Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސައުރަތިރީސްވަނަ ބައި)

“އައި.ލަވް.ޔޫ” އެތެރެއަށް ވަންނަން ހިނގައިގަތް ޝިއުރީގެ އަތުގައި ހިފާލަމުން މިޝަލްގެ ދުލުން، މި ތިން ލަފުޒު އިއްވާލިއެވެ. އިވިގެން ދިޔަ ބަސްތަކުން، ހައިރާންވީވަރުން، ޝިއުރީ ހުރީ ފަސްއެނބުރި ބަލައިލާންވެސް ނޭނގިފައެވެ. އެއީ މިޝަލްގެ ދުލުން ދުވަހަކުވެސް އޭނާއަށްޓަކައި އިވިދާނެކަމަށް ހީކުރެވިފައިވާ ލަފުޒުތަކެއް ނޫނެވެ. ޝިއުރީގެ ފަރާތުން އިޝާރާތެއް ނުވުމުން، މިޝަލް، ޝިއުރީގެ އަތްތިލައަށް މަޑުމަޑުން ފިތާލިއެވެ. މިޝަލްގެ މި ޙަރަކާތުން ޝިއުރީއަށް ހަމެހޭވެރިކަންވުމުން، އޭނާ ފަސްއެނބުރި ބަލާލިއެވެ. މިޝަލްގެ މޫނަށް، ޝިއުރީ ބަލަމުން ދިޔައީ ދެންމެ އިވިގެން ދިޔަ ބަސްތަކުގެ ތެދު ދޮގު ދެނެގަތުމަށެވެ.

_______________________________________________

 

“ޝިއު… އައި.ލަވް.ޔޫ….” ޝިއުރީގެ އަނެއް އަތްތިލައިގައިވެސް ހިފާލަމުން، މިޝަލް އަނެއްކާވެސް އެ ލަފްޒުތައް ތަކުރާރުކޮށްލިއެވެ. އޭރު އޭނާގެ ނަޒަރު ސީދާވެފައިވީ، ސީދާ ޝިއުރީގެ ދެ ލޮލަށެވެ. ދެ ކުދިންގެ ހަތަރުކަޅި ބައްދަލްވެގެން ދިޔަވަގުތު، ޝިއުރީއަށް އެ ބަސްތަކުގެ ތެދުކަން ހާމަވީ، މިޝަލް، އޭނާއަށް ބަލަމުންދިޔަ ލޯބިވެތި ބެލުމުގެ ސަބަބުންނެވެ. މިކަން ފާހަގަ ކުރެވުމުން، ޝިއުރީއަށް މިޝަލްގެ އަތްތިލަ ތެރެއިން އޭނާގެ ދެ އަތްތިލަ ދަމައިގަނެވުނު ގޮތްވެސް ނޭނގުނެވެ. އޭނާގެ ދޮން މޫނަށް ނުތަނަވަސްކަން ވެރިވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ދެ ފަރާތަށް ބޯ ހޫރާލެވުނީ އެއީ ޙަޤީގަތަކަށް ނުވުމަށް އެދިއެވެ. ޝިއުރީއަށް ވީގޮތް ފެނިފައި މިޝަލްގެ މޫނުމަތިން ހައިރާންކަން ފައުޅުވިއެވެ.

“ޝިއު، ކިހިނެއްވީ…..؟؟؟؟” މިޝަލް އުޅުނީ ޝިއުރީގެ އަތުގައި ހިފައިލާށެވެ. އެހެނަސް، ހުށިޔާރުކަމާއިއެކީ، ޝިއުރީ ފަހަތަށް ޖެހިލިއެވެ.

“މިޝަލް، އަހަންނާ ދޭތެރޭ ދެކެނީ ކޮއްކޮއެއް ގޮތަކަށް ނޫންތަ….؟؟؟؟” މިޝަލްގެ ދެ ލޮލަށް ބަލަން ހުރެ ޝިއުރީ ސުވާލުކޮށްލިއެވެ. ޝިއުރީއަށް ބަލައިލަމުން، މިޝަލް ދެ ފަރާތަށް ބޯ ހޫރާލިއެވެ.

“އަހަރެން، ޝިއު އާއި ދޭތެރޭ ކޮއްކޮއެއްގެ ނަޒަރުން ދުވަހަކުވެސް، ނުދެކެން…..” މިޝަލް އިތުރަށް އޮޅުން ފިލުވައިދިނެވެ.

“މި ހުރިހާ ދުވަހު…. މި ހުރިހާ ދުވަހު އަހަންނަށް އަޅާލާ، ކަންކަމުގައި އެހީވެދީ، ދެރަވީމަ ބޯ އަޅާލަން ތި ކޮނޑުދިނީ ބޭބެއެއްގެ ޙައިޞިއްޔަތަކުން ނޫންތަ….؟؟؟؟” ޝިއުރީއަށް އިތުރު ސުވާލުތަކެއް ކުރެވުނީ، އޭނާގެ ސިކުނޑިއަށް އެކަން ޤަބޫލުކުރަން، އުނދަގޫވުމުންނެވެ. މިޝަލް ބޯ ޖަހާލީ، އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

“ވަރަށް ކުރިން، އަހަންނަށް ޝިއުދެކެ ލޯބިވެވިއްޖެ…. ލޯބިވީ ސީދާ ކޮންއިރަކު، ކިހިނެއްކަމެއް އަހަންނަކަށްވެސް ނޭނގެ…. އެނގޭހާވެސް އެއްޗަކީ، އަހަރެންގެ މުޅި ޙަޔާތުގައިވެސް ލޯބިވީ ހަމައެކަނި ކުއްޖަކީ ޝިއުކަން… އަހަރެން، ޝިއުއަށް ލޯބި ހުށަހަޅަން އުޅެނިކޮށް، ނަހީކްވެސް ލޯބި ހުށަހެޅީ…. ޝިއު ނަހީކްއާ ރައްޓެހިވީމަވެސް، އަހަރެން އެހެން ކުއްޖަކާ ރައްޓެހިނުވެ ހުރީ، ޝިއު ނޫން އެހެން ކުއްޖެއް ބޭނުން ނުވާތީ…..” މިޝަލް އިތުރަށް އޮޅުން ފިލުވައިދިނުމުން ޝިއުރީގެ ހައިރާންކަން ވީ އިތުރެވެ.

“ނަހީކް އަހަރެން ގާތު ރައްޓެހިވާން އެހިއިރުވެސް، މިޝަލް އަހަރެންދެކެ ލޯބިވޭތަ…..؟؟؟؟” ޝިއުރީއަށް މިހެން އަހާލެވުނީ ޤަބޫލުނުކުރެވިފައި ހުރެއެވެ.

“އެއަށްވުރެ މާ ކުރިން…..” ދެ ޖީބަށް އަތްޖަހާލަމުން މިޝަލް މިހެން ބުނުމުން ޝިއުރީއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ފިލްމެއްގެ މަންޒަރުތައް ފަދައިން، ވަކިވަކީން އެކި ހާދިސާތައް އޭނާގެ ހަނދާނަށް އަންނަންފެށީ ދެނެވެ. އެ ހަނދާންތައް އާވުމުން، ދެ ލޯ ބޮޑުކޮށްލައިގެން ހުރެ، ޝިއުރީއަށް މިޝަލާއި ދިމާއަށް ބަލައިލެވުނީ، ކުރިން އޭނާއަށް އެ ކަންތަކާއިމެދު، ވިސްނިފައި ނެތުމުންނެވެ. އެހެނަސް، މާ ކުރީއްސުރެ، މިޝަލް، އޭނާދެކެ ލޯބިވާކަމުގެ ހެއްކަކަށް އެ ހާދިސާތައްވެސް ފުދެއެވެ. އެހެން މީހުންނާއި ޚިލާފަށް، މިޝަލް، އޭނާއަށް އެހާ ބޮޑަށް އަޅާލައި، އެހާ ފަސޭހައިން އޭނާގެ އިޙްސާސްތައް ދެނެގަތުމުގެ ސިއްރަކީ ކޮބައިކަން އޭނާއަށް މި އެނގުނީ އަދި ކިރިޔާއެވެ.

“ޝިއު…. ކިހިނެއްވީ….؟؟؟ ކުއްލިއަކަށް އެކަހަލަ ވާހަކައެއް ދެއްކީމަ، ދޭނެ ޖަވާބެއް ނޭނގުނީ ދޯ…. ވިސްނާލާފައި ޖަވާބު ދިނަސް އެންމެ ރަނގަޅޭ…..” ޝިއުރީ ހުއްޓުން އަރާފައި ބަލަން ހުރުމުން އޭނާގެ ދެ ކޮނޑުގައި ހިފަހައްޓާލަމުން، ލޯތްބާއިއެކު މިޝަލް ބުނެލިއެވެ.

ޝިއުރީ، އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރި މިޝަލްގެ ދެ އަތް ފޮޅާލިއިރު، އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހިފައިވާކަމުގެ އަސަރު ފައުޅުވާން ހުއްޓެވެ.

