Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 42 (ބަޔާޅީސްވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
October 9, 2017 9 Mins Read
63 Comments

“ދަރިފުޅާ…. ދެ ލޯ މަރާލާފައި ނިކަން ފުންކޮށް ނޭވާއެއް ލާބަލަ….. ކޮންމެ ކަމެއްވެސް ފުރަތަމަ ކުރާނީ އަލަށް…. ކަންކަމާ ކުރިމަތިލާންވާނީ ނިކަން ކެރިގެން…. ދަރިފުޅު އެކަންޏެއްވެސް ނޫނެއްނު ދާން ތި އުޅެނީ…. ޝައުންވެސް ގާތުގައި ހުންނާނެ….. އެހެން ނޫނަސް، އަބަދުވެސް ވިސްނަންވާނީ އެންމެ ރަނގަޅު ގޮތަށް…..” ނޫރައިން މަސައްކަތްކުރަމުން ދިޔައީ ޔަލްވީގެ ހިތަށް ވެރިވެފައިވާ ހާސްކަން ފިލުވައިދޭށެވެ. ޝައުން އައީ ނޫރައިން އެ ގޮތަށް ވާހަކަ ދައްކަން އިންދައެވެ.

“އަހަންނަކަށް ހިއެއްނުވެ ޔާލްއަށް، ޝައުން މަންމަގެ ކުރިމައްޗަށް އަރަން ކެރޭނެހެންނެއް….. ނުފެންނައިރުވެސް މި ހުރީ ވާވަރު…. ދެން އަދި ފެނުނީމަ ކިހާވަރެއްވާނެ…..” ޝައުން އައިސް މަޑުކޮށްލުމާއިއެކު، ހިނިތުންވެލަމުން ނޫރައިން ބުނެލިއެވެ. ދެ އަތް ދެ އަތާއި މޮޑެމުންދިޔަ ޔަލްވީ، އެކަން ހުއްޓައިލުމަށްފަހު، ތުންކޮޅު ދަމައިލީ، ނޫރައިން އެހެން ބުނުމުންނެވެ.

_________________________________________

 

“ޔާލް، އެހާ ހާސްނުވެބަލަ…. މަންމަމެން ވަރަށް ބަރާބަރުވާނެ…. ދެން ހިނގާ ދާން….” ޔަލްވީ އިންގޮތް ފެނުމުން ޝައުންގެ ގާތަށްވެސް ހިނިއައެވެ. ނަމަވެސް، އޭނާ ހުރީ ހިނިގަނޑު މަތަކޮށްލައިގެންނެވެ. ނޫރައިންގާތުގައި ދަނީއޭ ބުނެފައި ޝައުނާއިއެކު، ޔަލްވީ ހިނގައިގަތީ، ފުންނޭވާއެއް ބޭރުކޮށްލަމުންނެވެ. ޝައުނާއި ނޫރައިން އެކަކު އަނެކަކަށް ބަލައިލުމަށްފަހު، ހިނިތުންވެލީ، ޔަލްވީގެ ޙަރަކާތްތައް ހުރިގޮތުންނެވެ. އެމީހުންގެ ފަހަތުން ނޫރައިންވެސް ދޮރޯށި ދޮށަށް ދިޔައެވެ.

********************

 

ފޯނަށް ބަލަހައްޓައިގެން ހުރެ ހިނގަމުން ދިޔަ އިޔާޒްގެ މިސްރާބުހުރީ ކުރިމަތީގައިވާ ފިހާރައަށެވެ. ތުނބުން ރާގެއް އަޅުވަމުން ވަންނަން ދިމާކޮށްލި ވަގުތު މީހެއްގެ ގައިގައި ލައިގެންފައި އަތުގައި އޮތް ފޯނު ވެއްޓުނެވެ. ބިންމަތިން ފޯނު ނެގުމާއިއެކު އޭނާއަށް ބަލައިލެވުނީ ފޯނަށް ގޮތެއްވެފައި އިންތޯއެވެ. ނަސީބަކުން ފޯނަކަށް އެއްވެސް ގޮތެއް ނުވެއެވެ. ފުން ނޭވާއެއްލަމުން، އޭނާގެ ގައިގައި ޖެހުނު މީހާއާއި ދިމާއަށް އެއްޗެކޭ ބުނަން އިސްއުފުލާލަން އުޅެނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ، ގަމީހުގެ އުނގުޅިފައިހުރި މެގްނަމްތަކެވެ. ހިތްހަމަ ނުޖެހުނުވަރުން ދެ އިނގިލިކުރިން ގަމީހުގައި ހިފާލީ އަނގަ ޗޭ ކޮށްލަމުންނެވެ.

“ކިހާ ދެރަކަމެއް….؟؟؟؟ ތަންކޮޅެއް ބަލައިލައިގެން އުޅެބަލަ…. މެގްނަމް ގަތީކީ، މަގޭ ގަމީހަށް ކާންދޭކަށް ނޫނެއްނު…… ބަލައިގެން ނޫޅެވެންޏާ…….” ރުޅިއައިސްގެން އެއްޗެހި ގޮވައިގަންނަމުން އިސް އުފުލާލި އިޔާޒްގެ ޖުމްލަ މެދުކެނޑިގެން ދިޔައީ، އޭނާގެ ކުރިމަތީގައި ހުރި އީޝާ ފެނުމުންނެވެ. ނަމަވެސް، ކުރިމަތީގައި ހުރި އީޝާއަށް އޭނާ އެއްޗެކޭ ކިޔައިހެންވެސް ހީނުވެއެވެ. އަނގަ ހުޅުވިފައި ހުރި އީޝާގެ ނަޒަރު ސީދާވެފައިވާ ދިމާއަށް އިޔާޒަށް ބަލައިލެވުނީ، އެ ދިމާއަށް ބަލަން، އީޝާ ހުއްޓުން އަރާފައި ހުރުމުންނެވެ. ފެނުނު މަންޒަރުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މި އަޑަށް އީޝާއަށްވެސް އިޔާޒާއި ދިމާއަށް ބަލައިލެވުނެވެ.

“މާ ޝާ ﷲ …. ހާދަހާ ގުޅޭ ދެ ކުދިންނޭ….” މަގުގެ އަނެއް ފަރާތުން ހިނގާފައި އައި ޔަލްވީއާއި ޝައުން ފެނުމުން، އިޔާޒް މިހެން ބުނެލީ، ލޮލުގެ ހިމަކޮޅުން އީޝާއަށް ބަލައިލަމުންނެވެ.

“އެ ދެ މީހުން ގުޅުނީތަ….؟؟؟” ކިތަންމެ މަޑުން ބުނެލިނަމަވެސް، އިޔާޒަށް އީޝާގެ އަޑު އިވުނެވެ.

“ކިތަންމެ ބަޔަކު ނުރުހުންވީ ކަމުގައިވިޔަސް، ތަޤުދީރުގައި ގުޅެން ތިބި ބަޔަކު ގުޅޭނެ….. ޔާ ﷲ … ހަސަދަވެރިންގެ އެސްފީނާއިން އެ ދެކުދިން ރައްކާތެރިކޮށްދެއްވާންދޭވެ…..” ދެ އަތް އުފުލާލަމުން އިޔާޒް ދުޢާކޮށްލިއެވެ. އޭރު އީޝާ ހުރީ އޭނާއާއި ދިމާއަށް ފާޑަކަށް ލޯ އަޅައިލައިގެންނެވެ. މިތަން ފެނިފައި އަނެއްކާވެސް އިޔާޒަށް ހޭންފެށުނެވެ.

