Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސޮރީ…

Shaz Level 110 Stories
October 8, 2017 4 Mins Read
7 Comments

(އަށް ވަނަ ބައި)

ވިއްސައިގެގޮސް ދުރުގައި ހުރި ގާ ފުންޏެއްގެ މައްޗައް އަހަރެން ވެއްޓުނު ކަން އެނގެއެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ހޭއެރި އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި ކައިލްއާއި ކައިލްގެ މަންމަ ހުއްޓެވެ. ރޮއެރޮއެ ކައިލްގެ ދެލޯ ހުރީ ރަތްވެ ދުޅަވެސް ވެފައެވެ.

“ބަލް. ބަލް…. ޑޮކްޓަރ” އަހަރެން ލޯހުޅުވާލުމާއެކު ކައިލް ތެޅިގަތެވެ. ކައިލްގެ މަންމަވެސް ފުންމައިގެން ތެދުވިއެވެ. އެއާއެކު ޑޮކްޓަރަކާއި ނަރުހެއް އައިސް އަހަރެންގެ ކޮޓަރިއަށްވަނެވެ.

“މިސް ބަލްގީޝް. ކޭންޔޫ ހިއަރމީ” ޑޮކްޓަރ ވާހަކަ ދެއްކީ މަޑުމައިތި ކަމާއެކުއެވެ. އަހަރެން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިނަމަވެސް އަޑެއް ނުނިކުތެވެ. ބޮލުގައި ގަދަ ރިހުމެއް ހުރިއިރު ފައިގައިވެސްވަނީ ފާޑެއްގެ ބަރެކެވެ. އެހެންކަމުން ބޮލުގެ އިޝާރާތުން އަޑުއިވޭކަމުގައި އަހަރެން ބުނީމެވެ.

“ޑޫޔޫ ނޯ ދެމް” ކައިލްއާއި ކައިލްގެ މަންމައަށް އިޝާރާތްކޮށް ޑޮކްޓަރ ބުންޏެވެ. އަހަރެން ބޯޖަހާލީމެވެ. އެއާއެކު އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ޑޮކްޓަރ ދިޔައެވެ. ދަމުން ކައިލްއަށް ޑޮކްޓަރ އާއެކު ދިޔުމަށް އަތުގެ އިޝާރާތުން ބުންޏެވެ. އެއާއެކު ކައިލް ދިޔައެވެ.

“ބަލް. އަޅެ ދައްތައަށް ބަލް ކަމުނުދަނީއެއް ނޫނޭ. ދައްތަ ވަރަށް ލޯބިވާ ކުއްޖެއްތީ. ކައިލްގެ ދިރިއުޅުމަށް ގެންނަން ދައްތަ ބޭނުންވި ކަހަލަ ކުއްޖެއްތީ. ބަލް ދުވެފަ ދިޔައީ ދައްތަ ދެކޭ ގޮތުގައި ދައްތަގެ ސަބަބުން. ބަލް އަށް ތި ލިބުނު ދެރަ..” އެހިސާބަށް ބުނެފައި ކައިލްގެ މަންމައަށް ރޮވުނީއެވެ. އެވަގުތު ކައިލްވެސް އައިސް އެކޮޓަރިއަށްވަނެވެ. ކައިލްވަނުމާއެކު ކައިލްގެ މަންމަ ރޮމުން ހިނގައްޖެއެވެ.

“ބަލް.. ޑޮކްޓަރ ބުނީ ދެތިން ދުވަސްތެރޭ ބަލް ރަނގަޅުވާ ވަރެއް ބަލާފަ ދޫކޮށްލާނަމޭ” ކައިލް އަހަރެންގެ އަތުގައި ހިފާލަމުން ބުންޏެވެ.

އަހަރެން ހަނދާންވީ އަހަރެންގެ ބަނޑުގައި އޮތް ދަރިފުޅު މަތިންނެވެ. އެއްވެސް ތޮޅުމެއް ނުނީ ދަރިފުޅުގެ އެއްވެސް އިހުސާސެއް އަހަންނަށް ވާހެންނެއް ހީއެއްނުވެއެވެ.

