Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(20)

Dhippi Level 4100 Comments10 Stories
September 26, 2017 5 Mins Read
20 Comments

އަލްޔާ އައުމުން ވަރަށް ބަނޑުހައި ވެއްޖެކަމަށް ބުނެ ހިނގާގަތީ ބަދިގެއާ ދިމާށެވެ. ސައުދުއާ އަފީފާއާ ދެމީހުން ވެސް ވިނާންގެ ފަހަތުން ވަނީ ބަދިގެއަށެވެ. އަލްޔާ ވެސް ރަކި ކޮއްޓަމުން އެމީހުންގެ ފަހަތުން އައިސް ސައިބޯން ފެށިއެވެ. ދަތުރުގެ ވާހަކަޔާ މީޓިންއަށް ފަހު އެމީހުންގެ ކުންފުންޏަށް ލިބޭނެ ކުރި އެރުމާ އެކަހަލަ އެތައް ވާހަކަ ދެއްކުމަށް ފަހު ގަޑި ޖެހެނީ ކަމަށް ބުނެ އެއްމެންނާ ސަލާން ކުރުމަށް ފަހު ވިނާން ތެދުވެގެން ހިނގައްޖެއެވެ. ވިނާން ނިކުމެގެން ދިއުމުން އަފީފާއަށް ހީވީ އެތަށް ހާސް ބޮލު ރިހުމެއް ދިޔަހެންނެވެ. ވާނީ އެހެންތާއެވެ. އޭނާ ހިންގަން އުޅޭ ޖަރީމާއެއް ވިނާން ހުރެއްޖެނަމަ ނުހިންގޭނެ ވިއްޔާއެވެ. ވިނާން ސައުވީސްގަޑިއިރަށް ވިޔަސް މާލެއިން ބޭރު ވޭތޯ އަފީފާ އެތައް ހެޔޮ ދުވާއެއް ކުރޭ ވިއްޔާއެވެ. އެެހެންވީމަ މިއޮތީ ރަނުގެ ފުރުސަތެއް ލިބިފަތާއެވެ. ސައި ބޮއެ ނިމުމުން ސައުދު ވެސް ދިޔައީ އޮފީހާ ދިމާލަށެވެ. ވިނާން އަންނަން ދެން އޮފީހުގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހޭނީ ސައުދު ކަމަށް ވާތީއެވެ. އިތުރަށް މަޑުނުކޮށް އަލްޔާވެސް ދިޔައީ ސައިބޮއެ ނިމުނީތީ އޭނާގެ ކޮޓަރިއަށެވެ. އަލްޔާ ކޮޓަރީގެ ދޮރު ހުޅުވާލި އިރު އެނދު މަތީ އޮތް އޭނާގެ ފޯނު ރިންގު ވެއެވެ. އަވަސް އަވަހަށް ކޮޓަރި ދޮރު ލައްޕާ ތަޅު ލުމަށް ފަހު ދުވެ ގޮސް ފޯނު ބެލިއިރު ގުޅަނީ ވިނާން އެވެ. ހަމަ ޖެހިލާފަ އެނދުގައި އޮށޯންނަމުން ކީކޭ ބޭބީއޭ ބުނެލިއެވެ.

