Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 10

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
September 26, 2017 10 Mins Read
94 Comments

“ރުޅި އައިމަ ވަރަށް ލޯބި” ޝައިމް މަލަކާގެ ނޭފަތުގައި ހިފާލަމުން ބުނެލީ މަޖާވެލާފައެވެ. އެޔާއެކު މަލަކާ ވެސް ބަދަލުގައި އަނެއްކާވެސް އައިސިންގެ ހަމަލާއެއް ޝައިމްއަށް ދިނެވެ. ކޮންމެ ފަހަރަކުވެސް އޭނާއަށް ފަސޭހައިން ކާމިޔާބު ލިބޭތީ މަލަކާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. މަލަކާ ހިނިތުންވެފައި ހުރި ތަން ފެނި ޝައިމްއަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެހިނިތުންވުން ދެކިލުމަށް ޝައިމް ހުރީ ގުރުބާން ވާން ތައްޔާރަށް ކަން މަލަކާއަށް އެނގޭނެ ނަމައެވެ.

“މަލަކާ” ދެމީހުންގެ ރުޅިވެރިކަން ސަކަރާތުން އެކަކު އަނެކަކަށް ބާލަމުން ދިޔައިރު މީހަކު ގޮވާލި އަޑަށް ދެމީހުންނަށް އެއްފަހަރާ އެދިމާލަށް އެބުރެވުނެވެ. އެވަގުތު އަތުގައި ކުޑަ ފާރުސަލަކާއި އެކު ނިއަމް ބަދިގޭގެ ދޮރު ކުރިމަތީ ހުއްޓެވެ.

“ކިހިނެތްވީ”މަލަކާ ޝައިމް ގައިގައި ޖަހަން ނެނގި އަތް ތިރިކޮށްލަމުން އަހާލީ ނުރުހުންވެފައެވެ.

“ބައްދަލުކޮށްލަން” ނިއަމް ދައްކަން ބޭނުން ބައިވަރު ވާހަކަ އެބަހުއްޓެވެ. ނަމަވެސް ޝައިމް ކުރިމަތީގައި ހުރުމުން ކުރު ގޮތަކަށް ޖަވާބު ދިނެވެ.

“ޝައިމް މަޑުކޮށްލާ.. އަހަރެން ގޮސްދާނަން” އެދެމީހުންނަށް އެކަނިވެލުމަށް ފުރުސަތު ދޭން ޝައިމް އެތަނުން ދާން އުޅުމުން މަލަކާ ބުނެލިއެވެ.

“އަދިވެސް ރުޅިއައިސްފަދޯ” މަލަކާ ކައިރިއަށް އައުމުން ނިއަމް ބުނެލީ ގަދަކަމުން ހިނިތުންވެލަމުންނެވެ. މަލަކާ ނިއަމްއަށް ލޯއަޅައިލީ އެޔަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

“އަހަންނަށް ކުރެވުނީ މަލަކާގެ މާފު މާ ފަސޭހައިން ލިބޭ ވަރުގެ ކަމެއް ނޫންކަން އެނގޭ. އަހަރެންނަށް މަލަކާ ހިތުގައި ޖައްސައި ދެރަ ކުރެވިއްޖެ. ލޯބިވެރިއެއްގެ ހައިސިއްޔަތުންނާއި އެއްމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުންވެސް. އެކަމަކު މަލަކާ އަހަރެން އަދިވެސް މަލަކާގެ އިންތިހާއަށް ލޯބިވަން. އަހަރެންނަށް ކުރެވުނު ކުށެއްގެ ސަބަބުން މަލަކާ އަހަރެން އަތުން ބީވެގެން ދާކަށް ބޭނުމެއް ނޫން.  މަލަކާ…”

“މާފްކޮށްފިން، އިތުރުކަމެއް ބޭނުން؟ ” ނިތްކުރި މައްޗަށް އަރުވާލުމަށްފަހު ނިއަމްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަލަކާ ބުނެލިއެވެ. އެޔާއި އެކު ދެފަރާތުގައި ތިބި ނިއަމް އާއި ޝައިމް ދިޔައީ ހައިރާންވެގެންނެވެ.

ނިއަމް ހީކޮށްގެން ހުރީ މިއަށް ވުރެ ބޮޑަށް އޭނާ މަލަކާގެ މާފު ހޯދަން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. ދެމީހުން ދުރުވި ފަހުން މަލަކާ އޭނާގެ ފޯނު ކޯލުތަށް ނަގަނީއެއްނޫނެވެ. އަދި އެއްމެ ކުޑަ މިނުން ދުވާލަކު އެތައް ފަހަރަކު ފޮނުވާ މެސެޖުތަކަށް ޖަވާބު ދެނީއެއްނޫނެވެ. އެހާ ކުއްލި ގޮތަކަށް މަލަކާގެ ހިޔާލު ބަދަލުވީ ކީއްވެބާއެވެ؟

ޝައިމްވެސް ހީކުރީ މިފަދަ ގޮތަކަށެވެ. ނިއަމް އާއި ވަކިވުމަށްފަހު މަލަކާ ކުރި ޝަކުވާ އާއި ރުއި ރުއިން ދެވަނަ މީހެއް އޭނާ ފިޔަވައި ނެތެވެ. މަލަކާ ގަދަ ހަދާލާފައި ބުނަމުން ދިޔައީ ނިއަމްއަށް މާފު ނުކުރާނެ ކަމަށެވެ. މަލަކާގެ މަންމައަށްވެސް ދިނީ ހުދު އެޖަވާބެވެ. އެހެންނަމަވެސް ރަގަޅުތާއެވެ. ޝައިމް މަލަކާއާއި ދުރުވީ އެދެމީހުން އަލުން ގުޅުވުމަށްޓަކައެވެ. މަލަކާ ދެކެ ކިތައްމެ ލޯބިވިޔަސް ހިތްދަތި ކަމުގެ މައްޗަށް އިސްކުރަމުން އެދަނީ މަލަކާގެ އުފާވެރިކަމެވެ. ޝައިމް އަމިއްލަ ނަފުސަށް ވިސްނައިދެވޭތޯ އުޅުނެވެ.

“މަލަކާ އަހަންނަށް އެނގޭ އަދިވެސް ރުޅި އައިސްފަކަން ތިހިރީ” މަލަކާގެ އަތުގައި ހިފަމުން ނިއަމް ބުނެލީ އޭނާއަށް ހީވާ އެއްޗެކެވެ.

ނިއަމް މަލަކާގެ އަތުގައި ހިފައި ދެމީހުން އެކަނިވެލާނެ ތަނަކަށް ގެންދަން އުޅުނެވެ. ނުދަންނަ މީހެއް ކުރިމަތީ ބޭނުންވާ ހުރިހާ ވާހަކައެއް ނުދެއްކޭނެތީއެވެ. މަލަކާ ދެކޮޅު ހެދުމެއް ނެތި ނިއަމްއާއި އެކީ ދާން ހިގައިގަތެވެ. އަދި އެވަގުތު ފަހަތް ބަލާލީ ޝައިމް އޭނާ މަޑުކުރުވާނެ ކަމުގެ އުއްމީދުގައެވެ. އެހެންމީހަކާއި އެއްކޮށް މަލަކާ ދާއިރު ޝައިމްގެ ފަރާތުން ކުޑަ ނަމަވެސް ޖެހިލުމެއް ފެންނާނެތޯއެވެ. ނަމަވެސް ކަންވީ އެހެންނެއް  ނޫނެވެ. ޝައިމް ހުރީ އެދެމީހުންނަށް ފުރަގަސްދީގެންނެވެ. މަލަކާގެ ބެލުމުގައި ވާ ލޯބި ޝައިމްއަށް ނުފެންނަ ގޮތަށެވެ. ކީއްވެ ހެއްޔެވެ؟ ޝައިމް!!! މިފަރާތް ބަލާށެވެ. އަހަރެންގެ ހިތަށް އޯގާވެދޭށެވެ. މަލަކާއަށް ހިތާ ހިތާ ކިޔާލެވުނެވެ.

