Skip to content
އެސްފިޔަ

ތިޔަ އިންތިޒާރުގައި މަ ހުރީމޭ

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ އަމިއްލަ ޚިޔާލުވެސް ހިމަނައިގެން ލިޔެފައިވާ ކުރު ވާހަކައެކެވެ.

** ** **

މެންދަމު ގަޑިން 2 ޖަހަނީއެވެ. ގޭގައި އުޅޭ އެންމެން ގަދަ ނިދީގައި ތިބިއިރު އަހަރެން އެއްވެސް ފޫހިކަމެއްނެތި ޕޯނުން އެކިއެކި ކުދިންނާ ޗެޓްކުރަމުން ދިޔައީމެވެ. އުމުރުން 20 އަހަރުވީއިރުވެސް އަހަރެންގެ ލޯބިވެރިއެއް ނުހުރެއެވެ. ހިތްކިޔާކަހަލަ ކުއްޖަކާ ދިމާނުވަނީއެވެ. އެކުވެރި ބައިވަރު އަންހެންކުދިން ތިބި ނަމަވެސް އޭގެތެރޭގައިވެސް އަހަރެންގެ ހިތްއެދޭފަދަ ސިފަތަކެއްގެ ވެރިއެއް ނެތެވެ.

އާފުރެން ފެށުމުން ޗެޓްކުރުން ހުއްޓައިލުމަށްފަހު އައިސް އެނދުގައި އޮށޯވެލީ ނިދައިލުމަށެވެ. މާކަގިނައިރުތަކެއްނުވެ އަރާމު ފުން ނިންޖެއްގެ ތެރެއަށް އަހަރެންނަށް ފީނައިގަނެވުނެވެ.

އިރުގެރަންދޯދި ކޮޓަރީގެ ކުޑަދޮރުގައި ހަރުކޮށްފައިހުރި ދޮރުފޮތިގަނޑުން ފޭދިގެން އައިސް އަހަރެންގެ މޫނަށް އެޅުމުން އުނދަގޫ ގޮތަކަށް ދެފަހަރަކު ލޯތަޅުވައިލުމަށްފަހު ދެލޯހުޅުވައިލީމެވެ. އެނދު ކައިރީގައި ހުރިކުޑަމޭޒުމަތީގައި ހުރި ގަޑިއަށް ބަލައިލުމަށްފަހު އަހަރެން ތެދުވީ ދެން ނުނިދޭނެކަން އެނގުމުންނެވެ. ފެންވަރައިލައިގެން ތިރިއަށް ފޭބިއިރު ގޭގައި ގެންގުޅޭ ކުއްޖާ ހެނދުނުގެ ނާސްތާ ތައްޔާރުކޮށް އުޅެއެވެ. ޓީވީ ބަލަންއިން މަންމަގެ މޫނަށް ބަލައިލުމަށްފަހު އަހަރެން ހިނިތުންވެލީމެވެ. އަދި ގޮސް އެތަނުން ސޯފާއެއްގައި ޖައްސައިލީމެވެ. އެތަންފެނި ގޭގައި ގެންގުޅޭ އެހެން ނޯކަރެއް އާވި އަރައަރާހުރި ކޮފީ ޖޯޑެއް ގެނެސް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ.

“ދަރިފުޅާ މިފްޒާލް. ދަރިފުޅު އެޕްލައިކުރި ކޯހުގެ ކަންތައް މިހާރު ކިހިނެއް ކުރިއަށްދަނީ؟” ޓީވީ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން މަންމަ އަހަރެން ގާތުގައި އަހައިލިއެވެ. “އޯ މަމް. ހަމަޖެހިބަލަ. އަދި އެޕްލައިއެއް ނުކުރަން. އަހަރެން ބޭނުން ކުޑަ ދުވަސްކޮޅެއް މަޖާކޮށްލާ ހިތްހަމަ ޖައްސައިލަން. އަންނަ އަހަރު އެޕްލައި ކުރާނީ.” ހަމަޖެހިލަމުން އަހަރެން ބުނީމެވެ. އެއާއެކު މަންމަ ދެފަރާތަށް ބޯހޫރުވައިލިއެވެ.

އަހަރެންގެ އާއިލާއަކީ މުއްސަނދި އާއިލާއެކެވެ. އަހަރެން ވަރަށް ކުޑައިރުގައި އަހަރެންގެ އާއިލާ ވަނީ އިންގްލޭންޑަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އިންގްލޭންޑްއިން ބައްޕަ ގަތް ގެއެއްގައި އަހަރެންގެ އާއިލާ ދިރިއުޅެމުންދަނީ ވަރަށް އުފަލުގައެވެ. އަހަރެންގެ މައިންބަފައިންގެ އަހަރެން ފިޔަވައި އިތުރު ކުއްޖަކު ނުހުރެއެވެ. އެހެންކަމުން އެމީހުން އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ. ބައްޕަ ވަޒީފާއަށް ދިއުމުން ގޭގައި ތިބެނީ އަހަރެންނާ އަހަރެންގެ މަންމަ އެކަންޏެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ފޫހިވެފައި އަހަރެން އޮންލައިންވެލިއިރު އާންމުކޮށް ޗެޓްކުރާ އެކަކުވެސް އޮންލައިގައެއް ނެތެވެ. ފޫހިކަމާއެކު އޮންލައިންގައި ތިބި މީހުންގެ ނަންތައް ކިޔަމުންދަނިކޮށް އަހަރެންގެ ލޮލުގައި އަންހެންކުއްޖެއްގެ ނަން އަޅައިގަތެވެ. “އެލީޝާ” އަހަރެންނަށް އެނަން ކިޔައިލެވުނެވެ. ހާދަ ލޯބިނަމެކޭ އަހަރެންގެ ހިތަށްއެރިއެވެ.

ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަހަރެން އެކުއްޖާއަށް ހާއި ޖަހައިލީމެވެ. މާކަ ގިނައިރެއްނުވެ އެކުއްޖާ އަހަރެންނަށް ރިޕްލައިކޮށްލިއެވެ. ހިނިތުންވެފައި އަހަރެން އެލީޝާއަށް ޗެޓްކުރަންފެށީމެވެ. ދެމީހުންގެ ދެމެދުގައި ނަން ފިޔަވައި ޒާތީ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރަމެވެ. އެކިއެކި މަޖާ ވާހަކަދެއްކުމުގައި ވަގުތުތައްދިޔަ ގޮތްވެސް ނޭނގެއެވެ. އެލީޝާގެ މިޒާޖު އަހަރެންނަށް ވަރަށް ކަމުދިޔައެވެ.

ފާއިތުވެދާ ކޮންމެ ދުވަހަކާއެކު އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތްގުޅުން ވަރުގަދަވެ ބަދަހިވަމުން ދިޔައެވެ. އެހެނަސް ކުރިއެކޭވެސް އެއްގޮތަށް ޒާތީ މައުލޫމާތުތަކެއް އަހަރެމެންގެ މެދުގައި ހިއްސާއެއް ނުކުރަމެވެ. ނަމަވެސް ފާއިތުވަމުންދިޔަ ދުވަސްތަކުގައި އަހަރެމެންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަތަކުގެ އޮއިވަރު ބަދަލުވަމުން ދިޔައެވެ. އެލީޝާގެ ވާހަކަތައްހުންނަ ގޮތުން އޭނާ އަަހަރެންނާ ގަޔާވާކަން ސާފުކޮށް އެނގި ހާމަވަމުން ދިޔައެވެ.

އަހަރެންގެ ހިތުގައިވެސް އެލީޝާއާ މެދުގައި ގޮތްނޭނގޭ އާ އިހުސާސުތަކެއް އުފެދެން ފެށިއެވެ. ދަގަށްފާނު ދަނގަޑަށް ދަމާ އުސޫލުން އަހަރެންގެ ހިތްވެސް އެލީޝާގެ މަޑުމައިތިރި ހިތްހެޔޮ މިޒާޖުގެ ސަބަބުން އޭނާއަށް ލެނބެން ފެށިއެވެ. ލޯތްބަކީ މިއީހޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ދުވަހެއްގެ ކޮޅުންވެސް އެލީޝާއެއް ނުދެކެމެވެ. ޚުދު އޭނާއަކަށްވެސް އަހަރެންނެއް ނުފެންނާނެއެވެ. އަހަރެމެން ދެމީހުންނަކީވެސް އަމިއްލަ ޕޮޓޯ ސޯޝަލް މީޑިއާއަށް ލާބައެއްނޫނެވެ. ނަމަވެސް މިހިތް އެގޮތްނޭނގޭ އަންހެންކުއްޖާއަށް ދެވިއްޖެއެވެ. އަހަރެންގެ ހިތް އެ އަންހެންކުއްޖާ ވަގަށް ނަގައިފިއެވެ. ލޯތްބަކީ މިހައި މޮޔަ އެއްޗެއް ބާވައެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. ދުވަހަކު ލޮލުން ނުދެކޭ މީހުންދެކެވެސް ލޯބިވެވޭހެއްޔެވެ؟ އަހަރެންނަށް ހެވުނެވެ.

