Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (9)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
October 18, 2017 6 Mins Read
35 Comments

އަނެއްކާވެސް އައިދުންއަށް ފަހަތަށް ޖެހެވެން ފެށިއެވެ. އައިދުން ފަހަތަށް ޖެހޭވަރަކަށް މަލާކް ގެ ސޫރަގައި އެވާ އެތި އައިދުންއާ ގާާތަށް ޖެހެއެވެ. ވަކިހިސާބަކަށް ދިއުމަށްފަހު އޭތި ހުއްޓުނެވެ. އަދި ނުބައި ފާޑަކަށް އައިދުންގެ މޫނަށް ބަލައިލުމަށްފަހު އޭތީގެ ދިގުރަަތްކުލައިގެދޫ ނެރެލިއެވެ. އަދި އެދުލުން އައިދުންގެ ދެފައިގައި އޮޅައިލިއެވެ. އެވަގުތު ނަގައިގަތް ދިލައަކުން އައިދުންއަށް ތުންފަތުގައި ބާރަށް ދައިގަނެވުނެވެ.

ގޭތެރެއަށް ވަދެގެން އައި މަލާކާއި ނީމްގެ އަޑަށް އޭތި އައިދުންގެ ފައިން ދޫކޮށްލުމަށްފަހު ގެއްލުނެވެ. އައިދުންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ ދެނެވެ. ނަމަވެސް ފައިގައި އޭތީގެ ދުލުން އޮޅައިލިހިސާބުން ވަރަށް ގަދައަށް ދިލަނަގަމުން ދިޔައެވެ. ފަޔަށް ބަލައިލިއިރު އެއްވެސް ކަމެއްވިކަމުގެ ނިޝާނެއް ނެތެވެ. ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު އައިދުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“އައިދުން. ކިހިނެއްތަ؟” އައިދުން ފެނުމާއެކު ނީމް އަހައިލީ ހިނިތުންވެފައި ހުރެއެވެ. “ރަނގަޅު” މަލާކް ގާތު ސޯފާގައި އިނށީދެލަމުން އައިދުން ވެސް ނީމްއާ ދިމާއަށް ހިނިތުންވެލިއެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. މުޅިމާހައުލުގައި ރަސްކަންކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. އެނދުގައި ނުނިދިފައި މަލާކް އޮތެވެ. ގާތުގައި ފުންނިންޖަކުން ނިދިފައިއޮތް އައިދުންއަށް ބަލައިލުމަށްފަހު މަލާކް އެނދުން ތެދުވިއެވެ. ރަންޔާގެ ޑައިރީ ކިޔައިލާހިތުން މަލާކް ވަނީ ކެތްމަދުވެފައެވެ.

ކުދިފިޔަވަޅުތަކެއް އަޅަމުން އެފޮތްހިފައިގެން މަލާކް ދިޔައީ ސިޓިންރޫމަށެވެ. ސޯފާގައި ހަމަޖެހިލުމަށްފަހު މަލާކް ފޮތްހުޅުވައިލާ ކުރިން ނިންމައިލި ހިސާބުން ކިޔަންފެށިއެވެ.

** ** ** **

ގެއަށްދިޔަ މަގުމަތީގައި އަހަރެން ދިޔައީ އައިދުންއާ ދިމާއަށް ކުދިކިޔަމުންނެވެ. ކުއްލިއަކަށް އިވުނު ތޫލި އަޑަކުން އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އަޑުއަންނަމުން ދިއަ ދިމާާއަށް އެނބުރެވުމާއެކު ފެނުނު މަންޒަރަކުން އަހަރެންނަށް ދެލޯބޮޑުކޮށްލެވުނެވެ.

މީހަކު ޖަހައިފައިވާ ދަންތުރައެއްގައި ޖެހިފައި އޮތް ކަޅުބުޅާ ފެނުމާއެކު އަހަރެންނަށް ހުރެވުނުތަންވެސް ނޭނގުނެވެ. ދުވެފައި އެހިސާބަށް ދިޔައިރު އޭތި ތޫލި އަޑަކުން ހަޅޭލަވަމުން އެތަނުން ސަލާމަތްވާން މަސައްކަތްކުރަމުން ދިޔައެވެ. އެސޮރުވަނީ އެގޮތަށް ތެޅިތެޅި ވަރުބަލިވެފައެވެ.

އަހަރެންގެ މޫނަށް އެސޮރުގެ ބޮޑު ނޫކުލައިގެ ދެލޮލުން ބަލައިލުމާއެކު އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އެސޮރުގާތުގައި އަހަރެންނަށް އިނށީދެވުނީ ބޭއިޚުތިޔާރުގައެވެ. ލޯތްބާއެކު އޭތީގެ ބޮލުގައި ފިރުމައިލައިފައި އެދަންތުރައިން އެސޮރު ސަލާމަތްކުރެވޭތޯ އަހަރެން މަސައްކަތްކުރަން ފެށީމެވެ. އެތައް މަސައްކަތަކަށްފަހު އަހަރެންނަށް އެސޮރު ސަލާމަތްކޮށްދެވުނުއިރު އެސޮރަށް ވަނީ ކުދިކިދި އަނިޔާ ވެފައެވެ.