“އަހަރެން ހީކުރީ މިޝަލް އަހަރެންނާ ދޭތެރޭ ދެކެނީ، މިޝް ގޮތަށް، ކޮއްކޮއެއްގެ ނަޒަރުންކަމަށް……. އެކަމަކު، އަހަންނަށް  އަދި ކިރިޔާ، މި އެނގުނީ މިޝަލް އަހަންނާ ދޭތެރޭ މާ އޯގާތެރިކޮށް ހިތީ އަމިއްލަ އެދުމެއް އޮވެގެންކަން….” ޝިއުރީގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލުވުމުން، މިޝަލަށް ހައިރާންކަން ލިބުނެވެ. އޭނާއަށް ޝިއުރީގެ ނަމުން ގޮވާލެވުނީ އެހެންވެއެވެ.

“އަހަރެން ހީކުރީ، އެހެން މީހުންނާ، މިޝަލްއާއި ތަފާތު ވާނެކަމަށް… އެހެންމީހަކަށް އަހަރެން ދަސް ނުވިޔަސް، މިޝަލްއަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭނެކަމަށް….. އަހަރެންގެ އިޙްސާސްތަކަށް މިޝަލް ޤަދަރުކުރާކަމަށް ހީކޮށްގެން އަހަރެން މި ހުރީ…. އެކަމަކު، އެހެން މީހުންނެކޭ މިޝަލް އެކޭ ތަފާތެއް ނެތް…. އެންމެންވެސް އަހަންނާ ގާތްވަނީ އަމިއްލަ އެދުމަކާއިގެން…. މިޝަލްވެސް….” ހިތްހަމަ ނުޖެހުނު ވަރުން ޝިއުރީއަށް ވާހަކަ ދެއްކުނީ ވަރަށް ރުންކުރުކޮށެވެ.

“ނޫން ޝިއު…. ތިހެން ނުބުނޭ…. އަހަރެން އަމިއްލަ އެދުމެއް އޮވެގެންނެއް ނޫން ޝިއުއާއި ގާތްވީ…. ޝިއުއަށް ހެޔޮ އެދޭތީ… ޤަބޫލުކުރޭ…. އަހަރެން ޝިއު ދެކެ ވަނީ ހަމަ ޙަޤީގީ ލޯބި….. މި ދުނިޔޭގައި އެއް އިންސާނަކު، އަނެއް އިންސާނެއްދެކެ ލޯބިވާ އެންމެ މަތީ ދަރަޖައަށް އަހަރެން ޝިއު ދެކެ ލޯބިވޭ…..” މިޝަލް ޝިއުރީގެ އަތުގައި ހިފާލަން އުޅުނެވެ. އެހެނަސް މިފަހަރުވެސް ޝިއުރީ މިޝަލްގެ އަތުނުވެ، ރެކިގަތެވެ.

“އަހަންނަށް ވަރަށް އުނދަގޫވޭ، މިޝަލް ތި ދައްކާ ވާހަކަތައް އަޑު އަހަން…. އަހަންނަށް އިޙްސާސް ކުރެވެނީ ބޭބެއަކު، ކޮއްކޮއެއްދެކެ ލޯބިވެގެން އުޅޭކަހަލަ އިޙްސާސެއް….. މިހެން ބުނީމަ، މިޝަލްއަށްވެސް ވިސްނޭނެ އެއީ ކިހާ ހުތުރު ގުޅުމެއްކަން…..” މޭމަތީ ދެއަތް ހުރަސް ކޮށްލަމުން ހިތްހަމަ ނުޖެހިފައި ހުރެ ޝިއުރީ ބުނެލިއެވެ.

“ޝިއުއަށް އެހެން ހީވިޔަސް އަހަރެމެން މީ ކައިވެނި ޙަލާލް ދެ މީހުން…..” މިޝަލްވެސް އެންމެ ތަންކޮޅެއްވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ. ޝިއުރީގެ ލޯބި ޙާޞިލްކުރަން އޭނާ ހުރީ އެހާވެސް ބޭނުންވެފައެވެ.

“ހުއްޓާލާ މިޝަލް…. އަހަރެން ދެން އިތުރު ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނޫން….. މިރެއާއި ޖެހެންދެން އަހަރެމެންގެ ދެމެދުގައި މި އޮތް ގުޅުން، މިޝަލް އަމިއްލައަށް ތި ފުނޑުފުނޑުކޮށްލީ…. އަހަންނާ ދޭތެރޭ ތިފަދަ ގޮތަކަށް ޚިޔާލް ގެންގުޅޭހާ ހިނދަކު އަހަރެން ބޭނުމެއް ނޫން މިޝަލްއާއި ވާހަކަވެސް ދައްކާކަށް….. ދެން މިޝަލްއާއި ކުރިމަތިލާންވެސް އަހަންނަށް އުނދަގޫވާނެ…. ދެންވެސް، އަހަރެން ބުނެލަން ބޭނުންވަނީ އަހަންނާ ދޭތެރޭ، ތި ދެކޭގޮތް ބަދަލުކުރާށޭ….. އަހަރެން ދެކެނީ ތީ އަހަރެންގެ ބޭބެއެއްކަމަށް…. ހީކުރަން މިޝަލްވެސް އަހަންނާ ދޭތެރޭ ކޮއްކޮއެއްގެ ނަޒަރުން ދެކޭނެކަމަށް…..” ޝިއުރީ ދައްކަން ބޭނުންވީ ވާހަކައެއް ދެއްކުމަށްފަހު، ގޭތެރެއަށް ވަދެގެން ދިޔައީ މިޝަލަށް ބަހެއް ބުނެލާނެ ފުރުޞަތެއްވެސް ނުދީއެވެ. ހިތަށް ކުރި އަސަރަކުން އިސްޖަހާލެވުނުއިރު، މިޝަލްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ތަޤްދީރާއިމެދު، އޭނާގެ ހިތުގައި ޝަކުވާ އުފެދުނެވެ.

********************

 

“ދޮންބޭ ކިހިނެއްވީ….؟؟؟؟ ޝިއު ކީކޭ ބުނީ….؟؟؟” ގެއަށް ވަން މިޝަލް ފެނުމުން، އޭނާގެ އިންތިޒާރުގައި، ބޮޑުކޮޓަރީގެ ސޯފާގައި އިށީނދެގެން އިން މިޝްޔާއަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އޭނާގެ ތުންފަތުގައިވި ހިނިތުންވުން، ފިލައި ދިޔައީ، މިލާ މޯޅިވެފައިވާ، މިޝަލްގެ މޫނު ފެނުމުންނެވެ.

“މިޝްގެ ދޮންބެއަކީ އެހާ ނަޞީބު ރަނގަޅު މީހެއް ނޫން…..” މިޝްޔާއަށް ބަލާލުމަށްފަހު، ހިތިގޮތަކަށް ހީލަމުން މިޝަލް ބުނެލިއެވެ. އަދި އެންމެ ހިނދުކޮޅަކުވެސް، އެތާ މަޑުނުކޮށް އޭނާގެ ކޮޓަރިއަށް ވަނެވެ. މިޝްޔާ ގޮވާލުމުންވެސް އަޑު އިވޭކަމަކަށް ނުހެދިއެވެ. ތަޅުލާފައިވާ ދޮރުގައި މިޝްޔާ ދެތިން ފަހަރު ޓަކި ޖަހާލިއެވެ. ނަމަވެސް، މިޝަލް، ދޮރުހުޅުވާ ޚިޔާލެއް ނުކުރިއެވެ. މިޝަލްގެ މި ޢަމަލުން، ކަންތައް ވެގެން ދިޔައީ ރަނގަޅަށް ނޫންކަން މިޝްޔާއަށް ވިސްނުނެވެ. އެހެންކަމުން، އޭނާ ޝިއުރީއަށް ގުޅީ، އެކަން ވީގޮތެއް އިތުރަށް އޮޅުން ފިލުވަން ބޭނުންވާތީއެވެ. އެހެނަސް، ދެ ތިން ހަތަރު ފަހަރު ގުޅުމުންވެސް ޝިއުރީ ފޯނެއް ނުނެގިއެވެ. އިރުކޮޅަކު އެތާނގައި މަޑުކޮށްލުމަށްފަހު، މިޝަލް ދޮރު ނުހުޅުވާނެކަން އެނގުމުން ނުތަނަވަސްވެފައިހުރި، މިޝްޔާވެސް އޭނާގެ ކޮޓަރިއަށް ވަނެވެ.

********************

 

އަފްލާކާއިއެކު، ލަސްފިޔަވަޅުތަކެއްގައި ހިނގާފައި ދިޔަ ޢަޔާނީގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. ލޯބިވެރިޔާއާއިއެކު، އެހާ ހާމަކަން ބޮޑު ގޮތެއްގައި ހިނގާލުމުގެ ފުރުޞަތު ލިބުމުންނެވެ. ގެއާއި ހަމައަށް އާދެވުމުން، އަފްލާކް، އަޔާނީގެ އަތުގައި ހިފާލިއެވެ. ގުޅި ލާމެހިފައިވާ ދެ އަތްތިލައަށް ބަލާލުމަށްފަހު، އަފްލާކްގެ މޫނަށް ބަލާލަމުން އަޔާނީ ހިނިތުންވެލިއެވެ. އަފްލާކް، އޭނާގެ ޖީބުން ނެގި ސިޓީއުރައެއް އަޔާނީއަށް ދިއްކޮށްލިއެވެ. އަޔާނީ އެ ސިޓީއުރައިގެ އެތެރޭގައިވާ ސިޓީ ނަގައި ކިޔަންފެށިއެވެ. އަޔާނީއަށް އަފްލާކްގެ ގައިގައި ބައްދާލެވުނީ، އަފްލާކަށް ދިރާގުން ވަޒީފާ ހަމަޖެހުނުކަން އެނގުމުން، ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އަފްލާކްގެ މޫނުންވެސް ހިތްހަމަ ޖެހިފައިވާކަމުގެ އަސަރު ފައުޅުވާން ހުއްޓެވެ.

