Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 13

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
October 8, 2017 9 Mins Read
50 Comments

ލެޕްޓޮޕު ހުޅުވޭތޯ އުޅެއުޅެ ހުޅުވޭ ގޮތެއް ނުވިއެވެ. މަލަކާގެ ހާސްކަން ދިޔައީ އިތުރުވެގެންނެވެ. ދެން ކަންތައް ކުރާނީ ކިހިނެތް ކަމާއި މެދު ވިސްނާލުމުން މޮޅު ހިޔާލެއް ލިބުނެވެ. އެއްމެ މިނެޓެއްވެސް ލަސްކުރުމެއް ނެތި މަލަކާ ލެޕްޓޮޕް އަތަށް ނަގައިގެން ދުއްވައިގަތީ ނިއަމްގެ ގެޔާއި ދިމާލަށެވެ. ނިއަމް އަކީ އައިޓީ ކިޔަވައިގެން ހުރި މީހަކަށް ވުމުން ހައްލުކުރަން އެނގިދާނެ ކަމުގެ އުއްމީދުގައެވެ.

އެގެޔަށް ގޮސް މަލަކާ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ދިނުމަށް އެދުނެވެ.ޝައިމްގެ އެއްޗަކަށް ވުމުން ދެކޮޅު ހަދަން ބޭނުން ވިޔަސް މަލަކާ އެދުމުން ނުކެރިފައި ހުރެ ނިއަމް އެކަމައިގެން އުޅެނެވެ.

“މިހާރު ރަގަޅުވާނެހެން ހީވަނީ.. ހިނގާ ހުޅުވޭތޯ ބަލަމާ” ތިރީސް ވަރަކަށް މިނެޓް ވަންދެން ލެޕްޓޮޕް ނަގައިގެން އިދެފައި ނިއަމް ބުނެލިއެވެ.

ލެޕްޓޮޕުގެ ހުޅުވާ ފިތަށް އޮބާލުމާއެކު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހުޅުވިއްޖެއެވެ. އެޔާއެކު ދެއަތް މޫނާއި ކައިރިކޮށްގެން ހާސްވެފައި ހުރި މަލަކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނިއަމްވެސް ދިޔައީ ހައިރާންވެގެންނެވެ. ލެޕްޓޮޕުން ފެންނަމުން ދިޔަ ފޮޓޯގަނޑުންނެވެ.


 

ޝައިމް އާއި އަޝްވިން ހޮސްޕިޓަލުން އައިރު މަލަކާ އާއި އަޝްވާ އީޝް ގޮވައިގެން ސިޓިންރޫމުގެ ޓީވީ ބަލަން ތިއްބެވެ. ޝައިމް އައުމުން މަލަކާ އެތަނުން ދާން އުޅުނު ނަމަވެސް އޭގެކުރިން ޝައިމް އައިސް މަލަކާ ކައިރީގައި އިށީނެވެ. މަލަކާ ޝައިމްއަށް ބަލާލުމެއް ނެތި ދުރަށް ޖެހިލިއެވެ.

“ކީކޭ ޑޮކްޓަރު ބުނީ.. މާދަމާތަ ބޭސްގަނޑު ބަދަލުކުރަނީ” އީޝް އަޝްވިން އާއި ހަވާލުކުރަމުން އަޝްވާ އަހާލިއެވެ.

“ނޫން ދެން ދާންޖެހެނީ މިރޭ ނުވައެއް ޖަހާއިރު.. އަހަންނަކަށް ހިޔެއް ނުވޭ އެގަޑީ ދެވޭނެހެން.. މަލަކާއަށް ދެވޭނެތަ ޝައިމް ގޮވައިގެން” އަޝްވިން ބުނެލިއެވެ. މަލަކާ މަޑުން ބޯ ޖަހައިލިއެވެ. އޭރު ހިޔާލުތަކުގެ ވާފަށުގައި ދަމަމުން ދިޔައީ މިއަދު ހެނދުނު ފެނުނު ފޮޓޯގަނޑެވެ. އަދިވެސް ގަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ.

އަޝްވާ އާއި އަޝްވިން ދިޔުމުން މަލަކާ ވެސް އެމީހުންނާއި އެކީ ދާން  އުޅުނެވެ. ނަމަވެސް މަޑުކުރަން ޖެހުނީ ޝައިމް ގޮވާލުމުންނެވެ. މަލަކާ ޝައިމްއަށް ބަލާލުމެއް ނެތި ކިހިނެތްވީހޭ އަހާލިއެވެ.

“ކޮޓަރީގައި އޮތް އަހަރެންގެ ލެޕްޓޮފު ގެނެސްދެވިދާނެތަ” މަލަކާއާއި ވާހަކަ ދައްކާނެ ބަހަނާއެއްގެ ގޮތުން ޝައިމް ބުނެލިއެވެ. މަލަކާގެ ހިތް ކުޑަކޮށް ތޮޅިލީ ކުއްލިއަކަށް ޝައިމް އޭގެ ވާހަކަ ދެއްކުމުންނެވެ. ނަމަވެސް އެއްވެސް އަސަރެއް މޫނުމަތިން ނުދައްކައި މަލަކާ ގޮސް ޝައިމްގެ ލެޕްޓޮޕް ހިފައިގެން އައެވެ.

“ބޭބެ އަނެއްކާވެސް މި ވައްޓާލީ ކަމަށްވާނީ…” އެއްފަރާތުގައި އެޅިފައި އިން ކޫރުން ފެނިފައި ޝައިމް ބުނެލިއެވެ.

އަޝްވިން އެވަގުތު އެތާނގައި ނެތްކަން ނަސީބެކޭ ހިތަށް އަރައި މަލަކާ އަވަހަށް އެތަނުން ދިޔައީ ޝައިމްއަށް އޭނާއަށް ޝައްކުކުރުމުގެ ފުރުސަތު ދިނުމެއް ނެތިއެވެ.


 

އިރު އޭގެ ވާޖިބު އަދާކުރަމުން ގޮސް ހަވީރު ވަނީއެވެ. އިރުގެ ދޯދިތަކުގެ ހޫނުކަން މަޑުވެ ފިނިވައިރޯޅިތައް ޖެހެން ފަށައިފިއެވެ. ވިލާތައް ހެކި އުޑުމަތި ސާފުވަމުން ދިޔައެވެ.

ރަށުގެ ތުނޑިއާއި ދިމާލަށް މަލަކާއާއި އެގޭގެ މެހުމާނުން ދިޔައީ މޫދަށް އެރިލާ މަޖާކޮށްލުމަށްވެ. އެއްމެ ކުރީގައި މަގު ދައްކަމުން މަލަކާ ހިނގަމުން  ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. މަލަކާއާއި އެއްވަރަށް ދެވޭތޯ އީޝް އުރާލައިގެން ހުރި އަޝްވާވެސް މަސައްކަތް ކުރަމުން ދިޔައެވެ. މަލަކާ ކައިރީ ދެތިން ފަހަރެއްގެ މަތިން ތަންކޮޅެއް މަޑުން ދިޔުމަށް އެދުނު ނަމަވެސް އެއަޑު އިވުނުހެން ނީވެއެވެ.

