Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 25

seym Level 310 Stories100 Login100 Comments
October 17, 2017 8 Mins Read
11 Comments

އީރަމް އަށް ގެއަށް އާދެވުނު އިރު ހަގަޑި ބައިވަނީއެވެ. ކާރުން ފައިބައިގެން އަވަސް ފިޔަވަޅުތަކެއްގައި ގެއަށް އައިސް ވަތް އިރު ކާ ގޭގައި ޖަނާ އާއި ސަލްމާ ވާހަކަ އެއްގައި ތިބި ތަން ފެނުނެވެ. އީރަމް ފެނުމާއެކު ދައްކަން ތިބި ވާހަކަ އަށް ހުއްޓުމެއް އައިކަން އޭނާ އަށް އިހްސާސްވިއެވެ. ޖަނާ މޫނު އަނބުރާލި ގޮތުން އަދިވެސް ހިތްހަމަ ނުޖެހިފައި ހުރިކަން އީރަމް އަށް އެނގުނެވެ. ޖަނާ ލައިގެން ހުރި ކަކުލާ ހިސާބަށް އަރާ ރަތް ކުލައިގެ ހެދުމުން އޭނާ ވެސް ޕާޓީ އަށް ދާން ތައްޔާރުވަނީކަން އީރަމް އަށް ނަގައިގަނެވުނެވެ. ސަލްމާގެ ނަޒަރުން ސަލާމަތް ވުމަށް އީރަމް އަވަސް ވެގަތީ ކޮޓަރި އަށް ވަންނާށެވެ. ދަތުރު އައިފަހުން އީރަމް ގިނަވަގުތު ހޭދަ ކުރަނީ ކޮޓަރީ ގައި ކޮންމެވެސް ކަމެއް ކުރުމުގައެވެ. ޖަނާ ގެ ދުރުކަމުން އީރަމް އަށް އެކަނިވެރިކަން އިހްސާސް ކުރެވޭނި އެ ގޭގައި އޭނާ އާއި ވާހަކަ ދައްކާ އުޅެނީ ޖަނާ އެކަނި ކަމަށް ވާތީއެވެ. އެ ދުވަހަށް ފަހު  ވެސް ކިތަންމެ ފަހަރަކު އީރަމް ޖަނާ އާއި ވާހަކަ ދައްކަން މަސައްކަތް ކޮއްފިއެވެ. ނަމަވެސް ޖަނާ ބަލަނީ އީރަމް އާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ.

 

ކޮޓަރި އަށް ވަތް އީރަމް އިން ނަޒަރު ވަކިކޮއްލަމުން ޖަނާ ގެ މޫނަށް ސަލްމާ ބަލާލިއެވެ. “ކާކާ އެކު ދަނީ.. އީރަމް އާއި ދެމީހުން އެއްކޮށްތަ..” ސަލްމާ ބޭނުންވީ އީރަމް އާއި ޖަނާ ގެ ގުޅުން އޮތްގޮތް އޮޅުންފިލުވާށެވެ. އެހެނޫނީ އަބަދު އީރަމް ގެ ފަހަތުން އުޅޭ ކުއްޖާ މިހާރު އީރަމް އާއި އަނގައިން ބުނެލާ ތަނެއް ވެސް ނުފެނެއެވެ. ދެމީހުން ދޭތެރޭ މައްސަލަ އެއް ޖެހިގެން އުޅޭކަން ސަލްމާ އަށް ޔަގީނެވެ. ” ނޫން.. ޓެކްސީ އެއްގައި ދާނީ..” މޭޒުމަތީ ހުރި ފެންފުޅިން ތައްޓަށް ފެން އަޅަމުން ޖަނާ ބުނެލިއެވެ. ” އެކީއްވެ.. ދެމީހުން އެއްތާކަށް ދާއިރު އެއްކޮށް ދިޔައިމަ ފަސޭހަ ވާނެއެއްނު..” ސަލްމާ ޖަނާ ގެ މޫނަށް ބަލަން އިނދެ އަހާލިއެވެ. ” އީމް ގެންގޮސްދޭނެ މީހުން ތިބޭނެއޭ މަންމާ..” ޖަނާ ފެންތަށި ބޯލަމުން ބެލީ އެތަނުން އަވަހަށް ދެވޭތޯއެެވެ. އެހެންނޫނީ ސަލްމާ ގެ ފަރާތުން އިތުރު ސުވާލުތަކެއް ކުރިމަތިވާނެކަން އޭނާ އަށް އިނގެއެވެ. ” ޖަނާ..  ތި ވެގެން އުޅޭ ގޮތެއް ކިޔައިދީ..” ފަސްއެނބުރި ހިނގައިގަތް ޖަނާ ހުއްޓުނެވެ. މަންމަ ކައިރީ އެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. މިހާރުވެސް ސަލްމާ އީރަމް ދެކެ އަންނަ ރުޅި ޖަނާ އަށް ވުރެ ބޮޑަށް އިނގޭނެ މީހެއް ނުހުންނާނެއެވެ. އެ ވާހަކަ ތަކުން ގޭތެރޭގައި ބޮޑު މައްްސަލަ އެއް އުފެދިއްޖެނަމަ ޖަނާ ގެ ބޮލަށް ވެސް އުނދަގޫވާނެކަން އޭނާ ދަނެއެވެ. ” ކޮންކަމެއް..” ޖަނާ ހުއްޓި ސަލްމާގެ މޫނަށް ބަލާލަމުން އަހާލިއެވެ. ” މަށަށް އޮޅުވާލަން ނޫޅެއްޗޭ.. އީރަމް އާއި ދެމީހުން އެކަކު އަނެކާ ވާހަކަ ނުދައްކާ ތި އުޅެނީ ކާކު ކީއްކޮއްގެން.. ” ސަލްމާގެ އަޑުގައި މިފަހަރު ހަރުކަށި ކަމެއް ވިއެވެ. ” މަށަށް ޔަގީނޭ އެ އީރަމް ކަމެއް ކުރީކަން.. އޭރު ވެސް ނުބުނަންތަ އޭނާ އެހާ ކައިރި ކޮށްގެން ނުގެންގުޅޭށޭ..” ސަލްމާ އެހެން ބުނުމާއެކު ޖަނާ އިތުރު އެއްޗެއް ނުބުނެ ބެލީ އެތަނުން ދިއުމަށެވެ. ދެން އަދި އަމުދުން ވެގެން އުޅޭ ގޮތް ސަލްމާ އަށް ކިޔައިދޭން ކެރޭނެހެއްޔެވެ.