 

ސިހިފައި ދެ ކުދިންނަށް، އެކަކު އަނެކަކާ ދުރަށް ޖެހިލެވުނީ، ގޭގެ ބޮޑު ދޮރު ހުޅުވުނު އަޑަށެވެ. ގެއިން ނުކުތް އަމްހާ ފެނުމުން، އަފްލާކަށް ބަލައިލެވުނީ އަޔާނީއާއި ދިމާއަށެވެ.

“ދަރިފުޅާ ތީ ކޮންކަމެއް….؟؟؟؟” އަޔާނީގެ އަތުގައި ހިފައި އޭނާގެ ގާތަށް ދަމާލަމުން ދެ ފަހަރު ދެ ކުދިންގެ މޫނަށް ބަލައިލަމުން އަމްހާ ސުވާލުކޮށްލިއެވެ.

“މަންމަ ބުނީމެއްނު ކިޔަވާ ނިމުނީމަ، އަފޫއާއި ވާހަކަ ދެއްކިޔަސް އޯ.ކޭ އޭ….. މިހާރު ދެން ކިޔަވާ ނިމުނީނު…” ކުޑަކޮށް ހިނިތުންވެލަމުން އަޔާނީ ޖަވާބު ދިނެވެ.

“މަންމަ ބުނީ ކިޔަވާ ނިމުނީމައޭ… އޭ.ލެވެލް ނިމުނަސް، އަދި ދަރިފުޅުގެ ކިޔެވުން އޮތީ ކުރިއަށް…. މަންމަ ކިޔަވާ ނިމުން މާނަ ކުރީ ހަމައެކަނީ އޭ.ލެވެލް ނިންމުމަކަށް ނޫން…. އަދި އިތުރަށް ކިޔަވަން ޖެހޭނެ…. އޭރަށްވެސް ބައްޕަ ހިތްހަމައެއް ނުޖެހޭނެ ދަރިފުޅު އެއްވެސް ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަށް….. އަމްހާ އޮޅުންފިލުވައިދިނެވެ.

“އެކަމު މަންމާ…. އަހަރެން މީ މިހާރު ކުޑަކުއްޖެއް ނޫނެއްނު….  އިތުރަށް ކިޔަވާ ނިމޭނީ އަހަރުތަކެއް ފަހުން…… މަންމަމެން ބުނީމަ، އޭ.ލެވެލް ނިމެންދެންވެސް އަފޫއާއި ވާހަކަ ނުދައްކާ ހުރީ….” އަޔާނީ ޝަކުވާ ކޮށްލިއެވެ.

“ދަރިފުޅާ… އެއީ ބައްޕަގެ ނިންމުން…. ދަރިފުޅަށްވެސް އެނގޭނެ ބައްޕަގެ ގޮތް….. ބައްޕަ، އެހެން ބުނާނީ ވަރަށް ވިސްނާފަ، އެއީ ދަރިފުޅަށްވެސް ރަނގަޅުގޮތްވީމަ….” އަމްހާ ވާހަކަ ދެއްކީ ލޯބިން އަޔާނީއަށް ވިސްނައިދިނުމުގެ ގޮތުންނެވެ.

“އަފްލާކް…. އަހަންނަށް އެނގޭ އަފްލާކްއަކީ ވަރަށް ކިޔަމަންތެރި ކުއްޖެއްކަން…. އަހަރެން މި ދައްކާ ވާހަކަ ޔާނީއަށް ނުވިސްނުނަސް އަފްލާކަށް ވިސްނެއެއްނު ދޯ…..” އަފްލާކަށް ބަލާލަމުން އަމްހާ މިހެން ބުނުމުން، އަފްލާކް ބަލާލީ އަޔާނީއަށެވެ. އެއަށްފަހު، އަމްހާއަށް ބަލާލަމުން ބޯ ޖަހާލިއެވެ.

“ޔާނީ ކިޔަވާ ނިމެންދެން އަހަރެން އިންތިޒާރު ކުރާނަން…..” އަޔާނީއަށް ބަލައިލަމުން، މިހެން ބުނެފައި އަފްލާކް އެ ތަނުން ދާން ހިނގައިގަތެވެ. އެ ވަގުތު އަފްލާކްގެ ދެ ލޮލުގައިވީ އަސަރަކުން އަޔާނީގެ ހަށިގަނޑުގައިވާ އެންމެ ހިމަ ނާރުތަކަށްވެސް އަސަރުކުރިއެވެ. ހިތުގައި ރިއްސާލިއެވެ. އަފްލާކް ދާން ފެށުމުން، ދެ ލޯ ފެންކަޅިވިއެވެ.

“އަފޫ ނުދޭ…. ޕްލީޒް، މަޑުކުރޭ…. މަންމާ، ޕްލީޒް…. ތިހެން ނުހަދާ….” އަފްލާކް އެނބުރި ބަލާލުމާއެކު، އަމްހާ އަޔާނީގެ އަތުގައި ހިފާލުމުން، އަޔާނީއަށް ރޮއެގަނެވުނެވެ. އަމްހާ، އޭނާ ގެއަށް ވައްދަން އުޅުމުން ގެއަށް ނުވަނުމަށް ގަދަހަދަމުން ދިޔައީ އެހެން ނުހެދުމަށް އެދި ރޮއެ އާދޭސް ކުރަމުންނެވެ. މި މަންޒަރު ބަލަން ދުރުގައި ހުރި އަފްލާކްގެ ހިތަށްވެސް، ފުންއަސަރުތަކެއް ކުރުމުން އޭނާގެ ދެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. އަޔާނީ އާދޭސްކޮށްކޮށް ހުއްޓާ، އަމްހާ އޭނާ ގެއަށް ވައްދާ ދޮރުލެއްޕިއެވެ. ދެ ލޮލުން އައިސްފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން، އަފްލާކް ހިނގައިގަތީ، ހިތުން ލޭ ކަރުނަ އޮހޮރޭ ޙާލުގައެވެ.

********************

 

ޝައުނާއިއެކު، ކެފޭއަށް ވަން އިޔާޒަށް، މޭޒެއްގެ ދޮށުގައި އިން ރާހިލް ފެނުމުން އެ ދިމާއަށް ހިނގައިގަތެވެ. އަދި ފޯނުން ހަލުވިކަމާއިއެކު މެސެޖެއް ލިޔެލުމަށްފަހު، މިޝްޔާއަށް ފޮނުވާލިއެވެ. އިޔާޒްގެ ފަހަތުން ދިޔަ ޝައުނަށް، އޭނާގެ ނަޒަރު ރާހިލްގެ މޫނުން ވަކިކޮށް ނުލެވެއެވެ.

“އަހަރެމެން އިށީނަސް އެންމެ ރަނގަޅުތަ…؟؟؟؟” ރާހިލަށް ބަލާލަމުން އިޔާޒް އަހާލިއެވެ. ގޮނޑިއަށް އިޝާރާތްކޮށްލަމުން ރާހިލް، އިށީނުމަށް ބުނެލިއެވެ.

“އަހަރެމެންގެ ވަރަށް ގާތް އެކުވެރިއަކާ ވަރަށް ވައްތަރު….” ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން އިޔާޒް ބުނެލިއެވެ. ރާހިލްގެ އިތުރުން، ޝައުނަށްވެސް އިޔާޒްގެ މޫނަށް ބަލައިލެވުނީ، އެހާ ކެރިހުރެ އެހެން ބުނެލުމުންނެވެ. އޭނާއަށްވެސް ރާހިލް ފެނުމުން ޒިކާނާއި ވައްތަރުވިއެވެ. އެހެނަސް، އޭނާ އެ ހުންނަނީ އެ ގޮތަށް ކީއްކުރަން، ދުރުދުރުންވެސް އަހާލަން ނުކެރިފައެވެ.

“ވަރަށް ގިނަ މީހުން ބުނޭ ތިހެން… މިރަށު ޒިކާން ކިޔާ ކުއްޖަކާ ދޯ ވައްތަރީ…. ބަސް އެކްސިޑެންޓެއް ހިނގައި އޭނާއަށް ވީނުވީއެއް ނޭނގެ ދޯ….” މޭޒުމަތީ އަތް ބާއްވާލަމުން ރާހިލް ބުނެލިއެވެ. އެ ވާހަކަތަކާއި، އެއްބަސްވުމުގެ ގޮތުން އިޔާޒް ބޯ ޖަހާލިއެވެ.

“އެކްސިޑެންޓްގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެ…. އެކަމަކު، އަހަންނަށް ވަރަށް ހީވެ، މިހާރު އަހަރެންގެ ކުރިމަތީ އިށީނދެގެން ތި އިނީ ޒީކްހެން…..” ސީދާ ރާހިލްގެ ދެ ލޮލަށް ބަލަން އިނދެ އިޔާޒް ބުނެލިއެވެ. އިޔާޒްގެ ނަމުން، ޝައުނަށް ގޮވައިލެވުނީ، އިޔާޒް އެފަދަ އެއްޗެއް ބުނުމުންނެވެ.

“ތިހެން ހީވުމަކީ، އެކަށީގެންވާކަމެއް… އެކަމަކު، އަހަންނަކީ ޒިކާންއެއް ނޫން……” ހަށިގަނޑު ތެދުކޮށްލަމުން އިޔާޒަށް ބަލަން އިނދެ ރާހިލް ބުނެލިއެވެ.

“ތީ ޒީކް ނޫންކަން ޔަޤީންކޮށްދީބަލަ…..” އިޔާޒް މިހެން ބުނުމުން، ރާހިލް، އޭނާގެ ވޮލެޓުން އައި.ޑީ ކާޑު ނަގައި ދިއްކޮށްލިއެވެ. އިޔާޒް، އޭގައި ހިފުމުގެ ކުރިން، ތެޅިތެޅި އޮތް ހިތަކާއިއެކު ޝައުން އެ ކާޑު ދަމައިގަތުމަށްފަހު، އެއަށް ބަލާލިއެވެ. ކާޑުގައި އިން ނަން ފެނުމުން އޭނާގެ މޫނުމަތި އެކީ މިލައިގެން ދިޔައެވެ. މޭޒުމަތީ، ކާޑު ބާއްވާލުމަށްފަހު، ދެ އަތުން  މޫނު ފޮރުވާލެވުނީ، އެ ކާޑުގައިވާ ނަމަކީ ޒިކާންގެ ނަމަށް ނުވުމުން މާޔޫސްވީވަރުންނެވެ. ޝައުނަށް ވީ ގޮތް ފެނިފައި އިޔާޒްވެސް ކާޑުގައިވާ ނަމަށް ބަލާލިއެވެ. އޭނާގެ މޫނުމަތިންވެސް މާޔޫސްކަން ފާޅުވީ ކުރެވުނު ހީ، ކުށްހީ އަކަށް ވުމުންނެވެ. ކުރިމަތީގައި ތިބި ދެ ކުދިންގެ ޙަރަކާތްތަކަށް ބަލަން އިން ރާހިލްގެ ހިތުގައި، އެ ދެ ކުދިންނަށްޓަކައި ޙަމްދަރުދީ އުފެދުނީ، އެ ކުދިންގެ މޫނުމަތީގެ ކުލަވަރުތަކުން، އެ ހިތްތަކަށް ފުން އަސަރުތަކެއް ކޮށްފައިވާކަން އެނގުމުންނެވެ.

މޭޒުދޮށުގައި ތިބި ތިންމީހުންނަށް އެކުއެކީހެން އެތާ ހަރުކޮށްފައިހުރި ޓީ.ވީ އާއި ދިމާއަށް ބަލައިލެވުނީ މެންދުރު ދޭއްގެ ޚަބަރުން ޒިކާންގެ ނަން ކިޔުމުންނެވެ. އިވުނު ޚަބަރަކުން، ހުއްޓުންއަރާފައި ތިއްބާ، ހޭވެރިކަންވީވެސް އިޔާޒްގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނެގުމަށްފަހު، އެ ކޮޅުން ދެއްކި ވާހަކައެއް ދެއްކުމުން، އިޔާޒް ބުނިހާވެސް އެއްޗަކީ “މިދަނީ”އޭ އެވެ. އެ އަށްފަހު މީހަކަށް ބެލުމެއްނެތި، އިންތަނުން ތެދުވެގެން ހަލުވި ފިޔަވަޅުތަކެއް އަޅަމުން ބޭރަށް ނުކުތެވެ. އިޔާޒްގެ ފަހަތުން ޝައުންވެސް ދިޔައެވެ. ވޮލެޓުން ފައިސާ ނަގާ މޭޒުމަތީ ބޭއްވުމަށްފަހު، ރާހިލްވެސް އެ ކުދިންގެ ފަހަތުން ދިޔައީ، އެ ދިޔަ ބާރުމިނުގައި އިޔާޒް އޭނާގެ އައި.ޑީ ކާޑު އަތަށް ލައިގެން ދިއުމުންނެވެ.

********************

 

އަފްލާކް ސައިކަލުގައި ދަނިކޮށް، މިޝަލް، އޭނާއަށް ގޮވާ ހުއްޓުވީ، ލިބުނު ޚަބަރަކުން އަވަހަށް ގެއަށް ދިއުމަށް ބޭނުންވެފައި ހުރުމުންނެވެ. އޭރު އަފްލާކަށްވެސް ވަނީ އެ ޚަބަރު ލިބިފައެވެ. އެހެންކަމުން އޭނާ މިޝަލް ގޮވައިގެން އެ ގެއާއި ދިމާއަށް ސައިކަލްގައި މިސްރާބުޖެހީ އާދައިގެ ވަރަށްވުރެ ބާރަށް ދުއްވާލަމުންނެވެ.

*******************

 

މިޝަލާއިއެކު އަފްލާކްވެސް ގެއަށް ވަނެވެ. އޭރު ޝިއުރީމެން، މިޝްޔާ މަސަލަސް ކުރެވޭތޯ އުޅުއެވެ. މިޝަލާއިއެކު އެތެރެއަށް ވަދެގެން އައި އަފްލާކް ފެނުމުން، އަޔާނީއަށް ބަލަން ހުރެވުނީ، އަފްލާކް ނުފެންނަތާ ދުވަސްކޮޅެއް ވުމުންނެވެ. ދެ ކުދިންގެ ހަތަރުކަޅި ބައްދަލްވިހިނދު، ހިތުން ހިތަށް މެސެޖުތައް ފޮނުވިނަމަވެސް ވަގުތާއި ޙާލަތުގެ ގޮތުން ދެ ކުދިންނަށްވެސް މަޖުބޫރުވީ، އެގޮތަށް ބަލައިލައިގެން ފުއްދާލުމަށެވެ.

 

މިޝަލް އައުމުން، މިޝްޔާގެ ގައިގައި ހިފަހައްޓާލައިގެން ހުރި ޝިއުރީ އެއްފަރާތްވެލަން އުޅެނިކޮށް، މިޝަލްގެ ގައިގައި ޖެހުމުން ދެ ކުދިންނަށްވެސް ބަލައިލެވުނެވެ. މިޝަލްގެ ތޫނު ނަޒަރު އޭނާއަށް، އަމާޒުވެފައިވުމުން މި ފަހަރު ޝިއުރީއަށް އުނދަގޫވިއެވެ. އެހެންކަމުން، ޔަލްވީގެ ފުރަގަހަށްވަދެ، އޭނާ ކުޑަކޮށް ނިވާވެލިއެވެ. މިޝަލް، ޝިއުރީގެ ގާތުގައި ރައްޓެހިވާން އެހި ފަހުން އަދި މި ނޫނީ، މިޝަލް ފެންނަ ހިސާބަކަށް ޝިއުރީ ނާދެއެވެ. ޝިއުރީގެ މި ޢަމަލުން މިޝަލްގެ ހިތަށް ކިތަންމެ އަސަރު ކުރިކަމުގައިވިޔަސް، އެ އިޙްސާސްތައް އެއްފަރާތްކޮށްލަމުން، އޭނާ އަވަސްވެގަތީ، ލޯބިވާ ކޮއްކޮއަށް ހިތްވަރުލައިދޭށެވެ.

 

“ދޮންބޭ އެއީ ދޮގު ޚަބަރެއް ދޯ…. އެ މީހުންނަށް އޮޅިގެން ދޯ އެ އުޅެނީ… އެހާ ގިނަ ދުވަސްކޮށްފައި ހަށިގަނޑު ފެނުނީމަ މޫނު ވަކި ކުރާކަށްވެސް ނޭނގޭނެއެއްނު…. އެއީ ޒީކްއެއް ނޫން ދޯ ދޮންބޭ…  ޒީކް އެ އުޅެނީ މި ރަށުގައި… ރާހިލްއަށް ވެގެން އޭނަ، އަހަރެމެންނާ ސަމާސާ ކުރަނީ…. ދޮންބެ މަޑުކުރޭ، އިޔާޒް ވީ ޒީކްގެ ޙަޤީގަތް ހޯދަން ގޮސް…. މި އޮތީނު އޭނަ ފޮނުވާފައި އޮތް މެސެޖުވެސް….. އޭނަ އިރުކޮޅަކުން ގުޅާނެ ޙަޤީގަތް ހޯދާފަ…. ދޮންބެ ހުންނާތި ބަލަން…” ގިސްލާ ރޮމުން ދިޔަ މިޝްޔާ ފޯނުގައި އިން މެސެޖު މިޝަލަށް ދައްކާލިއެވެ.

