ޢެދެމޭ އުފާ….(34)
“މިއަދު ހާދަ ދެރަވެފަ ހުންނަހެން ހީވެޔޭ އަނެއްކާ ކިހިނެއްވީތަ؟” އަލްޔާ މާ ދެރަވެފަ ހުންނަހެން ހީވާތީ ލީޒާ އަހައިލިއެވެ. “އާނ… އަސްލުވެސް ވަރަށް ދެރަވެފަ މިއިނީ!” އަލްޔާ އިސްޖަހައިގެން އިނދެ ބުނެލިއެވެ. “އޯ… އެހެންތަ؟! އަނެއްކާ މާބޮޑު ކަމެއް ވީތަ؟” ސޯފާގައި ހަމަ ޖެހެމުން ލީޒާ އަހައިލިއެވެ. “މިއުޅެނީ ވަރަށް ދެރަ ކަމެއް ވެގެން! ޝަރާ މިއަދު ގުޅައިފަ ބުނީ މުޅި ރަށުގަ އޮތީ އެވާހަކަޔޯ…. މަންމައާ ބައްޕަޔާ ވަރި ވެއްޖެޔޯ ނުވިތާކަށް ބައްޕަ ގެއިން ވެސް ނެރެލައިފިޔޯ! ޝަރާ ބުނީ މިހާރު ބައްޕަ ބައްޕަގެ ރަށަށް ވެސް ގޮސްފިޔޯ… ކުރި އަކުން އަލްއަކަށް ނޭނގެ ބައްޕައަކީ އެހެން ރަށަކު މީހެއް ކަމެއް ވެސް! މިއަދު ޝަރާ ބުނީމަ އެނގުނީ ބައްޕައަކީ ކާށިދޫ މީހެއްކަން… އެވަރު ކަމެއް ވީމަ ދެރަނުވެ ނުހުންނާނެއް ނޫން!؟ ކޮންމެ ގޮތެއް ވިޔަސް އަހަރެން ބޭނުމެއް ނޫން މަންމައާ ބައްޕަޔާ ވަކި ވާކަށް އަހަރެންނަށް އެ މީހުންގެ އަޅާލުމާ ލޯބި ނުލިބުނަސް ކޮއްކޮމެންނަށް ލިބެން ޖެހޭއްނުން؟! ކޮއްކޮމެން އެވަރު ވެފަ އެތިބީ ލޯބި ލިބިގެން… އަހަރެންނަށް އެމީހުންގެ ލޯތްބާ ނުލާ އުޅެން އުނދަގޫ ނުވިޔަސް ކޮއްކޮމެންނަށް ކިހާ އުނދަގޫ ވާނެ!” ވެގެން އުޅޭ ގޮތް ވަރަށް ތަފުސީލުކޮށް އަލްޔާ ލީޒާއަށް ކިޔާދިނެވެ. ލީޒާ އިނީ އަލްޔާ ދެއްކި ހުރިހާ ވާހަކައެއް ކަނުލާ އަޑު އަހައިގެންވެ. މައިން ބަފައިންގެ ލޯބި ނުލިބޭ ދަރިއަކަށް ކުރެވޭނެ ހުރިހާ އިހުސާސެއް ލީޒާއަށް ވެސް ކުރެވޭނެއެވެ. ތަފާތަކީ އޭނަގެ މައިން ބަފައިން ދުނިޔޭގަ ނެތީތީ އެ ލޯބި ނުލިބުމެވެ. އެހެން ނަމަވެސް މައިން ބަފައިން ދުނިޔޭގަ ތިބެ އެލޯބި ނުލިބުމަކީ ވަރަށް އަސަރު ކުރާނެ ކަމެއްކަން ލީޒާއަށް ވެސް އިނގެއެވެ. އެހެން ކަމުން އަލްޔާގެ ހިތަށް ކުރާނެ އަސަރާ ވާނެ ދެރަ ލީޒާއަށް އިހުސާސް ކުރެވެއެވެ. “ލީ ވަރަށް ދެރަ ވެއްޖެ ތިކަމާ އެކަމަކު ތިކަމުގަ އަލްއަށް ކުރެވޭނެ އިތުރު ކަމެއް ވެސް ނެތެއްނޫން؟! ހަމަ އެކަނި އެދެ މީހުންނަށް ހެޔޮ ވިސްނުން ދެއްވާ ތެދު މަގު ދައްކާވާތޯ ހެއްދެވި ފަރާތަށް ދެންނެވުން ނޫން އިތުރު ގޮތަށް އޮތްހެނެއް ލީއަކަށް ހީނުވޭ! އަޅެ ދޮގެއްތަ މިބުނީ؟” އަލްޔާގެ ހިތާމާގައި ބައިވެރި ވަމުން ލީޒާ ބުނެލިއެވެ. “އަލް ވެސް ގަބޫލު ކުރަން ތިކަން! ހުރިހާ ކަމެއްގަ އެދެން ޖެހޭ ފަރާތަކީ އެއީކަން… ލީ އެކަމަކު ކީއްވެތަ މަންމަމެން ވަކިވާން ވީކީ ހާދަ ލޯބިންނޭ މަންމައާ ބައްޕަޔާ އުޅުނީ! އަހަރެންގެ ހިތަށް އަރާ ކާކުގެ ބަދު ދުޢާއެއް ބާއޭ އެޖެހުނީ” އަލްޔާ ރޮމުން ބުނެލިއެވެ. “އަލް ތިކަހަލަ އެއްޗެހި ނުބުނޭ! އެއްވެސް މީހަކު ބަދު ދުވާއެއް ނުކުރިޔަސް އެ ދެ މީހުންގެ ވެސް ކަންތައް މޮޅަށް ދެނެވޮނޑިގެންވާ ފަރާތެއް ވެޔޭ…. އެފަރާތުން އެންމެ މޮޅަށް ދެނެވޮޑިގެން ވާނީ! އަހަރެން ބުނަން މިއުޅޭ އެއްޗަކުން ފަހަރެއްގަ އަލް ހިތުގަ ވެސް ޖެހިދާނެ އެކަމަކު ވެސް ކަން އޮތް ގޮތައްދޯ ބުނަންވާނީ! އަލް އަމިއްލަޔަށް ވިސްނަބަލަ އަލްއާ ދޭތެރޭ އެމީހުން ކަންތައް ކުރި އިހާނެތި ގޮތް… އެ ެވެދާނެ ނޫން އޭގެ ޖަޒާ މިދުނިޔެ މަތީގަ ދެއްވަނީ ކަމަށް ވެސް..! ސޮރީ އަލް..، އަލްގެ ހިތުގަ ޖެހުނިއްޔާ ވަރަށް ބޮޑަށް ސޮރީ އެކަމަކު އަލްއާ ދޭތެރޭ ކަންތައް ކުރި ގޮތް ހިތަށް އެރީމަ ބުނެވުނީ… އަލް ހީނުކުރައްޗޭ އަލް ދެރަ ކުރަން ބުނި އެއްޗެކޭ!” މާފަށް އެދެމުން ލީޒާ ބުނެލިއެވެ. “އަލް ވެސް ގަބޫލު ކުރަމޭ ތިކަން! އެކަމަކު މައިން ބަފައިން ދަރިންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ދަރިން ނުޖެހޭނެ އެކަން ނަކަލަކަށް ބަލައިގެން އެމީހުންނާ ދޭތެރޭ އެހެން ކަންތައް ކުރާކަށް… އެއީ ހާދަ ބޮޑު ފާފައެކޭ!” އަލްޔާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. “ތިއީއޭ ލީވެސް މިދައްކާ ވާހަކައަކީ… ލީ ވަރަށް އުފާ ވެއްޖެ އަލް އަކީ ތިހާ ވިސްނޭ ކުއްޖަކަށް ވީތީ! އަލް އަބަދުވެސް ބަލާތި އެމީހުންނާ ދޭތަރޭ ރަނގަޅަށް ކަންތައް ކުރެވޭތޯ އަދި އެމީހުން ހިތުގަ ނުޖައްސާ ވޭތޯ އޭރުން ގިޔާމަތް ދުވަހަކުން ވެސް އަލްގެ ބޮލުގަ އެޅޭނެ ފާފައެއް ނޯންނާނެ..!” މަޔަކު ދަރިއަކަށް ދޭނެ ފަދަ ނަސޭހަތެއް އަލްޔާއަށް ލީޒާ ދިނެވެ. ލީޒާގެ ވާހަކަ އަޑު އަހައި ބޮލުގެ އިޝާރަތުން އާއެކޭ އަލްޔާ ބުނެލިއެވެ. “އަލް ދެން ތިކަމާ އެހާ ނުވިސްނާ ލީ ބަލާނަން ކާށިދޫގަ ރައްޓެއްސެއް އުޅޭތޯ އޭރުން އަލްގެ ބައްޕަގެ ހާލު ބަލައި ކަންތައް ކުރަން ފަސޭހަ ވާނެއް ނޫންދޯ؟!” އަލްޔާގެ ބޮލުގައި ފިރުމައިލަމުން ލީޒާ ބުނެލިއެވެ. އަލްޔާ މިފަހަރުވެސް އާއޭ ކިޔާ ބޯޖަހައިލިއެވެ. ހީވަނީ ބަސްއަހާ ތުއްތު ތުއްތު ކުއްޖެއް ހެންނެވެ. “ލީ މިދަނީ ކުޑަކޮށް ޖައްސާލަން ފާޑަކަށް ބޮލުގަ ރިއްސާތީ މިއުޅެނީ… އަލް އެތެރެއަށް ވަންނަންޏާ ސިޓިންރޫމް ތަޅު ލައްޗޭ މިދުވަސް ކޮޅުގަ ވައްކަން ކުރާމީހުން އެހާ ގިނަ! ދޮންބެވެސް ވީ އޮފީހުގަ ހީއެއް ނުވޭ އެހާ އަވަހަކަށް އައިސް ދާނެހެނެއް… އަނެއްކޮޅުން ޒިއާވެސް ވީ ޑިއުޓީގަ!” ސޯފާއިން ތެދުވަމުން ލީޒާ ބުނެލިއެވެ. “އޯކޭ… އަލް އަދި ފަހުން ވަންނާނީ އިހަށް މަޑު ކޮއްލާނަން ކުޑަކޮށް ޓީވީ ބަލަން…” އަލްޔާ ބުނެލިއެވެ. ލީޒާ އިތުރު އެއްޗެއް ނުބުނެ އަލްޔާގެ ކޮލުގައި ހިފާލައިފަ ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ލީޒާ ދިއުމުން އަލްޔާ ހަމަ ޖެހިލަމުން ޓީވީ ހުޅުވާލައިފަ ސޯފާގަ އޮށޯތެވެ.
