Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ނަވާރަަވަނަ ބައި)

azzadhil Level 210 Stories100 Comments
August 21, 2017 4 Mins Read
20 Comments

އަރުޝީއަށް ހޭވެރިކަމެއްވީ އިޝާ ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ވަނިކޮށެވެ. އަވަހަށް ފާހަނައަށް ވަދެ ވުޟޫކޮށްލައިގެން ނިކުތީ ކިރިޔާ ކެރުނަސް ނަމާދުކުރަން ބޭނުންވާތީއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އަރުޝީއަށް ކެތްތެރިކަން ދެއްވާ ޒިވާން އާއި ކުރިމަތިލުމުގެ ހިތްވަރު ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދެންނެވިއެވެ. އެއަށް ފަހު ކޮތަޅަކަށް ދެތިން ހެދުމާއި ބޭނުންވާނޭ އެހެން އެއްޗެހި ހިފައިގެން އަރުޝީ މަރިޔަމް ކޮޓަރިއަށް ދިޔައީ ޒިވާން އާއި އެއްކޮޓަރީގައި އުޅެން ބޭނުން ނުވާތީއެވެ.

މަރިޔަމް ކައިރީ އެކޮޓަރީ ހޭދަ ކުރި ދެދުވަސް ތެރޭގައި ވަރަށް ބޮޑު ކަމެއް އަރުޝީއަށް ފާހަގަ ކުރެވުނެވެ. އެއްވެސް ވަރަކަށް މަރިޔަމް ވާހަކަ ނުދއްކާ ކަމެވެ. އަރުޝީ ވާހަކަ ދައްކާއިރުވެސް ދިމާލަށް ބަލަހައްޓައިގެން އޮންނަނީ ނުދަންނަ މީހަކަށް ބަލާ ފަދައަކުންނެވެ. ގިނަ ވަގުުތު ހޭދަކުރަނީ ނިދުމުގައެވެ. ދުވަސްވީމައި ވާގޮތްކަމަށް ބަލާފައި އަރުޝީ އެކަމަކާ މާބޮޑަށް އަޅައެއް ނުލައެވެ. ނަމަވެސް ކުރިން އުޅުނު ގޮތަށް މަރިޔަމް އަށް ހިދުމަތް ކޮށްދިނުމުގައި ވަގުތު ހޭދަކުރަން ފެށިއެވެ. ފުރަތަމަ ދުވަހު މައިރާ އެކޮޓަރިއަށް އައިނަމަވެސް އަރުޝީ އޭނާ ފޮނުވާލީ މައިރާގެ ބޭނުމެއް ނެތް ކަމުގައި ބުނަމުންނެވެ.
ޒިވާންވެސް ލޮލުން ނުދެކޭތާ ދެދުވަހެއް ވަރުވެދާނެއެވެ. އޭނަ ނުފެންނަ ކަމަށްޓަކާވެސް އަރުޝީ ޝުކުރު ކުރެއެވެ. ރަނގަޅީވެސް ނުފެނިއްޖިއްޔާއެވެ. އަރުޝީ މަރިޔަމް ގޮވައިގެން ފިލަން ގަސްދުކުރިނަމަވެސް ހަނދާނަށް އައީ އާރާވް އެވެ. މަރިޔަމް ގޮވައިގެން އަރުޝީ ފިލައިފިނަމަ ޒިވާން އާރާވްއަށް ކޮންމެ ގޮތެއްވެސް ހަދާފާނެއެވެ. އެހެންކަމުން އަރުޝީ ގިނަ ވަގުތު ޒިވާން ވިސްނަމުން ދިޔައީ ޒިވާން ކައިރިން ސަލާމަތް ވާނެ ގޮތަކާ މެދުގައެވެ. ރިހާނީއަށް ގުޅާފައި ބުނަން ހިތަށް އެރި ނަމަވެސް ފަހުން އެހިޔާލު ދޫކޮށްލީ އަރުޝީގެ ސަބަބުން އެހެން މީހަކު ނުރައްކަލުގެ ތެރެއަށް ވައްޓާލަން ބޭނުން ނުވާތީއެވެ. އެހެން ކަމާއެކު ޒިވާން ކައިރިން ސަލާމަތް ވާނެ އެހެން ގޮތެއް ހޯދަން އަރުޝީ ވިސްނަންފެށިއެވެ.

