Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި މަވީ ބޭކާރޭވީ (4)

Psenhi Level 410 Stories100 Comments100 Login
September 27, 2017 3 Mins Read
14 Comments

ޚިޔާލު ތަކަކަށް ގެއްލިފައި އަހަންނަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އަވަސް ފިޔަވަޅު ތަކެއް ނަގަމުން ކުރިއަށް ހިނގައިގަތީ ގަޑި ޖެހިގެން އޮފީހަށް ދިއުމަކީ އަހަރެން ކުއްލި ޙާލަތެއް ދިމާވެގެން ނޫނީ ދުވަހަކުވެސް ކޮށްފައިވާ އަދި ކުރާހިތްވާ ކަމެއް ނޫންވީމައެވެ.
ރީތިވާ މޭޒު ދޮށުގައި ހުއްޓިލައިގެން ހުރިއިރު އަހަރެން އަމިއްލަ ސޫރައަށް ފުންކޮށް ނަޒަރު ހިންގާލީމެވެ. ޅަދޮން އަންހެންކުދިން އެއްއިރެއްގައި ފިދާވި ރަންކުލައާއި ރަތްކުލައިގައިވީ ބޯ ފަން އިސްތަށިގަނޑު ކޮޅަށް ޖެހުމުގެ ބަދަލުގައި ފެންނަނީ ބޮލުގެ މެދު ހުހަށް އޮވެފައި ވަށައިގެން ކުރުކޮށް ކޮށާލެވިފައިވާ ހައެއްކަ އިސްތައްޓެވެ. އެތަށް އަނހެން ޖިންސުއްލަތީފެއްގެ ފިރުމުންތައް އަމާޒުވި ދަތްދޮޅިކޮޅުގައިވާ އަޑިކޮޅުވަނީ ތުނބުޅީގެ އިސްތަށިތަކުގެ ހިމާޔަތް ހޯދާފައެވެ. ހުދުދޮން މޫނަށް ދެތިން ދިމާއަކުން ރޫޖެހިފައިވާއިރު ދެލޮލުގެ ކައިރިއަށް ރޫ ގިނަވެފައިވެއެވެ. ޤުދުރަތުގެ ރީތި މަންޒަރުތައް އިރެއްގައި ސާފުކޮށް ހަމަލޮލަށް ފެނުނަސް މިހާރު އެދެލޯވަނީ ނަންބަރު އައިނެއްގެ ފަހަތުގައި ފަރުދާވެފައެވެ.
މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން އަހަރެން ލައިގެންހުރި އަޅިކުލައިގެ ފަޓްލޫނުގެ ދަށަށް އޮރެންޖު ގަމީސް ޖަހާލީމެވެ. ހިތްހަމަޖެހޭވަރަށް ބެގީ ރީތިކުރެވުމުން ގަމީހުގެ އަތްކުރި އޮޅަނބުއްޓާއި ހަމައަށް އޮޅާލީމެވެ. އެއައްފަހު ‘ގްރޫމް ބްލެކް’ގެ މީރުވަހުން މުޅި ކޮޓަރިތެރެ އެއްވަސްކޮށްލުމަށްފަހު ފައިވާންހަރާއި ދިމާއަށް ހިނގައިގަތީމެވެ.
“އެސްކިއުޒް މީ ސަރ! “ ފަހަތުން ދަންނަ އަޑެއް އިވުމުން އަހަރެން އައިނު ރަނގަޅުކޮށްލަމުން އެދިމާއަށް ބަލާލީމެވެ. ފެންނަންހުރީ އެވަޤުތު ފެންނާނެކަމަށް އެންމެ ހީނުކުރާ ސޫރައެވެ. އަހަރެން އަވަސްއަވަހަށް ހުޅުވައިގެން ހުރި ބޯ ފޮތް ލައްޕާލުމަށްފަހު ކުރިމަތީހުރި އަންހެން ކުއްޖާއަށް ހުރިހާ ސަމާލުކަމެއްދިނީމެވެ.
“އައި ތިންކް ދިސް އިޒް ޔުއަ މޯބައިލް ފޯން އެންޑް ޔޫހޭވް ގޮޓް މައިން ސަރ.” އަންހެން ކުއްޖާ މަޑުމަޑުން ބުނެލިއެވެ. އަހަރެން އަވަސް އަވަހަށް ޖީބުގައިއޮތް ފޯނު ނަގާ ޑިސްޕްލޭ އޮން ކޮށްލީމެވެ. އެއާއިއެކު އަހަރެންގެ ގައިގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ޑިސްޕްލޭއަށ ލާފައިވާ ފޮޓޯއާއި ދިމާއަށް ބަލަންހުރެވުނީ ކަޅިޖަހާލަންވެސް ހަނދާންނެތިފައެވެ. ތުއްތު ކުއްޖަކު އުނގައްލައިގެން ނަގާފައިވާ ފޮޓޯއެކެވެ. ކުރިއަށްވުރެ މޫނުމަތި އުޖާލާވެފައި މެޗުއަރ ވައްތަރުޖެހިއަސް އެއީ ހަމަ އެ ސޫރައެވެ. އަހަންނަށް ހަމަ ބިމަށް އާދެވުނީ އެކުއްޖާ އަނެއްކާވެސް ސަރ އޭ ކިޔާ ގޮވާލުމުންނެވެ. ލައިބްރަރީ ކައުންޓަރުމަތީ ފޯނު ބޭއްވުމަށްފަހު ނަގައިގެން އާދެވުނީ އެހެން މީހެއްގެ ފޯނެއްކަން އެވަގުތު އެނގުނެވެ. އަހަރެން ސޮރީއޭ ބުނެލުމަށްފަހު އެކުއްޖާގެ ފޯނު އެކުއްޖާއަށް ދިއްކޮށްލީމެވެ. އަދި އަހަރެންގެ ފޯނުކަން ޔަޤީން ކޮށްލުމަށްފަހު ފޯނު ޖީބަށްލީމެވެ. ހިތަންއެރިއެވެ. އަހަރެންގެ ހިތުގެވެރިޔާއާއި ބެހޭގޮތުން ސުވާލުކޮށްލަން މިއީ ރަނގަޅު ފުރުސަތެކެވެ. އެ ފޮޓޯގައި އެވަނީ ކާކުތޯއާއި، އެމީހަކާއި އެއަންހެން ކުއްޖާއާއި ހުރީ ކޮން ގުޅުމެއްތޯ ސުވާލުކޮށްލަންވީއެވެ. ނަމަވެސް އަހަރެން އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޝުކުރު އަދާކުރުމަށްފަހު އެކުއްޖާ ގޮއްސިއެވެ. އަހަންނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.
. . .
ރޭގަނޑުގެ ކެއުމަށްފަހު ޖެހިގެން އޮތް ދުވަހަށް ޕްރެޒެންޓޭޝަން ތައްޔާރުކުރަން އަހަރެން ކުރި މަސައްކަތްވީ ބޭކާރެވެ. ސުމަންގެ ހާލަތު މިހާރު ހުންނާނެ ގޮތަކާއި ދޭތެރޭ ވިސްނެނީއެވެ. އޭނާ އަހަރެންގެ ބާބު ނިންމާލުމަށްފަހު ޙަޔާތުގެ އާ ބާބެއް ފެށީކަން ޔަޤީނެވެ. އަހަންނަކީ މިހާރު ސުމަންއަށްޓަކާ ނެތް މީހެއްބާއެވެ. ސުމަން އުޅޭނީ ވަރަށް އުފަލުންބާއެވެ. އެ އަންހެން ކުއްޖާއަކީ ސުމަންގެ ދަރިފުޅުބާއެވެ. ސުމަން އަދިވެސް ހުންނާނީ ކުރިން ހުރިގޮތަށް ހެއްޔެވެ؟ އަހަންނަށް ސުމަން ފެނިއްޖެނަމަ ފާހަގަކުރަން އެނގޭނެބާއެވެ! އަދި ސުމަން އެދުވަހަކުން އަހަރެންގެ މަތިން ހަނދާން ހުންނާނެބާއެވެ؟
. . .
ލޯބިން އަނބިމީހާގެ އަތުގައި ހިފަހައްޓާލައިގެން ހުރި ފިއްޓެގެ ކައިރިއަށް ހުއްޓުމަށްފަހު އަހަރެން ވަރަށް ވަރުބަލިވެއްޖެ ކަމަށް ބުނެ ބަހަނާއެއް ހޯދައިގެން ގެއަށް ދިޔައީ ހިތުގައި ހިނގަމުންދާ ހައިޖާނުގަނޑު ބޮޑުވުމުންނެވެ. ދިލަ ތަދެއް ހިތުގައި ހުރިއިރު ބޮލުގައިވެސް އެވަރަށް ރިއްސާތީ ޕާޓީގައި ހުންނަން ބޭނުންނުވީއެވެ. އޭރުވެސް ދެޖިންސުގެ މީހުން ކައިވެނީގެ ވަދީމާގައި ބައިވެރިވުމަށް ރަށު ސްކޫލްގެ ގޯތިތެރެއަށް ޖަމާވަމުންދެއެވެ.
