Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސޮރީ.

Shaz Level 110 Stories
September 26, 2017 3 Mins Read
3 Comments

(ދެވަނަބައި)

އޮފީހުގެ ހުރިހާ މުއައްޒަފުންގެ ފަރާތުން އަހަންނަށް މަރުހަބާކިއެވެ.ފުރުން އޮތީ ދެދުވަސްފަހުންނެވެ. އަހަރެން ހުރީ ލަސްވެފައެވެ. އުލްވާންއާއި ޝައްފަވެސް މަރުހަބާކިޔެވެ.

އެދެމީހުން އެކީ ފެނުމުން އަހަރެންގެ ހިތައް އުނދަގޫވިނަމަވެސް އެކަން މާބޮޑު ކަމަކަށް އަހަންނެއްނުހަދަމެވެ.

” ތިފުރުސަތު ގައިމު މަށަށް ލިބުނުނަމަ ދޯ؟.. ޗެއަރމަން ދެން ނުގެންދާނެތާދޯ މަށެއް. އޭނަވެސް ބޭނުންވާނެ ދޮން ރީތި އަންހެން ކުއްޖެއް ގޮވައިގެންދާން. އެކަމަކު މަ ބުނަންތަ ވާހަކައެއް. ގޮސްފައި އަންނަ އިރު އަންނާނީ އިތުރު މީހެއް ގޮވައިގެންނެއްނޫން” އޮއްސެމުން ދިޔަ އިރަށް ބަލަން އިނދެ އުލްވާން ވާހަކަދެއްކީ ސީރިއަސް ކަމާއެކުއެވެ.

“މަށަށް ޗާންސް ލިބުނީމަ އުލްވާން ޖޭވަނީ ދޯ؟ އޭނައަށް ވެއްޖެއްޔާ ބާރަ ކުދިންވެސް މަށަށް އޯކޭ. ކުރިން އޮފީސްތެރޭ އޭނަގެ ވާހަކަ ދައްކާ އަޑުއިވުނަސް މަ ހިއެއް ނުކުރަން އޭނަ އެހާ ރީތިވާނެކަމަކަށް. އެއީހަމަ މަގޭ ޕްރިންސް ޗާމިންއޭ ހިތް ބުނަނީ.” އަހަރެން ވާހަކަ ދެއްކީ ފަހުރުވެރި ކަމާއެކުގައެވެ.

ދަތުރަށް ތައްޔާރުވުމަށްވުރެ އަހަންނަށް ބޮޑުކަމަކަށްވީ މަންމަމެން ރުއްސުމެވެ. މަންމަ ނުގަބޫލުވީ ގޮތްނޭނގޭ ފިރިހެނަކާއެކު އެކަނި ދާގޮތައް އޮތީމައެވެ. މީގެ ކުރިން މަންމައާ ނުލައި ރާއްޖޭންބޭރަށް ގޮސްފައިނުވާތީ މަންމައަށް ނުގަބޫލުވެވެނީއެވެ.

ފުރަން އެއްދުވަހަށް ވީއިރުވެސް މިފްޒާލް ނުވެސްފެނެއެވެ. ދަތުރާ ބެހޭގޮތުން މައުލޫމާތު ދެނީ ވިއާމްއެވެ. ކޮންމެހެނެއްވިޔަސް މިދަތުރު އަހަންނަށް ވަރަށް މުހިންމެވެ. ފުރަތަމަ ފަހަރުން އެމީހަކަށްޓަކައި ގުރުބާން ވުމަށް ތައްޔާރުވެވުނު މީހާއާއެކު ދެވޭތީއެވެ. އަހަރެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިފްޒާލް އަކީ ކޮންކަހަލަ މީހެއްކަން ނޭނގުމެވެ. ކޮން މިޒާޖެއްގެ މީހެއްކަން ނޭނގުމެވެ. އެހެންވިޔަސް މައްސަލައެއް ނެތެވެ. މިފްޒާލް އާއެކު ދެ ހަފްތާ ހޭދަކޮށްލެވޭ އިރު ގައިމުވެސް ކޮންމެވެސް ވަރަކަށް އެނގޭނެތާއެވެ.