އަހަރެން އެސޮރު އުރައިލީ، އަހަރެންނަކީ އަބަދުވެސް ދިރޭތަކެއްޗަށް ލޯބިކުރާ ކުއްޖަކަށްވާތީއެވެ. ގެއަށްދިއުމަށްފަހު އެބުޅަލުގެ ޒަޚަމްތައް އަހަރެން ސާފުކޮށްލީމެވެ. އޭރު އޭތި ސީދާ އަހަރެންގެ މޫނަށް ބަލަން އޮތެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ.

13 ޑިސެމްބަރ 2013

އެކުވެރިޔާއެވެ. އެނގޭހެއްޔެވެ؟ އެއްކަލަ ދުވަހަށްފަހު ކޮންމެ ދުވަހަކުވެސް އެބުޅާ އަހަރެންނަށް ފެނެއެވެ. އެސޮރު މިހާރު އަހަރެންނާ ނިކަން އޮޅެވެ. އަހަރެން ބޭރަށް ނުކުމެއްޖެނަމަ އަބަދުވެސް އަހަރެންގެ ފަސްފަހަތުން އެސޮރު އުޅެއެވެ.

އައިދުންއަށް މިމަންޒަރުތައް ފެންނާތީ އަހަރެންނާ ވަރަށް ދިމާކޮށްހަދައެވެ. އެއީ ކޮންބުޅަލެއްތޯވެސް އަހައެވެ. އަދި އެސޮރު އަބަދުވެސް އަހަރެންގެ ފަހަތުން އުޅޭތީ އެއީ އަހަރެންގެ ހަށިފާރަވެރިޔާތޯވެސް ކިޔައި މަލާމާތްކޮށް ހަދައެވެ. އޭނާއަށް އެވަނީ ހާާދަ ވަރެކެވެ. ވަރަށް ފޫހިވެއެވެ.

އަހަރެން އައިދުންދެކެ ރުޅިއަންނާތީ އެބުޅާވެސް އައިދުން ދެކެ ރުޅިއަންނަހެން ބައެއްފަހަރު އެސޮރުގެ އަމަލުތައްހުންނަ ގޮތުން ހީވެއެވެ. އެސޮރާހެދި އައިދުންއަށް އަހަރެންނަށް ޖެއްސުންކުރުންވަނީ އުނދަގޫވެފައެވެ. އެހެންކަމުން މިހާރު ތަންކޮޅެއް ހަމަޖެހިގެން އަހަރެންނަށް އުޅެވެއެވެ.

18 ޑިސެމްބަރ 2013

އެކުވެރިޔާއެވެ. އެނގޭހެއްޔެވެ؟ މިރޭ އައިދުންމެން ގޭގައި ޕާޓީއެއް އޮވެއެވެ. އެޕާޓީއަށް ވަނީ އަހަރެންނަށްވެސް ދައުވަތު ލިބިފައެވެ. ވަރަށް ފޫހިވެއެވެ. އެއްގޮތަކަށްވެސް އެފަދަ ތަންތަނަށް އަހަރެން ދާހިތެއް ނުވެއެވެ. އެކަމަކު ބައްޕަ ބުނުމުން އަހަރެންނަށް ޖެހުނީ ހަތިޔާރު ބެހެއްޓުމަށްފަހު އެކަމަށްވެސް އެއްބަސްވާށެވެ.

އަދި ބުނަންޖެއްޔެވެ؟ ބައްޕަ މިއަދު މެންދުރު އެގެއިން އައި އިރު އައީ އައިދުން ދިން ފާޑެއްގެ ހެދުމެއްވެސް ހިފައިގެންނެވެ. މިރޭ ޕާޓީއަށް ދާާއިރު އެހެދުން ލައިގެންދާން ބައްޕަ ބުންޏެވެ. އޭނާ އެއުޅެނީ މޮޔަވެގެންް ހެއްޔެވެ؟ އަހަރެންގެ އަތުގައި ލާނެ ހެދުމެއް ނެތީކީނޫންވިއްޔާއެވެ.

