Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (23)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
October 25, 2017 5 Mins Read
28 Comments

“ޝްޝްޝް.. ހަޅޭނުލަވައްޗޭ..” އެމީހާގެ އަޑާއެކު ޔުމްނާގެ ގައިގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އެމީހާ އޭނާގެ އަނގަމަތިން އަތް ނެގުމާކު ޔުމްނާ އަވަސް ނޭވާތަކެއް ލަމުން އެދިމާ ބަލާލިއެވެ. އެއީ ކާކުކަން އެނގުމާއެކު ޔުމްނާއަށް ދެބުމަ ގޮށްޖަހާލެވުނެވެ.

“މިޝާލް؟ މިގަޑީގަ މިތަނުގަ ކީއްކުރަނީ؟” ޔުމްނާ ކުރިމަތީގައި ހުރި މިޝާލްއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އެއާއެކު މިޝާލް ލާނެތް ގޮތަކަށް ހީލުމަށްފަހު ޔުމްނާއާ ދާދި ގާތުގައި އިށީނެވެ.

“ކިހިނެއްވީ؟ އަހަރެން އައީމަ ހިތްހަމަ ނުޖެހުނީތަ؟” މިޝާލް ހަރަން ބަނދެލަމުން އަހާލިއެވެ. ޔުމްނާ ސައިޑް ޓޭބަލް މަތީގައި ބަހައްޓާފައިވާ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ދަންވަރު ބާރަ ޖަހަން ގާތް ވެއްޖެއެވެ. އެހާ ދަންގަޑިއެއްގައި މިޝާލް މިތަނަށް އެއައީ ކީއްކުރަން ހެއްޔެވެ؟

“ނޫނޭ.. ހިތްހަމަނުޖެހުނީކީ ނޫން. އެހާ ދަންގަޑިއެއް ވީމަ.. ނުނިދަނީތަ؟” ޔުމްނާ އަހާލިއެވެ. އެއާއެކު މިޝާލް ހިތިގޮތަކަށް ހީލަމުން ޔުމްނާގެ މަޑު އަތް ތިލައިގައި ހިފާލިއެވެ. ލިބުނު ސިހުމާއެކު ޔުމްނާ އުޅުނީ އޭނާގެ އަތް ދަމައިގަންނާށެވެ. ނަމަވެސް މިޝާލް ހުޝިޔާރު ކަމާއެކު އޭނާގެ އަތުގައި ބާރަކަށް ހިފަހައްޓާލިއެވެ.

“މިޝާލް…” ޔުމްނާ މިޝާލްގެ ނަމުން ގޮވާލީ މަޑުން ނަމަވެސް އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައި ވިއެވެ.

“ޕްލީސް.. އަހަރެން ދައްކާ ވާހަކަ އަޑު އަހާލަދީ..” ރިހުން އެކުލެވިފައިވާ މިޝާލްގެ އަޑު އިވުމާއެކު ޔުމްނާ ހިމޭންވިއެވެ. އޭނާ ފުން ނަޒަރަކުން މިޝާލްގެ މޫނަށް ބަލާލިއެވެ. މިލާމޯޅިވެފައިވާ އޭނާގެ މޫނު ފެނުމުން ޔުމްނާގެ ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ.

“ކިހިނެއްވީ މިޝާލް؟ ކަމެއް ގޯސްވީތަ؟” ޔުމްނާ އަހާލިއެވެ. އެއާއެކު މިޝާލް މަޑުމަޑުން ބޯ ޖަހާލިއެވެ.

“ވަރަށް ވަރަށް ގޯސްވެއްޖެ.. ހުރިހާ ކަމެއް މި ދަނީ ގޯހުން ގޯހަށް..” މިޝާލް މަޑުމަޑުން ބުނެލިއެވެ. އޭނާ ޔުމްނާގެ އަތް ގެންގޮސް އޭނާގެ މޭގައި ޖައްސާލިއެވެ. މިޝާލްގެ ހިތުގެ ތެޅުން އިހުސާސްކުރެވެމުން ދިޔަ ޔުމްނާ އިނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.

