ވޭންތަކުން ދިން ހިތި މާޒީ(2)
“އައްދޯތް މަންމާ ތަދުވެޔޭ…” ޒިމްޔާ ކަންކަށިމަތީ ޒުބޭދާ ޖެހިޖެހީނުން ވިއްސައިގެން ދިޔައެވެ.
“ކޮންމެހެން މަށަކަށް މަންމައޭ ކިޔާނެކަމެއް ނެތް! ކަލޭ ބަފާ ބުނާކަންތައް ކީއްވެތަ ނުވަނީ؟” ޒުބޭދާ ހަޅޭއްލަވައިގަތެވެ.
“އަހަރެން ގަޔަކު އެކަކަށްވެސް އަތެއް ނުލެވޭނެ. އަހަރެންގެ ބައްޕަ ގަޔަށް އަރާ އިރުވެސް މަންމަ އަކަށް ނުފެނޭތަ؟ މަމީ ދޮންތައެއް ނޫން އެ ޖަނަވާރު ކުރާހާ ކަމެއް ކުރަންދެން ހެވިދިލިފަ އޮންނާކަށް.” އެވަގުތު ސިޑިން ފައިބައިގެން އައި ވާފިރުއަށް ޒިމްޔާގެ އަޑު އިވުނެވެ. ދެން ފެނުނީ ޒިމްޔާގެ ދިގު އިސްތަށިގަނޑުގަ ވާފިރު ހިފިތަނެވެ.
“ބުނަން މާ ގޮތް ކުޑަކޮށް ވާހަކަ ނުދައްކައްޗޭ. ކަލޭ ރުހުނަސް ނުރުހުނަސް ތި ހަށިގަނޑަކު ނޯންނާނެ މަ އަތްނުލާ ތަނެއް. މާ ފޮނި ވެގެން އުޅެންޔާ މިޔައްވުރެ ނުލަފާކަން ދައްކާލާނަން.” މިހެން ބުނެ ޒިމްޔާ ހޫރާލާފަ ވާފިރު ގެއިން ނިކުމެގެން ދިޔައެވެ.
“ކޮބާ އަދިވެސް ޒުވާބުކުރާތި ކުރިމަތީ” ޒުބޭދާ އެހެން ބުނެފަ ކޮޓެރިއަށް ވަދެ ބަންލާފަ ދޮރުޖެހިއެވެ.
ރޮމުން ރޮމުން ޒިމްޔާ ކޮޓެރިއަށް ވަދެ ތަޅުލިއެވެ. މިއީ ކޮންފަދަ އަނިޔާވެރި ދުނިޔެއެއްބާއޭ ޒިމްޔާ ހިތަށް އެރިއެވެ. ޒިމްޔާގެ ދިރިއުޅުން ހަލާކުވެގެން ދަނީ އަމިއްލަ އާއިލާގެ ސަބަބުންނެވެ. މަންމައަށް ވެސް ގޯސްވަނީ ޒިމްޔާއެވެ. ބައްޕަ އާއި ބޮޑައްތިބި ދެ ބޭބެ ބުނާކަންތައް ނުކުރާތީ އަނިޔާ ނުކުރާ ދުވަހެއްނުދެއެވެ. ބޭބެ މެންނާ ބައްޕަވެސް ބޭބުންވަނީ ޒިމްޔާގެ ހަށިގަނޑެވެ. އުމުރުން އެންމެ ދިހަ އަހަރުއްސުރެ ޒިމްޔާ އަށް ވަނީ ޖިންސީ އެކި ގޯނާ ލިބެމުންނެވެ. ޒިމްޔާގެ ދޮންތަ ޒައްޔާއަށް ވެސް އުޅެންޖެހެނީ މިހެންނެވެ. ނަމަވެސް ތަފާތަކީ ޒައްޔާ ހިތުން ރުހުމުން އެކަން ކުރާ ކަމެވެ. އަދި އޭގެ އިތުރަށް އަމިއްލަ އަށް ވެސް ހަށިވިއްކަން ތަފާތު އެކި މީހުން ގެއަށް ގެންނާނެ އެވެ. ޒިމްޔާގެ މަންމަ އެފަދަ ކަމެއް ކުރާކަމެއް ޒިމްޔާ އަކަށް އިނގިފައެއް ނެތެވެ. ކިތަންމެ ހާލަކު އުޅެގެންވެސް ޒައްޔާ ސްކޫލް ނިންމިއެވެ. ހަތަރު މާއްދާއިން ފާސްވިއެވެ. ރަގަޅު ނަތީޖާއެއްވެސް ނުހޯދުނީ ގޭތެރެއިން އަންނަ އުނދަގޫތަކުގެ ސަބަބުންނެވެ. މިކަހަލަ އެތައްކަމަކާ ވިސްނަން އޮއްވަ ޒިމްޔާއަށް ނިދުނެވެ. އޭރުވެސް ތާޒާ ކަރުނާ ޒިމްޔާގެ ކޯތާފަތުގަ ހުއްޓެވެ.
