Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ޙިމާޔަތުގައި (ފުރަތަމަ ބައި)

Rau Level 210 Stories100 Comments100 Login
September 20, 2017 4 Mins Read
28 Comments

ހަނދުވަރު ތޫނު މޫސުމް ރީތި ރެއެކެވެ. ފެހީގެ ވާދީތަކާއި ފެނާރުތައް ފަސްދެމުން ވައިސޫރިއެއްހެން އޮމާން ދުވެއްޔެއްގައި ހަލުވިކަމާއެކު ދުވަމުންދިޔަ ކަޅުކުލައިގެ ބެންޒް ކާރެއް ނިއުޒީލެންޑްގެ ހައިބަތުހެޔޮ ގަނޑުވަރެއްފަދަ ގޭގެ ޕޯޓިކޯ ކުރިމައްޗަށް ހުއްޓާލައިފިއެވެ. ހަގީގަތުގައި އެއީ މީހުން ދިރިއުޅޭ ގަނޑުވަރެއް ނޫނެވެ. ޝާހީ ކުލަތަކުން ފަވާލެވިފައިވާ، އަމިއްލަވަންތަ އިހުސާސެއް ގެނުވާލަދޭނެ، ގަނޑުވަރެއްފަދަ ބިޔަ ރެސްޓޯރެންޓެކެވެ. ލޯބިވެރިންގެ ޚާއްޞަ ސަމާލުކަމެއް މި ރެސްޓޯރެންޓަށް ލިބިފައިވަނީ  އެވެރިންގެ ލޯބީގެ މާތަށް އެންމެ ހުވަފެނީ ގޮތެއްގައި ފޮޅުވާލަދޭނެ މެހެފިލް އަކީ މިއީ ކަމުގައި ގަބޫލުކުރެވިފައިވާތީއެވެ.

ރެސްޓޯރެންޓްގެ ފުޅާ ގޯތިތެރޭގައި ހައްދާފައިވާ ގަސްގަހުގައި ފޮޅިފައިވާ މާތަކުން މުޅި ހިސާބަށް ފެތުރިފައިވާ މީރުވަހުން ބަހާރު މޫސުމުގެ އުފާވެރިކަން އޭގެ ހަގީގީ މާނައިގައި ލިއްބައިދީފައިވެއެވެ. ކާރުގެ ދޮރު ހުޅުވާލުމަށްފަހު، އެއިން ނުކުތް ސަމައްތަރުހެޔޮ، ރީތި ޒުވާނާ ނިކަން ފަރިތަކަމާއެކުގޮސް ކާރުގެ އަނެއްފަރާތު ދޮރު ހުޅުވާލަދީފިއެވެ. އެއާއެކު ޒުވާނާގެ އަތްތިލައިގައި ލުއިގޮތަކަށް ހިފަހައްޓާލައިގެންހުރެ ކާރުން ފޭބި ޖިންސުއްލަތީފުގެ ރީތިކަންފެނި ރަނިކަމުގެ ތަހުތެއްގައި ފަލަކުގައި އިނދެ ރަނިކަންކުރަމުން ދިޔަ ރީތި ހަނދުވެސް ވިލާކޮޅާކާ ނިވާވެލިފަދައެވެ. ލައިގެންހުރި ޗެރީ ރަތްކުލައިގެ ދިގު ގައުންގައި ޒުވާނާ ފެންނަލެއް އެހާވެސް ފުރިހަމައެވެ. ކަޅުކުލައިގެ ދިގު އިސްތަށިގަނޑު ބޮލުމެދަށް ނަގައި ޖަހާފައިވާ ހުޅިއާއެކު ނިއްކުރީގެ ދެއަރިމަތިން ތިރިއަށް ދޫކޮށްލެވިފައި ވާ އިސްތަށިކޮޅުން ހެދުމުގެ ޒީނަތްތެރިކަން ފުރިހަމަކޮށްދީފައިވެއެވެ. ބަދަންކުލައިގެ ދިގުކަނދުރާގެ ވަށައިގެން ޒުވާނާގެ ޖާދުލެއްފަދަ ދޮންކަން ފާޅުވަމުންދިޔައެވެ. ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވާ ބޮޑު ދެލޮލުގެ ކަޅިރަވައިގެ ތޫނުކަމާހެދި ފެންނަ ކޮންމެ ހިތެއް އެ ރީތިކަމަށްޓަކައި ފިދާކުރުވާހާ ވަރުވެއެވެ.

