Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް (ތޭރަވަނަ ބައި)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
September 20, 2017 4 Mins Read
23 Comments

“ލީޝް.” ކިޔާން ގޮވައިލުމުން ލީޝާ ބަލައިލިއެވެ. “ލީން އަހަރެންނަށް މައާފް ކުރާނެތަ؟” އުއްމީދެއް ނެތްފަދަ ގޮތަކަށް ކިޔާން އަހަލިއެވެ.

އެނދުމަތީގައި ދޮރާއިވީ ފަރާތައް ފުރަގަސްދީގެން އައިލީން އޮށޯވެލައިގެން އޮތެވެ. މެރިފައިވާ އެސްފިޔަތަކުގެ ތެރެއިން ކަރުނަ ފައިބަމުން ދިޔައެވެ. އަމިއްލަ ހާލާއިމެދު ހަމްދަރުދީވެވެނީއެވެ. މަންމަމެން އޭނާގެ ސަބަބުން ކުރަމުންގެންދާ ހިތާމަތަކާއިމެދު ވިސްނެމުންދިޔައެވެ. އެހެންއޮއްވައި ކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް އައިލީން މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އެހެނަސް ކޮޓަރިއަށް ވަނީ ކާކުތޯ ބެލުމުގެ ޝައުޤުވެރިކަމެއް އައިލީންގެ ނެތެވެ. ކޮންމެވެސް ގާތްމީހަކު ނޫނީ ނުވަންނާނެކަން އައިލީނަށް އެނގެއެވެ.

“ލީން.” ލީޝާގެ އަޑު އައިލީންގެ ކަންފަތުގައި ޖެހުނެވެ. “ބަލާބަލަ ލީން ދެކިލަން އައިސް ހުރި މީހެއް” ވަރަށް ހިތްވަރުކޮށްފައި ލީޝާ ބުނެލިއެވެ. އެއާާއެކު އައިލީން ކޮޓަރީގެ ދޮރާވީފަޅިއަށް ކުޑަކޮށް އެނބުރިލަމުން ބަލާާލިއެވެ. ލީޝާގެ ގާތުގައި ރޮވިފައިހުރި ކިޔާން ފެނުމުން އައިލީންގެ ދެލޯބޮޑުވެގެން ދިޔައެވެ. ހިތްނެގިނެގިފައި ޖެހެން ފެށިއެވެ. ދުވަހެއްގެ ކޮޅުންވެސް ކިޔާން އަލުން އޭނާ ގާާތަށް އަތުވެދާނެކަމަކަށް އައިލީން ހިއެއްނުކުރެއެވެ. އަވަސް އަވަހަށް އޭނާާ ކުރިން އޮތްގޮތަށް އެނބުރެނެވެ. އަދި ކައިރީގައި އޮތް ބާލިސް މޫނުމަތީގައި އަޅައި މޫނު ފޮރުވައިލިއެވެ.

އައިލީންގެ މި އަމަލުން ކިޔާން ވަރަށް ހިތުގައި ޖެހުނެވެ. ކިޔާން އައުމުން އައިލީން ހިތަހަމަނުޖެހުނީއޭހިތައި ކޮޓަރިން ނުކުތުމަށް ކިޔާން އުޅުނެވެ. އެވަގުތު ކިޔާންގެ އަތުގައި ހިފައި ލީޝާ އެކަން މަނާކުރިއެވެ. މިހިސާބަށް އައިސްފައި ދެން ހިތްވަރު އެލުވާލުމުގެ ބޭނުމެއްނެތޭ ބުނާފަދަ ގޮތަކަށެވެ. ކިޔާން ބޯހޫރުވައިލަމުން ލީޝާއަށް ބަލާލިއެވެ. ކިޔާނަށް ހިތްވަރުދޭފަދަ ގޮތަކަށް ލީޝާ ދެލޯމަރައިލަމުން ބޯޖަހައިލިއެވެ. މިވަގުތު އައިލީން އެހެން އުޅުނަސް ފަހުން ކިޔާނަށް މައާފު ކުރާނެކަން ލީޝާއަށް އެނގެއެވެ. އައިލީނަކީ ސާާފުހިތެއްގެ ވެރިއެކެވެ. އެކަން އެންމެ ރަނގަޅަށް ދަންނާނެ އެކަކީ ޚުދު ލީޝާއެވެ.