ދެންކުރާނެ ކަމެއްނެތެވެ. ފެނުނަސް ނުފެނުނަސް އަހަރެންނަށް އެލީޝާދެކެ ތެދުހިތުން ލޯބި ވެވިއްޖެއެެވެ. އާނއެކެވެ. އަހަރެންގެ ހިތްއަތުލީ އެ ހިތްހެޔޮކަމެވެ. މަޑުމައިތިރިކަމެވެ. ލަދުވެތިކަމާއި ކެތްތެރިކަމެވެ. ފުރިހަމަ އަންހެންކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭނެ ހުރިހައި ސިފައެއް އެލީޝާގެ ކިބައިން އަހަރެން ދުށީމެވެ.

ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު އަހަރެންގެ ހިތުގައި އެލީޝާއަށްޓަކައިވާ ތެދުވެލި ލޯބި ވަރުގަދެ ކުރިލައި ހެދެމުންދިޔައެވެ. ދުވަހަކުވެސް އެހެން މީހަކުދެކެ ލޯބިނުވެވޭވަރަށް އަހަރެންނަށް އެލީޝާދެކެ ލޯބިވެވިއްޖެއެވެ. އެއީ ހަމައެކަނި އަހަރެންގެ ހައްޤަކަށް ހަދާހިތުން މިހިތް ބޭގަރާފުވާންފެށިއެވެ. ހިތަށް ކެތްނުވާވަރުވުމުން އެންމެފަހުން ހުރިހައި ލަދެއް އެއްފަރާތް ކޮށްލުމަށްފަހު އަހަރެން އޭނާއަށް ލޯބި ހުށައެޅީމެެވެ. އެލީޝާވެސް ހުރީ އަހަރެންގެ ލޯބީގެ އިންތިޒާރުގައިކަމުން ވަގުތުން އަހަރެންގެ ލޯބި އޭނާ ގަބޫލުކުރިއެވެ.

ކީއްވެކަމެއް ނޭނގެއެވެ. އެލީޝާއަށް އިތުބާރުކުރުމަށް އަހަރެންގެ ހިތް އަހަރެންގެ ގާތުގައި ބުނަމުން ދިޔައެވެ. އެއީ އަހަރެންދެކެ ތެދުވެރި ލޯބިވާ އިންސާނެއްކަން އަހަރެންގެ ހިތް އަހަރެންނަށް ވިސްނައިދޭން މަސައްކަތްކުރަމުން ދިޔައެވެ. ހިތުގެ ބަސް އެހުނީ އެހެންވެއެވެ.

ރަށްޓެހިވީފަހުންވެސް ދެމީހުންކުރެ އެކަކުވެސް އަނެކަކުގެ ޕޮޓޯއެއްހައި ހިސާބުވެސް ފޮނުވައިލާކަށް ނުބުނަމެވެ. އެލީޝާ އެފަދަ ކަމަކަށް އަހަރެންގެ ކިބައިން ނޭދޭތީ އަހަރެންނަށްވެސް އެފަދަކަމަކަށް އޭނާގެ ކިބައިން އެދެން ނުކެރުނީއެވެ.

ލޯބި ހުށައެޅީއްސުރެ އަހަރެމެން ދެމީހުންގެ ދެމެދުގައިވަނީ ބަޔާންކުރަން ދަތި ގާތްގުޅުމެއް އުފެދިފައެވެ. ކިތަންމެދުރުގައި ވިޔަސް ދެހިތަށް ދެހިތުގެ ތެޅުން އިހުސާސުވާކަހަލައެވެ. ދެމީހުންނަށް ދެމީހުންގެ ގޮތް ދަސްވެ އެއްވެސް އެއްޗެއް ބުނުމަކާއި ނުލައިވެސް އެކަކު އަނެކަކު ބޭނުންވާ ކަންތަކާއި، އެކަކު އަނެކެއްގެ އުފަލާއި ހިތަހަމަޖެހުން ބިނާވެފައިވާ ކަންތައް ދެނެގަނެވެއެވެ. އެއް އިންސާނަކަށް އަނެއް އިންސާނެއްގެ ގޮތް އެހައި ރަނގަޅަށް އެނގެނީ ކިހިނަކުންބާއޭ އަހަރެންގެ މޮޔަހިތަށް އެރިއެވެ.

އެގޮތުގައި ބަރާބަރު 4 މަސްދުވަސް ފާއިތުވެގެންދިޔަފަހުން ކުއްލިއަކަށް އެލީޝާ އަހަރެންނަށް މެސެޖްކުރުން ހުއްޓައިލައިފިއެވެ. އަހަރެން ކުރާ އެއްވެސް މެސެޖެކަށް ރިޕްލައި ނުކުރާ ތާނގައި މެސެޖްތައް ބަލައިލައިފައިވެސް ނުހުރެއެވެ. އަހަރެންގެ ހިތް ތެޅެންފެށީ އެއެއް މިއެއް ބަލއިފައެއް ނޫނެވެ. އަނެއްކާ އަހަރެންގެ އެލީއަށް ކަމެއްވީ ބާވައެވެ؟ އެލީ އަހަރެންނަށް ރިޕްލައި ނުކުރަނީ ކީއްވެބާވައެވެ؟ ކުއްލިއަކަށް އަހަރެންނާ ވާހަކަދެއްކުން ހުއްޓައިލީ ކީއްވެބާވައެވެ؟

ފާއިތުވެދާ ކޮންމެ ދުވަހަކާއެކު އަހަރެން ނާއުއްމީދުވަމުން ދިޔައެވެ. ދުވާލަކު އެތައްފަހަރަކު އެލީޝާގެ މެސެޖެއް އައިސްފައި ހުރިތޯބަލަން އަހަރެން އޮންލައިން ވަމެވެ. ރޭނގަނޑު ނިދެނީވެސް އެލީޝާގެ މެސެޖެއްގެ އިންތިޒާރުގައި އޮއްވައެވެ. ހެނދުނު ހޭލުމަށްފަހު އެންމެފުރަތަ ކަމަށްވެސް އަހަރެންނަށް ޗެކްކޮށްލެވެނީ އޭނާގެ އެއްވެސް ރިޕްލައިއެއް ލިބިފައިހުރިތޯއެވެ. ޖަވާބު ނުލިބޭނެކަން އެނގޭއިރުވެސް ހުއްޓުމެއްނެތި އަހަރެން އެލީޝާއަށް މެސެޖްކުރަމުން ދިޔައީމެވެ. އަހަރެންގެ އިންތިޒާރުގެ ދުވަސްތައް ދިގުވާން ފަށައިފިއެވެ. ނަމަވެސް އަހަރެންގެ ހިތުގެ މަލިކާގެ ފަރާތުން ހަމަ އެއްވެސް ޖަވާބެއް ނުލިބުނެވެ.

އަހަރެންގެ މުޅި މިޒާޖު އެއްކޮށް ބަދަލުވިއެވެ. ކުރިން އަބަދު ހީހީފައި އުޅުނު ނަމަވެސް މިހާރު ހިނިތުންވުމަކީ އަހަރެންނާ ބީރަށްޓެހި އެއްޗަކަށްވަނީ ވެފައެވެ. މަޑުމައިތިރިކަމާއި އެކަނިވެރިކަމަށް އަހަރެން ލޯބިކުރަންފެށީ އެދުވަހަށްފަހުގައެވެ. އަހަރެންގެ މިޒާޖަށްއައި މިކުއްލި ބަދަލު އަހަރެންގެ މަންމައަށް ފާހަގަނުވެ ނުދިޔައެވެ. އެކިފަހަރުމަތިން ތަކުރާރުކޮށް މަންމަ ސުވާލުކުރަން ފެށުމުން އެންމެފަހުން މަންމަގެ އުނގުގައި ބޯއަޅައިލައިގެން އޮވެ އަހަރެންގެ ހިތުގެ އުދާސްތައް މަންމައާ ހިއްސާކުރީމެވެ. ރޮމުން ގިސްލަމުންނެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އެހިތާމަ ދެކޭކަށް މަންމައަކަށް ކެތެއްނުވިއެވެ. ކޮންމެ ގޮތަކުން ނަމަވެސް އެލީޝާ ހޯދަން މަންމަ ބޭނުންވިއެވެ. ނަމަވެސް އެލީޝާގެ ނަންފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް އަހަރެންނަށް ނޭނގުމުގެ ސަބަބުން މަންމަ ޖެހުނީ ހަތިޔާރު ބަހައްޓާފައި ބަލިގަބޫލުކުރާށެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ހިތާމަތަކާއި ކަރުނަތައް ދެކެން ހުންނާށެވެ.