ދެފަރާތުގައިވާ ހޮޅިދަނޑިތަކުން އަލިކޮށްފައިވާ މަގުތަކުން ހިނގާލާފައިގޮސް ގޭގެ ދޮރުން އެތެއެއަށް ވަދެވުނުއިރު އަހަރެންގެ ހިތްވަނީ އަވަސްވެފައެވެ. ގޭތެރެއިން މީހެއްގެ ހިލަމެއް ނުވުމުން އަނދިރިކަން ވެރިވެފައިވާ ގޯތިތެރެއަށް އަހަރެން ނިކުމެލީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ހިތް އެދޭ ސޫރަ އުޅޭ ހާލެއް ނޭނގޭތީ ހިތް ބިރުގަންނަނީއެވެ.
ދެތިން ފިޔަވަޅު ކުރިއަށް އެޅުމަށްފަހު އަހަރެން މަޑުޖެހިލީމެވެ. އަޑު އަންނަ ދިމާއެއް ޔަޤީން ކޮށްލުމަށް ދެކޮޅު ހޯދާލީމެވެ. އޭރުވެސް މަޑު ގިސްލުމެއްގެ އަޑު އިވެމުންދެއެވެ.
އަހަރެންގެ ހިތުގައި ޖެހުނެވެ. އަހަރެންގެ އެކުވެރިޔާދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. ފިއްޓެއަކަށްވެސް ނިކަމެތި އަންހެންކުއްޖެއްގެ ހިތް ހަލާކުކޮށްލުމުގެ ހައްޤެއް ނޯންނާނެއެވެ. ލޯބީގެ ދަޅަދައްކައިގެން ކައިވެންޔާއި ހަމައަށް އައުމަށްފަހު އެގޮތަށް ކަންތައްކުރުމުން އަސަރުނުކުރާނީ ފަހެ ކޮން ހިތަކަށްހެއްޔެވެ؟
“ކަލޭ ގޮއްސިއްޔާ ދެން އަހަރެންގެ ފަރާތުން ހުންނާނީ ކާކު؟ ދޮންބެ ރައްޓެއްސަކު ކުޓުވައިގެން ދޮންބެވެސް މަށަށް ހެޓަކަށްދީފަ ބުނެފި ނާންނާނަމޭ. އަޅެ ކަލޭނަމަވެސް ވާނީ މިވަރުކަންނޭނގެ. ސަމައްތަރު ހެޔޮ ބައްޓަންރީތި ދޮން މަންޖެއެއް އައިސް އަހަރެންގެ ފައިބުޑަށް ވެއްޓި އާދޭސްކުރަންޏާ މަށަކަށްވެސް ކެތެއްނުވާނެ ދޯ! ކާކުތަ ބުނާނީ އޭނާއަށް 39 އަހަރު ވެދާނެއޭ. ކަލެއަށްވެސް އެނގޭނެދެން ސުމަންކަހަލަ ކުއްޖަކާ މެރީކޮށްގެން މަށަކަށް ނޫޅެވޭނެކަން. ރީތީގެ ގޮތުން ބެލިއަސް ތެޖުރިބާގެ ގޮތުން ބެލިއަސް މީ ހަމަ އެއްވަނަ. މަ ވަރަށް ދެރަވާނެ އެކަމަކު ދެން ކަލޭވެސް ގޮއްސިއްޔާ.”
އެއީ އަހަރެން ފިއްޓެ ކައިވެންޔަށް ރަންކީދުވަހު އަހަރެން ސުމަންއަށް އެހެން ނުހެދުމަށް ތަކުރާރުކޮށް ބުނުމަށްފަހު ފިއްޓެގެ ނިންމުން ބަދަލުނުކޮށްފިނަމަ އެނބުރި މާލެދާން ބޭނުންވާކަމަށް ބުނުމުން ފިއްޓެ ބުނި ބަސްކޮޅެވެ. ޒަމާންވީ ރަޙުމަތްތެރިޔާގެ ޙައްޤުގައި އަހަރެން މަޑުކުރުމަށް ނިންމިއަސް ހަޤީޤަތަކީ އެފަދަ ވަޤުތެއްގައި ސުމަން އެކަނި ދޫކޮށްލުމަށްފަހު ދާން އަހަރެންގެ ހިތް ދެކޮޅުހަދާކަމެވެ.