ބައްޕަ އެހެދުން ލައިފައިއޮތް ކޮތަޅު ދިނުމުން އަހަރެން އެހެދުން ނަގައި ބަލައިލީމެވެ. އެއީ ބަލައިލަން ކިތަންމެހައިވެސް ރީތި ހެދުމެކެވެ. މަޑު ނޫކުލައިގެ ގަޔަށް ބާރު ދިގުކޮށްހުރި ހެދުމެކެވެ. ހެދުމުގެ މޭމަތި ވަނީ ނުލާއި ހުދުކުލައިގެ މިނާތަކަކުން ނިކަން ރީތި ޑިޒައިނަކަށް ޖަރީކޮށްފައެވެ. އުޅަނބޮއްޓާއި ހަމައަށްހުރި އަތުގައި ވެސްވަނީ ކުދި ރޫތަކެއް ޖައްސައި ހިތްގައިމު ރީތި ގޮތެއް ހަދައިލައިފައެވެ. ފަސްބައިގައި ވަނީ ނުލާއި ހުދުކުލައިގެ ފުޅާ ރެބަން އަަޅައިފައެވެ.

އަހަރެންނަކީ އެއްއިރެއްގައިވެސް ގަޔަށް ބާރު ހެދުންލީ ކުއްޖެއްނޫނެވެ. ނަމަވެސް ބައްޕަ އެދުނީ ބައްޕަގެ ވެރިޔާ ދިން އެއްޗެއްވީމައި އެހެދުން މިރޭ ލުމަށެވެ. މައްސަލައެއް ނެތެވެ. ބައްޕައަށްޓަކައި އަހަރެން މިހެދުންވެސް ލާނީއެވެ. އެއްމެރެއެއްތާއެވެ.

މިއަދު އެއްގޮތަކަށްވެސް އަހަރެންނަށް އެއްކަލަ ބުޅަލެއް ނުފެނެއެވެ. އެހެންނާ ހެނދުނު ތެދުވެ އަހަރެން ގޭގެ ދޮރު ހުޅުވައިލާއިރުވެސް އެސޮރު ގޭގެ ފާރުމަތީގައި އޮވެއެވެ. އަނެއްކާ އެސޮރަށް ކަމެއްވީބާވައެވެ؟ މިދިޔަ ދުވަސްކޮޅު އެސޮރާއެއްކޮށް އުޅެއުޅެ މިއަދު އެސޮރުމަތިން ވަރަށް އެބަ ހަނދާންވެއެވެ.

މިހެން އިނދެވޭކަށްވެސް ނެތެވެ. މިހާރު ގަޑިން އެއޮތް 7 ޖަހަނީއެވެ. އެކުވެރިޔާއެވެ. 8:30 އެގެއަށް ދާން ޖެހެއެވެ. އަހަރެން މިދަނީ ތައްޔާރުވާށެވެ.

18 ޑިސެމްބަރ 2013

އެކުވެރިޔާއެވެ. އަހަރެން މިދަނީ އެގެއަށް ދާށެވެ. މިހެދުން ލީމައި އަހަރެން ވަރަަށް ރީތިކަމުގައި ބައްޕަ ބުންޏެވެ. އެކަމަކު މިހެދުން ގަޔަށް ހިފާފައި ހުންނާތީ އަހަރެންގެ ހަށިގަނޑުގެ ވަނާތައް ވަރަށް ބޮޑަށް ފާޅުވެއެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް ބައްޕަގެ އެދުމަކަށް ދެކޮޅުހަދާކަށް ނުކެރޭނެއެވެ.

އަަހަރެން ވަރަށް އެބަ ހާސްވެއެވެ. ކޮންމެވެސް ކަމެއް ވާންއުޅެނީއޭ ހިތަށް އަރަނީއެވެ. އަނެއްކޮޅުން މިފަދަ ހެދުމެއްގައި އެހައިބައިވަރު މީހުންގެ ކުރިމައްޗަށް ދާން ޖެހޭތީ އެކަމާވެސް އަހަރެން މިއިނީ ކަންބޮޑުވެފައެވެ.

މިއީ އަނެއްކާ ކޮންފަދަ ޕާޓީއެއްބާވައޭވެސް އެބަ ހިތަށްއަރައެވެ. މިރޭވެސް އައިދުންގެ އުނދަގޫ ތަހައްމަލުކުރަން ޖެހޭނެކަން ހަމަ ކަށަވަރެވެ. އަމުދުން އޭނާދިން ހެދުމެއް ލައިގެން ހުރުމުން އެއައިދުންގަނޑު ނިކަން ފޮނިވާނެއެެވެ. ވަރަށް ރުޅިއާދެއެވެ.

މިޕާޓީގައި ވާނީ ކިހިނެއްބާވައެވެ؟ މަޖާވާނެ ހެއްޔެވެ؟ ނޫނީ ފޫހިވެފައި އައިދުންގެ އުނދަގޫތައް ތަހައްމަލުކުރަން އަހަރެން އިންނަން ޖެހޭނީހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. އެކަމަކު އުފާވެރި ހަބަރެއް ދެން ހެއްޔެވެ؟ މިރޭގައި އަހަރެން ފޫހިވެދާނެތީ އަހަރެން އެގެއަށް ދާނީ ތިޔަ އެކުވެރިޔާ ގޮވައިގެންނެވެ. އޭރަށް ފޫހިވެއްޖެނަމަ އަހަރެންނާއެކުގައި ތިޔަ އެކުވެރިޔާވާން ނޫންހެއްޔެވެ.

