Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (2)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
October 10, 2017 6 Mins Read
62 Comments

ކޮޓަރީގެ ކައިރީގައި ހުރި ލަކުޑި މޭޒެއްމަތީ ތަބަށް ބެހެއްޓުމަށްފަހު ލައިގެންއިން ޖިންސްގެ ޖީބުން ރިހިކުލައިގެ ތަޅުދަނޑިއެއް ނަގައި ކޮޓަރީގެ ބޮޑު ދޮރުގައި އެޅުވިފައިވާ ތަޅު ކަމަރް ހުޅުވައިލިއެވެ. އަދި ދެއަތުން އެދޮރު ދެފަރާތައް ކޮށްޕައިލިއެވެ. އެއަށްފަހު ތަބަށް ނަގައި އެކަނު އަނދިރި ކޮޓަރިތެރެއަށް ވަނުމަށް ކަމަރް ހިނގައިގަތެވެ.

ތަންކޮޅަކަށް ހިނގައިލުމަށްފަހު ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ސުވިޗްއަކަށް ކަމަރް އޮބައިލިއެވެ. އެއާއެކު ފަނޑު އަލިކަމެއް ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. ތަބަށް ހިފައިގެން ކަމަރް ހިނގައިގަތެވެ.

ކޮޓަރިތެރެ އަލިވުމާއެކު މީހެއްގެ ކުކުރުމުގެ އަޑު އިވިގެންދިޔައެވެ. އެއަޑުގައި އެތަކެއް ވޭނަކާއި ޝަކުވާއެއް އެކުލެވިގެން ވިއެވެ. އެމީހާގެ ކުކުރުމުގެ އަޑު އިވުމުން ކަމަރްގެ ހިތަށްވެސް އަސަރު ކުރިއެވެ. ނަމަވެސް އެކަމުގައި އޭނާ އަށް އެމީހަކަށް ވެވޭނެ އެއްވެސް އެހީއެއްނެތެވެ. ހަމްދަރުދީގެ ނަޒަކުން އެމީހާއަށް ބަލާލުން ފިޔަވައި އިތުރު އެއްވެސްކަމެއް ކުރާކަށް ކަމަރްއަކަށް ނުކެރުނެވެ.

*****

ކަންބޮޑުވެފައި ހުރި އައިދުން ކޮޓަރީގައި ދެކޮޅަށް ހިނގައިލަ ހިނގައިލާ ހުއްޓެވެ. އައިދުން އެއްގޮތަކަށްވެސް އެރަށަށްދާކަށް ބޭނުމެއްނޫނެވެ. ނަމަވެސް ބައްޕަގެ ކުރިމަތީގައި އެކަމާއި ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނީއެވެ. ހަދާނެގޮތަކާއިމެދު ވިސްނަންހުރި އައިދުން ކުއްލިއަކަށް ލައިގެން ހުރި ޖިންސްގެ ޖީބަށް އަތްލުމަށްފަހު އޭނާގެ މޯބައިލް ފޯންނަގައި ނަންބަރަކާއި ގުޅާލިއެވެ. އެކޮޅުން ފޯން ރިންގަވަމުން ދާއަޑުއިވުމުން އައިދުންގެ ހިތް ތެޅެންފެށީ ހީވެސްނުކުރާހައި ބާރަށެވެ. އައިދުން އެނަންބަރަށް ގުޅައިލީ ހާދަ ދުވަހެއް ފަހުންނެވެ.

އެކޮޅުން ފޯންނެގުމާއެކު އައިދުން އޭނާގެ ހާސްވެފައިވާ ނަފުސް ހަމައަކަށް އަޅުވައިލިއެވެ. އަދި ހަރުކަށިކަމާއެކު ވާހަކަދައްކަންފެށިއެވެ. “އޭނާގެ ހާލު މިހާރު ކިހިނެއް؟” އަޑަށް ބާރުލަމުން އައިދުން އަހާލިއެވެ. އެކޮޅުން ވާހަކަދެއްކިމީހަކު ދިން ޖަވާބާއެކު އައިދުންގެ މޫނު އިތުރަށް ކަޅުވެގެން ދިޔައެވެ. އެމީހެއްގެ ހާލު އެފަދައިން ހުންނަނަމަ އެރަށަށް ގޮސްގެން ކުޑަދުވަސްކޮޅެއްވެސް ނުވަނީސް މަލާކަށް ހުރިހައި ކަމެއް ފަޅައިއަރައިފާނެއެވެ. އެތަށްއިރަކު ފޯނުން ވާހަކަދައްކަން ހުރުމަށްފަހު ނުރުހުންވެފައި އައިދުން ފޯން ބޭވިއެވެ. ހަދާނެ ގޮތަކާއިމެދުގައި އައިދުން ވިސްނަމުންދިޔައެވެ.

ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަތް މަލާކް ދެކޮޅަށް ހިނގައިލަ ހިނގައިލާހުރި އައިދުންގެ މޫނަށް ހައިރާންވެފައި ބަލައިލިއެވެ. ބައްޕަ އެރަށަށް ދާވާހަކަ ބުނީއްސުރެ އައިދުން މިއުޅެނީ ހާދަ ފާޑަކަށެވެ. މަޑުހިނގުމެއްގައި ގޮސް މަލާކް އައިދުންގެ ފުރަގަހުގައި ހުއްޓިލިއެވެ.

