Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީލާމް-14

Xeesh Level 110 Stories
October 18, 2017 4 Mins Read
14 Comments

އީލާމް ގެއަށް ދިއުމަށް ދަބަހަށް ފޯނާ އެއްޗެހި ލާ ރެޑީވެލިއެވެ.ކުރިއަށް އޮތް ތިން ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން އޮފީސް ނުހުޅުވާ ގޮތަށް ނިންމާ ހުރިހާ ސްޓާފުންނަށް މެސެޖް އެއް ކޮށްލުމަށް ހިއުމަން ރިސޯސް މޭނޭޖަރ ނީވާ އަށް ލޭންޑް ލައިން އިން ގުޅާލިއެވެ. އެދެމެދުގައި ވާހަކަދެކެވެމުން ދިޔައިރު ކެބިން ގެ ދޮރު ހުޅުވުނު އަޑު އިވުނުހެން ހީވެގެން އީލާމް ފަހަތަށް ބަލާލިއެވެ . އީލާމް އަށް ހަޅޭލަވައިގަނެވުނެވެ. ކުރިމަތިން ވަޅިއެއް ހިފައިގެން މޫނު ފޮރުވައިގެން ހުރި މީހަކު އޭނާއާއި ދިމާލަށް އަންނަތަން ފެނުމުން އީލާމް އަށް ދުއްވައިގަނެވުނެވެ. ފޯނު ނު ކެނޑި އޮތުމުން އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ނީވާއަށް ކަމެއް ގޯސްވެއްޖެ ކަން އިނގުނެވެ. ނީވާ ފޯނުގައި ހުރެ އޮފީހަށް އައުމަށް މިސްރާބު ޖެހިއެވެ. އީލާމް އަށް ކެބިން އިން ނިކުންނާނޭ ގޮތެއް ނެތުމުން ފައިލްހަރުގަނޑާ ކައިރިވެލިއެވެ. ގައިގެ އެކި ތަންނަށް ވަޅި ހެރިގެން ދިޔައިރު އޭނާގެ ރުއިމުގެ އަޑު މުޅި އޮފީހުގައި ހިތްޕާލިއެވެ. އެ ފރިހެން މީހާ ދިއުމުގެ ކުރިން އީލާމް ގައިމައްޗަށް ފައިލް ހަރުގަނޑު ވައްޓާލުމަށްފަހު ، ދިއުމަށް މިސްރާބު ޖެހިއެވެ. ނީވާ އޮފީހަށް އައި މަގުމަތީ ޕޮލިސްއަށް ގުޅާލީ އޭނާ ކަނޑާނުލާ އޮތް ފޯނުން އީލާމްގެ ރުއިމުގެ އަޑު އިވުމުންނެވެ. އޯޝަން ޓުއަރސް ބިލްޑިންގް ކައިރީ ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު އީލާމްގެ ހަބަރު ހުސްވެފައިވާ ހަށިގަނޑު ސްޓްރެޗަރެއްގައި އެމްބިއުލޭންސްއަށް އެރުވިއެވެ. އޭރު އޭނާގެ މުޅި ހެދުން ވަނީ ލެއިން ފޯވެފައެވެ. ނީވާ އަށް ބިރުން ތެޅެގަނެވުނެވެ. ސްކައި ހައުސްއަށް އީލާމްގެ ހަބަރު ދިޔުމާއެކ ޑރ.މަހޭޝް އަދި މެހެރޫވެސް ތެޅިގަތީ އީލާމް ކައިރިއަށް ހޮސްޕިޓަލް އަށް ދިއުމަށެވެ. އަމާން އޭނާގެ ބޭބެއަށް  ގުޅާލުމަށްފަހު ހަބަރު ދިނީ އޭނާގެ ބައްޕަގެ އެދުމުގެ މަތިންނެވެ.