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ އިންތިޒާރަކަށް ނިމުމެއް ނައެވެ. ހިތުގެ ހަމަޖެހުމަށްޓަކައި ކޮންމެ ރެއަކު ނިދުމުގެ ކުރިން އަހަރެމެން ދެމީހުންގެ ލޯބީގެ މެސެޖުތައް ކިޔަންފެށީމެވެ. އެއާއެކު މިދެލޯ ފުރިގެން ބަންޑުންވަނީ ހޫނު ކަރުނައިންނެވެ. ހަޔާތުގައި ވެވުނު ފުރަތަމަ ލޯބިވެސް ވީނުވީއެއް ނޭނގި ގެއްލުނީއެވެ. އަހަރެންގެ އަތުން ބީވެގެން ދިޔައީއެވެ. ހިތް ފޮތިފޮތިކޮށްލައި ލޭކަރުނަ އޮހޮރުވާލައިފަައެވެ. އެލީޝާ އެނބުރި ނާނާނެކަން އަހަރެންގެ ހިތަށް ވިސްނުނެވެ. ކަރުނަތަކާއެކުވެސް އަހަރެންގެ ހަޔާތާއިވެގެން ކުރިއަށްދާންވެއްޖެކަން އިހުސާސުވިއެވެ. ހިތްވަރުކޮށްފައި އަހަރެން އަބަދުވެސް އެންމެ ދާންބޭނުންވި ޔުނިވާރސިޓީއަށް އެޕްލައިކުރީމެވެ. އަބަދު އެކަނި ހުންނަންވުމުން އެލީޝާގެ ހަނދާންތަކުން މިހިތަށް އުނދަގޫވާތީ އަހަރެން ނިންމީ ކިޔެވުމުގައި ގިނަވަގުތު މަސްއޫލުވުމަށެވެ.

ނަމަވެސް އަހަރެންގެ ހިތުން އެހަނދާންތައް ފިލުވައިލުންވީ ދަތި އުނދަގޫކަމަށެވެ. ކެތްތެރިކަމާއެކު ކޮންމެ ނަމާދަކަށްފަހު އަހަރެންގެ ވެރިފަރާތުގެ ހަޟްރަތުގައި އަހަރެންގެ ގެއްލިފައިވި ލޯބި އަނބުރައި އަހަރެންނަށް ދެއްވުންއެދި އަހަރެން ދުޢާކުރަމެވެ.

އެލީޝާއަށްފަހު އަހަރެންގެ ހަޔާތަކަށް އިތުރު އަންހެންކުއްޖަކު ނާދެއެވެ. އެނޫން އިތުރު ލޯތްބެއް މިހިތެއް ބޭނުމެއް ނުވިއެވެ. އިސްއުފުލައިލައި އަންހެންކުއްޖެއްގެ މޫނަށް ބަލައިލާކަށްވެސް އަހަރެންގެ ހިތެއް ނޭދެއެވެ. އެލީޝާ ދުވަހަކު ފެނިފައި ނުވިއަސް އޭނާގެ ޚިޔާލީ ތަސްވީރެއްވަނީ އަހަރެންގެ މިހިތުގައި ބިންވަޅުނެގިފައެވެ. އަދިވެސް އަހަރެން މިހުރީ ކުރިއެކޭވެސް އެއްފަދައިން އަހަރެންގެ އެލީގެ އިންތިޒާރުގައެވެ.

ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް އެހާދިސާ ހިނގިފަހުން އެއްއަހަރު ފާއިތުވީއެވެ. އަދިވެސް އަހަރެންގެ އެލީޝާގެ ޚަބަރެއް އަހަރެންނަކަށް ނުވެއެވެ. ނަމަވެސް މިހިތް އަދިވެސް ހުރީ އެލޯބީގެ އިންތިޒާރުގައެވެ. އަނބުރައި ނާންނާނެކަން އެނގޭއިރުވެސްއެވެ. ލޮލުން އޮހޮރޭ ކަރުނަތަކަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކަރުނައަކީ މިހާރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށްވަނީ ވެފައެވެ.

އާދައިގެމަތިން ކްލާސްތައް ނިންމައިލުމަށްފަހު ގެއަށް ދިއުމަށްޓަކައި އަހަރެން ކްލާހުން ނުކުތީމެވެ. އަތުގައި އޮތް ގަނޑަކަށް ބަލަމުން އަހަރެން ކްލާހުން ނުކުތްވަގުތު ކުއްލިއަކަށް ކުއްޖެއްގެ ގައިގައި އަޅަައިގަތެވެ. އަހަރެންގެ ގައިގައި ޖެހިފައި ވެއްޓެންދިޔަ އަންހެންކުއްޖާގެ އަތުގައި ހިފައި އެކުއްޖާ ވެއްޓުނަނުދީ އަހަރެން ސަލާމަތްކުރީމެވެ. މޫނުމައްޗަށް ފައިބައިފައި ހުރި އިސްތަށިތައް އެއްއަތުން ރީތިކޮށްލަމުން އެކުއްޖާ އަހަރެންގެ މޫނަށް ބަލައިލިއެވެ.

“ސޮރީ. އަހަރެން ގަސްތުގައެއްނޫން.” އެކުއްޖާ ބަލައިލުމާއެކު އަވަސް އަވަހަށް އިނގެރޭސިން އަހަރެން ބުނީމެވެ. ހިނިތުންވެލައިފައި އެއީ އެއްވެސްކަމެއް ނޫންކަމަށް އެކުއްޖާ ބުނެލިއެވެ. ” ތީ ދިވެހި ކުއްޖެއްތަ؟” އެކުއްޖާ ދިވެހިން އެހެން ބުނެލުމުން އަހަރެން ހައިރާންވެލައިފައި އަހާލީމެވެ. “ހޫމް. ތީވެސް ދިވެއްސެއްދޯ.” އެހެންބުނެލަމުން އެކުއްޖާ އަހަރެންނަށް ބަލައިލައިފައި ލޯބިގޮތަކަށް ހީލިއެވެ. އަދި ލަސްވަނީ ކަމަށްބުނެ ދާން ހިނގައިގަތެވެ. އެގޮތްނޭނގޭ އަންހެންކުއްޖާ ދިޔަދިމާއަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީއެވެ. އެކުއްޖާގެ ކިބައިގައި ކޮންމެވެސް ޚާއްސަކަމެއް އެބަހުރިކަމަށް އަހަރެންގެ ހިތް އަހަރެންނަށް ވިސްނައިދެން މަސައްކަތްކުރަމުން ދިޔައެވެ. އެއީ އަހަރެންނާ ވަރަށް ގާތްކުއްޖެއްގެ ގޮތުގައި އަހަރެންނަށް އިހުސާސުވަމުން ދިޔައެވެ.

ޖިންސުގެ ޖީބުގައި އޮތް ފޯނު ރިންގްވާންފެށިއަޑަށް ސިހިފައި އަހަރެން ދެފަރާތް ބަލައިލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އަހަރެންނަށް އެތަނުގައި އެގޮތަށް ހުރެވުނީ ކިހައި އިރަކުކަމެއްވެސް ނޭނގެއެވެ. ދެފަރާތަށް ބޯހޫރައިލުމަށްފަހު ފޯނުނަގައި ކަންފަތުގައި ޖަހައިލަމުން އަހަރެން ޔުނިވާރސިޓީއިން ނުކުންނަން ހިނގައިގަތީމެވެ.

ޖެހިގެންއައި ދުވަހު ޔުނިވާރސިޓީއަށް ގޮސްވެސް އަހަރެންނަށް ހޯދެނީ އެއަންހެންކުއްޖާއެވެ. މަޑުހިނގުމެއްގައި މޭގައި ފޮތްތައް ޖައްސައި ބާރުކޮށްލައިގެން ހުރެ ހިނގައިފައި އަންނަ އެއަންހެންކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތުމާއެކު ބޭއިޚްތިޔާރުގައި އަހަރެންނަށް ހިނިތުންވެލެވުނެވެ. އެކި ފަރާތް ފަރާތް ހޯދަމުން އެއަންހެންކުއްޖާ ގޮސް އޭނާގެ ކްލާހަށްވަނެވެ.
މާޔޫސްވެފައި އަހަރެންވެސް އަހަރެންގެ ކްލާހާ ދިމާއަށް ހިނގައިގަތީމެވެ.