“ދަރިފުޅާ” އެއިވެނީ ބައްޕަ ގޮވާ އަޑެވެ. އެކުވެރިޔާއެވެ. އަހަރެން ދާގަޑި ޖެހުނީއެވެ. އައިދުންގެ ފަރާތުން ދިމާވާާ ގޯނާތަކަށް ކެތްކޮށްލައިގެން ހުންނާނީއެވެ. އެކުވެރިޔާއެވެ. އަހަރެން ދެން ދަނީއެވެ. ޕާޓީގައިވާ ހުރިހައި ކަމެއްް އަހަރެން ތިޔަ އެކުވެރިޔާއާ ހިއްސާކުރާނަމެވެ.

** ** ** **

މަަލާކް ޖެހިގެން އިން ގަނޑު ބަލައިލިއެވެ. އެއްވެސް ލިޔުމެއް ނެތެވެ. ދެން ޖެހިގެން އިން ތިންވަރަކަށް ގަނޑުގައިވެސް އެއްވެސް ލިޔުމެއް ލިޔެފައެއް ނެތެވެ. މުޅިފޮތް އެއްކޮޅުން އަނެއްކޮޅަށް ބެލިއިރުވެސް އެދުވަހަށްފަހު އެއްވެސް އެއްޗެއް ލިޔެފައެއް ނުވެއެވެ.

މަލާކްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. އަނެއްކާ އެރޭ ޕާޓީގައި ރަންޔާއަށް ކަމެއްވީބާވައެވެ. ވީނަމަ އެއީ ކޮންކަމެއް ހެއްޔެވެ؟ އެރެއަށްފަހު ރަންޔާ އެއްވެސް އެއްޗެއް ލިޔެފައިނެތީ ކީއްވެހެއްޔެވެ؟ އަނެއްކާ އެއީ ކޮންބުޅަލެއް ބާވައެވެ. އެއްކަލަރޭގައި މަލާކަށް ފެނުނުބުޅާވެސް ރަންޔާ އެސިފަކޮށްދިން ބުޅަލާ ހާާދަ ވައްތަރެވެ. އެއީ އެއްބުޅަލެއް ހެއްޔެވެ؟

މަލާކަށް ދެފަރާތައް ބޯހޫރުވައި ލެވުނެވެ. ޖަވާބު ބޭނުންވާ އެތައްކަމެއް އެސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އައިދުން ގާތު އަހައިލަން ހިތަށް އަރައިފައިވެސް އެއީ މާާ ރަނގަޅު ޚިޔާލެއް ކަމަކަށް މަލާކްއަކަށް ގަބޫލެއްނުކުރެވުނެވެ. އެހެނަސް ރަންޔާއަށް އެވީގޮތެއް އެނގެން މަލާކް ނުހަނު ބޭނުމެވެ. ވިސްނިވަރަކަށް ބޮލަށް ބަރުވާންފެށުމުން އެންމެފަހުން އިންތަނުން ތެދުވެ ކޮޓަރިއާ ދިމާއަށް މަލާކް ހިނގައިގަތެވެ.

* * *

“ހަލޯ ބައްޕާ ކިހިނެއްތޯ؟” ޖޫސްތަށިން އެތިފޮތެއް ބޯލަމުން އައިދުން ފޯނުން ވާހަކަދެއްކިއެވެ. “އެހެންތަ. އަޅުގަނޑާ މަލްވެސް ހަމަ ބަރާބަރު. ބައްޕާ އަސްލު ކަމަކު ކިޔަން މިގުޅާލީ.” އެކޮޅުން ދެއްކި ވާހަކަތަކަށް ޖަވާބު ދިނުމަށްފަހު އައިދުން އޭނާ ގުޅި ސަބަބު ހާމަކޮށްލިއެވެ.

“ވެގެން މިއުޅޭ ގޮތަކީ އަޅުގަނޑުމެން މިކޮޅުން ފުރަން އޮތް ލޯންޗް މައްސަލައެއް ޖެހިގެން އަދިވެސް ރަނގަޅުނުވޭ. މިރަށުން މާލެދާން ފުރާނެ ދޯންޏެއްވެސް ނެތް. އެހެންވެ ބައްޕަމެން ތިކޮޅުން ލޯންޗްއެއް ފޮނުވައިދޭން ބުނަންވެގެން މިގުޅާލީ.” އިސްތަށިގަނޑުގައި އަތްހިންގައިލަމުން އައިދުން ބުނެލިއެވެ.