މަލަކާ ނިއަމްއާއި އެކީ ދާތަން ބަލަން ކެތް ނުވުމުން ޝައިމް އަނެއް ފަރާތަށް އެބުރުނީއެވެ. އެމީހުން ދާން ވަގުތު ދިނުމަށްފަހު ޝައިމް މައި ގެޔަށް ދާން އުޅުނެވެ. މަލަކާއާއި ނިއަމް ތިބީ އުދޯލީގައި ކަމުން ފިޔަވަޅުތަކަށް ހަލުވި ކަމެއް އައެވެ. އެވަގުތު ޝައިމްއަށް އިހްސާސް ކުރެވުމުން ދިޔައީ ބާކީ ވެފައިވާ ކަމެވެ. އޭނާއަށް ލޯބި ލިބުމަކީ ތަގުދީރުގައި ލިޔެވިފައިވާ ކަމެއް ނޫންބާވައެވެ؟ ވަގުތީ އުފަލަކަށްފަހު ކޮންމެ މީހެއްވެސް ވަކިވެގެން ދަނީ އެތައް ހިތްދަތިކެމެއް ކުރިމަތި ކުރުވަމުންނެވެ. ޝައިމްގެ ހިތަށް ފެހި ކަމާއި އާރޯކަން ލިބޭނީ ކޮން ދުވަހުންބާވައެވެ؟

“ނޫން.. މާފުކޮށްފިން. ނިއަމްއަށް ނިއަމްގެ ކުށް ގަބޫލުކުރެވުމުން ވަރަށް އުފާވެއްޖެ. އެކަމަކު ދެން ނެތް ކުރިން އޮތް ގުޅުން ކުރިއަށް ގެންދެވޭކަށް” އުދޯލީގައި އިށީންނަމުން މަލަކާ ބުނެލިއެވެ.

ނިއަމްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އަދިވެސް މަލަކާ ބޭނުމެވެ. މަލަކާއަށް ނުދެވުނު ލޯތްބާއި އަޅާލުން ދޭން ބޭނުމެވެ.

“މަލަކާ.. ތިހެން ނުބުނޭ އާދޭސްކުރަން. އަހަރެން އަދިވެސް މަލަކާގެ ދެކެ އިންތިހާއަށް ލޯބިވަން. މަލަކާ އާއި ދުރުގަ އުޅެން މިޖެހުނު ދުވަސްކޮޅު ތެރޭ އަހަރެންނަށް އިހްސާސް ކުރެވިއްޖެ މަލަކާއަކީ އަހަރެންގެ ހަޔާތަށް ކިހާ މުހިއްމު މީހެއްކަން. އަހަރެން ދެން ދުވަހަކުވެސް މަލަކާ ދެރަވާފަދަ ކަމެއް ނުކުރާނަން” އާދޭސްކުރާ ރާގަކަށް ނިއަމް ބުނެލީ މަލަކާގެ އަތްތިލާގައި ހިފައި ފިއްތާލަމުންނެވެ.

“ނޫން ނިއަމް.. ނިއަމް އަމިއްލައަށް ވިސްނާލިއަސް އެނގޭނެ އަހަންނަށް ކިހާ އުދަގޫވާނެކަން ނިއަމްއަށް މާފުކުރަން.. އަހަރެން ނިއަމްއާއި އެކީ ހޭދަކުރީ ކިހާ ވަގުތެއް. ނިއަމްއަށް ކުރީ ކިހާ އިތުބާރެއް.. ހަމައެކަނި ލޯބިވެރިއެއްގެ ގޮތުންނެއް ނޫން.. އެއްމެ ގާތް އެކުވެރިޔާގެ ގޮތުންވެސްމެ.. ކޮންމެ ކަމެއްގަ ނިއަމްގެ ހިޔާލު ހޯދަން. އަހަރެންގެ ހިތުން ނިއަމްއަށް ހާއްސަ މަގާމެއް ދެވުނު އެއްމެ ބޮޑު އެއް ސަބަބަކަށް އެކަންވާނެ. އަހަރެން ހީކުރީ މުޅި ދުނިޔެ އަހަރެންނާއި ދެކޮޅަށް ތެދުވިޔަސް ނިއަމް އަހަރެންގެ އެހީތެރިއަކަށް ވާނެކަމަށް. އެކަމަކު ކަން ހިނގީ މިހެން ނޫންކަން ނިއަމްއަށްވެސް އެނގޭނެ. ނިއަމް އަހަރެން ދުރުކޮށްލީ.. އެއްގޮތުން ނޫން ނަމަ އަނެއް ގޮތުން…”މަލަކާ ލޮލުން ވެރުނު ކަރުނަ ތިކި އަތުގެ ނުފުށުން ފުހެލިއެވެ.

“އެހުރިހާ ކަމަކާއި އެކީ އަހަރެން ނިއަމްއާއި އެކީ އަހަރެން އުޅުނީ ތިލޯތްބަށް ދަހިވެތިވެފައިވާ ވަރުން. ނިއަމް މާފަށް ނޭދުނަސް ކޮންމެ ރެއަކު ނިދަން ދާއިރު މިހިތް ނިއަމްއަށް ސާފުކޮށްގެން.. އެއީ އަހަރެން ނިއަމްއާއި އެކީ އުޅެން ބޭނުންވި ވަރު. އެކަމަކު އެއްމެ ފަހު ވަގުތު ނިއަމް އަހަރެން ދޫކޮށް ދިޔައީ ހަގީގަތްވެސް ބެލުމެއް ނެތި. ސޮރީ ނިއަމް.. އަހަރެންނަށް ކެތްކުރެވޭނީ ވަކި ވަރަކަށް. ދެވަނަ ފަހަރަށް މިހާލަތަށް އަހަރެންގެ ހިތް ގެންދެވޭނެހާ ހިތްވަރެއްނެތް” މަލަކާ ނިއްމާލަމުން ނިއަމްއަށް ބަލާލިއިރު ކަނުލައި އަޑުއަހަން ނިއަމް އިސްޖަހައިގެން އިނެވެ. އަމިއްލަ ކުށް ގަބޫލުކޮށްގެންނެވެ.

“މަލަކާ ތިހެން ނުބުނޭ.. އަހަރެން ކިހިނެތް މަލަކާއާއި ނުލައި އުޅޭނީ.. “ނިއަމް މަލަކާއަށް ބަލާލަމުން ބުނެލީ މަލަކާގެ ހިޔާލު ބަދަލުވޭތޯއެވެ. އޭރު ކަރުނައިގެ އަސަރު ދެލޮލުން ފެންނަމުން ދިޔައެވެ.

މަލަކާ ނިއަމްގެ ކޮނޑުގައި ބޯއަޅައިލީ ދެފަރާތަށް ބޯ ހޫރުވާލަމުންނެވެ. ނޫނެކޭ ބުނަން މިޖެހެނީ އެތައް ދުވަހަކަށް އެހިތުގައި ލޯބި އުފެދިފައިވާ ފަރާތަކަށެވެ. އެހިތުގައި ނިއަމްއަށްޓަކައި ލޯބި ނެތަސް އޯގާތެރިކަން ވެއެވެ.

އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ނިއަމް ދިޔައީ ގެނައި ފާރުސަލް މަލަކާއަށް ހަދިޔާކޮށްފައެވެ. މަލަކާ ކޮޓަރިއަށް ގޮސް ވަށައިގެން ލާފައިވާ ފެހި ކުލައިގެ ކަރުދާސް ނައްޓައި ފޮށި ހުޅުވާލިއެވެ. އެތެރޭގައި އޮތް ކަޅުކުލައިގެ ފޮތް ފެނި މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނެވެ. ކަޅު ކުލައިގެ އެ ބޯ ފޮތުގައި އަޅި ކުލައިން ރީތި ޑިސައިނެއް ކުރަހާފައި ހުއްޓެވެ. ފޮތުގެ އެއްފަރާތުގައި ހަމަ އެޑިސައިނުގެ ކަޅު ގަލަމެއް ހަރުކޮށްފައި ހުއްޓެވެ. އެފޮތަކީ މީގެ އެތައް ދުވަހެއް ކުރިން މަލަކާ ރީތިވެގެން ނިއަމްއަށް ދެއްކި ފޮތެކެވެ. ފިހާރާއިގެ ބޭރުން ފޮތް ފެނުމުން މަލަކާ ނިއަމް ގޮވައިގެން އެތެރެއަށް ވަނީ އެފޮތް ގަންނާށެވެ. އެކަމަކުވެސް އަގު ފެނި މީހާ ދިޔައީ ބަސް ހުއްޓިގެންނެވެ. އަވަހަށް ފޮތް އޮތް ތާގައި ބޭއްވުމަށްފަހު ދިޔައީ އެއްމެ ފޮތަކަށް އެހާ ހަރަދު ނުކުރެވޭނެއޭ ބުނަމުންނެވެ. މަލަކާ ނުގަނެ ދާން އުޅުމުން ނިއަމް އެގަނެދޭން އުޅުނު ހަނދާން އަދިވެސް އެބަހުއްޓެވެ.