“އިވޭތަ އަހަރެންގެ ހިތް ތެޅޭވަރު ޔުމްނާއަށް؟” މިޝާލް އެހެން އަހާލުމުން ޔުމްނާ ދެލޯ ހަނިކޮށްލަމުން އޭނާގެ އަތް ދަމައިގަތެވެ. ކުއްލިއަކަށް މިޝާލް ޔުމްނާއޭ ކިޔައި އޭނާއާ މުޚާތަބުކުރަން އެފެށީ ކީއްވެގެން ހެއްޔެވެ؟ އެހެންނޫނީ މިޝާލް އޭނާއާ ދިމާއަށް ކިޔަނީ ދޮންމަމްއެއް ނޫން ހެއްޔެވެ؟

“ހިތްހަމަނުޖެހުނީ ދޯ އަހަރެން ޔުމްނާއޭ ކީމަ؟ ޔުމްނާ.. އަހަންނަށް މި ނަން ހާދަ ރީއްޗޭ.. ހަމަ އެގޮތަށް ޔުމްނާގެ ސިފަވެސް އެހާ ރީތި.. އަހަންނަށް ޔުމްނާ ދެކެ ލޯބިވެވިއްޖެ.. ތީ މަގޭ ބައްޕަގެ އަންހެނުންގެ މަޤާމްގަ އިން މީހެއްކަން އަހަންނަށް އެނގޭ.. ތީ މަގޭ މަންމަގެ މަޤާމްގަ އިން މީހެއް.. އެކަމަކު.. އަހަންނަށް ލޯބިވެވުނީއޭ.. ލޯބިވެވުން އެއީ ކުށެއްތަ؟” އިސްޖަހައިގެން އިނދެ މިޝާލް އޭނާ ބޭނުންވާ އެއްޗެއް ބުނުމަށްފަހު ޔުމްނާގެ މޫނަށް ބަލާލިއެވެ. އެ ދޮން މޫނުމަތިން އޭނާއަށް ފެނުނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އެ ދެލޯ ބޮޑުވެފައި ވީއިރު ޔުމްނާ އިނީ ތިރީ ތުންފަތުގައި ދައިގަނެގެންނެވެ. ދެންމެ އިވިގެން ދިޔަ ވާހަކައިގެ ސަބަބުން އޭނާގެ ހިތް ބިރުގަނެއްޖެއެވެ. ފަރީދުއަށް މި ކަންތައް އެނގިއްޖެނަމަ ވާނީ ކިހިނެއްބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

“ޔުމް…” މިޝާލް ޔުމްނާގެ ދެކޮނޑުގައި ހިފައި ތަޅުވާލީ ޔުމްނާ އެއްޗެކޭ ނުބުނުމުންނެވެ. އޭނާގެ ހިތުގައި ތަފާތު ޝުޢޫރުތައް އުފެދެމުން ދިޔަ ނަމަވެސް އަނގައާ ހަމައަށް ހިތުގައިވާ އެއްވެސް ލަފްޒެއް ނައެވެ.

“ޕްލީޒް.. މިޝާލް ދޭ މިތަނުން..” އެންމެފަހުން ޔުމްނާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު މިޝާލް އިސްޖަހާލަމުން ކޮޅަށް ތެދުވީ ކުށްވެރިއެއް ފަދައިންނެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސް އެ ކޮޓަރިން ނިކުންނައިރަށް ޔުމްނާ ދުވެފައި ގޮސް ދޮރު ތަޅުލިއެވެ. އޭނާގެ ހަށިގަނޑު ދޮރުގައި ލައްކޮށްލަމުން އޭނާ ދޮރުބުޑަށް ތިރިވިއެވެ. އޭނާއަށް މި ދިމާވަނީ ކޮންފަދަ ކަންތައްތަކަކާ ހެއްޔެވެ؟ މުސީބާތަކަށްފަހު މުސީބާތެކެވެ. ދެއަތް ދެއަތާ މޮޑެމުން އޭނާ ދެލޯ މަރާ ބާރުކޮށްލިއެވެ.

** **

“ލޯބިވާ މަންމާ މަގޭ، ކިޔަމަން ވެގެން ހުންނާނަމޭ!

ދާއިމީ އުފަލާއެކީ ޚިދުމަތްކުރަން ހުންނާނަމޭ!”

