“ބައްޕާ… އަޅުގަނޑު ވާހަކައެއް އަހާލަންތަ؟؟….” ބީނިޝްގެ ބޮލުގައި ފިރުމަމުން ދިޔަ ބަޝީރް، އޭނާގެ ދަރިފުޅު މޫނަށް ބަލައިލާ، ހޫމް ލައްވާލީ ދަރިފުޅުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ********************************************************************************** “މިހާރު ކީއްވެތަ އަބަދު ބައްޕަ ބުނަނީ ބައްޕަ އަބަދު ނުހުންނާނެ އޭ…… ބައްޕަ ތިއުޅެނީ ނީޝް ދޫކޮށްލާފަ ދާންތަ؟؟….. ޕްލީސް ނުދައްޗޭ…. ނީޝް ވަރަށް ދެރަވާނެ ބައްޕަ ގޮއްސިއްޔާމުން….. ބައްޕައާ ނުލާ ނޫޅެވޭނެ….” ވަރަށް މަޑުމައިތިރި ކަމާއި އެކު ބީނިޝް އަހައިލިއެވެ. ދަރިފުޅު ދެއްކި ވާހަކައިން ބަޝީރް މާޔޫސްވެ ދެރަވިއެވެ. އެވަގުތު އޭނާގެ ދަރިފިޅަށް ހަގީގަތް ކިޔައިދެވޭނެ ނަމައޭ ބަޝީރްގެ ހިތަށް އެރިއެވެ. ނަމަވެސް ހަގީގަތް ކިޔައިދީގެން ދަރިފުޅުގެ ހިތް ހަލާކު ކޮށްލަން ބޭނުން ނުވާތީ، ހިނިތެންވެލާ ދަރިފުޅާއިވަރަށް ލޯބިން ވާހަކަ ދައްކަން ފެށިއެވެ. “ބައްޕަ ނޫޅެމޭ ދަރިފުޅު ދޫކޮށް ދާކަށް….. ދެންއަވަހަށް ނިދާލަ އިގޭ….” ބައްޕަ ދިން ޖަވާބުން ހިނިތުންވެ ހުރެ ބީނިޝް ދެލޯ މަރާލީ އަރާމް ނިންޖަކުން ނިދާލުމަށްޓަކައެވެ. މަޑުމަޑުން ބީނިޝްގެ ބޮލުގައި ފިރުމަމުން ދިޔަ ބަޝީރައަށް ވިސްނެމުން ދިޔައީ އެނާގެ ހާލަތާމެދުގައެވެ. ދެލޮލުން ފެންނަމުން ދިއައީ ހިތާމަ އާއި މޮޅިވެރިކަމެވެ. މިއަދު އޭނާވަނީ އޭނާގެ ދެލޮލުގެ ނޫރު ކަމުގައިވާ، ދަރިފުޅާއި މެދު އިންތިހާ އަށް ފިކުރު ބޮޑުވެފައެވެ. އޭނާ ނެތް ދުނިޔެެ އެއްގައި އޭނާގެ ދަރިފުޅު އުޅޭނެ އެކަނިވެރި ހާލު ހިތަށްއަރާ ހިތް ރޯލައެވެ. ބަޝީރް އަށް މިއަދުވަނީ އެބައްޔަކަށް ރަގަނޅު ފަރުވާއެއް ހޯދިފައިނުވާ ލޭގެ ކެންސަރު ޖެހިފައެވެ. އެބަލި ތަހަންމަލްކޮށް ފަރުވާ ހޯދަމުންދާތާ އެތަށް ދުވަހެއްވީ އިރުވެސް ވަނީ ރަގަނޅު ފަރުވާއެއް ނުލިބި ހާލަތު އިތުރަށް ދަށައް ގޮއްސައެވެ. ބަޝީރް ވަނީ އޭނާގެ ބަލީގެ ވާހަކަ އެންމެ ލޯބިވާ ދަރިފުޅަށް ސިއްރު ކޮއްފައެވެ. އެކަމުގެ ސަބަބުން ދަރިފުޅުގެ އުފާވެރިކަން ގެއްލެން ބޭނުން ނުވާތީއެވެ. އެހެންކަމުން ކޮންމެ ފަހަރަކުވެސް ބައްޔައް ފަރުވާ ހޯދުމަށްޓަކާ ރާއްޖޭން ބޭރަށް ދަނީ އޮފީސް ދަތުރެއްގެ ނަމުގައެވެ. ނިދިފައިވާ ބީނިޝްގެ ބޮލަށް ބޮސް ދިނުމަށްފަހު ބަޝީރް މަޑުމަޑުން ތެދުވެލިއެވެ. އަދި ބީނިޝްގެ ގައިމަތީގައި އަޅާފައިވާ ރަޖާ ރަނގަޅު ކޮއްލަމުން އެކޮޓަރިން ނުކުތުމަށްޓަކާ ހިގައިގަތެވެ. އަދި ނިކުމެ މަޑުމަޑުން ދޮރުޖަހާލަމުން އަމިއްލަ ކޮޓަރިއަށް ދިއުމަށްޓަކާމިސްރާބު ޖެހިއެވެ. ބަޝީރް ގޮސް ކޮޓަރިއަށް ވަތްއިރު ގްރައިޝާ ނުނިދާ އެދުމަތީގައި އިށީންދެލައިގެން ހުރިތަން ފެނުނެވެ. އެމޫނަށް ބަލައިލީމަ އަދިވެސް ރުޅި މަޑުނުވާކަން އިގިގެން ދިޔައެވެ. ކޮޓްރިއަށް ވަދެ އެއްޗުކޭ ބުނަން އުޅެފައިވެސް މިރޭގަ ކަންތަށް ވީގޮތް ހިތަށް އެރުމުން ބަޝީރް ބުނާކަށް ބޭނުމެއް ނުވިއެވެ އަދި ގަޑި ބަލާލަމުން ފާހާނަޔަށް ވަދެލީ ނިދުމުގެ ކުރިން ތާޒާ ވެލުމަށް ޓަކައެވެ. ބަޝީރް ތާޒާ ވެލައިގެން ފާހަނައިން ނިކުތް އިރުވެސް ގްރައިޝާ އެހުރި ގޮތަށް އެތާގައި ހުއްޓެވެ. ގްރައިޝާ އެގޮތަށް ހުރުމުން ބަޝީރް ނިންމީ ނުރުހުން ތެރިކަން އެއްފަރާ ކޮއްލުމަށް ފަހު އަނބިމީހާ އާއި ވާހަކަ ދައްކާށްވެ. “ކީއްވެފަ ނުނިދާ ތިހުރީ؟؟..” ގްރައިޝާ ކައިރިއަށް ފިޔަވަޅު އަޅާލަމުން ބަޝީރް އަހައިލިއެވެ. “ބަޝީރް އަށް ހަމަ ނޭންގެނީތަ؟؟ އެކުއްޖާގަނޑު އުޅޭ ގޮތުން މަގޭ ބޯހަލާކުވާ ވަރުވޭ. ހިތަށް އަރާ މި މުސީބާތުން ސަލާމަތް ވާނީކޮންއިރަކުން ބާއޭ؟؟” ބަޝީރް ސުވާލު ކުށްލުމާއިއެކު އެދުން ތެދުވެ ވަރަށް ރުޅިވެރި ކަމާއި އެކު ގްރައިޝާ ބުނެލިއެވެ. “ގްރައިޝާ… އިނގޭތަ ތިކިއޭ އެއްޗެއް… ބަލަ އެއީ ތި ގްރައިޝާގެ ވެސް ދަރި އެކޭ…. ގައިމު އެކުއްޖާ ކުށެއް ކުރީކީނޫން… މިރޭގަވެސް ހަމަ އެއްވެސް ކަމަކާނުލާ ގްރައިޝާ އޭނަ ދެކެ ރުޅިތިއައީ…. އިގޭނެ އެއީ މަގޭގަ ހުރިއްޔަ އަބަދުވެސް މަށާ އެކު ނިދާކުއްޖެއްކަން….” ރުޅިއައިސްސަ ހުރި ނަމަވެސް ބަޝީރް ބެލީ މަޑުމައިތިރި ކަމާއިއެކު ވާހަކަ ދެއްކޭތޯއެވެ. “މަގޭ ބަނޑުން އޭނަ އުފަންވީކަން އެއީ މަގޭ ބަދުނަސީބް…. ދުވަހުކުވެސް އޭނަ އަކަށް މަގޭ ހިތެއް ހެވެއް ނުވާނެ….” ބީނިޝްގެ ރަގަނޅު ވާހަކަ ދެއްކުމުން ގްރައިޝާ އިތުރަށް ރުޅި ގަދަވިއެވެ. “ހުއްޓާލާ ގްރައިޝާ….. އަދިވެސް ތި ރުޅިމަޑު ކުރާކަށް ނުވޭތަ؟؟….. ގްރައިޝާ އަށް އެގޮތަށް ކަންތައް ދިމާވުމުގަ އެކުއްޖާގެ ކުށަކީ ކޮބާ؟؟