Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (19)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
October 8, 2017 5 Mins Read
19 Comments

“އެ.. އެހެންތަ؟ މަޑުކޮށްލައްޗޭ..” ސީމާ އެހެން ބުނުމަށްފަހު ޖުވައިރިޔާއަށް ފޯނު ދިއްކޮށްލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޖުވައިރިޔާ އެ ފޯނުގައި ހިފިއެވެ. ފޯނު ކަންފަތުގައި ޖެހުމަށްފަހު އޭނާ މޭޒު ދޮށުގައި ތިބި އަޝްފާން އާއި ސީމާ އަދި ހާރޫންއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު އޭނާ ފޯނު ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.

“މަންމާ؟ ކިހިނެއްތަ ވެގެން އުޅެނީ؟ އަޒްކާއޭ؟” ހައިރާންވެފައި ހުރި އަޝްފާން ސީމާ ގާތު އަހާލިއެވެ. އޭރު ސީމާވެސް އިނީ ފާޑަކަށް ހުއްޓުން އަރާފައެވެ.

“ދަރިފުޅާ.. އަޒްކާ މަރެއް ނުވެއޯ.. އަޒްކާ ކުޑައިރު ބަޔަކު އަޒްކާ ވަގަށް ނެގީއޯ.. އަދި ކިރިޔާއޯ އެ ފެނުނީ..” ސީމާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު އަޝްފާންގެ ދެލޯ ހަނިވެގެން ދިޔައެވެ.

“ވަޓް؟ ދެން ކީއްވެ އެ މީހުން އަޒްކާ މަރުވީއޭ ކިޔާފައި އަހަރެމެންނަށް ދޮގު ހެދީ؟ އެހާ ބޮޑު އޮޅުވާލުމެއް؟” އަޝްފާން ހިތްހަމަނުޖެހިފައި އިނދެ ބުނެލިއެވެ. އަޝްފާންގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ހާރޫންވެސް ބޯ ޖަހާލިއެވެ.

“މަންމައަކަށް އެއްގޮތަކަށް ވެސް ނޭނގެ ކީއްވެކަމެއް…” ސީމާ ބުނެލިއެވެ. އަދިވެސް އޭނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ހީވާގޮތުން އެކޮޅުން އިވިގެން ދިޔަ ވާހަކަ ޤަބޫލުކުރަން އަދިވެސް އެހިތް ދެކޮޅު ހަދަނީއެވެ.

** **

ޖުވައިރިޔާ އާރިކްއާ ވާހަކަ ދައްކަން ފެށީ ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހުގައެވެ. ދަތްކުނޑި ވިކާފައި ހުރިއިރު އެ މޫނުމަތިން އޭނާ ރުޅިއައިސްފައިވާ މިންވަރު ހާމަވެއެވެ.

“ސީމާމެން ކައިރީގައޭ ތި ބުނީ؟ މަ ނުބައި ކޮށްފަ ކަލޭ ހުރިހާ ވާހަކައެއް ތި ކިޔާދިނީ ދޯ؟” އާރިކް ސީމާ ގާތު ހެދީ ދޮގުކަން ނޭނގޭ ހާލު ޖުވައިރިޔާ ރުޅިވެރިކަމާއެކު ވާހަކަދެއްކިއެވެ.

“މިހާރު މޮޅު ލިބިފަ މިއޮތީ ކާކަށް؟ މަންމަ ހީކުރީތަ މަންމަ ތި ރާވާ ރޭވުންގަނޑު ކާމިޔާބުވާނެއޭ؟” މަލާމާތުގެ ރާގަކަށް އާރިކް ބުނެލިއެވެ. އާރިކްގެ ވާހަކައިން ޖުވައިރިޔާގެ ރުޅި ވީ އިތުރަށް ގަދައެވެ.

