އުނދަގޫ ގޮތަކަށް ދެލޯހުޅުވައިލި އައިދުން އޭނާގެ މަގަތުގައި އިނށީދެގެން އިން ބިރުވެރި ސޫރަފެނިފައި ރޫރޫއަޅައިގަތެވެ. މުޅި ކޮޓަރީގައިވެސް ރަސްކަން ކުރަމުންދިޔައީ ކަނު އަނދިރިކަމެވެ. އަނދިރީގެ ތެރޭގައިވެސް އައިދުންއަށް އެސޫރަ ސާާފުކޮށް ފެންނަމުން ދިޔައެވެ. އެސޫރަ ފެނުމާއެކު ދަަތުރުގައި ހިނގައިދިޔަ ބިރުވެރި ހާދިސާތައް ހަނދާންވެ އައިދުންގެ މުޅި ހިތް ބިރުވެރިކަމުން ވަށައިލިއެވެ.
އޭނާގެ މަގަތުގައި އިނށީދެގެން އިން އެތީގެ ބޯ އެންމެ ވައްތަރީ ކަކުންޏަކާއެވެ. އަނގައިން ނުކުމެފައިވާ ތޫނު ހަންޖަރެއްފަދަ ދެދަތުގައި ވަނީ ކަށި ފަޅައިފައެވެ. ދެއަތްވެސް ހީވަނީ ކަކުނީގެ ދަތްގަނޑެއް ހެންނެވެ. އެހެނަސް ދެއަތާއި ބޯފިޔަވާ ގައިގެ ދެންހުރި ބައިތައް އިންސާނެއްގެ ހަށިގަނޑަކާ އެއްވެސް ތަފާތެއްނެތެވެ. އައިދުންއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. ފުންމައިގެން ތެދުވެވުނީ ކުއްލިއަކަށެވެ. އެއާއެކު އެއެތި އައިދުންގެ ކަރުގައި ހިފައި މައްޗަށް އުފުލާލިއެވެ. އައިދުންގެ ނޭވާތައް ކަރުތެރޭގައި ތާށިވިކަހަލައެވެ. އޭތީގެ އަތުން ފާޑެއްގެ އޮލަދިޔަތަކެއް ފައިބަމުން ދިޔައެވެ. ދުވި ނުބައިވަހުން އައިދުން އަށް އޯކަށް ދެމެން ފެށުނެވެ.
އޭތި ބަލާކަށް ނުހުރެ އައިދުން ނަގައި ތަށިމުށިތައް މައްޗަށް ޖެހިއެވެ. ވީތަދުން ގުޑިލަންވެސް ނުކެރިފައި އައިދުންއަށް އޮވެވުނީއެވެ.
މަލާކަށް ހޭލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. ބަލާާލިއިރު ކަމަކުދާކަށްނެތެވެ. ތަށިމުށިތައް މަތީގައި ވެއްޓިފައި އޮތް އައިދުން ފެނުމުން އަަވަސް އަވަހަށް މަލާކް ތެދުވެ އައިދުން ގާތަށް ދިޔައެވެ. އޭރުވެސް އެއޮތްގޮތަށް އައިދުން އޮތެވެ.
“އައިދު.” މަލާކަށް ބާރަށް ގޮވައިލެވުނެވެ. ކުކުރަމުން ދިޔަ އައިދުން ފެނުމުން މަލާކްގެ ހިތް ހީވީ ފޮތިފޮތިވެގެން ދިޔަހެނެވެ. އަވަހަށް ކޮޓަރިން ނުކުމެގެން ގޮސް ކަމަރް އަށް ގޮވައި ގެނައެވެ. ދެމީހުންވެގެން އައިދުން ނަގައި އެނދުމަތީގައި ބާވައިލިއެވެ. ކަމަރް ދިއުމުން މަލާކް އަވަސްވެގަތީ އައިދުންގެ ބޮލުން ފަޅައިގެން ގޮސްފައިވާ ތަނުގައި ބޭސްއެޅުމަށެވެ. އެރޭ ބާކީ އޮތް ވަގުތުކޮޅުގައި މަލާކަށް ލޮލުފިޔައެއްވެސް ޖަހައިނުލެވުނެވެ.
އިރުއެރިއިރުވެސް މަލާކް އެގޮތުގައި އިނެވެ. ފުންނިންޖަކުން ނިދިފައިވާ އައިދުންގެ މޫނަށް ބަލައިލުމަށްފަހު މަލާކް ތެދުވެ މޫނުދޮވެލައި ހަދައިގެން ނުކުތެވެ. އަދި އަލަމާރިއަށް ލީ ރަންޔާގެ ޑައިރީއާއި އެފޮތްލާނެ ކުޑަ ދަބަހެއް ހިފައިގެން ބެލްކަންޏަށް ނުކުމެ އެތަނުގައި ބަހައްޓާފައިވާ ދިގު ހުދުކުލައިގެ ގޮނޑީގައި ޖައްސައިލިއެވެ. އެންމެފަހުން ކިޔުނު ހިސާބު ހޯދައިލުމަށްފަހު މަލާކް ކިޔަންފެށިއެވެ.
