Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 އެގާރަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
August 21, 2017 8 Mins Read
18 Comments

“އެހެންވީމަ އެކަކު ވެސް މާޒީގެ ވާހަކަ ނުދައްކަމާ…. އަހަރެންގެ މާފެއް ހަމައެކަނި ނުލިބޭނެ މީހަކީ މީހުން މަރާ މީހުންނަށް. އެކަހަލަ މީހުން ދެކެ އަހަރެން ވަރަށް ފޫހިވޭ. އެކަހަލަ މީހުން މިދުނިޔޭގައި ހިތި ގޮތަކަށް ތަޅުވަން އަހަރެން ބޭނުމީ…” ރަޔާހީންގެ ވާހަކަތަކުން އިރުފާނަށް ޝޮކެއް ލިބުނެވެ. ރަޔާހީންގެ އުނގުން ބޯހިއްލާލެވުނީ ހަމަ ކުއްލިއަކަށެވެ.

“ކިހިނެއްވީ” އިރުފާން ތެދުވި ގޮތުން ރަޔާހީން ހާސްވެފައި އަހާލިއެވެ.

“ކަމެއްނުވޭ ނިދިއައްސި. ހިނގާ ނިދަން” އިރުފާން ބާލީހުގައި ބޯއަޅާލައިގެން އޮށޯތުމުން ރަޔާހީން ވެސް އިރުފާންގެ އަތުގައި ބޯއަޅާލައިގެން ކައިރީގައި އޮށޯތެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. އެއީީ އޭނާ ހިތުގައި ފޮރުވައިގެން އުޅޭ މަޤްޞަދެއްގެ ސަބަބުން ވީ ހިނިތުންވުމެއް ކަމެއް ނުވަތަ ލޯބިވާ ފިރިމީހާ އާއި އެކު މެންދަމުގެ ހަމަހިމޭން ވަގުތުގައި ހަމަޖެހިލައިގެން ވާހަކަދައްކާލެވުމުން ވެވުނު ހިނިތުންވުމެއް ކަމެއް ބުނާކަށް ނޭނގުނެވެ. ރަޔާހީނަށް އޭނާގެ ދެލޯ މެރެމުން ދިޔައިރު ނިތް މަތީގައި އަތް ބާއްވާލައިގެން ވިސްނުމެއްގައި އޮތް އިރުފާން ފެނުނެވެ. ނަމަވެސް އޭނާ އިޚްތިޔާރުކުރީ ހިމޭންކަމެވެ.

 

ދެނަމާދު ދޭތެރޭގައި ރަޔާހީން އެނދުމަތީގައި ލެޕްޓޮޕް ހުޅުވާލައިގެން އިނީ މިދުވަސްކޮޅު އޭނާ ނަމާދު ޗުއްޓީގައި އިނީމައެވެ. އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވަނީ އޭނާގެ އެންމެ ގަޔާވާ ވާހަކަ ކިޔާލަން ލިބުނީތީއެވެ. މަސްދުވަސް ފަހުން ވައިފައި ލިބެން ފެށުމުން އޭނާގެ ވާހަކަތައް ވަނީ ހުއްޓުމަކަށް އައިއްސައެވެ. ލިބޭ ހުސްވަގުތު ތަކުގައި އަބަދުވެސް އޭނާ ކުރާކަމަކީ ވާހަކަ ކިޔުމެވެ. ސައިޓް ތަކުން ވާހަކަ ކިޔަން ފޫހިކަމެއް ނެތި އިރުއަރާ އޮށްސެންދެން ވެސް އިނދެވިދާނެއެވެ. އެގޮތުން އޭނާ އެންމެ ގަޔާވާ ވާހަކަ ލާރާގެ ގެ ‘މުޅިޖާންހިތާ’ އެތައް ދުވަހަކަށްފަހު ކިޔަން ލިބުމުން އިނީ އިންތިހާ އަށް އުފާވެފައެވެ. ލާރާ އެންމެ ފަހުން ލިޔެފައިވާ ޕާރޓް އޭނާ އަށް ތަކުރާރުކޮށް އެތައް ފަހަރަކު ކިޔުނު އަދަދެއް ވެސް ނޭނގެއެވެ. ވާހަކަތަކުގެ އަވައިގާ ޖެހި މިހާރު އޭނާ ވެސް ވާހަކައެއް ލިޔަން ހިތަށް އަރުވައިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ފޫހިކަމެއްނެތި މަތިން ތިރިއަށް ސްކްރޯލް ކުރަން އިން ރަޔާހީނަށް ސިހުމެއް ލިބުނީ ކޮޓަރި ތެރޭގައި ވައިގަނޑެއް އެނބުރެން ފެށުމުންނެވެ. އެނދުމަތީގައިވާ ބާލީސްތަކާއި ޑްރެސިންގްޓޭބަލް މަތީގައި ހުރި ބައެއް ސާމާނު ވެސް އެނބުރެން ފެށިއެވެ. ބަލަބަލާ ހުއްޓާ އޭނާ ކުރިމަތީގައި ހުރި ލެޕްޓޮޕް ވެސް ހިއްލެން ފެށިއެވެ. ކޮޓރިތެރެ ދިއްލިފައިވާ ހުދު އަލި ވެސް ނިވިދިއްލެން ފެށުމުން ރަޔާހީން އިންތިހާ އަށް ބިިރުގަނެއްޖެއެވެ. ދުވެފައި ކޮޓަރިން ނިކުންނަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އިން ތަނުން ބުޑު ހިއްލާލަން ވެސް އޭނާ އަށް ނުކެރުނެވެ. އޭނާ ބަލަހައްޓައިގެން އިންދާ ލެޕްޓޮޕް ވެސް އަޑެއް ކިޔާފައި ނިވުނެވެ. އެއްފަހަރާ ކޮޓަރިތެރެ އަނދިރުވުމަށްފަހު ހަމަ އެމިނިޓް ތެރޭގައި ކޮޓަރީގެ ލައްޕާފައިވާ ދޮރުމަތިން ބޯ ދުންގަނޑެއް ކޮޓަރި ތެރޭގައި ތިރިން މައްޗަށް އަރަން ފެށިއެވެ. އިސާހިތަކު އެދުންގަނޑު ސާފުވެ ކުރިމަތިން ފެންނަން ހުރި ސާދަވިލޭރޭގެ ރީތި ހަނދެއްފަދަ އަންހެންކުއްޖާ ރަޔާހީން ލޮލުގައި އަޅައިގަތެވެ. ކޮޓަރި ތެރޭގައިވާ ލައިޓްތައް ހަމައަކަށް އެޅި ލެޕްޓޮޕް ވެސް އަމިއްލަ އަށް ހުޅުވުނެވެ. ރަޔާހީންގެ ހިތުގައިވާ ބިރުވެރިކަން ވެސް ހިނދުކޮޅަކަށް ފިލައިގެން ދިޔައެވެ. ކުރިމަތީގައި ފެންނަން ހުރި އަޖައިބެއްފަދަ ރީތި ކަމެއް ލިބިފައިވާ އަންހެންކުއްޖާ އަށް ރަޔާހީނަށް ބަލަން ހުރެވުނީ އަންހެނަކަށް ވިޔަސް ބަސްހުއްޓިފައެވެ. ދުނިޔެމަތީގައި ރީތި ކުދިން އުޅޭކަން އޭނާ އަށް އެނގޭއެވެ. ނަމަވެސް ހަޔާތުގައި އަދި މިވަރުގެ ކަމެއް އޭނާއެއް ނުދެކޭއެވެ.