“މިހާރު ލާންޗައް އަރާ މިހިރީ، އަދި ނުފުރާތީ ބޭބީ މަތިން މިސް ވީމަ ގުޅާލީ! ރަނގަޅަށް ސައި ބުއިންތަ؟” އަލްޔާ ފޯނު ނެގުމުން ވިނާން އަހައިލިއެވެ. “އެހެންތަ ހަމަ އެވަރަށް މިސްވޭތަ؟!” އަލްޔާ ހެމުން ހެމުން އަހައިލިއެވެ. “ހެހެ… އާނ… ދެން ކާކު މަތިންތަ މިސްވާން ހުރީވެސް؟!” ވިނާން ވެސް ހެމުން އަހައިލިއެވެ. “ހޫމް… ދެން ކޮންމެހެން ހައްދާނެ ކަމެއް ނެތް އިނގޭ ވަރަށް ފޫހިވޭ!!” ތުއިވެފަ އަލްޔާ ބުނެލިއެވެ. “ތިކަހަލަ ރީތި ޕަރީއެއް މަށަށް ލިބުނީމަ ދެން މިސް ނުވެ ހުރޭތަ؟” ވިނާން އެ މޫޑްގައި ބުނެލިއެވެ. “އަސްލު ބޭބީ އެހާ މިސް އެއްނުވޭދޯ؟!” ވިނާން އަހައިލިއެވެ. “ނޫން ބޭބީ ވަރަށް ވަރަށް ބޮޑުކޮށް މިސްވޭ އެކަމަކު ނޭނގެ ކީއްވެކަމެއް އަލް ވަރަށް ބޮޑަށް ހިތްބިރު ގަނޭ އެބަ..! ހީވަނީ ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އުޅެނީއޭ ވަރަށް ބޮޑަށް ހިތްވެސް ތެޅޭއެބަ!!” އަލްޔާ ފާދަކަށް ހުރެ ބުނެލިއެވެ. “ތިވާނީ ވިނާ ނެތީމަ މާބޮޑަށް މިސް ވަނީކަމަށް، އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ ރަނގަޅަށް ކައިގެން ހުންނާތި އެންމެ ފޯރޑޭޒް އެއްނޫންދޯ؟!.. މަގޭ ބޭބީ އަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް…” އަލްޔާއަށް ހިތްވަރު ދެމުން ވިނާން ބުނެލިއެވެ. “އިނގެޔޭ ތިކަން އެކަމަކު އަލް ހިތްބިރު ގަންނާތީއޭ މިބުނީ!!” އަނެއްކާވެސް އަލްޔާ ބުނެލިއެވެ. “މިހާރު ލާންޗް ނައްޓާލަން އެއުޅެނީ ދެން އެކޮޅަށް ގޮސްފަ ތިވާހަކަ ދައްކާނީ… މިހެން ބުންޏަސް ދެވޭގޮތަށް ނުގުޅާވެސް ހުރެވިދާނެ… އެއީ ދާގޮތަށް އެބައިން މީޓިންގްއެއް ނުގުޅުނަސް ބޭބީ ރަނގަޅަށް ކައިގެން ބަސް އަހިގެން ހުންނާތި އިނގޭ… ބާއި ލަވްޔޫ!!” އަލްޔާއަށް ހިތްވަރު ދެމުން ފޯނު ކަނޑައިލިއެވެ.