** ** ** **
7 ޑިސެމްބަރ 2013
މީހުން އެބުނަނީ ތެދެކެވެ. އެކުވެރިޔާއެވެ. އައިދުންއަކީ ކިތަންމެހައިވެސް ރީތި ފިރިހެނެކެވެ. މިރަށުގެ ގިނަ އަންހެންކުދިން އޭނާއަށް ހިތްކިޔައި އޭނާގެ ފަހަތުން ދުވާއިރަކު ހީވަނީ އެހެންކަމެއް ހެންނެވެ. އެކަމަކު ތެދެއްބުނަން ހެއްޔެވެ؟ އައިދުން ކިތަންމެ ރީތި ނަމަވެސް އަހަރެންނަކަށް އައިދުން އެހައި ކަމަކުނުދެއެވެ. އެފިރިހެނާ ގައިގައި ރިވެތި އެއްވެސް ސިފައެއް ނުހުރެއެވެ. ބޮޑާކަމުން ހީވަނީ އެހެން ކަމެއް ހެންނެވެ.
އެނގޭހެއްޔެވެ؟ އަހަރެން ރޭގައި ބައްޕައާ އެއްކޮށް ދިއުމުން އައިދުން އަހަރެންނާ ވާހަކަ ދައްކަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން ހަމަހިލާ އޭނާއަކާ އަނގައިންނެއް ނުބުނަމެވެ. ވާހަކަދެއްކުމުގައިވެސް އައިދުންގެ ހުންނަނީ ވަރަށް ފޮނިގޮތެކެވެ. ހީވަނީ ތިމާ މީހާ ރީތިވެފައި މުއްސަނދިވީމައި ބޭނުންހައި އަންހެންކުއްޖެއް އޭނާއަށް ހެއްލޭނެހެންނެވެ.
އަހަރެން ފެނުމުން އަހަރެންގެ ރީތިކަމަށް އޭނާ ވަރަށް ތައުރީފު ކުރިއެވެ. އޭނާ ބުނިގޮތުގައި އަހަރެންގެ އުނަގަނޑާ ހަމައަށް އަންނަ ފަންއިސްތަށިގަނޑު އޭނާއަށް ވަރަށް ކަމުދެއެވެ. އަދި ބައްޕަ ނުބަލައި ހުންނަ ވަގުތުތަކުގައި އަހަރެންނާ ދިމާއަށް އެއްލޯމަރައި ހެދިއެވެ. އަހަރެންވީ ފޫއްސެއް ބުނާކަށްވެސް ނޭނގެއެވެ. އެންމެ ހިނދުކޮޅަކުވެސް އައިދުންގެ ތޫނު ނަޒަރު އަހަރެންގެ ހަށިގަނޑާ ވަކިވެފައިވީތަނެއް އަހަރެން ނުދެކެމެވެ. އަހަރެންނަށް ބަލައިލެވޭ ކޮންމެ ވަގުތަކު އޭނާ ހުންނަނީ އަހަރެންނަށް ބަލާށެވެ. އެކަމުން އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. އެހެނަސް ބައްޕަގާތުގައި ބުނާކަށް ނުކެރުނެވެ. އަހަރެން އެގެއަށްދިޔަ ފުރަތަމަ ދުވަހުވެސް ގޭގެ ވެރިފަރާތާމެދުގައި އެފަދަ ނުބައި ގޮތްގޮތަށް ހިތަނިއޭ ބައްޕަގެ ހިތަށް އަރައިފާނެތީއެވެ. އަހަރެންގެ ސަބަބުން ބައްޕަގެ ވަޒީފާ ގެއްލޭކަށް އަހަރެން ނޭދެމެވެ.
އެނގޭހެއްޔެވެ؟ މިއަދު އަހަރެން ކުނިކަހަން އޮއްވައިވެސް އައިދުން އެތަނަށް އައެވެ. އަދި އަހަރެން އަނގައިން ބުނޭތޯ އެކިފާޑު ފާޑުގެ ވާހަކަދައްކައި ހެދިއެވެ. ތުމުން ފުމެ އަހަރެންނާ ދިމާކޮށް ހެދިއެވެ. ތަނަކުން ރީތި އަންހެންކުއްޖަކު ފެނުނަސް އެއީ ދެން ބޮޑުވަރެއް ނޫންހެއްޔެވެ؟ އަހަރެން ގާތަށް ވަރަށް ރުޅިއައެވެ. އިލޮށިފަތިން އޭނާގެ ގައިގައި ޖަހައިފާނަމޭވެސް ހިތަށް އެރިއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ އެއީ ބައްޕަގެ ވެރިޔާ ވިއްޔާއެވެ.