“އައިދު. ކަމެއްވީތަ؟” ފުރަގަހުން އައިދުންގެ ކޮނޑުގައި އަތުން މަޑުން ޖަަހައިލަމުން މަލާކް އަހަލިއެވެ. މަލާާކްގެ އަޑަށް ސިހިފައި އައިދުން އެނބުރުނެވެ. “މަލް. ކޮންއިރަކު އައީ؟” ނިތްކުރިމަތިން ހިއްލައިފައިވާ އޮށްދާތައް އަތުގެ ނުފުށުން ފުހެލަމުން އައިދުން ހަމަޖެހެން މަސައްކަތްކުރަމުން ދިޔައެވެ.

“ދެންމެ.ދެން ބުނެބަލަ. އައިދު ކިހިނެއްވެފަ ތިހުންނަނީ؟ ބައްޕަ އެވާހަކަ ދެއްކީއްސުރެ އައިދު ތިހުންނަނީ ކަންބޮޑުވެފަ. އެރަށަށް ދާހިތްނުވަނީތަ؟” މަލާާކް ފަށްޗަކަށް ސުވާލުތައް އަމުނާލުމުން އައިދުން ޖަވާބުގައި ހަމައެކަނި ދެފަރާތަށް ބޯހޫރުވައިލީއެވެ. ފާޅުގައި އެކަމަށް ދެކޮޅުހަދަން ނުކެރުނީ މަލާކްއަށް ޝައްކެތްވެދާނެތީއެވެ. “ބައްޕަ ބުނި އެއީ ވަރަށް ރީތި ރަށެކޭ. އެހެންވެއޭ އައިދު އެރަށުން ބިމެއްގަނެ އެތާނގައި ގެއެއް އެޅީ. އަނެއްކޮޅުން އައިދު ފޫހިވާކަށްވެސް ނުޖެހޭނު އެރަށުގަ. އައިދުގެ އެކުވެރިން ތިބޭ އެތާ. ބައްޕަގެ ބޮޑު ފިހާރައަކާ ގެސްޓް ހައުސްއެއްހުރޭ އެރަށު. ސޯ އައިދު އަށް އެރަށަށް ގޮސް ތަންކޮޅުން ގާތުން އެތަންތަނުގެ ވިޔަފާރި ދާގޮތްވެސް ބަލާލެވޭނު. ޕްލީޒް އައިދު. މިދަތުރަށް ދެކޮޅު ނުހަދައްޗޭ. ޕްލީޒް. އަހަރެން އަދި އަލަށް ރާއްޖެތެރޭ ރަށަކަށް މިދަނީވެސް. އެހެންވެ ވަރަށް ދާާހިތުން މިއިނީ. ޕްލީޒް. އައިދު ދާނަންދޯ.” އައިދުންގެ އަތުގައި ހިފައިގެން އިނދެ ވާހަކަދައްކަމުން ދިޔަ މަލާކް އާދޭހުގެ ރާގަކަށް ދެރަވެލައިފައި ބުނެލިއެވެ. މަލާކްގެ ދެރަވެފައިވާ މޫނު ފެނުމުން އައިދުންގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. ދެކޮޅަށް އެއްޗެއްބުނެ އެދަތުރު ކެންސަލް ކުރާކަށް އައިދުންއަކަށް ނުކެރުނެވެ. އެހެންކަމުން ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވާފައި މަލާކްގެ އެދުމަށް އެއްބަސްވިއެވެ. ހިތައި ދެކޮޅަށެވެ. އެއާާއެކު މަލާކްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އުފަލުންގޮސް އައިދުންގެ ގައިގައި ބާރަށް ބައްދާލިއެވެ.

ޖެހިގެންއައި ހަފްތާތެރޭގައި އައިދުންގެ ދެމަފިރިންވެސް ދަތުރަށް ތައްޔާރުވުމުގައި އުޅުނީ ވަރަށް ބުރަކޮށެވެ. ހިތްނުތަނަވަސްވެފައިވާ ހާލުވެސް އެކަން މޫނުމަތިން ނުދައްކައި އައިދުންވެސް އުޅެމުންދިޔައެވެ. އިތުރުގޮތެއް ނެތުމުންނެވެ. ނަމަވެސް އެކޮޅަށް ގޮއްސައި އޭނާ ޖެހޭނީ ނިކަން ސަމާލުވެ ހުންނާށެވެ. މަލާކަށް ކުޑަކޮށްވެސް ޝައްކުވިޔަކަ އޭނާއެއް ނުދޭނެއެވެ.

* * *

ކާރުން ފޭބުމަށްފަހު އައިދުން މަލާކްގެ އަތުގައި ހިފައިގެން އެމީހުން ފުރުމަށް ހަމަޖެހިފައިވާ ލޯންޗާ ދިމާއަށް ހިނގައިގަތެވެ. އޭރު ކާރުގެ ޑިކީއިން ލަގެޖްތައް ހިފައިގެން ގޮސް ލޯންޗަށް އެރުވުމުގެ މަސައްކަތުގައި ޑްރައިވަރު އުޅެއެވެ. އައިދުން ލޯންޗަށް އެރުމަށްފަހު މަލާކްގެ އަތުގައި ހިފައި އޭނާވެސް އެރުވިއެވެ. ދެމީހުން ހަމަޖެހިލުމާއެކު ލޯންޗް ދަތުރަށް ފެށިއެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން ލޯންޗް ކުރިއަށް ދިޔައިރު މަލާކް އިނީ އެހިތްގައިމު މަންޒަރުން ހިތަަށްހަމަޖެހުން ހޯދާށެވެ. ޖެހިލާ ރޯޅިތައް އޭނާގެ ފަންއިސްތަށިގަނޑާ ކުދިކުދި ސަމާސާތައް ކުރަމުންދިޔައެވެ. އިރުގެ ރަންދޯދިތައް ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާގޮތުން، ލޮނުގަނޑު ވިދަމުން ދިޔައެވެ. ކުދިކުދި ދޫނިތައްވެސް ބައިގަނޑު ގަނޑަށް އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރަމުން ދިޔައެވެ.