“ހަލޯވް،.. ހަލޯވް ކާކުބާ؟” ޝަރާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅުމުން ފޯނު ނަގައިފަ ބުނެލިއެވެ. “މިއީ ޝާ ދެކެ ވަރަށް ލޯބިވާ ބިޓެއް!! ހައްހައްހާ…” ވަރުގަދަ ހިނި ގަނޑަކާއެކު އަލްޔާ ބުނެލިއެވެ. “ހައްހައްހާ… އަލްދޯ؟ ބޮޑުކަމެއް! އަދި ބުނެފިއެއްނޫން ބިޓެކޭ!! ކިހިނެއްތަ ހާލު އަހުވާލު؟ މަހީކުރީ މަރު ވީކަމަށް ނުވަތަ ހަނދާން ނެތުނީކަމަށް!” އެތައް ދުވަހެއް ފަހުން ގުޅުމުން ޝަރާ ޝަކުވާތައް އޮއްސާލިއެވެ. “އަދި މަރެއް ނުވެޔޭ!! އެެހެން ނޫނަސް ޝާ މަތިން ހަނދާން ނައްތާ ލެވޭތަ؟ ތީމަގޭ އެންމެ ގާތް އެކުވެރިޔާ؟!” އަލްޔާ އުފަލުން ބުނެލިއެވެ. “އާނ… ދެން ތިހެން ބުނެވިދާނެ، މަ ތަންކޮޅެއް ކުރީ ދުވަހަކު ގުޅިން އަލް ގުޅި ނަމްބަރަށް… ފޯނު ނެގި މީހާ ބުނީ އެގޭގަ ނުއުޅެޔޯ އަލްޔާ ކިޔާ މީހެއް މަ ގަތް ލަދުން އަވަހަށް ފޯނު ބޭއްވީ..!! އަލް ކޮންތާކުތަ މިހާރު ތިއުޅެނީ؟ ކޮންހާލެއްގަތަ؟ ހާދަ މިސް ވެޔޭ!.. އަލް ކީއްވެތަ ނުގުޅަނީ؟؟” ޝާރާ އެއްފަހަރާ ފަންސާހަކަށް ގޯނީގެ ޝަކުވާ އަނެއްކާވެސް އޮއްސާލިއެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ގާތް އެކުވެރިޔާގެ ޚަބަރެއް ނުވާތާ ލައްކަ ޒަމާނެއް ވެއްޖެ ވިއްޔާއެވެ. އެހެންވީމަ ފަންސާސް ގޯނީގެ ޝަކުވާއަކީ މަދު މިންވަރެއް ތާއެވެ. “އެހެންތަ؟ ދެން ތިވަރަށް ޝަކުވާ ނުކޮއްބަލަ!! މީ އަލްގެ ނަންބަރޭ ދެން އަބަދުވެސް ގުޅޭނެ، އެކަމަކު އަލް މިއުޅެނީ ހަމަ މިގޭގަ ތި ވެދާނެ މިގޭ ދައްތަ ކަމަށް ފޯނުނެގީ! އިނގޭތަ މިއަދު މީ ކޮން ދުވަހެއްކަން؟” އަލްޔާ ވެސް ވާހަކަ ގޯންޏެއް އޮއްސާލިއެވެ. “ހޫމް… އިގޭ ކީއްވެތަ ނޭނގެންވީ؟ އަލް ޝާ މަތިން ހަދާން ނެތުނަސް ޝާއެއް ހަނދާނެއް ނުނެތެޔޭ މިއަދަކީ އަލްގެ އުފަން ދުވަސްކަން..!” މިފަހަރުވެސް ޝަކުވާޔާ އެއްކޮއް ޝަރާ ބުނެލިއެވެ. ދެން ޕުލީޒް ޝާ ތިހެން ނުބުނެބަލަ… އަލް ވަރަށް ދެރަވޭ ތިހެން ބުނީމަ…” އެންމެ ފަހުން ދިމާ ކުރާވަރުން ދެރަ ވެގެން އަލްޔާ ބުނެލިއެވެ. “އަސްލު އަލް ވަރަށް ވަރަށް މިސްވޭ! އެކަމަކު ގުޅޭނެ ގޮތެއް ނެތީމަ ނުގުޅެނީ، އެހެނަސް ދެން އަބަދު ގުޅޭނެ! އޭ އިނގޭތަ؟ މީ އަލްގެ ބާރތުޑޭ ގިފުޓަކަށް ލިބުނު ހަދިޔާއެކޭ! ހެހެ… މިބުނީ ފޯނު އިނގޭ…” ހިތާމަޔާ އުފަލާ ދޭތި އެއްކޮއްލާފަ އަލްޔާ ބުނެލިއެވެ. “އސްލުތަ؟! ތިވަރުގެ ހަދިޔާއެއް ދިނީ ކާކުތަ؟! އަނެއްކާ ބިޓެއްވެސް ނެނގީތަ؟!…” އެކުވެރިޔާގެ އުފަލުގައި ބައިވެރި ވަމުން ޝަރާ އަހައިލިއެވެ.

