ޖެހި ބާރު ގުގުރިއާއިއެކު ނިދިފައި އޮތް ނާޒިމާއަށް ހޭލެވުނެވެ. ހޭލެވުމާއި އެކު ދެލޮލަށް ޖަމާވީ ހޫނު ކަރުނައެވެ. ނުރޯން ކިތަންމެ ހިތްވަރެއް ކުރިނަމަވެސް އޭނާ އަށް ރޮވެމުން ދިޔައެވެ. އޭނާގެ ހާލަތާއި މެދު ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް ނުދެއެވެ. ދެލޯ މަރާ ބާރުކޮށްލީ ހިތައް ކުޑަ ނަމަވެސް ތަސައްލީ އެއް ލިބޭތޯއެވެ. ސްކޫލް ގެ ފަހު އަހަރުކަމުން ނާޒީމާ ހިތްވަރާއި އެކު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ލޯބިވާ މައިންބަފައިންގެ އުއްމީދު ފުރިހަމަކޮށްދެވޭތޯއެވެ. ލޯބީގެ ގޮތުން […]
އަނެއްކާވެސް އައިދުންއަށް ފަހަތަށް ޖެހެވެން ފެށިއެވެ. އައިދުން ފަހަތަށް ޖެހޭވަރަކަށް މަލާކް ގެ ސޫރަގައި އެވާ އެތި އައިދުންއާ ގާާތަށް ޖެހެއެވެ. ވަކިހިސާބަކަށް ދިއުމަށްފަހު އޭތި ހުއްޓުނެވެ. އަދި ނުބައި ފާޑަކަށް އައިދުންގެ މޫނަށް ބަލައިލުމަށްފަހު އޭތީގެ ދިގުރަަތްކުލައިގެދޫ ނެރެލިއެވެ. އަދި އެދުލުން އައިދުންގެ ދެފައިގައި އޮޅައިލިއެވެ. އެވަގުތު ނަގައިގަތް ދިލައަކުން އައިދުންއަށް ތުންފަތުގައި ބާރަށް ދައިގަނެވުނެވެ. ގޭތެރެއަށް ވަދެގެން އައި މަލާކާއި ނީމްގެ އަޑަށް އޭތި އައިދުންގެ ފައިން ދޫކޮށްލުމަށްފަހު ގެއްލުނެވެ. އައިދުންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ […]
ވިރާހު އަހަރެމެންނާއި އަރާ ހަމަކޮއްލުމަށްފަހު ރުޅިވެރި ނަޒަރަކުން އަހަރެމެންނާއި ދިމާލަށް ބަލާލިއެވެ. ސައިކަލަށް އެރުމާއިއެކު ވިރާހު ވަރަށް ބާރަށް ދުއްވާލިއެވެ. ދުއްވާފައި ގޮސް ބޮޑުތަކުރުފާނުމަގުގައި ތާރު އަޅާފައިވާ ސަރަހައްދުގައި މަޑުކޮއްލިއެވެ. ވިރާހު ސިނގިރޭޓެއް ނަގައި ރޯކޮއްލިއެވެ. ” ކީއްކުރަން މިތާ މި މަޑުކުރީ؟ އަހަރެން މިހުރީ ވަރަށް ނިދި އައިސްސަ… ” ފޫހި ރާގަކަށް އަހަރެން ބުނެލީމެވެ. ” ކީއްކުރަން އިޔާޒު ތިމް ދިޔަ ތަނެއްގައި ހުންނަންވީކީ؟؟ ” ވިރާހު ސައިކަލު މަތިން ތެދުވެ ސިނގިރޭޓު އެއްލާލައިފައި އަހަންނާއި ސުވާލު ކުރިއެވެ. އަހަރެންވެސް ވިރާހުއާ ދިމާލަށް އިށީނދެ އިނދެ، އެނބުރިލީމެވެ. ” އެއީ މަގޭ ބެސްޓްފްރެންޑް، އެހެންވީމަ އަހަރެންދާ ގިނަ ތަންތަނަށް އޭނަ ދާނެ. ” އަހަރެން ބުނެލީމެވެ. ” އެހެންވިއަސް މީގެ ފަހުން އޭނަ ދާ ތަންތަނަށް ތިމް ދާކަށް އަހަރެން ހިތްހަމައެއް ނުޖެހޭ!! ” ވިރާހު އަމުރުވެރި ފާޑަކަށް ބުނެލިއެވެ. ” ބަލަ ތީ ކާކު މަށަށް އަމުރު ކުރަން؟ ” ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އަހަރެން ބުނެލީމެވެ. ” އަހަރެން މީ ތިމްގެ ވާންއުޅޭ ފިރިމީހާ ކަން ހަނދާންނެތުނީތަ؟ ” ވިރާހު އަޑަށް ބާރުލާފައި ބުނެލިއެވެ. ” އަދި ވާންއުޅޭ ފިރިމީހާ ކަމެއް އަހަންނަކަށް ޔަގީނެއް ނޫން. މިއަދު އަހަރެން ބައްޕަ ގާތު ނަންގަތިން ދޯ އަހަރެން އިޔާ ދެކެ ލޯބިވާ ވާހަކަ. އެއަށްފަހު ބައްޕަ އެކަމާ ގުޅޭގޮތުން ވާހަކަ އެއް ނުދައްކަވާ.. އެހެންވީމަ؟؟؟؟ ” އަހަރެން ހެވިލާފައި އިނދެ ބުނެލީމެވެ. ވިރާހު ރުޅިގަދަވެގެން މުއްކަވާލިއެވެ. އަނދަ އަނދާ ހުރި އަލިފާން ގަނޑަށް ޕެޓްރޯލް އެޅޭކަން އެނގިހުރެވެސް ވިރާހު ރުޅިއަރުވާލަން އިތުރަށް އޭނާ ހިތްހަމަ ނުޖެހޭ ގޮތަށް ވާހަކަ ދެއްކީމެވެ. ” ނޭންގެއެއްނު، ހަމަ ވެދާނެއެއްނު މިރޭ މިއައީ އަހަރެންގެ ކައިވެނި ޕާޓީ ނިންމާލާފައި ނޫން ކަމެއްވެސް. ” އަހަރެން އެއްފައި މައްޗަށް އަނެއް ފައި ލަމުން ބުނެލީމެވެ. ” އާނ ކައިވެނި ޕާޓީ ނިންމާފައި ތިއައީ. އެހެންވެ ފިރިމީހާ ހިލޭ މީހަކާ އެކު ދާތަން ބަލަން ހުރީ!! ” ވިރާހު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އަދި އަހަރެންނާ ކައިރިވެލުމަށް ފަހު ކަންފަތްދޮށުގައި ވާހަކަ އެއް ބުނަން އުޅުމުން އަހަރެން ވިރާހު ދުރަށް ކޮއްޕާލީމެވެ. ” ދެން ލޯބި ޕްލީޒް! ރުޅިއައީތަ؟ އަހަރެން އުޅުނީ ސޮރީ ބުނާށޭ! އެހާ ރުޅި އާދެވުނީމަ… ” ވިރާހު ބުނެލިއެވެ. އަހަރެންގެ ފޯނަށް މެސެޖެއް އައީ ހަމަ އެވަގުތުއެވެ. މެސެޖު […]
އަޅުގަނޑުގެ މި ވާހަކަ ނޮވެމްބަރ ފަހު ކޮޅު ގެނެސްދޭނެ ވާހަކަ ދަންނަވަން… އިންތިޒާރުކޮއްލައްވާ…..
އީލާމް ގެއަށް ދިއުމަށް ދަބަހަށް ފޯނާ އެއްޗެހި ލާ ރެޑީވެލިއެވެ.ކުރިއަށް އޮތް ތިން ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން އޮފީސް ނުހުޅުވާ ގޮތަށް ނިންމާ ހުރިހާ ސްޓާފުންނަށް މެސެޖް އެއް ކޮށްލުމަށް ހިއުމަން ރިސޯސް މޭނޭޖަރ ނީވާ އަށް ލޭންޑް ލައިން އިން ގުޅާލިއެވެ. އެދެމެދުގައި ވާހަކަދެކެވެމުން ދިޔައިރު ކެބިން ގެ ދޮރު ހުޅުވުނު އަޑު އިވުނުހެން ހީވެގެން އީލާމް ފަހަތަށް ބަލާލިއެވެ . އީލާމް އަށް ހަޅޭލަވައިގަނެވުނެވެ. ކުރިމަތިން ވަޅިއެއް ހިފައިގެން މޫނު ފޮރުވައިގެން […]