ޝައިމްއާއި އެއްކޮށް ކާއިންއާއި އަޝްވިން މަލަކާމެން ފަހަތުން ދަމުންދިޔައެވެ. އެމީހުން ތަންކޮޅެއް މަޑުން ދިޔައީ ޝައިމްގެ ފަޔަށް ލިބިފައި ހުރި ގެއްލުމެގެ ސަބަބުން އަދިވެސް ހިނގަން އުދަގޫވާތީއެވެ. ފާރުގަނޑުގައި ބޭސް އެޅިއިރު ކުޑަހުޅު ކައިރި އޮތީ އެއްކޮށް ދުޅަވެފައެވެ.

ބޯކޮށް ގަސް ހައްދާފައި އޮތް ޖަންގަލީގެ ތެރެއިން ތުނޑިއާއި ހަމައަށް އާދެވިއްޖެއެވެ. ހިމުން ދޮންވެލިގަނޑު އެތައް ފޫޓަކަށް ދެމިގެން ދާއިރު ޖެހިގެން އޮތް މޫދުންވެސް ފެންނަމުން ދިޔައީ ގުދުރަތީ ރީތިކަމެވެ. ފެއްސާއި ނުލުގެ ތަފާތު ކުލަތަކެވެ. މިއީ ރަށުގެ ހުޅަނގު ފަރާތް ކަމުން އިރުގެ ހޫނު ދޯދިތަކުގެ އަސަރު އެހާބޮޑަކަށް ނުކުރެއެވެ.

އަޝްވާ އުޅުނީ ކުޑަކުޑަ އީޝް ގޮވައިގެން ރާޅުޖަހާ ހިސާބުގައެވެ. ދޮންވެލިގަނޑު މަތީގައި ފިރުކެމުންދާއިރު އުފާވެރިކަމާއި މައުސޫމްކަން ފެންނަމުން ދިޔައެވެ.

“ބޭބެމެން ދޭ އިހަށް. އަހަރެން ދާނަން އިރުކޮޅަކުން” ދުރުގައި ގަސްތަކުން ހިޔާވެފައިވާ ސަރަހައްދުގައި އިން މަލަކާ ފެނި ޝައިމް ބުނެލިއެވެ.

މަލަކާ އިނީ އީޝްއާއި އަޝްވާ ސަކަރާތް ޖަހާ މަންޒަރު ބަލާށެވެ. އެހެން އިންދައި މީހެއްގެ ހިލަމެއް ވީހެންހީވެ ފަހަތް ބަލާލި ވަގުތު ޝައިމް އައިސް ކައިރީގައި އިށީންނަނީއެވެ. ޝައިމްއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި މަލަކާ މޫނު އަބުރާލީ އީޝްމެންނާއި ދިމާލަށެވެ.

“ކަމަކާ ހިތްހަމަނުޖެހިފަތަ” ޝައިމް އަހައިލިއެވެ. މިއަދު އެއްކޮށްހެން މަލަކާ އޭނާއާއި ދުރުގައި އުޅެން މަސައްކަތް ކުރާހެން ހީވާތީއެވެ.

“ނޫން” މަލަކާ ޝައިމްއަށް ބަލާލުމެއް ނެތި ކުރުކޮށް ޖަވާބު ދިނެވެ.

“ދެން ކީއްވެ ވާހަކަ ނުދައްކަނީ.. އަހަރެން ހީކުރީ ކުރިންރޭ ވާހަކަ ދެއްކި ގޮތުން މަލަކާ ދެން އަހަރެންދެކެ ރުޅި ނާންނާނެ ކަމަށް. އަނެއްކާ މަލަކާ ހިތްހަމަނުޖެހޭ ވަރުގެ ކަމެއް ކުރެވުނީތަ” ޝައިމް އަހާލިއެވެ. އެރޭ ފުޓްބޯޅަ މެޗަށް ފަހު ދެމީހުންގެ ގުޅުން ރަގަޅުވާނެ ކަމަށް ޝައިމް ހުރީ އުއްމީދުކޮށްގެންނެވެ.

“މިވާހަކަ ދައްކަނީއެއްނު” ފަރުވާ ކުޑަ ގޮތަކަށް މަލަކާ ބުނެލިއެވެ.

“ތި ނުކިޔާނެ އެއްނު ވާހަކަ ދެއްކުމަކަށް. އަހަރެން ވާހަކަދެއްކީމަ ރައްދުގަ ޖަވާބު ތިދެނީ. އަހަރެން ބޭނުން މިއަށްވުރެ ބޮޑަށް ދެމީހުންގެ ގުޅުން ރަގަޅުކުރަން” މަލަކާއަށް ބަލާލަމުން ޝައިމް ބުނެލީ ޖެހިލުންވުމެއް ނެތިއެވެ.

“އަހަރެން ދޮގުވެރިންނާއި ވާހަކަ ދައްކާ ހިތެއް ނުވޭ. އެފަދަ މީހުންނާއި ގުޅުން ބާއްވައިގެން ލިބޭނީ ހުސް ދެރައާއި ހިތާމަ” މަލަކާ ބުނެލީ ކުޑަކޮށް ނުރުހުންވެ ހުރެއެވެ.

“އަހަރެން ގަބޫލުކުރަން އަހަންނަށް ދޮގު ހެދުނުކަން… އެކަމަކު އެހުރިހާ ކަމެއް ކުރަން އަހަރެންނަށް މަޖުބޫރުވީ.. އެދުވަސް އަބުރާ ގެނެވޭނެ ނަމަ އަހަރެން އަމިއްލަ ކުށް އިސްލާހު ކުރީސް. އެކަމަކު މާޒީއަކީ އަބުރާ ގެނެވޭނެ އެއްޗެއް ނޫންކަން މަލަކާއަށްވެސް އެނގޭނެ.. މަލަކާ ހިތުގައި ޖައްސާލެވުނީތީ އަހަރެން މާފަށް އެދެން” ޝައިމް ތެދުވެރިކަމާއި އެކީ ވާހަކަދެއްކީ މަލަކާގެ މައާފު ލިބޭތޯއެވެ.

“ކާކުތަ ޝައިމްއަށް މަޖުބޫރުކުރީ އަހަރެންގެ ހިތް ހަލާކުކުރަން. ކާކުތަ މަޖުބޫރުކުރީ ލޯބިވަމޭ ބުނެ އޮޅުވާލަން. ” މަލަކާ ބުނެލިއެވެ. އެހިތުގައި ވާ އުދާސްތައް ބޭރުކުރަމުންނެވެ.