“އާން އޯކޭ. އެހެންމަ މާދަމާ ހަވީރަށް ދަތުރު ތައްޔާރުކުރަންވީ ދޯ. ތޭންކްސް ބައްޕާ.” ވާހަކަދައްކައި ނިމުމުން ހިނިތުންވެލައިފައި އައިދުން ފޯންކޯލް ނިންމައިލުމަށްފަހު ޖީބަށް ފޯން ލިއެވެ. އަދި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

* * *

ދަންވަރުގެ ވަގުތެވެ. އަރާމު ނިންޖަކުން ނިދައިލައިފައި އޮތް މަލާކަށް ސިހިފައި ހޭލެވުނީ ކަންފަތްދޮށުގައި އޭނާގެ ނަމުން މީހަކު ގޮވައިލީމައެވެ. ދެލޯ އުނގުޅަމުން ތެދުވެ މަލާކް ވަށައިގެން ހޯދައިލިއެވެ. ގާތުގައި އައިދުން ނިދައިލައިފައި އޮތެވެ. މަލާކްގެ ނަޒަރު ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ހުއްޓުނެވެ. އޭރުން ގަޑިން 2 ޖަހަނީއެވެ.

“މަލާކް.” ވިސްނުމެއްގައި އިން މަލާކް އަނެއްކާވެސް ސިހިގެން ދިޔައީ އޭނާގެ ނަމުން މީހަކު ގޮވައިލިއަޑު އިވިފައެވެ. އައިދުންއަށް ބަލައިލުމަށްފަހު މަލާކް އެނދުން ތެދުވެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ދޮރުހުޅުވައިލުމަށްފަހު މަލާކް ކޮޓަރިން ބޭރަށް ނުކުމެ ދެފަރާތައް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުއްލިއަކަށް ބަޔަކު ޒުވާބުކުރާ އަޑަށް މަލާކް ސިހިފައި ކަނައަތް ފަރާތައް ބަލައިލީ އެއަޑު އަންނަނީ އެދިމާއިން ކަމަށް ވާތީއެވެ.

މަލާކްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. އެހެންނާ ނުހުޅުވާާ ކޮޓަރިއެއްގެ ދޮރު ހުޅުވިފައި ހުރުމުންނެވެ. އެއީ މަލާކްމެން ކޮޓަރިއާއި ޖެހިގެން ދެކޮޓަރި ދޫކޮށްފައި ހުރި ކޮޓަރިން އަންނަ އަޑެއްކަން މަލާކްއަށް އެނގުނީ އެކޮޓަރީގެ ހުޅުވިފައިހުރި ދޮރު ފެނުމުންނެވެ. އެގެއަށް މަލާކް އައިފަހުން އެމީހުންގެ ކޮޓަރިއާއި ގޭގައި ގެންގުޅޭ ދެމީހުންގެ ކޮޓަރިފިޔަވައި އިތުރު ކޮޓަރިއެއް ހުޅުވައިފައި ހުއްޓާ މަލާކް ނުދެކެއެވެ. ހައިރާންވީ އެހެންވީމައެވެ. ގޭގައި ގެންގުޅޭ ދެމީހުންވެސް ނިދަހައި ހަދަނީ ތިރީބައިގައި ހުންނަ ދެކޮޓަރީގައެވެ.

އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު މަލާކް އެދިމާއަށް ހިނގައިގަތެވެ. ހުޅުވިފައިހުރި ކޮޓަރީގެ ދޮރު ކައިރިއަށް މަޑުކޮށްކުމަށްފަހު ސިއްރު ސިއްރުން އެތެރެ ބަލައިލިއެވެ. ފެނުނު މަންޒަރުން މަލާކްގެ ބޮލަށް އެނބުރުން ނޭރީ ހަމަ ކިރިޔާއެވެ.

“ރަންޔާ. އައިދު.” މަލާކަށް ވައިއަޑަކުން ކިޔާލެވުނެވެ. އެކޮޓަރީގައި ހުރި އެނދުކައިރީގައި ތިބެގެން ރަންޔާއާއި އައިދުން ޒުވާބުކުރަމުން ދިޔައެވެ. މަލާކަށް މިމަންޒަރުތައް ފެންނަމުންދިޔައީ ކޮންމެވެސް ވަރަކަށް ފުސްކޮށެވެ.