އެ އަންހެންކުއްޖާ ރަޔާހީނަށް ރީތި ހިނިތުންވުމެއް ދީގެން ހުދުކުލައިގެ ބޮޑު ހެދުމެއްގައި ހުރިއިރު އޭނާ އިސްތަށިގަނޑު ޓައިލްސްމަތީގައި ސާލެއްހެން ފެތުރިފައި އޮތެވެ.

“ތި….ތީ… ކް..ކޮންކުއްޖެއް” ބިރުން ހުރިވަރުން ރަނގަޅަށް ވާހަކަވެސް ރަޔާހީނަކަށް ނުދެއްކުނެވެ. އެއަންހެންކުއްޖާ ކައިރިއަށް އަންނަން ފެށުމުން ރަޔާހީނަށް އެނދުން ތެދުވެވުނެވެ.

“އައްސަލާމް އަލައިކުމް” އެއަންހެންކުއްޖާ އިސްލާމްދީނުގެ ރިވެތިި އުސޫލުން ރަޔާހީނަށް ސަލާމް ގޮވާލިއެވެ.

“ވް..ވަ..ވައަލައިކުމް ސަލާމް” ރަޔާހީން ވެސް ޖަވާބުގައި ބުނެލިއެވެ. އެކުއްޖާ ހީލައިގެން ހުއްޓަސް ރަޔާހީނަށް ހީލަން ވެސް ނޭނގުނެވެ. ދެން ވާނީ ކިހިނެއް ކަމެއް ނޭނގޭތީ އެސްފިޔަ ޖަހާލަން ވެސް ނުކެރިފައި ހުރެވުނީއެވެ.

“ތީ ހީން ދޯ… މީ ބަންހަލް. ބޭބެ އެނގޭ ދޯ… ބޭބެގެ ކޮއްކޮ” އެކުއްޖާ އެއީ ކާކުކަން ރަޔާހީނަށް އޮޅުންފިލުވާ ދިނެވެ.

“އެހެންތަ؟ ބޭބެގެ ކޮއްކޮ ބަންހަލް ދޯ… ހެހެހެ…” ތުނބުން ފުމެމުން ރަޔާހީން ހަމަޖެހެވޭތޯ ބަލަމުން ދިޔައީ އޭނާ ހުރީ ބިރުންކަން އެކުއްޖާ އަށް އަންގަން ބޭނުންނުވާތީއެވެ. ކޮން ބަންހަލްއެއް ކަމެއް ނޭނގުނަސް ރަޔާހީން އެންގޭކަމަށް ހަދާ ގަދަކަމުން ހީލިއެވެ. ރަޔާހީންގެ އެ އަމަލުން ބަންހަލް ކައިރިއަށް ވެސް ހިނިއައެވެ. ކުއްލިއަކަށް ރަޔާހީނަށް ބަންހަލް ކައިރިން ފާޅުވި ފިރިހެންކުއްޖާ ފެނި ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ނަފްސަށް ހަމަޖެހުން ލިބި ހިނިތުންވެލެވުނީ އެއީ ކާކުކަން އެނގުނީމައެވެ. ރަޔާހީނަށް ގޮސް އެއަތު ތެރެއަށް ވަދެވުނީ ކޮއްކޮއަކު ބޭބެއެއްގެ ހިމާޔަތަށް އެދޭ ފަދައިންނެވެ.

