Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 15

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
October 10, 2017 9 Mins Read
52 Comments

ދޮރުގައި ޓަކި ދިން އަޑު އިވުނަސް ޝައިމް ދޮރު ނުހުޅުވައި މަޑުކޮށްލީ މަލަކާގެ ޖަވާބެއް ލިބޭތޯއެވެ. މަލަކާ ދޮރު ހުޅުވަން ދާން އުޅުމުން ޝައިމް މަލަކާގެ އަތުގައި ހިފަހައްޓައި އިތުރަށް ދޮރާއި ކައިރިވުމަށް ހުރަސްއެޅިއެވެ.

“ޖަވާބެއް ދީފަވެސް ދޮރު ހުޅުވިދާނެ” މަލަކާ ޝައިމްއަށް ބަލާލުމުން ޝައިމް ބުނެލިއެވެ.

“ވެދާނެ ބައްޕަކަމަށްވެސް” މަލަކާ އުޅުނީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ޝައިމްގެ އެސުވާލަށް ޖަވާބު ނުދެވޭތޯއެވެ. މަލަކާ އެހެން ބުނުމުން ޝައިމް މަލަކާގެ އަތުން ދޫކޮށްލިއެވެ. އަދި ދޮރު ކައިރީ ހުރި މީހަކަށް ނުފެންނާނެހެން ދޮރުގެ ފަހަތުގައި މަޑުކޮށްލިއެވެ.

އެއީ ބައްޕައަށް ނުވުމަށް ހިތުން ދުއާ ކުރާ ހާލު މަލަކާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ.

“އަޝްވާ” މަލަކާއަށް އަޝްވާގެ ނަން ކިޔައިލެވުނީ ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހުގައެވެ.

“އަހަރެން ވަރަށް މޫދަށް ދާހިތްވެއްޖެ.. ބޭބެމެންވެސް އެއްބަސްނުވި އަހަންނާއި އެއްކޮށް ދާން.. މަލަކާ އަންނަންވީނު އަހަންނާއި އެކީ” އަޝްވާ އެދުނެވެ.

“މަލަކާއަށް ނުދެވޭނެ މިގަޑިއަކު” މަލަކާއަށް ކުރި ސުވާލުގެ ޖަވާބު ދިނީ ފަހަތުން ނިކުތް ޝައިމްއެވެ. ޝައިމްގެ މޫނުމަތީގައި އެހެންނާ ނުހުންނަ ސީރިއަސްކަމެއް ވާކަން އަޝްވާއަށް ފާހަގަކުރެވުނުވެ.

“ދޮންބެ މިތާ ކީއްކުރަނީ…” އުއްމީދުނުކޮށް ހުއްޓާ ޝައިމް ފެނުމުން އަޝްވާ ހައިރާންވިއެވެ.

“އަޝްވާ އިހަށް ދޭ މިތަނުން” ޝައިމް ބުނެލިއެވެ. މަލަކާގެ ޖަވާބަކަށް އެހިތްވަނީ ކެތްމަދުވެފައެވެ.

އަޝްވާ ބަލައިލީ މަލަކާ އަށެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އިހްސާސްކުރެވިގެންނެވެ. މަލަކާ ޝައިމްއާއި ދެކޮޅު ނުހަދައެވެ. ނަމަވެސް މޫނުމަތިން ނުތަނަސްވެފައިވާކަން ފާހަގަކުރެވުނެވެ.

“މާފުކޮށްފީމޭ ތިބުނަނީ.. ދެން ކީއްވެ އަލުން ގުޅެން ބޭނުންނުވަނީ.. މަލަކާ ނިއަމްއާއި ދެމެދު ގުޅުމެއް އޮންނަނީތަ”   އަޝްވާ ދިޔުމުން ޝައިމް ޝައްކުގެ ނަޒަރަކުން މަލަކާއަށް ބަލާލަމުން ބުނެލިއެވެ.

މަލަކާއަށް މިފަހަރުވެސް އެޔަށް ޖަވާބު ދެވޭނެހެން ހީނުވެއެވެ. ޝައިމްގެ ހިތް ހަލާކު ނުކޮށް އޭނާ އެޚަބަރު ދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ދުލުގައި ވަރެއް ނެތެވެ. ބުނާނެ އެއްޗެއް ވިސްނުމަކަށް ނައެވެ. އެހިތަށް ލިބެމުންދާ ސަޒާ ޝައިމްއަށްވުރެ ވަކި ކުޑައެއް ނޫނެވެ.

“މަލަކާ” ޝައިމް މަލަކާގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވާލީ އޭނާގެ ބަސް ދޮގުކުރާށޭ ބުނާ ފަދައަކުންނެވެ. އޭރު ލޮލަށް ހިތި ކަރުނަ ޖަމާވަމުން ދިޔައެވެ. މަލަކާގެ ޖަވާބެއް ނުލިބެނީސް ކަނިވަމުންދާ އުއްމީދުގެ ހުޅުކޮޅު އެއްކޮށް ނިވާލަން ބޭނުންނުވެއެވެ.

މަލަކާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ނުހަނު ބާރަށް ޝައިމްގެ ގައިގައި ބައްދާލިއެވެ. އެޔާއެކު ދެމީހުންގެ ލޮލުން އެއްފަހަރާ ކަރުނަތައް އޮހިގަތެވެ. ޝައިމް މަލަކާ ކޮނޑުގައި ހިފައި އިތުރަށް އޭނާ އާއި ކައިރިކޮށްލިއެވެ. ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭހާ ގާތަށެވެ. ދެހިތަށްވެސް އެއް އަސަރެއް ކުރުވަމުންނެވެ.

“ނޫން މަލާ… މަލާ… ބުނޭ ތީ އަހަރެން ކުރި ކަހަލަ ސަމާސާއެކޭ… ބުނޭ އަހަރެންގެ ހިތްތަޅުވާލަން ކުރާ ކަމެކޭ…” ތުރުތުރު އަޅަމުންދާ އަޑަކުން ޝައިމް ބުނެލިއެވެ. އަދިވެސް ގަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ.

“މަލަކާ އަހަރެން ދެކެ ލޯބިނުވަނީތަ… އަހަރެން ކުރެވުނު ކުށަށް މާފަށްވެސް އެދެފީމެއްނު.. ދެން ކީއްވެ.. ލޯބިނުވަނީތަ” ޝައިމްގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. ޖާނުގެ ދިރުން އޭނާ އަތުން ބީވާން އުޅޭ ކަމުގެ ބިރުވެރިކަން އިހްސާސްވަމުން ދިޔައެވެ.

“ވަރަށް ބޮޑަށް ލޯބިވަން.. ނަމަވެސް އަހަންނަކަށް…”

“ނޫން… ނަމަވެސް އެއްނޫން. ލޯބިވަންޏާ އެކުގައި އުޅެވޭނެ. އަހަރެންނަށް އެނގޭ މަލަކާ އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން.. އެނގޭ އަހަރެން ދޫކޮށް ނުލާނެކަން..މަލަކާ އެއްނު ބުނީ އިންތިޒާރު ކުރާނަމޭ. އަހަރެން މިއައީ އޭ މަލަކާ..” މަލަކާގެ ޖުމްލަ މެދުކަނޑާލުމަށްފަހު ޝައިމް ބުނެލިއެވެ. މަލަކާ ދައްކަން ބޭނުންވާ ބަހަނާތައް އަޑުއަހަން އެހިތަށް ކުޅަދާނަވެގެން ނުވާތީއެވެ.

ޝައިމް މަލަކާގެ އިސްއުފުލައި މަލަކާގެ މޫނަށް ރަގަޅަށް ބަލާލިއެވެ. ފޮރުވިފައިވާ އެއްޗެއް ހޯދަން އުޅޭހެންނެވެ. ކަރުނައިން ބަބުޅަމުންދާ މަލަކާގެ ދެލޮލަށެވެ. މިލާފައިވާ މޫނަށެވެ.

ޝައިމްގެ ފުން ދެލޮލުން މަލަކާއަށް ތަދުކުރުވަމުން ދިޔައެވެ. އިސްނަގައި ކަރުނަތައް ފުހެ ދޭން ބޭނުމެވެ. ޒަހަމްވަމުންދާ ހިތުގައި ފިރުމާލަދޭން ބޭނުމެވެ. އެޔާއެކު ހިތް ބިރުވެރިކަމުން ވަށާލަމުން ދިޔައީ ޝައިމްގެ ހިތާމަތަކަށް ލުއެއް ދޭން އޭނާއަށް ކުރެވޭނެ ކަމެއް ނެތުމުންނެވެ.

“އަހަރެން ކޮންގޮތަކުން ނިއަމްއަށް ވުރެ ދެރައީ.. ކޮން އުނިކަމެއް ހުރީ. އަހަރެން މަލަކާއަށް ޔަގީންކޮށްދޭން މިހިތުގައި މަލަކާއަށް މިވާ ލޯބި އެހެން އެއްވެސް މީހަކަށް ނުވެވޭނެކަން. މިފަނާވަނިވި ދުނިޔޭން އަހަރެން ބޭނުމީ ހަމައެކަނި އެއްމެ އުފަލެއް.. އެއީ މަލާ އަހަރެންގެ ހައްގަކަށްވުން. މަލަކާ އަހަރެންގެ ހަޔާތައް އައީ އަހަރެން އެހެން ކުއްޖެއްދެކެ ލޯބިނުވާން އަޒުމް ކަނޑައަޅައިގެން ހުއްޓައި. ސަރާ ވަކިވުމަށްފަހު އަހަރެން އެހެން އެއްވެސް ކުއްޖަކަށް މިފަދަ ނަޒަރަކުން ނުބަލަން. އަހަރެން ހީކޮށްގެން ހުރީ ދެން އަހަރެންނަށް ދެވަނަ ފަހަރަށް ލޯބިނުވެވޭނެ ކަމަށް. އެކަމަކު މަލަކާ އެހުރިހާ ކަމެއް ބަދަލުކޮށްލި.. އަހަރެން ލޯތްބާއި ވަކިވުމަށް ރާވަމުން ދިޔަ ފާރު ބިމާހަމަކޮށްލި.. އަހަރެންގެ ހަރު ހިތް ނާޒުކު އެއްޗަކަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކޮށްލި.. ” ޝައިމް އޭނާގެ ހިތުގެ ހާލަތު މަލަކާއަށް ކިޔައިދޭން އުޅުނެވެ. އަދިވެސް ގިސްލަމުންދާ ހާލުގައެވެ.

“މަލާ… ނުދޭ އަހަންނާއި ދުރަށް. ތިލޯތްބަށްޓަކައި އަހަރެން މިހިރީ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް. އާދޭސްކުރަން” ޝައިމް މަލަކާގެ މޫނުގައި ދެއަތުން ހިފަމުން އާދޭހުގެ ރާގަކަށް ބުނެލިއެވެ.

” އަހަންނަށް މާފުކުރޭ ޝައިމް. ޝައިމްގެ އާދޭސްތައް އަޑުއެހިއަސް އަހަންނަށް ޝައިމްއާއި އެކު އުޅެވޭކަށް ނެތް. މަންމައާއި ދެކޮޅަށް ތެދުވުމުގެ ބާރެއް އަހަރެން ގަޔަކު ނެތް. އެމަންމަ އަހަރެންގެ ހައްގުގައި ނުތެދުވި ނަމަ އަހަރެންނަކީ މިދުނިޔޭގައި ނެތް މީހެއް. ޝައިމްއަށްވެސް އަހަރެން ނުފެންނާނެ. މަންމަ އަހަންނަށް އެކޮށްދިން ކަންތަކުގެ އަގު އަހަރެންނަށް އަދާނުކުރެވޭނެކަން ޔަގީން. އަހަންނަށް ކުރެވެން އޮތްހާވެސް ކަމަކީ މަންމަގެ ރުހުން ލިބޭތޯ މަސައްކަތް ކުރުން. އެއީ އަހަރެންގެ އުފާތައް ގުރުބާންކުރުން ކަމުގައި ވިޔަސް ފަރުވާލެއް ނެތް” މަލަކާ ޝައިމްއާއި ދުރުވެލަމުން ބުނެލިއެވެ.

“މަލަކާ. ތިހެން ނުބުނޭ.. ހިނގާ ދެމީހުން ގޮސް މަންމައާއި ވާހަކަ ދައްކަން. އަހަރެން ވައުދުވާނަން ދުވަހަކުވެސް މަލަކާއަށް ދެރައެއް ނުދޭން. އެއްމެ ފަހު ނޭވައާއި ހަމައަށްވެސް މަލަކާ އުފަލުގައި ގެންގުޅެން” ފަހަތުން މަލަކާގެ އަތުގައި ހިފާލަމުން ޝައިމް ބުނެލިއެވެ.

“އަހަރެންނަށް ފަސޭހައެއް ނޫން ޝައިމްގެ ލޯތްބަށް ނޫނެކޭ ބުނަން. މަންމަ ބަލި އެނދުގައި އޮތްވައި އަހަރެން ނިއަމްއާއި ކައިވެނިނުކުރުމަށް އެތައް އާދޭހެއްކުރިން. މަންމަގެ ދެފައިގަ ހިފާ ރުއިން އެނިންމުން ބަދަލުކުރާތޯ. އެކަމަކު ޝައިމް..” މަލަކާ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެމުން ވާހަކަ ދެއްކިއެވެ. މިއަދުވެސް މިއައީ މަންމަ ކައިރީ އިދެފައެވެ. މަންމަގެ މާބަނޑުގައި އެތައް ވޭނެއް ހުރަސްކުރުމަށްފަހު އޭނާ މިދުނިޔެއަށް އެގެނައީ ފިރިމީހާގެ ލޯތްބަށް ފުރަގަސްދެމުންނެވެ . ގުރުބާންތައް ވީ އޭނާއަށްޓަކައެވެ. މިއަދު އޭގެ އަގު އަދާކުރުމުގެ ބަދަލުގައި މަލަކާވީ އޭގައި ކޮޅުފައިން ޖަހަން ހެއްޔެވެ؟

“ނޫން އެއްވެސް މީހަކަށް މަލަކާ އަހަރެންނާއި ދުރުނުކުރެވޭނެ. އަހަރެން ކޮންމެ ގޮތެއް ހަދާފަވެސް މަލަކާ ހޯދާނަން. އެއްފަހަރު ލޯބި ބީވެއްޖެ. ދެވަނަ ފަހަރަށް އެކަން އެހެން ވިޔަކަ ނުދޭނަން. ހެޔޮ މުޅި ދުނިޔެ އަހަންނާއި ދެކޮޅަށް ތެދުވިޔަސް މަލަކާ އަހަރެންގެ މީހަކަށް ނުހަދާ އަހަރެން ހަމަނޭވާއެއް ނުލާނަން” ޝައިމްގެ ހިތާމަތައް ރުޅިއަށް ބަދަލުވެގެން ދިޔައެވެ.