…………………………………………………………….
“އޭތް މީކް ހިނގާބަ ރަށުތެރެ ބަލާލަންދާން. ނިދާނީދެން މިރޭ، މިހާ ހިތްގައިމު ރަށަކަށް އައިސް ނުވާނެ ނިދާކަށް” ފަޔާޒް މީކާއިލް އަތައް ދަމަމުން ބުންޏެވެ.
“ދެން ދޮންބެ ދެންމެ ލެފިގޮތަށް ނުދެވޭނެ. ހާދަވަރުބައްޔޭ” މީކާއިލް ނިދިއަޑަކުން ބުނެލިއެވެ.
“ޕިސް. މިޒްނާވެސް އެބައިނޭ މަޑުކޮއްގެން. ދެން ސަޅި ބިޓެއްވެސް ފެނެދާނެ އެއްނު. ހިނގާބަލަ އަދި އިރު އެރީ އޭ ކިރިޔާ” ފަޔާޒް ކުރާކަމެއް ކޮއްފަ ނޫނީ ނުހުއްޓާނެކަން އިނގޭތީ މީކާއިލް ތެދުވެ ދާން ރެޑީވަން ފަށައިފި އެވެ.
“އަހަ ތިންކުދިން އަރާމްވެސް ނުކޮއްލާ ދަނީތަ؟” އާލިމާ ގޮވާލިއެވެ.
“މިދަނީ ރަށުތެރެ ބަލާލަން. ސައިގަޑިއައް އަންނާނައް. މަންމަ މެން ހޭލީމަ ބުނައްޗޭ ދައްތާ” ފަޔާޒް ބުނެލިއެވެ.
“ހެހެހެ. އާ ބުނާނައް ޗުއްޓީ ހޭދަކުރަން ވާނެ ރަނގަޅައް” އާލިމާ މިހެންބުނެ ރޮށި ދަމަން ފެށިއެވެ.
މީކާއީލް މެން ދިޔައީ ރަށުގެ ތުނޑިޔާއިވީ ދިމާއަށެވެ. “ކުޑަބޭ އަހަރެމެން މަގު އޮޅެއްޖިއްޔާ މަޖާ ވާނެދޯ؟ ދޮންބެ އެކިޔަނީ ކުޑަބެދާނީ މިރަށުން ބިޓެއް ނަގައިގެންނޯ” މިޒްނާ ހެމުން ހެމުން ބުނެލިއެވެ.
“އަޗި. އަހަންނައް ޔޫކޭ އިން ކަމުދާ މީހެއް ނުފެނުންތާންގަ މިކަހަލަ އަޕްޑޭޓް ނުވާ ރަށަކުން ރީތި ބިޓެއް ފެންނާނެތަ؟” މީކާއީލް އާންމުކޮށް ބުނެލާބަސް ބުނެލިއެވެ.
