Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (20)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 9, 2017 8 Mins Read
21 Comments

…………………….

5 އަހަރު ފަސް

“އީއްކޮ ދަރިފުޅާ! ބަލައިގެން ހިނގާބަ…!” ހަލަބޮލި މާލޭގެ މަގުމަތީ އައިނާ ފުންމަމުން ދުވަމުން ދިޔައިރު ހިނގާބިނގާވެ އުޅޭމީހުންގެ ގައިގާ އިރުއިރުކޮޅާ ޖެހެއެވެ. ނައިނާ ދިޔައީ އޭނާ މަތަކުރެވޭތޯބަލަމުންނެވެ. ފަސްއަހަރުގެ އައިނާ ހުރީ ވަރަށް މަޖާވެފައެވެ. “ދަރިފުޅު މަޖާތަ ކްލާސް؟؟” ނައިނާ ސުވާލުކުރީ އައިނާގެ އަތުގައި ހިފާ އޭނާ މަތަކޮށްލާފައެވެ. އޭރު އައިނާ ގެ ހިނިތުންވުން ފެނި އޭނާއަށްވެސް ހިނިތުންވެވުނެވެ. އައިނާގެ މިއަދު މީ ފުރަތަމަ ކުލާސްކަމުން އޭނާ ހީކުރީ އެހާ ރަނގަޅު ނުވެދާނެކަމަށެވެ. ނަމަވެސް އައިނާ އުޅޭގޮތުން އޭނާ ހުރީ ހިތްހަމަޖެހިފައިކަން އެބަ އިނގެއެވެ. “ކުލާސް މަޖާ މަންމީ! ބައިވަރު ފްރެންޑްސް ވެސް ލިބުނު…” ޅަކުއްޖެއްހެން އަނގަޔަށް މަޖާ ގޮތެއް ހަދާލާފައި އައިނާ ބުންޏެވެ. ނައިނާ ހީލާފައި މައްޗަށް އައްސާލެވިފައިވާ އެ ފަން އިސްތަށިގަނޑުގައި ފިރުމާލީ ލޯތްބާއި އެކުގައެވެ.

ދެމީހުން ކުއްލިއަކަށް ސިހުނީ ކުރިމަތީ ފިހާރަ ދޮރުހުޅުވާފައި ނިކުންނަން ހަދައިގެން މަގުމައްޗަށް ވެއްޓުނު އަންހެނަކު ފެނިފައެވެ. ނައިނާއަށް ވުރެ ކުރިން އައިނާ ދުއްވައިގަނެފައި އެ އަންހެންމީހާގެ އަތުގައި ހިފައި ނަގަން އުޅެނެވެ. ނައިނާވެސް ގޮސް އެނާ ނެގުމަށް އެހީވިއެވެ. ކިހިނެއްހޭ ތިހެދީ ކިޔާ އެ އަންހެންމީހާ ހަމަޔަކަށް އަޅުވާލާފައި އެ މޫނަށް ބަލައިލިއިރު ނައިނާ ގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ނޭވައި އަވަސްވެ ހިތުގެ ހިނގުންވެސް އަވަސްވިއެވެ.

ކުރިމަތީ އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އައިޒަންގެ މަންމައެވެ. އެތަކެއް ފަހަރު ފޮޓޯއިން އޭނާއަށް އައިޒަންގެ މަންމަ ފެނިފައިވާތީ އޭނާއަށް އެ މޫނު އޮޅުވައި ލެވޭކަށެއްނެތެވެ. އައިނާ ލޯބިގޮތަކަށް މިހާރު އޯކޭހޭ އެހިއެވެ. ޝާމިރާ އައިނާގެ ދަތްދޮޅީގައި ހިފާލާފައި އެމޫނުގައި ފިރުމާލި މަންޒަރު ބަލަން ނައިނާއަށް ހުރެވުނީ ގުޑައިވެސްނުލައެވެ. ޝާމިރާ ޝުކުރުއަދާކޮށްފައި ދާން ހިނގައިގަތްނަމަވެސް އެ ފަޔަށް ތަދުވާވަރުން ހިނގުންވީ އުނދަގުލަކަށެވެ. އެކަން އެނގި ނައިނާ ކުރިއަށްޖެހިލާ ޝާމިރާ އަށް އެހީވެދިނެވެ. ޝާމިރާ ހީލާފައި ކާރު ކައިރިއަށޭ ބުނުމުން ނައިނާ އަތުކަފިކޮށްލައިގެން ޝާމިރާ ގެންގޮސް ކާރަށް އެރުވިއެވެ. އެއްޗެއް ބުނަން ބިރުގަނެފައި ހުއްޓަސް ޝާމިރާގެ ހާލު ފެނިފައި އޭނާ ކަންބޮޑުވިއެވެ. “މިތާކައިރި އިންނާނެ ކްލިނިކެއް… އެތަނަށް ގޮސް ތިތަން ބަލާލައްޗޭ… ދުޅަވާންފަށާފައެއްނު ތީނީ…” ނައިނާ ގަދަކަމުން ހިނިތުންވެލާފައި އެހެން ބުންޏެވެ. ޝާމިރާ ބޯޖަހާލާފައި އަނެއްކާވެސް ޝުކުރުވެރިވިއެވެ. ލޯބި ލޯބި އައިނާގެ ބޮލުގައި ފިރުމާލާފައި އޭނާ ކާރުގެ ދޮރު ލައްޕާލިއެވެ.

