” އިރާޝާ ކައިގެން ތަ ބައްޕަ އާ ބައްދަލު ކުރާނީ؟ ” ކުރިމަތިން ފެންނަން ހުރި ކާގެއާ ދިމާލަށް ހިނގަމުން ހައްވަ އެހިއެވެ. “ނޫން ކާނީ ފަހުން.. ބައްޕަ ދެކިލަން ބޭނުމީ.. ކުރަކި ވެފައިވާ އަޑަކުން އިރާޝާ ޖަވާބު ދިނެވެ. ކާ ކޮޓަރިޔާ ޖެހިގެން ހުރި ކޮޓަރިޔާ ދިމާލަށް ހައްވަ ދިޔައެވެ. އާދައިގެ ގޮތަކަށް ހަދާާފައި ހުރި ކޮޓަރީގެ ދުރުހުޅުވާލާފައި އެތެރެއަށް ބޯ ދިއްކުރަމުން އަތުގެ އިޝާރާތުން އިރާޝާ އެތެރެއަށް ވަނުމަށް އެދުނެވެ.މަޑުމަޑުން އަވަަސް ހިތަކާއެކު އިރާޝާ […]
އިރާ ބ.ކަމަދޫއަށް ފުރީ ވަރަށް ފޮނި އުއްމީދާ އެކުގައެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އިރާ ވިސްނަމުން ދިޔައީ ބައްޕައާއި މަންމަ ހުނާނެ ގޮތަކާއި މެދުގައެވެ.ހިޔާލު ތަކުގައި ދެމައިންގެ ސޫރަ ކުރަހަމުން ދިޔަ އިރާ އިރު އިރު ކޮޅާ އުފަލުން ހީލައެވެ. ދުވެފަ ގޮސް ބައްދާގަންނާނީ ހެއްޔެވެ.؟ ނޫނީ ސަލާމް ކޮށްލަނީ ހެއްޔެވެ. އެތަކެއް ސުވާލު ހިތަށް ގެނަވަމުން ދިޔައެވެ. ރަށާ ކައިރި ވި ވަރަކަށް އިރާގެ ހިތުގެ ތެޅުން އަވަސް ވި އެވެ. ރަށުގެ ޖެޓީއަށް ފެރީ ކައިރި ކުރި އިރު ޖެޓިމަތީގައި […]
އެންމެ ހިނދުކޮޅަކަށް ވެސް ނަޒަރު މި ކުއެޖާއާއި ވަކި ނުވެހުރި ނިޔާ ސިއްސައިގެން ދިޔައީ ޒުވާނުން ގެ މަރުކަޒު ބާސްކެޓް ކޯޓުން ނުކުމެގެން އައި ޒުވާން ދެފިރިހެން ކުދިން މި ރީތި އަންހެން ކުއްޖާ ކައިރިއަށް މަޑު ކޮށްލުމުންނެވެ. ކުޑަ ކުޑަ ވަގުތު ކޮޅެއްގަ ނަމަވެސް ހިތަށް ގެނުވި ބަހާރު މޫސުން ގެއްލުނު ކަހަލައެވެ .ކުޅެވެމުން ދިޔަ ހިޔާލީ ލަވަ ހުއްޓި،ހޭލާ ހުރެ ދެކެވެމުން ދިޔަ ހުފެނަކީ ބިލާހެއްކަމަށް ހީކުރެވުނެވެ. މިޒާމާނުގައި މިހާ ރީތި އަންހެން ކުދިން ހުހަށް ތިބެދާނެ ކަމަށް ހީކުރެވުމަކީ ކުންހީ އެއްކަމަށް ނިންމިއެވެ. ވީ ފޫސެއްގެ ބޮޑުކަމުން ސޯޓް ޖީބުގައި އޮތް ފޯނު ނަގައިގެން ނަންބަރަކަށް ގުޅަމުން ބާސްކެޓް ކޯޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ނިޔާ ހިނގަމުން މި ކުއްޖާ ހުރި ތަން ފަސްދީ ފައި ދިޔައިރު މި ދެފިރިހެން ކުދިން ދައްކަމުން ދިޔަ ވާހަކަ އަޑު އިވި ނިޔާގެ ފިޔަވަޅު ހުއްޓުނެވެ. ކަންފަތުގައި ޖަހާފައި