އެއްހަފްތާ ވޭތުވެގެން ދިޔައިރުވެސް އެއަންހެންކުއްޖާއާ ވާހަކަދައްކައިލާނެ ރަނގަޅު ފުރުސަތެއް އަހަރެންނަކަށް ނުލިބުނެވެ. އަހަރެންގެ ހިތުގައި އެކުއްޖާއަށް ޚާއްސަ މަޤާމެއް ދެވިއްޖެކަން ކަށަވަރެވެ. އަބަދު އެސޫރަ ދެކޭހިތްވަނީއެވެ. އެނުދަންނަ ކުއްޖާއާ ވާހަކަދައްކައި ގުޅުން ބަދަހިކުރާހިތްވަނީއެވެ. އަހަރެންގެ ފުރަތަމަ ލޯބިފަދައިން މިލޯބިގެއްލިގެންދާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. މިފަހަރު އަހަރެންގެ ލޯބި ހާސިލްކުރަން ދެއަތްކުރި އޮޅައިލީ ގަދަ އަޒުމަކާއެކީއެވެ.

ޖެހިގެންއައި ދުވަހު ކްލާސްތައް ނިންމައިލައިފައި އަހަރެން ބޭރަށް ނުކުތްއިރު އެކުއްޖާ ޔުނިވާރސިޓީގެ ގޯތިތެރޭގައި ބެހެއްޓިފައިވާ ބެންޗެއްގައި އިނށީދެލައިގެން އިނެވެ. އެތަންފެނި އަހަރެންގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. މިއަދު ކޮންމެ ގޮތެއްހަދައިފައިނަމަވެސް އޭނާއަށް ލޯބިހުށައަޅަން އަހަރެންގެ ހިތް ނިންމިއެވެ.

މަޑުހިނގުމެއްގައި ގޮސް އަހަރެން އެކުއްޖާ ގާތުގައި އިނށީނީމެވެ. “ހައި” އަހަރެން އެހެން ބުނެލުމާއެކު އޭނާ އިސްއުފުލާލައި އަހަރެންގެ މޫނަށް ބަލައިލިއެވެ. އެދެލޮލުގައިވި ހިތާމައާ މަޔޫސީ ކިތަންމެ ރަނގަޅަކަށްވެސް އަހަރެންނަށް ފެނުނެވެ. އަހަރެންގެ ހިތުގައި ރިއްސައިލިއެވެ.

“އޫމް… އަހަރެންނަކަށް ނޭނގެ ތީ ކޮންކުއްޖެއް ކަމެއްވެސް. އެނގޭ އަހަރެމެން ދެމީހުން ބައްދަލުވީވެސް އަދި ކުރިން ދުވަހަކުކަން. އަދި އަހަރެމެންނަކީ އެކަކު އަނެކަކު ނުދަންނަ ދެބީރަށްޓެހިންކަންވެސް. އެކަމަކު އަހަރެންނަކަށް ނޭނގެ އެދުވަހު ތިކުއްޖާ ފެނުނީމަ ވީ ގޮތެއް. އަހަރެންގެ އިޚުތިޔާރުގެ ދަށުން ބޭރުވެ އަހަރެންގެ ހިތް މުޅިން ތިކުއްޖާއަށް ދެވިއްޖެ. ނޭނގެ ކީއްވެކަމެއް؟ އެކަމަކު އަހަރެންނަށް އިހުސާސުވަނީ ތީ އަހަރެންގެ ހިތާ ވަރަށް ގާތް ކުއްޖެއް ގޮތުގަ. އަހަރެންނަށް ވަރަށް ޚާއްސަ ކުއްޖެއް ގޮތުގަ. އައި.. އައި ލަވް ޔޫ.” ވަރަށް ހިތްވަރުކޮށްފައި ކެރިހުރެ އަހަރެން ބުނީމެވެ.

އަހަރެންނާ ދިމާއަށް ދެލޯބޮޑުކޮށްލައިގެން ބަލަން އެކުއްޖާ އިނެވެ. އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައެވެ. ދެން ފެނުނީ އެއްވެސް ހިފެހެއްޓުމެއްނެތި އެކުއްޖާގެ ދެލޯ ކަރުނުން ފުރިގެން ބަންޑުންވާންފެށިތަނެވެ.އަހަރެން ވަރަށް ހާސްވިއެވެ. އަނެއްކާ އަހަރެންނަށް އެކުއްޖާގެ ހިތުގައި ޖެހޭފަދަ އެއްޗެއް ބުނެވުނީބާވައެވެ؟

“ސޮރީ. ބަޓް އައި ކާންޓް ލަވް ޔޫ.” ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން އެކުއްޖާ ދެރަވެލައިފައި ބުނެލިއެވެ. އަހަރެންގެ މޫނުމަތީގައި ހީވީ މީހަޖު ބާރުއެތިފަހަރެއް ޖެހިހެންނެވެ. “އޯހް. ސޮރީ. އަހަރެން ލޯބިވާ ވާހަކަ ބުނުމުން ތިކުއްޖާ ހިތްހަމަނުޖެހުނުނަމަ އަހަރެންނަށް މައާފު ކުރޭ. މީ ނުދައްކާ ވާހަކައެއް ގޮތުގަ ވިސްނާފަ ހަނދާންނައްތާލާ.” އިސްޖަހައިލަމުން އަހަރެން ބުނީމެވެ. “ނޫން. ތިހެން ހީނުކުރޭ. އަހަރެން ރުޅިއެއްނާދޭ. އަސްލު އަހަރެން.. އަހަރެން ލޯބިވާ ކުއްޖެއް ހުރޭ. އެހެންވެ.” މަޑުމޮޅި ރާގަކަށް އެއަންހެންކުއްޖާ ބުނެލިއެވެ. “އެހެންތަ. ސޮރީ.” އެހެންބުނުމަށްފަހު އަހަރެން އިންތަނުން ތެދުވެ ހިނގައިގަތީމެވެ. ފަސްއެނބުރި ބެލުމެއްނެތިއެވެ. ލޯތްބަކީ މިހާ ވޭންދެނިވި އެއްޗެއްކަން އެނގުނުނަމަ އަހަރެން ދުވަހަކުވެސް ލޯތްބެއް ނުވީހެވެ.

އެލީޝާއަށްފަހު އަހަރެންގެ ހިތް ދެވުނު އަންހެންކުއްޖާވެސް އަހަރެންނަށް ގެއްލުނީއެވެ. އެލޯބީގައިވެސް އަހަރެން ނާކާމިޔާބުވީއެވެ. އެދުވަހު އެލީޝާ މަތިން އަހަރެން ވަރަށް ހަނދާންވިއެވެ. އެނބުރި އަހަރެން ގާތަށް އަންނާނެ ނަމައޭ ހިތަށްއެރިއެވެ. ފާއިތުވެދިޔަ 7 މަސްދުވަސް ތެރޭގައި އަހަރެން އެއްގޮތަކަށްވެސް އޮންލައިނެއް ނުވަމެވެ. ނަމަވެސް އެދުވަހު އެލީޝާގެ ހަނދާންތައް އަނެއްކާވެސް އާވާންފެށުމުން ތުރުތުރުލަމުންދިޔަ އަތުން ފޯނުނަގައި އޮންލައިންވެލީ އެ މެސެޖުތައް ކިޔާލާހިތްވި ވަރުންނެވެ.

އެއާއެކު އަހަރެންނަށް ލިބުނީ ޝޮކެކެވެ. ފުލުފުލުން އަންނަންފެށި އެލީޝާގެ މެސެޖުތައްފެނި އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އުފަލުންގޮސް ރޮވެންފެށިއެވެ. ކޮންމެ މެސެޖެއް ލޯތްބާއެކު ކިޔަން ފެށުނެވެ. އޭނާއަށް ފާއިތުވެދިޔަ ދުވަސްތަކުގައި ހަބަރެއް ނުވެވުނީތީ މައާފަށް އެދިފައި އެތައް މެސެޖެއް ފޮނުވައިފައި އޮތެވެ. އަދި އޭނާ މިހާރު ހުރީ އިންގްލޭންޑްގައި ކަމާއި އަހަރެންނާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަވެސް ބުނެފައި އޮތެވެ. ބައްދަލުވިހައި އަވަހަކަށް ހުރިހައި ވާހަކަތަކެއް ކިޔައިދޭނެކަމަށްވެސް އެލީޝާ ބުނެފައިވެއެވެ. އަހަރެންގެ ހަބަރެއް ނުވާތީ އޭނާދެކެ ރުޅީއައިސްފައިތޯ އާއި ހަބަރެއް ނުވެވުނީ ވަރަށް ބޮޑުކަމެއްވެގެން ކަމަށްވެސް އެލީޝާ ބުނެފައިވެއެވެ.