ޝާމިރާ ދިޔަ މަންޒަރު ބަލަންހުރި ނައިނާ އަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޝާމިރާއަށްޓަކައި ލޯބިވާ ދަރިފުޅުގެ ބައްޕައާއި ލޯބިވާ ހަމައެކަނި އިންސާނާ ދޫކޮށްލިއިރު ޝާމިރާއަށް އޭނާ އެއީ ކާކުކަންވެސް ނޭނގޭނެއެވެ. ކޮންމެއަކަސް މާލެ އާދެވުނިއްޔާ ޖެހޭނީ މިހެން އުޅޭށެވެ. މާދަން އެރޭނީ އައިޒަންގެ ކުރިމައްޗަށް ނޫންކަމެއްވެސް ނޭނގެއެވެ. ކަންބޮޑުވެފައި ހުރި ނައިނާ ގޭތެރެއަށް ވަތްއިރު މާރިޔާ އިނީ ސޯފާގައެވެ. އައިނާ ދުވެފައި ގޮސް މާރިޔާގެ ގައިގާ ބައްދާލާފައި ކުލާހުގައި ވެދިޔަ ހުރިހާ ކަމެއް ކިޔައިދިނެވެ. މާރިޔާ ހީހީފައި އެކަމާއި ބައިވެރިވަމުން ދިޔަތަން ނައިނާ ބަލަންހުރެފައި ހީލިއެވެ. އޭނާގެ މަންމަ މިއަދު ދުނިޔޭގައި ހުރިނަމަވެސް ކަންތަށް ކުރާނީ އެހެންނޭ އޭނާ ހިތަށްއެރިއެވެ. މާރިޔާ އައިނާ ގޮވައިގެން ހިނގައިގަތީ ނައިނާ ކައިރި ކާން ތައްޔާރުކުރާށޭ ބުނެފައެވެ.

ކާންދީފައި ނައިނާ، އައިނާ ކައިރި ލަމްހާގެ ދަރިފުޅު ޝިޔާ ކައިރިއަށް ކުޅެންފޮނުވާލިއެވެ. ލަމްހާވެސް އޭނާގެ ލޯބިވެރިޔާއާއި ކައިވެނިކޮށް އުޅެމުން އައީ މާރިޔާގެ ގޭގައެވެ. ލަމްހާގެ ފިރިމީހާގެ އާއިލާ ހުރީ ހަމައެކަނި ބޮޑުބޭބެއާއި އެނާގެ އާއިލާއެވެ. ކައިވެނި ކުރުމަށްފަހު އުޅެބޮޑުވި ގެކަމަށްވާ ބޮޑުބޭބެގެ ގޭގައި އުޅެން ފުރުސަތު ލިބުނަސް މާރިޔާގެ އެދުމަށް އެމީހުން އެގޭގައި މަޑުކުރީއެވެ. ލަމްހާ އާއި ނައިނާގެ އުމުރުގައި ތަފާތީ އެންމެ ދެއަހަރެވެ. ދެމީހުންވެސް އުޅެނީ ވަރަށް ގުޅިގެންނެވެ. ޝިޔާއާއި އައިނާވެސްމެއެވެ. ލަމްހާއާއި މާރިޔާ ވަނީ އައިޒަން ގެ ވާހަކަ ހިއްސާކޮށްފައެވެ. އައިޒަން ކައިވެންޏަށް އެއްބަސްވީވާހަކަވެސްމެއެވެ. އެދުވަހަށްފަހު އެގޭގައި އައިޒަންގެ ވާހަކައެއް ނުދެކެވެއެވެ.

“މިއަދު އައިޒަންގެ މަންމައާއި ދިމާވި… އެކަމް އޭނާއަކަށް ނޭނގެ މީކާކުކަމެއް…” ނައިނާ އެހެން ބުނުމުން މާރިޔާ ދެލޯބޮޑުކޮށްލިއެވެ. ނައިނާ ވީގޮތް އޮޅުންފިލުވައިދިނެވެ. “މިއަދު މަންމަ ކުރިމައްޗަށް އެރުނުހެން ދެން އެރޭނީ އައިޒަން ކުރިމައްޗަށް….” ނައިނާ ބޯހާސްވެފައި އިނދެ އެހެން ބުނުމުން މާރިޔާވެސް އެކަމާއި ވިސްނާލިއެވެ. މިވީ ފަސްއަހަރު މެލޭޝިޔާގައި ހޭދަކުރުމަށްފަހު އެއާއިލާ މާލެ ބަދަލުވީ ވަރަށް ވިސްނާފައެވެ. އެންމެންވެސް މިކޮޅަށް އަންނަން އެއްބަސްވީނަމަވެސް ކޮންމެވެސް އެއްދުވަހަކުން ޝާމިރާމެންނާއި ކުރިމަތިލާންޖެހޭނެކަން އެ އެންމެންނަށްވެސް އިނގެއެވެ.

ނައިނާ އަނެއްކާވެސް އޭނާގެ މާޒީގެ ކަނޑަށް ފުންމާލިއެވެ. އައިޒަން އާއި ވަކިން އެހިތަށް ކުޅަދާނަނުވިޔަސް އެކަން ކުރަން އޭނާ ބޭނުންވީ އިތުރަށް އައިޒަންގެ ދިރިއުޅުން ތެރެއަށް ނުވަންނާށެވެ. އެހެންނޫނަސް އައިޒަން އޭނާއަށް އޮޅުވާލައިގެން އެހެން ކައިވެންޏެއް އުޅުނީ ކުރާށެވެ. ނުވީތާކަށް ލަމްހާމެންނަށްވެސް އޮޅުވާލީއެވެ. “މީހުން ބުނަނީ ތެދެއް… މަންމަމެންގެ ރުހުމާއި ނުލާ ފެށޭ ކޮންމެ ގުޅުމެއްގައި އެއްވެސް އުފާވެރި ނިމުމެއްނުވާނެ…” ނައިނާ މަޑުމަޑުން ބުނެލިއެވެ. މާރިޔާ ނައިނާގެ ބުރަކަށީގައި ފިރުމާލާ ހިތްވަރުލައިދިނެވެ. މިއަދު އޭނާގެ ހަމައެކަނި ހިތްވަރަކީ މާރިޔާއާއި ދަރިފުޅު އައިނާއެވެ.

…………………………….

“މަންމާ! ފަޔަށް ކިހިނެއްވެފައި..” ޝާމިރާ ބޮޑު ބެންޑޭޖްގަނޑެއް ފައިގެ ކަށިމަތީ އަޅައިގެން އުނދަގުލަކުން ހިނގައިފައި އައިތަން ފެނި ސޯފާގައި އިން އިނާ އަހާލިއެވެ. އިނާގެ އެހީގައި ޝާމިރާ ސޯފާގައި އިށީނދެލިއެވެ. އިނާ އައިޝަމް އާއި ކައިވެނިކޮށްގެން އުޅޭތާ މިހާރު ދެއަހަރު ވާއިރު ފުރަމަތަ ދަރިފުޅު ވިހަން ބާކީ އޮތީ ފަސްމަހެވެ. ޝާމިރާ ކުރުގޮތަކަށް ވެދިޔަ ކަންތަށް ކިޔައިދިނެވެ. އަދި ދިމާވި ކުޑަކުއްޖާގެ ވާހަކަވެސް ދައްކާލީ ފޯރީގައެވެ. “ދެން ދުވަސްކޮޅަކުން މަންމައަށްވެސް ލިބޭނެއެއްނު މާމަ ކިޔާ ކުއްޖެއް.. ދޯ އިނާ..؟” ފަހަތުން އިވުނު އައިޒަންގެ އަޑަށް ޝާމިރާ އާއި އިނާ އެދިމާ ބަލައިލިއެވެ. އިނާ ކުޑަކޮށް ހީލާފައި އާއެކޭ ބުނެލިއެވެ.