ގުދުރަތީ ހިތްގައިމުކަމަށް ގެއްލިފައިހުރި މަލާކަށް ބަލަން ކަންބޮޑުވެފައި އައިދުން އިނެވެ. އެތެއްފަހަރަކު މަލާކަށް ހަގީގަތް ކިޔައިދޭންވީއޭވެސް އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އޭރުން މަލާކް އޭނާދެކެ ފޫހިވެދާނެއެެވެ. އޭނާ ދޫކޮށްލައިފައި ހިނގައިދާނެއެެވެ. އެހެންވާކަށް އައިދުން ބޭނުމެއްނޫނެވެ. އޭނާ މަލާކާ އިނީ ނުހަނު ލޯބިންނެވެ. އޭނާގެ ކަޅު އަނދިރި މާޒީގެ ސަބަބުން މަލާކްއާ އޭނާގެ ކައިވެނި ރޫޅޭކަށް އައިދުން ނޭދެއެވެ. މިފަދަ ޚިޔާލުތަކަކުން އައިދުންގެ ސިކުނޑި ހާސްވަމުން ދިޔައެވެ. މަލާކްވެސް ދަތުރުމަތީގައި މާބައިވަރު ވާހަކަތަކެއް ނުދައްކާތީ އައިދުން ވެސް އިނީ ހިމޭންވެފައެވެ. އެގޮތުގައި އެހެން ތިއްބައި ލޯންޗް އައިސް ރަށެއްގެ ބަނދަރަކާ ގާތްކުރިއެވެ. އުފާވެލާފައި މަލާކް އަވަސް އަވަހަށް އިންތަނުން ތެދުވިއެވެ. އައިދުންވެސް މަޖުބޫރުވެފައިވާ މީހަކުފަދައިން ތެދުވެ ރަށަށް ފެއިބުމަށް އުޅެގަތެވެ.

ރަށުގެ ބަނދަރުމަތީގައި އައިދުންގެ ދެމަފިރިން ބަލައި އައިސް އޭނާާގެ އެކުވެރިއެއްކަމަށްވާ އާކިފް ހުއްޓެވެ. ކާރުގެ ދޮރުކައިރީ ހުރި އާކިފް އައިދުން ފެނުމުން ހިނިތުންވެލައިފައި އައިސް ސަލާމްކޮށްލިއެވެ. އަދި އަވަހަށް އެމީހުންގެ ލަގެޖް ހިފައިގެން ކާރާ ދިމާއަށް ހިނގައިގަތެވެ. ރަށުގެ އެކި ދިމަދިމާއަށް ހައިރާންކަމާއެކު ބަލަމުންދިޔަ މަލާކްވެސް ކާރާ ދިމާއަށް ހިނގައިގަތީ އަވަހަށް ގެއަށްދާން ބޭނުންވެފައި ހުރިވަރުންނެވެ.

ކާރުއައިސް އެބޮޑު ހަވޭލީ ކުރިމައްޗަށް މަޑުކޮށްލުމާއެކު ކެތްކުރަންދަތިވެފައި އިންފަދަ ގޮތަކަށް އަވަސްއަރުވާލައިފައި މަލާކް ކާރުން ފޭބިއެވެ. އެބޮޑު ދެލޯ ފޮރުވައިލުމަށް އަޅާފައިވާ ލޯބޮޑު އަވި އައިނު ކަނައަތުން ނަގަމުން އެގެއަށް ފުންނަޒަރަކުން މަލާކް ބަލައިލިއެވެ. ހިނިތުންވެލައިފައި މަލާކް އައިދުންއަށް ބަލައިލީ ހިތްހަަމަޖެހިފައި ހުރެއެވެ. އައިދުންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހާސްކަމެވެ. މާޒީގެ އެކި ހަނދާންތަކުން އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ނަމަވެސް އޭނާއާ ދިމާއަށް ބަލައިލި މަލާކަށް އައިދުންވެސް ހިނިތުންވެލިއެވެ.

ގޭތެރެއަށް ވަނުމަށްޓަކައި ހިނގައިގަންނަމުން މަލާކް އެގެއަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ. އެވަގުތު ގޭގެ މަތީބައިގައި ހުރި ކުޑަދޮރު ކައިރީގައި އޭނާއަށް ބަލަން އަންހެން ކުއްޖަކު ހުރިހެން މަލާކަށް ހީވިއެވެ. އެސްފިޔަ ޖަހައިލައިފައި ދެން ބަލާލިއިރު އެތަނަކު އެއްވެސް މީހެއްގެ ނިޝާނެއް ނެތެވެ. ކުޑަކޮށް ހައިރާންވި ނަމަވެސް މަލާކް ނިންމީ އެއީ އޭނާއަށް ހީވިގޮތެއް ކަމަށެވެ. ބިރުވެރި ފިލްމުތަކުން ވަލުގައި ހުންނަ މިފަދަ ގޭގެ ގިނައިން ފެންނާތީ ކަމަށްވެސް ވެދާނެއެވެ. ހިނިތުންވެލަމުން މަލާކް އޭނާގެ ބޮލުގައި މަޑުމަޑުން ޖަހައިލީ އޭނާގެ ސިކުނޑިއަށް އައި މޮޔަ ޚިޔާލުތަކުގެ ސަބަބުންނެވެ.