“މަލަކާ… އެއްމެ ފުރަތަމަ ހަގީގަތް އަޑު އަހާބަލަ.. އަހަރެންނަށް މަލަކާ ރޯތަން ފެނި ކެތްނުވީމަ އެހެން ކަންތައް ކުރަން ޖެހުނީ.. އަހަރެންގެ އުފަލަށް ވުރެ މަލަކާގެ އުފާ އަހަރެންނަށް މުހިއްމު” ޝައިމް މަލަކާއަށް ވިސްނައިދޭން އުޅުނެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ތިކޮށްދިން ކަންތަކަށް… ޝައިމް އަހަންނަށް ދަސްކޮށްދީފި އެއްވެސް މީހަކަށް އިތުބާރުކޮށްގެން ނުވާނެކަން… ޝައިމްއަށް އެނގޭތަ ޝައިމް ދެކެ އަހަރެން ހިކާ ވަރަކަށް ލޯބިވާކަން.. ޝައިމް އަހަންނާއި ބައްދަލު ކުރި ރެއަކީ އަހަރެންގެ އަތުން އަހަރެންގެ ޑައިރީ ގެއްލުނު ދުވަސް.. މިރަށަށް އަންނަން އަހަރެން އާ ޑައިރީއެއް ގަތިން. އެކަމަކު އޭގެ އެއްމެ ބަހެއްވެސް އަދިއެއް ނުލިޔަން..ކިތައް ރޭ ނުނިދާ އެފޮތާއި ގަލަން ނަގައިގެން އިންނަން..ޝައިމްގެ ހިޔާލުގަ.. ޝައިމް ދެކެ އަހަރެން ވާ ލޯތްބަކީ ގަލަމަކުން ސިފަކޮށްދޭ ވަރަށް ވުރެ މާފުން އިހްސާސެއްކަން އަހަރެންނަށް ވިސްނުނު.. ޝައިމް ފެނުމުން އަހަރެންގެ މިހިތަށް ވާ ގޮތް ، އަހަރެންގެ ހިޔާލުތައް އެހެން ދުނިޔެއަކަށް ދާ ގޮތް ބުނެދޭން އަހަރެން ނުކުޅެދުނު.. ” މަލަކާ ފުރަތަމަ ފަހަރަށް ޝައިމްއަށް ބަލާލިއެވެ. އޭރު ދެލޮލުގެ ތެރެއިން ބަބުޅަމުންދާ ކަރުނަ ތިކިތައް ޝައިމްއަށް ސާފުކޮށް ފެންނަމުންދިއެވެ.

“އެކަމަކު ޝައިމް އެހުރިހާ ކަމެއްވީ ދުވަސްތަކެއްގެ އަވާމެންދުރަކަށް… ނިދާފައި އޮތްވައި އަހަރެންނަށް ފެނުނު ހުވަފެނީ ބިލާހެއް… ޝައިމް އަހަރެންގެ ހަޔާތަށް އައީ ކުޑަ ވަގުތުކޮޅެއްގެ މެހުމާނަކަށް ވީ ނަމަވެސް އަހަރެންގެ މި ލޯތްބަށް ދަހިވެތިވެފައިވާ ހިތް އަމިއްލައަށް ކޮންޓުރޯލުކުރެވޭ ވަރެއް ނުވި.. ޝައިމް އަހަރެންނާއި ވަކިވުމުން އޭގެ އަސަރު ކުރީ އަހަރެންގެ ހިތަކަށް އެކަންޏެއް ނޫން..އެއްމެ ހިމަ ނާރަށްވެސް އޭގެ ތަދު ތަހައްމަލް ކުރަން ޖެހުނު” މަލަކާގެ އަޑުގައިވާ ރިހުމުން ޝައިމްއަށް އޭނާގެ އަމިއްލަ ނަފުސު އިތުރަށް ކުށްވެރިކުރެވުނެވެ.

“މަލަކާ އަހަންނަށް މާފުކޮށްދީ.. ދެން ދުވަހަކުވެސް އެހެން ކަންތައް ނުކުރާނެ ކަމަށް ވައުދުވަން… އެއްމެ ފުރުސަތެއްދީ، އަހަރެން މަލަކާ ދެކެ ލޯބިވާވަރު އަންގަދޭން.. ތިލޯތްބަށްޓަކައި އަހަރެން މިހިރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް” ޝައިމް ވެލަގަނޑުމަތީގައި އޮތް މަލަކާގެ އަތްތިލާގައި ހިފާލަމުން ބުނެލިއެވެ. ޝައިމް އަތުގައި ހިފުމުން މަލަކާ އޭނާގެ އަތް ދަމައިގަތީ ރުޅިއައިސްފައިވާ ހާލުގައެވެ.

މަލަކާ ކަރުނަތަކުގެ ތެރެއިން ގަދަކަމުން ހީލިއެވެ. “ޝައިމްއަށް ހީވަނީތަ އަހަރެން ދެވަނަ ފަހަރަށް ޝައިމްއަށް އެފުރުސަތު ދޭނެއޭ… ޝައިމްގެ ތިބޭވަފާތެރިކަމުން ކުދިކުދިވެފައިވާ މިހިތް ޝައިމްއަށް ނުލިބޭނެ.. ދެން އިތުބާރެއް ނުކުރެވޭނެ..”މޭގައި އަތް ޖައްސާލަމުން މަލަކާ ބުނެލީ ޔަގީންކަމާއި އެކީގައެވެ.

މަލަކާ އެހެން ބުނެފައި އިންތަނުން ތެދިވިއެވެ. މަލަކާ ދިޔައީ ގަދަކަމުން ނަމަވެސް، ޝައިމްއަށްޓަކައި ހިތުގައި ރުޅިވެރިކަން އުފައްދަމުންނެވެ. ލިބިފައިވާ ހިތާމަތަށް ރުޅިން ބޭރުކުރަމުންނެވެ. ޝައިމް އެހެން ކުއްޖެއް ދެކެ ލޯބިވާކަން ޝައިމްގެ ދުލުން އޭނާއަށް ވަނީ އެވިފައެވެ. އެފަހަރުވެސް ޝައިމްދެކެ ރުޅި އައުމުގެ ބަދަލުގައި މަލަކާއަށް ރުޅި އާދެވުނީ އަމިއްލަ ނަފުސު ދެކެއެވެ. ޝައިމްގެ ކެހިވެރިކަމަށް ވިސްނާލުނުލެވުނީތީއެވެ. ޝައިމް ދެކެ  ލޯބިވެވުނީތީއެވެ. މިފަހަރު އެހެން ހަދާކަށް ބޭނުމެއް ނޫނެވެ. ޝައިމްގެ ލެޕްޓޮޕުގައި އިން ފޮޓޯގަނޑު ފެނިފައި ދެވަނަ ފަހަރަށް ވިސްނާލަން މަޖުބޫރުވީއެވެ. އަމިއްލަ ހިމާޔަތުގައި ތެދުވާން ޖެހުނީއެވެ.

މަލަކާ ދިޔަތަން ބަލަހައްޓައިގެން ޝައިމް އިނީ ތެދުވާން ނޭނގިފައެވެ. ފަހަތުން ދާން ބޭނުން ވިޔަސް ދެފައިގައި ވަރެއް ނެތް މީހެއް ފަދައިންނެވެ. ނުދާށޭ ބުނަން ބުނެ އާދޭސް ކުރަން ބޭނުން ވިޔަސް އެހިތްވަރު ނުލިބިފައެވެ. މަލަކާ އެދެއްކި އެއްވެސް ވާހަކައެއް ޝައިމްއަށް ދޮގުކުރެވޭކަށް ނެތެވެ. ނަމަވެސް ޝައިމް އެހުރިހާ ކަމެއް ކުރީ މަލަކާގެ އުފަލައްޓަކައިކަން އެނގޭނެ ނަމައެވެ. މަލަކާ ދެކެ އޭނާވެސް ވަނީ އެފަދަ މަތިވެރި ލޯތްބެއްކަން ވިސްނޭނެނަމައެވެ.