މިރޭވެސް އަހަރެން އެގެއަށް ދާންޖެހެއެވެ. ބައްޕަ އެއްގޮތަކަށްވެސް އަހަރެން ނުދާނަމޭ ބުނީމައި ގަބޫލެއްނުކުރިއެވެ. ދެން ހަދާނެ އިތުރުގޮތެއްވެސް ނެތްވިއްޔާއެވެ. އެކަމަކު ތެދަށް ބުނަންހެއްޔެވެ؟ އަހަރެން އެގެއަށް މިދަނީ ދާހިތަކުން ނޫނެވެ. އައިދުންއާއި އޭނާގެ އެކުވެރިން އަހަރެންނަށް ބަލާ ނަޒަރާމެދު އަހަރެން އެހައި ހިތްހަމައެއްނުޖެހެއެވެ.
9 ޑިސެމްބަރ 2013
ޖެހިގެން އައި ދެރޭގައިވެސް އައިދުންގެ އަމަލުތައް ހުރީ ހަމަ ކުރިން ބުނި ގޮތަށެވެ. އެކަމާ އަބަދު އަހަރެން ހުންނަން ޖެހެނީ އުނދަގޫވެފައެވެ. އެހެނަސް މިވާހަކަތައް ބުނަންވެސް ތިޔަ އެކުވެރިޔާ ނޫނީ އަހަރެންގެ ހުރީ ކާކުހެއްޔެވެ؟
އެނގޭހެއްޔެވެ؟ ރޭގައި އައިދުން އަދި އަހަރެން ވަރަށް ހިތްހަމަނުޖެހޭ ކަމެއް ކޮށްފިއެވެ. ރޭ އެގެއަށް ދިޔައިރު ބައްޕައަށް ދެވުނީ ހަނދާންނެތި ގޭގައި ފޯނު ބާވާފައެވެ. އެހެންކަމުން އަހަރެން ގެއަށް ދިޔައީ ބައްޕަގެ ފޯނުބަލައެވެ. އެނބުރި އެގެއަށް އައި އިރު ގޭގެ ބޮޑު ސިޓިންރޫމްގައި އެކަކުވެސް ފެންނާކަށްނެތެވެ. ބައްޕަ ވާނީ ބަދިގޭގައިކަން އެނގޭތީ އަހަރެން ދިޔައީ ބަދިގެއާ ދިމާއަށެވެ. ކުއްލިއަކަށް އަހަރެންގެ އަތުގައި ބާރުގަދަ އަތަކުން ހިފުމުން އަހަރެންނަށް މަޖުބޫރުވީ ހުއްޓޭށެވެ. އެނބުރި ބަލައިލިއިރު ލާނެތްފާޑަކަށް ހެވިފައި އަހަރެންނާ ދިމާއަށް ބަލަން އައިދުން ހުއްޓެވެ. އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އަހަރެން ކަޅިއަޅާލިތަންފެނި ހެމުން ހެމުން އަހަރެންގެ އަތުން އައިދުން ދޫކޮށްލިއެވެ. އަދި އަހަރެން ރުޅިއައުމުން ވަރަށް ލޯތްބޭ ބުނެލިއެވެ.
އެއްޗެކޭ ނުބުނެ އަހަރެން ހިނގައިގަތުމުން ފަހަތުން އައިދުންވެސް އައެވެ. އަހަރެން ހިނގުން އަވަސްކޮށްލުމުން އޭނާ އަހަރެންގެ ކުރިމައްޗަށް އަރައި ކުރި ބެއްދިއެވެ.
“ހާދަ ބާރަކަށް ތިހިނގަނީ. މަޑުކޮށްބަލަ. ތިހައި އަވަސް އަރުވާލާފަ ނުހިނގިއަސް ބަދިގެއާާ ހަމައަށް ދެވިދާނޭ.” ފާޑަކަށް ހެވިފައިހުރެ އައިދުން އެހެން ބުނުމުން އަހަރެން ދެބުމަ ގޮށްޖަހައިލީމެވެ. އަހަރެން ކިތަންމެ ބާރަކަށް ހިނގިއަސް އޭނާއަށް ކީއްހެއްޔެވެ؟ އެއްޗެކޭ ނުބުނެ ހިނގައިގަތުމުން ދެންވެސް އައިދުން އަހަރެންގެ ކުރިބެއްދިއެވެ.