“އައްސަލާމު އަލައިކުމް!” ކަރަމް ދޮރު މައްޗަށް ހުއްޓި ހުރެ ސަލާން ގޮވައިލިއެވެ. “ވައިލައިކު މުއްސަލާމް! ކަރަމް!، އާދެ އިށީންނަން” ސަލާން ބަލައިގަތުމަށް ފަހު އިށީންނަން އަލްޔާ ބުނެލިއެވެ. “ކޮބާތަ މިގޭ މީހުން؟ އެކަކުވެސް ނުއުޅެނީތަ؟” އެކިތަންތަނަށް ލޯ އެއްލަމުން ކަރަމް އަހައިލިއެވެ. “މިއީ މާގިނަ މީހުން އުޅޭ ގެއެއްތަ؟ ލީޒާ އެބައުޅޭ… މާކްއާ ޒިއާވެސް ވީ ޑިއުޓީގަ ދެން މަ މިހިރީ… އިތުރު ބައެއް ނޫޅެއްނޫން މިގެއަކު؟!” ޓީވީއާ ދިމާލަށް ބަލަމުން އަލްޔާ ބުނެލިއެވެ. “އެހެންދޯ؟! ހާދަ އުފާވެފަ ހުރިހެން ހީވެޔޭ… ތިއީ މަހުޖަނު ވިނާންއާ ކައިވެނި ކުރެވޭތީ ވާ އުފަލެއްތަ؟” އަލްޔާއާ ދިމާކުރަން ވެގެން ކަރަމް ބުނެލިއެވެ. ހަގީގަތުގަ އަލްޔާ ވިނާންއާ އިންނަން އެއްބަސްވި ފަހުން އެއީ ކަރަމްގެ އާދައެވެ. އަލްޔާއަށް ޖެއްސުން ކުރުމާ މަލާމާތް ކުރުމީ އޭނަގެ އުފަލެއް ކަހަލައެވެ. “ކަރަމް ކީއްވެތަ އަބަދު މަށާ ތި ދިމާކުރަނީ؟ މަ ކީތް ކޮއްގެންތަ؟ އެހެން ނޫނަސް ލޯބިވާކަށް ފަޤީރެއް މުއްސަންޖެއް އޮންނާކަށް ނުޖެހެޔޭ އަދި މަނުވެސް ދަނެހުރިން! މަށަށް ހީވަނީ ކަރަމް ނުއެދޭހެން މަށަށް އުފަލެއް ލިބޭކަށް…!” އަލްޔާ ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ. ހަގީގަތުގަ މިހާރަކަށް އައިސް ކަރަމް އެހެން ދިމާ ކުރާތީ އަލްޔާ ހުންނަނީ ފާޑަކަށް އޭނަ ދެކެ ފޫހިވެފައެވެ. “އެއީ ދިމާ ކުރުމެއް ނޫނެއް ނޫން؟! އެހެން ނޫނަސް މަށަށް ނުލިބުނު ލޯތްބެއް އެހެން މީހަކަށް ލިބެން މަ އެދޭނެތަ؟ ހެހެ… ތިއީ ހަމަ ހީވާ ކުށް ހީއެއް! މަ ދުވަހަކު ވެސް ނުއެދޭނަން މަށަށް ނުލިބުނު މީހަކު އެހެން މީހަކަށް ލިބޭކަށް..!” މަލާމަތުގެ ރާގަކަށް ހެމުން ކަރަމް ބުނެލިއެވެ. “ހެހެ… އެހެން ނޫނަސް އަހަރެންގެ ބައްޕަ އަތުގަ ނުއޮވޭތާ ރިސޯޓެއް އަދި ކުންފުންޏެއްވެސް އެހެން ވީމަ އަހަރެންނަކަށް ނުވާނެތާ ތިކަމެއް… އަހަރެންގެ އަތުގަ ނެތް ވިއްޔާ ފައިސާއެއް ތިއީ ފައިސާޔަށް ވިކޭ މީހެއް ވިއްޔާ! އެހެން ވީމަ އަހަރުންނަކަށް ނުވިކޭނެތާ..!؟” ކަރަމް މަލާމަތް ކުރަމުން ދިޔައެވެ. “ސާބަސް ކަރަމްއަށް! އަހަރެން ނުއުޅެމޭ ލާރިދެކެ މޮޔަވެގެނެއް އެހެން ނޫނާސް ލާރިއަކީ އިންސާނާގެ ހަލާކު! އެހަންވީމަ އަހަރެން ވިނާންއާ ކައިވެނި ކުރިއަކަސް އަހަރެން އުޅޭނީ އަހަރެންގެ ނިކަމެތިކަން ދަނެގެން އަދި އެ މުއްސަނދި ކަމަކީ އަހަރެން އެއް އިރެއްގަ ވެސް ލޯބި ކުރާކަމެއް ނޫން..!” މިފަހަރު އަލްޔާ ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. ބޭރުގަ ދެކެވޭ ހުރިހާ ވާހަކައެއް އަޑު އަހައިގެން ލީޒާ ހުރީ ރުޅި އައިސް ރަތްވެގެން ފުފި ފުފިއެވެ. “އާޗާ..! ކިހާ ތާހިރު ދައްކާލި މޮޅު ވާހަކަ!! ހެހެ… އަމިއްލަ މީހާ ވިސްނާލަބަލަ ތިމާޔަށް މިހިސާބަށް އާދެވިފަ ހުރި ގޮތް! ހާދަ ފަސޭހައޭ ތިމާގެ މާޒީ ހަނދާން ނައްތާލަން… ހަނދާން ނެތިއްޔާވެސް ބުނެބަލަ މަ ހަނދާން ކޮއްދީފާނަމޭ! ހަނދާން ނެތިއްޔާ އަޑުއަހާ ތިއީ ލާރިއަށް ހޭބަލިވެގެން ވާފިރުއާ ބަދޫރާޔާ ދެމީހުން ވިއްކާލި އަލްޔާއެއް ނޫންތަ؟ އެހެން ވީމަ ތިމީހާ ހުރެދާނެތަ ލާރިއަށް ހޭބަލި ނުވެ! ބަލަ ނިރު ގަހަކުން އަލަ ގަހެއް ނުފަޅާނެޔޭ! އެހެންވީމަ އެދެ މީހުންގެ ގޮތް ތިމީހާ ވެސް ހުންނާނީ! ހުއް… އަދި ބުނެފިއެއް ނޫން ލާރިއަށް ހޭބަލިއެއް ނުވަމޭ..!” ކަރަމް ހިތްހަމަ ޖެހޭ ވަރު ވަންޏާ ވާވަރަށް އަލްޔާއާ ދިމާލަށް އެއްޗެހި ކިޔަމުން ދިޔައެވެ. އަލްޔާ އިނީ ގިސްލަ ގިސްލާ ރޯންށެވެ. ނުރޮވި ހުންނާނީ ވެސް ކިހިނެއް ހެއްޔެވެ. އެހާ އިތުބާރު ކުރި މީހަކު ކިޔާހާ އެއްޗެހި އެހެރީ ވިއްޔާއެވެ. “އަހަރެން ދުޢާ ވެސް ކުރާނަން ތިކުރާ ކައިވެނީގެ ބަރަކާތެއް ނުލައްވާތޯ..!” ކަރަމް އަދިވެސް ހުއްޓާކަށް ނުއުޅެއެވެ.