“މިޝް…. އެއީ ހަމަ ޒީކްއޭ…. ޒީކް ގެއްލުނު ދުވަހު ލައިގެން ހުރީ “މޯލްޑިވްސް” ޖަހާފަ އިން ޓީޝާޓެއްނު…. ޒީކް ފެނުންއިރު، އޮތީ ހަމަ އެ ޓީޝާޓުގައި… ކޮންމެވެސް ވަރަކަށް މޫނުންވެސް އެނގޭ އެއީ ޒީކްކަން… އަނެއްކާ ޒީކްގެ ފަޓުލޫނު ޖީބުގައި އޮތް ވޮލެޓުގައި އޮތް އޭނަގެ އައި.ޑީ ކާޑުވެސް….. ދެންމެ ޓީވީއިން ދެއްކި އެ ފޮޓޯތައް…. މިޝް….. ދޮންބެ ބުނީމަ ޤަބޫލުކުރޭ…..” މިޝްޔާގެ ހިތަށް އަސަރުކުރާނެކަން އެނގިހުރެމެވެސް، މިޝަލް ޙަޤީގަތް ހާމަކުރީ، އެއީ އެންމެ ރަނގަޅުގޮތްކަމަށް ބަލާފައެވެ.

“ދޮންބެވެސްތަ….؟؟؟ ނޫން…. އެހެންނެއް ނުވާނެ….. އެއީ ޒީކްއެއް ނޫން….. ކީއްވެތަ އެކަކުވެސް އަހަރެން ދައްކާ ވާހަކަ ޤަބޫލުނުކުރަނީ…. ޒީކް މަރެއް ނުވެއޭ… ރާހިލްއަށް ވެގެން މި ރަށުގައި އެ އުޅެނީ ޒީކް އޭ…. އަޅެ ޤަބޫލުކޮށްބަލަ…..” މިޝަލް ދުރަށް ކޮށްޕާލަމުން މިޝްޔާ ބާރަށް ބުނެލިއެވެ. އެވަގުތު އިޔާޒްމެން އައިސް އެ ގެއަށް ވަނުމުން، އެންމެންގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ. އެންމެ ހައިރާންވީ، އެ މީހުންނާއިއެކު ރާހިލްވެސް އައުމުންނެވެ.

 

“ދޮންބޭ…. އަހަރެން ބުނީމެއްނު އިޔާ، ދިޔައީ ޒީކްގެ ޙަޤީގަތް ހޯދާށޭ…. އޭނަ އެއައީ ޒީކް ގޮވައިގެން…. ޒީކް…. މަގޭ ޒީކް….” މިޝަލްގެ މޫނަށް ބަލާލަމުން މިހެން ބުނެފައި، އެ ދިޔަގޮތަށް ގޮސް މިޝްޔާ ބައްދާލީ ރާހިލްގެ ގައިގައެވެ. ރޮމުން، ހެމުން މިޝްޔާ ރާހިލްގެ ގައިގައި އޮޅުލަމުން ދިޔައެވެ. މިޝްޔާ އުޅޭ ގޮތުން އެތާ ތިބި އެންމެންގެ ލޮލުން ކަރުނަ ފާއްދާލީ، އެ ކުއްޖާ ފަކީރަށް ވާނެ ވަރު ހިތަށް އަރުވާލަމުންނެވެ. ރާހިލަށްވެސް، މިޝްޔާގެ އުނގަނޑުގައި ހިފަހައްޓާލެވުނީ، އޭނާގެ ހިތުގައި މިޝްޔާއަށް ހަމްދަރުދީ އުފެދުމުންނެވެ. އެ ގޮތުގައި އިރުކޮޅެއްވުމަށްފަހު، ރާހިލާއި ދުރަށް ޖެހިލަމުން، މިޝްޔާ އޭނާގެ މޫނަށް ބަލައިލިއެވެ.

“ޒީކް ތި އައީ ދޯ….” ރާހިލްގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން، މިޝްޔާ އަހާލިއެވެ. ރާހިލަށް ބަލާލެވުނީ ގާތުގައި ހުރި އިޔާޒާއި ދިމާއަށެވެ. އޭނާވެސް ހާސްވެފައިހުރެ މޫނުގައި އަތް ހިންގާލުމަށްފަހު، އަތުގައި އޮތް ކާޑަށް ބަލާލިއެވެ. އަދި ކުރިއަށް ޖެހިލަމުން މިޝްޔާގެ ނަމުން ގޮވާލިއެވެ.

“މިޝް… ތީ ޒީކްއެއް ނޫން…. ރާހިލް….” އަތުގައި އޮތް އައި.ޑީ ކާޑު ދިއްކޮށްލަމުން އިޔާޒް ބުނެލިއެވެ. ތުރުތުރުލަމުން ދިޔަ އަތުން މިޝްޔާ އެ ކާޑުގައި ހިފިއެވެ. ރާހިލްގެ މޫނަށް ބަލާލިއިރު، އޭނާގެ ރުއިމުގެ އަޑު އެއްކޮށް ކެނޑުނެވެ. އޭރު ރާހިލްވެސް ހުރީ މިޝްޔާއަށް ބަލަހައްޓައިގެންނެވެ. ކާޑަށް ބަލައިލާން، ޖެހިލުންވެފައިވާކަން އެ މޫނުގެ ކުލަވަރުތަކުން ރާހިލަށް ދޭހަވިއެވެ. ލަސްލަހުން ރާހިލްގެ މޫނުން ނަޒަރު ވަކިކޮށްލަމުން، މިޝްޔާ، އެ ކާޑަށް ބަލާލިއެވެ. އެއާއިއެކު، އަނެއްކާވެސް ރާސްލާފައި އޭނާގެ ދެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. އެހެނަސް، މިފަހަރު، އޭނާ ރޯ އަޑެއް ނީވެއެވެ. އަތުގައި އޮތް ކާޑު ތަޅުންމައްޗަށް ވެއްޓުނުއިރު، ލަސްލަހުން ފަހަތަށް ފިޔަވަޅު އަޅަމުން، މިޝްޔާ، ރާހިލާއި ދުރަށް ޖެހިލިއެވެ. އެހެނަސް، އޭރުވެސް އޭނާގެ ނަޒަރު ސީދާވެފައި ހުރީ ރާހިލްގެ މޫނަށެވެ. އިރުކޮޅަކު، ރާހިލަށް ބަލަން ހުރުމަށްފަހު، މަޑުމަޑުން ހިނގާލާފައި ގޮސް އޭނާ އިށީނީ ސޯފާގައެވެ. ޙަރަކާތެއް ނުކޮށް އެހެން އިނުމުން އެންމެންގެ ހިތުގައިވެސް ބިރުވެރިކަން އުފެދިގެން ދިޔައީ، ކުރިން ލިބުނުކަހަލަ ޝޮކެއް، އަނެއްކާވެސް އޭނާއަށް ލިބިދާނެތީއެވެ. އެންމެ ގާތުގައި ހުރި ޝިއުރީ މިޝްޔާގެ ގާތުގައި އިށީންނަމުން އޭނާގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ.

“އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން…..” މިހެން ބުނެފައި، ޝިއުރީގެ ގައިގައި ބައްދާލަމުން މިޝްޔާ އަޑުން އަޑުނަގާ ރޯން ފެށިއެވެ. އޭނާގެ ވޭނީ ރުއިމުގެ އަޑުން އެންމެންގެ ހިތްތަކަށްވެސް ފުން އަސަރުތަކެއް ކުރުވިއެވެ. އެއިން ކޮންމެ ކުއްޖެއްގެ ދެ ލޮލުންވެސް، ހުއްޓުމެއްނެތި، ކަރުނަ އަންނަމުން ދިޔައެވެ. ރާހިލް ފިޔަވައެވެ. އެހެނަސް، އޭނާވެސް ހުރީ ވަރަށް ދެރަވެފައެވެ. އެ އެކުވެރިންތަކަށް ލިބިފައިވާ ހިތާމައިގައި އޭނާވެސް ބައިވެރިވާކަން، އޭނާގެ މޫނުމަތީގެ ކުލަވަރުތަކުން ދޭހަކޮށްދެއެވެ. ދުރުގައި ހުރި މިޝަލްވެސް އައިސް މިޝްޔާގެ ބޮލުގައި ފިރުމާލިއެވެ.

 

ޝައުންގެ ކޮނޑުގައި އަތް ބާއްވަލަމުން އަފްލާކް އޭނާއަށް ހިތްވަރުލައިދޭތަން ފެނުމުން، ޔަލްވީވެސް ޝައުންގެ ގާތަށް ގޮސް، އޭނާއަށް ހިތްވަރުލައިދޭން ބޭނުންވިއެވެ. އެހެނަސް، އޭނާއަށް އެ ފަދަ ހިތްވަރެއް ނުލިބުނެވެ. މިހާރު އެ ދެމެދުގައި އުފެދިފައިވާ ބީރައްޓެހިކަމެއްގެ ސަބަބުންނެވެ. ޝައުނަށް ބަލަން ހުރި ޔަލްވީއަށް ހަމަހޭވެރިކަންވީ، މިޝްޔާ ވާހަކަ ދައްކަން ފެށުމުންނެވެ.

