Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (28)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 17, 2017 9 Mins Read
38 Comments

ނައިނާ އައިޒަންއަށް ނުބަލަންވެގެން ފުރަގަސްދީގެން އިނެއްކަމަކު ލަސްވާތީވެ އަނެއްކާވެސް ބޯދިއްކޮށްލިއެވެ. ލައިގެން ހުރި ކަޅު ބުރުގާގެ މަތިން ދެލޯ ފެންނަވަރަށް ކަޅު ފޮތިގަނޑެއް އޮޅާލީ އޭނާގެ މޫނު އެކަކަށްވެސް ފާހަގަވާން ނޭދޭތީއެވެ. ނައިނާގެ ފެންނަމުން ދިޔައީ ދެލޯ އެކަންޏެވެ. މަޑު ފިޔަވަޅުތަކެއްގައި އޭނާ ދޮރާއި ކައިރިވެފައި އައިޒަން ކޮބައިތޯ ބަލާލިއިރު އައިޒަން ރެއިލިން ކައިރި ކޮއްޅަށް ހުއްޓެވެ. ކުރީގައި އޭނާގެ މަންޒިލަކީ އައިޒަންއެވެ. ދިރިއުޅުމަކީ އައިޒަންއެވެ. ނަމަވެސް މިއަދު އެ އައިޒަން އަކީ އޭނާގެ އެކައްޗެއްވެސް ނޫނެވެ. އޭނާގެ މަންޒިލަކީ އަދި ދިރިހުރުމުގެ މަގުސަދަކީވެސް ޝާމިރާގެ މަރެވެ.

ނައިނާ އަޑެއްވެއް ލައްވާނުލާ ގޮސް ހުޅުވާފައި ހުރި ދޮރުން އެތެރެއަށް ދެމިގަތެވެ. ފައިބަންހުރި ހިމަ ލަކުޑި ސިޑިތަކުން މަޑުމަޑުން ފައިބަމުން ދިޔަ ނައިނާ އިރު އިރުކޮޅާ މައްޗަށް ބަލާލެވެއެވެ. ނުބަލާ އެޅުނު ކަތިފިޔަވަޅަކުން ލަކުޑިގަނޑަކުން އަޑެއްގޮވައިގަތެވެ. ނައިނާ މައްޗަށް ބަލާލަފައި ބާރު ބާރަށް ސިޑިން ފޭބިއެވެ. އެތެރެއިން އިވުނު އަޑަށް އައިޒަން އައިސް ދޮރު މަތީ މަޑުކޮށްލުމާއި އެކު ފެނުނީ ސިޑިން ފައިބައިގެން ދިޔަ ހިޔަންޏެކެވެ. ވަގެކޭ ހިތާ އައިޒަންވެސް ދުއްވައިގަތެވެ. ނަމަވެސް ސިޑީން ފޭބިއިރު އެމީހެއްގެ ހިލަންވެސްނުވިއެވެ. އަޑުގަދަކޮށްފައި މީހުން ހޭލައްވާލަން ނޭދޭތީ އައިޒަން މަޑުމަޑުން މުޅިތަނަށް ބަލަމުންދިޔައެވެ. ބަހައްޓާފައި ހުރި ކަބަޑެއްގެ ފަހަތުގައި ފިލާހުރި ނައިނާ އަށް އައިޒަން އަންނަ އަޑު އިވެއެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައިލާކަށް ނޭދެއެވެ. އޭނާ އައީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. ދަބަހުން ނެގި ބޯޅައެއް އަތަށް ހެޔޮވަރުކޮށްލާފައި ނައިނާ ހުރި ދިމާ ނޫން އަނެއްދިމާލަސް ހޫރާލުމާއި އެކު އެ ޖެހުނު ތަނަކުން އަޑުކިޔައިގަތެވެ. ކައިރިވަމުން ދިޔަ އައިޒަންގެ ފިޔަވަޅުތަށް ބަދަލުވެއްޖެކަން އެނގުމާއި އެކު ނައިނާ ބާރުބާރަށް ދުއްވައިގަތީ އެންމެ ތިރީ ފަންގިފިލާއަށް ދާށެވެ. ޝާމިރާގެ ކޮޓަރި ހުންނަނީ އެތާކަން އޭނާއަށް އިނގޭތީއެވެ.

އިވުނު އަޑާއި ދިމާލަށް ދިޔަ އައިޒަން މުޅިތަން ބަލަމުންދިޔައެވެ. ނަމަވެސް އެ މީހެއްގެ ވަސްވެސް ނެތެވެ. ހިތްވަރު އެލުވާލަން ނޭދޭތީ އައިޒަން ދިޔައީ ކޮންމެ ކޮޓަރިއެއްގެ ތެރެއަށް ބޯ ދިއްކުރަމުންނެވެ. ސިޑީގައި މަޑު ދުވުމެއްގައި ދުވަމުން އައި ނައިނާ ކޮޓަރިތަށް ކައިރި މަޑުޖައްސާލިއެވެ. އެއަށްފަހު ފަހަރަކު ކޮޓަރިއެއްގެ ތެރެއަށް ބޯ ދިއްކުރަންފެށިއެވެ. ތަޅުލާފައި ހުރި ކޮޓަރިއަކީ ޝާމިރާގެ ކޮޓަރިކަން އެނގި އެނާ އަނެއްކާވެސް ރޭވުމާއި އެއްގޮތަށް ކަންތަށް ކުރަންފެށިއެވެ. އަދި ދަބަހުން ގެނައި ސާމާނު ހާވާލާ ތަޅަށް ވަންނާނެ ކަހަލަ އެއްޗެއް ނަގާ ތަޅަށް މަހާލިއެވެ. މަޑުމަޑުން އެ އަނބުރާލުމާއި އެކު ހުޅުވިގެން ދިޔުމުން ނައިނާ ގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމަކީ ރަނގަޅު ހިނިތުންވުމެއްނޫނެވެ. އޭނާ އެތެރެއަށް ދެމިގަނެފައި ދޮރު ތަޅުލިއެވެ.

ޝާމިރާ އަރާމުކޮށް އެނދުގައި ނިދާލާފާ އޮތްތަން ފެނި ނައިނާ ރުޅިއައެވެ. އޭނާގެ ހަމަޖެހުން ނަގާލާފައި ޝާމިރާއަށް އަރާމުގައި އުޅުނަކަ އޭނާ ނުދޭނެއެވެ. ލަސް ފިޔަވަޅުތަކެއްގައި އޭނާ ގޮސް ޝާމިރާގެ އެނދު ކައިރި މަޑުކުރިއެވެ. އަދު ދެތިން ފަހަރު ޝާމިރާއަށް ގޮވާލުމާއި އެކު ޝާމިރާ ދެލޯ ހުޅުވާލިއެވެ. އެއްފަރާތުގައި ކަޅު އެއްޗެހީގައި ހުރި މީހާ ފެނި ޝާމިރާ ބިރުން އެނދުން ތެދުވެފައި ކާކުތޯ ސުވާލުކުރިއެވެ. ފެންނަމުންދާ ދެލޮލުން އެކަނިވެސް އެމީހެއް ނުރައްކާތެރިކަން ޝާމިރާއަށް އިނގުނެވެ. ނައިނާ އޭނާގެ މޫނުގައި އައްސާފައިވާ ފޮތިގަނޑު މޮހާލިއެވެ. ބޯ ފޮރުވޭގޮތަށް މަތިން ލައިގެން ހުރި ކަޅު އެއްޗެއްގެ ސަބަބުން ނައިނާ ބުރުގާ އަޅާފައި ހުރިކަމެއް ނުވަތަ ނާޅާ ހުރިކަމެއް ނޭނގެއެވެ.