“ބީ….” ބީހާލް ލޯތްބާއެކު ރަޔާހީންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

“މިހުރިހާ ދުވަހު ކޮންތާކު އުޅުނީ. ވީ ވަޢުދު މަތިން ހަނދާންނެތުނީތަ؟ އެނގޭތަ ކޮންހާލެއްގައި ކަން އަހަރެން އުޅުނީ” ރަޔާހީން ޝަކުވާ ކޮށްލިއެވެ. ކައިރީގައި ބަންހަލް ހިނިއައްސަ އެދެމީހުންނަށް ބަލަން ހުރި ކަމެއް ވެސް ރަޔާހީނަކަށް ނޭނގޭއެވެ. ބީހާލް ފެނުމާއެކު އޭނާ ބަންހަލް މަތިން ހަނދާން ނެތުނީއެވެ.

“ހުރިހާ ކަމެއް ވެސް އެނގޭ…. އެކަމު އެނގޭ ތީ ހިތްވަރުގަދަ ކުއްޖެއް ކަން. ކުރިއަށް އޮތްތަނުގައި ދެން މިހެން ނުވާނެ. އެއްވެސް ތަކްލީފެއް ވޭނެއް ހީން އަކަށް ކުރިމަތިލާކަށް ނުކެރޭނެ. އެފަދަ ކަމެއް ހީން އާއި ހަމައަށް ދާނީ އަހަރެން ކަޑައްތުކޮށް ހަނގުރާމައިން އަހަރެން ބަލިކޮށްފައި. އަހަރެންވީ ވަޢުދު މަތިން ދުވަހަކު ވެސް އަހަރެން ހަނދާނެއް ނުނެތޭނެ. ހީން ކީއްކުރަން ތި އާއިލާ އެއްވެސް މީހަކަށް ގެއްލުމެއް ލިބޭކަށް ނުކެރޭނެ. އަދި އަމުދުން ހީން… ހީން ފެނުމުން އަހަރެންނަށް ހީވަނީ އަހަރެންގެ ފަރޫ ފެންނަހެން” ބީހާލް ރަޔާހީނާއި ވާހަކަދައްކަމުން ދިޔައެވެ. އޭރުވެސް ކައިރީގައި ހުރި ބަންހަލް ހިމޭންކަމާއެކު ހެމުން ދިޔައެވެ.

“ދެން.. މިހުރިހާ ދުވަހު ކަމެއްވީތަ ޚަބަރެއްނުވީ. އަހަރެން ހީކުރީ ބަލިވީ ކަމަށް” ރަޔާހީން ބުނެލިއެވެ.

“ހެހެހެ… އަހަރެމެން ބަލިވާނީ މީހަކު ބަލިކޮށްލީމަ… އަސްލު ވީގޮތަކީ ބައްޕަ ނުރުހުންވީ… ފަރޫގެ މަރަށްފަހު ބައްޕަ ހީކުރީ އަހަރެން މުޅިން ޖިންނި ދުނިޔެއަށް އައީ ކަމަށް. އެމަރުގެ ބަދަލު ހިފަން އަހަރެން އުޅޭކަން ބައްޕަ އަށް އެނގުނީ ބައްޕަގެ ރައްޓެއްެސެއްގެ ފަރާތުން. އެހެންވެ ބައްޕަ އެދުނީ އެކަން ވަގުތުން ހުއްޓާލުމަށް. އެކަމަކު އަހަރެން ގަދަކުރީ… އަހަރެން ބުނީ އެ އިންސާނާ މިދުނިޔޭގައި އުފަލުގައި އުޅޭތަން ބަލަން ހުންނާކަށް އަހަރެންނަށް ކެތެއްނުވާނޭ… އަހަރެންގެ ސަލާމަތަށްޓަކައި ލިބިދާނެ ގެއްލުމަކުން މިންޖުކުރުމަށްޓަކައި ބައްޕަ އަހަރެން ހިލިހިލާ ޖަހާފައި ބެހެއްޓީ… އެނގޭ ހީން އުޅުނު ހާލު… ދެރަވިޔަސް އެވަގުތު އާދެވެން ނެތީ” ބީހާލް ވީގޮތް ރަޔާހީނަށް ކިޔާދިނުމުން ރަޔާހީން ދެރަވިއެވެ.

ކައިރީގައި ބަންހަލް ހުރިކަން އެނގުމާއިއެކު ރަޔާހީން ބިރުން ބީހާލްގެ ކައިރިއަށް ޖެހުނެވެ. ރަޔާހީންގެ އެއަމަލުން ބަންހަލް ކައިރިއަށް އަދި ބީހާލް ކައިރިއަށް ވެސް ހިނިއައެވެ.