 

“ޝިއު… ޒީކް، އަހަރެން ދޫކޮށްލާފައި ދިޔައީ…. އެނގޭތަ…؟؟؟ މި ފަހަރު ޗުއްޓީ ނިންމާފައި، ފުރަން ގޮސް ބަނދަރު މަތީ ހުރެފައި، އޭނަ އަހަރެން ކަންފަތްދޮށުގައި ސިއްރުން ބުނި، ދެން އަންނަ ފަހަރަކުން އަންނާނީ ކައިވެނި ކުރާށޭ…. އެ ދުވަހަކަށް އިންތިޒާރު ކުރާށޭ…. އެކަމަކު، މިވީ ކިހިނެއް…. މިއަދާ ޖެހެންދެންވެސް، އެ ވާހަކަތަކުން ހިތްހަމަ ޖައްސާލައިގެން އަހަރެން މި ހުންނަނީ…. އެކަމަކު، އަހަރެން އިންތިޒާރުގައި ބަހައްޓާފައި، ޒީކް އެ ދިޔައީ…..” ރުއިމުގެ ތެރެއިން، ކުރީގެ ހަނދާނެއް އައުކޮށްލަމުން މިޝްޔާ ބުނެލިއެވެ. އެ ވާހަކައިން އަސަރުކުރިނަމަވެސް އެތާ ތިބި އެންމެންގެ ހިތްތަކަށް ކުޑަނަމަވެސް، ތަސައްލީއެއް ލިބިގެން ދިޔައީ މިޝްޔާ ވާހަކަ ދެއްކުމުންނެވެ. މެހެރީން ނިޔާވުމުން އޭނާއަށް ލިބުނުކަހަލަ ޝޮކެއް މިފަހަރު ނުލިބުނުކަން ނަސީބޭ އެންމެންގެ ހިތަށްވެސް އެރިއެވެ.

********************

 

ފަސް އަހަރު ފަސް

 

ރީތިވާ މޭޒުދޮށުގައި، ހުރި މިޝްޔާއަށް އަވަސް އަވަހަށް ގަޑިއަށް ބަލާލެވެއެވެ. ހިތްހަމަ ޖެހޭގޮތަށް ޝޯލް އޮޅައި ނިމުމުން، ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. ވިލު ނޫކުލައިގެ ޝޯލް ތެރެއިން ފެންނަން އިން މޫނު، އޭނާއަށް ވައްތަރުވީ އޭނާގެ މަންމަގެ މޫނާއިއެވެ. މަންމަ މަތިން ހަނދާންވުމުން މިޝްޔާގެ ލޮލުން ކަރުނަ ނީރާލިއެވެ. އެވަގުތު ރީތީވާ މޭޒުމަތީ އޮތް ފޯނު ރިންގުވާން ފެށުމުން، އޭނާ ފޯނަށް ބަލައިލިއެވެ. ގުޅަނީ ޔަލްވީއެވެ. ކަރުނަތައް ފުހެލުމަށްފަހު، ޔަލްވީ އެއްޗެކޭ ބުނުމުގެ ކުރިން “މިދަނީ” އޭ ބުނެ ފޯނު ކަނޑާލިއެވެ. އެއަށްފަހު، މޭޒުމަތީ ހުރި އެޑޮރަބަލް ސެންޓުފުޅި ނަގައި ގަޔަށް ޖަހާލުމަށްފަހު، ހަލުވި ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

 

“ދޮންބޭ…. ހިނގާބަލަ އަހަރެން ގޮވައިގެން ބަނދަރަށް ދާން…..” ޓީ.ވީ ބަލަން އިން މިޝަލްގެ އަތުގައި ހިފާލަމުން، މިޝްޔާ ބުނެލިއެވެ.

“ކީއްކުރަން ބަނދަރަށް ދަނީ….؟؟؟ ހާދަ ރީތިވެލައިގެންނޭ ތި ނުކުތީ….. އަނެއްކާ މާ ޚާއްސަ މީހަކު އަންނަނީތަ….؟؟؟؟” މިޝްޔާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލާލަމުން މިޝަލް ސުވާލުކޮށްލިއެވެ.

“ހެހެހެ ރީތިތަ…؟؟؟ ދޮންބެއަށް ނޭނގޭތަ….؟؟؟ މިއަދު ފެރީން، ޝިއު ރަށަށް އަންނަނީއެއްނު….” މިޝަލަށް ވާނެ ގޮތް އެނގިހުރެމެ މިޝްޔާ ބުނެލިއެވެ. ހީކުރިގޮތަށް އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. މިޝަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވުމުން މިޝްޔާވެސް ހީލިއެވެ.

“ޝިއު ކޮންމެ ކަމެއް ކުރިޔަސް މިހާރު ދެން ދޮންބެއަކަށް ނޭނގޭނެއެއްނު…..” ހިތިގޮތަކަށް ހީލަމުން މިޝަލް ބުނެލިއެވެ. ކިތަންމެ ފުންކޮށް ބުނިކަމުގައިވިޔަސް، މިޝަލް އެ ބުނީ ކީކޭކަން، މިޝްޔާއަށް ދެނެގަނެވުނެވެ.

“މިޝް ބުނީމެއްނު ޝިއު އުޅެނީ އެކޮޅުގައި ވަޒީފާގައޭ….” މިޝްޔާއާއިއެކު ބޭރަށް ނުކުމެ، ޖީބުން ސައިކަލްގެ ތަޅުދަނޑި ނަގަމުން މިޝަލް އަހާލިއެވެ. ލިބުނު ފުރުޞަތުގައި އޭނާ ބޭނުންވީ އިތުރު ތަފްޞީލް ހޯދާށެވެ.

“ޝިއު މަސައްކަތްކުރި، އޮފީސް ބަންދުކުރީމަ، އެހެން ވަޒީފާއެއް ލިބެންދެން ރަށަށް އަންނަނީއޯ ބުނީ….” މިޝަލްގެ ސުވާލަށް ޖަވާބުދެމުން މިޝްޔާ ސައިކަލްގެ ފަހަތަށް އެރިއެވެ.

********************

ބަނދަރުކައިރީގައި، ސައިކަލް މަޑުކޮށްލުމުން، މިޝްޔާ ފޭބިއެވެ. އޭރު ޔަލްވީމެންވެސް އައިސް އެތާނގައި މަޑުކޮށްލަނީއެވެ. އެއިން ކޮންމެ ކުއްޖެއްގެ މޫނުންވެސް މިޝަލަށް ފެނުނީ އުފާވެރިކަމެވެ. ދުވަސްތަކަކަށްފަހު، އެކުވެރިޔާ ފެންނާތީ، އުފާވާނެތާއެވެ. މީހަކަށް ނޭނގުނުކަމުގައިވިޔަސް، ޝިއުރީ އަންނާތީ، އޭނާވެސް އުފާވެއެވެ. އެ ރީތި މޫނު ދެކެލާ ހިތުން މޭގައިވާ ހިތް އޮބި ނޯވެގެން ތެޅިފޮޅެނީއެވެ. އެހެނަސް، ޝިއުރީ އަންނަންވާއިރަށް އޭނާ އެތަނުން ދާން ޖެހޭނެއެވެ. ނޫނީ ޝިއުރީ ހިތްހަމަ ނުޖެހިދާނެއެވެ. އޭނާ ހިތްހަމަ ނުޖެހޭފަދަ ކަމެއް ކުރާކަށް މިޝަލް ބޭނުމެއް ނޫނެވެ.

“މިޝަލް ދަނީތަ…. ޝިއު އަންނަންދެން މަޑެއް ނުކުރަންތަ….؟؟؟” މިޝަލް ސައިކަލް ސްޓާޓްކޮށްލުމުން ޔަލްވީ އަހާލިއެވެ. މިޝްޔާއަށް ބަލާލެވުނީ މިޝަލްގެ މޫނަށެވެ. އޭނާގެ އިޙްސާސްތައް ފޮރުވާލައިގެން ހުއްޓެއްކަމަކު، މިޝްޔާއަށް އެ ހިތުގެ އިޙްސާސްތައް ދެނެގަނެވެއެވެ. އޭނާ، އެ ތަނުން ދާން އެ އުޅެނީ، ބޭނުންވެގެން ނޫންކަންވެސް މިޝްޔާއަށް އެނގެއެވެ. މިޝަލަށްޓަކައި އޭނާގެ ހިތުގައި ޙަމްދަރުދީ އުފެދިފައިވެއެވެ.

ތަނަކަށް ދާންވެފައި އޮތީމަ، މަޑުކުރެވެން ނެތްކަމަށް ބުނަމުން، މިޝަލް ސައިކަލް ދުއްވާލިއެވެ. އޭނާ ގޮސް މަޑުކޮށްލީ، ބަނދަރާއި ތަންކޮޅެއް ދުރުގައި ހުރި ކެފޭއެއްގެ ކައިރީގައެވެ. ސައިކަލް ޕާކް ކޮށްލުމަށްފަހު، އެތެރެއަށްވަދެ، ބަނދަރު ފެންނަގޮތަށް ހުރި މޭޒެއްގެ ދޮށުގައި އިށީނެވެ. މިޝްޔާމެންގެ ގާތުގައި އޭނާ ހުއްޓާ ފެނުމުން، ޝިއުރީ ހިތްހަމަ ނުޖެހިދާނެތީ، ދުރުން ބަލައިލައިގެން ހިތްހަމަ ޖައްސައިލުމަށެވެ.