“ޝައިމް ވިސްނާލަބަ. ޝައިމްއެއްނު ބުނީ މަންމަގެ ލޯތްބަށް ގަދަރުކުރަންޖެހޭނެއޭ. ހުރިހާ ލޯތްބަކަށްވުރެ އެލޯބި މަތިވެރިވާނޭ. ޝައިމް! އަހަރެން މަންމައަށްޓަކައި މިކަން ކުރަން ފުރުސަތު ދީ. އެހެންނޫންނަމަ އަހަރެން ޝައިމް ދެކެ ވާ ލޯތްބަށް ފަޑުކަން އައިސްދާނެ” މަލަކާ ޝައިމްއަށް ވިސްނައިދެވޭތޯ އުޅުނެވެ.

“ތިހުރިހާ ވާހަކައެއް ދެއްކީ މިދުލުން. އެކަމަކު އެކަން އެކަނިތަ މަލަކާ ހަނދާނުގަ ހުރީ. އަހަރެން އެތައް ފަހަރަކު ބުނިން ލޯބިވަމޭ. އެކަން ހަނދާން އެބަހުރިތަ! މަންމައަކާއި ދަރިއެއްގެ ދެމެދަށް ވަންނަން އުޅުމުން އަހަރެން ވެދާނެ ގޯސް މީހަކަށް. އެކަމަކު އަހަރެން ނެތިން ދުނިޔޭގެ މަލާމާތަކަށް ބަލާކަށް. މިއޮތްހާ ދުވަހު ދުނިޔެ އަހަރެންނާއި ދެކޮޅަށް ތެދުވީ. އަހަރެން ލޯބިވާ މީހެއް ނަމަ ދުރުކުރުވަމުން. އެކަމަކު މިހިތަށްވެސް ކެތްވާނީ ވަކިވަރަކަށް. އެކަނި ނަމަވެސް އަހަރެންގެ އުފާތަކުގެ ހައްގުގައި ތެދުވާނަން.” މަލަކާގެ ދެކޮނޑުގައި ބާރަށް ހިފަހައްޓަމުން ޝައިމް ބުނެލީ ރުޅިވެރިކަމާއި އެކީގައެވެ.

“ޝައިމް ތިހެން ނުހަދާ.. އަހަރެންގެ އިހްސާސްތައް ދަންނަ ހަމައެކަނި މީހަކަށް ހުރީ ޝައިމް އެކަނި” މަލަކާ ބުނެލިއެވެ. ކުޑަ ހިނދުކޮޅެއްގެ މެދު ކެނޑުމަކަށްފަހު އަނެއްކާވެސް ލޮލުން ކަރުނަ ހިލާލިއެވެ.

އެވަގުތު ބޮލަށް އެބުރުން އަރައިގަތެވެ. ކުރަމުން ދާ ފިކުރުތަކުންނާއި އެކީ ބޮލަށް ބަރުކަން އައިސްގެންނެވެ. އެތައް ރުއިމެއްގެ ސަބަބުން ގައިގެ ހަކަތަ ހުސްވެގެންނެވެ. މަލަކާ ކައިރީގައި ހުރި ޖަގުން ތައްޓަށް އަވަހަށް ފެންފޮދެއް އަޅާލުމަށްފަހު ހަމަޖެހޭތޯ މަސައްކަތް ކުރަން އުޅުނެވެ. ނަމަވެސް ބިއްލޫރި ތަށި އަނގަޔާއި ހަމައަށް ފޯރުމުގެ ކުރިން މަލަކާ އަތުން ވީއްލިގެން މުށިގަނޑުމައްޗަށް ވެއްޓުނެވެ.

ބިއްލޫރި ތަޅައިގެން ދިޔަ އަޑާއި އެކީ ޝައިމް މަލަކާއަށް ބަލާލި ވަގުތު މޭޒުގައި އަތްވިއްދާއިގެން ހުރެ މަލަކާ ވެއްޓެމުން ދިޔައެވެ.

“މަލަކާ.. ” ކުރިއަށް ދެތިން ފިޔަވަޅު އަޅައި ޝައިމް މަލަކާގެ ކޮނޑުގައި ހިފައި ތެދުކުރުވަން އުޅުނެވެ. މަލަކާ ދިޔައީ ފުންނޭވާތަކެއް ލަމުންނެވެ. އެސްފިޔަތައް ބަރުވަމުން ގޮސް ލޯ މެރުން ފަހަރަކަށް ވުރެ ފަހަރަށް ދިގުވަމުން ދިޔައެވެ. ޝައިމް މަލަކާ ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ. އަދި ބާލީސް ހެޔޮވަރުކޮށްލައި އަރާމުކޮށް އޮވޭނެ ގޮތް ހެދިއެވެ.

“އެބަ އަންނަން ވަރަށް އަވަހަށް” މަލަކާއަށް ފެން ދިނުމަށް ތައްޓެއް ބަލައިދާން ޝައިމް އުޅުނެވެ.

“ޝައިމް.. އަހަންނަށް މާފުކޮށްދީ. އަހަރެންނަށް… މިނޫން ގޮތެއް އޮތް  ނަމަ ޝައިމްއާއި ..” އުދަގުލުން މަލަކާ ބަސްތައް ޝައިމްއަށް އިއްވަމުން ދިޔައެވެ. ޝައިމްއަށް ރުޅިއަންނަން ހައްގުކަން އެނގި މާފަށް އެދޭ ހާލުގައެވެ.

“ދެން ވާހަކަ ނުދައްކާ އަރާމް ކުރެވޭތޯ ބަލާ.. އެބަ އަންނަން ބޯނެ އެއްޗެއް ހިފައިގެން. އަދި މިއަދު ނުވެސް ކައިދޯ ތިހުރީ” ޝައިމްގެ ރުޅިގަނޑު އިސާހިތަކު ނެތިގެންދިޔައެވެ. މަލަކާގެ އަތުގައި ބޮސްދިނުމަށްފަހު ޝައިމް ދިޔައީ ބަދިގެޔަށެވެ.