 

ކޮޓަރި އަށް ވަދެވުމާއެކު އީރަމް ބޭނުންވީ ލާމިހް އަށް މެސެޖެއް ކޮއްލާށެވެ. ފަސްޖެހެވުމާއެކު ހިޔާލު ބަދަލުވީ މިރޭ ޕާޓީ އަށް ލާމިހް ދާނެކަން ޔަގީންވާތީއެވެ. ހަތް ގަޑި ބަޔަށް ދަރުބާރު ގެއަށް ދާން ޖެހޭތީ އީރަމް ފެށީ ތައްޔާރުވާށެވެ.

 

ސެލޫން އިން ނުކުތް ހައިފާ ލައިގެން ހުރި ކައިވެނީގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓާލައިން ހަނާ ހުއްޓެއެވެ. ކާރުގެ އިންތިޒާރުގައި ދެ އަންހެން ކުދިން ތިބި އިރު މަގުމަތިން ދާ މީހުން ގެ ނަޒަރު އެމީހުންނަށް ހުއްޓޭލެއް ގިނައެވެ. އާދައިގެ މޭކްއަޕެއް ކުރެވިފައިވާ އިރު ހައިފާގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ. ރީތި ގޮތަކަށް އޮޅާލެވިފަވާ ޝޯލު އެ މޫނުގެ ބައްޓަމާއި ވަރަށް ގުޅެއެވެ. އެއް އަތުން މާ ބޮނޑީގައި ހިފަހައްޓާލައިން ހުރި އިރު މިހާރު ވެސް އަތް ފައި ފިނިވެއްޖެއެވެ. ހަނާ ލައިގެން ހުރި ދިގު މެރޫން ކުލައިގެ މެކްސީ އާއި ހަމަ އެ ކުލައިގެ ޝޯލް އެހާމެ ގުޅެއެވެ. ކާރު އައުމާއެކު ދަތުރު ފެށުނީ ކައިވެނި ކުރެވޭ ތަނަށް ދިއުމަށެވެ. ” އީމް ކައިރީ ބުނިންތަ ގަޑި އަށް ދާން..” ހައިފާ އެހެން ބުނުމާއެކު ހަނާ އަށް ތެޅިގަނެވުނެވެ. އީރަމް ބަލާ ދާން ޖެހޭ ކަމެއް އޭނާ ހަނދާނެއްނެތެވެ. ގެއަށް އައިއްސުރެ އެކި އެކި ކަންކަމުގައި އުޅުމުގެ ސަބަބުން ހަނދާނުން އެކަން ކައްސާލީއެވެ. ” އޯނޯ.. އަޅެ ހަނދާނެއްވެސް ނެތް.. ދޮންތަ އެތަނަށް ލާފަ އީމް ބަލާ ދެވޭނީ…” ހަނާ ފޯނުން އީރަމް އަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ” އޭރަށް ލަސްވާނެ..އީމް ކައިރީ ބުނެ ޓެކްސީ އެއްގަ އަންނާށޭ.. އަދި ވަގުތު ކޮޅެއް އެބައޮތެއްނު..” ހައިފާ ގެ ހިޔާލަށް ހަނާ ތާއިދުކުރިއެވެ.