“ދޮންބޭ.. ހިނގާ ފައި މޮޑެދޭނަން.. އޭރުން ދުޅަ ތިރިވާނެއެއްނު” ފުން ހިޔާލުތަކެއްގައި އިން ޝައިމް ސިއްސައިގެން ދިޔައީ އަޝްވާގެ އަޑުންނެވެ. ކީ އެއްޗެއް ސާފުނުވުމުން ކީކޭތޯ އަހާލިއެވެ.

“ދެމީހުން އޯކޭތަ އަނެއްކާ.. މަލަކާ ކީކޭ ބުނީ.. ” ޝައިމްއާއި ވާހަކަ ދައްކަން އިދެފައި މަލަކާ އައިއިރު މިޒާޖަށް އައިސްފައިވާ ބަދަލުން ކޮންމެވެސް ކަމެއް ވެއްޖެކަން އަޝްވާ ދެނެގަތެވެ.

“ކަމެއް ނުވޭ.. ހިނގާ ދާން.. ” އަޝްވާގެ އަތުގައި ހިފަހައްޓައިގެން ޝައިމް ކޮޅަށް ތެދުވިއެވެ. އަދި މަޑު ފިޔަވަޅުތަކެއްގައި ގޮސް މަލަކާ އީޝް ގޮވައިގެން އިން ހިސާބުގައި އިށީނެވެ. އަޝްވާ ޝައިމްގެ ކުރިއަށް ޖެހިލައި ފައި މޮޑެދޭން ފެއްޓިއެވެ.

ޝައިމް އޭނާއާއި ޖެހިގެން ކަހަލަ ގޮތަކަށް އިނުމުން މަލަކާ އަވަހަށް އެތަނުން ދިޔައެވެ. ޝައިމް ކައިރިވާން އުޅުނަސް ދެން އެފުރުސަތެއް ނުދޭނަމޭ އަމަލުން ބުނަމުންނެވެ. މަލަކާ އީޝް އަޝްވިން އާއި ހަވާލުކުރުމަށްފަހު ގޮސް އިށީނީ އެއްމެ ކުރިން އޭނާއިން ތާގައެވެ. މަލަކާގެ ފަހަތުން އަޝްވިންއާއި ކާއިންވެސް އެދިމާލަށް ދިޔައީ މޫދަށް އަންނަން ތައްޔާރުކުރި އަނބު މަޖާ ކާލުމަށެވެ. މަލަކާ ކޮންމެ މީހަކަށް ވަކިން ތައްޓަކަށް  މަޖާ އަޅައިދިނެވެ.

“ހާދަ ކުޅިކޮށްލާފަ” ފުރަތަމަ ސަމްސާ އަގަލަށް ލުމާއިއެކު ރަހަޖެހުމުން އަޝްވިން ބުނެލިއެވެ.

“އަޝްވާ ރަހަބެލީ… ފުރަތަމަ ކުޅި ރަހައެއް ނުދެއޭ ބުނީމަ އަނެއްކާވެސް އިތުރަށް މިރުސް އެޅީ” މަލަކާ ބުނެލީ އަޝްވިންއަށް ވީވަރު ފެނިފައެވެ.

“އަޝްވިން އަކަށް ނުކެވޭނެ ކުޅިކޮށް. އަހަރަމެން ކަހަލަ ފިރިހެނުންނަށް މިއެއްކޮށް ހުސްކުރެވިދާނެ އެއްމެ ކަރުނަތިއްކެއްވެސް ނުވައްޓާ” ކާއިންއަށްވެސް ކުޅިވި ނަމަވެސް ދެރަނުވާންވެގެން ބުނެލިއެވެ.

“އޭތެދެކޭ… ވަރަށް ކުޅި..އެކަމަކު ކުޅިވީމަ ދޯ މީރުވެސް ވާނީ” ރަހަ ބަލާލުމަށްފަހު މަލަކާ ބުނެލިއެވެ. ދެވަނަ ސަމުސަލާއި އެއްކޮށް މަލަކާގެ ލޮލުން ކަރުނަ ހިލާލިއެވެ. އެހާވެސް ކުޅިވެއްޖެއެވެ. އެހެންކަމުން ދުރުގައި ހުރި ފެންފުޅި ބަލާ ދިޔައެވެ.

“ކޮބާ އަހަންނަށް ވީބައި މިއީތަ ” މަލަކާ އެތަނުން ދިޔަ ވަގުތު ޝައިމް އާއި އަޝްވާ އެތަނަށް އަޔައެވެ. ޝައިމް ނޭނގިހުރެ ނެނގީ މަލަކާ ބަހައްޓާފައި ދިޔަ ތައްޓެވެ.

“އަޝްވާ މިޔަށް އެޅި ހުސް މިރުސްތަ… މަލަކާ ދެސަމުސާ ކާލިއިރަށް ކުޅިވެގެން އެދިޔައީ ފެން ބޯން. މަށަށް ހީވަނީ މަލަކާ އެކަނި އެފެންފުޅި ހުސްކުރާނެހެން” ފެންބޮމުން ދިޔަ މަލަކާއާއި ދިމާލަށް ކަޅިއެއް އެއްލާލަމުން އަޝްވިން ބުނެލީ މަޖާވެލާފައެވެ.

“ހަމަ އެހާ ކުޅިތަ…” ޝައިމް އެހެން ބުނަމުން އެތިކޮޅެއް އަނގަޔަށް ލިޔެވެ. އެޔާއެކު ލޯ މަރާލެވުނީ ކުޅިކަން އިހްސާސްކުރެވުމުންނެވެ. “މަށަށްވެސް ނުކެވޭނެ  މިހާ ކުޅިކޮށް ހަދާފަ ހުރިއެއްޗެއް ދެން ކިހިނެތް މަލަކާއަށް ދެކޭވޭނީ.. މިމިރުސް ދައިތައަށް މަދުވާނެ އެއްކިލޯ މިރުސްވެސް” އަޝްވާގެ ބޮލުގައި ޖަހާލަމުން ޝައިމް ބުނެލިއެވެ..

“ހީވޭތަ މަލަކާ ނުކައި ހުންނާނެހެން.. ކުޅިވިރަކަށް މީރުވާނެއޭ ކިޔާފަ ކާންފެށީވެސް” ކާއިން ބުނެލިއެވެ. ކާއިންއާއި އަޝްވާ ދިޔައީ އެމީހުންގެ ތައްޓަށް އެޅި އަނބު މަޖާކޮޅު ހުސްކުރަމުންނެވެ.

“މިހެން ހެދީމަ ނުކެވޭނެއެއްނު” ކާއިން އެހެން ބުނެލުމުން ޝައިމް ފަސްޖެހުމެއްނެތި ތަށީގައި ހުރި ހުރިހާ މަޖާކޮޅެއް ކައި ހުސްކުރަން ފަށައިގަތެވެ. މަލަކާއަށް އޭރުން ކުޅިވެގެން އުޅެން ނުޖެހޭނެއޭ ހިތާއެވެ. އެމަންޒަރު ބަލަން ކައިރީގައި ތިބި ތިން މީހުން ހައިރާންވެފައި ތިބީ ޝައިމްގެ ޖެހިލުންވުން ކުޑަކަން ފެނިފައެވެ. މަލަކާގެ ނަންގަތުމުގެ ކުރިން ކުޅިއޭ ބުނި ޝައިމްއަށް މިހާރު އޭގެ އެއްވެސް އަސަރެއް ކުރާހެން ހީނުވެއެވެ.