 

އެއްމެން އެއްކޮށް ހަވީރުގެ ސައިބޮއިގެން ދިޔައީ ހިނގާލާށެވެ. ހަވީރުގެ ފިނިކަން ފަޒާގައި ވެއެވެ. ޖެހޭ ހިތްގައިމު ވައިރޯޅިތަކުން މޭފުރިގެން ދެއެވެ. ހުދު ކަފަކޮޅު ތަކެއް ހެން ވިލާތައް އުދަރެސް މަތީ ދައުރުވަމުން ދަނީ ވަކި މިސްރާބެއް ނެތިއެވެ. ތަރުތީބުކޮށް ރާވައިފައިވާ ގޭތަކުގެ ފާރުބުޑު ކައިރީގައި އެކި ބާވަތުގެ މާގަސްގަސް އިންދާފައި ހުއްޓެވެ. ރަށުގެ ގިނަ މީހުންނަކީ ދޫނި އޮޅުކޮށްގެން ގެންގުޅޭ ރަކަށް ވުމުން ދޫނީގެ އަޑު ދޭތެރެ ދޭތެރެއިން އިވެމުންދެއެވެ.

ރަށުގެ އަތިރި މައްޗާއި ދިމާލަށް މިސްރާބު ހުރިއިރު އެއްމެ ކުރީގައި ތިބީ މަލަކާއާއި ޝައިމްއެވެ. ޝައިމް  ބައެއް ފަހަރު މަލަކާއަށް ވުރެ ކުރިއަށް އަރަމުން ދިޔައީ އަތުގައި އޮތް ކެމެރާއިން ފޮޓޯ ނެގުމަށެވެ. އަޝްވާ އާއި އަޝްވިން އެދެމީހުންގެ ފަހަތުން ހިގަމުން ދިޔައީ އީޝް އާއި ސަކަރާތް ޖަހަމުންނެވެ.

މަލަކާ ޝައިމްއަށް ދޭތެރެއަކުން ބަލާލަމުން ދިޔައީ ފޮޓޯ ނަގާއިރު ޝައިމްގެ މޫނުމަތިން ޝައުގުވެރިކަން ފެންނަމުން ދާތީއެވެ. ޝައިމް އަކީ ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ މީހެއްކަން އެގުނަސް މިހާ ވަރުވާނެ ކަމަށް ހީނުކުރެއެވެ. ކޮންމެ އެއްޗެއް ނެގިޔަސް އެއްގަނޑަކުން ނިއްމާނުލައެވެ. މަދުވެގެން ދެތިން ފޮޓޯ އެބަ ނަގައެވެ. އަދި ހިތްހަމަޖެހޭ ގޮތަށް ނެގުމުން ހިނިތުންވެލައެވެ. މަލަކާއަށް މިއީ ބަލާ ފޫހިނުވާނެ މަންޒަރެކެވެ. ޝައިމް އޭނާއަށް ދިނީ ލޯބީގެ ފޮނި ޒަހަރެއް ކަމުގައިވީ ނަމަވެސް އެހިތް އެދި ގޮވަމުން ދަނީ އަދިވެސް ލޯތްބަށެވެ. އެބުރި އަންނާނެ ދުވަހަކަށެވެ. ބައެއް ފަހަރު މަލަކާއަށް މިއީ ފެންނަމުންދާ ބިރުވެރި ހުވަފެނެކޭވެސް ހިތަށް އަރައެވެ. އެހެންނަމަ މިވާނީ ބިލާހަކަށެވެ. ކުރެވޭ ކުށްހީއަކަށެވެ.

ފޮޓޯ ނަގަމުން ދިޔަ ޝައިމްގެ ލޮލުގައި އަޅައިގަތީ ގެޔެއްގެ ދޮރު ކުރިމަތީ އަރާމުކޮށް އޮށޯވެލައިގެން އޮތް ކަޅާއި ހުދުގެ ބުޅަލެކެވެ. ބުޅާ ފެނުމާއި އެކު ޝައިމް ބަލާލީ މަލަކާ ހުރި ދިމާލެކެވެ. އޭރު އަމިއްލަ ހިޔާލީ ދުނިޔެއެއްގައި ހިނިތުންވެފައި ހުރެ މަލަކާ އެހިސާބަށް އަންނަމުން ދިޔައެވެ. ޝައިމްގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ކަރުގައި ކެމެރާ އަޅުވާލުމަށްފަހު މަޑުމަޑުން ބުޅާ އަތަށް ނެގިއެވެ. އަދި މަލަކާ އެހިސާބަށް އަންނާނެ އިރެއްގެ އިންތިޒާރުގައި އެގޭގެ ފާރުގެ އެއްފަރާތުގައި ފިލައި ހުއްޓެވެ.

“މަންމާ!!!” ބުޅަލެއް އެހާ ކައިރިން ފެނުމާއި އެކީ މަލަކާއަށް ހީވީ ހިތް އަތަށް އައިހެންނެވެ. ބުޅާ ފެނުނު ގޮތުން ހީވީ އޭނާ އާއި ދިމާލަށް އަންނަނީ ހެންނެވެ. އެހެންވެ އަވަހަށް ދެލޯ މަރާލަމުން މޫނުމަތީ ބާރަށް އަތް އަޅައިގަތެވެ. ފަހަތަށް ދާން އުޅެން ހަދައިގެން ގޮސް ޖެހުނީ ފާރުގައެވެ.

މަލަކާ އަށް ވީވަރު ފެނިފައި ޝައިމްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މަލަކާއަށް އެވީ އޭނާ ހީކުރި ވަރަށް ވުރެ ބޮޑުވަރެވެ. އެހެންކަމުން އަވަހަށް ކެމެރާ ނަގައި މަލަކާގެ ފޮޓޯ ނަގަން ފެށިއެވެ. ހިނިއައިސްފައި ހުރިވަރުން ރަގަޅަށް ފޯކަސް ކުރެވެނީ އެއްނޫނެވެ.

ޝައިމް ފޮޓޯ ނަގާ އަޑު އިވޭތީ މަލަކާ ދެއިގިލި ދޭތެރެއިން ބަލައިލީ ބުޅާ ކޮބައިތޯއެވެ. އަދިވެސް ހިތް ބާރަށް ތެޅޭ ހާލުގައެވެ. ބުޅާ ފެންނަން ނެތުމުން އަތް ނަގާލައި މަލަކަ ފުން ނޭވާއެއް ލިޔެވެ. އެއައި ގޮތަށް އައިސް މޫނު ކާ ނުލީ ނަސީބެކޭ ހިތަށް އަރަމުންނެވެ. މަލަކާ އަތް ނަގައި ފުންނޭވާ ލަމުން ދިޔައިރުވެސް ޝައިމް ފޮޓޯ ނެގުން ހުއްޓައެއް ނުލައެވެ.

“ހަމަ އެހާ ބިރުގަނޭތަ ބުޅާ ދެކެ… މަލަކާ އުޅުނު ގޮތުން އެބުޅާ ބިރުން އެފިލީ” ޝައިމް ހެމުން މަލަކާއަށް ޖެއްސުންކޮށްލިއެވެ.

“ދޮންބެ ކީއްވެތަ މަލަކާއާއި ދިމާލަށް ބުޅާ ދިއްކުރީ. މަލަކާ ކިރިއާއެއްނު ހާރޓްއެޓޭކެއް ނުޖެހުނީ” އެމީހުންނާއި އަރައި ހަމަވުމުން އަޝްވާ ބުނެލިއެވެ. އެޔާއިއެކު މަލަކާގެ ދެލޯ ބޮޑުވެގެން ދިޔައީ އެކަން ކުރީ ޝައިމްކަން އެގުމުންނެވެ. ދެއަތް މުއްކަވާލާފައި ޝައިމްއާއި ދިމާލަށް ދުއްވައިގަތީ އެކަމުގެ އަދަބު ދޭށެވެ. ނަމަވެސް ޝައިމް އެޔަށް ވުރެ މާ ހުޝިޔާރެވެ. މަލަކާއަށް ވުރެ ކުރިން ފިލަން ދުއްވައިގަތެވެ. މަލަކާ ލަސްކުރުމެއް ނެތި ދުއްވައިގަތީ އޭނާވެސް ވަކި ދެރައެއް ނުވާނޭ ބުނަމުންނެވެ. ވަކި ހިސާބަކަށް ދިޔުމަށްފަހު ޝައިމްއަށް ވުރެ ބާރަށް ދިޔުމަށް ފައިވާން އަތަށް ނެގިއެވެ.