“މީ ބަންހަލް. އަހަރެންގެ ކޮއްކޮ. ކޮއްކޮ ވަރަށް މަސައްކަތްކޮށްގެން ބައްޕަ އަހަރެން ދޫކޮށްލީ. ކޮއްކޮ އަށް ހުރިހާ އެއްޗެއް އެނގޭނެ އެންމެ ކުރިން ފެށިގެން ވެސް. ދުނިޔޭގެ ބިމަށް ކޮއްކޮ އެފޭބީ ދެވަނަ ފަހަރަށް. އެނގޭތަ ކުރިން ދުވަހު ހީން ސިޑިން ވެއްޓެން ދަނިކޮށް ސަލާމަތްކޮށްދިނީ ބަންކޮ.  މިދުނިޔޭން ކޮއްކޮ ބައްދަލުކޮށްލާހިތްވީ ހީން އާ. އެހެންވެ މިއަދު ގޮވައިގެން މިއައީ….” ބީހާލް އޮޅުން ފިލުވައިދިނެވެ. ކުއްލިއަކަށް އެންމެންނަށް ސިހުމެއް ލިބުނީ ކޮޓަރި ދޮރުހުޅުވާލާފައި ފީރޯޒާ ވަނުމުންނެވެ. އޭނާގެ އަތުތެރޭގައި ހުރި ތަބަކެއްގައި ދެޖޫސްތަށި ވެސް ހުއްޓެވެ. ފީރޯޒާ ފެނުމާއެކު ރަޔާހީން ކަންބޮޑުވެެފައި ބަލާލީ ބީހާލް އާއި ބަންހަލް އަށެވެ. އެއްފަހަރު ފީރޯޒާ އަށް ބަލާލުމަށްފަހު ރަޔާހީން ބީހާލް އާއި ބަންހަލް އަށް ބަލާލިއެވެ. ފަހަތުގައި ހުރި ފާރަށް އެދެބޭން ވަދެގެން ދިޔަތަން ފެނުމުން ރަޔާހީނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފާރުގެ ތެރެއިން އެދެމީުން ތިބިކަން ރަޔާހީނަށް ސާފުކޮށް ފެންނަން ހުއްޓެވެ. ނަމަވެސް ދެވަނަ އިންސާނަކަށް ނުފެންނާނެ ގޮތަކަށެވެ.

“ހީން ޑޯންޓް ޕެނިކް. އޭނައަކަށް ޝައްކެއް ވެސް ނުވާނެ” ކުއްލިއަކަށް ހީންގެ ކަންފަތަށް އިވިގެން އެދިޔައީ ބީހާލް ގެ އަޑެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ރަޔާހީން ފީރޯޒާ އަށް ހިނިތުންވުމެއް ދިނެވެ. ފީރޯޒާ ކޮޓަރިތެރެ އެކި ދިމާ ހޯދަމުން އައިސް ރަޔާހީން ކައިރީގައި ހުއްޓުނެވެ.

“މިހާރު ދިޔައީތަ؟ މަންމަ ސަރާކޮއްކޮ ބައިން އައިތަނާ އިރުފާން ބުނީ އޭނާ ބޭރަށް ނިކުތްއިރު ދަރިފުޅު ރަހްމަތްތެރި ނަދާ އާއި އިތުރު ކުއްޖަކު ދަރިފުޅު ހޯދަން އައިސް ހުރި ވާހަކަ. އެހެންވެ އަވަހަށް ޖޫސް ހަދާލައިގެން މިއައީ” ފީރޯޒާ ބުނެލިއެވެ.

“ނޫން ނުދޭ…. ފާރަށް ވަނީ” ޚިޔާލެއް ފިކުރެއްނެތި ރަޔާހީން ބުނެލިއެވެ. އެވަގުތު ފާރުތެރޭގައި ހުރި ބީހާލް އެއްއަތުން ބޮލުގައި ޖަހާލިއެވެ. ކައިރީގައި ހުރި ބަންހަލް އިނގިލީގައި ދަތްއަޅާލައިގެން ހޭން ހުއްޓެވެ. އޭރުވެސް ބުނެވުނީ ކީކޭ ކަމާއިމެދު ރަޔާހީން ޝައްކެއް ވެސް ނުކުރެއެވެ.

“ޔާރައްބީ… ފާރަށޭ…..” ފީރޯޒާ އަތުގައި ހުރި ތަބަށް ވެސް ދެއަތާއެކު ތުރުތުރުލާން ފެށިއެވެ. ވާނީ ވެސް އެހެންތާއެވެ. އެބުނީ ނަދޫ ފާރަށް ވަން ވާހަކައެވެ. އަނެއްކާ ހީން ހަމަ ހެއްޔެވެ؟

“އެނ… ނޫން….” ރަޔާހީން ތެޅިގަނެފައި އަވަސް އަވަހަށް ބުނެލިއެވެ.

“ނަދޫ އޭ… ނަދޫ ނާދޭ….” ރަޔާހީން ހައިރާންވެފައި ބުނެލިއެވެ. ހަމަ އެ ސިކުންތުގައި އޭނާ ފާރާއި ދިމާލަށް ކަޅިއެއް އެއްލިއެވެ. ބީހާލް ކޮށްލި އިޝާރާތަކާއެކު އޭނާ ފީރޯޒާ އަށް ބަލާލިއެވެ.

“އާން….ނަދޫމެން ދޯ… ދެންމެ އެދިޔައީ… ބުނީ މިތާ ކައިރި ގެއަކަށް އައިއްސަ ވަދެލީއޭ. ބުނި އެހެން ފަހަރަކުން އަންނާނަމޭ ވެސް” ރަޔާހީން ބުނެލިއެވެ.

“ދަރިފުޅަށް މިހާރު ކިހިނެއްވެފަ ތިހިރީ. ބަލީތަ އަނެއްކާ… މަންމަ މިދަނީ ކާންހަދަން. އާދޭ ތިރިއަށް ކާން” ފީރޯޒާ އެކޮޓަރި ދޮރުލައްޕާލާފައި ދަމުން ރަޔާހީނަށް ބުނެލިއެވެ. ރަޔާހީން ވެސް ހިނިތުންވެލިއެވެ.

ބީހާލް އާއި ބަންހަލް ހީގަނެގެން ހުރެ ފާރުތެރެއިން ނެއްޓިގެން އައިސް ރަޔާހީން ކައިރީގައި ހުއްޓުނެވެ.