ޖޫސް ތައްޓަކާއި ފެން ތައްޓެއް ތަބަކަކަށް އަޅައިގެން އައިސް މަލަކާއަށް ބޯންދިނެވެ. އަދި މަލަކާ ނިދެންދެން އަތުގައި ފިރުމާލަދޭން އިނެވެ. މަލަކާގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ. ހަނދާނަށް އައީ މީގެ އެތަކެއް އަހަރުތަކެވެ.

ހޮސްޕިޓަލުގައި ސަރާގެ އަތުގައި މިހެން އިދެ ފިރުމަމުން ދިޔަ ވަގުތުކޮޅެވެ. ފަހު ނޭވާ ގުނަމުން ސަރާވެސް ބުނީ މާފުކުރުމަށެވެ. ދުނިޔޭގައި އުޅެވޭނެ ނަމަ ޝައިމް އާއި އެއްކޮށް އުޅޭނަމެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވިއެވެ. މިއަދުވެސް ތަކުރާރުވަމުން އެދަނީ އެހިތި މާޒީއެވެ. އެފުން ހަނދާންތައް އަނެއްކާވެސް ޝައިމްގެ ލޯކުރިމަތިން ކުލަޖެހިފަވާ ތަސްވީރެއްހެން ފެންނަމުން ދަނީއެވެ. ތަގުދީރު މިކުރަނީ ކޮން ކަހަލަ ސަމާސާއެއް ހެއްޔެވެ؟ ލޯބިވުމަކީ ޝައިމްއަށް ކުރެވޭ ކުށެއް ހެއްޔެވެ؟ އެއްމެން ލޯބީގެ ފޮނި ހުވަފެންތައް ހަގީގަތަކަށް ހަދަމުންދާއިރު އޭނާގެ ހުވަފެންތައް މިވަނީ ބިލާހަކަށެވެ. ބިރުވެރި ތަކުރާރުވަމުން ދާ ބިލާހަކަށެވެ.


 

ހަވީރު ބޯ އަބުރައިގެން ނިދިނު ގޮތަށް މަލަކާއަށް ހޭލެވުނީ ރޭގަނޑު ދިހައެއް ޖަހާ ބޮޑުވި ފަހުންނެވެ. ބޮލުގައި އަތް އަޅަމުން މަލަކާ ފެންވަރާލަން އެނދުން ތެދުވިއެވެ. ގިނައިރު އޮށޯވެގެން އޮތުމުން  އަނދިރިވެގެން ދިޔައެވެ.

“މަލަކާ ކިހިނެތް މިހާރު.” މަލަކާ ތެދުވިތަން ފެނި އަޝްވާ އަހާލިއެވެ.

“ރަގަޅު.. ކޮބާ ޝައިމް” ބޯހަމައަކަށް އެޅުމާއިއެކު މަލަކާ ސުވާލުކޮށްލިއެވެ.

“ދޮންބެ ބުނި މަލަކާ ބޯ އަބުރައިގެން އުޅުނު ވާހަކަ.. ނިދިފަ އޮތީމަ ކާން ނުގޮވީ. މިހިރީ ކުރުބާ ފެންތައްޓަކާއި ކުޑަ ތަރުކާރީ ބަތްކޮޅެއް. ކައިގެން އަނެއްކާވެސް އޮށޯންނަން ވީނު” އަޝްވާ މޭޒުމަތީގައި ހުރި ތަބަށް ނަގައިގެން މަލަކާ ކައިރީގައި އިށީނެވެ.

ކެއުމުގެ ކުރިން މަލަކާ ފެންވަރާލަން ބޭނުންވިއެވެ. ނަމަވެސް ކޮޅަށް ތެދުވުމާއި އެކީ އަނެއްކާވެސް ބޯއަބުރައިގަތުމުން ކައިގެން ނިދޭތޯ މަސައްކަތް ކުރިއެވެ. ކުރިން ނިދުމުގެ ސަބަބުން ނިދަން އުދަގޫވެފައި މަލަކާ އޮތެވެ. އޭރު ޝައިމްގެ ހިޔާލުތަކުން ސިކުޑި ބަރުކުރަމުން ދިޔައެވެ. ދެލޯ މަރާއިގެން އޮތް އިރު ހަނދާނަށް އަންނަމުން ދިޔައީ ޝައިމްގެ ސޫރައެވެ. އެއޯގާތެރިކަމެވެ. ކުރިހާ ޖެއްސުމެވެ. ނަމަވެސް އެފޮނި ހަނދާންތައް މިއަދު މިވަނީ ހިތި ރަހަދޭ އެއްޗަކަށް ބަދަލުވެފައެވެ.

 

 


 

އިރު ރަންދޯދިތަކަކާއި އެކު އާދުވަހަކަށް މަރުހަބާ ކީއިރު ހިތާމައިގެ ކަނޑުގައި ފަތަމުން ދިޔައެވެ. ދެހިތުގައި އެއްވޭނެއް ތަހައްމަލު ކުރަމުން ދާއިރު އެދެހިތުގެ ހާލަތު އެހެން މީހަކަށް ވަޒަންކުރެވޭނެހާ ފުނެވެ.

ހެނދުނު ހޭލައިގެން މަލަކާ ދިޔައީ މާމަމެން ގެޔަށެވެ. މަންމަގެ ހާލު ބަލާލުމަށެވެ. ސަމީހާގެ ބޭސްގަނޑު ބަދަލުކޮށް ނިމުމުން ކާން ދީފައި މަލަކާ ދިޔައީ ނިއަމް މެންގެޔަށެވެ. ސަމީހާގެ ބޭހަށް ބޭނުންވާ ބައެއް ބާވަތް ހުސްވެފައިވާތީ އެގޭ ފިހާރައިގައި އެބާވަތްތައް ހުރި ވާހަކަ ނިއަމް ބުނެފައިވާތީއެވެ.


 

މައިޝާ އޭނާގެ ރޭވުން ފުރިހަމަ ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ވަރަށް ފަރުވާތެރިކަމާއި އެކީ ކުރަމުން ދިޔައެވެ. ނިއަމްއާއި މަލަކާގެ ކައިވެނި ކުރެވެން މާގިނަ ދުވަހެއް ނެތުމުން އަވަސްކުރަންވެސް އެބަޖެހެއެވެ.

މައިޝާ ނިއަމްގެ ގެޔަށް ދިޔައީ އޭނާ ގޮވައިގެން މަލަކާމެން ގެޔަށް ދިޔުމަށް އެދޭށެވެ. މަލަކާ ކުރިމަތީގައި ނިއަމްއާއި  އެއްކޮށް އުޅެ މަލަކާ ދެރަކޮށްލުމަށެވެ. މަލަކާގެ ކޮންމެވެސް އުނިކަމެއް ދައްކައި ނިއަމްއާއި އެދެމީހުން ދުރުކުރުވުމަށެވެ.