ނައިނާ އައިޒަންއަށް ނުބަލަންވެގެން ފުރަގަސްދީގެން އިނެއްކަމަކު ލަސްވާތީވެ އަނެއްކާވެސް ބޯދިއްކޮށްލިއެވެ. ލައިގެން ހުރި ކަޅު ބުރުގާގެ މަތިން ދެލޯ ފެންނަވަރަށް ކަޅު ފޮތިގަނޑެއް އޮޅާލީ އޭނާގެ މޫނު އެކަކަށްވެސް ފާހަގަވާން ނޭދޭތީއެވެ. ނައިނާގެ ފެންނަމުން ދިޔައީ ދެލޯ އެކަންޏެވެ. މަޑު ފިޔަވަޅުތަކެއްގައި އޭނާ ދޮރާއި ކައިރިވެފައި އައިޒަން ކޮބައިތޯ ބަލާލިއިރު އައިޒަން ރެއިލިން ކައިރި ކޮއްޅަށް ހުއްޓެވެ. ކުރީގައި އޭނާގެ މަންޒިލަކީ އައިޒަންއެވެ. ދިރިއުޅުމަކީ އައިޒަންއެވެ. ނަމަވެސް މިއަދު އެ އައިޒަން އަކީ އޭނާގެ އެކައްޗެއްވެސް ނޫނެވެ. […]
އީރަމް އަށް ގެއަށް އާދެވުނު އިރު ހަގަޑި ބައިވަނީއެވެ. ކާރުން ފައިބައިގެން އަވަސް ފިޔަވަޅުތަކެއްގައި ގެއަށް އައިސް ވަތް އިރު ކާ ގޭގައި ޖަނާ އާއި ސަލްމާ ވާހަކަ އެއްގައި ތިބި ތަން ފެނުނެވެ. އީރަމް ފެނުމާއެކު ދައްކަން ތިބި ވާހަކަ އަށް ހުއްޓުމެއް އައިކަން އޭނާ އަށް އިހްސާސްވިއެވެ. ޖަނާ މޫނު އަނބުރާލި ގޮތުން އަދިވެސް ހިތްހަމަ ނުޖެހިފައި ހުރިކަން އީރަމް އަށް އެނގުނެވެ. ޖަނާ ލައިގެން ހުރި ކަކުލާ ހިސާބަށް އަރާ ރަތް ކުލައިގެ […]
ސިއްސައިގެން ގޮސް ހޭލެވުނު އާހިލް އެނދުމަތީގައި އިށީނދެލި އިރު މައިނޭވާ ލެވެމުން ދިޔައެވެ. ނިއްކުރި މަތިން ދާތިކިތަށް ފާޅުވާން ހުއްޓެވެ. ބޮލުގައި މީހަކު ތަޅާހެން ހީވާކަހަލަ ރިހުމެއް އުފެދިފައިވީ އިރު ދެއަތުން ބޮލުގައި ހިފައްޓާލި ނަމަވެސް އެއަޑު ކެނޑޭ ގޮތެއްނުވިއެވެ. “އާހިލް.. އާހިލް ދަރިފުޅާ.” ދޮރުގައި ތަޅަމުން ދިޔަކަން އާހިލްއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ބޮލުތެރޭ އިވެމުން އެދިޔައީ އެއަޑުކަން ޔަޤީން ވުމުން ގައިމަތީގައި އޮތް ކުއިލްޓު ނަގައި ހޫރާލަމުން ހިނގައިގަން ވަގުތު އަރި އަޅާ ނުލީ […]
އުނދަގޫ ގޮތަކަށް ދެލޯހުޅުވައިލި އައިދުން އޭނާގެ މަގަތުގައި އިނށީދެގެން އިން ބިރުވެރި ސޫރަފެނިފައި ރޫރޫއަޅައިގަތެވެ. މުޅި ކޮޓަރީގައިވެސް ރަސްކަން ކުރަމުންދިޔައީ ކަނު އަނދިރިކަމެވެ. އަނދިރީގެ ތެރޭގައިވެސް އައިދުންއަށް އެސޫރަ ސާާފުކޮށް ފެންނަމުން ދިޔައެވެ. އެސޫރަ ފެނުމާއެކު ދަަތުރުގައި ހިނގައިދިޔަ ބިރުވެރި ހާދިސާތައް ހަނދާންވެ އައިދުންގެ މުޅި ހިތް ބިރުވެރިކަމުން ވަށައިލިއެވެ. އޭނާގެ މަގަތުގައި އިނށީދެގެން އިން އެތީގެ ބޯ އެންމެ ވައްތަރީ ކަކުންޏަކާއެވެ. އަނގައިން ނުކުމެފައިވާ ތޫނު ހަންޖަރެއްފަދަ ދެދަތުގައި ވަނީ ކަށި ފަޅައިފައެވެ. ދެއަތްވެސް ހީވަނީ […]