މަލާކްގެ ފަހަތުން އައިދުންވެސް މަޑުހިނގުމެއްގައި އައިސް ގެއަށް ވަނެވެ. އާކިފްވެސް ލަގެޖްތަކާާއެކު އެގެއަށް ވަތްއިރު އޭނާގެ އަނބިމީހާ ނީމް، ޝާންތާއާއެކު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމައިގެން އުޅެއެވެ. މަލާކްވެސް އެމީހުންނާއި ބައިވެރިވެގެން ބަދިގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ސިޓިންރޫމްގައި ބެހެއްޓިފައި ހުރި ސޯފާތަކުގެ ތެރެއިން ސޯފާއެއްގައި އައިދުން އިނށީދެލައިގެން އިނެވެ. ހިނިތުންވެލައިފައި އާކިފްވެސް އައިސް އައިދުން ގާތުގައި އިނށީނެވެ.

ހެނދުނުގެ ނާސްތާއަށްފަހު އާކިފްގެ ދެމަފިރިންވެސް ފަހުން އަންނާނަން ކަމަށްބުނެ އެމީހުންގެ ގެއަށް ދިޔައެވެ. މިވީ ކުޑަ ވަގުތުކޮޅުތެރޭގައި މަލާކްއާާއި ނީމްއާ ދެމެދުގައިވަނީ ވަރަށް ގާާތް ރަހުމަތްތެރިކަމެއް އުފެދިފައެވެ. އެދެމީހުން ދިއުމާއެކު މަލާކްއާ އައިދުންވެސް ގޭގެ އެންމެ މަތީބައިގައި ހުރި އައިދުންގެ ކޮޓަރިއަށް ދިޔައީ ދަތުރުވަރުބަލިވެފައި ހުރުމުގެ ސަބަބުން އަރާމުކޮށްލާށެވެ. ފެންވަރައިލައިގެން އެނދުމަތީގައި އޮށޯވެލުމާއެކު ދެމީހުންނަށްވެސް ދާދި އަވަހަށް ނިދިއްޖެއެވެ.

* * *

ވަށައިގެންވަނީ ކަނުއަނދިރިކަމެވެ. ތަނެއްދޮރެއްވެސް ވަކިކުރަން ދައްޗެވެ. ދެލޯބޮޑުކޮށްގެން އެތަން މިތަނަށް ބަލަން އައިދުން ހުރީ ދާނެ ދިމާާއެއްނޭނގިފައެވެ. އެއްވެސް އަލިކަމެއްނުވާއިރު ހިނގައިގަންނާނީ ކިހިނެއް ކޮންދިމާއަކަށްކަމެއް ނުވިސްނިފައެވެ. ވަށައިގެން ހޯދަމުން ދަނިކޮށް ކުއްލިއަކަށް އައިދުންގެ ލޮލުގައި އަޅައިގަތީ ދަންކޮޅެއްދުރުން ފާޅުވާންހުރި އަލިކަމެކެވެ. އިރެއްއިރަކަށް އެއަލިކަން ގަދަވަމުން އައިސް ތަންދޮރުވަކިވާވަރަށް ގަދަވިއެވެ. އެއާއެކު ހިތްހަމަޖެހިފައި އައިދުން ކުރިއަށް ހިނގައިގަތެވެ.

އައިދުންގެ ވަށައިގެންވި ބިޔަބޮޑެތި ގަސްތަކަށް އޭނާއަށް ނަޒަރު ހިންގައިލެވުނެވެ. އެތަނުގައި ގިނައީ އޭނާ ދުވަހަކުވެސް ދެކެފައިނުވާފަދަ ގަސްގަހެވެ. ހައިރާންވެހުރެ ހިނގަމުންދިޔަ އައިދުން ކުއްލިއަކަށް ހުއްޓުނީ އޭނާގެ ކުރިމައްޗަށްވާ ގޮތަށްހުރި ބިޔަ ގަހުގެ ކައިރީގައި އޭނާއަށް ފުރަގަސްދީގެން އިން ރީތި އަންހެންކުއްޖެއް ފެނުމުންނެވެ.

އެއްވެސް ވައިރޯޅިއެއްނުވާއިރުވެސް އެއަންހެންކުއްޖާގެ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ލައިފައިހުރީ ކަކުލާހަމައަށް އަންނަވަރުގެ ގަދަ ރަތްކުލައިގެ ހެދުމެކެވެ. ގަހުގައި އެއްއަތް ޖައްސައިލައިގެން އެކުއްޖާ އިނެވެ. އެއީ ކާކުތޯ ބަލައިލުމުގެ ޝައިގުވެރިކަން އައިދުންގެ ހިތުގައި އުފެދުނީ ކީއްވެކަމެއް އައިދުން އަކަށް ނޭނގެއެވެ.

ނިކަން ހަމަޖެހިފައިހުރެ އައިދުން އެކުއްޖާއާ ދިމާއަށް ހިނގައިގަތެވެ. އެކުއްޖާއާ ދާދިގާތަށް ހުއްޓިފައި އައިދުން އެކުއްޖާގެ ކޮނޑުގައި މަޑުމަޑުން އަތްބާވައިލިއެވެ. “ތީކާކު؟” އައިދުން އަހައިލީ ހަމަޖެހިފައި ހުރެއެވެ. ނަމަވެސް އެނުދަންނަ އަންހެންކުއްޖާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެކުއްޖާ ހަމަ އިހުހުރި ގޮތަށް އިނެވެ. އައިދުން އެކުއްޖާގެ ކޮނޑުގައި އަތްޖައްސައިލުމުންވެސް ފަސްއެނބުރި އައިދުންއާ ދިމާއަށް ބަލައިލާކަށްވެސް އެކުއްޖާގެ ހިތަކަށް ނޭރިއެވެ.

