“އަހަރެންނަށް އެދުވަހު ކަންތައްކުރެވުނީ އެންމެ ރަނގަޅަކަށް ނޫން.. އަހަރެންނަށް އެދުވަހު ލީންއަށް ހެދުނުގޮތުން އެކަމާ އަހަރެން ދެރަވެ ހިތާމަކުރަން.. އެކަމަކު ކުށްވެރިއަކީ އަހަރެން އެކަންޏެއް ނޫން.. ލީން އަހަރެންގެ އިހްސާސްތަކަށް ބެލުމެއްނެތި އެދުވަހު އަހަރެން ބާކީ ކޮށްލީ ..އަހަރެން ކުރަމުންދިޔަ އާދޭސްތަކަށް ބީރުކަންފަތެއްދެމުން.. އަހަރެން މިއަދުވެސް ލޯބިވަނީ އެލީންދެކެ.. އަދި މިހަޔާތަށް ދެންވެސް ގެންނަން ބޭނުންވަނީ ހަމަ އެ ލީން” ޒިދާން އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލެވުމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ. ޒިދާންގެ ވާހަކަތައް ކަނުލާ […]
ޔާނާ ފާހަނައިން ނިކުމެ ބޮލުގަ އަޅާފަ އޮތް ތުވާލި އެނދުމައްޗަށް އެއްލާލިއެވެ. އެއަށްފަހު ލޯގަނޑު ކުރިމައްޗަށް އަރާ އަމިއްލަ ސޫރައަށް ބަލާލިއެވެ. ފަޔަށް ބާރު ނޫކުލައިގެ ޖިންސަކާއި ރަތާއި ކަޅު ހުންނަ ފޫކޮޅު ކިރިޔާ ނިވާވާވަރުގެ ޓޮޕް ކޮޅެއް ލާފައި ހުންނައިރު ފެޝަނަށް ލޯބިކުރާ ކަން ދޭހަވެއެވެ.. ފޮނި ގޮތަކަށް ތުން އޫކޮށްލާފައި ޔާނާ އޭނާގެ ފަން އިސްތަށިގަނޑުގައި ފުނާ އަޅަންފެށިއެވެ. “ދޮންތާ. ޑޭޑް ބުނީ ސައިނުބޮއި ގޮސްގެން ނުވާނޯ. އެންޑް ހީ އިޒް ވެއިޓިންގް ސައިބޯން […]
އިބްތިޝާމްގެ އެހީގައި ނައިނާގެ އިތުރަށް ލީޝާވެސް އެނބުރި މާލެއައީ އެހެން ނަމެއްގައެވެ. އެހެން އާ މީހަކަށްވެގެންނެވެ. އިބްތިޝާމް އޭނާގެ އަމިއްލަ އެޕާޓްމެންޓަށް ނައިނާއާއި ލީޝާ ގެންގޮސް ދެމީހުންނަށްވެސް ހުރެވޭނެ ގޮތް ހަމަޖައްސައިދިނެވެ. ނައިނާ ފެންވަރާލައިގެން ނިކުމެ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. މިހާރުވެސް ދެލޮލަށް ސިފަވަމުން ދަނީ މަރަށް ތެޅެމުންދާ ޝާމިރާއެވެ. މާރިޔާއަށް އެ ދިން އަނިޔާއަށްވުރެ އިތުރަށް އަނިޔާ ޝާމިރާއަށް ލިބެންޖެހޭނެއެވެ. ނައިނާ އެ ދުވަހު މަރާ ނުލާ ދޫކޮށްލިފަދައިން ޝާމިރާވެސް އެހާ އަވަހަށް މަރުވިޔަކަ ނުދޭނެއެވެ. […]
ޔުމްނާ ފިނިފެންމަލުން ވަސް ބަލާލަން އުޅެނިކޮށް އެމާ އޭނާއަތުން ދޫވެގެން ބިން މައްޗަށް ވެއްޓެން ދިޔައެވެ. އެއާއެކު މިޝާލް ހީވީ ފޫކޮޅަށް ކަށްޓެއް ހެރިގެން އުޅުނު މީހެއް ހެންނެވެ. އަވަސް ހަރަކާތަކާއެކު ގުދުވެފައި އޭނާ އެމާ ޔުމްނާއަށް ނަގައިދޭން އުޅުނެވެ. ނަމަވެސް އޭނާއަށް އެމަލުގެ ތަނޑީގައި ހިފުނު ވަގުތަކީ އާރިކްވެސް އެ މަލުގެ ތަނޑީގައި ހިފި ވަގުތެވެ. މިޝާލް ދެމުބަ ގޮށްޖަހާލަމުން އާރިކްގެ މޫނަށް ބަލާލިއެވެ. ލާނެތް ގޮތަކަށް ހިނިތުންވެލައިގެން ހުރި އާރިކް ފެނުމުން އޭނާއަށް ދަތްކުނޑި […]