…. ތި ރުޅިއަކީ އޭނަ އަށް ހައްގުވާއެއްޗެއް ނޫން…… އެހެންނޫނަސް އަހަރެން ހީކުރީ ދުވަސްވުމުން ތި ނަފްރަތު ލޮއިބައް ބަދަލް ވާނެ ކަމަށް….. ހެޔޮނުވާނެ ތި ގޮތައް ނަފްރަތު ނުކޮށް އޭނާ ދެކެ ލޯބިވެބަލަ…. އޭނާ ހާދަ ލޮއިބެއްވެއޭ ގްރައިޝާދެކެ….. ހާދަ ދެރަވާނެއޭ އަބަދު ތިގޮތައް ކަންތައް ކުރީމަ…..” ގްރައިޝާގެ ދެކޮޑުގައި ހިފައިލަމުން އަސަރާއިއެކު ބަޝީރް ބުނެލިއެވެ. “ތީ މިހާރު އަހަރެން ވިސްނަން ޖެހޭ ކަމެއްނޫން…. އަހަރެން އޭނަދެކެ ލޯބި ވާނެކަމަށް ހީ ކުރެއުން އެއީ ބަޝީރް އަށް ކުރެވުނު ވަރަށް ބޮޑު ކުއްހީއެއް…. އޭރުވެސް އަހަރެން ބުނިގޮތައް ކަންތައް ކުރިނަމަ މިއަދު މިހެން ނުވީސް….. އަހަރެން މިގޮތައް ރުޅިއެއް ނާންނާނަން….. މިއަދު އެގޮތައް އޭނަ ދެރަވާން އެޖެހެނީ ހަމަ ބަޝީރް މެންގެ ސަބަބުން….. އެކަމުގެ ޒިންމާ ނަގަންޖެހޭނީ ބަޝީރް އާ، އަހަރެންގެ މަންމަ އާ ދެމީހުން…. އަހަރެން އޭނަ މިގެއަށް ގެނައީ އޭނައާ އެއްވެސް ގުޅުމެއް ނުބާއްވާ، އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ކޮއްދޭން މަޖުބޫރު ނުކުރުމަށް ޝަރުތުކޮއް އެކަމައް އަހަރެންގެ އާއިލާ އާއި ބަޝީރް ގަބޫލް ވީމަ…… އެހެންވީމަ މިހާރު ތިވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް…..” ބަޝީރް ވެފައިހުރި ދެރައިން، ގްރައިޝާ އަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. މާޒީގެ ކަންތައްތައް ބަޝީރް އަށް ހަދާން ކޮއްދިނީ ނުރުހުންތެރި ކަމާއި އެކުއެވެ. “އެކަމަކު ގްރައިޝާ އަހަންނާއި މެދު ވިސްނާލަ ބަލަ…… އަހަރެން ނެއްދުނިއެއަކު، ގިރައިޝާ ނޫން ކާކު އޭނާއަށް އަޅާލަން ހުންނާނީ….. ގްރައިޝާ އަށްވެސް އިގޭނެ އަހަންނަކީ މިއަދު ވަރަށް ބަލިމީހެއްކަން… މާދަންވެސް އެދުމަތި ކުރަންޖެހިދާނެ….. ދިރިހުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް…..” ބަޝީރް ބެލީ ހާލަތުގެ ނާޒުކުކަން ގްރައިޝާއަށް އަންގަދީ އަދިވެސް ވިސްނައި ދެވޭތޯ އެވެ. އަދި މިފަހަރު ބަޝީރް އަށް ކާމިޔާބުވެސް ވިއެވެ. ބާޝީރް އެހެން ބުނުމާއި އެކު، ގްރައިޝާ ބަޝީރަގެ އަގަމަތީގައި އަތް އަޅާ، އެހެން ނުބުނާން ބުނެ ބޯހުރާލިއެވެ. އެވަގުތު ގްރައިޝާ އައިއްސަ ހުރި ރުޅި ފިލާގޮސް އެ ދެލޯ ފުރި ބަންޑުންވީ ތާޒާ ކަރުނައިންނެވެ. ” ނޫން…ނޫން… ތިހެން ނުބުނޭ، އަހަރެން ކިހިނެއް ބަޝީރް އާއި ނުލާ އިޅޭނީ….. އަހަރެން އެކަނިވާނެ….. އިރާދު ކުރެއްވިއްޔަ އަދި ބައްޔައް ފަރުވާލިބޭނެ…. އުންމީދު ކަޑާނުލާ…..” ގްރައިޝާގެ އެވާހަކައިން އެނާގެ ހިތުގައި ބަޝީރް އަށް ދެވިފައިވާ ލޯބި ވަރަށް ފުރިހަމައަށް ހާމަ ވެގެންދިޔައެވެ. ބަޝީރް އަށް ހިތާމަ އާއި އެކުވެސް ހިނިތުން ވެލެވުނީ ވީއުފަލެއްގެ ބޮޑު ކަމުންނެވެ. އަދި ގްރައިޝާ ގެނެސް މޭގައި ލައްކޮށްލާ ބޮލުގައި ފިރުމާލީ އެގޮތައް ހިތާމަ ކުރާތަން ދެކެން ބޭނުން ނުވާތީއަވެ. “ގްރޭޝާ އަހަންނަށް ވައުދެއްވެދީ…. އަހަރެން ނެއް ދުނިއެއެއްގަ ދުވަހަކުވެސް ބީނިޝް އެކަނި ނުކުރާނެ ކަމަށް…..” އިރުކޮޅަކު އެހެން ހުރެލުމަށް ފަހު ގްރައިޝާ ގަޔާއި ދުރުކޮއް ލަމުން ލޮއިބާއި އެކު ބަޝީރް ބުނެލިއެވެ. “އެންމެ ރަގަނޅު އަހަރެން އޭނަ ބަލާނެން…. ދޫ ކޮށެއް ނުލާނެން…. މީ އަހަރެންވާ ވައުދެއް….. އެކަމު އަހަރެން ކައިރީ ނުބުނާތި އޭނަ ދެކެ ލޯބިވާން….. އެކަމެއް އަހަންނަކަށް ނުކުރެވޭނެ….” ބަޝީރްގެ އަތުގައި ހިފާލަމުން އިސްޖަހައިގެން ހުރެ ގްރައިޝާ ބުނެލިއެވެ. ގްރައިޝާގެ ވާހަކައިން ހިތުގައި ކުޑަ ރިހުމެއް އިފެދުނު ނަމަވެސް ބަޝީރް އަށް މޫނު އުފުލާލާ ﷲ އަށް ހަންމްދު ކުރެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. “ވަރަށް ވަރަށް ބޮޑައް ޝުކުރިއްޔާ….. ތި ކޮއްދެނީ ވަރައް ބޮޑު ކަމެއް……. ގްރައިޝާގެ ހުރިހާ ޝަރުތު ތަކައްވެސް އަހަރެން […]
ބައްޕަ އެހެން ބުނުމާއިއެކު ދެރަވެފައިހުރެ ބީނިޝް އަވަހަށް އެތަނުން ދިއުމައްޓަކާ ހިގައިގަތެވެ. ބަޝީރް ވެސް ގްރައިޝާ އާއި ދިމާއަށް ނުރުހުން ތެރިކަމާއިއެކު ބަލައިލަމުން، އެއްވެސް އެއްޗެއް ނުބުނެ ބީނިޝްގެ ފަހަތުން ހިގައިގަތެވެ. ********************************************************************************** ބަޝީރް، ބީނިޝްގެ ކޮޓަރީގެ ދޮރުހު ހުޅުވައިލީއިރު، އެނދުގެ އެއްކައިރީގައި ބީނިޝް އިށީންދެ، އިސްޖަހާލައިގެން ހުރިތަންފެނުނެވެ.ދަރިފުޅުގެ މާޔޫސީ މޫނު ފެނި ބަޝީރް ހިތް ރޯލިއެވެ. ބަޝީރް މަޑުމަޑުން ކޮޓަރިއަށް ވަދެ ދޮރު ޖަހާލުމަށްފަހު، ބީނިޝް ކައިރިއަށް ހުއްޓި ގޮވާލަމުން ބޮލުގައި ފިރުމާލިއެވެ. “ދަރިފުޅާ..” އެވަގުތު ހިޔާލަކަށް ގެއްލިފައި އިން ބީނިޝް ސިއްސައިގެން ގޮސް އިސްއުފުލާލީ އޭނާގެ ބައްޕަ ބޮލުގައި ފިރުމާލުމުންނެވެ. ބީނިޝް އަވަސް އަވަހަށް ލޮލުގެ ކައިރީގައި ހުރި ކަރުނަތަށް ފުހެލާ، ބައްޕައަށް ހިނިތެވް ވެލީ އޭނާ ދެރަވެފައި ހުރިކަން ބައްޕައަށް އަންގަން ބޭނުން ނުވާތީއެވެ. ބަޝީރް، ބީނިޝް ކައިރީގައި އިށީންދެ، ދަރިފުޅުގެ ގައިގައި ބައްދާލަމުން ގެނެސް މޭގައި ލައްކޮށްލިއެވެ. ” ވަރަށް ދެރަވެފައިދޯ ތިހިރީ މަންމަ އެހެން ބުނީމައި… ބައްޕަ އަބަދުވެސް ބުނަމެންނު މަންމަ އެކަހަލަ އެއްޗިހި ބުންޏަސް ދެރަ ނުވާށޭ…” ބީނިޝްގެ ބުލުގައި ފިރުމާލަމުން ބަޝީރް ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. “އަޅުގަނޑު ދެރައެއް ނުވެއޭ ބައްޕާ…” އެހުރިގޮތައް ހުރެ ބީނިޝް ބުނެލިއެވެ. ” އެހެންތަ؟