ލަސް ހިނގުމެއްގައި ރެސްޓޯރެންޓް ތެރެއަށް ވަދެގެން ދިޔައިރު ދެ ޒުވާނުންގެ ދެމެދަށް ވެރިވެފައިވަނީ އާދަޔާ ޚިލާފް ހިމޭންކަމެކެވެ. ރަތްދޫލައިގެ މަރުހަބާއަކުން، އެ ޝާހީ ގަނޑުވަރެއްފަދަ ރެސްޓޯރެންޓް ދެ ޒުވާނުންނަށް އިސްތިޤުބާލުކުރަމުން ދިޔައިރު، ރަންކުލައިގެ ޗާންދަލިޔާތަކުން ފެތުރިފައިވާ ފަނޑު ރަން، އަލިން ތަނުގެ މާހަވްލު އިތުރަށް ހިތްގައިމުކުރުވާފައިވެއެވެ.

މަޑު ހިނގުމެއްގައިގޮސް ދެ ޒުވާނުން ރެސްޓޯރެންޓްގެ ވަރަށް އެކަހެރިކޮށް އިން މޭޒެއްގެ ދޮށުގައި އިށީންދެލައިފިއެވެ.

“އާޝީ މިރޭ ހާދަ ރީއްޗޭ…” ފުން ނޭވާއެއް ބޭރުކޮށްލަމުން، ކުރިމަތީގައި ދިއްލާފައިވާ އުއްބައްތީގެ އަލި އެޅިފައިވާ އާޝިޔާގެ ރީތި މޫނަށް ނިކަން ފުން ނަޒަރަކުން ބަލައިލަމުން މަޑުމަޑުން ޒުވާނާ ބުނެލިއެވެ. ޒުވާނާގެ ތޫނު ދެލޮލުގެ ބެލުންތަކުން އާޝިޔާ ރަކިވާގޮތްވިއެވެ.

” ޒަފަރުވެސް….” ލަދުރަކި ހިނިތުންވުމަކާއެކު، އިސްޖަހާލަމުން އާޝިޔާ މަޑުމަޑުން ބުނެލިއެވެ. މިރޭގެ މިވަގުތުގައި އޭނާގެ އަތްފައި ފިނިވެ، ހިއްސުތަކަށް ވަރުބަލިކަން އިހްސާސް ކުރެވިފައިވާފަދައެވެ. މޭގެތެރޭގައި އޮވެ އެހިތް ބާރު ބާރަށް ތެޅެމުންދަނީއެވެ. ކޯޅުމާއި ރުޅިވެރިކަމުން ފެށުނު ގުޅުމެއް މިހާ ކުއްލި ގޮތަކަށް ތަރައްޤީވެ ބަދަހިވެގެންދިޔަ ގޮތާމެދު އާޝިޔާ އިނީ ހައިރާންވެފައެވެ. އެކަކު އަނެކަކަށްޓަކައި ހިތު ވިންދު އަވަސްވެ، މިހެން ކުރިމަތީ ތިބެ ފެނިދެނިވުމަކުން އުފާލިބިގަނެވިދާނެކަމާމެދު އެމީހުން ދުވަހެއްގައިވެސް ފިކުރުކޮށްފައެއް ނުވެއެވެ.