 

ލޯ ގަނޑުން އަމިއްލަ ސޫރައަށް ބަލާލި އީރަމް އެނދުމަތީ އޮތް ކްލަޗް ނަގަމުން ނުކުތީ ޖަނާ ކޮޓަރީގައި އުޅޭތޯ ބެލުމަށެވެ. ހަނާ އަށް ބަލާ ނާދެވޭނެކަން ބުނުމުން އީރަމް ބޭނުންވީ ޖަނާ ދާއިރު އޭނާވެސް ގޮވައިން ދާން އެދުމަށެެވެ. ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް ޖަނާ އެއްބަސް ވެދާނެ ނޫން ހެއްޔެވެ. ” ޖަނާ އެއް ނެތް.. އިރު ކޮޅެއް ކުރިން ގޮއްސި..” ޖަނާ ގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލަން ނެގި އަތް އީރަމް ތިރި ކޮއްލީ ފަަހަތުން ސަލްމާގެ އަޑުއިވުމުންނެވެ. ބޭރަށް ނުކުމެ ކާރެއް ހުއްޓުވޭތޯ އީރަމް މަސައްކަތްކުރިއެވެ. ހަތްގަޑި ސާޅީސް ފަހެއް ވީ އިރު ވެސް ކާރެއް ލިބޭގޮތެއް ނުވިއެވެ. ހިނގާފައި ދާންވެއްޖެނަމަ މާ ލަސްވެދާނެވެ. ހަނާ އަށް ގުޅީ ދެން ކަންތައްކުރާނެ ގޮތެއް ނޭނގުމުންނެވެ.

 

ކައިވެނި ކުރާ ހޯލު ފެނުމާއެކު ހައިފާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ހުވަފެނުންވެސް ނުދެކާހާ އެތަން ފުރިހަމެވެ. މާމެލާމެލިން މުޅިތަން ޒީނަތް ތެރިކުރެވިފާ ވާއިރު ގޮނޑިތަކާއި މޭޒުގައި އަޅާފައިވާ ފޮތިތަށް ވެސް ހުރީ ޕާޓީގެ ކުލައާއި ގުޅުވާލާފައެެވެ. ދިއްލާފައިވާ ކުދި ލައިޓް ތަކުން ތަނަށް އިތުރު ހިތްގައިމު ކަމެއް ގެނުވައެވެ. އާއިލާ ގެ މީހުންނާ ގާތް އެކުވެރިން ތިބިއިރު ދުރުގައި ހުރި ހުސެން ގެ ހަރަކާތްތަށް ހުއްޓުނީ ހައިފާ ފެނުމުންނެވެ. ކައިރީ ހުރި ލާމިހް އަށް އެމީހުން އައިކަން އަންގާލަމުން ހުސެން ހިނގައިގަތީ ހައިފާ އާއި ދިމާއަށެވެ. ހުސެން އަންނަތަން ފެނުމުން ހައިފާގެ ހިތުގެ ވިންދު އަވަސްވިއެވެ. ” އޫ.. ސޯ ހޭންޑްސަމް.. އޭއީ.. ނޫން.. ދޮންތަ އާއި ދުރުގަ ހުރޭ.. ވާހަކަ ވެސް ނުދެއްކޭނެ..” ހުސެން ހައިފާ އާއި ކައިރި ވާން ފެށުމާއެކު ހަނާ ބުނެލިއެވެ. ދުރަށް ޖެހިލި ހުސެން ހައިފާ އަށް އެއްލޯ މަރާލީީ އިތުރަށް ލަދުގަންނުވާލުމަށެވެ. ލާމިހް ވެސް ހުރީ ހައިފާގެ މޫނަށް ވީ ގޮތުން މަޖާ ވެފައެވެ. އީރަމް ފޯނު ކޮއްފައި ކާރެއް ނުލިބުނު ވާހަކަ ބުނުމުން ހަނާ ގެ މޫނުމަތިން ހާސްކަން ފެނުނެވެ. ” އަޅޭ.. ” ހަނާ ގޮތް ހުސްވެގެން އުޅޭ މީހެއް ފަދައިން އެހެން ބުނެލިއެވެ. ލާމިހް ހުރުމާއެކު ހާސްކަން ފިލާދިޔައީ ދެން ކަންތައްކުރަންވީ ގޮތް އެނގުމުންނެވެ. ” ލާމީ.. އީމް ގޮވައިން އަންނަން ދޭބަ.. ޕްލީސް.. ޓެކްސީ އެއް ނުލިބުނޯ” ހަނާ އެހެން ބުނުމާއެކުު ލާމިހްގެ މޫޑް ވަގުތުން ބަދަލުވިއެވެ. ” ޖަނާ އާއެކީ އާދެވޭނެއެއްނު..” ލާމިހް އެހެން ބުނުމާއެކު ހުސެން ދުރުގައި ހުރި ޖަނާ ދައްކާލިއެވެ. ” ދޭބަ.. ޕްލީސް.. ޕްލީސް.. އެހާ ޓައިމް އެއް ވެސް ނެތޭ..” ހަނާ އާއި ހައިފާ އާދޭސް ކުރަން ފެށުމުން ލާމިހް ހިތާ ދެކޮޅަށް އެތަނުން ނުކުންނަން ހިނގައިގަތެވެ.