06 ގަޑިއިރު ތިއޭޓާރ ގައި އީލާމްއަށް ފަރުވާ ދިނުމަށް ޑޮކްޓަރުންގެ ޓީމުން ހޭދަކުރުމަށްފަހު އޭނާއާއި ބެހޭ އެންމެ ފަހުގެ ހަބަރު ދިނުމަށް އެންމެ އިސް ޑޮކްޓަރ ބޭރަށް ނިކުތެވެ. ” އީލާމް ގައިގައި ވަޅި އަޅާފައިވާ ތަންތަން ފަހަމުން މިދަނީ ، ފުރާނައަށް ގެއްލުންވާ ހާ ފުންކޮށް ޒަހަމްއެއް ނެތް ނަމަވެސް ހޭ އަރަންދެން އައިސީޔޫގައި ބާއްވަން ޑޮކްޓަރުން އެބަ ލަފާ ދެއްވާ ” . ޑޮކްޓަރ އެލެކްސް ދެއްކި ވާހަކައިން މެހެރޫއަށް ހިތާ ހިތުން ޝުކުރުވެރިވެ ހެއްދެވި ފަރާތަށް ދުއާކޮށްލިއެވެ. އަބީ އަށް ފްލައިޓް އިން ޖާގަ ލިބުނު އެންމެ އަވަހަކަށް އޭނާ އަނބުރާ އީލާމް ކައިރިއަށް އައުމަށް މިސްރާބު ޖެހިއެވެ. އަބީ ދުވަމުން ދުވަމުން އައިސް ހޮސްޕިޓަލްއަށް ވަނީ އޭނާގެ އަނބިމީހާގެ ހާލަތާއި މެދު އަމިއްލަ މީހާ ކުށްވެރި ކުރާ ހާލުގައެވެ. މެހެރޫ އާއި މަހޭޝް އައިސީޔޫގެ ކައިރީ އިށީދެލައިގެން ތިބިއިރު އަބީ ފެނުމުން ދެމީހުންނަށްވެސް އެއްފަހަރާ ކޮއްޅަށް ތެދުވެވިއްޖެއެވެ. އަބީ އޭނާގެ މަންމަމެންނާއި ކައިރި ވެލުމަށްފަހު ބިއްލޫރި ދޮރުގެ ބޭރުގައި ހުރެ އީލާމް އޮތް އެނދާއި ދިމާލަށް ބަލާލިއެވެ. އަބީ ގެ ދެލޮލޮން ފައިބަމުން ދިޔަ ކަރުނަތައް މެހެރޫއަކަށް ބަލާކަށް ކުޅަދާނައެއް ނުވިއެވެ. ” ދަރިފުޅާ ހާސް ނުވޭ އީލާމް ރަނގަޅު ، ހެއްދެވި ފަރާތަށް ދުއާ ކުރޭ އީލާމްއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ” މަހޭޝް އޭނާގެ ދަރިފުޅު ގައިގައި ފިރުމަމުން ނަސޭހަތް ދެމުން ދިޔައެވެ. ދެ ދުވަހު އައިސީޔޫގައި އީލާމް ބޭއްވުމަށްފަހު ހޮސްޕިޓަލްގެ ކޮޓަރިއަކަށް ބަދަލުކުރިއެވެ. އީލާމް ގަޔަށް އައިވީ އެއް ގުޅާފައިވާއިރު އޭނާގެ ގައިގެ 04 ތަނެއް ވަޅިން ވަނީ ޒަހަމްކޮށްލާފައެވެ.  އަބީ އީލާމްގެ އެނދު ކައިރީ ގޮނޑިއެއް ބޭންދުމަށްފަހު އިށީނދެލައިގެން އޮތް އިރު އަބީގެ ހިތުގައި އެތަކެއް ޝަކުވާތަކެއް އުފެދުނެވެ. ދެމީހުންގެ ގުޅުން ނުރަނގަޅުވެފައިވަނިކޮށް މި ދިމާވި ހާދިސާ ގައި އަބީއަށް ކުށްވެރިކުރެވެނީ އޭނާއެވެ. ފުލުހުންގެ ޓީމުން ޝައްކު ކުރެވޭ މީހުން ހޯދުމުގައި އުޅެމުން ދިޔައިރު ، އިރު އިރުކޮޅުން އަބީއަށް އެންމެ ފަހުގެ ހަބަރު ދެމުން ދިޔައެވެ. އަބީ ނީވާއަށް ގުޅާލީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ވީޑިއޯ ފުޓޭޖް ފެންނަން ނެތީ ކީއްވެތޯ ސުވާލު ކޮށްލުމަށެވެ. އަބީއަށް އިނގޭހާވެސް އެއްޗަކީ މިކަމުގައި އޮފީސް ކޮންމެވެސް މީހެއްގެ އަތެއްވާކަމެވެ. ހިޔާލުތަކަށް ގެއްލިފައި އިން އަބީ ސިއްސައިގެން ދިޔައީ “ބައްޕާ” އޭ ކިޔާފައި އީލާމް ގޮވަން ފެށުމުންނެވެ. އަބީ އީލާމް އާއި ދިމާލަށް ބަލާލީ ކިޔަނީ ކީކޭ ކަން ނޭގޭތީވެއެވެ.” ބައްޕާ އަޅުގަނޑު ސަލާމަތް ކޮށްދީ ” އަބީ އީލާމްއަށް ގޮވާލިއެވެ. “އީލާމް ،އީލާމް ” އަބީ އޭނާގެ މޫނުގައި ހިފަހައްޓާ އަބީ އާއި ދިމާލަށް އަނބުރާލިއެވެ. އީލާމް އަބީއާއި ދިމާލަށް ބަލަން ކުޑަ އިރުކޮޅަކު ހުރުމަށްފަހު އަބީ ގައިގައި ބައްދާލިއެވެ. އަބީ އީލާމްގެ ބޮލުގައި ފިރުމަމުން ދިޔައިރު އޭނާއާއި އިތުރު ވާހަކައެއް ނުދައްކައެވެ. އީލާމް އެނދުގައި ރީތި ކޮށް ބާއްވާލުމަށްފަހު އަބީ ޑޮކްޓަރަށް ގޮވާލިއެވެ. ޑޮކްޓަރު އައިސް ކޮޓަރިއަށް ވަނުމަށްފަހު އީލާމްގެ ފައިލް ނަގާ އޭނާގެ ހާލަތު އަބީއަށް ކިޔައިދެމުން ދިޔައެވެ. އީލާމް އަޑުއަހަން އޮތް ނަމަވެސް އޭނާގެ ޝައުގެއް ޑޮކްޓަރު ދައްކާ ވާހަކައަކަށް ނެތެވެ. އޭނާއަށް ހުރިހާ ކަމެއްވެސް ހަނދާންވެއްޖެއެވެ. އީލާމް އަށް އޭނާއަށް ހަނދާންވިކަން އެނގުމުން އަބީ އަށް އެ އުފާވެރި ހަބަރު ދިނުމަށް ބޭނުންވިއެވެ. ޑޮކްޓަރު ނިންމާލާފައި ދަމުން އީލާމް އާއި ދިމާލަށް އެނބުރި ލުމަށް ފަހު ” އީލާމް އެންޑް އަބީ ، ކޮންގްރެޓްސް ” ޑޮކްޓަރު އެހެން ބުނުމުން އަބީ ޑޮކްޓަރާ ދިމާލަށް އެއްބުމަ އަރުވާލުމަށްފަހު ކޮންކަމަކާ ތޯ ސުވާލުކޮށްލިއެވެ. ” ޔުރ ވައިފް އިޒް ވަން މަންތް ޕްރެގްނެންޓް ، ޑޯންޓް ޔޫ ނޯ” ޑޮކްޓަރު ބުނި ޖުމްލައިން އަބީ އަށާއި އީލާމް އަށް އެއްފަހަރާ ކީކޭތޯ އަހާލެވުނެވެ. ޑޮކްޓަރު އެ ބުނި ވާހަކަ ތަކުރާރު ކޮށްލުމުން އަބީ އާއި އީލާމް އުފަލުން ފޮޅުނެވެ. ކައިވެނިކޮށްގެން މި ހޭދަވި 04 މަސްތެރޭ އީލާމް އާއި އަބީވެސް މިކަމާ ބެހޭ ގޮތުން އެއްވެސް ވަރަކަށް ވާހަކަ ދެއްކިފައެއް ނުވެއެވެ. އީލާމް އަށް ކުރެވުނީ ތަފާތު އިހްސާސްތަކެކެވެ. އެތައް ދުވަހެއް ވަންދެން އޭނާގެ ހަނދާނުގައި ނެތް ކަންތައް އާވުމުން އެކަމުގެ އުފަލުގައި އިންދާ ދެން މި ލިބުނު ހަބަރުން ދެން ހަދަންވީ ކިހިނެއްކަމެއްވެސް އޭނާއަކަށް ނޭނެގުނެވެ. ޑޮކްޓަރު ދިއުމުން އަބީ އޭނާގެ ލޯބިވާ އަނބިމީހާ ގައިގައި ބައްދާލީ ޝުކުރުވެރިވާ ހާލުގައެވެ.އީލާމް ދެލޯ މަރާލީ އޭނާގެ ހާލާއި މެދު ވިސްނާލާފައެވެ. އަލީޒާ ވިހަން ތައްޔާރުވެފައި ވަނިކޮށް އޭނާއަށް މި ދިމާވި ހާދިސާއާއި ހެދި އޭނާ ބޯހާސް ވާ ގޮތްވިއެވެ. ބަނޑު ބޮޑު ވުމުން އުފާ ވާންވީ ކަމެއް ހިތާމަ ކުރަންވީ ކަމެއްވެސް ނޭނގުނެވެ.