ސްޓޭޖުމަތީގައި ހުއްޓިގެން ހުރި އަޒްކާ ރީތި އަޑަކުން މަދަހައެއް ކިޔަމުން ދިޔައިރު އެ އަޑުގެ ސަބަބުން އަސަރު ނުކުރާ ހިތެއް މަދެވެ. އަޒްކާ މަދަހަ ކިޔާތަން ބަލަން ގޮނޑިބަރީގައި ރަޝީދު އާއި އަރޫޝާގެ އިތުރުން އާރިކްވެސް އިނެވެ. އަޒްކާގެ ހަރަކާތްކަށް ބަލަހައްޓައިގެން އިން ރަޝީދުގެ މޫނަށް ތަފާތު ކުލަވަރު އަރައި ފައިބަމުން ދިޔައެވެ. އާރިކްގެ މޫނުމަތިން ފާޅުވަމުންދާ ކުލަވަރު ދެނެގަންނަން އުނދަގުލެވެ. މިއާ ޚިލާފަށް އަރޫޝާ ގެންދިޔައީ އިރުއިރުކޮޅާ ނޭފަތް ދަމަމުންނެވެ. ހޯސްލާފައި އޭނާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެ ހިތުގައި ޖުވައިރިޔާގެ ހަނދާންތައް އާލާވަމުން ދިޔައެވެ. ޖުވައިރިޔާ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އެއީ އޭނާގެ މަންމައެވެ. މައިމީހާއަށްޓަކާ ތިމާގެ ހިތުގައިވާ ލޯބި ފަސޭހައެއްކޮށް ނުފިލާނެކަން ޔަޤީނެވެ.

“ބައްޕާ.. އަޅުގަނޑުގެ މަންމަ އަޅުގަނޑު ދެކެ ލޯތްބެއް ނުވޭ ދޯ؟” ސްޓޭޖުން ފައިބައިގެން އައި އަޒްކާ ރަޝީދު ގާތު އެންމެ ފުރަތަމަވެސް އަހާލީ އެހެންނެވެ. އިރުކޮޅެއްވަންދެން ބުނާނެ އެއްޗެއް ނޭނގިފައި ރަޝީދުއަށް އިނދެވުނެވެ.

“ނޫނޭ.. ކޮންމެ ކުއްޖެއްގެ މަންމަ ވެސް އެކުއްޖެއް ދެކެ ލޯބިވާނެއްނު ދޯ؟” ރަޝީދު އަޒްކާގެ ބޮލުގައި ފިރުމާލަމުން މަޑުމަޑުން ބުނެލިއެވެ. އަޒްކާ އިސްޖަހާލިއެވެ. ރަޝީދު އެހެން ބުންޏަސް ޖުވައިރިޔާ އޭނާއަށް ނަފުރަތު ކުރާކަން އެ ކުޑަ ސިކުނޑިއަށް ވިސްނެއެވެ.

ގަލޮޅު މަދަރުސާގައި ކުރިއަށް ދިޔަ މަދަހަ މުބާރާތް ނިމުމާއެކު ރަޝީދު އަޒްކާ ގޮވައިގެން ދިޔައީ އައިސްކްރީމް ބޯށެވެ. އާރިކް އާއި އަރޫޝާވެސް އެމީހުންނާއެކު ބައިވެރިވީ އަޒްކާގެ އެދުމުގެ މަތިންނެވެ.

“އަސްލުވެސް އަޒްކޮ މަދަހަ ކީލެއް ވަރަށް ވަރަށް ވަރަށް ރީތި.. ޔަގީން އަޒްކޮއަށް ލިބޭނީ އެއްވަނަ!” ސްކޫޕަށް ވަންނަމުން އަރޫޝާ ވާހަކަދެއްކިއެވެ. އެވަގުތު އަޒްކާ ބަލާލީ އެއްޗެކޭ ނުބުނެ ހުރި އާރިކްއަށެވެ. އާރިކްގެ ނަޒަރު އެއްދިމާއަކަށް ހުއްޓިފައި ވީއިރު އޭނާ ކޮންމެވެސް ކަމަކާ ވިސްނަނީކަން ދޭހަވެއެވެ.

“ތެދެއް ދޮންބޭ؟ ރީތިތަ އަޒްކޮގެ މަދަހަ؟” އަޒްކާ އާރިކް ގާތު އަހާލިއެވެ. އެއާއެކު އާރިކް މަޑުމަޑުން އަޒްކާގެ ކޮލުގައި ހިފާލިއެވެ.