މިފްޒާލްއާ ދިމާވީ ފުރަން އެއަރ ޕޯޓަށް ގޮސް ހުއްޓައެވެ. ހިނގާލާފަ އަންނަ އިރުވެސް ފުރިހަމަކަމާ ޝަހުސިއްޔަތުގެ ވަރުގަދަ ކަން ފެނެއެވެ.  ހަމަ ސިފަވަނީ ފިލްމް ގަޖްނީގައި އާމިރް ހާން އަންނަ ގޮތެވެ. ތަފާތަކީ ވަށައިގެން ދިހަ ބޮޑީގާޑުން ނެތްކަމެވެ. އެހެންނަމަވެސް ދެ ގާޑުން ތިއްބެވެ. އަހަރެން ހީކުރީ ކުޑަމިނުން އަހަންނާ ދިމާލަށް ހީލާނެކަމަށެވެ. ހިނިތުންވެ ނުލި ތާންގައި ބަލައިވެސް ނުލިއެވެ.

ފުރަންވެގެން ބޯޓަށްއަރައި އަހަންނަށް ހަމަޖެހިފައި އިންޝީޓުގައި އަހަރެން އިށީނީމެވެ. ޖެހިގެން އިން ޝީޓު ހުސްކޮށް ހުރުމުން އަހަރެންގެ އުއްމީދު އާވިއެވެ. މިފްޒާލް ބޯޓަށްއަރައިގެން އަހަރެން އިން ޝީޓާ ދިމާލަށް އަންނަންފެށުމުން އަހަރެންގެ ހިތް އަވަސްވިއެވެ. މިފްޒާލް ކައިރިވަމުން އައިވަރަކަށް އަހަރެންގެ ހިތް ހީވަނީ މޭފަޅާލައިފައި ނުކުންނަން އުޅެނީ ހެންނެވެ. ނެގި ނެގިފައި ޖެހެނީ މަރަށް ތެޅޭ ކަނޑުމަހެއްހެންނެވެ. ލަސްފިޔަވަޅު ތަކެއްގައި އައިސް މިފްޒާލް އިށީނީ އަހަރެންގެ ކުރިމަތީގައި އިން ޝީޓްބަރީގައެވެ. ވީފޫއްސެއްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ހަމަ އައި ރުޅި ބޯޓުން ފައިބައިގެން ގެޔަށް ގޮސްފާނަމޭވެސް ހިތައް އެރިއެވެ. އެހެންނަމަވެސް ކުރާނެކަމެއް ހަމަނެތެވެ. ދިޔަޔަސް ވާނެ ގެއްލުމެއްވެސް ވާނީ ހަމަ އަހަންނަށެވެ.

އަމާން ދަތުރަކަށްފަހު ބޯޓް މެލޭޝިޔާގެ ފަސްގަނޑުގައި ޖެއްސިއެވެ. އަހަރެން އިނީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. މީހުންތައް ލަޖެގް ނަގަންފެށުމުން އަހަރެންވެސް ތެދުވީމެވެ. އެއާއެކު މިފްޒާލް ތެދުވެފައި އަތުގެ އިޝާރާތުން އޭނާގާތަށް ދިޔުމަށް ބުންޏެވެ.

“ލަޖެގްތައް ގެންނާނެ. ބަލްގީޝް އާދޭ އަހަރެންނާއެކު.” ކުރިއަށް އެޅި ފިޔަވަޅާއެކު މިފްޒާލް އަހަރެންގެ އަތުގައި ހިފާލިއެވެ. ސިއްސައިގެން ގޮސް އަވަސް އަވަހަށް އަހަންނަށް އަހަރެންގެ އަތް ދަމައިގަނެވުނެވެ.

“ސޮރީ… މިތާ އެންމެންވެސް ހީކުރާނީ ތީ އަހަރެންގެ ވައިފް ކަމަށް. ސޯ އައި ވޯންޓް ޔޫޓު އެކްޓް ލައިކް ދެޓް” މިފްޒާލް އެހެން ބުނިއިރު ހުރީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. އެކަމަކު އެހެން ހަދަން ޖެހުނު ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަނެއްހެން ބުނަންޏާ މަށަށް މިވީގޮތް މާރަނގަޅެވެ. މިވީގޮތުން މިލިބުނީ މިފްޒާލްއާއި ގާތްވުމަށް ރަނުގެ ފުރުސަތެއްތާއެވެ.