“އައްޗި. ތީ އަބަދުވެސް ރަންޔާ ލައި އުޅޭ ހެދުންތަ؟ ވަރަށް ހަޑި ތިކަހަލަ ހެދުން މިޒަމާނުގެ ކުދިން ލީމަ. އަދި އަމުދުން ރަންޔާ ކަހަލަ ރީތި ލޫޅާފަތި ކުއްޖެއްލީމަ. ތިކަހަލަ ލޯބިކުދިންނާ ގުޅޭނީ ޒަމާނީ ހެދުން. ގަޔަށް ބާާރު ކުރު ހެދުން. އާހް. އެކަހަލަ ހެދުމެއްގަ ރަންޔާ ފެނިއްޖެއްޔާ ހަމަ ހުވާކޮށްފަ މިބުނީ އަހަރެން މޮޔަވާނެ.” އަހަރެން ލައިގެންހުރި ގަޔަށް ދޫ ޕާކިސްތާނު ހެދުމަށް ބަލައިލުމަށްފަހު އައިދުން ބުނެލި ޖުމުލަތަކުން އަހަރެންގެ ލޭ ކެކިގެން ދިޔައެވެ.
“ކަލެއަށްކީއް އަހަރެން ކޮންމެކަހަލަ ހެދުމެއް ލިޔަސް. މިއީކީ ކަލެއާާ ބެހޭކަމެއްނޫނޭ. މިއީ އަހަރެންގެ މިނިވަންކަން. އެހެން ނޫނަސް އަހަރެން ނޫޅެން އަހަރެންގެ ރީތިކަން އިޝްތިހާރު ކުރާހިތުންނެއް. އެނގިއްޖެތަ؟” ރުޅިއައިސްގެން ގޮސް އަހަރެންނަށް ދަތްކުނޑިވިކައިލެވުނެވެ. މިއީ ކިހިނެއްވެގެން އުޅޭ މީހެއްހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ.
އެހެންބުނުމަށްފަހު އަހަރެން ބަދިގެއާ ދިމާއަށް ހިނގައިގަތީމެވެ. މިފަހަރު އަހަރެން ހުއްޓުވާކަށް އައިދުން މަސައްކަތެއް ނުކުރެއެވެ. އަހަރެންނަށް ކިރިޔާވެސް ހަމަޖެހުމެއްލިބުނީ ބައްޕަ ގާތަށް ދެވުމުންނެވެ.
10 ޑިސެމްބަރ 2013
އައިދުންގެ ކަންތައް އެއްދުވަހުން އަނެއް ދުވަހަށް ދަނީ ހައްތަހާ މައްޗަށެވެ. މިހާރު އަހަރެންނަށް ފާރަލާންވެސް ފެއްޓީއެވެ. އައިދުންއާާ ދިމާނުވާާ ހަމަ އެއްވެސް ތަނަކަށް އަހަރެންނަަކަށް ނުދެވެއެވެ. ރުޅިއައިސްގެންގޮސް ހަލާާކުވާާވަރު ވެއެވެ.
މިއަދުވެސް އަހަރެން ފިހާރައަށް ގޮސް ސެންޓްފުޅިއަކުން ވަސްބަލަން ހުއްޓައި އެއައިދުންގަނޑު އެތަނަށްވެސް އައިސްފިއެވެ.
“ތިތަނުން ކޮންފުޅިއަކުން އެންމެ މީރުވަސްދުވަނީ؟” ހަރަންބަދެލަމުން ނިތްއަރުވާލައިފައި އައިދުން އަހައިލިއެވެ. “ކަލޭ ގާތު ބުނަން ޖެހޭތަ؟” ފަރުވާކުޑަ ގޮތަކަށް އަހަރެން އެހެންބުނުމުން އައިދުން ހިނިގަނޑެއް ޖަހައިލިއެވެ.
“އާހް. ރަނޫ ހާދަ ލޯތްބޭ. ތިހަށިގަނޑުގެ ބައްޓަންވެސް.” މޭގައި ފިރުމައިލަމުން އައިދުން ބުނި ޖުމްލަތަކުން އަހަރެންނަށް ދެލޯބޮޑުކޮށްލެވުނެވެ. މީހާދަ ގޮތެއްވެސްނެތް ފިރިހެނެކެވެ.
“ރަނޫއޭ. ކިހާ ދެރަކަމެއް. ކޮންމެހެން އަހަރެންނާ ދިމާއަށް ފާޑުފާޑުގެ ނަންކިޔާނެ ކަމެއްނެތް. އަޑު އިވިއްޖެ.” ދެލޯބޮޑުކޮށްލަމުން އަހަރެން އެހެންބުނީމައި މިފަހަރުވެސް އައިދުން ފެށީ ހޭށެވެ.