ދެންމެ ޝާމިރާ ދެއްކި ވާހަކަތަށް އިވުމުން އައިޒަން ކުޑަކޮށް ކަންބޮޑުވެފައި މަންމަ ކައިރި ޑޮކްޓަރު ބުނި އެއްޗެއް އޮޅުން ފިލުވާލިއެވެ. އަދި ބަލައިގެން އުޅުމަށް ނަސޭހަތްތެރިވިއެވެ. އައިޒަން ބޭރަށް ދަނީއޭ ބުނެ ހިނގައިގަތުމުން ޝާމިރާ ދެރަވެލާފައި ދެއްކީ އައިޝަމް އޭނާއަށް އަޅާނުލާ ވާހަކައެވެ. “މިވީ ފަސްއަހަރު ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނާއިރު ހީނުވޭ ޝާމްއަށް މިގޭގައި އިތުރުބައެއް އުޅޭހެންވެސް.. އެކަމް އިނާ ނުބުނައްޗޭ މަންމަ މިހެން ބުނި ވާހަކަ. ދެރަވާތީ ޝަކުވާކުރެވެނީ.. އަމިއްލަ ދަރި ކުރިމަތިން އަޅާފައި ދާއިރުވެސް ބަލައިނުލާ ގޮވާނުލާތީ ވާ ދެރައިން ޝަކުވާކުރެވެނީ…” ޝާމިރާގެ ދެލޯ ކަރުނުން ފުރުނެވެ. އައިޝަމް އޭނާއާއި ބަހައްޓާ ދުރުކަމުން އެހިތަށް ވަރަށް އަސަރުކުރެއެވެ. އައިޝަމް ޝާމިރާއާއި ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާލިޔަސް އޭނާ އައިޒަންއާއި ހަތަރުކަޅިވެސް ހަމަނުކުރާނެއެވެ. އެއް މޭޒުމަތިން ކާއިގެން އެއް ފުރާޅުދަށުގައި އުޅެނީ ކޮންމެހެން އެކަމަށް މަޖުބޫރުވީމައެވެ. އެހެންނޫންނަމަ އޭނާގެ ދިރިއުޅުމުގައި ދޮންބެއަކަށް ޖާގައެއްނެތްކަން އެންމެންވެސް ދަނެއެވެ.

“އައިޝަމްއަށް ވިސްނޭ މަންމައާއި ދޮންބެ އެކުރީ ކިހާ ގޯސްކަމެއްކަން.. ބަނޑުބޮޑުވުމާއި ހަމައިން ދަރިފުޅު ވިހައިގެން ބޮޑުކުރުމާއި ހަމައަށް ބައްޕަގެ ލޯތްބާއި އަޅާލުން މަންމައަށްވެސް އަދި ދަރިފުޅަށްވެސް ލިބުމަކީ ކިހާ މުހިންމުކަމެއްކަން މަންމަ ކައިރި އަކު ބުނާކަށް ނުޖެހޭނެ… އެއީ މަންމަ އެކަން ތަޖުރިބާކޮށްފައި ވީތީ… އެކަމް މަންމަ އެހެން މީހަކަށްހަމަ އެހާލު ޖެއްސިއިރު ތިހިތަށް ނާރާތަ އެކައްޗެއްވެސް..؟ އެއީ އަދި އެހެންމީހެކޭ ބުނެވޭވަރަށްވުރެ މިއާއިލާއަށް މުހިންމުދެމީހުން… މަންމަގެ ފުރަތަމަ މާމަދަރިފުޅު….” އިނާ އެހެން ބުނެފައި އޭނާގެ ހަތަރުމަހުގެ ބަނޑުގައި ހިފަހައްޓާލައިގެން ސޯފާއިން ތެދުވިއެވެ. އިނާ ދަންދެންވެސް ޝާމިރާ އެއްޗެއް ނުބުނެ އިނދެފައި ގޮއްމުށްކަވާލިއެވެ. އަދި ހިތާހިތުން އެދެމީހުން ނެތަސް އައިޒަން ތިމަންނަ ކައިރި ހުރިއްޔާ އެ ނިމުނީއޭ ބުނެލިއެވެ.

……………..

ރަސްފަންނު ކައިރި އިން ރެސްޓޯރެންޓެއްގައި ކޮފީބޯން ތިބި ޖިނާހް އާއި އައިޒަންގެ މެދުގައި ދެކެވެމުން ދިޔައީ އޮފީހު ވާހަކައެވެ. މަޑުމަޑުން ލަހުފާގެ ވާހަކަދެކެވެމުން ގޮސް ޖިނާހް މުޅިންހެން ވާހަކައިގެ މައުލޫ ބަދަލުކޮށްލިއެވެ. “ލައްކޮ އެބައުޅޭ ރަސްފަންނުގައި ހިނގާ ދަމާ.. މިހާރު ދިމާނުވާތާ ކިތަށް ދުވަސްވެއްޖެ…” ޖިނާހް އެހެން ބުނުމުން އައިޒަން އާއެކޭ ބުނެލިއެވެ. ޖިނާހްއާއި ލަހުފާގެ ދަރިފުޅުވެސް ނުފެންނަތާ ދުވަސްގަނޑެއްވެއްޖެއެވެ. “ދެން އޮފީހުގައި ބިޒީކޮށް އުޅެވޭތީ….” އައިޒަން ބަހަނާއެއް ދައްކާފައި ކޮފީތަށި ދަމާލިއެވެ. “އޮފީހުގައި ކަމެއްވާނަމަ އަހަރެންނަށްވެސް އިނގޭނެއެއްނު… އެކުވެރިންނާއިވެސް ބައްދަލުނުކުރެހާ ވަރުގެ ބޮޑު ކަމެއް އޮފީހުގައި ހިނގާކަން މަ ނުދެނެހުރިން..” ޖިނާހްވެސް ކޮފީތަށީގައި ތުންޖަހާލިއެވެ. ކޮންމެވެސް ވަރަކަށް ޖިނާހްއާއި އައިޒަންގެ ގުޅުމަށް ހީނަރުކަން އައިސްފައި ވިއެއްކަމަކު އެދެމީހުން ވާހަކަދައްކާ ހަދަނީ ހަމަ ކުރިއެކޭ އެއްފަދައިންނެވެ. ބައެއްފަހަރު ޖިނާހް ދުރުދުރުން އައިޒަންއަށް އައިޒަންގެ ކުށް ދައްކުވާ ވިސްނައިދޭން އުޅުނަސް އެކަންވަނީ ނާކާމިޔާބެވެ. އެކަމާއިވެގެން އައިޒަންވެސް ބަލަނީ އެމީހުންނާއި ދުރުގައި އުޅެވޭތޯއެވެ.