މިޝަލްގެ، އިންތިޒާރަށް ނިމުން އައީ، ޝިއުރީމެން ދަތުރުކުރި ލާންޗް ބަނދާރައި ގާތްކުރުމުންނެވެ. ރަތްކުލައިގެ ޝޯލެއް އަޅައިލައިގެން ހުރި ޝިއުރީ، ލާންޗުން ފައިބާން އަންނަތަން ފެނުމުން، މިޝަލަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (80)

  1. Zish

    First…yeyyyy…

    1. Eemyaa
      Zish

      Yeyyy zish ah first libuny hehe ☺

  2. Zish

    Adhi nuves kiyan.. Kiyaalaafa comment kohlaanan…hehehehe

    1. Zish
      Zish

      Vvvvvv reethi…mi amha haadha vareh hureyey dhw..

    2. Zish
      Zish

      zeeek maruv???noooo!!eem haadha gadha ey dhww….??
      Ly a lot eemyyy..
      hehehehhhee??

    3. Eemyaa
      Zish

      Haha knme faharaku knmes reason eh dhakkaafa e kudhin dhurukuruvany ey dw Zish ?

      Yes zeek niyaa v ?

      Hehe Thanks a lott dear ???
      LY too ?

  3. Eemyaa

    Assalaam Alaikum 🙂
    Kiyuntherinnah mi part ves kamudhaane kamah heekuran 🙂
    Rangalhu kuran vee than bunelai dhinumakee eem ge v bodu edhumeh 🙂
    Have a good nyt TGC Love u all :):):)

  4. mal

    me 2nd

    1. mal
      mal

      V rythi.. dhn adhi reethi bai ahnan fashaany.. ekam haadha dhera ey zeek maru v ma.. aslu e name v loabi.. ehnve?❤

    2. Eemyaa
      mal

      Thanks mal ☺☺☺
      Hehe ?
      Yeah, thts a v lovely name ❤

  5. mal

    Eem plx mifaharu suprise eh dhyfa madhama up kohdhyba… dhn vaagii v intereaging vaane.. plxx??❤❤

    1. Eemyaa
      mal

      Hehe eyrun nuvaanu surprise akah dw ??
      Hehe will think abt it ?
      Maadhama bxy nuny aa try kohlaanan bt m nt sure ingey ☺

  6. princess

    Wow i really like this story hama habbu
    whn nxt part…

    1. Eemyaa
      princess

      Thanks princess ☺☺☺
      Next part on Thursday In Sha Allah
      Bt eem try kuraanan eyge kuriah up kohleveytho ☺

  7. Azz Gafoor

    Wow ..

    1. Eemyaa
      Azz Gafoor

      Thanks Azz ☺☺

  8. Xidhan

    What in the world just happend???
    Zeek niyaavun adhi shureen mishal reject kurun haadha sad episode ekey…?
    5 years later ge baii salhi vaanekamah umeedhu kuran ??
    Eem previous cover pic maa reethi mi cover pic ahthure… mi cover pic vess reethi

    1. Eemyaa
      Xidhan

      Eem ves ummeedhu kurany leap ge fas kamudhaane kamah hehe ☺☺

      Hehe leap aiyma kudhinkolhuves bodethi vefa e thiby ?
      Ehenve change kohly story aa gulhuvaalan vegen.. Thanks ☺

  9. Saa

    Just love this story… Looking forward to the next part… ??

    1. Eemyaa
      Saa

      Thanks Saa ☺☺☺
      Keep waiting ?

  10. Xna

    ??…neheeee…mishal ah ehn nahadhaa..v hithaamaveri part eh?
    And pic ?

    1. Eemyaa
      Xna

      Aww Xna ge heart dhefalhi v ?
      Yeah dw ?
      Thanks dear ☺ pic ge credit goes to HANA ???
      Thanks hana ?❤

  11. Reader

    Nooooo.. Alhe haadha kiyaahithakunn indha eyy thi ninmaaaleee .. Waiting for next part… Love the story ????

    1. Eemyaa
      Reader

      Aww sorry dear
      Thanks a lott reader ☺☺???

  12. Xee

    Wow vvvvv v reeti pls avahah up kobba

    1. Eemyaa
      Xee

      Thanks Xee ☺☺☺
      I’ll try to upload it asap
      Thanks dear ?

  13. Some one

    5 yrsss ltrrr!!!! Alhey!! Shaun yaaal kanthah kihineh! Alhe mishal adhi es shiu aaa! Plx dhen e fakiirah shiu dhiiba!! Ayaanii n aflaaak kanthah! ? Alhe xiik maru vii! Dhn raahil kobaa? Alhe when nxt prt? Hama visnenii? V v salhi! N v sprsn part eh! Eyoh vii kan kan dw! Stry v v nice! Emmenge bai es annaaathii! Eeem ily???

    1. Eemyaa
      Some one

      Dear, thi hurihaa suvaalegge javaabu ves libeyne story hama kuriyah dhaa varun ☺☺☺
      Hehe v ufaa vejje surprising part akah mi part v ma.. ❤
      Next part on Thursday In Sha Allah ?
      Hehe Thanks a lot dear ???
      LY too dear ☺

  14. Coco

    I love this story n can u plx tell who n who r the girls pp ga cox kurin buruga naalha thiby ma ingey ekam enmen buruga elhyma olhijje

    1. Eemyaa
      Coco

      Thanks Coco ☺☺☺
      Hehe yeah sure
      Ainu alhaafa a e Ayaany
      Red shawl ga a e Shiury
      Blue shawl ga Yalvee
      Turkish shawl ga Mishyaa
      ???
      Mihaaru engeyne dw Coco ?

  15. Shaai

    Varah varah kamudhey… las nukoh vaahaka genesdhehchey… heevanee hama reethi series eh beleyhen..

    1. Eemyaa
      Shaai

      Thanks Shaai ☺☺☺
      Yes i’ll try my best ?
      Hehe Thanks dear ❤?❤

  16. song joong ki..KOREAN

    eyruvx bunymennu eeem varah molhuvaaney.. masha allah.. 😀 shiu n mishal aa dhemyhunna thi hedhy hama heevx nukuraa gotheh..kiriyaa nurovuny.. hahah. obiness ingey mi part. 🙂 yaal adhivx ladhun dhw mi hunnany..but haadha dhera vaaney dhw mishya. 🙁 dhn heevany raahil aa hen mish gulheynee. alheyyy eeeem. varah reethi mi story.. u’re so talented, 🙂 i’m also thinking to start writing story’s and upload, after some months…. 😉 🙂 btw, love your story. adhi mihaa kiyaa hithun kiyey vaahakaeh neih. just love this.. n love you.. waitingssss..nxt part ah…. 😀 😀

    1. Eemyaa
      song joong ki..KOREAN

      Hehe Thanks Song ❤
      Yeah yaal hama e ladhuvethi kamuga e ulheny bt leap ge fahun change ves vedhaanu dw ??
      Mishal nd shiury dw ?
      Yeah, Mish v dhera vaane.. hehe raahil dw lets see ??
      Hehe Thanks a lott dear ☺☺☺

      Aww really ? Good idea Song.. Ehaa thanah heevany eem ge story nimeyne hen.. Mihaarun feshigen Song ge story kiyan waiting ga mi hury ⌛⏳ ☺☺☺
      Thanks for the lovely comment Song ???
      LY too dear ☺☺

    2. song joong ki..KOREAN
      song joong ki..KOREAN

      hahaha.. okay eeem 🙂 🙂 n welcome.. eem ge story nimunyma ehnu dhw song story liyan fashan vaany. ehen noony mi reethi n my favourite story kiyaanyvx kihineh.. 😉 😀 haha wait kuran haadha avahakaa ey dhw thi fehtee 😀 gadivx hingaaleh lasvaane kanneynge dhw.. 😉 😉 😉

    3. Eemyaa
      song joong ki..KOREAN

      Hehe ☺☺
      Dhn countdown fashan dhn avaheh noonthaa.. eem ves v stories kiyaa hiyyve bt nw story liyaathy kiyaakah time eh nulibey.. bt Song ge story kiyaanan In Sha Allah ☺

    4. Song joong ki... KOREAN
      song joong ki..KOREAN

      Thanks eeeem.. Ly ????

    5. Adha?
      song joong ki..KOREAN

      Oh wow.. sjki story eh liyany ey…
      Ma hurymey inthixaaruga.. sjki ge story kiyaa hithun???

    6. Song joong ki... KOREAN
      song joong ki..KOREAN

      Haha??thanks adha

    7. click a shot ?
      song joong ki..KOREAN

      Waiting sjki..angaalachey liyumuge kurin ?❤️

    8. song joong ki..KOREAN
      song joong ki..KOREAN

      yeah click.. mhaaruvx mi visnany liyaane vaahaka akaa medhu. but final GCE exam nimmaaafa liyan ulheveynee.. dhw.. 🙂

  17. Malsha

    V v v nice..when next part? ?