ރަންޔާ ލައިފައިހުރި ހެދުން ފެނި މަލާކްގެ ލޯބޮޑުވެގެން ދިޔައެވެ. އެއީ އައިދުންގެ ދައުވަތައް ޕާޓީއަށް އައި ރޭގައި ރަންޔާ ލައިގެން ހުރި ހެދުމެވެ. މަލާކަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. މިއީ ކޮންކަންތައްގަނޑެއް ބާވައެވެ؟ އަނެއްކާ މިއީ ހުވަފެނެއް ހެއްޔެވެ؟ ގައިމު އޭނާ ކޮޓަރިން ނުކުތްއިރު އައިދުން އޮތީ ނިދައިފައެވެ. ދެން މިތާގައި އައިދުން ކީއްކުރަނީ ބާވައެވެ؟

އައިދުން ލައިފައިހުރި އަންނައުނު މަލާކްގެ ލޮލުގައި އަޅައިގަތީ ދެނެވެ. ނޫކުލައިގެ ކޯޓް ފަޓުލޫނު ފެނުމުން ޕާޓީއަކަށް ތައްޔާރުވެފައިވާކަން ދޭހަވެއެވެ. މަލާކަށް ވާނުވާ ރެއަކާލީ ދެނެވެ. އަނެއްކާ މިއީ ރަންޔާ އެބުނާ ޕާޓީގައި ހިނގި ހާދިސާއެއްބާވައެވެ؟ އެކަމަކު އެއީ ހާދަ ދުވަހެއް ކުރިއެވެ. ކުއްލިއަކަށް މިފަދަ ގޮތަކަށް އޭނާއަށް މިމަންޒަރުތައް ފެންނަންވީ ކީއްވެހެއްޔެވެ؟ މަންޒަރުތައް ފެންނަމުންދިޔަ ގޮތުން ހީވަނީ ކުރިމަތީގައި ބަޔަކު ކުޅެމުންދިޔަ ޑްރާާމާއެއްހެންނެވެ.

އައިދުން ހުރީ ރަންޔާގެ އަތުގައި ނިކަން ބާރަށް ހިފަހައްޓައިގެންނެވެ. ރަންޔާ ގަދަހަދަމުން ދިޔައީ އެއަށްދަށުން ސަލާމަތްވެވޭތޯއެވެ. އޭރު އެނިކަމެތި އަންހެންކުއްޖާވަނީ ރޮއެރޮއެ މުޅި މޫނު އެއްކޮށް ރަތްވެފައެވެ.

“ހެޔޮނުވާނެ އައިދުން. އަހަރެން ދޫކޮށްލާ. އަހަރެންނަށް ތިހެން ނުހަދާ. އަހަރެން އައިދުންއަށް ކޮންއުނދަގުލެއްތަ ކުރީ؟” ރޮވިފައި ރަންޔާ ބުނެލިއެވެ.

“އޯހް ރަންޔާ. އެނގޭތަ މިރޭ ރަންޔާ ހާދަ ލޯތްބޭ. ތިހެދުން ލީމަ ރަނޫގެ ރީތިކަން އަދި މާފުރިހަމަ. ތިހިރަ ރީތި ވަނާތަކެއް. އަހަރެން މޮޔަވާވަރުވޭ. ދެން އިތުރަކަށް ކެތެއް ނުވާނެ. ތިމަލުގެ ލައްޒަތައްއެދި ކަރުހިއްކައި ގަނެފައި ހުރިވަރު އެނގޭނީ ހަމަ އަހަރެންގެ މިހިތައް.” ރަންޔާގެ ހަށިގަނޑަށް ނަޒަރު ހިންގައިލަމުން އައިދުން ބުނެލި ޖުމުލަތަކުން ރަންޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މަލާާކަށްވެސް ދެފަރާތަށް ބޯހޫރުވައިލެވުނީ އިވުނު ވާހަކަތަކެއްގެ ސަބަބުންނެވެ.

ރަންޔާާ އައިދުން އަތުން ވީއްލިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. “ނޫން ނޫން. އަހަރެންނަށް ތިހެން ނުހަދާ. އަހަރެން އާދޭސްކުރަން. ހެޔޮނުވާނެ އައިދުން. އަހަރެން ދޫކޮށްލާ. ދޫކޮށްލާ.” ބާރަށް ރޮއިގަންނަމުން ރަންޔާ އާދޭސްކުރަން ފެށިއެވެ.

“ދޫކޮށްލާށޭ؟ ކިހިނެއް ދޫކޮށްލާނީ؟ މިއޮތް ހުރިހައި ދުވަހު އަހަރެންކުރި ދިގު އިންތިޒާރުގެ ބަދަލުގައި އަހަރެންނަށްވެސް ކޮންމެވެސް އެއްޗެއް ލިބެން ޖެހޭނު. ކަލޭ ހީކުރީ ކީކޭކަމަށްތަ؟ އަހަރެން ކަލޭ އެހައި ފަސޭހައިން ދޫކޮށްލާނެ ކަމަށްތަ؟ އަހަރެން މިއޮތް ހުރިހައި ދުވަހު ކަލޭގެ ފަހަތުން އުޅުނީ މިރީތި ހަށިގަނޑުގެ ބޭނުމުގަ. ތިމަލުން އެންމެ ފުރަތަ ފޮނިކޮޅުބޯ މީހަކަށް އަހަރެންވާން ބޭނުންވާތީ.” ރަންޔާގެ މޫނުގައި ފިރުމައިލަމުން މަސްތީގޮތަކަށް އައިދުން ބުނެލިއެވެ.