ބޯޓުން ފައިބައިގެން ހޮޓެލްއާ ހަމައަށް ދެވެންދެންވެސް އަހަރެން ހުންނަންޖެހުނީ މިފްޒާލްގެ އަތުގައި ހިފައިގެނަނެވެ. ކުޑަކޮށް އުނދަގޫވެސްވިއެވެ. އެހެންނަމަވެސް އެންމެ އުނދަގޫވި ކަމަކީ ދެމީހުން އެއް ކޮޓަރީގައި ތިބެން ޖެހުމެވެ. ފަހުން އެނގުނު ގޮތުގައި މި ދަތުރުގައި ބައިވެރިވާ އެންމެންވެސް އަންނަން ޖެހުނީ ބައިވެރިއެއް ގޮވައިގެންނެވެ. މިފްޒާލްގެ ހޮވުމަކަށް އަހަރެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. މިފްޒާލް ބުނީ ހަމައެކަނި އެހެންނެވެ.

ހޮޓަލްއަށް ދެވުނުއިރު ހުރީ އިރުއޮއްސިފައެވެ. ދަތުރު ވަރުބަލި ކަމުން އަހަރެންބޭނުންވީ ފެންވަރާލައިގެން ޖައްސާލާށެވެ. މީޓިންތައް އޮތީ މާދަމާ ކަމުން މިރޭ ރެސްޓް ކުރުން އަހަންނަށް ވަރަށް މުހިންމެވެ. ފެންވަރާލައިގެން ނުކުތް އިރު ސޯފާގައި ލެޕްޓޮޕް ހިފައިގެން މިފްޒާލް އިނެވެ. ހަމަ ހަގީގަތުގަވެސް އަހަންނަކީ މިފްޒާލްގެ އަނބިމީހާ ނަމައޭ ހިތައް އެރިއެވެ. އޭނަ ހާދަހާ ރީއްޗެވެ. ހާދަ ފުރިހަމައެވެ. ފޯން ރިންގްވާން ފެށިއަޑު އިވުނީ އެވަގުތުއެވެ. ދެމީހުންނަށް އެއްފަހަރާ ބަލާލެވުނެވެ. ފޯނުނަގަން ދިޔައީ މިފްޒާލްއެވެ. އަހަރެން އަވަސް އަވަހަށް ގޮސް  ނިދަން ލާން ރަނގަޅު އެއްޗެއް ނަގައިގެން ފާހަނާއަށް ވަނީމެވެ.

” ބަލްގީޝް. ޑިނާއަށް ދާން ތައްޔާރުވޭ. ” ފާހަނާއަށް އަޑު އިވޭ ވަރަށް މިފްޒާލް  ގޮވާލިއެވެ.

“އަޅުގަނޑު ނުކާނަން. އަރާމުކޮށްލަން ބޭނުންވަނީ.. ” އަހަރެން ފާހަނާއިން ނުކުތްއިރު މިފްޒާލް ތައްޔާރުވެއްޖެއެވެ.

“އެންމެ ރަނގަޅު. ބަލްގީޝް ނިދާ ބެޑުގައި. އަހަރެން އޮންނާނަން މީންދަ ސޯފާގައި. އެކަމް އެބައޮތް ރިކުއެސްޓްއެއް. އަންނައިރު އަހަރެން ގެންނާނަށް ކޮންމެސް އެއްޗެއް ބޯލާނެ. އެއްވެސް އެއްޗެއް ނުކައި އޮތުމަކީ ރަނގަޅު ކަމެއްނޫން.” ދޮރު ލައްޕާލަމުން މިފްޒާލް ބުންޏެވެ.

ލިބުނު ހިތްހަމަ ޖެހުމާއެކު އަވަސް އަވަހަށް އަހަރެން އޮށޯއޮތީމެވެ. ލެޕްޓޮޕްނަގާ ވައިފައި ކަނެކްޓްކޮއްލީމެވެ. ފާއިތުވެ ދިޔަ ސައުވީސް ގަޑިއިރު ފޭސްބުކަށް ނުވަދެވުނީމަ އަހަރެންގެ ދުވަސްފުރިހަމައެއް ނުވެއެވެ.  އޮންލައިންވެފަ ރަނގަޅަށް ލޯޑްވެސް ނުވަނީސް މެސެޖެއްއައެވެ. އުލްވާންއެވެ. އަހަރެން ނެތީމަ ސަންސެޓް ބަލަން ނުދާކަމަށް ބުނެފައެވެ. ހާލު އަންގާލަ ދިނުމަށް އެދިއެވެ.