“ވަރަށް ސަޅި..” އާރިކް ހީލަމުން ބުނެލިއެވެ.

** **

އެނދުމަތީގައި އިން ހާރޫން ގެންދިޔައީ އޭނާގެ އަންނައުނުތައް ފަތްޖަހަމުންނެވެ. ދަބަސް ހުޅުވާލުމަށްފަހު އޭނާ ފަހަރަކު އަންނައުނެއް ދަބަހަށް ލަމުން ގެންދިޔައިރު އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ދަބަހުގެ ޒިބު އަޅުވާލި ވަގުތު އޭނާ ސިހުނީ އެ ކޮޓަރިއަށް ވަދެގެން އައި ސީމާ ފެނުމުންނެވެ.

“ތަނަކަށް ދާންތަ ތިއުޅެނީ؟” ސީމާ ހައިރާންކަމާއެކު ހާރޫންގެ އަތުގައި އޮތް ދަބަހަށް ބަލައިލަމުން އަހާލިއެވެ. ހާރޫން އޭނާ ގާތު ތަނަކަށް ދާ ވާހަކައެއް ނުވެސް ދައްކާ ވިއްޔާއެވެ.

“އާނ.. މީ.. އުނގޫފާރަށް ޖައްސާލަން ކަމަށް.. ކޮބާތަ އަޝްފާން؟ އޭނަ ވެސް ގޮވައިގެން ދިޔައިއްޔާ ކަންނޭނގެ ދޯ ފަސޭހަވާނީ؟” ހާރޫން އެހެން ބުނެފައި އެ ކޮޓަރިން ނިކުމެގެން އައެވެ. އަދި ޖެހިގެން ހުރި އަޝްފާންގެ ކޮޓަރީގައި ދެތިން ފަހަރަކު ޓަކި ޖަހާލިއެވެ. ދެލޯ އުނގުޅަމުން އަޝްފާން ދޮރު ހުޅުވާލިއެވެ. މިހާ ފަތިހާ ހާރޫން އޭނާއަށް ގޮވުމުން އޭނާ ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ. ސަރުކާރު ބަންދު ދުވަހެއް ކަމުން އޭނާ ބޭނުންވީ ކުޑަކޮށް އަރާމުކޮށްލާށެވެ.

“ދަރިފުޅާ.. ހިނގާބަލަ ބައްޕައާ އެއްކޮށް އުނގޫފާރަށް ޖައްސާލަން.. ދެ ދުވަހަށް ވާވަރަށް ދަބަހަށް އެއްޗެހި އަޅައި ތައްޔާރުވޭ އިނގޭ..” އަޝްފާން ދޮރު ހުޅުވާލުމާއެކީ ހާރޫން ބުނެލިއެވެ.

“ކީއްކުރަންތަ ބައްޕާ؟” އަޝްފާން ދެލޯ އުނގުޅަމުން އަހާލިއެވެ.

“ކުޑަ ކަމަކު.. އަވަސްކޮށްލާ ދަރިފުޅާ.. ފެރީ ފުރަންވާއިރަށް ދާންވާނެ ބަނދަރަށް..” ހާރޫން އެހެން ބުނެފައި ދިއުމުން އަޝްފާން ތައްޔާރުވާން ފެށިއެވެ.

އުނގޫފާރުގެ ފަސްގަނޑުގައި ފައި ޖެހުމާއެކު އަޝްފާންގެ ސިކުނޑީގައި އެނބުރެން ފެށީ ޔުމްނާގެ ހަނދާންތަކެވެ. ޔުމްނާއާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުތައް އޭނާގެ ދެލޯ ކުރިމަތީގައި ސިފަވަމުންދާ ކަހަލައެވެ.

“ފޯކަސް އަޝްފާން..” އެ ހަނދާންތަކާ ދުރުވުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލަމުން އޭނާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.

ހާރޫން އަޝްފާން ގޮވައިގެން ދިޔައީ ކުރިންވެސް އަޝްފާން އެރަށަށް އައިސް ކިޔަވަން ހުރި ގެއަށެވެ. އެއީ ހާރޫންގެ ވަރަށް ގާތް ރައްޓެއްސެއް އުޅޭ ގެއެކެވެ.