ޝާމިރާގެ ދެލޮލާއި އެއްވަރަށް އަނގަވެސް ދިޔައީ ހުޅުވިގެންނެވެ. މިއީ ހުވަފެނެކޭ ހިތާ އެތަކެއް ފަހަރު އަތުގައި ވިކައިގަތެއްކަމަކު އޭނާއަށް ހެއެއްނުލެވުނެވެ. “ނަ..ނައިނާ…” ބިރުންހުރި ޝާމިރާ އެހެން ބުނެފައި އެނދުގެ އަނެއްފަޅިއަށް ފޭބިއެވެ. ޝާމިރާގެ ކަންފަތަށް އިވިގެންދިޔައީ ސުހުދު ބުނި ޖުމްލައެވެ. ނައިނާ އަމިއްލައަށް މަރުވި ވާހަކައެވެ. އެހެންވެއްޖެއްޔާ ކުރިމަތީ މިހުރީ ކާކުހެއްޔެވެ؟ ނައިނާގެ ޖިންނިބާއެވެ. ޝާމިރާ ބިރުން ހިނގައިގަންނަން ފިޔަވަޅެއް އެޅުމުން ނައިނާ އަތުން އެކަން ނުކުރުމަށް ބުންޏެވެ. “މަންމަ ބުނީމެއްނު ވަރަށް ދެކެން ބޭނުންވެޔޭ މިދެއަތުން މަންމަ މަރާލާތަން.. އެހެންވެ މިއައީ..” ނައިނާ ހީލާފައި އެހެން ބުނެ ޝާމިރާ ކައިރިއަށް ދާން ހިނގައިގަތެވެ. ޝާމިރާ ނޫނެކޭ ބުނެފައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. “ތީ.. ތީ ނައިނާއެއް ނޫން.. ނައިނާ މަރުވެއްޖެ… ސުހުދު އަހަރެންކައިރި ބުނެފި ނައިނާ މަރުވެއްޖެޔޭ ތީ ނައިނާއެއްނޫން…” ޝާމިރާ ދެލޯ މަރާލަމުން އެހެން ކިޔައިގަތެވެ. ނައިނާ ފިޔަވަޅުތަށް ހުއްޓުނީ އެހެންވެއެވެ.

ރާވަމުން އައި ރޭވުން އެހެން ގޮތަކަށް ބަދަލުކޮށްލިއިރު އެ ތުންފަތްމަތީ ކުޅެލީ ރީތި ހިނިތުންވުމެކެވެ. “ކޮންމެ ގޮތެއްވިޔަސް މަންމައެއް ނޫންތޯ ބުނީ ބަދަލުހިފަން.. އަހަރެން މަރުވިޔަސް ނުވިޔަސް އަހަރެން ބަދަލުފުރިހަމަ ނުވަންޏާ އެނބުރި އަންނާނެއްނު.. މަންމަ ބުނީމެއްނު ކޮންމެ ތާކުއުޅުނަސް މަންމައަށް އިނގެޔޭ ނައިނާ އަންނާނެކަން…” ޝާމިރާ ބިރުގަންނުވާލަންވެގެން ނައިނާ އެހެން ބުނެފައި ޝާމިރާ ކައިރި ހުއްޓިލިއެވެ. އޭރު ޝާމިރާ ބިރުން ތުރުތުރުއަޅައެވެ. ޝާމިރާ އެހާލުގައި ހުރިތަން ފެނި ނައިނާ ގެ ހިތަށް އެ ލިބެނީ ބަޔާންކުރަން އުނދަގޫ ހިތްހަމަޖެހުމެކެވެ. ޝާމިރާ ނައިނާ ކޮށްޕާލާފައި ބާރުބާރަށް ހަޅޭލަވައިގަތެވެ. ނައިނާ ހުރީ އެކަމަށް ތައްޔާރަށްކަމުން ގޮސް ޝާމިރާގެ އަނގައިގައި ހިފަހައްޓާލިއެވެ. “ހީނުކުރާތި އަހަރެންނަށް ނުވަދެވޭނޭ އަދި ކަލެއަށް ކަމެއްނުކުރެވޭނޭ…! ކަލޭ މަރުގެ ތުންފަތްމައްޗަށް ކޮށްޕާލި ނައިނާއެއްނު މިހުރީ ކަލޭ ކުރިމަތި… މަރުވިޔޭ ތިކިޔާއިރު އަހަރެން މިހުރީ ކަލޭ ކުރިމަތީގައެއްނު އެހެންވީމަ ހީނުކުރާތި ސަލާމަތްވެވޭނޭ.. މިއަދު އަހަރެން މިއައީ ބަދަލުހިފަން.. ކަލޭ ބޭނުންވާގޮތަށް..” ސީދާ ޝާމިރާގެ ދެލޮލަށް ބަލަންހުރެފައި ނައިނާ އެހެން ބުންޏެވެ. އެ ދެލޮލުން ޝާމިރާއަށް ފެންނަނީ ނަފުރަތެވެ. ރަހުމެއްނެތްކަމެވެ. ޝާމިރާ ހީކުރީ ނައިނާގެ ރޫހުއައީކަމަށެވެ. ގަތްބިރުން އަނެއްކާވެސް ހަޅޭލަވައިގަތެވެ. ނަމަވެސް އެއަޑު ނުނިކުތީ އަނގަމަތީ އަޅާފައި ހުރި ނައިނާގެ އަތުގެ ސަބަބުންނެވެ. ނައިނާ ޝާމިރާ އެނދުމައްޗަށް ކޮށްޕާލިއެވެ.