 

ދޮރުމައްޗަށް އައިސް މަޑުކޮއްލި ސައިކަލުގައި އިން ލާމިހް ފެނުމާއެކު އީރަމް ސިހުނެވެ. ލައިގެން އިން ހުދު ގަމީހާއި މެރޫން ކުލައިގެ ޓައިގެ އިތުރުން ބޫޓާއި ކަޅު ފަޓުލޫނުން ލާމިހް ކިތަންމެހާވެސް ފުރިހަމައެވެ. ލާމިހް އަށް ބަލަހައްޓައިން ހުރެވުނު އީރަމް އަށް އަމިއްލަ ކޮލުގައި އިނގިލި ޖައްސާލެވުނީ އެންމެ ފަހުން އެ ދެމެދުގައި ހިނގި ކަންތަށް ހަނދާންވުމުންނެވެ. އިސްޖަހާލެވުނީ ލާމިހް ގެ ތޫނު ނަޒަރު އެ ލޮލަށް އަމާޒު ވެފައި ހުރުމުންނެވެ. ލާމިހް އަށް ވީ ވެސް އެވަރެވެ. އީރަމް ލައިގެން ހުރި މެރޫން ކުލައިގެ ހެދުން ކުރިމަތިން ކަކުލާ  ހިސާބަށް އަރާއިރު ފަހަތުން ދިގު ކޮށް އޮތް ލޭސްބައިން ހެދުމުގެ ރީތި ކަން ހާމަވެއެވެ. ލައިގެން ހުރި ކަޅު ކުލައިގެ އުސް ފައިިވާނުން ކުރިއަށް ވުރެ ތަންކޮޅެއް އިސްކޮޅުން ދިގު ކަމަށް ދައްކައެވެ. މާ ބޮޑު މޭކަޕަކާ ނުލާވެސް އެ މޫނުން ތާޒާ ކަން ފެނެއެވެ. ފަން އިސްތަށިގަނޑުގެ އެއްފަރާތުގައި ހަރު ކޮއްލެވިފައިވަނީ ރަތް ކުލައިގެ ކުޑަ ދަށްޗެކެވެ. ކަރުކެހިލުމާއެކު އީރަމް ލާމިހް އަށް ބަލާލިއެވެ. ” ހަނާ ބުނެގެން މިއައީ އީމް ބަލާ.. ” ލާމިހް އެހެން ބުނުމާއެކު އީރަމް ގޮސް ސައިކަލަށް އަރައިފިއެވެ. ލާމިހް ގެ ހިތުގެ ތެޅުން އަވަސް ވުމާއެކު ސައިކަލް ދުއްވާލިއިރު އެ ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. އީރަަމް ވާހަކަދައްކަން ކިތަންމެ ބޭނުންވި ކަމުގައި ވިނަމަވެސް އަނގައިން ބުނާނެހާ ހިތްވަރެއް ނުލިބުނެވެ.

 

ކައިވެނި ކޮއްދީ ނިމުމާއެކު ދެން އެންމެން ވެސް ބެލީ ރީތި ފޮޓޮއެއް ނެގޭތޯއެވެ. މަޖަލުގައި އުޅެފައި ހަނާ އާއި އީރަމް ކޯކް ތަށިތަށް ހިފައިން އައިސް މޭޒެއް ކައިރީ އިށީނދެލިއެވެ. ލާމިހް ޖަނާ އިން މޭޒު ކައިރީ އިށީނުމާއެކު ހަނާ އެތަން އީރަމް އަށް ދައްކާލިއެެވެ. ” ކޮން ވާހަކައެއް ބާ އެދައްކަނީ..” ހަނާ ޖަނާ މެންނާ ދިމާއަށް ލޯ ހަނިކޮއްލަމުން އަހާލިއެވެ. ” ޖަނާ ހަމަ އީމް އަކާ އެއްވެސް ވަރަކަށް ވާހަކަ އެއް ނުދައްކާތަ..” ހަނާ ގެ ސުވާލަށް އީރަމް ބޯ ޖަހާލިއެވެ. ދެތިން ފަހަރަކު ޖަނާ އެމީހުން ތިބި ދިމާއަށް ބަލާލުމާއެކު ލާމިހް އާއި ދެމީހުން އެ ދައްކަނީ އޭނާގެ ވާހަކައެއްކަން އީރަމް އަށް ނަގައިގަނެވުނެވެ. އިރުކޮޅެއްފަހުން ލާމިހް އިން ތަނުން ތެދުވަމުން ދިޔައީ އީރަމް އަށް ހިނިތުންވެލާފައެވެ.