“ދަ… ދަ…ރި..ފު..ފު..ޅު” އުނދަގުލުން އަހަރެން ބުނީމެވެ. އެއާއެކު ކައިލްގެ ދެލޯ ފުރިގެން ކަރުނަތައް ފައިބައިގަތެވެ.

“ބަލް. އަރާމުކޮށްލާ. އެކްސިޑެންޓަށްފަހު ހަތަރު ދުވަސްފަހުން ތި ހޭއެރީ… ބޭބީ ރަނގަޅޭ” ކައިލް ބުންޏެވެ.އަދި އަވަސް އަވަހަށް ލޯފޮހެލިއެވެ. އެހެންނަމަވެސް އެކަރުނަތައް ނުހިފެހެއްޓުނެވެ. ހޯސްލާފައި ފައިބަނީއެވެ. އުނދަގުލުން އަހަރެން ބަނޑުގައި އަތްކާއްތާލީމެވެ. އެހެންނަމަވެސް މުޅި ބަނޑުގަވެސްވަނީ ބެންޑޭޖްއަޅައިފައެވެ.

“ނެ…ތް” އަހަރެން ބުނިއެއްޗެއް ކައިލް ދެނެގަތެވެ. އަދި އަހަރެންގެ އަތުގައި ހިފާ އަތުން ދޮނެއްނެގިއެވެ.

“ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ދެން އަރާމުކޮށްލާ” ކައިލް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

“ބައްލު..” އަހަންނަށް އެއަޑެއް ނޯޅޭނެއެވެ. އުނދަގުލުން އަހަރެން ބަލާލީ އެހެންވެއެވެ. އާއެކެވެ. ކޮޓަރީގެ ދޮރުމަތީ އެހުރީ އުލްވާންއެވެ.

އުލްވާން ފެނުމާއެކު އަހަންނަށް ރޮވުނެވެ. އަޑު ނުނިކުތަސް ދެލޯފުރިގެން ބަންޑުންލިއެވެ. އުލްވާންއައި ގޮތައްއައިސް އަހަރެންގެ އަތުގައި ހިފާލިއެވެ.

“އަހަރެން މިއައީ.. ދެން ނުރޮވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ބައްލު އުފާވާނެއެއްނު އަހަރެން އުފާވީމަ. އަހަރެން މިހުރީ ވަރަށް އުފަލުން. ބައްލުއަށް އެނގޭތަ އަހަރެން މިހާރު މެރީވެސް ކޮށްފިން. ބައްލުއާ އެގޮތައްވާހަކަ ދެއްކުނީމަ ޝައްފަ ހުރީ ވަރަށް ދެރަވެފަ. ޝައްފަ މިފަހަރު އަހަރެން ފޮނުވީވެސް. ބައްލު އެކްސިޑެންޓްވީ ވާހަކަ ކައިލް ބުނީމަ އަހަރެން އެވާޙަކަ ބުނީމަ ޝައްފަ ބުނީ ދާށޭ ބައްލުގެ ހާލު ބަލަން” އުލްވާން ވާހަކަ ދެއްކީއަހަރެންގެ އަތުގައި ހިފައިގެން އިނދެއެވެ.

“ދަ… ރި…ފު… ދަރި… ފު..ޅު” އުނދަގުލުންވެސް އަހަރެން މަސައްކަތް ކުރީ އަހަރެންގެ ދަރިއަށްވީ ގޮތެއްބަލާށެވެ.

“ބައްލޫ…މިގަޑީގަ ދެންވާހަކަ ނުދައްކާ..ޑޮކްޓަރ ބުނެފައޮތީ އަރާމު ބޭނުންވާވަހަކަ.. އަރާމުކޮށްލާ.. ބޭބީ ރަނގަޅޭ” އުލްވާންގެ ލޮލުން އައިސްފައި ހުރި ކަރުނަތައް އަވަސް އަވަހަށް ފޮހެލަމުން އުލްވާން ބުންޏެވެ. އެވަގުތު ނަރުސްކުއްޖެއް އައިސް އިންޖެކްޝަނެއް ޖަހަން ތައްޔާރުވެލިއެވެ.