“މަ ހުރިހާ ކަމެއް ކުރީ މަށާ ކަލެއާގެ އުފަލަށޭ..” ޖުވައިރިޔާ ދަތްކުނޑި ވިކައިގެން ހުރެ ވާހަކަދެއްކިއެވެ. މަޑުން ވާހަކަދެއްކި ނަމަވެސް އެ އަޑުގައިވާ ނުރުހުންވުން އާރިކްއަށް ރަނގަޅަށްވެސް ފާހަގަވިއެވެ.

“ބަލަ މަންމަ ކޮންއިރަކުތަ އަހަރެންގެ އުފަލަކީ ކޮބައިތޯ ބަލާލީ؟ އަހަރެންގެ އުފަލަކީ އަޒްކާ.. އަދި އަރޫޝާ.. އަދި އަހަރެންގެ ދޮންބައްޕަ.. ތީ އެއްވެސް އިރެއްގަ އަހަރެންގެ އުފަލަކީ ކޮބައިތޯ ބެލި މީހެއްނޫން.. ތީ އަމިއްލަ އެދުމުން ފޯވެފައި ހުރި މީހެއް.. ލަދުގަނޭ ތީ އަހަރެންގެ މަންމައޭ ބުނަންވެސް..” އާރިކް ހަރުކަށިކަމާއެކު ވާހަކަދެއްކިއެވެ. ޖުވައިރިޔާ ދެރަވެސްވިއެވެ. ނަމަވެސް ގޮތް ދޫކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“އަހަންނަށްތަ އަދިވެސް ނުވިސްނިގެން މިއުޅެނީ؟” ރުންކުރު ގޮތަކަށް ޖުވައިރިޔާ އަހާލިއެވެ.

“މިއޮއް ހުރިހާ ދުވަހަކު މަންމައަށް ރަނގަޅު ގޮތް ނުވިސްނުނީތީ އަހަރެން ހަމަ ހައިރާން ވެއްޖެ.. އަޒްކާ އެނބުރި އައިސްފި މަންމާ.. އެ ކުއްޖާގެ މޫނު ދެކިލާކަށް ވެސް ނާންނާނަންތަ؟” އާރިކް މިފަހަރު ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އަޒްކާގެ ނަން އިވުމާއެކު ޖުވައިރިޔާ ހިމޭންވިއެވެ. އޭނާގެ ލޮލުގެ ކަޅި އެކި ދިމަދިމާއަށް ހަރަކާތްކުރަމުން ދިޔައިރު އޭނާ ބުނާނެ އެއްޗަކާ މެދު ވިސްނަނީކަން ހާމަވެއެވެ. ނަމަވެސް އެ ސިކުނޑީގައިވާ އެއްޗެއް އޭނާގެ ދުލަކަށް ނައެވެ.

“ހީނުކުރައްޗޭ ރަށަށް ދެވުނަސް މަންމަ މިކަމުން ސަލާމަތްވެވުނީއޭ.. އަހަރެން ބައްޕަ އާއި އަޒްކާއަށް އިންސާފު ހޯދާނަން..” ޖުވައިރިޔާ އެއްޗެކޭ ނުބުނުމުން އާރިކް ބުނެލިއެވެ.

“ކަލޭމެން އަތުގައެއް ނުހުންނާނެ އަހަރެންނާ ދެކޮޅަށް އެންމެ ހެއްކެއް ވެސް..” ޖުވައިރިޔާ ދެރަނުވާންވެގެން ބުނެލިއެވެ. އެވަގުތު އެކޮޅުން އާރިކް ފުންނޭވައެއް ދޫކޮށްލި އަޑު އިވިގެން ދިޔައެވެ.

