Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (18)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
October 8, 2017 5 Mins Read
22 Comments

އާރިކް، އޭނާގެ ސައިކަލުގެ ފަހަތަށް ޔުމްނާ އަރުވައިގެން ދުއްވާލި ވަގުތު އެ ހިތުގައި އެތަށް ޝުޢޫރުތަކެއް އުފެދެމުން ދިޔައެވެ. ޔުމްނާއާއެކު އޭނާއަށް ހޭދަކުރެވުނު އެއްހަފްތާ އަކީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. ޔުމްނާގެ ސޫރަ ފެނުމުން އެހިތަށް ހަމަޖެހުން ލިބިގެން ދަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ޔުމްނާއާ ދޭތެރޭ ކުރެވެމުން ދިޔައީ ދުވަހަކުވެސް އެހެން އަންހެންކުއްޖަކާމެދު ނުކުރެވޭފަދަ އިހުސާސްތަކެކެވެ.

** ** **

ގޭތެރޭގައި އިން ފަރީދު ސިހުނީ އާރިކް އާއެކު ގެއަށް ވަދެގެން އައި ޔުމްނާ ފެނުމުންނެވެ. ސޯފާގައި އިނދެފައި ވަގުތުން އޭނާ ކޮޅަށް ތެދުވިއެވެ.

“ޔު..ޔުމްނާ؟ ކޮންތާކު މިއޮއް ހުރިހާ ދުވަހަކު އުޅުނީ؟” ފަރީދު އައިސް ޔުމްނާ ގާތުގައި ހުއްޓެމުން ސުވާލުކޮށްލިއެވެ. ޔުމްނާ އިސްޖަހާލީ އެވަގުތު އޭނާއަށް ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

“މިޝްކާ! މުނީރު! އާދެބަލަ ނިކަން އަވަހަށް!” ފަރީދު ބާރަކަށް ގޮވާލިއެވެ. އެއާއެކު ކާގޭގައި މެންދުރުގެ ނާސްތާއަށް އިންސާފުކުރަން އިން މުނީރު އާއި މިޝްކާ ސިޓިންގރޫމު ތެރެއަށް ނިކުމެގެން އައެވެ. ޔުމްނާ ފެންނައިރަށް މިޝްކާ ދުވެފައި އައިސް ޔުމްނާގެ ހަށިގަނޑުގައި ބައްދާލިއެވެ.

“ދޮންމަމް.. ނޭނގޭތަ އަހަރެމެން ކަންބޮޑުވެގެން އުޅުނުވަރެއް! ވީގޮތެއް ބުނެބަލަ..” މިޝްކާ ހާސްވެފައި ބުނެލިއެވެ. އެއާއެކު ޔުމްނާ ބަލާލީ އޭނާ ގާތު ހުއްޓިގެން ހުރި އާރިކްއަށެވެ. ފަރީދުއާއި މުނީރުގެ ނަޒަރުވެސް އޭރު ހުއްޓިފައި ވަނީ އާރިކްގެ މޫނަށެވެ. އެންމެންވެސް އާރިކްގެ ކިބައިން ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ފަދައެވެ. އާރިކް ފުންނޭވައެއް ދޫކޮށްލުމަށްފަހު ވާހަކަދެއްކިއެވެ. ނަމަވެސް އެވަގުތު އޭނާއަށް ޖެހުނީ ދޮގު ހަދާށެވެ. ތެދަށް ހުރިހާ ވާހަކައެއް ފަރީދުއަށް ކިޔައިދިނުމަކީ ރަނގަޅު ގޮތެއް ކަމަކަށް އެހިތެއް ނުބުންޏެވެ.

“އަހަންނަށް ޔުމްނާ ފެނުނީ ގަރާޖެއްގެ ތެރޭގަ އައްސާފަ އޮއްވާ.. ޔުމްނާ ބުނީ ނޭނގެއޯ ގެންދިޔަ ބަޔެއް.. އެމީހުންގެ މޫނެއް ނުފެނެއޯ..” އާރިކް މަޑުމައިތިރިކަމާއެކު ފަރީދުއާ ވާހަކަދެއްކިއެވެ. ފަރީދު އޭނާގެ ދަތްދޮޅީގައި އަތްހާކާލަމުން ބޯ ޖަހާލިއެވެ. އަދި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ޔުމްނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އޭނާގެ މީހުންނަށް ގުޅައި، އެ މަސައްކަތް ހުއްޓުމަށް އަންގާލިއެވެ. އެވަގުތު މިޝްކާވެސް ޔުމްނާ ގޮވައިގެން މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. އާރިކް ބޭރަށްދާން ފެށުމުން ފަހަތުން މުނީރުވެސް ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް އޭނާ އާރިކްގެ ކޮނޑުގައި ހިފައި ހުއްޓުވިއެވެ.