ޒިވާން އާއި އަރުޝީގެ ގުޅުން ހުންނަ ގޮތުން އެންމެ ކަންބޮޑުވަނީ ރައިހާނާއެވެ. އަރުޝީ މަރިޔަމް ކޮޓަރިއަށް ބަދަލުވުމަކީ ރައިހާނާއަށް ލިބުނު އެންެމެ ބޮޑު ހައިރާން ކަމެވެ. ޒިވާންވެސް އޮފީސް ދަތުރެއްގައި ކަމަށް ބުނެ ރާއްޖެތެރެއަށް ފުރީ އިއްޔަގައެވެ. އަރުޝީއަށް އެނގޭ ކަމެއްވެސް ނޭނގެއެވެ. ކުރިން ވާހަކަ ދައްކައި އުޅޭގޮތާ އަރުޝީ ރައިހާނާއާއިވެސް ވާހަކަ ދައްކަނީ ވަރަށް މަދުންނެވެ. ގިނަ ވަގުތު ހޭދަ ކުރަނީވެސް ކޮޓަރީގައެވެ. މިހުރިހާ ކަމަކާ ވިސްނާ ވިސްނާ ރައިހާނާގެ ސިކުނޑި ސުމަކަށް ދާވަރުވެއެވެ.

އެނދުމަތީގައި އޮތް އަރުޝީގެ ބޮޑު ދެލޯ ހުއްޓިފައިވަނީ މަތީގައި އެނބުރެމުން ދިޔަ ފަންކާއަށެވެ. އެހެން ރޭރޭއާ ހިލާފަށް މިރޭ އަރުޝީގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނުވެއެވެ. ވެހޭ ބޯވާރޭ އަޑު އަރުޝީގެ ކަންފަތުގައި ހަރުލާފައިވާ އިރު އެއަޑުން އަރުޝީގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. އެނދުން ތެދުވެގެންގޮސް ކުޑަ ދޮރުގެ ފަރުދާ ކަހާލީ އެމަންޒަރުގެ ހިތްގަމުކަން ދެކިލާ ހިތުންނެވެ. ވާރޭގެ ބޮޑުތިކިތައް ކުޑަދޮރުގެ ލޯގަނޑު އައިސް ޖެހުމާއެކު ތިރިއަށް ފައިބައިގެން ދަނީ އެހާ ހިތް ގައިމު ކަމާއެކީގައެވެ. ކުޑަދޮރު ދެފަރާތަށް ހުޅުވާލުމުން އެތިކިތައް އަރުޝީގެ މޫނުގައި ބީހުލުމާއެކު އަރުޝީ އަށް ހިނިތުންވެވުނީ ހިތަށް ލިބުނު ހިތްހަމަޖެހުމަކުންނެވެ. ވާރޭގެ ހިތްގައިމުކަމާއި އަރާމުގައިވާ ވާ އަރުޝީއަށް ސިހުމެއްވީ ގޭގެ ޕޯޓިކޯ ތެރެއިން ދެމީހެއްގެ ހިލަމެއް ވުމުންނެވެ. ކުޑަކޮށް ދޮރު ކައިރިކޮށްލާ ރަނގަޅަށް އެދިމާލަށް ބަލާލުމާއެކު އަރުޝީއަށް ސިހުމެއް ލިބިގެން ދިޔައީ ޒިވާން ކައިރީ ވާހަކަ ދައްކަން ހުރި އައިދަން ފެނުމުން އެދެމީހުން ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު ދެމީހުންނަކީ ޒަމާނުއްސުރެ ސެ ރަހުމަތްތެރިން ކަހަލައެވެ. އެއަށްފަހު ޒިވާން އޭނާ ލައިގެން ހުރި ގަމީހުގެ ޖީބުން ސިޓީއުރައެއް ނަގާ އައިދަންއަށް ދިއްކޮށްލުމާއެކު އައިދަން އޭގައި ހިފީ ޒިވާން އާއި ސަލާމްކޮށްލަމުންނެވެ.
އެދެމީހުންގެ ރޭވުން ވިސްނި އަރުޝީ ކައިރިއަށް އަީ އަމަށަކު ރުޅިއެއް ނޫނެވެ. އޭރު އައިދަން އަރުޝީއަށް ބެހެން އުޅުނީވެސް ޒިވާންގެ ރޭވުމަކުންކަން އެނގިގެން ދިޔައެވެ. އޭރު ހިނގި ހުރިހާ ކަމަކީ ޒިވާން އަރުޝީއާއި އިންނަންވެގެން ކުޅުނު ކުޅިގަނޑެކެވެ. ޒިވާން އަރުޝީއަށް މިހާ ހާލުއެއްޖަސަނީ ހަމަ އެންމެ ކަމެއްގެ ސަބަނުން ހެއްޔެވެ. އަރުޝީ ޒިވާންގެ ކޯމަތީގައި ޖެހީމައި ހެއްޔެވެ. ނުވާނެއެވެ. މީގައި ކޮންމެވެސް އެހެން ކަމެއް އެބަ އުޅެއެވެ. ޒިވާން އަރުޝީއާއި އޮޅުވާލައިގެން ކައިވެނި ކުރުމުގެ ފަހަތުގައި ކޮންމެވެސް އެހެން ބޮޑު ސަބަބެއް އެބަވެއެވެ. އަދި އެކަން އޮޅުންފިލުވަން އަރުޝީ ބޭނުންވިއެވެ. ކުޑަ ދޮރު ލައްޕާލުމަށްފަހު ކޮޓަރިން ނިކުމެގެން ގޭގެ ބޮޑު ދޮރާ ދިމާއަށް ދިޔައިރު ޒިވާން ގޭގެ ދޮރުލައްޕާފައި ވަންނަނީއެވެ. އަރުޝީ ފެނުމުން ދެބުމަ ގޮށް ޖަހާލީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ. އަޅާވެސް ނުލާ ކޮޓަރިއާއި ދިމާއަށް މސިްރާބުޖެހި ވަގުތު ހުއްޓި ކަތި ނަޒަރަކުން އަރުޝީއަށް ބަލާލިއެވެ.

