ގޭ މީހުން ހޭނުލަނީސް އާންމުކޮއް ޒިމްޔާ ގެއައް ވަންނާނެއެވެ. ނަމަވެސް މިއަދު މާބޮޑައްވެސް ލަސްވެއްޖެއެވެ. ދުވަމުން ގޮސް ގެއައް ވަތް އިރު ގޭތެރޭ ހުރި މީހާ ފެނުމުން ޒިމްޔާ އިސްޖަހާލިއެވެ. އެމީހެއް އޭރުހުރީ ވިހަ ހިނިތުންވުމެއްދީގެން ޒިމްޔާއާއި ދިމާއައްބަލާށެވެ. ………………………………………………………… ކުރިމަތީ ފެންނަން ހުރީ ޒިމްޔާގެ ދޮންބެ އާކިފްއެވެ. އާކިފް ރަށުގަނޫޅޭތާ މިވީ ތިންމަސް ދުވަހެވެ. އާކިފް އަކީ މިހާރު މާލޭގަ ގޭންގެއްގެ މީހެކެވެ. ޒިމްޔާއާއި ދިމާއައް ބަލަން ހުރީ ބުޅާ މަސްގަނޑަކާ ދިމާއައް ބަލާ ފާޑަކަށެވެ. […]
ރޭގަނޑުގެ ވަގުތެވެ. ބޭނުން ނުވިކަމުގައިވިޔަސް ބައްޕައަށްޓަކައި އަޔާނީ ތައްޔާރުވިއެވެ. ބޮޑުކޮޓަރީގައި ހުރި ސޯފާގައި އޭނާ އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ ހިތް ރޮމުންދާ އަޑު ދެ ފަރާތުގައި ތިބި މަންމައާއި ބައްޕައަށް އިވޭނެނަމައޭ އަޔާނީގެ ހިތަށް އެރިއެވެ. ހުސްނާ އިނީ އަމްހާގެ ގާތުގައެވެ އެމީހުން އިށީނދެގެން ތިބި ސޯފާގެ ފަހަތުގައި އަޔާނީގެ އެކުވެރިންގެ މަޑުކޮށްލައިގެން ތިއްބެވެ. އިޔާޒާއި ލުމާންގެ ތިބީ އަނެއް ސޯފާގައެވެ. އިޔާޒްގެ މޫނުމަތީގައިވެސްވަނީ ނުތަނަވަސްކަމެވެ. ގަޑިން ބަރާބަރު އަށްގަޑި ބައިވުމާއިއެކު ގޭގެ ދޮރުހުޅުވުނު އަޑު އިވުނެވެ. […]
ހިނގާދިޔަ ކަންތައްގަނޑަށް ފަހު ދެންއައި ދުވަސްތަކުގައި އަނެއްކާވެސް އަހަރެން އަހަރެންގެ ދިރިއުޅުމާމެދު ކުޑަކޮށް ވިސްނާލީމެވެ. އަދި އެ ގޮތްނޭނގޭ ޒުވާނާ އާ މެދުވެސް މެއެވެ. ނަސީބަކުން އެ ފިހާރަ ހުރީވެސް އާއްމުކޮށް ގޮސް އުޅޭ ސަރަހައްދެއްގައެެއް ވެސް ނޫންކަމުން، އަހަރުން ދެމީހުން އެކަކު އަނެކަކަށް ފެނުމުގެ ފުރުސަތެއްވެސް މާ ބޮޑަކަށް ނެތެވެ. ދިރިއުޅުން އެފުށްމިފުށަށް ޖެހޭފަދަ އެފަދަކަމަކުން ސަލާމަތްވިކަމުގައި ވިޔަސް، ހިތުގެ އެއްކަނަކުން މި ވާހަކައަށް އެކަށީގެންވާ ނިމުމެއް އަދި ނާންނަކަމަށް ބުނަމުންގެންދިޔައެވެ. ޖުވޭއަށް ވެސް ކޮންމެވެސް […]
“ޝްޝްޝް.. ހަޅޭނުލަވައްޗޭ..” އެމީހާގެ އަޑާއެކު ޔުމްނާގެ ގައިގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އެމީހާ އޭނާގެ އަނގަމަތިން އަތް ނެގުމާކު ޔުމްނާ އަވަސް ނޭވާތަކެއް ލަމުން އެދިމާ ބަލާލިއެވެ. އެއީ ކާކުކަން އެނގުމާއެކު ޔުމްނާއަށް ދެބުމަ ގޮށްޖަހާލެވުނެވެ. “މިޝާލް؟ މިގަޑީގަ މިތަނުގަ ކީއްކުރަނީ؟” ޔުމްނާ ކުރިމަތީގައި ހުރި މިޝާލްއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އެއާއެކު މިޝާލް ލާނެތް ގޮތަކަށް ހީލުމަށްފަހު ޔުމްނާއާ ދާދި ގާތުގައި އިށީނެވެ. “ކިހިނެއްވީ؟ އަހަރެން އައީމަ ހިތްހަމަ ނުޖެހުނީތަ؟” މިޝާލް ހަރަން ބަނދެލަމުން […]