*********

ދުވަހަކީ ޖުލައި މަހުގެ ނަވާވީސްވަނަ ދުވަހެވެ. ފިނިމޫސުމުގެ ފިނިން އާޝިޔާ ތުރު ތުރު ލަމުން ދިޔައެވެ. ލުއިކޮށް އައިސް އޮހެމުންދިޔަ ސްނޯގެ އެތި އެތި ކޮޅުން، ލައިގެން ހުރި ބޯ ލެދަރ، ގަދަ މުށިކުލައިގެ ޖެކެޓް ހުދުވަމުން ދިޔައެވެ. މި މާހަވްލު އޭނާއަށް ވީ އަޖާއިބަކަށެވެ. ސްނޯ ވެހެން ފެށުމުުން، މޫނު މައްޗަށް އުފުލާލައިގެން އިރުކޮޅަކު އޭނާއަށް ހުރެވުނީ އެހެންވެއެވެ. މިއީ އޭނާ މިކަހަލަ ފިނި މާހަވްލަކަށް ނޭވާލި ފުރަތަމަ ފަހަރެވެ. ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް އޯކްލެންޑުގެ ބިޒްނަސް ސްކޫލުން އެމްބީއޭ ހަދަން ފުރުސަތު ނުލިބުނު ނަމަ، މި އީ އޭނަ ހުވަފެނުންވެސް ދެކޭނެ މަންޒަރެއް ނޫނެވެ.

ސްނޯ ވެހުން ބޯވެ، ފިނިން ހަށިގަނޑު ރައްކާތެރި ކުރުމަށްޓަކައި، އޯކްލޭންޑް ޔުނިވާސިޓީގައި އާޝިޔާ ހުންނަން ހަމަޖެހިފައިވާ ހޮސްޓެލްގެ ތެރެއަށް ވަނުމަށްޓަކައި އެޅި ފުރަތަމަ ފިޔަވަޅާއެކު ނިކަން ހަލުވި ކަމާއެކު، ފަހަތުން އައިސް އެތެރެއަށް ވަންނަންއައި މީހެއްގެ ގައިގައި އާޝިޔާ އަޅައިގަތެވެ. އެވަގުތު އޭނާގެ އަތުން ހިފަހައްޓަލައިގެން ހުރި ކަޅު ލަގެޖް ސްނޯއިން ފޮރުވިފައިވާ ހިލައިގެ ތަޅުމުގައި ޖެހުނުގޮތުން ލަގެޖްގެ ޒިޕް ހަލާކުވެ ކޮންމެވެސް ވަރަކަށް ޒިޕް ކެހުނެވެ. އެއާއެކު ގުދުވެ ލަގެޖް ނަގަން ހިފާލެވުނު ގޮތުން ޒިޕްކެހި، ފޮށީ ހުޅުވިއްޖެއެވެ. ފޮށީތެރޭގައި ހުރި އާޝިޔާގެ އެންމެ ޕްރައިވެޓް ތަކެތި ހާމަވާ ގޮތް ވުމުން އަވަސްއަވަހަށް ފޮށި ލައްޕާލައި ކޮޅަށް ތެދުވެ ހިންދެމިލި ވަގުތު، ފޮއްޓަށް ބަލަހައްޓައިގެން ވަގު ހިނިއައިސްހުރި ޒުވާނާ ފެނުމުން އާޝިޔާ ރުޅިއަންނަ ގޮތްވިއެވެ.

” ތަންކޮޅެއް ބަލައިގެން އުޅެން ވެއްޖެއެއްނު…” ޒުވާނާ ބަލަން ހުރި ކަން އެނގުމުން އާޝިޔާ ލަދުގަންނަ ގޮތްވިޔަސް، އޭނާގެ މޫނުމަތިން ދެއްކީ ރުޅިވެރިކަމެވެ. ހުރެވުނީ އެހެން ގައުމެއްގައިކަންވެސް ހަނދާންނެތި، އާޝިޔާ ވާހަކަ ދެއްކީ ދިވެހި ބަހުންނެވެ.