“ދޮގެއް ދޯ ދެންމެ ތިހެދީ؟ ކޮންތާކުން ޔުމްނާ ފެނުނީ އަސްލު؟” މުނީރު އަހާލިއެވެ. އާރިކް އެއްމިޔަކުން ހީލިއެވެ.

“ލައި ޑިޓެކްޓަރެއްތަ ތީ؟ މަށަށް ކަމެއް ސިއްރު ކުރެވޭކަށްވެސް ނެތް ދޯ؟” އާރިކް ދުރު ބަލާލަމުން އަހާލިއެވެ.

“ކަމް އޯން.. ޓެލްމީ އާރިކް..” މުނީރު ދެއަތް އުރާލަމުން ބުނެލިއެވެ. އާރިކް މުނީރު އާއެކު ގޮސް އެ ބޮޑު ގޯތިތެރޭގައިވާ ފެންއަރުވާ ވަޑާމުގެ ވަށައިގެން ހަދައިފައިވާ ފާރުކޮޅުގެ މަތީގައި އިށީނެވެ.

“މުނީރު.. އައި ފައުންޑް ހާރ..” އާރިކް އެހެން ބުނެލުމާއެކު މުނީރުއަށް ދެލޯ ހަނިކޮށްލެވުނެވެ.

“ތި ބުނީ؟” މުނީރު އެހެން އަހާލީ ޔަޤީން ނުވާފަދަ ގޮތަކަށެވެ.

“އަޒްކާ.. އަހަރެން އަޒްކާ އަނބުރާ ގެނަސްފިން..” އާރިކް ހުވަފެނީ ގޮތަކަށް ހީލަމުން ބުނެލިއެވެ. މުނީރު ފާޑަކަށް ދެފަރާތަށް ބޯ ހޫރަމުން އާރިކްގެ ކޮނޑުގައި ޖަހާލިއެވެ.

“އާރިކް ކީކޭތަ ތި ކިޔަނީ؟  ސާފުކޮށް މަށަށް ހުރިހާ އެއްޗެއް ކިޔާދީ..” މުނީރު ބުނެލިއެވެ.

“ސާލިމް.. ރެޕަންޒެލް ގެންދިޔައީ ސާލިމް.. ކީއްވެގެންކަން އެނގޭތަ؟ ސާލިމް ގަބޫލުކުރަނީ ރެޕަންޒެލް އަކީ މަގޭ ވީކްނަސް ކަމަށް.. މަށަށް އަދިކިރިޔާ މި އެނގުނީ ސާލިމްގެ މީހުން އަބަދުވެސް މަށަށް ފާރަލާކަން.. ދެން އަހަރެން ގޮސް ބުނީ ރެޕަންޒެލް ދޫކޮށްލާށޭ.. ދެން އޭނަ މަށަށް ދިނީ ދެ ޗޮއިސް.. ރެޕަންޒެލް ހެއްޔޯ ނޫނީ އަޒްކާ ހެއްޔޯ ސަލާމަތްކުރަން ބޭނުމީ؟” އާރިކް ސީރިއަސް ކަމާއެކު ކިޔާދިނެވެ.

“އޯ މައި ގޯޑް.. ދެން ކަލޭ ޗޫސް ކުރީ ޔުމްނާ ދޯ؟” މުނީރު ކަންބޮޑުވެފައި އަހާލިއެވެ.

“އިހަށް މަޑުކޮށްބަލަ މަ ހުރިހާ އެއްޗެއް ކިޔާދީ ނިމެންދެން..” އާރިކް އެހެން ބުނުމުން މުނީރު ހިމޭންވިއެވެ. އަދި އާރިކްގެ ވާހަކަ ކުރިއަށް ގެންދިއުމަށް އިޝާރާތްކޮށްލިއެވެ.

