Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 2 ވަނަ ބައި

Xiroo Thihthi Level 210 Stories
August 21, 2017 6 Mins Read
12 Comments

ދުވަހަކީ ހުކުރު ދުވަސްކަމުން ހަނާ ފަތިސްނަމާދު ކޮށްލައިގެން އައިސްވަނީ ބަދިގެއަށެވެ. ހަނާ އޮފީހަށް ދާދުވަސް ދުވަހު ބަދިގޭގަ އުޅެނީ ޒުހުރާއެވެ. ބަންދު ދުވަހެއް ކަމުން ޒުހުރާވެސް ނަމާދު ކޮށްލައިގެން އޮށޯވެލައިގެން އޮތީއެވެ. ހަނާ ބަދިގެއަށްވަދެ އެއްމެ ފުރަތަމަވެސް ރޮށިފިހެ ނިއްމާލިއެވެ. ގޭގައި މާގިނަމީހުން ނޫޅޭކަމުން ކާން އެހާ ގިނަ އެއްޗެއް ހަދާކަށް ނުޖެހެއެވެ. ލައިގެންކާނެ އެއްޗެއް ހުރުމުން އިތުރު އެއްޗެއް ހަދާކަށް ހަނާ ބޭނުމެއްނުވިއެވެ. ހެނދުނުގެ ސައި ތައްޔާރު ކުރުމައްފަހު ހަނާގޮސް ޒުހުރާއަށް ގޮވިއެވެ. ދެމައިން އެކުގަ ސައި ބުއިމަށެވެ. މީ ހަނާ ބަނދިގެއަށް ވަންނަ ކޮންމެ ދުވަހެއްގެވެސް އާދައެވެ.
ހެނދުނުގެ ސައިގެ ކަންތައް ނިންމާލުމައްފަހު ހަނާގެ މިސްރާބު ހުރީ އަތިރިމައްޗާ ދިމާލަށެވެ. ހަޑިވެފާހުރި ތެލިތައް ދޮންނަންވެގެނެވެ. ތެލިތައް ކިހިލީ ޖަހާލައިގެން ދެފަރާތުން ގަސްހެދިބޯވެފަ އޮތް މަގުން ހަނާ ހިގަމުން ދިޔައީ މަޑުމަޑުން ލަވައެއް ކިޔާލަމުންނެވެ. ތަންކޮޅަކަށް ދިޔަތަނާ އެތާހުރި ރުކަކުން ކާޓެއްވެއްޓުނު އަޑަށް ހަނާ ސިއްސައިގެން ދިޔާއެވެ. އަދި އެދިމާއަށް ބަލާލުމައްފަހު އަވަސް ހިގުމެއްގައި އަތިރިއަށް ފޭބިއެވެ. ނިސާދު ހޮޅުއަށީގަ އިދެފަ ގެއަށް ދިޔުމުގެ ބަދަލުގާ ހިގައިގަތީ ހަނާ ފެނޭތޯއެވެ. ހަނާ ދެކިނުލާ ގެއަށްދާން ބޭނުން ނުވާތީއެވެ. ނިސާދު ހަލުވި ހިގުމެއްގަ ހަނާގެ ގެއާހަމައަށް އައެވެ. ހަނާ ނުފެނިދާނެ ކަމުގެ ބިރު ހީވުމުންނެވެ. ނިސާދު ގޯތިތެރެއަށް ނަޒަރުހިންގާލިއެވެ. ހަނާ ފެނަންހުރިތޯއެވެ. ނަމަވެސް ހަނާ ފެންނާކަށް ނެތެވެ. ނިސާދު މާޔޫސްކަމާއެކު އެތާހުރި ރުކެއްގަ ލެގިލައިގެން އެގެއާ ދިމާއަށް ބަލަންހުއްޓެވެ. އެހެންހުއްޓާ ނިސާދު ސިއްސައިގެން ދިޔައީ އިވުނު އަޑަކުންނެވެ. ވަށައިގެން ނިސާދު ހޯދާލިއެވެ. އަނެއްކާވެސް އެއަޑު ތަކުރާރުވިއެވެ. މަޑުމަޑުން އެއަޑު އިވެމުންދިޔަ ދިމާއަށް ނިސާދު ހިގަންފެށިއެވެ.އަތިރިއަށް ނިކުމެވުނު ވަގުތު ރާޅުފަށުގައި ގުދުވެގެން އޮތް ހަނާފެނުމުން ހިތަށް ހަމަޖެހުމެއްލިބުނެވެ. ނިސާދުއަށް ބޭއިހުތިޔާރުގައި ހަނާއަށް ގޮވާލެވުނެވެ. ބާރަކަށް ނޫނެވެ. މަޑުންނެވެ. ހަމައެކަނި ނިސާދުއަށް އަޑުއިވޭވަރަށެވެ. ހަނާ އޮތީ ތެލިތަކުގައި ވެލިފިލުވަން މޫދުގައެވެ. ހަނާއަށް ނުފެންނަހެން ނިސާދު ފިލާހުރެގެން ހަނާގެ ހަރަކާތްތައް ބަލަމުންދިޔައެވެ. މޫނު މައްޗަށް ވެރިފައިވާ އިސްތަށިތައް ރީތިކޮށްލަމުން އަނެއްފަރާތައް ހަނާ އެބުރިލިއެވެ. އެވަގުތު ގަސްތަކުގެ ތެރެއިން ނިސާދު ބަލަންހުއްޓާ ހަނާއަށްފެނުނެވެ. ހަނާއަށް މަޑުވެވުނެވެ. އަދި ބަލަން ހުރެވުނެވެ. ނިސާދު ކަޅިޖަހާނުލާ ހަނާއަށް ބަލަންހުއްޓެވެ. ހަނާ ހިގަމުން އައިސް ނިސާދުގެ ކުރިމަތިން ހުރަސްކުރަމުން ރުޅިވެރިކަމާއެކު ބަލާލިއެވެ. ނިސާދުއިސްދަށަށް ޖަހާލިއެވެ.ހަނާ ހިގައި ގަތުމުން ނިސާދު ވެސް ހަނާގެ ފަހަތުން ހިގައިގަތެވެ. ދެފަރާތުން ގަސްހެދިބޯވެފަ އޮތް މަގުން ހަނާ ނިކުތުމައްފަހު ފަސްއެބުރި ބަލާލިއެވެ. އޭރުވެސް ނިސާދު ފަހަތުންއާދެއެވެ. އަޅާވެސްނުލާ ހަނާ ހިގަމުންދިޔައެވެ. ތަންކޮޅަކަށް ދެވުނުތަނާ ހަނާއަށް ފެނުނީ ޒިދުނާ އަންނަތަނެވެ. ހަނާމެންގެ ގޯތިތެރެއިންނެވެ.ޒިދުނާ ފެނުމާއެކު ފަހަތުގައި ހުރި ނިސާދު އަތުގެ އިސާރާތުން ހަނާ ދައްކާލިއެވެ. ޒިދުނާ ވަރަށް ރަގަޅަށް ނިސާދު އަށް ބަލާލިއެވެ. ނިސާދުއަށްވެސް ޒިދުނާ ބަލާކަންފާހަގަ ވުމުން ދުރުގައި މަޑުކުރިއެވެ. ހަނާ ޒިދުނާއާ އަރާހަމަކޮށް،ދެމީހުން އެކުގައި ހިގައިގަތެވެ.