ވީއުފަލުންގޮސް އަހަރެންނަށް ރޮވުނެވެ. ރޮމުންރޮމުންގޮސް އިންތަނަށް އަހަރެންނަށް ތިރިވެވުނެވެ. އެެތެއްދުވަހެއްގެ ދިގު އިންތިޒާރު ނިމުމަކަށް އަންނަނީއެވެ. އެލީޝާގެ މެސެޖްތައްފެނި ފާއިތުވެދިޔަ ދުވަސްތަކުގައި އަހަރެންކުރި ހުރިހައި ހިތާމައެއް ކުއްލިއަކަށް މިހިތުން ފިލައި ދިޔައެވެ. އެހުރިހައި ހިތާމަތަކެއްގެ މަތިން އަހަރެން ހަނދާންނެތުނު ކަހަލައެވެ. އެލީޝާއާ ބައްދަލުކޮށްލަން ބޭނުންވެފައި ހުރިވަރުން އަހަރެން އަވަހަށް އޭނާއަށް މެސެޖްކުރީމެވެ. އެއާއެކު އޭނާގެ ރިޕްލައި އައެވެ. ދެމީހުން އެތައްއިރަކު ވާހަކަ ދެއްކުމަށްފަހު އެރޭގައި ބައްދަލުކުރަން ނިންމީ އެލީޝާ ބުނި ރެސްޓޯރެންޓެއްގައެވެ. އަދި އެކަކު އަނެކަކަށް ދުވަހަކުވެސް ފެނިފައިނުވާތީ ދެމީހުން އެކަކު އަނެކަކު ފާހަގަކުރަން ރަނގަޅުގޮތެއް ރާވައިލީމެވެ.

މަންމައަށް މިއުފާވެރި ހަބަރު ދިނުމާއެކު އުފަލުންގޮސް އަހަރެންގެ ގައިގައި ބައްދައިލިއެވެ. އަދި މިރެއަށް އަހަރެން ލާން އެލީޝާ ޝަރުތުކުރި ފަދައިން ކަޅުކުލައިގެ ކޯޓްފަޓުލޫނަކާއި އެތެރެއިން ލާނެ ރަތް ގަމީހެއް ހޯދިއެވެ.

ތައްޔާރުވެ ނިމިގެން ކޮޓަރިން ނުކުމެ ތިރިއަށް ފޭބިއިރު ސޯފާގައި މަންމައާއި ބައްޕަ އިނެވެ. އަހަރެން ފެނުމުން އަހަރެންގެ ރީތިކަމަށް ތައުރީފުކޮށްފައި ބެސްޓް އޮފް ލަކްއޭ ބުނެލިއެވެ. އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމަލަށް ބަލައިލަމުން އަހަރެން ގެއިން ނުކުތުމަށް ހިނގައިގަތީމެވެ.

ރެސްޓޯރެންޓް ތެރެއަށް ވަނުމަށްފަހު އަހަރެން ވަށައިގެން ހޯދައިލީ އަހަރެންގެ ހިތުގެ މަލިކާ ފެނޭތޯއެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ކަނެއްގައި ހުރި މޭޒެއްގައި އިނށީދެލައިގެން އިން އަންހެންކުއްޖާއެވެ. އެއީ އަހަރެންނަށް ޔުނިވާރސިޓީއިން ދިމާވި ކުއްޖާއެވެ. އަހަރެންގެ ހިތް ދެވުނު ކުއްޖާއެވެ. ނަމަވެސް ހައިރާންވީ އޭނާ ލައިފައިވާ ހެދުން ފެނިފައެވެ. އެއީ އަހަރެން އެލީޝާ ގާތުގައި ލައިގެން އައުމަށް ބުނިކަހަލަ ހެދުމެކެވެ. ރަތްކުލަ އާއި ކަޅު ކުލައިގެ ދިގު ހެދުމެކެވެ. އެހެދުމުގައި އެއަންހެންކުއްޖާގެ ރީތިކަން އިތުރުވެފައި ވިއެވެ. އެކުއްޖާގެ އަތުގައި އޮތް ރަތް ފިނިފެންމާ އަހަރެންނަށް ފެނުނީ އެވަގުތުއެވެ. އަހަރެންނަށް ދެލޯބޮޑުކޮށްލެވުނެވެ. “އެލީޝާ” މަޑުމަޑުން އަހަރެންނަށް ކިޔައިލެވުނެވެ.

އަވަސް ހިނގުމެއްގައި ގޮސް އަހަރެން އޭނާ ގާތުގައި މަޑުކޮށްލީމެވެ. އަހަރެން ފެނުމާއެކު ދެލޯ ބޮޑުކޮށްލަމުން އެކުއްޖާވެސް އިންތަނުން ތެދުވިއެވެ. ގަބޫލުނުކުރެވިފައި އޭނާ އަހަރެންނާ ދިމާއަށް ބަލަމުން ދިޔައެވެ.

“ތީ.. ތީތަ އެލީ؟ އެލީޝާ؟” އަޅައަޅައި ގަންނަމުން ރޮވިފައި ހުރެ އަހަރެން އަހައިލީމެވެ. އޭރު އެކުއްޖާގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ. “އާން. ތީ އަހަރެންގެ.. އަހަރެންގެ މިފޫތަ؟ މިފްޒާލް.” އެލީޝާއަށް ބާރަށް ރޮއެގަނެވުނެވެ. އަހަރެންނަށް ބޯޖަހައިލެވުނީ އާނއެކޭ ބުނުމަށެވެެ. އުފަލުގެ ކޮޅެއް ނެތެވެ. އެހެންވީމައި އަހަރެންނަށް ދެވަނަ ފަހަރަށްވެސް ލޯބިމިވެވުނީ އަހަރެންގެ އެލީޝާ ދެކެ ތާއެވެ. އެދުވަހު އެލީޝާ ފެނިފައި އަހަރެންނަށް އެއީ ގާތް ކުއްޖެއްގެ ގޮތުގައި އިހުސާސުވީ މިހެންވެތާއެވެ. އެއްވެސް އިޚުތިޔާރަކާ ނުލައި އަހަރެންގެ ހިތް އަތުން ދޫވީވެސް އެއީ އަހަރެންގެ ހިތުގެ ވެރިޔާކަމަށްވީމައެވެ. އަހަރެންނަށް އެލީޝާ ދެނެ ނުގަނެވުނަސް އަހަރެންގެ ހިތް އެލީޝާ ދެނެގަތެވެ.

ދެމީހުން ރޮމުން ރޮމުންގޮސް އެކަކު އަނެކަކުގެ ގައިގައި އޮޅުލައިގަނެވުނެވެ. ބާރަށް ބައްދައިލައިގެން ތިބެ ގިސްލަގިސްލާފައި އަހަރެމެން ދެމީހުން ރޮމުން ދިޔައީމެވެ. އެތަނުގައި އިތުރު ބަޔަކު ތިބިކަމުގެ އިހުސާސްވެސް އަހަރެމެންނަށް ނުވާފަދައެވެ. އަމިއްލަ ދުނިއެއްގައި ތިބެ ދެހިތުގެ ޝަކުވާތައް ކަރުނައިގެ ސިފައިގައި ބޭރުކުރަމުން ދިޔައީމެވެ.

އިރުކޮޅެއް އެގޮތުގައި ވޭތުވުމަށްފަހު އަހަރެން އެލީޝާ ކުޑަކޮށް ދުރުކޮށްލީމެވެ. އަދި އިސްޖެހިފައިވާ އެލޯބި މޫނު އުފުލައިލުމަށްފަހު ސީދާ އޭނާގެ ލޮލަށް ބަލައިލީމެވެ. “އައި ލަވް ޔޫ އެލީ. އައި ލަވްޔޫ ސޯ ސޯ ސޯ މަޗް. ވިލްޔޫ މެރީ މީ؟” ހުރިތަނަށް އެއްކަކޫ މައްޗަށް ތިރިވުމުށްފަހު އަތުގައި އޮތް ފިނިފެންމާ ދިއްކޮށްލަމުން އަހަރެން އަހައިލީމެވެ. އެންމެންގެ ލޯތައް އަހަރެމެންނަށް އަމާޒުވެފައި ވީއިރު އަހަރެން ހުރީ އެލީޝާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު ހިނިތުންވެފައި އެމަލުގައި ހިފައިލަމުން އެލީޝާ ލޯތްބާއެކު ޔެސްއޭ ބުނެލިއެވެ. އެއާއެކު އަހަރެންނަށް އުފަލުންގޮސް ހުރެވުނުތަންވެސް ނޭނގުނެވެ. އެލީޝާގެ ޖަވާބާއެކު އެމަންޒަރުތައް ބަލަންތިބި އެންމެން އަތްޖަހަން ފެށިއެވެ.