“މަ އެ ގަޑީގަ ހުރީ ވަރަށް ހާސްވެފަ.. ދެން މަ ހެދި ގޮތަކީ ރެޕަންޒެލް ގޮވައިގެން އެތަނުން ނިކުމެގެން އައީ.. ނަސީބެއް އެމީހުންނަށް އަހަރެމެން އަތުނުވިކަން.. ދެން ރެޕަންޒެލް ހޮޓެލްއެއްގެ ރޫމްއަކަށް ލާފަ މަ އަނބުރާ ދިޔައީ ސާލިމް ގާތަށް.. ދިޔަތަނުން ސާލިމް އެއްބަސްވެއްޖެ މަށަށް އަޒްކާ ވިއްކަން.. ނޭނގެ އަސްލު ކީއްވެކަމެއް.. ހީވާގޮތުން އެމީހުންނަށް ކޮންމެވެސް ފައިނޭންޝަލް އިޝޫއެއް ކުރިމަތިވީ.. ދެން މަ ޓްރާންސްފާރ ކޮށްދިނީ އެމީހުން ބޭނުންވި ޢަދަދު.. އެހެންވެ އަޒްކާ ލިބުނީ..” އާރިކްގެ ވާހަކަ ނިމުމުންވެސް މުނީރު އާރިކްއަށް ބަލަން އިނީ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ.

“އެހެންވީމަ މިހާ ހިސާބުން އާރިކް އެ ގޭންގާ ދުރުވީ ދޯ؟ އައި އެމް ސޯ ހެޕީ ފޯ ޔޫ ބްރޯ..” އިރުކޮޅެއްފަހުން މުނީރު ހިނިތުންވެލަމުން ބުނެލިއެވެ. އެންމެފަހުން އާރިކް އެކަންތައްގަނޑުން ސަލާމަތްވީތީ އޭނާ އެކުވެރިޔާއަށްޓަކާ އުފާކުރިއެވެ.

“އަދި އެންމެ ސަޅި ތަންކޮޅު.. ގެއަށް އައިސް ވަންނައިރަށް މަށަށް ލިބުނީ ސަޕްރައިޒްއެއް.. ބައްޕަ އިނީ ގޭތެރޭގަ..” އާރިކް ބުނެލިއެވެ.

“ވަޓް؟ ކަލޭގެ ދޮންބައްޕަ އެންމެފަހުން ހޭއެރީ؟ މަ ގެންދެބަލަ ތިގެއަށް.. އަޒްކާ އާ ރަޝީދުބޭ ދެކެން ބޭނުންވެއޭ މަވެސް..” މުނީރު ބުނެލިއެވެ. އެއާއެކު އާރިކް ހީލަމުން ބޯ ޖަހާލިއެވެ. އަދި ޖުވައިރިޔާ ކަންތައްކުރި ގޮތުގެ ވާހަކަވެސް މުނީރުއަށް ކިޔާދިނެވެ.

“އަސްލު މަވެސް ބޭނުން އާރިކްގެ މަންމައަށް ހައްގު އަދަބު ލިބޭތަން ބަލަން.. ކިތައް ކަންތައްތަ އޭނަ އެކުރީ؟ ފުރަތަމަ އަޒްކާ އާއިލާއާ ދުރަށް ފޮނުވާލީ.. ދެން ރަޝީދުބޭ ސިޑިން ކޮއްޕާލީ.. އެ ހާދިސާގެ ސަބަބުން އެ ފަކީރުގެ ހަނދާން އެއްކޮށް ނެތިގެން ދިޔައީ.. އަދި އެވަރުން ފުދުނީކީ ނޫނޭ! އޭނަ ރަޝީދުބޭ މަރާލަން މަސައްކަތްކުރީ.. އެކަމަކު އޭނަގެ އެ ރޭވުން ކާމިޔާބެއް ނުވި.. މިހާރު ފިލައިގެން ދިޔައީ.. ފިލައިގެން ދިޔަޔަސް އެކަހަލަ މީހުންނަކަށް އުފަލުގައެއް ނޫޅެވޭނެ..” މުނީރު ބުނެލިއެވެ.

“ތި ބުނީ ތެދެއް.. އަހަންނަށް ހީވަނީ މަންމަ ދާނީ އިނގުރައިދޫއަށްހެން.. އެތަނުގައި ވިއްޔަ މަންމަގެ އާއިލާގެ މީހެއް ހުރީ..” އާރިކް ވިސްނުންތެރިކަމާއެކު ބުނެލިއެވެ.