“ތިހާާ ލޯބިކުދިންނަށް އެކަހަލަ ލޯބިނަން ކިޔޭނެދޯ. އަދި އެއްވާހަކަ. ރުޅިއައިމަ އަދި މާލޯބިހެން ހީވޭ.” އައިދުންގެ ވާހަކަ ހުރިގޮތުން އިރެއް އިރަކަށް އަހަރެންގެ ރުޅިގަނޑު ގަދަވާންފެށިއެވެ.
“ކޮންސެންޓަކުންތޯ އެންމެ މީރުވަަސްދުވަނީ އަހައިލީ އަސްލު ރަނޫއަށް ސެންޓުފުޅިއެއް ގަންދެންވެގެން. އެކަމަކު ނުބުނިވިއްޔަ މީރުވަސްދުވާ ފުޅިއެއްގެ ނަމެއްވެސް. އުުމްމް.. ދެންތިވީ ގޮތުން އަހަރެންޖެހޭނީ މިމުޅި ފިހާރަ އެއްކޮށް ރަނޫއަށް ގަނެދެން.” އަހަރެންނާ ދިމާއަށް އެއްލޯ މަރައިލަމުން އައިދުން ބުނެލިއެވެ.
“އަހަރެން ބޭނުމެއް ނޫން. ކޮންމެހެން އަހަރެންނަށް ތިމުއްސަނދިކަން ދައްކަން އުޅޭނެކަމެއްނެތް. ގޮސް ކޮންމެވެސް އެހެން މީހަކަށް ތިމުއްސަނދިކަން ދައްކާބަލަ. ވަރަށް ފޫހިވޭ. އަހަރެން ނޫޅެން ކަލޭގެ ފައިސާތައް ބޭނުންވެގެންނެެއް.” އަހަރެންނަށް ކަމުދިޔަ ސެންޓްފުޅި ހަރުގަނޑުން ނަގަމުން އަހަރެން ބުނެލީމެވެ.
އޯހް. އެހެންތަ. ރަންޔާގެ ބައްޕައަށްވެސް މުސާރަދެނީ ހަމަ އަހަރެންގެ ފައިސާއިން. އެެހެންވީމަ އެފައިސާވެސް ނުދެންވީދޯ.” ދަތްދޮޅީގައި އަތްކާތައިލަމުން އައިދުން ބުނެލީ މަލާާމާތުގެ ފާޑަކަށެވެ. އެއްޗެކޭ ބުނުމަށްވުރެ ނުބުނުން މާ ރަނގަޅުވާނޭ ހިތަށްއަރައި އައިދުންއަށް ކަޅިއަޅައިލުމަށްފަހު އަހަރެން ކައުންޓަރާ ދިމާއަށް ދިޔައީއެވެ.
އައިދުން ވަރުގެ ލަދުހަޔާތް ކުޑަމީހަކު އަހަރެން މުޅިއުމުރުގައިވެސް ނުދެކެނެވެ. ވަރަށް ރުޅިއާދެއެވެ. ހީވަނީ ތިމާއަށް ތިމާފެނިފައި ހުރި ހެންނެވެ. ފޮނިވިއަސް އެއީ ތަންކޮޅެއް ބޮޑުވަރުވިއްޔާއެވެ.
ގެއަށްދިޔަ މަގުމަތީގައި އަހަރެން ދިޔައީ އައިދުންއާ ދިމާއަށް ކުދިކިޔަމުންނެވެ. ކުއްލިއަކަށް އިވުނު ތޫލި އަޑަކުން އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އަޑުއަންނަމުން ދިއަ ދިމާާއަށް އެނބުރެވުމާއެކު ފެނުނު މަންޒަރަކުން އަހަރެންނަށް ދެލޯބޮޑުކޮށްލެވުނެވެ.
** ** ** **
އައިދުންގެ އަޑަށް ސިހިފައި މަލާކް އަވަސް އަވަހަށް ފޮތް ލައްޕައިލުމަށްފަހު ދަބަހަށް ލިއެވެ. ކޮޓަރިތެރެއަށް ވަތްއިރު އެނދުގެ ފަޑީގައި ލެގިލައިގެން ބޮލުގައި އެއްއަތުން ހިފަހައްޓައިލައިގެން އައިދުން އިނެވެ.
“ބޮލުގައި ރިއްސަނީތަ؟” އައިދުންގެ އިސްތަށިގަނޑުގައި އަތްހިންގައިލަމުން މަލާކް އަހައިލިއެވެ. އައިދުން ބޯޖަހައިލުން ފިޔަވާ އިތުރު ޖަވާބެއް ނުދެއެވެ.