“ބަންކޮޮ ހީން އަށް މަލާމާތް ކުރަނީ… ހީން މާ ބިރުންނޯ އުޅެނީ” ބީހާލް ބުނެލިއެވެ. ރަޔާހީން ކައިރިއަށް ވެސް ހިނިއައެވެ. ބަންހަލް އާއި ރަޔާހީން އެކުވެރިވެ ވާހަކަދެއްކިއެވެ. ކުރިއަށް ކަންތައްކުރާނެ ގޮތް ރާވާލުމަށްފަހު ބީހާލް އާއި ބަންހަލް ރަޔާހީނާއި ވަކިވީ މުޞީބާތެއް ކުރިމަތިވާ ކޮންމެ ވަގުތަކު ކައިރީގައި ހުންނާނެ ކަމަށް ބުނެފައެވެ.

 

ރޭގަނޑު ގޭތެރެ ހިމޭންވީ ވަގުތު އިރުފާނަށް ނިދުމާއެކު މިރޭ ވެސް ރަޔާހީން ތެދުވެ ފީރޯޒާ ފޮރުވައިގެން އުޅޭ ކޮޓަރިއަށް ދިޔުމަށް އަވަސްވެގަތެވެ. ނަސީބުދެރަކަމުން މިފަހަރު ވެސް ނޯކަރަކަށް ފެނުމުން ރަޔާހީނަށް މަޑުޖެހެވުނެވެ. އޯލާ ހީލަމުން ރަޔާހީން ކައިރިއަށް އައިސް އެކޮޓަރި އަށް ވަނުމަށް ފީރޯޒާގެ އަމުރެއް ނެތޭ ބުނެލިއެވެެ. ނަމަވެސް މިފަހަރު ރަޔާހީން އެވަގުތުކޮޅު އަތުން ދޫވާކަށް ބޭނުމެއް ނުވިއެވެ.

“ލުކް އޯލާ… އަހަރެން މިރޭ މިވަގުތު އެކޮޓަރިއަށް ވަންނަން ބޭނުން. އެއީ ވަރަށް ބޮޑު ކަމަކު. ފަހަރެއްގައި މަންމަ އަށް ފައިދާއެއް ވެސް ކޮށްފާނެ މިރޭ އަހަރެން އެކޮޓަރިއަށް ވަނުމުން….އޯކޭ… އޯލާ ވަދޭ ނިދަން” ރަޔާހީން އޭނާ އަށް ފެނުނު އެންމެ މޮޅު ގޮތަށް އޯލާ އަށް އޮޅުވާލެވޭތޯ ބެލިއެވެ.

ރަޔާހީން ކުރިއަށް ހިނގައިގަތުމާއެކު ކަންބޮޑުވެފައި ހުރި އޯލާ ހުރީ ހަދާނެގޮތެއް ނޭނގިފައެވެ. ރަޔާހީން ފަސްއެނބުރުނު ވަގުތު އޯލާ ހުރި ގޮތުން އޭނާ ދެރަވިއެވެ. އެމީހުންނަކީ ނޯކަރުންނަށް ވީތީ ގޭގައި އުޅޭ ވެރިމީހާގެ ބަހަކީ ކިހާ މުހިއްމު އެއްޗެއް ކަން ރަޔާހީނަށް އެވަގުތުކޮޅު ވިސްނުނެވެ.  އެހެންކަމުން އޭނާ އެނބުރި އައިސް އޯލާ އަތުގައި ހިފާ ވާހަކަދައްކަން ފެށިއެވެ.

“މިރޭ އެތަނަށް ވަނުން މަށަށް ވަރަށް މުހިއްމު. ޕްލީޒް އޯލާ ކަންބޮޑުނުވޭ…. އަހަރެން މަންމަ އަށް ގުޅާފައި މިވާހަކަ ބުނެލާނަން. އޯލާ އެއްވެސް ވާހަކައެއް ދައްކާކަށް ނުޖެހޭނެ… ހިތް ހަމަޖައްސާލައިގެން ނިދަން ދޭ… މިގުޅަނީ މަންމަ އަށް” ރަޔާހީން ފޯނު ނަގާފައި ނަންބަރުތަކަށް ފިއްތަން ފެށުމުން އޯލާ އޭނާ އާއި ރާނޯ ނިދަން ވަންނަ ކޮޓަރި އަށް ވަދެ ދޮރުލައްޕާލިއެވެ.

ރަޔާހީން އޭނާގެ ފިޔަވަޅުތަކަށް ބާރުކޮށްލާ އެކޮޓަރި އާއި ހަމައަށް ގޮސް ދޮރު އެތެރެއަށް ކޮށްޕާލުމުން ވެސް ދޮރަށް ކުޑަވެސް ލޮޅުމެއް ނޭރިއެވެ. ރަޔާހީން ފޯނުން އަލިކޮށްލައިގެން ބަލާލިއިރު އަޅުވާލާފައި އިން ބޮޑު ތަޅު ފެނި އޭނާ ކަރު އެލުވާލިއެވެ. ކުރިން އޭނާ އަށް މިވަރު ނުވިސްނުނީތީ ދެރަވިއެވެ. އަލުން އަނބުރާލާފައި ކޮޓަރިއަށް ވަނީ ލިބުނު ނާކާމިޔާބީއަށްޓަކައި ފޫހިވެފައި ހުރެއެވެ.