ޝާމިރާ މައިނޭވާ ލަމުން ފަސްއެނބުރި ބަލާލިއިރު ނައިނާ ނެތެވެ. އޭނާ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ނައިނާގެ ވަސްވެސް ނޭފަތުގައި ނުޖެހުނެވެ. ކަމެއްކޮށްލަން ނޭނގިފައި އިން ޝާމިރާ ސިއްސައިގެން ދިޔައީ އޭނާގެ ދޮރުގައި ބާރަކަށް އައިޒަން ޖަހަންފެށުމުންނެވެ. މަންމާއޭ ކިޔާފައި ގޮވިއިރު އެ އަޑުގައިވަނީ ހާސްކަމެވެ. އޭނާ ހީކުރީ ގެއަށް ވަތްމީހަކު ޝާމިރާއަށް ކަމެއް ކުރީކަމަށެވެ. އެ މަންޒަރު ބަލަން ތަނބެއްގައި ލައްވެފައި ހުރި ނައިނާ ގެ ހިތަށް އުނދަގުލެއްވިއެވެ. ޤަބޫލުކުރަން ނޭދުނަސް އެ ހިތް އަދިވެސް އެ ތެޅެނީ ކުރިމަތީ އެ ހުރި އިންސާނާއަށެވެ. ނައިނާ ހިތާވީ ދިމާލުގައި އަތް އަޅާލާފައި އައިޒަންއަށް ބަލާލިއެވެ. އަދި އަނެއްކާވެސް އަމިއްލައަތަށް ބަލައިލިއެވެ. އެހިތް ތެޅޭވަރު އޭނާއަށް އަންދާޒާވެގެންނެވެ. އެހިތަށް އެހިތުގެ މިލްކުވެރިޔާ އިނގޭފަދައެވެ. އެކި އެކި އިހްސާސްތަކާއި އެކު އޮޔާބެހެމުން ދިޔަ ނައިނާ ހަމަބިމަށް ފޭބުނީ ޝާމިރާ ދޮރު ހުޅުވާލިއަޑަށެވެ. ޝާމިރާ ފެނިފައި އައިޒަން ކިހިނެއްވީތޯ ސުވާލުކުރުމުން ތެދު ބުނަން ނުކެރުނެވެ. އެހެނީ ތެދު ބުނެއްޖެނަމަ އޭނާ މިކަމުގައި ބެދޭނެކަން ޔަޤީނެވެ.

ޝާމިރާ ބިރުވެރި ހުވަފެނެއް ފެނުނީއޭ ބުންޏެވެ. “ނުނިދަނީތަ؟” ޝާމިރާ އެހެން އަހާލުމުން އައިޒަން ނޫނެކޭ ބުންޏެވެ. “މިދަނީ ދާން.. ދެންވެސް ނިދާލާ…” އައިޒަން އެހެން ބުނެފައި ހިނގައިގަތެވެ. ނައިނާ ފުން ނޭވައެއް ދޫކޮށްލާފައި މޫނު ނިވައިކޮށްލިއެވެ. އަދި މައްޗަށް އަރަން ހިނގައިގަތީ އައިޒަން ދާހާ އިރުކޮށްފައެވެ.  މި ނިމުނީ ނޫންކަމާއި ޝާމިރާ ކައިރިއަށް އަންނާނެކަމަށް އޭނާ ބުނަމުންދިޔައީ އެކޮޓަރިއަށް ބަލަހައްޓައިގެން ހުރެއެވެ. ނައިނާ ސިޑިތަށް ގިރާމުކުރަމުން ގޮސް ތަންކޮޅެއް ބާރަށް ދުއްވައިގަތީ ޓެރެހަށް އެރެންހުރި ސިޑިތަކާއި ދިމާލަށެވެ.

ދުވެފައި ދަނިކޮށް އޭނާ ސިހުނީ ކުރިމަތިން އައި އައިޒަން ފެނުމުންނެވެ. ދެފަޔަށް ކޮންޓްރޯލް ނުކުރެވި އޭނާ ދިޔަގޮތަށް ގޮސް ޖެހުނި އައިޒަންގެ ގައިގައެވެ. އައިޒަން އަށް ނައިނާ އައި ދިމާލެއް ނޭނގުނެވެ. ނައިނާ ޖެހުނުލެއް ބާރުކަމުން ދެމީހުން އެކީ ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އޭރު އައިޒަންގެ ގައިމަތީ ނައިނާ އޮތެވެ. ނައިނާ އިސްއުފުލާލާ އައިޒަންއާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ. އޭރު އައިޒަންވެސް ބަލަމުން ދިޔައީ ނައިނާގެ ދެލޮލަށެވެ. ނައިނާގެ މޫނު ނިވާވެފައިވީތީ އެތަކެއް ފަހަރު ޝުކުރުދެންނެވިއެވެ.

އައިޒަން ނައިނާގެ މޫނަށް ބަލަން އޮތްއިރު އެއީ އަންހެންކުއްޖެއްކަން ޔަޤީންވިއެވެ. އެދެލޯ އޭނާއަށް ކުރީގެ އެތަށް ހަނދާންތަކެއް އާކުރުވައިފިއެވެ. ނައިނާ އަވަސް އަވަހަށް ތެދުވަން އުޅުމުން އެކަން ކާމިޔާބުނުވީ ނައިނާގެ އުނަގަނޑުގައި އައިޒަން ހިފެހެއްޓުމުންނެވެ. ދެލޯ ބޮޑުކޮށްލަމުން ނައިނާ އައިޒަންއަށް ބަލަންއޮވެފައި އެ އަތް ނެއްޓުވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އައިޒަން ދޫނުކުރިއެވެ. ކޮންމެވެސް ވަރަކަށް އެހިތަށް އެއީ ކާކުކަން ނަގައިގަނެވިއްޖެއެވެ. ހަމައެކަނި ޔަޤީންނުކުރެވޭކަމެވެ. އޭރުވެސް އޭނާގެ ލޯ އަމާޒުވެފައި ހުރީ އެދެލޮލަށެވެ. އައިޒަން ނައިނާ ގެ ވާއަތް ފާހަގަކޮށް އެ އަތުގައި ހިފެހެއްޓުމުން، ތެދުވަން މަސައްކަތްކުރަމުން ދިޔަ ނައިނާގެ ހަރަކާތްތަށް ހުއްޓުމަކަށް އައެވެ. އައިޒަން މިއުޅެނީ ކީއްކުރަންބާއޭ ހިތަށް އަރަމުންދިޔައިރު އޭނާ ގެ ހިތްވެސް ދިޔައީ އެއްވަރަކަށް ތެޅެމުންނެވެ. މިއަދު އޭނާގެ މަގުސަދު ހާސިލްނުވެ މިތަނުން ސަލާމަތްނުވެވުނީއޭ އޭނާ ހިތަށްއަރާ ހާލު އައިޒަންގެ މޫނަށް ބަލައިލީ ކަންބޮޑުވެފައެވެ.