” އޯހް… ދިވެއްސެއްދޯ! ހީކުރަން ދިމާވާނެކަމަށް….މިސް ޕިންކީ…!!” ހެވިފައި ހުރެ ކަޅުކުލައިގެ ބޯލެދަރ ހޫޑީ ޖެކެޓުގެ ހުޑް ފަހަތަށް ވައްޓަލައި، ދެޖީބަށް އަތް ޖަހާލަމުން ދިވެހި ބަހުން ޒުވާނާ އެހެން ބުނި އިރުވެސް ހުރީ ހެވިފައެވެ. ފޮށީ ގެ ތެރެއިން ފެނުނު އެއްޗެހީގައި ގިނައިން ހުރީ ފިޔާތޮށި ކުލަކަމަށްވާތީ، އާޝިޔާއަށް އެންމެ މަޤުބޫލުކުލައަކީ ފިޔާތޮށި ކުލަކަން ޒުވާނާ ދެނެގަތެވެ.

“ހެލްޕެއް ބޭނުންތަ؟…” ގުދުވެލާފައި، އާޝިޔާގެ ފޮށީގައި ޒުވާނާ ހިފިއެވެ. އެވަގުތު ވިހައެއް ކެވިގެން ތެޅި ފޮޅި ގަންނަ ފަދައިން އާޝިޔާ ޒުވާނާގެ އަތް ފޮޅުވާލަމުން ފޮށީގައި އަތް ނުލުމަށް ބުނާ ބީދައިން ލޯއަޅަލިއެވެ.

” އައްދޭ! ހާދަ ޕްރައިވެޓޭޭ ދޯ…. އޯކޭ.. އޯކޭ…” ދެއަތް މައްޗަށް އުފުލާލަމުން ޒުވާނާ ކޮނޑު އަރުވާލިއެވެ.

” ބައިދަވޭ! މަގޭ ނަމަކީ ޒަފަރު! ހީވާގޮތުން މި ޔުނިވާސިޓީގަ އަހަރެމެން ދެމީހުން ނޫން ދިވެއްސަކު ނޫޅޭ! އެހެންވީމަ އަހަންނަށް ހީވަނީ ދެމީހުންގެ ދެމެދު ރައްޓެހިކަން އޮތުން މުހިންމުހެން… ކޮން ނަމެއްތަ ކިޔަނީ.؟؟؟؟. މިސް ޕިންކީކީކީ….!!”  އާޝިޔާގެ ޅަމިޒާޖު ފެނި އެކުވެރިކަމެއް ފަށަން ބޭނުންވެފައި ވިޔަސް  ޒަފަރު އެހެން ބުނެލީ ސަމާސާގެ ރާގެއްގައި އާޝިޔަގެ ކަންފަންދަށަށް ގުދުވެލަމުންނެވެ. އާޝިޔާ ހުރީ ޒަފަރު އެތަނުން ނުގޮސްގެން ފޫހިވާ ގޮތް ވެފައެވެ. އަނެއްކޮޅުން މިފިނިން އޭނާގެ ތުނި ޖިސްމު ހީވަނީ ގަނޑުވެދާނެހެންނެވެ.

” މަށަކަށް ހިއެއް ނުވޭ ތިހެނެއް! ދެން ދާން އުޅޭބަ މިތަނުން…” އަޑަށް ތަންކޮޅެއް ބާރު ލަމުން އާޝިޔާ އެހެން ބުނެލުމާއެކު، ޒަފަރު ސިހޭގޮތް ދައްކާލިއެވެ.

“މުހަންމަދު އާޝިޔާ…. އާޝިޔާ މުޙަންމަދު ދޯ…!” އެވަގުތު ގުދުވެލުމަށްފަހު ސްނޯތަކުގެ މައްޗަށް ވެއްޓި ހުޅުވިފައިވާ އާޝިޔާގެ ޕާސްޕޯޓުގައި އިން ނަން ޒަފަރު ކިޔާލިއެވެ. އާޝިޔާ ޖެކެޓްގެ ޖީބުގައި އަތް ހާކާލަމުން ޕާސްޕޯޓުނަގައި އަނެއްކާވެސް އެ ޖީބަށް ލިއެވެ.