އާރިކް ފޯނު ކަނޑާލުމަށްފަހު އެއް އަތް އޭނާގެ ފަން އިސްތަށިގަނޑު ތެރެއަށް މަހާލިއެވެ. ސިޓިންގރޫމު ތެރޭގައި އޭނާ ކޮޅަށް ހުރިއިރު ސޯފާތަކުގައި މުނީރުގެ އިތުރުން އަރޫޝާ އާއި ރަޝީދު އިނެވެ. މޫނުގައި ދެއަތް އަޅައިގެން އިން އަރޫޝާ ގެންދިޔައީ ހުއްޓުމެއް ނެތި ރޮމުންނެވެ. ޖުވައިރިޔާގެ އެ ގޮތް ދޫނުކުރުމުގެ ސަބަބުން އޭނާގެ ހިތަށް އަސަރުކުރީއެވެ.

“މަންމަ ކީއްވެތަ އަދިވެސް އެހެން އެއުޅެނީ؟ މާފަށް އެދޭނަމައެއްނު؟ އޭރުން އަހަންނަށް އެނގޭ ބައްޕަ ވެސް މަންމައަށް މާފުކޮށްދޭނެކަން.. އެކަމަކު ނޫން.. މަންމަ ބޭނުމެއްނުވޭ ގޮތް ދޫކުރާކަށް..” ދެލޯ ފުހެލަމުން އަރޫޝާ ވާހަކަދެއްކިއެވެ. ރަޝީދު އަރޫޝާގެ ބޮލުގައި ފިރުމާލިއެވެ.

“ކީއްކުރާނީ ދަރިފުޅާ؟ އެއީ މަންމަގެ މިޒާޖު..” ރަޝީދު މަޑުމަޑުން ބުނެލިއެވެ.

“ދަރިފުޅު އަނެއްކާ އޯކޭތަ މަންމައާ ދެކޮޅަށް ދަޢުވާކުރިޔަސް؟ ދަރިފުޅު އެއްބަސް ނޫނީޔާ ބައްޕަ މިހުރީ މަންމައާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާ ގޮތަށް އިނގޭ..” ރަޝީދު އަރޫޝާ ގާތު ލޯތްބާއެކު ބުނެލިއެވެ. އޭނާ އެހެން ބުނުމާއެކު އަރޫޝާ އަނެއްކާވެސް ގިސްލަގިސްލާފައި ރޯން ފެށިއެވެ.

“ބައްޕާ.. ކިތަންމެ ގޯސް ގޮތަށް ކަން ކުރިޔަސް އެއީ އަހަރެންގެ މަންމައޭ.. މަންމަ ދެރަވާތަން ބަލަން އަހަންނަކަށް ކެތެއް ނުވާނެ..” އަރޫޝާ ރޮމުން ބުނެލިއެވެ. އެވަގުތު އާރިކް ވާހަކަ ދައްކަން އަނގަ ހުޅުވާލި ނަމަވެސް ރަޝީދު އަތުގެ އިޝާރާތުން އެކަން ހުއްޓުވިއެވެ.

“އަރޫޝާ ބޭނުން ނުވަންޏާ އާރިކްއާ މުނީރުއާ ދެމީހުން ޖުވައިރިޔާއާ ދެކޮޅަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ.. އެކަމަކު އަހަރެން ޖުވައިރިޔާ މިނިވަންކުރާނަން.. އެއީ އޭނާއަށް ލިބިގެންދާނެ ސަޒާއަކީ..” ރަޝީދު މަޑުމައިތިރިކަމާއެކު އެހެން ބުނުމުން އާރިކްއަށް އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

“ކޮބާތަ އަޒްކޮ މިހާރު؟” މައުލޫ ބަދަލުކޮށްލަމުން ރަޝީދު އަހާލިއެވެ.

“ނިދިފަވީ.. ދެންމެ މުނީރުބެއާ އެއްކޮށް ވަރަށް ސަކަރާތްޖަހަޖަހާފަ ވަރުބަލިވެގެން ކަންނޭނގެ ނިދުނީ… އަޒްކޮ އުޅުނު ގޮތުން ހީވަނީ މުނީރުބެކީ އޭނާގެ ޒަމާންވީ ރަހުމަތްތެރިއެއްހެން ވިއްޔާ..” ކަރުނަތައް ފުހެލަމުން އަރޫޝާ ބުނެލި ވާހަކައިން އެންމެންގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ގެނުވިއެވެ.