“ދަރިފުޅު އިހަށް މިގޭގަ މަޑުކޮށްލާ އިނގޭ.. ބައްޕަ އެބަ އަންނަން ހޮސްޕިޓަލަށް ވަދެލާފަ.. ބައްޕަގެ ގާތް ރައްޓެއްސެއް ބާއްވާފަ އޮތީމަ..” ހާރޫން އެހެން ބުނުމަށްފަހު އަޝްފާން އެ ގޭގައި ބަހައްޓާފައި ހޮސްޕިޓަލާ ދިމާއަށް މިސްރާބުޖެހިއެވެ. އަޝްފާން ފޫހި ގޮތަކަށް ހިނގާފައި އައިސް އެގޭ ބޭރުގައި ބަހައްޓާފައިވާ ޖޯލިފަތީގައި އިށީނެވެ. އޭނާ ނުލާ ތަންތަނަށް ދަންޏާ ބައްޕަ އޭނާ މިރަށަށް އެ ގެނައީ ކީއްވެގެން ހެއްޔެވެ؟

“އަޝްފާން!!” މީހަކު އެހެން ގޮވާލި އަޑަށް އަޝްފާން އެދިމާ ބަލާލިއެވެ. އެ މީހެއްގެ މޫނު ފެނުމާއެކު އަޝްފާންއަށް ހިނިތުންވެލެވުނެވެ.

“އާސިމް!” ވޭތުވެދިޔަ މަސްތަކުގައި އާސިމްގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވީނަމަވެސް އަޝްފާންއަށް އޭނާ ފާހަގަކުރަން އެނގުނެވެ. ކުރިން ތުނިކޮށް ކޮށާފައި ހުންނަ އެ އިސްތަށިގަނޑު މިހާރު ވަނީ ކޮނޑާ ހަމައަށް ދިގުކޮށްލާފައެވެ. ތުނބުޅި މަތިމަސްވެސް ފުދޭވަރަކަށް ދިގެވެ. އަޝްފާން ތެދުވެ އާސިމްގެ ކޮނޑުގައި ހިފާލިއެވެ.

“ހާދަ ތަފާތޭ މިހާރު ބުރޯ!” އާސިމްގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގާލަމުން އަޝްފާން ބުނެލިއެވެ.

“ނަސީބެއްނު ވަކިކުރަން އެނގުނުކަން. މަހީކުރީ ދެން އެކޮޅަށް ގޮސްފަ މަގޭ މަތިން ހަނދާން ނައްތާލީ ކަމަށް!” އާސިމް ބުނެލިއެވެ.

“އެހެނެއްނޫން ދޯ. އާސިމްވެސް މަށަކަށް ނުގުޅަމެއްނު؟” އަޝްފާން މޫނު ހަދާލަމުން ބުނެލިއެވެ. އޭނާ ރަށަށް ދިޔަތާ ކުރީކޮޅު ދޭތެރެ ދޭތެރެއިން އާސިމްއަށް ގުޅައިގެން ވާހަކަދެއްކި ނަމަވެސް ފަހުން އެ ދެމެދުގައިވާ ގުޅުން އެއްކޮށް ކެނޑުނީއެވެ.

** **

ހޮސްޕިޓަލު ދޮރުމައްޗަށް އެރި ހާރޫންގެ ފިޔަވަޅުތައް ގަނޑުވީ ކުއްލިއަކަށެވެ. ވަންނަން ނުވަންނަން ކަހަލަ ގޮތަކަށް އޭނާ އެތަނުގައި ހުއްޓިގެން ހުރިއިރު އެ މޫނަށް ތަފާތު ކުލަވަރުތައް އަރައި ފައިބަމުން ދިޔައެވެ. ފުންނޭވައެއް ބޭރުކޮށްލުމަށްފަހު ހާރޫން އެތެރެއަށް ވަދެގެން ގޮސް ކައުންޓަރު ކައިރީގައި މަޑުކޮށްލިއެވެ.

“މި ނަން ކިޔާ ބަލި މީހާ ބާއްވާފައި އޮތީ ކޮންތާކުތޯ؟” އަތުގައިވާ ކުޑަ ގަނޑުކޮޅެއް ނިއުޅައި ކައުންޓަރު ދޮށުގައި އިން ކުއްޖާއަށް ދައްކާލަމުން ހާރޫން އަހާލިއެވެ. އޭރު އޭނާގެ އަޑުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ.