“ނޫން އައިދުން. ނޫން. އަހަރެން ގައިން ދޫކުރޭ.” ރަންޔާ އަޑުގެ ނެތްތަނަށް ހަޅޭލަވައި ގަތެވެ. އެއާާއެކު ނުލަފާ ފާޑަކަށް އައިދުން ހޭންފެށިއެވެ.

“ކާކަށް އަޑުއިވޭނެކަމައްތަ ތިހަޅޭލަވަނީ؟ ގޭގައި ނެތް އެކަކުވެސް. އެކަން ކަލެއަށްވެސް އެނގެއެންނު. ދެން އެއޮތީ ކަލޭގެ ބައްޕަ. ހޭނެތިފަ. އަޑެއްނީވޭނެ. އެކަކުވެސް ނާނާނެ.” މަލާމާތުގެ ފާޑަކަށް އައިދުން ބުނެލިއެވެ.

“ކަލޭތީ އިންސާނެއްތަ؟ އިންސާނުންގެ އޮންނަ ހިތޭ މިކިޔާ ގުނުވަން ކަލޭ އަތުގަ ނެތްކަން މިއަދު އަހަރެނަށް އެނގިއްޖެ. ތީ އެއްވެސް ރަހުމެއްނެތް މީހެއް. ބަލަ މަގޭ ބައްޕައަށްވެސް އެހެން ހެދީ އައިދުން އެންނު. އެއޮތީ އަހަރެންގެ ބައްޕައަށް ހަދައިލައިފައި އޮތް އިހާނެތި ގޮތް. އަހަރެން ކަލެއަކަށް ދުވަހަކުވެސް މައާފެއް ނުކުރާނަން.” ރުޅި އައިސް ރަތްވެފައި ރަންޔާ ބުނެލިއެވެ. ރަންޔާގެ ވާހަކަތައް އަޑުއިވުމުން ނުބައި ގޮތަކަށް ރަންޔާއަށް ބަލައިލުމަށްފަހު ކޮޓަރީގެ ކާޕެޓް މައްޗަށް ވެއްޓިފައި އޮތް ރަންޔާގެ ބައްޕައަށް އައިދުން ބަލައިލިއެވެ.

“އެއީ ކަލޭގެ ބަފާ އަމިއްލައަށް ލިބިގަތްކަމެއް. ބަލަ އަހަރެން ކުރަން އުޅުނު މަސައްކަތައް ހުރަސް ނޭޅިނަމަ އެހެނެއް ނުވީހެއްނު. އެހެންވީމަ އެކަމުގެ އިލްޒާމް އަހަރެންގެ ބޮލުގަ ނާޅުވާ. އަޑުއިވިއްޖެ.” ރަންޔާގެ އަނގައަށް ބާރަށް ފިތައިލަމުން އައިދުން ރުޅިއައިސްފައި ބުނެލިއެވެ. ވީތަދުން ރަންޔާއަށް ދެލޯ މަރައިލެވުނެވެ.

ނަމަވެސް ރަންޔާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އައިދުން އޭނާގެ އަތުން ދޫކޮށްލި ވަގުތު ބަލައިފައި އައިދުންގެ މޭގައި އަތްއަޅައި ދުރަށް ކޮށްޕައިލިއެވެ. އަދި ދޮރުން ބޭރަށް ނުކުތުމަށް ދުއްވައިގަތެވެ.

ރަންޔާގެ އަމަލުން ސިހުނު ނަމަވެސް އައިދުން ހުޝިޔާރުކަމާއެކު ދުއްވައިގަތް ރަންޔާގެ ފަންދިގު އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައި އަތަށް އޮޅައިލިއެވެ.

“އައްދޯ. ދޫކޮށްބަލަ. ތަދުވެޔޭ.” ރޮއެގަންނަމުން ރަންޔާ ވޭނީ އަޑަކުން ހަޅޭލަވައިގަތެވެ. އެއަޑުން މުޅި އެގެ ގުގުމައިގެން ދިޔައެވެ. “ތިހާ ފަސޭހައިން އަހަރެންގެ އަތްދަށަކުން ސަލާމަތެއް ނުވެވޭނެ.” ދަމާާފައި ގެންގޮސް ރަންޔާާ އެނދުމައްޗަށް ހޫރައިލަމުން ރުޅިއައިސްފައި އައިދުން ހަޅޭލަވައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އިންތިޒާރު ކުރި ލޯބި (13)

Next

ބިކަވި ހަޔާތް (1)

Next
October 18, 2017

ބިކަވި ހަޔާތް (1)

Previews
October 18, 2017

އިންތިޒާރު ކުރި ލޯބި (13)

35 Comments!

  1. Naufa says:
    October 18, 2017 at 2:57 pm

    Assalaam alaikum.. Miothy mi story ge 9 vana bai.. Hope all will like this part too.. If there is a mistake plx let me know.. Hv a nice day all.. Ly ❤?