“ކަރަމް ބުނަން ރަނގަޅު ވާހަކައެއް؟! ތި ހަޑި މުޑުދާރު އަނގަ މިހާރު ލައްޕާ! ކަލެއަށް ކޮން ހައްގެއްތަ އޮތީ އަލްޔާއާ ދިމާލަށް ހިތު ހުރިހާ ވަރެއް ކުރަން! ތިއީ ހާދަ ލަދު ހަޔާތް ކުޑަ ގޮތެއް ނެތް މީހެކޭ! ތިއީތަ އަލްޔާ ދެކެ ވާ ލޯތްބަކީ؟ ނޫނީ ތިއީތަ ކަލޭ ލޯބިވާ ގޮތަކީ؟ ޗިޗި..! މަ ކުރިން ހީކުރީ ތިއީ ވަރަށް ރަނގަޅު މީހެއް ކަމަށް އެކަމަކު މިއަދު އެނގިއްޖެ ތިއީ ވަރަށް ދަށު ދަރަޖައިގެ ފިނޑި ފިރިހެނުންނަށް ހުތުރު އަރުވާ މީހެއްކަން!” ކަރަމް ހަޅޭއް ލަވަ ލަވާ ހުއްޓާ ކުއްލިއަކަށް އައިސް ލީޒާ އަޑުގަ ނެތްތަނަށް ހަޅޭއް ލަވައިގަތީމަ ކަރަމްއާއި އަލްޔާ ވެސް ދިޔައީ ސިއްސައިގެންނެވެ. އެހެން ނަމަވެސް ކަރަމް އާއި އަލްޔާ އިތުރު އެއްޗެއް ނުބުނެއެވެ. “އަލްޔާގެ ހުރިހާ ހަގީގަތެއް އެނގި ހުރެ ކަރަމް ތިގޮތަށް ވާހަކަ ދެއްކީމަ އަހަރެން ވަރަށް ހައިރާން ވެއްޖެ! އިނގޭތަ އެއީ ކީއްވެކަން؟ އެއީ އަލްޔާ ދެކެ ލޯބިވާ ކަމަށް އަބަދު ވެސް ދަޢުވާ ކުރާ މީހާ ކަމަށް ވާތީ… ހަމަ ގައިމު ވެސް އޭނަ ދެކެ ލޯބި ވީނަމަ އޭނަޔަށް ލިބެން އުޅޭ މޮޅަށް ފުހުރުވެރި ވާނީ! އޭގެ ބަދަލުގަ ތިއުޅެނީ އޭނަޔަށް ހަސަދަ ވެރިވެގެން! އޭނަގެ ކަރަށް އެރޭތޯ މަސައްކަތް ކުރަން! ވަރަށް ހައިރާން ވެއްޖެދޯ މިހެން ބުނީމަ؟ ބަލަ އަލްއަށް ނޭގުނަސް މަ ދަނެ ހުރީމޭ ކަލެއާ އުޝާޔާ ދެމީހުން ވެގެން ރާވާ ރޭވުންތައް! ކަލޭ އުޅެނީ އޭނަޔާ ހިތާވެގެންކަން ވެސް މަ ދަނެހުރީމޭ އެކަމަކު ބުނަން ކަލޭ އަލްޔާއަށް ޖެއްސުމަކަަށް އޭނަޔާ އިނަސް އަދި ތިރާވާ ރޭވުމަކުން އަލްޔާއަށް ވާނެ ދެރައެއް ވެސް ނޯންނާނެ އަދި ކަލެއަށް ލިބޭނެ މޮޅެއް ވެސް ނޯންނާނެ ބަލަ ކަލޭވެސް ތިއުޅެނީ ލާރި ދެކެ ހޭބަލިވެގެނެއް ނޫންތަ؟ އަހަރުންނަށް ވެސް ބުނެވިދާނެދޯ އެހެން؟! ހެހެ… އެކަމަކު އަދި ބުނަން އުޝާވެސް ކަލެއަކާ ނުއިންނާނެ އޭނަ އެއުޅެނީ އޭނަގެ ހިތުން އަލްޔާގެ ދިރިއުޅުން ހަލާކު ކުރަން ކަލޭ މިދެމެދަށް ވައްދައިގެން އެކަމަކު ވަރަށް ސާފުކޮށް މިބުނަނީ އެކަމެއް ނުވާނެ! ކަލޭ ހިތުން އުޝާ ވަރު އަންހެނެއް ނެތް! މުޅި މާލޭގަ ވެސް ނުހުންނާނެ އޭނަ ނުދަންނަ ފިރހެނެއް… މިހެން ބުނަން ވީމަ ލަދު ވެސް ގަނޭ އޭނައަކީ ރީތިކޮށް ބުނަންޏާ ތަންފުއްސެއް! ޗިޗި..!!” ލީޒާ ރުޅިއައިސް ހުރެ ހުރިހާ އެއްޗެއް ކިޔަމުން ދިޔައެވެ. ކަރަމް އިނީ ބުނާނެ އެއްޗެއް ނޭނގި އިސްޖަހައިގެންނެވެ. ލީޒާއަށް އެ ދެ މީހުންގެ ގުޅުން ފަޅާ އެރީމަ ލަދު ގަނެފައެވެ.