“ލޯ އެޅިޔަސް ޙަޤީގަތް ވާނީ ޙަޤީގަތަށް…. އެންމެ ފަހުން ޝައުން އެ ލިބުނީ، އޭނާ ލިބުން ހަމަ އެންމެ ޙައްޤުވެގެންވާ ކުއްޖާއަށް….. ފޮނިކަމުން، އަތްފޯރާފަށުން ލިބެން ހުއްޓާވެސް، މަންޖެ އުޅުނީ އަތް ނުފޯރާފަށަށް އަތް ފޯރުވަން ވިއްޔަ….. އަހަރެން ހަމުން ކަޅުވެފައި، ނަމުން ހުތުރުވެފައި، ސިފައިން ހުތުރުވެފައި، އަރާ ފައިވާންތައް ބާވެފައި، ލާ ގަމީސްތައް ހަޑިވީމާތަ، އަހަރެންގެ އާދޭސްތަކުގައި ކޮޅުފައިން ޖަހާފައި، އެ ސޮރުގެ ފަހަތުން ދުވީ…. އޭރުވެސް، އަހަރެން ބުނީމެއްނު ލޯތްބަކީ ކިޔައި އާދޭސްކޮށްގެން ލިބޭނެ އެއްޗެއް ނޫނޭ…… ދެން ހުރޭ އަނގަ އިތާވެފައި….” އީޝާއާއި ދިމާކޮށްލަމުން، މީގެ އެތައް އަހަރުތަކެއް ކުރީގެ ވާހަކަތަކެއް އިޔާޒް ގޮވައިލިއެވެ.

“އަހަރެން ބޭނުން އެއްޗެއް ހޯދަން، ދެންވެސް މަސައްކަތްކުރާނަން…… ބަލަން ހުންނާތި….!!!!!!” އައި ރުޅިން ތުން ފިއްތާލަމުން އީޝާ އަތުގައި އޮތް މެގްނަމް އިޔާޒްގެ ގަމީހުގައި ހާކާލުމަށްފަހު، އެތަނުން ދާން ހިނގައިގަތެވެ. އީޝާ ރުޅިއަރުވާލެވުމުން، އިޔާޒް ހުރީ މަޖާވެފައެވެ. ގަމީސް ހަޑިވެފައިވުމުން، ފިހާރައަށް ވަނުމުގެ ބަދަލުގައި އޭނާވެސް މިސްރާބުޖެހީ ގެއާއި ދިމާއަށެވެ.

********************

 

ޝައުންމެންގެ ގެއަށް ދިޔައިރު، ޝައުންގެ މަންމަ ޚަދީޖާއާއި ބައްޕަ ސަމީރު، އެ މީހުންގެ އިންތިޒާރުގައި ގޭގެ ބޮޑުކޮޓަރީގައި މަޑުކޮށްލައިގެން ތިއްބެވެ. ޝައުނާއިއެކު، އެތެރެއަށް ވަދެގެން އައި ޔަލްވީ ފެނުމުން، ސަމީރުގެ ދެމަފިރިން އޭނާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. ހާސްވެފައިހުރި ޔަލްވީވެސް ބަދަލުގައި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އިންތަނުން ތެދުވަމުން ޚަދީޖާ، ޔަލްވީއާއި ސަލާމްކޮށްލިއެވެ. އަދި އޭނާގެ އަތުން ދޫކޮށްނުލައިހުރެ، ޚަދީޖާގެ ގާތުގައި ސޯފާގައި އިށީނުމަށް އެދުނެވެ. ހިނިތުންވެލަމުން، ޚަދީޖާގެ ގާތުގައި ޔަލްވީ އިށީނެވެ. ފުރަތަމަ ފަހަރަށް ޝައުންގެ ވާން އުޅޭ އަނބިމީހާގެ ޙައިޞިއްޔަތުން އޭނާގެ މައިންބަފައިންގެ ކުރިމަތީގައި އިންނަން ޖެހުމުން ޔަލްވީ އިނީ އިސްޖަހައިލައިގެންނެވެ. ލަދުގެންފައި އިނުމުން އޭނާގެ ދެ އަތްވެސް ވަނީ ފިނިވެފައެވެ. ޔަލްވީގެ އަތުގައި ހިފައިލައިގެން އިން ޚަދީޖާއަށް އެކަން އިޙްސާސްވުމުން، އޯގާތެރިކަމާއިއެކު ޔަލްވީގެ ބޮލުގައި ފިރުމާލިއެވެ. ޔަލްވީއަށް އިސް އުފުލާ ބަލައިލެވުނީ ޚަދީޖާގެ ފަރާތުން އެފަދަ ގާތްކަމެއް ލިބިދާނެކަމަށް ހީކުރެވިފައި ނެތީތީއެވެ. ކޮންމެއަކަސް، ޚަދީޖާގެ އޯގާތެރިކަމާއި، ޔަލްވީއާއިމެދު ބަހައްޓަމުންގެންދާ ގާތްކަމުގެ ސަބަބުން، ހަލަބޮލިވެފައިވާ ޔަލްވީގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އުފާވީވަރުން، ހިނިތުންވެލަމުން އޭނާ ޝައުނަށް ބަލައިލިއެވެ. އޭރު ޝައުންވެސް އިނީ ހިނިތުންވެލައިގެން އޭނާއަށް ބަލާށެވެ.

 

“ޔަލްވީ…..” ޚަދީޖާމެންގެ ގާތުގައި ވާހަކަ ދައްކަން އިން ޔަލްވީއަށް ސިހިފައި ފަހަތް ބަލައިލެވުނީ، ޝަހުނާ، އޭނަގެ ނަމުން ގޮވާލުމުންނެވެ. ޝަހުނާ ފެނުމާއިއެކު، ޔަލްވީގެ މޫނުމައްޗަށް ހާސްކަން ވެރިވެގަތެވެ.

“ދޮންތާ….. އަހަރެން މި އުޅެނީ ޔާލްއާއި ކައިވެނިކުރަންވެގެން…..” ޝަހުނާ އައިސް އެތާ މަޑުކޮށްލުމުން، ޝައުން ބުނެލިއެވެ. ޝަހުނާ ބުނާނެ އެއްޗެއް ނޭނގޭތީ، ޔަލްވީ އިނީ ޖެހިލުންވެފައެވެ.

“އެހެންތަ….؟؟ ވަރަށް އުފާވެރި ޚަބަރެއް….. ޔަލްވީ، މި ޢާއިލާއަށް މަރުހަބާ…..” ޔަލްވީގެ އަނެއް ފަރާތުގައި އިށީނދެ އޭނާގެ ގައިގައި ކުޑަކޮށް ބައްދާލަމުން، ޝަހުނާ ބުނެލީ، ހިނިތުންވެފައި އިނދެއެވެ. ޝަހުނާގެ މި ޢަމަލުން، އެހެން މީހުން ހިނިތުންވެލިނަމަވެސް، ޔަލްވީއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ ހީކޮށްގެން ހުރީ ޝަހުނާ އެ ގުޅުމާއިމެދު ނުރުހޭނެކަމަށެވެ. އެހެނަސް، އޭނާއަށް އައިސްފައި އެވާ ބަދަލުން، ޔަލްވީގެ ހިތަށް ފިނިކަން ގެނުވިކަން ގައިމެވެ.

********************

 

ވެއްޓިގެން ފައިމަށައިގެން ދިޔަ ކުޑަކުއްޖެއްގެ ފައިގައި ބޭސް އަޅައިދީ ނިމުމުން، އަޔާނީ، ޒިންކާއި ގާތްވެލީ އަތް ދޮވެލާށެވެ. އަތްދޮވެ ނިމުމަށްފަހު، އެނބުރުނުވަގުތު އެތެރެއަށް ވަން އަފްލާކް ފެނުމުން އޭނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭރު އަފްލާކްވެސް ހުރީ އަޔާނީ ފެނުމުން، އިތުރު ފިޔަވަޅެއް އަޅަން ހަނދާން ނެތިފައެވެ. އެ ދެ ލޮލުން ވޭނާއި، އާދޭސް ފެންނަން ހުއްޓެވެ. އަޔާނީ، އިސްޖަހާލަން އުޅުނީ އެ ދެ ލޮލަށް ބަލަން އުނދަގޫވުމުންނެވެ. ފޮތިގަނޑެއް އައްސާފައިވާ އަފްލާކްގެ އަތް އޭނާގެ ލޮލުގައި އަޅައިގަތީ، އެ ވަގުތުއެވެ.