“ކިހިނެއްވެފަ މިތާ ތިއިނީ؟” އެކުއްޖާގެ ފަރާތުން ޖަވާބެއް ނުލިބުމުން ދެންވެސް އައިދުން އަހައިލިއެވެ. “އައިދުންގެ އިންތިޒާރުގަ” ފޮނިފޮނި ރީތި އަޑަކުން މިފަހަރު އެކުއްޖާ ޖަވާބުދިނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އައިދުންއަށް އެއަންހެއްކުއްޖާގެ އަޑު ދަންނައަޑަކާއި ވައްތަރުވިއެވެ. “ކީއްވެ އަހަރެންގެ އިންތިޒާރުގަ؟ ކިހިނެއް އަހަރެންގެ ނަން އެނގުނީ؟ ތީ އަހަރެން ނުވެސް ދަންނަ ކުއްޖެއްނު.” ހައިރާންވެފަައި އައިދުން ބުނެލިއެވެ. އަޖައިބެކެވެ. އޭނާ ނުވެސް ދަންނަކުއްޖަކަށް އޭނާގެ ނަން އެނގެންވީ ކިނެއްހެއްޔެވެ؟ އޭނާއަށް އިންތިޒާރު ކުރަންވީ ކީއްވެ ހެއްޔެވެ؟ ފުންވިސްނުމެއްގައިހުރި އައިދުން ސިހުނީ އެއަންހެންކުއްޖާ ވާހަކަދައްކަން ފެށުމުންނެވެ.

“އައިދުން އަހަރެން މަތިން ހަނދާންނެތުނަސް އަހަރެން ކިހިނެއް އައިދުން މަތިން ހަނދާންނައްތާލާނީ؟ ދުވަހަކުވެސް ހަނދާނެއްނުނެތޭނެ. ހާދަދިގު އިންތިޒާރެއް ކުރިފަހުންނޭ އައިދުން ތިއައީ.” އެކުއްޖާގެ އަޑުގައި ރުޅިވެރިކަން އެކުލެވިގެން ދިޔައެވެ. “ތީކާކުތަ؟ އަހަރެން ބޭނުން ތީކާކުކަން އެނގެން. އަހަރެންނާ ދިމާއަށް އެނބުރިބަލަ.” އޭނާ ވަށައިގެންވި ނާމާން މާހައުލަށް ލޯހިންގަމުން އައިދުން އަހައިލީ ހިސާބަކަށް ޖެހިލުންވެފައި ހުރެއެވެ. އެއްގޮތަކަށްވެސް އެއީ ކާކުކަމެއް އޭނާއަކަށް ނޭނގުނެވެ.

“އޭރަށް އައިދުން ބިރުން ދުވެފިލާނެ.” މަލާމާތުގެ ރާގަކަށް އެކުއްޖާ އެހެންބުނުމުން އައިދުން އަދިވަކިން ބޮޑަށް ހައިރާންވިއެވެ. އޭނާ ނުވެސް ދަންނަ ކުއްޖެއްދެކެ ބިރުން އޭނާ ދުވެފިލަންވީ ކީއްވެހެއްޔެވެ؟ އޭނާއަކީ އެއްއިރެއްގައިވެސް އެހައި ފިނޑިމީހެއް ނޫނިއްޔާއެވެ. “ކީއްވެ؟ އަހަރެން ބިރެއް ނުގަނޭ. އަހަރެންމީ ތިހީކުރާހައި ފިނޑި މީހެއްނޫން.” ޗޮކެއް ކަނޑައިލަމުން އައިދުން ބުނެލިއެވެ. އެއާއެކު އެއަންހެންކުއްޖާގެ ހުނުމުގެ އަޑު ފަޒާގެތެރަށް ފެތުރިގެން ދިޔައެވެ.

އެކުއްޖާ އެއްވެސް ޖަވާބެއްނުދީ މަޑުމަޑުން އައިދުންއާ ދިމާއަށް އެނބުރުނެވެ. އަދި އިސްއުފުލައިލަމުން ހިނިތުންވެފައި އައިދުންގެ މޫނަށް ބަލައިލިއެވެ. އެއާއެކު އައިދުންގެ ދެލޯބޮޑުވެގެން ދިޔައެވެ. އެއީ ކާކުކަން އައިދުންއަށް އެނގިއްޖެއެވެ. ދެފަރާތަށް ބޯހޫރުވަން ފެއްޓީ ފެންނަމުންމިދާ މަންޒަރުތައް ގަބޫލުނުކުރެވިފައި ހުރި ކަހަލަ ގޮތަކަށެވެ. އައިދުން ބަލަބަލައި ހުއްޓައި އެކުއްޖާގެ ސިފަ ބަދަލުވާން ފަށައިފިއެވެ. ހިނިތުންވެފައިވާ މޫނަށް ރުޅިވެރިކަން ވެރިވެގެން ދިޔައީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއަންހެން ކުއްޖާގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔައެވެ. އަތުގެ ނިޔަފަތިތައް ދިގުވެ ތޫނުވަން ފެށި މަންޒަރުފެނުމުން އައިދުންގެ ހެޔަށް ގޮތްނުވީވެސް ހަމަކިރިޔާއެވެ.

ވީނުވީއެއްނޭނގި އެކުއްޖާގެ ކަރާއި ދިމާއިން ކެނޑިގެން ގޮސް ލޭތައް އައިދުންގެ މޫނަށް ބުރައިގެން ދިޔައެވެ. އޭރު އެކުއްޖާގެ ކަރުންނާއި ލޮލުން ލޭ އޮހޮރެމުން ދިޔައެވެ.