“ދި އިސް ފޯ ޕެއިން އެންޑް ޓް ސްލީޕް. ޔޫ ނީޑް ރެސްޓް.” ހިތްހެޔޮކަމާއެކު އެކުއްޖާވާހަކަ ދެއްކިއެވެ. އަދި އިންޖެކްޝަން ޖެހުމަށްފަހު އުލްވާންއާ ކައިލްވެސް އަހަރެންނަށް ރެސްޓް ދިނުމަށް އެދެމުން އެކުއްޖާދިޔައެވެ.

އިންޖެކްޝަންގެ އަސަރު ކުރަންފެށުމާއެކު އަހަރެންގެ ދެލޮލަށް ބަރުވާންފެށިއެވެ. ނިދެމުން ދިޔައިރުވެސް ދަރިފުޅަށްވީގޮތެއް ބަލަން އަހަރެން ބޭނުންވާކަން އުލްވާންއާއި ކައިލްއަށް އަންގަމުން ދިޔައީމެވެ.

ވާނުވާ އެނގެންފެށިއިރު ޑޮކްޓަރުން އަހަރެންގެ ބޮލުގައި ހުރި ބެންޑޭޖްތައް ނައްޓަނީއެވެ.

“މިސް ބަލްގީޝް ހައުއާރ ޔޫ ފީލިންގްނައު.” އަހަރެންގެ ބޮލުގައި ރިހުމަށް ވަރަށް ބޮޑަށް ލުއިވެފައިވާކަން އެނގެއެވެ. ގައިގަ އޮޅާފައި ހުރި ގިނަ ބެންޑޭޖްތައްވަނީ ނައްޓައިފައެވެ. އެކްސިޑެންޓްގައި ލިބިފައި ކުދި އަނިޔާތައްވަނީ ރަނގަޅުވެފައެވެ. ރަނގަޅުނުވެ ވަނީ ބިނދިފައިވާ އަހަރެންގެ ފަޔާއި ބޮލެވެ. ބޮލުގެ ދެތިން ތަނެއްވަނީ ފަޅައިގެންގޮސްފައެވެ.

“ފައިން” މިފަހަރު ފަސޭހަކަމާއެކު އަހަންނަށް ވާހަކަވެސް ދެއްކުނެވެ.

“އައިވިލް ޑިސްޗާޖް ޔޫ ވިތިން ތުރީ ޑޭސް. ނައު ޔޫއާ އޯކޭ” ބޮލުގައިވާ ބޭސްގަނޑު ބަދަލުކޮށްފައި ދަމުން ޑޮކްޓަރ ބުންޏެވެ.

އުލްވާންއާއި ޝައްފައާއި ކައިލްގެ އިތުރުން ކައިލްގެ މަންމަވެސް އަހަރެންގެ ގާތުގައި ހުއްޓެވެ. އަހަރެން ރަނގަޅުވަމުން އަންނާތީ އެންމެންވެސް ތިބީ އުފަލުންނެވެ.

“ކިތައް ދުވަސް” މަޑު މަޑުން އަހަރެންބުނެލީ ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ހޭދަވެފައިވާކަމުގެ އިހުސާސް އަހަންނަށް ކުރެވުނީމައެވެ.

“އިއްޔެއަށް މަހެއް” ކައިލްއައިސް އަހަރެންގެ ގާތު އިށީނެވެ.

“އެހެންވިއްޔާ އަހަރެން އަންނަ މަހު ވިހާނެދޯ” ހިނިތުންވެލަމުން އަހަރެންބުނީމެވެ. އެއަށްފަހު އަހަރެންގެ ބަނޑުގައި ފިރުމާލީމެވެ. އެހެންނަމަވެސް ބޮޑުކޮށްއޮތް އަހަރެންގެ ބަނޑު އޮތީ ހިނދިފައެވެ. ސުވާލުން ފުރިގެންވީ ގޮތަކަށް އަހަންނަށް ފަހަރަކު މީހެއްގެ މޫނަށް ބަލައިލެވުނެވެ.