އައިޒަން ނައިނާގެ ވާއަތް އޭނާގެ އަތުތެރެއަށް ލުމާއި އެކު ކަށިވައި އިނގިލީގައި އަޅާފައި އިން އަނގޮއްޓި އައިޒަންގެ އިނގީލީގައި ޖެހި އޭނާގެ ހިތަށް އެރި ސޫރަގެ ވެރިޔަކީ މިއީކަން ޔަޤީންވިއެވެ. އައިޒަން އެ ކުރިކަންތަށް ނައިނާއަށް އެނގުމާއި އެކު ޗޫސްދަމާލާފައި އަމިއްލަ ނަފްސްކުށްވެރިކުރީ އެ އަނގޮއްޓި ނުނަގާ އާދެވުނީމައެވެ. “ނައިނާ!!” އައިޒަން މަޑުމަޑުން އެހެން ބުނުމާއި އެކު ނައިނާ އިސްޖަހާލާފައި އައިޒަންގެ ނަޒަރުން ސަލާމަތްވިއެވެ. އައިޒަން އޭނާގެ އަތުން ނައިނާގެ މޫނުގައި އައްސާފައި އޮތް ފޮތިގަނޑު ނަގާލިއެވެ. އެވަގުތު އެ ފޮތިގަނޑު ނައްޓާ ނައިނާގެ މޫނު ރީއްޗަށް އައިޒަން އަށް ފެނިގެންދިޔައެވެ. އޭރުވެސް ދެމީހުން އެ ތިބިގޮތަށް ތިއްބެވެ.

ނައިނާއަށް ކަމެއް ނުކުރެވި އުޅެނިކޮށް އައިޒަން އެ އަތުތެރެއަށް ނައިނާ ލާ ބޮނޑިކޮށްލިއެވެ. އެ ހަރަކާތުން ނައިނާ ހައިރާންވިއެވެ. އޭނާ ހަރަކާތެއް ނުކޮށްލާ ދެލޯ ބޮޑުކޮށްލައިގެން އޮތްއިރު އައިޒަން އޭނާގެ ގައިން ދޫވެސްނުކުރިއެވެ. “ނައިނާ!” އައިޒަން ދެންވެސް އެހެން ބުނެފައި ނައިނާގެ މޫނުގައި ފިރުމާލިއެވެ. ނައިނާގެ ލޯތްބާއި ފިރުމުންތަކަށް އެދެމުންދާ އެ ހިތަށް މިއަދު ކެތްނުވީއެވެ. އިހްސާސްތަށް ބަންޑުންވީއެވެ. ނައިނާއަށް އުނދަގޫވިއެވެ. އައިޒަން އޭނާއަށް ދިން ދޯކާ ހަނދާނަށް އައުމުން އެ އަތުތެރެއިން ވީއްލިގަންނަން އުޅުނެވެ. އެހެނީ މިއަދު އޭނާގެ ހަމައެކަނި މަގުސަދަކީ އޭނާގެ ދިރިއުޅުން ހަލާކަށް ގެނައި އިންސާނާގެ ކިބައިން ބަދަލުހިފުމެވެ. ޝާމިރާގެ މަރެވެ. އައިޒަން އެތަކެއް ސުވާލުތަކެއް ނައިނާއަށް ކުރަން ބޭނުންވިއެވެ. މިގަޑީގައި މިތަނަށް އެގޮތަށް އައި ބޭނުން އިނގެން ބޭނުންވިއެވެ. ނަމަވެސް ސުވާލެއްކޮށްނުލާ އޮވެވުނީ އެހިތް ބެހިގެންދާން މިނިވަންކަމާއި އެކު ދޫކޮށްލަން ބޭނުންވާތީއެވެ.

“ދޫކޮށްލާ!” ނައިނާ އެހެން ބުނެފައި ތެދުވަން އުޅުމުން އައިޒަން ދޫކޮށްލިއެވެ. އައިޒަން ކުރަން އުޅޭ ސުވާލު އިނގިހުރެ ނައިނާ ދެން ކުރަން އުޅޭކަމަށް ތައްޔާރުވެލިއެވެ. “އަހަރެން ބުނާކަމެއްކޮށްފާނަންތަ؟” ނައިނާ ގެ އެސުވާލުން ހައިރާންވެފައި ހުރި އައިޒަން ކޮންކަމެއްހޭ އެހިއެވެ. ނަމަވެސް އެކަމެއް ނުބުނެ ނައިނާ އަނެއްކާވެސް ސުވާލު ތަކުރާރުކުރުމުން އައިޒަން ބޯޖަހާލިއެވެ.

…………………….

“ޝާމިރާ!” ނިދިން މަހުރޫމްވެފައި އޮތް ޝާމިރާ ދެލޯ މަރައިގެން އޮތީ ނިދޭތޯއެވެ. އިވިގެން ދިޔަ އަޑުން ބިރުގަނެފައި ލޯ ހުޅުވާލިއިރު ނައިނާ ހުރީ އޭނާގެ ކުރިމަތީގައެވެ. ޝާމިރާ އެނދުން ތެދުވިއެވެ. “އަހަރެން މަރެއްނުވޭ..!! އަހަރެން މިއައީ ޝާމިރާ ބުނިގޮތަށް ޝާމިރާ ކިބައިން ބަދަލު ހިފަން.. ނުބުނަންތަ އަންނާކަށް..” ނައިނާ ތެދުތެދަށް ބުންޏެވެ. އޭނާ ރޭވި ރޭވުންތަކާއި އެއްގޮތަށް ކަންތަށް ނުކޮށް އޭނާ އެހެން ރޭވުމަކައިގެން ކުރިއަށް ދިޔައެވެ. ޝާމިރާއަށް އެ އަޑު އިވުމުން ގަބޫލުނުކުރެވުނެވެ. ސުހުދު އޭނާއަށް ދޮގުހަދައިފާނެކަމަކަށް އޭނާއަށް އެއްބަހެއްނުވެވުނެވެ. “އަހަރެން ޝާމިރާ މަރާލުމުގެ ފުރުސަތު ދީ..” ނައިނާ ނިކަން ކެރިފައި އެހެންބުނެލިއެވެ. ޝާމިރާއަށް ކުރިމަތީ މިހުރީ ހަމަ ނައިނާ ތޯ ޔަޤީންކުރަން ބޭނުންވިއެވެ. އެހެނީ މިވޭތުވެ ދިޔަ އެއް ހަފްތާ ތެރޭ ދިމާވި ކަންތަށްތަކުން އޭނާގެ ސިކުނޑިއަށް ވިސްނުނީ އެއީ ރޫހާނީ ކަމެއްކަމުގައެވެ. އެއްފަހަރު ފެނިފަ އަނެއްފަހަރު ގެއްލުމަކީ އިންސާނަކަށް ކުޅަދާނަކަމެއް ނޫންތާއެވެ.