“އެއްކަލަ މީކާއީލް! އަހަރެން ވެސް އުޅެ ބޮޑުވީ ޔޫކޭގައޭ އެކަމް ކިހާ ސަޅި ކުއްޖެއް މިހޯދީ، ހަމައެކަނި ސިފައަކުން ނޫނޭ ރީތި ހަޑި ކިޔާނީ ބްރޯ” ފަޔާޒް މީކާއިލް ކޮނޑައް އަތްވައްޓާލަމުން ބުނެލިއެވެ.
“އޯކޭ އޯކޭ! ދެން ތިދުވަހެއް ވެސް އަންނާނެ ކޮންމެސް ދުވަހަކުން. ހާދަ ރީއްޗޭ ދޯ. ހިނގާބަ ފޮޓޯ ނަގަން.” އެހެން ކިޔާ ޖީބުން ފޯނު ނަގާ ފޮޓޯ ނަގަން ފަށައިފިއެވެ. ތިންބެއިންނައް ހީވީ އީދެއް އައިސްގެން އުޅޭހެންނެވެ. ވާނީ ވެސް އެހެންތާއެވެ. ފެށުނީއްސުރެ އުޅެބޮޑުވީ ޔޫކޭގައެވެ. ރާއްޖެ ބަދަލު ވިތަނާ ތިން ކުދިންގެ ބައްޕަ ރައްޓެއްސެއް ކަމަށްވާ އާލިމާގެ ދެމަފިރިންގެ އެދުމަށް ދެ މަހައް ޗުއްޓީ ހަދާލަން މަގޫދޫއަށް އައީ އެވެ. މީކާއީލްމެންވެސް ރާއްޖެތެރޭ ރަށަކައް އައި އެއީ ފުރަތަމަ ފަހަރެވެ.
“ދޮންބޭ މިޒޫ އެބައަންނަން އެކޮޅު ބަލާލާފަ.” މިހެން ބުނެ މިޒްނާ ތުނޑީގެ އެކޮޅައް ހިނގައިގަތެވެ.
“ހޫމް. ނުގެލޭތި. މިހިރަ ފޮޓޯގްރާފަރާއެކީ އެބަދަން އިރުކޮޅަކުން” ފަޔާޒް ވެސް އެހެންބުނެ އެތާއިން ކަކުންޏެއްގެ ފޮޓޯ ނަގަން ފެށިއެވެ.
މިޒްނާދިޔައީ ތުނޑީގެ އެކި ތަންތަން ފޯނުގަ ރައްކާ ކުރަމުންނެވެ. މަޑުރާގެއް އިއްވަމުން ދިޔައިރު ކިތަންމެހައިވެސް މި މާހައުލާ ހިތްހަމަ ޖެހިފަ ހުރިކަން އިނގުނެވެ. މިޒްނާ ހިނގަމުން ދިޔައިރު އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑު އިވުނެވެ. ނަމަވެސް އަޑު އަންނަނީ ގަސްތައްތެރޭން ކަމައްވާތީ އެތަނައް ދާކައް ނުކެރުނެވެ. މިޒްނާ ހަނދާންވީ ވާހަކަ ތަކުގަ ވާހެން ތުނޑީގަ ޖިންނި އުޅޭ ވާހަކައެވެ. މީކާއީމެންގާތައް ދާން ދުއްވައިގަތްތަނުން އިވުނީއެކުއްޖާ އެއްޗެކޭ ކިޔާއަޑެވެ. އެހާ ބޮޑައް ކީއެއްޗެއް ސާފު ނުވިޔަސް ހިތުގެ ޝަކުވާއެއް ބޭރުކޮއްލިކަން އިނގުނެވެ. މިޒްނާ އެ ގަސްތަކުގެ އަނެއްފަރާތް ބަލައިލިއެވެ. ގަލެއްގަ ލެގިލައިގެން އިސް ޖަހައިގެން އިން އަންހެން ކުއްޖެއް އިނެވެ. އޭރުވެސް ގިސްލުމުގެ އަޑުއިވެއެވެ. މިޒްނާގޮސް އެކުއްޖާ ކައިރި ހުއްޓި ތީ ކޮންކުއްޖެއްހޭ އަހާލިއެވެ. ހަމަ އެހުމާއެކު ސިހިފައި އެކުއްޖާ މިޒްނާ އާއި ދިމާއައް ބަލާލިއެވެ. ދެލޯބޮޑުކޮއްގެން މިޒްނާއާއި ދިމާއައް ބަލަން ހުރީ ޒިމްޔާއެވެ. އޭރުވެސް ޒިމަޔާގެ ބޮޑު ދެލޮލުން ކަރުނަ އާދެއެވެ. އެހެންހުރެފަ ޒިމްޔާ އިސްޖަހައިގެން ދާން ހިނގައިގަތެވެ. ނަމަވެސް މިޒްނާގޮސް ޒިމްޔާ ހިފެހެއްޓިއެވެ.