“އޭ ދެން ތިއެއް ނޫނޭ.. މަ ސުވާލެއް ކޮށްލަންތަ؟” މުނީރު އެހެން އަހާލުމާއެކު އާރިކް ބޯ ޖަހާލިއެވެ.

“އާރިކް ހަމަ އަސްލަށްވެސް ލޯބިވަނީތަ ޔުމްނާ ދެކެ؟” ނުވިސްނާ ހުއްޓާ މުނީރު ކޮށްލި ސުވާލުގެ ސަބަބުން އާރިކްއަށް ތެޅިގަނެވުނެވެ.

“އޭނ؟ ނޫން.. އެއީ ކަލޭގެ މައިދައިތައެއްނު؟ މަ ކީއްކުރަން އޭނަ ދެކެ ލޯބިވާންވީ؟” އާރިކް ނުވާކަމަށް ހަދާފައި ބުނެލިއެވެ.

“ދޮގު ނުހަދައްޗޭ.. މަށަށް ފެނެއޭ އާރިކް އޭނައަށް ކެއާރ ކުރާ ވަރު.. އަނެއްކާ ސާލިމް ޔުމްނާ ގެންދާއިރަށް ތެޅިގަނެފައި އެދިމާއަށް ދިޔައީ ކީއްވެއޯ؟ ތި ހިތް ޔުމްނާއަށްޓަކާ ވަނީ ކަފަކޮޅެއްހާ މަޑުވެފައި.. މަށަށް އެކަން އެނގެއޭ..” މުނީރު ދިމާކުރާ ރާގެއްގައި ވާހަކަދެއްކިއެވެ.

“ދެން ދައްކާ ވާހަކަ.. މަ ދެން ދަނީ އިނގޭ..” އާރިކް އެހެން ބުނުމަށްފަހު ބާރުބާރަށް ހިނގާފައި ގޭޓާ ދިމާއަށް މިސްރާބުޖެހިއެވެ. އާރިކް ދިޔަ ދިމާއަށް ބަލަހައްޓައިގެން މުނީރު އިންއިރު އެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

** ** **

ރޭގަނޑުގެ ވަގުތު ފެންވަރާލައިގެން ނިކުތް ޔުމްނާ ސިހުނީ ކޮޓަރީގައި އިން ފަރީދު ފެނުމުންނެވެ. ހަމަޖެހެން މަސައްކަތްކުރަމުން އޭނާ ގޮސް ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުއްޓުނެވެ. އޭރު ފަރީދުގެ ނަޒަރު އޭނާގެ ފަރި ހަރަކާތްތަކަށް ހުއްޓިފައި ވިއެވެ.

މަތިން ނިދަންލާ ފިޔާތޮށި ކުލައިގެ ހެދުން ލާފައި ވީއިރު ޔުމްނާގެ އުނަގަނޑާ ހަމައިން ތުވާލި އައްސާލާފައިވެއެވެ. އެ ދިގު އިސްތަށިގަނޑު ވިނަވާލުމަށްފަހު ޔުމްނާ އެހެން ތުވާއްޔަކުން އިސްތަށިގަނޑުގައިވާ ފެންތައް ހިއްކަން ފެށިއެވެ. އެ ދޮން މޫނުމަތީގައި ފެންތިކިތައް ހަރުލާފައި ވީއިރު ފަރީދުއަށް އެ މަންޒަރު ފެންނަމުން ދިޔައީ ޖާދުވީ ގޮތަކަށެވެ.

“އެ މީހުން އެއްވެސް އަނިޔާއެއް ކުރިތަ؟” ކަންބޮޑުވެފައި ފަރީދު ސުވާލުކޮށްލުމުން ޔުމްނާ ދެފަރާތައް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“މާދަމާ ވާނެ އެއީ ކޮން ގަރާޖެއްކަން ބުނެދޭން.. އޭރުންނެއްނު ތަހުޤީޤު ކުރެވޭނީވެސް؟” ފަރީދު އެހެން ބުނުމުން ޔުމްނާއަށް ތެޅިގަނެވުނެވެ. އާރިކް ދޮގު ހެދުމުން އޭނާވެސް ޢަމަލުކުރަން ޖެހޭނީ އެ ދޮގާ އެއްގޮތަށްކަން އެވަގުތު އެ ސިކުނޑިއަށް ވިސްނިގެން ދިޔައެވެ.