އައިލީނާާ ކިޔާން އެކަނި ކޮޓަރީގައި ބޭތިއްބުުމަށްފަހު ލީޝާ އެތަނުން ނުކުތްވަގުތު ސިޓިންރޫމް ތެރެއަށް ވަދެގެން އައި ކިޔާރާ ފެނިފައި ކޮންމެސް ވަރަކަށް ލީޝާ ޖެހިލުންވިއެވެ. ތުންފަތުގައި ދައިގަންނަމުން ހަދާނެ ގޮތެއް ލީޝާ ވިސްނައިލިއެވެ. ކިޔާންދެކެ ކިޔާާރާ އަންނަނީ އަމަށަކު ރުޅިއެއް ނޫންކަން ލީޝާ ދަނެއެވެ. ލީޝާ ހުރިގޮތް ފެނުމުން ކިޔާރާ ހައިރާންވިއެވެ. އައިލީން ގާތަށް ދިއުމުގެ ކުރިން ލީޝާއަށް ވެގެން އުޅޭގޮތެއް އޮޅުންފިލުވަން ކިޔާާރާ ބޭނުންވިއެވެ.

“ލީޝް. ހާދަފާޑަކަށް ތިއިނީ؟ ކަމެއްވީތަ؟” ލީޝާ ކުރިމައްޗަށް މަޑުކޮށްލަމުން ކިޔާރާ އަހައިލިއެވެ. ކިޔާރާގެ މޫނަށް ބަލައިލުމަށްފަހު ލީޝާ ކުޑަކޮށް ހިނިތުން ވެވޭތޯ މަސައްކަތްކުރިއެވެ. ލީޝާ މޫނުމައްޗަށް ޖައްސަމުންދިޔަ ވައްތަރުފެނި ކިޔާރާ ގާތަށް ހިނިއައެވެ. “ކިހިނެއްވީތަ ލީޝް؟ ތިވައްތަރުތަށް މޫނުމައްޗަށް ނުޖައްސައި ނިކަން ވެގެންއުޅޭގޮތެއް ބުނެބަލަ؟” ލީޝާގެ އަތުގައި ހިފާލަމުން އަނެއްކާވެސް ކިޔާރާ ބުނެލިއެވެ.

“މީ.. އޫމް.. ވެގެންއުޅޭގޮތަކީ.. އަނެއް.. އޫމް.. ކިޔާން އައިސި ވިސްނިގެން ލީނާ ބައްދަލުކުރަން. އެބައިން ލީންގެ ކޮޓަރީގަ” ހަމަނުޖެހޭ ގޮތަކަށް ވާހަކަދައްކަމުން ގޮސް ޓަސްލާފައި ލީޝާ އަވަސް އަވަހަށް ވެެގެންއުޅޭގޮތް ބުނެލީ ދެލޯމަރައި ބާރުކޮށްލައިގެން އިނދެއެވެ. ލީޝާގެ ޖުމްލަތައް އިވިފައި ކިޔާރާއަށް ލިބުނީ ޝޮކެކެވެ. މަޑުމަޑުން ދެލޯހުޅުވައިލަމުން އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސާާފައި ލީޝާ ކިޔާރާއަށް ބަލައިލިއެވެ. ކިޔާރާއިން ގޮތް ފެނުމުން ލީޝާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ކިޔާރާ ކަންތައްކުރާނެ ގޮތެއް ނޭނގޭތީ ލީޝާއިނީ ކިޔާރާގެ އަމަލުތަކަށް ވަރަށް ވިސްނައިގެންނެވެ. ލީޝާގެ ހުރިހައި މަސައްކަތެއް ފެނަށްވެގެން ދާކަށް އޭނާ ބޭނުމެއްނޫނެވެ.

ކިޔާންގެ ނަން އިވުމާއިއެކު ކިޔާރާާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. މިއަދު ކިޔާން އައިލީން ހޯދަން އަންނަންވީ ކީކުރަން ހެއްޔެވެ؟ އައިލީން ކިޔާންގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ދުވަހު ކިޔާންވީ ކޮންތާކުހެއްޔެވެ؟ ކިޔާނަށް ވިސްނެންވީ މިއަދު ހެއްޔެވެ؟

ރުޅިއައިސް ރަތްވެފައި އައލީންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަންއުޅުނު ކިޔާރާާ ހުއްޓުނީ އޭނާގެ އަތުގައި ލީޝާ ބާރަށް ހިފެހެއްޓުމުންނެވެ. ހިތްހަމަނުޖެހިފައި ކިޔާރާ ލީޝާއާ ދިމާއަށް ބަލައިލިއެވެ.