 

ޕާޓީ ނިމިގެން ދިޔައިރުވެސް ލާމިހް އީރަމް އަކާ ވާހަކަ އެއް ނުދައްކައެވެ. އީރަމް ބަލާލާ ކޮންމެ ފަހަރަކު ލާމިހް ހިނިތުންވެލާ އިރު އެއަށް ރައްދު ދިނުމުގެ ގޮތުން އީރަމް ވެސް ހިނިތުންވުމެއް ހަދިޔާ ކޮއްލައެވެ. ދެ މީހުންގެ ދޭތެރޭ އުސްމިން ނޭނގޭ ބޯ ފާރެއްލެވިފައިވާ ކަމުގެ އިހްސާސް އީރަމް އަށް ކުރެވުނެވެ. ލާމިހް އާއި ވާހަކަދައްކަން އެހިތް އެދެމުން ދިޔަ އިރު ލާމިހްގެ ބެލުމުގައި ތަފާތެއް ވާހެންވެސް އީރަމް އަށް ހީވެއެވެ. އެ ދެލޮލުން އެތަށް ވާހަކައެއް ބުނެދޭން އުޅޭ ހެން ވެސް ހީވާ ކަހަލައެވެ. ” އީމް ކައިރީ ބުނެފިންތަ..” ޕާޓީ ނިމުމާއެކު ހޯލުން ނުކުތް ހުސެން ލާމިހް އާއި ކައިރިވެލުމަށް ފަހު އަހާލިއެވެ. ” ނޫން.. އަދި ނުބުނަން..” ލާމިހް ހަނާ ގެ ސައިކަލު ކައިރީ ހުއްޓި ހުރި އީރަމް އަށް އަވަސް ނަަޒަރެއް ދެމުން ބުނެލިއެވެ. ” ދެން ތިވާހަކަ ނުދައްކާ.. އިޓްސް ޔޯ ނައިޓް.. ” ލާމިހް ހިނިތުންވެލުމާއެކު ދުރުގައި ހުރި ހައިފާ އަށް ހުސެން ބަލާލިއެވެ.

 

…………………………………………………………………………………………………….

 

ލޯ ގަނޑު ކުރިމަތީ ހުރި ލާމިހް ތައްޔާރުވެނިމުމާއެކު އެނދު ކައިރީ ހުރި ފޮށީގެ އަތްގަނޑުގައި ހިފަމުން ކޮޓަރިން ނުކުތެވެ. އޭރު ސޯފާގައި ލޫނާ ގެ ދެމަފިރިންނާއި އާނާ އިނެވެ. ކާ ގެއިން ނުކުތް ހަދީޖާ ގޮވާލުމާއެކު ކޮަޓަރިން ރަޝީދު ނުކުތެވެ. ލާމިހް ފުރާދުވަސް ކައިރިކޮށް ހަދިޖާ މެން މާލެ ބަދަލުވީ އެއީ ލާމިހް އެދޭ ގޮތް ކަމަށް ވާތީއެވެ. ލައިގެން ހުރި މަޑު ފެހި ކުލައިގެ ގަމިހާއި ކަޅު ޖީންސްގައި ލާމިހް ފެންނައިރު ފާއިތުވެދިޔަ މަހެއްހާދުވަސް ތެރޭ ބޮޑެތި ބަދަލުތަކެއް އައިސް ހުރިހެން ހީވެއެވެ. އިސްތަށިގަނޑު ކުޑަކޮށް ދިގުކޮއްލާފައި ވާ އިރު ތުނިކޮށް ކޮށާލެވިފައިވާ ތުބުޅި މަތިމަހުން ކުރިއަށް ވުރެވެސް ހަރުދަނާކަމަށް ދައްކައެވެ. ” ލާމީ.. ދަރިފުޅު ދެން ހަމަ ނުކައިތަ ދާނީ.. ދިއުމުގެ ކުރިން އެއްޗެއް ކާލައިން ދާންވާނީ..” ހަދީޖާ އައިސް ލާމިހް ގެ ބުރަކަށީގައި ފިރުމާލިއެވެ. ތިން އަހަރަށް ލާމިހް ދުރު ގައުމެއް ގައި އުޅެން ދާއިރު ހަދީޖާ ގެ މޫނު މަތި މިލާފައި ވެއެވެ. އާއިލާ ދޫކޮއްދާން ޖެހުމުން ލާމިހް ގެ ހިތް ވެސް ނުތަނަވަސް ވެފައިވެއެވެ. މޫނުމަތިން ދެރަވެފައިވާކަން ފޮރުވާލަމުން ހިނިތުންވެލިއެވެ. ” އެކޮޅަށް ގޮސް ކޮންމެވެސް އެއްޗެއް ކާލާނީ ދެން..” ލާމިހް ހަދިޖާ ގަޔާ ކައިރިކޮއްލައިން ހުރެ ހިނގައިގަތީ ގެއިން ނުކުންނާށެވެ.