“އަތަށް ކިހިނެއްވީ…؟؟؟؟” ހަލުވިކޮށް ހިނގާލާފައި ގޮސް އަފްލާކްގެ އަތުގައި ހިފާލަމުން އަޔާނީއަށް އަހައިލެވުނީ ހާސްވެފައި ހުރެއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަފްލާކް އަޔާނީއަށް ބަލަހައްޓައިގެން ހުރީއެވެ. އަޔާނީއަށް ކުރެވުނު ކަންތައް ރޭކާލީ މާ ފަހުންނެވެ. އަފްލާކްގެ އަތުން އަވަހަށް ދޫކޮށްލީ، އެހެންވެއެވެ.

“އެނދުގައި އިށީނދޭ…..” ބޭސްއެޅުމަށް ބޭނުންވާ ސާމާނު ބަހައްޓާފައި ހުރި މޭޒާއި ގާތްވެލަމުން އަފްލާކާއި ފުރަގަސްދީގެން ހުރެ އަޔާނީ ބުނެލިއެވެ. އަދި ދެ ލޮލަށް ޖަމާވަމުން އައި ކަރުނަތައް އަތުގެ ބޮޑުވާ އިނގިލިން ވަރަށް ސިއްރުން ފުހެލިއެވެ. އެނދުގައި އިށީނދެގެން އިން އަފްލާކަށް އަޔާނީ ފުރަގަސްދީގެން ހުރިނަމަވެސް، އޭނާ ދެ ލޯ ފުހެލިކަން އެނގުނެވެ.

ބޭސް އެޅުމަށް ބޭނުންވާ ސާމާނުތައް ހިފައިގެން ގޮސް އަޔާނީ، އަފްލާކްގެ އަތުގައި ބާރުކޮށް އައްސާފައިވާ ފޮތިގަނޑު މޮހާލިއެވެ. ދިގަށް ކަނޑައިގެން ގޮސްފައިވާ ތަނުން ލޭ މަނާވެފައިވީނަމަވެސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ލޭގެ އަސަރު އަނެއްކާވެސް ފައުޅުވާން ފެށިއެވެ. އެތަން ރީތިކޮށް ސާފުކޮށްލުމަށްފަހު، އަޔާނީ ބޭސްއަޅަން ފެށިއެވެ. އެ ހުރިހާ އިރެއްވީއިރުވެސް، އަފްލާކް އިނީ އަޔާނީއަށް ބަލާށެވެ. އެ ތަނަށް ވަންފަހުން އަނގައިން ބަހެއް ނުބުނި ކަމުގައިވިޔަސް، އެ ހިތުގައި، އެތައް ޝަކުވާއެއް ވިއެވެ. އަޔާނީއަށް ބަލަހައްޓައިގެން ގެއްލިފައި އިން އަފްލާކަށް، ސިހިފައި ބަލައިލެވުނީ، އޭނާގެ އަތަށް ހޫނުކަމެއް އިޙްސާސްވުމުންނެވެ. އަތަށް ވެއްޓުނު ފެންތިކި ފެނުމުން އޭނާއަށް ބަލައިލެވުނީ އަޔާނީއަށެވެ. އޭރު ބޭސްއަޅަން އުޅުން އަޔާނީއަށްވެސް، އަފްލާކާއި ދިމާއަށް ބަލައިލެވުނީ، އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަފްލާކަށް ފެނުމުންނެވެ. އޭނާއަށް ކެތްކުރެވުނީ އެ ހިސާބަށެވެ. ދެ ލޮލުން ކަރުނަތައް އޮހިގަތީ، އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ބޭސްއަޅާފައިވާ އަފްލާކްގެ އަތްތިލާގައި އޭނާގެ ދެ އަތުން ހިފަހައްޓާލަމުން ގެނެސް، ބޭސްގަނޑުމަތީ، ބޮސްދިނެވެ. މި މަންޒަރު ބަލަން އިން އަފްލާކް، ދެ ލޯ މަރާލަމުން ހިންދިރުވާލީ، އޭނާގެ ހިތަށްވެސް އަސަރުކުރުމުންނެވެ. މެރިފައިވާ ދެ ލޮލުގެ ތެރެއިން ފުރޭނިގެން ނުކުތް ކަރުނަތައް ފެނުމުން، އަޔާނީ، އޭނާގެ ދެ އަތުން ލޯތްބާއިއެކު އެ ކަރުނަތައް ފުހެލައިދިނެވެ. އަޔާނީގެ ހިމަހޯލި އިނގިލިތައް އަފްލާކްގެ މޫނުގައި ބީހިލުމުން އޭނާއަށް ދެ ލޯ ހުޅުވާ ބަލައިލެވުނެވެ. އަދި އޭނާގެ ސަލާމަތުން އޮތް އަތުން، އަޔާނީގެ އަތްތިލާގައި ހިފާލަމުން، އެ އަތްތިލައަށް މަޑުމަޑުން ފިއްތާލިއެވެ.

“އަތަށް ކިހިނެއްވީ…..؟؟؟؟” އަފްލާކްގެ ބޭސްއަޅާފައިވާ އަތްތިލައިގެ ދަށަށް އަތް ލައްވާލަމުން އަޔާނީ އަހާލިއެވެ.

“ކުރުނބާ ބަންނަން އުޅެނިކޮށް…..” އަޔާނީއަށް ބަލަން އިނދެ އަފްލާކް ބުނެލިއެވެ. އެ ދެ ލޮލުގައިވާ ޝަކުވާތައް އަޔާނީއަށްވެސް ސިއްރެއް ނުވެއެވެ. ނަމަވެސް، އޭނާ ކުރާނީ ކީއްހެއްޔެވެ.؟ އަފްލާކަށްޓަކައި، އަފްލާކްގެ ލޯތްބަށްޓަކައި އޭނާގެ ހިތްވެސް އެ ދަނީ ރޮމުންނެވެ. އެހެނަސް، އެ އަޑުތަކަށް ބީރުކަންފަތް ދިނުމަށް އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ. ލޯބިވާ ބައްޕައަށްޓަކައެވެ. ބައްޕަގެ ބަލި ޙާލަތަށްޓަކައެވެ.

“ޔާނީ…. ޔާނީއާއި ނުލައި އަހަންނަކަށް ނޫޅެވޭނެ…. އަހަރެމެންނަށް މި ނޫން ގޮތެއް ނެތްތަ…..؟؟؟؟” އަފްލާކް، އެ ވާހަކަ ފެށުމުން، އަޔާނީ އޭނާއާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ.

“އަހަންނަށްވެސް އަފޫއާއި ނުލާ އުޅޭކަށް ފަސޭހައެއް ނޫން…. އެކަމަކު، ބައްޕައާއި ދެ ކޮޅަށް ނުކުންނާނެ ހިތްވަރެއް އަހަރެންގެ ނެތް…. ތަޤްދީރުގައި އަހަރެމެން ދެ މީހުން ގުޅެން ނެތީމަ ކަންނޭނގެ މިހެން މިވީ…. އަފޫ، ދެން އަފޫގެ ޙަޔާތަށް އެހެން ކުއްޖަކު ގެންނަން އުޅޭ…. އޭރުން އަހަރެން މަތިން ހަނދާން ނައްތާލެވިދާނެ….. އަހަންނާ ނުލާ އުޅޭކަށްވެސް އޭރުން އުނދަގުލެއް ނުވާނެ…..” އަފްލާކަށް ފުރަގަސްދެމުން އަޔާނީ އެ ހުރިހާ ވާހަކައެއް ދެއްކީ ހިތާއި ދެކޮޅަށެވެ. އަފްލާކް އެހެން މީހަކާއިއެކީ، އުޅޭތަން ދެކެން އޭނާއަށް ކެތްނުވާނެކަންވެސް އެނގިހުރެމެއެވެ.