“ނޫން.. އެކަންތަކާ ދެން އަޅާނުލާ.. ދެން އަހަރެން އެކަނި ތަންތަނަށް ނުދިޔައީމަ ނިމުނީނު؟” ޔުމްނާ އެ ވާހަކަ ހިންދާލުމުގެ ގޮތުން ބުނެލިއެވެ. އެވަގުތު ފަރީދު އޭނާގެ ދަތްދޮޅީގައި އަތް ހާކާލަމުން ބޯ ޖަހާލިއެވެ. ޔުމްނާއަށް އެހެން ހެދި ބަޔަކު ހޯދަން އޭނާ ކިތަންމެ ބޭނުންވި ނަމަވެސް ޔުމްނާގެ ރުހުމާއި ނުލާ އެއްވެސް ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ފުރަގަހުން ޔުމްނާގެ ތުނި ހަށިގަނޑުގައި ބައްދާލިއެވެ. ފަރީދުގެ ބީހުންތަކުން އުނދަގޫވި ނަމަވެސް ޔުމްނާ ފަރީދުގެ އެއްވެސް ހަރަކާތެއް ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ލުއި ފަތެއްހެން ޔުމްނާގެ ހަށިގަނޑު އުފުއްލާލައިގެން ގެންގޮސް ފަރީދު އެނދުގައި ބާއްވާލިއެވެ.

** ** **

ވަރުބަލި ގޮތަކަށް އަޝްފާން ދެލޯ ހުޅުވާލިއެވެ. ކޮޓަރި ތެރެއަށް އެޅިފައިވާ އިރުގެ ރަންދޯދިތަކުގެ ސަބަބުން ފަތިސްވީކަން އޭނާއަށް އެނގިގެން ދިޔައެވެ. ޔުމްނާގެ ޑައިރީ މޭގައި ޖައްސާލައިގެން އޮތްއިރު ރޭގައިވެސް އޭނާއަށް ނިދުނީ ޔުމްނާގެ ހަނދާންތައް އާކުރުމުގައި އުޅެނިކޮށްކަން ހާމަވެއެވެ. ފާޚާނާއަށް ވަންނަން ދާން އުޅެފައިވެސް އޭނާއަށް އޮވެވުނީ ކަންނެތްކަން އިހުސާސްކުރެވެމުން ދާތީއެވެ. އިރުކޮޅެއްނުވެ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އާރިކްކަން އެނގުމުން އޭނާ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.

“މަންމަ އެބަ އުޅޭ ދޯ ތި ކޮޅުގަ؟” ފޯނު ނެގުމާއެކު އާރިކް ކޮށްލި ސުވާލުގެ ސަބަބުން އަޝްފާންގެ ނިދިވެސް ފިލައިގެން ދިޔައެވެ. ޖުވައިރިޔާ މިކޮޅުގައި އުޅޭ ވާހަކަ ބުނަން އުޅެފައިވެސް އޭނާގެ ޚިޔާލު ބަދަލުވިއެވެ. ޖުވައިރިޔާ އޮތީ އޭނާ މިކޮޅުގައި އުޅޭ ވާހަކަ އާރިކްމެންގާތު ނުބުނާށޭ ބުނެފައި ވިއްޔާއެވެ.

“ނޫން.. ކިހިނެއްވީ؟” އަޝްފާން އަހާލިއެވެ.

“އެހެންތަ؟ ހަމަ ތެދެއްތަ ތި ބުނީ؟” ޔަޤީންނުވާފަދަ ގޮތަކަށް އާރިކް އަހާލިއެވެ.

“އާނ.. މިކޮޅުގައި ޖުވޭއްތަ ހުރިއްޔާ މަށަށް ނޭނގި ހުންނާނެތަ؟” ހިނިގަނޑެއް ޖަހާލަމުން އަޝްފާން ބުނެލިއެވެ.