“އަހަރެން މިހެން ހުއްޓަސް ކުޑަކުދިން އަހަންނާ ވަރަށް ރައްޓެހިވާނޭ..” ފުލުސް ޔުނީފޯމުގައި ހުރި މުނީރު އޭނާގެ ބެޖު ދައްކާލަމުން ފޮނިވެލާފައި ބުނެލިއެވެ. އެއާއެކު އާރިކް މުނީރުގެ ކޮނޑުގައި ބޮނޑިއެއް އަޅުވާލިއެވެ. މުނީރު ގޮވައިގެން އޭނާ އެގެއިން ބޭރަށް ނިކުތެވެ.

“ކިހިނެއް މިވީ؟ ޕްލޭންއާ މުޅިން އިދިކޮޅަކަށްނު ކަންތައް މިވީ؟” ގެއިން ނިކުތް ގޮތަށް މުނީރު ބުނެލިއެވެ. އާރިކް މަޑުމަޑުން ބޯ ޖަހާލިއެވެ.

“ދެން ބައްޕަ އެއްބަސް ނޫނިއްޔާ އެކަމެއް ނުކުރެވޭނެ ދޯ..” ވިސްނުމެއްގައި ހުރެ އާރިކް ބުނެލިއެވެ. އުނަގަނޑުގައި ދެއަތް ވިއްދާލަމުން އޭނާ އުޑާ ދިމާއަށް ނަޒަރު ހިންގާލިއެވެ.

** **

6 މަސްދުވަސް ފަސް…

ކަންނެތް ގޮތަކަށް ޔުމްނާ ދެލޯ ހުޅުވާލިއެވެ. ބޮލަށް އެނބުރުން އަރާ ކަހަލަ ގޮތެއް ވެފައި ހުންނާތީ އޭނާއަށް ތެދުވާކަށް ނުކެރުނެވެ. ދެލޯ މަރައި ފިއްތާލަމުން އޭނާ އަނެއްކާވެސް ނިދޭތޯ އުޅުނެވެ. އޭނާ ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ ފަރީދު އައިސް އެކޮޓަރީގެ ދޮރު ހުޅުވާލާފިއެވެ. ފަރީދު އައިސް ޔުމްނާ އޮތް އެނދުގެ މަގަތުގައި އިށީނުމުން ޔުމްނާ ގައިގެ ނެތް ހިއްވަރެއް ލާފައި ތެދުވެ އެނދުގައި އިށީނެވެ.

“ބަލީތަ؟” ޔުމްނާގެ ނިތްކުރީގައި އަތް ޖައްސާލަމުން ފަރީދު ސުވާލުކޮށްލިއެވެ.

“ބޮލަށް އެނބުރު…” ޔުމްނާއަށް އެ ޖުމްލަ ފުރިހަމަމޮށްލާނެ ފުރުސަތެއް ނުލިބުނެވެ. އޯކާ ދެމެމުން އޭނާ ފާޚާނާއާ ދިމާއަށް ދުއްވައިގަތެވެ. ފަރީދުވެސް ކަންބޮޑުވެފައި ހުރެ އެދިމާއަށް ހިނގައިގަތެވެ.

“އަނެއްކާ….؟” މޫނު ދޮވެލައިގެން ޔުމްނާ ފާޚާނާއިން ނިކުތް ވަގުތު ފަރީދު އެހެން ބުނުމުން ޔުމްނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޕީރިއަޑް ނުވާތާ އެއް މަހަށްވުރެ ގިނަ ދުވަސްވެއްޖެކަން ވިސްނުނު ހިނދު އޭނާގެ މެއަށް ފާޑެއްގެ ގޮތެއް ވެގެން ދިޔައެވެ. އަނެއްކާ އޭނާ ބަނޑުބޮޑުވީ ހެއްޔެވެ؟