“މީހަކު ކަމެއްކުރީތަ ތިކުއްޖާއައް. ކީއްވެފަ މިހުރީ ކަރައް، ހަންމެށިފައެއްނު.” ޒިމްޔާ ހުރިހާލުން މިޒްނާ ހިތައް އަސަރު ކުރިއެވެ. މިޒްނާ އެހުމުންވެސް ޒިމްޔާ މިޒްނާގެ އަތް ފޮޅާލާފަ ގެއާއި ދިމާއައް ދުއްވައިގަނެވުނެވެ. ޒިމްޔާ ހުރިހާލުންވެސް މިޒްނާއައް އެއީ އާދައިގެ ކަމެއް ނޫންކަން އިނގުނެވެ. ޒިމްޔާ ދިޔަ އިރުވެސް މިޒްނާއައް ހުރީ ހުއްޓުންއަރާފަ ހުރި ގޮތައް އެތާއެވެ.
“މިޒޫ މިޒޫ، ހިނގާ ގެއައްދާން ދެން މިހާރު އަވިދޭން ފެށީއެ، ސައިބޯންވ ހިނގާ ވަރަށް ބަނޑުހައި ވެއްޖެ” މީކާއީލްއާއި ފަޔާޒް މިހެން މިޒްނާ ހުރިތަނައް ހުއްޓުނެވެ.
“މިތަނުން ގަސްތައްތަ ތި ފޮޓޯނެގީ؟؟” ފަޔާޒް އަހާލިއެވެ.
“ނޫން ދޮންބޭ. މިޒޫ މިތަނައް އައި އިރު ކުއްޖެއް އިނީ ރޯން. މިޒޫ އެހީމަވެސް އަތް ފޮޅުވާލާފަ ގޮއްސި ރޮމުން. ކަރުވެސް ހުރީ ހަލާކުވެފަ ހަންމެށިފަ. ދެރަވެސްވި ފެނިފަ.” މިޒްނާ ކިޔައިދިނެވެ.
“އަސްލު. އަނެއްކާ މީހެއް ރޭޕް ކުރީތަ؟ ގައިމު ދޮންބެމެން އައިފަހުން މިތާކު ތިކަހަލަ ކަމެއް ނުވާނެ ދޯ؟” ފަޔާޒް ވިސްނާލުމައްފަހު ބުނެލިއެވެ.
“އާނ. މިޒޫ އައްވެސް ހީވަނީ އެކަހަލަ ކަމެއްހެން. ވަރައް ލޯބި ކުއްޖެއް ކާލީ ވޭވީ ހެޔާ އެއް އޮންނަނީ. އުނަގަނޑާ ހިސާބައް އަރާ އެކުއްޖާ ހެޔާ، ޑާކް ބްރައުން އައިސް އެއް އިންނަނީ. އެކަމް ހަމަ ވަރަށް ސޭޑް ގާލް އެއް ހެން ހުރީ. ހިކި ހިކި ކޮއް” މިޒްނާ އަށް ފާހަގަވި ތަންތަން ކިޔައިދިނެވެ.