“ދޮންބޭ… ތަންކޮޅެއް ހަމަޖެހިލައިގެން ކައިބަލަ.. މަލަކާއަށް އަޅާލިއަސް އަމިއްލައަށްވެސް ބަލަންޖެހޭނެއޭ” އަޝްވާ އަތުގެ އިޝާރާތުން މަޑުކުރުމަށް ބުނަމުން ބުނެލިއެވެ. ނަމަވެސް ޝައިމް ހުރީ ހުއްޓާ ގޮތަކަށް ނޫނެވެ.

މަލަކާ އެތަނަށް އައިއިރު އެއްމެން ހައިރާންވެފައި ޝައިމް އާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ.

“މަލަކާގެ އަނބު މަޖާކޮޅު ހުސްކޮށްލަނީ އެއޮތް” އަޝްވިން ބުނެލިއެވެ.

“އެއީ މައްސަލައެއް ނޫން… އަދި ބައިވަރު އެބަހުރި ބޮޑު ތަށީގަ. ކުޅި ވެދާނެތީ އެއްމެނަށް މަދުން އެޅީ.. އެބައަންނަން އެތަށި ހިފައިގެން” ޝައިމް އެއްމެ ފަހު އެތިކޮޅު އަނގަޔަށް ލުމާއި އެކު މަލަކާ ބުނެލިއެވެ. އެޔާއެކު ކާއިންއާއި އަޝްވިންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“ކިހިނެތްވީ” ޝައިމްއާއި ދިމާލަށް އިގިލި ދިއްކުރަމުން ހެމުން ދާތީ މަލަކާ އަހައިލީ ވެގެން އުޅޭގޮތެއް ނޭނގިފައެވެ.

“މަލަކާ ދޭބަލަ އެބޮޑު ތަށި ހިފައިގެން އަންނަން. ޝައިމް އެހުރީ އެތަށިވެސް ހުސްކޮށްލަން ތައްޔާރަށް. ދޯ ޝައިމް ” ކުޅިވެގެން ގޮސް އޮއްދާތަކުން ޝައިމްގެ މޫނުމަތި ދިޔައީ ބަބުޅަމުންނެވެ. އަވަސް ކުރު ނޭވާތަކެއް ލަމުން ޝައިމް ކާއިންއާއި ދިމާލަށް ލޯއަޅައިލިއެވެ.

“އަހަރެން ގޮސްދާނަން އެތަށި ބަލާ.. އެހެންނޫނަސް ދެން މަޖާކާނެ ވަގުތެއްނެތް. އިރުއޮއްސުމުގެ ކުރިން ގެޔަށް އަންނަން ދައްތަ ބުންޏެއްނު” މަލަކާގެ ކުރިން ޝައިމް ގޮސް އެތަށި ނެގިއެވެ.

މަލަކާ ހުރީ މަޖާ ކާހިތްވެފައި ނަމަވެސް ޝައިމް އަތުން ތަށި ނަގާކަށް ނުކެރުނެވެ. އެހެންކަމުން ގެޔަށް ގޮސް ކާލާނީ އޭ ހިތައި ގެޔާއި ދިމާލަށް ދިޔައެވެ.

ގެޔަށް ގޮސްވެސް މަލަކާއަށް އޭގެ ރަހަ ބެލޭ ގޮތެއް ނުވިއެވެ. މަލަކާ ބަދިގެޔަށް ގޮސް ބެލިއިރު ޝައިމް ހުރީ އަނބު މަޖާ ތަށި އެއްކޮށް ޑަސްބިނަށް އަޅާލާފައެވެ. މަލަކާ ޝައިމްގެ އިންތިހާއަށް ރުޅިއައެވެ.


 

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެއްމެން މަޖާވެލާފައި ދެއްކީ ފުޓްބޯޅަ މެޗްގެ ވާހަކައާއި މިއަދު ހަވީރު މޫދަށް ގޮސް ވީ މަޖާ ކަންތަކުގެ ވާހަކައެވެ. މަލަކާ އިނީ ޝައިމްގެ ކުރިމައްޗަށް ވާ ގޮތަށެވެ. ދެބުމަ ގޮށް ޖަހާލައިގެން އިންއިރު ޝައިމްއަށް ރުޅިވެރި ނަޒަރަކުން ބަލަމުން ދިޔައެވެ.

ތަށީގައި ހުރި ސަޓަނި ކޮޅު ހުސްވުމުން ޝައިމް ސަޓަނި އަޅަން ކުރިމަތީގައި ހުރި ތައްޓަށް އަތް ދިއްކޮށްލި ވަގުތަކީ މަލަކާވެސް އޭގެން އެތިކޮޅެއް އަޅަން އުޅުނު ވަގުތެވެ. ދެމީހުންނަށް ސަމުސަލުގައި ހިފުނީ އެކުގައި ކަހަލަ ގޮތަކަށެވެ. މަލަކާ ޝައިމްއާއި ދިމާލަށް ނުރުހުންވެފައި ބަލާލިއެވެ. ޝައިމްއަށް އެކަން ވީ މަޖާ ކަމަކަށެވެ. އެހެންކަމުން ދޫނުދޭން ހިފަހައްޓައިގެން ހުއްޓެވެ. ޝައިމްގެ ބާރުގަދަކަމުން މަލަކާއަށް ސަމުސާ އަތުލުންވީ ދަތިކަމަކަށެވެ. އެކިގޮތް ގޮތަށް ހަދައިގެންވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެހެންކަމުން އިތުރު ބާރެއް ލާފައި ސަމުސާ އެއްފަރާތަކަށް ގެންދިޔައެވެ. މަލަކާ ހިފާލުމާއިއެކު ސަމުސާ ބުރައިގެން ގޮސް ޖެހުނީ ކުރިމަތީ އިން އަޝްވިންގެ ގައިގައެވެ.

ޝައިމްގެ މޫނުމަތީ ކުޅެލީ ސަމާސާ ހިނިތުންވުމެކެވެ. މަލަކާ އެގޮތަށް ކަންކުރާނެ ކަމަށް ބަލައި ޝައިމް ކުއްލިއަކަށް ދޫކޮށްލީއެވެ.

“ސޮރީ އަޝްވިން” މަލަކާ ލަދުގެންފައި ބުނެލީ ދެލޯ ކުޑަކުރަމުންނެވެ.

“މަލަކާ ކިހިނެތް ތިހެދީ. ހާދަ ދުރަކަށް ސަމުސާ އެދިޔައީ” އެހެން އެއްމެން ތިބީ ވަކި ވާހަކައަކަށް ގެއްލިފައިކަމުން ޝައިމްއާއި މަލަކާގެ މެދުގައި ހިނގި ކުޑަ  އަރާރުންވުން ނުފެނެއެވެ.