 

ކޮޓަރީގައި ހުރެ އިސްތިރިކުރަމުން ދިޔަ ރަޔާހީނަށް ހުރެވުނީ ވިސްނުމެއްގައެވެ. ރޭގަނޑުގެ ދިހައެއް ޖެހުމާއި ގާތްވެފައި ވަނިކޮށް ރަޔާހީން އެމަސައްކަތް ފެށީ އޭނާ އަށް ކަންތަކާއި މާބޮޑަށް ވިސްނެން ފެށުމުން ބޮލުގައި ރިހުމެއް އުފެދެން ފެށުމުންނެވެ. މިއަދު އޭނާ ވަނީ ފީރޯޒާގެ ކޮޓަރިން ވަގު ކޮޓަރީގެ ތަޅުދަނޑިއެއް ނަގާ ފޮރުވާފައެވެ. އެވަގުތު އޭނާ އަށް ހުރެވުނި ބަދިގޭގައި ކަމުން ތަޅުދަނޑި ފޮރުވަންލީ ބަދިގޭ ކަބަޑެއްގެ މައްޗަށެވެ. އިރުކޮޅެއްފަހުން ފީރޯޒާ އެކޮޓަރީގެ ތަޅުދަނޑި ނުފެނިގެން ނޯކަރުންނާއި ހަޅެއްލަވަމުން އައިސް ބަދިގެ ހޯދަން ފެށުމުން ރަޔާހީނަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ރަޔާހީން ހީކުރި ގޮތާއި ހިލާފަށް ފީރޯޒާ އަށް އެ ތަޅުދަނޑި ފެނުމުން ދެނޯކަރުން އެއްތަން ކުރުމަށްފަހު އެއަށް ބަލައިގެން އުޅުމަށް ނަޞޭޙަހްތެރިވިއެވެ. ފީރޯޒާ ނިކުމެގެން ދިޔުމާއެކު ރާޔާހީން އޭނާ ހިފަހައްޓައިގެން ހުރީ ނޭވާ މިނވަން ކުރިއެވެ. އޭނާގެ އެެއްވެސް ކަމެއް ކާމިޔާބުވާ ގޮތް ނުވާތީ އެންމެފަހުން އޭނާ ނިންމީ ބީހާލް ގެ އެހީތެރިކަން ހޯދުމަށެވެ.

“ދަރިފުޅާ ހީން… މިވަގުތު ހާދަ ބުރަކޮށްލައިގެން…” ރަޔާހީނަށް ޙިޔާލުތަކުން ނިކުމެވުނީ އެކޮޓަރިއަށް ވަދެގެން އައި ފީރޯޒާ ފެނުމުންނެވެ.

“އާނ… މާދަމާ ހުކުރު ދުވަސްވީމަ… އިރޭ ހުކުރަށްދާ ގަމީސް އިސްތިރިކޮށްލީ…” ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ރަޔާހީން ޖަވާބުދިނެވެ.

“ދަރިފުޅާ މަންމަ މިދަނީ ހުޅުމާލެދާން ބައްޕަ އާއި އެކު. ބައްޕަގެ ރައްޓެއްސެއް ނިޔާވެގެން…. ފަތިހު ކަންނޭނގެ އާދެވޭނީ… މިރޭ ރާނޯ ބަލިވެގެން އޯލާ ވެއްޖެ އޭނާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް. މާކިލް އާއި އިރުވީނަށް ކާން ހަދާދެއްޗެ. މިރޭ އެދެބަފައި ލަހުން ކާ ސަބަބެއް ނޭނގެ” ފީރޯޒާ ރަޔާހީން ކައިރީގައި ހުރެ ވާހަކަތަކެއް ދެއްކުމަށްފަހު ދިޔައީ ރަޔާހީންގެ ބޮލުގައި ފިރުމާލާފައެވެ.

ފީރޯޒާ ނިކުމެގެން ދިޔަ ދޮރު ރަޔާހީން ދުވެލާފައި ގޮސް ލައްޕާލީ ހިނިތުންވަމުންނެވެ. އޭނާ އަށް ލިބުނު ހިތްހަމަޖެހުން ބަޔާންކުރަން ވެސް ދައްޗެވެ. އުފަލުން ދެއަތް ދެއަތާއި ގުޅުވާލައިގެން އޭނާ ކޮޓަރި ތެރޭގައި އެބުރެމުން ދަނިކޮށް ސިހުނީ ފޯނު ރިންގުގެ އަޑަށެވެ. ރަޔާހީން ފޯނު ނަގާ މޫނުމައްޗަށް ސީރިއަސް ކަން ގެނެސް ކަންފަތުގައި ފޯނު ޖައްސާލިއެވެ.

“ދޫނީ… އިރޭ އަކަށް ހިއެއްނުވޭ މިރޭ ގެއަށް ދެވޭނެހެނެއް. މަންމަ އާި ބައްޕާ ގޮވައިގެން މިދަނީ ހުޅުމާލެ އަށް. މަންމަ ބުނި ގެއަށް ދާން. އެކަމަކު އެބޭބެ އަކީ މަށަށް ވެސް ވަރަށް ރަނގަޅު މީހެއް. އޯކޭ… ބިރު ނުގަންނައްޗެ.. މާކިލް އޮންނާނީ ގޭގައި. މާކިލް ކައިރީގައި ބުނާނަން ދޫނި ރަނގަޅަށް ބަލަން. ވަރަށް ވަރަށް މިސްވާނެ”

އިރުފާން ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލީ ބަދަލުގައި އެއްޗެއް ބުނަން ރަޔާހީނަށް ފުރުސަތު ނުދީއެވެ. ފޯނު ކެނޑުމުން ރަޔާހީންގެ ހިތަށް ނޭނގޭ ނުތަނަވަސް ކަމެއް ވެރިވެގެން ދިޔައެވެ. މާކިލް މިރޭ އޭނާ ނޮޅާ ކާނުލައިފިއްޔާ ރަނގަޅެވެ.