އާޝިޔާ… އާޝި… މިސް ޕިންކީގެ ނަންވެސް އެނގުނީނުމި…!” އޭނާއާ ދިމާއަށް ލޯއަޅައިގެންހުރި އާޝިޔާއަށް ބަލައިލަމުން ލާނެތް ހިނިތުންވުމަކާއެކު ހެމުން ޒަފަރު ދުރަށް ހިނގައިގަތެވެ. އަދި ހޮސްޓެލްގެ މެއިން ގޭޓުން ތަނބުތަކަކުން ހަދާފައިވާ ދިގު ކޮރިޑޯގެ ތަނބަކާ ނިވާވެގެން ހުރެ  އާޝިޔާ ކުރާކަމެއް ބަލަން އޭނާ ހުއްޓެވެ.

ޒަފަރު އެތަނުން ދިއުމުން އާޝިޔާ ދަބަހުގެ ޒިޕް ހެދޭތޯ ކުރި މަސައްކަތް ވީ ބޭކާރެވެ. ހުޅުވިފައިވާ ފޮއްޓެއް އަތަށް ނަގައިގެން ގެންދާނީވެސް ކިހިނެތް ހެއްޔެވެ؟ އަނެއްކޮޅުން އެފޮށި އެހާ ބަރު ވިއްޔާއެވެ #. މާލެއިން މިކޮޅަށް އައި އިރު ފޮށިތައް އުފުލަދޭނެ ކުއްޖަކު ހަމަޖައްސާނެކަމުގައި ދަތުރު ހަމަޖެއްސި ފަރާތުން ބުނި ނަމަވެސް، އެކަހަލަ އެއްވެސް އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ. އަނެއްކާ އެހީއަކަށް އެދޭނީވެސް ޚާކު ކައިރީގައިހެއްޔެވެ؟

“އައުޗް..!!” ވިސްނުމާ ފިކުރެއްގެ ތެރޭގައި ހަދާނެގޮތް ހުސްވުމުން އާޝިޔާއަށް ނިޔަފަތިކަމުންގޮސް ކުޑަވައިއިނގިލިން ހަންކޮޅެއް ދަމައިގަނެވުނު އިރުވެސް ނޭނގުނެވެ. ފިނިބޮޑުވެ ރޫރޫ އަޅަންފެށުމުން ޒަފަރުގެ އެހީތެރިކަން ލިބިގަނެވުނު ނަމައޭ އާޝިޔާގެ ހިތަށް އެރިއެވެ. އެއާއެކު ފޮށީތެރެއިން މައްޗަށް ވާގޮތަށް ހުރި އޭނާގެ ޒާތީކަން ބޮޑު ހުރިހާ އަންނައުނެއް ފޮށީގެ އެންމެ އަޑިއަށް ލައިފިއެވެ.

“މިތަނުގަ އުޅޭ މީހުން ނޫޅޭނެ ތި އެއްޗިއްސަށް ބަލާކަށް.. މިއީ ރާއްޖެއެއް ނޫނެއްނު! އެހެން ނޫނަސް ތި ހުރިހާ އެއްޗެއްގެ ކުލަ މިހާރު މަށަށް އެނގިއްޖެ…! ” ކުރިމަތީ ހުރި ޒަފަރު ފެނުމުން އާޝިޔާ ސިއްސައިގެން ދިޔަވަރުން ޚުދު އޭނާވެސް ހިނިއައެވެ.

