އެކުވެރީންތައް އެހެން ދިމާއަކަށް ދިއުމުން، ލިބުނު ރަނުގެ ފުރުސަތުގައި އަޔާނީގެ އަތުގައި ހިފައިގެން އަފްލާކް ދެމިގަތީ އެންމެ ކައިރީގައި ހުރި ކޮޓަރިއަށްށެވެ. ________________________________________________ ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު، އަފްލާކް ހޮޅިބުރި ދިއްލާލިއެވެ. އަޔާނީ ހުރީ އަފްލާކާއި ފާރައި ދެމެދުއެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ އަފްލާކަށެވެ. އަފްލާކް އަޔާނީއަށް ބަލައިލުމަށްފަހު އޭނާގެ ގައިގައި ބައްދާލިއެވެ. އޭނާ މިވަގުތަށް އިންތިޒާރުކުރާތާ ހާދަ ދުވަހެއްވެއްޖެއެވެ. އެތައް ހިތާމައަކާއި ހިތްދަތިކަމަކާ ކުރިމަތިލުމަށްފަހު، މާތްﷲގެ އިރާދަފުޅާއިއެކު އޭނާ އެންމެ ލޯބިވާ އަޔާނީ، އޭނާގެ […]
ރޭގަނޑުން މެންދަމުން އަނބުރާ 2 ޖަހަނީއެވެ. ހަމަހިމޭންކަން ވެރިވެފައި އޮތް ކޮޓަރިތެރޭގައި ހުރި ޑަބަލްބެޑްގައި ނުނިދިފައި އޮތް ޒުވާނާގެ ލޮލުން ކަރުނަ ހިލެމުންދިޔައިރު މޫނުމަތިން ހިތާމާއިގެ އަސަރުފެންނަމުންދެއެވެ. ފުން ހިޔާލަކަށް ގެއްލިއޮވެ މުޅިދުނިޔެއަށް ސިއްރުން ރޮމުން ދިޔައީ މައިޝާއެވެ. އޭނާގެ ނަސީބާއި ދޭތެރޭ ވިސްނަންއޮވެއެވެ. ހިތަށް އެތަށް ސުވާުލުތަކެއް އަރުވަމުންނެވެ. ހެއްެދެވިފަރާތަށް ހިތުގެ ޝަކުވާތަށް ބަންޑުންކުރަމުންނެވެ. މާޒީ ހަނދާން ނައްތަން މަސައްކަތް ކުރިޔަސް އޭނާއަށް އެއީ ވާވަރުކަމެއްނޫނެވެ. ހަޔާތުގެ އެންމެ ފޮނިދުވަސްތައް ހިނދުކޮޅަކަށް ހަނދާންވިޔަސް އެއީ މައިޝާއަށްލިބޭ […]
ދުވަސްތައް ފާއިތު ވަމުން ގޮސް އަލްޔާއަށް ވަލީ ހަމަ ޖެހި ކައިވެނި ކުރަން ހަމަ ޖަހުނު ދުވަހަށް ކައިވެނި ކުރެވޭ ގޮތް ހަމަ ޖެހުނެވެ. ބަކުރުގެ މަސައްކަތުން ވާފީރު އާ ދިމާކޮށް އެތައް ވިސްނުން ތަކެއް ވިސްނާ ދިނުމަށް ފަހުއެވެ. އަލްޔާ އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ވާފިރުއަށް ވެސް ވަލީ ނުދީ ހުންނަން ނުކެރުނީއެވެ. އަދި އިތުރު ގޮތެއް ވެސް ނެތީއެވެ. ބަކުރުގެ ފަރާތުން އެނގުނު ގޮތުގަ ވިއްޔާ އަލްޔާގެ ބައްޕަ ވާފިރު އުޅެނީ […]
މ.ރޯޝަނީވީލާ އިންނަ ގޯޅިއަށް އަޅާލުމާއެކު ދެކުދިންނަށްލިބުނީ ސިހުމެކެވެ. މީޝާގެ ލޮލަން އެއްވެސް ހިފެއްޓުމެއްނެތި ކަރުނަ ފައިބަންފެށީ ކުރިމަތިން ފެންނަމުންދާ މަންޒަރު ގަބޫލް ނުކުރެވޭ ހާލުގައެވެ. ޔަނާލް އަށް ވެސް އަނގަމަތީ އަތް އެޅުނީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. ބުނާނެ އެއްޗެއް ޔަނާލް ގެ ޅަސިކުނޑިއަށް އެވަގުތު ނައެވެ. މީޝާއާ ދިމާލަށް ހަމްދަރުދީން ފުރިގެންވާ ނަޒަރަކުން ބަލާލީ އެވަގުތު މީޝާއަށް ކުރާނެ އަސަރު ތަސައްވުރު ވުމުންނެވެ. ______________________________________________ ” ހޫމް ކިޔާބަލަ… ކިހިނެއްވީއޭ މިއަދު ….” ޝަވަން ސައިކަލް […]