 

ގަޑިން މެންދަމު އެކެއް ޖަހަން ގާތްވެފައި ވަނިކޮށް ރަޔާހީން އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔުމަށް ކޮޓަރިން ނިކުމެލިއެވެ. މާކިލްގެ ކޮޓަރީ ދޮރު ކައިރިއަށް ހުއްޓުމަށްފަހު ތަޅުގައި ހިފާ އަނބުރާލިއިރު އެތެރެއިން ހުރީ ތަޅުލާފައެވެ. ކޮޓަރި ތެރެއިން އެއްވެސްއަޑެއް ނީވުމުން މާކިލް ނިދީ ކަމަށް ނިންމާ ފުން ނޭވައެއް ދޫކޮށްލިއެވެ.

ކުރިއަށް ގޮސް ކޮރިޑޯ ވަށާލުމަށްފަހު ނޯކަރުން ނިދާ ކޮޓަރި ތަޅުގައި ހިފާލިއިރު އެތަން ވެސް ހުރީ ތަޅުލާފައެވެ. ރޔާހީނަށް ލިބުނު ހިތްހަމަޖެހުމުގައި އޭނާ ދާން ބޭނުންވާ މަންޒިލަށް ދިޔުމަށްޓަކައި ކުޑަކޮށް ދުވެލިއެވެ. އޭނާ އެކޮޓަރި ކައިރިއަށް ހުއްޓުމަށްފަހު މަޑުޖެހުނީ އަޅުވާފައި އިން ބޮޑު ތަޅު ފެނުމުންނެވެ. އޭނާ ދެއަތް ޖޯޑުކޮށްލުމަށްފަހު އިސްޖަހާލަމުން ދެލޯ މަރާލިއެވެ. އަދި ‘ބީހާލް’ ގެ ނަން  ދުލުން ކިޔާލުމާއެކު ޖެހިލި ފިނިފިނި ވައިރޯޅިއަކާއި އެކު އެކޮޓަރީގެ ތަންޑު ނެއްޓިގެން ގޮސް ހުޅުވިގެން ދިޔައެވެ. ރަޔާހީން ހިތަށް ލިބުނު ހަމަޖެހުމާއެކު ހީލާފައި ފަހަތް ބަލާލިއިރު ބީހާލް ހީނިތުންވުމަކާއިއެކު ހުރި ތަން ފެނުނެވެ. ރަޔާހީން ވެސް ހީލަމުން ބިސްމީނުގެ ބަރަކާތުން އެކޮޓަރިއަށް ވަނުމަށްޓަކައި ފުރަތަމަ ފިޔަވަޅު އަޅާލިއެވެ.

ކޮޓަރި ތެރޭން ފެންނަން ހުރި ފަނޑުއަލި ކަމުގެ ތެރޭން ކުރިމަތިން އެއްވެސް އެއްޗެއް ފުރަތަމަ ސާފުވާ ގޮތް ނުވިޔަސް ރަޔާހީންގެ ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ ވޭނީ ކުކުރުމެއްގެ އަޑެވެ. ރަޔާހީން ދޮރު ކައިރީގައި އަތް ހިންގާލުމާއެކު ސްވިޗްތައް ޖެއްސުނެވެ. އެހިނދު ޖާގަބޮޑު ކޮޓަރިތެރެ ހުދު އައްޔަކުން އަލިވެގެން ދިޔައެވެ. ރަޔާހީން ދެފަރާތް ބަލާލުމާއެކު އެއްފަރާތެއްގައި ހުރި އާދައިގެ އެނދެއް ލޮލުގައި އަޅައިގަތެވެ. އެތަނުގައި މީހަކު  އޮތް ހެން ހީވިއެވެ. ބަލާބެލުމަށް އެމީހާ އަށް އޮތީ ނިދާފައިހެން ހީވިއެވެ. ނަމަވެސްް އެކުކުރުމަކީ އޭނާގެ ފުށުން ވާ ކަމެއްކަން ރަޔާހީނަށް އެނގުނެވެ. ރަޔާހީން ލަސް ފިޔަވަޅުތަކެއްގައި އެނދުާއި ކައިރިއަށް ޖެހެމުން ދިޔައެވެ. ކޮޓަރި ތެރޭގައި ހިފާލާފައި ހުރީ ބާމޫގެ އާވީގެ ވަހެވެ. އެމީހާގެ ދިގު އިސްތަށިގަނޑު ހާމައަށް ފެނުނު ހިނދު އެއީ އަންހެނެއްކަން ރަޔާހީނަށް އެނގުނެވެ. އެމީހާ އޮތް ހާލު ފެނިފައި ބޭއިޚްތިޔާރުގައި ރަޔާހީނަށް ރޮވުނެވެ. އަނގަމަތީގައި އަތް އަޅާލެވުނީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވުމުންނެވެ. ދެއަތް ފޮތިގަނޑަކުން ބަނދެފައިވީއިރު ދެފައިވެސް ވަނީ ވާންކޮށް ރޯނު ގަނޑަކުން އައްސާފައެވެ. އަނގައަށް ޖަހާފައި އޮތް ފޮތިކޮޅު ލޮނދިވެގެން ތިރިއަށް ސޮހިފައި އޮތްއިރު މާނޭވާ ތަކެއް އެމީހާ ލަމުން ދިޔައެވެ. ކައިރީގައި ދަގަނޑު ތައްޓަކަށް ބަތާއި މުގުރިހަ އަޅާފައި ހުރިއިރު ޕްލާސްޓިކް ޖޯޑެއްގެ މެދަށް އަޅާފައި ޖޫހެއް ހުއްޓެވެ. އެއި މިރޭ އެގޭގައި ރޭގަނޑު ކާން ހަދާފައި ހުރި އެއްޗެހި ކަން ރަޔާހީނަށް އެނގުނެވެ. އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް އެމީހަކާއި މެދު ރޔާހީންގެ ހިތުގައި ރަހްމު އުފެދުނެވެ. އެމީހާ ކައިރީ އިށީނުމަށްފަހު ރަޔާހީން ‘ދައްތަ’ ގެ ނަމުން އެމީހާ އަށް ގޮވާލިއެވެ. ކުޑަކޮށް ސިހި މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު އެ އަންހެންމީހާ ވަރުބަލިކަމާއެކު އަޑު އައި ދިމާލަށް ބަލާލިއެވެ. އެހިނދު ކުރިމަތިން އެމީހާ އަށް ފެނުނީ މީގެ ދުވަސްތަކެއް ކުރިން އޭނާގެ ކުރިމަތީގައި އުޅެފައި އަނިޔާވެރި ގޮތެއްގައި މިދުނިޔެ ދޫކޮށްފައިދިޔަ އޭނާގެ ދަރިއެއް ފަދަ އަންހެންކުއްޖާއެވެ.