“އެހެނެއްނޫން… ގޭގައިވެސް މަންމައާއި އެކު އެބަޖެހޭ ވަގުތު ހޭދަކުރަން.. އައިޝަމް އުޅުނަސް ނޫޅޭ މީހެކޭ އެއްފަދަ… މަންމަ ކުރިންވެސް މާ ބޮޑަށް ކަންތަކާ ވިސްނާ ފިކުރުކޮށްގެން ލޭ މައްޗަށް ދިޔަ… އެކަން ތަކުރާރުވާކަށް އަހަރެން ބޭނުމެއްނޫން.. ޝާމްގެ އަޅާލުން ކުޑަކަމުން މަންމަ އެކަމާއި ދެރަވެ ވިސްނަނީ…” އައިޒަން ހިތްހަމަނުޖެހިފައި އެހެން ބުނުމުން ޖިނާހް ދެކޮޅަށް ބޯހަރަކާތްކޮށްލިއެވެ. މިވަގުތު އެއާއި ދެކޮޅަށް އެއްޗެއްބުނެ އަނެއްކާވެސް މޫޑު ހަރާބުކުރަން ނޭދޭތީ ޖިނާހް ހީލާފައި މަންމައަށް ބަލައިގެން އުޅުމަށް އެދުނެވެ.

…………….

ދެމީހުންވެސް ހިނގާލާފައި ރަސްފަންނަށް ދިޔައެވެ. ހަވީރުގަޑިކަމުން މީހުންތަށް އެތާނގައި ވަރަށް ގިނައެވެ. ކުޑަކުދިންތަށް ދުވެ ދުވެފައި މަޖާނަގަމުންދާއިރު މުޅި އެތާނގައިވެސް އެ އަޑުހިފާލާފައިވެއެވެ. އައިޒަން ކޮންމެ ކުއްޖަކަށް ބަލާލެވެނީ އޭނާ ހޯދަން އުޅޭ ސޫރަ އޭނާއަށް ފެނޭތޯއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއްޗެއް ވިސްނިގެން އެކަމުން ދުރުވެލާ ކުރިމަތީ އިށީނދެ އިން ލަހުފާ ކައިރިއަށް ދިޔައެވެ. ލަހުފާ އޭނާގެ ހަތްމަހުގެ ދަރިފުޅު ކަމަށްވާ ޔާނިއަލް އުރާލައިގެން އިންއިރު އިނގިލިން އައިޒަންމެން އަންނަ މަންޒަރު ދައްކަމުންދިޔައެވެ.

އައިޒަން މޫނައް ވައްތަރެއްޖައްސާލާފައި އައިސް ޔާނިއަލް އުރާލާ ލޯބިކޮށްލިއެވެ. “ބަލާބަލަ އެއްމަސްތެރޭ ނުފެނި ހުއްޓާ އެސޮރު ފުއްގަނޑަކަށް ހަދާލީއެއްނު… އަހަރެން ކަމެއްވެގެންނޭ އެސޮރު ފިޓްކޮށް ބަހައްޓަނީ..” ޔާނިއަލްގެ ބޮޑުކޮލާއި ކުޅެލަމުން އައިޒަން އެހެން ބުނެފައި ލަހުފާއާއި ދިމާލަށް ލޯއަޅާލިއެވެ. ލަހުފާ މޫނުކުނިކޮށްލާފައި ނުފެނި އުޅެންޏާ ވާނީ އެހެނެއްނޫންހޭ ބުނެލިއެވެ. “މިތާ އިށީނދެބަލަ… ގެއަށްވެސް އަންނަނީކީއެއް ނޫނޭ.. ކީއްތަ ތިކުރަނީ؟” ތުން އޫކޮށްލާފައި ލަހުފާ އެހެން ބުނުމުން އައިޒަން ހޭންފެށިއެވެ. އަދި ފައިމަތީ ޔާނިއަލް ބަހައްޓައިގެން މަޑުމަޑުން ތަޅުވަމުން އެކި ވައްތަރު ޖައްސަމުން ދިޔައެވެ. ލަސްތަކެއްނުވެ ޔާނިއަލް އަށް މަޖާވެ ހެމުން ހެމުން އައިޒަންގެ މޫނުގައި އަތްލެވޭތޯ އުޅުނެވެ.

“ކޮބާތަ މަންމަ ރަނގަޅުތަ؟ ކުރިންދުވަހު ގުޅިއޭ.. އަންހެނަކު ހޯދަން މަ ހީކުރީ އައިޒަން މީހަކާއި ދެވަންކަމަށް..” ލާނެއް ހިނިގަނޑަކާއި އެކު ލަހުފާ އެހެން ބުނުމުން އައިޒަން އަސްލުހޭ ބުނީ ދެލޯބޮޑުކޮށްލާފައެވެ. ލަހުފާ ހެމުންހެމުން ނޫނެކޭ ބުނެފައި އެކަން ވީގޮތް އޮޅުންފިލުވައިދިނެވެ. “އެ ޔާނު އަށް ބަނޑުބޮޑުއިރު ދެއްކި ޑޮކްޓަރގެ މައުލޫމާތު ހޯދަންވެގެން.. އިނާއަށް…” ލަހުފާ އެހެން ބުނުމުން އައިޒަން އަށް ހަމަނޭވާ ލެވުނުކަހަލައެވެ. މަންމަ އެހެންހުރެފައި އެކަހަލަ ކަމެއްވެސްކޮށްފާނޭ އޭނާ ބުނީ ހެމުންހެމުންނެވެ.