“ހިލަ އަޅައިގެންތަ ތިއުޅެނީ؟!” ދެއަތުން ހިފައި ފޮށި ނަގަމުން ޒަފަރު އެހެން ބުނެލުމުން އާޝިޔާ އެއްޗެއް ބުނަން އަނގަ ހުޅުވާލުމަށް ފަހުވެސް އަނގަ ހިމޭނުން ލިއެވެ. ޒަފަރުގެ އަނގައިން ނާރާނެހެން ހީވާތީއެވެ. ހޮސްޓެލްގެ ކޮރިޑޯ ތެރެއިން އަންހެންކުދިންގެ ރޫމްތައް ހުންނަ ހަމައަށް އާޝިޔާގެ ފޮށި ގެނެސް ދިނުމަށްފަހު ޒަފަރު ސަލާމަށް އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފުމުގެ ބަދަލުގައި ހަމަ ކުރިންވެސް ދެލޯ އަޅާލިގޮތަށް ދެލޯ އަޅާލުމަށްފަހު، އޭނާ ކޮޓަރިތެރެއަށް ވަދެގެން ހިނގައްޖެއެވެ. ޒަފަރު ދާން ހިނގައިގަތުމާއެކު އާޝިޔާ ކޮޓަރިތެރެއިން ބޯދީ ބަލައިލިއެވެ. އާޝިޔާގެ ތުންފަތުގައި ކުޅެލި ލުއި ހިނިތުންވުމާއެކު އަނެއްކާވެސް ކޮޓަރިއަށް ވަދެގެން ހިނގައްޖެއެވެ. ކޮޓަރިއަކީ ޕްރައިވެޓް ރޫމެއް ކަމަށްވަތީ، މިނިވަންކަމާއެކު އެ ފުރިހަމަ ކޮޓަރީގެ ކުޑަ އެނދުގައި އާޝިޔާ އޮށޯވެލިއެވެ.

ޖެހިގެން އައި ދުވަހު ޔުނިވާރސިޓީގެ ފުރަތަމަ ގަޑިއަށް ހާޒިރުވާންޖެހޭތީ އާޝިޔާ އިނީ ކޮންމެވެސް ވަރަކަށް ހާސްވާގޮތްވެފައެވެ. ގާތް ރައްޓެއްސެއްވެސް ނެތް މި މާހަވްލަށް އޭނާއަށް އަދި ވަރަށް އަލެވެ. ކުޑަނަމަވެސް ހިތްހަމަޖެހުމެއް އޭނާގެ ހިތަށް ލިބިފައިވަނީ، ކޯސް އިންތިޒާމު ކޮށްދިން ފަރާތުން މިތަނުގެ ކަންކަން ކޮންމެވެސް މިންވަރަކަށް ކިޔާ ދީފައިވާތީއެވެ. ހެނދުނު ދިހައެއް ޖެހިއިރު އޮތް ގަޑިއަށް  ކްލާސް އޮންނަ ހޯލްތެރެއަށް ވަދެވުމާއެކު އާޝިޔާއަށް ދެބުމަ ގޮށްޖަހާލެވުނެވެ. ފަސްސަތޭކައެއްހާ ކިޔަވާކުދިން ތިބޭނެކަމަށް ލަފާކުރެވޭ އެ ބޮޑު ހޯލްވަނީ އެކި ނަސްލުގެ ޒުވާނުންނައިގެން ފުރިފައެވެ.

އެއްވެސް މީހެއްގެ މޫނަށް ބެލުމެއްނެތި މަޑު ހިނގުމެއްގައި ގޮސް އެންމެ ފުރަތަމަ އޭނާގެ ލޮލުގައި އަޅައިގަތް ހުހަށް އިން ގޮނޑީގައި އިށީންދެލި ބާރުމިނުގައި  އޭނާއަށް ކޮޅަށްްވެސް ތެދުވެވުނެވެ. އަދި ދެ ލޯ ބޮޑުކޮށްލެވުނެވެ.

ނުނިމޭ

 

 

 

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

އަގެއްނެތްލޯބި 23 ވަނަ ބައި

Next

އަބަދުގެ އަބަދަށް (ތޭރަވަނަ ބައި)

Next
September 20, 2017

އަބަދުގެ އަބަދަށް (ތޭރަވަނަ ބައި)

Previews
September 20, 2017

އަގެއްނެތްލޯބި 23 ވަނަ ބައި

28 Comments!

  1. Lam says:
    September 20, 2017 at 11:46 am

    Waiting

    1. Rau says:
      September 20, 2017 at 1:37 pm

      🙂

  2. Aish says:
    September 20, 2017 at 12:13 pm

    Wow Rau u r back duo.

