeyne kamah heekuran..lovs ?????
Vaahaka v reethi? nimigen dhiya goiy ves v reethi. .. thnx layaa…ly❤ …tc..inthizaaru kuran layaa ge ithuru vaahaka akah. ..????????????? miss u
Ohhh??? wow wow just wow?? masha allah v rythi v furihama ?? thanks 4 the luvly stry layaa thank u sooo much nw stry eh read kollan libeyny dhen kihaathaakubaa? Ly????❤❤❤????????
Woww❤❤.. vrh reethi?
Layaage ehn stry eh kiyaalan libeyne kamah ummeedh kuran??
Wow… varah reethi ninmunves dear?…. hope to see more from u?….
Will miss u dear.. take a good care❤❤❤❤
Varah reethi. I’ll miss you dear friend.
Vvvvvv salhi
Wow….. vvvvvv reethi…waiting 4 nxt stry layaa…..?????
Ow…
Mi vaahaka haadha lovely ey….????????
Waiting 4 ur next stry…
Hey..
Dhen haadha miss vaane ey layaa mathin…?
Next year vias,insha allah dhuniyeyga huriyyamu layaage stry kiyaanan…????
By the way…
Thanx vvv much for ur lovely stry…..
Vvv salaam….
Take care…
Luv u….?????
Vaaaka varah reethi. Ending ves hama habeys
Wow! ??