“އާއެކޭ ބިޓެއް ނެގީއޭ… އޭނަދިން އެއްޗެކޭމީ! އިނގޭތަ އެއީ ކާކުކަން؟ އެއީ މިގޭ ހުރި ހަމަ އެކަނި ފިރިހެންދަރި ވިނާން’ އަލްޔާ އުފަލުން ނަށަމުން ޝަރާއަށް އޮޅުން ފިލުވައި ދެމުން ދިޔައެވެ. ހުވާތަ؟!.. މަޖާކުރަނީދޯ އޭ ހަމަ އަސްލުވެސް ތިގޭ ސޮރު އަތު އަޅުވައިލީތާ!” ޝަރާއަށް ގަބޫލް ކުރަން ދަތި ވީމަ އަނެއްކާވެސް އަހައިލިއެވެ. “އާއެކޭ ހަމަ އާއެކޭ!!!!” އަލްޔާ އުފަލުން ބުނެލާއެވެ. “ވާވް ޝާ ވަރަށް ހެޕީ ވެއްޖެ!! ތިގޭ މީހުންނަށް ވެސް އިނގޭތަ؟ އެއްމެން ވެސް އޯކޭތަ؟” ޝާރާ އުފަލުން އަހައިލިއެވެ. އެވަގުތު އަލްޔާގެ އުފާވެރި މޫނު އެއްކޮށް މިލާމޯޅިވިއެވެ. “ޝާއަށް އިނގޭތަ؟ އަލް މިހިރީ ތިކަމާ ވަރަށް ބިރުން!!.. މިގޭ ދައްތައަކީ ވަރަށް ރުޅިގަދަ މީހެއް ދައްތަޔަށް އެނގިއްޖެއްޔާ ނޭގެ ވާނެ ގޮތެއްވެސް އެކަމަކު ވިނާގެ ކޮއްކޮއަށް އިނގޭނެ މިހުރިހާ ކަމެއް ވިނާ ރައްޓެހިވާން އެހީމަ ފުރަތަމަ އަލް އިގްނޯރ ކުރީ، އެކަމަކު ވަޒޫ ވަރަށް ކިޔާގެން ރައްޓެހިީވީ!!” އެންމެ ފަހުން ގުޅި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އޭނާގެ ދިރިއުޅުމުގައި ދިމާވި ހުރިހާ ކަމެއްގެ ވާހަކަ އަލްޔާ ހިތާމަޔާ އުފަލާ އެކު ޝަރާއަށް ކިޔާދިނެވެ. ޝަރާ ހުރީ އެކުވެރިޔާ އާ ދޭތެރޭ ވާންވީ އުފާތޯ ދެރަތޯ ނޭނގިފައެވެ.

“އަލް ހިތްވަރު ކުރާތީ!!.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރަށްވާނެ ހެއްދެވި ފަރާތް ދެކެ ލޯބިވާ އިންސާނާ ދެކެ އެފަރާތުން ވެސް ލޯބިވާނެ އަދި އެފަރާތަށް އެދޭ ކޮންމެ އެދުމަކަށް މަދަދު ދެއްވާނެ!!” ޝަރާ ކިތަންމެ ދެރަވެފައޖ ހުއްޓެއް ކަމަކު އަލްޔާއަށް ހިތްވަރު ދޭން ބުނެލިއެވެ. “ތޭންކްސް ޝާ!… އަލް ވަރަށް ހެޕީވޭ ތިކަހަލަ ރަނގަޅު ހެޔޮއެދޭ ރައްޓެއްސެއް ލިބުނީތީ…” އަލްޔާ ކަރުނަ ފޮހެލަމުން ބުނެލިއެވެ. “ހެހެ… ޝާ އަބަދުވެސް ހުންނާނީ އަލްއަށް ހެޔޮއެދޭ އެންމެ ގާތް އެކުވެރިޔާ ގޮތުގާ!” ޝަރާ ހެވިލާފަ ބުނެލިއެވެ.