    1. Rau says:
      September 20, 2017 at 1:38 pm

      yes Aish i m back… hehe 😛

  3. .. says:
    September 20, 2017 at 1:20 pm

    salhi feshume
    waiting for next ep

    1. Rau says:
      September 20, 2017 at 1:39 pm

      thanx dear

  4. .. says:
    September 20, 2017 at 1:21 pm

    komme duvahaku upkodhenan dw

    1. Rau says:
      September 20, 2017 at 1:39 pm

      time vanyaa ingey …. 😉

  5. Xxxx says:
    September 20, 2017 at 1:25 pm

    V.nice beginning… waiting 4 next part??????

    1. Rau says:
      September 20, 2017 at 1:40 pm

      thanx dear <3 😀

  6. Rau says:
    September 20, 2017 at 1:42 pm

    assalaam alaikum all…
    Rau ge mivaahaka ves hurihaa kudhinnah kamudhaane kamah heekuran… 🙂 thikudhinge comment v beynun… hehehhe 😉 😛

  7. Ish says:
    September 20, 2017 at 1:58 pm

    Mivaahaka bodah vaththaree ehen meehehge liyumun nakal kohfa oiy echhakaa…faharehga vedhaane tharujamaa eh kamahves noonee…kureege liyuntheri ehge basmagu tharujama nakal kohfa huree kamahves…rauge kureege vaahakaya alhaabalaairu liyuntherikan v thafaathu…

    1. Rau says:
      September 20, 2017 at 2:21 pm

      Ish
      mivaahaka akee hama Rau ge vaahakaeh… 🙂 kuryge dhivehi liyuntherin ge liyunthah Rau ah varah kamudhey… eliyuntherin ge liyunthah ves v ginain kiyey… ehenveema kamahves vedhaane… heheh.. ekm Ish thihen buny negative koh or positive koh viyas Rau v ufaavehje thihen bunyma… heheh 😀 🙂 … May Allah bless you <3

    2. Ish says:
      September 20, 2017 at 7:53 pm

      Ish ehen bung positive koh nd happy? ? to say Rau Comment positive koh neygyma vvv salhi when nxt part
      Waiting……….

  8. Aya says:
    September 20, 2017 at 3:29 pm

    V molhu Rau kureege style eh innaathee v v kiyaahievejja. Waiting

  9. Mansh says:
    September 20, 2017 at 3:47 pm

    Vaahakage feshun reethi

  10. Amin says:
    September 20, 2017 at 5:20 pm

    Reethi.. Faahaga kurevey emme kushe ves neh.. Baraabar

    1. Rau says:
      September 21, 2017 at 9:23 am

      thanx dear… 😀

  11. Yayya says:
    September 20, 2017 at 5:55 pm

    V furihama reethi vaahakae. RAU ge faraathun ummeedhu Kurt fenvaruge vaahakaeh

    1. Rau says:
      September 21, 2017 at 9:25 am

      thnx dear… 😀

  12. Yayya says:
    September 20, 2017 at 5:57 pm

    Rau ge faraathun ummeedhu kuri fenvaruge vaahakae. V furihama

  13. maroon says:
    September 20, 2017 at 7:05 pm

    V reethi ?

    1. Rau says:
      September 21, 2017 at 9:22 am

      thnk u maroon dear… and ur story is fab hama… 😀

  14. Xidhan says:
    September 20, 2017 at 7:25 pm

    Vaahakaiga varah classic goteh huri kamah faahaga kurevey umeedhu kuran kuriyah oihthanuga vaahaka salhi gothakah gendhaane kamah..☺☺
    Guud luck rau

    1. Rau says:
      September 21, 2017 at 9:20 am

      Thanx dear… masaikai kuraanan vaahaka migothuga kuriah gendhan.. hehe 😀

  15. naaaz says:
    September 20, 2017 at 8:20 pm

    V salhi keep it up Rau

    1. Rau says:
      September 21, 2017 at 9:19 am

      thanx dear

  16. Hafeez says:
    September 24, 2017 at 8:02 pm

    Mi part hama Varah Reethi. Ekamaku rau ge liyun Kureege vaahaka aa alhaa balaairu varah thafaathu.

Comments are closed.


All Right Reserved!