“މަޑުކޮށްލައްޗޭ.. އެބަ ޗެކްކޮށްލަން..” ކައުންޓަރު ކައިރީގައި އިން ކުއްޖާ ކޮންޕިއުޓަރުގެ ސްކްރީނަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.

** **

“ކޮންތާކަށްތަ؟” އަޝްފާން ހަރަން ބަނދެލަމުން ސުވާލުކޮށްލިއެވެ. އާސިމް އާއެކު އޭނާ ހިނގަމުން ދިޔައިރު އެ މޫނުމަތީގައި ފުޅާ ހިނިތުންވުމެއް ވިއެވެ.

“ކެތްކޮށްބަލަ ދެވެންދެން!” އާސިމް ބުނެލިއެވެ.

އަޝްފާން ގޮވައިގެން ގޮސް އާސިމް ހުއްޓުނީ ރީތިކޮށް ހަދާފައިވާ ގެއެއްގެ ކައިރީގައެވެ. ވާށާފާރު ރާނާފައި ވީއިރު އެފާރުގައި ލާފައި ވަނީ މަޑު ފެހި ކުލައެކެވެ. ދޮރާށި ހުޅުވާލަމުން އާސިމް އަޝްފާންއަށް ބަލާލިއެވެ.

“އާދޭ..” އާސިމް އެހެން ބުނުމުން އަޝްފާންވެސް ވަކި އެއްޗެކޭ ނުބުނެ އާސިމްގެ ފަހަތުން ހިނގައިގަތެވެ.

“އައްސަލާމް ޢަލައިކުމް!” ދޮރާށިން އެތެރެއަށް ވަނުމަށްފަހު އާސިމް ތަންކޮޅެއް ބާރަށް ސަލާން ގޮވާލިއެވެ.

“ވަޢަލައިކުމުއް ސަލާމް! އާސިމް ދޯ؟” އާސިމް ސަލާން ގޮވާލުމާއެކު އެ ގޯތިތެރޭގެ ޖޯލިފަތީގައި އިން އަންހެންކުއްޖާ ގޮވާލިއެވެ. އަޝްފާން އިރުކޮޅެއް ވަންދެން އެ ކުއްޖާއާ ދިމާއަށް ބަލަން ހުއްޓެވެ.

“ނޫނޭ.. މީ އާސިމްއެއް ނޫން..” ސަމާސާ ރާގެއްގައި ވާހަކަދައްކަމުން އާސިމް ގޮސް އެ އަންހެންކުއްޖާއާ ޖެހިގެން އިން ޖޯލީގައި އިށީނެވެ. އޭރުވެސް އަޝްފާންއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. އެ އަންހެންކުއްޖާގެ ހަރަކާތްތަކުން އެއީ ލޮލަށް ނުފެންނަ ކުއްޖެއްކަން އަޝްފާންއަށް ޔަޤީންވިއެވެ.

“އެހެން ނުވާނެ.. ތީ އާސިމް.. އާސިމްގެ އަޑު އަހަންނަށް އޮޅޭނެތަ؟ ކާކު ގޮވައިގެން ތިއައީ؟ އަހަންނަށް އެނގޭ އިތުރު މީހަކު އަތުވެއްޖެކަން..” އެ އަންހެންކުއްޖާ ހީލަމުން ވާހަކަދެއްކިއެވެ. އަޝްފާން ދެޖީބަށް އަތް ޖަހާލައިގެން ހުރެ އެދިމާއަށް ހިނގައިގަތެވެ. އަދި އާސިމްއާ ޖެހިގެން ހުރި ޖޯލީގައި އިށީންދެ ހަމަޖެހެލިއެވެ.

“އަޅޭ ގެސް ކޮށްބަލަ ކާކުކަން މި ގެނައީ؟” އާސިމް އަހާލިއެވެ.