… އެންމެ ރަގަނޅު… ބައްޕަ ބޭނުން ދަރިފުޅާ ކުޑަ ވާހަކައެއް ދައްކާލަން….” އަނެއްކާވެސް ބަޝީރް ބުނެލިއެވެ. “އަޅުގަނޑަށް އިގޭ ބައްޕަ ތިދައްކަން އުޅޭ ވާހަކައެއް…” ބަޝީރް އާއި ދުރުވެލަމުން ފުޅާ ހިނިތެން ވުމަކާއިއެކު ބީނިޝް ބުނެލިއެވެ. އަދި ރަގަނޅަށް އެދަށް އަރާ ދެފައި ވަށްކޮއްލަމުން ވާހަކަދެއްކުމަށް ތައްޔާރުވެލިއެވެ. ބީނިޝްގެ މިއަމަލު ފެނުމުން ބަޝީރްގެ ގާތައް ހިނިއައިސް، ދަރިފުޅާއި އެއްބައިވެލުމުގެ ގޮތުން، ބަޝީރް ވެސް ބީނިޝް އާއި ކުރިމަތި ވާގޮތައް އެދަށް އަރައި ހަމަޖެހިލިއެވެ. “ހޫމްމް…. ދެން ބުނެބަލަ ބައްޕަ މިބުނަން އުޅެނީ ކީކޭ؟؟….” ވަރަށް މަޖާ ވެފައިހިރެ ބަޝީރް އޭނާގެ ދަރިފުޅާއި ސުވާލު ކޮށްލިއެވެ. ” ނީޝް ކައިރީގައި ބައްޕަ ބުނަން ތިއުޅެނީ، އަބަދުވެސް ވަރަށް ހިތްވަރުގަދަ ވާންނެއޭ،….. މަންމަ ރުޅިން އެއްޗެކޭ އެހެން ބުނެވުނަސް މަންމަ ވަރަށް ލޯބިވާނެއެ ނީޝް ދެކެ،…… ބައްޕަ އަބަދު ކައިރީގަ ނުހުންނާނެއޭ އެހެންވީމަ އެކަނި އުޅެން ދަސްކުރަންވާނެއޭ،…. ވަރަށް ބަސްއަހަން ވާނެއޭ…. އެކަހަލަ ބައިވަރު ވާހަކަ….” ފޯރި އާއި އެކު ބީނިޝް ވާހަކަ ދައްކައި ނިންމައިލީއިރު ބަޝީރް އަށް ހުރެވުނީ ހީލަހީލަ އެވެ. މިކުއްޖާ އަދިވެސް ބޮޑެއްނުވެއޭ ބަޝީރްގެ ހިތަށް އެރިއެވެ. “ދަރިފުޅު ހާދަ މޮޅޭ…” ލޮއިބާއި އެކު ބީނިޝްގެ ކޮލުގައި ހިފައިލަމުން ބަޝީރް ބުނެލިއެވެ. “އިގޭނެ އެއްނު… ތީ ބައްޕަ ބޭރަށް ގޮއްސަ އަންނަ ކޮންމެ ފަހަރަކު ދައްކަވާހަކަ އެއްނު… އެހެންވީމައޭ އަޅުގަނޑަށް އިގެނީ….” ހަމަ ކުރީގެ ހުރި ރާގުގައި ބީނިޝް ބުނެލިއެވެ. “އެންމެ ރަގަނޅު…. ދެން އާދެ އަވަހަށް އޮށޯނަން… މިހާރު މާ ލަސްވެއްޖެ…..” އެއްފަރާތަށް ގޮސް އެދުގައި ކުޑަކޮށް ލެގިލ،ާ ހަށިގަނޑު ދަމާލަމުން ބަޝީރް ބީނިޝް ކައިރީ ބުނެލިއެވެ. ބަޝީރް އެހެން ބުނުމާއި އެކު އަވަސް އަވަހަށް އައިސް ބީނިޝް އޭނާގެ ބައްޕަގެ އަތުތެރެއަށް ވަދެ އޮށޯވެލިއެވެ. “ބައްޕާ އަޅުގަނޑު ވާހަކައެއް އަހާލަންތަ؟…” ބީނިޝްގެ ބޮލުގައި ފިރުމަމުން ދިޔަ ބަޝީރް އޭނާގެ ދަރިފުޅު މޫނަށް ބަލައިލާ ހޫމް ލައްވާލީ ދަރިފުޅުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތންނެވެ. …. ނުނިމޭ….
“ނީޝްގެ އުފަންދުވަސް ވެގެން ބައްޕަ ހަމަ ތަންކޮޅެއް އަވަހަށް އައީ……” ބަޝީރް މިހެން ބުނުމާއެކު އަކްރަމް އަށް ބަލައިލެވުނީ އެތަނުގައި ހެވިދިލިފައި ހުރި ބީނިޝް އަށެވެ. “ކޮބާ އަޅުގަނޑުގެ ހަދިޔާ….” އަކްރަމް ބަލައިލުމާ އެކު އަވަހަށް އަތް ދިއްކޮށްލަމުން ބީނިޝް ބުނެލިއެވެ. އޭނާ އެހެން ބުނެލި ގޮތުން ހީވީ އަކްރަމް ކައިރީގައި އެހެން ބުނަން ލަސް ވެފަހުރިހެންނެވެ. އެވަގުތު އަކްރަމް އެންމިޔަކަނުން ހެވިފަ އިދެ ދެއަތް ދެއަތަށް އުގުޅާލީ ބީނިޝް ރުޅިއަރުވާލާނަމޭ ހިތަށް އެރުމުންނެވެ. އަދި މޫނުމަތިން ދެރަވާ ގޮތް ދައްކާލަމުން ބީނިޝް އާއި ދިމާލަށް އެބުރިލާ، ކަންފަތުފޫޅު ގައި ހިފައިލި އެވެ. “ވަރަށް ބޮޑަށް މާފް ކުރޭ… އަކްރަމްބެ އެއް ގޮތަކަށްވެސް ހަދާނެއްނެތް….. އެހެންވީމަ ކިހިނެއް ހަދިޔާ އެއް ގެންނަނީ…..” “ހަދާން ނެތުނީއޭ….” ޤަބޫލް ނުކުރެވޭ ފަދަ ގޮތަކަށް ދެލޯ ބޮޑު ކޮށްލާ އަކުރުތަކަށް ދަމާލަމުން ބީނިޝްއަށް އެހެން ބުނެލެވުނީ އެއީ އޭނާ އުންމީދު ކުރިކަހަލަގެ ޖަވާބަކަށް ނުވީމައެވެ. އެވަގުތު ބީނިޝްގެ މޫނުމަތީގައިވާ ހައިރާންކަން ފެނި އެތާ ތިބި އެންމެން ވެސްތިބީ ބަޑަށް ހީލަ ހީލައެވެ. “ހަދާންނެތިދާނެ އެއްނު….. ނީޝް އަށް އިގޭތަ ހަދާން ނެތުމަކީ އުޒުރެކޭ….” އަނެއްކާވެސް މޫނުމަތިން ދެރަވާގޮތް ދައްކާލަމުން އަކްރަމް ބުނެލިއެވެ. “ހަދާން ނެތުނީއެއްނޫން…. ހަމަ ގަސްތުގަ…..” ތުންކޮޅު އަބުރާލަމުން އަނެއްފަރާތަށް އެބުރިލާ ބީނިޝް ރުޅިވެރިކަމާއެކު ބުނެލިއެވެ. ބީނިޝް އެހެން ބުނެލުމާއި އެކު އެތާތިބި އެންމެން ނަށްވެސް ހޭންފެށުނީ އިތުރަށް ހިނިގަނޑު ހިފަހަށްޓަން އުދަގޫވީ މައެވެ. އެވަގުތު ގުރައިޝާވެސް ތަބަކަކަށް ޖޫސް ތަށްޓެއް ލައިގެން އައިސް އަކްރަމްއަށް ދިއްކޮށްލިއެވެ. އަދި ގޮސް ބަޝީރް ކައިރީގައި އިށީންދެލި އެވެ. “އޯކޭ….އޯކޭ…. ކަމަނާ… ދެންތި ރުޅިމަޑުކޮށްބަލަ…. އަކްރަމްބެ އާ ދޮންތަގެ ފަރާތުން އޮތް ހަދިޔާއަކީ މިރޭގެ ޕާޓީ….” އަކްރަމްހެމުންހެމުން އެންމެ ފަހުން އޭނަގެ ހަދިޔާގެ ވާހަކަ ބުނެލިއެވެ. “ޕާޓީ އޭ….” އަނެއް ކާވެސް އަކްރަމް އާއި ވީފަރާތަށް އެބުރިލަމުން ހައިރާން ކަމާއެކު ބީނިޝް އަހައިލިއެވެ. “ހޫމް…. ޕާޓީ…. މިރޭ އަކްރަމްބެގެ މާބުލް ހޮޓެލްގަ އޮންނާނެ ނީޝްކޮގެ 14ވަނަ އުފަންދުވަހުގެ ޕާޓީ…..” ލޮއިބާއެކު ބީނިޝްގެ ކޮލުގައި ހިފައިލަމުން މިފަހަރު އޭނަގެ ހައިރާންކަން ފިލުވައިލަ ދިނީ، އޭނާގެއެންމެ ކައިރީގައި ހުރި އޭނާގެ ދޮންތައެވެ. “އާޗާ…ހަމަ އަސްލުތަ….”