ބަލާކަށް ނުހުރެ އައިދުންއަށް ދުއްވައިގަނެވުނެވެ. ގަސްބޯ ޖަންގަލިތެރޭ ދެވޭނުދެވޭ ދިމާއެއް ނޭނގޭ ހާލުގައި އައިދުން އޭނާއަށް ދުވެވުނު އެންމެ ބާރަކަށް ދުވަމުން ދިޔައެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. މުޅިމީހާ ދާހިއްލާ ފޯވެއްޖެއެވެ.

ކުއްލިއަކަށް ގަހެއްގެ ފަލަ މޫގަނޑެއްގައި އަޅައިގެންފައި އައިދުން ބިންމައްޗަށް ބަން ކިޔާފައި ވެއްޓުނެވެ. ޖެހުނުގޮތުން އޭނާގެ ބޮލުގެ ތަންކޮޅެއް ފަޅައިގެންގޮސް ލޭއަންނަން ފެށިއެވެ. ތެދުވާން އުޅެއުޅެ ތެދުވެވޭ ގޮތެއްނުވިއެވެ. އެވަގުތު ބާރު ހުނުމެއްގެ އަޑު އައިދުންގެ ކަންފަތުގައި ޖެހުނެވެ. ބިރުގެންފައިވާ ހާލު އައިދުން އިސްއުފުލާލައި ކުރިމައްޗަށް ބަލާލިގަޑީ ބޮލަށް އެނބުރުންނޭރީ ހަމަ ކިރިޔާއެވެ. އެއަންހެން ކުއްޖާ ބިރުވެރި ފާޑަކަށް އޭނާގެ ކުރިމަތީގައި ހުރެ ހެމުންދިޔައެވެ. އައިދުންއަށް މަލާމާތްކުރާ ފަދައަކުންނެވެ. އޭރު އެކުއްޖާގެ ކަރުން ފޭބިލޭތަކުން ލައިގެންހުރި ހެދުން ތެމިފޯވެ ގައިގައި ތަތްވެފައި އޮތެވެ.

“ހެޔޮނުވާނެ. އަހަރެންނަށް ތިހެން ނުހަދާ. އަހަރެން ދޫކޮށްލާ.” ތުރުތުރު އަޅަމުންދިޔަ އަޑަކުން އައިދުން އާދޭސްކުރަން ފެށިއެވެ. އެއާއެކު އެކުއްޖާގެ ހުނުމުގެއަޑު އިތުރަށް ބާރުވިއެވެ. “ނޫން. މިފަހަރު އިތުރު އެއްވެސް ގޮތެއް ނޯންނާނެ. އަހަރެން ކިހިނެއް އައިދުން ދޫކޮށްލާނީ؟ ހާދަ ދުވަހެއްގެ އިންތިޒާރެކޭ މިއީ. އަހަރެން ބަދަލު ހިފާނަށް. އެހުރިހާ ކަމަކަށް ބަދަލު ހިފާނަން. ކަލެއަކަށް ދެން ސަލާމަތެއް ނުވެވޭނެ.” ކުރަކި އަޑަކުން އެކުއްޖާ ހަޅޭލަވައި ގަތެވެ. އަދި ފުންމައިގެން އައިދުންއާ ދިމާއަށް އަންނަންފެށިއެވެ. ވަކިހިސާބަކަށް ހުއްޓުމަށްފަހު އޭނާގެ ރަތް ދެލޮލުން އައިދުންގެ މޫނަށް ބަލައިލީ ނަފުރަތާ ރުޅިވެރިކަމާއެކުއެވެ.

ދިގުވަމުންދިޔަ އެއަންހެންކުއަޖާގެ އަތަށް އައިދުން ބަލަންއޮތީ ބިރުންގޮސް ވިރޭ ހާލުގައެވެ. ސަލާމަތަށްއެދި ހަޅޭލަވަން އުޅެއުޅެ އެކަން ވާގޮތެއްނުވިއެވެ. ކަރުތެރޭގައި އަޑު ތާށިވެފައިވާ ކަހަލައެވެ. އޭރު މުޅިމީހާ ރޫރޫއަޅަމުން ދިޔައެވެ.

އެކުއްޖާ އޭނާގެ ދިގުވެފައިހުރި އަތުން އައިދުންގެ ކަރުގައި ހިފައި މައްޗަށް ނެގިއެވެ. މަރަށް ތެޅެމުންދިޔަ އައިދުން ފެނުމުން އެއަންހެންކުއްޖާގެ ތުންފަތްމަތީގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭރުވެސް ހުއްޓުމެއްނެތި އެދެލޮލުންނާއި ކަރުން ލޭފައިބަމުން ދިޔައެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު އެކުއްޖާ އައިދުންގެ ކަރުގައި ހިފައިފައިހުރި އަތްނޫން އަނެއް އަތުން، އޭނާގެ ދިގުވެފައުހުރި ތޫނު ނިޔަފަތިތައް އައިދުންގެ ބަނޑަށް ކޮށްޕައިލީ އެއްވެސް ރަހުމެއް ނެތިއެވެ.

* * *

ކުއްލިއަކަށް ސިއްސައިގެން ގޮސްފައި އައިދުން އަށް ފުންމައިގެން ތެދުވެވުނެވެ. އޭރު މުޅިމީހާވަނީ ދަލުން ތެމި ފޯވެފައެވެ. އައިދުންއަށް އޭނާގެ ބަނޑުގައި ބޭއިޚުތިޔާރުގައި އަތްހާކާލެވުނެވެ. ފެނުނީ ހުވަފެނެއްކަން އައިދުންއަށް ރެއަކާލީ ދެނެވެ. ފުންނޭވާތަކެއް ލަމުންދިޔަ އައިދުން އޭނާގެ ގާތުގައި އަރާމުކޮށް ނިދައިލައިފައި އޮތް މަލާކްއަށް ބަލައިލިއެވެ.