” ހިޔެއްވެސް ނުކުރަން އައިދަން އާއި އެކު ތިހާ ބޮޑު ރޭވުމެއް ރާވާ ފާނެ ކަމަކަށް” އަރުޝީޖެ ޖުމްލައިން ޒިވާން އަށް ސިހުން ލިބި އެހެން މީހަކު ހުރިތޯ ދެކޮޅު ހޯދާ ބަލާލެވުނެވެ. އަދި އަރުޝީގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ކޮޓަރިއަށް ވަދެވުމާއެކު އަރުޝީ ޒިވާންގެ އަތް ފޮޅުވާލައި ޒިވާންގެ ގިރުވާނުގައި ބާރަށް ހިފަހައްޓާލިއެވެ.
” އަހަންނަށް ތިހެން ތިހަދަނީ ހަމައެކަނީ އަހަރެން ޒިވާން ކޯމަތީގައި ޖަހައިގެނޭ އަހަރެންގެ ހިތެއް ނުބުނޭ.. ކޮންމެވެސް އެހެން ކަމެއް އެބައުޅޭ… ހަމަ މިހާރު ބުނަންވީ އެހެންނޫނީ…” އަރުޝީގެ ވާހަކައިން ޒިވާން އަށް ހެވެން ފެށުނެވެ. މަޑުން މަޑުން ހެމުން ފަހުން ހިނިގަނޑު ބާރުކޮށްލީ އަރުޝީގެ އަތް ޒިވާންގެ ގިރުވާނުން ނައްޓުވަމުންނެެވެ.
” ކީއްކުރެވޭނީ..އެނ… ” ކުއްލިއަކަށް އައިސް އަރުޝީގެ އިސްތަށިގަނޑުގައި ހިފަމުން ޒިވާން ބުންޏެވެ.
” ނުކުރެވޭނެ އެއްވެސް ކަމެއް…. އާނ އަހަރެން އަރުޝީއާއި ކައިވެނި ކުރީ އެންމެ ސަބަބެއް އޮވެގެނެއް ނޫން.. އެތައް ބައިވަރު ސަބަބެއް އޮވެގެން… އަރުޝީ ޖެހޭނީ ތެޅި ތެޅި ހުންނަން.. އަހަރެން ބޭނުންވީމާ ބުނާނީ.. އެއްގިއްޖެ… ” ޒިވާން ދެބުމަ ގޮށްޖަހާލަމުން ބުންޏެވެ. އެއަށްފަހު އަރުޝީ ގައިން ދޫކޮށްލާ މޫނު މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ޒިވާންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގުުމުން އަރުޝީ ހަތިޔާރު ބަހައްޓާފައި ދާން އުޅުނު ވަގުތު ޒިވާން އަރުޝީގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ. އެއަށް ފަހު އަރުޝީއަށް ނުދެވޭނެހެން އެބާރުގަދަ ދެއަތުގެ ތެރޭަގައި އަރުޝީ ހައްޔަރުކޮށްލިއެވެ.
” ދީބާ ކިސް އެއް.. މިރޭ މައިރާވެސް ނެތޭ.. ކޮންމެވެސް އެއްގޮތަކުން ވާނެއްނު ހިތްހަމަޖެހެން.. އެހެންނޫނަސް އަރުޝީ ތީ އަހަރެންގެ އަނބިމީހާ.. އަހަރެން ބުނި ވަގުތަކު އަރުޝީޖެހޭނެ އަހަރެން އުފާކޮށްދޭން” ޒިވާންގެ ޖުމްލަތައް އިވިފައި އަރުޝީ ޒިވާން ދެކެވާފޫހި އިތުރުވިއެވެ. އަނެއް ފަރާތަށް މޫނު އަނބުރާލެވުނީ ބޭއިހްތިޔާރިގައެވެ. އެވަގުތު ޒިވާންގެ ދެބުމަ ގޮށްޖެހިގެން ދިއުމާއެކު