“އަޅޭ ނޭނގެއޭ އާސިމް.. ދެން ބުނަންވީނު ދޯ؟” އަންހެންކުއްޖާ ކުރިމައްޗަށް ބަލަހައްޓައިގެން އިނދެ ވާހަކަދެއްކިއެވެ. އަޝްފާން ފަރުވާތެރިކަމާއެކު އެ ކުއްޖާގެ މޫނަށް ބަލާލިއެވެ. މޫނުގެ ބޮޑުބައެއް އަޅައިގެން ހުރި ބުރުގަލުން ނިވާވެފައިވިއެވެ. ދެކޮލާއި ލޯ ކައިރި ފާރުވެ، ލަކުނު ލާފައި ވީއިރު އެ ކުއްޖާއަށް ކޮންމެވެސް އިރެއްގައި ބޮޑު އަނިޔާއެއް ލިބިފައިވާކަން ދޭހަވެއެވެ.

“އަޝްފާން.. މީޓް މައި ގާލްފްރެންޑް..” އަޝްފާންއަށް ބަލާލަމުން އާސިމް ވާހަކަދެއްކިއެވެ.

“އޭނ..؟” އަޝްފާންއަށް އެހެން ބުނެލެވުނީ ޤަބޫލުކުރަން ދަތިވީވަރުންނެވެ. ލޮލަށް ނުފެންނަ، އަދި އެހާ ސިފަ ހުތުރު އަންހެންކުއްޖަކާ ހަމަ އާސިމް ރައްޓެހިވެދާނެ ހެއްޔެވެ؟

** **

ވާޑު ތެރެއަށް ވަދެގެން ދިޔައިރު ހާރޫންގެ ނަޒަރު ހުއްޓެމުން ދިޔައީ އެނދުތަކުގައި ޖަހާފައިވާ ނަންބަރުތަކަށެވެ. އެންމެފަހުން އޭނާ ހޯދަން އުޅުނު އެނދު ނަންބަރު ފެނިއްޖެއެވެ. މަޑުމަޑުން އޭނާ އެދިމާއަށް ހިނގާފައި ދިޔައިރު އެ ހިތުގެ ތެޅުން އަވަސްވާ ކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. އެނދުގައި އޮތް ބަލިމީހާގެ މޫނަށް ބަލާލިހިނދު އޭނާއަށް މޭގައި އަތް އަޅާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ޢެދެމޭ އުފާ….(34)

RedHand by Shabab
Next

ރެޑް ހޭންޑް – 03

Next
RedHand by Shabab
October 25, 2017

ރެޑް ހޭންޑް – 03

Previews
October 25, 2017

ޢެދެމޭ އުފާ….(34)

28 Comments!

  1. Mal. says:
    October 25, 2017 at 5:05 pm

    Yayy.. mal ah frost libijje.. adhi nuvx kiyan??

  2. Liaa says:
    October 25, 2017 at 5:13 pm

    Hey guys. Still I am not well.. Ekamaku kuree part ah libifa huri comments kiyaafa Liaa v v v v v v v v v dhera vejje… Liaa balee ey kiyaafa mi jassanii fake eh noon.. Hama baliveema balee ey bunanii.. 🙁
    Liyun therinnah vaahaka liyumattakaa hihvaru libenii reader ge loabi comments in.. E gothah rude koh comment kuranyaa it will hurt writer ge feelings.. I hope u guys would understand that.. 🙁
    And next part ves up kohdheveyne dhuvaheh bunaakah Liaa akah neynge.. Balikoh ulhemun ves mi up kohdhinee e comments thah fenifa dhera vegen..
    Sorry lahun up kohdhevuniima.. Reason ves bunedhinin.. Balivee ey.. Balivun eiy Liaa ge kushakah vaanama ekamah ves Liaa maafah edhen.. m really hurt actually..

    Anyway, hope u liked this part too..
    Loves <3

    1. Anonymous says:
      October 25, 2017 at 10:40 pm

      Don’t worry lia. E readers ge comments thah ignore kurey. Egothah comment kuraa readers gaathu ahaalan beynun, wrighter maru vejjiyya story kuriah gendheveynetho? Gaimu eyrun reason eh vx nubuneveyne writer akah. So don’t be rude.
      Get well soon lia. ??

    2. yainee says:
      October 27, 2017 at 5:38 am

      U……. Keekey dhn bunaanee ?

  3. Xxxx says:
    October 25, 2017 at 5:18 pm

    It’s ok dear.komme meehakah ves kameh dhimaa vedhaane. Nobody knows what may happen tomorrow..u r right..take all your time…will b waiting…..get well sooon..story as usual v.nice??keep it up????

    1. Angry birds says:
      October 25, 2017 at 7:57 pm

      I agree with you. Lisa ??