 

ސޯފާގައި އިން ޖަނާ އިރު އިރު ކޮޅާ އީރަމް ގެ ކޮޓަރީ ދޮރަށް ބަލާލައެވެ. ހަމަ އެ އާ އެކު ފާރުގައި ހަރު ކޮއްފައި އިން ގަޑި އަށް ވެސް ދޭތެރެއަކުން ނަޒަރު ހުއްޓާލައެވެ. ލާމިހް މިރޭ ފުރާކަން ޖަނާ އަށް ޔަގީނެވެ. ހައިފާ ގެ ކައިވެނި ކުރެވުނު ރޭ ލާމިހް އޭނާ ކައިރީ ދެއްކީ އެވާހަަކައެވެ. ހަމަ އެ އާއެކު އީރަމް ގެ ކުށެއް ނުވާކަމުގައި ވެސް ލާމިހް ޖަނާ އަށް ވިސްނައިދިނެވެ. ކޮންމެ ގޮތަކަށް ކަންތައްތައްވިނަމަވެސް ލާމިހް ގެ ހިތުގައި ވަނީ އީރަމް އެވެ. އަނެއްކޮޅުން ލާމިހް އާއި ދުރުގައި އީރަމް ގެ މޫނުމަތިން ފެންނަ އަސަރުން އީރަމް ގެ ހިތުގައި ވެސް ލާމިހް އަށް ހާއްސަ ކަމެއް ދެވިފައިވާކަން ޖަނާ ގެ ހިތް ބުނަމުން ދާތާ ކިތަންމެ ދުވަހެކެވެ. ގަޑިން އަށެއް ޖެހުމާއެކު ޖަނާ އިންތަނުން ތެދުވެއްޖެއެވެ.

 

ވާހަކަ ފޮތެއް ކިޔަން އޮތް އީރަމް ފޮތް ތިރި ކޮއްލީ ޖަނާ ކޮޓަރިއަށް ވަނުމުންނެވެ. އެނދުގައި އިށީނދެ އީރަމް ގެ މޫނަށް ބަލާލަމުން ސޮރީ އޭ ބުނެލިއެވެ. ހިނިތުންވެލަމުން އީރަމް ތެދުވެ ޖަނާ ގައިގައި ބައްދާލިއިރު އެ މޫނުމަތިން އުފާ ވެފައި އިން  ކަން އިނގެއެވެ. ވާހަކަ ދައްކަން އިތުރު ވަގުތު ބޭކަރު ކޮއްލުމަށް ވުރެ ޖަނާ އަށް މުހިންމުވީ އީރަމް ލާމިހް އާއި ބައްދަލުކުރުވުމެވެ. ” އީމް ނުދަންތަ..” ޖަނާ ގެ ސުވާލުން އީރަމް ބުމަ ހިއްލާލީ ކޮޮންތާކަށް ހޭ އަހާލާފަދަ ގޮތަކަށެވެ. ” ލާމީ ފުރުވަން..” ޖަނާ އެހެން ބުނުމާއެކު އީރަމް ހަމަ ރަނގަޅަށް ވެސް ސިހުނެވެ. ” ލާމީ ކޮންތާކަަށް ދަނީ..” އީރަމް އިން ތަނުން ތެދުވި ގޮތުން ލާމިހް އެވާހަކަ ނުބުނާކަން ޖަނާ އަށް އެނގުނެވެ. ” މެލޭ އަށް.. ތިން އަހަރަށް..” ޖަނާ ގެ ޖަވާބުން އީރަމް އަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ލާމިހް ދާކަން އޭނާ އަށް އެނގިފައެއް ނެތެވެ. އެ ވާހަކަ އެއްވެސް މީހެއް އޭނާ ކައިރީ ކުރިން ނުބުނީ ކީއްވެ ހެއްޔެވެ. އެވަރުގެ ކަމެއް ލާމިހް އޭނާ އަށް ސިއްރު ކުރުމުގެެ ބޭނުމަކީ ކޮބާހެއްޔެވެ. ހިތުގެ ވިންދު އަވަސް ވުމާއެކު ފާހަނާ އަށް ވަދެ ލައިގެން ހުރި އެއްޗެހި ބަދަލުކޮއްލިއެވެ. ނުކުމެ ހަނާ ކައިރީ ގެ ކައިރިއަށް އައުމަށް އެދުނެވެ. ” އީމް ދެން ދާންޖެހޭނީ އެއާރޕޯޓަށް ކަންނޭނގެ.. ނައިން ގަ ހީ އިޒް ލީވިން..ޔަގީނެއް ނޫން..” ޖަނާ އެހެން ބުނުމާއެކު އީރަމް ދަބަސް ނަގަމުން ޖަނާ ގައިގައި ބައްދާލިއެވެ. ” ތޭންކްޔޫ..”