އަރުޝީ ގައިން ދޫކޮށްލެވުނެވެ. އަދި އެއްއަތުން އަރުޝީގެ އިސްތަށިގަނޑުގައި ހިފަމުން އަނެއްއަތުން އަރުޝީ ތިރީ ތުންފަތުގައި ހިފާ ބާރަށް ފިއްތާލިއެވެ. އެވަގުތު ވީ ތަދުން އަރުޝީއަށް ވީތަދުން އަނގައިން ނިކުތް މަޑު އާހަކާއެކު ޒިވާންގެ އަތް ދުރަށް ފޮޅުވާލިއެވެ. އެއަށް ފަހު ލޭއައިސްފައިވާ ތުންފަތުގައި ފިރުމާލެވުނު އެދެލޮލުން ހޯސްލާފާއި ކަރުނަ އަންނަމުން ދިޔައެވެ.
” ކިސް އެއްދީ މިހާރު.. އެހެން ނޫނީ އަނެއްކާވެސް ތިއަށްވުރެ ބޮޑު އަނިޔާއެއް ލިބޭނީ” މިހެން ބުނެ ޒިވާން އަރުޝީއާއި ކައިރިވާން އުޅުމުން އަރުޝީ އަތުގެ އިޝާރާތުން އެކަން މަނާ ކުރިއެވެ. އަދި މަޑުން މަޑުން ޒިވާން އާއި ކައިރިވެލުމަށްފަހު ޒިވާންގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ. އެވަގުތު ޒިވާން އަށް ކުރެވުނީ މީގެ ކުރިން ދުވަހަކުވެސް ކުރެވިފައިވާ ކަހަލަގެ އިހްސާސެއް ނޫނެވެ. ލޯމަރާލެވުމާއެކު އަދި އެއްފަހަރު އެކަމަށް ބޭނުންވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މައިރާ މަތިން ހަނދާންވެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ހަމައެވަގުތު އަރުޝީ ކޯމައްޗަށް ހޫނު އެތިފަހަރެއް އަރުވާލީ ވިސްނާލުމެއްވެސް ނެތިއެވެ.
” މިހާރު ކިހިނެއްވީ” ރޮވިފައިވާ އަޑަކުން އަރުޝީއަށް ބުނެވުނެވެ.
” އަހަރެންގެ ކޮލުގަ ލޭ އުނގުޅާށެކޭ ނުބުނަން.. ހަމަ މިހާރު ފޮހޭ” ޒިވާން ހަޅޭއްލަވައިގަތެވެ. އަރުޝީ ގިސްލަމުން ގޮސް އެނދުކައިރީގައި ހުރި ކުޑަމޭޒުމަތީގައި ބެހެއްޓިފައިވާ ޓިޝޫތަކުން ޓިޝޫއެއް ނަގައިގެން އައިސް ޒިވާންގެ ކޯ ފޮހެލަދިނެވެ.
” ހަމަ މިހާރު މިތަނުންދޭ.. ފިރިމީހާ އުފާކޮށްލަދޭން އެނގޭ އަންހެނެއް ނޫން ތީކީ.. އެހެންވެ ކަންނޭނގެ ކައިސަންވެސް އެހެން އަންހެނެއް ކައިރިއަށް ދާންފެށީ.. މިހާރު ޝައްކު ތީ އަންހެނެއް ކަމާމެދުވެސް” މިހެން ކިޔަމުން ޒިވާން އަރުޝީގެ އަތުހިފައިގެން ގެންގޮސް ކޮޓަރިން ބޭރަށްލާ ތަޅުލިއެވެ. ޒިވާންގެ ވިހަ ބަސްތައް އަރުޝީގެ ހިތަށް ހެރުނީ ވިހަ ކަށިތަކެއް ފަދައިންނެވެ. މޭގައި އަތް އަޅާ ބޮނޑިކޮށްލެވުނީ ހިތަށް ކުރި އަސަރަކުންނެވެ. ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތް އަރުޝީއަށް ހުއްޓެވުނީ ކުރިމައްޗަށް އެރި ތާރާގެ ސަބަބުންނެވެ. އޭރު ތާރާވެސް ރޮނީއެވެ. އަރުޝީ އަވަސް އަވަހަށް ލޯފޮހެލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ތާރާ މަޑުމަޑުން އައިސް އަރުޝީގެ އަތުގައި ހިފާލިއެވެ. އެވަގުތު މަޑު މަޑު ގިސްލުމެއްގެ އަޑު ތާރާގެ އަނގައިން ނިކުތެެވެ.
” ތާރާއަށް އެނގެނީ ޒިވާން ބޮސް އަރުޝީ މެޑަމްއަށް އަނިޔާ ކުރަނީ” އަރުޝީ ތުންފަތުން އައިސްފައިވާ ލޭތައް ފޮހެލަމުން ތާރާ ވާހަކަ ދެއްކިއެވެ. މީހެއްގެ ހަމްދަރުދީ ލިބުމާއެކު އަރުޝީ ހިތްފަޅައިގެން ދިޔަކަހަލައެވެ. ތާރާ ގައިގާ އޮޅުލައިގަނެވުނީ މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ތާރާ ގައިގާ ބައްދައިގެން ހުރެ ރޮމުން ދިޔައީ ހިތުގައިވާހާ އުދާސްތަކެއް ބޭރުކޮށްލުމަށެވެ. ތާރާވެސް އަރުޝީ ހުއްޓުވާކަށް ނޫޅެއެވެ. އަރުޝީ އަތުލަފިކޮށްގެން ނޯކަރުންގެ ބައިގައި ހުންނަ ތާރާގެ ކޮޓަރިއަށް ވަނެވެ. އެއަށްފަހު އަރުޝީ އެނދުގައި ބައިންދާލުމަށްފަހު ފެންތައްޓެއް ގެނެސްދީގެނެވެ. ފެންތަށިން ދެކޯވަރެއް ބޯލެވުމާއެކު އަރުޝީ ހަަމައަކަށް އެޅުނެވެ. އެއަށްފަހު ރަތްވެ ކުޑަވެފައިވާ ދެލޮލުން ތާރާ އާއި ދިމާއަށް ބަލާލީ ޝުކުރިއްޔާ އޭ ބުނާކަހަލަ ގޮތަކަށެވެ.
” ތާރާއަށް އެނގެނީ މެޑަމް ދެރަވާނެ ވަރު… އިންޑިއާގަ ތާރާގެ ހަސްބަންޑްވެސް ތާރާއަށް އަނިޔާ ކުރޭ.،، ތާރާއަށް ކެތްނުވަނީމަ ޕޮލިސް ކައިިރިއަށް ދިޔައީ .. ޕޮލިހުން އޭނަ ގެންދަނީމަ ތާރާ މޯލްޑިސް އަންނަނީ.. މޯލްޑިސް މީހުން ބޮޑު ސަކަރާ.. ތާރާ މިގޭގަ މަސައްކާ ކުރަން ބޭނުން ނުވަނީ.. ރައިހާނާ މެޑަމް އެކަނި ރަނގަޅު… ތާރާ ބުނަނީ ރައިހާނާ މެޑަމް ކައިރީ ޒިވާން ބޮސް ވާހަކަ” އަރުޝީ ކައިރީ އިށީނަންމުން އޭނާއަށް ދިވެހި އެނގޭ މިންވަރަކުން އަރުޝީއާއި ވާހަކަ ދެއްކިއެެވެ.
” ތާރާ ނޯ.. އެއްވެސް މީހެއް ކައިރީ މިވާހަަކަ ނުދައްކާތި.. ޕްލީޒް… އަހަންނަށް ދުވަހުކުވެސް ކަމެއް ކޮށްދެންޏާ އެއްވެސް މީހެއް ކައިރީ ނުބުނާތި.. ހާއްސަކޮށް މަންމަ ކައިރީގަ” ތާރާއަށް ވިސްނާދެމުން އަރުޝީ ބުންޏެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