ނިސާދުގެ އެންމެގާތް ރަހުމަތްތެރިއަކީ ޒިޔާދު ކަމުން ވަގުތެއްލިބޭއިރަށް ޒިޔާދު ހުންނަނީ ނިސާދުގެ ގާތުގައެވެ. ނިސާދު މާލޭގަ ކިޔަވަން ހުރިއިރުވެސް ޒިޔާދު ވަރަށް ގިނައިން ގުޅާހަދައެވެ. ކިޔަވާނިމިގެން ނިސާދު އައިފަހުން އެއަށްވުރެން ގުޅުންވަރުގަދަހެން ހީވެއެވެ. އަދަކީ ހުކުރު ދުވަސްކަމުން ކުރަންވެފާ ކަމެއްނެތީމަ ޒިޔާދު އިނީ ނިސާދުމެންގޭގަ އެވެ. ” ދައްތާ… ނިސާދު ކޮންތާކަށް ދިޔައީ” ޒިޔާދު ހަފުސާ ކުރެންއަހާލިއެވެ. ” ދައްތަ އަކަށްނޭގެ ދިޔަތަނެއް. ފަތިސް ނަމާދަށް ދިޔަގޮތަކަށް ނާދޭ. މިހާރު ގަޑިން އަށްގަޑިބައި ވަނީވިޔާ.” ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ހަފުސާބުންޏެވެ. ނިސާދު ގެއަށް އައުމުން ޒިޔާދު ހޯދަން އައޭ ބުނާށޭ ބުނެފަ ޒިޔާދު ހިގައްޖެއެވެ. މަގުމައްޗަށް ނިކިތުމަށްފަހު ޒިޔާދު ފޯން ނަގާ ނިސާދުއަށް ގުޅާލިއެވެ. ” ހަލޯ… ނިސާދު ކޮންތާކުތަ؟ މިހާރު ކޮށްއިރެއްތަ ނިސާދު ހޯދާތާ…” ޒިޔާދު ވާހަކަދެއްކިއެވެ. ” އަހަރެން މިހުރީ ހޮޅުއަށްޓާ ވަރަށް ކައިރީގަ.” މިހެން ނިސާދު ބުނުމުން ޒިޔާދު ފޯން ކަޑާލިއެވެ. ދެން ޒިޔާދު ހިގައިގަތީ އެދިމާއަށެވެ. އޭގެފަހުން ހަނާ ނުފެނުމުން ނިސާދު ހިގަމުން ދިޔައީ ހޮޅުއަށްޓާ ދިމާއަށެވެ. ޒިޔާދު ވެސް އަންނަކަން އެގޭތީއެވެ. ޒިޔާދުއަށް އާދެވުން އިރު ނިސާދު ހުރީ ހޮޅުއަށިކައިރީގައެވެ. ” ކިހިނެއްވެފާތަ މިތާ ތިހުރީ” ޒިޔާދު އަހާލިއެވެ. “ކަމެއްނުވޭ… ނަމާދުކޮށްލައިގެން ހިގަމުންއައިސް ހޮޅުއަށިގައިނީ” ނިސާދު ބުންޏެވެ. “އާނ…ކަމެއްނުވާކަމެއް ނޭންގެ. މީހާގެ މުޅިމޫނު ތިވަނީ މިލާމޯޅިވެފަ ވިޔާ. އެނގޭ މިހަަރު ނިސާދު އަހަރެންނަށް ކަންތައްތައް ސިއްރުކުރާކަން.” ނިސާދުއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ނިސާދުވަނީ ވަރަށް ދެރަވެފައެވެ. ހަނާއާ ވާހަކަ ދެއްކޭނެ ގޮތެއްނުވުމުންނެވެ. ޒިޔާދުއަށް ހުރިހާ ވާހަކައެއްވެސް ކިޔާދޭނެ ވާހަކަވެސް ނިސާދު ބުންޏެވެ.