“ފް….ފް…ފަ..ފަރުހީން…” ކުރަކިވެފައިވާ އަޑަކުން އަންހެންމީހާ ރަޔާހީނަށް މުހާތަބް ކުރިއެވެ. ރަޔާހީން ސިހި ދެލޯ ބޮޑުވިއެވެ. ނިތްކުރި މަތީގައި ޖެހިގެން ދިޔައީ ސުވާލު މާކެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ނަވާރަަވަނަ ބައި)

Next

ޒިޔާ…. 8

Next
August 21, 2017

ޒިޔާ…. 8

Previews
August 21, 2017

ހިތުގެ މިލްކުވެރިޔާ (ނަވާރަަވަނަ ބައި)

18 Comments!

  1. Ushaali says:
    August 21, 2017 at 5:56 pm

    Assalam alikum and alhamdhilillah….. mi bai ves huriha kudhin kiyaalache. ummeedhu kuran kamudhaane kamah 🙂

  2. ??? says:
    August 21, 2017 at 5:57 pm

    Waaaau….varah reethi…me first dho?☺?

    1. Ushaali says:
      August 21, 2017 at 10:08 pm

      thankyou dear 🙂

    2. ??? says:
      August 22, 2017 at 6:12 pm

      you are welcome dear☺??

  3. ??? says:
    August 21, 2017 at 7:48 pm

    Nice ❤❤

    1. Ushaali says:
      August 21, 2017 at 10:10 pm

      thanx dear 🙂

  4. Juvey says:
    August 21, 2017 at 8:06 pm

    Alheyy v salhi adhi vx hama kiyaa hiyy vanee next part avahah up kohdhehchey ushaa doonee ????

    1. Ushaali says:
      August 21, 2017 at 10:11 pm

      thankyou so much Juvey 🙂 next part maadhama. insha allah 🙂

  5. maaz says:
    August 21, 2017 at 8:12 pm

    alhey ushaali haadhamolhey vaaha liyan.?maashaa allhah.

    1. Ushaali says:
      August 21, 2017 at 10:11 pm

      awww. thankyou maaz 🙂 🙂

  6. myra says:
    August 21, 2017 at 8:26 pm

    Wow varah salhi. ❤

  7. someone says:
    August 21, 2017 at 9:47 pm

    i love this story

    1. Ushaali says:
      August 21, 2017 at 10:12 pm

      thankyou someone. 🙂

  8. nuxu says:
    August 21, 2017 at 10:08 pm

    wow wow v reethi mipartvess well done dear ????????alhey???thankolheh avahah up kohladhehchey plz plz plz can’t wait ?????v inthizaaru eba kurevay next partah lvu ?????

    1. Ushaali says:
      August 21, 2017 at 10:14 pm

      awwwww…. 🙂 🙂 thankyou so much my dear nuxu….. mmadhama next part insha allah… nuxu ge comment akah varah inthizaaru koffin. mihaaru wait mikurani khajja ge comment akah 🙂

  9. khajja says:
    August 22, 2017 at 12:41 am

    Wow masha allah ?? v rythi v furi hama n thank u so much ushaali khajjage comment akah wait kuryma n 4 the luvly stry ah v v v thanks dear when nxt prt avahah up kolladhechchey mistry ah v wait kurevey ehaaves rythi mistry mirey thankolheh lasves vejje dhw comment sorry dear kid balikoh ulheythy ehen evy ingey ?? but insha allah dhen ehaa inthizaaru kuraakannujeheyne v furihama ehaame super stry eh miee keep it up gud nyt ly ????❤❤?????????????????❤

  10. azeen says:
    August 22, 2017 at 9:08 am

    woww vv reethi waiting for next part.

  11. click a shot ? says:
    August 22, 2017 at 3:07 pm

    Ushaali wow ? mi part ves varah salhi…Hama varah kiyaahithun indhaa nimuny…so sad…but I’ll wait for next part ??

Comments are closed.

Next Episode02:30 ބާރަވަނަ ބައި←


All Right Reserved!