 

ފެރީގައި އިން ލާމިހް ގެ ނަޒަރު މޫދަށް ހުއްޓިފައިވާއިރު ދިއުމުގެ ކުރިން އީރަމް ގެ މޫނު ދެކިލަން ކިތަންމެ ހާވެސް ބޭނުމެވެ. ނަމަވެސް އީރަމް ފެނިއްޖެ ނަމަ އޭނާ އަށް އީރަމް ދޫކޮށްދެވިދާނެކަމާމެދު ޝައްކެވެ. ހަނާ މެން ލައްވާ ވައުދު ކުރުވި ފަދައިން އެ ވާހަކަ އީރަމް އަށް ސިއްރު ކުރީ އެއީ ފެންނަ އެންމެ ރަނގަޅު ގޮތަށް ވާތީއެވެ. ލިބެންނެތް ލޯތްބަކަށް ހިތަށް އަނިޔާދޭން ލާމިހް ބޭނުންނުވަނީއެވެ. ވިސްނުމުގައި އިންދާ ފޯނު ވައިބްރޭޓްވާންފެށުމާއެކު ސްކްރީނަށް އަރާފައިން އިން ނަމުން ތެޅިގަނެވުނެވެ. އީރަމް އެ ގުޅަނީ ކީއްވެހެއްޔެވެ. ފޯނަށް ބަލަހައްޓައިން އިން ލާމިހް ލޯ މަރާ ބާރުކޮއްލިއެވެ. ފޯނު ނިވާލަމުން ފުން ނޭވާއެއް ދޫ ކޮއްލިއިރު ބޮލުގައި މަޑު ރިހުމެއް ހުއްޓެވެ.

 

އެއާޕޯޓަށް އާދެވުމާއެކު އީރަމް ދުވެފައި ކަހަލަ ގޮތަކަށް ފުރާ މީހުން ވަންނަ ދިމާއަށް ދިޔައެވެ. ފަހަތުން ހަނާ ވެސް ހަލުވި ފިޔަވަޅުތަކެއްގައި އައިސް އީރަމް އާއި ހަމަކުރިއެވެ. ” އީމް ހަމަޖެހިބަލަ..” ހަނާ އީރަމް ގެ އަތުގައި ހިފިއެވެ. ” ނޯ.. ކީއްވެ ނުބުނީ ލާމީ ދާ ވާހަކަ..” އީރަމް ގެ އަޑުގައި މަޑު ތުރުތުރެއްވާއިރު ލޮލަށް ކަރުނަތަށް ޖަމާވާންފަށައިފިއެވެ. އެންމެންގެ ތެރޭ ނުރޯން މަސައްކަތް ކުރަމުން ދާއިރު އެހިތް ހީވަނީ ފަޅައިން ހިނގައިދާނެހެންނެވެ. ” ލާމީ ބުނީ ނުބުނާށޭ.. އެހެން ނޫނަސް އީމް ލާމީ އާއި ފަހުން މީޓް ކުރަން މަސައްކަތެއް ވެސް ނުކުރަމެއްނު..” ހަނާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ” އޯގޯޑް.. ހީ ކާންޑް ލީވް ޔެޓް.. ހަނާ ޕްލީސް ލާމީ އަށް ގުޅާބަ..” އީރަމް އާދެހާއެކު ބުނެލިއެވެ. ” ކިހިނެއްވީ.. ކީއްވެ ލާމީ އަށް އަދި ނުދެވޭނެއޭ ތިބުނީ..” ހަނާ ވާނުވާގައި ހުރެ އަހާލިއެވެ. ” އައި.. އައި ލަވް ހިމް..” އީރަމް ގެ ލޮލުން ފޭބި ކަރުނަތިކި އެއް އަތުން ފުހެލަމުން ބުނެލިއެވެ.

 