“މިރޭ ޓެސްޓު ހަދަން ދާން ތައްޔާރުވައްޗޭ.. ހިނގާ ދެން ސައިބޯން ދާން..” ފަރީދު ބުނެލިއެވެ. އެ މޫނުމަތިން ފެންނަމުން ދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ނަމަވެސް ޔުމްނާގެ ހިތުގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައެވެ. އުމުރުން އެންމެ 18 އަހަރުގައި ދަރިޔަކު ބޭނުންވާނީ ކާކު ހެއްޔެވެ؟ ލިބިފައިވާ ނުތަވަސްކަމާއެކު އޭނާ ދެއަތް ދެއަތާ މޮޑެން ފެށިއެވެ. ހާސްވުމުގެ ސަބަބުން އޭނާގެ ނިތްކުރިން އޮށްދާ ހިއްލަން ފެށިއެވެ.

** **

އިލޮށިފަތި ހިފައިގެން ކުނިކަހަން އޮތް ޖުވައިރިޔާ ތެދުވެ ހިންދެމެލީ ބަރޯ ހިފައިގެން ގޭދޮށަށް އައި ހާރޫން ފެނުމުންނެވެ. އޭރު އޭނާ ގެންދިޔައީ ހިތާހިތުން ކުދި ކިޔަމުންނެވެ. ކޮންމެ ދުވަހަކު ގުދު ބިންދައިގެން އޭނާއަށް މި ގޭދޮށް ކުނިކެހޭނެ ހެއްޔެވެ؟ މިއޮއް ހުރިހާ ދުވަހަކު އަރާމު ތަނަވަސް ދިރިއުޅުމެއް އުޅުނު ޖުވައިރިޔާއަށް ރަށްފުށުގެ ދިރިއުޅުން އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. ފާއިތުވި ހަ މަސްދުވަސް އޭނާއަށް ވެގެން ދިޔައީ ބޮޑު ތަކުލީފަކަށެވެ.

ހާރޫން ބަރޮލުގައި ހުރި މަސްތައް ނަގައި އެ ގޯތިތެރޭގައިވާ އިސްކުރު ދޮށުގައި އިށީންދެ، މަސްތައް ދޮންނަން ފެށިއެވެ. ދެއަތް އުރާލައިގެން ހުރެ ޖުވައިރިޔާ އެދިމާއަށް ދިޔައެވެ. އަދި ހާރޫން ހުރި ހިސާބާ ދާދި ގާތުގައި ހުއްޓެލިއެވެ.

“ގަރުދިޔަ ނޫން އެހެން އެއްޗެއް މިގެޔަކު ނުހަދާ ދޯ؟” ފޫހި ގޮތަކަށް ޖުވައިރިޔާ އަހާލިއެވެ.

“ގަރުދިޔަ އަކީ ދިވެހިންނަށް އެންމެ މީރު އެއްކާނާއެއްނު؟” ހާރޫން ނިތްއަރުވާލަމުން ބުނެލިއެވެ.

“ދެން މާލޭގައި އުޅުނުހާ އަރާމުކޮށް މިތަނަކު ނޫޅެވޭނެދޯ.. އަސްލު ކީއްވެތަ ރަޝީދު ޖުވައިރިޔާ ވަރިކުރީ؟” ހާރޫން އެހެން އަހާލުމުން ޖުވައިރިޔާ ދެބުމަ ގޮށް ޖަހާލިއެވެ.

“މަގޭ ދިރިއުޅުމުގެ ކަންތައްތަކަށް މަލާމާތްކުރަން ކަލޭ ތީ ކާކު؟ ކަލެއަށް އުޅެވުނީ ވަނި ރަނގަޅަށްތަ؟ ސީމާއާ އިނދެގެން ހުރެ އެހެން އަންހެނަކާ އެކީ ގަނޑު ގަތްއިރު؟” ޖުވައިރިޔާ މަލާމާތުގެ ރާގަކަށް އެހެން ބުނުމުން ހާރޫންގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. އޭނާ ފާޑަކަށް ޖުވައިރިޔައާ ދިމާއަށް ބަލާލިހިނދު އެ މޫނުމަތިން ދާތިކިތައް ފާޅުވާންފެށިއެވެ. އަޑުއިވޭ ހިސާބުގައި ސީމާ ހުރިތޯ ބަލާ ހޯދާލުމަށްފަހު އޭނާ ޖުވައިރިޔާއާ ވާހަކަދެއްކިއެވެ.