  4. Shudha says:
    October 25, 2017 at 6:08 pm

    oh liaa dont be hurt.. ekahala negative comments kuraa meehunnah ginafaharu nuvisneyne writer ge ves amilla life eh onnakan, hitheh onnakan.. its not ur mistake to be sick dont think like that… liaa ah heyo edhey kudhin ves eba thibi so dont be sad ok… v reethi mi part inge… gws and waiting for next part.. ly

  5. Anonymous says:
    October 25, 2017 at 7:17 pm

    Liaa doonee i can understand. . Kon meehaku vx balivaane aee emeehaku kuraa kameh noon ..get well soon ..juvey wait kuraanan mi story liaa dooni rangalhu vegen up kuran dhen …❤❤❤????

  6. fauzee says:
    October 25, 2017 at 7:46 pm

    vvvv reethi story-:p

  7. Naxy says:
    October 25, 2017 at 7:47 pm

    Konme irakun genesdhinas wait kuraaanan next part ah…. avas shifaa akah edhen..

  8. Girl says:
    October 25, 2017 at 7:49 pm

    Plx aarik aai yumna gulhuva dhyba

  9. thoo says:
    October 25, 2017 at 8:29 pm

    varah rythi mibaavx… gws dear…

  10. yobro says:
    October 25, 2017 at 8:43 pm

    anekkaa balive ineethea?

  11. someone says:
    October 25, 2017 at 8:51 pm

    varah loabi mi part ves…it’s ok liaa..

  12. Blackbeauty says:
    October 25, 2017 at 8:53 pm

    Sorry liaa kiyaa hithun hurivarun ehen bunevunee.hope u will understand ?

  13. Alvyn says:
    October 25, 2017 at 9:08 pm

    V fabb mi part vex. Al wait kuraanan liaa up kuraa dhuvahakah… GWS dear… ?

  14. sana says:
    October 25, 2017 at 9:14 pm

    It’s ok liaa this part very short but very nice

  15. Abdulla says:
    October 25, 2017 at 9:29 pm

    Shafakallah…

  16. liz says:
    October 25, 2017 at 9:33 pm

    liya fb id dheefaantha

  17. Aisha says:
    October 25, 2017 at 9:57 pm

    Avass shifaa aka edhen liaa
    Story v v v v salhi ??

  18. Izu says:
    October 25, 2017 at 10:21 pm

    Evves insaanaky sifa hithuru meeheh noon.. ehen bunefa othyma dhen v foohi.. liaa genesdhin nuhaggu loabi vaahaka ga ves nashfa sifa kohdheefa oiy goiy v kada.

  19. Hafeez says:
    October 25, 2017 at 11:03 pm

    Sorry liaa. Liaa ah hurt vaa kahala comment thah mi dhiya partga kurevifa ehury aslu liaage mi vaahaka reethikamun kiyaa hiyvefa hurivarun. Eygen vess ingeny liaa aky eh vanaige author ehkan. But i feel very sorry for hurting you dear. I apologise.

  20. nisha says:
    October 26, 2017 at 12:46 am

    Varahh lwbii.. Meehaku baliivaanee bunefaehh nun dhw ehen meehunge feelings aa ihusaas thahh dhenegannan jeheyne lia akyyves insaanehh insaanun balii ves abadhaku nuthibeyne balii nuve ehh get well soon dear.. Lots of love

  21. Anonymous says:
    October 28, 2017 at 2:56 pm

    Mashaa Allah mi part ves hama habeys, plz up next part when u become ok, BT as soon as possible, liaa ah avas shifaaeh minvaru kurahvai, mi vaahaka miah vureves furihama koh liye haw men naahamayah genaidhinumuge heyothaufeeq minvaru kurahvaashi, aameen

  22. aish says:
    October 29, 2017 at 9:28 pm

    hoping next part you will upload soon . get well soon dear☺☺☺

  23. aish says:
    October 29, 2017 at 9:31 pm

    just want say hardly waiting for the next part☺☺

  24. Hafeez says:
    October 30, 2017 at 12:34 pm

    Liaa kobaa adhives rangalheh nuveytha.

  25. Kamana says:
    October 30, 2017 at 8:14 pm

    Liaa kihineh mihaaru

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (24)←


All Right Reserved!