“ހަނާގެ ފަހަތުން އެއައި ކާކުތަ؟” ގެއަށް ވަދެވުމާއެކު ޒިދުނާ އަހާލިއެވެ. ” އެއީ އެމީހަކީ” ހަނާ ބުންޏެވެ. ހަނާ އެހެން ބުނުމުން ޒިދުނާ ހޭންފެށިއެވެ. “ކިހިނެއްވެގެންތަ ތިހެނީ. ޒިދޫއަށް އެގޭދޯ އެއީކާކުކަށް ” ފާޚާނާ ތެރޭ މޫނުދޮންނަށް އޮވެފަ ހަނާބުންޏެވެ. ” އާނ… ވަރަށް ރަގަޅަށް އެގޭ އެއީ ކާކުކަށް.” ޒިދުނާ ހެމުން ބުނެލިއެވެ. ” ދެން އެހެންވީއިރު ބުނަށްވީނު އެއީ ކާކުކަށް.” މޫނު ފޮހެމުން ހަނާ ފާޚާނައިން ނިކުންނަމުން ބުންޏެވެ. ” އެއީ މިރަށު މީހެއް. ވަރަށް ފަހުން ރަށަށް އެއައީ. ހަނާ އަހަރެން ބުނާނެ ވާހަކައެއް ނެތް. އަތުއަޅުވާލާ އެސޮރު. ރަގަޅު ސޮރެއް އެއީ.” ޒިދުނާ ހިޔާލެއްދިނެވެ. ޒިދުނާގެ ވާހަކަތަކުން ކޮންމެވެސް ވަރަކަން ހަނާގެ ހިތް ނިސާދުއަށް އެދިގޮވަންފެށިއެވެ.
ކުޑަގޮތަކަށް ތައްޔާރުވެލައިގެން ހަނާގެ މިސްރާބު ތުޑިއަށްގެހިއެވެ. އިރުއޮށްސޭތަން ބަލާށެވެ.އެމަންޒަރު ބެލުމުން ހަނާގެ ހިތަށް ހަމަޖެހުންލިބެއެވެ. ދިރިއުޅުމުގެ ކަންތައްޔަކާ ވިސްނާލަންވެސް އެކަނި ވަގުތު ހޭދަކޮށްލެވެއެވެ. ޒިދޫ ބުނިހެން ނިސާދުއަކީ ރަނގަޅު ކުއްޖެއްނަމަ، ދިރިއުޅުމާމުދު ވިސްނުމަށް ހަނާ އަޒުމް ކަޑައެޅިއެވެ. އަދި ނިސާދު ވަނީ ހަގީގީ ލޯބިނަމަ އެފުރުސަތު އޭނާއަށް ދިނުމަށްވެސް ވިސްނިއެވެ. އެކަމަކު ހަނާ ބޭނުންވަނީ ޖަވާބެއްދިނުމުގެ ކުރިން ނިސާދުގެ ހިތުގަވަނީ ކޮށްއެއްޗެއްތޯ ބެލުމެވެ. ތުޑިއަށް ގޮސް ހަނާ އިށީންނަ ބުޑުމަތީ އިށީދެލިއެވެ. ކުޑައިރުކޮޅެއް ވީތަނާ މީހަކު ހަނާއަށް ގޮވާލިއަޑު އިވުނެވެ. ހަނާ ފަސްއެބުރި ބަލާވެސް ނުލިއެވެ. ކާކުކަން އެގޭތީއެވެ. ހަނާ ބަލާނުލުމުން ނިސާދު އައިސް ހަނާ އިށީދެއިށް ބުޑުގެ އަނެއްކޮޅުގަ އިށީނެވެ.ހަނާ ބަހެއްވެސް ނުބުނެއެވެ. ފާޑަކަށް އިނީއެވެ. “ހަނާ…” ނިސާދު ނުކެރިފަ އިދެ ފުރަތަމަ ފަހަރަށް ހަނާއަށް އަޑުއިވޭ ވަރަށް ގޮވާލިއެވެ. ނިސާދު ގޮވާލުމުން ހަނާ ބަލާލީ ރުޅިވެރި ގޮތަކަށެވެ. ” އަހަރެންނަށް މާފްކުރޭ!!! ” ނިސާދު ބުންޏެވެ. ” ކޮންކަމަކަށް މާފަށްތިއެދެނީ. މަފަށް އެދޭވަރުގެ ކަމެއްކުރިންތަ؟” ހަނާގެ އަޑުގާ ރުޅިވެރިގޮތެއް ހުއްޓެވެ. ” އާނ… އަހަރެންނަށް ހަނާއަށް އުދަގޫކުރެވިފަވަނީ. އަސްލު އަހަރެން އެހެން ކަންތައްކުރީ ހަނާއަށް އުދަގޫކުރާކަށް ނޫން. އެކަމަކު ހަނާއަށް އެކަމުން އުދަގޫވި. ” ނިސާދު ބުންޏެވެ. ” ކާކުކަން ނޭންގި އެހެންކަންތައް ވާންފެށީމަ އަހަރެން ވަރަށް ހިތްހަމަ ނުޖެހުން. އެކަމަކު އުދަގުލެއްނުވޭ ” ހަނާ ބުނެލިއެވެ. ހަނާއަށް އުދަގޫނުވާ ވާހަކަ ބުނުމުން ނިސާދު ހިތްހަމަޖެހުނެވެ. އެކިއެކި ވާހަކަ ދެއްކުމުގަ ދެމީހުން ތިބުމުން ވަގުތުދިޔަގޮތް ވެސް ނޭންގުނެވެ. ފޯނުގެ ގަޑިއަށް ބަލާލުމައްފަހު ގެއަށް ދަނީއޭ ބުނެ ހަނާ ތެދުވިއެވެ. އެވަގުތު ނިސާދު ހަނާގެ އަތުގާ ހިފިއެވެ. ހަނާ ދިޔައީ ސިއްސައިގެންނެވެ. ” އަހަރެން ބޭނުން ހަނާގެ ގާތުގަ ވަރަށް ބޮޑު ވާހަކައެއް ބުނަން. އެކަމަކު މިހާރަކު ނޫން. މިރޭދާނަން ތިގޭ ކައިރިއަށް… ” ނިސާދު ބުނެލިއެވެ. ހަނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން ހަނާގެ އަތުން ނިސާދު ދޫކޮށްލިއެވެ. ހަނާ ހިގައިގަތުމުން ނިސާދު ހަނާއަށް ގޮވާލިއެވެ. “މިރޭ 8 ޖަހާއިރު ދާނަން އިނގޭ…” ހަނާ ބަލާލުމުން ނިސާދު ބުންޏެވެ. ހަނާ ލުއި ހިނިތުން ވުމަކާއެކު ހިގައިގަތެވެ.
އޭގެކުޑައިރުކޮޅެއް ފަހެވެ. ޒިޔާދު ނިސާދުއަށް ގުޅިއެވެ. އަދި ގެއަށް އައުމަށް ބުންޏެވެ. ވެދިޔަކަންތައް ޒިޔާދުއަށް ކިޔާދިނުމަށް ނިސާދު ބޭނުންވިއެވެ. ނިސާދު އޮތީ ޖޯލިފަތީގައެވެ. ވަރަށް އުފަލުންނެވެ. ” ނިސާދުއަށް އެގޭނީ ހަދާނެ ގޮތެއް. ހަމަޔަގީނުންވެސް އަހަރެން ނިސާދުއަށް އެހީވާނަން. ނިސާދުގެ ނިންމުމަކާ އަހަރެން ދެކޮޅެއް ނަހަދާނަން.” ނިސާދު ދެއްކި ވާހަކަތައް އަޑުއަހާފަ ޒިޔާދު ބުންޏެވެ.
ނިސާދު އިރުއިރު ކޮޅާ ގަޑިއަށް ބަލާލައެވެ. ކެއްމަދުވެފަވާ ނަޒަރަކުންނެވެ. ހަނާ ކައިރިއަށް ދިޔުމަށް ތައްޔާރުވެގެން ހުރިތާ އިރުކޮޅެއް ވެއްޖެއެވެ. ގަޑި ނުޖެހިގެން ކޮޓަރިތެރޭ ދެކޮޅަށް ހިގަންވެސް ފެށުނެވެ. ލިބޭނީ ކޮންޖަވާބެއް ބާއޭ ހިތަށް އަރަމުންނެވެ. 8 ޖަހަން ފަނަރަ މިނެއްޓަށް ވުމުން ނިސާދުގެއިން ނިކުމެގެން ހަނާގެ ގެއާ ދިމާއަށް ހިގައިގަތެވެ. ފޮނި އުންމީދަކާއެކުއެވެ. ނިސާދުއަށް ދެވުންއިރު ހަނާފެންނާކަށް ނެތެވެ. ނިސާދު ޖީބުގައޮތް ފޯން ނަގާ ގަޑި ބަލާލިއެވެ. އޭރުވެސް 8 ނުޖަހައެވެ. “އަހަރެންދޯ ލަސްވީ” ހަނާގެ އަޑަށް ނިސާދު ސިހުނެވެ. އަދި ކަޅިޖަހާ ވެސް ނުލާ ހަނާގެ ބޮލުންފެށިގެން ފަޔާހަމައަށް ބަލާލިއެވެ. ރަތް ކުލައިގެ ހެދުމެއްގަ ހަނާ ހުރިއިރު ހީވަނީ ރަތް ފިނިފެންމަލެއް ހެންނެވެ. އެހާވެސް ފުރިހަމައެވެ. ތުންފަތުގައިވާ ހިނިތުންވުން ފެނުމުން ނިސާދު މޮޔަވިހެން ހީވިއެވެ. އުޅެވެނީ ހުވަފެނެއްގަ ބާއޭ ވެސް ހިތަށް އެރިއެވެ. ބުނާނެ އެއްޗެއް ނޭގިފަ އިރުކޮޅަކު ނިސާދުއަށް ހުރެވުނެވެ. “ނޫނޭ…. ލަހެއްނުވޭ. އަދި 8 ވެސް ނުޖާވިޔާ.” ނިސާދު ބުންޏެވެ. ” ދެން ބުނެބަލަ.. ބުނަންތިއުޅޭ ވާހަކައެއް..” ހަނާ ވަރަށް މަޑުންބުނެލިއެވެ. ” އަހަރެން ވަރަށް ޖެހިލުންވޭ މިވާހަކަ ބުނަންވެސް. ވާނެ ގޮތެއް ނޭގޭތީ.” ނިސާދު ވާހަކަ ދެއްކިއިރު އަޑު ތުރުތުރު ލާފަހުއްޓެވެ. “ބުނީމަދޯ އަހަރެންނަށް އެގޭނީ. ބުނެބަލަ…” ހަނާ ހިތްވަރުދިނެވެ. “ހަނާ..!! އަހަރެން ހަނާދެކެ ވަރަށް ލޯބިވޭ… ވަރަށް ބޮޑަށް ލޯބިވޭ…. އަހަރެން ހަނާ ބޭނުން….. މުޅިއުމުރުގާ އުފަލުގަ ގެންގުޅޭނަން.” ނިސާދު އެއްނޭވާއިން ބުނެލީއެވެ. ހަނާ ހުރީ ނިސާދުގެ މޫނަށް ބަލާށެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. އެއީ މުއްސަދި އާއިލާއެއްގަ ހުރި ހަމައެކަނި ފިރިހެން ކުއްޖާއާ ހަނާ ކަހަލަ ފަގީރު ކުއްޖަކާ އެކަށީގެން ނުވާހެން ހީވުމުންނެވެ. އެކަމަކު ހަގީގަތަކީ ލޯބިވުމުގާ މިދެ ތަފާތު ނޯންނާނެ ކަމެވެ. އެންމެ މުއްސަދި މީހާވެސް އެންމެ ފަގީރު މީހާދެކެ ލޯބި ވެދާނެވެ. ހަނާ އެއްޗެއް ނުބުނުމުން ނިސާދު ހަނާއާ ދިމާއަށް ބަލާލިއެވެ. “ހަނާ…” ހަނާގެ އަތުގާހިފާލަމުން ނިސާދު ގޮވާލިއެވެ. އެވަގުތު ހަނާ އަތަށް ބަލާލުމުން ނިސާދު އަތުން ދޫކޮށްލިއެވެ. “ހަނާ…ކިހިނެއްވީ” ނިސާދު އަހާލިއެވެ. “ކަމެއްވެއްޖެތަ؟” ހަނާ ބުންޏެވެ. “ހަނާ ބުނާނީ ކިކޭ!!!..” ނިސާދު ވާހަކަ ދައްކަންފެށިއެވެ. ” އަހަރެން ވިސްނާލަން ވަގުތު ކޮޅެއްބޭނުން. ނިސާދު ދެންދޭ…” ހަނާ މިހެންބުނެފަ ގޭތެރެއަށް ވަދެގެން ދިޔައެވެ. ނިސާދު ބަލަން ހުއްޓެވެ. އެވަގުތުންފެށިގެން ނިސާދުގެ ހިތުގަ އެބުރެމުން ދިޔައީ މިއިން ދުވަހަކުވެސް އެބުރެމުން ނުދާ ހިޔާލެކެވެ. ވާނީވެސް އެހެންތާއެވެ. ހިތުގެ އެދުން ފާޅުކުރުމުން، ޖަވާބެއްވެސް ނުދީ ދިޔުމުން ނިސާދުގެ ހިތުގާ ސުވާލު ގިނަވެގެންދިޔައެވެ. ނިސާދު މަޑުހިގުމެއްގައި ގެއާދިމާއަށް ހިގަމުން ދިޔައެވެ.