ދެމީހުންވެސް ދުވަމުން ދިޔައީ ގާތްގަނޑަކަށް އެއްވަރަކަށެވެ. ޝައިމް މާކުރިން ދުއްވައިގަތުމުން އޭނާ ހުރީ މަލަކާއަށް ވުރެ ތަންކޮޅެއް ކުރީގައެވެ. ދުވަމުން ގޮސް ދެމީހުންނަށް އަތިރިމައްޗާއި ހިސާބަށް ދެވުނެވެ. ދުވަހަކީ ރަށުގެ ފުޓްބޯޅަ މެޗެއް އޮތް ދުވަހަކަށް ވުމުން އެތާގައި އެމީހުން ދިޔަވައި ތިބީ ދެތިން މީހުންނެވެ.

ދޭތެރެއަކުން މަލަކާ އަށް ބަލަމުން ދުވަމުން ދިޔަ ޝައިމްގެ ދުވެލި މަޑުކުރުވީ ބަން ކިޔާފައި ވެއްޓެމުންނެވެ. ރަށުގެ ކުޑަކުދިން މީހުންނަށް ލަޑުދޭން ކޮނެފައިވާ ވަޅުގަނޑަކަށެވެ. ހީވެސް ނުކޮށް ހުއްޓާ އެކަހަލަ ކަމެއް ދިމާވުމުން ޝައިމް ދިޔައީ ސިހިގެންނެވެ. އަވަހަށް އެތަނުން ތެދުވާން އުޅުގަތެވެ. ނަމަވެސް އުޅެ އުޅެ އެކަން ނުވެ ހުއްޓާ މަލަކާއައިސް އޭނާއާއި އަރާ ހަމަކުރަނީއެވެ.

ދުވަފައި އައި މަލަކާއައިސް އިށީނީ ޝައިމް ކައިރީގައެވެ. އޭރު މޫނުކުނިކޮށްގެން ޝައިމް މޫނުގައި އަތް ވިއްދައިގެން އޮތެވެ. ޝައިމް އޮތް ހާލު ފެނި މަލަކާ އަށް ހުނުން ކޮންޓުރޯލް ކުރެވޭ ވަރެއް ނޫނެވެ. މާގިނަ އިން ހުނުމުން ބަނޑުގައި ރިއްސަންވެސް ފަށައިފިއެވެ.

“އަދިވެސް މީހުންނަށް ލަޑުދީފަ ފިލަން އުޅޭތި. ރަގަޅެއްނު އަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ތިހެރުނީ” ހެމުން ހެމުން ގޮސް މަލަކާ ވެލިގަނޑު މަތީގައި އޮތް ޝައިމްގެ ކެމެރާ ނެގިއެވެ. ޝައިމް ވެއްޓުނު ބޮޑީގައި އަތުން ކެމެރާ ދޫވެ ދުރަށް ވިއްސައިގެން ދިޔައީއެވެ.

“ހިނގާބަލަ ލަޑު ލިބުނީމަ ބޮޑު ޖޯކެއްހެން ހުންނާނީ ކާކުތޯ ބަލާލަން” މަލަކާއަށްވެސް ކެމެރާއިން ފޮޓޯ ނަގަން އެނގޭތީ ޝައިމްގެ ފޮޓޯ މަދުނުވާވަރަށް ނެގިއެވެ. އެއްވެސް ކަމެއް ނުކުރެވި ޝައިމް ޖެހުނީ ބަލި ގަބޫލުކޮށްގެން އޮންނާށެވެ.

“މީ ކޮން ކަމެއް” އިވުނީ އަޝްވާގެ އަޑެވެ.

“އަހަރެން ހީކުރި ވަރަށްވުރެ މަލަކާ މާ ކުޅަދާނަ އިނގޭ.. ޝައިމް ވަޅުގަނޑަކަށް ލާފަވިއްޔާ ތިއޮތީ” އަޝްވިންއާއި އަޝްވާވެސް ޝައިމްއާއި ދިމާކުރިއެވެ.  ލަދުގަނެ ބޯ ކަހާލުން ނޫން ކަމެއް ޝައިމްއަށް ނުކުރެވެއެވެ.

“ދާދާ” ކުޑަކުޑަ އީޝް ހިމުން ދޮންވެލިގަނޑު ފެނިފައި ބިންމައްޗަށް ފައިބާން ބޭނުންވިއެވެ.

“އާދޭ ދައްތަ ކައިރިއަށް” މަލަކާ ގޮސް އަޝްވިން އަތުން އީޝް ނަގައިގެން ގޮސް އެއްފަރާތެއް ގައި އިށީނެވެ. އަޝްވިންގެ އެހީގައި ވަޅުގަނޑުން ފައިބައިގެން ޝައިމް ކެމެރާ ނަގައި އީޝްގެ ފޮޓޯ ނަގަން ދިޔައެވެ.

އަޝްވާ މާ ވަރަކަށް ތޮށިގަނޑު މައްޗަށް އަރާ ހިތްވެފައި ހުރުމުން އަޝްވިން އާއި ދެމީހުން ދިޔައީ އެދިމާލަށެވެ.

ފޯރިއާއެކު އީޝް ދިޔައީ ވެލިގަނޑާއި ކުޅެމުންނެވެ. އަތުންނާއި ފައިން ވެލިތައް ބުރުވަމުންނެވެ. މަލަކާ އަތުން ވެލި މުށެއް ނަގައި ބިންމައްޗަށް މަޑުމަޑުން ވަރަމުންދާ މަންޒަރު ފެނި އާޝޯހުވެފައި ހުރެ އަމިއްލައަށް އެހެން ހެދޭތޯ އުޅެއެވެ.

ކެމެރާ އީޝްއަށް އަމާޒުވެފައި ހުއްޓަސް ޝައިމްގެ ލޮލުގެ ފޯކަސްވަނީ މަލަކާއަށް ސީދާކުރެވިފައެވެ. އީޝްއާއި އެކީ އިންނައިރު އެމޫނުން ކުލުނު އެބަ ފެނެއެވެ. އިރުގެ ރަންދޯދިތައް މޫނަށް އެޅިފައިވުމުން ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މަލަކާ ހިނިތުންވުމުން ހުންނަ މަސްތީގޮތް ބަލާ ފޫހިނުވާނެއެވެ. ބުނަން ދަތި އިހސާސްތަކެއް ޝައިމްގެ ހިތް މަލަކާއަށް އިތުރަށް ލަންބުވަމުން ދެއެވެ.

“ޝައިމްއަށް ކިހިނެތް އެނގެނީ އަހަރެން ބުޅާ ދެކެ އެވަރަށް ބިރުގަންނަކަން” ޝައިމް ހިޔާލީ ދުނިޔެއިން ބޭރުކުރަމުން މަލަކާ ބުނެލިއެވެ.

“އެދެން އެނގެނީ..މަލަކާއަށް ނޭނގުނަސް އަހަންނަށް އެނގޭ މަލަކާއާއި ބެހޭ ބައިވަރު އެއްޗެހި” ޝައިމް އައިސް މަލަކާ ކައިރީ އިށީންނަމުން ބުނެލިއެވެ.

“ދެން މާ އެގިގެން އުޅޭނެ ކަމެއް ނެތޭ. އަދި ދެމީހުން ދިމާވިތާ އެހާ ގިނަ ދުވަހެއްވެސް ނުވޭ އެހާ އަވަހަށް އަހަރެންނާއި ބެހޭގޮތުން ޑިގްރީއެއް ނެގީތަ” މަލަކާ ލޯކުޑަކޮށްލަމުން ބުނެލިއެވެ.

“މަލަކާ އެއްމެ ބިރުގަންނަނީ ބުޅާ ދެކެ. ދެން ކުރަފި ދެކެވެސް ވަރަށް ބިރުގަންނާނެ. މޫދަށް އެކަނި ދާން ބިރުގަނޭ… އުސްތަންތަނަށް އަރައި ތިރި ބަލަން ވަރަށް ބިރުގަންނާނެ.. ޕުއްޕާހަން ފަޅައިގެން ގޮސްދާނެތީ ބިރުގަނޭ.. އަމިއްލައަށް ކިތައްމެ ކުޑަ އޮޕެރޭޝަނެއް ކުރަން ޖެހިލުންވޭ..އަދިވެސް ކިޔަންވީތަ” ޝައިމް ލިސްޓު ކިޔާލީ ޔަގީންކަމާއި އެކީގައެވެ.

“ކިހިނެތް ޝައިމްއަށް…” މަލަކާ ދިޔައީ ހައިރާންވެގެންނެވެ. ޝައިމްއަށް ހަމަ ރަގަޅަށްވެސް އޭނާ އެނގެނީބާވައެވެ.