ހާދިސާއަށް ހަފްތާއެއް ވީއިރު އީލާމްވެސް ދުވަހެއް ދުވަހަކަށް ރަނގަޅު ވަމުން އަންނާތީ އޭނާ ގެއަށް ބަދަލު ކުރުމަށް ޑޮކްޓަރުން އެއްބަސްވިއެވެ. އަބީ އޭނާ ގޮވައިގެން އޯޝަން ރެޒިޑެންސްއަށް ދިއުމުން މެހެރޫ އެކަމާ ވަރަށް ހިތްހަމަ ނުޖެހުނެވެ. މެހެރޫ ބޭނުންވަނީ އީލާމް އޭނާގެ ކައރީގައި ހުރުމަށެވެ. ނަމަވެސް އަބީ އީލާމް ބަނޑު ބޮޑު ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާނޭ ކަމަށް އީލާމް ކައިރީ ވައުދުވިއެވެ. ވައުދު ނުވާންވީ ސަބަބެއް ނެތެވެ. ކުށެއް ނެތް އީލާމްއަށް ހައްގު ނުވާވަރުގެ ބޮޑު އަދަބެއް ލިބިގެން ދިޔައީވެސް ކީއްވެ ކަން ނޭންގޭތީވެ އަބީ އީލާމް އަށް އިތުރު ގެއްލުމެއް ލިބޭ ފަދަ ކަމެއް ވިޔަ ދޭކަށް ބޭނުމެއްނޫނެވެ. އަބީ ގެ ސިއްރު ގެއާއި ބެހޭ ގޮތުން އެކަކަށްވެސް މައުލޫމާތެއް ލިބިފައި ނެތެވެ. އަދި އެއްވެސް މީހަކު ގޮވައިގެން މި ގެއަށް އައިސްފައެއް ނުވެއެވެ.އެހެންކަމުން އަބީ ބޭނުންވަނީ އަލީޒާގެ އުނދަގޫ ފިލަންދެން ހުރިހާ ކަމެއްވެސް ސިއްރު ކުރާށެވެ. އީލާމް ބަނޑު ބޮޑުވުމުން އަބީ އޭނާއަށް ދޭ ސަމާލުކަން އިތުރުވެގެން ދިޔައެވެ. ގިން ވަގުތު އޭނާގެ ހިދުމަތްު ގައި ހޭދަކުރަން ފެށި ފަހުން އީލާމް އަށް އޭނާގެ މާޒީ އާއި ބެހޭ ގޮތުން ވިސްނާލަށް ޖާގައެއް ނުލިބުނެވެ.