“މިއަދު ހާދަ ދެރަވެފަ ހުންނަހެން ހީވެޔޭ އަނެއްކާ ކިހިނެއްވީތަ؟” އަލްޔާ މާ ދެރަވެފަ ހުންނަހެން ހީވާތީ ލީޒާ އަހައިލިއެވެ. “އާނ… އަސްލުވެސް ވަރަށް ދެރަވެފަ މިއިނީ!” އަލްޔާ އިސްޖަހައިގެން އިނދެ ބުނެލިއެވެ. “އޯ… އެހެންތަ؟! އަނެއްކާ މާބޮޑު ކަމެއް ވީތަ؟” ސޯފާގައި ހަމަ ޖެހެމުން ލީޒާ އަހައިލިއެވެ. “މިއުޅެނީ ވަރަށް ދެރަ ކަމެއް ވެގެން! ޝަރާ މިއަދު ގުޅައިފަ ބުނީ މުޅި ރަށުގަ އޮތީ އެވާހަކަޔޯ…. މަންމައާ ބައްޕަޔާ ވަރި ވެއްޖެޔޯ ނުވިތާކަށް ބައްޕަ ގެއިން ވެސް […]
މީޝާ ގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ.އޭނާ ހިންގުން ކުރިއަށް ވުރެށް ބާރ ކޮއްލިއެވެ. ހާސްވެފައިވާ ކަންބޮޑުވެފައިވާކަން އެދޮން މޫނު މަތިން ހާމަކޮއްދެއެވެ.ގަޑިޖެހިގެން ސްކޫލައް ދިއުމަކީ މީޝާ އަށް ކަމުދާ ގޮތެއްނޫނަސް އާއަހަރަކަށް ސްކޫލު ކިޔެވުން ފެށި ފުރަތަމަ ދުވަހުވެސް މިޖެހުނީ ގަޑިޖެހިގެން ސްކޫލަށް ދާށެވެ. ހިތުން ކުދި ކިޔަމުން ދަބަހުގައި ބާރަށް ހިފެހެއްޓުމަށް ފަހު މީޝާ ދުއްވާ ގަތެވެ. އޭރުވެސް ގަޑިޖެހި އިތުރަށް ދެމިނެޓް ހިނގައިފިއެވެ. ދުވަމުން އައި މީޝާއަށް ސްކޯލް ހޯލް ތެރެއަށް ވަދެވުން އިރު […]
“މަންމަ ވެއްޓުނީ ހާމިދާއްތަ ގޭގައި އިންދަ. ހަމިދާއްތަ އައީމަ ތިރިއަށް ފައިބަނިކޮށް ވެއްޓުނީ. ދެން ހާމިދާއްތަ މަންމަ ގޮވައިގެން އައީ. އާން އަންނަންވާއިރަށް ދާން ޖެހުނީ ރަޝީދުބެ ގުޅީމަ.” ޔުޝްރާއަށްވެސް ޔުއާން ކަން ބޮޑުވެފައި ހުރި ވަރު އެނގި ވަރަށް ތަފްސީލްކޮށް ވީ ގޮތް ކިޔާދިނެވެ. ދެމައިން އަވަހަށް މިސްރާބް ޖެހީ ގެއާ ދިމާލަށެވެ. ********************************* އަފްރީން ހޮސްޕިޓަލަށް ވަދެފަ އަވަސްވެގަތީ ސައިން-އިން ވެލާފައި މިއަދު އޭނާ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވާރޑްގެ ކައުންޓަރާ ދިމާލަށެވެ. އަފްރީންއަކީ […]
ނަޒީމާ އަގަމަތީ އަތް އަޅައިގެން ހުރެ އަނެއް އަތުން އޭނާގެ ދެއަތުގައި އެމީހާ ބާރަށް ހިފައްޓާލިއެވެ. ގުޑި ނުނެވޭ ވަރަށް ހިފަހައްޓަލުމަށްފަހު އޭނާ ނާޒިމާ އާއި ކައިރިވާން ފެށިއެވެ. ހާމައަށް އޮތް ނާޒިމާގެ ދޮން ކަދުރާގައި އޭނާ ވަސް ބަލާލީ ދަހިވެތިގޮތަކަށެވެ. ނާޒިމާ ނުރުހުމާއި އެކު މޫނު އަބުރާލިއެވެ. ނަމަވެސް އޭނާގެ އަގަ މަތި އާއި ދެއަތުގައި ބާރަށް ހިފަހައްޓަފައި ވުމުން މާކަ ބޮޑު ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. ލޮލުން ވޭނީ ކަރުނަ ފައިބަމުން ދިޔައީ […]
“އައްދޯތް މަންމާ ތަދުވެޔޭ…” ޒިމްޔާ ކަންކަށިމަތީ ޒުބޭދާ ޖެހިޖެހީނުން ވިއްސައިގެން ދިޔައެވެ. “ކޮންމެހެން މަށަކަށް މަންމައޭ ކިޔާނެކަމެއް ނެތް! ކަލޭ ބަފާ ބުނާކަންތައް ކީއްވެތަ ނުވަނީ؟” ޒުބޭދާ ހަޅޭއްލަވައިގަތެވެ. “އަހަރެން ގަޔަކު އެކަކަށްވެސް އަތެއް ނުލެވޭނެ. އަހަރެންގެ ބައްޕަ ގަޔަށް އަރާ އިރުވެސް މަންމަ އަކަށް ނުފެނޭތަ؟ މަމީ ދޮންތައެއް ނޫން އެ ޖަނަވާރު ކުރާހާ ކަމެއް ކުރަންދެން ހެވިދިލިފަ އޮންނާކަށް.” އެވަގުތު ސިޑިން ފައިބައިގެން އައި ވާފިރުއަށް ޒިމްޔާގެ އަޑު އިވުނެވެ. ދެން ފެނުނީ ޒިމްޔާގެ […]