މައިޝާ ނިއަމްގެ ކޮޓަރީގެ ދޮރުގައި ދެތިން ފަހަރު ޓަކި ޖަހާލިއެވެ. ދޮރު ނުހުޅުވުން ތަޅުގައި ހިފާލުމާއި އެކު ދޮރު ފަސޭހައިން ހުޅުވިގެން ދިޔައެވެ. މައިޝާ ކޮޓަރިއަށް ވަދެ ހޯދާލިއިރު ނިދާފައި އޮތް ނިއަމް ފެނުމުން ތުންފަތްމަތީގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް ނިއަމްގެ ކައިރީގައި އިށީދެ ބޮލުގައި ފިރުމާލިއެވެ. ނިއަމް އަކީ ނިދި ގަދަ މީހަކަށް ނުވުމުން މައިޝާގެ ފުރަތަމަ އަތްލުމާއިއެކު ހޭލެވުނެވެ.

“ހާދަ ލޯބިކޮށް ނިދާލާފަ.. އަހަންނަށް އުދަގޫކުރެވުނީ ދޯ.. ސޮރީ” ލަދުރަކި ގޮތަކަށް މައިޝާ ބުނެލިއެވެ.

“މިގަޑީ މިތާ ކީއްކުރަނީ” ނިދީގެ އަސަރު ފިލުވާލަމުން ނިއަމް އަހާލިއެވެ.

“ނިއަމް މަތިން މިސްވާވަރުން މިއައީ. އަހަރެން ހިތަށް އަރަނީ ދެން އަހަންނަށް ނިއަމް ނުލިބޭނެއޭ. ވަރަށް ދެރަވޭ އަމިއްލަ ކުށަކުން ނިއަމް އަހަރެންނާއި ގުޅެން ބޭނުންނުވާތީ”

“އައި ރިގްރެޓް އެވްރީތިން. ދެން މާފު ލިބުނަސް ޗާންސެއް ނެތްދޯ” މައިޝާ ބުނެލިއެވެ. ނިއަމްގެ ހިޔާލު ބަދަލުވޭތޯ ދުއާކުރާ ހާލުގައެވެ.

“މާފުކޮށްފީމޭ އެތައް ފަހަރަކު އަހަންނަށް ބުނެވިއްޖެ. މައިގެ ކަމެއް ގަބޫލުކުރުމާއި ނުކުރުން” ބުރުހުގައި ބޭސްޖަހަމުން ނިއަމް ބުނެލިއެވެ.

“އެބަ އަންނަން ކުޑަކޮށް ތާޒާވެލައިގެން.. މަޑުކުރައްޗޭ” ނިއަމް ފާހަނައަށް ވަމުމުން މައިޝާ ދެން ކަންތައްކުރަންވީ ކިހިނެތް ކަމާއި މެދު ވިސްނާލިއެވެ.

މާ ގިނައިރެއް ނުވެ ނިއަމް ފާހަނައިން ނުކުތެވެ. އަދި އަލަމާރި ކައިރިއަށް ގޮސް ލާނެ ޓީޝާޓެއް ފެނޭތޯ އުޅުނެވެ.

“ނިއަމް…” ނިއަމްއަށް ގޮވާލަމުން ގޮސް މައިޝާ ނިއަމް ކައިރީގައ ހުއްޓުނެވެ. އަދި ނިއަމްއަށް ޓީޝާޓެއް ހޯދުމަށް ހުރަސްއެޅިއެވެ.

“ސުވާލެއް ކޮށްލަންތަ. މަލަކާ ދެކެ ވަރަށް ލޯބިވޭތަ.. ހިޔެއް ނުވޭތަ އަހަންނަށް ވެސް އެވަރަށް ނިއަމް ދެކެ ލޯބިވެވިދާނެހެން” މަސްތީ ގޮތަކަށް ނިއަމްއަށް ބަލާލަމުން މައިޝާ ބުނެލިއެވެ.

މަލަކާއަށް ނިއަމްގެ ގެޔަށް އާދެވުނު ވަގުތު މީހެއްގެ ހިލަމެއް ނުވާތީ ނިއަމް އުޅޭތޯ ބަލާލަން އެކޮޓަރިއާއި ދިމާލަށް ދިޔައެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ބޯ ދިއްކޮށްލި ވަގުތު ލޮލުގައި އަޅައިގެތް މަންޒަރަކުން މީހާ ސިހިގެން ދިޔައެވެ. ނިއަމްގެ އަތުގައި ހިފައިގެން އެކަކު އަނެކެއްގެ ނޭވާ އެޅޭ ހިސާބުގައި އެހެރީ މައިޝާ އެވެ.

“މަލަކާ.. މިތާ ކީއްކުރަނީ” މަލަކާ އަށް އެފަދަ މަންޒަރެއް ފެނުމުން ނިއަމް ވަގުތުން ދުރަށް ޖެހުނެވެ.

“މަންމަގެ ބޭހަށް ބޭނުންވާ އެއްޗެހި ބަލާ މިއައީ. ނިއަމް މާ ބިޒީހެން ހީވަނީ. އަހަރެން ފަހުން އައިސްދާނަން” މަލަކާއަށް އޭނާ ވާންވީ ދެރަކަމެއް އަންނަންވީ ރުޅިކަމެއް ނޭނގުނެވެ. ނިއަމްއަށް އޭނާ އިތުބާރުކުރަން އުޅުނަސް މިކަހަލަ ކަންތައްވާނަމަ އެކަންވާނީ ކިހިނަކުން ހެއްޔެވެ؟

“މަލަކާ ރުޅި އައީތަ. އަހަރެން މިގެޔަށް އައިސްގެން މިއުޅެނީ ނިއަމްއާއި އެކީ ތިގެޔަށް ދާން ނިއަމް ބަލައޭ.. އައިއިރު ނިދާފަ އޮތީމަ ތެދުކުރުވައިގެން މިއުޅެނީ.. ” މައިޝާ އަވަސް އަވަހަށް ބުނެލިއެވެ.

“ދެން ނިއަމްގެ ލޮލަށް އެއްޗެއް އެޅިގެން އެފެނޭތޯ މިއުޅުނީ.. ” މައިޝާ ދޮގު ހަދާލިއެވެ. އަދި އެހާ އަވަހަށް މަލަކާ އޭނާއާއި ދެކޮޅުވާން ބޭނުންނުވާތީއެވެ.

މައިޝާގެ ދޮގު ހެދުމުގެ ކުޅަދާނަކަން ފެނި ނިއަމް ހައިރާންވިއެވެ.ނަމަވެސް އެއްޗެކޭ ނުބުނީ މަލަކާއަށް ދައްކާނެ އިތުރު ބަހަނާއަށް އެވަގުތު ނުވިސްނުމުންނެވެ. މަލަކާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ކޮންމެވެސް ގޯހެއް އެބައުޅެއޭ ހިތަށް އެރިއެވެ. ނަމަވެސް އެކަންތަކަށް ފިކުރު ކުރަން އެސިކުޑީގައި ޖާގައެއް ނެތެވެ.


 

މިއަދުވެސް ފާއިތުވެގެން މިދަނީ ޝައިމްއަށް މަލަކާގެ ލޯތްބާއި ދެމެދަށް އެތައް ދުރުކަމެއް ގެނެސްދެމުންނެވެ. މަލަކާ މިއަދު ގެޔަށް އައި މަދު ފަހަރުތަކުގައި ޝައިމް ފެންނަ ގޮތެއް ނުވެއެވެ. އަޝްވާ ކައިރިން އަހާލުމުން  ބުނަނީ ބޭރަށް ދިޔަ ވާހަކައެވެ.

ހެނދުނުއްސުރެ އުޑުމަތި ބަނަކުރަމުން ދިޔަ ބޯ ވިލާތައް ބަރުވެ ވާރޭ ވެހެން ތައްޔާރުވަމުން ދިޔައެވެ. ހަނދުވަރުގެ އަލި ފަޑުވެ ޖެހެމުން ދާ ވައިރޯޅިތައް ގިނަ ވެއްޖެއެވެ. ވާރޭގެ ތިކިތައް ބިންމައްޗަށް ފޯރުމުގެ ކުރިން ޝައިމްއަށް ގެޔަށް އާދެވުނީ ކިރިއާއެވެ. ކަރުހިއްކައިގެން ފެންބޯލަން ބަދިގެ ފަރާތައް ދިޔަ ވަގުތު ޖަހާލި ގުގުރިއާއެކު ވާރޭ އޮއްސާލާފިއެވެ. ބަދިގެޔަށް ވަންނަން ދިޔަ ޝައިމްގެ ފިޔަވަޅުތަކަށް އެހިނދު ހުއްޓުން އަރައިގެން ދިޔައެވެ.

ކުއްލިއަކަށް ހަނދާނަށް އައީ މީގެ އެތަކެއް ރޭގެ ހަނދާންތަކެވެ. އެރޭވެސް މިހާ ބޯކޮށް ވާރޭ ވެހުނެވެ. މިވާރޭ ވެގެން ދިޔައީ އޭނާއާއި މަލަކާގެ ފުރަތަމަ ބައްދަލުވުމުގެ ސަބަބަކަށެވެ. ވާރޭ އާއި މެދު ޝައުގުވެރިކަމެއް ނުހުންނަ ޝައިމްއަށް ފުރަތަމަ ފަހަރަށް އެއިން އުފާވެރިކަމެއް ލިބުނެވެ. އެހާދިސާގެ ހަނދާންތަކާއި އެކު ޝައިމް ވާރެއާއި ދިމާލަށް ދިޔައީ ބޭއިހްތިޔާރުގައެވެ.

ބަގީޗާ ތެރޭގައި ހައްދާފައި ހުރި މާގަސްތަކުގެ ވަށައިގެން ރާނާފައި ހުރި ފާރުބުޑު މަތީގައި ޝައިމް އިށީނެވެ. ލޮލުން އޮހެރެމުންދާ ކަރުނަތައް ވާރެއާއި އެކުވެ ބިންމައްޗަށް ފައިބަމުން ދިޔައެވެ. ހަނދުވަރު އޮއްސިފައިވާ ރެއެއްގެ އަނދިރިކަން ޝައިމްއަށް އިހްސާސްވަމުން ދިޔައެވެ. ދެހިތް ވަކިނުވާން ކުރި ލޯބީގެ އަހުދުތައް ސިކުޑީގެ އެއްފަރާތެއްގައި ގުގުމަމުން ދިޔައެވެ. މަލަކާ އާއި އެކީ އުޅެން ބިނާ ކުރި ލޯބީގެ ގަނޑުވަރު ބިމާ ހަމަވެއްޖެއެވެ. އެގަނޑުވަރުގެ ތަބުތައް ވަރުގަދަ ވީނަމަވެސް ދުނިޔޭގެ ކެހިވެރިކަމުގައި ޖެހި ފުޑުފުޑުވީއެވެ. ދާންވީ މަންޒިލެއް މިއަދު ޝައިމްއަށް ނޭނގެއެވެ. މިވާ މަޖުބޫރުގައި އުފާތައް ވަނީ ގެއްލިފައެވެ. ހިތަށް ހަރީފު މޫސުމް އައިސް ދިރުން ނެތިދަނީއެވެ.

ޝައިމް އެތާނގައި އިންދައި މަލަކާ އަށް އެތަނަށް އާދެވުނެވެ. އެވަގުތު އިސްޖަހައިގެން އިން ޝައިމް ދެނި ހަލުވި ހިގުމެއްގައި އެދިމާލަށް ދިޔައެވެ.

“ޝައިމް.. މިތާ ކީއްކުރަނީ.. ހިނގާ އެތެރެއަށް” މަލަކާ ޝައިމްގެ ކޮނޑުގައި އައްޖައްސާލަމުން ބުނެލިއެވެ.

‘ޝައިމް” ޝައިމެގ ޖަވާބެއް ނުލިބުމުން މަލަކާ ދެވަނަ ފަހަރަށް ގޮވާލިއެވެ. ނަމަވެސް ޝައިމް އިންގޮތަށް އިނީ ހުއްޓުން އަރާފައެވެ. ހިޔާލީ އޮއިގައި ޖެހި ބެހެމުންދަނީ އެވެ.

“ހިނގާ އަވަހަށް.. ރޯގާ ޖެހިދާނެ.” މަލަކާ ޝައިމްގެ އަތުގައި ހިފައި ކޮޅަށް ތެދުކުރުވިއެވެ. މަލަކާ ޝައިމްގެ އަތުގައި ހިފައިގެން ގޮސް ބަދިގެޔަށް ވަނެވެ. އަދި ތުވާލި ހިފައިގެން އައިސް ޝައިމްގެ ބޯ ހިއްކައިދިނެވެ. މަލަކާ އެހުރިހާ ކަމެއް ކޮށްދެމުން ދިޔައިރުވެސް ޝައިމް ވާހަކައެއް ނުދައްކައެވެ. އިނީ ނެގިމަޑުވެފައެވެ.

މަލަކާ ފެން ފޮދެއް ހޫނުކޮށްގެން އައިސް ޝައިމްއަށް ދިނެވެ. މަލަކާގެ އަތުން ޝައިމް އެބޯލިއެވެ. އެއްވެސް ދެކޮޅު ހެދުމެއް ނެތިއެވެ.

“ޝައިމް.. ކީއްކުރަން މިއޮތް ދަންވަރު ވާރޭ ތެރޭ ތިއިނީ..” މަލަކާ ޝައިމް ގައިގައި ނުހަނު ލޯބިން ބައްދާލަމުން ބުނެލިއެވެ. ޝައިމްއަށް ވަމުން ދާ ހާލު ފެނިފައި އެހިތުގައި ރިއްސާލިއެވެ.

“”ދެން އެހެން ވާރޭ ތެރެއަށް ނުނިކުންނައްޗޭ.. ޝައިމް ބަލިވެއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެ.” މަލަކާ ޝައިމްގެ ނިތްކުރިއަށް ބޮސްދެމުން ބުނެލިއެވެ.