އެއްދުވަހެއްގެ ހެނދުނެވެ. އަބީ ހެނދުނު އޮފީހަށް ދިއުމުން އީލާމް އޭނާގެ ފޯނު ނަގައި އޭނާގެ ބައްޕަގެ ނަންބަރު ހަނދާން ކޮށްލިއެވެ. ހަނދާންވާ ގޮތަށް ނަންބަރު ޖަހާލުމަށްފަހު ޑައިލް ކޮށްލިއެވެ. ދެފަހަރު ފޯނު ރިންގްވިތަނާހެން ފޯނު އެކޮޅުން ނެގިއެވެ. ” ހަލޯ ، ހަލޯ ، ” އީލާމް ގެ އަޑު ބެދުނެވެ. އެއީ އޭނާގެ ބައްޕަގެ އަޑެވެ. ނަމަވެސް ވާހަކަ ދައްކާނެ ހިތްވަރެއް ނެތެވެ . އެކޮޅުން ފޯނު ކަނޑާލުމުން އީލާމް ގެ ދެލޮލުން ކަރުނަތައް ފައިބައގެން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. މިހާލުގައި އިނދެ އަބީ ކައިރީގއި އޭނާގެ ހުރިހާ ކަމެއް ހަނދާންވެއްޖެ ކަމަށް ބުނެފިނަމަ އަބީ ކަންތައް ކުރާނީ ކިހިނެއް ކަމެއް ނޭނގެއެވެ. މި ވަގުތު ބައްޕައަށް މި ހަބަރު ދީފިނަމަ ބައްޕަ ހާސް ވުން ނޫން އިތުރު ކަމެއް ނުވާނެއެވެ . އީލާމް ފޯނުގައި ނަންބަރު ސޭވް ކޮށްލީ ޑެޑީ ޖަހާފައެވެ. އަދި ކަންތައްތައް ހަމަޔަކަށް އެޅުމުން ގުޅުމަށް ނިންމިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ތި ލޯތްބަށްޓަކައި (28)