“އަހަރެންގެ ހިތުން ޔާނީއަށް ދިން މަޤާމް ދުވަހަކުވެސް އެހެން މީހަކަށް ނުދެވޭނެ…. އަހަރެންގެ ޙަޔާތަށް އިތުރު މީހަކު ނުވެސް ގެންނާނަން…… ޔާނީ ބައްޕަގެ ކުރިމައްޗަށްގޮސް، އޭނާގެ ފައިބުޑަށް ވެއްޓި އާދޭސްކުރަންވެސް އަހަރެން މި ހުރީ ތައްޔާރަށް….. ޔާނީ އެކަމަށް އިޒުނަ ދީ….. އަޔާނީގެ ކުރިމަތީ މަޑުކޮށްލުމަށްފަހު، އޭނާގެ އަތުގައި ހިފާލަމުން އަފްލާކް ވާހަކަ ދެއްކީ އަސަރާއިއެކުއެވެ.

“ޔާނީ އެއްޗެކޭ ބުނެބަލަ…. އަހަރެން، ޔާނީ ބައްޕަގެ ފައިބުޑަށްވެއްޓި އާދޭސްކުރަންތަ…..؟؟؟؟” ރޮވެމުންދިޔަ އަޔާނީ، ދެ ފަރާތަށް ބޯ ހޫރާލީ، އަފްލާކް ކިތަންމެ އާދޭހެއް ކުރިކަމުގައިވިޔަސް، އޭނާގެ ބައްޕަގެ ނިންމުން ބަދަލުނުވާނެކަން ޔަޤީންވާތީއެވެ. އަޔާނީގެ ޖަވާބުން، ހިތްހަމަ ނުޖެހުނުވަރުން އަފްލާކް އަޔާނީގެ އަތުން ދޫކޮށްލިއެވެ. އަދި ދެ ފަރާތަށް ބޯ ހޫރާލަމުން އެތަނުން ނުކުމެގެން ދިޔައީ އަޔާނީ ގޮވަގޮވާ ހުއްޓައެވެ.

 

ޝިއުރީ އިނީ މިޝްޔާގެ ކޮޓަރީގައި ލެޕްޓޮޕުން ފިލްމެއް ބަލާށެވެ. އެ ވަގުތު ކޮޓަރިއަށް ވަދެގެން އައި މިޝްޔާ، އޭނާގެ އަތުގައިހުރި ކޮތަޅުން އައިސްކްރީމް ތަށްޓެއް ނަގައި ޝިއުރީއަށް ދިއްކޮށްލިއެވެ. އޭނާވެސް އުޅުނީ ޝިއުރީގެ ގާތުގައި ފިލްމް ބަލަން އިންނާށެވެ. އެހެނަސް، އެ ވަގުތު އޭނާގެ ފޯނަށް ރާހިލް ގުޅުމުން، ކަންފަތުގައި ހެޑްސެޓް ޖަހައިލުމަށްފަހު، ފޯނާއި އައިސްކްރީމް ތަށި ހިފައިގެން އޭނާ ނުކުތީ ބޭރަށެވެ. މިޝްޔާ ދިޔަ ދިމާއަށް ބަލައިލަމުން ޝިއުރީ އައިސްކްރީމް ތަށީގެ މަތި ނެގިވަގުތު، މަތިގަނޑުގައި، ހުރި އެއްޗެހި އެޅުނީ އޭނާގެ ގަޔަށެވެ. އައިސްކްރީމްތަށި ކޮޓަރީގައި ހުރި ކުޑަ މޭޒުމަތީ ބެހެއްޓުމަށްފަހު، އޭނާ ފާޚާނާއަށްވަނީ އެތަންކޮޅު ދޮވެލުމަށެވެ. މޫނު ދޮންނަ އިސްކުރު އަނބުރާލި ވަގުތު ވީ ނުވީއެއް ނޭނގި އިސްކުރު ހަލާކުވެގެން އައީ އޭނާގެ އަތަށެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ފެންތައް އަންނަން ފެށުމުން ޝިއުރީ ހާސްވިއެވެ. އޭނާގެ އަތުގައި އޮތް އިސްކުރު މޫނު ދޮންނަ ތަށިތެރެއަށް ދޫކޮށްލަމުން، ފެން އަންނަމުންދިޔަތާ އަތްއެޅީ ފެން އައުން ބަންދުވޭތޯއެވެ. އެހެނަސް، ރާސްލާފައި އަންނަމުންދިޔަ ފެންތަކެއް އެ ގޮތަށް އަތްއަޅައިގެން ބަންދުވާނީ ކިހިނަކުންހެއްޔެވެ.؟ ހާސްވެފައި ހުރި ޝިއުރީ، ބާރުބާރަށް މިޝްޔާއަށް ގޮވަން ފެށިއެވެ. ނަމަވެސް، ކަންފަތަށް ހެޑްސެޓް ޖަހައިގެން އިން މިޝްޔާއާއި ހަމައަށް، އެ އަޑެއް ނުފޯރިއެވެ. އެ ތަނުން ފެން ބަނދުކުރަން އުޅެން ހަދައިގެން އޭނާވެސް ހުރީ ވަރަށް ބޮޑަށް ތެމިފައެވެ. ހަދާނެ ގޮތުން ނުވިސްނި ހާސްވުމުން ޝިއުރީ ހުރީ ރޮވޭވަރު ވެފައެވެ. އޭނާ ހުއްޓުމެއްނެތި މިޝްޔާއަށްވެސް ގޮވަމުން ދިޔައެވެ.

 

ގޭތެރެއަށް ވަދެގެން އައި މިޝަލްގެ ކަންފަތުގައި ޝިއުރީގެ އަޑު ޖެހުމުން، އޭނާ މިޝްޔާގެ ކޮޓަރިއަށް ބޯ ދިއްކޮށްލިއެވެ. ޝިއުރީގެ އަޑު އައީ ފާޚާނާއިން ކަމަށްވާތީ، ދާން ނުދާން ހުރެފައިވެސް، އެ ދިމާއަށް ދެވުނީ، ފެން ފައިބާ އަޑުވެސް އިވެމުންދާތީއެވެ.

 

ދޮރުމަތީ މީހަކު މަޑުކޮށްލިހެން ހީވުމުން ޝިއުރީއަށް ފަސްއެނބުރި ބަލައިލެވުނެވެ. މިޝަލް ފެނުމުން އޭނާއަށް ހިފަހައްޓައިގެން ހުރި ތަނުން އަތް ދޫކޮށްލެވުނީ މިޝަލް ރުޅިއަންނާނޭ ހިތަށް އެރުމުން، ހާސްވީވަރުންނެވެ. އެއާއިއެކު، ރާސްލާފައި އައި ފެންތަކުން ދޮރުމަތީގައި ހުރި މިޝަލްގެ ގަޔަށްވެސް ފެން ބުރައިގެން ދިޔައެވެ. ފެންތަކުން ރެކެން މަސައްކަތް ކުރަމުން، މިޝަލް، މޫނުދޮންނަ ތަށީގެ ކައިރިއަށް ތިރިވެ، ވޭލް ބަންދުކޮށްލުމުން ޝިއުރީއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މިޝަލް ތެދުވެ، ލައިގެން ހުރި ގަމީސް ގަޔާއި ދުރުކޮށްލީ، ގަމީހުގެ ބޮޑުބައެއް ތެމިފައިވުމުންނެވެ. މި މަންޒަރު ފެނުމުން އަނެއްކާވެސް ޝިއުރީގެ މޫނުމައްޗަށް ހާސްކަން ވެރިވެގަތެވެ.

“ސޮރީ…. އަހަރެން އަތުން ހަލާކުވީ…. އަހަރެން ގަސްތުގައި ކުރިކަމެއް ނޫން…..” ޝިއުރީގެ އަތުން އިސްކުރު ހަލާކުވެ، އޭނާގެ ސަބަބުން މިޝަލް ތެމުނީތީ، އޭނާ ހުރީ އެކަމާއި، ހާސްވެ ވަރަށް ދެރަވެސްވެފައެވެ. އެހެން ބުނެލިހާއިރުން، އޭނާއަށް ރޮވުނީ، މިޝަލް ރުޅިއަންނާނެހެން ހީވުމުންނެވެ.