ގެއަށް ވަތްއިރު ހަފުސާ ޓީވީ ބަލަން ސޯފާގައިނެވެ. ” ދަރިފުޅާ… ކާންދާންވީނު…” ނިސާދު ފެނުމުން ހަފުސާ ބުންޏެވެ. “ނެތް ކާހިތެއް” ނިސާދު މިހެން ބުނެފަ ސިޑިން އަރައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. މޫނުމަތިން މާޔޫސްކަން ފަޅުވަމުންދިޔައެވެ. “އަނެއްކާ ހަނާ އާއެކޭ ބުނާނެބާ!!! ހަނާ އަހަރެންގެ އެދުމަށް ފުރަގަސް ނުދޭނެބާ!!! އަހަރެންގެ ލޯބި ގަބޫލު ކުރާނެބާ!!!” މިހުރިހާ ސުވާލުތަކެއް ކުރަމުން ދިޔައީ އަމިއްލަ ހިތާއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ.
ހަނާ ކޮޓަރިއަށް ވަދެ ކޮޑުމަތީއޮތް ދޯޕައްޓާ އެނދުމައްޗަށް އެއްލާލުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީހުގަ ބާރަށް ބައްދާލަމުން ހިނިތުންވެލިއެވެ. ހަނާގެ ސިކުޑީގަ ނިސާދު ދެއްކިވާހަކަތައް އެބުރެންފެށިއެވެ. އުފާވެރިކަމުގެ މިއުޒިކެއް ހަނާގެ ހިތުގައި ކުޅެލިއެވެ. ޒިދުނާ ދެއްކިވާހަކަ މަތިންވެސް ހަނާ ހަނދާންވިއެވެ. ނިސާދު އަކީ ހަޑި ކުއްޖެއް ނޫނެވެ. ވަރަށް ރީތި ފިރިހެންވަންތަ ފިރިހެނެކެވެ. ކޮންމެ އަންހެން ކުއްޖަކުވެސް ނިސާދު ބޭނުން ވާނެކަން ކަށަވަރެވެ. ނަމަވެސް މިދެމެދަށް ހުރަސްއަޅަނީ ނިސާދު މުއްސަދިކަމެވެ. ނިސާދުއަކީ ތަނަވަސް އާއިލާއެއްގަ ހުރި ހަމައެކަނި ކުއްޖާއެވެ.ވީއިރު އެމީހުން ނިސާދު އާ ހަނާގެ ގުޅުމަށް ގަބޫލުވާނެ ހެއްޔެވެ؟ ކޮޓަރީގެ ހަތަރުފާރުން އެތެރެއަށް ހަނާ ފުންނޭވާއެއް ދޫކޮށްލީ ހުރިހާކަމެއްވެސް ރަގަޅުވާނެ ކަމުގެ ފޮނިއުންމީދުގައެވެ. މިހެން ހިޔާލުތަކުގަ ހަނާ އޮތްއިރު ވަގުތުދިޔަ ގޮތްވެސް ނޭގުނެވެ. ” މަންމަ….!!” ކުއްލިއަކަށް ތެދުވެ ހަނާ ކޮޓަރިން ބޭރަށް ނިކުތެވެ. ގޭތެރެ އަނދިރިއެވެ. “މަންމާ!! މަންމާ!! ” ޒުހުރާގެ ކޮޓަރީ ދޮރުގައި ޓަކިޖަހަމުން ހަނާ ގޮވަންފެށިއެވެ. އިރުކޮޅަކުން ޒުހުރާ ދޮރުހުޅުވާލިއެވެ. “ކިހިނެއްވީ ދަރިފުޅާ…” ނިދިމޫނަކާއެކު ޒުހުރާ އަހާލިއެވެ. “މަންމަ ކައިފިންތަ؟” ހަނާ އަހާލިއެވެ. “އާނ… ކައިފިން.. ދަރިފުޅު ނުކަންތަ؟” ޒުހުރާ ބުންޏެވެ. “ނުކަން އަދި. އެކަމަކު މިދަނީ ކާން. މަންމަ ދޭ ނިދަން.” ހަނާ ހިގައިގަތުމުން ޒުހުރާ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