“މަލަކާ އެއްމެ ލޯބިވަނީ ގަސްތައް ދެކެ. ހާއްސަކޮށް ފިޔާތޮށި ފިނިފެންމާ ގަސް.. ކުރުނބާ ބޯ ހިތްވާނެ. އިރުއަރާ މަންޒަރަށް ވުރެ އިރުއޮއްސޭ ތަން ބަލާ ހިތްވޭ… ރަތްވިލާތައް، ވާރޭ، އިރަށް ވުރެ ހަނދާއި ތަރިތައް. މިހެން ގޮސް ބައިވަރު..” ޝައިމް ދުރުބަލަން އިދެ މަލަކާ ސިފަކޮށްދެމުން ދިޔައީ އެއްމެ ގަޔާވާ އެއްޗެހިންނެވެ. މަލަކާ ވީ އިތުރަށް ހައިރާނެވެ. އުފެދުނީ އިތުރު ސުވާލުތަކެވެ. ގައިމު ޝައިމް އެކިޔާދިން އެއްވެސް އެއްޗެއް އެނގުނީ މަލަކާގެ ފަރާތުންނެއް ނޫނެވެ.

“ކިހިނެތް ޝައިމްއަށް އަހަންނާއި ބެހޭ ގޮތުން ތިހާ ބައިވަރު މައުލޫމާތު އެނގުނީ” މަލަކާ ޝައިމްގެ ސަމާލުކަން ހޯދުމަށް އަތުގައި ކޮށްޓާލަމުން ބުންޏެވެ.

“މީ އަދި ބައިވަރުތަ؟ މީ ކުޑަ ތަނެއް.. އެނގެން ބޭނުންވާ މީހަކަށް ހޯދޭނެ ބައިވަރު ގޮތްތައް ހުންނާނެ” ހިނިތުންވެލަމުން ޝައިމް ބުނެލިއެވެ. ހިނދުކޮޅަކަށް ދެމީހުންގެ މެދަށް ހަމަހިމޭންކަން އައެވެ. ނަޒަރު ބައްދަލުވެފައިވާ އިރު ދެމީހުންގެ ލޮލުންވެސް ހޯދަން ބޭނުންވާ މީހަކަށް ލޯބި ހާމައަށް ފެންނަމުން ދިޔައެވެ.

“ތިހުރިހާ ކަމެއް ހޯދައިގެން ދޯ ޝައިމް އަހަރެންގެ ހިތް ވަގަށް ނަގާނަމޭ ބުނެ އެކަން ކުރީ..” ހިންދިރުވާލަމުން މަލަކާ ބުނެލީ ސީރިއަސް ރާގަކަށެވެ. ޝައިމް އެޔަށް ޖަވާބު ދޭން ބޭނުން ވިޔަސް މަޑުކޮށްލީ ބުނާނީ ކީއްކަން ސިކުޑިން ނުވިސްނޭތީއެވެ.

“ދޮންބޭ ދެން އަޅުގަނޑާއި އީޝްގެ ފޮޓޯ ނަގަންވީނު” ދެމީހުންވެސް ހިޔާލީ ދުނިޔެއިން ބޭރުވީ އަޝްވާގެ އަޑަށެވެ. މަލަކާ އީޝް އަޝްވާ އާއި ހަވާލުކޮށްލުމަށްފަހު އެތަނުން ދުރަށް ދިޔައެވެ. ޝައިމްގެ ކޮންމެ ހަރަކާތަކުން މަލަކާއަށް އިހްސާސްވަމުން ދިޔައީ ތަފާތު ކަމެވެ. އެއްފަހަރު ދުރުން އުޅޭ އިރު އަނެއްބައި ފަހަރު ހީވަނީ އަދިވެސް މަލަކާ ދެކެ ލޯބިވާހެންނެވެ.


 

އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ގެޔަށް ދިޔައިރު މަލަކާއި ޝައިމްގެ ފަރާތުން ފެންނަނީ ދުރުކަމެވެ. އޭގެ ފަހުން ދެމީހުން އެކަކު ފެންނަ ހިސާބަށް އައުމުން އުދަގޫތައް ކުރިމަތިވާހެން އިހްސާސްވިއެވެ. ދޭތެރެއަކުން އެކަކު އަނެކަކަށް ބަލާލިއަސް އަވަހަށް މޫނު އަބުރާލަނީ އަނެކާއަށް ފެނިދާނެހެން ހީވާތީއެވެ.

އޭގެފަހުން ފާއިތު ވެގެން ދިޔަ ދެދުވަސްވެސް ދިޔައީ މިފަދަ ގޮތަކަށެވެ.

“މަންމާ އަޅުގަނޑު އެބަ އަންނަން ނިއަމްއާއި އެކީ ބޭރަށް ގޮސްލާފަ” ސަމީހާ އިނީ ބަދިގެ ފަރާތުގައި ކަމުން މަލަކާ އެތަނަށް އައިސް ބުނެލީ ސަމީހާއާއި އެކު ޝައިމް އާއި އަޝްވިން އިންކަން ނޭނގިއެވެ.

“ލަސްނުކޮށް އަންނައްޗޭ.. ބައްޕަ އަންނާނެ އިރުއޮއްސެންވާ އިރަށް” ސަމީހާ އުފާވެލާފައި ބުނީ މަލަކާއާއި ނިއަމްގެ ގުޅުން ރަގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުން ދާތީއެވެ.

މަލަކާ ފެނި ގޯލީގައި އިން ޝައިމްއަށް ކޮޅަށް އިށީދެވުނުވެ. އެހެންޏާ ނުހުންނަ ފަރިކަމެއް މަލަކާގެ ފަރާތުން މިއަދު ފެންނަމުން ދިޔައެވެ. އަބަދުވެސް މަލަކާ ހުންނަނީ އިސްތަށިގަނޑު ފަހަތަށް އައްސާފައި ވިޔަސް މައަދު އެބުޅި ރާޅުބާންޏެއް ކަހަލަ އިސްތަށިގަނޑު އޮތީ އެއްބައި ފަހަތަށް އަނެއް ބައި ވައަތް ފަޅިން ކުރިމައްޗަށް ގެނެސްފައެވެ. ލައިގެން ހުރީ އަތްގިދު ކަޅު ކުލައިގެ ދިގު ހެދުމެކެވެ. މަޑު ޝޭޑެއްގެ ލިޕްސްޓިކެއް ފިޔަވައި އިތުރު މޭކަޕެއް ކޮށްފައި ނެތެވެ. މަލަކާ ދިޔައިރުވެސް ޝައިމް ހުރީ އެސްފިޔަޖަހަން ހަނދާން ނެތިފައެވެ.


 

ނަމާދުކޮށް ނިމިގެން އައިސް ޝައިމް ލެޕްޓޮޕު ހުޅުވާލީ މަލަކާ ހަނދާންވާ ވަރުންނެވެ. މަލަކާ ނިއަމްއާއި އެކީ ތަންތަނަށް ދާއިރު އޭނާއަށް ބަލަން މިލެބެނީ ފޮޓޯގަނޑެކެވެ. ލެޕްޓޮޕު ހުޅުވާލުމަށްފަހު ކުރިން ދުވަހު ނެގި ހުރިހާ ފޮޓޯތަކުގެ ތެރެއިން މަލަކާގެ ފޮޓޯތައް ވަކިކޮށް އެއިން ކޮންމެ ފޮޓޯ ގަނޑަކަށް ޝައިމް ބަލަމުން މިއީ އޭނާއަށް ލިބޭ ހަމައެކަނި އުފާ ކަމަށްވުމުންވެ.

“މަލަކާ ދޫކޮށްލީވެސް ތިހެންވީމަތަ” އަޝްވިންގެ އަޑު އިވުމާއި އެކީ ޝައިމް ލެޕްޓޮޕު ލައްޕާލިއެވެ.

“ތިބުނީ” އަޝްވިން ބުނި އެއްޗެއް ދޭހަ ނުވުމުން ޝައިމް އަހާލިއެވެ.

“ސަރާ މަތިން ހަނދާންވާތީހޭ މަލަކާ ދޫކޮށްލީ.. ސަރާގެ ފޮޓޯއަކަށްނު ތިބަލަނީ” އަޝްވިން އީޝް ގޮވައިގެން އައިސް އެދުމަތީ އީށިންނަމުން އަހާލިއެވެ.