ހުރި ފޯނު ތިރި ކޮށްލަމުން މުށު ތެރެއަށްލާ ފިތާ ލެވުނީ އައި ސިނގު ރުޅި މައިތިރި ކޮށްލުމަށެވެ. ބޭ އިޙްތިޔާރުގައި ފަސްއެބުރި އެދިމާލަށް ދެވުނީ ނިޔާ އަޑުއިވުނީ ރަނގަޅަށް ތޯ ބެލުމަށެވެ. އެއްވެސް ޖެހިލުމެއް ނެތި މި އަންހެންކުއްޖާ އަށް ބަހުގެ ގޯނާ ކުރަމުން ދިޔަ ދެފިރިހެން ކުދިންނަށް ނިޔާ ފެނި ދުރަށް ހިނގާގަތެވެ. ނިޔާ ގެ މޫނުގެ ކުލަވަރު ހުރި ގޮތުން އެއީ މި އަންހެން ކުއްޖާއާއި ކޮންމެވެސް ގުޅުމެއް ހުރި މީހެއްކަން އިނގުނީ ކަން ޔަގީނެވެ. ނިޔާގެ މުއްކަވާލެފއިވާ އަތައް ބަލަމުން ، އެތަނުން ކަޅުކޮށް ހިކިކޮށް ހުރި ކުއްޖާ “ސޮރީ ބޮރޯ’ އޭބުނެ ދުރަށް ހިނގާ ގަތެވެ. ” ފިރިހެނަކަށް ވީތީ އެމީހުންގެ ފަރާތުން މާފަށް އެދެން” ބިރުން ގޮތް ހުސްވެފައި ހުރި އަންހެންކުއްޖާ އަށް ބަލަމުން ނިޔާ ބުނެލިއެވެ. ޖަވާބުގައި ނިޔާ ގެ މޫނަށް ބަލަން ހުރެ މި ކުއްޖާ ހީލިއެވެ. ކޮންފަދަ ރީތި ކަމެއްބާ އެވެ. އެންމެ ހީލުމަކުން ނިޔާގެ ހިތް މިކުއްޖާއަށް ފިދާ ވި ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި އިރު ކޮޅަކަށް ހުރުމަށްފަހު ނިޔާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. ” މިީ ނިޔާ. ތީ ކޮންކުއްޖެއް؟ . ނިޔާ ސަލާން ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. “މީ އިރާ. ތޭންކްސް”ލަދުރަކި ގޮތަކަށް ދިއްކުރި އަތުގައި ހިފާލަމުން އިރާ ބުނެލިއެވެ. […]
‘ދޭނަން ހިތާޖާނާ އާދެ ނުދެ ލޯބިވާ” އާތިފްގެ ނަލަ ނަލަ އަޑުން ކިޔަމުންދިޔަ ލަވަ، ނަކަލް ކުރަމުން މަޑު ދުވެލީގައި މަޖީދީ މަގުން ކާރު ދުއްވަމުން ދިޔަ ނިޔާ ގެ މިސްރާބް ހުރީ ޒުވާނުންގެ މަރުކަޒާ ދިމާލަށެވެ. އިރު އިރު ކޮޅާ ކާރުގެ ލޯގަނޑުންބަލައި އިލޮށިތަކެއްހެން މައްޗަށް ނެގިފައިވާ ފަންއިސްތަށިގަނޑު އަތުން ރަނގަޅުކޮށް ލަމުން އެއްމިޔަކުން ހީލައެވެ. އެނާ އަށް ލިބިފައިވާ ފުރިހަމަ ސިފަ ފެނުމުން ހުދު އަމިއްލަނަފުސު ވެސް ތައުރިފް ކުރާކަހަލަ އެވެ.