ހަނާ ކައިގެން އައިސް ކޮޓަރިއަށް ވަންނަންވެގެން ތަޅުގައި ހިފާލިވަގުތު މީހަކު ތުބުންފުމެލި އަޑުއިވުނެވެ. ހަނާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ފަހަތަށް ބަލާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން ހީވި ގޮތެއްކަމަށް ނިއްމައި ކޮޓަރިއަށް ވަންނަން އެބުރިލިއެވެ. އަނެއްކާ ވެސް އެއަޑު ތަކުރާރުވިއެވެ. އެއަޑު އަންނަނީ ކާގެއަ ދިމާލުންނެވެ. އެހެންކަމުން ހަނާ އެދިމާއަށް މަޑުމަޑުން ހިގަންފެށިއެވެ. ދޮރުމައްޗަށް ހުއްޓި ދެކޮޅު ހޯދާލިއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި މީހަކު ފެނުނެވެ. ހަނާ ޖެހިލުންވިއެވެ. ކާކުކަން ނޭގޭތީއެވެ. ހަނާ މަޑުމަޑުން ކާކުތޯ ސުވާލު ކޮށްލިއެވެ. އެވަގުތު އެމީހާ ހަނާއާ ގާތަށް ހިގަންފެށިއެވެ. ހަނާ ފަހަތަށް ޖެހިލިއެވެ. އެމީހާ ފުދޭވަރަކަށް ހަނާއާ ކައިރިވުމުން އެއީ ކާކުކަން އެގި ޔަގީންވިއެވެ. “ނިސާދު!!…” ހަނާއަށް ލިބުނީ ސިހުމެކެވެ. “މިހާ އިރުވީމަ ކީއްކުރަން ތިއައީ…” ގޭތެރެއަށް ބަލާލަމުން ހަނާ ބުނެލިއެވެ. “ހަނާ… އަހަރެންނަށް ކެއްނުވެގެން މިއައީ. ނިދަންއުޅި ނުނިދުން. ގޭގަހުންނަ ހިތެއްނުވި. ޖަވާބުގެ އިންތިޒާރުގަ މާގިނަ ވަގުތު ހޭދަވިހެން ހީވާންފަށައިފި…” ހަނާގެ އަތުގާ ހިފައިގެންހުރެ ނިސާދު ވާހަކަ ދެއްކިއެވެ. އެވަގުތު ހަނާ އަތްދަމައިގަތެވެ. ނިސާދު ވަރަށް ރަގަޅަށް ހަނާގެ މޫނަށް ބަލާލިއެވެ. ހީވަނީ ހިތްހަމަ ނުޖެހުނީ ހެންނެވެ. އާއެކެވެ. ހަނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ވިސްނާލަން ވަގުތު ކޮޅެއް ބޭނުމޭ ބުނެފަ ވަނިކޮށް،ނިސާދު އައީތީއެވެ. ” އަހަރެން ބުނީމެއްނު ޖަވާބެއް ދޭނަމޭ. ނިސާދު ދެންދޭ… މީހަކަށް ފެނިއްޖެނަމަ ރަގަޅެއްނުވާނެ. އަވަހަށްދޭ…!!” ހަނާ ނިސާދުގެ މޭގައަތް އަޅާ ކޮށްޕާލަމުން ބުނެލިއެވެ. ނިސާދު ދާކަށް ބޭނުމެއްނުވިއެވެ. ޖަވާބުގެ އިންތިޒާރުގަ ހަނާގެ ކުރިމަތީ ހުންނަން ޖެހުނަސް އެއްމެރަނގަޅެވެ. ހިތާ ދެކޮޅަށް ގެއަށް ދިޔުމަށް ނިސާދު ހިގައިގަތުމުން ހަނާއައިސް ކޮޓަރިއަށްވަދެ ދޮރުލައްޕާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ބިނާކުރުވަދޭ އެތިކޮޅުތައް – ފެށުން