“ރޭގަ ކިހިނެއްތަ ހެދީ؟ އަހަރެންނަށް ހޭލެވުނީ އައިދު ވެއްޓުނު އަޑަށް.” ސުވާލުގެ ނަޒަރަކުން އައިދުންއަށް ބަލައިލުމަށްފަހު މަލާކް އެނދުގައި އިނށީނެވެ.
“ހުވަފެނެއް ފެނުނީ.” އައިދުން ދޮގުހެދިއެވެ. މަލާކަށް އެވާހަކަތައް ކިޔައިދެވޭން ނެތުމުންނެވެ. “އެހެންތަ. ސާބަސް އައިދު އަށް.” ހިނިތުންވެލައިފައި މަލާކް އައިދުންގެ އަތުގައި ފިރުމައިލިއެވެ.
ކިތަންމެ ހަމަޖެހިގެން އައިދުންއާ ވާހަކަދެއްކި ނަމަވެސް މަލާކްގެ ސިކުނޑިވަނީ ހަލަބޮލިވެފައެވެ. ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް އެހިތުގައި އުފެދެމުން ދިޔައެވެ. އައިދުން އޭނާއަށް ރަންޔާގެ ވާހަކަ ކިޔައި ނުދިނީތީވެސް އެހިތުގައި އެކަމާމެދު ސުވާލު އުފެދުނެވެ. އަނެއްކޮޅުން އައިދުންއަކީ ކުރިން އެފަދަ ގޮތަކަށް އުޅުނު މީހެއް ކަމެއްވެސް މަލާކް ނުދެނަހުއްޓެވެ. ރަންޔާއާމެދު އައިދުންގެ އަމަލުތައް ހުންނަގޮތުން އެކަމާވެސް ސުވާލު އުފެދެމުން ދިޔައެވެ. އައިދުންއަށް ރަންޔާދެކެ ލޯބިވެވުނީ ބާވައޭވެސް އެހިތަށް އަރަމުން ދިޔައެވެ. ރަންޔާއަށް އެފެނުުނީ ކޮންއެެއްޗެއް ހެއްޔެވެ؟ މިކަހަލަ ޖަވާބު ބޭނުންވާ އެތައް ސުވާލުތަކަކުން އެހިތާ ސިކުނޑި ހާސްވަމުންދިޔައެވެ.
“ސައިބޯން ހިނގަ. މިހާރު ނުލާހިކު ބަނޑުހައިވެފައެންނު އައިދު ހުންނާނީ. ހިނގާާ އެހަށް އަހަރެންނާއެކު ފެންވަރައިލަން.” އައިދުންގެ އަތުގައި ހިފައި ކޮޅަށްތެދުވުމަށް އެހީވަމުން މަލާކް ބުނެލިއެވެ.
އައިދުން ފެންވަރުވައިލުމަށްފަހު ގެނެސް އެނދުގައި ބެއިނދުމަށްފަހު މަލާާކް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. “ޝާންތާ. ނިކަން އަވަހަށް އަހަރެމެންނަށް ސައި ތައްޔާރުކޮށްގެން މިކޮޓަރިއަށް ގެނެސްބަލަ.” ތަންކޮޅެއް ބާރަށް މަލާކް ބުނެލީ ގޭގެ ތިރީބައިގަ އުޅުނު ޝާންތާއަށް އަޑުއިއްވާލުމަށެވެ. އާއެނކޭ ބުނުމަށްފަހު އެކަން ކުރުމަށް ޝާންތާ އަވަސްވެގަތެވެ.
* * *
އެދުވަހުގެ ހަވީރުގެ ވަގުތެވެ. އައިދުން ސިޓިންރޫމްގައި މަޖައްލާއެއް ކިޔައިލަން އިނެވެ. މަލާކްވީ ނީމްއާ އެއްކޮށް ބާޒާރުކޮށްލަން ގޮހެވެ. ފޫހިވެފައި އިން އައިދުންނަށް ގޭތެރެއަށް ވަދެގެންއައި މަލާކްފެނި ހިނިތުންވެލެވުނެވެ. ދެވަނަ ސުކުންތުގައި އެހިނިތުން ފަނޑުވެގެން ދިޔައީ އޭނާއާ ދިމާއަށް ބަލައިވެސް ނުލައި ސިޑިއާއި ދިމާއަށް މަލާާކް ދިއުމުންނެވެ. ބާޒާރަށޭ ކިޔަައިފައިދިޔަ މީހާގެ އަތުގައި ކޮތަޅެއްހައި ހިސާބުވެސްނެތެވެ.