“ހޭއި ނުރޮއި… އެއީ އަދި ރޯވަރުގެ ކަމެއް ނޫނެއްނު….” ޝިއުރީ، އެކަމާ ރޯންފެށުމުން މިޝަލްގެ ގާތަށް ހިނިއައިނަމަވެސް، އެކަން ފޮރުވަމުން ބުނެލިއެވެ.

“އަހަރެން ހަމަ ވިހައީ…. އެއްޗެއްގައި އަތް ލައިފިއްޔާ އެ އެއްޗެއް ހަލާކުވޭ… ތަނަކަށް ގޮއްސިއްޔާ، އެ ތަނެއް ފަސާދަވޭ….. އެންމެ ކުޑަމިނުން އެ ވޭލްގަނޑުވެސް ބަންދުކޮށްލަން އަހަރެންގެ ހިތަކަށް ނައި…. އަހަރެން މީ މޮޔަ، ގަމާރު މީހެއް….. މަންމަ ބުނާހެން އަހަންނަކީ ބޭކާރު މީހެއް…..އެހެން މީހުންނަށް އުނދަގޫ ކުރުން ނޫން ކަމެއް އަހަންނަކަށް ނުކުރެވޭ…..” ދެރަވީވަރުން، ޝިއުރީއަށް އާދައިގެ މަތިން ހިތުގެ އުދާސްތައް ބޭރުކުރަން ފެށުނެވެ.

“ޝިއު، ޝިއު، އަދި ތި ހިސާބަށް ދާކަށް ނުވޭ…. އެއީ އެވަރުކަމެއް ނޫނެއްނު….. އިސްކުރު ދޫވެފައި އިން ވާހަކަ މިޝްވެސް ބުންޏޭ…. އަހަރެން މި ހުރީ ރަނގަޅު ކުރަން ހަނދާން ނެތިފަ…. ހަމަ ކަމެއްވާއިރަށް އަމިއްލަ ނަފްސު ކުށްވެރިނުކޮށްބަލަ…. ޝިއު ތީ މޮޔައެއް ނޫން…. ގަމާރެއްވެސް ނޫން….. މާ ބޮޑަށް ހާސްވީމަކަންނޭނގެ ވޭލް ބަންދުކުރަން ހަނދާން ނެތުނީ…. އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްބަލަ…..” ޝިއުރީގެ އަތްތިލައިގައި ހިފާލަމުން ލޯތްބާއިއެކު، މިޝަލް ވާހަކަ ދެއްކުމުން ޝިއުރީއަށް އޭނާއާއި ދިމާއަށް ބަލައިލެވުނެވެ.

އެ ގޮތަށް އޭނާ، ދެރަވެ، ހާސްވެގެން އުޅޭ ކިތަންމެ ފަހަރަކު، މިޝަލް އައިސް އޭނާ މަސަލަސް ކުރަން އުޅެއެވެ. އޭނާގެ އިޙްސާސްތަކާއި ހިތުގެ ޙާލު މިޝަލަށް ވިސްނެއެވެ. ވާހަކަ ދައްކަނީ ލޯތްބާއިއެކުއެވެ. ޙަރަކާތްތަކުގައިވަނީ އޯގާތެރިކަމެވެ. އެއީ އޭނާ ނަހީކްގެ ކިބައިން ބޭނުންވި، އެހެނަސް އޭނާގެ ފަރާތުން ނުފެނުނު ސިފަތަކެކެވެ. ނަމަވެސް، އޭނާއަށް އެ އަޅާލުމާއި، ލޯތްބާއި، އޯގާތެރިކަން މި ލިބެނީ މިޝަލްގެ ފަރާތުންނެވެ. ފުރަތަމަ ފަހަރަށް ޝިއުރީއަށް މިޝަލާއި ދޭތެރޭ ވިސްނާލެވުނެވެ. ލޯބިވެރިޔާގެ ކިބައިގައި ހުންނަން، އޭނާ ބޭނުންވާ ހުރިހާ ސިފަތަކެއް މިޝަލަށް ލިބިފައިވާއިރުވެސް، އެ ލޯބީގައި އޭނާ މި ޖަހަނީ ކޮޅުފައިންނެވެ. ކީއްވެހެއްޔެވެ؟ ހަމަ ލޯބި ނުވާތީހެއްޔެވެ.؟ އޭނާ މިޝަލަށް ނަފްރަތުކޮށް، އެހާ ދުރުން އުޅޭއިރުވެސް މިޝަލް އޭނާދެކެވާ މަތިވެރި ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.  ކޮންމެ އަންހެން ކުއްޖަކުވެސް ޙަޔާތުގެ ބައިވެރިއެއްގެ ކިބައިގައި ހުންނަން ބޭނުންވާނެ އެތައް ސިފައެއް މިޝަލަށް ލިބިފައިވެއެވެ. އެފަދަ މީހަކާއިއެކު، އުޅެން ފަށައިފިއްޔާ އެމީހެއްދެކެ ލޯބިވުމަކީ އުނދަގޫކަމެއް ނޫންކަންވެސް ޝިއުރީއަށް ވިސްނުނީ، އޭނާގެ ހިތަށް މިޝަލް ފެނިގެން ފުރަތަމަ ފަހަރަށް ތަފާތު ގޮތްތަކެއް ވުމުންނެވެ. ހިތާއި، ދިމާލުން މޭގައި އަތްޖައްސައިލެވުނީ، އޭނާގެ ހިތް މިޝަލަށް އެދޭހެން ހީވާން ފެށުމުންނެވެ.

“ޝިއު…..” ކަޅިޖަހާނުލައި މިޝަލަށް ބަލަން ހުރި ޝިއުރީއަށް އޭނާ ގޮވާލިއެވެ. ސިހިގެންދިޔަ ޝިއުރީ، ދެ ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަމުން، ބަލައިލީ އޭނާގެ އަތުގައި ހިފަހައްޓާފައިވާ މިޝަލްގެ އަތަށެވެ. އެއަށްފަހު، މިޝަލަށް ބަލައިލަމުން ހިނިތުންވެލިއެވެ. ޝިއުރީގެ މި ޢަމަލުން މިޝަލަށް ހައިރާންކަން ގެނުވިއެވެ. އޭނާ ހުރީ ބަސްހުއްޓި ގުޑިލާންވެސް ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. މިޝަލް، ޝިއުރީދެކެ ލޯބިވާކަން އެނގުނީއްސުރެ ޝިއުރީ އުޅެމުން ދިޔައީ މިޝަލާއި ވީހާވެސް ދުރުންނެވެ. ދެރަވެފައި ހުރިނަމަވެސް އޭނާއަށް ދައްކާނީ ރުޅިމޫނެވެ. އެހެނަސް، މިއަދު އެ ގޮތަށް ކަންތައް ކުރުމުން، އޭނާއަށް ހަމަ ރަނގަޅަށްވެސް ޝޮކެއް ލިބިއްޖެއެވެ. އަދި އެންމެ ހައިރާންވީ، އޭނާއަށް ޝިއުރީގެ އަތުގައި ހިފާލެވުމުން، އެކަމާ ޝިއުރީ އަޅައިނުލީތީއެވެ.

ޝިއުރީއަށް އޭނާގެ އަތް ދަމައިގަނެވުނީ، އޭނާއަށް ގޮވަމުން މިޝްޔާ އަންނަ އަޑު އިވުމުންނެވެ. ޝިއުރީގެ މޫނަށް ވެރިވިފައިވާ ލުއި ހިނިތުންވުން ފެނިފައިވެސް މިޝަލް ހުރީ ހައިރާންވެފައެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޝިއުރީއަށް އައިސްފައިވާ ބަދަލަކުން، ހަމަ ރަނގަޅަށްވެސް، އޭނާގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ.