ކުޑައިރުކޮޅަކު އުލްވާންއާ ވާހަކަ ދައްކާލަން އޮވެފައި ލެޕްޓޮޕް ބާއްވަން ތެދުވިތަނާ މިފްޒާލްއައެވެ.

“އަހަރެން ހީކުރީ ބަލްގީޝް ނިދައިފާނެކަމަށް. އެހެންވެ ވަރަށް އަވަސްކޮށްލައިގެން މިއައީ.” މިފްޒާލް ވަދެގެން އައިރު އޭނާގެ ފަހަތުން ވޭޓަރެއް އައެވެ. ތަބަކަކަށް ކިރު ތައްޓެއްލައިގެންނެވެ. އޭނާއައިސް ކިރު ތަށި އަހަންނަށް ދިއްކޮށްލިއެވެ. ޝުކުރު އަދާ ކުރުމަށްފަހު އަހަރެން އެކިރުތަށި ބޯލީމެވެ. އެއާއެކު ތަށި ހިފައިގެން އޭނާ ހިނގައްޖެއެވެ. އޭނާ ދިޔުމުން އަހަރެންވެސް އެނދުގައި އޮށޯއޮތީ ނިދޭތޯއެވެ. އޭރު މިފްޒާލްވެސް ފާޙަނާއިން ނުކުމެ ނިދަންތައްޔާރު ވަނީއެވެ. ކުއްލިއަކަށް އަހަރެން ހީކަރުވަންފެށިއެވެ. ހިނދުކޮޅަކަށްވުރެ ހިނދުކޮޅަކަށް ހީކެރުވުން ދިޔައީ އިތުރުވަމުންނެވެ. ބޮލަށް ބަރުވެ މީހާ މަސްތުގެ ހާލަތައް ދާކަން އިހުސާސް ކުރެވުނެވެ. އަހަރެން ތުރުތުރު އަޅަން ފެށުމުން މިފްޒާލްވެސް އަހަރެންގެ ގާތަށްއައިސް އިށީނެވެ.

“ކިހިނެތްވަނީ؟” އަހަރެންގެ މޫނުކައިރިއަށް ގުދުވެލަމުން މިފްޒާލް ބުންޏެވެ. އަހަންނަށް ވަމުން ދިޔަގޮތް ބުނެދޭކަށް ހުދް އަހަންނަކަށްވެސް ނޭނގުނެވެ. މިފްޒާލްގެ މޫނުގައި ފިރުމާލީމެވެ. ކޮންބާރަކުން ކަމެއްވެސް ނޭނގެއެވެ. މިފްޒާލްވެސް މަޑުމަޑުން އަހަރެންގެ މޫނުގައި ފިރުމާލިއެވެ. އަދި ކުރިއަށްވުރެވެސް އަހަންނާގާތައް އޭނާ ޖެހިލިއެވެ. އަހަރެން ދުރަށް ޖެހެން މަސައްކަތް ކުރީމެވެ.

“މިއީ މައްސަލައެއް  ނޫނޭ” ވައިއަޑަކުން މިފްޒާލް ބުނެލިއެވެ.

ހިނދެއްހިނދަކަށް ކައިރިވަމުން ދެޖިސްމު އެކައްޗަކަށްވެއްޖެއެވެ. އަހަރެން ދުރަށް ޖެހެން ބޭނުންވި ނަމަވެސް އެކަންކުރާނެ ވަރެއް ނެތެވެ. އެއަށްވުރެ މިފްޒާލް މާ ހުށިޔާރެވެ.

(ނުނިމޭ)

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ބީނިޝް… 03

Next

ލޯބިން ހިނިތުންވެލާށޭ 10

Next
September 26, 2017

ލޯބިން ހިނިތުންވެލާށޭ 10

Previews
September 26, 2017

ބީނިޝް… 03

3 Comments!

  1. Rysh says:
    September 26, 2017 at 8:13 pm

    Wow v salhi alhe mifzaal haadha gouhey dhw net prt kon irakun?

  2. Shin says:
    September 26, 2017 at 8:54 pm

    Mifzaal haadha goahey dhw…. When next part…. V salhi ingeyyy story….. ?

  3. Xee says:
    September 26, 2017 at 10:52 pm

    Haada gohey how could he do like this bt story hama habehys plx avahah up kobala maa lahey up kuraaleh

Comments are closed.


All Right Reserved!