އައިޒަން ޖޫގޯއެއް ގަނެގެން އަންނާނަމޭ ކިޔާފައި ހިނގައިގަތެވެ. އައިޒަން ދިޔުމުން ލަހުފާ ނައިނާގެ ވާހަކަފެއްޓިއެވެ. ގާތްއެކުވެރިޔަކު ގެއްލި ދިޔުމުން އެހިތަށް ވަރަށް ފުންއަސަރުތަކެއްކުރިއެވެ. ވީނުވީއެއް ނޭނގޭތާ ފަސްއަހަރުވިއެއްކަމަކު ކޮންމެ ދުވަހަކު ނަމާދުކޮށްލައިގެން ދުޢާ ކުރަނީ ނައިނާ އާއި އައިނާ ކޮންމެތާކު އުޅުނަސް ގަދަވެ ސަލާމަތުން ތިބުމަށެވެ.

އައިޒން ހިނގާފައި ރަސްފަންނުން ނިކުންނަނިކޮށް ލޮލުގައި އަޅައިގަތީ މާރިޔާއެވެ. މާރިޔާ ކައިރި ދެ ކުއްޖަކު ސަކާރަތް ޖަހާތަން ފެނި އެދިމާލަށް ހިނގައިގަތީ މާރިޔާ އާއި ދައްކަންޖެހޭ ވާހަކަތަކެއް ހުރީތީއެވެ. ޝިޔާ އާއި އައިނާ ސަކަރާތުގައި ތިބިތަން ބަލަން އިން މާރިޔާވެސް އިނީ ހެވިދިއްލިފައެވެ. އެއްލިކަޅިން އައިޒަން އަންނަ މަންޒަރު ފެނި އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. ފަސްއަހަރުފަހުން އައިޒަން ފެންނައިރު އޭނާގެ ހަށިގަނޑަށް ބަދަލެއް އައިއްސާހުރިހެންނެއް ހިއެއްނުވެ. 22 އަހަރުގެ އެ އައިޒަން އާއި މިއަދު އެ ފެންނަ 27 އަހަރުގެ އައިޒަންގެ ހުރި ހަމައެކަނި ތަފާތަކީ ކުރިއަށްވުރެ ހަރުދަނާވެފައި ހުރިކަމެވެ. ޝަހުޝިއްޔަތު ވަރުގަދަކަމެވެ. ހިނގާފައި އަންނައިރުވެސް އެކަން ވަރަށް ރަނގަޅަށް މާރިޔާއަށް ފާހަގަވިއެވެ. ކައިރި ކުޅެން ހުރި އައިނާއަށް ބަލާލާފައި ހިންދިރުވާލެވުނެވެ. ވަގުތުން މާރިޔާ ޝިޔާއާއި އައިނާ އެކޮޅަށް ފޮނުވާލީ އޭނާ ރަސްފަންނަށް އައިސް އުޅޭ އެހެން އެކުވެރިއެއްގެ ދަރިއަކާއި އެކުއެވެ.

“މާރިޔައްތަ… ވަރަށް ދުވަސްފަހުން ދޯ މިދިމާވީ… އަޑުއެހިން މެލޭއަށް ދިޔަވާހަކަ އޭރު… އޭގެ ފަހުން ހަބަރެއްވެސް ނުވަމެއްނު” ހިނިތުންވެލާފައި އައިޒަން އެހެން ބުނެ މާރިޔާއާއި ސަލާމްކޮށްލިއެވެ. މާރިޔާ ހުރީ އައިޒަންދެކެ ވަރަށް ރުޅިއައިއްސައެވެ. ކަންތަށް ކުރިގޮތުންނެވެ. ނަމަވެސް އެވާހަކަ އޭނާއަށް އިނގޭކަމަށް ހަދަން ބޭނުންނުވީ ނައިނާގެ އޭނާ ކައިރިއުޅޭކަން އައިޒަންއަށް ކޮންމެވެސް ގޮތަކުން ޝައްކުވެދާނެތީއެވެ. “އާނ.. ދެން ބަދަލުވީ.. މިހާރު ލަމްވެސް މީހަކާ އިނދެ ކުއްޖެއްވެސް ހުރޭ…. މިކޮޅަށް ބަދަލުވިތާ އަދި މާގިނަ ދުވަހެއްވެސް ނުވޭ…” މާރިޔާ އައިޒަންގެ ސުވާލެއް ކުރިމަތިވެދާނެތީ ކުރީބައިގައި ބުނެލިއެވެ.  އައިޒަން ނުބުނަން ހުރެފައިވެސް ފާލިހުގެ ވާހަކަބުނެލިއެވެ. އެއާއި އެކު މާރިޔާއަށް އައި ބަދަލު އައިޒަންއަށް ފެނި އެކަމަށް މާފަށް އެދުނެވެ. އިތުރު އެއްޗެއް ނާހާ އައިޒަން ދަނީއޭ ބުނެ ހިނގައިގަތީ ފާލިހުގެ ވާހަކަ ފަށައިގެން ނައިނާގެ ވާހަކަ ދެއްކީދާނެތީއެވެ. މާރިޔާއަށް ޔަޤީނުންވެސް ފާލިހު މަރުވީ ކާކު އަތުންކަމާއި ފާލިހުއާއި ކޮން ގުޅުމެއް އޮންނަ ބައެއްކަން އިނގޭނެއެވެ.

…………….