“ޝިއު، ދޮންބޭ…. ތީ ކޮންކަމެއް…..؟؟؟” ފާޚާނާއަށް ބޯ ދިއްކޮށްލި މިޝްޔާއަށް ތެމިފައި ތިބި ޝިއުރީއާއި، މިޝަލް ފެނުމުން ހައިރާންވެފައި އަހައިލެވުނެވެ. ކަންވީގޮތް ކިޔައިދީފައި ޝިއުރީ، ކޮޓަރިއަށް ވަނުމުންވެސް މިޝަލަށް ހުރެވުނީއެވެ. ސިހުނީ މިޝްޔާ އޭނާއަށް ގޮވާލުމުންނެވެ.

“މިޝް…. މިއަދަކު އިސްކުރެއް ނުހެދޭނެ…. އެތަން ހެދެންދެން ވޭލް ބަންދުކޮށްފައި ބަހައްޓަން ޖެހޭނީ…. ބައްޕަވެސް ރަށަކު ނޫޅެއެއްނު…. އެހެންވީމަ، އެހަށް މިޝް އެ ފާޚާނާ ބޭނުންކޮށްލާ އިނގޭ…..” މޫނު ދޮންނަ ތަށިތެރޭގައި ހަލާކުވެފައި އޮތް އިސްކުރު ހިފައިގެން ދަމުން މިޝަލް ބުނެލިއެވެ. ކޮޓަރިން ނުކުތުމުގެ ކުރިން އޭނާ ޝިއުރީއަށް ބަލައިލިއެވެ. އޭރު ޝިއުރީވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންކަމުން، އޭނާ ބަލާލުމާއިއެކު، ހީލިއެވެ. ކޮންމެ ކަމަކާ ގުޅިގެންވިޔަސް، ޝިއުރީއަށް އެ އައި ހެޔޮ ބަދަލުގެ ސަބަބުން މިޝަލްގެ ހިތަށް އުފާވެރިކަން ލިބުނެވެ. އޭނާއަށްވެސް ބަދަލުގައި ހިނިތުންވެލެވުނީ އެހެންވެއެވެ.

********************

 

މިޝްޔާ ހުރީ އޭނާގެ ބައްޕަގެ ކޮޓަރި ފާޚާނާގައި ފެންވަރާށެވެ. ފެންވަރާ ނިމުމުން ތުވާލިނަގަން އުޅުނު ވަގުތު، އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ، ފެންލައިޓުން މީހަކު ފޯނެއް ދިއްކޮށްގެން ހުއްޓައެވެ. ފެންނަން ހުރީ އެމީހެއްގެ އަތް އެކަނިކަމުން، އެއީ ކާކު ކަމެއް ނޭނގުނެވެ. ހަޅޭލަވައިގަންނަމުން މިޝްޔާ އަވަސްއަވަހަށް ތުވާލި ނަގައި ގައިގައި އޮޅާލަމުން ފާޚާނާއިން ނުކުތެވެ. މިޝްޔާގެ އަޑަށް އެ މީހަކުވެސް އަވަހަށް ފޯނު ދަމައިގަތެވެ.

ހާސްވެ، މުޅިމީހާ ތުރުތުރުލަމުން ދިއުމުގެ ސަބަބުން، ހެދުން ލާންވެސް، މިޝްޔާއަށް އުނދަގޫވިއެވެ. ހެދުން ލެވުމާއިއެކު، އިސްތަށިގަނޑު ހިއްކަންވެސް ނުހުރެ، ކޮޓަރިން ނުކުތްއިރު އޭނާއަށް ހުރީ ރޮވިފައެވެ. ބޮޑުކޮޓަރީގައި ތިބި މިޝަލާއި، ރާހިލަށް ހައިރާންވެފައި ކޮޅަށް ތެދުވެވުނީ، ކޮޓަރިން ނުކުތް މިޝްޔާ ރޯތީއެވެ.

“ދޮންބޭ…. އަހަރެން ފެންވަރަން ހުއްޓާ ކޮންމެވެސް މީހަކު، ފެންލައިޓުން ފޯނު ދިއްކޮށްގެން…..” މިޝްޔާއަށް ބުނެވުނީ އެ ހިސާބަށެވެ. ދުވަމުން ކަހަލަ ގޮތަކަށް ރާހިލް ބޭރަށް ނުކުތީ، އެ މީހަކު ފެންނަން ހުރިތޯ ބަލާށެވެ. މަގުމަތިން އެއްވެސް މީހަކު ފެންނާން ނެތުމުން ރާހިލްވަނީ އެ ގެއާއި ޖެހިގެން ހަދަން ފަށާފައިވާ ހުރި ގޭތެރެއަށެވެ. މިޝްޔާ ބައްޕަގެ ކޮޓަރީގެ ފާޚާނާ ހުންނަނީ ގޭގެ އުތުރަށްކަމުން، އެ ގެއާއި ޖެހިގެން އުތުރަށް ހުންނަގޭ މިހާރު ދެ ބުރިއަށް އިމާރާތްކުރަމުންދާތީ، އެ ތަނުގައި ހުރެގެން އެ ފާޚާނާގެ ފެންލައިޓް ތެރެއިން އެތެރެ ވަރަށް ރީއްޗަށް ފެންނާނެއެވެ. އެ ގޭތެރެއަށް ވަދެ އެއްވެސް މީހަކު ފެންނަން ހުރިތޯ ރާހިލް ވަރަށް ރަނގަޅަށް ބެލިއެވެ. އެހެނަސް، އެތަނުން އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ.

ރާހިލް އެނބުރި ގެއަށް އައިއިރު، މިޝްޔާމެން ތިބީ ސޯފާގައި އިށީނދެގެންނެވެ. އޭރުވެސް މިޝްޔާގެ ދެ ލޮލުން ކަރުނަ ނުހިކެއެވެ. ރާހިލް އައިސް ވަނުމުން ދެ މީހުން އެއްފަހަރާ އޭނާއަށް ބަލައިލިއެވެ.

“ނެތް އެއްވެސް މީހަކު ފެންނާކަށް….. މިޝީއަށް އެނގޭތަ އެއީ ކާކުކަން…..؟؟؟؟” ފުންނޭވާތަކެއް ލަމުން ރާހިލް ސުވާލުކުރުމުން މިޝްޔާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

“އަހަންނަށް ފެނުނީ ފިރިހެނެއްގެ އަތް….. އެއީ ކާކުކަމެއް ނޭނގެ…..” ދެ ލޮލުން ކަރުނަތައް ފުހެލަމުން، މިޝްޔާ ބުނެލިއެވެ. ރާހިލް، އޭނާގެ ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގައި އަތް ހިންގާލީ އެކަމާއިމެދު ވިސްނަމުންނެވެ.

“އަހަރެން ދެން ކިހިނެއް ހަދާނީ….؟؟؟ ނޭނގެ އެ މީހަކު އަހަރެންގެ ފޮޓޯ ނެގީ ކަމެއް، ނޫނީ ވީޑިއޯ ކުރީކަމެއްވެސް…. އެ އެއްޗެހި ލީކް ކޮށްފިއްޔާ އަހަންނަށް ލަދުން މަގެއްމައްޗަށްވެސް ނުކުންނަން ނުކެރޭނެ…. ދޮންބޭ، އަހަރެން ދެން ކިހިނެއް ހަދާނީ….؟؟؟؟” އެކަމާ ވިސްނާލެވުމުން އަނެއްކާވެސް މިޝްޔާއަށް ރޮވެން ފެށުނެވެ.