އެންމެންނާ ސަލާމް ކޮއްނިމި އެމީހުން ދާތަން ބަލަން ހުރި ލާމިހް ގެ ހިތުގެ ހިނގުން ހުއްޓުނީ އެދިމާއަށް އަންނަ އީރަމް ފެނިފައެވެ. އީރަމް ގެ ފަހަތުގައި ހަނާ ހުރިއިރު އޭނާ ފުރާކަން އީރަމް އަށް އެނގުނީ ކިހިނެއްހެއްޔެވެ. އީރަމް އާއި ދުރަށް ހިނގައިގަންނަން އެޅި ފުރަތަމަ ފިޔަވަޅު ހުއްޓުނީ އީރަމް ގޮވާލުމުންނެވެ. ” ލާމީ..” އީރަމް އައިސް ހުއްޓުނީ ސީދާ ލާމިހް ގެ ކުރިމަތީގައެވެ. އެ މޫނަށް ބަލާލި ލާމިހް އިސްޖަހާލީ ކުއްވެރިއެއްހެންނެވެ. ” ކީއްވެ ނުބުނެ ތިދަނީ..” އީރަމް އަހާލިއެވެ. ” އީމް އަހަރެން ދިޔަ ނުދީ ހިފަހައްޓަފާނެތީ..” ހިނިތުންވެލަމުން ލާމިހް އެހެން ބުނި ނަމަވެސް އެހިތް އެތެރެއިން ރޮނީއެވެ. ” ކާކު ބުނީ އަހަރެން ދާ ވާހަކަ..” ލާމިހް އަހާލިއެވެ. “ޖަނާ..” އީރަމް މަޑުމަޑުން ބުނެލިއެވެ. ލޯބިވާ ވާހަކަ ބުނަން ހިތަށް އެރުމާއެކު އީރަމް ލާމިހް ގެ މޫނަށް ބަލާލިއެވެ. އަނގަ ހުޅުވާލުމާއެކު އެތެރެއަށް ވަންނަންވީ ވަގުތު ޖެހިއްޖެކަމުގައި އިއުލާން ކޮއްލި އަޑު އިވުނެވެ. އަރައިގެން ހުރި ބޫޓުން އީރަމް ގެ ދެލޮލަށް ލާމިހް ބަލާލިއެވެ. ” ވަރަށް ހަނދާންވާނެ.. ގޮސް އީމް އަށް ހަބަރެއްވާނަން.. ވެއިޓް ފޯ މީ..” ލާމިހް ދިއްކޮއްލި އަތުގައި އީރަމް ހިފާލިއެވެ. އީރަމް ގެ އަތަށް ދަމާލަމުން ލާމިހް އޭނާ ގައިގައި ބައްދާލުމާއެކު އީރަމް އަށް ކަރުނަ ނުހިފެހެއްޓުނެވެ. ”  ލާމީ.. އަހަރެން.. އައި..” އީރަމް ވާހަކަ ދައްކަން މަސައްކަތްކުރުމުން ލާމިހް އެކަން މަނާ ކުރިއެވެ. އީރަމް ގަޔާ ދުރުކޮއްލަމުން ލާމިހް ހިނިތުންވެލިއެވެ. ހަނާ އަށް އަތުން އިޝާރާތެއް ކޮއްލަމުން އެތެރެއަށް ވަންނަން ހިނގައިގަތް ލާމިހް ފަސް އެނބުރި ބަލާލި ނަމަ އީރަމް ގެ ލޮލުން ފޭބި ކަރުނަތަށް ފެންނާނެއެވެ، އީރަމް މޫނުގައި އަތް އެޅި ތަން ފެނި ހަނާ އީރަމް އަށް ހިތްވަރު ދިނެވެ. ލާމިހް ފުރައިގެން އެ ދަނީ ޔަގީނުންވެސް އެންމެ ބޭނުންވި ހިތުން ލޯބި ކާމިޔާބުކޮއްފައެވެ.

 

ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ރޯޒްވެލް 02

Next

ތި ލޯތްބަށްޓަކައި (28)

Next
October 17, 2017

ތި ލޯތްބަށްޓަކައި (28)

Previews
October 17, 2017

ރޯޒްވެލް 02

11 Comments!

  1. reen says:
    October 17, 2017 at 9:01 pm

    Nice waiting 4 the next part

  2. seym says:
    October 17, 2017 at 9:03 pm

    Salaam loves ❤️
    Finally.. Here it is.. ?
    Hope you all will enjoy it. ? Do leave a comment.

  3. Maan says:
    October 17, 2017 at 9:08 pm

    Me first! very nice nexto part on which day?????????????????

    1. reader says:
      October 17, 2017 at 9:11 pm

      Oh. Little late dho. You first

  4. reader says:
    October 17, 2017 at 9:10 pm

    Yayy. Me first. Dhen kihineh baa vaany? Dhen genesdhyba 3 aharu fahuge bai

  5. Aki says:
    October 17, 2017 at 9:12 pm

    v reethi mi part ves

  6. Xxxx says:
    October 17, 2017 at 10:11 pm

    Woow..vaahaka loabikan????????????

  7. khajja says:
    October 18, 2017 at 1:01 am

    Masha allah v v reethi??? alhey ekam eem ah loabivaa vaahaka nubunevun dhw evarunves?? whn nxt prt avaskolladhybala gud nyt ly??❤❤❤???????

  8. Sheii says:
    October 18, 2017 at 10:06 am

    Varah reethi. Wen next part??

  9. Imkkw says:
    October 21, 2017 at 6:47 am

    When next part????
    Totally love this story ?❤

  10. ??? says:
    October 21, 2017 at 11:31 am

    Alhey konn dhuvahakunn mivaahaka aneh baii nerenii kiyaa hithunn kehmadhu vehjje mibaii vess vvvvvvvv rythi????

Comments are closed.

Next Episodeތިޔަ ދިން އުފާ 26←


All Right Reserved!