ސިއްރު ސިއްރުން ހިތޭ… (ޓްރެއިލަރ)
ގަޑީސޯނާކަނޑާލުމާއެކު މަލީހް މޯޅިއަކަށް ދެމިލީ ކަންނެތްކަމާއެކުގައެވެ. ވިއްސާރަ ރެއެއްކަމުން މުޅިކޮޓަރީގައިވަނީ ފިނިކަން ހިފާލާފައެވެ. މިއަރާމުގަޑީގައި މަލީހްއިތުރަށް ނިދާލަން ބޭނުމެވެ. އޭރު އަދި ފަތިހު 4ޖެހީވިއްޔާއެވެ. ނަމަވެސް އެގޮތަށް އަރާމްކުރަން އޮތުން އެއީ މަލީހް އަށް ލިބިފައިވާ ނަސީބަކަށް ނޫންކަން ހިތަށް ގެނެވުމާއެކު ކުއްލިއަކަށް ތެދުވެ އަވަހަށް ތަންމަތިނަގާލުމަށްފަހު ގޮދަޑިނަގާ ފާރުގައި ލައްކޮއްލިއެވެ. ތުވާލި ކޮނޑަށްއެއްލުމާއެކު ބުރުސްހިފައިގެން ގިފިއްޔާދިމާއަށް ދިއުމަށް އަވަސްވެގަތީ މިއޮއްފިނިރޭގައިވެސް ފެންވަރާލުމަށެވެ………
ކޮންމެދުވަހަކުހެން ގޭގެ ހުރިހާކަމެއް އެކަނި މާއެކަނިކޮށްނިންމާލުމަށްފަހު ފިލާވަޅުކިޔާލަން މަލީހްއަށް ލިބެނީ އެގޭއެންމެން ނިދީމައެވެ. މަލީހްގެ އެކުޑަކޮޓަރީގައި އެތަށް ދަމެއްވަންދެން ފިލާވަޅުތަށް ދަސްކުރަން އެކަނި މާއެކަނި ހޭދަކުރެއެވެ. މަލީހްގެ މަންމަ ފާގިޔާގެ އުންމީދުތަށް ބިލާހަކަށްވިޔަނުދީ ހުރިހާދުވަހު އޭނާދިޔައީ ކްލާހުގައި ރަންވަނަ ހޯދަމުންނެވެ. މަލީހް ގެ ބައްޕަގެ ލޯބިވެސް ދެގޮތެއްނެތިދެމުން ފާގިޔާމަލީހްގެންގުޅުނީ ދެލޮލުގެ ކޮއިފަދައިންނެވެ. ނަމަވެސް ކުއްލިއަކަށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި ފާގިޔާ ގެއްލުމާއެކު މަލީހްގެ މުޅިދިރިއުޅުން އެފުންމިފުށަށް ޖެހިގެން ދިޔައީއެވެ. ކުރިން ގޭގައި އެއްވެސް ކަމެއްކުރުމެއްނެތި ހަމައެކަނި ކިޔެވުމަށް ހުސްވެގެން ހުރި މަލީހްގެ ކިޔެވުމުގެ އެންމެފަހު އަހަރުގައި ޖެހުނީ ބިޑުބޭބެގޭގައި ގުލާނުކޮށްދީގެން އުޅޭށެވެ…..
ނަވާރު އަހަރުގެ ޗުއްޓީގައި ރާއްޖެތެއަށް ދާންބުނުމުން ހަފީޒާ އާއި ޒިޔާދު އެކަމަށް މަރުހަބާކީއުފަލާއެކުގައެވެ. ސާދާދިރިއުޅުމެއް އުޅެމުންސާ ނަވާރަކީ ޒިޔާދުމެން ދެމަފިރިންގެ ހުރި ހަމައެކަނި އަންހެންކުއްޖާއެވެ. ދެން ހުންނަނީ ނާލް އެވެ. އަދި ނާލްގެ އުމުރުން ވީ 13އަހަރެވެ. މުއްސަދި ވިޔަފާރިވެރިންގެ ގޮތުގައި ދިރިއުޅުން ވޭތިކުރަމުންދާ ޒިޔާދުމެންގެ އާއިލާ މީގެ ކުރިން އަބަދުވެސް ޗުއްޓީގައި ގޮސްއުޅުނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށެވެ. ނަމަވެސް މިފަހަރު ނަވާރުބޭނުންވާގޮތަށް އެކަންދޫކޮށްލީ މީ ނަވާރުގެ އޯލެވެލް އޮންނައަހަރުކަމުން ޓެސްޓުތަށް ނިންމާފަ ބޯހަމަޖައްސާލަން ދާން އޭނަބޭނުންތާކަށް ގެންދިއުމަށްޓަކައެވެ.
މަލީހް އަށް ނަވާރު ފެނުނީ އަތިރިމައްޗަށް ވައިޖައްސާލަން ދިޔަވަގުތެއްގައެވެ. …..
ދެން ކުރިއަށް ވާނެގޮތް ހޯދަން ވާހަކަ ކިޔާލަމާދޯ… ! “ސިއްރު ސިއްރުން ހިތޭ…” މިވާހަކައަކީ އަޅުގަނޑު (ލަޔާ) އެސްފިޔަ ސައިޓަށް ލިޔާ ދެވަނަވާހަކައެވެ. އެންމެ ފުރަތަމަ ވާހަކަ “މަލާކް” އަށް ލިބުން ފަދަ ތަރުހީބެއް މިވާހަކައަށްވެސް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.. “ސިއްރު ސިއްރުން ހިތޭ…” މިވާހަކަ އަޅުގަނޑު ފަށާނީ އަންނަ ހުކުރުދުވަހު އިންޝާﷲ.. އެކަމަކު އޭގެ ފަހުން ކޮންމެ ހަފްތާއެއްގެ ވެސް ތިންދުވަހު.. އެއީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތީގަ..
އުންމީދުކުރަން ތިޔަހުރިހާ އެކުވެރި ކިއުންތެރިންވެސް އިންތިޒާރުކުރާނެކަމަށް..
12 Comments!
Comments are closed.






reethi vaane he heevani.all tha best layaa.?
Reethi vaanekamah ummeedh kuran
V nice waiting
Reethi vaane hen heevaneee……
Waiting
Fe shun vrh reethi
Feshun vrh vrh reethi
feshun v salhi. all the best. 🙂
Masha Allah feshun hama varah reethi….. Waiting for next part… ??
good luck layaa..waitting..?
Varah reethi feshun..?
Waitingss layaa❤❤❤❤
Waiting for the next part????