“ބޯލް ބޯލް ބޯލް…!”  އެއްލި ބޯޅަފަހަތުން ޝިޔާ އާއި އައިނާވެސް ދުއްވައިގަތެވެ. އެ ބޯލަގޮސްޖެހުނީ ޖިނާހް ފައިކައިރިކަމުން ދެމީހުން ޖެހިލުންވިއެވެ. ފާޑަކަށް ބަލަންހުރެފައި އައިނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އުމުރުން ފަސް އަހަރުވިއެއްކަމަކު އޭނާ އަކީ ވިސްނުންތޫނު އެ އުމުރުގެ ކުދިންނާއި ހިލާފަށް ކިޔަމަންތެރި ބަސްއަހާ ކުއްޖެކެވެ. “ބޭބެ ބޯލް….” ވާހަކައެއްގެ ތެރެއަށް ގެއްލިފައި އިން ޖިނާހްއަށް އެކަން ރޭކައިވެސްލީ އައިނާ އެހެން ބުނީމައެވެ. ލަހުފާވެސް އެދިމާ ބަލައިލިއެވެ. ޖިނާހް ހީލާފައި ފައިކައިރި އޮތް ބޯޅަ އައިނާއާއި ހަވާލުކޮށްފައި އެ ސޫރައަށް ވަރަށް ފަރުވާތެރިކަމާއި އެކު ބަލައިލިއެވެ. އެ މޫނުން ޖިނާހް އަށް ސިފަވީ ނައިނާއެވެ. އޭނާ ފާޑަކަށް ލަހުފާއަށް ބަލައިލާފައި އަނެއްކާވެސް އައިނާއަށް ބަލައިލިއެވެ. އޭނާއަށް ޔަޤީންނުވިޔަސް އެ މޫނަށް ބަލާލުމުން ނައިނާ އާއި ވައްތަރުގޮތެއް އެބަހުއްޓެވެ.

“ކޮން ނަމެއް ކިޔަނީ؟” ޖިނާހް ހީލާފައި އެހެން އަހާލީ އެއްވެސް ވަރަކަށް ކުރިމަތީ އެހުރީ އައިނާކަން ނޭނގޭ ހާލުއެވެ. ވައްތަރުގޮތެއް ހުއްޓަސް ކުޑަކުއްޖެކޭ ހިތާ އޭނާ އެކަމާއި އެހާ ބޮޑަށް އަޅައިނުލީއެވެ. ލަހުފާވެސް ލޯބިގޮތަކަށް އެ މަންޒަރު ބަލަހައްޓައިގެން އިނީ ކުޑަކުދިން އުޅޭލެއް މަޖާކަމުންނެވެ. “އައިނާ މުހައްމަދު އައިޒަން..” އައިނާ އެއްވެސް ފިކުރެއް ހިޔާލެއް ނެތި އެހެން ބުނެފައި ޝިޔާ އާއި އެކު ދުއްވައިގަތްއިރު ލަހުފާ އާއި ޖިނާހްއަށް އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ.

“ލަހުފާ އަޑުއެހިންތަ؟؟” ޖިނާހް ދެލޯ ބޮޑުކޮށްލާފައި މުޅިތަނަށް ނަޒަރު ހިންގާލެވުނީ އައިނާ ދިޔަދިމާލެއް ނުފެނިގެންނެވެ. ލަހުފާ އާއެކެ ބުނުމުން ޖިނާހް ލަހުފާއާއި ދިމާ ބަލައިލިއެވެ. “އެއީ އަހަރެމެންގެ އައިނާ އޭ… މަށަށް އޭނާ މޫނު ނައިނާ އާއި ފާޑަކަށް ވައްތަރުވިޔަސް އެހާ އަޅައިނުލާ ނަން އަހާލެވުނީ… ހާދަ ބޮޑުވެއްޖެޔޭ އެއީ ހަމަ އަހަރެމެންގެ އައިނާތަ؟” ޖިނާހް ލަހުފާގެ ގައިގާ ހިފާ ތަޅުވާލަމުން އެހެން ބުންޏެވެ. ލަހުފާ އަނގަ ހުޅުވައިގެން ހުރިއިރު އަދިވެސް ދެލޯ ކުރިމަތީ ސިފަވީ އައިނާ އެދެމީހުންނަށް ބަލައިލިގޮތާއި އެބެލުމުގައި ހުރި މައުސޫމްކަމެވެ.

ދެމީހުންނަށްވެސް ޤަބޫލުކުރަން އުނދަގޫވިއެވެ. އެންމެ ފަހުން ފެނުނުއިރު ކުޑަކުޑަ އެ އައިނާ މިހާރު ދެފައިމައްޗަށް ތެދުވެ ކުޅެ ހަދާތަން ފެނުމުން ވީ އުފަލުން ދެލޯ ފުރުނެވެ. “އެހެންވީމަ ނައިނާ މާލޭގައި އެބައުޅޭ.. އެއީ ހަމަ އަހަރެމެންގެ އީއްކޮ..” އުފަލުން ހުރެ ލަހުފާ އެހެން ބުނެފައި އެ އަތުތެރޭ އޮތް ޔާނިއަލް ގައިގާ ބައްދައިގަތެވެ. މި ބޮޑު މާލޭގައި ކިތަންމެ މީހުން ގިނަޔަކަސް ކޮންމެވެސް އެއްދުވަހަކުން އައިނާ އާއި ނައިނާ ފެންނާނެކަމުގެ އުއްމީދު އެބައޮތެވެ.

އައިޒަން އެމީހުންނާއި ހަމާއަށް އެރިއިރުވެސް ދެމީހުންނަށް ތިބެވުނީ އެވާހަކައިގައެވެ. އައިނާ ބޮޑުވެފައި މޫނުމަތީގައި ނައިނާގެ ސިފަހުންނަވާހަކައެވެ. އައިޒަން އައުމުން އެމީހުން ހުއްޓާލިޔަސް ތިބީ އެވާހަކަ އައިޒަން އާއި ހިއްސާކުރާށެވެ. އައިޒަން ކޮންމެ މީހަކަށް ތައްޓެއް ދީފައި އޭނާވެސް އިށީނދެ ހަމަޖެހިލިއެވެ. “އައިޒަން ދެންމެ….” ލަހުފާ އެހެން ބުނުމުން އައިޒަން ކިހިނެއްވީހޭ ސުވާލުކުރީ މާބޮޑަށް އެކަމަށް ސަމާލުކަން ނުދީއެވެ. “ދެންމެ މިތަނުން އައިނާ ފެނިއްޖެ…” ލަހުފާ އެހެން ބުނުމުން އައިޒަން ދެލޯ ބޮޑުކޮށްލާފައި ލަހުފާއަށް ބަލާލީ ފާޑަކަށެވެ. އައިޒަން އެބެލުމުގެ މާނަ އެނގި ޖިނާހް ވީ ގޮތް އޮޅުންފިލުވައިލިއެވެ. އަދި ނަން އެހާލުމުން ވަރަށް ރީއްޗަށް އައިނާ މުހައްމަދު އައިޒަންއޭ ބުނެފައި ދުއްވައިގަތޭ ދެފަހަރަށް ބުންޏެވެ.