ސުމަން! އަހަރެން މަޑުމަޑުން ގޮވާލީމެވެ. ސުމަން ސިހިފައި ބޯ ހިއްލާލިއެވެ. އެވަޤުތު އެ މޫނުމަތީގައިވީ ހިތްދަތިކަން ފެނި އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރުތަކަށްވެސް އަސަރުކުރުވިއެވެ. ގޭގެ ބިއްދޮށް ފަރާތުގައި ހުންނަ ހޮޅުއަށީގައި ދެކަކުލުގައި ބޯ އަޅާލައިގެން އިށީނދެ އިނީ އޭނާގެ ތަޤްދީރާއިމެދު ހިތާމަކުރާށެވެ. ގިނައިރު ރުއިމުގެ ސަބަބުން އެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އޭރުވެސް އެދެލޯވަނީ ފެންކަޅިވެފައެވެ.
“ޒައުލް! ކީއްވެ؟ ކީއްވެތަ އެމީހުން އަހަންނަށް އެހެން ހެދީ؟ ކީއްވެ އަހަރެންގެ އިޙްސާސްތަކާއި އެގޮތަށް އެކުޅެނީ؟ ތަޤްދީރުގައި އަހަންނަށް އޮތީ ހުސް ހިތާމަޔާ ހިތްދަތިކަންތަ؟ އަހަންނަށް ދުވަހަކުވެސް އުފަލެއް ލިބުން ނެތީތަ؟ އަހަރެންދެކެ ލޯބިވާ އެކަކުވެސް މިދުނިޔޭގައި ނުވަނީތަ؟ އަހަރެން އެންމެ ތުއްތުއިރު ބައްޕަ އަހަރެން ދޫކޮށްލައިފި. އުމުރުން އަށާރަ އަހަރު ވީއިރު ދުވަހަކުވެސް ބައްދަލެއްނުވޭ. ބައްޕަ ހުންނަނީ ކިހިނެތްކަމެއްވެސް ނޭނގޭ. ބައްޕަގެ އަޑު އަހާލާހިތްވިއަސް ދުވަހަކުވެސް ހާލު ބަލާލަންވެސް ގުޅާނުލާ. މަންމައަށް އަހަރެންމީ ދުނިޔޭގައި ހުރި މީހެކޭވެސް ހީނުވޭ. އަހަރެންމީ މަންމަގެ ދަރިއެއްކަންވެސް ހަނދާން ހުންނަހެނެއް ހިއެއްނުވޭ. ކުޑައިރުއްސުރެ އަޅާލާ ލޯބިދިން މާމައާއި ކާފަ ނިޔާވިއިރު އަހަރެންގެ އުމުރުން އެންމެ ދިހަ އަހަރު. އޭރުއްސުރެ އަހަރެން މިވަނީ ބާކީވެފަ. ބޮޑުބޭބެމެން ދެމަފިރިން ފިޔަވާ ލޯބިން ބަހެއްބުނާނެ މީހަކުވެސް ނެތް. ފިއްޓެއާއި ދިމާވުމުން އަހަރެން ހީކުރީ އަހަރެންގެ ދުނިޔެ އުޖާލާވީކަމަށް. އެކަމަކު ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެހުވަފެންތައް ވިއްސިވިހާލިކޮއްލީ. އެންމެ އިތުބާރުކުރި މީހާވެސް ކެހިދިނީ. އެންމެ ލޯބިވީ ފަރާތްވެސް އަހަރެން ދުނިޔެއަށް ގިނަކޮށްލީ. އަހަރެންމީ ބޭކާރު މީހަކަށް ވެއްޖެ. އަހަންނަކީ އެކަނިވެރިއެއް. އަހަންނަކީ… “ސުމަންގެ އަޑު މަޑުވަމުންގޮސް ކެނޑުނެވެ. ދެން ފެނުނީ ހަރަކާތް ހުއްޓި ބިންމައްޗަށް ވެއްޓެންދާތަނެވެ. އަހަރެން ހުށިޔާރުކަމާއިއެކު ސުމަންގެ ކޮނޑުގައި ހިފަހައްޓާލަމުން މަޑުމަޑުން ނަގާ އަޅޯވަށީގައި ބާއްވާލީމެވެ. އަދި ތަންކޮޅެއް ދުރުން ފެންނަންހުރި ފެންވަޅުގެ ކައިރިއަށް ގޮސް ދާނިން ފެންފޮދެއް ނަގާ އަތްގޮށީގައި ގެނެސް ސުމަންގެ މޫނަށް ފެން ބުރުވާލީމެވެ. ދެވަނަ ފަހަރު ތަކުރާރުކޮށްލުމާއިއެކު ސުމަން ލޯ ހުޅުވާލިއެވެ.
-ނުނިމޭ-