“އެއީ….” މަލަކާ އުޅުނީ ފާއިޒަށް ބަހަނާއެއް ދައްކާށެވެ.

“ބަލައިގެން އިނގޭ އުޅޭނީ..އެހެންގޮސް ޖެހިލާ ގޮތަކުން އަނިޔާއެއްވެސް ވެދާނެ” ފާއިޒު ނަސޭހަތްތެރިވެއެވެ. މަލަކާ ހިތްހަމަނުޖެހިފައި ޝައިމްއަށް ލޯއަޅާލިއެވެ.

ކެއުން ނިއްމާލުމަށްފަހު އަޝްވިންއާއި ކާއިން ދިޔައީ ބޭރަށެވެ. އެހެންކަމުން މަލަކާއަށް ޖެހުނީ ޝައިމް ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. ޝައިމްއާއި އެކުގައި އެކަނި ދާން ބޭނުންނުވާތީ މަލަކާ ދިޔައީ އަޝްވާ ގޮވައިގެންނެވެ. ޝައިމް އަޝްވާ ކައިރީގައި ނަޔަސް އެއްމެ ރަގަޅު ކަމަށް ބުނި ނަމަވެސް މަލަކާ އެކަމާ ދެކޮޅު ހެދިއެވެ.

ހޮސްޕިޓަލުން ގެޔަށް އައިއިރުވެސް މަލަކާ ޝައިމްއާއި ވާހަކަ ނުދެއްކޭތޯ އުޅުނެވެ. ޝައިމް ކައިރީ ވާހަކައެއް ބުނަން ޖެހުނަސް ބުނަނީ އަޝްވާ މެދުވެރިކޮށެވެ. ހޮސްޕިޓަލުގައި މިރޭ ތަންކޮޅެއް މީހުން ގިނަވުމުން ތިން މީހުންނަށް ގެޔަށް އާދެވުނީ އެގާރަ ޖަހާ ބޮޑުވި ފަހުންނެވެ. ބޭރަށް ދިޔަ އަޝްވިންއާއި ކާއިން އަދި ނާދެއެވެ. ފާއިޒު އާއި ސަމީހާ ވީ ކޮޓަރީގައި ނިދާފައެވެ. އަޝްވާވެސް ވަރުބަލިވެފައި ހުރުމުން ލަސްކުރުމެއް ނެތި ނިދަންދިޔައެވެ.

މަލަކާ ނިދަން ކޮޓަރިއަށް ވަނުމުގެ ކުރިން ބަދިގެޔަށް ދިޔައީ ފެންފުޅިއެއް ބަލައެވެ. ފުރިޖުން ފެންފުޅި ނަގައިގެން ފަހަތަށް އެބުރު ވަގުތު ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނީ ކުރިމަތީގައި ހުރި ޝައިމް ފެނުމުންނެވެ.

“ހާދަ ބިރުގަތީ.. ޖިންނިއެއް ކަމަށްތަ ހީކުރީ” ޝައިމް މަލަކާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

މަލަކާ އެޔަށް ޖަވާބު ދިނުމެއް ނެތި ދާން އުޅުމުން ޝައިމް މަލަކާގެ އަތުގައި ހިފައި އޭނާ ކައިރިއަށް ގެނައެވެ. މަލަކާ ޝައިމްގެ އަތުން ވީއްލެން އުޅުނަސް އެކަންވީ ބޭކާރު ކަމަށެވެ.

“މަލަކާއަށް އަހަންނަށް އިތުބާރު ނުކުރެވެނީ އަހަރެން މަލަކާ ދެކެ ލޯބިވާކަމަށް ބުނެ ފަހުން އެއީ ސަމާސާއެކޭ ބުނީމަތަ؟ އަހަރެންމީ ސަމާސާއަށް މީހުންގެ ލޯތްބަށް އާދޭސްކުރަމުން ދުވާ މީހެއް ނޫން.. އަހަރެން މަލަކާ ދެކެވީ ހަގީގީ ލޯބި. އަދިވެސް ހަމަ އެލޯބިވަން… މަލަކާ ނިއަމްއާއި އެކީ އުޅޭތަން ބަލަހައްޓައިގެން ހުންނަން މިޖެހެނީ އެއްވެސް ކަމެއް ނުކުރެވިފަ. އެކަމަކު ދެން އަހަރެންނަށް އިތުރަށް ކެތްނުކުރެވޭނެ. މަލަކާގެ ލޯބި ނުލިބިއްޖެނަމަ އަހަރެންނަށް ދުވަހަކުވެސް އެހެން މީހެއް ދެކެ ލޯބިވުމުގެ ހިތްވަރު ނުލިބޭނެ” ޝައިމް މަލަކާގެ އަތުގައި ހިފައި އިތުރަށް ކައިރިވެލަމުން ބުނެލިއެވެ. ޝައިމް އޭނާގެ ފުރާނައިން އެދޭ ލޯތްބަށް އޭނާގެ ހިތުގެ ހާލަތު އިއްވައިދޭން މަސައްކަތް ކުރިއެވެ.

“އަހަރެން މަލަކާ ދޫކޮށްލީ މަލަކާ ތިހީކުރާ ގޮތަށް އެހެން މީހެއް ފެނިގެންނެއްނޫން. އަދި ސަމާސާ އެއީ ކުރި އެއްވެސް ނޫން.. މަލަކާއަށް އެނގޭތަ މަލަކާ މަންމަ މަލަކާއާއި ދިމާލަށް ހަޅޭތްލެވިއިރު އެހުރިހާ އަޑެއް އަހަން ހުރީމޭ… މަލަކާގެ ލޮލުން  ވެރުނު ކޮންމެ ކަރުނަތިއްކަކަށް މިހިތް ރޯލި.. އަހަރެންގެ މަންމަ އަހަރެން ދޫކޮށް ދިޔަ ދުވަހަކީ އަހަރެންގެ ހަޔާތުގައިވެސް އައި އެއްމެ ހިތާމަވެރި ދުވަސް.. މަންމަގެ ލޯބި ނުލިބި އަހަރެން އުޅެ ބޮޑުވީ.. އެހެންވީމަ އަހަންނަށް އިހްސާސްކުރެވޭ އެއީ ކިހާ މަތިވެރި ލޯތްބެއްކަން… އަހަރެން ބޭނުންނުވީ މަލަކާ އަހަރެން ކުރި ފަދަ ހިތާމައެއް ކުރަން.. އަހަރެން މުޅި ދުނިޔެއިން އެއްމެ ދެކެން ބޭނުންވާ މަންޒަރަކީ މަލަކާ ލޯބިން ހިނިތުންވެލާފައި ހުންނަ މަންޒަރު.. އެރެއަށްފަހު އަހަރެންނަށް ހީވީ އަހަރެން މަލަކާއާއި އެކީ އުޅެން ގަސްދުކޮށްފިނަމަ ދެން އެހިނިތުންވުން ނުފެނިދާނެއޭ… އެހެންވެ އޭގެ އަނެއް ދުވަހު އަހަރެން ދޮގު ހެދީ” މަލަކާ ދިޔައީ ޝައިމް ދެއްކި ހުރިހާ ވާހަކައެއް ކަނުލައި އަޑުއަހަމުންނެވެ. އެތައް އިހްސާސެއް ކުރެވޭ ހާލުގައެވެ. ހައިރާންވީ ޝައިމް އޭނާގެ ހުރިހާ ހީކުރުންތައް ދޮގުކުރަމުން ދާތީއެވެ. ލަދުގަތީ ޝައިމް އެފަދަ ގުރުބާނީއެއްވީ އިރު މަލަކާއަށް ކުރެވުނާހާވެސް ކަމަކީ ޝައިމްއަށް ތުހުމަތުގެ އިގިލި ދިއްކުރުން ކަމުގައިވީމައެވެ.