Next

ހިތުގެ މިލްކުވެރިޔާ (ނަވާރަަވަނަ ބައި)

Next
August 21, 2017

ހިތުގެ މިލްކުވެރިޔާ (ނަވާރަަވަނަ ބައި)

Previews
August 21, 2017

ބިނާކުރުވަދޭ އެތިކޮޅުތައް – ފެށުން

12 Comments!

  1. Saam says:
    August 12, 2017 at 6:07 pm

    woahh.. nice
    getting intresting..

  2. nnnmmmji says:
    August 21, 2017 at 12:44 pm

    hama reethi dhw…. evx asareh huriyyeh nun… hyvany kudakujjaku liyaa vaahak eh hen…. ekamku vx mi kiyaa myhunthakah nuvaane hadieh…

    1. Xiroo thihthi says:
      August 21, 2017 at 1:39 pm

      adhi asarugebai kuriah othy… inthizaaru kohliyaa varah ragalhu

  3. Ainth says:
    August 21, 2017 at 12:53 pm

    Vaahakaeh heneh hieh nuvey

  4. Sahee says:
    August 21, 2017 at 1:09 pm

    Masha Allah varah salhyi eykamu maakree vaahaka

    1. Xiroo thihthi says:
      August 21, 2017 at 3:11 pm

      thanx

  5. Aaf says:
    August 21, 2017 at 1:17 pm

    Mi hurihaa sitahkah liyaavaahakayeh dhuvaku nunimunu vaahakaeh varah foohivey abdhu ekaceh liyaathy

    1. Xiroo thihthi says:
      August 22, 2017 at 11:11 am

      Mi vaahaka meege kurin vaane Esfiyaah up kohfa. nama ves kurin 20th Episode in up kurun stop kuran jehuny eyruga loging vumuga mahsala eh ulheythy…ekamaku iraadhu kurehviya mifaharu vaahak eh koh up koh nimmaanan

  6. Nadheema says:
    August 21, 2017 at 3:08 pm

    WOW

  7. khajja says:
    August 22, 2017 at 1:22 am

    Ohhj wow masha allah??? v rythi haadha keiymadhu sorekey dhw mi ulheny kihaavarakun dhaanebaa thikanthah dhw stry v super when nxt prt avaskollachchey gud nyt ly???❤❤❤???????

    1. Xiroo thihthi says:
      August 22, 2017 at 11:18 am

      aamu dhiri ulhumuga ves loabi hoadhan kehmadhuvefaa vaa usoolun kehmadhuvefavaa meeheh vaahakaiga e ulheny khajja

  8. Aree says:
    August 23, 2017 at 12:27 pm

    Knirakun next part up kuranee???

Comments are closed.

Next Episodeއަގެއްނެތްލޯބި 3 ވަނަ ބައި←


All Right Reserved!