ޒިމްޔާ އައްވެސް ނުނިދިފަ އޮތީ މިއަދު ދިމާވި ކުއްޖާއާއި ދޭތެރޭއެވެ. ހާދަ ރީއްޗޭ ހިތައް އަރަ އަރާ އޮތެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ފަން ފަން އިސްތަށިކޮޅެކެވެ. ލައިގެންހުރި ޓީޝާޓް ގަޔައް ހިފާލާފަ ހުރި އިރު ކަސްރަތް ކުރާ ކުއްޖެއްކަން އިނގެ އެވެ. ހަވީރުވެސް ހެނދުނު ތުނޑިން ދިމާވި ކުއްޖާ އަންނަން އުޅުނީމަ އާޒް މަޑުކުރުވިތަން ފެނުނީމަ އަވަހައް ގެއައް ވަނީއެވެ. މިހާރު އާލާމެން ޒިމްޔާގެ ވާހަކަ ކިޔައިދޭނެކަން އިނގުނެވެ. ޒިމްޔާއައް ރޮވެންފެށުނީ އޭނަގެ ބަދުނަސީބު ހިތައް […]
ގަޑީގެ ސޯނާ ކަނޑާލުމާއެކު މަލީހް މޯޅިއަކަށްދެމިލީ ވަރުބަލިކަމާއި އެކުގައެވެ. ޖައްވުގައި ހިފާފައިވާ ތެތްފިނިކަން ވަނީ މުޅިކޮޓަރިތެރޭގައި ހިފާފައެވެ. ރޭގައި މާބޮޑަށް މޫސުންގޯސްވެ ވިއްސާރަވީއެވެ. ވެފައިވާ ވަރުބަލިކަމާއެކު މަލީހްބޭނުންވީ އަދިވެސް ނިދާލާށެވެ. އޭރު އަދި މެންދަމުން އަލިވެ 4 ޖެހީވިއްޔާއެވެ. ނަމަވެސް އޭނައަކީ މިހާރު އެކަހަލަ އަރާމުދިރިއުޅުމެއް އުޅެވެން ނެތްމީހެއްކަން ހަނދާންވުމާއެކު ދެލޮލުން ކަރުނަހިލުނެވެ. އެކަމަކުވެސް ހިތްވަރު ކޮށްލާފައި ތެދުވެ ގައިދަށުގައި އަޅާންގެންގުޅޭ ބާރަޖާގަނޑުނަގާ އަވަހަށް ފަތްޖަހާލިއެވެ. ހަމައެނޭވާމަތީގައި ގޮދަޑިމަތީގައިވާ ބާލީސް އެއްފަރާތްކޮށްލަމުން ގޮދަޑިވެސްނަގާ ފާރުގައި ލައްކޮށްލިއެވެ. އެކުޑަކުޑަ […]
“އާނ. އަވަހަށް ދޭ. ކަމެއް ގޯސް ވަންޏާ މަންމައަށް ގުޅާތި.” އާސިމާ މިހެން ބުނެފައި ދިޔައީ އަފްރީން ރެޑީ ވެގެން ފައިބަންވާއިރަށް ޖޫސް ތަށްޓެއް ހަދާލަންށެވެ. ************************************* އަފްރީން ގޮވައިގެން ހޮސްޕިޓަލަށް ދިއުމުން ވީ މާ ދެރަ ގޮތެކެވެ. މިހާރު މި އުޅޭ ބާރު ހުންގަނޑު ޖެހުނީއެވެ. އަފްރީން ޖެހުނީ ހޮސްޕިޓަލުގައި އެނދުމަތި ކުރާށެވެ. އަރްމާން އާސިމާއަށް ގުޅާފައި މިވާހަކަ ބުނުމުން އާސިމާ އުޅުނީ އަފްރީން ކައިރިއަށް އަންނާށެވެ. ނަމަވެސް އަރްމާން އެކަން މަނާ ކުރިއެވެ. އަދި […]
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form] “އައުޗް…” މީޝާއަށް ހަޅޭއްލަވާ ގަނެވުނީ އޭނާގައިގައި މީހަކު ޖެހި އޭނާ ވެއްޓެން ދިއުމުންނެވެ.މާއަޑަށް ޔަނާލްވެސް ފަސް އެންބުރި ބަލާލިއެވެ. އޭރު މީޝާ އޮތީ ސިޑިބުޑަށް ވެއްޓިފައެވެ. “ސޮރީ……” މީީޝާ އާއި ދިމާލަށް އަތްދިއްކޮއްލަމުން ކުރިމަތީ ހުރި ކުއްޖާ ބުންޏެވެ. “ކޮން……..” މީޝާ ބުނަން އުޅުން ޖުމްލަ ހުއްޓުނީ ކުރިމަތީ ހުރީ އޭނާ ނުވެސް ދައްނަ މޫނަކަށް […]
އީލާމް ކެބިން އަށް ވަދެގެން އައިކަމެއް އަބީ އަކަށް ރެއަކާއި ނުލައެވެ. އޭނާގެ އުނގުގައި އަނހެން ކުއްޖަކު އިށީނދެލައިގެން އިން އިރު ދެ މީހުން އިނީ އެކަކު އަނެކަކު ގައިގައި ބައްދާލައިގެންނެވެ. އީލާމް ހުއްޓިގެން ހުރީ އަބީއަށް އޭނާ ހުރިކަން ރެޔަކާ ލާތޯއެވެ. އަބީ އެ އަންހެން ކުއްޖާ ކުއްލިއަކަށް ކޮއްޕާލުމަށްފަހު ކޮއްޅަށް ތެދުވެ ކެބިން އިން ނިކުންނަށް ހިނގައިގަތެވެ. ” އީލާމް ” އަބީ ކުރިޔަށް އެޅި ފިޔަވަލު ހުއްޓުނެވެ. އަބީ އަށް އީލާމް ފެނުނުކަން ޔަގީން ވުމުން އީލާމް […]