“ދޮންބޭ.. މަލަކާ.. ނުނިދަންތަ މިރޭވެސް” އެވަގުތު އެތަނަށް އައި އަޝްވާ އަށް ޝައިމްއާއި މަލަކާ އެކުގައި ތިބ ތަން ފެނި ސަމާސާ ރާގެއްގައި އަހާލިއެވެ. މަލަކާ ނިދަން ނާންނާތީ ވީތަނެއް ބަލަން އައުމުން މިފެނުނީ ޝައިމްއާއި އެކީގައި ހުރި ތަނެވެ.

” މިއުޅެނީ ނިދަން ދާން ދޯ ޝައިމް.. ހިނގާ ދާން އަވަހަށް” މަލަކާ ޝައިމްގެ އަތުގައި ހިފައި ތެދުކުރުވާން އުޅުނެވެ. ނަމަވެސް ޝައިމް ތެދުވާކަށް ނޫޅެއެވެ.

“ދޮންބެއަށް ކިހިނެތްވެފަ” ޝައިމްގެ މޫނުމަތިން މާޔޫސްކަން ފެންނާތީ އަޝްވާ އަހާލިއެވެ. އަޝްވާ ކުރި ސުވާލުން މަލަކާއަށް އިސްޖަހައިލެވުނީ ކުށްވެރިއެއް ހެންނެވެ.

“މަލަކާ ދޮންބެއަށް ކިހިނެތް ވީތަ..” އަޝްވާގެ ކަންބޮޑުވުންތައް އިތުރުވިއެވެ. މަލަކާ ކުރުކޮށް އަޝްވާ އަށް ވީގޮތް ކިޔާ ދިނެވެ.

“މަލަކާ އަށް ނޭނގެނީތަ ދޮންބެ މަލަކާ ދެކެ ލޯބިވާވަރު. މުޅި ދުނިޔޭގެ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ދޮންބެ ހިތުގައި މަލަކާއަށް ދެވިފައިވާ ގަދަރު ބޮޑު.. މަލަކާގެ އުފަލައްޓަކައި ދޮންބެ ކޮށްދިން ކަންތައް ހެއްކަކަށް ނުފުދެނީތަ ތިހާލު ތިޖެއްސީ. ” އަޝްވާ ރުޅި އައިސްގެން މަލަކާއާއި ދިމާލަށް ހަޅޭތްލަވައިގަތެވެ.

އެއަޑު އިވިގެން ގޭގައި އުޅުނު ކާއިން އެތަނަށް އައެވެ. ޝައިމް އިންގޮތް ފެނި ކާއިންއަށްވެސް ވީ އަޝްވާއަށް ވީވަރެވެ. ވީގޮތް އެގުމުން ކާއިން ޝައިމް ގޮވައިގެން އެތަނުން ދާން ހިނގައިގަތެވެ.

“މަލަކާ އެއްވެސް މީހަކަށް ދެރައެއް ދީފަ އުފަލުގައެއް ނޫޅެވޭ. މަލަކާއަށް ދޮންބެގެ ލޯތްބަކީ ކިހާ އަގުހުރި އެއްޗެއްކަން ވިސްނޭނެ ދުވަހެއް އަންނާނެ.. މަލަކާ އަމިއްލަ އެދުން ބޮޑުވެގެން ދޮންބެ ތި ދޫކޮށްލީ، ތިހިތަކީ ހަރު ހިލަތަކަށް ވީމަތަ” އަޝްވާ ޝައިމްގެ ދިފާއުގައި ބުނެލިއެވެ.

ލޮލުން އޮހެރެމުންދިޔަ ކަރުނަ ފިޔަވައި އެހެން  އިތުރު ހަރަކާތެއް މަލަކާގެ ފަރާތުން ފެންނަމުން ނުދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ތިޔަ ދިން އުފާ 23

Next

ތި ލޯތްބަށްޓަކައި (21)

Next
October 10, 2017

ތި ލޯތްބަށްޓަކައި (21)

Previews
October 10, 2017

ތިޔަ ދިން އުފާ 23

52 Comments!

  1. Aki says:
    October 10, 2017 at 9:24 pm

    vvvv ufaavey thihaa avahah up kohla dhey thee…thanks maroon ???

    1. maroon says:
      October 10, 2017 at 9:34 pm

      ☺ kihinei vany story

    2. Aki says:
      October 10, 2017 at 9:52 pm

      v salhi…?? abadhu ves maroon ge vaahaka thah baraa barah kiyan ??

    3. maroon says:
      October 10, 2017 at 9:55 pm

      Thanku Aki ???
      Loves

  2. Xna says:
    October 10, 2017 at 9:37 pm

    Alhey haadha dheraey???..rovihjje hama

    1. Xna says:
      October 10, 2017 at 9:51 pm

      Salhi..rangalhu kuran v kameh dho???…
      Kuran v kamakee shaim beynun va goi hedhun?..and ashva and kaain ge ‘fights’ gennan v..?

    2. maroon says:
      October 10, 2017 at 9:54 pm

      Ashwa and kaainge bai dhn anna story egga annaane…”thiya asaru”
      Shaim beynunvaa goiy dhw. Thikamaa visnaalaanan ?
      Thanku xna ???

  3. maroon says:
    October 10, 2017 at 9:45 pm

    Thanku u all for the support. If you like the story do let me know. Ragalhu kuran kameh othas bunelahchey, v ufaavaane bunedhy fiyya..
    Zaain rulhi eh noon ngey ☺
    Loves ???

  4. click a shot ? says:
    October 10, 2017 at 9:46 pm

    Happy birthday maroon???.may life lead you to great happiness..have fun ?..adhikiriyaa mieguny maroon ge birthday kan..mi part ves hama perfect…alhey malakaa shaim ah ehen nahadhaba eyna ehaa loabi vaairu..thanks for this part..maroon varah molhu ingey vaahaka liyan…do you have magic hands?hehe?..ehaa avasavah up kohlaaviya..hairaanvey..ly❤️

    1. maroon says:
      October 10, 2017 at 11:37 pm

      Thanku click ❤
      Noon magic hands ehnoon. Vaahaka liyaa mooduga hunna iru hama liyeveyne. Baeh dhuvas dhuvahu 3 hours nagaa paragrapheh liyan. Midhuvas kolhu mood ragalhy hama?
      Loves. Thanku again ???

    2. click a shot ? says:
      October 11, 2017 at 12:53 pm

      Hehe…wc dear..keep it up ??

    3. ? says:
      October 12, 2017 at 1:33 am

      Kalaaage thiya mood dhiyaee tho eve. Alhaa mi innany kalaa up kureytho faara asheve

  5. Xxxx says:
    October 10, 2017 at 9:50 pm

    V.v.nice….keep it up????

    1. maroon says:
      October 10, 2017 at 11:50 pm

      Thanku xxxx ???

  6. reader says:
    October 10, 2017 at 9:53 pm

    V Reethi. Habeys hama.

    1. maroon says:
      October 11, 2017 at 12:04 am

      Thanku reader ???

    2. ayam says:
      October 12, 2017 at 1:24 pm

      Ehentha?