މަލާކަށް ކޮންމެވެސް ކަމެއްވީއޭ ހިތައި އައިދުން އިންތަނުން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. މަޑުހިނގުމެއްގައި ގޮސް ސިޑިން އަރައި އައިދުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
އޭރު ކުޑަދޮރު ކައިރީގައި ފުރަގަަސްދީގެން ބޭރަށް ނަޒަރު ހުއްޓައިލައިގެން މަލާކް ހުއްޓެވެ. “މަލް. ހާދަ އަވަހަކާ ތިއައީ. ކޮބާ ނީމް؟ ދިޔައީތަ؟” ކޮަަޓަރީގެ ދޮރުޖަހައިލަމުން އައިދުން އަހާލިއެވެ.
އެއްވެސްް އެއްޗެކޭ ނުބުނެ މަލާކް އެހުރިގޮތަށް ހުއްޓެވެ. “މަލް. އަހަރެންދެކެ ކަމަކާ ހިތްހަމަނުޖެހިފަތަ؟ މިއަދު އަހަރެންނާ ރަނގަޅަށް ވާހަކަވެސް ދައްކައިނުލާ.” ޝަކުވާގެ ރާގަކަށް އަނެއްކާާވެސް އައިދުން ބުނެލިއެވެ. “މަލް ޕްލީޒް. އަހަރެންނާ ދިމާއަށް ބަލައިލަބަލަ.” މަލާކްގެ ދުރުކަންފެނި އައިދުންގެ ހިތުގައިޖެހުނެވެ.
އެއާއެކު އޭނާއަށް ފުރަގަސްދީގެން އިން މަލާކްގެ ބޯ އެނބުރެން ފެށިއެވެ. އައިދުންއަށް ދެލޯ ބޮޑުކޮށްލެވުނީ މަލާކްގެ ހަށިގަނޑު އެއްވެސް ދިމާއަކަށް ނުއެނބުރި ހަމައެކަނި ބޯއެނބުރޭތަން ފެނުމުންނެވެ. އެގޮތަށް އެނބުރެމުން އެނބުރެމުން ގޮސް މަލާކްގެ މޫނު ސީދާ އައިދުންއާ ދިމާވާާގޮތަށް އެނބުރުނެވެ. އައިދުންނަށް އަނގަމަތީގައި އަތްއަޅާލެވުނެވެ.
ސީދާ އައިދުންގެ މޫނަށް ބަލައިލުމަށްފަހު މަލާކް ހުރިހައި ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލިއެވެ. ހުރިހައި ދަތެއްގައިވެސް ވަނީ ލޭ ހޭކިފައެވެ. ދަތްތައްވެސް ނުހަނު ދިގުވެފައި ތޫނެވެ.
އައިދުން ބަލަން ހުއްޓައި މަލާކްގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔައެވެ. ބޯދެފަރާތައް ހަލުވައިލުމަށްފަހު މަލާކް ގުދުވާން ފެށިއެވެ. ދެފައި ހުރިގޮތަށް ހުރިއިރު މަލާކްގެ މެދުހަށި އައިދުންހުރި ދިމާއަށް ލެނބެމުން ދިޔައެވެ. އައިދުންއަށް ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ. ފެންނަމުންދާ މަންޒަރުތައް ގަބޫލުނުކުރެވިފައި ހުރެއެވެ.
އެގޮތަށް މެދުހަށި ލެނބެމުން ލެނބެމުންގޮސް މަލާކްގެ ބޯ ތަށިމުށިތައް މަތީގައި ޖެހުނެވެ. އެއާއެކު ކަށިތަކެއް ބިންދައިގެން ދިއުމުން ކިޔާާފަދަ އަޑެއް ކިޔައިގެން ދިޔައެވެ. ތޫލިއަޑަކުން ހަޅޭލަވައިގަތުމަށްފަހު މަލާކް ހޭންފެށިއެވެ.
ދެއަތްގެނެސް ތަށިމުށިތައް މަތީގައި ޖަހައިގެން އޮވެ އަތާއި ފައިގެ އެހީގައި މަލާކް އައިދުންއާ ދިމާއަށް އަންނަންފެށިއެވެ. ބިރުންގޮސް ފަހަތަށް ޖެހެމުން ދިޔަ އައިދުން ގޮސް ކޮޓަރީގެ ދޮރުގައި ޖެހުމާއެކު ފަހަތް ބަލައިލެވުނެވެ.
ދޮރުހުޅުވައިލައިފައި ބޭރަށް ނުކުންނަން ބަލައިލި އައިދުންގެ ދެފައި ގަނޑުވިކަހަލައެވެ. އޭރު ދޮރުމަތީގައި ހަމަ އެނުބައި ސިފައިގައި މަލާކް އޮތެވެ. ހެވިފައެވެ. އައިދުން އެއްކޮށް ދާހިއްލާ ފޯވާން ފެށިއެވެ. ކުދިކުދި ދާތިކިތައް އެމޫނުމަތީގައި ބަބުޅަމުން ދިޔައެވެ.