“ބަލް.” ކައިލްއައިސް އަހަރެންގެ އަތުގައި ހިފާލަމުން ކައިރީގައި ހުރިގޮނޑީގައި އިށީނެވެ.

“ބަލްއަށް ލިބުނީ ގާރލް އެއް. ބޭބީގެ ހާލު އަދިވެސް ވަރަށް ސީރިއަސް. ބަލް އެކްސިޑެންޓްވެގެން ގެނައި އިރު ބޭބީގެ ވިންދެއްވެސް ނެތް. އެންމެ ފުރަތަމަވެސް ސިޒޭރިއަން ހަދައިގެން ބޭބީ ނެގީ. އެހެންނަމަވެސް ބޭބީއަށް އަވަސް ފަރުވާއެއް ދެވުނީމަ ވިންދު ޖަހަންފެށީ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުންނާއި ހާޓް ބީޓް ރަނގަޅުނުވުމާއި ބޭބީގެ ނޭވާލާ ނިޒާމް ރަނގަޅަށް އުފެދިފައި ނުވާތީ އަދިވެސް ހާލު ސީރިއަސް” ކައިލްގެ ވާހަކަ ނިމުނު އިރު އަހަރެންގެ ހިތުގެ ތެޅުން އަވަސްވެގެން ގޮސް އޮބިނޯވެއެވެ.

“އަހަރެންގެ ދަރިފުޅުގާތައް ގެންގޮސްދީ” އަހަރެން ރޮވެގަތީމެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އެން އައި ސީ ޔޫ ކުރިމައްޗައް އަހަރެންނަށް އެރުނުއިރު އަހަރެންގެ ހިތްއަވަސް ވެފައިވާވާވަރުން އަހަރެންގެ ފައިބިނދިފައި އޮތްކަމެއްވެސް ނޭނގެއެވެ.

“ނާރސް. މައި ޑޯޓަރ..” ކައިލް އަހަންނަށް އެތަނުގެ ދޮރުހުޅުވައިދިނެވެ. އެއާއެކު އެތެރެއިން ނުކުތް ނާރސްއެއް އަހަރެންގެ ނަމާއި މައުލޫމާތު އޮޅުންފިލުވިއެވެ. އަދި ބޭބީއޮތް ބެޑް ދައްކާލިއެވެ. އެއާއެކު ކައިލް އަހަރެންގެ ގޮނޑި ކުރިއަށް ދުއްވާލިއެވެ. މަޑުމަޑުން  ކައިރިވަމުން ގޮސް އަހަންނަށް އަހަރެންގެ ދަރިފުޅު ރީތިކޮށް ފެންނަ ހިސާބަށް އާދެވުނެވެ. “މާޝާ ﷲ.” އެދަރިފުޅުގެ އެއްވެސް ހަރަކާތެއްނެތެވެ. މުޅި ހަށިގަނޑުގެ އެތަން މިތަނަށް ގުޅާފައި ހުރި އެކިއެކި މެޝިންތަކުން ބީޕް ބީޕް ކިޔާލަ ކިޔާލަ ހުއްޓެވެ. ކުޑަކުޑަ ދެއަތް ވަނީ ތަކުރާރުކޮށް އެއްޗެހި ގުޅުމުގެ ސަބަބުން ދުޅަވެގެން އަރާފައެވެ. ފީޑް ކުރާ ހޮޅި ގުޅާފައި އޮތް އިރު ދެފައިގައިވެސް ދެވައްތަރެއްގެ އެއްޗެހި ގުޅާފައިހުއްޓެވެ. ކުޑަކުޑަ ނޭފަތައް ވަނީ ނޭވާލާ ހޮޅި ގުޅާފައެވެ. ދަރިފުޅުގެ ކުޑަކުޑަ އަތުގައި ހިފާލާއި ފިރުމާލީމެވެ.  މައިވަންތަކަމުގެ އިހުސާސް އަހަރެންގެ ހަށިގަނޑުގެ ތެރޭގައި އުތުރިއަރައިގަތެވެ.