ފުޅާ ހިނިތުން ވުމަކާއިއެކު އަކްރަމް އަށް ބަލައިލަމުން ބީނީޝް އަހައިލިއެވެ. “ހަމަ އަސްލަށް” އަކްރަމް ވެސް އިތުރަށް ބީނިޝް އަށް ޔަގީން ކޮށްދިނުމުގެ ގޮތުން ބުނެލިއެވެ. “އެހެންވީއިރު ޖެހޭނެއެއްނު ހުރިހާ އެންމެންނަށް އަންގަން.. އަންނާނަށް ފޯން ހިފައިގެން…” މިހެން ބުނެ ބީނިޝް އަވަސްވެގަތީ އެތަނުން ތެދުވުމަށްޓަކައެވެ. “އަންގަން ޖެހޭ ހުރިހާ އެންމެންނަށް އަންގައިފިން…. ނީޝްކޮ ޖެހޭނީ ހަމައެކަނި ޕާޓީ އަށް ރެޑީވެގެންދާން… އެންޑް، އުލްވާ ކައިރީބުނިން ނީޝްކޮ އާއެކު މިގޭން އެތަނަށްދާން މިގެއަށް އަންނާށޭ…” އެތަނުން ދިއުމަށްޓަކާ ތެދުވެހުރި ބީނިޝްގެ އަތުގައި ހިފައި އަލުން ސޯފާގަ ބައިންދަމުން ޝިމާނާ ބުނެލިއެވެ. ޝީމާނާ މިހެން ބުނެލުމާއެކު ބީނިޝް ހެމުން ހެމުން ޝިމާނާގެ ގައިގަ ބައްދާލިއެވެ. ލޯގަނޑު ކުރިމަތީހުރެ ދެކޮޅަށް އެބުރެމުން، ފަރިބަލަމުން ބީނިޝް ދިޔައީ އޭނާއަށް ތައްޔާރުވެވިފައި ހުރީ އެންމެ ފުރިހަމަޔަށްތޯ ޔަގީން ކުރިމަށްޓަކައެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ފަހަތަށް އެބުރިލާ، ބަލައިލީއިރު އުލްވާ އެކޮޓްރިއަށް ވަދެގެން އަންނަތަން ފެނުނެވެ. “މާޝާ ﷲ.. ހާދަރީއްޗޭ… ހީވަނީ މިރޭ ގެއްލޭނެހެން..” ކޮޓަރިއަށް ވަދެގެން އަންނަމުން އުލަވާ ބީނިޝް އަށް ތައުރީފް ކޮށްލިއެވެ. “ހެހެހެ… ޝުކުރު….. ދެންހިގާ އަވަހަށްދާން..” ކުޑަހިނިތުން ވުމަކާއިއެކު އުލަވާއަށް ޝުކުރުއަދާކުރަމުން ދެންކުދިން އެތަނުން ނިކުމެގެން ދިޔައީ މިރޭގެ ޕާޓީ އޮނަނާނެ ގޮތާމެދު މަޝްވަރާ ކުރަމުންނެވެ. މާބުލް ހޮޓެލް ކުރިމަށްޗަށް ކާރު ހުއްޓުމާއެކު އެންމެ ފުރަތަމަވެސް ކާރުންފޭބީ ބީނިޝް އާއި އުލަވާ އާއި ދެކުދިންނެވެ. އެހެން މީހުން ކާރުން ފޭބުމުގެކުރިން ދެކުދިން އެތަނަށް އަވަހަށް ވަދެގެން ދިޔައީ، އެތަން ތައްޔާރު ކުރެވިފައިވާ ގޮތް ބަލާލުމަށް ކެއްމަދުވެފައި ވާތީއެވެ. މާބުލް ހުޓެލްގެ އެންމެމަތީ ފަންގިފިލާއަށް ވަދެގެންއައި ބީނިޝް އާއި އުލްވާގެ ފިޔަވަޅުތަކަށް ހުއްޓުމެންއައީ އެތަންތައްޔާރު ކުރެވިފައިވާލެއް ފުރިހަމަކަމުންނެވެ. ބީނިޝްއަށް އެންމެރީތި ކުލަތަކާއި މާތަށްލައިގެން އެތަން ތަށްޔާރު ކުރެވިފައިވަނީ ވަރަށްވެސް ފުރިހަމަޔަށެވެ. “ނީނީޝްޝް” ތަނުގެރީތިކަމަށް ގެއްލިފަތިބި ބީނިޝް އާއި އުލަވާއަށް ސިހުންގެނުވީ ޕާޓީއަށް ހާޒިރުވެތިބ،ި އޭނާގެ އެކުވެރިންނާއި ކްލާސް ބައެއްކުދިން އެއްކޮށް އޭނާގެ ނަމުން ގޮވައިލުމުންނެވެ. އެވަގުތު ބީނިޝް ފުޅާ ހިނިތުންވުމަކާއިއެކު އަވަހަށް އައިސް ހުރިހާ ކުދިންނާއި ބައްދަލްކޮށް ޕާޓީއަށް އައިސް ދިނީތީ ހުރިހާ ކުދިންނަށް ޝުކުރުއަދާ ކުރިއެވެ. އޭގެ ހަމަ ކުޑަ އިރުކޮޅެއްގެތެރޭ ބީނިޝްގެ އާއިލާ މީހުން އަންނަތަންފެނި، ބީނިޝް ހިނގައިގަތީ އެމިހުންގެ ގާތަށް ދިއުމަށްޓަކައެވެ. އަދި އެމީހުންނާއި، އަރާ ހަމަވުމުން ފުޅާ ހިނިތުން ވުމަކާއިއެކު، ޝިމާނާގެ ގައިގަ ބީނިޝް ބާރަށް ބައްދާލިއެވެ. “ކޮބާ ކިހިނެއްވަނީ؟… ހިންހަމަޖެހޭތަ؟….” ބީނިޝްގެ އެއަމަލުން އުފާވެފައިހުރެ ޝިމާނާ އަހައިލިއެވެ. “ވަރަށް ހިންހަމަޖެހޭ…. ވަރަށް.. ވަރަށް… ފުރިހަމަ… ދޮންތިއާ އަކްރަމްބެއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…” ޝިމާނާއާށް ޝުކުރު އަދާ ކުރުމަށްފަހު ބީނިޝް އަވަސްވެގަތީ އޭނާގެ އާއިލާއަށް އޭނާގެ ރަށްޓިހިން ތައާރަފްކޮށް ދިނުމަށްޓަކައެވެ. އެހެންކަމުން ބީނިޝް އޭނާގެ ދައްތަގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އާއިލާ އާއި ގިނައެކުވެރިން ތަކަކާއި އެކު މަޖާކޮށްލާ، އުފާވެރި ވަގުތު ތަކެއް ހޭދަކޮށްލާ، އެރޭގެ ޕާޓީ ނިންމާލީ ގައިގަޑަކަށް 12ޖަހަން ކައިރިވެފައި ވަނިކޮށެވެ. ޕާޓީ ނިންމާލުމަށްފަހު އާއިލާ އާއި އެކު ބީނިޝް ގެއަށް އައީ އުލްވާ ގެއަށް ލައިދީފައެވެ. ގޭކައިރިއަށް ކާރު މަޑުކޮށް ލުމާއިއެކު ބީނިޝް އަވަހަށް ކާރުން ފައިބާ، ލިބިފައިހުރި ހަދިޔާތަށް ކާރުން ނެރެންފެށިއެވެ. އެވަގުތު ޝިމާނާވެސް ކާރުން ފައިބާ ބީނިޝް އަށް އެހީވާން ފެށިއެވެ. “ޝިމާ… ދެން މިރޭ ދަނީއިގޭ… ވަރަށް ލަސްވެއްޖެ މިހާރު… މާދަން މީޓިންނެއް އޮންނާތީ އަވަހަށް ތެދުވަންވެސް ޖެހޭ… ބާއްޖަވެރި ރޭގަނޑަކަށް އެދެން ހުރިހާ އެންމެންނަށް ވެސް..” ކާރުގެ ތެރެއިން ހަދިޔާތަށް ނަގައި ނިމުމާއިއެކު ޝިމާނާ އާއި މުހާތަބުކޮށް އަކްރަމް ބުނެލިއެވެ. “ދެން އެތެރެއަށް ވަދެވެސް ނުލާ ދަނީ ތަ؟… އާދެއެއްޗެއް ބޮއިލައިގެންދާން….” އަކްރަމް ގެއަށް ނުވަދެ ދާކަން އިގިގެން އެވަގުތުއެތަނަށް އަރާހަމަވި ގުރައިޝާ ކަންބޮޑުވުމާއި އެކު އަހައިލިއެވެ. “ނޫން މަންމަާ…. އަޅުގަނޑު ބަޑު ވަރަށް ފުލް… އަނެއްކާ މިރޭ މާލަސް ވެސް ވެއްޖެ… އެހެންވީމަ ދެން މިރޭ ގޮސްލަނީ… މާދަންއަންނާނަން…” ހިނިތުން ވުމާއިއެކު ގުރައިޝާ އަށް ޖަވާބު ދެމުން އަކްރަމް ކާރު ދުއްވާލިއެވެ. ޝިމާނާ ބީނިޝްގެ ހަދިޔާތަށް އޭނާގެ ކޮޓަރިއަށް ގެންދިއުމަށް ފަހު، އޭނާގެ ގައިގަ ކުޑަކޮށް ބައްދައިލާ ރޭގަނޑުގެ ސަލާމް ކިޔަމުންއެތަނުން ދިއުމަށް ހިގައިގަތެވެ. ޝިމާނާ ދިއުމާއި އެކު ބީނިޝް އަވަސްވެގަތީ، ވެފައިހުރި ވަރުބަލީގެ ސަބަބުން އަވަހަށް ނިދަންތައްޔާރު ވެލާށެވެ. ފާހާނައަށް ވަދެ ފެންވަރައިލައިގެން ނިކުމެ ނިދަން ތައްޔާރުވެލާ، ކޮޓަރިން ނިކުމެލީ އޭނާގެ ބައްޕަ ވީތަނެއް ބަލާލުމަށްޓަކައެވެ. […]