“ކާކު ޖުވައިރިޔާ ގާތު ދެއްކި ވާހަކައެއްތީ؟” ހާރޫން ހަރުކަށިކަމާއެކު އަހާލިއެވެ.

“ކޮން ވާހަކައެއް؟” ހާރޫންއާ ޖުވައިރިޔާ ސިހިގެން ދިޔައީ އެ ގޭތެރެއިން ނިކުމެގެން އައި އަޝްފާންގެ އަޑަށެވެ. ފެހި ކުލައިގެ އަތްދިގު ގަމީހެއްލައި ބެގީކޮށްފައި ހުރިއިރު އަޝްފާން އެހުރީ އޮފީހަށް ދާން ތައްޔާރުވެގެންކަން ހާރޫންއަށް އެނގުނެވެ.

“މީ… އެއީ އެއްޗެއް ނޫން.. ދަރިފުޅާ އޮފީހަށްދޯ ތިދަނީ؟ ސައިބޮއިފިން؟” ހާރޫން ވާހަކަ އޮޅުވާލަމުން އަޝްފާން ގާތު އަހާލިއެވެ.

އަޝްފާން މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި ހާރުން ގާތު ކޮޅަށް ހުރި ޖުވައިރިޔާއަށް ބަލާލުމަށްފަހު ގޯތިތެރެއިން ނިކުމެގެން ސްކޫލާ ދިމާއަށް ހިނގައިގަތެވެ. މިހާރު އޭނާ ރަށު ސްކޫލުގެ އާރޓް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރާތާ ދެމަސް ވެގެންދިޔައީއެވެ. މަޑުމަޑުން ހިނގަމުން ދިޔައިރު އޭނާގެ ސިކުނޑީގައި ހަރުލާފައި ވަނީ ދެންމެ ޖުވައިރިޔާ ދެއްކި ވާހަކަތަކެވެ. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އޭނާއަށް ޖުވައިރިޔާއާ ހާރޫންއާ ދެމެދު ދެކެވުނު ވާހަކަ އަޑުއިވުނެވެ. އޭނާގެ ބައްޕަ ހަމަ އަސްލުވެސް އޭނާގެ މަންމައާ އިނދެގެން ހުރެ އެހެން އަންހެނަކާ ގުޅުން ބޭއްވީބާއޭ އެހިތަށް އަރަމުން ދިޔައެވެ. ނޫނީ އެއީ ޖުވައިރިޔާ ހަދަހަދައިގެން ދެއްކި ދޮގު ވާހަކައެއް ހެއްޔެވެ؟

** **

“މަރުހަބާ.. އަންހެނުން ބަނޑުބޮޑު..” ޑޮކްޓަރުގެ އެ ޖުމްލައާއެކު ފަރީދުގެ މޫނުމަތީގައި ދުވެލީ އުފާވެރި ހިނިތުންވުމުކެވެ. ނަމަވެސް ޔުމްނާއަށް ކުރެވިގެން ދިޔައީ މުޅި ދުނިޔެ އެނބުރިގަތް ކަހަލަ އިހުސާސެކެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ޑޮކްޓަރު ގާތު ކީކޭހޭ އަހާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 13

Next

ސޮރީ…

Next
October 8, 2017

ސޮރީ…

Previews
October 8, 2017

ލޯބިން ހިނިތުންވެލާށޭ 13

19 Comments!

  1. Liaa says:
    October 8, 2017 at 10:16 pm

    hEY guys!! This part is a little bit short as it is a bonus part to make it up for u guys.. But maadhan genasdhey regular part dhigu kollaanan insha Allah.. 🙂
    Hope kuran kamudhaane kamah:)
    Loves <3