ރެސްޓޯރެންޓްއިން ކެއުން ނިންމާލުމަށްފަހު އަހަރެމެން ދިޔައީ ހިނގައިލާށެވެ. އެލީޝާގެ އަތުގައި ހިފައިގެންގޮސް ޕާރކެއްގެ ތެރޭގައިހުރި ބެންޗެއްގައި އަހަރެން އިނށީނީމެވެ. ގާތުގައި އެލީޝާވެސް އިނށީދެ އަހަރެންގެ ކޮނޑުގައި ބޯއަޅައިލިއެވެ. “އެލީ ވަރަށް ލޯބި މިރޭ.” އަހަރެން އެހެން ބުނުމާއެކު ލަދުވެތި ގޮތަކަށް އޭނާ ހީލިއަޑު އިވުނެވެ. “އެލީ ދެން އަހަރެންނަށް ކިޔަދީ ހުރިހައި ވާހަކައެއް. ކީއްވެ ކުއްލިއަކަށް އެލީގެ ހަބަރެއްނުވެ އެހައި ގިނަދުވަސް ދިޔައީ؟ ކީއްވެ އަހަރެންގެ މެސެޖުތަކަށް ޖަވާބެއް ނުދެނީ؟ ނުބަލަނީ؟ ކީއްވެ އެލީ؟” އެލީޝާގެ މޫނަށް ބަލައިލަމުން އަހަރެން އަހައިލީމެވެ. އެއާއެކު ފުންނޭވާއެއް ލުމަށްފަހު އެލީޝާ އޭނާގެ ވާހަކަފެށިއެވެ.

“އެއްދުވަހު ޝޮޕިންގްއަށް ގޮސްފައި އަންނަނިކޮށް އަހަރެން ކާރެއްގަ ޖެހި އެކްސިޑެންޓްވީ. ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްވީ. އެންމެން ހީކުރީ އަހަރެން މަރުވާނީކަމަށް. އެކަމަކު ތިލޯބީގެ ސަބަބުން އަހަރެން ދިރި ދުނިޔޭގަ އޮތީ. ނަމަވެސް އަހަރެންގެ މުޅި ހަށިގަނޑު ވާގިނެތުނީ. އެއްއަހަރު އެހާލުގަ އަހަރެން ހޮސްޕިޓަލުގައި ހޭދަކުރިން. އޭރު އަހަރެންނަކީ ދިރި ހުއްޓަސް ފުރާނަނެތް މަސްގަނޑެއް. އެންމެ ދުވަހެއްނުދޭ އަހަރެންގެ ހިތުން މިފޫގެ ހަނދާންތައް ފިލައިގެންދާ. ބައްޕަމެންގެ ބުރަ މަސައްކަތުންނާއި އަހަރެންގެ ހިތްވަރުން ރަނގަޅު ވެވޭތޯ އަހަރެން މަސައްކަތް ކުރިން. ތެދަށް ބުނާނަމަ ތިލޯތްބަށްޓަކައި ރަނގަޅު ވެވޭތޯ އަހަރެން ކެނޑިނޭޅި މަސައްކަތްކުރިން. ﷲ ގެ އިރާދަފުޅުން އަހަރެންނާ އަހަރެންގެ އާއިލާގެ ބުރަމަސައްކަތް ކާމިޔާބުވެ މީގެ ހަމަސްކުރިން އަހަރެން އެއްކޮށް ރަނގަޅުވި. އަހަރެންނަށް އަނެއްކާވެސް މިހަށިގަނޑު ހަރަކާތްކުރަން ފެށުނު. ކުޑަކޮށްވެސް އަހަރެން ރަނގަޅުވެލުމުން އަހަރެން ބޭބުންވީ މިފޫއަށް ސަޕްރައިޒެއް ދޭން މިކޮޅަށް އަންނަން. މިފޫ އަބަދުވެސް އެންމެ ދާހިތްވީ އެ ޔުނިވާރސިޓީއަށްކަން އެނގޭތީ ކިޔެވުމުގެ ބަހަނާގަ މިކޮޅަށް އައިސް އަހަރެން އެޔުނިވާރސިޓީއަށް އެޕްލައިކުރީ ހަމަ އެންމެ ބޭނުމަކު. މިފޫ ހޯދަން ބޭނުންވެފަ ހުރިވަރުން. އަހަރެން އަސްލު ހީކުރީ މިހާރު މިފޫ އަހަރެންމަތިން ހަނދާންނައްތައިލާނެ ކަމަށް.” އެހިސާބަށް ބުނެވުނުތަނާ އެލީޝާއަށް ރޮވުނެވެ. “ޝޫޝް. ދެން ހުއްޓާލާ. ނުރެއި. އެލީ އަށް އެނގޭތަ؟ އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ އެލީއަށް. އަހަރެންގެ ހިތްބުނި އެލީއަށް ކަމެއް ވީއޭ. އަހަރެންގެ އެލީ އެނބުރި އަހަރެންގާތަށް އަންނާނޭ. ކޮންމެ ރެއަކު އަހަރެންނަށް ނިދެނީ އެލީމަތިން ހަނދާންކުރާ ހާލު ގިސްލާ ރޮމުން. އަބަދު އެލީގެ މެސެޖެކަށް މިހިތް އިންތިޒާރު ކުރޭ. ޔުނިވާރސިޓީއިން އެލީ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް ބުނި ތިއީ އަހަރެންނާ ވަރަށް ގާތްމީހެކޭ. އެހެންވެ އެލީއަށް ލޯބިހުށައެޅީވެސް. އަހަރެން އޭރުވެސް އަދި މިހާރުވެސް ހަމަ ހުރީ ތިޔަ އިންތިޒާރުގަ. މިހިތް އެލީނޫން ކުއްޖަކަށް ނުދެވޭ.” ލޯތްބާއެކު އަހަރެން އެހެން ބުނުމަށްފަހު އެލީޝާގެ ގައިގައި ބައްދައިލީމެވެ. އެތެއް އިރަކު ކަރުނަ އޮއްސުމަށްފަހު ދެމީހުން ވަކިވީ ޔުނިވާރސިޓީއިން ބައްދަލުކުރުމަށް ވައުދުވަމުންނެވެ.

އޭގެ ތިންމަސްފަހެވެ. ކައިވެނީގެ ހެދުމުގައި އަހަރެންނާ އެލީޝާ މެހެމާނުންނަށް މަރުހަބާކިޔަމުން ދިޔައީ ހިނިތުންވެތިބެއެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި އެލީ ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. މިއަދު އަހަރެން މިއީ ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ އެންމެ އުފާވެރި އިންސާނާގެ ގޮތުގައި އަހަރެންނަށް އިހުސާސުވަމުން ދިޔައެވެ. އަހަރެންގެ އެލީއަށްޓަކައި އަހަރެންކުރި ދިގު އިންތިޒާރުގެ ނިމުން ކިހައި ފޮނިހެއްޔެވެ؟ މީހުން ބުނަނީ ތެދެކެވެ. ތެދުވެރި ލޯބިވާ ދެމީހެއް ވަކިވި ނަމަވެސް އެލޯބި ކޮންމެވެސް ގޮތަކުން އޭނގެ މަގު ހޯދައި އެދެމީހުން އަލުން ގުޅުވައިދެއެވެ.

= ޓްރޫ ލަވް ވިލް އޯލްވޭސް ފައިންޑް އިޓްސް ވޭ=

ނިމުނީ

Comments (93)

  1. Shau Aria

    Yay me first dho… Varah reethi vaahaka…. ??

    1. Naufa
      Shau Aria

      Thanks dear??

  2. humey

    Varah reethi Vaahaka…..

    1. Naufa
      humey

      Thanks humey?

  3. SJK...KOREAN

    woww.. vvvv salhi. hithah ery mi vaahaka dhigunama salhikoh kiyaalevunys ey… best ingey. hama true vaahaka thakeh myge hury 🙂 reality!! keep it up nau..