” ނީޝްގެ އުފާވެރިކަން ދެގުނައަށް ބަދަލްވީ ދޮންތަގެ 20ވަނަ އުފަންދުވަހު ދޮންތަ އަކްރަމްބެ އާއި އިންނަން އުޅޭކަން ޢިއުލާން ކުރުމުން” ———————————————————————————————————————— “އަކްރަމްބެ އާއި ދޮންތަ ރައްޓިހިވެގެން އުޅޭތާ އޭރު 2 އަހަރު ވާނެ… އަކްރަމްބެ އަކީ އޭރުގެ ޔޫތު މިނިސްޓަރ…. އަކްރަމްބެ އޭރު ވަރަށް ރަގަނޅުވާނެ….. އާއިލާ މީހުންނަށް އެކިކަންކަމުގަ އެހީވެދީހަދާ އެންމެންނާ އިވެސް ވަރަށް ގުޅިގެން އުޅުނީ….. ދެރަ އާއި ހިތާމައަކީ ކޯޗެއްކަމެއް އޭރަކު ނީޝް އަކަށް ނޭންގޭ، އަބަދުވެސް ހުރީ އުފަލުން. މުޅި ގެއިންވެސް އަބަދު އިވިއިވި ހުންނާނީ ހުނުމުގެ އަޑު. އެކަމް އެހުރިހާ އުފަލެއް ދެމިހުރީ 14އަހަރު ވަންދެން….” ******************** “ހެޕިބާރތްޑޭ ޓުޔޫ، ހެޕިބާރތްޑޭ ޓުމައި ޕްރިންސަސް….” އެސީގެ ފިނިކަމާއެކު މަޑު ތަންމަތީގައި ނިދާފައި އޮތް ބީނިޝް ނިދިބަރު ގޮތަކަށް ލޯ ހުޅުވައިލީ ކޮޓަރީގެ ތެރެއިން އިވެމުންދާ އުފަންދުވަހުގެ ތަހުނިޔާ ލަވަ އަޑުއިވިފައެވެ. ހަމަ އެސިކުންތުގައި ފުޅާ ހިނިތުން ވުމަކާއި އެކު ފުންމައިގެން ތެދުވީ ކުރިމަތިން ފެންނަންހުރި ދަނބު ކުލައިގެ ބޮޑު ޕާރިސަލް އާއި ބޮޑު ލެވެންޑާ މާބޮނޑި ފެނިފައެވެ. އަވަސް އަވަހަށް އެދުންފައިބާ މާބޮނޑި ނެގުމަށްފަހު ނޭފަތް އެތެރެއަށް ދަމާލީ އޭގެ ވަސް ބަލާލާ ހިތް އޮތްލެއް ބޮނޑު ކަމުންނެވެ. އެވަގުތު ބީނިޝްގެ ލޯ މެރިގެންދިޔައީ މާބޮނޑިން ދުވި ލުއި މީރުވަހެއްގެ ސަބަބުންނެވެ. “ބައްޕާ”، މާބޮނޑީގެ މީރުވަހުން ހިތްފުރިފަހުރެ ބޯ އެތްފަރާތަކަށް ކުޑަކޮށް އަރިކޮށްލާ ބީނިޝް އޭނާގެ ބައްޕައަށް ގޮވާލީ ކޮޓަރީގެ ތެރެއިން އަޑު އިވެމުންދިޔަ ތަހުނިޔާ ލަވައިގެ އަޑު ކެޑުމުންނެވެ. އެވަގުތު އެތަނުގައިހުރި އަލަމާރީގެ އަނެއްފަރާތުން ނިކުތް ބަޝީރު ފެނި ބީނިޝްގެ މޫނުމަތީގައިވާ ހިނިތުންވުން ފުންވެގެން ދިޔައެވެ. އަދި އަވަސް އަވަހަށްގޮސް އޭނާގެ ގައިގަ ލޯބިން ފުރިގެންވީ ގޮތަކަށް ބައްދައިލީ އެކަމަށް ބޭނުން ވެފައިހުރިލެއް ބޮޑުކަމުންނެވެ. “ހެ..ހެ..ހެ.. ދަރިފުޅަށް ކިހިނެތްތަ އިގުނީ ބައްޕަކަން. ބައްޕަ ނުބުނަމެއްނު މިއަދު އަންނަ ވާހަކައެއްވެސް.” ހިނިތުންވެހުރެ ލޯތްބާއެކު ބީނިޝްގެ ބޮލުގައި ފިރުމާލަމުން ބަޝީރު އަހައިލިއެވެ. “އަޅުގަނޑަށް އެނގެއޭ މީބައްޕަގެ ކަމެއްކަން. އަބަދުވެސް ބައްޕައެއްނު އަޅުގަނޑަށް ފުރަތަމަ އުފަންދުވަހުގެ ތަހުނިޔާ ކިޔާނީ . ބައްޕަނޫން އަހެންމީހަކު ފުރަތަމަ ކިޔާކަށް ބޭނުމެއްވެސްނޫން.” ބަޝީރުގެ ގައިގައި ބައްދައިލައިގެންހުރެ ޅަ ގޮތަކަށް ބީނިޝް ބުނެލިއެވެ. “އެކަމް ރޭގަ އަޅުގަނޑު ގުޅީމަވެސް ބުނީމެއްނު ނާދެވޭނެއޭ. ދެންނުދާނަންދޯ އެހާއަވަހަކަށް.” ކަމެއް ހަދާންވާފަދަ ގޮތަކަށް ދުރުވެލަމުން އަނެއްކާވެސް ބީނިޝް އަހައިލިއެވެ. “ދެންހީވޭތަ ބައްޕަގެ ރާނީގެ އުފަންދުވަހު ބައްޕަ ނައިސްހުންނާނެހެން. ހަމަ ސަޕްރައިސް އެއް ދޭހިތުން ދަރިފުޅުގެ ކައިރީއެހެން ބުނީ. ކަމުދޭތަ ސަޕްރައިސް”. ލޮތްބާއެކު ބަޝީރު އެހެން ބުނެލީ ބީނިޝްގެ ދަތްދޮޅީ ގައި ހިފާލަމުންނެވެ. “ލައްބަ، ވަރަށް ވަރަށް ކަމުދޭ. ޝުކުރިއްޔާ.” ދެވަނަބުރަށްވެސް އަތުގައިވާ މާބޮނޑިން ވަސްބަލާލަމުން ބީނިޝް ބުނެލީ އޭނައަށް ލިބިފައިވާ ހަދިޔާ އާއިމެދު ވަރަށް ހިތްހަމަޖެހި ހުރެއެވެ. “އެހެންވީމަ އަވަހަށް ތައްޔާރުވެލައިގެން އާދޭ ސައިބޯން. ދަރިފުޅުއައީމަ ފަށްޓާނީ.” ބިނިޝްގެ ކައިރީގައި ތައްޔާރުވެގެން ނިކުންނަން ބުނަމުން ބަޝީރް އެކޮޓަރިން ނިކުމެގެން ދިޔައީ އަދިވެސް އެއްފަހަރު ލޯބިވާ ދަރިފުޅުގެ ގައިގަ ބައްދާލަމުންނެވެ. ބަޝީރު އެކޮޓަރިން ނިކުތުމުން ބީނިޝް އަވަސްވެގަތީ އަތުގައިވާ މާބޮނޑި މާޓުކުރިޔަށް ޖެހުމަށެވެ. ސައިޑްޓޭބަލް ކައިރިޔަށްޖެހިލާ ކުޑަކޮށް އެނދުގައި އިށީންދެލަމުން އެކުޑަ މޭޒުމަތީ ބަހަށްޓައިފައިހުރި، މާޓުކުރިން މަސްނޫޢީ މާތަށް ނަގަންފެށިެއވެ. އަދި އަގައިން މަޑު ރާގެއް އަޅުވައިލަމުން ލެވެންޑާ މާބޮނޑިން ފަހަރަކު މަލެއް ނަގާ މާޓުކުރިޔަށް ޖަހަންފެށިއެވެ. ރީތި ރާގެއް އަޅުވައިލައިގެން މާޓުކުރި ޒީނެތްތެރިކުރުމަށް ގެއްލިފައި އިން ބީނިޝްއަށް ސިހުންވެރިކަމެއް ގެނުވީ މޭޒުމަތީގައި ބާއްވާލައިފައި އޮތް އޭނާގެ ފޯންގެ ރިންގުންނެވެ. ފޯން ނަގައި ބަލާލަމުން ހިނިތުންވެހުރެ ބީނިޝް ކަންފަތާ ފޯން ކައިރިކޮށް ލިއެވެ. “ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެން މަގޭ ލޯބިވާ….. ދެން އަވަހަށް އަހަންނަށް މީރު ކެއުމެއްދެއްވާށި…….” ބީނިޝް އަށް ބޭއިހްތިޔާރުގައި ބާރަށް ހީގަނެވުނީ އޭނާގެ އެންމެ ގާތް އެކުވެރިއާ އުލްވާ އޭނާޔަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާލި ގޮތުންނެވެ. “ސާބަސް، އެރި އިރާ އެއްކޮށް ގުޅާފަ ކާ ވާހަކަ ތިދައްކަނީ، މިއަދު އަދި ސީމައްތަ ސައިނުދޭތީ ދޯ………” ބީނިޝް ވެސް މަޖާވެލާފައި މަހާއަށް ބުނެލިއެވެ. “ފޫހި އަންހެނެއް…. އަޅެ ތިހެންބުނުމުގެ ބަދަލު ކީއްތަވާނީ ކެއުމަކަށް ދަޢުވަތު ދިނިއްޔާ…. މިއަދު ހައްގުވާނެ ދިނުންވެސް………” މޫނުމަށްޗަށްފޫހި ވައްތަރެއް ޖައްސާލަމުން އުލްވާ އިއްވައިލިއެވެ. “ހޫމް… ކެއުންދޭނަމޭ… ތިއެއްނޫނޭ އިގޭތަ މައަދު……” “ހޫމް… އިނގޭ، ބަޝީރުބޭގެ މޮޅު ހަދިޔާއެއް ލިބުނީދޯ” ބީނިޝްގެ ވާހަކަ ފުރިހަމަ ނުވަނީސް އަވަސް އަވަހަށް އުލްވާ ބުނެލިއެވެ. “ހެ….ހެ…ހެ… ހޫމް، އިގޭތަ ލެވެންޑާ މާބޮޑިއެއް….” ދެލޯ ބޮޑު ކޮށްލާ ފުޅާ ހިނިތުންވުމާއި އެކު ބީނިޝް އެހެން ބުނެލިގޮތުންވެސް ފޯންގައި ހުރި އުލްވާ އަށް އޭނާގެ އެކުވެރިޔާ އުފާ ވެފައި ހުރި މިންވަރު އިހުސާސްވެގެން ދިޔައެވެ. “އާޗާ…. ތިފޮނިވެފަ ހުރި ގޮތުންވެސް ހީވިއޭ އެހެން…. އަޅެ ގައިމު އަހަންނަށްވެސް ތިކަހަލަ ބައްޕަ އެއް ލިބޭނަމަ….” އެކުވެރިޔާގެ އުފަލަށްޓަކާ އުފާކުރާ ހާލު އުލްވާވެސް އެކުވެރިޔާގެ އުފަލުގައި ބައިވެރިވެލިއެވެ. “އެކަހަލަ އެހެން ބައްޕައެއް ނުލިބޭނެ… އެއީ ހަމައެކަނި ނީޝްގެ ބައްޕައެއް… ނޯ ކޮޕީސްސް… އަދި އެއްވާހަކަ… އުލްގެ ބައްޕައަކީ ގޯސް މީހެއްނޫން އިގޭ… ދެވަނަދުވަހު އުސްމާނުބެއާ އެހެން މީހުންނާ އަޅާ ނުކިޔައްޗޭ… އަޑު އިވިއްޖެ…” […]