“ޝާ ކޮބާތަ އަލްގެ މަންމަމެން އެމީހުންގެ ހާލު ރަނގަޅުތަ؟ ކޮއްކޮ މެންވެސް ރަނގަޅުތަ؟” މައިންބަފައިން އެއްބަނޑު މީހުންގެ ހާލެއް ނޭގޭތީ އަލްޔާ އަހައިލިއެވެ. “ހީވަނީ ރަނގަޅުހެން ގޯސް ހެނެއް ހީނުވޭ…، ލައްކަ ރަނގަޅު ވީމަތާ މިހާރު ގެވެސް ހުރީ ދެބުރިއަށް ވިއްޔާ ނަގައިފަ، ގެ ހީވަނީ ގަނޑުވަރެއް ހެން އެންމެ ތިރީބައިގަ ހުންނަނީ އެގޭ ފިހާރަ، އެއީ މިހާރު މިރަށުގަ ތިބި އެންމެ މުއްސަނތި މީހުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެ..!! މުއްސަންތި ވާނެއެއްނޫން އަލް ވިއްކާގެން ލިބުނު ހަރާން ލާރި ގަނޑުގަ ވިއްޔާ އެ އުދުހެނީ!! ހުވާ މިބުނީ މަ އަންނަ ރުޅިއެއް ބުނާކަށް ވެސް ނޭނގެ އެހެން ފިހާރަޔަކުން އެއްޗެއް ނުލިބުނަސް މަ ނުދަން އެފިހާރަޔަކަށް!!، އެހެންޏާ ކީއްކުރަން ދާންވީކީ އެކަހަލަ ހަރާން ލާރީގަ ކުރާ އެއްވެސް ކަމެއްގައި ބަރަކާތެއް ނުލައްވާނެ ވިއްޔާ!!..” ޝަރާ އަބަދުވެސް ހިތުގައި އޮންނަ ހަސަދަގަނޑު މިފަހަރުވެސް އަލްޔާ ކައިރި ބޭލިއެވެ. އަލްޔާ އާ ދޭތެރޭ އެމީހުން ކަންތައް ކުރި ގޮތަކީ ޝަރާ ހިތުން ދުވަހަކުވެސް ފިލާނެ ކަމެއް ނޫނެވެ. ޝަރާ އެހުރިހާ ވާހަކައެއް ދެއްކުމުނު އަލްޔާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ހިލުނެވެ. ވާނީވެސް އެހެންތާއެވެ. އެކަމަކީ އަލްޔާގެ ހިތުން ދުވަހަކުވެސް ފިލާގެން ދާނެކަމެއް ނުން ވިއްޔާއެވެ.

” އެހެންތަ؟ ކޮއްކޮމެން ވެސް ރަނގަޅުދޯ؟” ހިތް ދިރުވާލައިފަ އަލްޔާ އަަހައިލިއެވެ. “އަލް ތިވާހަކަ ނުދެއްކީޔާ ރަނގަޅު ވާނީ، އެއުޅޭ އަޒުހަމް އަބަދު އޮންނަނީ ޖަލުގަ ކަންމެވެސް މީހެއްގެ ގައިގަ ތަޅާގަނެގެން އަދި އިނގޭތަ؟ މިހާރު މަސްތުވާ އެއްޗެހިވެސް ބޭނުން ކުރޭ..!! ބޭނުން ނުކޮށްވެސް ހުންނާނެ ކަމެއް ނެތެންނޫން އެއުޅޭ ބަދޫރާ އޭނަ ބުނާ އަދަދަކަށް ލާރި ދޭވިއްޔާ ދެން ކީއްކުރަން ހުއްޓަންވީކީ..؟!” ބޮލި ރަވަފައްޗެއް އަމުނާހެން ޝަރާ ބޮޑެތި ވާހަކަތަކެއް އަމުނާ ނިންމާލިއެވެ. އަލްޔާ ހުރީ ދެރަވިވަރުން ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނާގެ މައިންބަފައިން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އެކުދިންނަކީ އަލްޔާއާ އެއްލޭ ހިނގާ ކުދިން ވިއްޔާއެވެ. “އެެހެންތަ؟ ދެން ކީކޭ އަލް ބުނާނީވެސް އެމީހުންނަށް އަދި ވިސްނޭނެ…” އަލްޔާ އުދާސްކަމާއެކު ބުނެލިއެވެ. “ވިސްނޭނެޔޭ އެދެމީހުންނަށް ދުވަހަކުވެސް ނުވިސްނޭނެ ވިސްނޭނަމަ އަމިއްލަ ދަރި ލާރިއެށް ބޫތު ކައިގެނެއް ނުވިއްކާނެ!!..” ޝަރާ ހިތްހަމަ ނުޖެހި ރުޅިން ބުނެލިއެވެ.