ޝާމިރާ ހިތްވަރުކޮށްފައި އަތުގައި ޖެހުނު އެއްޗަކުން ނައިނާއަށް ހަމަލާ ދިނެވެ. ނައިނާގެ އަތުގައި އެ ޖެހި ކަނޑައިގެން ދިޔުމާއި އެކު ކޮންމެވެސް ވަރަކަށް ލޭ އަންނަންފެށިއެވެ. އެ މަންޒަރު ޝާމިރާއަށް ފެނި ހިނިގަނޑެއްޖަހާލިއެވެ. “ކަލެއަށް އިނގޭތަ ކަލޭ ތިއައީ ކަލޭގެ މަރުކައިރިއަށް..” ޝާމިރާ އެހެން ބުނުމުން ނައިނާގެ މޫނުމައްޗަކުން ބިރުގެ ކަންފުޅެއްވެސް ނުފެނެއެވެ. އެކަމާ ޝާމިރާ ޖެހިލުންވިއެވެ. މީގެ ކުރިން ފެނުނު ފިނޑި ނައިނާ ޝާމިރާއަށް މިއަދު ނުފެނުން އެއީ އޭނާގެ ހިތަށް އުނދަގޫކުރާ އެއްކަމެވެ. “ކީއްވެ އަހަރެންގެ އައިޒަން އަހަރެން އަތުން ޖަހައިގަތީ.. އަހަރެންގެ އައިނާ އަހަރެން އަތުން އަތުލީ! ގައިމުވެސް އަހަރެން ނީންނާނެ ޝާމިރާއަކަށް އައިޒަންއަކަށް އުނދަގުލެއްކޮށްފައި އައިނާ ގެންގުޅެ ބޮޑުކުރީ އެކަނިން…” ނައިނާ އެހެން ކިޔައި ނިންމާލީ އެއްވެސް އަސަރެއްނެތިއެވެ. އެދެލޮލުގައި ވަނީ އެހެން ވިދުމެކެވެ. ކަރުނައެއް އެދެލޮލަކުން މިއަދަކު ނައެވެ. ކަރުނައާއި އެލޮލާއި މިއަދު އެއްވެސް ގުޅުމެއްނުވާކަހަލައެވެ.

“އަހަރެން އައިޒަން ކަލެއާއި ދުރުކުރީ ލަމްހާއާއި ދެވަން.. ކަލޭމެންނަށް ކުރަން އިނގޭކަމަކީ މީހުންގެ ލާރިގަނޑު ކެއުން.. މުއްސަންޖެއް ފެންނައިރަށް އެމީހެއްގެ ފަހަތުން ދުވުން… ކަލޭމެންގެ ގޮތް އަހަރެންނަށް އިނގެޔޭ..ލަމްހާ އަކީ ޖަވާހިރެއް.. އޭނާއާއި އިނުމާއި އެކު އަހަރެންނާއި ފާލިހުގެ ކުންފުންޏަށް ލިބިގެންދާނެ ކުރިއެރުމަކީ ދުލުން މިހެން ބުނެވޭވަރުގެ ކުރިއެރުމެއްނޫން… އެކަމް އެކަންވެސް ނާކާމިޔާބު ވީ ކަލެއާއި ހެދި.. އެވަރު ނުވެގެން ކަލޭ ވީ ފާލިހުގެ ދަރިއަކަށް.. ފާލިހު މަރުވާންވެސް ޖެހުނީ ކަލޭގެ ސަބަބުން…. ކަލޭ އަމިއްލައަށް އައިޒަންގެ ދިރިއުޅުމުން ދިޔައީ، އޭގެ ފައިދާ އަހަރެން ނެގުނީމަ ނުބުނެވޭނެ އަހަރެން ކަލޭއަތުން އައިޒަން ޖަހައިގަތީއެކޭ…

އައިނާ ކަލޭ އަތުން އަތުލަންޖެހުނީ އެ ނަމުގައި އަހަރެންގެ އައިޒަންގެ ނަން ވީތީ.. އެ ނަމަކީ ހާއްސަ ނަމަކަށްވީތީ.. މުއްސަނދިންގެތެރޭގައި ހިމެނޭ ނަމެއްވީތީ.. ކަލޭ ކަހަލަ ކުނިގަނޑުތެރޭ އުފެދެންޖެހޭވަރަށްވުރެ އެ ނަން ހާއްސަވީމަ… އަހަރެން ބޭނުންވީ ކަލޭ އެކަނިކޮށްލަން.. މޮޔަކޮށްލަން.. ކަލެއަށް އަންގަން އެހެން މީހަކު އައިސް ދަރިއަކު ޖަހައިގަތީމަ ވާގޮތް.. ކަލޭ އަހަރެންގެ އައިޒަން އަހަރެން އަތުން ޖަހައިގަތް އިރު އަހަރެންނަށްވެސް ވީ ތިކަހަލަ އިހްސާސެއް.. މިއަދު ކަލޭ ތެޅޭތަން ފެނި އަހަރެންނަށް ކާމިޔާބުވެއްޖެ…” ޝާމިރާ އެހެން ބުނީ ނައިނާއާއި ދިމާލަށް ކުރިންވެސް އޭނާ ހަމަލާދިން ކަޓަރެއްގެ ދިއްކޮށްގެންނެވެ. ނައިނާއަށް އެ ހުރިހާ އެއްޗެއް އިނގެއެވެ. ނަމަވެސް އޭނާ ބޭނުންވީ އެހެން މީހަކަށް އެކަން އަންގާށެވެ. “ދެން ކީއްވެ އަހަރެން ކުރިމަތީ އަހަރެންގެ ދިރިއުޅުމަށް އައި ދެވަނަ މަންމަ މަރާލީ… ކީއްވެ؟؟” ނައިނާ އެ ސުވާލުކޮށްފައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ޝާމިރާ ބާރުބާރަށް ހޭންފެށިއެވެ. އެ ހިނުމުގައި ވާ ނުބައިކަން އެތަނުގައި ފާރަވެރިއަކަށް ހުރި ފަރާތުގެ ހިތް ކަތިލައިފިއެވެ.

“މަރާލަންޖެހުނީވެސް ކަލޭގެ ސަބަބުންނޭ ބުނެފީމެއްނު… އަހަރެން ހިއެއްނުކުރަން ކަލޭ ހަމަ އަސްލަށްވެސް އަހަރެން އެހެންބުނީތީ ބަދަލުހިފަން އައިސްދާނެކަމަކަށް.. އެކަމް ދެން އައީތީ އަޑުއަހާ..! މާރިޔާ އަކީ އެއްވެސް ބޭނުމެއް އޮތް މީހެއް ނޫން މިދުނިޔޭގައި…. އޭނާގެ މަރު ލިޔެވިފައި އޮތްގޮތް އެއީ… އަހަރެން ބޭނުންވީ ކަލޭ ނިކަމެތިކޮށްލަން، އެކަން ކާމިޔާބުވެއްޖެކަން މިއަދު އެނގިއްޖެ ކަލޭ އަހަރެން ކުރިމަތީ ތި ހުރިގޮތުންވެސް… ކަލެއަކީ މިދުނިޔެއަށް ބޭކާރު މީހެއް.. އައިޒަން ކަލޭ ދޫކޮށްލީ. ކަލޭ އަމައާއި ބަފާ ކަލޭ ދޫކޮށްލީ.. މާރިޔާ ދޫކޮށްލީ.. އައިނާ ދޫކޮށްލީ.. ކަލޭ ހުރުމުގެ ބޭނުމެއް ނެތެއްނު.. ކަލޭވެސް މަރުވާންވީނު އަދި ބުނަން އަހަރެން މަރާލަން އުޅޭކަމުގެ ތުހުމަތުކޮށް ކަލޭ މިހާރުވެސް ޖަލަށް ލެވޭނެ.. އިނގޭތަ ކާކުކަން ލާނީ.. ކަލޭ ލޯބިވާ އައިޒަން..” ޝާމިރާ އެހެން ބުނެފައި ނައިނާގެ އަތުގެ މުލައްދަނޑީގައި ހިފައިފާ އޭނާއާއި ދިމާލަށް ގެނައެވެ.