“ކިޔާން މިގެއަށް ގެނައީ ލީޝާދޯ؟” ހިތްހަމަނުޖެހިފައި ހުރިވަރުން ކިޔާރާއަށް ވާހަކަދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. “ކިޔާ ޕްލީޒް. އަހަރެންގެ ވާހަކަ އަޑުއަހާބަލަ. އަހަރެން ކިޔާން ގެނައީ ލީނަށްޓަކާ. ކިޔާއަކަށް ނުފެނޭތަ ކިޔާންމަތިން ހަނދާންކޮަށްކޮށްފަ ލީން ހިތާމަކުރާވަރެއް؟ ޕްލީޒް. ކިޔާނަށް އެއްފުރުސަތުދީ.” ލީޝާ ކިޔާރާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

“އެކަހަލަ މީހަކަށް އެންމެ ފުރުސަތެއްވެސް ހައްޤެއްނޫން. ލީން އެންމެ ބޮޑު ހިތާމައެއްކުރީވެސް ކިޔާންގެ ސަބަބުން. އެވަރު މީހަކަށް މައާފު ކުރެވޭތަ؟” ދަތްކުނޑި ވިކާލަމުން ކިޔާރާ ބުނެލިއެވެ. “ލީން ދެއްކި ވާހަކަތައް ކިޔާ ހަނދާންނެތުނީތަ؟ ލީންއެއްނޫންތަ ބުނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ކުށް އިހުސާާސު ވުމުން މައާފު ކުރުމަކީ އެންމެ ރީތިގޮތޭ. ކިޔާ ހަނދާން ނެތުނަސް އަހަރެން ހަނދާން އެބަހުރި. އަހަރެންނަށް ޔަޤީން ލީން ކިޔާނަށް މައާފު ކުރާނެކަން. އެހެންވެ އަހަރެން ކިޔާން ގެނައީ.. ކިޔާ ބޭނުމެއް ނޫންތަ އަހަރުމެންގެ ލީން އުފަލުގައި އުޅޭތަން ދެކޭކަށް؟” ލީޝާ މަޑުމައިތިރި ރާގަކަށް ވާާހަކަދައްކަމުން ދިޔައެވެ.

ލީޝާގެ ސުވާލަށް ކިޔާރާ ދެފަރާތައް ބޯހޫރައިލިއެވެ. “ލީންގެ އުފަލަކީ ކިޔާން. އެކަން ކިޔާއަށްވެސް އެނގެއެއްނު. އެހެންވެ އަހަރެން މިބުނީ ކިޔާނަށް ފުރުސަތެއްދޭށޭ. ކިޔާނަށް ވިސްނިއްޖެ. އަހަރެން ކިޔާނަށް ހުރިހައި ވާާހަކައެއް ކިޔައިދީފިން.” ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލަމުން ލީޝާ ބުނެލިއެވެ.

“ލީޝް ތިބުނީ ރަނގަޅު ވާހަކައެއް. ލީންގެ އުފަލަކީ ކިޔާން. އަހަރެންނަށް ކޮންމެ ފަހަފަކުވެސް ވިސްނައިނުލާ ކަންތައްކުރަން އުޅެވެނީ. އަހަރެން ނެތިން އެލޯތްބަށް ހުރަސްއަޅާކަށް. ލީނަށް މިދުނިޔޭގަ އުޅެން ލިބިފަހުރި މަދު ދުވަސްކޮޅުގަ ލީން އުފަލުން އުޅޭތަން ދެކެން ބޭނުމީ.” ލީޝާއަށް ހިނިތުންވުމެއް ދެމުން ކިޔާރާ ބުނެލިއެވެ. “ވަރަށް ވަރަށް އުފާވެއްޖެ ކިޔާއަށް ވިސްނުނީތީ” ކިޔާރާގެ ގައިގައި އޮޅުލައިގަންނަމުން ލީޝާ ހެވިފައި ބުނެލިއެވެ.