“އަދި ބުނަން މީގެ ފަހުން މިގޭ ހަތަރު ފާރުން އެތެރެއަށް ވަނދެގެން ވެސް ނުވާނެ! ކަލެއާ އެކަށީގެން ވަނީ ކަލޭ ކަހަލަ ލަދު ހަޔާތް ކުޑަ ގޮތެއް ފޮތެއް ނެތް އުޝާޔާ!” ލީޒާ ރުޅި އައިސް ބުނެލިއެވެ. “ލީޒާ ތިދެއްކި ހުރިހާ ވާހަކައަކީ ހަގީގަތެއް ނޫން! އަހަރެން ގަބޫލު ކުރަން އަހަރެން އުޅެނީ އުޝާޔާ ރައްޓެހިވެގެންކަން އެކަމަކު އަލްޔާއަށް ދެރައެއް ދޭކަށް ނޫން އަދި އުޝާގެ ފާއިސާ ގަނޑު ދެކެ ހޭބަލިވެގެނެއް ވެސް ނޫން!” ކަރަމް ބުނެލިއެވެ. “ދެން ހެވޭ…! މީގެ ފަހުން އަލްޔާގެ ސިފަވެސް ފެންނަ ހިސާބަށް ކަލޭ އައިސްގެން ނުވާނެ އަދި ތިކުރަން އުޅޭ ކައިވެންޏަށް ބަރަކާތް ލައްވާތޯ ދުޢާ ކުރާނަން އަދި އުޝާއަށް ތެދުމަގު ދައްކަވާތޯ އާއި އޭނައަށް އެހެން ފިރިހެނުންގެ ތަންމަތި ފަޅު ފިލުވައިލަން ނުގޮސް ހުރެވޭތޯ ދުޢާ ކުރަން!” ލީޒާ ބުނެލިއެވެ. ލީޒާ ވެސް ރީތި ބަހުން މަލާމާތުގެ ބަސްތައް ބުނަމުން ދިޔައެވެ. އޭނަ ވާ ރުޅިމަޑުތާއެވެ. “ލީޒާ ތި ދެއްކި ހުރިހާ ވާހައަކީ މުޅިން ތެދު ވާހަކައެއް ނޫން! ގަބޫލު ކުރަން އަހަރެން އުޅެނީ އުޝާޔާ ރައްޓެހިވެގެން ކަމަށް އެކަމަކު އޭގެ މާނައަކީ އަހަރެން އަލްޔާއަށް އަނިޔާއެއް ދޭން އުޅެނީކީއެއް ނޫނޭ… ތިއީ ލީޒާއަށް ހީވާ ވަރަށް ބޮޑު ކުށް ހީއެއް ދެން އިރާދު ކުރެއްވިއްޔާ ނުވަންނާން މިގެއަކަށް އަދި އުޝާ އަކީ ރަނގަޅު ކުއްޖެއް ގޮތުގަ ތި އެއްމެންނަށް ވެސް ދައްކާލާނަން..!” ކަރަމް އެހެން ކިޔާފަ އިސް އުފުލާ ބަލައިވެސް ނުލާ ނިކުމެގެން ހިނގައްޖެއެވެ. އަލްޔާ އިނީ ބުނާނެ އެއްޗެއް ނޭނގި އިސް ޖަހައިގެންނެވެ.
“ދެންމެ ރަނގަޅު ވާހަކައެއްތަ ތިދެއްކީ؟ އަސްލު ވެސް އުޝާޔާ ރައްޓެހިވެގެން ތަ އޭނަ އުޅެނީ؟!” ކަރަމް ދިއުމުން އަލްޔާ އަހައިލިއެވެ. “އާއެކޭ..! އަލްއަށް ގަބޫލު ނުކުރެވުނުދޯ؟ ކިހިނެތްދޯ ގަބޫލު ކުރާނީވެސް” ލީޒާ ބުނެލިއެވެ. “އާނ… އަސްލުވެސް ގަބޫލެއް ނުކުރެވުނު! މަމިހިރީ ހަމަ ބުނާނެ އެއްޗެއު ވެސް ނޭނގިފަ… ލީއަށް ކިހިނެއްތަ އެނގުނީ އެކަން؟” އަލްޔާ ލީޒާ ގާތު އަހައިލިއެވެ. “ހެެހެ… އިޖާޒް ބުނީ! އަސްލު ވީގޮތަކީ އިޖާޒުގެ ފުރޭންޑަކާ ކުރިން އުޝާ ރައްޓެހިވެގެން އުޅުނީ ކަރަމް އަކާ ހިތާ ވިފަހުން އެސޮރާ ގުޅުން ކަނޑައިލައިފި އިޖާޒް ބުނީ އެސޮރު ވެސް ސީރާއަސްއެއް ނޫނޯ! އެހެން ކިޔާފަ އިޖާޒު މަށަށް ކަރަމްގެ ޕިކު ދެއްކީ… މަށާއި އިޖާޒު ހީހީ ހަލާކު ނުވީ ކިރިޔާ! އަސްލު މީހުންނަށް މަލާމަތް ކުރާ ހިތެއް ނުވޭ އެކަމަކު އަލް ނުލިބުނޯ ކިޔާފަ އުޝާޔާ ރައްޓެހިވީމަދޯ ހެވެނީ އަދި އެޔެއް ނޫނޭ އެ އުޝާ އެ ބުނާ އިޖާޒްގެ ރައްޓެއްސަކާ ރައްޓެހި ވީ ވިނާން ކައިވެންޏަށް އިންކާރު ކުރީމަ..! ހަމަ ހުވާ މިއޮތް ބޮޑު މާލޭގަ އޭނަ ހިތާ ނުވާ ފިރިހެނެއް ނުހުންނާނެ!” ލީޒާ ހީހީފަ އޭނަޔަށް އެނގުނު ގޮތް ކިޔާ ދިނެވެ. އިޖާޒު އަކީ ލީޒާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. އިޖާޒު އަކީ ވެސް މާލޭގެ ފުދޭވަރެއްގެ ރަނގަޅު އާއިލާއެއްގެ ކުއްޖެކެވެ. ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. “ހާދަ ބަނޑުހައި ވެއްޖެޔޭ އަލް! ހިނގާބަލަ އެއްޗެއް ހަދައިލައިގެން ކައިލަން… މެންދުރަށް ނުކައްކާ ވިއްޔާ މިތިބީ ދެން ވާނީ މިވަރުތާ؟!” ބަނޑުހައިވެފަ ހުރި ވަރުން ބަނޑުގައި އަތް ހާކަމުން ލީޒާ ބުނެލިއެވެ. އެހެން ކިޔާފަ ލީޒާ ބަދިގެއަށް ހިނގައިގަތީ އަލްޔާގެ އަތުގައި ހިފާ ދަމައިގަންނަމުންނެވެ. އަލްޔާވެސް ތެދުވެގެން ހިނގައްޖެއެވެ.