    1. Eemyaa
      Malsha

      Thanks Malsha ☺☺☺
      Next part on Thursday In Sha Allah ?

  18. Aisha

    Mi vaahaka hama habeysh,,,eem is best writer,,,,next part avahan up konba ,,,cant wait for next ep…

    1. Eemyaa
      Aisha

      Thanks Aisha ☺☺☺
      I dnt think m the best writer, coz thr r still so n so many thing to learn.. anyway v happy vejje Aisha ah ehn heeveethee ☺
      In Sha Allah, next part avahah up kohladheynan ???

  19. Lammi ?

    Mi episode up koffa inn tho miadhu vissakah faharu check kirevidhaane ??
    Finally innthizaaru ge nimmunn aissi…
    And again innthizaaru kurann jehifa miothy next episode ah ??
    Mi part warah salhi ❤
    Eem ge hurihaa story eh ves warah reethi…
    But this story is the best…
    Keep it up Eem ❤
    Next part up kolla dhehche awahah…
    Can’t wait to read it ?
    Hithah araa waahaka ekkoh kiyaalann libey nama eyyy ??
    Goodnight Eem ?
    Take care ?
    Loves ❤

    1. Eemyaa
      Lammi ?

      Aww Lammi v sorrry ehaa dhigu inthizaareh kuruvuneethee
      Haha ?? mifaharu try kuraanan avahah up kohleveytho ?
      Thanks a lot dear ☺☺☺
      V happy vejje huriha stories ves kamudhiya ee thee ???
      Hehe ehkoh kiyaalan beynumiyya jeheynee eem ge bandu falhaalan kanne hehe ??
      Have a good nyt dear ☺ TGC ❤❤

    2. Lammi ?
      Lammi ?

      Eem ge bandu falhaalyma dhen mihaa reethi waahaka kiyaakah nulibeyne ehnun lammi mennakah ❤

    3. Eemyaa
      Lammi ?

      Hehe ?

  20. Mai

    Omg…eem thy hama best… Kiriyaa mithan dhiyabodu nu v… Evaruwefa meeny… U r the best… V iru wehjje up weythw balaathaa… ??
    Thanks eem.. ??

    1. Eemyaa
      Mai

      Thanks Mai ☺☺☺
      Hehe naseebu hama dhiya bodu nuvika ??
      Thanks a lot dear nd sorry ehaa varah inthizaar kurubeythy ?
      Will try to upload the next part asap ? In Sha Allah
      U r most wc Mai ???

  21. Shiu

    Mi part kiyan jehuny hiy nagaa athah laigen indhe….ehaaves touching…? keep it up…and i appreciate ur hard work..stry hama awsm n i know nimen dhnves mihaa reethi vaanekan…cos ur just too gud…♡♡

    1. Eemyaa
      Shiu

      Aww ??
      Thanks a lott Shiu ☺☺☺
      Eem kuraa masakathuge agu vazan kuraathy v v happy vey ☺☺ Thanks ???
      Owww v try kuraanan nimendhen ves reehikoh kiyuntherin gayaavaane hen story genesdheveytho..
      Thanks dear for the lovely comment ❤

  22. Dee

    I hate you shiury gandaaaa ???? magey mishal ge hiyy halaaku kohlli insaanaa thee ???

    1. Eemyaa
      Dee

      Alhey Dee shiu ah ehchehi nukiyaga ?
      Heenukoh hutta ekahala proposal eh aiyma accept kuran undhagu v ey ekujjaa ah hehe ? dnt take it serious ingey m jst joking ☺
      Mi story ga eem ge fav character aky Shiu ❤

  23. Ram

    Eeem gadaa surprise eh neiy tha.. wait vx nukureve.. alhe.. kiyaalan beynumyy… haadha salhi eyyy…

    1. Eemyaa
      Ram

      Hehe ☺
      Will think abt it okay ??
      Thank a lot Ram ???

  24. Aish

    Vvvv reethi ….waitinggggg?

    1. Eemyaa
      Aish

      Thanks Aish ☺☺☺

  25. Nish

    OMG Five years later ☺
    Heeve dhen v salhi vaanehen..n mi part ves v salhi .. keep it up eem..☺?

    1. Eemyaa
      Nish

      Hehe yeah ☺
      Thanks Nish ☺☺☺
      ???

  26. Lam

    Salhi…kobaa nxt part avahah up kohla dehchay plx…cant wait…dhn vaane goteh balaa laa hitun mihaaru…lov this story

    1. Eemyaa
      Lam

      Thanks Lam ☺☺☺
      In Sha Allah tomorrow up kohla dheynan ?????

  27. Adha?

    Rulhi shiu aa?.. ehaa varah ehchehi kiyan jeheytha.. mishal fakeeru 5 years faaithuvi iruves hama ehunnany shiu ah takaa.. ehen hadhanves nuvaane ehnu.. ekahala kujjeh madhuvaane.. dhenves liben ovva rahtehi vaan veenu..?
    Dhen hama aslah ves zeek niyaa veetha☹ haadha dhera ey dw.. mish nw ulheynee raahil aa rahtehi vegen kanneynge dw..
    Yaany ge mom ves dw.. dhen ehen hadhan nuvaane ehnu.. adhives ekudhin hama talk nukohtha ulheynee.?
    Yalvee nd shaun nukerey dhekudhin.. adhives nujeri rhibeyneebaa… rahtehi vegen ulhenyaa varah salhi vaane..
    Varah reethi ingey mi part ves? but story maa avahah nuninmahchey..
    waitingss ❤❤❤❤

    1. Eemyaa
      Adha?

      Alhe Adha, Shiu aa hama rulhi vanytha hama ?
      Yeah, aslah ves zeek niyaa v.. v dhera dw ?
      Hehe
      5 yrs later v ma neyge dw gulhunthah gossa oiy hisaabehvess ? next part ga v gina suvaal thakuge javaab libeyne Adha ☺
      Leap ge fahuga ves hunnaane haadhisaa thakeh so, ehaa avahah hieh nuve nimeyne henneh dw ??
      Thanks a lot Adhaa ☺☺☺???

  28. Appy

    Alhey mihaathanahh kiyunu enme rythi part ..vvv rythi maa kiyaahithun inyma nimunu iru vx neyngunu comments fenunyma heverikan v heheh . .dhen in bayahh vvvvvvvvvvvvvvvvvvvvvvvvvvvv inthizaaru kurevey eba

    1. Eemyaa
      Appy

      Asluvestha Appy ???
      Hehe Thanks a lot dear ☺☺☺

  29. click a shot ?

    Oh five years fahundhw…varah salhi vaane kaneyge..☺️ehen jahaafa inyma mihinany varah kiyaahihvefa..?so many things will be changed…alhey zeeek is dead..???mishya haadha dherayeh vaaneyey..adha bunihen eem thihedhy hama hyves nukuraa gothe…yaany mom adhives hama e gothuga dhw..dhen kiyavaa nimunyma neyngeehnun anehkaa bunaany keekai kamehves..?hehe??..eem haadha molhey liyan..I am so proud of you…konme part eh ga ves hurey kiyaahihvaa baivaru goitha genesdhyfa…asluves I love to read this story…?❤️
    …

    1. Eemyaa
      click a shot ?

      Yeah, 5 years ge fas ☺
      Hehe reethivaane kamah eem ves ummeedhu kurany ?
      Yeah he’s dead.. ?
      Haha asluves amha ves hama yaany men dhera kohlany ey knme faharaku dw ?? v ufaavejje click ah mi story ehaa kamu dhiya ee thee ?
      Hehe thanks click ☺☺☺
      Click, Thanks for the lovely comment ???

    2. click a shot ?
      click a shot ?

      welcome eem…☺️?

  30. Izu

    This story is really interesting ?
    Eem, You are very talented. Ma sha Allah ? I appreciate your hardwork. Can’t wait to read the next part ?
    Lots of love and wish you all the best ❤❤

    1. Eemyaa
      Izu

      Thanks Izu ☺☺☺
      Aww Izu, Thanks for the lovely comment ???

  31. Xoo

    Emyaa haadha lahey

    1. Eemyaa
      Xoo

      Xoo aslu next part up kuraa dhuvahaky maadhama.. dhn eem bunin miadhu up kohdheveytho try kuraanamey bt eem ah nuvy sorry ?
      Aslu miadhu free vaane kamah ehn buny bt fahun bxy v..
      Bt Maadhan next part up kohla dheynan In Sha Allah ☺☺☺

  32. lovelyy gurl

    waiting…

    1. Eemyaa
      lovelyy gurl

      Thanks lovelly gurl ☺☺☺

  33. click a shot ?

    Eem pic ga thibikudhin vakivakin kiyaadhyba…first eiy ayaany dhw…buruga alhaafa thibeema neyngeyneehnun….hehe☺️?

    1. Eemyaa
      click a shot ?

      Ayaany ainu alhaafa
      Shiu red shawl ga
      Yaal right side in thiryga blue shawl ga
      Mish right side in mathyga

  34. Sana

    story up vehjethoa iru iru kolhaa beley eba….

    1. Eemyaa
      Sana

      ???

Comments are closed.