“އަޅުގަނޑުގެ އާއިލާ މީހެއްތޯ؟ އަޅުގަނޑު ރަށުމީހެއްތޯ؟ ހަމަ އެސިކުންތުގައި މޫނު މަށްޗައް އުފާވެރިކަން ގެންނަމުން ބީނިޝް އިކްޒާގެ އަތުގައި ހިފާލުމަށްފަހު އަވަސް އަވަހަށް އަހައިލިއެވެ.” އެއަޑުގައިވި ޖޯޝާއި ފޯރި އިހުސާސްވެ، އެތަނުގައި ތިބި ދެ ފުލުހުންނަށްވެސް ތިބެވުނީ ބީނިޝް އާއި ދިމާލަށް ބަލަހަށްޓައިގެންނެވެ. “ނޫން، އާއިލާމީހެއްނޫން. ނޫސްވެރިއެއް. ބީނިޝްގެ އިންޓަރވިއުއެއް ނަގަން ބޭނުންވާތީ” ތަނަށްވެރިވެފައިވާ ހިމޭންކަން ކަނޑުވާލަމުން ނިޔާޒް ބުނެލިއެވެ. ނިޔާޒްގެ މިޖުމްލައާއެކު އުފާވެރިކަން ފާޅުވަމުންދިޔަ، ބީނިޝްގެ މޫނުމަތި މިލާމޯޅިވެ މޫނުމަތީގައި ހިތާމަވެރިކަމުގެ ކުލަވަރު ފާޅުވެގެންދިޔައެވެ. “އަޅުގަނޑުރެޑީ ވާނަން.” އިސްޖަހާލުމަށްފަހު ލޮލަށް ޖަމާވެފައިހުރި ކަރުނަތަށް އަތުގެ ބޮޑުވައި އިގިލިން ފުހެލަމުން ބީނިޝް ބުނެލިއެވެ. އިކްޒާވެސް ހިނިތުންވުމާއެކު ބީނިޝްގެ ބޮލުގައި ފިރުމާލުމަށްފަހު ނިޔާޒް އާއި އެކު އެތަނުން ނިކުތުމަށް ހިނގައިގަތެވެ. ***************** މާލޭގެ ހަލަބޮލިވެފައިވާ މަގުމަށްޗައް ނަޒަރު ހުއްޓައިލައިގެންހުރެ ދުއްވަމުން ދާހާ ކާރަކަށް، މަހާ އަތްނަގަމުން ދިޔައީ ފުރަން ހަމަޖެހިފައިވާ ގަނޑިޔަށް ޖެޓީއަށް ނުދެވިދާނެތީއެވެ. އޭރު އޭނާގެ ކޮއްކޮ ޖައިޝާންވެސް މަހާއަށް އެހީވުމުގެ ގޮތުން ދިއައީ ކާރެއް ލިބޭތޯ ބަލަމުންނެވެ. “އަޅެ މިދެން ކިހާދެރަކަމެއ،ް އަވަހަށް ތާކައް ދާންއުޅެންޏަ ކާރެއްވެސް ނުލިބޭނެ.” ފޫހިކަން އެކުލެވޭ ރާގަކަށް ޖައިޝާންއަށް ބަލާލަމުން މަހާ ޝަކުވާއެއް ކޮށްލިއެވެ. މަހާގެ ބަހަށް ރައްދެއްނުދީ ޖައިޝާން ހީލަހީލާ ހުރީ އެއީ އޭނާގެ ދައްތަގެ އާދައެއް ކަމަށް ވާތީއެވެ. ހަމައެވަގުތު އެތަނަށް މަޑުކޮށްލި ކާރެއް ހުއްޓުވާ އެއަށް އެރުމަށްފަހު މަހާ އެނާގެ މަންޒިލަށް ދިއުމަށް ދަތުރުފެށިއެވެ. ***************** ކުރު ދަތުރަކަށްފަހު މާފުށީ ބަދަރާ ގާތްކުރި ލޯންޗުން ފަޅުވެރިއެންގެ އެހީގައި އެންމެ ފުރަތަމަވެސް ފޭބި މީހަކަށް ވާނީ މަހާއެވެ. ރަށުގެ ފަސްގަޑުގައި ފައިޖެހުމާއެކު ލޮލުގައިވާ އަވިއައިނު ނަގަމުން ދެކޮޅު ހޯދާބަލާލީ އޭނާގެ އެކުވެރި ނިޔާޒް ފެނޭތޯއެވެ. އެވަގުތު މަހާގެ މޫނު މަށްޗައް ހިނިތުންވުމެއް ވެރިވީ ނިޔާޒް އޭނާގެ ކައިރިއަށް އަންނަތަން ފެނުމުންނެވެ. “ކޮބާ ދަތުރު ކިހިނެއް؟” މަހާގެ ކުރިމަށްޗަށް ހުއްޓުމަށްފަހު ސަލާމަށް އަތްދިއްކޮށްލަމުން ނިޔާޒް ސުވާލުކޮށްލިއެވެ. “ހަމަ ވަރަށް ބަރާބަރު” މަހާވެސް ހިނިތުންވުމާއެކު ސަލާމް ބަލައިގަތުމަށްފަހު ނިޔާޒްގެ ސުވާލަށް ޖަވާބުދެމުން ކުރިޔަށް ހިނގައިގަތީތަންކޮޅެއް ދުރުގައި ޕާކް ކޮށްފައި އޮތް ވެހިކަލަށް އެރުމަށް ޓަކައެވެ. މާފުށީ ޖަލަށް ވަދެވުމާއެކު ނިންމަންޖެހޭ ހުރިހާކަމެއް ނިމްމުމަށްފަހު މަހާ ނިޔާޒް އާއިއެކު ހިނގަމުންދިޔައީ ބީނިޝް ބަހައްޓާފަހުރިކޮޓަރިއާ ދިމާލަށެވެ. ކުޑަތަންކޮޅަކަށް ހިނގުމަށްފަހު ނިޔާޒް ގޮސް ހުއްޓެލީ އާދައިގެ ދޮރެއްގެ ކުރިމަށްޗަށެވެ. އަދި ދޮރުހުޅުވާލުމަށްފުއެތްކައިރިއަކަށް ޖެހެލީ މަހާ ވަނުމަށް ތަންދެއްކުމަށްޓަކައެވެ. އެތަނަށް ވަނުމައްޓަކާ މަހާ ނަގަމުންދިޔަ ފިޔަވަޅުމަތީ ހުއްޓެލީ ކުރިމަތީ ފެންނަންހުރި ފުރިހަމަކަން ފެނިފައެވެ. މަހާ އާއި 6 ފޫޓެއްހާ ދުރުގައި ހުރި ގޮނޑިއެއްގައި އިށީންދެލައިގެންއިން އަންހެންކުއްޖާ އަކީ ޤާތިލެކޭބުނަން މަހާގެ ޒަމީރު ދެކޮޅުހަދަމުން ދިޔައެވެ. ކަޅުބުރުގަލުގެ ތެރެއިން ފެންނަންހުރި މޫނުމަތީގައިވަނީ މައުސޫމް ކަމާއި ސާދާކަމެވެ. ލައިފައި ހުރި ބޮޑުހެދުމުގެތެރެއިން ފާޅުވަމުންދިޔަ ކުޑަ ހަށިގަނޑައް ބަލާލާފައި އެއީ 26 އަހަރަށްދާ ކުއްޖެކޭ މީހަކު ނުބުނާނެއެވެ. “ޤަބޫލެއް ނުކުރެވޭ ދޯ؟” ބަސްހުއްޓިފައި ބީނިޝްއަށް ބަލަމުންދިޔަ މަހާއަށް ހޭވެރިކަމެއްވީ ނިޔާޒް ސުވާލުކޮށްލުމުންނެވެ. “ހޫމްމް.. ޤަބޫލް ނުކުރެވިފަ މިހުންނަނީ. ހިތަށްއަރާ ﷲގެ ކުޅަދުންވަންތަ ކަމާއޭ، ނިޔާ ފޯނުން ގުޅާފަ ސިފަކޮށްދިން ވަރަށްވުރެއް ވެސް މާފުރިހަމަ.” ބީނިޝް ކައިރިއަށް ދިއުމަށްޓަކާ ފިޔަވަޅު އަޅާލަމުން މަހާ ނިޔާޒް ކޮށްލި ސުވާލަށް ޖަވާބުދިނެވެ. “އައްސަލާމްޢަލައިކުމް، އަޅުގަނޑުމީ ޢައިޝަތު މަހާ، އަވަސް ނިޔުސްގެ ފަރާތުން” ބީނިޝް ކައިރިއަށް ހުއްޓިލުމައްފަހު ސަލާމް އަށް އަތް ދިއްކޮށްލަމުން މަހާ އަމިއްލައަށް ތަޢާރަފްވެލިއެވެ. ހިނިތިންވުމަކާއެކު މަހާގެ ސަލާމް ބަލައިގަންނަމުން ބީނިޝް އެއްކައިރީިހުރި ގޮނޑިއަކަށް އިޝާރަތް ކޮށްލީ މަހާ އިށީންނުމައް ތަންދެއްކުމަށްޓަކައެވެ. “ބީނިޝް ދޯ؟ އިންޓަރވިއު އަށް ރެޑީ ތޯ؟” ވާހަކަދެއްކުމުގެ ގޮތުން މަހާ ބީނިޝް ކައިރީ އަހައިލިއެވެ. “ލައްބަ، އަޅުގަނޑު ރެޑީ، އެކަމު ޝަރުތެއްގެމަތިން” މަހާގެ ސުވާލަށް ބޯޖަހަލަމުން ބީނިޝް ސަމާސާ ރާގަކަށް ބުނެލިއެވެ. ބީނިޝްމިހެން ބުނުމާއެކު ހައިރާންކަން އެކުލެވޭ ގޮތަކަށް މަހާ ނިތް އަރުވާލީ ކޮން ޝަރުތެއްތޯ އަހާލާފަދަ ގޮތަކަށެވެ. “އަޅުގަނޑާ ތިހާ ރަސްމީކޮށް ވާހަކަ ނުދައްކާ ފެރެންޑެއް ގޮތަށް ވާހަކަދައްކަން ބޭނުންވަނީ” “އޯ…. އެންމެ ރަގަނޅު، އެހެންވީމަ ބީނިޝް ވެސް ޖެހޭނީ އެގޮތަށް ވާހަކަ ދައްކަން އިގޭ” ބީނިޝްގެ ޝަރުތަކީ ކޮބައިކަން އިގި ހިނިއައިއްސަ ހުރެ މަހާ ބުނެލިއެވެ. “އެހެންވީމަ ފަށަމާ ހިނގަދޯ… އަސްލު ބީނިޝްގެ އިންޓަރވިއު އެއްނަގަން މަހާމެންގެ ޓީމްއިން ނިންމީ ބީނިޝް މިތާ އުޅޭ ގޮތުގެވާހަކަ އަޑުއަހާފަ ބިނިޝްގެ ވާހަކަ އިގެން ބޭނުން ވާތީވެ. މަހާ އެންމެ ފުރަތަމަވެސް އިގެން ބޭނުންވަނީ ބީނިޝް އަތުގަ ތިވާ ފޮތާބެހޭ ގުތުން، ތީކޮން ފޮތެއްތަ؟” ބީނިޝްގެ މޭގައި ޖައްސާލައިގެންއިން ފޮތާ ބެހޭ ގޮތުން ސުވާލު އުފެދިފައިހުރެ މަހާ އަހައިލިއެވެ. މަހާގެ ސުވާލާއެކު ބީނިޝް މޭގައި ޖައްސާލައިގެން އިން ފޮތް ތިރިކޮށްލާ ޑޫޑުލް އާރޓްގެ ފުރިހަމަ ޑިޒައިނަކުން ފަރުމާކޮށްފައިވާ ފޮތުގައި ފިރުމާލި ގޮތުންވެސް އެއީ ބީނިޝް އަށް ވަރަށް ޙާއްސަ ފޮތެއްކަން އެތާތިބި ދެމީހުންނަށްވެސް އިގިގެން ދިޔައެވެ. “މީ މިހާރު ނީޝްގެ ދުނިޔެ، ނީޝްގެ ދިރިއުޅުން، މިފޮތުގައިވަނީ ނީޝް ދެކެ މިދުނިޔެމަތިންވެސް އެންމެ ލޯބިވި ދެމީހުންގެ ހަދާންތައް.” ލޮއިބާއެކު ފޮތުގައި ފިރިމާލަމުން ބީނިޝް އެހެން ބުނެލީ އަސަރާއެކުއެވެ. ފޮތައް ނަޒަރުހުއްޓާލައިގެން ހުރި މަހާ އަށް ބީނިޝް ހުޅުވާލި ފޮތުތެރެއިން އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ13،14 އަހަރަށްދާ އަންހިންކުއްޖަކު ވަރަށް ލޯބިން މީހެއްގެ ކަރުގައި ބައްދައިލައިގެން ހުރެ ނަގާފައިވާ ފޮޓޮއެކުވެ. އެފޮޓޯއައް ބަލާލުމުން ވެސް އެދެމީހުން ދެމެދުގައިވާލޯބި ހާމަވެގެންދެއެވެ. މަހާއަށް ބީނިޝް އާއި ދިމާލަށް ބަލާލެވުނީ ތަސްވީރުން ފެންނަމުން ދިޔަ ކުއްޖާ ބީނިޝްއާ ވައްތަރުކަމުންނެވެ. “މީ ނީޝްގެ ބައްޕަ، ދެން މީ ނީޝް.” ފޮތުގައިވާ ތަސްވީރުގައި އިގިލި ޖައްސާލަމުން ބީނިޝް ބުނެލިއެވެ. “ނީޝް ހަދާން ހުންނަން ފެށީން ސުރެއްވެސް އުޅެމުންއައީ މާލޭގައި. އެކަމް މަންމަ އާއި ބައްޕަ އަކީ ރާއްޖެތެރޭ ދެމީހުން. ނީޝްގެ ކުޑަ އާއިލާ އާއިއެކު ނީޝް ދިރިއުޅެމުން އައީ ވަރަށް އުފަލުން. އާއިލާގައި ތިބޭނީ މަންމަ އާއި ބައްޕަ އާއި ދޮންތަ އާއި ދެން ނީޝް. ނީޝްގެ ހުންނާނީ ވަރަށް ސަކަ މިޒާޖެއް. އެހެންވީމަ ނީޝް އަށް ރައްޓިހިން ހޯދާކަށް އުދަގުލެއް ނޫން. ނީޝްއަށް ސާދަ އަހަރު ވަންދެން އުޅުނީ އުފަލާ މަޖަލު ވަރަށް އެކުވެރި މާހައުލެއްގަ، އެންމެންގެވެސް ލޯބި ލިބިގެން. ނުލިބި ހުރީ ހަމައެކަނި މަންމަގެ ލޯބި. އަބަދުވެސް މަންމަ ހުންނާނީ ނީޝް ދެކެ ނުރުހިފަ. ހުރިހާ ކަމެއް ކޮށްދޭނީވެސް ދޮންތަ އަށް. އެކަމް އޭރު އެކަން ނީޝްބޮޑުކަމަކަށް ނުހަދަން. އެހާ ދެރައެއްވެސް ނުވޭ. އެއީ އެއަށް ވުރެއް ބޮޑަށް ދޮންތަގެ ލޯބި ލިބޭ. ބައްޕަގެ ލޯބި އިންތިހާއަށް ލިބޭ. ބައްޕަގެ ދުނިޔެއަކީ އަހަރެން ކަހަލަ. ނީޝްގެ ހުރިހާ ކަމެއް ކޮށްދެމުން އައީ ބައްޕަ. ބޮލުގަ ފުނާއެޅުމުން ކެއުމާ ހަމައަށް، އިސްކޫލް އަށް ގެންދިއުމާ ފިލާވަޅުތަށް ހަދައިދީ ނިދުމާ ހަމައަށް ހުރިހާ ކަމެއް ކޮށްދޭނީ ބައްޕަ. ބައްޕަ ނީޝްއަށް ދުނިޔެ އަކީ ކޮންކަހަލަ ތަނެއްކަން ބުނެދިން. ހެވާ ނުބައި ވަކިކޮށްދީ ކެތް ތެރިކަމާއެކު ދުނިޔޭގަ އުޅޭނެގޮތް ދަސް ކޮށްދިން. ބައްޕަގެ ވަޒީފާގެ ގޮތުން ފަހުން ފަހުން އައިސް ބައްޕަ ގިނައިން ރާއްޖޭން ބޭރަށް ދާންޖެހުނު. އެދުވަސްތަކުގަ ނީޝްގެ ކަންތަށްތަށް ކޮށްދޭނީ ދޮންތަ. ބައްޕަ ނީޝްދެކެ ކިތަންމެ ލޯބިވިޔަސް ދުވަހަކުވެސް ދޮންތަ އާއި ދެމީހުންގެދެމެދުގަ ތަފާތު ކަމެއް ނުގެންގުޅޭ. އެހެންވެ އޭރުގަ ދޮންތަވެސް ވަރަށް ލޯބި ވާނެ. ނީޝްގެ ކަންތަށްތައް ކޮށްދޭނީ ބައްޕަވެސް […]
“މަހާއްކޮ މިފަހަރު ހީވަނި ވަރަށް ހާއްސަ މީހެއްގެ އިންޓަރވިއު ނަގަން އުޅޭހެން، އެހެންނާ އުޅޭވަރައްވުރެއް ބޮޑަށް މިފަހަރު އެބައުޅޭ ވިއްޔަ”. އަގައަށް ރޮށިކޮޅެއް ލަމުން މަހާގެ ދައްތަ މާހީ އަހައިލިއެވެ. “ޔެސްސްސް… ޝީއިޒް ރިއަލީ ސްޕެޝަލް”.. “އަސްލު ދޮނާ އަށް އިގޭތަ، ސްޕެޝަލް އަށްވުރެއްބޮޑަށް ތަފާތީ. ވަރަށް ތަފާތު ކުއްޖަކާ މިފަހަރު އިންޓަރވިއު ކުރަނީ. އެހެންނާ ރާއްޖޭގެ ކޮންމެވެސް މަޝްހޫރު މީހަކާނު މިއިންޓަރވިއު ކުރަނީ، އެކަމް މިފަހަރު މިއުޅެނީ ޖަލުގަހުރި ކުއްވެރިއެއްގެ ވާހަކަގެނެސްދޭން”. މަހާ މިހެންބުނުމާއެކު ހިމޭން ކަމާއެކު ކަމުންދިޔަ އާއިލާގެ މެންބަރުން މަހާގެ ވާހަކައަށް ސަމާލުވެލިއެވެ. “ކުއްވެރިއެކޭ؟؟؟؟؟ ކަާކު؟؟ އެހެންނޫނަސް ކުއްވެރިއެއްގެ ވާހަކަ ކޮންތަފާތެއްވާނީ. ހުރިހާ ކުއްވެރިންގެވެސް އޮންނާނީ ސޭމްސްޓޯރީ އެއް. ކުށްކޮއްފަ އެކަން ފޮރުވަން ކޮންމެވެސް ބަހަނާއެއް ދަައްކާނެ”. ކުށްވެރިއެއްގެ ވާހަކަ ބުނުމާއެކު މާހާގެ ކޮއްކޮ ޖައިޝާން ބުނެލިއެވެ. “ޖައިއްކޯ.. ތިހެންބުނާކަށް ނުވާނެ. ކުޑާވެސް ފުރަތަމަ ތިހެން ހީކުރިން. އެކަމް އެކުއްޖާ ޖަލުގަ އުޅޭ ގޮތުގެވާހަކަ އަޑުއާހާފަ ކުޑާ އަށްވެސް އިގުނު އެކުއްޖާގެ ވާހަކަ ތަފާތުވާނެކަން. އެހެންވެ އެކުއްޖާގެ ވާހަކަ ގެނެސްދޭން ނިންމީވެސް. އެހެންނޫނަސް އެންމެން އެއްގޮތެއްނުވާނެ”. ޖައިޝާންގެ ބަހަށް ރައްދެއްދެމުން މަހާ ބުނެލިއެވެ. “ކާކު ދަރިފުޅަށްދިން ހިޔާލެއްތީ؟ އެކުއްޖާ ތަފާތުވި ގޮތެއް ނިކަން ބައްޕަ މެންނަށްވެސް ކިޔައިދީބަލަ”. ހިނިތުންވުމާއެކު އަހުސަނުވެސް އެކުދިންގެ ވާހަކައިގައި ބައިވެރިވެލިއެވެ. “މީ އަޅުގަނޑުގެ ފްރެންޑެއް ދިންހިޔާލެއް. އިގެއެއްނު ޕޮލިސް ނިޔާޒް، މިހާރު އޭނަ އެޅެނީ މާފުށީ ޖަލުގަ. އޭނަ މިހާރު އެތާންގަ އުޅޭތާ ޓޫ އެންޑް ހާފް އިޔާރސް ވެދާނެ. އޭނަ އެކުއްޖާގެ ވާހަކަ އަޅުގަނޑު ކައިރީބުނީ. ހަނދާންވޭތަ މީގެ ހަތަރު އަހަރު ކުރިން މިނިސްޓަރެއް މަރާލި ޒުވާން އަންހެންކުއްޖެއްގެ ވާހަކަ. އެކުއްޖާގެ ވާހަކަ މިދައްކަނީ”. މަހާ ބައްޕައަށް ބަލާލަމުން ބުނެލިއެވެ. “އާން.. ބައްޕަ ހަދާންވޭ. އެއީ މިނިސްޓަރ އަކުރަމް”. ހަނދާންވާފަދަ ގޮތަކަށް ބޯޖަހާލަމުން އިހުސާން ބުނެލިއެވެ. “ނިޔާ ބުނި އެއީ ވަރައްތަފާތު ކުއްޖެކޭ. މިހާ ދުވަސްވީއިރުވެސް ނުދެކެމޯ މީހުންނާ ޒުވާބު ކުރާ ތަނެއް. ވަރަށް މަޑުމަޑުންނޭ ބުނި ހުންނަނީވެސް. ނަމާދުކޮށް ޤުރުއާން ކިޔަވާ، އެތާންގަ ކުރަންދޭ ހުރިހާ މަސައްކަތެއް ބަރާބަރައްނިންމާ. އަބަދުވެސް ފޮތެއްހިފައިގެން އެކަނިއޯ ހުންނަނީ. އަދި ވަރަށް ހިތާމަ ކުރާތަން ފެނެއޯ އެ ފޮތައް ބަލާފަ. އެކަމް ގައިދީންނާއެކު އުޅޭއިރު ވާހަކަ ނުދެއްކިޔަސް މީހުންނަށް ބަލާލާނީވެސް ހިނިތުންވެ ހުރެއޯ. އަދި އެންމެ ހައިރާންވަނީ އޭނަ އެތާ އުޅޭ ގޮތުގެ ބިހޭވިޔާރ އަށް ބަލާފަ އޭނަޔަށް ފުރުސަތު ލިބުނޭބުނި މިނިވަންވާންވެސް. ނޫނިއްޔާ އޭނަގެ އުމުރު ދުވަހުގެ ހުކުމް އެއަށްވުރެއް ލުއި ކުރަންވެސް. އެކަމް އޭނަ ބޭނުމެއްނުވިއޯ. އެކަންވެސް ދޫކޮއްލިވާހަކަ ބުނީ”. ވަރަށް ޝައުގުވެރި ކަމާއެކު މަހާ އޭނާގެ ވާހަކަ ކިޔައި ނިންމާލިއެވެ. އޭރު އެންމެންވެސް ތިބީ ނާސްތާކޮއްނިމިފައެވެ. “ހޫމް.. އިންޓްރަސްޓިން އިގޭ. ގުޑްލަކް، އޭ މަހާއްކޯ.. ކޮންނަމެއްތަ އެކުއްޖާއަށް ކިޔަނީ”. ބަދިގޭން ނިކުންނަމުންދިޔަ މަހާއަށް ގޮވާލަމުން މާހީ އަހައިލިއެވެ. “ބީނިޝް”.. މަހާ މަޑުކޮއްލުމަށްފަހު ހަދާންކުރާ ގޮތަކަށް ލޯމަރާލާ ބޯހަލުވާލަމުން މަހާއަށް ޖަވާބު ދިނެވެ. އަދި އަނެއްކާވެސް އެތަނުން ނުކުތުމަށް ހިގައިގަތެވެ. ………………………………… މާފުށީ ޖަލުގެ ގޮޅިއެއްގެ ތެރޭ ފޮތެއް މޭގައި ޖައްސާލައިގެން ހިޔާލަކަށް ގެއްލިފައި އިން، އަންހެންކުއްޖާ ސިއްސައިގެންދިއައީ އެތަނުގެ ދޮރު ހުޅުވުނު ބާރު އަޑުފައްގަޑާ އެކުއެވެ. އޭރު އެތަނުގެ ޖަލު ބަލަހައްޓަމުންދާ، އިކްޒާ އާއި ނިޔާޒް އެތަނަށް ވަންނަނީއެވެ. “ބީނިޝް” ހިނިތުންވުމާއެކު އިކްޒާ އެކުއްޖާކައިރީގައި އިށީންނަމުން ގޮވާލިއެވެ. “ކިހިނެއް؟” އަނެއްކާވެސް އިކްޒާ ސުވާލުކޮށްލިއެވެ. “އަޅުގަނޑު ރަނގަޅު. އެހެންނާ ނާންނަ ގަނޑިޔަކުތިދުރުވީ އަނެއްކާ ކަމެއްދިމާވީތޯ؟” ބީނިޝް ވެސް ހައިރާންކަމާއެކު އިކްޒާއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. “ނޫނޭ، ކަމެއްދިމާވީކީނޫން، މި އައީ ބީނިޝްއަށް ކަމެއް އަންގާލަން. މިއަދު ހަވީރު ބީިނިޝްއާ ބއްދަލުކުރުމަށް އަންނާނެ ކުއްޖެއް. އެހެންވެ ރެޑީވެހުންނާށޭ ބުނެލަންމިއައީ” އިކްޒާ މިހެންބުނުމުން ބީނިޝްގެ މޫނުމަތީގައިވާ ހައިރާންކަން އިތުރުވެގެން ދިޔައެވެ. “އަޅުގަނޑާތޯ؟ ކާކު އަޅުގަނޑާ ބައްދަލް ކުރަން އަންނާނީ” ހައިރާންކަމާއެކު އަމިއްލަމޭގައި ޝަހާދަތް އިގިލި ޖައްސާލަމުން ޤަބޫލް ނުކުރެވޭފަދަ ގޮތަކަށް ބީނިޝް އަހައިލިއެވެ. ވާނީވެސް އެހެންތާއެވެ، މިވީ ހަތަރު އަހަރު ދުވަސްތެރޭ ޖަލުގައި ހޭދަ ކުރީއިރުވެސް އެއްވެސް މީހަކު އެގޮތަށް އޭނާ އާއި ބައްދަލް ކުރަން އައިސްފައެއް ނުވެއެވެ. އަދި ބައްދަލު ކުރަން އަންނަވަރުގެ މީހަކު ނެތްކަން އިގޭތީވެސްމެއެވެ. “އަޅުގަނޑުގެ އާއިލާމީހެއްތޯ؟ އަޅުގަނޑުގެ ރަށުންތޯ؟” ހަމަ އެސިކުންތުގައި މޫނު މައްޗަށް އުފާވެރިކަންގެންނަމުން ބީނިޝް އިކްޒާގެ އަތުގައި ހިފާލަމުން އަވަސްއަވަހަށް އަހާލިއެވެ. …. ނުނިމޭ ….
“މާރިޔަމް ބީނިޝް، މިނިސްޓަރ އަކްރަމް މަރާލިކަމަށް ސާބިތުވެފައިވާތީ، ގަސްދުގައި މީހަކު މަރާލި ކަމުގެ ހުކުމުގައި މަރިޔަމް ބީނިޝްގެ މައްޗަށް އުމުރުދުވަހުގެ ނިޔާ ކަނޑައެޅުމަށް ހުކުމް ކުރަމެވެ”. ކްރިމިނަލް ކޯޓްގެ ޤާޒީ އެންމެ ފަހުބަސް އަޑު އިވިގެން ދިޔައިރު، ބީނިޝް ހުރީ އިސްޖަހާލައިގެންނެވެ ބީނިޝްގެ ދެފަރާތުގައި ތިބި ދެ ފުލުހުން ބީނިޝް ގެންދިއުމަށްޓަކާ އޭނާގެ އަތުގައި ހިފައިގެން ހިގައިގަތެވެ. ފުލުހުންގެ ދެ އޮފިސަރުންނާއެކު ލަސްހިނގުމެއްގަ ދިޔަ ބީނިޝްގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައީ، ކޯޓުގެ ދޮރުމަތީގައި ރުޅިވެރި ނަޒަރަކުން ބަލަމުންދިޔަ އޭނާގެ […]