“މަންމާ މީތި ކޮޅު ކައިލަބަލަ! މިއީ އެންމެ ފަހު އެތިކޮޅޭ!” އަފީފާއަށް ކާން ދެމުން ވަޒުނާ ބުނެލިއެވެ. “ނުކާނަން..!” އެހެން ކިޔާފަ އަނގައިގަ ހުރި ބަތްތައް ވަޒުނާގެ މޫނަށް ކުޅާއެކު ޖަހައިލިއެވެ. “އައްޗީޑަ މަންމާ! ތިކަހަލަ ކަންތައް ނުކޮއްބަލަ މުޅި މޫނަށޭ ތިޖެހީ! ޕިސް… ޕިސް!” ވަޒުނާ ހިތްހަމަ ނުޖެހިގެން ބުނެލިއެވެ. “ހައްހައްހާ..! ކޮބަ!؟ ކޮބަ!؟ ހިއް! ހިއް!” ވަޒުނާޔާ ދިމާލަށް ދޫ ދިއްކުރަމުން އަފީފާ ވައްތަރު ޖެއްސިއެވެ. އަދި ވަޒުނާގެ އަތުގައި ވަރަށް ބާރަށް ވަކި ވެސް އަޅައިލިއެވެ. ވީ ތަދުން ވަޒުނާއަށް ބުނެވުނީ އަށްދިޔޯއިއެވެ. ކިތަންމެ ތަދެއް ވިއެއް ކަމަކު ކެތްކުރުން ނޫން ގޮތެއް ނެތީތީ އަފީފާއަށް ކާންދީ ނިއްމާލައިފަ އަފީފާ ގޮވައިގެން ފެންވަރުވަން ވަނީ ފާހާނަޔަށެވެ.
“ދަރިފުޅާ ދެންމެ ބައްޕަޔަށް ކޯޓުން ގުޅައިފި ބުނީ ވަލީގެ ކަންކަން ހަމަ ނުޖެހިގެންނޯ މިއުޅެނީ..! ދިން އެޑުރެހަކު ވާފިރުއޭ ކިޔާ މީހަކު ނުއުޅެޔޯ… އެރަށު ކޯޓުން އެގެއަށް ޗިޓު ހިފައިގެން ދިޔައިރު އެގޭ މީހުން ބުންޏޯ ވާފިރު މިހާރަކު އެގޭގަ ނުއުޅެޔޯ! ދެން ކިހިނެއްތަ އެކަން ހަމަޖައްސާނީ؟” ސައުދު ވިނާން ގެއަށް ވަނުމުން ބުނެލިއެވެ. “އެހެންތޯ؟! ދެން ކިހިނެއްތަ ހަދާނީ؟ އަލްއަށް ވެސް އިނގޭނެ ހެނެއް ހީނުވޭ، މަޑުކުރޭ އަޅުގަނޑު ގުޅައިލާނަން އަލްއަށް…” އެހެން ކިޔާފަ އަލްޔާގެ ފޯނަށް ގުޅަމުން ވިނާން ނިކުތީ ބޭރަށެވެ. ފޯނު ރިންގު ވުމާއެކު އަލްޔާ ފޯނު ނެގިއެވެ. “ހަލޯ… ވިނާ ކިހިނެއްތަ؟ ކީތް ކޮއްލަނީ؟” ވިނާން ގުޅުމާއެކު ފޯނުނަގައިފަ އަލްޔާ ބުނެލިއެވެ. “ރަނގަޅޭ ވަރަށް ބޮޑު ކަމެއް ވެގެނޭ މިއުޅެނީ… ވެގެން އުޅޭ ކަމަކީ ވަލީ ކަންތައް ހަމަނުޖެހިގެން ބައްޕައަށް ކޯޓުން ގުޅައިފި… އަލްގެ ބައްޕަ އެގެއަކު ނުއުޅޭ ކަމަށޯ ބުނަނީ އަލްއަށް އޭގެ އެއްވެސް މައުލޫމާތެއް ނެތްތަ ލިބިފަ؟!” ފުރަތަމަ ވެސް ވިނާން ބޭނުންވާ މައުލޫމާތު ލިބޭތޯ އަލްޔާ ކުރެން އަހައިލިއެވެ. “އާނ… އަދި ތިވާހަކަ ބުނަން ހަނދާންނެތިފަ މިހިރީ! މިރޭ ދިމާވީމަ ކިޔާދޭން މިހުރީ!” އަލްޔާ ބުނެލިއެވެ. “އެހެންތަ؟! ކިހިނެއްތަވީ އަވަހަށް ކިޔައި ދީބަލަ ވަރަށް މުހިންމޭ އަލްގެ ބައްޕަ ހުރިތަނެއް އިނގެން!” އަވަސް ހިތަކާއެކު ވިނާން އަހައިލިއެވެ. މިއަދު ޝަރާ ގުޅައިފަ ދެއްކި ހުރިހާ ވާހަކައެއް އަލްޔާ ކިޔާދިނެވެ. “އެހެންތަ؟! ދެން ކިހިނެއްތަ ހަދާނީ؟ އަލް ދަންނަ މީހަކު އުޅޭނެތަ އެރަށުގަ؟” އަލްޔާ އެ ވާހަކަ ކިޔައި ނިމުމުން ވިނާން ވަގުތުން އަހައިލިއެވެ. “ނުހުންނާނެ! ކުރިން އަލް އަކަށް ނުވެސް އިނގޭ ބައްޕައަކީ ކާށިދޫ މީހެއް ކަމެއްވެސް! ޝަރާ ބުނީމަ މިއެނގުނީ…” އަލްޔާ ދެރަވެފަ ބުނެލިއެވެ. “އޯކޭ ދެން ބައްޕަ ކުރެން އަހާނީ ބައްޕަ ދަންނަ މީހަކު އުޅޭތޯ އެރަށުގަ! އަލް ދެން އެކަމާ އެހާ ނުވިސްނާތި ކައިގެން ހުންނާތި މިރޭ އެއިޓުގަ ދާނަން ބަލާ… ރެޑީވެގެން ހުންނާތީ! ވަރަށް ލޯބިވޭ… ބާއި ބޭބީ ދެން ބޭއްވީއޭ…” އަލްޔާއާ ކުޑަކޮށް ވާހަކަ ދައްކާލައިފަ ވިނާން ފޯނު ބޭއްވިއެވެ.