  7. mal says:
    October 10, 2017 at 10:07 pm

    V v rythi…? ly❤ next part ah inthixaaru….

    1. mal says:
      October 10, 2017 at 11:37 pm

      Hey maroooo.. sorry kuru comment eh kurevunyma… aslu vahaka v v v rythi.. nimeny tha e dhnn… avahah dhn ekudhin guluuvaba… mirey heart attack eh jehidhaane thy icu vx buk kohfa ohnàny.. ?naseebakun nujehe..hehe? dhn story v loabi? n maroo vx❤

    2. maroon says:
      October 11, 2017 at 12:06 am

      Thanku mal ?
      Heart attackeh nujehehchey. Eryun mal ge badhaluga test hadhan maroo dhaan jehidhaane ?
      Loves dear ❤??
      Edhemyhun gulhuveythw mi visany

    3. mal says:
      October 11, 2017 at 9:41 am

      Eyrun dhn blood tst hadhaany.. hehe?❤

  8. Mariyam Ubaid says:
    October 10, 2017 at 10:08 pm

    Varah Reethi

    1. maroon says:
      October 11, 2017 at 12:08 am

      Thanku mariyam ubaid ???

  9. $JK..KOREAN says:
    October 10, 2017 at 10:14 pm

    woww woww.. speechless..varahhh best mi part..aww alhe shaim huri gothun varah dheravi.. anyways, this us becoming more n more interesting. n maroon ge story eh vejjiyya dhn yageen hama reethi vaanekan n kiyaa hiyyvaa gothahkan liyefa innaanyvx.. 😀 you’re so best!! awesome. fantastic. brilliant… hey enjoy ur birthday with full of blessings.. LY always.. n waiting as usual for the nxt part of this LOVELY story…. 🙂 🙂 😀

    1. maroon says:
      October 11, 2017 at 12:11 am

      Thanku sjki my korean fan ?
      V happy vejje comment kiyaalaafa. And thanku for all the support u have been giving ?
      Love you too ?

    2. $JK..KOREAN says:
      October 11, 2017 at 9:38 am

      u’re most welcome my dear loving writer… 🙂

  10. Shudha says:
    October 10, 2017 at 10:59 pm

    So heart touching ?.. ashwa kaari evaahaka bunebala.. malaa aa shaim dhuru nukurachey… they are meant for each other… v loabi… work for more improvement maroon… loves❤????

    1. maroon says:
      October 11, 2017 at 12:12 am

      Kon vaahakeh bunanvy ashwa kairee?
      Mala and shaim gulhuvanvy dhw ?
      Thanku shudha ???

    2. Shudha says:
      October 11, 2017 at 4:57 pm

      yesss v haa ves avahakah edhemyhun gulhuvan v.. 😀

  11. Zuam says:
    October 10, 2017 at 11:04 pm

    Masha Allah. .. maroon you are writing is so amazing. ….I love it….. ?????❤❤

    1. maroon says:
      October 11, 2017 at 12:13 am

      Thanku zuam. All thanks to all readers ??? loves

  12. Adha? says:
    October 10, 2017 at 11:30 pm

    Maroon kihineh thi hedhy… rangalhaves rovvaaly thi??? adhi shaim roathankolhu kiyaa iru maa rovey.. boys ronyaa varah roveyne.. madhu faharaku dw ehen vany ???… alhe malakaa kihinehtha hadhaany dhen?.. ehfaraathu ethah dhathi thakaa eku dhuniye ah ufan kohdhin mamma.. annehfaraathu enme loabivaa kujjaa… dhemeehun ekee choose kurveyne option eh innanama dw….
    Alhe dhen mi nium gandu malakaage mom kairee goss bunaanama dw malakaa aa innaakah beynumeh nooney.. nium akaa hedhi vaa kanthah huss?
    Maroon mi part ves perfectt!
    Maroon Haadha molhey asluves…??
    Waitingss ❤❤❤❤

    1. maroon says:
      October 11, 2017 at 12:15 am

      Adha nurohchey this is just my imagination ?
      Malaka kihineitha hadhanvy dhn?
      Thanku adha ???
      Loves

    2. Adha? says:
      October 11, 2017 at 12:22 pm

      Malakaa hadhanvi gothaky.. shaim ah furusathu dheynvee malakaage mom aa talk kuran….

  13. xee says:
    October 10, 2017 at 11:32 pm

    story v reethi.. but ehcheh ahaalanthrr.. adhi vx chutty ah dhiya myhun male annan noolhenytha? hurihaa kamehve nimenden rashuga

    1. maroon says:
      October 10, 2017 at 11:34 pm

      Nooney. Next partga emyhun dhaane. Just wait. Thanku ???

  14. fazoo says:
    October 10, 2017 at 11:46 pm

    Maasha Allah v reethi keep it up:,

    1. maroon says:
      October 11, 2017 at 12:16 am

      Thanku fazoo ???

  15. Zaain says:
    October 11, 2017 at 12:37 am

    Marooo…. story nukiyaa mi comment kohleee… i saw huge mistake my dear… 16 vana baeh nuneynu 15 vana baehnun…. alhe nunta readers??? May b Maroo forget…. take it easy ingey Marooo….

    1. maroon says:
      October 11, 2017 at 12:41 am

      Hehe. Mihaaru ragalhu vaane ?

  16. Zaain says:
    October 11, 2017 at 12:59 am

    Maroo story v v nice… hama superb… bt i saw 3…. 4 mistakes… vaki vakin bunelan veyjeyya msj v diguvaane… Maroo rechek kohlahchey… rangalhah… ur a gud writter… one of my fan…

    1. maroon says:
      October 11, 2017 at 3:30 pm

      Thanku zaain???

  17. Hai says:
    October 11, 2017 at 1:03 am

    Woww maroon.. ?? Vrh rythi.. Hama aslu hn hyvany.. Rovey varuvey.. Ehaa vxx furihama.. Alhe avahah anehbai vxx up khla dhehchey.. Nxt part kiyaa hithun keh madhuvefa mihaaru mi iny hehe ??

    1. maroon says:
      October 12, 2017 at 7:46 pm

      Thanku haii ❤❤

  18. xaan says:
    October 11, 2017 at 11:07 am

    Masha Allah mipart ves v reethi

    1. maroon says:
      October 12, 2017 at 7:47 pm

      Thanku xaan ❤❤

  19. Shudha says:
    October 11, 2017 at 6:08 pm

    When is next part?

  20. $JK..KOREAN says:
    October 12, 2017 at 11:32 am

    maroon waiting. miadhu up khlahcheyy 🙂 😀

  21. Shudha says:
    October 12, 2017 at 12:56 pm

    Mirey up kohdheebala

  22. maroon says:
    October 12, 2017 at 1:00 pm

    Mirey upkoh dheynan. Lap halaaku vegen iyye nuvy ?

  23. Shudha says:
    October 12, 2017 at 2:13 pm

    Ok… will wait❤

  24. $JK..KOREAN says:
    October 12, 2017 at 4:07 pm

    okay.. waitings 🙂 🙂 <3

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 16←


All Right Reserved!