ކޮޓަރިތެރޭގައި ރަސްކަންކުރަމުންދިޔައީ ހަމަހިމޭންކަމެވެ. ދައްކާނެ ވާހަކައެއް ނޭނގިފައި ކިޔާން ހުރީ އޭނާއަށް ފުރަގަސްދީގެން އޮތް އައިލީނަށް ހިތްދަތިގޮތަކަށް ބަލާށެވެ. ދެލޮލުގައި މުތީތަކެއްފަދައިން ކަރުނަތައް ވިދަމުންދިޔައެވެ. ކެތްނުވާހިސާބަށް ދިއުމުން އޭގެ މަޤާމް ދޫކޮށް ކަރުނަތައް ފައިބަންފެށިއެވެ.

އައިލީންގެ ހާލަކީވެސް މިއެވެ. އަޑެއް ނީއްވައި އައިލީން ރޮމުން ދިޔައެވެ. ކިޔާން ދައްކަންއުޅޭ ވާހަކައެއްގެ އިންތިޒާރުގައި އޮތް އައިލީންވަނީ ދާހިއްލާ ފޯވެފައެވެ. ވާންމިއުޅެނީ ކިހިނެއްކަން ނޭނގޭތީ އައިލީންގެ ހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ.

ަފުންނޭވައެއްލުމަށްފަހު ކިޔާން ވާާހަކަދައްކަން އުޅުނެވެ. މިގޮތަށް ހުރެގެން އެއްވެސް ކަމެއްނުވާނެކަން އެނގޭތީއެވެ. ލީޝާގެ މަސައްކަތުން މިހިސާބަށް އައިސްފައި ހަތިޔާރު ބަހައްޓާފައި ދާކަށް ކިޔާން ބޭނުމެއްް ނޫނެވެ.

“ލީން” ތުރުތުރު އަޅަމުންދިޔަ އަޑަކުން ކިޔާން އައިލީނަށް ގޮވައިލިއެވެ. ކިޔާންގެ ފިރިހެންވަންތަ އަޑުއިވުމުން އައިލީންގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ބާލީހުގައި ހިފައި ބާރުކޮށްލަމުން އައިލީން ފުންނޭވާތަކެއް ލަމުންދިޔައެވެ. “ލީން. އަހަރެން މިއައީ ވިސްނިގެން. އެނބުރި ލީން ގާތަށް. އަހަރެންނަަށް އެނގޭ އަހަރެންނަށް ލީނާމެދު ކަންތައްކުރެވުނީ ވަރަށް ގޯސްކޮށްކަން. ލީންގެ މައާފު އަހަރެންކަހަލަ ނުބައި ނުލަފާ މީހަކަށް ހައްގުނޫންކަންވެސް. އެކަމަކުވެސް، އަހަރެން ލީންގެ މައާާފު ބޭނުން. ހެޔޮނުވާނެ ލީން. ލީންގެ ޔާނަށް މައާފުކޮށްދީ. އަހަރެންނަށް އަދި އެއްފުރުސަތުދީ.” ރޮވިފައިހުރެ ކިޔާން ވާހަކަދައްކަމުން ދިޔައެވެ. ކިޔާންގެ ވާާހަކަތަކަށް އައިލީން އެއްވެސް ޖަވާބެއް ނުދިނެވެ.

“ލީން ޕްލީޒް. އަހަރެންދެކެ ރުޅިއައިސްފަ ނުހުރޭ. ލީންގެ ނަފުރަތު ހައްގުކަން އެނގޭއިރުވެސް އަހަރެންގެ މިބަސްނާހާހިތް އެކަން ޤަބޫލު ކުރާކަށް ބޭނުމެއްނުވޭ. ލީނާ ނުލައި އަހަރެން އުޅުނު ހާާލު ދެނެވޮޑިގެންވާނީ ﷲ. އެންމެ ރެއެއްނުދޭ އަހަރެންނަށް ހަމަނިދިލިބޭ.” އައިލީންގެ ފަރާތުން ޖަވާބެއްލިބޭތޯ ކިޔާން ވާހަކަދައްކަމުން ދިޔައެވެ. “އަހަރެންނަށް އެނގޭ ލީން ތިއޮތީ އހަރެންދެކެ ރުޅިއައިސްފަކަން. އެކަމަކުވެސް ލީން، ހަމައެންމެ ފަހަރަކު ނަމަވެސް އަހަރެންނާ ވާާހަކަދައްކަބަލަ. އާދޭސް މިކުރަނީ. ރީތިކޮށް ވާހަކަދައްކަން ބޭނުންނުވާނަމަ ލީން އަހަރެންނާ ދިމާއަށް ހަޅޭލެވިއަސް އަހަރެންގެ އެއްވެސް ޝަކުވާއެއްނެތޭ. ޕްލީޒް ލީން. އަހަރެންނާ އަނގައިން ނުބުނެ ނުހުރޭ. ޕްލީޒް ލީން. ޕްލީޒް.” އެހިސާބަށް ބުނެބުނުތަނާ ކިޔާންގެ އަޑު ބެދުނެވެ. އެވަރުންވެސް އައިލީންގެ ފަރާތުން ހަމަ އެއްވެސް ޖަވާބެއް ނުލިބުނެވެ.