“ބައްޕާ އަލް ބުނީ މިހާރު އޭނަގެ ބައްޕަ އުޅެނީ ކާށިދޫ ގަޔޯ މަންމަޔާ ބައްޕަޔާ ވަރި ވެއްޖެޔޯ… މިއަދުއޯ އަލްއަށް ވެސް އެނގުނީ! ބައްޕަ ދަންނަ މީހަކު ނެތްތަ އެރަށުގަ؟ އަލްއަށް އިނގޭ އެއްވެސް ބަޔަކު ނެތް ކަމަށް ވަނީ އެރަށުގަ…” އަލްޔާއާ ވާހަކަ ދައްކާފަ ފޯނު ކަނޑައިލައިފަ އެތެރެއަށް ވަން ގޮތައް ވިނާން ބުނެލިއެވެ. “އެހެންތަ؟! ތިއީ ހާދަ ދެރަ ގޮތެކޭ ތިވީ ދެން ޖެހޭނީ އަލުން ފޯމުވެސް ލާންށެއް ނޫން މިހާރު އެހެރަ ގޮތުން ވިއްޔާ ނުބައިކޮށްތާ މައުލޫމާތު އިންނާނީ..!؟” ސައުދު ބުނެލިއެވެ. “ލައްބަ ބައްޕާ! އެއްމެ ފުރަތަމަ މިކަން ވޭތޯ ހިނގާބަލަ… ބައްޕަގެ ރައްޓެއްސެއް ނެތްތަ އަރަށަކު؟” ވިނާން ހާސް ވެފަ ބުނެލިއެވެ. “ބަލަން ޖެހޭނީ… ބައްޕަގެ ކުރީގެ ރައްޓެއްސެށް އުޅޭނެ އެރަށުގަ! ހުރޭ މިގުޅާލަނީ…” އެހެން ކިޔާފަ ސައުދުގެ ފޯނުނަގާ އެނަންބަރު ހޯދާލައިފަ ގުޅާލިއެވެ. އޭރު ވިނާން ހުރީ ހިތް ތެޅި ތެޅިއެވެ.
“ހަލޯ… ބަކުރުތޯ؟” އެކުޅުން ފޯނު ނެގުމާއެކު ސައުދު އަހައިލިއެވެ. “ލައްބަ ބަކުރު ކިޔަނީ… ތިއީ ކޮން ބޭފުޅެއްތޯ؟” ބަކުރު ހައިރާން ވެފަ އަހައިލިއެވެ. “އެހެންތޯ؟ މިއީ ސައުދު! އަޅުގަނޑު ނުދަންނަންތޯ؟” ސައުދު އަހައިލިއެވެ. “އެެހެންތޯ؟! ލައްބަ އަޅުގަނޑު ހަނދާން ވެއްޖެ! ކިހިނެއްތޯ ހާލު އަހުވާލު؟ ހާދަ ޒަމާނެއް ކޮއްފައޭ ތި ގުޅައިލީ…” ދުވަސްވީ އެކުވެރިޔާ ގުޅައިލީމަ އުފާވެފަ ބަކުރު އަހައިލިއެވެ. “އިންޝާﷲ ވަރަށް ރަނގަޅު ތިކޮޅުން ކިހިނެއްތޯ؟” ސައުދު ވެސް އުފާވެފަ އަހައިލިއެވެ. “އަލްހަމްދުލިﷲ! ހަމަ ތިފަދަ…” ބަކުރު ބުނެލިއެވެ. “އެހެން ދެއްތޯ؟ އަސްލު ވަރަށް ބޮޑު ކަމެއް ޖެހިގެންނޭ މިގުޅާލީ..!” ސައުދު ކުރު ގޮތަކަށް ވެގެން އުޅޭ ގޮތާ ގުޅި ސަބަބު ބުނެލިއެވެ. “ހެހެ… ނަސީބެއް ނޫންތޯ ކަމެއް ޖެހުނުކަން ވެސް ކަމެއް ޖެހުނީތީ ޒަމާން ކޮއްލައިފަ ވެސް ގުޅިއްޖެ ވިއްޔާ..!” ހެމުން ހެމުން ބަކުރު ބުނެލިއެވެ. ސައުދުވެސް ހިނިގަނޑެއް ޖަހައިލިއެވެ. “އެހެންވީމަ ސައުދު އެކަމާ އެހާ ފިކުރު ކުރައްވާނެ ކަމެއް ނެތް… އަޅުގަނޑު ތިކަން ކޮއްދޭނަން ވާފިރު މިހާރު އެބަ އުޅޭ ރަށުގަ އިރާދު ކުރެއްވިއްޔާ މިރޭގެ ވަގުތަކު އަޅުގަނޑު އޭނަޔާ ބައްދަލު ކޮއްފަ ތިކަންތައް ހަމަޖައްސަ ދޭނަން… އެންމެ ރަނގަޅެއް ނޫންތޯ؟ ދެން އޭނަޔާ ބައްދަލުކޮށްފަ އަޅުގަނޑު ގުޅާނަން…” ބަކުރު ބުނެލިއެވެ. ސައުދު ޝުކުރު އަދާ ކުރުމަށް ފަހު ފޯނު ކަނޑައިލިއެވެ. އޭރު ވިނާން ހުރީ ކައިރީގަ ހެވިދިލިފައެވެ. “”ކޮބާ ދަރިފުޅާ އެކަން ވެސް އެއުތީ ވެފަ! ބަކުރު ބުނީ ވާފިރު އެބަ އުޅެޔޯ ރަށުގަ މިރޭގެ ވަގުތަކު އޭނަޔާ ބައްދަލު ކުރާނަމޯ…” ސައުދު ހެވިފަ ބުނެލިއެވެ. “ހެހެ… އެހެންތޯ؟! ނަސީބެއް ނޫންތޯ… އިރާދު ކުރެއްވިއްޔާ އަޅުގަނޑު އެހާ ނަސީބު ދެރައެއް ނުވާނެ ދެއްތޯ ބައްޕާ!” ވިނާން ވެސް އުފާވެލައިފަ ބުނެލިއެވެ. ދެބަފައިން ވާހަކަ ދައްކަން ތިއްބާ މާކިން ގުޅައިފަ ކޮފީއަކަށް އަންނަން ބުުނުމުނު ދަނީ ކަމަށް ބުނެ ވިނާން ތެދުވެގެން ހިނގައްޖެއެވެ.