“މިޝް، ހާސްނުވޭ…. ކޮންމެވެސް ގޮތެއް ވޭތޯ ބަލާނީ…..” މިޝްޔާ ހަމައަކަށް އެޅުވުމަށް އެހެން ބުނެލިނަމަވެސް، މިޝަލްވެސް ހުރީ ވަރަށް ހާސްވެފައެވެ. މިޝްޔާ ބުނާހެން އެ ފޮޓޯއެއް ނޫނީ ވީޑިއޯއެއް އާއްމުވެއްޖެއްޔާ މިޝްޔާއަށް ވާނެ ގޮތަކާއިމެދު އޭނާއަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ. ކޮންމެ ގޮތެއް ހަދާފައިނަމަވެސް، އެ މީހަކު ހޯދަން އެބަޖެހެއެވެ. އެހެނަސް، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެމީހަކީ ކާކުތޯއެވެ. އެ މީހަކު ހޯދާނީ ކިހިނަކުންތޯއެވެ؟؟ އެ މީހެއްގެ ބޭނުމަކީ ކޮބައިތޯއެވެ..؟؟ މިޝްޔާ ހަމައަކަށް އެޅުވުނީވެސް ދެ މީހުން ވަރަށް ވާހަކަ ދައްކައިގެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޢެދެމޭ އުފާ….(29)

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (20)

Next
October 9, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (20)

Previews
October 9, 2017

ޢެދެމޭ އުފާ….(29)

63 Comments!

  1. mal says:
    October 9, 2017 at 9:16 pm

    Yayyy.. me first?

    1. mal says:
      October 9, 2017 at 9:37 pm

      V ragalhu haalu..? eem kihinei.. alhe kaaku baa dhw ae.. haadha goahey..? mish ge dhush maneh mihaaraku nuhunnaane eynun.. anehkaa raahil baa..?

    2. Eemyaa says:
      October 9, 2017 at 10:52 pm

      Alhamdhu lillahi, Eem hama best ☺
      Raahil ah vedhaane hen heeveytha?? U r right story dhaa gothun mishyge dhushmaneh ves noolhe dw.. dhn lets see ?

  2. Eemyaa says:
    October 9, 2017 at 9:17 pm

    Assalaam Alaikum ☺hurihaakudhin kihinehtha? ☺
    Kiyuntherinnah mi partves kamudhaane kamah ummeedhukuran ?
    Rangalhu kohlan vaa thankolheh iniyya bunelaidheythi ?
    Baajaveri re akah edhemun vaki velan ? TGC LY all ???

  3. Eekko says:
    October 9, 2017 at 9:40 pm

    Vvv salhi….mi vaahaka ah vvv inthixaar kuran

    1. Eemyaa says:
      October 9, 2017 at 10:53 pm

      Thanks Eekko ?
      Happt to knw tht ☺

  4. Some one says:
    October 9, 2017 at 9:44 pm

    Wowww!! Alhe kaak dhn mishii ah ehn e hedhii.. V fuuhi vey..so emmen es ehn hunna fenlyt thah nubehettun buhdhiveri.. Cx kmh vaanii bunefakaehnuun…❤ Btww stryyy hama v salhi…. Eeem haadhaeyy molhiii… Ma sha allah… Finally shiu ah heyo visnun libenii dw?

    1. Eemyaa says:
      October 9, 2017 at 11:00 pm

      Thanks dear ?
      Good point ? mee kithanme heyluntheri zamaaneh viyas mihaaruves mikahala kanthah kuraa meehun ulhey.. story ga mishy ah mi dhimaa vi haadhisaa mee real life ga kujjakah dhimaavi haadhisaa eh
      So, girls be careful
      Thanks a lot dear ☺❤
      Yes ? enme fahun shiu ah ves visnijje ☺

  5. Sinaa says:
    October 9, 2017 at 9:47 pm

    Woww yeyy me secnd

    1. Eemyaa says:
      October 9, 2017 at 11:02 pm

      Sinaa cmnt kuri iru ehn kudhinge comment fennan nethyma neyguny dw ☺

  6. Sinaa says:
    October 9, 2017 at 9:49 pm

    I am fine … wat abt eemya ..yeah mish ah alhe dhera gothehththr dhw

    1. Eemyaa says:
      October 9, 2017 at 11:04 pm

      Alhamdhu lillaahi , Eem hama best ☺
      Sinaa, mish ah vaa gotheh balailamaa dw , may b dhera gotheh nuveves hingaidhaane dw ?

  7. annoying reader says:
    October 9, 2017 at 9:56 pm

    anehkka kaakuba mish ah faara lamun dhuvani. waiting for the next part, they suffered alot please bring some happy times nw. love this story

    1. Eemyaa says:
      October 9, 2017 at 11:07 pm

      Vedhaane dw a e faaralee meeheh nun kamahves.. ihthifaagun fenumakee ves ekasheegen vey.. dhn lets see ?
      Yeah, happiness ves othy hama kuriah keep waiting ?
      Thanks dear ?

  8. Maii says:
    October 9, 2017 at 9:57 pm

    Wowww…. Alhe v kiyaa hithun indhaa e nimunyy.??? when next part.???

    1. Eemyaa says:
      October 9, 2017 at 11:09 pm

      Thanks Maii ?
      Awwwn ?
      Next part on Wednesday, In Sha Allah ☺

  9. Sam says:
    October 9, 2017 at 10:15 pm

    Wow.. Next part when..??
    Waiting..!! Kiyaalan keh madhu vefa mihaaru vx .. ❤❤

    1. Eemyaa says:
      October 9, 2017 at 11:11 pm

      Thanks Sam ?
      Next part on Wednesday, In Sha Allah ?
      ❤

  10. Roo says:
    October 9, 2017 at 10:26 pm

    Varaaaah reeethi! ? Shiu ah ves visneny dhww.. alheyyy kiyaa hithun nuves hurevey. Avahah up kohladhehchey eem please ?? goodnight.. ??

    1. Eemyaa says:
      October 9, 2017 at 11:13 pm

      Thanks Roo ?
      Yes Shiu ah ves visneny mihaaru ☺
      Yes i’ll try my best ?

  11. Xidhan says:
    October 9, 2017 at 10:35 pm

    Eyyi hamma eesha ge kameh… varah salhi mihaaru vaahaka varah exciting…❤??
    Keep it up eem

    1. Eemyaa says:
      October 9, 2017 at 11:15 pm

      Xidhan ah shakku kureveny a e eeshaa ge kamakahtha ?? Hehe dhn lets see dw ?
      Thanks a lott dear ?
      ☺

  12. khajja says:
    October 9, 2017 at 11:42 pm

    Wow masha allah v v awsome stry ?? nahykumen myhakannuvaanebaa???? whn nxt prt avaskolladhybala plx gud nyt ly??❤??❤?????

    1. Eemyaa says:
      October 10, 2017 at 4:03 pm

      Thanks khajja ?
      Heeveytha vedhaane hen ? dhn lets see dw ?
      Tomorrow night In Sha Allah ☺
      LY ❤

  13. Malaa says:
    October 10, 2017 at 12:57 am

    Beautiful story. ❤️

    1. Eemyaa says:
      October 10, 2017 at 4:04 pm

      Thanks Malaa ?

  14. mal says:
    October 10, 2017 at 6:48 am

    Ae shahunaa ge kameh thoahche…. eyna mishal ah bodi eh dheyn noony raahil beynun vgn??

    1. Eemyaa says:
      October 10, 2017 at 4:05 pm

      Hehe lets see dw mal ?