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ޢެދެމޭ އުފާ….(20)

Next

ގޮއްޔެ ބާބު 2 ތޭރަވަނަ ބައި

Next
September 27, 2017

ގޮއްޔެ ބާބު 2 ތޭރަވަނަ ބައި

Previews
September 26, 2017

ޢެދެމޭ އުފާ….(20)

14 Comments!

  1. Mine says:
    September 27, 2017 at 12:26 am

    Is this a joke??

    1. Psenhi says:
      September 27, 2017 at 12:48 am

      Mine ah hevunytha mi kiyaafa. Mee baeh mujthamauthakuga hinga kamaka gulhuvaigen liyefava khiyalee hithamaveri lobyge vahakaeh. Thnkx 4 da comment

    2. boduwaru says:
      September 27, 2017 at 8:44 am

      ASSU WES HEEHEE MOYA WEHJE HAMA JOKE EH MEE MINE !! I AGREE

  2. fan says:
    September 27, 2017 at 9:27 am

    for those who think this is a joke, how rude are you? if there is anything to correct, help the writer positive criticism not with discouraging comments. emmenakah vaahaka liyan neygeyne, ekamaku mitha miulheny ekan kuran dhaskuran beynun talent huri molhethi kudhin.
    BTW this story AMAZING.

    1. Psenhi says:
      September 27, 2017 at 2:07 pm

      Thnkx fan. Mihar dhn ekahala comments thakahves aadha vejje. Hehe no bad feeling 🙂 bad words use nukuranya any comment acceptable

  3. Lorraine says:
    September 27, 2017 at 9:46 am

    This is interesting hama❤
    Suman ah v goi dw ? Suman ge mom aa tha fitte mi marry kury hama

    1. Psenhi says:
      September 27, 2017 at 2:08 pm

      Thnkx. Lets c dhw

  4. kamana says:
    September 27, 2017 at 12:01 pm

    amazing story… a very different perspective.. loved reading this story…

    1. Psenhi says:
      September 27, 2017 at 2:09 pm

      Thnkx. 🙂

  5. Adha? says:
    September 27, 2017 at 12:32 pm

    V. Reethi mi part ves..?❤❤

    1. Psenhi says:
      September 27, 2017 at 2:09 pm

      Thnkx Adha. 🙂

  6. Reem says:
    September 27, 2017 at 2:18 pm

    V reethi different story eh. Love this one. Keep it up

    1. Psenhi says:
      September 27, 2017 at 2:33 pm

      Thnkx Reem

  7. Dhn v foohi says:
    June 1, 2019 at 3:59 pm

    Mi story dhn nuliyaneetha. Foohivey esfiya ge writers mihen hadhaathi..vaahaka ehkoh nuninmenyya nufesheema v nu?

Comments are closed.


All Right Reserved!