“ހޫމް ހޫމް. މިޒޫއައް ރީތިވާނެ އަންހެން ކުއްޖެއްތާކު ހުރިއްޔާ.” މީކާއީލް ދިމާކޮއްލިއެވެ.
“ދެން ނޫނެކޭ. މިޒޫ ވަރަށް ދެރަވޭ އެބަ އެކުއްޖާ ހާދަ ރުޔޭ” މިޒްނާ ހުރީ އަދިވެސް އެކަމާ ވިސްނާށެވެ.
“ހޫމް އޯކޭ. ހިނގާދާންދޯ. ތިކުއްޖެއް ފެންނާނެތާ މިރަށުގަ އުޅެންޔާ. ވަރަށް ބަނޑުހައިވެއްޖެ، ހިނގާ ގެއައްދާން” މީކާއީލް މިހެން ބުނުމުން އެންމެން ގެއައްދާން ހިނގައިގަތެވެ.
……………………………………………………………
ޒިމްޔާ ހިނގަމުން ދިޔައިރު ވިސްނެނީ ތުނޑިން ދިމާވި ކުއްޖާއާއި ދޭތެރޭއެވެ. ޒިމްޔާއައް ޔަގީންވާ ކަމަކީ އެއީ މިރަށު ކުއްޖެއް ނޫންކަމެވެ. ރަށުއެކަކުވެސް ޒިމްޔާ އަކާ ވާހަކައެއް ނުދައްކާނެއެވެ. އާއިލާގެ އަގުވެއްޓިފައޮތްހެން ޒިމްޔާއަކީވެސް ތުންފުއްސަކައް ވެފައޮތް ކުއްޖެއްކަމައް ރަށުމީހުން ދެކޭތީއެވެ. ޒިމްޔާ އާންމުކޮއް ވެސް އިރު އަރާތަން ބަލަން ތުނޑިއައް ދެއެވެ. އެގަޑިއަކު އެތާކައް އެކަކުވެސް ނުދެއެވެ. ޖީބުން ފޯނު ނަގާފަ ޒިމްޔާ ގަޑި ބަލާފަ ދެލޯ ބޮޑޫވިއެވެ. ގަޑިން އަށެއް ޖަހައިފިއެވެ. ގޭ މީހުން ހޭނުލަނީސް އާންމުކޮއް ޒިމްޔާ ގެއައް ވަންނާނެއެވެ. ނަމަވެސް މިއަދު މާބޮޑައްވެސް ލަސްވެއްޖެއެވެ. ދުވަމުން ގޮސް ގެއައް ވަތް އިރު ގޭތެރޭ ހުރި މީހާ ފެނުމުން ޒިމްޔާ އިސްޖަހާލިއެވެ. އެމީހެއް އޭރުހުރީ ވިހަ ހިނިތުންވުމެއްދީގެން ޒިމްޔާއާއި ދިމާއައްބަލާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.



Vvv reeethi…. When next part.????..??
Insha Allah. Maadhan 😀
habeys…
Adhi miadhu eh part gennes dheebala pls ..v reethi mi part vx. .keep it up kukoo
Thankyou. Insha Allah. Balaanah genesdheveythoa. Type koh nimunhaa avahakah upload kohdheynah 🙂
Which magoodhoo faafu noonu??
Which magoodhoo faafu or noonu??
Which magoodhoo faafu or noonu ?kukoo ?
HAHA. Noonu 😛
Yes which magoodhoo?
Noonu 😛
You are from which island?
Keehve faafu magoodhoo nujehee ?? but very nice ?
Aslu dhen hama imaginary koh raajje therey rashehge name liyely. 😛
V.v.reethi…waiting 4 next part ?
Plx save ximyaa vvvv reathi ??? i loved it ? ? meek kannege dhw gulhenyy
Lets see dhw 😉
V rythi vaahakaeh, maasha Allah.
Thankyou 🙂
V reethi ❤❤❤
Thankyou 🙂
Hus zimya zimna ehgoei nan thakeh veema v uhdhagoo nagaaeiganan