    1. Naufa
      SJK...KOREAN

      Hehe.. Ya dhw.. Thanks sjk?❤

  4. Wish

    I read this somewhere.. Nikan fahu. Hama..

    1. Naufa
      Wish

      Mihaadhisaa ah liyefa in ehn vaahaka akah vedhaane.. ?

    2. Wish
      Wish

      Thihn kanneynge evee ?❤❤❤

    3. Wish
      Wish

      Hehem. Ehn kanneynge e v..

    4. Beauty
      Wish

      Mee kurin kee vaahaka eh

  5. mamee

    loabeege vaahakaege therein mivaahaka kurunamaves vvvvvvvvvvv salhi ethurah bunaane ehchehne asluves v reethi.

    1. Naufa
      mamee

      Thanks mamee.. ??❤

  6. sana

    Wowwwwww!nice

    1. Naufa
      sana

      Thanks sana?

  7. samahaa

    Woww! This real story?

    1. Naufa
      samahaa

      Yes.. It is.. Bt i hv brought some changes.. Thanks?

  8. Axka

    This real story? Nice ??????????

    1. Naufa
      Axka

      Yes with some changes.. Thanks dear??

  9. Xxxx

    Wooooowww….this is just awesome..nice,lovely..etc.etc????????????????? keep it up

    1. Naufa
      Xxxx

      Thanks xee?❤

  10. sama

    Nice ?????????????

    1. Naufa
      sama

      Thanks sama?❤

  11. Alisha

    Habeys ?????????????????????????

    1. Naufa
      Alisha

      Thanks alisha?❤

  12. Aishath

    Awesome keep it up nau you are best writer ??????????????

    1. Naufa
      Aishath

      Thanks aishath?❤

  13. cat

    Awesome keep it up ??????????????

    1. Naufa
      cat

      Thanks cat?❤

  14. Spider man

    Nice keep it up nau you can write more storys BEST OF LUCK ?????????????

    1. Naufa
      Spider man

      Thanks alt dear?❤

  15. Spider

    Wow!nice ?????

    1. Naufa
      Spider

      Thanks dear?❤

  16. ram

    Wowwwwww! Habeys

    1. Naufa
      ram

      Thanks ram?

  17. ham

    Habeys ??????????

    1. Naufa
      ham

      Thanks ham?❤

  18. seenko

    Nice keep it up

    1. Naufa
      seenko

      Thanks dear?

  19. Lam

    Vvv reethi ..masha Allah

    1. Naufa
      Lam

      Thanks lam?

  20. Ss

    Masha Allah very very very nice keep it up nau ?????????

    1. Naufa
      Ss

      Thanks dear?❤

  21. Sad

    Masha Allah

  22. unaal

    Most beautiful kuruvaahaka … maasha allah , Vrh reethi,

  23. mal

    Masha Allah very nice

  24. meesha

    Wow!

  25. nice

    Wow!maasha allah nice ????

  26. Elisha

    Wow!

  27. reader

    Wowowowowowww

  28. Kuda Kamana

    varah ves reethi mivaahaka. hama obiness to the maxxxx

  29. company

    Habeys and obiness to the max ?????????

  30. Naufa

    Thanks all.. ?❤

  31. Aireen❤

    Wow hama asluves mihen veytha haadha varugadha loehbakey dhw ? anyways i really love this story???

    1. Naufa
      Aireen❤

      Thanks aireen?

  32. zaam

    vvvv rythi…. me fb beynun kuran. naufa kudahuvadhootha?

  33. zaam

    id ge foto ga innany girl akaa boy akaa dhow vaareveheythy kuda ah hifaagen….

    1. Naufa
      zaam

      Yes zaam.. N thanks

  34. afy

    mi vaahakaiga ehtha faharaku thakuraakoh bunefa ehba oi mifzal eynage name fiyavaa ehves information eh alisha ahkah nudhey dhn fahun bunefa eh othy alisha gaathu mifzal bunefa ey othy eyna enme dhaan beynun vaa university ge name. ok name bunefa othy ehkamaku ves ehves varakah vaahaka nudhakaa aharu vegen dhiya iru alisha ah kihine ehaa yageen koh ingeny mifzal eh university ah kameh dhany.

    1. Naufa
      afy

      She wasnt sure.. Ehfaharuvx neenaane bunefaeh she was sure ey.. She tld she applied to that university so cox he always tell her that he wanted to gothere. So she came there.. In the hope of seeing him.. She jst wanted to find him.. She dnt knw for sure that he was there.. Sry u got confuse n ehn mention nukurevunyma.. I will correct those kinda thns.. Sry.. Bt thanks for the comment?

  35. mamee

    ajaebu thagdyru ehaa loabivaa dekuhjaku ehthaakun bahdalvaan ebaehge iraadaega othihyaa ekan waane.hageegathgaves visnaba ekuhjaku kuran emme beanunvaa kameh abad hithualhaegen ulhynama kommeves duvahakun ekanvaane.ebahuri loamahchah fenifaves.hageegae gabhoolkury.

  36. Thor

    Mifzal & Elisha medhuga zaathee vaahaka eh nudhekevey _ writer thakuraarukoh ehen liyefa oeh iru zaathee maana kuri goe buneli nama. Vaahaka nimuneema Elisha ah Mifzal dhaan hama jehifa oiy university ves engiffa oekan mi engunee. Ehen veema zaathee kon vaahaka thakehbaa Mifzal nubunaa kama vanee.

    1. Naufa
      Thor

      Sory thor.. Aslu hykury ehn bunyma ingeyne kamah.. Bt sry egothaj aslu mention nukurevunyma.. Zaathee aslu mean kury edhemyhungr rashaa ulhey thanaa parents info aa ekahala kamkamah.. I knw i hv mention like that.. Bt sry i made a mistake by nt doing so.. Cox u guys got confused.. Sry dear.. Dhn in sha allah ekahala kankan rangalhu kohlaanan.. Thank u.. ?

  37. mamee

    Zaathee kankamuge vaahakayakee evarah vaahakadahkaa loabiviyas eynakaeriyaku naahaennu kon rashehge kuhjehtho kon geyekutho ulheny kiyavandanee konthaakahtho mihaaru thiulhenee kon thanehgaetho mehengos kiyaanekamehne hamaekani edemedugae dekevunee loabeege ihsaas thakehge vaahakathakennu mee hama aslu hingaafaanekamah gaboolkurevy vaahakaeh.dhw.☺

  38. NAU FAN

    NAU FB PAGE EH IDHEYTHA PLS GIVE UR FB ID

    1. Naufa
      NAU FAN

      Fb page eh neendhey.. Bt my id is Nau Ish

  39. Mai

    Mi story feshigen ai iru interesting gothe huri… But vaki hisaabaka dhiyaama ehkache repeatedly jahaafa othy… Ehenve foohi vaagoi vi… Ending v confuse vi. Kurin ves eh othy reader eh ahaafa mifzal huri thane ehaa sure koh Alysha ah inguny kihinetho… Ehves 1 year talk nukoh hurefa… Kurin mention nukurey story gaeh mifzal emme dhaahiy vaa university ahky kobaa kan Alysha kairy buni vaahaka eh… And mi story feshumuge kurin writer bunefa oi mi true story ehge macha base koh liyefa oi story ehkey including ur own ideas… Real life ga this doesn’t happen… So I think story liyaa writer ge kameh dhw mi suwaal thakah javaabu dhinnun. Ehkam ehen ahaafa huri suwaal tha writer ignore kohfa hama ehkani reechey bunefa huri comment thakah thiyothy javaabu dhyfa… konme writer eh ves bunaane mistake eh inny aa nuny story ga kamunudhaa kameh othyaa bunaashey… Hurihaa vatharege hiyaalu balaigannaa namey… ehkamu ehkahala comment eh kuryma thi writer thiyothy ignore koffa… Anyways I don’t expect that u would give a reply to these kind of comments… Not now not even in the future… I’m sorry writer expect kuraa gotha “v reechey” buney vareh mi story nuvey…

    1. Naufa
      Mai

      Hey sry mai.. Bt thats nt true.. I didnt ignore those comment.. Actually e questn thakuge ans dhiguvaane dhw.. N i was lil bit bxy egady.. Ehnve fahun e comment thakah rep kuran ehah bahataaly.. Sry u felt like that.. N yes.. This story is a real one.. Hama aslahvx hingi kameh mee.. Evaahaka kiyaadhyfa in gothah aslu write kury.. Bt with some changes.. Eyga in gothah liyununama adhi maa confusing vaane.. Ehnve.. That girl wasnt sure he will be there.. Bt as he tld her that he always wanna go there, she went there in the hope of finding her.. N yamm zaathee ey aslu mean kury emyhehge rashaa ulheythanaa parents ge info aa.. Al those thns ah.. Sry.. Bt i always appreciate al types of comments.. This is nt the first negative comment i got on my stries.. I hv got some kuryge stories thakahvx.. Bt i hv always replied to those kinds of comments too.. Cox m a starter in this career.. I knw i cn make mistakes.. I accept that.. N negative comments aky myhaa kuri erumah libey enme bodu baaru.. I blv like that.. Thanks for the comment dear.. Enmennah one stry kamu nugosfaane.. Ehbayakah faahaga nuvaa kanthah ehn bayakah faahaga vedhaane.. Thans for letting me knw.. In sha allah dhn kuriah huri stories ga mikahala kanthah rangalhukohlaanan.. Thanks for ur comment. I really appreciate it.. Thank u?