“ދެންހިގާ ތިވާހަކަ ބާއްވަމާދޯ… ކޮބާ އެއުޅޭ ކަރަމް؟ އޭނަ ކިހިނެއްތަ؟…” މައުލޫ ބަދަލް ކުރަމުން އަލްޔާ އަހައިލިއެވެ. “ހެހެ… އެސޮރު މަތިންވެސް ހަނދާން އެބަހުރިދޯ؟ އެސޮރު ވަރަށް ގިނައިން އަހާ އަލްގެ ވާހަކަ…” ޝަރާ ހެމުން ހެމުން ކިޔާދިނެވެ. “ހެހެ… އެހެންތަ؟ އަދިވެސް ބިޓެއް ނުނަގާތަ؟” އަލްޔާވެސް ހެމުން އަހާލިއެވެ. “ހައްހައްހާ… އެސޮރު ބިޓެއް ނަގާނެތަ؟ އަދިވެސް އަލްގެ އިންތިޒާރުގައި ދުވަސް ގުނާލަ ގުނާލާ އޭނަ އެހުންނަނީ އެވަރު މީހެއް ބިޓެއް ނަގާނެތަ؟ ވަރަށް ފަހުން ވެސް ދިމާވި ބުނީ މާލެ ދާންށޯ މިއުޅެނީ މާލެއިން ޖޮބެއް ހަމަޖެހެޔޯ އެބަ…” ޝަރާ އެއްނޭވައިން ހުރިހާ ވާހަކައެއް ކިޔާދިނެވެ. “ހެހެ… އެހެންތަ؟ ރަނގަޅެއްނޫން އެހެންވީމަ މަގޭ ސަލާމް ބުނައްޗޭ، އެކަމަކު އިންތިޒާރު ކުރަންޏާ ކަޑަދޯ…!” އަލްޔާ ހެމުން ހެމުން ބުނެލިއެވެ. ހެމުން އަލްޔާ އެހެން ބުންޏެއް ކަމަކު އޭނަ ހުރީ ދެރަވެފައެވެ. އޭނަޔައް ޓަކާ ބޭކާރު އިންތިޒާރެއް ކުރުމަކީ އޭނަ ބޭނުންވާ ގޮތެއް ނޫނެވެ.

“ހެހެ… މަ ސަލާން ބުނެފާނަން އިނގޭ، އެކަމަކު ވަގުތުން އޭނަ ތެޅި ގަންނާނެ ނަންބަރު ހޯދަން އޭރުން ކިހިނެތް ހަދާނީ؟” ޝަރާ ހިނިގަނޑަކާއެކު ބުނެލިއެވެ. “ނޫން ހުވާ ނަންބަރު ދީގެން ނުވާނެ..!! އެހެން ނޫނީ ދެގަޑިއަށް ކައި ބޭހެއްހެން އޭނަ ގުޅާނެ އޭރުން މަގޭ ބޯ ގޮވާނެ…” އަލްޔާ ވަގުތުން ނަންބަރު ދިނުމަށް އިންކާރު ކުރިއެވެ. ‘ހެހެ އޯކޭ އޯކޭ… ނުދޭނަން، އަލް ޝާ ގުޅާނަން ފަހުން މަންމަ އެބަގޮވާ..!!” ޝަރާގެ މަންމަ ގޮވާތީ ޝަރާ ބުނެލިއެވެ. “އޯކޭ ޝަރާގެ މަންމައަށް ސަލާމް ބުނާތި!” އެހެން ބުނެފަ ފަހުން އަލްޔާ ގުޅާނެ ކަމަށް ބުނެ ފޯނު ބޭއްވިއެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސައުރަތިރީސްވަނަ ބައި)