ދެންފެނުނީ އަދިކުރިއަށްވުރެވެސް ހައިރާާންކުރުވަނިވި މަންޒަރެކެވެ. އެހިސާބުން ކުޑަކުޑަ ވައިރޯޅިއެއްހެން ފަތްތައް އެނބުރެމުން މައްޗަށް އަރަން ފެށިއެވެ. މަލާކަށް ދެލޯބޮޑުކޮށްލެވުނެވެ. ފަތްތައް ވަކިހިސާބަކަށް އެރުމަށްފަހު މުޅިތަނަށް ވިހުރިގެންދިޔައެވެ. އެއާއެކު ފަތްތައް އެރިދިމާލުގެ ބިންމަތީގައި އޮތް ފެހިކުލައިގެ ބަނޑޭރިގަނޑެއްލީ ފޮތެއް މަލާކްގެ ލޮލުގައި އަޅައިގަތެވެ. އެއީ ކޮންފޮތެއްބާވައެވެ؟ އިރުކޮޅަކު އެފޮތާ ދިމާއަށް ބަލަން ހުރުމަށްފަހު މަލާކް ހިނގައިގަތެވެ. ކުޑަކޮށް ގުދުވެލުމަށްފަހު އެފޮތް ނަގައި ހައިރާންކަމާއެކު އޭގެއަށް ބަލަމުން ދިޔައެެވެ. ފޮތް ހުޅުވައިލީ އެއީ ކޮންކަހަލަ ފޮތެއްތޯ ބަލައިލުމުގެ ނިޔަތުގައެވެ. ނަމަވެސް […]
“އަލް ކޯއްޗެއް ތިބަލަނީ؟” އަލްޔާ އެއްދިމާލަކަށް ބަލަން އިނުމުން ކަރަމް އަހައިލިއެވެ. އޭރު އަލްޔާ އިނީ ދާހިއްލާ ފޯވެފައެވެ. “އުހު… ނޫން! ތަނަކަށް ނުބަލަން، ކިހިނެއްވީ؟” ސިއްސައިގެން ގޮސް ހާސްވެފަ އަލްޔާ ބުނެލިއެވެ. އަލްޔާ ސިއްސައިގެން ގޮސް އެހެން ބުނުމުން ކަރަމް އިތުރަށް ހާސްވެ ދެވަނަ ފަހަރަށް ވެސް އެ ސުވާލް ތަކުރާރު ކޮއްލިއެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް ވެސް ތަނެއް ނުބަލާކަމަށް އަލްޔާ ބުނެލިއެވެ. “ކަރަމް ހިނގާ ދެން ދާން… ވަރަށް ލަސް ވެއްޖެ […]
އިޔާ އަހަންނާއި އަރާ ހަމަ ކުރުމަށްފަހު އަހަރެން އަތުގައި ހިފާލިއެވެ. އަދި ޚާއްސަކޮށް މިރޭ އަހަރެން ވަރަށް ރީތިކަމަށް ބުނެ ތައުރީފު ކޮއްލިއެވެ. އަހަރެންގެ ވަރަށް ރަކިވިއެވެ. އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އިޔާ ހިނގައިގަތެވެ. އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. އިޔާ މިހެން ހެދީމަ އިޔާ ލޯބިވާ ކުއްޖާއަށް ފެނިގެން ހިތަށް އަރާނީ ކީކޭބާއެވެ؟ މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމުން އަހަރެން އިޔާގެ އަތް އުނަގަނޑުން ނެގޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެކަންވީ […]
އިރާ ބ.ކަމަދޫއަށް ފުރީ ވަރަށް ފޮނި އުއްމީދާ އެކުގައެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އިރާ ވިސްނަމުން ދިޔައީ ބައްޕައާއި މަންމަ ހުނާނެ ގޮތަކާއި މެދުގައެވެ.ހިޔާލު ތަކުގައި ދެމައިންގެ ސޫރަ ކުރަހަމުން ދިޔަ އިރާ އިރު އިރު ކޮޅާ އުފަލުން ހީލައެވެ. ދުވެފަ ގޮސް ބައްދާގަންނާނީ ހެއްޔެވެ.؟ ނޫނީ ސަލާމް ކޮށްލަނީ ހެއްޔެވެ. އެތަކެއް ސުވާލު ހިތަށް ގެނަވަމުން ދިޔައެވެ. ރަށާ ކައިރި ވި ވަރަކަށް އިރާގެ ހިތުގެ ތެޅުން އަވަސް ވި އެވެ. ރަށުގެ ޖެޓީއަށް ފެރީ ކައިރި ކުރި އިރު ޖެޓިމަތީގައި […]
އަޝްވާ އަސްރާރުގެ އެއްމެ ހަގު ދަރިފުޅު އަޝްވާ އަކީ މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ކިޔެވުމުގައި ރަންވަނަ ތަކެއް ހާސިލްކޮށްގެން މިހާރު އަޝްވާ އެދަނީ އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރަމުންނެވެ. ވަޒީފާއަށް ދާން ބޭނުން ވިޔަސް އަޝްވާއަށް އެފުރުސަތު ލިބިގެން ނުދަނީ ބޭބެ، އަޝްވިންގެ ދަރިފުޅު ބެލުމަށްޓަކައި އެވަގުތުތައް ހޭދަކުރާތީއެވެ. އީޝްގެ ކަންތައް ކޮށްދިނުމަށްޓަކައި އޭނާ އިސްނެގީ އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ. ބޭބެއަށް ހެޔޮ ހިތުން ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަދި […]