Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީނިޝް… 03

BlackBeauty Level 1
September 26, 2017 One Min Read
8 Comments

“އަޅުގަނޑުގެ އާއިލާ މީހެއްތޯ؟ އަޅުގަނޑު ރަށުމީހެއްތޯ؟ ހަމަ އެސިކުންތުގައި މޫނު މަށްޗައް އުފާވެރިކަން ގެންނަމުން ބީނިޝް  އިކްޒާގެ އަތުގައި ހިފާލުމަށްފަހު އަވަސް އަވަހަށް އަހައިލިއެވެ.”


އެއަޑުގައިވި ޖޯޝާއި ފޯރި އިހުސާސްވެ، އެތަނުގައި ތިބި ދެ ފުލުހުންނަށްވެސް ތިބެވުނީ ބީނިޝް އާއި ދިމާލަށް ބަލަހަށްޓައިގެންނެވެ.

“ނޫން، އާއިލާމީހެއްނޫން. ނޫސްވެރިއެއް. ބީނިޝްގެ އިންޓަރވިއުއެއް ނަގަން ބޭނުންވާތީ” ތަނަށްވެރިވެފައިވާ ހިމޭންކަން  ކަނޑުވާލަމުން ނިޔާޒް ބުނެލިއެވެ. ނިޔާޒްގެ މިޖުމްލައާއެކު އުފާވެރިކަން ފާޅުވަމުންދިޔަ، ބީނިޝްގެ މޫނުމަތި މިލާމޯޅިވެ މޫނުމަތީގައި ހިތާމަވެރިކަމުގެ ކުލަވަރު ފާޅުވެގެންދިޔައެވެ.  “އަޅުގަނޑުރެޑީ ވާނަން.” އިސްޖަހާލުމަށްފަހު ލޮލަށް ޖަމާވެފައިހުރި ކަރުނަތަށް އަތުގެ ބޮޑުވައި އިގިލިން ފުހެލަމުން ބީނިޝް ބުނެލިއެވެ. އިކްޒާވެސް ހިނިތުންވުމާއެކު ބީނިޝްގެ ބޮލުގައި ފިރުމާލުމަށްފަހު ނިޔާޒް އާއި އެކު އެތަނުން ނިކުތުމަށް ހިނގައިގަތެވެ.

*****************

މާލޭގެ ހަލަބޮލިވެފައިވާ މަގުމަށްޗައް ނަޒަރު ހުއްޓައިލައިގެންހުރެ ދުއްވަމުން ދާހާ ކާރަކަށް، މަހާ އަތްނަގަމުން ދިޔައީ ފުރަން ހަމަޖެހިފައިވާ ގަނޑިޔަށް ޖެޓީއަށް ނުދެވިދާނެތީއެވެ. އޭރު އޭނާގެ ކޮއްކޮ ޖައިޝާންވެސް މަހާއަށް އެހީވުމުގެ ގޮތުން ދިއައީ ކާރެއް ލިބޭތޯ ބަލަމުންނެވެ. “އަޅެ މިދެން ކިހާދެރަކަމެއ،ް އަވަހަށް ތާކައް ދާންއުޅެންޏަ ކާރެއްވެސް ނުލިބޭނެ.” ފޫހިކަން އެކުލެވޭ ރާގަކަށް ޖައިޝާންއަށް  ބަލާލަމުން މަހާ ޝަކުވާއެއް ކޮށްލިއެވެ. މަހާގެ ބަހަށް ރައްދެއްނުދީ ޖައިޝާން ހީލަހީލާ ހުރީ އެއީ އޭނާގެ ދައްތަގެ އާދައެއް ކަމަށް ވާތީއެވެ. ހަމައެވަގުތު އެތަނަށް މަޑުކޮށްލި ކާރެއް ހުއްޓުވާ އެއަށް އެރުމަށްފަހު މަހާ އެނާގެ މަންޒިލަށް ދިއުމަށް ދަތުރުފެށިއެވެ.

*****************

ކުރު ދަތުރަކަށްފަހު މާފުށީ ބަދަރާ ގާތްކުރި ލޯންޗުން ފަޅުވެރިއެންގެ އެހީގައި އެންމެ ފުރަތަމަވެސް ފޭބި މީހަކަށް ވާނީ މަހާއެވެ. ރަށުގެ ފަސްގަޑުގައި ފައިޖެހުމާއެކު ލޮލުގައިވާ އަވިއައިނު ނަގަމުން ދެކޮޅު ހޯދާބަލާލީ އޭނާގެ އެކުވެރި ނިޔާޒް ފެނޭތޯއެވެ. އެވަގުތު މަހާގެ މޫނު މަށްޗައް ހިނިތުންވުމެއް  ވެރިވީ ނިޔާޒް އޭނާގެ ކައިރިއަށް އަންނަތަން ފެނުމުންނެވެ. “ކޮބާ ދަތުރު ކިހިނެއް؟” މަހާގެ ކުރިމަށްޗަށް ހުއްޓުމަށްފަހު ސަލާމަށް އަތްދިއްކޮށްލަމުން ނިޔާޒް ސުވާލުކޮށްލިއެވެ. “ހަމަ ވަރަށް ބަރާބަރު” މަހާވެސް ހިނިތުންވުމާއެކު ސަލާމް ބަލައިގަތުމަށްފަހު ނިޔާޒްގެ ސުވާލަށް ޖަވާބުދެމުން ކުރިޔަށް ހިނގައިގަތީތަންކޮޅެއް ދުރުގައި ޕާކް ކޮށްފައި އޮތް ވެހިކަލަށް އެރުމަށް ޓަކައެވެ.

މާފުށީ ޖަލަށް ވަދެވުމާއެކު ނިންމަންޖެހޭ ހުރިހާކަމެއް ނިމްމުމަށްފަހު މަހާ ނިޔާޒް އާއިއެކު ހިނގަމުންދިޔައީ ބީނިޝް ބަހައްޓާފަހުރިކޮޓަރިއާ ދިމާލަށެވެ. ކުޑަތަންކޮޅަކަށް ހިނގުމަށްފަހު ނިޔާޒް ގޮސް ހުއްޓެލީ އާދައިގެ ދޮރެއްގެ ކުރިމަށްޗަށެވެ. އަދި ދޮރުހުޅުވާލުމަށްފުއެތްކައިރިއަކަށް ޖެހެލީ މަހާ ވަނުމަށް ތަންދެއްކުމަށްޓަކައެވެ.

އެތަނަށް ވަނުމައްޓަކާ މަހާ ނަގަމުންދިޔަ ފިޔަވަޅުމަތީ ހުއްޓެލީ ކުރިމަތީ ފެންނަންހުރި ފުރިހަމަކަން ފެނިފައެވެ. މަހާ އާއި 6 ފޫޓެއްހާ ދުރުގައި ހުރި ގޮނޑިއެއްގައި އިށީންދެލައިގެންއިން އަންހެންކުއްޖާ އަކީ ޤާތިލެކޭބުނަން މަހާގެ ޒަމީރު ދެކޮޅުހަދަމުން ދިޔައެވެ. ކަޅުބުރުގަލުގެ ތެރެއިން ފެންނަންހުރި މޫނުމަތީގައިވަނީ މައުސޫމް ކަމާއި ސާދާކަމެވެ. ލައިފައި ހުރި ބޮޑުހެދުމުގެތެރެއިން ފާޅުވަމުންދިޔަ ކުޑަ ހަށިގަނޑައް ބަލާލާފައި އެއީ 26 އަހަރަށްދާ ކުއްޖެކޭ މީހަކު ނުބުނާނެއެވެ.