“ބައްޕާ ކުޑަބެ ހާދަ އަވެސް އަރުވާލައިފަ އެދިޔައީ އަނެއްކާ ކިހިނެއްވީތޯ؟” ވަޒުނާ ނިކުތް އިރު ވިނާން އަވަސް އަވަހަށް ނިކުތް ތަން ފެނުނީމަ ވަޒުނާ އަހައިލިއެވެ. “އާނ… އެއީ މާކިން ގުޅައިގެން އެދިޔައީ ކޮފިއަކަށޯ، ދަރިފުޅާ ކޮބާތަ މަންމަ؟ ކާން ދީފިންތަ މިހާރު؟” ވަޒުނާ އައިސް ސޯފާގައި އިށީނނުމުން އޭނަގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު ސައުދު އަހައިލިއެވެ. “ލައްބަ ކާންދީފިން އަދި ފެންވެސް ވަރުވައިފަ މިއައީ ބައްޕާ ބައްލަވާ އަޅުގަނޑުގެ އަތަށް މަންމަ ވަކި އަޅައިފަ ހުރިތަން މިހިރީ! އަދި އިނގޭތަ ކުރިކަމެއް؟! މުޅި މޫނަށް ބަތާ އެއްކޮށް ކުުޅުވެސް ޖެހި މިހާރު ޖަޔާވެސް އުޅެނީ މަންމަގެ ކަންތައް ނުކުރަން ވެގެން… ބުނާނެ އަނީޔާ ކުރަނީޔޯ ތަޅަނީޔޯ!” މިއަދުވީ ކަންތަކާ އެކު ވަޒުނާ ކިޔާދިނެވެ. “އެހެންތަ؟! ކީއްކުރާނީ ދަރިފުޅާ މިއަދު ހުރި ގޮތް މިއީ ދަރިފުޅުމެންގެ އެހީތެރިކަމާ ހިތްވަރު ބައްޕަ ވެސް މިވަގުތު ވަރަށް ބޭނުން… އިރާދު ކުރެއްވިއްޔާ ކުޑަބެ ކައިވެނި ނިމުނުހާ އަވަހަކަށް މަންމަ ގޮވައިގެން ބައްޕަ ފުރާނަން!” ސައުދުގެ ލޮލުން ފެންހިލިފަ ބުނެލިއެވެ. “ބައްޕަ ދެރަވީތޯ؟ އެއީ އަޅުގަނޑު އެހެން ބުނި އެއްޗެއް ނޫނޭ… އަޅުގަނޑަށް އިނގެޔޭ އެއީ އަޅުގަނޑުގެ މަންމަކަން އެކަން ކުރަން ވީމަ އަޅުގަނޑަކަށް ބުރައެއް ނޫނޭ..! އަޅުގަނޑު ހަމަ މިއަދު އެކަން އެގޮތަށް ވީމަ ބުނެލީއޭ އެއީ އަޅުގަނޑު ހިތުގަ އެއްޗެއް އޮވެގެން ބުނި އެއްޗެއް ނޫނޭ..!” ސައުދު ދެރަވެފަ ހުރުމުން ވަޒުނާ ދެރަވެފަ ބުނެލިއެވެ. “ހެހެ… ބައްޕަޔަށް އިނގެޔޭ ދަރިފުޅު އެހެން ބުނި އެއްޗެއް ނޫންކަން ބައްޕަ ދެރައެއް ނުވެޔޭ ކުރީގެ މާޒީ ހިތަށް އަރައިފައެއް! ބައްޕައޭ ރޮވުނީ..!” އެހެން ކިޔާފަ ސައުދު ވަޒުނާ ގަޔާލާ ބޮނޑި ކޮއްލިއެވެ. ސައުދުއާ ވަޒުނާޔާ ދެބަފައިން ވާހަކަ ދައްކަން ތިބެފަ ޑިއުޓީއަށް ދާ ގަޑި ޖެހޭތީ ވަޒުނާ ތެދުވެގެން ދިޔައީ ގަޑި ނުޖެހި ޑިއުޓީއަށް ދެވޭތޯ ތައްޔާރު ވާންށެވެ.
……ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Sorry mihaa lahun up kureveythy buxy kamun time nuvaathee nuveveny ummeedhu kuran mi part ves kamu dhaane kamah
Itx ok….. Vvv reethi mi bai vx……??
Thanks dhimm hehe
varah salhi. 🙂
Thanks sjk korean
“Ala gahakun keyo nireh nufalhaane” mee rangalhu gothaky.
Thanfuhseh nun thun fusseh.
Alhugandah mivaahaka kiyaa iru varah undaguvey eh pargraph akah gina vaahaka lyma.adhi vaahaka diloq thakuga konme myhakuvx amilla nan kiyaathy. Misaalakah lee buny al buny vina buny vaxu buny.emmen vx amilla nan laigen kiyaathy.
Varah reethi mivaahakaige haadhisaa. Mikan kamah visnaane kamah hykuran
Thanks muna nxt part ragalhu kohlaanan ragalhu going bunedhineema vv thanks
Vvvv inthixaaru kurevey vaahakeh mee vrh reethi
Thanks layaa
Nice story…. wen up kuranee
Fizoa therapy eh nudheyne. Fizio eiiii ebas kiumuga inna gothaky