ނަމަވެސް ހުށިޔާރުކަމާއި އެކު އެނބުރިގަނެފައި ޝާމިރާގެ އެ ހަމާލައިން ނައިނާ ސަލާމަތްވިއެވެ. ޝާމިރާ ހުރީ ނައިނާ ސަލާމަތުން ދޫކޮށްލާ ގޮތަކަށް ނޫނެވެ. މިއަދު އޭނާ މަރާލަންޖެހުނަސް މަރާލާނެއެވެ. މި ދުއްޕާނުގަނޑު ދުނިޔޭގައި ހުރިއްޔާ ޝާމިރާއަށް ނޭވައި ނުލެވޭނޭ ހިތާ ޝާމިރާ ނައިނާގެ ފަހަތުން ދުއްވައިގަތެވެ. ޝާމިރާގެ ބޭނުން އެނގި ނައިނާވެސް ދުރަށް ދުއްވައިގަތެވެ. އޭނާ ބޭނުންވީ ޝާމިރާ މި ކޮޓަރިގަނޑުން ނެރޭށެވެ. ނައިނާ ދުވަމުން ދުވަމުން ގޮސް ޓެރެސް އަށް އެރުމުން ޝާމިރާވެސް އެރިއެވެ. އޭރު އޭނާ ދިޔައީ އަޑަށް ބާރުލާ ހެމުންނެވެ. “ކަލޭ އަމިއްލައަށް މަރުވާތަން ތި އިހްތިޔާރު ކުރީ.. މައްސަލައެއް ނެތް..!” ޝާމިރާ އެހެން ބުނުމުން ޝާމިރާގެ ފަހަތުގައި ހުރި ނައިނާ ޝާމިރާގެ ކުރިމައްޗަށް އެރިއެވެ. “ޝާމިރާ ކަންނޭނގެ އަމިއްލައަށް މަރުވާތަނެއް ތި އިހްތިޔާރު ކުރީ..” ނައިނާ ހީލާފައި އެހެން ބުނެފައި ޝާމިރާ އަތުން ކަޓަރު އަތުލިއެވެ.

ޝާމިރާ އަށް އިތުރަށް ދެއްކޭނެ ބާރެއް ނެތަސް އޭނާ ދިޔައީ ނައިނާއަށް ހަމަލާއެއް ދެވޭތޯއެވެ. ނަމަވެސް ހުށިޔާރުކަމާއި އެކު ނައިނާ އެކަމުން ރެކިގަނެއެވެ. ނައިނާ ހުއްޓުނީ ރެއިލިންގައި އޭނާގެ ހަށިގަނޑު ޖެހުމާއި އެކުގައެވެ. ޝާމިރާ އަށް އެކަމުން ކާމިޔާބު ލިބި ނައިނާގެ އަތުގައި ހިފަހައްޓާފައި ކަޓަރު އަތުލިއެވެ. ނައިނާ އަތުގައި އިތުރު ހަތިޔާރެއް ނެތެވެ. މިއަދު އޭނާ އައީކީ ޝާމިރާގެ ފަހުދުވަސްކަމަށް ނިންމައިގެނެއްނޫނެވެ. ނަމަވެސް މިވަގުތު ނައިނާއަށް އޭނާގެ މަރު ކުރިމަތީ އެބަފެނެއެވެ. ޝާމިރާގެ ޖެހިލުންކުޑަކަން ނައިނާއަށް އިނގުނަސް އޭނާ ބިރެއްނުގަނެއެވެ. އެދެލޮލުގައި ބިރުވެރިކަމެއް ނެތެވެ.

ޝާމިރާ ވިހަ ހިނިތުންވުމަކާއި އެކު ނައިނާއާއި ދިމާލަށް ކަޓަރު މަޅާލިއެވެ. ނައިނާ ލައިގެން ހުރި އެއްޗެހިކަން ކަޓަރު އަޅައިގެން ނައިނާ މަރާލަން ފަސޭހަނުވާނެކަން ޝާމިރާއަށް އެނގި އެހެން ގޮތަކާއި މެދު ވިސްނަންފެށިއެވެ. ނައިނާ އެސްފިޔަޖަހާލުމެއްނެތި ބަލަމުން ދިޔައީ ޝާމިރާއަށެވެ. އެވަގުތު އޭނާގެ ހަނދާނަށް އެތަކެއް ކަންތަކެއް އަންނަންފެށިއެވެ. “އަހަރެން ކަލޭހާ ރަހުމްކުޑަނަމައޭ މިހާރު ހިތަށްއަރާ.. ކޮޓަރިއަށް ވަތްގޮތަށް ކަލޭ ކަރުގައި ހިފާ މަރާލެވުނުނަމަ…” ނައިނާ އެހެން ބުނުމުން ޝާމިރާ ހޭންފެށިއެވެ. “އަހަރެން އެހާ ފަސޭހައިން މަރެއްނުވާނެ…” ޝާމިރާ ބުންޏެވެ. އެއަށްފަހު ކަޓަރު ހޫރާލާފައި އެދެއަތުން ނައިނާގެ ކަރުގައި އޮބައިގަތެވެ. ނައިނާ ޝާމިރާގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރިއިރު އޭނާއަށް ނޭވައިލާން އުނދަގޫވެގެންދިޔައެވެ.

