އާޝާގެ ކޮޓަރީގެ ހަމަހިމޭންކަން ނެތިގެން ދިޔައީ ކޮޓަރި ދޮރު މަޑުމަޑުން ވިޔަސް މީހަކު ހުޅުވާލުމުންނެވެ. ނިދިފައި އޮތް އާޝާޔަށް އެކަން އިޙްސާސް ކުރެވި ނިދި ލުއިވެއްޖެއެވެ. ނަމަވެސް ހަރާކަތެއްނުކޮއް އޮވެވުނީ އެއީ ނިދީގައި އޮތްއިރު ހީވި ހީވުމެއް ކަމަށެވެ. އަދި އާޝާ ނޫން އެހެން މީހަކު މިގަޑީ އެކޮޓަރިޔަށް ނުވަދޭވެނެ ކަމުގެ ޔަޤީންކަންވެސް އޮތީމައެވެ. ގައިން ހީބިހި ނަގައިގެން ދިޔާއީ ދެން އިވުނު އަޑަކުންނެވެ. އާޝާގެ ކޮޓަރީގެ ދޮރު ޖެހިއަޑެވެ. ސިހިފައި އެދިމާ ބަލާލެވުނީ ގަނެފައި ހުރި […]
ރޭގަނޑުގެ އެންމެ ހިތްގައިމު ވަގުތެވެ. ލޮލުގައި ނިދީގެ އަސްރު ހުއްޓަސް އާޝާ ބޭނުންވީ ފޯނާ ކުޅެލަން އޮންނާށެވެ. އެންމެ ހިތް އެދޭ ޒުވާނާ އައިމަން އާއި ވާހަކަ ދައްކާލުމަށެވެ. އާޝާގެ ހިތުގައި ސިއްރުކުރެވިފައިވާ ލޯބި ހާމަ ނުކުރިޔަސް އައިމަން އަށްވެސް އެކަން އިނގޭކަހަލައެވެ. ކޮންމެ ވަގުތެއްގައި ވިޔަސް އާޝާއި ވާހަކަދެއްކުމަށް މާ އުނދަގޫ ކަމަކަށް ނުހަދައެވެ. ވާހަކަ ދައްކަމުން ދިޔައީ މެސްޖްގެ ޒަރިއްޔާއިން ކަމަށްވާތީ ލޮލަށްބަރުވެ އާޝާ އަށް ނިދިޖެހޭކަށް މާގިނައިރުތަކެއް ނުވިއެވެ. އާޝާ އަށް ކުއްލި […]