އަނެއްކާވެސް އައިދުންއަށް ފަހަތަށް ޖެހެވެން ފެށިއެވެ. އައިދުން ފަހަތަށް ޖެހޭވަރަކަށް މަލާކް ގެ ސޫރަގައި އެވާ އެތި އައިދުންއާ ގާާތަށް ޖެހެއެވެ. ވަކިހިސާބަކަށް ދިއުމަށްފަހު އޭތި ހުއްޓުނެވެ. އަދި ނުބައި ފާޑަކަށް އައިދުންގެ މޫނަށް ބަލައިލުމަށްފަހު އޭތީގެ ދިގުރަަތްކުލައިގެދޫ ނެރެލިއެވެ. އަދި އެދުލުން އައިދުންގެ ދެފައިގައި އޮޅައިލިއެވެ. އެވަގުތު ނަގައިގަތް ދިލައަކުން އައިދުންއަށް ތުންފަތުގައި ބާރަށް ދައިގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.







Hey everyone.. Assalaam alaikum.. Miothy mivaahakaige 8 vana bai.. Kamudhaane kamah hykuran.. Rangalhu kuranvy thaneh innama buneladhinun edhen.. Hv a nice day all.. Ly ❤?
Haadha kurey sheeth boe
Maa Shaa ALLAH. Vv reethi.
Thanks i_far.. ❤?
varah reethi masha allah.. alhe kihinehbaa vaany dhn.. avahah upkoh dhehcheyy..waiting waiting .. ly 🙂 🙂
Thanks $jk.. Lets see dhw.. Ya in sha allah.. Ly too dear❤?
V salhi mi Part vex, Next Part kn irakun.
Thanks afu.. In sha allah tmrw❤?
V reethi mi part ves.. thanks nau.. next part kon irakun genes dheyny..
Thanks maly.. In sha allah tmrw?❤
Vv best …????? .mivaru rahngalhu mi yahvureh digukuranyaa digu roagaayakah vedaane.
Thanks mamee.. Hehe❤❤??
Ohhh masha allah stry v v cute?? whn nxt prt avahah up kolladhybala plx???❤❤???????????
In sha allah tmrw.. Thank u khajja?❤
alhugad kureega bimmaage v gina kuruvaahakathakaa loabeege vaahakaves kiyaefin maegandu v reethi ekam nimun hama ehgothakahves reechennu.Nau alah vaahakaliyaa kuhjakaa balaafa hageegathga mivaahaka biruveri vaahakaehgegothuga genesdyleh v reethi sifakurunves reethi …fashaegannakuhjakaabalaafa v rahngalhu hunnaane baehkahala basthah hunnvaagoenungothakahves liyevifa aee masalaehnu vaharakah vureh fahareh rahngalhukohlyma rahngalhuvaane .mivaahakaege nan alhugahndah adi maareethi vvv reethi nameh.thiyagothuga kuriyah day. Nau …?????????????????.
Thanks mamee❤❤??
mi part ves vvvvvvvvvvvv rythi…..sifakurunthah ves vvvvvv furihama…. kiyamundhaairu hyvany amanzaru hama aslah fennahen…… vvvvvv rythi….. mee kithahvana vaahakatha naufa?
Thanks zaam.. Its my 3rd story.. ?
Koba meege 9 vana bai. Varah beynun kiyaalan.?
In sha allah tday?
NAU vaahaka vrh reethi
waiting….waiting….
avahah up kohdheeba
Thanks kail.. Ya vil try?
Alhe thankolheh dhigu koh genes dheveyne tho…. vvv salhi
This part is longer than the previous parts.. Hehe.. Ekmvx in sha allah dhn in part miahvurevx dhigukureveythw balaanan.. N thank u so much rose.. ?
Sheeth v hadi
Thanks for the comment?
Mi part ves hama fabulous NAU…?well done..alhey mihaaru malaak efoi kiyaanimeyne dhuvahakah mi inthizaau kurany..?e halhey lavaigathy beenish kaneyge..avahah next part up ?kohdhechey.waitting…ly and take good care..?☺️
Thank u dear.. Ly too n tvgc.. ?❤
So interesting. Waiting ingey?❤
Thanks jjey.. ❤?
Varh reethi vaahaka eh masha allah
Thanks hana?
v kiyaahivvy
Hehe.. Thanks?
Alhe hadihyaa kiyaahihveytha .. Thi dhn haadha dhekolhu nujehey vaahaka ekey dhw.
aslu hadiehnu dhw ….ehen bunelaahivehama.
hadieh nuuun. nulaahiku reeth.. nau when nxt part..??? 🙂 avahah up kohlahcheyy. so curious to read. 🙂
In sha allah maadhan..?