Next

ލޯބި މަވީ ބޭކާރޭވީ (4)

Next
September 27, 2017

ލޯބި މަވީ ބޭކާރޭވީ (4)

Previews
September 26, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސައުރަތިރީސްވަނަ ބައި)

20 Comments!

  1. Adam says:
    September 26, 2017 at 9:40 pm

    Hope u all ai kamudhaane kamah….plx Comment all, nd dont miss next episode…….LY All..??

  2. Aisha says:
    September 26, 2017 at 10:03 pm

    Ya,,, i m waiting next ep..kon er@kun up vaane

    1. Adam says:
      September 26, 2017 at 10:13 pm

      Ya Aisha first thanks?

  3. Maahy says:
    September 26, 2017 at 10:04 pm

    Salhi mi part vx….
    Yagyn e afeefa e ulheny molhu kulhigandeh kulhen…
    Adam plx vinaan and alya dhuru nukurahchey…maahy v dheravaane eyrun 😛

    1. Adam says:
      September 26, 2017 at 10:16 pm

      Ya dhw afeefaa Mee haadha nulafaa anhenekey hageegee lowbeege foni meeru libeynee varah Gina gurubaan thank vegen heevaneee ekahala gurubaan fahun Al a vinaayaa okk vaane hen hingaa balamaa dhw thanks maahy??

  4. princess says:
    September 26, 2017 at 10:12 pm

    Will wait for the next part
    story hama habeyss

    1. Adam says:
      September 26, 2017 at 10:18 pm

      Thanks princess?

  5. Xee says:
    September 26, 2017 at 10:25 pm

    Plz Plz save alyaa nd story vvvvv reeti bt thankohleh thigukukoh laathi nxt time

    1. Adam says:
      September 26, 2017 at 10:45 pm

      Thanks zee Al ah dhera gotheh nuveythoa Adam ves eba balamey next prt dhigu vaane yageenun ves ?

  6. Addu manje says:
    September 26, 2017 at 10:45 pm

    Varah reethi mibaives.. waiting for next part. 🙂

    1. Adam says:
      September 26, 2017 at 11:12 pm

      Thanks Addu manje ?

  7. Lam says:
    September 26, 2017 at 10:55 pm

    Waiting…avahah up kohdehchay ingey adam…lov it

    1. Adam says:
      September 26, 2017 at 11:14 pm

      Thanks lam insha Allah maadhan Rey kuraanan ???

  8. Ram says:
    September 27, 2017 at 12:00 am

    Haadhisaa?? Noaaaa.. alheyyy.. waitingss…

    1. Adam says:
      September 27, 2017 at 12:21 am

      Hehe thanks ram ?

  9. Mal says:
    September 27, 2017 at 10:37 am

    Vv reethi mibaives…. Alyaa ah dhera gothen nahadhaathi plxx next part kon eirakun

  10. Adha? says:
    September 27, 2017 at 12:22 pm

    Afeefa gandu i will kill u?.. pls al ah kameh nukurahchey..
    Waitingss

  11. annoying reader says:
    September 27, 2017 at 2:51 pm

    afeefa e ulheni alya rape kuruvan, then vinaan kairi bunaane alya ehen bitaku govaigenney,vinaa ves al akah trust nukurane eyrun. hmph adam dnt do that plz, eyrun story hadi vaane ?

    1. Adam says:
      September 27, 2017 at 3:35 pm

      Hehe Al akah thihen nahadhaana Haas nuvey

  12. naayaa says:
    September 28, 2017 at 5:17 am

    Vr reethi mi part ves. Maashaa Allah.

Comments are closed.

Next Episodeޢެދެމޭ އުފާ….(21)←


All Right Reserved!