އަދިވެސް އެއީ ހުވަފެނެއްކަމަށް ގަބޫލުކުރަން ހާދަ ދައްޗެވެ. އައިދުންގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. އެބިރުވެރި ސޫރަ އޭނާގެ ހިތުގައި ބިންވަޅުނެގިފައިވާ ކަހަލައެވެ. ހިތްނުތަނަވަސް ވަމުން ދިޔައެވެ. އެހުވަފެނަކީ ކޮންމެވެސް ނުބައިކަމެއް ވާން އުޅޭކަމުގެ ސިގްނަލެކޭ ހަމަ ހީވަނީއެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ޖިސްމު (2)

RedHand by Shabab
Next

ރެޑް ހޭންޑް – 01

Next
RedHand by Shabab
October 10, 2017

ރެޑް ހޭންޑް – 01

Previews
October 10, 2017

ޖިސްމު (2)

62 Comments!

  1. Naufa says:
    October 10, 2017 at 1:23 pm

    Assalaam alaikum all my readers.. Here is the second part of this story.. Hope u all will like this part too.. Rangalhukohlan jehey kameh innama bunelahchey.. In sha allah next part on thursday.. Ly all.. ?

  2. binnu says:
    October 10, 2017 at 1:30 pm

    First

  3. binnu says:
    October 10, 2017 at 1:31 pm

    Nice

    1. Naufa says:
      October 10, 2017 at 1:46 pm

      Yes binnu.. U first.. Thanks?

  4. sana says:
    October 10, 2017 at 1:41 pm

    Wow! What happen next??plx fast
    ?????????????????????????????

    1. Naufa says:
      October 10, 2017 at 1:47 pm

      Thanks sana.. Lets see dhw?

  5. yaloon says:
    October 10, 2017 at 1:44 pm

    YAAY .. IM FIRST
    VRH REETHI

    1. Naufa says:
      October 10, 2017 at 1:48 pm

      Thanks yaloon?

  6. yaloon says:
    October 10, 2017 at 1:45 pm

    OH SRY .FIRST EH NOON DHW
    FOURTH

  7. Axka says:
    October 10, 2017 at 1:49 pm

    Wow!Best ?????

    1. Naufa says:
      October 10, 2017 at 1:53 pm

      Thanks axka❤

  8. samahaa says:
    October 10, 2017 at 1:53 pm

    Naufa you’re best writer

    1. Naufa says:
      October 10, 2017 at 1:54 pm

      Thank u soo much samahaa.. ?❤

    2. Naufa says:
      October 10, 2017 at 2:44 pm

      Goani fulah nulaabae bayyeh??

    3. Naufa says:
      October 10, 2017 at 2:47 pm

      Thats nt me.. Plx dnt comment by using my name..

  9. ss says:
    October 10, 2017 at 1:55 pm

    First

  10. aisha says:
    October 10, 2017 at 2:02 pm

    V reethi

    1. Naufa says:
      October 10, 2017 at 2:10 pm

      Thanks aisha

  11. seenko says:
    October 10, 2017 at 2:07 pm

    Naufa how many years old? Story very nice you can wirte story you have that talent?????????????????????????

    1. Naufa says:
      October 10, 2017 at 2:12 pm

      I am 18.. Really? Thank u soooo much seenko?❤

  12. riakleyf says:
    October 10, 2017 at 2:36 pm

    mi story varah boring gothakah fahtaafa iniii. n mihaaruves varah boring gothakah kuriyah edhaniii .. hope it will be intresting in future..

    1. Naufa says:
      October 10, 2017 at 2:39 pm

      Oh.. Ya in sha allah.. Interesting kureveythw try kuraanan..

  13. blush says:
    October 10, 2017 at 2:39 pm

    Good Work!! its really nice… keep it up in sha allah you will be a great writer! 🙂 Best of Luck!! <3

    1. Naufa says:
      October 10, 2017 at 2:42 pm

      Thank u sooo much blush?

  14. Naufa says:
    October 10, 2017 at 3:05 pm

    No i didnt.. Thats nt me..

  15. Naufa says:
    October 10, 2017 at 3:09 pm

    To all my readers.. M nt a person like that.. Ehn myhehge nanmathy dhuvahakuvx comment kohfaeh noanaane..

  16. mamee says:
    October 10, 2017 at 3:14 pm

    Mashah heyvaney thikiyaa seriously aae samaaha yakey hama ekehgenammathey commenkuraa meehenhen.they naufaage vaahakathah reythiveema hasadaverivaameehen hen v heyve.anekaage evves ehsaasakah ehthiraamkurumehvesne.thikahalameehun mi gaumuga ginakamun kithah kudinge kurimagu halaakuvegendaney.ey ekuveriyaa thigothah naufaage nammathey comment nukury Nau aey magey best friendeh.v rahngalhah danna kuhje.

  17. mamee says:
    October 10, 2017 at 3:31 pm

    thi seriously aee Naufa dannakuhjakaaves v vahtharu ehenve thaakun thaakunujehey hasadaveri comment than eki eki nummathey efonuvaney vaahakaliyaakuhjaa fonuvaa comment thakah balaaleymaves engeyne fehikulaega eherey vaahakaliyaakuhjaa fonuvaa comment thah naufaage vaahaka alhugahndah vvvvvvvv reathi vvvvv salhi thigothuga kuriyahdey ekahalameehundahkaa vaahakathakannubalaa hivvaraaeku baarah kuriyahdey Nau.

    1. Naufa says:
      October 10, 2017 at 3:45 pm

      Thanks❤

  18. minnu says:
    October 10, 2017 at 3:37 pm

    Vbreethi ingey

    1. Naufa says:
      October 10, 2017 at 3:46 pm

      Thanks minnu?