“އެހެންދޯ.. ނޫނޭ.. އެހެންވެގެންނޫން.. އަހަރެންނަކަށް ހިޔެއް ނުވޭ މަލަކާ ބޭނުންވާ ވަރަށް އަހަރެންނަށް އޭނަ އުފާކޮށްދެވިދާނެހެން. އެހެން ނޫނަސް އެއީ ކުރި ސަމާސާއެއް، ސީރިއަސްއެއްނޫން” ޝައިމް ބޯކަހާލަމުން ބުނެލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. އަޝްވިންއަށް މަލަކާގެ ފޮޓޯ ނުފެނުނީ ނަސީބެކޭ ހިތަށް އަރުވަމުންނެވެ.

“ބުނަން… ބޭބެއަށް ހީވަނީ ޝައިމްއަށް މަލަކާ މާބޮޑަށްވެސް އުފާކޮށްދެވޭނެހެން ތިހާ ބިރުން ނޫޅެންޏާ.  ޝައިމް ތި ބިރުގަންނަނީ މަލަކާއަށް ސަރާގެ މަގާމް ދެވިދާނެތީ.. އެއީ މައްސަލައެއްނޫނޭ. ބޭބެވެސް އަދިވެސް ލިއުޝާ ދެކެ ލޯބިވޭ އިންތިހާއަށް. އެކަމަކު ދެމީހުން ގުޅުމެއް ނެތްދެނެއް.. ޝައިމްވެސް ބަލަންވީ ލޯބިވާނެ ކުއްޖަކު ހޯދޭތޯ. ސަރާއެއްވެސް ބޭނުމެއް ނުވާނެ ދޯ ޝައިމް ތިހެން މުޅި އުމުރު ހޭދަކުރާކަށް..ބޭބޭ ވަރަށް ދެކެން ބޭނުން ޝައިމް އާއިލާއެއް ފައްޓައިގެން އުފަލުގަ އުޅޭތަން. އޭރުން ދޯ އީޝް އެކަނިވެރި ނުވާނީ” އީޝް ގައިގައި ބައްދާލަމުން އަޝްވިން ބުނެލިއެވެ.

“ހެހެހެ.. އަޅުގަނޑު އެކަންޏެއް ނޫނެއްނު. އަޝްވާވެސް އެހެރީނު އީޝްއާއި އެކީ ކުޅެލާނެ ކޮއްކޮއިން ހޯދަދޭން” އީޝްގެ އިސްތަށިގަނޑު ހާވާލަމުން ޝައިމް އެނދުން ތެދުވިއެވެ.

“މައުޟޫ އޮޅުވާލާނެ ކަމެއް ނެތޭ. އެކަމަކާ ވިސްނާލާތި” ދޮރުން ނުކުންނަމުން ދިޔަ ޝައިމްއާއި ދިމާލަށް އިގިލި ދިއްކޮށްލަމުން އަޝްވިން ބުނެލިއެވެ. ޝައިމް ފަރުވާކުޑަ ގޮތަކަށް އާއެކޭ ބުނަމުން ނުކުތެވެ.


 

ސައިބޮއި ނިއްމާލުމަށްފަހު  މަލަކާއާއި އަޝްވާ ދިޔައީ ނަމާދުކޮށްލާށެވެ. އަޝްވާ ނަމާދުން ފޭބިއިރު މަލަކާ ނަމާދަށް އަރަން ތައްޔާރުވަނީއެވެ. މަލަކާއަށް ނަމާދަށް އަރަން މުސައްލަ މަތިން ޖާގަ ދެމުން އަޝްވާ ބޭރަށް ދިޔަ މިއީ އީޝް ނިދާ ގަޑި ކަމުން އެކޮޓަރިއަށް ދިޔުމަށެވެ. ކޮޓަރީގައި ހުރީ ތަޅުލާފައި ކަމުން ދެތިން ފަހަރު ޓަކީ ދޮރު ނުހުޅުވުމުން ބަދިގެ ފަރާތަށް ދިޔައީ ފެންބޯލާށެވެ. ފެންބޯލައިގެން ބަދިގޭގައި އިރުކޮޅަކު މަޑުކުރުމަށްފަހު ދޮރު ހުޅުވާފައި ހުރިތޯ ބަލަން ދިޔައިރު މީހެއްގެ ހިލަމެއް ވާޙެން ހީވެގެން  އަޝްވާ ބޭރަށް ނުކުންނަން ދިޔައެވެ.

ބޭރުގެ ބޮކި ހުރީ އަދާފައި ކަމުން މިރޭ އެތަނުން އެއްޗެއް ވަކިވާވަރެއް ނޫނެވެ.

“އަހަރެން މަލަކާގެ ކިތައްމެ ލޯބި ވިޔަސް އޭނަ މަންމަ ބޭނުންވަނީ އޭނަ ނިއަމްއާއި އެކީ އުޅެން. އަހަރެންނަށް ނުކެރޭނެ އެދެމެދަށް ވަދެ އާއިލީ މައްސަލަތަކެއް ކުރިމަތި ކުރުވާކަށް” ޝައިމް ދިޔައީ ފޯނުން މީހަކާއި ވާހަކަ ދައްކަމުންނެވެ. އަޝްވާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މަލަކާއަށް ކޮންމެހެންވެސް މިކަން އަންގަން ޖެހޭނެއެވެ. އަވަހަށް ބާރަށް އަނގަމަތީ އަތް އަޅާލައިގެން ލަސް ލުއި ފިޔަވަޅު ތަކެއްގައި މަލަކާ ހޯދަން ދިޔައީ ޝައިމްއަށް އޭނާ އެތާނގައި ހުރިކަން އަންގަން ބޭނުންނުވާތީއެވެ.

އިޝާ ނަމާދުކޮށްލައިގެން މަލަކާ ބޭރަށް ނުކުތީ މިރޭގެ ކެއުމަށް ސެލްޑުކޮޅެއް ތައްޔާރުކޮށްލުމަށެވެ. ފޯނާއި ކުޅެމުން ބަދިގެޔާއި ދިމާލަށް ދިޔަ މަލަކާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ސަމީހާމެން ކޮޓަރިއާއި ހިސާބަށް ދެވުނު ތަނާ އިވުނު އަޑުންނެވެ.ކޮޓަރީގެ ދޮރު ހުރީ ރަގަޅަށް ނުލެއްޕިކަމުން އެތެރެއިން ދައްކަމުން ދިޔަ ވާހަކަތައް ސާފުވާ ވަރަށް އަޑުއިވެމުން ދެއެވެ.

“އަހަރެން ބޭނުމެއް ނޫން މަލަކާއަށް އަހަރެން ކުރި ކުށެއްގެ އަދަބު ދޭކަށް. އެމަންޖެ އިންނަން ބޭނުން ކޮންމެ މީހަކާއި އިނުމުގެ ހުއްދަ ދޭނަން” މަލަކާއަށް ބައްޕަ ބުނި އެއްޗެއްގެ މާނަ ދޭހަވާ ގޮތެއް ނުވިއެވެ.އެހެންކަމުން މަލަކާ އެޔަށް އިތުރު ސަމާލުކަމެއް ދެވޭތޯ ކަނުލައި އަޑުއަހަން ހުއްޓެވެ.

“މަލަކާ ވަރަށް އަވަހަށް އާދެބަލަ.”މަލަކާ ދިޔައީ ސިއްސައިގެންނެވެ. އަޝްވާ ކިތައްމެ ސިއްރުން ބުނި ކަމުގައ ވީނަމަވެސްމެއެވެ. ބައްޕަމެން ދައްކަމުން ދިޔަ ވާހަކަ ސިއްރުން އަޑުއަހަން ހުއްޓައި އަޝްވާ އަށް ފަޅާއެރީބާއޭ ހިތަށް އަރައި ހިތް ތޮޅިގަތެވެ.

“ކިހިނެތްވީ” ވައި އަޑުން މަލަކާ ބުނެލިއެވެ.

“އާދެބަލަ ވަރަށް އަވަހަށް” ދެމީހުންވެސް ތިބީ ހިތް އަވަސްވެފައެވެ. މަލަކާ އެތަނުން ދާކަށް ބޭނުމެއް ނޫނެވެ.  އަޝްވާ މަލަކާއަށް ޝައިމް ދައްކަމުންދާ ވާހަކަ ކޮންމެހެންވެސް އަޑު އިއްވަން ބޭނުމެވެ.

“މަލަކާ އަވަސް” މަލަކާ ހުރީ ގޮތެއް ނިއްމަން ދަތިވެފައިކަމުން އަޝްވާ މަލަކާގެ އަތުގައި ހިފައި ގެންދަން އުޅުނެވެ. ނަމަވެސް މަލަކާ ހުރީ ދާންވީ ކަމެއް މަޑުކުރަންވީ ކަމެއް ނޭނގިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ސޮރީ.