އާރިކް ފޯނު ބޭއްވުމާއެކު އަޝްފާންއަށް ދެލޯ ހަނިކޮށްލެވުނެވެ. އެތަނުން އެއްވެސް މީހެއް ގާތު ނުވެސް ބުނެލައި ޖުވައިރިޔާ މިރަށަށް އެއައީ ކީއްވެގެންބާއޭ އެހިތަށް އަރަމުން ދިޔައެވެ. އަނެއްކާ އެ ޢާއިލާ ތެރޭގައި މައްސަލައެއް ޖެހުނީ ހެއްޔެވެ؟ ދެކޮނޑު އަރުވާލަމުން އަޝްފާން ގޮސް ފާޚާނާއަށްވަދެ ފެންވަރާލިއެވެ.

ގޭގެ އެންމެން ހެނދުނުގެ ނާސްތާ ކުރަން އިންއިރު އަޝްފާންއަށް އިރުއިރުކޮޅާ ޖުވައިރިޔާގެ މޫނަށް ބަލާލެވެއެވެ. ކާން އިން ތަށި ހާވާލަ ހާވަލަ އިން ޖުވައިރިޔާގެ އަނގައަށް އެންމެ ކާއެތިކޮޅެއްވެސް ނުދެއެވެ. ޖުވައިރިޔާގެ ވިސްނުމާއި ފިކުރު ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ.

އަޝްފާންގެ ފޯނަށް އާރިކް އަނެއްކާވެސް ގުޅަންފެށީ އަޝްފާން ކާމޭޒު ދޮށުގައި އިންދައެވެ. އޭނާ ފޯނު ނެގުމުން މިފަހަރު އާރިކް އެދުނީ ސީމާ އަތަށް ފޯނު ދިނުމަށެވެ. މާބޮޑު ވިސްނުމަކާ ނުލާ އަޝްފާން އޭނާގެ މަންމަ އަތަށް ފޯނު ދިއްކޮށްލިއެވެ.

“މަންމާ.. އާރިކް ބޭބެ ފޯނެއް..” އަޝްފާން އެހެން ބުނުމާއެކު ޖުވައިރިޔާއަށް އެދިމާ ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. ސީމާ ފޯނުގައި ހިފައި ވާހަކަދައްކަން ފެށުމުން ޖުވައިރިޔާއަށް ތުންފަތުގައި ދައިގަނެވުނެވެ. ސީމާ ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަށްޓަކާ އޭނާގެ ދެކަންފަތް ކޮޅަށް ޖެހިގެން ދިޔައެވެ.

“ދައްތަމެންގެ ހާލު ރަނގަޅު އިރާދަކުރެއްވިއްޔާ.. އާރިކްމެން މިކޮޅަކަށް ނާންނަންތަ؟ މަންމަ އެކަނި ވިއްޔަ މިފަހަރު އެއައީ؟” ސީމާ ހެވިފައި ހުރެ ވާހަކަދެއްކިއެވެ.

“އޭނ.. ކީކޭ؟ ރަޝީދު ހޭއެރިއޭ؟ ސުބުހާނަﷲ! ތީ ހާދަ އުފާވެރި ޚަބަރެކޭ.. މަންމަ ނުވެސް ދައްކާ ވިއްޔަ ތިކަހަލަ ވާހަކައެއް؟” ސީމާ އެހެން ބުނެލީ ޖުވައިރިޔާއާ ދިމާއަށް ކަޅިއެއް އެއްލަމުންނެވެ. ޖުވައިރިޔާ އެވަގުތު ބެލީ ސީމާއާ ހަތަރުކަޅި ހަމަނުކޮށްވޭތޯއެވެ. ސީމާގެ ވާހަކައިގެ ސަބަބުން އަޝްފާންއާ ހާރޫންގެ ނަޒަރުވެސް އެދިމާއަށް ހުއްޓިފައި ވިއެވެ.

“އޭނ؟ އަ..އަޒްކާ އެނބުރި އައީއޭ؟ މަރުވެފައިވާ މީހެއް ކިހިނެއް އެނބުރި އަންނާނީ؟ ކީކޭ އާރިކް ތި ކިޔަނީ؟” ދެން ސީމާ ބުނެލި އެއްޗެއްގެ ސަބަބުން އެތަނުގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމުގެ ކުލަވަރެވެ. ސިހުނުވަރުން ޖުވައިރިޔާގެ އަނގައިގައިވާ ކާއެތިކޮޅުވެސް ބޭރުވެގެން ދިޔައެވެ. ސާލިމް ހަމަ އަޒްކާ އާރިކްއާ ހަވާލުކުރީހެއްޔެވެ؟ އައި ރުޅީގައި އޭނާއަށް ދެއަތް މުއްކަވާލެވުނެވެ.