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ…..

Next
October 18, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ…..

Previews
October 17, 2017

ތި ލޯތްބަށްޓަކައި (28)

14 Comments!

  1. xaari says:
    October 18, 2017 at 9:30 am

    nice

    1. Xeesh says:
      October 18, 2017 at 11:22 am

      Thanks Xaari 🙂

  2. zaa says:
    October 18, 2017 at 10:39 am

    Nice story keep up

    1. Xeesh says:
      October 18, 2017 at 11:22 am

      Thanks Xaa 🙂

  3. Aki says:
    October 18, 2017 at 11:09 am

    v reethi mi part ves next part avahah up kohla dheebaa pls pls

    1. Xeesh says:
      October 18, 2017 at 11:22 am

      Thanks Aki 🙂

  4. SJK says:
    October 18, 2017 at 11:25 am

    Varah salhi.. W
    Nxt part avahah up khdhehchey.. Waiting ?

    1. Xeesh says:
      October 18, 2017 at 5:02 pm

      Thanks SJK 🙂 Keep on reading .. Next part avaskohlaanan

  5. khajja says:
    October 18, 2017 at 1:33 pm

    Ohhh wow masha allah haadhahaa rychchey ??? whn nxt prt avaskolladhybala aby fahun ekankuri bayaku hoadhan noolhenytha? Alyza aa dheytherey shakkuves nuvanytha? Alhey eelaam ah dhera gothennuhadhachchey plx stry v v awsome can’t wait???❤❤❤????

    1. Xeesh says:
      October 18, 2017 at 5:00 pm

      Thanks Khajja 🙂 Next Part Avaskohdheynan 🙂

  6. mannu says:
    October 18, 2017 at 1:39 pm

    V reethi …waiting for nextpart

    1. Xeesh says:
      October 18, 2017 at 5:01 pm

      Thanks 🙂

  7. Anonymous says:
    October 18, 2017 at 1:42 pm

    Varah shalhi vaahaka ❤❤

    1. Xeesh says:
      October 18, 2017 at 5:01 pm

      Thanks 🙂

Comments are closed.


All Right Reserved!