“ލީން. ޕްލީޒް އަހަރެންނަށް މައާފުކޮށްދީ. އަހަރެން ވައުދުވަން، ދެން ދުވަހަކުވެސް އަހަރެންގެ ސަބަބުން ލީން ރޯކަށް ނުޖެހޭނެ. އަހަރެންނަށް އަދި އެއްފުރުސަތުދީ ލީން. އޭރުން ދުވަހަކު މީހަކު ނުގެންގުޅޭހާ ލޯބިން ލީން ގެންގުޅޭނަން. އަހަރެންގެ އެއްވެސް ޝަކުވާާއެއް ނެތް ލީނަށް ކޮންމެފަދަ ބައްޔެއް ޖެހިފަހުއްޓަސް. ލީނަށް ދުވަހަކު ނުހިނގުނަސް.އަހަރެންގެ ގައިގައި ބާރު ހުރިހައި ދުވަހަކު ލީން މިދެއަތްމަތީ އުފުލައިގެންވެސް އަހަރެން ގެންގުޅެފާނަން. ދުވަހަކުވެސް ލީންގެ ކަމެއް އަހަރެންނަކަށް ބުރައަކަށް ނުވާނެ. އެހާވެސް ލޯބިވޭ. ލީން. އަހަރެން ޤަބޫލުކުރަން އަހަރެންނަށް ކަންތައްކުރެވިފައި ހުރި ގޮތުން ލީނަށް އަހަރެންނަށް އިތުބާރުކުރަން އުނދަގޫވާނެކަން. އެކަމަކު ކޮންމެ ހާލަކު ތެޅިގެންވެސް ލީންގެ އިތުބާރު ހޯދަން އަހަރެން މިހުރީ ތައްޔާާރަށް. ޕްލީޒް ލީން. އަހަރެންނާ އަނގައިން ބުނެބަލަ. އަހަރެންނާ ދިމާއަށް ބަލާލަބަލަ. އަހަރެންދެކެ ތިހާ ނަފުރަތު ނުކުރޭ ލީން. އަހަރެން ލީންހާ ކެތްގަދައެއްނުވާާނެ.” ގޮތްހުސްވެފައިވާ މީހަކު ފަދައިން ކިޔާން އާދޭސްކުރަމުން ދިޔައެވެ.

އައިލީން ބަހެއްނުބުނި ތާނގައި އެނބުރި ކިޔާނާ ދިމާއަށް ބަލައިވެސްނުލިއެވެ. ” އަހަރެން މިތާގަ ހުރީމަ ލީނަށް އުނދަގޫވަނީތަ؟ ބުނެބަލަ ލީން. އަހަރެން އައީ ލީނަށް އުނދަގޫ ކުރާކަށްނޫން. އެހެނަސް އަހަރެންގެ ސަަބަބުން އުނދަގުލެއްވިނަމަ ވަރަށް ބޮޑަށް މައާފަށް އެދެން. ލީންގެ ރުހުމާ ދެކޮޅަށް އަހަރެން މިތާނގައި ހުންނާކަށްނެތިން. އަދިވެސް އެއްފަހަރު އަހަރެންގެ ކުށަށް މައާފަށް އެދެން. ވަރަށް ވަރަށް ލޯބިވޭ ލީންދެކެ. އަބަދުވެސް ވާނަން. އެންމެފަހު ނޭވަޔާ ޖެހެންދެން. ދަނީ.” ކިޔާންގެ ހިތްވަރު އެންމެފަހުން އެލުނީއެވެ. ދެލޮލުގައި ބަންޑުންވާން ތައްޔާރަށްހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ކިޔާން އައިލީންގެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“ޔާން.” އައިލީންގެ ފޮނިއަޑުން ހިނގަހިނގައިހުރި ކިޔާންގެ ދެފައިގައި ކަސްތޮޅުއެޅުނު ކަހަލައެވެ. ހުރިފިޔަވަޅުމަތީގައި ހުއްޓުމަށްފަހު އަވަސްވެފައިވާ ހިތަކައިގެން ކިޔާނަށް އައިލީނާ ދިމާއަށް އެނބުރެވުނެވެ. އެވަގުތު ފެނުމު މަންޒަރުން ކިޔާާންގެ ހިތް އުފަލުން ނަށައިގަތެވެ. ފެންނަމުންމިދަނީ ހަޤީގަތެއްކަން ޤަބޫލުނުކުރެވިފައި އިރުކޮޅެއްވަންދެން ކިޔާނަށް އައިލީނާ ދިމާާއަށް ބަލަން ހުރެވުނެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯބީގެ ޙިމާޔަތުގައި (ފުރަތަމަ ބައި)