“އެ.. އެހެންތަ؟ މަޑުކޮށްލައްޗޭ..” ސީމާ އެހެން ބުނުމަށްފަހު ޖުވައިރިޔާއަށް ފޯނު ދިއްކޮށްލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޖުވައިރިޔާ އެ ފޯނުގައި ހިފިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ދުރުގައިވިޔަސް…38 ވަނަ ބައި

Next

ޖިސްމު (1)

Next
October 8, 2017

ޖިސްމު (1)

Previews
October 8, 2017

ދުރުގައިވިޔަސް…38 ވަނަ ބައި

22 Comments!

  1. Liaa says:
    October 8, 2017 at 5:25 pm

    Hey guyyss.. I am soo sorryy.. Liaa balivegen up nukurevunii.. But hope u like this part as well..
    And ingey sorry akun nufudheynekan.. So to make it up for u guys, Liaa up kohdheynan mirey another part. And maadhamaa another part <3
    Loves <3

  2. Ahoo says:
    October 8, 2017 at 5:29 pm

    Awww me first dhw ????

    1. Liaa says:
      October 8, 2017 at 6:03 pm

      Yes:)

  3. Xna says:
    October 8, 2017 at 5:31 pm

    Alheyyy…Yumna ah loabi libeyne gotheh nehtha?..kitahh meehun ekuhjaa ge beynun kohlaa fahun tha romantic relation eh libeynee?.. salhi stry.

  4. sana says:
    October 8, 2017 at 5:33 pm

    It ok lia if you up the story it’s ok for we and very very very nice story?????????????????????????????????????????????????????????????????????????

  5. Azka says:
    October 8, 2017 at 5:42 pm

    very very very nice story???????????????????????????????????????????????????

  6. Azoo ✨ says:
    October 8, 2017 at 5:43 pm

    Wooow ?✨

  7. seenko says:
    October 8, 2017 at 5:44 pm

    nice story and it ok lia ??????????????????????????

  8. sama says:
    October 8, 2017 at 5:46 pm

    How are you liaa?? Wow!Wow! Nice story

  9. laisha says:
    October 8, 2017 at 5:49 pm

    Wooow you are the best writer ?????

  10. khajja says:
    October 8, 2017 at 5:54 pm

    Wow masha allah stry v v v awsome ??? whn nxt prt avaskolladhybala plx ??❤❤???????????

  11. Shudha says:
    October 8, 2017 at 5:55 pm

    ???????????????????????????????????????????????????????

  12. ashfan says:
    October 8, 2017 at 6:38 pm

    aarik aa yumna gulhu van vynu dhn..
    edhe myhun vrh gulhey hn hyve…???mashah vure

  13. zuvan A Z U says:
    October 8, 2017 at 7:13 pm

    liaa . koba andhirifaraai

  14. Alisha says:
    October 8, 2017 at 7:19 pm

    ????????????????????????????????❤?❤?❤???❤???????????❤?❤?❤?❤?❤?❤?❤
    Very nice story

  15. anm says:
    October 8, 2017 at 7:20 pm

    V V Reethi. Thankolhe avahah up kohladheebala

  16. Hafeez says:
    October 8, 2017 at 7:43 pm

    Varah Reethi. Bodah Heevani Ashfaan and Aaric Fareedh athun yumna hoadhan fight kuraanee hen. I guess. Waiting for next. Avas kohlachchey can’t wait. Varah reethi mi story mi dhaa goeh.

  17. Xxxx says:
    October 8, 2017 at 7:59 pm

    Like this story…nice

  18. Nadheema says:
    October 8, 2017 at 8:00 pm

    Ahan liaa mihaar rangalhuvaane GWS ingey by the way stry is nice
    ????

  19. Airee❤ says:
    October 8, 2017 at 9:36 pm

    gws loved this stry very much and curious to read this stry waiting for the nxt part??

  20. Haw Shia shaba shiar says:
    October 8, 2017 at 10:18 pm

    Liaa ah avas shifaaeh minvaru kuranvaashi, ameen, masha Allah mi part ves v reethi, waiting for next part

  21. Almaa says:
    October 8, 2017 at 10:29 pm

    Thanks

Comments are closed.


All Right Reserved!