  15. $JK..KOREAN says:
    October 10, 2017 at 7:05 am

    haalu hama baraabaru.. eem kihinehtha??? 🙂 mi part ge ayaany bai kiyaali iry hama rovunu 🙁 alhey haadha dheraey dhw ekudhinnah dhimaavi gothun… eeem but this part is brilliant.. heevee hama film eh balailevunu hen 😉 asluvx vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reeethi.. anehkaa kaaku vaa aee.. eesha ge kameh thwcheh.. hehe 😀 i really like the way this story is going.. 🙂 best writer ever 🙂 waiting.. lyvm.. TC

    1. Eemyaa says:
      October 10, 2017 at 4:11 pm

      Alhamdhulilaahi eem hama best ?☺
      Yeah dw ?
      Awwn really ? hehe Thanks a lot dear ?
      A e kaaku kan ves v avahah engeyne ?
      Awwn Thanks $JK ❤
      LY ☺

  16. kaisaan says:
    October 10, 2017 at 8:56 am

    ciao eeem, buongiorno ,
    this is the first time i am commenting on this story, but that doesn’t mean i don’t follow up this story, and this part is beautiful as always,, this is the most exciting story i have been reading, the best about you is, you know well how to maintain excitement level without loosing interest about the story,,,even the story have four main characters, i am impressed..,
    buona giornata

    1. Eemyaa says:
      October 10, 2017 at 4:24 pm

      Thanks kaisaan ?❤
      Buona giornata ?
      Kaisaan italian language ah haadha molhey dw ☺

    2. $JK..KOREAN says:
      October 10, 2017 at 4:27 pm

      woh gadha. ehbai italy tha kaisaan?? 😀 😀 😉 😉

  17. k says:
    October 10, 2017 at 9:01 am

    eeem, you are always the best ,,,,,,
    this part is beautifuuuuuul,,, kiyaa hithun indhaa nimuny, nues engey nimunkan, eeeem haadha molhey, im out of words as always,,, keep it up,,

    1. Eemyaa says:
      October 10, 2017 at 4:26 pm

      Awwwn Thanks dear ?❤

  18. Zuam says:
    October 10, 2017 at 9:24 am

    Masha Allah. .. varah reethi. .. waiting. …..

    1. Eemyaa says:
      October 10, 2017 at 4:42 pm

      Thanks Zuam ?

  19. Nish says:
    October 10, 2017 at 10:10 am

    Al hamdhulillahi um best☺.. eem kihineh? Mi part ves hama superb? yaany bai kiaali iru vara dheravi? nd mish ah ehn ehedhy kaaku baa i thing shahuna noony eesha kameh kahneyge..next part mihaaru kiyaalaa hiyvani☺ waiting! ur the best writer ever..keep it up??ly

    1. Eemyaa says:
      October 10, 2017 at 4:47 pm

      Alhamdhulillahi Eem ves hama best ?☺
      Thanks Nish ?
      Emyheh ves v avahah engeyne ?
      Awwn Thanks dear ❤
      Ly ?

  20. Xna says:
    October 10, 2017 at 11:46 am

    Omg..iyaaz ge Bai v v v furihama ??. V gulhey v reethi, v majaa, v obi, ?.. haadha furihama ey iyaaz ge speech.kisikee Nazar na lagey??
    V rythi vaahak❤❤

    1. Eemyaa says:
      October 10, 2017 at 5:35 pm

      Thanks Xna ?❤

  21. Nashuu says:
    October 10, 2017 at 11:59 am

    masha allah….this part is amazing…i like ayaaz’s character….thankew eem….and i hope ur doing well….but mish ah egothah kanthah kuraanee kaakubaa??……..soo curious…very nice keep it up eem

    1. Nashuu says:
      October 10, 2017 at 12:02 pm

      *iyaaz

    2. Eemyaa says:
      October 10, 2017 at 5:37 pm

      Thanks ? yes m grt ☺
      Kaaku hen heevany ?? ? ❤

  22. click a shot ? says:
    October 10, 2017 at 1:53 pm

    Haha??…iyaaz thihedhy hama rangalha..mifaharu eesha ah dhekeyne kulhivareh noanaane..cause there love is strong..right eem…alhey kaakubaa e phone dhhikohgen huri…?alhey dhen kihineh baavaany..by the way mi part ves varah loabi..?I loved it a lot.❤️?..shahuna ah kihinehbaa mivy..is something going in her mind..I guess something is fishy or she accepts her mistake and ask for forgiveness..??

    1. Eemyaa says:
      October 10, 2017 at 5:39 pm

      Hehe ?
      Kaaku hen heevany?? ?
      Thanks click dear ?
      Eynaage gotheh hama neygeyne dw ?

    2. click a shot ? says:
      October 10, 2017 at 6:18 pm

      Neyge hama ehgothakaves..fahun egeyneehnun..?Welcome dear

  23. #shelly♥ says:
    October 10, 2017 at 2:27 pm

    Alhamdhulillah fine .. mi vaahakayah comment mi kuranyy alah.. but vaahakaige hurihaa part eh ves kiyaifinn.. this story is outstanding.. v lurrvs eem.. best of luck.. waiting for the next part

    1. Eemyaa says:
      October 10, 2017 at 5:41 pm

      Thanks shelly ? v ufaavejje mi story ah comment eh kohleema ☺
      ❤

  24. Adha? says:
    October 10, 2017 at 2:43 pm

    Alhey haadha reehchey mi part ves.. full of emotions… alhey kaakutha e fenlight in phone dhihkohgen hury.. e meehakah why engenvee mish e bathroom ga huri kameh… ehenna ethanakun noonehnu fenvaraany.. evaru engey meeheh kanneynge ehen e hedhy dw???
    Yaany ge part kee iru hama rovey varu vi?.. haadha dhera gothekey dw e vee e dhekudhinnah…
    Shahuna keeveyo yaal ah maa rangalhu mi vee… mishal aa rattehi vegen noolheythy mishal libidhaane kamah kanneynge dw?
    Hehe.. nd finally shiu started to think about mishal dw.. adhi like? ves vaane love ❤ves vaane…
    Waitingss
    Loves, ❤❤❤❤

    1. Eemyaa says:
      October 10, 2017 at 6:07 pm

      Thanks Adha ? may b hama ihthifaagakun fenuny kamah ves vedhaane ehnu dw Adha ?
      Haha ??
      Yeyysss ❤❤❤ shiu mishal ah hama like vejje
      ❤

  25. Nashuu says:
    October 10, 2017 at 6:23 pm

    no idea kaaku kameh…but shaun ge sis change vunn haadha gabool nukurevey….i guess something big is going to happen…nd u knw vaahaka kiyan mun dhiya iru sifa v shaun menn fenu neema eesha ge expressions..aslu varah hini aadhey hadhaan viasss

    1. Nashuu says:
      October 10, 2017 at 6:24 pm

      dhen next part kon irakun tha??
      waitinnnggggg

    2. Eemyaa says:
      October 10, 2017 at 7:33 pm

      Dhn balaalamaa hingaa dw vaagotheh ?
      Haha liyamun dhiya iru eem ah ves hevevunu amilla ah evahtharu jassaalevunyma hehe ??
      V soon In Sha Allah ☺

  26. Shixoo says:
    October 10, 2017 at 6:23 pm

    Story is really interesting. Heevanee e e naheekuge kameh hen.

    1. Eemyaa says:
      October 10, 2017 at 7:35 pm

      Thanks Shixoo ?
      Thee ves vedhaane gotheh dw ? dhn vaagotheh balama dw ??

  27. Mal says:
    October 10, 2017 at 10:30 pm

    Kobaa story …..

  28. Sinaa says:
    October 11, 2017 at 2:08 pm

    Hehe yeah alhugandah nufenuny hehe … btw its nice story

  29. ??? says:
    October 11, 2017 at 4:35 pm

    Vvvv rythi avahah nerebala

  30. Sifaa says:
    October 11, 2017 at 4:41 pm

    Koba miadhu genesdhen buni bai… waiting….

  31. $JK..KOREAN says:
    October 11, 2017 at 6:16 pm

    dear whn nxt part? avahah up kohdheebaaa.. mihaaru kiyaa hithun hureveny eh nuun.. waiting 😉 😀

  32. Nashuu says:
    October 11, 2017 at 6:32 pm

    alhey Eem when is nxt part??? oooooeeeeeee…..i cant wait plx pplx plxxx avahah up kohlahchey…

  33. click a shot ? says:
    October 11, 2017 at 9:12 pm

    eem…konirakun next part up kohdeyni…avaskohlachey…??

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ 43 (ތެޔާޅީސްވަނަ ބައި)←


All Right Reserved!