Next

kakuni

Next
September 20, 2017

kakuni

Previews
September 20, 2017

ލޯބީގެ ޙިމާޔަތުގައި (ފުރަތަމަ ބައި)

23 Comments!

  1. Naufa says:
    September 20, 2017 at 12:35 pm

    Here is the next part.. Hope u all will like this part too.. Rangalhu kuranvy thaneh innama bunelahchey.. In sha allah mirey adhi eh part geneveythw mi try kurany..?

  2. vishaa says:
    September 20, 2017 at 12:41 pm

    HAADHA KURU..EKAM VARA REETHI

    1. Naufa says:
      September 20, 2017 at 12:55 pm

      Thanks vishaa

  3. Reem says:
    September 20, 2017 at 1:15 pm

    V v v nice

    1. Naufa says:
      September 20, 2017 at 1:19 pm

      Thank u reem?

  4. click a shot ? says:
    September 20, 2017 at 1:21 pm

    Varah salhi mi part ves..?dhen kiyaan avahah leen ah faruvaakohdhy…miadhu adhi eh part up kohdhechey??plx..mihaaru kiyaahithun kei nukurevey..???

    1. Naufa says:
      September 20, 2017 at 3:02 pm

      Thank u.. Ya in sha allah.. ?❤

  5. Mary says:
    September 20, 2017 at 1:44 pm

    Vvv salhi

    1. Naufa says:
      September 20, 2017 at 2:00 pm

      Thanks mary?

  6. Azoo says:
    September 20, 2017 at 2:32 pm

    Kurakas varan reethi 14vana bay inthizaaru kuranee

    1. Naufa says:
      September 20, 2017 at 2:34 pm

      Thankx azoo.. ?

  7. xaan says:
    September 20, 2017 at 3:58 pm

    wow v salhi

    1. Naufa says:
      September 20, 2017 at 3:59 pm

      Thanks xaan☺

  8. Shin says:
    September 20, 2017 at 4:03 pm

    Woooow v rythi… When next part…

    1. Naufa says:
      September 20, 2017 at 4:12 pm

      Thanks shin..In sha allah tnyt?

  9. maroon says:
    September 20, 2017 at 6:58 pm

    V obi… aileen ragalhuvaane dhw… plz say yes ?

    1. Naufa says:
      September 20, 2017 at 7:02 pm

      Thanks maroon..❤. Lets see dhw?

  10. zeel says:
    September 20, 2017 at 8:07 pm

    i love this story:-* …. waiting
    for the next part

    1. Naufa says:
      September 20, 2017 at 8:10 pm

      Thankx zeel. Nw up kohfin aneh bai?

  11. Faxu says:
    September 21, 2017 at 12:16 am

    Alhey kiya kiyaa indhaa nimunu goibves neynge ehaa ves reethi v bodha thanks thiaa reethi vaahaka ah liyefa up koah dhethi ❤❤❤

    1. Naufa says:
      September 21, 2017 at 5:34 am

      Thank u soooo much faxu❤❤❤

  12. khajja says:
    September 21, 2017 at 1:08 am

    Masha allah v v awsome whn nxt prt avaskolladhybala can’t wat plx avas gud nyt ly??❤?

    1. Naufa says:
      September 21, 2017 at 5:36 am

      Thank u sooooo much dear.. Aneh part innaane last nyt 8 smthn ga up kohfa.. ?❤

Comments are closed.


All Right Reserved!