  2. Aicha says:
    October 18, 2017 at 3:06 pm

    V reethi ekam haadha kurey

    1. Naufa says:
      October 18, 2017 at 3:08 pm

      Thanks aicha?

  3. Naape says:
    October 18, 2017 at 3:13 pm

    Wow varah salhi… keep it up LY ?

    1. Naufa says:
      October 18, 2017 at 9:12 pm

      Thanks dear❤?

  4. Anonymous says:
    October 18, 2017 at 3:26 pm

    varah reethi

    1. Naufa says:
      October 18, 2017 at 3:28 pm

      Thank u?

  5. kail says:
    October 18, 2017 at 3:34 pm

    oh vaahaka hama habeys
    KEEP IT UP NAU

    1. Naufa says:
      October 18, 2017 at 3:35 pm

      Thanks kail?

  6. SJK says:
    October 18, 2017 at 3:34 pm

    woww. varah salhi. keep up the good works dear 🙂 waiting for the nxt part!!

    1. Naufa says:
      October 18, 2017 at 3:36 pm

      Thank u soooo much sjk.. N waiting for ur stry too.. May god bless ur work.. ❤

  7. khajja says:
    October 18, 2017 at 3:36 pm

    Alhey haadha hiythelhey hisaabakashey thinimmaaly adhi ehaame kurukon thi up kuryves stry v v amazing whn nxt prt mirey adhi prt eh up kodhdhybala plx plx plx?????❤????

    1. Naufa says:
      October 18, 2017 at 3:38 pm

      Thank u soooooo much khajja.. Alhey kurutha? Ekm ehn parts thakahvurevx dhigukoh mi part liyuny.. Hehe.. Will try ingey dear.. ?❤?

  8. mamee says:
    October 18, 2017 at 3:45 pm

    alhy vvv salhi ebunaahen v hihthelhy hisaabakun thinimaely kurimathin emanzaru feni feni huhta v best ….kuriyah oe bayah inthizaarkuran…..???????????????????????

    1. Naufa says:
      October 18, 2017 at 4:11 pm

      Thanks mamee❤❤❤????

  9. mamee says:
    October 18, 2017 at 3:50 pm

    aslu kiyaahivvaaleh boduvefa ehaa foorigada hisaabakun nimuneema heevaane v kudathankolheh hen liyefahury dhw mivaru rahngalhu.

    1. Naufa says:
      October 18, 2017 at 4:12 pm

      Aan dhw.. Vedhaane.. Hehe

  10. Lam says:
    October 18, 2017 at 3:59 pm

    Salhi ingey naufa…vv wait kutevey

    1. Naufa says:
      October 18, 2017 at 4:13 pm

      Thanks lam.. ❤

  11. jjey ? says:
    October 18, 2017 at 6:30 pm

    Nice.❤ waiting ?

    1. Naufa says:
      October 18, 2017 at 6:46 pm

      Thanks jjey.. ?❤

  12. Ibra says:
    October 18, 2017 at 6:38 pm

    Superb! When is next part pls?

    1. Naufa says:
      October 18, 2017 at 6:46 pm

      Thanks ibra?

  13. Kul says:
    October 18, 2017 at 7:02 pm

    Nice

  14. Kul says:
    October 18, 2017 at 7:04 pm

    Waahaka warah reethi

    1. Naufa says:
      October 18, 2017 at 9:13 pm

      Thanks dear❤?

  15. Ilha says:
    October 18, 2017 at 8:16 pm

    V reethi mipartves ekan thankolheh kuree. Dhen inpart dhigu kohlachey.waiting❤❤

    1. Naufa says:
      October 18, 2017 at 8:27 pm

      Thanks ya will try.. ❤❤

  16. Aisha says:
    October 18, 2017 at 10:49 pm

    Wowww vr salhi keep it up?❤

    1. Naufa says:
      October 18, 2017 at 10:51 pm

      Thanks dear❤?

  17. Anonymous says:
    October 19, 2017 at 9:13 am

    ehen v ma mihuriha dhuvahu e room ga bandhu koffa evany ranya ge bappa dhw…

    1. Naufa says:
      October 19, 2017 at 9:26 am

      Lets see dhw.. Who it is.. ?

  18. Yalun says:
    October 19, 2017 at 9:47 am

    Nyc story?

    1. Naufa says:
      October 19, 2017 at 9:52 am

      Thanks yalun❤

  19. it's ur fan?? says:
    October 20, 2017 at 8:48 am

    Eyy alhugaa ah mihaaru yageen varah bodah ranya ge daddy henn e kotereega bandhu koffa innany…waau..hiy thelhili vaguthu vhk nimejje..

Comments are closed.

Next Episodeހަވޭލީ (10)←


All Right Reserved!