  2. Haw Shia shaba shiar says:
    October 8, 2017 at 10:26 pm

    Masha Allah mi part ves v reethi, waiting for next part

  3. Rikko says:
    October 8, 2017 at 10:28 pm

    V nice…

  4. azeen says:
    October 8, 2017 at 10:33 pm

    ahchydi fareedhuge dhariakah tha ..dhen ehn vehjehya v hadi vahaka.

  5. Shiya says:
    October 8, 2017 at 10:34 pm

    Thnks bixeekn ulhemunves up kohdineema deduvahun ehduvahu vaahaka genes deveykah nehtha

  6. yaloon says:
    October 8, 2017 at 10:36 pm

    wow .. vrh reethi ekm
    yumna dhn preg vy ma kada dhw vrh ..fareedh vx dhn yum varikuran vehjje ehnu ..avahah aarik n yumna gulhuvaba

    1. Xee says:
      October 8, 2017 at 11:29 pm

      Yaa that’s a very bad news vvv hadi vaane fareedu nd yumnaa no no no no way plx some how plx divorce them eyrun maa salhi vaane
      nd mihaaru fareduge ethibee bodethi Vefa thibi darin ves den aachi di plx liaa do something plx plx den
      Waiting…..

  7. Shaa says:
    October 8, 2017 at 10:54 pm

    Fareedhuge dhariakah prg veema hadi

  8. Aireen❤ says:
    October 8, 2017 at 11:04 pm

    Noon varah foohi e fareed ge dhari akah yum preg veetha ekam stry v intrest igey waiting for the upcoming episod☺☺

  9. Hil says:
    October 8, 2017 at 11:28 pm

    Varah salhi mi part vess.

  10. khajja says:
    October 8, 2017 at 11:28 pm

    Alhey fareedhu haadha avahakah yumnaa balive thibeyndhy!! Ehaa lhaumuruga vihanvejjenama anhenunnah gellun vaakan fareedhu sh neyngunyma nuvisnunyma v dheravejje?? ekam dhen kykkuraany ehenve eyothyvefa? ekam v hyvey ekujjaa baigendhaanehen bt stry v rythi masha allah whn nxt prt avaskolladhechchey gud nyt ly ???❤?????

  11. Girll says:
    October 9, 2017 at 12:07 am

    Oh shit. So ashfaan and yum he same mum dhw. Yesss.. Finally. Eyrah arik ah yum libeyni

  12. sana says:
    October 9, 2017 at 8:55 am

    Wow!waiting for next part ??????????????????????

  13. Nadheema says:
    October 9, 2017 at 12:44 pm

    Aslubunantha vaahaka Hama have ekam Dhen faharakun liaa vaane angaalan thankolheh kurin nugenes dhevenyaa ingey mihen bunaa iru ves ingey undhagoo vaanekan but vvv bodah hih thelhunuviyaa mifaharu ves so Hama hiyaaleh dho????

    1. Nadheema says:
      October 9, 2017 at 12:46 pm

      Vaahaka habeys* ingey olhuni

  14. Adha? says:
    October 9, 2017 at 12:54 pm

    Alhey dhen hsma yim preg veetha? so sad… ekam mi part ves hama varah reethi
    Waitingss ❤❤❤❤

    1. Adha? says:
      October 9, 2017 at 4:14 pm

      Hama yum**

  15. Alvyn says:
    October 9, 2017 at 1:08 pm

    Just ewww… Dhn oldyy akaa marry kohgen preg v ma story v hadhi.. Hykury Aarik ah kamah yum lubeynyy.

  16. Aisha says:
    October 9, 2017 at 2:14 pm

    Wow,,,its really nice,,dhen kihinen vaane…..waiting for nx ep….

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (20)←


All Right Reserved!