“އަހަރެން ދޮގުހެދިން.. އޮޅުވާލިން.. އެކަމަކު ބޭވަފާތެރިއެއް ނުވަން… އަހަރެން އުޅެފިން މަލަކާ އާއި ދުރުވާން، އެކަމަކު އެހިތްވަރެއް މިބަސްނާހާ ހިތަކަށް ނުލިބުނު” ޝައިމް މަލަކާގެ އަތް މޭގައި ޖައްސާލަމުން ބުނެލިއެވެ. އޭރު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތިކިތައް އޭގެ މަގާމް ދޫކޮށް ވެރުނެވެ. ޝައިމްގެ ތެދުވެރިކަމަށް ހެކިވެރިންކަމުގައި ވަމުންނެވެ.

މަލަކާއަށް ވިސްނާލެވުނީ ދެނެވެ. ޝައިމް އެރޭ އެދެއްކީ އޭނާގެ ލޯތްބަށް ގުރުބާންވާ ވާހަކަތާއެވެ. އެކަމަކު އެފޮޓޯގަނޑުގައި އެވަނީ ކޮން ކުއްޖެއްބާއެވެ؟

“ޝައިމްގެ ލެޕްޓޮޕުގަ އެއީ ކާކުގެ ފޮޓޯގަނޑެއް” މަލަކާ މަޑުމަޑުން އަހާލިއެވެ. ހުރިހާ ޝައްކުތައް ފިލުވާލަން ބޭނުންވާތީއެވެ. ޝައިމް އެހުރިހާ ހަގީގަތެއް ކިޔާދިން އިރު މަލަކާ ކޮށްލި ސުވާލުން ޝައިމް ގާތަށް ކުޑަކޮށް ހިނައައެވެ.

މަލަކާ ސުވާލުގެ ނަޒަރަކުން ވީ ކީއްތޯ އަހާލިއެވެ.

“ޖެލަސްވީތަ.” ޝައިމް އަހާލިއެވެ. މަލަކާ އިސްޖަހައިލިއެވެ.

“އެއީ ސަރާ… މަލަކާއާއި ދުރުވާން ސަރާގެ ފޮޓޯއަށް އަލުން ބަދަލުކުރީ..އެކަމަކު އޭގެން ވީ ފައިދާއެއް ނެތް.. ލޯބީގައި އަހަރެންމީ ބަދުނަސީބު މީހެއްކަން އަހަރެންނަށް އިހްސާސްކުރެވުނު.. ” މަލަކާގެ އިސް އުފުލާލަމުން ޝައިމް ބުނެލިއެވެ.

“ޝައިމް” މަލަކާއަށް ޝައިމްއަށް ގޮވާލިއެވެ.

“މަލަކާ…. އަހަރެން ވަރަށް ލޯބިވޭ… މަލަކާ އަހަންނާއި ދުރަށް ނުދައްޗޭ.. އަހަރެންގެ ލޯތްބަށް ނޫނެކޭ ނުބުނައްޗޭ… ” މަލަކާގެ ތުންފަތް މަތީ ޝަހާދަތް އިގިލި ޖައްސާލަމުން ޝައިމް ބުނެލިއެވެ. ބޭގަރާރުވެފައިވާ ހިތުގެ އާދޭސް އިއްވަމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ތި ލޯތްބަށްޓަކައި (19)

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (19)

Next
October 8, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (19)

Previews
October 8, 2017

ތި ލޯތްބަށްޓަކައި (19)

50 Comments!

  1. mal says:
    October 8, 2017 at 9:39 pm

    Yaay.. first

    1. mal says:
      October 8, 2017 at 9:56 pm

      Ehkala maroo.. anehkaa vx hiy thalhuvaalythi… dhn vaane gotheh balaahiy vany.. mihn hiy thelhibthelhi heart attavk eh kaneyge ahnaany?… ekam v loabi mi part vx… v furihama sifa kurunthah vx… ?ehme fahun thankolhaa e cover pic aa gulheny..?.. ly??

    2. maroon says:
      October 9, 2017 at 4:15 am

      Hehe. Thanku mal.. ur choice ennu ?
      Heart attackeh next partga ?
      ??

    3. maroon says:
      October 8, 2017 at 10:52 pm

      Yay ?

    4. mal says:
      October 9, 2017 at 8:27 am

      Hehe?

  2. Laii says:
    October 8, 2017 at 9:43 pm

    Eii saraage pic eh dhww.. vrh reethi mi partvess

    1. maroon says:
      October 8, 2017 at 10:52 pm

      Thanku laii ???

  3. click a shot ? says:
    October 8, 2017 at 9:45 pm

    I’m first dhw..?mi part ves hama fabulous…saraa ge photo akah dhw mivy…omg malakaa jealous vehje..hehe..alhey malakaa ah shaim ge hithuge aadheys aduivey nenama..mi nium malakaa ahtakaa ves shaim ah rangalhu kameh kohdhyfiya rangalhu..good night maroon..?❤️

    1. maroon says:
      October 9, 2017 at 4:12 am

      Thanku click ?
      I will not say thts not possible

    2. click a shot ? says:
      October 9, 2017 at 12:37 pm

      Oops..mal dhw first

  4. reader says:
    October 8, 2017 at 9:46 pm

    V reethi

    1. maroon says:
      October 9, 2017 at 4:13 am

      Thanku ?

  5. bal says:
    October 8, 2017 at 9:51 pm

    yaay..second

    1. maroon says:
      October 9, 2017 at 4:13 am

      Thanku ?

  6. Xna says:
    October 8, 2017 at 9:54 pm

    Alhey majaakolhu dusbin ah e Lee?? naughty boy

    1. maroon says:
      October 9, 2017 at 4:14 am

      Hehe. Thanku?

  7. maroon says:
    October 8, 2017 at 9:57 pm

    Sorry malakage photo ekey buni kudhin
    If you like the story leave a comment others too ?
    Loabivaa vahaka bune vijje dhn othy mammaai hisaabah dhiyun…lets see how that goes. Goodnight. Loves ?

  8. Zuam says:
    October 8, 2017 at 10:30 pm

    Masha Allah. …. varah varah reethi. …. plx next part varah ahvaha update koh dhehcheh. …. plx maroon. …. ????

    1. maroon says:
      October 9, 2017 at 4:15 am

      Thanku zuam ?

  9. Xxxx says:
    October 8, 2017 at 10:37 pm

    Woooooow??????