“ނާރސް. ޝީ ވިލް ގެޓް ނޯމަލް ރައިޓް” އަހަންނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

“އައި ކާންޓް ސޭ އެނީތިންގް މޭމް” އެކުއްޖާ މާޔޫސް ކަމާއެކު ބުންޏެވެ.

“ނާރސް. ހޭވް ޔޫ ގޮޓް ދަ ރިޒަލްޓް އޮފް ބޭބީ ވަން ޒީރޯ ފައިވް…” ކުއްލިއަކަށް ނާރސަރީ ތެރެއަށް ވަދެގެން އައި ޑޮކްޓަރ ހުއްޓުން އެރީ އަހަންނާ ކައިލް ފެނިފައެވެ.

“މިސްޓަރ ކައިލް. ފައިނަލީ ޔުއަރ ވައިފް. ހައި މިސިސް ކައިލް.  އައިއެމް  ސޯ ހެޕީ ފޯ ޔުއަރ ވައިފްސް ރިކަވަރީ ރޭޓް. ބަޓް އައި ހޭވް ބޭޑް ނިއުސް ފޯ ޔޫ ޓޫ އެބައުޓް  ބޭބީ.. ” އަހަރެންގެ ދަރިފުޅުގެ ޓެސްޓްތަކެއްގެ ނަތީޖާތައް ބަލަން ހުރެފައި ޑޮކްޓަރ ބުންޏެވެ. އަދި އަހަންނާ ކައިލްއާ ދެމީހުންނަށް ބަލާލިއެވެ.

“ކައިލް. ދެއަރ އިޒް ނޯ އިމްޕްރޫވްމަންޓް ސިންސް ލާސްޓްވީކް. އިފް ދިސް ގޯސް ލައިކް ދިސް  ދެން ހަރ އޯރގަންސް ވިލް ސްޓާރޓް ޓު ފެއިލް. އައިއޭމް ސޯސޮރީ. ކީޕް ޕްރޭއިން މޯދެން ޔޫ ޑޫ ނައު.” އެއަށްފަހު ކައިލްގެ ކޮނޑުގައި ފިރުމާލަމުން ޑޮކްޓަރ ހިނގައި ގަތެވެ.

އެއާއެކު ކައިލްގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ކައިލްގެ  ހިތުގައި  އަހަންނާއި އަހަރެންގެ ދަރިފުޅަށް އޮތް ސާފު ލޯބި  އަހަންނަށް އިހުސާސްވިއެވެ.

“ކައިލް ބޭނުމިއްޔާ އަހަރެން ކައިލްއާ އިންނަން ތައްޔާރު” އިސްދަށަށް ޖަހާލައިގެން އިނދެ އަހަރެން ބުނީމެވެ.

(ނުނިމޭ)

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (19)

Next

ބޭނުންވަނި އުމުރަށް 06

Next
October 9, 2017

ބޭނުންވަނި އުމުރަށް 06

Previews
October 8, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (19)

7 Comments!

  1. Xee says:
    October 8, 2017 at 10:41 pm

    Wow nice whn nxt part plx alhe den digykolachley mi vaahaka vvvv kurukan faahangavey mee
    first dhw
    Good nyt

    1. Shaz says:
      October 8, 2017 at 10:47 pm

      kuruvanee avas avahah genesdheyn massakkai kuraathy but will try engey… thankyou

  2. yaloon says:
    October 8, 2017 at 10:43 pm

    ohh.. vrh reethi

  3. Manje says:
    October 8, 2017 at 10:51 pm

    Baby ge eha critical condition eh ge habaru libey gadiyegga kaaku kaiveneege vaahaka dhakkaany…

  4. khajja says:
    October 8, 2017 at 11:42 pm

    Ohh wow masha allah stry v v habeys??? alhey mihaaru mijeheny neyvaa hifahattaigen ulhen ehaaves interesting vefa rythi mi stry whn nxt prt can’t wait plx avaskolla dhechchey plx gud nyt ly ??❤❤?????

  5. Naxx says:
    October 9, 2017 at 9:39 am

    Vv reethi .can’t wait for the next part.avahah up koh dhehchey??

  6. Shalabee says:
    October 11, 2017 at 4:35 am

    Nice story

Comments are closed.


All Right Reserved!