ކުއްލިއަކަށް ޓެރެސް އަށް ވަދެގެން އައީ ފުލުހުންތަކެކެވެ. އެކަން ޝާމިރާއަށް ނޭނގޭހާލު އޭނާ އަތަށް އައިހާ ބާރެއްލާ ކިޔަމުންދިޔައީ ނައިނާ މަރާލާނެކަމެވެ. “މާރިޔާ މަރާލިގޮތަށް ކަލޭވެސް މަރާލާނަން… ކަލޭވެސް މަރާލާނަން..” ޝާމިރާ ބާރުބާރަށް އެހެން ކިޔައިގަތެވެ. ކުއްލިއަކަށް ޝާމިރާ ސިހުނީ އޭނާގެ އަތުގައި ހިފަހައްޓާފައި ދުރަށްލި އައިޒަން ފެނިފައެވެ. އައިޒަން ގެ ދެލޮލުން އޭނާއަށް ފެނުނީ ކަރުނައެވެ. ޝާމިރާ ދެލޯ ބޮޑުކޮށްލާފައި ފަހަތަށް ޖެހެވުނީ އޭނާގެ އަސްލު ސިފަ ލޯބިވާ ދަރިފުޅަށް ފެނުނީމައެވެ. އޭރު ނައިނާ ދިޔައީ އެއްވަރަކަށް ކެއްސަމުންނެވެ. އައިޒަން ގުޑިލާންވެސް ނޭނގިފައި އެ ހުރިގޮތަށް ހުރެވުނީއެވެ. ޝާމިރާ ގޮސް ޖެހުނީ އަންހެން ފުލުހެއްގެ ގައިގައެވެ. އޭނާ ސިހިފައި ފަސްއެނބުރުނުއިރު އެތަން ވަނީ ބައިވަރު ފުލުހުންނާއި އެކު ފުރިފައެވެ. އަނގަ ސަކަރާތްވެފައި ހުރި ޝާމިރާގެ ދުލަށް ބަހެއް ނައި ތާނގައި ދެންވެސް ބަލާލެވުނީ އައިޒަންއަށެވެ. އައިޒަން ދުރަށް ނަޒަރު ހިންގާލުމުން ޝާމިރާގެ ހިތުގައި ޖެހުނެވެ. އިސާހިތަކު ދެލޯ ކަރުނުން ފުރިއްޖެއެވެ.

“ބޭނުންވާ ހެކި މިހާރު ލިބިއްޖެއެއްނޫންތޯ؟ ދެން ޝާމިރާ ކައިރި އޭނާ މާރިޔާ މަރާލިގޮތާއި ބައިވެރި ކުރީ ކޮންބައެއްކަން ހާމަކުރާށޭ ބުނޭ…” އައިޒަން ގެ އަނގަ ހަރަކާތްކުރީ ވަރަށް އުނދަގުލުންނެވެ. ނޭވައިލާން އުނދަގޫވެފައި ހުރި ނައިނާ އަށް އެ އަޑު ކަންފަތުގައި ޖެހުމާއި އެކު އެއްފަހަރު އައިޒަންއަށް އަދި އަނެއްފަހަރު ޝާމިރާއަށް ބަލާލެވުނެވެ. ޝާމިރާ ރޮއެގަނެފައި ނޫނެކޭ ދަރިފުޅާއޭ ކިޔާ އައިޒަންގެ ފައިބުޑަށް ވެއްޓިގަތެވެ. “އަހަރެންގެ ތިހާ ނުބައި ނުލަފާ މަންމައެއް ހުރިކަން ނުދެނެހުރިން.. އަހަރެން ނައިނާއާއި ވަކިކުރިއެއް ކަމަކު މަޑުން ހުރިން.. އެކަމް މީހެއް މަރާލައި އަނެއްކާ އެކުށް ތަކުރާރުކުރަން ތިއުޅުނީ.. ނޭނގޭތަ ކުރިމަތީ މިހުރީ އަހަރެންގެ ފުރާނަކަމެއް..މިއީ އަހަރެން ލޯބިވާ އަހަރެންގެ އަންހެނުންނާއި އައިނާގެ މަންމައޭ…” އައިޒަން އަޑުގަދަކޮށްލިއެވެ. އަދި ނައިނާއަށް އިޝާރާތްކޮށް އެހެން ބުނީ ނައިނާގެ އަތުގައި ހިފާ ބާރުކޮށްފައެވެ.

ނައިނާ އެ އަތަށް ބަލައިލިއެވެ. އެއާއި އެކު ސިކުނޑީގައި އެނބުރެމުން ދިޔައީ މީގެ އަހަރުތަކެއް ކުރިން އައިޒަން އުވާލި ވައުދުތަކެވެ. އެތަކެއް ފަހަރު ޝާމިރާގެ އަސްލު ސިފަ އައިޒަންއަށް ދައްކަން އައިޝަމް  އުޅުމުން އެކަމުން ނާކާމިޔާބު ވީވަރެވެ. ޝާމިރާ ރޮއެ ރޮއެފައި އައިޒަންއަށް ގޮވަމުންދަނިކޮށް ފުލުހުންގެ ޓީމް އޭނާގޮވައިގެން ނިކުންނަން ހިނގައިގަތެވެ. ޝާމިރާގެ ދެލޮލުން ފެނުނު ހިތާމައާއި ފެނުނު އިހްސާސްތަކުން ނައިނާއަށް ކާމިޔާބުލިބުނެވެ. އޭނާ ބޭނުންވީ ޝާމިރާ ތަޅުވާށެވެ. އެހިތަށް ތަދުކުރާށެވެ. އެކަން ވެއްޖެއެވެ. ފަހަރުގައި ޝާމިރާ އަށް ހައްޤުއަދަބީ މަރުކަމަށް ނުވެދާނެއެވެ. އޭނާގެ ހައްޤު އަދަބަކީ އަމިއްލަ ދަރިކުރިމަތީ އެގޮތަށް ފަލީހަތްވެ ހަމަ އެދަރިފުޅު އޭނާ ފުލުހުންނާއި ހަވާލުކުރުމެވެ. އެއަށްވުރެ ބޮޑު ހިތާމައެއް ޝާމިރާއަށް ނުލިބޭނެކަން ނައިނާއަށް އިނގުނު ހިނދު ހިތަށް ވަރަށް ބޮޑުހަމަޖެހުމެއްލިބުނެވެ. އޭނާގެ މަޤުސަދު ކާމިޔާބުވީއޭ ހިތަށްއެރިއެވެ.  އެވަގުތު ޓެރެސް ދޮރުމަތީ ތިބި އައިޝަމްގެ ދެމަފިރިންނަށް އެމަންޒަރު ފެނުނެވެ. ކަންތަށް ހިނގައިދިޔަ ގޮތް އެނގުމާއި އެކު ހައިރާންވެސްވިއެވެ. މަންމައަކީ ކިތަންމެ ނުބައިމީހެއްކަމަކު މީހެއް މަރާލާނެކަމަކަށް އައިޝަމް ހިއެއްނުކުރެއެވެ. ދެމީންގެ ލޮލުގައި ދެން އަޅައިގަތީ ނައިނާއެވެ. ނަމަވެސް އެވަގުތު އެމީހުން އެތަނުން ދިޔުން ރަނގަޅުކަމަށް ހިތާ ދެމީހުންވެސް ފައިބައިގެން ދިޔައެވެ. “އޭގެ މާނައަކީ.. މަންމަ މާރިޔާ މަރާލިއްޔޭ..” ހައިރާންވެފައި ހުރި އިނާ އެހެން އެހިއިރު އެއް އަހަރު ކުރިން ހިނގި ހާދިސާ ލޮލު ކުރިމައްޗަށް ސިފަވެގެންދިޔައެވެ. “އާނ… ލަމްހާ ކިހާ ދުވަހެއް އުޅުނު މާރިޔާ ހޯދަން.. ނައިނާ ހޯދަން… ކިހާ ދެރަވާނެ އޭނާއަށް އެ ހަބަރު ލިބުނީމަ…” އައިޝަމް އެހެން ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ތިޔަ ދިން އުފާ 25

Next

އީލާމް-14

Next
October 18, 2017

އީލާމް-14

Previews
October 17, 2017

ތިޔަ ދިން އުފާ 25

38 Comments!

  1. Aki says:
    October 17, 2017 at 10:21 pm

    varah inthizaaru kohfin mi vaahaka ah

    1. Aki says:
      October 17, 2017 at 10:41 pm

      haadha reethi ey mi part ves next part avahah up kohla dheeythi ..