“ޤަބޫލެއް ނުކުރެވޭ ދޯ؟” ބަސްހުއްޓިފައި ބީނިޝްއަށް ބަލަމުންދިޔަ މަހާއަށް ހޭވެރިކަމެއްވީ ނިޔާޒް ސުވާލުކޮށްލުމުންނެވެ. “ހޫމްމް.. ޤަބޫލް ނުކުރެވިފަ މިހުންނަނީ. ހިތަށްއަރާ ﷲގެ ކުޅަދުންވަންތަ ކަމާއޭ، ނިޔާ ފޯނުން ގުޅާފަ ސިފަކޮށްދިން ވަރަށްވުރެއް  ވެސް މާފުރިހަމަ.” ބީނިޝް ކައިރިއަށް ދިއުމަށްޓަކާ ފިޔަވަޅު އަޅާލަމުން މަހާ ނިޔާޒް ކޮށްލި ސުވާލަށް ޖަވާބުދިނެވެ.

“އައްސަލާމްޢަލައިކުމް، އަޅުގަނޑުމީ ޢައިޝަތު މަހާ، އަވަސް ނިޔުސްގެ ފަރާތުން”  ބީނިޝް ކައިރިއަށް ހުއްޓިލުމައްފަހު ސަލާމް އަށް އަތް ދިއްކޮށްލަމުން މަހާ އަމިއްލައަށް ތަޢާރަފްވެލިއެވެ. ހިނިތިންވުމަކާއެކު މަހާގެ ސަލާމް ބަލައިގަންނަމުން ބީނިޝް އެއްކައިރީިހުރި ގޮނޑިއަކަށް އިޝާރަތް ކޮށްލީ މަހާ އިށީންނުމައް ތަންދެއްކުމަށްޓަކައެވެ. “ބީނިޝް ދޯ؟ އިންޓަރވިއު އަށް ރެޑީ ތޯ؟” ވާހަކަދެއްކުމުގެ ގޮތުން މަހާ ބީނިޝް ކައިރީ އަހައިލިއެވެ. “ލައްބަ، އަޅުގަނޑު ރެޑީ، އެކަމު ޝަރުތެއްގެމަތިން” މަހާގެ ސުވާލަށް ބޯޖަހަލަމުން ބީނިޝް ސަމާސާ ރާގަކަށް ބުނެލިއެވެ. ބީނިޝްމިހެން ބުނުމާއެކު ހައިރާންކަން އެކުލެވޭ ގޮތަކަށް މަހާ ނިތް އަރުވާލީ ކޮން ޝަރުތެއްތޯ އަހާލާފަދަ ގޮތަކަށެވެ. “އަޅުގަނޑާ ތިހާ ރަސްމީކޮށް ވާހަކަ ނުދައްކާ ފެރެންޑެއް ގޮތަށް ވާހަކަދައްކަން ބޭނުންވަނީ” “އޯ…. އެންމެ ރަގަނޅު، އެހެންވީމަ ބީނިޝް ވެސް ޖެހޭނީ އެގޮތަށް ވާހަކަ ދައްކަން އިގޭ” ބީނިޝްގެ ޝަރުތަކީ ކޮބައިކަން އިގި ހިނިއައިއްސަ ހުރެ މަހާ ބުނެލިއެވެ.

“އެހެންވީމަ ފަށަމާ ހިނގަދޯ… އަސްލު ބީނިޝްގެ އިންޓަރވިއު އެއްނަގަން މަހާމެންގެ ޓީމްއިން ނިންމީ ބީނިޝް މިތާ އުޅޭ ގޮތުގެވާހަކަ އަޑުއަހާފަ ބިނިޝްގެ ވާހަކަ އިގެން ބޭނުން ވާތީވެ. މަހާ އެންމެ ފުރަތަމަވެސް އިގެން ބޭނުންވަނީ ބީނިޝް އަތުގަ ތިވާ ފޮތާބެހޭ ގުތުން، ތީކޮން ފޮތެއްތަ؟” ބީނިޝްގެ މޭގައި ޖައްސާލައިގެންއިން ފޮތާ ބެހޭ ގޮތުން ސުވާލު އުފެދިފައިހުރެ މަހާ އަހައިލިއެވެ. މަހާގެ ސުވާލާއެކު ބީނިޝް މޭގައި ޖައްސާލައިގެން އިން ފޮތް ތިރިކޮށްލާ ޑޫޑުލް އާރޓްގެ ފުރިހަމަ ޑިޒައިނަކުން ފަރުމާކޮށްފައިވާ ފޮތުގައި ފިރުމާލި ގޮތުންވެސް އެއީ ބީނިޝް އަށް ވަރަށް ޙާއްސަ ފޮތެއްކަން އެތާތިބި ދެމީހުންނަށްވެސް އިގިގެން ދިޔައެވެ.