  10. Shudha says:
    October 8, 2017 at 10:44 pm

    Oh yessss… ? im so happy… dhe hiy gulhijje… v ufaa vejje mirey… you are one of my favourite writers… story v habeys Inge… ?loves… next kn irakun?

    1. maroon says:
      October 9, 2017 at 4:16 am

      Thanku shudha ? v happy vejje … in sha Allah soon .. dhe hiy gulhijjetha? Malakage javaabeh neyge ennu

  11. Zaain says:
    October 8, 2017 at 10:46 pm

    Marooogandaa…. adi kudakoh digukohki nama….. cover pik v nice…. Story tooo… Maroo dn konirakun up vaany..
    Story hama habeys…. dn aneykaa e demeehun durunukuraati ingey… Marooo…

    1. maroon says:
      October 9, 2017 at 4:18 am

      Thanku zaain. Thikamah ehchekey bunaakah nethin…glad u like the cover and story ?

  12. khajja says:
    October 8, 2017 at 10:55 pm

    Ohhh woww??? masha allah stry v v v awsome?? malakaa shaim ah dheraeh nudhechchey plx esoran alhaalaa plx plx whn nxt prt avahah up kolladhybala plx gud nyt ly??❤❤????

    1. maroon says:
      October 9, 2017 at 4:19 am

      Thanki khajja… esorah alhaalaanan adhi ? loves ?

  13. Twinkle says:
    October 8, 2017 at 11:17 pm

    Wow wow superb. Var nice mi part vx. Mal e bunihen hih thalhuvaalaafa dhw thi nimmaaly mifaharu vx. Waitin fr the nxt prt. Avas kollahchey. Var var kiyaa hithun mi iny igey maroon…

    1. maroon says:
      October 9, 2017 at 4:20 am

      Hehe.. read next part for more answers ? thanku.. dnt get a heart attack ?

  14. Twinkle says:
    October 8, 2017 at 11:18 pm

    And the new pic is also very nice n cute

  15. Adha? says:
    October 8, 2017 at 11:25 pm

    Heekuri gothakah nuvi dw… hehe… ekam rangalhuthaa two love birds ? again gulheny ehnu dw.. malakaa mifaharu no ey nubunaathi.. shaim thalhuvanves no ey nubunaathi… but kihinehbaa vaany dw dhen.. malakaa mom ah angan hadhaany kihinehbaa?.. maroon mi part ves varah reethi.. next part ves lass nukoh up kohdhehchey ingey?..
    Waitingss ❤❤❤❤

    1. maroon says:
      October 9, 2017 at 4:21 am

      Love birds alun gulheynetha .. vedhaane thihenves…gaimuves malaka no ey nubunaane ?
      Yh mamma aai hisaabah dhaany kihinei baa
      Thanku ?

  16. Naufa says:
    October 9, 2017 at 12:02 am

    Wowww marooon.. Its sooooo beautiful.. Kiyaa iru hama hyvany loa kurimathin fennahen.. V v salhi.. Maasha allah????❤❤

    1. maroon says:
      October 9, 2017 at 4:22 am

      Thanku naufa ? ur storyves hama superb

  17. Mariyam Ubaid says:
    October 9, 2017 at 1:08 am

    Varah Reethi nimunee tha?

    1. maroon says:
      October 9, 2017 at 4:23 am

      No dear. Adhi dethin part baaky eba oiy. V tension aisdhaane. Keep reading ? thanku

  18. $JK..KOREAN says:
    October 9, 2017 at 4:46 am

    oh wowww.. vvvv happy vejje dhemyhun gulhunyma.. u’re best maroon 🙂 mi part varah habeysss.. feelings thah huri goih varah loabikoh genessa hury.. keep it up dear.. and kuda mistake eh in.. ” kihaa varakah loabi vaakan” jahan vegen ebain jehifa “hikaa varakah” 😀 n “dhekeveynee” vx ebain jehifa. aslu innan jeheynee “dhenkeveynee” hope u’ll correct it.. other than that the part is fabulous. shaim majaa kaan ulhunu goih varah funny. haha 😀 hiyy thalhuvaalaafa thi nimmaaaly anehkaavx.. maroon hama visun thoony ey dhw, masha allah.. you’re one of the best n one of my top most fav writer.. love you veryyy much.. WAITINGGG.. 🙂 🙂

  19. $JK..KOREAN says:
    October 9, 2017 at 4:53 am

    wowww habeyys part eh mii.. varah varah loabi.. dhemyhun gulheynebaa dhww.. alhey waiting for that.. maroon u’re the best.. mi part ga in kuda thankolheh mistake akah faahagavi. kihaa varakah kan loabivany in thanun iny “hikaa varakah” jehifa.. n “dhen keveynee ” jahan jehey thankolhakah ebain “dhekeveynee” jehifa…hope u’ll make it correct.. cover pic varahhhh loabi..u’re way of writing the story is really fantastic.. keep it up.. u’re one of my best n top most fav writer.. hehe $JK mee maroo ge fan eh.. 😉 😀 waiting …. love u v m…… 🙂

    1. maroon says:
      October 9, 2017 at 8:59 am

      Thanku for pointing out ..v happy vejje comment kiyaalaafa. N you are one of my fav readers. ☺ loves thanku lots for all the support?
      Gulhuvanvytha dhemyhun .?. hehe ?

    2. $JK..KOREAN says:
      October 9, 2017 at 11:08 am

      haha thanks dear… yeah hama gulhuvanyy 😀 😀

  20. Shaim says:
    October 9, 2017 at 9:06 am

    Aharemen dhemyhun dhn nukurahchey. malaka!!! We want to be together dhw sweet heart ?
    Story v reethi.

    1. maroon says:
      October 9, 2017 at 10:29 am

      thanku shaim ? hope malaka won’t let you down

  21. I says:
    October 9, 2017 at 9:19 am

    Waiting for next part. Varah reethi mi part ves ?? Alhe mi vaahaka nimaafa ekkoh kiyaaleveynehen eh episode ah hadhaafa up kohdheeba.

    1. maroon says:
      October 9, 2017 at 10:31 am

      I lost my copies of previous parts. But i ll talk to the admin about the matter.. couldnt copy from the site itself.. thanku ?

  22. Nash says:
    October 9, 2017 at 11:51 am

    Marooon. Heyo nuvaane dhen ithurah edhemeehun dhuruga nubahattaa. Shaim fakeeru loabi nulibi eyoh ulhey haalu. Malaka parents and lover aai dhemedhh stuck vefa. I hope they get a happily ever after after all the downs

  23. xaan says:
    October 9, 2017 at 12:41 pm

    Masha Allah v reethi mi partves

  24. Anonymous says:
    October 9, 2017 at 1:10 pm

    How many prts left….nice story

    1. maroon says:
      October 9, 2017 at 1:27 pm

      3-4 parts

  25. Sifaa says:
    October 9, 2017 at 2:30 pm

    Konirakun anehbai? Can’t wait… plx buneladheebala…

  26. aanaa says:
    October 9, 2017 at 5:22 pm

    vaahaka v reethi,,, bt karuna nuveh vereyne, ohoreyni, or oheyni…

    1. maroon says:
      October 9, 2017 at 6:12 pm

      Thanku dear. I ll be more careful ?

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 14←


All Right Reserved!