  40. Lalla

    Aslu mi story ga vrh fahun ky vaahaka ehga vs vaagothakah vefa iny. And emyhun University in meet vaa kan vs eii konmes thaakun adu ehi vaahakaeh. Ekamu ehn country ehga vy kameh eii. Dhn dhemyhun faahaga kuran hedhun laan buni goiyy ves eii ehn vaahaka akun kiyifa in baeh. Aslu mi story hadiehnoon. Writer ge own hiyaalu beynun kohgen new idea akah liyuniyyaamu varah reethi vaane vaahaka. Vaahaka liyaa myhun ehen vaahaka thah kiyaane. Ehenviyas e haadhisaa thah ehn genaima varah kada. Unique haadhisaa akah, aa haadhisaa eh liyuniyyaa varah reethi vaane hen hyvey.

  41. Namaan

    That’s true nauge kuryge stories thakah Hama vrh rude comments huri. Ekm rangalhu vaahakaeh bunefa hury rude koh viyas.

  42. Lalla

    Lalla ge comment nujahany kiyyvetha? Writter ah thaureefu nukuraathytha?

    1. Naufa
      Lalla

      I hv no idea dear..

  43. Lalla

    Yeah. Lalla kurin bunefa innaany mi story ga elysha accident vegen ulhey iraa varah vahtharu haadhisaa eh in story eh varah fahakun ves kiuney. Hama myga vaakahala gotheh eygaa vs vany. Dhn University. University ga vs mivany Hama ehn ehchehga vaagothah.eii ekm vedio eh. Eyga vs dhemyhun dhimaa vaany online koh. Anhen kuhjaa ves Hama accident eh vefa onnaany. E girl annaany boy emme Anna hiyyvi University ah.boy hoadhan vegen. Eyga ves neyngeyne furathama eii eyna loabi vi kuhjaa kameh fahun ingeyny. Dhn eyna ge accident vaahaka bunaany. My story ga ves Hama ehen mivany. Dhn dhemyhun meet vaan dhaa irah faahaga kuran laan vy hedhun bunaane Hama ehn vaahakaehga ves. Ekm eii thankolheh bodu myhaku liyefa in story eh. I mean professional vaahaka liyaa myhekey. So mythyga mihury ethah vaahaka akun thankolhu kolhu nagaafa. Ehnve vaahaka foohi. Aaa gotheh vaanehen liyunyma kiyuntherinnah kiyeyny dho foohi nuve. And I have a question? Mamee aky nuafa ge personal assistant Tha? Hurihaa negative comment akah reply dheny.

    1. Naufa
      Lalla

      Thia story is based on that video dear.. Ehnve hageegee stry akah base kohfaey bunyvx.. I didnt tell its my own idea. N yes ehvx vaahaka akun noanaane ehvx thaneh nagaafa eh.. Nimun change kohly evx my own idea eh.. Ehvx stry akun adhi nukiyan ehnneh.. So neenge.. N yes.. Mamee is my bst frnd.. Ehnve egothah rep kurany.. Thanks for the comment..

  44. mamee

    baeh kiuntherinnaky emeehaayah emmekamudaa gothah vaahakaliyaa kuhjaa nun ehen kuhjaku eahvureh reathikoh vaahakaeh liyefinama kithamme reechas e vaahaka akah thaureef kuran vv dathi bayakahvaameehun aee hageegathga reethi nunvegenehnu gabhool kuran bynunnuvanee .alhugandge nazaruga misaetah emme reethi vaahakathakeh husha alhaedy emme magbool eh writer eh Nau are.mai gabool kuriyas nukuriyas hageegae vaanee hama hageegathah.theekee mi vaahakayah binaakuranivigothah faad kiumehnu thee mivaahaka u thaaeed kuraa kuhjaaliyaa vaahakayahvureh mivaahaka reethiveema ekan hajam nuvun.thivarn mivaahaka kiyaashy kaakubunee thiheh kanthah kuraathee mikankamah kithamme shauguverikan huhtas fasjehygoevanee kihaaderakamehmee.faad kiyanyaa anekaage hiburanuvaakothah faadkiyaba.

  45. ogy

    vaahaka kiyaaeru vaanuvaa nyngenyaa nukiyaaba dhw.writer eh nubune ennu thaureefkuraasheky .aee kiuntheringe hiyaal misaitakah kommehen vaahaka liyaane kamenne are baeh kiuntheringe kanthahgandu bodukamun .

  46. mamee

    vedaanekameh mifzaal eyna emme daahivva university ge name kurin bunefa otheema aleesha ummeed kohfaane ethanun faharuga kommeves duhukun baddal vedaanekamah egothah dimaavedaanekamah hundred passent yageen .aee ihthifaag loabivaa kuhjaa hoodan abad hithuga azum kanda alhaegen ulhynama emme heenukuraa thanakunves loabivaakuhjaaya dimaavumaky ekasheegenvaakameh .write ☺☺☺mivaahaka v salhi.

  47. Shaasha

    Varah salhi

  48. mamee

    Mi story hama bunevynee vvvvvvvv…..salhiyyy.adi kuruvaahakaeh nukiyan mihaareethi.????????????????????????????????????

  49. Iz

    Hi naufa. Unblock me in fb. Phone ga massala eh jehigen reply koh nulevuny..

  50. mamee

    Yes…..lalla.yes thibunee hamarahngalhah jawaab libehjetha.kivve nauge kurierumah thibaa ehaavarah hurasthialhanee nyngeneetha heyonubaeves mamma din rahngalhu tharubiyyathaky theetha.?lalla yah hama nyngeneetha mikurevenh v goos kamehkameh.thikahala ilzaam meehungeboluga alhuvaaeru hama nyngytha kihaabodu faafaehkameh.muslimunnah vethibe thankolheh reethikoh ahaalevidaanu thee copy ehtho nunee amihla India ehtho .

    1. mamee
      mamee

      idea *

  51. mamee

    lalla ge bynumaky Nau mihaareethikoh vaahaka liyaathy mikamun durahlun dhw.v j vey dhw.adi alhugahnd Nau himaayae kuran mikahala comment thah kuraathee ekamaaves v j vey dhw.

  52. bohalaak

    Lalla ge amilla namuga lalla amilayah lalla yah jawaab devytha?

    1. someone
      bohalaak

      hehe

    2. someone
      bohalaak

      vvvvvvvv nice

  53. bao

    dhogehvaanu ebahuri lalla ge namuga lalla kohfauri suvaalu thakuge jawaab hama lalla dyfa.??????????

  54. mamee

    Shameema yahuyaa aeeves v
    Molhu vaahaka liuntherieh ekam alhugandeh duvahakuves nudeken amihla hiyaalah liyefain vaahakaeh mulhinves hindy vaahakathah tharujamaakohgen liyefahunnanee.Nau hagygy vaahakaehge mahchah amillahiyaalu eyah laegen liuneematha massalayakah vaanvy.hagygy vaahakathakah binaakoh vaahakaliuntherin vaahaka liumakee aa kamehnoony aee aamukameh.

  55. Bestie

    Hama aslu ves rovihjje…
    Vrh reethi… Bt sad thing is hurihaa emmen ge inthizaaruge nimun ehaa fonyyeh nuvaane and sometimes inthixaarah nimumeh nuves annaane??
    Story hama bst????

  56. Ainth

    V rythi mi vaahaka… Hiyhama nujehey kudhinves ekahala goeh gothah comments nukurey… Ehen myhunves vaane dherayaa dheytherey visnaalaa… Nice storyeh mee hama

  57. someone

    nice story

  58. PRINCESS AFU

    salhi ☺

  59. Nadhoo

    Mee ves hama reethi story eh. Wow. I like it. Hiyhama jehey. mihen reethi vaahak
    Tah balaathi liye vee thw.

Comments are closed.