Next

އީލާމް-07

Next
September 26, 2017

އީލާމް-07

Previews
September 26, 2017

ސޮރީ.

94 Comments!

  1. mal says:
    September 26, 2017 at 9:02 pm

    yayy..1st libijje yo

    1. mal says:
      September 26, 2017 at 9:03 pm

      maroo kairy story kobaa hey ahan ulheniko thi up kury thanx.. adhi nuvx kiyan.. kiyaafa comment eh kuraanan adhi.. love u maroo

  2. mal says:
    September 26, 2017 at 9:20 pm

    alhey maroo.. hiy thalhuvaalaafi.. dhn vaane gotheh v balaalan beynun..ehnve kuru hn vx eba hyvey.. bt v rythi story.. waiting for the next part

    1. mal says:
      September 26, 2017 at 9:39 pm

      Maroo next part oi dhuvaheh vx angaalahche?

    2. maroon says:
      September 27, 2017 at 3:10 pm

      Insha Allah tmrw ?

    3. maroon says:
      September 26, 2017 at 10:22 pm

      Hey mal. I love reading your comments ?
      Thanku so much for the support. Malaka dhaanvytha madu kuranvytha ??
      ❤?❤

    4. mal says:
      September 26, 2017 at 10:28 pm

      Malaka dhaan v … shaim dhahkaa vahaka adu ahan.. dh malaka ge dad e vahaka eh fahun kiyaadheyney e kujja ah.. ekam shaim.. ae v hoi dhok nukuraa kujjeh.. eyna dhulun neyge myn xamaanakun loabah iuthiraaf vaane kameh.. hihi.. ekam shaim v loabi.. van image my bf..?❤

    5. maroon says:
      September 27, 2017 at 3:11 pm

      Lets see if she does that dhw ?. Hehe

    6. mal says:
      September 26, 2017 at 10:29 pm

      N thanx maroo..?

  3. mal-mal says:
    September 26, 2017 at 9:20 pm

    hi hip hoorayyy! I’m second!! 😀

    1. maroon says:
      September 26, 2017 at 10:50 pm

      Thanku mal ? story kihinei?

  4. Aish says:
    September 26, 2017 at 9:47 pm

    Vvvv salhi ingey

    1. maroon says:
      September 27, 2017 at 3:10 pm

      Thanku aish ??

  5. maroon says:
    September 26, 2017 at 9:50 pm

    Hey guys. Hope you will like this part too. V ufaavey thikun dhey support feni. Evves massala eh ulheynama buneladheythi,eyrun dhw ragalhu kureveyny. TC.

  6. Zuam says:
    September 26, 2017 at 10:13 pm

    Masha Allah. …. maroon mi part vas varah varah reethi. … kon irakun next part? ?

    1. maroon says:
      September 27, 2017 at 3:11 pm

      Thanku zuam ??

    2. reader says:
      September 29, 2017 at 9:56 pm

      NASA ah dhaan ready vey furathama. Evarah dollars ebahuri?

  7. Malaka says:
    September 26, 2017 at 10:30 pm

    Story v v reethi. I love shaim and want to be with him ?

    1. Shaim says:
      September 26, 2017 at 11:30 pm

      Oh honey i luuuv you too ❤

    2. Song joong ki... KOREAN says:
      September 27, 2017 at 6:59 am

      Hahaha.. Shaim vx story kiyaa dhw.. ?????

    3. Adha? says:
      September 27, 2017 at 12:08 pm

      Hehe??

    4. Niam says:
      September 27, 2017 at 2:27 pm

      Eyruves heeviey Mihen ve ey Malakaa aharenge loaibah inkaaru kury. Hurebala nikan kukhi dhahkaalaanan. E Shaim ge Hashigandaa furaana dhe than nukuriyyaa mashah Niam ekey nukiyaane ???

    5. maroon says:
      September 27, 2017 at 3:29 pm

      Omg niam thihen nubuney. Malaka ekanyeh noon shaimge side ga huree. Baeh kudhin eba ulhey niam fonulaananves mars ashaai jupiter ah ??
      Anyway love your comment niam,malaka & shaim. Lets see what the end game is ?

    6. Niam says:
      September 27, 2017 at 2:28 pm

      Kulhi* dhahkaalaanan???

    7. maroon says:
      September 27, 2017 at 3:12 pm

      Lets see if that happens dear.. ??

    8. click a shot ? says:
      September 27, 2017 at 8:28 pm

      jupitar akah ves nun..bimu andyga valhulanvy..if I could..hehe???

    9. Niam says:
      September 27, 2017 at 9:35 pm

      Haha. Konme hen ehen vaane ey hithaa eh noon egothah comment kury. Ei Malakaa username jahaafa in kujjaa ah majalakah dhin reply eh ???????

    10. Niam says:
      September 27, 2017 at 9:37 pm

      Malakaa n Shaim aa dhemyhun vegen valhulaa. Click a shog hurey hurihaa manzareh photo nagan

    11. song joong ki..KOREAN says:
      September 27, 2017 at 10:37 pm

      valhu konnaane ehchehi foaru kohdheynan SJKi .. 😉 gaburusthaanuga dhw valhulan jeheynee.. 😉 🙂 hahah 😀

    12. click a shot ? says:
      September 28, 2017 at 8:22 am

      I’ll be ready with the camera..hehe???

    13. reader says:
      September 28, 2017 at 9:31 pm

      Ey. Click a shot photo thah kamaa behey faraathaa hamayah gendhaathi. ???

    14. song joong ki..KOREAN says:
      September 28, 2017 at 11:06 pm

      eyy kamaa behey faraathah gengossiyya emmen koatuvaanennu. heheh. than i think we should go to jupitar. 😀 coatun amuru kohfaanennu.. lol eyrun niam vx govaigen dhiyaima rangalhuvaanu dhw 😉 😉

    15. Malaka says:
      September 28, 2017 at 11:17 pm

      Masha shaim aai dhemyhun ekko jupiter ah fonuvadhy. We ll live happily ever after ❤?

    16. Song joong ki... KOREAN says:
      September 29, 2017 at 1:16 pm

      Hahaha ready vey ingeh. ??

  8. reader says:
    September 26, 2017 at 10:37 pm

    Hehe. Ma buni gothah e v hama. ???. Molhu dhk guess kuran.? ???

    1. reader says:
      September 27, 2017 at 10:48 am

      Dho*

    2. maroon says:
      September 27, 2017 at 3:12 pm

      Yh molhu ?
      Thanku reader ?

  9. Addu manje says:
    September 26, 2017 at 10:40 pm

    Alhey ebai furihama kollaafa nimmaalinama..maroon aslu varah molhu igey.. hurihaa part eh nimmaalanee varah furihama ah.. keep it up.. 🙂
    Nxt part thankolheh kurin genes dheveynetha?? Cant wait to read that part..???

    1. maroon says:
      September 27, 2017 at 3:13 pm

      Will try my best addu manje ?
      Thanku for reading ?
      Ebai dhenna anna partga kiyaalahchey ?

  10. Xee says:
    September 26, 2017 at 10:44 pm

    Nice ? Plz avahah up kobala

    1. maroon says:
      September 27, 2017 at 3:14 pm

      Thanku xee ??

  11. song joong ki..KOREAN says:
    September 26, 2017 at 10:50 pm

    HIYY THELHENYYYYYYY.. dan dan dan.. hahaha… kihinehbaa vaany.. varah salhi mi part.. marooon, just love this story.. alhey malakaa dhaanama dhw shaim dhahkaa vaahaka adu ivey hisaabah.. eyrun hama dheloa heevaany gobolhi eh hen.. 😉 😉 so curious to read nxt part. waiting waiting as usual,, love you,,n keep up the fabulous works… 🙂 🙂 😀 🙂

    1. maroon says:
      September 27, 2017 at 3:15 pm

      Thanku SJKi… malaka dhaanebaa noony dhiyayas adu iveynebaa. Lets find out in the next part ???

  12. Naufa says:
    September 26, 2017 at 10:53 pm

    Wowww.. Maasha allah.. Vv rythi?❤

    1. maroon says:
      September 27, 2017 at 3:16 pm

      Thanku naufa ??

  13. Anonymous says:
    September 26, 2017 at 11:05 pm

    magey othee hama enmeh shakuvaa eh vaahaka genesdheyleh laskamun kuraa shakuvaa ?????

    1. maroon says:
      September 27, 2017 at 3:17 pm

      Hehe. Dhedhuvahun ehdhuvahu genesdhn.. dhn ekams baalaalaanan ngey thi request furihama kurevyethw ??