“މީ މިހާރު ނީޝްގެ ދުނިޔެ، ނީޝްގެ ދިރިއުޅުން، މިފޮތުގައިވަނީ ނީޝް ދެކެ މިދުނިޔެމަތިންވެސް އެންމެ ލޯބިވި ދެމީހުންގެ  ހަދާންތައް.” ލޮއިބާއެކު ފޮތުގައި ފިރިމާލަމުން ބީނިޝް އެހެން ބުނެލީ އަސަރާއެކުއެވެ. ފޮތައް ނަޒަރުހުއްޓާލައިގެން ހުރި މަހާ އަށް ބީނިޝް ހުޅުވާލި ފޮތުތެރެއިން އެންމެ ފުރަތަމަވެސް  ފެނިގެން ދިޔައީ13،14 އަހަރަށްދާ އަންހިންކުއްޖަކު ވަރަށް ލޯބިން މީހެއްގެ ކަރުގައި ބައްދައިލައިގެން ހުރެ ނަގާފައިވާ ފޮޓޮއެކުވެ. އެފޮޓޯއައް ބަލާލުމުން ވެސް އެދެމީހުން ދެމެދުގައިވާލޯބި ހާމަވެގެންދެއެވެ. މަހާއަށް ބީނިޝް އާއި ދިމާލަށް ބަލާލެވުނީ ތަސްވީރުން ފެންނަމުން ދިޔަ ކުއްޖާ ބީނިޝްއާ ވައްތަރުކަމުންނެވެ. “މީ ނީޝްގެ ބައްޕަ، ދެން މީ ނީޝް.” ފޮތުގައިވާ ތަސްވީރުގައި އިގިލި ޖައްސާލަމުން ބީނިޝް ބުނެލިއެވެ.

“ނީޝް ހަދާން ހުންނަން ފެށީން ސުރެއްވެސް އުޅެމުންއައީ މާލޭގައި. އެކަމް މަންމަ އާއި ބައްޕަ އަކީ ރާއްޖެތެރޭ ދެމީހުން. ނީޝްގެ ކުޑަ އާއިލާ އާއިއެކު ނީޝް ދިރިއުޅެމުން އައީ ވަރަށް އުފަލުން. އާއިލާގައި ތިބޭނީ މަންމަ އާއި ބައްޕަ އާއި ދޮންތަ އާއި ދެން ނީޝް. ނީޝްގެ ހުންނާނީ ވަރަށް ސަކަ މިޒާޖެއް. އެހެންވީމަ ނީޝް އަށް ރައްޓިހިން ހޯދާކަށް އުދަގުލެއް ނޫން. ނީޝްއަށް ސާދަ  އަހަރު ވަންދެން އުޅުނީ އުފަލާ މަޖަލު ވަރަށް އެކުވެރި މާހައުލެއްގަ، އެންމެންގެވެސް ލޯބި ލިބިގެން. ނުލިބި ހުރީ ހަމައެކަނި މަންމަގެ ލޯބި. އަބަދުވެސް މަންމަ ހުންނާނީ ނީޝް ދެކެ ނުރުހިފަ. ހުރިހާ ކަމެއް ކޮށްދޭނީވެސް ދޮންތަ އަށް. އެކަމް އޭރު އެކަން ނީޝްބޮޑުކަމަކަށް ނުހަދަން. އެހާ ދެރައެއްވެސް ނުވޭ. އެއީ އެއަށް ވުރެއް ބޮޑަށް ދޮންތަގެ ލޯބި ލިބޭ. ބައްޕަގެ ލޯބި އިންތިހާއަށް ލިބޭ. ބައްޕަގެ ދުނިޔެއަކީ އަހަރެން ކަހަލަ. ނީޝްގެ ހުރިހާ ކަމެއް ކޮށްދެމުން އައީ ބައްޕަ.