އަގެއްނެތްލޯބި 2 ވަނަ ބައި

Next

02:30 އެގާރަވަނަ ބައި

Next
August 21, 2017

02:30 އެގާރަވަނަ ބައި

Previews
August 21, 2017

އަގެއްނެތްލޯބި 2 ވަނަ ބައި

20 Comments!

  1. Flower princess says:
    August 21, 2017 at 1:19 pm

    Varah reethi. I love this story.

  2. Aki says:
    August 21, 2017 at 1:36 pm

    alhey haadha dheravey zivaan aa hure … miadhu adhi one part up kohla dheebaa pls pls…. vaahaka varah furihama

  3. Reet says:
    August 21, 2017 at 1:40 pm

    V kiyaa hithvaa gothakah vaahakage onigandu Othy v reethi

  4. Ely SheRr says:
    August 21, 2017 at 1:44 pm

    Salhi

  5. Shifu says:
    August 21, 2017 at 1:52 pm

    V reethi v kiyaa hiyvey. Aneh part ves avaskohladhee

  6. Sidhu says:
    August 21, 2017 at 1:53 pm

    Haadha reechey. …..kiyaa hithun huttaa nimuni. …..

  7. aloo says:
    August 21, 2017 at 2:00 pm

    Vvv reethi..
    Next part avahah ap kohdhehchey..sooooo intrestingggg..??????

  8. Aishath Lewsher says:
    August 21, 2017 at 2:12 pm

    ?????????????❤?❤❤?????❤????????????????❤????????????????????❤❤????????????❤????????????????????????????????????????????????????????????????????????????????????????????????????????????????

  9. sam♥ says:
    August 21, 2017 at 2:44 pm

    plx up next part .. v reethii mi stry .. love it ♥♥ ..aarav missed u so much♡

  10. Xxxx says:
    August 21, 2017 at 3:06 pm

    Haadha rangalhey avahah up kohlladhineema dear..???????v.reethi n touching mi story..zivaan?????? waiting 4 next part..n missing aarav.

  11. TCgirl says:
    August 21, 2017 at 3:35 pm

    Thaaraa????!!!thanks sooo much for understand arshyyyy!!!!! Azza pls arshy save kohdhybala

  12. Nemo says:
    August 21, 2017 at 4:19 pm

    Just love this story.. ❤❤
    Next part avahaa up kohddhecchey..
    Arushy zivaan ah nudheythi ingey..❤

  13. Rashmyy says:
    August 21, 2017 at 5:01 pm

    Ehvx kujjakah egeythr famous writer Aisha nasym ge fb page eh innakameh.if egeyya plx reply .

    1. song joong ki..KOREAN says:
      August 21, 2017 at 6:25 pm

      sorry neynge 🙂

  14. Mai says:
    August 21, 2017 at 6:12 pm

    Vrh vrh reethi…

  15. Adha? says:
    August 21, 2017 at 9:05 pm

    Rovejje?….. v v v v v v reethi mi part ves dear..
    Waitingss ❤❤❤❤

  16. Kamana says:
    August 21, 2017 at 9:30 pm

    Next part kiyaa hivvanee. Alhe avahah up kohdheeba..

  17. khajja says:
    August 22, 2017 at 12:18 am

    Masha allah v rythi ?? but zivaan haadha goahey dhw thy alhe firihenetha? Aslu anhenakah thigothan aniyaakoh hiley anhenegge kairi ah thidhany zivaan ge findikamun ehen konkameh halaalu anbimyhaahutta dhw n thiyabunaa mairaa akyves moyaennu eyna annuvisneytha anhenegge ihusaasthah eynayaa marry koffa ehen anhenaku eynakurimathy nugengulheyne kamuge kihaa yageen kamen eynayan oveybaa? Stry v v v super when nxt prt gud nyt ly????❤❤????????

  18. click a shot ? says:
    August 22, 2017 at 3:11 pm

    mi ZIVAN eh ves…ulhey vahthareh…I just hate him…mairaa ves ulhey gothakun varah foohive….teach both of them a lesson…by the way mi part ves varah salhi??

  19. Some one says:
    August 22, 2017 at 4:52 pm

    Aneh part kon eraku?

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ވިހިވަނަ ބައި)←


All Right Reserved!