އިވެމުންދިޔަ ލަވައިގެ އިނގޭ ބައެއް ކަޑިތައް ކިޔަމުން ބައެއް ކަޑިތަކަށް ރާގު ލައްވަމުން ދިޔަ ނިޔާގެ ސިކުނޑީގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތްކަހަލައެވެ. ވާނީ ވެސް އެހެންތާ އެވެ. ނިޔާ އަކީ މާލޭގެނަން މަޝްހޫރު ވިޔަފާރި ވެރިޔާ މަުހައްމަދު ޖިހާދާއި އާލިފާގެ ދެ ލޮލުގެ ނޫރެވެ. މީގެއަހަރުތަކެއްކުރިން ޖިހާދުގެ އާއިލާ މެލޭޝިޔާއަށް ދިރިއުޅުން ބަދަލު ކުރީ ހަމައެކަނި ނިޔާގެ މުސްތަގުބަލަށްޓަކައެވެ. ވިޔާފާރި ޖިހާދުގެ ކޮއްކޮ ޖުނެއިދު އާ ހަވާލު ކުރުމަށް ފަހު ވޭތުވެދިޔަ 17 އަހަރު އެ ދެމެފިރިން މެލޭޝިޔާގައި ދިިރި އުޅުން ހޭދަ ކުރުމަށްފަހު އެނބުރި މާލެ އައީ ނިޔާ ކިޔަވަން ބޭނުންވި ވަރަށް ކިޔަވާ ނިމުމުންނެވެ. ނިޔާ އަކީ މިހާރު މާލޭގައި ހުރި އެންމެ ކުޅަދާނަ ވިޔަފާރި ވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަގެ ވިޔާފާރިޔާ ހަވާލުވިފަހުން ނިޔާ ވަނީ އޭނާގެ އަމިއްލަ އުކުޅުގެ ބޭނުން ހިފައި މީގެ ކުރިން ވިޔާފާރި ކުރިނާރާ ވަރަށް ކުރި އަރުވާފައެވެ. ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް ނިޔާ އެކަމަކާ ކުރިމަތި ލަނީ ކެރިގެންނެވެ. ﷲގެ ރަހުމަތުން ކިތެއްމެ މުއްސަދި ދިރިއުޅުމެއް ލިބިފައި ހުއްޓަސް ނިޔާ އަކީ އެކަމާ ބޮޑާވެގަންނަ މީހެއް ނޫނެވެ. އެކުވެރިންގެ ގޮތުގައި ވެސް ހިޔާރު ކުރަނީ ވަކި ފަންތިއެއްގެ ބައެއް ނޫނެވެ. އެންމެންނަށް ވެސް އަޅާލާ އޯގާތްތެރި އެކެވެ. ލާ ހެދުމުގައިޔާއި ބޭނުން ކުރާ ސާމަނަކީ ހަމަ އެންމެ އާދައިގެ އެއްޗެސެވެ. […]
ވެހެމުންދާ ވިއްސާރައިގެ ތެރޭގައި ހިނާ އޭނާގެ ކުޑަ ކުޑަ ދެކުދިން ގޮވައިގެން ބ. ކަމަދޫއިން ފުރައިގެން ދަތުރުފެށީ ލ.ފުނަދޫ އަށެވެ. ހިނާގެ އުނގުތެރޭގައި އޮތް 2 އަހަރުގެ އިރާ ރޮއެ ރޮއެ އޮތް އިރު 6 އަހަރުގެ ރަމްލާ އިނީ ހިނާ ގައިގައި ލެގިގެން ކަހަލަ ގޮތަކަށެވެ. ކަނޑުގެ ބިޔަ ރާޅުތަށް ނަގައި ދޯނިމައްޗަށް ބިންނަމުން ދިޔައިރު ހިނާގެ ހިތުގައި ވަނީ ބިރުވެރިކަމާއި ހާސްކަމެވެ. އެބޯވާރޭތެރޭގައިވެސް ކުޑަ ކުޑަ ރަމްލާގެ ލޮލުގައިވާ ކަރުނަތައް ސާފުކޮށް ފެންނަން ހުއްޓެވެ. ލޮލުކައިރީގައި ދުޅަވެފައިވާ ތަނުގައި އެބޮޑު ކެރިތައް ޖެހެމުން ދިޔައިރު އެކުއްޖާއަށް ތަދުގެ އިހުސާސްވެސް ނުކުރެވޭ ކަހަލައެވެ. އަނގައިގެ ކަން ކައިރިން ރަތްވެފައިވާތަނުން އޭރުވެސް ލޭ އާދެއެވެ. އިންތިޒާރު ކޮށްލައްވާ……..