އައިޒަން ހުރީ ގަބޫލުކުރަން އުނދަގޫވެފައެވެ. އެތަކެއް ދުވަސްފަހުން ލޯބިވާ ދަރިފުޅުގެ ވާހަކައެއް މީހަކު ދެއްކީތީ އެހިތުގައި އަނެއްކާވެސް ކުރީގެ ހަނދާންތަށް އާލާވާންފެށިއެވެ. އައިނާގެ ލޯބި ލޯބި އަޑާއި އައިނާ ޖަހާ ސަކަރާތެވެ. “އައިޒަން އީއްކޮއަށް މިހާރު ފަސްއަހަރުވާނެ… މިދިޔަ މާރޗް ގައެއްނު އޭނާއަށް ފަސްއަހަރު ވާނީ؟ ވަރަށް ލޯބި.. ދޮން ދޮން ކޮށް ބޮޑު ކޮލެއްލާފައި އިންނަނީ… އިސްތަށިގަނޑުވެސް ނައިނާގެ ގޮތަށް ފަންކޮށް އިންނަނީ…. ކޮނޑައި ހަމަޔަށް އަރަނީވެސް.. ވަރަށް ފަރުވާތެރިކަމާއި އެކު މޫނަށް ބަލާލީމަ ނައިނާއާއި ވައްތަރުވޭ..” ޖިނާހް ވަރަށް އުފަލުންހުރެ އެވާހަކަ ދެއްކީ އައިޒަންވެސް އުފާވާނެކަމަށްހީކޮށެވެ. ހަޤީޤަތުގައި އައިޒަންއަށްކުރީ ވަރަށް އެހެންކަހަލަ އިހްސާސްއެކެވެ. އެހިތުތެރޭ އުތުރިއަރަމުން ދިޔައީ ގޮތްނޭނގޭ އިހްސާސްތަކެކެވެ.

ނަމަވެސް ފަޅި ސިކުންތުކޮޅެއްތެރޭގައި އެ ހުރިހާ ކަމަކަށް ބާރުފޯރުވާލާފައި އައިޒަން ނޫނެކޭ ބުންޏެވެ. އަދި މިދުނިޔޭގައި އޭނާގެ ދަރިއެއް ހުރިނަމަ ހުންނާނީ އޭނާ ކައިރި ކަމުގައި ބުނެފައި ލަހުފާމެންނަށް މޫނުއަނބުރާލިއެވެ. ލަހުފާ އާއި ޖިނާހް ހަމަހައިރާންވިއެވެ. “ކީކޭ؟ އައިޒަންގެ ދަރިއެއް ނޫންތަ އެއީ؟  މި ލިބުނު ފުރުސަތުގެ ބޭނުންހިފައި ވީރާނަވީ ދިރިއުޅުން އަލުން އިޔާދަ ކުރާކަށް ނޫންތަވީ؟ ބީވެގެންދިޔަ އައިޒަންގެ ދެ ފުރާނަ އަލުން ހޯދާކަށެއްނޫންތަވީ؟ ނުދެވުން ލޯތްބާއި އަޅާލުން އެމީހުންނަށް ދޭކަށެއްނޫންތަވީ؟ އައިނާގެ ބައްޕައަށާއި ނައިނާގެ ފިރިއަކަށްވީތީ އެ ޒިންމާ އަދާކުރާކަށްނޫންތަވީ؟  މިހާރު އިނގުނީނު ކޮންތާކުކަން ނައިނާ އެ އުޅެނީ.. އައިޒަން ތިހުރީ މޮޔަވެފަތަ؟” ޖިނާހް ހިތްހަމަނުޖެހިފައި އެއްފަހަރާ ސުވާލުތަށް އޮއްސާލީ މީގެ އަހަރުތަކެއް ކުރީގައި އައިޒަން ނައިނާއަށްޓަކައި އުޅުނުވަރު ހަނދާންކޮށްފައެވެ. އައިޒަންއަށް އެއިން އެއްވެސް އަސަރެއްނުކުރާކަހަލައެވެ. ހަމަޖެހިލައިގެން ޖޫގޯ ބޯންހުރިއިރު ޖިނާހްމެން ދައްކާވާހަކައަކަށް ރައްދު ދޭން ބޭނުންނުވާކަހަލައެވެ.

“އަހަރެން ނޫޅެމޭ އެއްވެސް މީހަކު ހޯދާކަށް…އަދި ކޮންމެ އެއްޗެކޭ ކިޔަސް އަހަރެންނަށް އެއްވެސް އަސަރެއްނުކުރާނެ… އަހަރެންގެ ދަރިއަކާއި އަތްބެއް ހުރިނަމަ މިހާރު ހުންނާނީ އަހަރެންކައިރި އެއްނު… އަމިއްލައަކަށްނު ފިލައިގެން ދިޔައީވެސް… އަހަރެން އެހެންވީމަ ހޯދަންޖެހޭނެކަމަށް ގަބޫލެއްނުކުރަން…” އައިޒަން ގެޖަވާބު އަޑުއިވިފައި ލަހުފާގެ ރުޅިގަނޑު މައްޗަށް ދިޔައެވެ. ކުރިމަތީ މިހުރީ ނައިނާއަށްޓަކައި ލޯބިން ޤުރުބާންވާން ވައުދުވި އައިޒަންބާއޭވެސް އޭނަ ހިތަށްއެރިއެވެ. ލަހުފާ އައިރުޅިގައި އައިޒަންގެ އަތުގައި ހިފައިފާ ތަޅުވައިގަތީ އަނެއް އަތުން ޔާނިއަލް ގަޔާއި ލާ ހިފަހައްޓާފައެވެ. ހީވަނީ އައިޒަން ގެ ހިއްސުތަށް އަލުން މަސައްކަތްކުރުވަން އުޅެނީހެންނެވެ. އެތަކެއް ފަހަރު އޭނާ ބުނަމުން ދިޔައީ އެމީހުން ހޯދާ އަލުން އެ ދިރިއުޅުމަށް ވައްދާށޭއެވެ. އައިޒަން ފާޑަކަށް ލަހުފާއަށްބަލާލާފައި އެ އަތުން އެނާގެ އަތް ނައްޓުވާލިއެވެ. “ބުނަން ލައްކޮ ވާހަކައެއް؟ އަހަރެން ފަރާތުން ލޯތްބާއި އަޅާލުން ބޭނުންނުވާތީއެއްނު އެކުއްޖާގެ މަންމަ ފިލައިގެން ދިޔައީ އިތުރަށް އަހަރެން އޭނާ ހޯދުމުގެ ބޭނުމެއް އޮތްހެންނެއް ހިއެއްނުވޭ.. އުޅެވޭނެތީ ކަންނޭނގެ އެ ދިޔަތާކަށް ދިޔައީ ދޯ؟” އައިޒަން މިފަހަރު ތަންކޮޅެއް ރީއްޗަށް އެހެން ބުނެފައް ބުމަ ހިއްލާލިއެވެ.

ލަހުފާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ރުޅިގަނޑު މަތަނުވެ ބާރަށް އެއްޗެއް ބުނެވިއްޖެނަމަ ޔާނިއަލް ބިރުގަނެފާނެތީ ލަހުފާ އައިޒަން އާއި ދުރަށްޖެހިލިއެވެ. ހަމަޖެހެވޭތޯ މަސައްކަތްކުރިއެވެ. އޭރުވެސް ޖިނާހް އެ ހުރިގޮތަށް އެއްޗެއް ނުބުނެ ހުރީ ބުނެގެން ވާނެ ފައިދާއެއް ނޯންނާނެކަން އިނގޭތީއެވެ. ލަހުފާއަށް މަޑުން ނުހުރެވުނީ އަންހެނަކަށްވީމަ ކަންނޭނގެއެވެ. އެންމެ ސިކުންތެއްވެސް އެތާ މަޑުކުރަން ބޭނުންނެތޭ ބުނެފައި ލަހުފާ ހިނގައިގަތުމުން ޖިނާހްވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ. އައިޒަން ހިފަހައްޓައިގެން ހުރި ހާސްކަން މޫނުމަތިން ފާޅުވެ އިސާހިތަކު ދާހިއްލާ ފޯވިއެވެ. މުޅި ތަނަށް ނަޒަރު ދިއްކޮށްލެވުނެވެ. ކޮންމެ ކުޑަކުއްޖެއްގެ މޫނަށް ބަލައިލެވެނީ އޭނާގެ އައިނާތޯއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (20)

Next

އީލާމް -11

Next
October 10, 2017

އީލާމް -11

Previews
October 9, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (20)

21 Comments!

  1. Ryn says:
    October 9, 2017 at 10:37 pm

    Salaam loves.
    Didnt check for mistakes and just hama post kohly sorry for being late inge.
    Good night. :)?

  2. Xee says:
    October 9, 2017 at 10:41 pm

    Aley mee first dhw

  3. Just want to say says:
    October 9, 2017 at 10:45 pm

    Ryyyynn.. alhe haadha kurey.. dhen faharakun dhigukollacchey.. vrh reethi ekmvess?

  4. Just want to say says:
    October 9, 2017 at 10:46 pm

    Ryynn alhe haadha kuru hen heeveyey.. next part dhigukollacchey plss.. vrh rythi mi partvess?

  5. Shaahy says:
    October 9, 2017 at 10:52 pm

    Im first dhw

  6. Ziyaa says:
    October 9, 2017 at 10:55 pm

    Masha Allah. V reethi mi part ves

  7. Some one says:
    October 9, 2017 at 10:57 pm

    Woahhh… I hate aixan… V gwss assu?

  8. Kiddy says:
    October 9, 2017 at 10:58 pm

    Wow nee first dhww

  9. Aisha says:
    October 9, 2017 at 10:59 pm

    Varan reethi,,,,,reen kon erakun next ep up konlàni,????????

  10. shaee says:
    October 9, 2017 at 11:00 pm

    Noo.. dhen edhemyhun meet vaanama..
    Nice mi part ves..
    Waiing for next part

  11. minha says:
    October 9, 2017 at 11:11 pm

    nooo alhey aixan naina dheke rulhi naadheba

  12. Sinaa says:
    October 9, 2017 at 11:20 pm

    Woww hama salhiyey ryn

  13. Mariyam Ubaid says:
    October 9, 2017 at 11:53 pm

    Varah reeethi

  14. ? says:
    October 10, 2017 at 12:02 am

    Salhi
    Mirey ekan maaa kuru
    Hate aizan????????

  15. khajja says:
    October 10, 2017 at 12:23 am

    Ohh wow masha allah haadhahaavaa rychchey mi stry?? alhey aizan nainaa Male’ga ulheykan engunyma feneytho balaalumaky oiy kameh dhw ainaa govaigen aizan menge ge sh dhiyaima aizange mom ves ekujjaa aa gen ulheyvareh engeyne mi stry v v kiyaahiyvey can’t wait plx avahah up kolladhybala plx plx plx ??❤❤??????????

  16. Lalla says:
    October 10, 2017 at 12:48 am

    I hate aizan.. kihinh vgn e ulheniy.. ?. But story hama best ❤️

  17. xaan says:
    October 10, 2017 at 8:35 am

    Masha Allah v reethi kon iraku next part up kurany v kiyaa hithun mi inny

  18. Reet says:
    October 10, 2017 at 11:32 am

    Please dhuvahun dhuvahah up kohdhee bala vvv reethi

  19. Iman says:
    October 10, 2017 at 5:25 pm

    Alhey .. i really miss u ryn … Midhu vas kolhuga test thah nagaatheeve v dhuvas vehje esfiya ah nuvanna thaa …. Bt ninmaafa kiyaanan ingey… Anyways I’m very happy tht still ur stories are wonderful… ??

  20. Girll says:
    October 10, 2017 at 5:39 pm

    Huvaa mibuni e aizan ehery heybali vefa. Neyna ah ehn boy eh hoadha. Aizan does not deserve her

  21. ? says:
    October 10, 2017 at 8:47 pm

    Riin alhe rply kohbila!kiyun theriiin cmnt kuranii kamaku ey! N u didnt rply 4 last prt also!! So dissapoint!! 4 every wrtrr riidrs cmnt shd be imprtnt!!! Stry is nice!bt plx at liist giv a rply 2 make da riidrs happiii

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (21)←


All Right Reserved!