  19. Niam says:
    October 10, 2017 at 3:41 pm

    Mihira moyayaa,Naufa ah Name badhalu koffa comment koffa, alun reply kuran vaguthu nagaane ehnu. Ekam ves enme minute eh vefa eyny. For me Naufa is one of the best. Say that again seriously

  20. Niam says:
    October 10, 2017 at 3:45 pm

    Say that again. Buney mee ves Naufa eyy. Moyagandaa green kulaiga ey writer liyaa comments hunnaany. Name badhalu kuran vaguthu nagaane. 12 aharuge kujjakah ves evaru ingeyne

  21. Niam says:
    October 10, 2017 at 3:48 pm

    Moya vaahaka nudhakkaa nettibae. J vias boduvaru, thivarun keehkuran vaahaka kiyany

  22. $JK..KOREAN says:
    October 10, 2017 at 4:15 pm

    seriously mikiyany keekeytha?? hageegaih neih vaahaka nuvaane dhahkaakah. meehunge boluga dhogu thuhumathu thi alhuvany.. Naufa is a best writer. everyone knows that i guess. nau balaane kameh neih ehn kiyaa ehchihsah. go on.. we’ll support u. n this story is fabulous. mikahala horrow storys varah salhi aslu. NAUFA thy dhaal, kudahuvadhoo ga ulhey kuhjeh dhw i guess?? am i right?? 🙂 🙂 🙂

    1. Naufa says:
      October 10, 2017 at 4:32 pm

      Thank u soo much dear.. For ur support.. Ya in sha allah.. I wnt give up..
      Yes i am.. Ur ryt.. ?❤

    2. $JK..KOREAN says:
      October 10, 2017 at 5:42 pm

      u’re most welcome dear 🙂 🙂 nau ulheny grade 12 ga dhw?? 😀

    3. Naufa says:
      October 10, 2017 at 5:57 pm

      Yes..

    4. $JK..KOREAN says:
      October 10, 2017 at 7:21 pm

      ohh. i think i know you. btw, u’re a good writer 🙂 .. whn nxt part??

    5. Naufa says:
      October 10, 2017 at 7:24 pm

      Oh.. Hehe.. In sha allah next part on thursday..?

    6. $JK..KOREAN says:
      October 10, 2017 at 7:36 pm

      okay waiting 🙂 🙂 🙂

  23. ROMAN REGINS says:
    October 10, 2017 at 6:21 pm

    Nice

    1. Naufa says:
      October 10, 2017 at 6:29 pm

      Thank u

  24. jjey ? says:
    October 10, 2017 at 7:20 pm

    Dho Niam ?

  25. jjey ? says:
    October 10, 2017 at 7:29 pm

    Nau….. V salhi ingey mi part es. Mifaharu v interesting hurihaa hisaabehga vs. i mean maa bodah explanation genessa netheema. Good work . Keep improving. May Allah bless you. Waiting?❤

    1. Naufa says:
      October 10, 2017 at 7:31 pm

      Thank u soooo much jjey.. Ya in sha allah?❤

  26. Rysh says:
    October 10, 2017 at 8:00 pm

    Asluves v rythi mi story ingey Naufa v sorry egothah comment kurevunyma mine bunihen dhelou hulhuvaigen kyma mi inguny thanks mine hehe

    1. Naufa says:
      October 10, 2017 at 8:10 pm

      Its ok dear. Dnt b sry. N thank u.. ?

  27. maroon says:
    October 10, 2017 at 9:49 pm

    Hey love. Story v reethi. Meehun kiyaane ehchehi. Alhaanuleema okay vaane. Positive koh nagaathi always. Waiting for the next part.
    Loves ❤

    1. Naufa says:
      October 11, 2017 at 12:22 pm

      Thank u sooo much maroon.. Ya in sha allah.. ❤?

  28. khajja says:
    October 10, 2017 at 10:43 pm

    Wow masha allah stry v v habeys v v v rythi v furihama??? whn nxt prt avas ingey gud nyt ly ???❤❤????????????

    1. Naufa says:
      October 10, 2017 at 11:00 pm

      Thank u soooo much khajja.. In sha allah on thursday.. ?❤?

  29. Jinn says:
    October 10, 2017 at 11:33 pm

    OMG! Is this a chat room?

  30. i_far says:
    October 11, 2017 at 12:16 am

    Maa Shaa ALLAH. V reethi. Emme ufaavany bunaa dhuvahah genesdheythee.

    1. Naufa says:
      October 11, 2017 at 5:56 am

      Thank u

  31. imagination ?? says:
    October 11, 2017 at 12:49 pm

    hei.. after a long time m reading a story and i must say.. mi vaahaka varah reethi.. looking forward <3 <3

    1. Naufa says:
      October 11, 2017 at 1:21 pm

      Thank u?

  32. thahoo says:
    October 12, 2017 at 1:22 pm

    Hi I’m also dhaal atoll. Hulhudeli. The story is wonderful.

  33. HIL says:
    October 12, 2017 at 11:11 pm

    yey am the last ,,, hehe ….. varah salhi mi part vess

  34. imsha☺ says:
    October 14, 2017 at 11:19 am

    vrh salhi.. gud luck naufa.. ?

  35. Ian says:
    December 14, 2017 at 12:43 pm

    Wow!nice

  36. Dheem says:
    April 21, 2020 at 7:02 pm

    U are 18? Wow amazing story masha Allah. I am so younger than you . I am 15 yes only. I also love to read and write. Great story sister. Love it ??

Comments are closed.


All Right Reserved!