  14. Anonymous says:
    September 26, 2017 at 11:08 pm

    mikamaa medhu visnaalaathi ingey ??

  15. Xxxx says:
    September 27, 2017 at 6:04 am

    ??????????????????????

    1. maroon says:
      September 27, 2017 at 3:17 pm

      Thanku xxxx ??

  16. Aiy says:
    September 27, 2017 at 6:05 am

    Wow… v salhi mi part vs… dhn vaane kihineh baa??? Waiting for next part…

    1. maroon says:
      September 27, 2017 at 3:17 pm

      Thanku aiy. Lets see dhw ??

  17. Xxxx says:
    September 27, 2017 at 6:06 am

    Story v.nice dear.waiting

  18. Adha? says:
    September 27, 2017 at 9:42 am

    Malakaa pls goooooooooo with ashvaa.. bappa gaathu eheema fahunves kiyaa dheefaane.. shaim e buni vaahaka ashva bunyass ehenmeehakah adu neevejjeyya shaim e vaahakathah dhogu kohfaane.. so pls goooo..
    Varah reethi mi part ves❤❤
    Waitingss for next part❤❤

    1. maroon says:
      September 27, 2017 at 3:19 pm

      Thanku adha ?
      Malaka kairee thihen bunelaanan ?
      Eyrun egeynethaa hadhaane gotheh
      ??

  19. Twinkle says:
    September 27, 2017 at 9:53 am

    Wow wow maroon ur so good writer. Hih thalhuvaalaafa viyyaa thi nimmaalany komme faharaku vx. I Love this story. This part olso is very nice. Malakaa dhaanebaa dhw. Waiting fr next part. Avas kolladhehchey igey maroon.

    1. maroon says:
      September 27, 2017 at 3:20 pm

      Thanku twinkle. I ll try my best.. malaka dhiyaima dhw ragalhu vaany ?
      ???

  20. LOVE :) says:
    September 27, 2017 at 11:21 am

    V Reethi mi partves.. keehveba malakage dad ehen ebuny???

    1. maroon says:
      September 27, 2017 at 3:20 pm

      Thanku love ??

  21. reader says:
    September 27, 2017 at 12:02 pm

    Ashwa alhe eythi record kobbe. Tyat wouod be naaiiicce

    1. maroon says:
      September 27, 2017 at 3:22 pm

      I ll tell her? lets see if she does ?

  22. mal-mal says:
    September 27, 2017 at 12:36 pm

    story varah reethi. mi inthizaaru kuranee Malaka bappa e dhahkaa vaahaka ingeyne dhuvahakah. I’m curious to the maximum!!! and I badly want Malaka and Shaim to be together!!!! kick out that idiotic Niam!!! 😀 XD

    1. maroon says:
      September 27, 2017 at 3:23 pm

      Thanku mal ?
      In sha Allah maa gina dhuvaheh nuvanees egeyne. Keep waiting. Yh lets do that ??

  23. Tomboy says:
    September 27, 2017 at 12:36 pm

    I don’t like Malaka’s personality. She acts too weird.

    1. LOVE :) says:
      September 27, 2017 at 1:25 pm

      no..she is perfect. ..i have a friend who acts likes this…eating when she is stressed.. smiling and acting perfectly fine when everything goes horrible.. just because someone has a different way to deal with stuff does not make them any weird than us..

    2. maroon says:
      September 27, 2017 at 3:24 pm

      Thanku tomboy kiyaalyma. It is always good have a different opinion ??

  24. Shudha says:
    September 27, 2017 at 1:20 pm

    OHMYGOD… dhn kihineh vaany… i think malakaa aa shaim gulhen beynun vaa vaahaka malakaa dad kairy bunaany hen.. ekam malakaa mom aa dad ekamuga dhebas vedhaane dhw… vaahaka hama habeys… v kiyaa hiyy vey mihaaru… LOVE U MAROON <3

    1. maroon says:
      September 27, 2017 at 3:26 pm

      Thanku shudha. Thives vun ekasheegenvaa kameh. Higaa dhw balama. Loves ???

  25. sam♥ says:
    September 27, 2017 at 4:08 pm

    love this part…. waiting next part love u rooon

  26. click a shot ? says:
    September 27, 2017 at 8:32 pm

    Dhemyhun sakaraai jahaairu varah loabi☺️…dhemyhun dhemyhun ulheygothun hama heveny…alhey malakaa ge mom agree vaanenama…i wish??

  27. Zaain says:
    September 27, 2017 at 8:52 pm

    Marooo…. Fantastic ingey… Malakaa daanvy…. saim dahkaa vaahakatah adu ahan… story kiyaalaairu hama heevany loa kurimaty sifavavaahen… Maroo… spelling mistake takah rangalhah balahchey… baivaru netas ebahuri hama spelling mistake tah…. b careful k…. kyp it up dear…. u can…

  28. maroon says:
    September 28, 2017 at 5:19 pm

    Hey readers. Due to some reason i will not be able to upload the story tonight. In sha Allah will see you tmrw(friday)

  29. reader says:
    September 28, 2017 at 9:28 pm

    Maadhan hendhunu vaane tha?

  30. Twinkle says:
    September 28, 2017 at 10:48 pm

    Ohh. Wating. Morning ga up kollaanekamah ummeedhu kuran igey. Keh madhuvefa mi othy story ah. Hehehe. Love u maroon

  31. Twinkle says:
    September 29, 2017 at 9:12 am

    Vaahaka up vaany kihaa irakun dhaadhi?

  32. maya says:
    September 29, 2017 at 11:32 am

    Miadhu koniraku story up waany
    Waiting maya ah heewany malakaa dhaany hen
    If she goes that will be awesome?
    Hama Maya buni gothah shiyam ah majubooru wegen ehnnu ehen hedhy??waiting for the next part loves

    1. reader says:
      September 29, 2017 at 6:42 pm

      Everyone knew that. BTW it’s Shaim ????

  33. Twinkle says:
    September 29, 2017 at 7:19 pm

    Maroon where is the story. Keh madhu vefa mi iny mihaaru hama rythikn vx. Hehehe..

    1. maroon says:
      September 29, 2017 at 9:02 pm

      Hey . M having a few problems. I dnt think i ll be able to upload it by tonight also. Will meet you soon. ? i feel miserable doing this. Even if i have a slightest option i would upload. Hope you would understand.

  34. reader says:
    September 29, 2017 at 9:54 pm

    Maadhamaa vaanetha?

  35. Malaka says:
    September 29, 2017 at 10:06 pm

    It is so unfortunate roon. Will wait ingey. Hope everything will be fine soon and we get to read the story asap. You are an amazing writer. Dont worry i know you will not leave the readers in the middle unless. see u soon too

  36. maya says:
    September 30, 2017 at 10:51 am

    Alheyy?Maroon
    Miadhu up wedhaane that?
    Hope your problems solve??

  37. mal says:
    September 30, 2017 at 2:28 pm

    Maroo..story up vaane ireh nueh buneveyne tha?

  38. maroon says:
    October 1, 2017 at 2:12 pm

    In sha Allah by thursday

    1. mal says:
      October 1, 2017 at 5:33 pm

      Ok baibs..? we will wait?

  39. Adha? says:
    October 2, 2017 at 5:13 pm

    Miss u maroon.. nd miss this story too?

  40. Song joong ki... KOREAN says:
    October 3, 2017 at 2:55 pm

    Maroon miss you badly.. N this story.. ??

  41. Kia says:
    October 3, 2017 at 6:21 pm

    Alhe avax kohdheeba..i miss this story..????

  42. ކަޔާ says:
    October 3, 2017 at 9:42 pm

    11 ވަނަ ބައި ގެނެސް ދީބަ ވަރަށް ކިޔާ ހިތުން މި ހުރީ

  43. shiru says:
    October 5, 2017 at 2:01 pm

    story plspls

  44. mal says:
    October 5, 2017 at 3:19 pm

    Kbaaa marooon

  45. maroon says:
    October 5, 2017 at 6:04 pm

    Inthizaarugai thibi kudhin. In sha Allah mirey 9:30 ga storyge new chapter akaai eky bahdhalukollaanan.

  46. mal says:
    October 5, 2017 at 6:29 pm

    Yayyyy.. thanx maroo..ehnveye loabi vany??

  47. reader says:
    October 5, 2017 at 8:52 pm

    Yay. 10 ge kurin up kohdheythi adhi 9:30 ah vure las vias. 10 ga eben work eh

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 11←


All Right Reserved!