  2. Ryn says:
    October 17, 2017 at 10:24 pm

    Salaaaam guys ?
    Ah! Finally Shaamira is over, in the best way probably. Thats the best thing she deserves tho. And she forever will regret cx the face she hid from her lovely son was finally out and she is busted. lol!
    Anyways, hope you guys like it
    Thankyou for reading and waiting for this.
    Next part tomorrow night.
    Good night.
    tvgc ?

  3. Rana says:
    October 17, 2017 at 10:24 pm

    Furathama vx mi comment kohlee….hama ryn ge vaahaka reethi v ma….keep itup???

  4. Xee says:
    October 17, 2017 at 10:46 pm

    Wow❤??????????? finally shamira ah landeh devije vvv salhi nd hama v rangalhu Ryn
    good night ??? TGC Ly
    waiting……

  5. ??? says:
    October 17, 2017 at 10:49 pm

    Vvvv rythi mibaiii hmm ragalhah eaviii samira ah ?dhenn aizan aai naina dhuru nukurahchey gulhuvabala e2kudhinn aina ah mom aai dad 2myhunn eyna aai eku ulhey than dhahkabala???????????

  6. Aiminath juveydha says:
    October 17, 2017 at 10:51 pm

    alhey inthizaaru nimumakah ai.. varah reethi.. konirakun next part..

  7. Laii says:
    October 17, 2017 at 10:55 pm

    Aachaaa.. salhi twisteh.. u r the best rynn????❤❤❤❤❤
    Good Byeee shaamiraa

  8. fazoo says:
    October 17, 2017 at 11:00 pm

    Maasha Allah vv reethi thanks

  9. Song joong says:
    October 17, 2017 at 11:09 pm

    varah reethi masha allah..

  10. Suhaa says:
    October 17, 2017 at 11:10 pm

    Dhen salhi hama but kudakon childish

  11. Natha says:
    October 17, 2017 at 11:10 pm

    Wow vvvvvvvvvvv reethi

  12. Dhim says:
    October 17, 2017 at 11:13 pm

    Aaaah. Just wow. Sooo beautiful

  13. Some one says:
    October 17, 2017 at 11:18 pm

    Woahh!! Bt plxx aixan ah nainaaa dhinasss v undhagulun dheynii!! Aixan jeheyne nainaaa fahathun dhuvann!! Alun eyna hwdhan!! Maskkaiy kuran!!

  14. Faroo says:
    October 17, 2017 at 11:21 pm

    Waiting for the nxt part ? .. Vrh vrh vrhh reethi mi vaahaka ?

  15. me says:
    October 17, 2017 at 11:24 pm

    v loabi parts pls

  16. Aisha says:
    October 17, 2017 at 11:35 pm

    Wow,,,mi part superb…

  17. Merr says:
    October 18, 2017 at 1:17 am

    Just wowww ❤❤❤
    Run dhn othee aizan ge kanthah dhww
    Rangalhah aizan thalhuvaalahchey ?

  18. khajja says:
    October 18, 2017 at 1:22 am

    Alhey haadhahaa chaaley dhw mi stry??? ekamakuvaa saamiraa kyththikury? Bunymennu aizan gaboolunukuraane ey kobaa kihineiy v? ?? stry v v habeys thank u the luvly stry gud nyt ly????❤❤????????????

  19. ponky says:
    October 18, 2017 at 5:14 am

    Ryn maadan rey thankolheh iraakolhu upkoh dheyn v nu… ryn ge vaahaka kiyan maa dan vanden inthizaaru kurevny

  20. Zahoo says:
    October 18, 2017 at 5:24 am

    One of the best story i have evr read ❤️??

    1. ainal says:
      October 18, 2017 at 6:46 am

      yeah..mine tooo

  21. inaaa says:
    October 18, 2017 at 8:05 am

    mi story varah reethi

  22. Xaaan says:
    October 18, 2017 at 8:07 am

    Masha Allah v reethi

  23. Ryn says:
    October 18, 2017 at 9:44 am

    Thankyou everyone. So happy to get good comments and knowing that u guys liked it a lot. And in sha Allah I’ll up around 7/8 ingey?
    Love ya guys ?
    Good morning ?

  24. Aisha says:
    October 18, 2017 at 10:45 am

    Woww varah reethi mi part ves ❤ waitting hama ?

  25. Ainth says:
    October 18, 2017 at 11:05 am

    Masha Allah… Ryn haadha molhey vaahaka liyan… V v rythi mi vaahaka n kuriyah thi gendhaa goehves v v furihama.. Furathama part kiyaalymaves mi vaahaka v furihama vaanekan yagynvi.. Ehenve kuriyah mi gendhiyaee.. V v v v rythi story.

  26. anm says:
    October 18, 2017 at 11:52 am

    Wow vvvv reethi

  27. Kiyun theriraa says:
    October 18, 2017 at 1:21 pm

    Varah reethi alhe nainaa aa aozpapn gulhuvaa dhehche I love u run????

  28. xoxo?? says:
    October 18, 2017 at 1:55 pm

    wowww amazing naina aizan ah ehaa avahah maafnukuraathi aizan ah rangalhu filaavalhey dheythi ehaa ithubaaru nukurevey meehakah ehaafaseyhain maafnukuraathi luv u r story ryn woww waiting for next episode luv u ryn dhoooony

  29. Khajja says:
    October 18, 2017 at 7:19 pm

    Ryn dear,, story ge inthizaaruga mi innanee 7 jeheehsuren.. iru irukolhaa page refresh kolla kollaa

  30. Aki says:
    October 18, 2017 at 8:19 pm

    ryn avahah up kohla dheebaa pls pls… mihaaru kiyaa hithun mihiree

  31. Sum_az says:
    October 18, 2017 at 8:25 pm

    Ryn….koba koba waiting….?

  32. maahy says:
    October 18, 2017 at 8:56 pm

    kobaatha next part, mirey up kohdheynamey kiyaafa

  33. ponky says:
    October 18, 2017 at 9:01 pm

    Ryn kyve thihen hedhy ?

  34. Eyna says:
    October 18, 2017 at 9:05 pm

    Ryn kobaaa

  35. aish says:
    October 18, 2017 at 9:07 pm

    Ryn kobaatha next part?? Wrhaka kiyalaa hithun hureveny ehnun .

  36. Shailaa says:
    December 3, 2018 at 11:34 pm

    Kobaatha next part????

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (29)←


All Right Reserved!