ބޮލުގަ ފުނާއެޅުމުން ކެއުމާ ހަމައަށް، އިސްކޫލް އަށް ގެންދިއުމާ ފިލާވަޅުތަށް ހަދައިދީ ނިދުމާ ހަމައަށް ހުރިހާ ކަމެއް ކޮށްދޭނީ ބައްޕަ. ބައްޕަ ނީޝްއަށް ދުނިޔެ އަކީ ކޮންކަހަލަ ތަނެއްކަން ބުނެދިން. ހެވާ ނުބައި ވަކިކޮށްދީ ކެތް ތެރިކަމާއެކު ދުނިޔޭގަ  އުޅޭނެގޮތް ދަސް ކޮށްދިން. ބައްޕަގެ ވަޒީފާގެ ގޮތުން ފަހުން ފަހުން އައިސް ބައްޕަ ގިނައިން ރާއްޖޭން ބޭރަށް ދާންޖެހުނު. އެދުވަސްތަކުގަ ނީޝްގެ ކަންތަށްތަށް ކޮށްދޭނީ ދޮންތަ. ބައްޕަ ނީޝްދެކެ ކިތަންމެ ލޯބިވިޔަސް ދުވަހަކުވެސް ދޮންތަ އާއި ދެމީހުންގެދެމެދުގަ ތަފާތު ކަމެއް ނުގެންގުޅޭ. އެހެންވެ އޭރުގަ ދޮންތަވެސް ވަރަށް ލޯބި ވާނެ. ނީޝްގެ ކަންތަށްތައް ކޮށްދޭނީ ބައްޕަވެސް ކޮށްދޭހާ ލޯބިން.

ނީޝްގެ އުފާވެރިކަން ދެގުނައަށް ބަދަލުވީ ދޮންތަގެ 20ވަނަ އުފަންދުވަހު ދޮންތަ އަކްރަމްބެ އާއި އިންނަން އުޅޭކަން އިއުލާން ކުރުމުން.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BlackBeauty

Level 1

Other Articles

Previous

އަވްލީން (12ވަނަ ބައި)

Next

ސޮރީ.

Next
September 26, 2017

ސޮރީ.

Previews
September 26, 2017

އަވްލީން (12ވަނަ ބައި)

8 Comments!

  1. reader says:
    September 26, 2017 at 3:43 pm

    yay. Mee first

  2. reader says:
    September 26, 2017 at 3:48 pm

    v reethi.

  3. warah vaahaka says:
    September 26, 2017 at 4:36 pm

    waahaka knme dhuwahaku update wiyas adhi reechas mihaa kurukoh update kuranya shaugu dhaane dhw

  4. mill says:
    September 26, 2017 at 4:47 pm

    Alhe haadha kureyy

  5. Shin says:
    September 26, 2017 at 6:32 pm

    Haaadha kurey..??.. Next part dhigukoh genes dheyne kamah hykuran… ??.. When next part… V v rythi ingeyyy vaahaka…..

  6. Kamana says:
    September 26, 2017 at 7:56 pm

    Maa kuree adhi ves dhigukohkaa eyrun vara salhi vaane

  7. Loo says:
    September 26, 2017 at 9:15 pm

    Mi koche. 2folhuvai liyefa. . Mihen hunna 2 folhuvathuge vaahaka meehun kiyaa hitheh nuvaane.

  8. Xee says:
    September 26, 2017 at 10:59 pm

    Hmm story nice bt kurukamun Plz nxt part digukolaathi and avahah up kobba

Comments are closed.

Next Episodeބީނިޝް… 04←


All Right Reserved!